Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (19)

Mau Level 2100 Comments10 Stories
November 17, 2017 6 Mins Read
39 Comments

ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާ ދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ.

……………………………………………………

ދުވަސްތައް ފާއިތުވަމުން ގޮސް ޒިމްޔާ ފުރާ ދުވަސް ޖެހިއްޖެއެވެ. ޒިމްޔާ ކޮލެޖް ކަންތައް ހަމަ ޖެހި ޒިމްޔާ އެތަނައް ހޭނެންދެން ކިޔާން ވަޒީފާއިން ދެ ހަފްތާ ޗުއްޓީ ނެގީ ހަމަ ޒިމްޔާއަށްޓަކައެވެ. ކިޔާންމެން ސެމިސްޓާ ބްރޭކް ވީމަ އިތުރަށް ފަސޭހަވިއެވެ. ކިޔާން ޒިމްޔާއަށްޓަކައި ކޮއްދޭ ކަންތައްތަކުން ޒިމްޔާ ހުރީ ނުހަނު އުފަލުންނެވެ. ބޭބެ އެއްގެ ހައިސިއްޔަތުންނާ ރައްޓެއްސެއްގެ ހައިސިއްޔަތުންވެސް ކިޔާން އެހާ ރަގަޅެވެ. ކިޔާން އަކީ ޒިމްޔާ އެއްބަނޑު އެއްބަފައި ބޭބެ އެއް ނަމައޭވެސް ހިތައް އަރައެވެ. ކޮންމެ މީހެއްވެސް ކިޔާން އަކީ ކާކުހޭ ބުނުމުން ބޭބެ އެކޭ ބުނެއެވެ.

“ޒިމް ރަގަޅައް ކިޔަވައްޗޭ. އަންނަމުން ދާންބެއަށް ގެނެސްދެއްޗޭ ހަދިޔާއެއް” ޒައިދާން ޒިމްޔާމެން ފުރުވަން އައިސް ހުރެގެން ކިއެވެ.

“ހެއްހެއްހެއް. ޔެސް ގެންނާނެ އެއްނުދެން. ކިޔާންބެ އައީމަ ކިޔާންބެ ބަލައްޗޭ ދާންބޭ” ޒިމްޔާ ހީލަމުން ބުންޏެވެ.

“ވިލް މިސްޔޫ ޒިމް. މާ ފަހުންނޭ އަސްލު އަހަރެމެން ދެމީހުން ދިމާވީ ދޯ” ޔަޒްނާ ޒިމްޔާ ގައިގައި ބައްދާލަމުން ބުންޏެވެ.

“ވިލް މިސްޔޫ މޯ ޔަޒޫ. ޔެސް. މާ ބޮޑައްވެސް ލަހުން ދިމާވީ ދޯ. އެކޮޅައްގޮސް ބަރާބަރަށް ހަބަރުވާނަށް އިނގޭ” ޒިމްޔާވެސް އަޒްނާ ގައިގައި ބައްދާލަމުން ބުންޏެވެ. ޒިމްޔާ ޔަޒްނާއާއި އެކީ އުޅޭއިރުން ހަނދާންވަނީ މިޒްނާއާއި ދޭތެރޭއެވެ. އެހެން ދެމީހުންގެ އުޅުންވެސް ހުންނަނީ އެއްގޮތަކަށެވެ. މީކާއީލް ކުރި ކަމަކުން ޒިމްޔާއަށް ޖެހުނީ މިޒްނާއާއިވެސް ވާހަކަ ނުދައްކާށެވެ.

“ދެން އުޅޭ ފާޑު މިތާވެސް. ބައްދަ ބައްދާފަ. ޕިސް ޕިސް. އަހަރެމެން ދެމީހުން ބެއްދީމަ ގޯސްވީ ދޯ ކިޔާން” ޒައިދާން ދިމާ ކޮއްލިއެވެ.

“ދެން ހެވެއްނު ދޮންބެއަށް ވީ އާރ ގާލްސް” ޔަޒްޔާ ޒައިދާން އަށް ލޯއަޅާލަމުން ބުންޏެވެ.

“ދެން ވީ އާ ބޯއީސް.” އެހެން ކިޔާ ކިޔާން ގައިގައި ޒައިދާން ބައްދައިގަތެވެ. މިތަން ފެނި ދެ އަންހެން ކުދިން ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އޭ ހިނގާ ދެން ވަންނަން. ވިލް މިސްޔޫ ދާން.” ޒައިދާން އަތުން ދަބަސް އަތުލަމުން ކިޔާން ބުންޏެވެ.

