Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 6ވަނަބައި

Salaa Level 210 Stories100 Comments
February 21, 2014 8 Mins Read
4 Comments

ދުވަސްތައް މާޒީވަމުން ދެއެވެ. ޖަމީލާގެ ބަލިޙާލަތު ބޮޑުވަމުންދެއެވެ. އެކަނި ޙާލަތަށް އުޅެން އުނދަގުލެވެ. ޖަމީލާގެ ފައިގެ ރިހުން ގަދަވެގެން އުޅެއެވެ. އަޅާލާނޭ މީހަކު ނެތުމުން އޭނާ ވަރަށް ރޮޔެވެ.

” އަހަރެން އެކަނި މިޙާލަތަށް ދޫކޮއްނުލާ! ” ފަހުދު ގުޅުމުން ޖަމީލާ ރޯންފެށިއެވެ. ފަހުދުގެ ހިތައް ވަރަށް އަސަރުކުރިއެވެ. މަންމައަށް އެހީވާނޭ ކުއްޖަކު އޭނާ ހޯދަން ބޭނުމެވެ. ނަމަވެސް އޭނާ އަދިވެސް އެކަމަށް ވަގުތު ބޭނުމެވެ.

” މަންމާ! ވަރަށް އަވަހަށް މަންމަގެ އެދުން ފުރިހަމަ ކޮއްދޭނަން! ” ފަހުދު ފޯނުކަނޑާލީ އިތުރަށް އެއްޗެއް ބުނާނެ ހިތްވަރު ނެތުމުންނެވެ.

ފޯން ބޭއްވުމާއި އެކު އާމިރު ގުޅަންފެށިއެވެ. ފަހުދު ފޯނުނަގާ މާޔޫސީ ރާގެއްގައި ހަލޯ އޭ ބުނެލިއެވެ.

” އޭ! އާދެބަލަ! މިއޮއް ކަމެއް ބަލާލަން!… ” އާމިރު ހުރީ ވަރަށް މަޖާ ރާގެއްގައެވެ.

” އޭ މަ ނެތޭ މޫޑެއް! “ ފަހުދު އެއް އަތުން ކަނދުރާގައި އަތްޖާއްސާލިއެވެ.

” ޕިސް… ދެން އައިސްބަލަ ހުސް ބިޓުން! އާޓިފިޝަލް ބީޗްގަ… އާދޭ އިނގޭ… “ އާމިރު ހެމުން ހެމުން ވާހަކަ ދެއްކިއެވެ،

” ސާބަސް !އަދިވެސް ދެ މީހުންނާ އިނދޭ!… ހޫނ މިދަނީ،…. ” ފަހުދު ރުޅިއައިސްހުރިގޮތް ދައްކާލަމުން ފޯނުކަނޑާލިއެވެ.އަދި ބީޗަށް ދިޔުމަށް އަވަސްވެގަތެވެ.

ސައިކަލް ޕާރކް ކޮއްފައި ފަހުދު ބީޗަށް ވަނެވެ. އަދި އާމިރުއަށް ގުޅައި އޭނާ ކޮބާތޯބެއްޔެވެ. އާމިރު އިނީ ކޮފީއެއްގައެވެ.

” އެ އައީނު… މަށަށް އެނގެޔޭ ބިޓުންނޭ ބުނެފިއްޔާ އަންނާނެކަން… ” އާމިރު ހޭންފެށިއެވެ.

” ފަހުދުގެ އެކްސް ފެނިގެން ގުޅީ.. ” އާމިރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

” އެކްސް އޭ؟ ޔާނާތަ؟ ” ފަހުދު އަވަސް އަވަހަށް ސުވާލުކުރިއެވެ.

” ނޯ! ޔާނާ އެއީ އެކްސް ވައިފެއްނު….. ކުރީގެ ބިޓުގެ ވާހަކައޭ މިދައްކަނީ….. ޔާނާ ފެނިގެން ޔާނާ އާއި މޮޔަވެގެން ގޮސް ފަހުދު ދޫކޮއްލީމެއްނު ޝާނާ އެއް… އެމަންޖެ! “

” އޭނ.. ޝާނާ އޭ!؟ މިތާ؟ ” އެތައް ދުވަހެއްގެ ގުޅުމެއްގެ ވާހަކައެއް އާމިރު ބުނުމުން ފަހުދު ހުރީ ހައިރާންވެފައެވެ.

” އާނ.. މިތާ ވެއްޖެ! މަށަށް ހުރީ ނޭނގިފަ.. ކަލޯ ސަޅިއޭ މިހާރު…. އޭރު ކަޑަކަޑަ ކޮށް ހުރި މަންޖެ މިހާރު ހީވަނީ ޕަރީ އެއްހެން… !”

” އޭނައަށް އާމިރު އިނގުނުތަ؟ ” ފަހުދު ޝައުޤުވެރިވިއެވެ.

” އެހެންޏަ! މަ އެނގޭނެއްނު. މަ އޭރުވެސް ހުރީ މިހެން … އެކްސްރޭ ކަށިގަނޑެއް ހެން… މަ ފެނުނުތަނާހެން އައީ މިތަނަށް… ” އާމިރު އާޓާ އެކު ވާހަކަ ދެއްކިއެވެ.

” މަ ވާހަކަ އެހިތަ؟ ” ފަހުދު ގާތްކޮށް އަހާލިއެވެ.

” ބުނެވޭނީ ގޮތެއްގެ މަތިން… ކޮފީގެ ބިލް ދައްކައިދޭ މަތިން. ” އާމިރު ހޭންފެށިއެވެ.

” އާނ  ދައްކައިދޭނަމޭ… ” ފަހުދު އެއްބަސްވިއެވެ.

” އަދިވެސް ލޯބިވެޔޯ.. އިންތިޒާރުކުރަމޯ…. އަދިވެސް ހުރީ ހުހަށޯ… ” އާމިރު ބަންޖެއްހެން ކިޔަމުންދެއެވެ.

” އަސްލުގަވެސް…. ހިނގާބަލަ ސެޓުވޭތޯ އުޅެލަން…. ” ފަހުދު ވަރަށް ގަޔާވެލިއެވެ. މަންމް ދެންމެ ދެއްކި ވާހަކަތައް އަދިވެސް ހިތަކުން ނުދެއެވެ، އެހެނަސް  ޔާނާގެ ބޭވަފާތެރި ލޯބީގެ ހަނދާނުގައި ހުންނާކަށް ފަހުދު ބޭނުމެއް ނޫނެވެ.

” އޭ މަ އަތުގައި އެބަ އޮތް ނަންބަރު… ދީފަ ދިޔައީ… މަކަރުވެސް ހުންނަ މަންޖެއެކޭ ދޯ އެއީ؟ އޭނައަށް ޔަޤީން ވާނެއެއްނު މަ ކަލެއަށް ނަންބަރު ދޭނެކަން… ” އާމިރު އަނެއްކާވެސް ހޭންފެށިއެވެ.

ފަހުދުވެސް ހޭންފެށިއެވެ.

” އޭ ބަލާ ބަލާ އެއޮއް ކަމެއް! ” އާމިރު ފަހުދުގެ ކޮނޑުގައި ކޮއްޓާލަމުން ދުރަށް އިނގިލި ދިއްކޮއްލުމުން ފަހުދު ބަލާލިއެވެ.އަދި އޭނާގެ މޫނުމަތި މުޅިން މޮޅިވިއެވެ. ހިތް މަރުވާފަދަ ގޮތްވިއެވެ.

ޔާނާ އާއި ޝާހު އަދި މުނާ  ސަބްމެރިން ގަނެގެން ދާ މަންޒަރެވެ.

” ވާ ވާ ކާމިޔާބު ގޮއްޔެއް! އިއްޔެ ސުޕަމާކެޓްގެ ބޮޑުމީހާގެ ސައިކަލު ފަހަތުގަ… މިޔަދު މީހެއްގެ ފިރިއެއް ގޮވައިން ތޯއްޗެ! ” އާމިރު ބުނި ޖުމުލައިން ފަހުދު ރުޅިއައެވެ.

” ޔާނާ ނުވާނެ ތިޔަހާ ގޯހެއް… ” ފަހުދަށް ބުނެލެވުނެވެ. ދުރުން ދާ ޔާނާއަށް ބަލަމުންނެވެ.

” ގޯސްނުވީމަދޯ ވަރިކުރީ…. ދައްކާނެ އެކަހަލަ ވާހަކަ…. ” އާމިރު ސަކަރާތަކަށް ހެދިއެވެ.

ފަހުދުގެ ލޯ އަމާޒުވެފައިވަނީ ޔާނާއަށެވެ. ޔާނާމެން ހެމުން ހެމުން ދެއެވެ. ޔާނާ އުޅެނީ އުފަލުގައިކަން ފަހުދަށް ޤަބޫލުކުރެވުނެވެ. ފަހުދުގެ ހިތައް ވަރަށް އަސަރުކުރިއެވެ. އޭނާ ފަހުދުގެ ޙަޔާތުން ދުރަށް ގޮސް އެއްވެސް ހިތާމައެއް ނުކުރެޔޭ ފަހުދަށް ހީވެއެވެ. އޭނާ އަދިވެސް ބަލަމުންދެއެވެ.

ޔާނާ ލޯމަތިން ގެއްލެންދެން ފަހުދު އިނީ ބަލަހައްޓައިގެންނެވެ. އާމިރު އިނީ ދެފަރާތަށް ބޯހޫރުވާލަވާލަައެވެ.

” ސާބަހޭ ފަހުދޫ… ” އާމިރު އެންމެފަހުން ފަހުދު ސިއްސުވާލިއެވެ. ފަހުދު އިނީ މޫޑުގޯސްވެފައިކަމުން އާމިރު އިތުރަށް ދިމާކުރާކަށް ބޭނުމެއްނުވިއެވެ

ޔާނާއޮތީ މުނާ ނިންދަވާށެވެ.މުނާ ނިދުމުން ޔާނާ ސިޓިންގރޫމަށް ނުކުމެލީ ފެންފުޅިއެއްބަލައެވެ. އޭރު ލެޕެއް ހިފައިގެން ޝާހު ސޯފާގައި އިނެވެ. ޔާނާ ޝާހަކަށް މާބޮޑު ސަމާލުކަމެއް ނުދީ ދާތަން ފެނި ޝާހު ތެދުވިއެވެ. އަދި ފަހަތުންގޮސް ބަދިގެއަށްވަނެވެ.

