ހިތް މިއެދޭ ސޫރައޭ ތީމަގޭ (ތިންވަނަ ބައި)
އަޔާންގެ ތޫނު ނަޒަރު ސީދާވެފައިވުމުން ޔާލް އިސްޖަހާލިއެވެ. އުޅެވުނުގޮތް ރޭކާލީވެސް ދެނެވެ. ” އަމްމް.. ޝާނިމްއަށް މިގުޅަނީ.. އަޔާން ގެޔަށް ގެންގޮސްދޭން..” އަޔާން ބަހެއްނުބުނެ އެއިންގޮތަށް އިނެވެ. ޔާލް ކަންފަތުގައި ފޯން ޖައްސާލަމުން ދުރައްހިނގައިގަތެވެ. އަދި ޝާނިމްއަށް ވީ ގޮތް އޮޅުންފިލުވާދިނުމަށްފަހު އައުމަށް އެދުނެވެ. ދިހަވަރަކަށް މިނެޓްތެރޭ ޝާނިމް ކާރުގައި އައެވެ. “ކޮބާ.. ތިދެމީހުން އެކްސިޑެންޓްވެގެން އުޅޭވާހަކަ އަޑުއެހިން.. އެހެންނުވާނީ މިގަޑީ ވިއްޔާ އޮފީހަށް އައިސްގެންތިއުޅުނީ..” ގަޑި ބަލާލަމުން ޝާނިމް އެމީހުންނާ ދިމާކޮށްލިއެވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ތިންމީހުން އެއްކޮށް ބޭރަށް ނިކުތީ އޮފީސް ބަންދުކުރުމަށްފަހުއެވެ. “ޔާލްވެސް އަރަންވީނު.. އަހަރެން ދަމުން ޑްރޮޕް ކޮށްލަދޭނަން..” އަޔާން ކާރަށް އެރުމުން ޝާނިމް ޔާލްގާތު އަހާލިއެވެ. ” ނޯ..އިޓްސް އޯކޭ.. ހިނގާލާފަ ދާނީ..” އަޔާން ރުޅި އަންނާނެކަން އެނގޭތީ ޔާލް ދެކޮޅުހެދިއެވެ. އަދި ގެއަށްދާން ހިނގައިގަތެވެ، ޝާނިމް ދެކޮނޑު ހިއްލާލުމަށްފަހު ކާރަށް އަރާ ހަމަޖެހިލިއެވެ. “އޭނަ ކިހާ ރަނގަޅުތަ..؟ އެދިޔައީ އަޔާގެ ބޮލުގަ ބޭސްވެސް އަޅާދީފަ ވިއްޔާދޯ..” އަޔާންއާ ދިމާލަށް ބަލާލަމުން ޝާނިމް ބުންޏެވެ. “ކޮން ރަނގަޅެއް.. އޭނަޔާހެދި މަށަށް ހުރިހާ ކަމެއް.. އޭނަަޔަށް ހެވެންނު އޭނަ ސަލާމަތުން ވިއްޔާ އެހުރީ.. އަހަރެން ހާދަ ފޫހިވޭ ހަމަ ހުވާ..ފާޑެއްގެ ރުޅިއެއް އަންނަނީ ފެންނީމަވެސް.. ބައްޕަދިން ފޯނުވެސް ދެމަސް ނުވޭ ހަލާކުވީ ވިއްޔާ ކޯކުތަށި އެޅި އެޅީނުން.. އަހަރެން ހަމަ އޭނަޔަށް ޖެއްސުންކުރާހިތްވަނީ..” ބޮލުގައި ފިރުމާލަމުން އަޔާން ފަތިވަރުތަށް އަމުނާލިއެވެ. “އެކަމު ބުނަން.. މީހުން ބުނެ އުޅޭނު ރުޅިއަކި ލޯބީގެ ފެށުމޭ..” ޝާނިމް އެއްލޯމަރާލުމަށްފަހު ބުނެލިއެވެ. ” ލޯބި..؟؟ އެވެސް އެ އަންހެނާދެކެ..؟؟ ނެވަރ..” އަޔާން ދެއަތަށް އަތް ހޫރާލިއެވެ..ޝާނިމް ބޯހޫރުވާލުމަށްފަހު ކާރު ދުއްވާލިއެވެ. “އޭ ތިއެއްނޫނޭ.. މާދަންވާނެ ހުޅުމާލެއަށްދާން.. އޮފް ދުވަހެއްނު…” ” އޯކޭ.. ޝާނިމްގެ ހަރަދުގަދޯ..” އެއްލޯމަރާލަމުން އަޔާން ބުނެލިއެވެ. “ހެހެ.. އޯކޭޔޭ..” ޝާނިމްވެސް އެއްބަސްވިއެވެ. *******************************************************