“މިސް މޯ. އަންނާތި އަވަހައް. ޒިމް ބަސް އަހައިގެން އުޅޭތި. ބީ ބްރޭވް އޯކޭ” ޒިމްޔާގެ ބޮލުގައި ފިރުމާލަމުން ޒައިދާން ބުންޏެވެ.

“ވިލް މިސްޔޫ ޑޯލީ” އެއްލޯ މަރައިލަމުން ކިޔާން ޔަޒްނާއަށް ބުންޏެވެ. ޔަޒްނާ މޫނު ރަތް ވެގެން ދިޔައެވެ.

“އައްދެ މިވަރު އެއްޗެއް ބުނެގެންވެސް ތިހިރަ ބްލަޝް ވަނީ. އޯކޭ އިނގޭ ޑޯލީ މިސް ނުވާނެކަން.” ކިޔާން ދެރަވާ ކަމައް ހެދެމުން ބުންޏެވެ.

“ނޫން ވިލް މިސްޔޫ ޓޫ. އެންމެ ދެ ވީކް އަށޭ ތިދަނީ” ޔަޒްނާ މިހެން ބުނުމުން ކިޔާން ހީލިއެވެ.

“މަށައް ހީވަނީ ޒިމް ހެން އަންނާނީ މިކޮޅައް އެހެންޏާ ހީވަނީ ކިޔާން މުޅި އުމުރަށް ދާހެން.” ޒައިދާން ދިމާ ކޮއްލިއެވެ.

“ހެވޭދެން. ޒިމް ހިނގާ އެތެށް ވަންނަން” ޒިމްޔާ ގޮވައިގެން އެއާޕޯޓް ތެރެއަށް ވަދެގެން ކިޔާން ދިޔައެވެ.

………………………………………..

ފަޔާޒްއާއި އާލާ ގެއައް އައީ ބޭބީ އަށް ބޭނުންވާ ބައެއް ސާމާނު ގަނެގެންނެވެ. އާލާ ބަނޑައް އައްމަސް ކަމުން ހުރިހާ އެއްޗެއް ތައްޔާރު ކުރަން ފެށިއެވެ.

“އަޅޭ ތިއައީ އެއްޗިހި ގަނެގެންތަ؟ މިޒޫ ގޮވައިގެން ދިޔަ ނަމަ އައި ލަވް ޝޮޕިން ބޭބީ ސާމާންސް” ޒިމްޔާ ތުން އޫ ކޮއްލަމުން ބުންޏެވެ. ގޭމް ކުޅެން ތިބި އާޒްއާއި މީކާއީލްވެސް ހިނިގަނޑު ފަޅައިގެން ދިޔައީ މިޒްނާ ބުނިގޮތުންނެވެ.

“އަދި އެއްކޮށެއް ނުނިމެއޭ. ނެކްސްޓް ޓައިމް މިޒޫ ގެންދަނިންގްސް އޯކޭ” ފަޔާޒްވެސް ޒިމްޔާ ބުނި ގޮތައް ބުނެލިއެވެ. އާލާއަށްވެސް ނުހުރެވިގެން ހޭން ފެއްޓިއެވެ. ކުއްލިއަކަށް މިޒްނާ ބަލައިލީ އާޒް އާއި ދިމާ އަށެވެ. އޭރުވެސް އާޒް އިނީ ހޭށެވެ.

“ނޫޅެން. ތިބޭ މަލާމަތް ކުރަން” އެތާ އޮތް ކަރުދާސް ގަނޑެއް ބޮނޑިކޮއްފަ އާޒް އާއި ދިމާއަށް އެއްލާފަ މިޒްނާ ދިޔައެވެ.

“އޭ މިހާރަކައް އައިސް ތިދެ މީހުން ކޮން ފައިޓެއް” ފަޔާޒް މިޒްނާ ދިޔުމުން އާޒް ކައިރި އަހާލިއެވެ.

“ނޭނގެ. މިހާރަކަށް އައިސް އަބަދު މަ ދެކެ ނައްޓާފައި ހުންނަނީ” އާޒް އަނގަޔައް ގޮތެއް ހަދާލަމުން ބުންޏެވެ.

“ހެހެހެހެހެ. ތިވާނީ ހަމަ ޖެއްސުމަށް ކަމަށް. ކޮބާ ކޮން އިރަކުން މީކް ފުރަނީ؟” ފަޔާޒް މީކާއީލްއަށް ބަލާލަމުން ބުންޏެވެ.