” ޝާހު!ސިއްސައިގެންނޭ ދިޔައީ…. ” ފެންފުޅި އައިސް އަލަމާރިން ނަގަމުން ޔާނާ ބުނެލިއެވެ.

” ވަރަށް ބޮޑު ކަމަކު މިއައީ………ހިނގާބަލަ!! ” ޝާހުގެ ޔާނާގެ އަތުގައި ހިފިއެވެ. ޔާނާ ބަލާލީ ޔާނާގެ އަތުގައި ހިފާފައިވާ ޝާހުގެ އަތަށެވެ.

” މިއޮއް ދަންވަރު ކީއްކުރަނީ މިތާ؟ ” ފަހަތުން އިވުނީ އަސްލަމްގެ އަޑެވެ. ޝާހަށް ޔާނާގެ އަތުން ދޫކޮއްލެވުނެވެ

” ބޭބޭ! އަދި ދަންވަރެއް ނުވެއެއްނު! މިއައީ ފެންފުޅިއެއް ބަލާ! ” ޔާނާ އާދައިގެ ގޮތަކަށް ޖަވާބުދިނެވެ.

” ޔާނާ ސިއްސާލަންވަނީ.. ” ޝާހު ބޯކަހާލަމުން ބުނެލިއެވެ،

” ހޫމް އެންމެ ރަނގަޅު… މިބައި ދިއްލާފަހުރީމަ ބަލާލަން މިއައީ.. ” އަތުގައި އޮތް މެގަޒިން މޭޒުމަތީ ބޭއްވުމަށްފަހު އަސްލަމް ހިނގައިގަތެވެ،

” ކިރިޔާދޯ މިސަލާމަތްވީ؟ ” ޝާހު ޔާނާގެ އަތުގައި އޮތް ފެންފުޅި އަތުލަމުން ބުނެލިއެވެ.

” ހޫމް… ކީކޭތަ ބުނަން އުޅުނީ؟ ” ޔާނާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.

” އެވާހަކަ އަދި ބުނަންވެސް މާ އަވަސް ކަންނޭނގެ!… ” ފެންފުޅި ދިއްކޮއްލަމުން ޝާހު ބުނެލިއެވެ.

” ދެން ކޮންހާ ވާހަކައެއްތަ ތިދައްކަނީ…ވާހަކައެއް ބުނަންވެސް ބޭނުން.. ބުނަން އަދި މާ އަވަސް ވެސް މެ.. މޮޔަވީތަ ޝާހު؟ އަހަރެން ނިދަން މިދަނީ.. ” ޔާނާ ތެދުވަމުން ބުނެލިއެވެ. ޝާހު ހީލިއެވެ.

*********

ސީމާ އޮތީ ނިދާފައެވެ. އަސްލަމް މަޑުމަޑުން ތެދުވިއެވެ. އަދި ސިޓިންގރޫމަށް ނުކުތެވެ. އޭރުވެސް ޝާހު އިނެވެ.

” ޝާހު! މާދަމާ އޮފީހަށްވެސް ދާންޖެހޭނެއްނު………. ދޭބަލަ ނިދަން!… ” ދުވަހަކުވެސް އެފަދަ ގޮތަކަށް ނަސޭހަތެއްދީފައިނުވާ އަސްލަމު އެހެން ބުނުމުން ޝާހު ހައިރާންވެލިއެވެ. އަދި ބުންޏެވެ.

” ބޭބޭ! މާދަމާ ފްރައިޑޭ އެއްނު….. އެހެންވެ މަޑުކޮއްލަނީމި.. ! ” ޝާހު ހިނިތުންވެލަމުން ބުނެލިއެވެ.

” އާނ ދޯ.. އެކަމަކު ދެން ތިހެން ނުނިދާ އިންނާނެ ކަމެއް ނެތް… ” ހަރުކަށި ކަމާއި އެކު އަސްލަމު ބުނެލިއެވެ. ޝާހުވެސް ލެޕް ހިފައިގެން ވަނީ ކޮޓަރިއަށެވެ.

************

” އަހަރެން ބޭނުން ޝާނާ އާއި ގުޅެން……… ” ވަރަށް ވިސްނުމަށްފަހު އާމިރުގާތު ފަހުދު ބުނެލިއެވެ.

” ހީކޮއްލާ ތިކަން ތިއޮތީ ވެނިމިފައޭ……. ” އާމިރު ބުނެލިއެވެ. އާމިރުގެ ވާހަކައިން ޝާނާ ހުރީ ފަހުދުގެ އިންތިޒާރުގައިކަން ކަށަވަރުވިއެވެ.

” ބައްދަލުކުރަންވެސް ބޭނުން………. ” ސިޑިން ތިރިއަށްފައިބަމުން ފަހުދު ބުނެލިއެވެ.

