ސިއްރު ސިއްރުން ހިތޭ… (14)
ފަހަތުގައި ހުރިއާލިމާ އަށް ބަލާލުމަށްފަހު ރަޝީދު ދޮރުހުޅުވާލިއިރު ޝަބީންހުރީ ފުޅާހިނިތުންވުމެއް ގައި ސާދިޔާގެ އަތުގައި ހިފައިގެންނެވެ. ފަހަތުގައި ހުރިޖާވިދު އިސްޖަހާލައިގެން ހުރީ ހިތްތެޅޭލެއްބާރުކަމުން އިސްއުފުލާލަންވެސް ނުކެރިގެންނެވެ. “އަވަހަށް ވަދޭއެތެރެއަށް.. ” ރަޝީދު ތަންދެއްކުމާއެކު ޝަބީން އާއި ސާދިޔާ އެތެރެއަށް ވަދެގެންދިޔައިރު ޖާވިދު ހުރީ ދެލޯބޮޑުވެފައި އާލިމާއަށް ބަލަން ނެގިފިޔަވަޅުމަތީގައި މުޑިއަރާފައެވެ. އާލިމާއަށްވެސްވީ ހަމަ އެހާވަރެވެ. ޖާވިދުގެ މޫނުފެނުމާއެކު އަނގަމަތީގައި އަތްއަޅާލައިގެންހުރިއިރު ދެލޮލުން ލަހެއްފަހެއްނެތި ކަރުނަފާއްދާލައިފިއެވެ. ފަހަތް ބަލާލި ސާދިޔާ އަށް ވީގޮތް އެނގުމާއެކު އަވަހަށްގޮސް ޖާވިދުގެ އަތުގައިހިފާ އެތެރެއަށް ހިނގައިގަތީ އާލިމާ އާއި ރަޝީދުއަށް މަސްނޫވީ ހިނިތުންވުމެއް ރައްދުކޮއްލާފައެވެ. ހަގީގަތުގައި އެއީ ޖާވިދު އިންމީހާކަން މިހާރު ސާދިޔާއަށް ޔަގީންވެއްޖެއެވެ. އެތެރެއަށް ވަތް ޖާވިދުފެނުމާއެކު ނިމާލްއަށްވެސް ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. ނަމަވެސް މާހައުލުގެ ގޮތުން ކިތަންމެ ހިތްހަމަނުޖެހުނަސް އެއްޗެކޭނުބުނެ ކެތްތެރިވީއެވެ. ތަނުގައި ހިގަމުންފމދާ ކަންތަށް ރޭކާނުލާ ހާލުގައި ނާލް އަނެއްކާވެސް ބަނޑުހައިވެއްޖޭބުނުމުން ބަހަކުން ކުރެ ބަހެއްނުބުނެ ހަފީޒާ އާލިމާގޮވައިގެން ބަދިގެއަށް ދަމުން އަވަހަށް އެންމެން އަންނާށޭބުނީ މިދަނޑިވަޅު އާލިމާއަށް އެއްޗެއްބުނަން އުނދަގުވާނެތީއެވެ. ކެއުން ކުރިޔަށް ދިޔައިރުވެސް އެއްވެސްމީހަކު މާގިނަވާހަކައެއް ނުދައްކައެވެ.
” ދަރިފުޅުމެންދާންވީނު ޓެރަހަށްދޯ މަންމަމެން ވަރަށްމުހިތްމު ވާހަކައެއް ދައްކާލަންވެގެން.. ނަވާ ދަރިފުޅާ ނާލްކޮގޮވައިގެން ދައްޗޭ..” ހަފީޒާ އެހެންބުނުމާއެކު ސުވާލަކާއި ނުލައި އެކުދިން ދިޔަނަމަވެސް ޝިވަންއަށް ޖާވިދުގެ މޫނަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. މިތަން މަލީހްއަށް ފެނުމުން ޝިވަންގެ ކޮނޑަށް އަތްވައްޓާލަމުން ހިނގާށޭކިޔާ މައްޗަށްދިޔައެވެ.