“ފަތިހު. އާޒްވެސް ދާނަމޯ” މީކާއީލް ބުންޏެވެ.

“މިހާރުއްސުރެ ޒިމްއަށް އެއްޗިހި ގަންނަން ފަށައިފިއި. މިއަދުވެސް…..” އާޒް އަށް ރަގަޅައް އެއްޗެއް ނުބުނެވެނީސް މީކާއީލް އަނދަމަތީ އަތް އެޅިއެވެ.

“އައްދެ މިހާރު ދޮންބެއަށްވެސް ޝެއާ ކުރުމެއް ނޯވޭދޯ” މީކާއީލް އުޅުން ގޮތުން ފަޔާޒް ބުނެލިއވެ.

“އޭނ އުހު. އެއީ ފަށެއް” މީކާއީލް ބޯ ކަހައިލަމުން ބުންޏެވެ.

“ދެން ކޯޗެއް. އަދި އެކަތި ވެއްޖެ” އާޒް ލާނެތް ހިންޏެއް އައިއްސަ ބުންޏެވެ.

“އެތެދެއް ކޯޗެއް ދެން ގަތީ؟” މީކާއީލް ނުބުނަން އުޅުމުން އެއީ ކޯޗެއްތޯ ބަލަން ފަޔާޒްވެސް ބޭނުންވިއެވެ.

“ފުނައެއް” މީކާއީލް މިހެން ބުނުމުން ފަޔާޒްއަށްވެސް ހެވުނެވެ.

“ފުނައެކޭ؟ އެކީއްކުރަން” ފަޔާޒް ހިނިއައިއްސަ ބުނެލިއެވެ.

“ފުނާ އަޅާކަށްނު. ވަރަށް ރީތި ފުނައެކޭ. ވަރަށް ރޯޔަލް ފާޑަކަށް އިން ވަރަށް ތަފާތޭ.” މީކާއީލް މިހެން ބުނުމުން ފަޔާޒް މީކާއީލް ކައިރިއައް ޖެހިލިއެވެ.

“މަށައް ހީވަނީ މަގޭ ކޮއްކޮ ސިނކުޑިވެސް ގޮވަނީހެން. އަދި ޒިމް އޯކޭ ނުވަނީސް ވިއްޔަ އެގަތީ”

“ދެން ތިބުނީ އޯކޭ ނުވާނެއޭތަ؟” މީކާއީލް ހިމޭންވެފަ ބުނެލިއެވެ.

“އުހޫ. އެކަމް މީކް ވިސްނަބަލަ މީކް ދިޔަސް ޒިމް ގަބޫލް ނުކޮއްފާނެ ކިޔާއެއްޗިހި. އެއީ މީކް އަށް ވެސް އިނގެއެއްނު ޒިމް އުޅުން ހާލު ކުރިންދޯ. އެހެންވެ ދެވަނަ ފަހަރަށް މީހަކަށް އިތުބާރު ކުރުން އުނދަގޫވާނެ. މީކް ޖެހޭނެ ވަރަށް ވިސް ނައިގެން ވާހަކަ ދައްކަން” ފަޔާޒް މިހެން ބުނުމުން މީކާއީލް އެއްބަސްވިއެވެ.

……………………………………

“އަޅޭ ވާވް. ވަރަށް ރީތިދޯ ކިޔާންބޭ” ޒިމްޔާ މެލޭޝިޔާގެ ޕާކެއް ތެރެއިން އެކި ކަހަލަ މާ ބިންނަން އުޅުނެވެ.

“ހެއްހެއް. ޔާ ވަރަށް ރީތި” ކިޔާން ބުނެލިއެވެ.

“ސާބަސް މިއޮއް ވަރަށް ވާހަކަ ދެއްކި އިރުވެސް ތިހުރީ އެއްޗެއް ނުބުނެ ފޯނާ ކުޅޭކައްނު” ޒިމްޔާ ކިޔާން އާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.”

“އުހު. މި ޔަޒްނާއާއި ޗެޓް ކުރަނީއޭ” ކިޔާން ހުރީ އަދިވެސް ފޯނައް ގެއްލިފައެވެ.

“އޯ އައިސީ. ޒިމްއަށް އިނގެއޭ ނުބުންޏަސް ޔޫ ލަވް ހާ ކަން” ލާނެތް ހިންޏެއް އައިއްސަ ޒިމްޔާ ބުނެލިއެވެ.