” ދާންވީނު ކާނިވަލަށް! ޔޫމެން ދެމީހުން…. ” އާމިރު ހުރީ ވަރަށް ސީރިއަސްވެފައެވެ. ފަހުދަށް ދިރިއުޅުމެއް ހޯދައިދިނުމަށް ބޭނުންވެފައެވެ.

އާމިރު ޝާނާއަށް ގުޅާ ހުރިހާކަމެއް ހަމަޖެއްސިއެވެ. ޝާނާވެސް މިހާރު ކާނިވަލަށް ދާނެއެވެ. ފަހުދުވެސް ނައްޓާލިއެވެ.ފަހުދު އެތަނަށް އެދަނީ ދާހިތަކުންނެއް ނޫނެވެ. ހިތްމަޖުބޫރު ކުރުވައިގެންނެވެ. ފަހުދު ކާނިވަލަށްގޮސް މޭޒެއްގެ ދަށުގައި އިނެވެ. ޝާނާގެ އިންތިޒާރުގައެވެ.

މާދުރުނޫން ހަމައަކުން ހިނގާލާފައި އަންނަ ޝާނާފެނުމާއި އެކު ފަހުދަށް ތެދުވެވުނެވެ. އެއީ މީގެ އަހަރުތަކެއްގެ ކުރިން ސަމާސާ އަކަށް ހަދާފައި ރައްޓެހިވި އަންހެން ކުއްޖާބާވައެވެ؟ އޭނާ މިހާރު ހާދަހާ ބަދަލުވެއްޖެއެވެ. ދަނބުކުލައިގެ ގަޔަށްބާރު ޓޮޕަކާއި ސްކިނީއެއްގައި އޭނާ ހުންނައިރު ރީތިކަން އިތުރުވެއެވެ. އޭނާގެ ބުޅި ދިގު އިސްތަށިގަނޑުވަނީ ދޫކޮއްލާފައެވެ. ފަހުދު ހުރީ ފުރަތަމަވެސް ޝާނާގެ ރީތިކަމަށް ތަޢުރީފްކޮއްލާ ހިތްވެފައެވެ. ޝާނާ އައިސް ފަހުދުގެ ވަރަށް ގާތުގައި ހުއްޓުނެވެ،

” އިށީންނަން ވީނު… ” ފަހުދު ގޮނޑިދައްކަމުން ބުނެލިއެެވެ.

” ފަހުދު… ” ޝާނާ އިށީންނަމުން ވަރަށް ލޯތްބާއި އެކު ގޮވާލިއެވެ.

” ވަރަށް އިންތިޒާރުކޮއްފިން ފަހުދުގެ ލޯބި ލިބޭތޯ،،، ” މައުސޫމުގޮތަކަށް ޝާނާ ބުނެލިއެވެ.

” އަހަރެންގެ ދިރިއުޅުމުގައި ދިމާވި ކަންތައްތައް އާމިރު ކިޔައިދިން ދޯ… ” ބަދަލުގައި ފަހުދު ކޮއްލީ ސުވާލެކެވެ.

” އެނގޭ،،، ހުރިހާ އެއްޗެއްވެސް އެނގޭ………… އަހަރެން ބޭނުންވަނީ ހަމައެކަނި ފަހުދު، ފަހުދުގެ މާޒީއަށް ބަލައި އެކަންކަމަށް ޝަކުވާއެއް ނުކުރާނަން…… ” ލަދުރަކި ގޮތަކަށް ޝާނާ ބުނަމުން ދިޔައެވެ.

” އަހަރެން ބޭނުން މެރީ ކުރަން…. ” ފަހުދުގެ އަޑަށް ޝާނާގެ ހިތް އުފަލުން ފުރުނެވެ.

” އަހަރެން ކީކޭ ބުނާނީ،،،،،،،،،، އަބަދުވެސް އިންތިޒާރުކުރަމުން އައީ މިދުވަހަށް…….. ” ޝާނާ ހީލިއެވެ.

” އަހަންނަށް ކުރިން ކަންތައް ކުރެވުނު ގޮތާއި މެދު މަޢާފަށް އެދެން. ” ފަހުދު ކޮފީތަށި ބޯލަމުން ބުނެލިއެވެ. ވަރަށް އާދައިގެ ގޮތަކަށެވެ.

” އެވާހަކަ ދެން ނުދައްކަމާ…… ” ޝާނާ އިސްޖަހާލިއެވެ.

” ހިނގާ ދޯ ދަމާ! އަހަރެން ޝާނާގެއަށް ގެންގޮސްދޭނަން.. ” އެހާ އަވަހަށް ދާން ބުނުމުން ޝާނާ ހިތްހަމައެއް ނުޖެހުނެެވެ. ނަމަވެސް ޝަކުވާ ކުރާކަށް ޝާނާ ބޭނުމެެއް ނޫނެވެ. މަޑުމަޑުން ތެދުވެގެން ފަހުދާއި އެކު ހިނގައިގަތެވެ.

ހުކުރު ދުވަސްކަމުން ސީމާ ބޭނުންވީ ޓްރެކަށް މޫދަށް ދިޔުމަށެވެ. އެންމެންވެސް ދާން ނިންމިއެވެ. ނަމަވެސް ޔާނާ ހުރީ ދާހިތަކުން ނޫންކަން ޝާހު ދެނެގަތެވެ.