ސިޓިންގް ރޫމްގައިވަނީ ހަމަހިމޭންކަމެވެ. އާލިމާގެ ގިސްލުމުގެ އަޑު ދޭތެރެއަކުން އިވުނުނަމަވެސް އެހެންއަޑެއް އެތަނަކުން ނީވެއެވެ. ނަމަވެސް ސާދިޔާއަށް އެގޮތްކަމަކުނުދިއުމުން އިސްވެ އާލިމާއާ ވާހަކަދެއްކިއެވެ. ” އަހަންނަށް އިނގޭ. ޖާވިދުއެއްކަމަކު ކުރީ ކުށެއްކަން.. އާލިމާ ރޯންވީދުވަސް ހިނގައްޖެ.. މިއަދު ﷲ ގެ އިރާދަފުޅުން އާލިމާ ތިއުޅެނީ ކިހާއުފަލުން.. އެދުވަހު އެހެން އެވީ މިދުވަސް އާލިމާއަށް ފެންނަންއޮތީމަ.. ކެތްތެރިވޭ.. ” ސާދިޔާ އާލިމާ ކައިރިއަށް އައިސް ބުރަކަށީގައި ފިރުމާލާފައި އެހެންބުނުމުން ހަފީޒާވެސް ސާދިޔާގެ ހިތްހެޔޮކަންފެނި އައިސްފައިވާ ރުޅިފިލާދިޔައެވެ. ” ޖާވިދު ދެންވެސް މަޑުންހުންނަނީތަ.. ” ދެންވެސް ވާހަކަދެއްކީ ސާދިޔާއެވެ. ޒިޔާދުއާއި ރަޝީދުގެ އިތުރުން ނިމާލްވެސް އިނީ އެއްޗެއް ބުނެވިދާތީ ފޯނާކުޅޭށެވެ. ” އާލިމާ..” ޖާވިދު ފުރަތަމަފަހަރަށް އަންގައިން ބުނެލިއެވެ. ” އާލިމާ އަހަންނަށް ކުރެވުނީ އާލިމާގެ ކިބައިން މާފު ހައްގު ކުށެއްނޫން.. އެކަމަކުވެސް އަހަރެން އާލިމާގެ ކިބައިން މާފަށްމިއެދެނީ އަމިއްލަ ނަފްސައްވެސް ލަދުވެތިވާހާލު.. އާލިމާގެ މާފުނުލިބިއްޖެނަމަ އަހަރެންގެ އަންހެނުން އެހުރީ އެންމެ މުހިތްމު އަޅުކަންކުރުމަށް އަހަންނާއެކުގަ ނުދާން ފައިވިއްދާފަ.. ހެޔޮނުވާނެ އަހަންނަ މާފްކުރޭ.. ” ޖާވިދު އާލިމާގެ ކުރިމައްޗަށްހުއްޓި އާދޭސްކުރިއެވެ. ” އަހަރެންގެ ހިތުގަ ނެތް ބުރަކަމެއް އެއްވެސްމީހަކަށް.. ޖާވިދު މާފަށް އެދެންވީ އަހަރެންގެ ކިބަޔަކުންނޫން.. ޖާވިދުގެ ދަރިފުޅުގެ ކިބައިން.. ” އާލިމާ އެހެންބުނުމާއެކު ސާދިޔާއާއި ޖަާވިދު އެކީގައި “ކީކޭހޭ” އަހާލެވުމެވެ. އެއާއެކު ރަޝީދު އޭރުކަންތަށްވީގޮތް ޖާވިމެންނަށް އޮޅުންފިލުވައިދިނެވެ. ” ސުބުހާނަﷲ.. ކީއްވެ އަހަންނަށް ނޭންގީ.. ތިކަން އެނގުނުނަމަ އަހަރެން އާލިމާ ދޫކޮށެއްނުލީސް.. މިހެންބުނާއިރުވެސް އިނގޭ ހޯދަންނޫޅޭށޭ ބުނެވުނުކަން.. އެކަމަކު ދަރިއަކު ލިބުމަކީ އޭރު އެންމެ އަހަރެން އެދިއެދި ހުރިކަންތަށް.. އޭރު އެކަހަލައެއްވެސް ކަމެއްނެތީމަ އަހަރެންދިޔައީ ސާދިޔާ ބަނޑުބޮޑުވާހަކަބުނީމަ އިތުރަށް އާލިމާ އާއެކުގައި އުޅެންވެއްޖެނަމަ އެކަހަލަކަމަކަށް މަގުފަހިވެދާނެތީ.. ޔަގީންކުރާންވެގެން އެހާދުވަހު މަޑުކުރީވެސް.. މިހާރުކޮބާ އަހަރެންގެ ދަރިފުޅު.. އެއީތަ ޝަބީންގެ ރަހްމަތްތެރިއަކީ.. ” ޖާވިދު ލޮލުން ކަރުނަފޮގެލަމުން އަހާލިއެވެ. އަދި މިހާރު ފާގިޔާކޮބައިތޯ އަހާލިއެވެ. ނިމާލް ފާގިޔާގެ ވާހަކަ އެހާހިސާބުން ފެށިއެވެ. ” އިންނާﷲ ވައިނާއިލައިހިރާޖިއޫން.. ކިތަންމެހާވެސް ހިތާމަވެރިހަބަރެއް.. ﷲ ފާގިޔާއަށް ހެޔޮރަހްމަތްލައްވާ ސުވަރުގެ ވަންތަވެރިއަކު ކަމުގައި ލައްވާށި.. އެކަމަކު މުސްތަފާ އަށް އަދިއަދަށް ދާންދެންވެސް ނޭންގޭން ދަރިއަކު ހުރިކަމެއް.. މިހާރު އޭނަ އުޅޭތަނެއްވެސް ނޭންގެ.. އެންމަފަހުންވެސް ދިމާވީ މީގެ ހައެއްކަ އަހަރު ކުރިން ބެންކޮކް އިން، އޭރުބުނި ލަންޑަނަށް ދާށޭ މިއުޅެނީ ދުވަސްކޮޅަކަށް.. ޔަގީނުންވެސް ރާއްޖެ ނާދޭ އެއަށްފަހަކު.. އެންމެ ފުރަތަމަ އެއަރޕޯޓުން ފެނުން ދުވަހުވެސް އަހަރެންގެ ހިތަށްއެރިޔޭ އެސޮރު ހާދަ ދަންނަމޫނަކާ ވައްތަރޭ.. އަދިމިއެނގުނީ މުސްތަފާ އާކަން އެވައްތަރުވީ.. ” ޖާވިދުހުރީ އިވިދިޔަ ވާހަކަތަކުން ބުނާނެ އެއްޗެއްނޭންގި ހިތާމައިގެ ސާލެއްލެވިފައިވާ މީހެއްފަދައިންނެވެ. މިއަދު ޖާވިދުގެ މޫނަށް ބަލާލި ކޮންމެމީހަކަށްވެސް އޭނާކުރިކުށަށް ހިތާމަކުރާވަރު އެނގިގެންދާނެވެ. އެހެންވެ ހުރިހާމީހުންވެސް ޖާވިދުއަށް ހިތްހެޔޮކުރީ މިއަދު އޭނާ ބަދަލްވެފައިވާ ވަރުފެނުމުންނެވެ. ކޮންމެގޮތެއްވިޔަސް ވެދިޔަތަން އެއްވެސްމީހަކަށް ބަދަލެއް ނުކުރެވޭނެތީއެވެ.
