Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 19, 2017 5 Mins Read
40 Comments

ފެނުނު މަންޒަރުން ރެހާންއާ ރާއިންއާ ދެމީހުންނަވެސް ތިބީ އެއްވަރެއްވެފައެވެ. އިހުސާސްތަށް ފޮރުވަމުން ރެހާން ގެޔަށްދާން ހިނގައިގަތީރުވެސް ރާއިން ޖެހި ބުދެއްހެން ހުއްޓިލައިގެން ހުއްޓެވެ.
“ޑރ. ރާއިން.. ހިނގާ އަހަރެންނާއެކުގަ ގެޔަށްދާން. ކުޑަކޮށް ވާރޭވެހެންވެސް ފަށައިފި.މި ކޮޅަށް އައީ ހިނގާފައެއްނު” ރެހާން ފަހަތްބަލާލަމުން ރާއިންއަށް ދައުވަތު ދިނެވެ. ހޫދުގެ އަތުގައި ބޭސްއަޅަން އުޅުނުއިރު ދެމީހުން ދިމާވެފައިވާތީ އެދެމެދުގައިވަނީ އެކުވެރިކަން އުފެދިފައެވެ.
ކާރުތެރޭގައިވީ ހަމަހިމޭންކަމެވެ. ކާރުދުއްވަމުންދިޔަ ރެހާންގެ ނަޒަރު ކުރިމައްޗަށް ހުއްޓާލެވިފައިވީނަމަވެސް އޭނާގެ ވިސްނުންވީ އެހެން ތަނެއްގައެވެ. އައިޝާ ހޫދުގެ މަންމައަށްވި ކީއްވެހޭ އޭނާ ހިތައްއެރިއެވެ. މިއޮއް ހުރިހާއިރު ހިތާހިތުން ތައުރީފުކުރެވުނީ އައިޝާއަށެވެ. ހޫދުއަކީ ރެހާން ނުލާހިކު ލޯބިވާ ކުއްޖެއް ނަމަވެސް އައިޝާދެކެ އޭނާ ވަނީ ފޫއްސެވެ. އެސިފަތަކުން ރެހާންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވުނަމަވެސް އެހަނދާން ނުކުރެވޭތޯ ރެހާން ބަލައެވެ. ނަމަވެސް އެ ރީތި ކަޅިރަވަޔާއި ފުއްގަނޑެއް ކަހަލަ ދެކޯ އޭނާގެ ހިތަށް އަދިވެސް ތަސްވީރުކުރެވެއެވެ. ގަބޫލުކުރަން ބޭނުން ނުވިނަމަވެސް ރެހާންގެ ހިތުގައި އަދިވެސް ރަނިކަން ކުރަމުންދަނީ އެމަލިކާއެކާއެވެ. ހަމައެކަނި ރެހާންގެ ‘ އޭޝް ‘ އެވެ. އައިޝާ އޭނަޔާ ކިތަންމެހާވެސް ވައްތަރެވެ. އެކަމަކު އެއީ ރެހާންގެ ހިތުގެ މަލިކާއެއްނޫނެވެ. ހަމައެކަނިން އައިޝާގެ ލޮލުންވެސް މިކަން ރެހާންއަށް ދެނެގަނެވުނެވެ. އައިޝާއަށް ލިބިފައިވަނީ ފުންމިންނޭނގޭ ކަނޑެއްފަދަ ކަޅު ކަޅިއެކެވެ. އަންހެންވަންތަ ހިމަ ލޫޅާފަތި ހަށިގަނޑަކާއި ބީޓްރޫޓް ކުލައަރާ އިސްތަށިގަނޑޭކެވެ. އައިޝާގެ ކޮންމެ ސިފަޔަކުންވެސް ފެނިގެންދަނީ އަންހެންވަންތަ ކަމެވެ. މިކަންކަމަކީ ރެހާންގެ ‘އޭޝް’ ހަމަހޭގަ ހުރެގެން ކުރާނެ ކަންކަމެއް ނޫނެވެ. އެއަންހެން ކުއްޖާއަށް ލިބިފައިވަނީ މަޑު މުށިކުލައެއްގެ ދެލޮލެވެ. ރޭގަނޑެއްފަދަ ކަޅު އިސްތަށިގަނޑެކެވެ. އަބަދުވެސް ލައިއުޅެނީ ފިރިހެންކުދިން ލައިއުޅޭކަހަލަ ގަޔަށް ދޫކޮށް ހުންނަ ޓީޝާޓެވެ. ކުރާހިތްވާނީ ފިރިހެންކުދިން ކުރާކަހަލަ ކަންކަމެވެ. އަދި އަމުދުން ކާއެއްޗެއްގަ ރޯފިލުވާލަން ނޭނގޭތާ އުނދުންވެސް ޖައްސާލަން ނޭނގޭނެއެވެ. މިކަހަލަ ކަންކަމާމެދު ވިސްނާލެވޭ ކޮންމެފަހަރަކު އައިޝާއާއި ‘އޭޝް’ އާ ދެމެދު އެވެސް ގުޅުމެއް ނޯންނާނެއޭ ރެހާންގެ ހިތް ބުނެއެވެ.
ރާއިންގެ ހާލަކީވެސް މިއީއެވެ. އައިޝާ ފެނުނު ފަހުން އެނޫން ހިޔާލެއް ނުކުރެވެއެވެ. އެސޫރަ ފެނި ހިތުގެ އެންމެފުންމިނަށްވެސް އަސަރު ކުރުވައިފިއެވެ. އެހިތްހެޔުކަމާއި މަޑުމައިތިރިކަން އޭނާގެ ހިތް ފަތަހަކޮއްފިއެވެ. އައިޝާއަކީ އެހެންމީހެއްގެ ހައްގެއްކަން ސިކުނޑި ވިސްނައިދިނަސް ހިތް އޭނާއަށް އެދެވެން ފެށުނެވެ. އެހެންޏާ ނުވާ ވަރެއް މިއަދުވެއްޖެކަން ރާއިންއަށް ގަބޫލުކުރެވުނެވެ.
“ބުރޯ. މާ ކުރިއަރައިގެނެއްނު ތިދަނީ.” ގެޔާހިސާބަށް އާދެވުމުންވެސް ރެހާން ކާރު ހުއްޓުވާނުލުމުން ރާއިން ކޮނޑުގައި ކޮއްޓާލިއެވެ. މާފަށް އެދުމަށްފަހު ރެހާން ވަކިވެލީ ރާއިން ޝޫކުރުއަދާކުރުމުންނެވެ.
******
“ރާއިން ދަރިފުޅާ މިއަދު އެއްޗެހި ބަދަލަކުމެއް ކަމެއްވެސް ނެތީތަ. ބައްޕަ ރަށުގަ ނެތީމަ ފުރުސަތުގެ ބޭނުން ހިފާލަނީދޯ ” ގެޔަށް އައިގޮތަށް އެއްޗެހިވެސް ބަދަލު ނުކޮށް ސޯފާގައި އޮތް ރާއިން ފެނުމުން އޭނާގެ މަންމަ ނަސްރީނާ ހިތްހަމަނުޖެހުނެވެ. އަދިވެސް ރާއިން އެއޮންނަނީ އައިޝާގެ ހިޔާލުގައެވެ.
” އެހެންނު ވާނީ. މަންމައަށް ހޯދަދޭކަހަލަ ރަނގަޅު ދަނބިދަރިޔަކު ފެނުނުއިރު ވީގޮތަކީ ތެޔޮނާށި ކާޅު ޖަހައިގަނެފަ އޮތީ. އެވެސް މާކުރިން.” ރާއިން އޭނާގެ މަންމަ ހެއްވާލިއެވެ.
“މާކުރިން ޖަހަގަނެފައޭ.. އެޔޯ ؟ ކަމުދާ ކުއްޖަކު ފެނުނީ ދޯ. މަންމައާ ބައްދަލުކޮއްލަން ގެންނަންވީނު. ” އަލަށް އަންހެން ކުއްޖެއްގެ ވާހަކަ ރާއިން ދެއްކުމުން ނަސްރީނާ އުފާ ވިއެވެ.
