Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (17 ވަނަ ބައި)

iff Level 210 Stories100 Comments
November 15, 2017 4 Mins Read
28 Comments

“ތީ އަވީއެއް ނޫން.. ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަނާން.. އަނާން މިހާރު މި ދުނިޔެއަކު ނެތް.. އަހަންނަށްވެސް ފުރަތަމަ އަވީ ފެންނައިރަށްވެސް ހުއްޓުން އެރީ އަހަރެން ކޮއްކޮއާ އަވީ ވައްތަރުކަމުން.. ކާގެއިން އަވީ ފެންނައިރަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެ. އަވީ ކޮއްކޮއާ އެހާ ވައްތަރުވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. އެހެންވެ އަހަރެން އެރޭގަ އެހީ މަހުދީ ކައިރީ އެއީ ކޮއްކޮއެއްތޯ؟ ދެން މަހުދީ އަވީގެ މަންމަ އާއި ބައްޕަ މަރުވި ވާހަކަ ބުނީމަ އަހަރެން ބެލީ އެއީ ކޮންބައެއްތޯ… އަހަރެން ބެލި ބެލުމުން އެނގުނީ އަވީއަކީ ހަމަ އަސްލުގަވެސް އަހަރެން ފެމެލީ ކުއްޖެއްކަން.. އެހެންވެ އަވީއަށް އެހާ ކެއާރ ކުރެވެނީ.. އަވީ ކައިރީގަ ބުނިން އަހަންނަށް ދޮންބެ ކިޔަންވެސް.. އަހަރެން ދެކެނީ އެއީ އަހަރެންގެ މަރުވި ކޮއްކޮ އަލުން އަނބުރާ ލިބުނީކަމަށް..” ލަޔާން ވާހަކަ ދައްކަމުންދިޔައިރު މަހުދީ އިނީ ޑުރެސިންގ ޓޭބަލް ކައިރީ އިން ގޮނޑީގައި އިށީންދެގެން ވަރަށް ކަނުލާ އަޑު އަހާށެވެ.

“ކިހިނެއް އަވީ ލަޔާންގެ ފެމެލީ ކުއްޖަކަށްވީ؟” މަހުދީ ސުވާލުކޮށްލިއެވެ. “އަވީގެ ބައްޕައަކީ އަހަރެން މާމަގެ އެންމެ ބޮޑު ފިރިހެން ދަރި.. އަހަރެންގެ ބޮޑުބޭބެ. ބޮޑުބޭބެ އަވީގެ މަންމައާއި މެރީކުރީ ފެމިލީ ނުގަބޫލުގަ. މެރީކޮށްގެން ރަށުން ދިޔަފަހުން ބޮޑުބޭބެގެ ހަބަރެއްނުވޭ.. އެހެންވެ މާމަމެނަށް ނުވެސް އިނގޭ އަވީ ލިބުނުކަމެއް..” “ދެން ލަޔާންއަށް އިނގުނީމަ ލަޔާން ނުބުނަންތަ؟” ލަޔާން ވާހަކަ ދައްކާނިމޭއިރަށް މަހުދީ ސުވާލުކޮށްލިއެވެ. “އަހަރެން މަންމަވެސް ބައްޕައާ މެރީކޮށްގެން ބައްޕަ ރަށުގަ އުޅެނީ.. އެހެންވެ މަންމަ ބުނީ ޗުއްޓީގަ މަންމަ މާމަ ކައިރިއަށް ގޮއްސަ އެވާހަކަ ދައްކަންދެކަށް އަހަރެން އެވާހަކަ ނުދައްކައްޗޭ.. އޭރުން މާމައަށް އިނގިގެން އަންނަން އުޅުނަސް މަންމައަށް މާމަ ގޮވައިގެން އާދެވޭނެ ނޫންހޭ..” ލަޔާން ކިޔައިދިނެވެ.