ގެއައްގޮސް ކޮޓަރިއަށްވަތް ޔާލް އެނދުމަތީ އޮށޯވެލީ އުނަގަނޑަށް ތަދުވާހެން ހީވުމުންނެވެ. މިއޮށްހާއިރުވީއިރު ތަދުވާހެންހީވެސްނުވެއެވެ. ފެންވަރައިގެން އައިސް އެނދުގައި ޖައްސާލީ ވެފައިހުރިވަރުބައްޔެއްގެ ސަބަބުންނެވެ. ޔާލްގެ ފޯނު ރިންގުވާންފެށީ އެވަގުތުއެވެ. ގުޅަނީ ނޫރާއެވެ. “ހަލޯ…ހާދަ ލަސްކޮށްލާފަ…އަނެއްކާ ކީއްވީ..؟؟” ޔާލް އަހާލިއެވެ. “މާދަން ހުޅުމާލެއަށްދާން ހިނގާބަ ދެމީހުން… އެބައޮތް ވާހަކަތަކެއް ކިޔާދޭންވެފަ.. ޔާލް ވަރަށް އުފާވާނެ ވާހަކައެއްވެސް އެބައޮތް.. ޕްލީސް ޑޯންޓް ސޭ ނޯ…” ނޫރާ ވަރަށް ފޯރީގައި ވާހަކަދެއްކިއެވެ. ” ހެހެ.. އެންމެ ރަނގަޅު.. ދާނަމޭ.. ހަވީރުދޯ ދާނީ.. ރޭގަނޑު އަންނަގޮތަށް..” ޔާލް މިހެން ބުނުމުން ނޫރާ އޯކޭ ޑަން އޭ ބުނެ ފޯން ބޭއްވިއެވެ.. ވަރުބަލިވެފައިހުރި ޔާލްއަށް ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދާކަށް މާގިނައިރެއް ނުނެގިއެވެ.**************************************************
“ދަރިފުޅާ ކިހިނެއްހަދާފަ ތިހުރީ ބޮލަށް..؟؟” ސާދިޔާ ވާހަކަދެއްކީ ގެޔަށް ވަދެގެން އައި އަޔާންއާއެވެ. ” އެދެން މާބޮޑުކަމެއް ނޫނޭ… އޮފީހުތެރޭ ފެން ހުރީމަ ކައްސާލައިގެން ވެއްޓުނީ.. މާބޮޑު ވަރެއްނުވޭ.. ކޮބާ ބައްޕަ.؟؟؟؟” އަޔާން ސޯފާގައި އިށީނދެލަމުން އަހާލިއެވެ. “މާދަން ހޮސްޕިޓަލަށްދާތި.. މިއޮއް އައީނު ބައްޕަ…” ސާދިޔާ ދޮރާދިމާލަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. “ތެދެއް.. މާދަމާ ހޮސްޕިޓަލަށް ދާތި އިނގޭ… ކޮބާ އެއްކަލަ މައުލޫމާތު އަންގައިފިންތަ އޮފީސް މުއައްޒަފުންނަށް..؟؟ ” ފަޔާޒު އައިސް އަޔާންގާތު އިށީނެވެ. ” ދެން މަންމާ… މަންމަ އެހެން ބުނީމަ ބައްޕަވެސް އެބުނީ ހޮސްޕިޓަލަށްދާން.. ރަނގަޅުވާނޭ… ނޫން ބައްޕާ..އަދި މާދަން ނޫން އަނެއްދުވަހު ބާއްވާ މީޓިންގަ އެވާހަކަ ދައްކާނަން…” އަޔާން މިހެންބުނެ ކޮޓަރިޔަށްދިޔަައީ ނިދި އައިއްސައި ހުރުމުންނެވެ. *****************************************************
