Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި އަހަރެންވާނަމޭ (10)

SunShine Level 210 Stories100 Comments
November 18, 2017 4 Mins Read
22 Comments

“އައިރީން!!” އަރްމާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. މި ކުއްޖާ އަރްމާންގެ ހިތަށް ބާރު ފޯރުވާލައިފިއެވެ.

*****************************

“ހޭ އައި ގޮޓް ޓު ގޯ އިނގޭ. ސީ ޔޫ އެރައުންޑް.” އައިރީން މިހެން ބުނެފައި އަރްމާއަށް އެއްޗެއް ބުނެވެން ވާއިރަށް ދުއްވައިގަނެފިއެވެ.

 

އަރްމާއަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ސިފަވަނީ އައިރީންގެ ރީތި ހިނިތުންވުމެވެ.

އައިރީންގެ ހާލަކީތޯއެވެ. މުޅި ރޭވެސް ނިދޭ ގޮތެއް ނުވިއެވެ. ހަމަ އަރްމާން މަތިން ހަނދާންވަނީއެވެ. ނަމަވެސް އައިރީންގެ ހިތަށް އަރަނީ ހަމަ މިއަދު ފެނުން ޒުވާނާ އޭނާގެ ހިޔާލުން ދުރު ނުވެގެން މިއުޅެނީ ކީއްވެބާއެވެ.

 

4 ގަޑިއިރުގެ ދަތުރަކަށްފަހު ޔުއާންމެނަށް މަންޒިލަށް ވާސިލް ވެވިއްޖެވެ. ހުރިހާއެންމެންވެސް ވަނީ ވަރުބަލިވެފައެވެ. ނަމަވެސް މިއަދު ޔުޝްރާ ހޮސްޕިޓަލަށް ގެންދަން ޖެހެއެވެ.

އެހެން ކަމުން އަލީ އާއި އާސިމާ އެމީހުން ކުއްޔަށް ހިފި އެޕާރޓްމެންޓަށް ފޮނުވާލާފައި ޔުއާންއާއި އަފްރީން ދިޔައީ ހޮސްޕިޓަލަށެވެ.

ޔުޝްރާ ސްޓޭބްލް ވެފައި ވާތީ ޔުޝްރާ ބޭއްވީ ރޫމްއެއްގައެވެ.

އަފްރީންއާއި ޔުއާން އެދުވަސް އެކަށްވެސް ހޭދަ ކޮށްލީ ޔުޝްރާ ކައިރީގައެވެ.

 

އެންމެން ވާހަކަ ދައްކައިގެން ނިންމި ގޮތުން އެއް ގަޑީގައި ޔުޝްރާ ކައިރީގައި ތިބޭނި އަލީ އާއި އާސިމާއެވެ. އަނެއް ގަޑީގައި ޔުއާންއާއި އަފްރީން އެވެ.

 

އިރު އޮއްސުމުން އަލީއާއި އާސިމާ ހޮސްޕިޓަލަށް އައެވެ. އެމީހުން އައުމުން ޔުއާން އާއި އަފްރީން މިސްރާބުޖެހޯ ގެއަށް ދާށެވެ.

ގެއަށް ދިޔައިރު ޑައިނިން ޓޭބްލްގައި ކާން ހަދާފައި ހުއްޓެވެ. ދެމީހުން ކައިގެން ނިދީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ.

 

އެރޭ ޔުޝްރާގެ ހާލު ފުދޭ ވަރަކަށް ދަށަށް ދިޔައެވެ. އެހެން ކަމުން އައި.ސީ.ޔޫ.އަށް ބަދަލު ކުރަން ޖެހުނެވެ. މިކަމުން އަނެއްކާ އަލީގެ ހިތްވަރު އެލޭ ގޮތް ވިއެވެ. ނަމަވެސް އާސިމާގެ ނަސޭހަތުން މީހާ ހަމައަކަށް އެޅުނެވެ.

 

އަނެއް ދުވަހު އަރްމާންއަށް ހޭލެވުނީ ލަހުންނެވެ. ވާނީވެސް އެހެންތާއެވެ. ރޭގައި އައިރީންގެ ހިޔާލު ތަކުން އުދަނގު ކުރާވަރުން ނިދޭ ވަރެއް ނުވިއެވެ.

ދުވަހަކީ ބަންދު ދުވަހެއް ކަމުން އަރްމާން ބެނުންވީ އަދިވެސް ނިދާލާށެވެ.

 

ހެނދުނު ހޭލާފައި އަފްރީން ސައި ތައްޔާރު ކޮށްލާފައި ފެން ވަރައިގެން އިނީ ޔުއާން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ވަރަށް ލަސްވި ފަހުންވެސް ޔުއާން ނުނިކުތުމުން އަފްރީން ނިންމީ ޔުއާންއަށް ގޮވާށެވެ.