“އޭން. ނު.. ނޫން” ކިޔާން ހީވީ ވައްކަމެއް ކުރަން އުޅެނިކޮއް ފަޅާ އެރިހެންނެވެ.

“ހައްހައްހާ ތިވީ ކިހިނެއް؟” ޒިމްޔާ އަދިވެސް ހުރީ ހިނި އައިއްސައެވެ.

“ތިކަހަލަ ކަމެއް ނޫނޭ” ކިޔާން ރަކި ހިންޏެއް އައިއްސަ ބުންޏެވެ.

“ދެން ބުނެބަ. ޒިމް ނުބުނާނަމޭ މީހެއް ކައިރިއެއް. ކުރިންވެސް ކިޔައި ދެމެއްނު” ޒިމްޔާ ސީރިއަސް ވެފަ ބުނުމުން ކިޔާން ނިންމީ އެވާހަކަ ކިޔައިދޭށެވެ.

“ހޫމް. އޯކޭ. އެކަމް ނުވާނެ ޔަޒޫ އާއި ދިމާއަށް އެއްވެސް އެއްޗެއް ބުނެގެންނެއް. އެކަހަލަ އިޝާރާތެއްވެސް ދީގެން ނުވާނެ” ކިޔާން މިހެން ބުނުމުން ޒިމްޔާ އޯކޭ ބޮސް އޭ ބުނެލިއެވެ.

“ޔާ އައި ލަވް ހާ. ފުރަތަމަ ފެނިލުމުންވެސް ލޯބިވެވިއްޖެ ކަންނޭންގެ. އެކަމް ޔަޒޫ ލޯބި ނުވަންޔާ ނުބުނާނަށް. އެކަހަލަ އިޝާރާތެއްވީމަ އަހާނީ. ޒައިދާންއާއި ގުޅުން ކެނޑޭވަރު ކަމެއް ނުކުރާނަށް” ކިޔާން ބުނެލިއެވެ.

“އޯކޭ. ވަރަށް ލޯބިދޯ ޔަޒޫ” ޒިމްޔާ މިހެން ބުނުމުން ކިޔާން މޮޔައަކު ހެން ހެވިފަ ހުއްޓެވެ.

……………………………………..

ފަތިހު ފަހެއް ޖެހި އިރު މީކާއީލްމެން ރާއްޖެ އަންނަން ފުރައިފިއެވެ. ހަތަރު ގަޑި އިރުގެ ދަތުރަކަށް ފަހު ރާއްޖެއާދެވުނެވެ. ޗެކް ކޮއް ނިމުމުން އާޒްއާއި ދެމީހުން ހިނގައި ގަތީ އަވަހައް މާލެދާށެވެ.

“ބްރޯ. ކިހާ އިރަކު މިކަމާއުޅޭނީ؟” އާޒް ކާރަށް އަރާ ހަމަ ޖެހިލަމުން އަހާލިއެވެ.

“ހަމަ ފެންވަރައިގެން އެއްޗެއް ކާލައިގެން ތިކަމާ އުޅޭނީ” މީކާއީލް ބުންޏެވެ.

“މަށައް ފެންނަނީ މީކް ގަތް ފުނާ އަޅަމުން އަޅަމުން ދާން ހައްހައްހާ” އާޒް ހެމުން ބުނެލިއެވެ.

“ދެން ކީއްތަވީ؟ ނުލާހިކު ޔުނިކް އެއްޗެއް އެއީ” މީކާއީލް މިހެން ބުނެ އަނެއް ފަރާތް ބަލައިލިއެވެ. ފުރީއްސުރެ އޭނާ ހިތްވަނީ ނުތަނަވަސް ވެފައެވެ.

ދެމީހުން ގެއާއި ހަމައަށް އާދެވުމުން ކާރަށް ފައިސާދައްކާފައި ދިޔައީ އަވަހަށް ތައްޔާރުވާށެވެ.

………………………………………………..

ޒައިދާން އާއި ޔަޒްނާ ދިޔައީ އޭޑީކޭ ހޮސްޕިޓަލުގަ އޮތް އެމީހުންގެ ބޮޑު ދައިތައަށް ގޮވާލާފައެވެ.