ގަދަ ނިދީގައި އޮތް ޔާލްއަަސް ހޭލެވުނީ ފޯނުން ފަތިސް ނަމާދު ބަންގިގޮވާއަޑަށެވެ. ތެދުވެ ހިންދެމިލުމަށްފަަހު ފެންވަރާލައިގެން ވުޟޫކޮށްގެން އައިސް ނަމާދުކޮށްލިއެވެ. އަދި އެ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ބަދިގެއަށް ދިޔައީ ސައި ތައްޔާރު ކުރާށެވެ. ކޮފީއެއް ހަދައިގެން ގޮސް ގޮނޑީގައި އިށީންތަނުން ޔާލްގެ މަންމަ ނަސީމާ އައިސް ބަދިގެއަށް ވަނެވެ. ” ހާދަ ހެނދުނަކާ.. ސައި ހެދުމާ ހަވާލުވީދޯ މިއަދުގެ..” ނަސީމާވެސް ކޮފީއެއް ގިރަމުން ބުނެލިއެވެ. ” މިއަދު މިއުޅެނީ މަސްހުނި ކާހިތުން… އެހެންވީމަ އަޅުގަނޑު މިއަދު ސައި ހަދާނީ..” ޔާލް ސިންކުކައިރީ މަޑުކޮށްލަމުން ބުނެލިއެވެ. “ކޮބާތަަ ކޮންމެ ދުވަހަކު ފަތިހު ހޭލާ އަނގަ ފަތަރާސި..؟؟” ޔާލް ޔަނާލްމެން ކޮޓަރީ ދޮރަށް ނަޒަރުހިންގާލީ އަންޖަލް ކޮބާތޯ ބަލާލުމަށެވެ. “ހޭލައިގެން އުޅެނީ.. އެ މަންޖެ ރޭގަ ވަރަށް ލަހުންނޯ ނިދީ.. އެހެންވެ..” ޔާލް ފިޔާކޮށާ ނިންމުމަށްފަހު މަސްހުނިގަނޑު މޮޑެން ފެއްޓިއެވެ. ދެމައިންވެގެން ސައި ހަދާ ނިންމާލިއެވެ. “ދޮނޭ…” ކާގެޔަށް ވަދެގެން އައި އަންޖަލް ބައްދައިގަތީ ޔާލްގެ ފައިގައެވެ. ” އައްދެ.. ދޮނޭގެ އަންޖު މިއަދު ހާދަ ތިއްތިއޭ…” ޔާލް އަންޖަލް އުރާލަމުން އެޗަބީ ކޮލުގައި ހިފާލިއެވެ. “ދޮންތަބެސް އެބައާދޭ… އިއްޔަ ޑިއުޓީއަށް ދިޔަ ގޮތަށް އަދި އެނިމުނީ.. ” ޔަނާލް އެހެން ބުނިތަނުން ކާގެޔަށް ވަދެގެން އައި އިޝާމް ފެނުނެވެ. ” ޔަނާ އަހަރެންގެ ވާހަކަދޯ ތި ދައްކަނީ.. ދެން ތިވަރަށް އަހަރެންގެ މަސް ކަންޏާ ހިކޭކަށް މާގިނަ ދުވަހެއް ނުނަގާނެންނު..” ޔަނާލްއާ ދިމާލަށް އެއްލޯ މަރާލަމުން އިޝާމް އައިސް ގޮނޑީގައި އިށީނދެލިއެވެ. “ހެހެ.. ދޮންތަބެތީ މާ ފަލަ މީހެއްވިއްޔާދޯ….” ޔާލް ދެބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ. “ޔާލްގެ ދޮންތައޭ ކިޔަނީ ފަލައޭ.. އަޅެ މަންމާ އަހަރެން ނުލާހިކު ފިޓެންނު..” އިޝާމް ގަޔަށް ޖައްސާލި ވައްތަރުން އެންމެން ހޭންފެށިއެވެ. އެގޮތުގައި މަޖަލުގައި އެންމެން ސައިބޮއެ ނިންމާލިއެވެ. އުފާވެރި އާއިލާއެކެވެ.
*********************************************************************
އަަޔާން ރެޑީވަމުން ދިޔައީ މިއަދު ޝާނިމްއާއެކު ހުޅުމާލެއަށް ދިއުމަށެވެ. ބޮލުގައި އިން ބެނޑޭޖްގަނޑު ނައްޓާލުމަށްފަހު މަލަންކޮޅެއް އެތާ އަޅާލިއެވެ. އަދި ގަޔަށް ސެންޓު ބުރުވާލުމަށްފަހު ލައިގެންހުރި ކަޅު ގަމީހުގެ އަތްކުރި އޮޅަމުން އަޔާން ސިޑިން ފައިބާފައި މަންމައަށް ގޮވާލިއެވެ. ” މަންމާ.. މިދަނީ ހުޅުމާލެއަށް ޝާނިމްއާއެކު.. ބައްޕަ ގާތު ބުނެލައްޗޭ..”