” ސާބަހޭ މަންމާ. އެ ކުއްޖާގެ ދަރިޔެއްވެސް ހުރެޔޭ. މަޖާ ސޮރެއްއެއީ. ހީވަނީ އަހަރެންގެ ތައްގަނޑެއްހެން..” އެހެން ބުނުމަށްފަހު ރާއިން މިއަދުގެ ހާދިސާ ނަސްރީނާއަށް ކިޔާދިނެވެ.
“ދަރިފުޅު ތިކީ އެއްޗަކުން މަންމައަކަށް ނޭގުނު ކުއްޖަކު ހުއްޓަސް މީހަކާ އިނދެގެން އުޅޭ ކަމެއް. ތިބުނީ ވިއްޔަ އެޔޮއް ހުރިހާ އިރު ވީރުވެސް އެސޮރުގެ ބައްޕައެއް ނުދެކެމެ އެތަނަކުން.” މަންމަ ބުނެލި އެއަޗަކުން ރާއިންވެސް އެކަމާމެދު ވިސްނާލިއެވެ. ކުއްޖަކު ހުރިނަމަވެސް އޭނާޔަށް ކަމުދާ އަންހެން ކުއްޖެއްނަމަ ގުޅުމަކުން މަންމަގެ އެއްވެސް މައްސަލައެއް ނެތްކަން އިނގުމުން ރާއިން އައިޝާގެ މީހަކާ އިނދެގެން އުޅޭތޯ ބެލުމަށް ނިންމިއެވެ. ނަސްރީނާއަކީ ވަރަށް މިނިވަން ހިޔާލެއް ގެންގުޅޭ މީހެކެވެ. މިހާރުވެއް އެއް ކުއްޖެއް އަތުން ބީވެގެން ގޮސްފައިވުމުން އޭނާ ބޭނުންވަނީ ރާއިންގެ ކޮންމެ އުފަލަކަށް އާނބަސް ބުނުމެވެ. އެ ދަރިފުޅު ކޮންމެމީހަކާ އިންކަމުގައި ވިޔަސް އުފަލުގައި އުޅޭނަމަ ނަސްރީނާގެ އެއްވެސް މައްސަލައެއް ނެތެވެ. މައިންބަފައިން އަބަދުވެސް ބޭނުންވާނީ ދަރިން ހިތްހަމަ ޖެހިގެން އުޅުމެވެ.
“މަންމާ. އަދި އެހެން ކަމެއް އެބައޮތޭ. ވަރަށް ސީރިއަސް އިނގޭ. މަންމައަތުގަ އޮތިއްޔާ އަހަރެން ފޮޓޮއެއް ބޭނުން” ރާއިން ބުނި ޖުމްލައިގެމާނަ ނަސްރީނާއަށް ކިތަންމެރަނގަޅަށްވެސް އެނގުނެވެ. ކޮޓަރިޔަށް ވަދިލާފައަ ނަސްރީނާ އައީ ރާއިން ބޭނުންވާ ފޮޓޯގަނޑު ހިފައިގެނެވެ.
“މިއޮތީ ދަރިފުޅާ. ދަރިފުޅު ބޭނުމިއްޔާ އަތުގަ ބާއްވާލާ. މަންމައަތުގަ އިތުރަށްވެސް އެބަހުރި ” ރާއިންއަތަށް ނަސްރީނާ ގެނައި ފޮޓޯގަނޑު ދިނެވެ.
” ޝުކުރިއްޔާ މަންމާ. ކޯއްޗެއްތަ ކާންހުރީ. އަހަރެން މިހުރީ ވަރަށް ބަނޑުހައި ވެފަ” ބަނޑުގަ އަތްހާކާލަމުން ރާއިން އެހެން ބުނެލިއެވެ. ކާންހުރި އެއްޗެހި ކިޔާދިމުށްފަހު އެއްޗެހިބަދަލުކޮއްގެން ކާން އައުމަށް ނަސްރީނާ އެދުނެވެ.