“ދޮންބެ ހިނގާބަ އެއްޗެއް ކާންދާން. ވަރަށް ބަނޑުހައި” ޔަޒްނާ މިހެން ބުނުމުން ކައިރި ހުރި ހޮޓެލް އަކަށް ޔަޒްނާ ގޮވައިގެން ދިޔައެވެ. އެއްޗިއްސައް އޯޑަރުދީފަ ދެމީހުން ތިއްބަ އެތަނައް ވަދެގެން އައި މީކާއީލްމެންނައް ޒައިދާން ގޮވާލިއެވެ.

“އޭ އައީތަ؟ އެއްކޮއް ނިމުނީ؟” ޒައިދާން މިހެން ބުނުމުން މީކާއީލްއާއި އާޒް އެތާ އިށީންދުނެވެ.

“ނޫން. ސެމް ބްރޭކް ދެން ހަމަ ޖައްސާލީ އަހަރެމެން. ޔަޒޫ ކޮން އިރަކު އައީ” މީކާއީލް ޔަޒްނާއަށް ބަލާލަމުން އެހިއެވެ. އޭނާ ޒިމްޔާ ހޯދަން އުޅޭކަން ސިއްރުކުރީ އިހައް ޒައިދާންއަށް ނާންގާށެވެ. މީކާއީލް މިގަޑި ބުނި ނަމަ ޔަގީނުންވެސް މީކާއީލްއަށް ހުރިހާ އެއްޗެއް އެނގިގެން ދިޔައީހެވެ.

“މިހާރު ކޮން ދުވަހެއް ދޯ ޔަޒޫ. މަ މީކާއީލް ފެނުނީމަ ހަނދާން ވަނީ މަގޭ ރައްޓެއްސެއްގެ ކޮއްކޮ އަކަށް މީކާއީލް ކިޔާ މީހެއް ދޯކާ ދިން ވާހަކަ. ފުރަތަމަވެސް ހަނދާންވީ މީކް މަތިން. އެކަމް މީކް އެފާޑަކަށް ނޫޅޭނެ. ވަރަށް އެއްޗިހި ކިޔާލާފަ ހުރި” ޒައިދާން ހީލަމުން ބުންޏެވެ.

“ހެހެހެހެ. ތިވާނީ މަށައް ކަމަށް” މީކާއީލް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އާޒް އޭރުވެސް އިނީ ޝައްކެއްމަތީއެވެ. ނަމަވެސް ޒައިދާން އިނުމުން އަކަމާ އެއްޗެއް ނުބުނީއެވެ.

…………………………………………

“މަންމާ ތިއްތަ ގުޅާފަ ބުނި މީކް މެން މިކޮޅުގައޭ” ފައިހާ މީކާއީލް މަންމަ ފޯނު ބޭއްވި ތަނުން ތެޅެމުން ފޮޅެމުން ދުވެފައި ދިޔައެވެ.

“އަސްލު. މިފަހަރު އެއްކޮޅެއްގަ ޖައްސާތި. އަތު ޖެހެއްޖިއްޔާ އަވަހަށް އިންނަން ހިފާލާތި އިނގޭ” ފަރުޒާނާ އަނގަޔައް ބިލަތްގަނޑެއް ލަމުން ބުންޏެވެ.

“ޔަގީނެއްނު. އެކަމަކު އޭނަ ޒިމްޔާ ގާތައް ގޮސްދާނެ” ފައިހާ ހާސްވަނީ އެކަމާއެވެ.

“ޕިސް. އޭނަ ގާތަށް ދިޔުމުގެ ކުރިން ފައިހާ ދޭބަލަ” ފަރުޒާނާ ހިތަހަމަ ނުޖެހިފައި ބުންޏެވެ.

“އާނ. މިދަނީ ރެޑީވެގެން ދާން” މިހެން ބުނެ ފައިހާ އަވަހައް ތައްޔާރުވާން ދިޔައެވެ.

……………………………………………………………

މީކާއީލް މާޔޫސްވީ ޒިމްޔާމެން އުޅޭ ގޭގައި ކިޔާންވެސް ޒިމްޔާވެސް ނޫޅޭތީއެވެ. މީކާއީލް ދިޔަތަނުން އެނގޭ ކުއްޖެއް ބުނީ ޒިމްޔާ މިހާރު މިގޭގަ ނޫޅޭ ވާހަކައެވެ.

“މީކް. މަށައް ފެންނަނީ އަހަން ޒައިދާން ކައިރި. މަށައް ހާދަ ހީވެޔޭ އޭނަ ކީ ޒިމްޔާ ވާހަކަ ކަން” އާޒް ނުހުރެވިގެން ބުންޏެވެ.