ފެރީ ޓާމިނަލްއަށްގޮސް އިން ޔާލް ފޯނުން ނޫރާއަށް ގުޅާލީ އޭނަ ލަސްވުމުންނެވެ. ” ހެއި.. ލަސްވީދޯ.. ސޮރީ.. ޓްރެފިކްގަ ޖެހިގެން ލަސްވީ.. މިހާރު ވަރަށް ކާރިވެއްޖެ..” ނޫރާ އެހެން ބުނުމުން ޔާލް އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ. ދަބަހަށް ފޯނުލުމަށްފަހު އެނބުރުނު ޔާލްގެ ދެލޯ ބޮޑުވެގެން ދިޔަައީ ސައިކަލުގައި އަންނަ އަޔާން ފެނިފައެވެ. “އަންމާއި… މީނަ މިތާ ކީއްތަ މިކުރަނީ.. އަހަރެން ފެނިއްޖިއްޔާ ދިޔައީ ދުވަސް..” އަޔާން އަށް ފެނުމުގެ ކުރިން ދުވެފައިގޮސް ޔާލް ފިލިއެވެ. އެހެން އިނުމަށްފަހު މަޑުމަޑުން ޔާލް ބޯދިއްކޮށްލީ އަޔާން ކޮބާތޯ ބަލާލުމަށެވެ. އޭރު އަޔާން ޓިކެޓް ނަގައިގެން އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. ޔާލް މަޑުމަޑުން ބޮލުގައި ޖަހާލިއެވެ. އަޔާންވެސް އެއުޅެނީ ހުޅުމާލެއަށް ދާންތާއެވެ. ޔަގީނެވެ. ބިޓާ ބައްދަލުކުރާށެވެ. އަޔާންއަށް ފާރަލާން އޮތް ޔާލް ސިއްސައިގެން ދިޔައީ ނޫރާ ކުރިމައްޗަށް އެރުމުންނެވެ. “ޕޮއް.. ކީއްތަ ތިކުރަނީ ތިހެން ގުދަށްއޮވެ..؟؟” ޔާލް ބަލަންއޮތް ދިމާލަށް ބަލާލަމުން ނޫރާ ބުނެލިއެވެ. ” ނޫން.. ނޫން.. ނުކުރަން ކަމެއް.. ހިނގާދާން އަވަހަށް..” ނޫރާއަށް ޔާލް ބަލަން އޮތީ އަޔާންއަށްކަން އިނގުމުގެ ކުރިން ނޫރާ އަތުހިފާ ދަމައިގަންނަމުން ބުންޏެވެ. އަޔާންއަށް ނުފެންނާނެހެން މޫނު އަނބުރައިގެން ޔާލްގޮސް ގިމަތައަށްވަނެވެ.
“އޭތް.. މަމިހުރީއޭ.. ހިނގާ..” ޝާނިމް އަޔާންގެ ކުރިމައްޗަށް އަރަމުން ބުނެލިއެވެ. “ހާދަ ލަސްވީ..؟؟؟ ” އަޔާންވެސް ފެރީއަށް އަރަންދަމުން ބުނެލިއެވެ. “އާނ.. ސައިކްއަށް ޕެޓްރޯލްއަޅަންވެގެން ލަސްވީ..” ދެމީހުންގޮސް ފެރީއަށް އެރިއިރު އިށީންނާނެ ޖާގައެއްނެތެވެ. ދެންޖެހުނީ ފަހަތުގައިހުރި ސައިކަލުތަށްކާރީ ތިބޭށެވެ.
ފެރީއަށް އަރައިގެން އައި އަޔާންމެން ފެނުމުން ޔާލް ކުޑަދޮރުން ބޭރުބަލާ ކަމަށް ހެދުނެވެ. ނޫރާވެސް އިނީ ވަރަށް އެތެރޭގައި ފޯނާކުޅެންކަމުން އަޔާންމެނެއް ނުފެނެއެވެ. 20 މިނެޓުގެ ދަތުރަކަށްފަހު ފެރީ ހުޅުމާލެއާއި ގާތްކުރިއެވެ. މީހުންތަށް ފައިބަންފެށުމުން ޔާލް އަވަސް އަވަހާ ނޫރާ އަތުހިފާލަމުން އެންމެންތަކުގެ ތެރެއަށް ދެމިގަތެވެ. ނުވިސްނާހުރި ނޫރާ ނުވެއްޓުނީ ކިރިޔާއެވެ. ހުރިހާ އެންމެން ފޭބުމުން އަޔާންމެންވެސް ފޭބިއެވެ. ޔާލްމެންދިޔަ ދިމާލަށް ބަލަންއިން އަޔާންގެ ތުންފަތުގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. މިއޮށް ހުރިހާއިރު އޭނަ ހުރީ ޔާލްގެ ހަރަކާތްތަކަށް ބަލަބަލައެވެ. ޔާލް ހިތުން އުޅެނީ އަޔާންއަށް ފިލައިގެންނެވެ. މިފަހަރު ރަނގަޅު ލަނޑެއްދޭނަމެވެ. އެންމެފަހުން އަހަރެންގެ ފަހަތުން މިތަނަށްވެސް އައީ ކޮންމެވެސް ޖެއްސުމެއްކުރަންކަން ޔަގީނެވެ. ” އޭބަލަ މިހިރަ ސޮރާ.. ކޮންއިރަކު ބީރުވީ..؟؟ މިހާރު ގޮވާތާ ކިހާއިރެއް..! މާ ހެވިފަ އެދިމާޔަށްތިބަލަނީ ކޯއްޗެއް ފެންނާތީ..؟؟” ޝާނިމް އަޔާންގައިގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ. ” އަނޭއް.. މީ..އެ..އެ..” “ބަލަ މިހާރު އާ ގަންނަންވެސް ފެށީތަ…؟؟” އަޔާން ކުޑަކޮށް ކުރިޔަށް ޖެހިލަމުން ޔާލްމެންދިޔަ ދިމާބަލާލިއެވެ. ” ޝާނިމްވެސް ހާދަ އަނގަ ގަދައޭދޯ މިހާރު.. ހެހެ..ހިނގާބަލަ މިހެން..” އަތުގައި އޮތް ރޭބަން އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އަޔާން ހިނގައިގަތީ ޔާލްމެން ދިޔަދިމާލަށެވެ. އަޔާން ދިޔައީ ޔާލް އާއި ނޫރާ ދިޔަ ކޮންމެ ދިމާލަކުން އެމީހުންގެ ފަހަތުން ނުފެންނާނެހެނެވެ. މިއިން އެއްވެސް ކަމެއް ޔާލްއަކަށް އަދި ޝާނިމް އަކަށްވެސް ރޭކާނުލައެވެ. ޔާލްގެ ހާލަކީތޯއެވެ. އިރުއިރުކޮޅުން މަގުމައްޗަށް ނަޒަރުހިންގާލެވެނީ އަޔާން ފެނޭތޯއެވެ. އަޔާންއަށް އޭނަ ހުޅުމާލެ އައިކަން އެނގިއްޖިއްޔާ އޭނައާމެދު ދެކޭނީ މުޅިން ގޯސްކޮށެވެ. އަޔާންއަށް އަބަދުވެސް ހީވެފައި އޮންނަނީ އަހަރެން އުޅެނީ އޭނަޔަށް ޖެއްސުމަށްހެނެވެ. ގޯސްމިވަނީ އަބަދުވެސް އަހަރެންނެއްނޫން ހެއްޔެވެ؟ ޔާލް ދިޔާއި ހިތާހިތުން އެކި އެއްޗެހި ކިޔަމުންނެ.ވެ ނަމަވެސް ޔާލްއަށް ނޭނގުނު ކަމަކީ މިހާރުވެސް އަޔާން ޔާލްގެ ފަސްފަހަތުން އަންނަކަމެވެ..
“ހިނގާބަލަ މިތާ އިށީންނަން… އިރުކޮޅަކުން ކާން ދާންވާނެ..” ޕާކެއް ތެރެއަށް ވަންނަމުން ނޫރާ އެތާއިން ގޮނޑީގައި އިށީނދެލިއެވެ. ” އާހްހް.. ވާޅުވެއްޖެ.. ދެން ބުނެބަލަ އެއްކަލަ ވާހަކަ..” ޔާލްވެސް ނޫރާ ގާތު އިށީނެވެ. “ހޫމްމް.. އިނގޭތަ އަހަންނަށް ޖޮބް ހަމަޖެހިއްޖެ.. އަދި އެވެސް ޔާލްއާ އެއް އޮފީހަކުން…” ނޫރާ ހެވިފައި އިނދެ ބުނެލިއެވެ. ” އަސްލުތަ..؟؟ އަޅޭ… ދެމީހުން ދެން ދިމާވާނެދޯ އަބަދު.. އައިމް ސޯ ހެޕީ ފޯ ޔޫ..” ޔާލް އިނީ އޭނާގެ އެކުވެރިޔާއަށް ވަޒީފާ ލިބުމުން ނުހަނު އުފާވެފައެވެ. “ކޮން ޑިޕާޓްމަންޓަކުންތަ ލިބުނީ..؟؟ ” ޔާލް ވަރަށް ގަޔާވެ އިނދެ އަހާލިއެވެ. ” ފައިނޭންސް.. އަދި ވަރަށް އެހެންގޮތަކަށޭ ދިމާވީވެސް.. އަސްލު އެބައިގަ ބޮޑަށް ހުންނަ މީހާގެ ޕާސަނަލް ސެކެޓްރީ އަކަށްލީ، އެކަމު އެދުވަހު އޭނަޔަށް އިންޓަރވިއުއަށް ނާދެވުނީ… ދެން އެސިސްޓެންޓް ލައްވާ ނެގީވެސް..” ނޫރާ އުފާވެފައި އިނދެ ވާހަކަދެއްކިއެވެ. ” ޝާނިމްގެ ޕާސަނަލް ސެކެޓްރީއަށް..؟؟؟