“ދެން ލަޔާން އަވީ ކައިރީ ބުނިނަމަ.. އޭރުން އަވީވެސް ހެޕީވާނެ އެއްނު..” މަހުދީ ބުނެލިއެވެ. “ފަހުން ބުނާނަން.. މަހުދީވެސް އަދި އެއްވެސް މީހެއް ކައިރީގަ މި ވާހަކަ ނުދައްކައްޗޭ.. ފެމިލީ އެންމެން އައިސްގެން އަވީއަށް ސަޕްރައިޒެއްދިނީމަ އަވީ އަދި މާ އުފާވާނެއެއްނު.. ހެހެ… އަދި މަޑުކޮށްބަލަ އަވީ ހެޕީކުރާ ވާހަކަ ދައްކާމީހާ ކިހިނެއް ހަދައިގެން އަނެއްކާ ތިއުޅެނީ.. ހޮސްޕިޓަލްގަ ދެމީހުން ނުލާހިކު ލޯބިކޮށް ނިދާލާފަ ތިއްބާ ފެނުނު. އަނެއްރޭ ގެއަށް އައިރު އަނެއްކާވެސް ދެ ބީރައްޓެހިންނަށް ބަދަލުވެފަ ތިބީ.. އެ ކިހިނެއްވެގެން؟” ލަޔާން ކޮއްލި ސުވާލުން މަހުދީ އިސްދަށަށްޖަހާލީ އަނެއްކާވެސް ޒީނަތުގެ ސަބަބުން އެ ދެމެދުގަ ފާރެއްލެވުނު ވާހަކަ ބުނަންޖެހޭތީއެވެ.

ދެމީހުން ވާހަކަދައްކަން ތިބުމަށްފަހު މަހުދީ ނިކުމެގެން ދިއުމުން ލަޔާން ފާހާނާއަށްވަނީ އަވަހަށް ފެންވަރައިގެން ތިރިއަށް ދިއުމަށެވެ.

ލަޔާންއަށް ލަނޑެއްދޭން ހިތުލައިގެން ހުރި ވިޝިކާ ހުރީ އެ ކޮޓަރިއަށް ވަންނާނެ ފުރުސަތަކަށް ބަލަބަލައެވެ. މަހުދީ ނިކުމެގެން ދިއުމުން ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވާލާފައި ބަލާލި ވިޝިކާއަށް ލަޔާން ފާހާނާއަށް ވަދެ ދޮރުޖެހިތަން ފެނުމުން އެ ކޮޓަރިއަށްވަނީ ލަޔާން ނިކުންނަންވާއިރަށް ލަޔާން ރުޅިއަރުވާލެވޭނެ ކަހަލަ ކޮންމެވެސް ކަމެއް ކުރުމުގެ މަގުސަދުގައެވެ.

ކޮޓަރިއަށް ވަދެ ކުރާނެ ކަމަކާ ދޭތެރޭ ވިސްނަންހުރީ ވިޝިކާ ސިއްސައިގެންދިޔައީ ފާހާނާގެ ދޮރު ހުޅުވާލުމަށްފަހު ލަޔާން ނިކުތުމުންނެވެ. ވިޝިކާ ހީކުރީ ލަޔާން އެހާ އަވަހަށް ނުނިކުންނާނެކަމަށެވެ.

ފާހާނާއިން ނިކުތް ލަޔާންއަށްވެސް ހުއްޓުންއެރީ އެ ކޮޓަރީ ތެރެއިން ވިޝިކާ ފެނުމުންނެވެ. ލަޔާން ބަލާލާއިރަށް އަވަހަށް ކޮޓަރިން ނިކުންނަން ދުއްވައިގަތް ވިޝިކާއަށް ނިކުމެވުމުގެ ކުރިން ލަޔާން ފަހަތުންގޮސް ވިޝިކާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ.

“ލަޔާންގަނޑޫ ދޫކުރޭ މަގޭއަތުން.. ” ވިޝިކާ ލަޔާން އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރާވަރަކަށް ލަޔާން ވިޝިކާ ގަޔާ ކައިރިކުރަމުންދިޔައެވެ. “ފުރަތަމަ ބުނެބަލަ ކީއްކުރަން މި ކޮޓަރިއަށް ވަދެ ތިއުޅެނީ..” ލަޔާން ވިޝިކާ ކައިރިއަށް ދަމާލަމުން އެހެން ބުނެލިއިރު ވިޝިކާގޮސް ޖެހުނީ ލަޔާންގެ މޭމަތީގައެވެ. އެ ވަގުތު ލަޔާންގައިން ދުވި އެންޓަބެކްސް ޝަވަރކުރީމްގެ މީރުވަހުން ވިޝިކާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އަދި އަނެއްކާވެސް ލަޔާންއާ ދުރަށް ޖެހެވޭތޯ މަސައްކަތް ކުރަންފެށިއެވެ. ލަޔާން ވިޝިކާ ގެންގޮސް ފާރުގައި ޖެއްސުމަށްފަހު ފާރުގައި ދެއަތް ވިއްދާލީ ވިޝިކާއަށް އެ އަތްދަށުން ސަލާމަތްވެގެން ނުދެވޭނެގޮތް ހެދުމަށެވެ.