“މަށަކަށް ނުވާނެ. އޭނަވެސް އެވަރު ބަލާނެ ދޯ މަތޯ ނޫނީ އެހެން މީހެއްތޯ. އޭނަ ނުވާނެ ކިޔާންއަކާ ފްރެންޑެއް” މީކާއީލް އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ.

ދެމީހުން މާލެތެރޭ ޒިމްޔާ ފެނޭތޯ ހިނގަމުން ދިޔައެވެ. ދަނިކޮއް މީކާއީލްއަށް ފެނުނީ ޒިމްޔާ މާލެ އައިސް އެންމެ ގަތް ކޮއް އުޅުން ރިފްގާއެވެ. ބާރުބާރައް ގޮސް ރިފްގާއާއި އަރައި ހަމަ ކުރިއެވެ.

“ހައި ރިފް” މީކާއީލްގެ އަޑައް ރިފްގާ ދެލޯ ބޮޑު ކޮއްލިއެވެ. އަޅާވެސް ނުލާ ދާން ފެށުމުން އަނެއްކާ މީކާއީލް ރިފްގާ ހުއްޓުވިއެވެ.

“ހުން ކިހިނެއްވީ؟” ފޫހި ގޮތަކަށް މީކާއީލް އާށް ބަލާލަމުން ރިފްގާއެހިއެވެ.

“ޒިމް ކޮބާ. ޒިމްއާ ދިމާވާނެ ގޮތެއް ހަދާދީބަ ޕްލީޒް” މީކާއީލް އާދޭހުގެ ރާގަކަށް ރިފްގާ ކައިރި އެހިއެވެ.

“ލަދެއް ނުގަނޭތަ އަހާކަށް. ޒިމްޔާ އެއް މުޅި މާލެ ކުޑަ ކުރިޔަސް ނުފެންނާނެ. އަދިވެސް އެކުއްޖާ ފަކީރަށް ވީވަރު ކުޑަވެގެންތަ ތިއުޅެނީ” ރިފްގާ މިހެން ބުނުމުން މީކާއީލް ސިކުނޑި ސުމަކަށް ދިޔައެވެ.

“ކީކޭ ނޭނގެ ތި ކިޔާ އެއްޗެއް”

“އާން ނޭނގޭނެ. ކިރިޔާ މުއްސަނދިވެލާ އިރައް ކަލޭމެން އުޅޭ ވައްތަރުތީ” ރިފްގާ ރުޅިއައިއްސަ ބުނެލިއެވެ.

“ނޭނގެ ތި ކިޔާއެއްޗެއް.” މީކާއީލް މިހެން ބުނުމުން ރިއްގާ ދުރު ބަލާލިއެވެ.

“ކިޔައި ދީފާނަށް.” އެހެން ކިޔާ މީކާއީލް އަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. ސްކްރީންޝޮޓް އައި ގޮތާ އޭގަ ހުރި ހުރިހާއެއްޗެކެވެ.

“ވާޓް. އަހަރެން”

“ޝަޓްއަޕް. މީކާއީލްއަށް ނޭނގުނީމަ މި ކިޔައިދިނީ. އަހަރެން ނޫޅެން ތި މައުލޫ އަކަށް ވާހަކަ ދައްކާކަން” މިހެން ކިޔައި ދާން ހިނގައިގަތެވެ. ނަމަވެސް އަނެއްކާ މީކާއީލް ހުއްޓުވިއެވެ.

“ޕްލީޒް ޒިމް މާލޭގަ އުޅޭ ތަނެއް ބުނެދީ” މީކާއީލް އޭރު ހަމަ ރަގަޅައްވެސް ފެންކަޅިވެއްޖެއެވެ. އޭނަ ހަނދާނައް އައީ ފައިހާ ފުރި ދުވަހު އޭނަ ފޯނު އަތުލި ހަދާނެވެ. އެނޫނީ އޭނަ މީހަކަށް ފޯނު ދީފައެއް ނީންނާނެއެވެ.