އަފްރީން ޔުއާން ކޮޓަރި ތަޅުގައި ހިފާލީ ހުޅުވާފަ ހުންނާނެ ކަމަކަށް ނޫނެވެ.

އަފްރީން މަޑުމަޑުން ދޮރުހުޅުވާލުމުން އަރާމުކޮށް ނިދާލާފައި އޮށް ޔުއާން ފެނުނެވެ.

ޔުއާން އެހެން ނިދާލާފައި އޮންނަ އިރު ހާދަ ލޮތްބެވެ. ހާދަ މައުސޫމެވެ. އަފްރީންއަށް އެހެން ޔުއާންއާއި ދިމާލަށް ބަލަން ހުރެވުނު އިރެއްވެސް ނޭނގުނެވެ. އަފްރީންއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޔުއާން ފުރޮޅިލުމުންނެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ގޮސް ޔުއާންއަށް ގޮވާލިއެވެ. ދެފަހަރަކު ގޮވާލުމުން ޔުއާން ހޭލާފިއެވެ.

“ޔުއާން އަވަހަށް އާދޭ ފެން ވަރައިފެން ސައި ބޯން. ހޮސްޕިޓަލަށްވެސް ދާން ޖެހޭނެ އޭނުން.” އަފްރީން ބުނަން ބޭނުންވާ އެތި ބުނެލާފައި ނިކުމެގެން ދިޔައީ ޔުއާންއަށް އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީއެވެ.

 

އަފްރީން ނިކުމެގެން ދިއުމުން ޔުއާން އަވަހަށް ފެން ވަރައިގެން ނިކުތެވެ.

ޔުއާން ނިކުތް އިރު އަފްރީން އިނީ ސޯފާގައި ލޯ މަރާލައިގެންނެވެ.

ހެނދުނު ވަގުތުގައި އަފްރީން ހީވަނީ ފޮޅިފަ އިން ތާޒާ މަލެއް ހެންނެވެ.

މީހަކު ހުރިހެން ހީވެގެން އަފްރން ލޯ ހުޅުވާލި އިރު ޔުއާން ކުރިމަތީގައި ހުރުމުން އަފްރީން ލަދު ގަންނަ ގޮތް ވިއެވެ.

“ހިނގާ ސައި ބޯން ދާން” އަފްރީން އަވަހަށް ނުވާ ކަމަށް ހަދާއި ކާގެއާއި ދިމާލަށް ހިނގައިގަތެވެ.

ޔުއާންވެސް އަފްރީން ފަހަތުން ގޮސް ކާގެއަށް ވަދެ ގޮނޑިއެއް ދަމާލާފައި އިށީނެވެ.

އަވަހަށް ދެމީހުން ސައި ބޮއެގެން ހޮސްޕިޓަލަށް ދިޔައީ އާސިމާއާއި އަލީ ގެއަށް ފޮނުވާލާށެވެ.

އަފްރީންއާއި ޔުއާން އައުމުން އަލީ އަދި އާސިމާ މިސްރާބު ޖެހީ ގެއަށް ދާށެވެ.

 

 

މިގޮތުގައި މަހެއް ވޭތުވެގެން ދިޔައިރުވެސް ޔުޝްރާގެ ފަރާތުން ހެޔޮ ބަދަލެއް ނުފެނެއެވެ.

އެއް ދުވަހެއްގެ ހަވީރެއެވެ. ޔުއާންއާއި އަފްރީން ޔުޝްރާ ބާއްވާފަ އޮތް ރޫމްގައި ތިބީ ވާހަކަ ދައްކާށެވެ. ދެމީހުންގެ ގުޅުން ކުރިއަށް ދަނީ މިހެންނެވެ. ހޮސްޕިޓަލުގަ ތިބޭ ވަގުތުގައި ވާހަކަ ދައްކައިގެންނެވެ.

ކުއްލިއަކަށް ޔުޝްރާގެ ހަށީގަނޑާއި ގުޅާފައިވާ މެޝިންތަކުން އަޑު ގޮވަން ފެށިއެވެ. ޔުއާން ގާތު ޑޮކްޓަރަކަށް ގޮވަން ބުނެފައި އަފްރީން މެޝިންތަކާއި ގާތަށް ޖެހިލީ ވާނުވާ ބަލާލަންށެވެ. ހާރޓް ރޭޓް ދަށަށް ދަނީއެވެ.

ޑޮކްޓަރ އައުމުން ޔުއާން އާއި އަފްރީން ބޭރަށް ނިކުތެވެ.

15 މިނެޓް ފަހުން ޑޮކްޓަރ ނިކުތް އިރު އޭނާގެ މޫނުގައި ވަނީ  މާޔޫސް ކަމެވެ.