ސައިހެދުމަށްފަހު ކާގޭގައި މޮޕްކުރަންހުރި އަވްލީންއަށް މީހަކު ކާގެއަށް ވަންހެން ހީވެގެން އެނބުރި ބަލާލިއިރު މަހުދީ ގޮސް ގޮނޑީގައި އިށީންނަނީއެވެ. އަވްލީން ކާގޭގެ އެއްފަރާތު ފާރުގައި މޮޕް ލައްގާލާފައި ގޮސް އަތްދޮވެގެން މަހުދީއަށް ސައިތައްޓެއް ހަދަން މޭޒުކައިރީގައި ހުއްޓިލިއެވެ. “އަވީ ޓެސްޓުނަގާ ނިމުނީތަ؟” މަހުދީ އަވްލީން ކައިރީ އެހިއެވެ. “އަދި އެއް ޓެސްޓު އެބައޮތް.. އެ ޓެސްޓު ނަގާ ނިމުނީމަ އެއްކޮށް ނިމުނީ..” އަވްލީން އިސްދަށަށްޖަހައިގެން ހުރިގޮތަށް ހުރެ ބުނެލިއެވެ.

“އަވީ އަދިވެސް އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟” މަހުދީ އަވްލީންގެ މޫނަށް ބަލަންއިނދެ ސުވާލުކޮށްލިއެވެ. “ނޫން..” އަވްލީން ސައިގިރާ ނިންމާފަ މަހުދީއާ ކައިރިއަށް ސައިތަށި ޖައްސާލަމުން ބުންޏެވެ. އަދި ދާން ހިނގައިގަތެވެ. “އަވީ މަޑުކޮށްބަލަ.. އަހަރެން ބޭނުން އަވީއާ ވާހަކަ ދައްކާލަން.. އަހަރެންގެ ކޮޓަރިއަށް މިރޭ އަށެއް ޖަހާއިރު އައިސްދެވިދާނެތަ؟” “މަހުދީ ދައްކަން ބޭނުން ވާހަކައެއް މިތާނގަވެސް ދެއްކޭނެއެއްނު. އެހެންނޫނަސް މަހުދީއަށް ޒީނަތު ގޮވައިގެން އުޅެފަ އެހެންމީހަކަށްދޭނެ ވަގުތެއްވޭތަ؟” “އަވީ ޕްލީޒް. ތިހެން ވާހަކަނުދައްކަފާނަންތަ؟ އަހަރެން ޒީތު ގޮވައިގެން ދަނީ މަންމަ އެންގީމަ ދެކޮޅު ހަދަން ނުކެރިގެން.. އަހަރެން އެގޮތް ބޭނުންވެގެނެއްނޫން..” މަހުދީ ވާހަކަދައްކަމުން ކޮޅަށް ތެދުވެ އަވްލީންއާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އަވްލީންއާއި ހަމައަށް މަހުދީއަށް ދެވުމުގެ ކުރިން އަވްލީން ކާގެއިން ނިކުމެގެންދިޔައީ އިތުރަށް މަހުދީއާ ވާހަކަދައްކަން ބޭނުންނުވުމުންނެވެ.

ބެޑްޝީޓްތައް ދޮވެގެން ހިއްކަން އަޅަން ނިކުތް އަވްލީންއަށް ލަޔާން ގޮވާލީ ހިރުނދު ގަސްދަށުގައި ހުރެފައެވެ. އެއިރު މަހުދީވެސް އެތާ ކައިރީގައި ޖޯއްޔެއް ގަތަން އިނެވެ. ލަޔާން އަވްލީންއަށް ގޮވާލާއިރަށް މަހުދީ އިސްއުފުލާ އަވްލީންއަށް ބަލާލިއެވެ. އެވަގުތު އަވްލީންއަށްވެސް މަހުދީއަށް ބަލައިލެވުނީއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމުން ދެމީހުނަށްވެސް ދެމީހުންގަޔަށް ބަލަން ތިބެވުނީ ޝަކުވާގެ ނަޒަރަކުންނެވެ.