“މާލޭގަ ހުރި ނަމަ ބުނީމުސް. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެ. މުޅި މި ރާއްޖެ ބެއްޔަސް ޒިމްއެއް ނުފެންނާނެ. މި ގައިމަކުވެސް ނެތް. ދެން އަހަރެން ނެތިން އެއްޗެއް ކިޔާކަށް” ރިފްގާ މިހެން ބުނެ ދިޔައެވެ. މީކާއީލް ހުރީ އަދިވެސް ގަބުވެފައެވެ. ފެނުން އެންމެ ސްކްރީންޝޮޓް ތަކަކުން ޒިމްޔާ ގަބޫލް ކޮއްލާލަ އޭނާ ދޫކޮއްލާފަ ދިޔައީހެއްޔެވެ؟

“މީކް ދެން ހިނގާ ގެއައްދާން މިހާރު ހަވީރުވެސްވީ” އާޒް މީކާއީލްގެ ކޮނޑައް އަތް ލައިގެން ދާން ހިނގައިގަތެވެ. ގެއާއި އަރައި ހަމަވި އިރު އެތާ ފައިހާ ހުރުމުން މީކާއީލް ރުޅިގަދަވިއެވެ.

“ހާއީ މީކް އެންޑް އާޒް” ފައިހާ ތުއި ގޮތަކައް ބުންޏެވެ.

“ފައިހާ ނިކުމެ މިގެއިން. މީކާއީލް އެހުރި ގޮތައް ބުންޏެވެ.

“އެކީއްވެ؟” ފައިހާ ހައިރާންވެފަ ބުންޏެވެ.

“ނިކުންނާށޭ. މަ ނޫޅޭން ކަލޭ ދައްކާ ވާހަކަ އަޑުއަހާކަށް” މީކާއީލް ރުޅިގަދަ ވެފަ ބުންޏެވެ.

“ނޫޅެން. ތިއްތަވެސް ބުނި މީކް ކައިރިއަށް ދާއްޗޭ” ފައިހާ ހުރީ ފައިހާގެ ގޮތުގައެވެ.

“ކަލޭ ހީކުރީ މަށައް ނޭނގޭނެ ކަމައްތަ؟ ޒިމްޔާ އަށް މަގޭ ފޯނުން މެސްޖް ކޮއްފަ ސްކްރީންޝޮޓް ފޮނުވާފަ. މަ ކުރިންވެސް ބުނިހެން މިހާރު މިބުނީ ކަލޭ ޖެހޭނީ ހަމަ ރާވަ ރާވާފަ ހުންނަން. އެހެން މީހާކު ގަޅިހެއްދުނަސް މަށެއް ނުހެއްދޭނެ. ކޮއްކޮ އަކަށްވީތީ ތިހާ ނޮހޮރުޕާނަކަސް މި ހުރިހާ ދުވަހު ވާހަކަ ދެއްކީ. އެކަމް ދެން ވައްސަލާމް.” ފައިހާ ހުރީ މީކާއީލް އަށް ހުރިހާއެއްޗެއް އިނގުމުން ދެލޯބޮޑުވެފައެވެ. އަނެއްކާ ޒިމްޔާއާއި ގުޅުނީބާވައެވެ. އޭނާ ކުރާ ހުރިހާ ޕްލޭންއެއް މިހާރު ފްލޮޕްވަނީއެވެ.

“ކަލެއައް ނުނިކުމެވެންޔާ މަވެސް ނެރެދީފާނަމޭ” މިހެން ކިޔާ ފައިހާ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކައް ގޮސް ގޭޓުން ބޭރައް ހޫރާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ނުމެދާށޭ ދޫނި މަގޭ (4)

Next

ތިޔަ ލޯބީގެ ހައްޤުގައި (2)

Next
November 17, 2017

ތިޔަ ލޯބީގެ ހައްޤުގައި (2)

Previews
November 17, 2017

ނުމެދާށޭ ދޫނި މަގޭ (4)

39 Comments!

  1. Mee says:
    November 17, 2017 at 4:29 pm

    Woww salhi ekam varah dhera dhekudhin vaki vaathi pls dont do it to them.. ?

    1. Mee says:
      November 17, 2017 at 4:30 pm

      Yeyyy and mee first dhwww

    2. Mau says:
      November 17, 2017 at 4:33 pm

      Hehe. Yes you are first☺? Thankyou☺?

  2. Sidhu says:
    November 17, 2017 at 4:36 pm

    V salhi

    1. Mau says:
      November 17, 2017 at 6:33 pm

      Thanks 🙂

  3. Nahu says:
    November 17, 2017 at 5:16 pm

    wowwww amazing.. when nxt part

    1. Mau says:
      November 17, 2017 at 6:35 pm

      Thankyuh. tmmrw

    2. Nahu says:
      November 18, 2017 at 2:58 pm

      kihaa iraku mihaaru kei madhu vany kiyaa hithun

  4. Navya says:
    November 17, 2017 at 6:40 pm

    Wow ❤ vaahaka v reethi. . Next part ah inthizaaru kurevey. ..