” ފަތަން ނޭނގެނީތަ؟ އަހަރެން މިހުރީނު……. “ ޝާހު ހީގަންނަމުން ބުންޏެވެ،

” އެހެންވެ އެއްނޫނޭ…… މުނާ އެކަނި ބަހައްޓާފަ ކިހިނެތްދާނީ؟ ” ޔާނާގެ އަޑާއި އެކު އަސްލަމު ބަލާލިއެވެ.

” މަވެސް ދާނަމޭ މޫދަށް،،،،،، ” އަސްލަމަކީ ދުވަހަކުވެސް މޫދަށް ދިޔަ މީހެއް ނޫނެވެ.

” އޭނ…. އަސްލަމް؟ މޫދަށް…. ” ހައިރާންވެފައި ސީމާ ބުނެލިއެވެ.

” އެހެންވިއްޔާ ޔާނާ މަޑުކޮއްލާ މުނާގާތު………   އަހަރެން ވަރަށް ދާހިތްވެއްޖެ އަސްލަމް އާއި އެކު….. ” ސީމާ ވަރަށް ގަޔާވެލިއެވެ. އޭރު ޝާހުވެސް ތައްޔާރުވެގެން ނުކުންނަނީއެވެ.

” ދާމީހަކު ދާންވީ؟ މަ މި ނައްޓާލަނީ….. ” ޝާހު ނުކުންނަން ދަމުން ބުންޏެވެ. އަސްލަމް ބަލާލީ ސީމާއަށެވެ.

” މަ މަޖަލަކަށް ބުނީ ދާނަމޭ،،،،، ސީމާ ބުނާއެއްޗެއް ބަލާލީ……..” އަސްލަމް އިށީނެވެ. އަސްލަމް ބޭނުންވީ ގޭގައި މަޑުކުރާށެވެ. ޔާނާވެސް ހުރީތީއެވެ.

” މަ ހިނގައިދާނަމޭ ޝާހުއާއި އެކު…. ” ސީމާ ނުކުތެވެ. ޝާހު އާއި އެކުގައެވެ.

މުނާ އޮތީ ނިދާފައެވެ. ޔާނާ ބަދިގެތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅެންފެށިއެވެ. ޔާނާގެ ޢަމަލުތައް ހުރިގޮތް ބަލަން އާގަމަވެފައި އަސްލަމް އިނެވެ. ޔާނާގެ ހަށިގަނޑަށް ފެންބޮވައިގަނެފައިވާ ހާލު ބޭއިހްތިޔާރުގައި އަސްލަމަށް ތެދުވެވުނެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޔާނާގެ އުނަގަނޑުގައި ހިފާލެވުނު ވަގުތު ޔާނާ ސިހިފައި ހަޅޭއްލަވައިގަތެވެ.ހުށިޔާރުކަމާއި އެކު އަސްލަމު ޔާނާ ގެނެސް އޭނާގެ ގައިގައި ތަތްކޮއްލިއެވެ. ޔާނާ ބިރުން ތެޅިގަތެވެ. ޔާނާގެ ނަސީބު ހުރިގޮތް ނޫންކަމެއްވެސް ނޭނގެއެވެ. މުނާ ރޯންފެށިއަޑަށް އަސްލަމު ޔާނާގެ ގައިން ދޫކޮއްލިއެވެ. ޔާނާ ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. އަދި މުނާ ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ. މުނާ އަދިވެސް ނިދަން ބޭނުންވާކަމުގައި ބުނުމުން ޔާނާ ރޮވެމުން ރޮެވެމުން މުނާ ކައިރީގައި ނިދާލުމަށް ބުނެލިއެވެ.

ޔާނާ ވެސް އޮށޯތެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ، އެއްގެއިން ނެރެލުމުން އަނެއްކާވެސް ހިމާޔަތް ލިބުނު ފުރާޅުގައި ލޯވަޅެއް އެޅިއްޖެއެވެ. މިފުރާޅު ދޫކޮއް ދާންޖެހުނީއެވެ. އެކަމަކު ދައްތަ ގާތު ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ޔާނާގެ ސަބަބުން ދައްތަގެ ދިރިއުޅުން ވެސް ހަލާކުވާކަށް ބޭނުމެއްނޫނެވެ. ވިސްނުމެއްގެ ތެރޭގައި ރޮއިރޮއި އޮއްވާ ސީމާއައިސް ވަނެވެ. އޭނާ އައީ ބޮލުގައި ތުވާލިވެސް އޮޅާލައިގެންނެވެ. ފެންވަރައިގެން މުނާ ކޮބާތޯ ބަލާލާށެވެ.

” ޔާނާ! ” ސީމާ ގޮވާލިއެވެ. ހަބަރެއް ނުވުމުން ޔާނާގައިގައި ސީމާ ކޮއްޓާލިއެވެ. ޔާނާ ރޮނީއެވެ. ޔާނާގެ ދުޅަވެފައިވާމޫނު ފެނި ސީމާ ހައިރާންވިއެވެ. އަހާ އަހާ އެއްވެސް ޖަވާބެއް ނުދިނުމުން ސީމާ އަސްލަމްއަށް ގޮވިއެވެ. އަދި ޔާނާއަށް ކިހިނެތްވީތޯ އެހުމުން ނޭނގެއޭ ބުނެ އަޅާވެސް ނުލާ އަސްލަމު އެ ކޮޓަރިން ނުކުތެވެ. އެވަގުތު ޝާހު އެ ކޮޓަރިއަށް ވަންނަނީއެވެ.