“އުހުމް އުހުމް.. އަވީ ތި މަސައްކަތް ނިމޭކަށްނުވޭތަ؟ އާދެބަލަ ތިކަން ބަހައްޓާފަ އަހަރުންނަށް ހެލްޕެއްވެދޭން..” “މަމިއައީ ހެލްޕްވާން.. ކީއްކޮށްދޭންވީ؟” ލަޔާން އަވްލީންއާ ވާހަކަދައްކަން ހުއްޓާ ގޯއްޗަށް ވަން ޒީނަތު ބުންޏެވެ. ޒީނަތުގެ އަޑުއިވުމާއެކު އެންމެންނަށްވެސް އެ ދިމާލަށް ބަލައިލެވުނީ އެއީ އެވަގުތު އެތަނަށް އަންނަން އެމީހުން އެންމެ ބޭނުންނުވާ މީހާކަމުގައިވާތީއެވެ. “މަހުދީ ނުވެސް ބުނަމެއްނު މިއަދު ގޯތީގަ މަސައްކަތެއް ކުރަން އުޅޭ ވާހަކައެއް. އެހެންނަމައެއްނު އަހަންނަށް ކުރިއަށް އާދެވޭނީ ހެލްޕްވެދެން..” ޒީނަތު ގޮސް މަހުދީ ކައިރީ ހުއްޓިލަމުން ވާހަކަދެއްކިއެވެ. އަވްލީން މަހުދީގަޔަށް ބަލާލުމަށްފަހު ޒީނަތުއަށް ބަލައިލާފައި އެތަނުން ދާން ހިނގައިގަތީ އިތުރަށް އެތާނގައި ހުންނަން ބޭނުންނުވުމުންނެވެ.

އެރޭ އިޝާ ނަމާދުކޮށްގެން މަހުދީމެން ގެއަށް ދިއުމުގެ ކުރިން އަވްލީން ކާން ހެދުމަށްފަހު ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރިން ނިކުތީ މަހުދީމެން ކައިގެން މައްޗަށްދާނެހާއިރު ކޮށްފައެވެ. ކާގެއަށް ވަނުމަށްފަހު އެހެންމީހުން ކައިފައިހުރި ތަށިތައް ގެންގޮސް ޒިންކުތެރެއަށް ލުމަށްފަހު އަތްދޮވެލައިގެން ހަރުގަނޑުން ތައްޓެއް ނަގައިގެން ގޮސް މޭޒު ކައިރީ އިށީން އަވްލީން އިސް އުފުލާ ބަލާލީ ކާގެއަށް މީހަކު ވަނުމުންނެވެ. “މަށަށް ފިނި ޖޫސްތައްޓެއް ހަދައިދީބަލަ ވަރަށް އަވަހަށް..” ވިޝިކާ ގޮނޑިއެއް ދަމާލާފައި އިށީންނަމުން ބުނެލިއެވެ. “ވިޝިކާ އަމިއްލައަށް ޖޫސްތައްޓެއް ގިރާލައިގެން ބޯލަބަލަ.. ތިއަކީ އަމިއްލަ އަތުން ޖޫސްތައްޓެއް ނުގިރޭވަރުގެ ކުޑަކުއްޖެއް ނޫނިއްޔަ.. އަވްލީން ކާން އިށީނދޭ..” ވިޝިކާއަށް ޖޫސް ގިރައިދިނުމަށް ތެދުވަން އުޅުނު އަވްލީންއަށް މަޑުޖައްސާލެވުނީ މަހުދީ ކާގެއަށް ވަދެ ބުނެލި ޖުމްލައިންނެވެ.

މަހުދީ އެހެން ބުނެފައި ނިކުމެގެން ދިއުމުން ވިޝިކާ އަވްލީންއަށް ލޯ އަޅާލުމަށްފަހު ތެދުވެ ޖޫސްތައްޓެއް ގިރަން އުޅުނެވެ. “ސުބުހާނަﷲ މިއަދު ކޮންކޮޅަކުންބާ އިރުއެރީ..” ކާގެއަށް ވަން ވިޝާކާއަށް ވިޝިކާ އަމިއްލައަށް ޖޫސް ގިރަން ހުއްޓާ ފެނުމުން ބުނެލެވުނެވެ. ބައެއް ފަހަރު ވިޝާކާ އަމިއްލައަށް ކަންކަން ކޮށްގެން އުޅުނަސް ވިޝިކާއަކީ ކާ ތަށިވެސް އަމިއްލައަށް ދޮންނަ މީހެއް ނޫނެވެ. “ހުއް އަދި މީނަވެސް އެބަ މަށާދިމާކުރޭ.. މީ ދޮންބެގެ ކަންތައް.. ދޮންބެ އައިސް އަންގާފަ ގޮއްސި އަމިއްލައަށް ޖޫސް ގިރައިގެން ބޯށޯ.. ހީވަނީ މީހަކު ދޮންބެގެ ބޮލަށް ސަވާރުވަނީހެން..” ވިޝިކާ ވާހަކަދައްކާ ނިންމާލަމުން އަނެއްކާވެސް އަވްލީންއަށް ލޯ އަޅާލިއެވެ.