ކުއްލިއަކަށް ފޯނުން ވާހަކަދައްކަމުން އައި މަލީހްފެނުމާއެކު އެންމެން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލިނަމަވެސް މަލީހް އެދިޔަބާރުމިނުގައި ދިޔައީ ބޭރަށެވެ.އެއިންމީހެއްގެ މޫނަށްވެސް ބަލާލުމެއްނެތެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން ކޮންމެވެސް ކަމެއްގޯސްވެއްޖެކަން ހާމަކޮށްދެއެވެ. ކިތަންމެ އިމަޖެންސީކޮށްވެސް ބޭރަށްދާނަމަ ބުނެލާފަ ދާކުއްޖާ ބަލާވެސް ނުލާދިއުމުން ނިމާލްއިނީ ކިޔާނެ އެއްޗެއްނޭންގިފައެވެ. މިތާ މާމީހުންގިނަވީމަ ކަމަށްވެސް ވެދާނެއެވެ. އެއްމެފަހުން ނިމާލް އެހެން ހިތަށް އަރުވާލައިގެން ހިތްހަމަ ޖައްސާލިއެވެ.
ބޭރަށް ނިކުމެވުމާއެކު ފޯނުޖީބައްލާފައި ސައިކަލްގައި ބާރަށް ދުއްވާފައި ދިޔަގޮތަށްގޮސް ގެއަށްވަތް މަލީހްއަށް ކެތްވީ ކޮޓަރިއަށް ވަދެވެންދެނެވެ. ބަޑިފަޅައިގެންދިޔައީ އޭނާގެ މަންމައުފުލި ބުރަ ހިތަށް ތަސައްރަފް ކުރެވުމުންނެވެ. އެމީހުންދެއްކި ވާހަކަތަށް އަޑުއަހަން ހުރީ ދުވަހަކުވެސް އެސިއްރު ފަޅާއަރާނެކަމަކަށް ނޫނެވެ. އެހެންވީމަ ބައް ވަރަށް ރަނގަޅޭކިޔާ މަންމަވެސް އޭނަޔަށް އޮޅުވާލީއެވެ. އެންމެފަހުން ހަގީގަތް އެނގުންއިރު ބައްޕަމިވީ ދުނިޔެއަށް އަމިއްލަލޭގެ ނިޝާނެއް އުފަންކުރަން ބޭނުންވެސް ނުވާ މީހަކަށެވެ.
ކުރިން ކޮންމެދުވަހަކުންވިޔަސް ބައްޕަ ފެނިއްޖެނަމަ ބައްޕަ ކައިރިޔަށް ދާންބޭނުންވި މަލީހްގެ ހިތުގައި މިހާރު އެބައްޕަޔަށް ވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. ރޮއެ ރޮއެ ވަރުބަލިވުމާއެކު ތެދުވެ ނަންބަރަކަށްގުޅާލާފައި ވާހަކަދެއްކުމަށްފަހު ތެދުވި މަލީހް ތެދުވީ ގޮތެއްނިންމައިގެންނެވެ. ކަރުނަފޮހެލާފައި ފާހާނާއަށް ވަދެ މޫނުދޮވެލައިގެން ނިކުމެ ޑްރެސިންގް ޓޭބަލްކައިރީގައި އިށީންދެލީ އަމިއްލަ ސޫރަވެސް ނުބަލަށް ހުވާކޮށްގެން ހުރިފަދައަކުންނެވެ. މިހުރިހާދުވަހު އޭނަ އެންމެ ވައްތަރީ އޭނަގެ ބައްޕަޔާކަން އެނގިފައިނެތް ނަމަވެސް މިއަދު އެކަން އެނގުމުން މަލީހް ބޭނުންވީ އަމިއްލަ މޫނުގައި ވަކިއަޅާ ސިފައެއްކޮށް ބަދަލްކޮށްލާށެވެ.