” ބޮލުގަ ރިއްސަނީ ވަރަށް ބޮޑަށް……. ” ޔާނާ ދޮގުހެދިއެވެ.

” ހުކުރު ވަގުތު ޖެހެން ވާއިރަށް ޔާނާ ގޮވައިން ޑޮކްޓަރަށް ދާންވީނު ޝާހު… ދޮންތަ އަދި މިހުރީ ފެންވެސް ނުވަރާ……. “

ޔާނާ ރީތިވެލައިގެން ނުކުތެވެ. އޭރު ސައިކަލްމަތީ ޝާހު އިނެވެ. ސައިކަލަށް އެރުމުން ޝާހު ދިޔައީ ހޮސްޕިޓަލަކަށް ނޫނެވެ. ޝާހު ޔާނާ ގޮވައިގެން ދުއްވަނީއެވެ.

 ” އަހަންނަށް އެނގޭ ބޮލުގައި ރިއްސަނީ ނޫންކަން. ތެދަށް ބުނޭ ކިހިނެތްވީ؟ “

ޔާނާ އެވާހަތައް ޝާހުއާއި ހިއްސާކުރާނެބާވައެވެ.؟ ޝާހުއަށް އެނގިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތްބާވައެވެ؟ ޔާނާ އެފަދަ ހިޔާލުތަކެއްގައި އިންދަ ޝާހު ސައިކަލް މަޑުކޮއްލުމަށްފަހު ހަރުކަށި ރާގަކަށް ބުނެލިއެވެ. ” ތެދަށް ބުނާނީތަ؟ ”

 ޔާނާ ހުރީ ހާސްވެފައެވެ. އޭނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ.

އޭރުވެސް ރޮއިފައިވާ ދެލޮލުން ރުޔުމުގެ އަސަރު ފެންނަން ހުއްޓެވެ. ޔާނާއަކަށް އެވާހަކައެއް ޝާހުގާތަކު ނުބުނެވުނެވެ. އޭނާ ބިރުގަންނަނީއެވެ. ސީމާދައްތަގެ ދިރިއުޅުން ހަލާކުވާނެތީއެވެ. އެގެއިން ނުމުގެން ދެން ވަކި ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ މިޔަދު އަސްލަމް އެގޮތަށް ކަންތައް ކުރި ނަމަވެސް ޔާނާ ނުރުހުން ވުމުން ތަކުރާރު ނުވާނޭކަމަށް ޔާނާ ނިންމިއެވެ.

” ނުބުނާނަންތަ؟ ” ޝާހު ޖީބަށް އަތްޖަހާލިއެވެ. އޭރުވެސް ޔާނާ އިނީ ސައިކަލް މަތީގައެވެ.

” ބޭބެ ރުޅިއައިސް ހުރީ…. ވަރަށް ހަރުކަށިކޮށް ވާހަކަދެއްކީ…. ނޭންގެ ކީއްވީކަމެއް… ” ޔާނާ ގޮދުހެދިއެވެ. މަސްލަހަތަށް ވިސްނާފައެވެ.

” ތިކަމާތަ އެހާވަރަށް ރުއީ؟ ” ޝާހު ހިނިތުންވެލަމުން ބުނެލިއެވެ. ޔާނާ ކުޑަކުއްޖެއްފަދައިން ބޯޖަހާލިއެވެ.

” ބޭބެ ހުންނާނެ އެފާޑުގެ ގޮތެއް! އަޅާނުލީމަ ރަނގަޅުވާނީ.. ދޮންތަވެސް ބޭބެގެ ކަންކަމާ ނުބެހި އުޅޭތީ އެ އުޅެވެނީ މައްސަލަނުޖެހި.. އަޅާނުލާ… ” ޝާހު ގަޑިބަލާލަމުން ސައިކަލަށް އެރިއެވެ.

” ރޭގަ ކޮންވާހަކައެއްތަ ބުނަން އުޅުނީ؟ ” ޔާނާ މަޢުޟޫ ބަދަލުކޮއްލުމުގެ ނިޔަތުގައި އަހާލިއެވެ. މާބޮޑު ޝައުޤުވެރިކަމެއް އޮވެގެންނެއް ނޫނެވެ.

” އެއީ……… ވަރަށް ވަރަށް ވަރަށް ބޮޑު ވާހަކައެއް… ” ޝާހު ޔާނާގެ މޫނަށް ބަލާލިއެވެ.

” ދެން ބުނެބަލަ! ” ހަމަޖެހޭގޮތް ދައްކާލަމުން ޔާނާ އެއްސެވެ.

” ހަމަ ބުނަންވީ؟ ” ޝާހުގެ ލޯ އަމާޒުވީ ޔާނާގެ ލޮލަށެވެ.