އަފްރީންއަށް ވީގޮތް ނަގައިގަނެވުނެވެ. ނަމަވެސް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

 

“ޑޮކް ޝީ އިޒް އޯކޭ، ރައިޓް؟” ޔުއާން އަވަސް އަވަހަށް އަހާލިއެވެ.

“ޝީ އިޒް ނޯ މޯރ. އައި އޭމް ސޮރީ.” ޑޮކްޓަރ މިހެން ބުނެފައި ޔުއާންގެ ކޮނޑުގައި ޖަހާލާފައި ދާން ހިނގައިގަތެވެ.

ޔުއާންއަށް ހުރެވުނީ އެ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައެވެ. އިރު ކޮޅަކު ހުއްޓުން އަރާފައި ހުރެފައި ގޮނޑިއަކަށް ތިރިވެވުނެވެ.

އަފްރީން ގޮސް ޔުއާންގެ ކޮނޑުގައި އަތް ޖައްސާލުމުން ޔުއާން އަފްރީންއާއި ދިމާލަށް ބަލާލީ ހިތްދަތިވެފައި ހުރެއެވެ. ހަމަ އެވަގުތު ޔުއާންގެ ކޯތާފަތުން ލައިގެން ކަރުނައިގެ ރޮނގެއް ދެމުނެވެ.

 

އަފްރީން އަލީއަށް ގުޅާފައި ހަބަރު ދިނެވެ. އަދި ވައިބަރއިން އަރްމާންއަށް ގުޅާފައި އަރްމާއަށްވެސް ހަބަރު ދިނެވެ.

އަރްމާންއަށް އެންގުމުން އެންމެ ފުރަތަމަ ފްލައިޓުން ދާނެ ކަމަށް ބުންޏެވެ. އަރްމާންއަށްވެސް އަފްރީން ފޯނު ކަނޑާލުމުން ރޮވުނެވެ. އެއީ އަރްމާން  މަންމަ ފަދައިން ލޯބިވާ މީހެކެވެ.

ޔުޝްރާއަކީ ހިތްހެޔޮ، މީހުންގެ ގަދަރު ހޯދާފައިވާ ރަށު އެންމެންގެ ލޯބި ހޯދާފައިވާ މީހެކެވެ.

 

އަރްމާން ވަގުތުން ޓިކެޓް ކަންތައް ހަމަ ޖެއްސިއެވެ. ޗެކިން ފެށެން ބައި ގަޑިއިރަށް ވެފައިވާތީ އަރްމާން ގެއިން ނިކުތީ ބޭނުން މުހިންމު އެއްޗެހި ހިފައިގެންނެވެ.

 

ހޮސްޕިޓަލަށް އައިސް ވައިން އަލީއަށް ހުރީ ރޯންވެސް ނޭނގިފައެވެ. އޭރު ޔުއާން ހަމަ ޔުޝްރާ އޮތް ކޮޓަރި ބޭރުގައި ހަރި ގޮނޑިއެއްގައި އިނދެގެން ރޮނީއެވެ.

ބޮޑުވެފައި ހުރި ފިރިހެން ދަރިއެއް ހިތްދަތިވެގެން ރޯތީ އަލީގެ ހިތަށް ފުން އަސްރެއް ކުރިއެވެ.

އަފްރީންއަށްވެސް ޔުއާން ކައިރީގައި ހިތްވަރު ކޮށްގެން އިނދެވުނީ އާސިމާ ފެންނަ ދެންނެވެ. އާސިމާ ފެނުމުން އަފްރީންވެސް ބަޑި ފަޅައިގެން ދިޔައެވެ.

“ޔުއާން ދެން ހުއްޓާލާ. މީ މަންމައަށް ހެޔޮ ދުޢާ ކުރަންވީ ވަގުތު. ހިތް ވަރު ކުރޭ.” އަލީ ގޮސް ޔުއާން ކޮނޑުގައި ހިފާލަމުން އޯގާތެރި ކަމާއިއެކު ބުންޏެވެ. ނަމަވެސް އޭރު އަލީގެ ހިތްވަރުވެސް ދިޔައީ އެލެމުންނެވެ. ދަރިފުޅަށް ޓަކައި ހިތްވަރު ކޮށްލައިގެން އިން ކަމެވެ.

އަފްރީންވެސް އާސިމާ ގައިގައި ބައްދާލާފައި ރޯން ފެށިއެވެ. އަދި އަރްމާން އަންނަ ވާހަކަވެސް ބުންނެވެ.

 

އެމީހުން އެހެން ތިބީ ޔުޝްރާގެ ޖަނާޒާގެ ކަންތައް ކުރަން ޖެހޭނެކަންވެސް ހަނދާން ނެތިފައެވެ.