“އެސޮރު ހާދަބާރަކަށް އެދިޔައީ.. އަނެއްކާ ކިހިނެއްވީބާ.. ” “އެވާނީ ހޮސްޕިޓަލުން ގުޅައިގެންކަމަށް.. ” ޒިޔާދު އެހެން އަހާލުމާއެކު ނިމާލް އަށް ހީވާގޮތް ހާމަކުރިއެވެ. އެވަގުތު ތިރިއަށް އައި ޝިވަންފެނުމާއެކު ޖާވިދުއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. ޖާވިދުގެ ބައްޕަޔާ ހަމަ ތަފާތެއްވެސް ނެތެވެ. ޝަބީންއަށްވުރެ ބޮޑަށް ޝިވަން ބއްޕަގެ ސޫރަޔާއެއްގޮތެވެ. ކުރިން ޖާވިދު ހީކޮއްގެންހުރީ އާލިމާގެ ދަރިފުޅުވައްތަރުވާނީ އޭނަޔާކަމަށެވެ.
ޖާވިދުގެ ބެލުމުން އުނދަގުވީނަމަވެސް ހިނިތުންވުމެއް ރައްދުކުރަމުން ” މަންމާ މަލީހް އައިތޯ ތިރިއަށް” ޝިވަން އަހާލިއެވެ. “ފޯނެއްގަ ހުރެ ވަރަށްބާރަށްނިކުމެގެން ދިޔައީ.. ” އާލިމާއެހެންބުނުމާއެކު ” އެހެންތޯއޭ..” ބުނެ މައްޗަށްދާން ޝިވަން ނެގި ފިޔަވަޅުހުއްޓުނީ ޖާވިދުގެ އަޑުންނެވެ. “ދަރިފުޅާ.. ” ފަހަތްބަލާލި ޝިވަން ދެލޯބޮޑުވީ ފެންކަޅިވެފައިވާ ޖާވިދުފެނުމުން ނެވެ. ” ދަރިފުޅާ.. އެހާދުވަހަށްފަހު ބައްޕަޔަށްމި އިނގުނީ މިބައްޕަގެ އިތުރުދަރިއަކު ހުރިކަން.. ބައްޕަ ގަބޫލުކުރަން އެހެންވީވެސްހަމަ މިބައްޕަގެ ކުށުންކަން.. ” ޝިވަންއާ ދިމާއަށް ހިނގަމުންއައި ޖާވިދު ވާހަކަދައްކަމުން ދިޔައެވެ. ” ބައްޕަޔަށް އިނގޭ ދަރިފުޅުގެ ހިތުގަ ބައްޔާމެދު އެތަކެއް ޝަކުވާއެއް ވާނެކަންވެސް .. އެކަމަކު މިއަދު ދަރިފުޅުގެ ހިތްހަލާލު މިއަދު ބައްޕަޔަށް ވަރަށްމުހިތްމު.. އެހެންނޫނީ ދެން ދުވަހަކުވެސް މިބައްޕަގެ އަމިއްލަ ނަފްސައް މާފެއްނުކުރެވޭނެ.. ދަރިފުޅާ.. ބައްޕަޔަށް މާފްކޮށްދީ.. ދެން ދުވަހަކުވެސް ދަރިފުޅަށް ބައްޕައެއްނުގެއްލޭނެ އިންޝާ ﷲ.. މަރުވުމުންފިޔަވާ..” ޖާވިދުގެ ވާހަކަ އަޑުއަހަންހުރި ޝިވަންގެ ލޯކަރުނުންފޯވީ އެހާދުވަސްކޮށްފައި ބައްޕައެއީ ކާކުކަން އެނގުންއިރު އެބައްޕަގެ ސަބަބުން މަންމައުފުލިވޭން ހަނދާންވުމުންނެވެ. ނަމަވެސް އެއްޗެއްނުބުނެ އާލިމާއާ ދިމާއަށް ބަލާލުމުން ބޯޖަހާލުމާއެކު “އަޅުގަނޑު ބައްޕަޔަށް މާފް ކޮއްފީމޭ ” ބުނުމާއެކު ބާރަށް ސިޑިން އަރައިގެން ދިޔައީ އެހިތުގައިވި ހުރިހާ ޝަކުވާތަކެއް ކަރުނައިގެ ސިފައިގައި ބާލަމުންނެވެ. ޝިވަންއަށް ބަލަންހުރި ޖާވިދު މާޔޫސްވެފައިވާ ހާލު އިސްޖަހާލުމުން ” އަދި އެސޮރަށް ވިސްނޭނޭ.. އަހަރެން ވާހަކަދައްކާނަމޭ.. ” ރަޝީދު ބުނެލިއެވެ.