އޯ ގަދަ.. އެހެންވީމަ އަދި ނޫގެ ބޮސް ނުވެސް ފެނޭތާދޯ.. މާދަން ފެންނާނު.. ވަރަށް މަޖާ މީހެއް އިނގޭ އެއީ.. ހެހެ..” ޔާލް ހެމުން ބުނެލިއެވެ. އެތަށް އިރަކު އެހެން ވާހަކައިގައި ޔާލްމެން ތިއްބެވެ. އެމީހުންގެ ފަހަތުގައި ނުފެންނާނެހެން އަޔާން އާއި ޝާނިމްވެސް އިށީނދެލައިގެން ތިއްބެވެ. “މި ދެމީހުން މާ ހީހީފަ ކޮންވާހަކައެއް އެދައްކަނީ..” އަޔާންއަށް މަޑުމަޑުން ބުނެލެވުނެވެ. ” އޭނ.. ކީކޭ.. އެއްޗެކޭ ބުނިންތަ..؟؟” ޝާނިމް ބޯއަރިކޮށްލަމުން އަހާލިއެވެ. ބަދަލުގައި އަޔާން ބޯ ހޫރުވާލިއެވެ. ” އޭ.. އަޔާ ދެކުނިންތަ މަގޭ ޕާސަނަލް ސެކެޓްރީ..؟؟ މަށަށް އޭނަގެ އިންޓަރވިއުއަކަށްވެސް ނުދެވުނު މަންމަ ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހުނީ.. މަބުނިން ޝިޔާޒް ކާރީ އިންޓަރވިއު ކެންސަލް ކޮށްނުލާ ނިންމަށްޗޭ.. އަޔާ ބަލާލިންތަ ވާނުވާ..؟؟” ޝާނިމް ސީރިޔަސް ވެލަމުން އަހާލިއެވެ. ” އާނ… އެކަން ނިންމައިފިން.. މާދަން ނިކުންނާނެ އޭނަ..” އަޔާން ތެދުވެ ހިނގައިގަތީ ޔާލްމެންވެސް ދިޔުމުންނެވެ. ” ކޮން ނަމެއްތަ ކިޔަނީ..؟؟؟” ޝާނިމް ތެދުވަމުން އަހާލިއެވެ. ” ހަހަ.. ފިރިހެނެއް ނެގީ.. ގޯސްތަ..؟؟” އަޔާން ހިނގަނޑެއް ޖަހާލިއެވެ. “އޭ ދެން ސީރިއަސް އެއްޗެކޭ.. ބުނެބަލަ..؟؟” ޝާނިމް އާދޭސް ކޮށްލިއެވެ. ” އުހޫން.. ނުބުނެވޭނެ… މާދަން އިނގޭނު..” އަޔާން ގާތު އަހާއަހާވެސް ނުބުންޏެވެ.
ޔާލްމެން ރެސްޓޯރެންޓަށް ވަނުމަށްފަހު އޯޑާ ދިނީ ފްރައިޑް ނޫޑްލްސް އަކަށެވެ. ” އަދި އެބަ އޮތޭ އެއްވާހަކަ..” ނޫރާ މިހެން ބުނުމުން ޔާލް ކޮންވާހަކައެއްހޭ އަހާލިއެވެ. “ޔާލް ނުވާނެ ދިމާކޮށްގެން އިނގޭ..” ނޫރާ މަޑު ހުނުމަކާއެކު ބުނެލިއެވެ. “ދެން ބުނީމަދޯ އިނގޭނީ ދިމާކޮށްލަންވެސް.. ހެހެ..” ޔާލްވެސް އެހުނުމުގައި ބައިވެރިވެލިއެވެ. ” އަހަރެން މިއުޅެނީ ކުއްޖަކުދެކެ ލޯބި ވެވިގެން.. ވަރަށް ބޮޑަށް.. ” ހިޔާލީ ގޮތަކަށް ނޫރާ އެހެން ބުނެލިގޮތުން ޔާލްގާތަށް ހިނިވެސް އައެވެ. “ކީއްވެ ތިހެނީ..؟؟” ޔާލް ހީލިތަން ފެނުމުން ނޫރާ އަހާލިއެވެ. ” ތި ބުނިގޮތުންވެސް އެނގިއްޖޭ ވަރަށް ލޯބިވާކަން.. ދެން ކާކުބާ އެ ނަސީބުވެރިޔަކީ..؟؟” ޔާލް ކުޑަކޮށް ގުދުވެލަމުން މަޑުމަޑުން އަހާލިއެވެ. ” އެއީ..އެއީ… ޒާއިން..” ” އޯމައިގޯޑް.. އެއްކަލަ ޖޯކަރު.. އަވަރ އޯލްޑް ކްލާސް މޭޓް.. ހާދަ ގަބޫލުވެސް ނުކުރެވެޔޭ.. އެހެން މިބުނީ ، ނޫތީ އެންމެ ގިނައިން ޒާއިންއާ ދިމާލަށް އެއްޗެހިގޮވި އެކަކު ވިއްޔާދޯ.. ތިދެމީހުން ވަރަށް ގުޅޭ އިނގޭ.. ” ޔާލް މަޖާވެފައި އިނދެ ވާހަކަދެއްކިއެވެ. “ހޫމްް.. ތިބުނީވެސް ތެދެއް.. ހަމަ ލޯބިވެވިދާނެންނު ކޮންމެ މީހެއްދެކެވެސް.. ޔާލްއަށްވެސް ވެވުނީމަ އިނގޭނީ..” ނޫރާ ދެރަ ނުވާންވެގެން