ހަފްތާ ނިމިގެން ދިޔައިރުވެސް ޒާމިންއަށް އައިޝާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބުނެވެ. ޒާމިން އޮފީހުގަ އުޅޭގަޑީގަނަމަ އައިޝާ އުޅެނީ އަވަދިނެތިއެވެ. ގެޔަށް ގޮސްފިނަމަ އައިޝާ ގެޔަކު ނޫޅޭނެއެވެ. އެހެންކަމުން ހުކުރު ދުވަސް އަންނަންދެން ޒާމިން މަޑު ކޮއްލީ ހުކުރުދުވަހަކީ ޔަގީނަށްވެސް އައިޝާއާ ދިމާވާނެ ދުވަހަކަށް ވާތީއެވެ. މުޅިހަފްތާ ޒާމިން އުޅުނީ ރެހާންއާ ރާއިންއާ އެކުގައެވެ. އެތިންމީގުންގެ ގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ދުވަސްވީ ތިން އެކުވެރިންނެކޭ އެއްފަދައެވެ. ޒާމިން އެ ދެމީހުންނަށްވެސް ހުކުރު ދުވަހުގެ ކެއުމަށް ދައުވަތު ދިނީ އަމިއްލައަށް ޕްލޭންއެއް ރާވާލުމަށްފަހުގައެވެ. ކޮންމެގޮތެއް ހަދާފަނަމަވެސް އައިޝާ ފޮރުވައިގެން އުޅޭ ސިއްރުގެ ހަގީގަތް އޭނާ މިފަހަރު ހޯދާނެއެވެ.
ކައިގެން ފޭބި އެންމެންވެސް ދިޔައީ އައިޝާގެ ކެއްކުމަށް ތައުރީފުކުރަމުންނެވެ. ހާއްސަކޮށް ރާއިންއެވެ. ރެހާން އަނގައިން ބަހެއްވެސް ބުނެނުލާހުރީ އައިޝާއަށް އޭނާގެދުލުން ތައުރީފުގެ އެންމެ ބަހެއްވެސް ނުބުނަން ހުވާ ކޮއްގެނެވެ. ވަރުބަލިވެފައި ހުރުމާއެކު ގެޔަށްދާން ބޭނުންވެފައި ހުރިނަމަވެސް ރެހާންއަށް ހޫދު ކުރުނުކޮށް ކިޔަން ފެށުމުން ދާކަށް ނުކެރުނެވެ. މިއަދު ހޫދު ބޭނުންވަނީ އެމީހުންނާއެކު ވީޑިއޯގޭމް ކުޅޭށެވެ. ރާއިންވެސް ހޫދުއާއެކު ގޭމްކުޅެން އެއްބަސްވުމުން ހޫދު އެމީހުން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ޒާމިންގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ދާކަން އެނގުމުން އައިޝާވެސް ސިޓިންރޫމަށް އައުމަށް އެދުނެވެ. އޭރު މަންހާއާ ޒަމްރާވެސް ސޯފާގައި ތިބީ މިއަދު ފެނިގެންދިޔަ މަންޒަރުތަކުގެ ސަބަބުން ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. އެމީހުން އައިޝާގެފަރާތުން ޖަވާބެއް ބޭނުމެވެ.
“އާޝީ. ރާއިން އެއީ ކާކުތަ ؟ ” އިތުރު ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ޒާމިން ކުރީ އޭނަ ޖަވާބު އެނގެން ބޭނުންވާ ސުވާލެވެ.
“އެއީތަ ރެއިން އަކީ ؟ ހޫދުއާވެސް އެނަ ހާދަ ވައްތަރޭ ” އައިޝާ ބަހެއް ނުބުނުމުން މަންހާވެސް ސުވާލު ކޮއްލިއެވެ.
” އާ އޭނަ ހާދަ ވައްތަރޭ ހޫދުއާ. ރެހާން ފުރަތަމަ ފެނުނީމަ އޭނައާ ހޫދުއާވެސް ދައްތައަށް ވައްތަރުވި. އެކަމް ރާއިންއާ މާބޮޑަށް ވައްތަރު ” ދެންތިބި ދެމީހުންނެކޭވެސް އެއްފަދައިން ޒަމްރާވެސް ހުރީ ޖަވާބު ބޭނުންވެފައެވެ.
“އެއީ ހޫދުގެ ބައްޕަކަމުގައި ވަނީނަމަ އާޝީ ޖެހޭނީ އެސޮރަށް އޭނާގެ ބައްޕަ ހޯދަދޭން. އޭނަޔާ އިންނަން. އުމުރުހުސްވަންދެން ތިހެނެއްވެސް ނުހުރެވޭނެ. އާޝީ. ޖަވާބުދީބަލަ. މިއެންމެންވެސް އެތިބީ އެނގެން ބޭނުންވެފައޭ ” އައިޝާ އަނަގއިން ބަހެއް ނުބުނުމުން ޒާމިން ހިތްހަމަ ނުޖެހުނެވެ. ޒާމިންގެ އެ ޖުމްލަ އަޑުއިވުމުން އައިޝާގެ ހިތް ފަޅައިގެން ދިޔަހެން ހީވިއެވެ.