“ސާބަސް ވިޝީއަށް… މީހަކު ދޮންބެގެ ބޮލަށް ސަވާރުނުވިއަކަސް ދޮންބެ އެހެން ބުނެދާނެއެއްނު. އެހެން ނޫނަސް އަހަރުންނަށް އަމިއްލައަށްވެސް އެވަރުގެ ކަންކަން ވާންޖެހޭނެއެއްނު. މަސައްކަތެއް ނުކޮށް މިހެން ތިބެފަ މީހަކާ އިނދެގެން ދާތަނުން ބުނެދާނެ މިއަކީ އަތުން ފައިން މަސައްކަތެއްވެސް ކުރަން އިނގޭ މީހެއް ނޫނޭ.. ހެހެހ … އެހެންވެ އަހަރެން މިއުޅެނީ އަވީ ކައިރިން ދަސްކުރަން.. އަވީ އަހަންނަށް ދަސްކޮށްދޭނަން ދޯ..” ވީޝާކާ ވާހަކަ ދައްކާ ނިންމާލަމުން އަވްލީންއަށް ދޯ ދިނެވެ. އަވްލީންވެސް ހިނިތުންވެ އިނދެ ވިޝާކާއަށް ބޯ ޖަހާލިއެވެ. “އައްޗި… އަޒްހީން މަންމަ ނުބުނާނެ ޗުއްޕުވެސް…” ވިޝިކާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

ކައިގެން ތަށިތައް ދޮވުމަށްފަހު އަވްލީން ކޮޓަރިއަށް ދިޔައީ ޖެހިގެން އަންނަ ދުވަހު ޓެސްޓު އޮންނާތީ ޓެސްޓަށް ފިލާވަޅު ދަސްކުރާށެވެ. ފޮތް ނަގައިގެން އިން ނަމަވެސް އަވްލީންގެ ހިޔާލުގައިވަނީ މަހުދީއެވެ. މަހުދީ ގަޑި ކިޔާފައި އޮތުމުން ދާން ބޭނުންވި ނަމަވެސް ހިތާދެކޮޅަށް ހަނގުރާމަކުރަމުންދިޔައީ ފަހުން ލިބިދާނެ ދެރައަކަށް ވިސްނާފައެވެ.

މެންދަމުގެ ހަމަހިމޭންވަގުތެވެ. ނުނިދިގެން އެނދުގައި ފުރޮޅި ފުރޮޅި އޮތް ވިޝިކާ ކޮޓަރިން ނިކުމެގެން ބެލްކަންޏަށް ނިކުތީ ފިނިކޮށްލާށެވެ. ހެނދުނުގެ ވަގުތުގައި ދިމާވި ހާދިސާ އަދިވެސް އޭނަގެ ސިކުނޑިން ނެރިނުލެވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

އަފްރީން (1ވަނަ ބައި)

Next

ވޭންތަކުން ދިން ހިތި މާޒީ (17)

Next
November 15, 2017

ވޭންތަކުން ދިން ހިތި މާޒީ (17)

Previews
November 15, 2017

އަފްރީން (1ވަނަ ބައި)

28 Comments!

  1. aki says:
    November 15, 2017 at 11:52 am

    varah furihama ekamu thankolhe kuree mi part

    1. iff says:
      November 15, 2017 at 12:53 pm

      Thank yu aki ??

  2. rose says:
    November 15, 2017 at 11:54 am

    v reethi mi stry dhen up kohdhene kndhuvahak

    1. iff says:
      November 15, 2017 at 12:55 pm

      Thank yu rose ??
      Sundayga.. insha allah ??

  3. PRINCESS AFU says:
    November 15, 2017 at 12:01 pm

    Vv obi story eh meex

    1. PRINCESS AFU says:
      November 15, 2017 at 12:01 pm

      Mee*

    2. iff says:
      November 15, 2017 at 12:56 pm

      Thank yu princess afu ??

  4. Friends says:
    November 15, 2017 at 12:04 pm

    Hey iff haadha kury mi part….but stry hams vv salhi…..waiting 4 next part….plx plx upload soon dear.
    Have nice day..????