ބާރަށް ހިނގާފަގޮސް ކޮޓަރިއަށް ވަތް ޝިވަން ޖުމްނާއަށް ފެނުނީ އޭނަ ޝިވަންކޮބައިތޯ ބަލާލަން ތިރިއަށް ފައިބަނިކޮށެވެ. ޖުމްނާގެ ފަހަތުން އައި ޝަބީންވެސް ފެންބޯންދިއުމުގެ ބަދަލުގައި ޝިވަންގެ ކޮޓަރިއާދިމާއަށް ދިޔައީ ކަމެއް ވަރަށް ގޯސްވެއްޖޭ އެހިތްބުނުމުންނެވެ. ޖުމްނާއައި ޝަބީން އެކީގަހެން ގޮސްހުއްޓިލިއިރު ކޮޓަރީދޮރުވެސް އެއްކޮށްނުލައްޕާ އެދުކައިރީ އަޅާފައިވާ ރަގްމަތީގައި ދޮރަށް ފުރަގަސްދީގެން ޝިވަންއިނެވެ. “ޝިވަން.. ކީއްވެތިތާންގަ ” ޝިވަންގެ ކޮނޑުގައި އަތްޖަހާލަމުން އެހެންބުނުމާއެކު ތެދުވެ ޖުމްނާގެ ގައި ބައްދާލައިގެން އިނދެ ކުޑަކުއްޖަކު ފަދައިން ބާރަށް ޝިވަން ރޯންފެށިއެވެ. އެވަގުތު އެއަޑު އިވުނުމީހެއްގެ މީހަކަށްވެސް އެހިތުގައި އަޅާވޭން ސާފުވާނެހާ ހިތާމަވެރިގޮތަކަށް ރޮމުންދިޔަ ޝިވަން އާ އެއްވެސް ސުވާލެއްނުކޮށް ޖުމްނާހުރީ ހިތްހަމަޖެހެންދެން ރޮއިނިމުނީމަ ސުވާލުކުރާށޭވެ. ނަމަވެސް އެއަށްވުރެކުރިން އަމިއްލަޔަށް ޝިވަން ޖުމްނާކައިރީގައި ސުވާލުކުރަން ފެށިއެވެ. ޖުމްނާއަށް ޝިވަންކިޔާ އެއްވެސް އެއްޗެއް ސާފުނުވުމުން “ކޮންބައްޕައެއްގެ ވާހަކަތޯ ތިދައްކަނީ.” އަހާލިއެވެ. އެވަގުތު ޝަބީން އައިސް ޝިވަން ކައިރީގައި ހުއްޓިލާފައި ބުރަކަށީގައި ފިރުމާލާފައި ގެންގޮސް އެއްފަރާތުގައި ހުރި ސޯފާގައި ބޭންދުމަށްފަހު ޖުމްނާލައްވާ ކޮޓަރީގައި އިންޖަގުން ފެންތައްޓެއްގެނެސް ދިނެވެ. ” އޭ.. ބްރޯ ތިހާވަރަށް ނުރޮއެބެ. ބީންއަށް ކެތެއްނުވޭ ތިހާގަތް އަދި އެހާ ހެޔޮ މީހަކު ތިގޮތަށް ވީގޮތް ނުބުނެ ރޮންޔާ.. ” ޝިވަންގެ އަތްމަތީގައި އަތްބާއްވާލައިގެން އިނދެ ޝަބީން ވާހަކަދެއްކިއެވެ. ” އެތެދެއް.. ތިވެގެން އުޅޭގޮތް ޖުމްމެންނަށް އޮޅުފިލުވަދީބަލަ ޕްލީޒް.. ” ޖުމްނާ އައިސް ޝިވަންކައިރީގައި އިށީދެ އާދޭހާއެކުގައި އެދުނެވެ. ޝިވަން ޝަބީންގެ މޫނަށް ބަލާލާފައި އެރޭ ޝިވަންގެ މަންމަކިޔާދިން ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ކިޔާދިނެވެ. އަދި ދެންމެ މަލީހް ހޯދަން ތިރިއަށް ދިޔަގަޑީ ކަންތަށްވީގޮތްވެސް ކިޔާދިނެވެ. “މާހް އަށް މިކަން އެނގިއްޖެޔާ ކިހާދެރަވާނެ.. ” ޝަބީންއަށް ވިސްނާލެވުނީ މަލީހްއާމެދުގައެވެ. އޭރު އެމީހުން ލަސްވެގެން އައި ޖުމާ އާއި ނަވާރުއަށްވެސް ދެއްކިހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނާލްއަށް ފޯނުދީފައި ހެޑްސެޓްޖަހާފައި ވީޑިއޯގޭމްކުޅެނަ އެވަގުތު ނަވާރުދިނީ އެކުއްޖާއަށަ މިއިން އެއްވެސް ކަމެއްގެ ހިލަން ވިޔަ ނުދިނުމަށެވެ. އިވުނު ވާހަކަތަކުން ޝަބީން ބޮލުގައި އަތް ހިންގާލުމަށްފަހު ތެދުވެގެން ދިޔައީ އެއްވެސްމީހަކާއި އަނގައިން ނުބުނެއެވެ. އެހާއުފާވެރިކޮށް އުޅެމުން ދަނިކޮށް މިދިމާވި ކަންތަކުން ހުރިހާމީހުންވެސް ތިބީ ނެގިމަޑުވެފައެވެ.
އެތަކެއްވާހަކައަކާއި ނަސޭހަތަކަށްފަހު ޝިވަން އޭނަގެ ބައްޕައަށް ހިތްހެޔޮކަމާއެކު މާފްކުރިއެވެ. ނަމަވެސް ދުވަހަކު ކޮޅުންވެސް ރަޝީދުއަށް ދެވިފައިވާ މަގާމް ދުރުނުކުރެވޭނެ ކަމަށްބުނަމުންނެވެ. އެކަމަށް ޖާވިދުގެ އެއްވެސް ފަރުވާލެއްނެތެވެ. ދަރިފުލުގެ ހިތްހަލާލުލިބުމުން އޭނާއަށް ހަމަޖެހުން ލިބުނެވެ. އަދި ދަރިފުޅުގެ ބޭނުންވާ ކަމެއްއޮތަސް އެއްވެސް ޖެހިލުމަކާނުލައި ރީތިކޮށްބުނުމުން ކޮއްދޭނޭ ކަމަށް ޖާވިދުބުންޏެވެ. ފުރާނައިން އަތްދޮވެލައިގެން ނަމަވެސް މިއަދު ދަރިފުޅަށް ނުދެވުން ބައްޕަގެ ލޯބިދޭން ޖާވިދުހުރީ ތައްޔާރަށެވެ. އެކަމާ އެންމެ އުފާކުރީ ސާދިޔާއާއި ޝަބީންއެވެ. ޝިވަންއަށް ސާދިޔާގެ ހިތްހެޔޮކަންފެނި އުފާވިއެވެ. އަދި ޝަބީންވެސް ދެން އިތުރަށް ގާތްވުމުން ލިބުނީ އިތުރު ހިތްހަމަޖެހުމެކެވެ. އެކިވާހަކައިގައި ތިއްބައި އަސުރުވުމުން ހުރިހާފިރިހެނުން ނަމާދަށް ދިޔައީ ހާވިރުގެ ސައި ވެސް އެގޭން ނިންމައިގެން ގެއަށްދާން އާލިމާއެދުމުން އެކަމަށް އެއްބަސްވެއެވެ.