” އާނއެކޭ! ” ޔާނާ ސައިކަލުން ފޭބިއެވެ. ޝާހުވެސް ސައިކަލުން ފޭބުމަށްފަހު ޔާނާ އާއި އެއްވަރަށް ހިނގާލަމުން އައިސް ޔާނާއަށް ފުރަގަސްދިނުމަށްފަހު ބުނެލިއެވެ.

” އަހަރެންނަށް ޔާނާ ފުރަތަމަ ފެނުނު ދުވަހުވެސް އިނގުނު ތީ ވަރަށް ރަނގަޅު އަހުލާޤެއްގެ ކުއްޖެއްކަން… ވަރަށް ތެދުވެރި ، އެހެން މީހުންނަށް ކަންކަމުގައި އެހީތެރިވެދޭނެ ކުއްޖެއްކަން އިނގުނު ގެޔަށް އައިސް އުޅެންފެށުމުން. އަދި އަހަރެންނާ ގާތް ގުޅުމެއް އުފެދުމުން އެނގިއްޖެ ޔާނާއަކީ ވަރަށް ރަނގަޅު ގެވެހި އަތްބަކަށްވެސް ވެވިދާނެ ކުއްޖެއްކަން….. ދެން އެހާމެ ރީތި …. ނޭނގެ ދެން އިތުރަށް ޔާނާ ސިފަކޮއްދޭނެ ގޮތެއްވެސް…. އަހަރެން ބުނަން ބޭނުންވަނީ….. ” ޝާހުގެ ވާހަކަ ޔާނާ މެދުކަނޑާލިއިރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ.

” ނޫން ޝާހު ނޫން… އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާތި! އަހަރެންގެ ކިބަޔަކު ނެތް އިތުރު މީހެއްދެކެ ލޯބިވާނެ ހިތްވަރެއް!… ޝާހުއަށް އަދި އަހަރެންގެ ހަޤީޤަތެއް ނޭންގޭނެ! ” ޔާނާ އެ މާނަކުރީ އޭނާއަކީ ދަރިން ލިބުމުން މަހުރޫމުވެފައިވާ މީހެއްކަމެވެ. ޔާނާގެ ޖުމުލަތަކުން ޝާހުގެ މޫނުމައްޗަށް ތަފާތު ކުލަތައް އަރާ ފައިބަމުންދެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

” ޔާނާގެ ދިރިއުޅުމާއި އެންމެ ފިރިހެނަކު ކުޅެލުމުން ހުރިހާ ފިރިހެނުންނަށް އެ މަލާމާތް ރައްދުކުރަނީތަ؟ ” ޝާހު ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. އަދިވެސް ވާހަކަ ދައްކަނީ ޝާހުއެވެ.

” ދެން އެހެން މީހަކަށްވެސް ޔާނާދެކެ ލޯބިވުމުގެ ޙައްޤެއް ނޯންނާނެތަ؟ އަހަރެން ބުނަން މިއުޅެނީ… ” ޝާހުގެ ޖުމުލަ މިފަހަރުވެސް ބުރިކޮއްލީ ޔާނާއެވެ.

” ޕްލީޒް ޝާހު! އަހަރެންދެކެ ލޯބިނުވޭ!! ޝާހު ބޭނުންވަނީ އަހަރެން ތިގެއިން ނެރެލަންތަ؟ ” ޔާނާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެންނަން ހުއްޓެވެ.

” އަހަރެން ޔާނާދެކެ ލޯބިވެޔޭ” ޝާހުގެ ޖުމުލަ އާއި އެކު ޝާހުގެ ކޯތާފަތް ރަތްވެގެން ދިޔައީ ޔާނާގެ އަތުގެ ހަމަލާއިންނެވެ. ޔާނާއަށް ކުރެވުނު ކަމާއި މެދު ވިސްނާލެވުނީ ޝާހުގެ ލޮލުން ވިދަމުންދާ ކަރުނަތައް ފެނުމުންނެވެ. ޝާހުގެ މޫނުމަތިން އޭނާއަށް ވަރަށް އަސަރުކޮއްފައިވާކަން އެނގެއެވެ. އެހެނަސް އޭނާ އަދިވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

” އަހަރެންނަށް ޔާނާ ފެނުމުން ޔާނާގެ ރީތިކަމާމެދު މިހިތް ތަޢުރީފް ކުރަންފެށި.. އެކަމަކު ފަހުން ޔާނާގެ ދިރިއުޅުމާ ކައިވެންޏަށް ވީގޮތް ދޮންތަގެ ފަރާތުން އެނގުމުން މިހިތް ރޯންފެށި… ޔާނާއަށް ޓަކައި ހަމްދަރުދީވެގެން ހިތް ތެޅެންފެށި… އަދި މިހިތުގައި ޔާނާއަށްޓަކައި އާ ވިންދެއް ޖެހި… ” ޝާހު މަޑުމަޑުން އަސަރާއި އެކު ކިޔަމުން ދިޔައެވެ. އޭރު ޔާނާ ހުރީ ދެލޯމަރާ ބާރުކޮއްގެނެ ސައިކަލް ކައިރީގައެވެ.