    1. Friends says:
      November 15, 2017 at 12:06 pm

      *hama*

    2. iff says:
      November 15, 2017 at 12:59 pm

      Thank yu friend ??
      Kuruhn heeviyas hama kurin part thaka
      Ehvaru vaane ????

  5. Mai says:
    November 15, 2017 at 12:11 pm

    Varah reethi

    1. iff says:
      November 15, 2017 at 10:34 pm

      Thank yu mai ??

  6. Ainth says:
    November 15, 2017 at 12:40 pm

    Masha Allah.. Alhey iff, kyhvetha ehaa ginadhuvas nagany khonme baehves up kuran.. Mi story ah aslu v inthixaaru kurevey.. But up kohdheyleh lasvyma baeh faharu v foohives vey.. Ekam story hama v habeys.. V rythi kuriah gendhaa goehves.. Ibaaraah kurun ves v furihama.. Next part alhe thankolheh avahah up kohladhybala plx plx plx..

    1. iff says:
      November 15, 2017 at 1:05 pm

      Thank yu ainth ??
      N sorry lahun up kohdhevaythy. .
      Insha allah ragalhukuraanan ekan adhi. . iff balany abadhuvx ainth mn baynunvaa gothah vaahaka genesdhevaythww.. ekam iff ahvx ingay lasvanya ainthmn foohivaanekan.. will try to upload as soon as possible ??

    2. Ainth says:
      November 15, 2017 at 2:24 pm

      Thank u iff.. Aslu v loabiey iff ge story thah.. Ehenve hama kiyaa hiyvaaleh bodukamun ehen bunevuny.. V v inthixaaru kurevey abadhuves iff ge mi story ah.. Luv u iff

    3. iff says:
      November 15, 2017 at 10:33 pm

      Awww thank yu ?
      Luv yu more ???

  7. ipher says:
    November 15, 2017 at 1:49 pm

    Mihaaru haadha kurukoshey up kurany..next part dhigukoh genes dheyne kamah hope kuran

    1. iff says:
      November 15, 2017 at 10:36 pm

      Aslu ipher menah kuruhen heeviyas hama fudheyvarakah dhigukoh mi genesdheny… ekam dhen faharakun thankolheh dhigukohlaanan ingay ??

  8. dhnths says:
    November 15, 2017 at 1:49 pm

    varah reethi mi part ves. kiya kiyaa huttaa e nimenee.. hehe.. aneh bai avaha genes dhechey ingey

    1. iff says:
      November 15, 2017 at 10:37 pm

      Thank yu dhnths ??
      Insha allah sundayga genesdheynan ?

  9. SJK...KOREAN says:
    November 15, 2017 at 1:58 pm

    Heyy.. Varah reethi mi part vx.. Hama habeyyyssss
    ❤???❤

    1. iff says:
      November 15, 2017 at 10:38 pm

      Hii sjk ?
      Thankx alot ???

  10. Alvyn says:
    November 15, 2017 at 2:16 pm

    Finally… Story hama super… Dhn kndhukun aneh part..?

    1. iff says:
      November 15, 2017 at 10:39 pm

      Thank yu al ??
      Sundayga insha allah.. ?

  11. Mai says:
    November 15, 2017 at 3:00 pm

    Mi story lahun up vanii kiihvetha? Ehaa Las veema varah fuuhi mi vaahaka kiyan. Ekam ves hama reethi kamun kienee. Alhe thankolheh avahah up kohdheeba. Week aku 2 faharu viyax Hama ok eyy.

    1. iff says:
      November 15, 2017 at 10:44 pm

      Alhey sorry mai ?
      N thank yu ??
      Balaanan ingay madhuvgn week aku 2 faharu up kohdhevaythw.. ???

  12. ?Loony? says:
    November 16, 2017 at 1:05 am

    Knme knme dhuvahakau upeh ves nukuramehnu so mi ahvurw dhihukoh up koh dhyba☺️
    Story varh nice❤
    Mirey alah adhi mi kiyan feshey mi story?
    Up kohfa huri hurihaa baehves kiyaifin love this story lott ?
    Nxt part sundayga dhww
    Varh inthaazuru kurevey ?
    Waitin waitin hama ?
    Ekam sunday ah vure kurin up kohdhevenyaa up kohlahchey varh kiyaa hie vey ehnve mi bunyy?
    ????????????

  13. Eysh says:
    November 17, 2017 at 7:47 am

    very beutiful story.keep it up

Comments are closed.

Next Episodeއަވްލީން (18ވަނަ ބައި)←


All Right Reserved!