ނަމަވެސް އެހުރިހާ އިރު ވެގެންދިޔައިރުވެސް މަލީހްގެ ހަބަރެއްނުވުމުން ނަވާރުހުރީ ހިތްނުތަނަވަސް ވެފައެވެ. މިހާރު ކިތަންމެފަހަރަކު ނޫންކަމަށް ހަދާފައި ޖުމާކައިރީވެސް އެވާހަކަ ދެއްކިއްޖެއެވެ. ނަމަވެސް ކޮންމެފަހަރަކު ޖުމާވެސް ގުޅާއިރު ފޯނު ނިންވާލާފަ އޮންނާތީ މާބިޒީ ކަމަށް ނިންމައިގެން ތިބީއެވެ.
ނަމާދުން އަވަދިވެގެން އައިރު ހުރިހާމީހުންގެ މޫނުމަތީގައިވަނީ ހަމަޖެހުމުގެ ކުލަވަރެވެ. ނަމަވެސް ހަމަ ގެއަށް ވަނުމާއެކު ނިމާލް ދެފަހަރަކަށް ފޯނުކަންފަތުގައި ޖަހާފައި އަނެއްކާވެސް ގުޅަނީއެވެ ” ކިހިނެއްވީ އަނެއްކާ ހާދާ ގޮތަކަށް ތިއުޅެނީ..” ނިމާލްގެ މޫނުގެނުމާއެކު ޖާވިދުއަހާލިއެވެ. އެވަގުތު ޒިޔާދުއާއި ރަޝީދުވެސް ނިމާލްއަށް ބަލާލިއެވެ. ” މިއުޅެނީ މަލީހްއަށް ނުގުޅިގެން.. ފޯނު ނިއްވާލާފަޔޯ.. ” ” ބައްޕާ އަޅުގަނޑުވެސް ގުޅައިފިން މާހްބެގެ ފޯނު ނިވާލާކަމަށް ބުނަނީ.. މަޑުކޮށްލައްވާ އަޅުގަނޑު ހޮސްޕިޓަލުގަ ހުރި ރައްޓެއްސަކަށް ގުޅާލާފަ އެބައަހާލަން.. ” ނިމާލް އެހެންބުނުމާއެކު ޖުމާވެސް ގުޅިވާހަކަބުނެފައި ހޮސްޕިޓަލަށްގުޅާލިއެވެ.
” އެހެނެއްނުވާނެ.. ދެން ކޮންތާކަށް ވަކި މާހްބެދާނީ.. ” ލިބުނުހަބަރާއެކު ޖުމާއަށް އެހެންބުނެވުނީ ޔަންކޮޅެއްބާރަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






Ohh… Layaa vvvv salhi mi prt vx…. Waiting 4 nxt….
Yayyyy… I dhw 1st….
Thankyou Dear Riii ? yes ur first ???
V SALHI ?
Next part thankoleh avahah up kohladheeba..
Free nama..
Thank you dear Rsh? .. insha allah type koh nimunhaa avahah uupkohladheynan??
Mi vaahakaige haadhisaa reethi varah.. ekam mihaaru ehaa bodakah vaanuvaa eh neyge…
Ehentha ? konthakolhehtha olhunaraneethi ..❔btw thank you dear Shim
Asluve neyge vaanuvaa…kurin kee baithah alun kiyaalan v kanneyge… miadhuge bai v kuru hen heevany
Thank you dear laal humm thivess rangalhugotheh .. ???
Reethi vaahaka eh…….
Layaa eh nun dho aslu kiyany???
Nazu dho thi ee???
Thank you dear ahmed ??
hi hi hi layaaa????
thankolheh fahun dhw mi comment kohlevuny.. ekamu kiyaalaifin kurin.. varah varah reethi mibaivx.. ??? waiting waiting?❤❤❤ loves?????
Awwn thank you brave kujjafulhaa ???
hehe???
koba tha next part avahah up kohla dheebaa
layaa next part avahah up kohladheeba mihaaru haadha ginadhuvahekey mivany????
Layaa when is next part???
Waiting…….