“ބަލަ ޒާމިން މޮޔަވީތަ. އަހަރެން އުޅެނީ މީހަކާ އިނދެގެނޭ. އެކަކަށްވެސް ނުޖެހޭނެ އަހަރެން މީހަކާ ދެވާކަށް. އެހެންނޫނަސް ހޫދުއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް. މިއޮއް ހުރިހާ ދުވަހު އަހަރެން ހޫދު ބަލަމުން މިއައީ ބައްޕައަކާ ނުލާ. ކުރިޔަށް އޮތްތާގައިވެސް އަހަރެންނަށް އުޅެވޭނެ.” އައިޝާ ހިފަހައްޓައިގެން ހުރިކަރުނަތަށް އެ އޮމާން ކޯތާފަތް ތެންމާލައިފިއެވެ. އައިޝާ ދުވެފައި މައްޗަށް އެރީ އިތުރު ސުވާލަކަށް ދޭނެ ޖަވާބު އޭނަގެ އަތުގައި ނެތީމައެއް ނޫނެވެ. ޖަވާބުދޭން ބޭނުން ނުވާތީއެވެ.
ސިޓިންރޫމްގައި އައިޝާދެއްކި ވާހަކަތަށް ވަރަށް ސާފުކޮށް ގޭމްކުޅެންތިބި ރެހާންއާ ރާއިންއަށް އަޑުއިވުނެވެ. އައިޝާ އެވާހަކަތަށް ދެއްކީ ކީއްވެކަމެއް އެކަކަށްވެސް ނޭނގުނެވެ. ދެމީހުންނަށްވެސް އެކަކުއަނެކަކަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ބުނާނީ ކީކޭކަން ވެސް ނޭނގުނީއެވެ. އެހުރިހާ ވާހަކަތަށް ހޫދުއަށް އަޑުނީވުނުކަން ނަސީބެވެ. ގޭމުގެތެރެއަށް ގެއްލިފައިން ހޫދުއިނީ ހެޑްސެޓް ޖަހައިގެންނެވެ. ހޫދު ފޯރިޔާއެކުގައި ކުޅެމުން ދިޔަނަމަވެސް ރެހާންމެންގެ ޝައުގުވެރިކަން ގެއްލިއްޖެއެވެ. އައިޝާގެ ވާހަކަތަކުން ދެމީހުންގެވެސް ހިތަށް އަސަރުކޮއްފިއެވެ. އައިޝާއާ މެދުގައި ވަނީ ކޮންފަދަ ދަމާ ބާރެއްކަމެއް ނޭނގެއެވެ.
“ހޫދު. ބޭބެ ވަރަށް ނިދިއައިސްފި. ދެން ހިނގާ ނިންމާލަމާ ދޯ. އަޞުރުގަޑިވެސް ޖެހެނީނު. ގޮސް އާދެ ވިޟޫ ކޮއްލައިގެން ނަމާދަށް ދާން ” ރެހާން އިނީ ވީހައިވެސް އަވަހަކަށް މިގެއިން ދާން ބޭނުންވެފައެވެ. އައިޝާގެ ވާހަކަތަކުން އޭނާއަށް އެތައް އުނދަގޫތަކެއް ވަމުން ދެއެވެ. މީހަކާ އިނދެގެނޭ ބުނުމުން ބޭނުންނުއްވަސް ދެރަވެސް ވިއެވެ. އެކަމު އޭރަށް އައިޝާގެ ފިރިމީހާ ކޮބައިހެއްޔެވެ. މިގޭތެރޭގައި އޭނާގެ ވާހަކަ އެއްވެސް މީހަކު ނުދައްކާނީ ކީއްވެބާއެވެ. ހޫދުވެސް ރެހާންއާ ކިތަންމެ ގާތްކޮށް އުޅުނަސް ބައްޕަގެ ވާހަކައެއް ނުދައްކައެވެ. އަބަދުވެސް ދައްކަނީ މަންމަގެ ވާހަކައެވެ.
“ރަނގަޅުވާނީ އެއިން ވާހަކައެއް އަޑުއިވުނުކަމު ނުހެދިއްޔާ ” ހޫދު ފާހާނާއަށް ވަނުމުން ރާއިންއަށް ބުނެލެވުނީ ރެހާންގެ ދުލުކުރީގައި އޮތް ޖުމްލައެވެ. ރެހާންވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއިރު ރާއިންގެ ހިތުގެ ހާލެއް ނޭނގެއެވެ. ރާއިންވެސް އެ ވިސްނަމުންދަނީ ދެންމެ އަޑުއިވުނު ވާހަކަތަކާ މެދުގައެވެ. ބޭރަށް ނުކުތް ހޫދު އޭނާގެ މަންމަ ގާތުން ހުއްދަ ހޯދުމަށްފަހު އައީ ރެހާންއާއެކު ނަމާދުކޮއްގެން ކުޅެންދާށެވެ.