ބުނެލިއެވެ. ނަމަވެސް ނޫރާއަށް ސާފުނުވެއޮތްކަމަކީ މިހާރުވެސް ޔާލްްގެ ހިތުގައި ސޫރައެއް ކުރެހިފައިވާކަމެވެ. ނަމަވެސް އެދެމެދުގައިވާ ގުޅުމަކީ ތިންވަނަ ބޮޑު ހަނގުރާމަފަދަ ގުޅުމެކެވެ. އެކި ވާހަކަތަކުގައި ތިބެ ކައި ނިންމާލައިގެން ދެމީހުންވެސް މިސްރާބުޖެހީ އަތިރިމައްޗަށެވެ. އޭރު ވަރަށް ބޮޑަށް އަނދިރިވެސް ވެއްޖެއެވެ. ********************************************************
ޖޫގޯ ބޮމުން ދިޔަ އަޔާންމެންގެ މިސްރާބުހުރީ އަތިރިމައްޗަށެވެ. އަތިރިމައްޗަށްގޮސް އަޔާން އެތާހުރި ގޮނޑިއެއްގައި އިށީނދެލުމަށްފަހު ވަށައިގެން ނަޒަރު ހިންގާލީ ޔާލްމެން ތިބިތޯއެވެ. އެމީހުންވެސް ދެންމެ މިދިމާލަށް އައިތަން އަޔާންއަށްވަނީ ފެނިފައެވެ. ” އޭ އަޔާ.. މަ އެބަ އަންނަަން މިތާކާރީ ހުރި ފިހާރައަކަށް ޖައްސައިލާފަ..” މިހެންބުނެ ޝާނިމް ދިޔައެވެ.
“ޔާލް.. ދެންމެއޭ މިހަނދާންވީވެސް.. މަންމަ ބުނެގެން އެބަޖެހޭ މިތާހުރި ފިހާރައަކުން އެއްޗެއް ބަލާލަން ދާން.. އެބަ އަންނަން އިނގޭ.. ” ނުރާ ދިިއުމުން ޔާލް އޭނާ މަންމައަށް ގުޅާލީ މާލެއަށް ދިއުން ލަސްވެދާނެ ވާހަކަ ބުނުމަށެވެ.
ޝާނިމް ދިއުމުން އަޔާން ކޮޅަށް ތެދުވެ ކުރިޔަށް ހިނގައިގަތީ ޔާލްމެން އެތާ ތިބިތޯ ބަލާށެވެ. ސަރަހައްދު ތަންކޮޅެއް އަނދިރިކަމުން މީހުން ވަކިކުރާކަށް މާބޮޑަކަށް ނޭނގެއެވެ. ނަމަވެސް އަޔާންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ފޯނުން ވާހަކަދައްކަމުންދިޔަ ޔާލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަޔާންއަށް އެއީ ޔާލްގެ އަޑުކަން ފާހަގަކުރަން ވަރަށް ފަސޭހައިން އިނގުނެވެ. މަޑުފިޔަވަޅު ތަކެއްގައި އަޔާން އެ ދިމާލަށް ގޮސް ޔާލް އިށީނދެގެން އިން ގޮނޑީގެ ފަހަތުގައި މަޑުކޮއްލިއެވެ. ” ލައްބަ މަންމާ.. 10 ޖަހާކާއިރު ދާނަން..” ޔާލް ފޯނުބޭއްވުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އަޔާން ކުއްލިއަކަށް ޔާލްގެ ގޮނޑީގެ ފަހަތުން އިށީނދެ ޔާލްގެ އަނގަމަތީ އަތްއަޅާލީ ޔާލް ހަޅޭއްލަވައިގަންނާނެކަން އިނގޭތީއެވެ. ކުއްލިއަކަށް ޔާލްގެ އަނގަމަތީ މީހަކު އަތްއެޅުމުން ލާން އުޅުނު ނޭވައިވެސް އެތެރެހަށީގައި ތާށިވިއެވެ. ކާކުތޯ ބަލައިލުމެއްނެތި ހުށިޔާރުކަމާއެކީ ޔާލް އެއަތުގައި ބާރަކަށް ދަތް އެޅިއެވެ. އަޔާން އަށްވީ ތަދުން އައްދިއްޔޯއޭ ބުނެ ޔާލްގެ އަނގަމަތިން އަތް ނެގިއެވެ. ފުންމައިގެން ތެދުވި ޔާލް ދެލޯ ބޮޑު ކޮށްލަމުން ބަލާލެވުނީ އެއިވުނީ އަޔާންގެ އަޑުކަމަށްވާތީއެވެ. އަތުގައި ފިރުމަފިރުމާލަ އިން އަޔާން ފެނި ޔާލްއަށް ދެލޯމަރާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ…….