” އެނގޭތަ އެއީ ކޮންވިންދެއްކަން…. އެއީ ވަރަށް ބާރުގަދަ ވިންދެއް…ކޮންމެވެސް ލޯތްބަކާއި ގުޅޭ ވިންދެއް.. ލޭގެ ގުޅުމުން ގުޅިފައިވާ އެއްބަނޑު އެއްބަފާ ދެބޭންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ޖަހާ ވަރުގަދަ ގުޅުމުގެ ވިންދު.. އާނ.. އަހަރެން ދުވަހަކުވެސް ޔާނާއާއި މެދު އެނޫން ނަޒަރުން ނުދެކެން… އަހަރެންގެ ހިތް ކަނޑައެޅީ ޔާނާއަށް އެއްވެސް މީހެއްގެ ފުށުން އަނިޔާއެއް ދެރަގޮތެއް ނުލިބުމަށް. މިހާރު ޔާނާގެ ބަލަދުވެރިޔަކީ އަހަރެންކަމަށް… އަދި ތީ މަގޭ ކޮއްކޮ ކަމަށް… ” ޝާހު އިސްޖަހާލިއެވެ. ޔާނާ ކުއްލިއަކަށް ދެލޯ ހުޅުވާލާ ޝާހަށް ބަލާލިއެވެ. އާނއެކެވެ. ޔާނާއަށް ވިސްނުނެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް ޝާހުގެ ފަރާތުން އުނދަގުލެއް ވެފައެއް ނުވެއެވެ. ގޯސްކޮށް ވިސްނީ ޔާނާއެވެ.

” އެދުވަހު އަހަރެން ބުނަން އުޅުނީވެސް މިވާހަކަ… އެކަމަކު އަހަރެން ބޭނުންވީ ޔާނާ އަހަރެންނާއި އެކު ގިނަވަގުތު ތަކެއް ހޭދަކުރުމަށްފަހު އަހަރެން މިއީ ޔާނާއަށް އަޅާލާމީހަކަށްވާނެކަމަށް ޔާނާގެ ހިތް، އަމިއްލައަށް ޤަބޫލުކުރުވުމަށް.. އެކަމަކު….. ” ޝާހު ވާހަކަދެއްކުން ހުއްޓާލީ ހިތައް ކެތްނުވެގެންނެވެ.

” އަހަންނަށް…. މަޢާފްކުރޭ… !!! އަހަރެންނަށް މަޢާފް…. ” ޔާނާ ގިސްލާންފެށިއެވެ.

” ދެން އެކަމާ އަޅާނުލާ! ހިނގާ ގެއަށްދަމާ…. ދެން ހުއްޓާލާ! ” ޝާހު ޔާނާގެ ނޭފަތުގައި ހިފާލީ ޔާނާ އުފާކޮއްދޭށެވެ. ޝާހު ޔާނާދެކެ ރުޅިނާންނަކަން އަންގާލާށެވެ.

***********

ސިންދިތާއިން ފަހުދާއި ޝާނާ ނުކުތްވަގުތަކީ ނާސިހާވެސް އެފިހާރައިން ނުކުތްވަގުތެވެ.

” ނާސިހާ! ” ފަހުދު ގޮވާލިއެވެ. ނާސިހާ ހުރީ ހައިރާންވެފައެވެ.

” ފަހުދު…. ކޮންކަމެއް؟ ” ކައިރީގައި ހުރި ޝާނާއަށް އިޝާރާތްކުރަމުން ނާސިހާ ބުނެލިއެވެ.

” މީ…. ޝާނާ! އަހަރެންގެ ވާންއުޅޭ އަނބިމީހާ… ” ފަހުދު އަޅައިގަންނަފަދަ ގޮތަކަށް ބުނެލިއެވެ.

” އޯހ… އެހެންތަ؟ މަރުހަބާ! ” ނާސިހާ ޝާނާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އިތުރަށް ވާހަކަ ދައްކާކަށް ނަހަދައެވެ. ފިހާރައަށް ވަނެވެ. އެވަގުތު ޔާނާމަތިން ހަނދާންވުމުން އަވަސް އަވަހަށް ޔާނާއަށް ގުޅިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ލޯތްބަށްޓަކައި.. (ފުރަތަމަ ބައި)

Next

އެކުގައިވާން އެދެމޭ… 10

Next
February 21, 2014

އެކުގައިވާން އެދެމޭ… 10

Previews
February 20, 2014

ލޯތްބަށްޓަކައި.. (ފުރަތަމަ ބައި)

4 Comments!

  1. shal aminath says:
    February 21, 2014 at 11:47 am

    Vvv reethi love this story

  2. shaf says:
    February 21, 2014 at 1:58 pm

    …nice part salaa waitin 4 the nxt part ingey

  3. kiyuntheriyaa says:
    February 21, 2014 at 7:31 pm

    vvvv reethi mibaives

  4. na says:
    February 22, 2014 at 7:10 pm

    salaa waiting for next part…story v salhi v lobi…avas kh up kh dheeba..plxxxxxxx

Comments are closed.

Next Episodeހިތުގާ ފޮރުވާލަދޭށޭ 7 ވަނަ ބައި←


All Right Reserved!