އެކަންތައްގަނޑަށްފަހު އައިޝާ ކޮޓަރިން ނުކުތީ ހަމައެކަނި ހޫދު ނިންދެވުމަށެވެ. ހޫދު ނިދުމުން ރޭގަނޑުގެ ކެއުމުގައިވެސް ބައިވެރި ނުވީ ޒާމިންމެންނާ ކުރިމަތިލާން ޖެހިދާނެތީއެވެ. ވަގެއްހެން މަޑުމަޑުން ކޮޓަރިއަށް ވަންނަންދިޔަ އައިޝާ ހުއްޓުނީ ޒާމިންގެ އަޑަށެވެ.
“އާޝީ. ދެން ތިހެން ރުޅި ހަދައިގެންތަ ހުންނަނީ. ވަރަށް ބޮޑަށް ސޮރީ އެހެން ބުނެވުނީމަ. ދެން އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ. އެކަމު ކުރިން ކީއްވެގެން ނުބުނީ މީހާކާ އިން ވާހަކަ. މިވީ ހައަހަރުތެރޭގަ އަހަރެން ދުވަހަކުވެސް އާޝި ހިތުގަ ޖެހިދާނެތީ ރެއިންގެވާހަކަ ނޭހީވެސް. ހޫދުގެ ބައްޕައަކީ ކާކުތޯ ހޯދަން މަސައްކަތް ނުކުރީވެސް. އެކަމު އަހަރެންނަށް އެވަރު ހައްގެއްވެސް ނުދިނީތީ ވަރަށް ދެރަ ވެއްޖެ. ހަމަރަނގަޅަށް އިނގޭނެ އަހަރެން އާޝި ދެކެނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގަކަން. އާޝި އަހަރެން އެހާ ދުރުކޮއްލާފާނެކަމަކަށް ހިޔެއް ނުކުރަން. ” އައިޝާ ދެއްކިވާހަކައިން ޒާމިންއަށް ހުރީ ވަރަށް އަސަރުކޮއްފައެވެ
“ނޫން ޒާމިން ތިހެން ނުބުނޭ. އަހަރެން ޒާމިން ދެކެނީ ހަމަ އަމިއްލަ ބޭބެއެއްގެ ގޮތުގަ. އެދުވަހު ޒާމިން އަހަރެންނަށް އެހީތެރިވެ ނުދިންނަމަ އަހަރެން ދުނިޔެއަޅާ ދިޔައީސް. މިއަދު އަހަރެންނަށް މިކަހަލަ އުފާވެރި ދިރިއުޅުމެއް ނުލިބުނިސް. އަހަރެންގެ މާޒީގެ ވާހަކަތަށް އެއްކޮށް ކިޔާނުދިނީ ޒާމިން ދުރުކޮއްލާކަށް ނުން. އެހަނދާންތަށް އަލުން ކުރަން ބޭނުން ނުވާތީ. އައިމް ރިއަލީ ސޮރި ބުރޯ.” އައިޝާ ބަޑި ފަޅައިގެން ދިޔައެވެ. އައިޝާ ފާރުގައި ލެގިލައިގެން އިށީނީ ކޮޅަށް ހުންނާނެ ވަރުވެސް ނެތުމުންނެވެ.
“އަހާ… ތިވަރަށް ރޯކަށްނުވެއެއްނު އަދި. މާފްކޮއްފީމޭ. އާޝި ރޮންޏާ އަހަރެން ވަރަށް ދެރަވާނެކަން އެނގޭދޯ ؟ “އައިޝާ ގާތުގައި އެއްފައިމައްޗަށް އިށީންނަމުން ޒާމިން އޭނާގެ ކަރުނަތަށް ފުހެލަދިނެވެ.
“އާޝި. ހަމަ އަސްލުވެސް ދިރިއުޅެމުން ތިދަނީ ވަރަށް އުފާވެރި ދިރިއުޅުމެއްތަ.. އާޝި ކުރާހާ ހިތާމަ އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. ތިހިތުގެ އުދާސްތަށް ބޭރުކޮއްލައިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެ. ތި ހިތާމައިގައި މީހާ ހަލާކު ނުވަނީސް އަހަންނަށް ކިޔާދޭނެކަމަށް އުއްމީދުކުރަން. ދެން ނުރޮއި ހުއްޓާލާ. ހިތްވަރުގަދަ ކުއްޖެއްނުތީ” ޒާމިން ދިޔައީ އައިޝާއަށް ހިތްވަރު ދިނެވެ. އޭނާ އަބަދުވެސް ކުރާ ދުޢާއަކީ އައިޝާއަށް އުފާވެރި ދިރިއުޅުމެއް ދެއްވުމެވެ. އޭނާގެ ހަޔާތުން އުނިވެފައިވާ ބައިވެރިޔެއްގެ ލޯތްބާއި އަޅާލުން ލިބުމެވެ. ހޫދުއަށް ހެޔޮލަފާ ބައްޕައެއް ލިބުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (4)