    1. Mau says:
      November 17, 2017 at 7:30 pm

      Thankyou?

  5. Aishath says:
    November 17, 2017 at 6:51 pm

    Kuda kuda mistakes thakeh ebahuri.ekam story varah reethi

    1. Mau says:
      November 17, 2017 at 7:31 pm

      Thankyou 🙂

  6. Mai says:
    November 17, 2017 at 7:02 pm

    Varah loabi next part ven

  7. SJK...KOREAN says:
    November 17, 2017 at 7:10 pm

    varah loabi 🙂 🙂 keep it up

    1. Mau says:
      November 17, 2017 at 7:32 pm

      Thankyou Sjk ??

  8. Shudha says:
    November 17, 2017 at 7:12 pm

    faiha hajam please… hama aslah ves faiha dheke rulhi aissi..
    varah reethi mau… keep it up 😀 <3

    1. Mau says:
      November 17, 2017 at 7:33 pm

      Hehehe. Thanks Shudha?

  9. Hana says:
    November 17, 2017 at 7:57 pm

    Story vvv salhi..comment nukuriyas hama feshign stry kiyan n keep it up dear

    1. Mau says:
      November 17, 2017 at 8:11 pm

      Thankyou Hana 🙂

  10. zaul says:
    November 17, 2017 at 8:10 pm

    vv reethi mi part vex .. comment nukurevunas mi story gavaidhun kiyan igey may.. ?

    1. Mau says:
      November 17, 2017 at 8:14 pm

      Yes thanks zaul 😀

  11. Riii says:
    November 17, 2017 at 8:21 pm

    V gayavey.. Mi stry ah… Vv reethi….

    1. Mau says:
      November 18, 2017 at 12:32 am

      Thank u Riii 🙂

  12. Zuam says:
    November 17, 2017 at 8:46 pm

    Wow …. varah varah reethi…..

    1. Mau says:
      November 18, 2017 at 12:33 am

      Thanks Zuam 🙂

  13. Rsh says:
    November 18, 2017 at 1:44 am

    V Reethi

    1. Mau says:
      November 18, 2017 at 4:07 am

      Thankss

  14. Ikku says:
    November 18, 2017 at 2:15 am

    Vrh ryythi.. Next part kon irakun?

  15. Xuha says:
    November 18, 2017 at 4:08 pm

    Mauuu whn next part…??? Avahah up kohdhybala dear plx plx

  16. Axka says:
    November 19, 2017 at 3:14 pm

    Mauuu Kobaatha story can’t wait?? plx avahah up kohdeeybaa plx

  17. Mau says:
    November 19, 2017 at 10:09 pm

    Hey guys miulheny kuda kameh dhimaa vegen. 2 days therey up kohla dheynan. keep waiting. Ly all?❤️?❤️?❤️?❤️?❤️

  18. Aya says:
    November 20, 2017 at 11:27 pm

    Kobaatha vaahaka mihaaru 2 days vejje vv inthizaaru kohfin v reethi mivaahaka konme dhuvahaku vez beley vaahaka up veytho

  19. Nahu says:
    November 21, 2017 at 12:40 pm

    Mau kn irakun trh vaahaka up kh dheynyyy mihaaru thi vaahaka up veythow kithah faharu balaifin ekam nuvey… knme dhuvahaku vx balan dhn up khdhybaaa dhwwwwwwww

  20. Liu says:
    November 21, 2017 at 2:15 pm

    Come on mau!up kodheebala.waiting??????????

  21. sana says:
    November 22, 2017 at 2:03 pm

    Alhey mauuuuuu Kobaatha story can’t wait pls avahah up kohdeeybaa???????????????????????????????????

  22. ???????????????????? says:
    November 22, 2017 at 2:09 pm

    Kobaatha story Alhey mau pls avahah up kohdeeybaa plx plx plx mau can’t wait??????????

  23. zaul says:
    November 23, 2017 at 8:49 am

    kon irakun tha story up kurany…..

  24. ?? says:
    November 23, 2017 at 9:01 am

    Mau kobrtr story…mihaaru kon dhuvaheh..can’t wait igey…dhn nugenes dhenytr mi story

  25. Xuha says:
    November 23, 2017 at 6:03 pm

    Mau kba tha story mihaaru mi story ah inthizaaru kohkoh varubalivehjje plx avahah up kohdhybala

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (20)←


All Right Reserved!