އަރްމާން އައިސް ހޮސްޕިޓަލަށް ވަނުމުން މަޑުމަޑުން އެންމެންނަށްވެސް ހޭ ވެރިކަން ވާން ފެށިއެވެ.

އެންމެ އިސްކޮށް ޖަނާޒާގެ ކަންތަކުގައި އުޅުނީ އަރްމާންއެވެ. އަލީގެ ދެބަފައި ތިބީ ކަމެއް ކުރެވޭ ވަރަށް ވުރެ ހާލު ދެރަވެފައެވެ.

 

އެރޭ 12 ޖަހަން ވާއިރަށް ހުރިހާ ކަމެއް ނިމިއްޖެވެ.

އެޕާރޓްމެންޓަށް ގޮސް ވަދެވުން އިރު އެންމެންވެސް ހީވަނީ މަރުވެފައި ތިބި މައްޔިތުން ހެންނެވެ.

އެންމެންގެ ހިތްތަކަށްވެސް ވަނީ ފުން އަސަރު ތަކެއް ކޮށްފައެވެ.

އެރޭ ދެން އިތުރަށް ތިބެން ނުހަދާ އެންމެންވެސް ވަނީ ނިދާށެވެ. އަނެކާއަށް ތިމާގެ ހިތާމަ ފޮރުވަން އުޅޭ ކަހަލައެވެ.

 

ހަމަހިލާ އެކަކުވެސް އެރޭ ލޮލު ފިޔައެއް ނުޖަހައެވެ. އެންމެންގެ ހިޔާލުގައިވެސް ވަނީ ޔުޝްރާއާއެކު ހޭދަކުރެވިފައިވާ ވަގުތު ތަކެވެ.

Note: Adhi alhuganduge farewell eh nunimey ekm maa gina dhuwas vedhaanethy up kohla dhiny mi thankolheh. kamudhaane kamah Ummedhu kuran. And delay vaathy varah bodah maafah edhen

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

ޢެދެމޭ އުފާ….(41)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަސްވަނަބައި)

Next
November 18, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަސްވަނަބައި)

Previews
November 18, 2017

ޢެދެމޭ އުފާ….(41)

22 Comments!

  1. Sadhin says:
    November 18, 2017 at 9:13 pm

    Aaww… Is okey…. Story hama wooowwww.. Haadha dhera gothekey a v… Me fast dhw… Heheh

    1. SunShine says:
      November 19, 2017 at 7:28 am

      Aww
      Thank you.
      Yes you first

  2. Saa says:
    November 18, 2017 at 9:35 pm

    Nice

    1. SunShine says:
      November 19, 2017 at 7:29 am

      Thank you

  3. Rsh says:
    November 18, 2017 at 9:52 pm

    V Kuru but ok v Reethi hama waiting for next engey…..

    1. SunShine says:
      November 19, 2017 at 7:31 am

      Thank you

  4. Reet says:
    November 18, 2017 at 9:59 pm

    Yes v reethi

    1. SunShine says:
      November 19, 2017 at 1:36 pm

      Thank you

  5. SJK...KOREAN says:
    November 19, 2017 at 5:35 am

    It’s okay☺☺
    Vaahaka varah loabi ??❤??
    Waitingsss ???

    1. SunShine says:
      November 19, 2017 at 1:39 pm

      Thanks
      Keep waiting

  6. Limsha says:
    November 19, 2017 at 7:50 am

    Its OK
    Stry v best

    1. SunShine says:
      November 21, 2017 at 7:20 am

      Thank you

  7. ainth says:
    November 19, 2017 at 8:39 am

    haadha varugadha firewel ekey dhw…
    nice story eh…. waiting for next episode… keep it up….

    1. SunShine says:
      November 19, 2017 at 2:11 pm

      Aan mi vrh varugadha kameh.
      Thank you

  8. Shudha says:
    November 19, 2017 at 9:32 am

    v reethi mi story keep it up 😀
    shudha ulhunin midhiya aharu jalaaluddin ga.. mihaar ulheny male ga.. so i might know you 😉

    1. SunShine says:
      November 20, 2017 at 2:31 pm

      Thank you..
      Hehe ehn tha

  9. Zuam says:
    November 19, 2017 at 1:35 pm

    Wow…. reethi ….❤❤❤❤

    1. SunShine says:
      November 21, 2017 at 7:19 am

      Thank you

  10. ssannwa?❤? says:
    November 19, 2017 at 1:45 pm

    Salhi ingey..ey maves fare well…

    1. SunShine says:
      November 21, 2017 at 7:22 am

      Thanks

  11. ♥♥♥♥♥ says:
    November 21, 2017 at 2:22 pm

    Ehves kahala feelings ei nei.. fake vrh

    1. SunShine says:
      November 26, 2017 at 2:08 pm

      Furathama story v ma v goeh kamah balamaa

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (11)←


All Right Reserved!