Next

ބޮސް ދޭ ހާ ލޯބި ވޭ (1 ވަނަ ބައި)

Next
November 19, 2017

ބޮސް ދޭ ހާ ލޯބި ވޭ (1 ވަނަ ބައި)

Previews
November 19, 2017

ތިޔަ ލޯބީގެ ހައްޤުގައި (4)

40 Comments!

  1. Awa says:
    November 19, 2017 at 9:12 am

    Good morning?? miothy upkollevifa.. ranagalhu kuran v kanakan buneladhehchey… ????

  2. Limsha says:
    November 19, 2017 at 9:19 am

    Varah rythi
    Daily kn up kohdheythy varah happy

    1. Awa says:
      November 19, 2017 at 9:23 am

      Thanks limsha. Hama bodu kameh dhimaa nuvanyaa daily koh upkolleveythw balaanan???Ly?????

  3. Sadhin says:
    November 19, 2017 at 9:29 am

    Dhn aashi GE maaxee kiyaa dheynama… Kaaakuge dhari eh baa dhw.. When next part…

    1. Awa says:
      November 19, 2017 at 9:39 am

      Hurihaa kameh madumadun engemun dhaanee vaahaka kuriyah dhaa varakah.??. keep waiting??

  4. Xish says:
    November 19, 2017 at 9:33 am

    Varah reethi mivaahaka…

    1. Awa says:
      November 19, 2017 at 9:41 am

      Thanks Xish..?????

  5. Friends says:
    November 19, 2017 at 9:43 am

    Hey awa gud morning dear….
    Stry vvvvv reethi…
    KEEP IT UP…
    Waiting 4 next part…
    Upload sooon dear.
    Have a nice day…????

    1. Awa says:
      November 19, 2017 at 10:14 am

      Hey friends??. Thankss. Miadhuga eh part upkolladheveythw miulheny.. ????

  6. SJK...KOREAN says:
    November 19, 2017 at 9:52 am

    Hey awa ? gud morning ? varah salhi mi part vx.. Keep it up ??❤❤❤ Waiting.. Loves ❤❤❤

    1. Awa says:
      November 19, 2017 at 10:16 am

      Hello SJK.. thanks for the motivation??ly????

  7. Yaloo says:
    November 19, 2017 at 9:58 am

    Stry vvv reethi..whn nxt prt??

    1. Awa says:
      November 19, 2017 at 10:18 am

      Thankss yaloooo. InshaAllah haveeruga??

  8. Xxxx says:
    November 19, 2017 at 10:55 am

    Story v.reethi n touching..daily koh up kohdhey thee thankx????..so i think both rein n rehaan r brothers..n nasreena iz there mom…n heevanee hama rehaan ge aish hen e ee…hehe..???keep it up

    1. Awa says:
      November 19, 2017 at 11:36 am

      Heheheh.. kuriyah vaagotheh balamaa dhw dhn… thankss Xxxx???

  9. sana says:
    November 19, 2017 at 11:43 am

    Wow!wow!wow!SUPER?????????????????

    1. Awa says:
      November 19, 2017 at 11:49 am

      Thankss sana darling??

  10. Ree? says:
    November 19, 2017 at 11:45 am

    Aisha ge maazi kiyan varah curious?? next part ah hama inthizaaru kureveni? ❤

    1. Awa says:
      November 19, 2017 at 11:51 am

      heheh. Aaishage maazi adhi ehaa avahah enguneema curiosity dhaanee dhww… kekkollaa Ree?????

  11. samahaa says:
    November 19, 2017 at 11:46 am

    Their is very small mistakes but the story Awesome keep it up ???

    1. Awa says:
      November 19, 2017 at 11:53 am

      Alhe mistake thah kiyaadin nama. Dhn faharakun kiyaala dhrynekamah ummeedhu kuran… anyways thankss samhaaa????

  12. Axka says:
    November 19, 2017 at 11:49 am

    Wowwwww!you are number one writer When next part?

    1. Awa says:
      November 19, 2017 at 11:56 am

      Thankyou so so much Axka darling????ly?? next part inshaAllah haveerun

  13. Shauna says:
    November 19, 2017 at 12:41 pm

    Hey Awa. Varah unique gothakah mi story mihury genesdheefa. And this is my first comment for this story. Ekam komme dhuvahaku ves kiyan. Daily koh up kohdheythy varah varah ufaavey. You have the talent to writing stories. Keep going…. Waiting… When next part Awa? Loves ♥ ♥

  14. Awa says:
    November 19, 2017 at 1:09 pm

    Hey….?Thanks shauna??.. n kiyaalamey buneema varah ufaavejje. ??Hope kuriyah oiythaagavx hama ehaa interesting kamaaekuga kiyaanekamah. Haveeruga next part genesdheveythw balaanan inshaAllah??

  15. Juvey says:
    November 19, 2017 at 1:30 pm

    Wow awa doonee v salhi mi vaahaka. .miadhu alah mi comment kohlee bt hurihaa part eh vx kiyan …it grt .?????❤

    1. Awa says:
      November 19, 2017 at 2:38 pm

      Thanks juvey darling?? hope you will like it later on also???

  16. Riii says:
    November 19, 2017 at 1:55 pm

    Ohh..!! Awa… Its really nICE…. Waiting 4 nxt prt…??!!

    1. Awa says:
      November 19, 2017 at 2:39 pm

      ??thanks lovee?????

  17. annoying reader says:
    November 19, 2017 at 3:05 pm

    i think rehaan and raain are both twins,and rehaan ge wife aisha aki, twins v ma aisha ves confuse vani kanneynge, egothun hoody ge dad akah raain vani dhw. accident eh vefa handhan gehllifa huri kanneynge, so curious many qstns needing ans, waiting for the next part <3

    1. Awa says:
      November 19, 2017 at 3:26 pm

      Heheheh.. curiosity level v high vefa dhw??? kuriyah oiyy thaaga engigen dhaane??

  18. Rsh says:
    November 19, 2017 at 3:37 pm

    Rehaan is Hood he dad raain is rahaan small brother is it.that’s why raain and hoodh vahtharee I think….
    V Reethi mi part ves.?

    1. Rsh says:
      November 19, 2017 at 3:39 pm

      Rehaan and raain ge mom are one but not dad…I think so

    2. Awa says:
      November 19, 2017 at 4:24 pm

      Lets see dhw…. vaanegotheh hama ehgothakahvx neingey

  19. Friends says:
    November 19, 2017 at 4:43 pm

    Waiting waiting dear….
    Plx plx plx upload sooon dear .. ??????

    1. Awa says:
      November 19, 2017 at 4:45 pm

      Typkoh nimmaalafa upkollaanan inshaAllah??

  20. yoom says:
    November 19, 2017 at 5:24 pm

    alhe vrh rythi..knirakun nxt part upload khladheny

    1. Awa says:
      November 19, 2017 at 6:00 pm

      Thankss yooommm??avahah upkolla dheynan inshaAllah

  21. Friends says:
    November 19, 2017 at 8:15 pm

    Dear kobaa tha stry…
    Avas avas….

    1. Awa says:
      November 19, 2017 at 8:20 pm

      Review ah fonuvaalafin dhoonyaa. Avahah up vaane inshaAllah

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތްވަނަބައި)←


All Right Reserved!