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
72 Comments!
Comments are closed.




Hehe vv reathi ❤❤whn nxt part
thankyou Xee.. insha allah on wednesday or friday
hehe sorry. on wednesday or thursday 😀
Nice..waiting
thankyou Lam 😀 🙂
Nice waiting for next part. .
thankyou Lucky 🙂 🙂
Alheyyyyyy dhn nihmaaleetha thi ehaa gayaavegen kiyan indha
hehe sorry ehaa kiyaa hithun indha nimmaalevuniima. 😉 dhn anna part akah wait kohla ingey 😀 thankyou so much Rish 🙂 🙂
Majaa dhemyhuneh ingey thy
Varah rythi vaahaka
hehe dhww 😀 thankyou so much Limsha 😀 😀
Alhey sjk.. nimun iru vx neygun.. hama habeys mi storyy ??
thankyou sooo much Ramko 🙂 🙂 adhi hama othy ingey kuriah. keep waiting for nxt prt. thanks again. loves 🙂 <3
Haha… V reethi… Waiting for the next part.. ❤
thankyou soo much seym 🙂 🙂
hehehe hihthelhilaafa edhiyaee waiting……
hehe. naseebennu hiyy nuhuhtunu kan dho 😉 😉 thankyou so much rose 🙂 🙂
Sjk korean mee boy ehtha girl eh tha.lol.varan undhaguley sjk korean kiyan.neiytha name change kohlleveykah.no offence ?
hahah. girl eh. no defense 2 😉 hehe nethey dhw. SJK kiyas okay. ehn nuunii dhn nameh hadhaaliyas okay hama 😉 😉
Hey dear this part vx hama best.. V v salhi.. Waiting for next part.. Ly.. ❤
thankyou soo much nau puddin 😉 😉 ly more. your storyy was fab!!”
Stry vvvvv salhi.
KEEP IT UP dear..
Waiting 4 next part…
Gud nyt sjk.????
aw thankyou sooo much Friends 😀 gud nyt. sweet drymx
Vara salhi
thankyou so much Rau 🙂
Love it……❤❤??waiting 4 the next part…
thankyou so much dear 🙂
Wowww????
V v v v reeethi…
Waiting for next part
????
🙂 🙂
V reethi……yaal a hedhy ragalhah…aga mathy ai alhyma hykuraani goheh kamannu….dhw…..hehehe….v salhi when next part
heheh dhwww 😀 😀 hankyou so much Sidhu 🙂
**thankyou
Wowww????
V v v v reeethi…
Waiting for next part
???
thankyou so much niu 🙂 🙂
woah…hahhaha mi dhemyhun ulheygothun hevey varah. ahahaah. gwiyeobda <3
hahah 😀 thankyou dear imagination 🙂 🙂
WOW V Salhi
😀 thankyou dear rsh 🙂 :
reeethi ❤
😀 thankyou dear Merr 🙂 🙂
Hehe majaa dhe meehun.. loabi va iru kihineh baa ulheynee…
thankyou so much shereen 🙂 hehe lets see dhw.. 😀 😀
Wow…v nyc?
thankyou so much Yalun 🙂 🙂
I love ayaan ge attitude..?? next part kon irakun
thankyou so much awa. 😀 insha allah on Wednesday or Thursday 🙂
Hehe..nice???????
thankyou so much Xxxx 🙂
Wow …waiting
thankyou so much sinaa 🙂 🙂
mivaahaka varah reethi, miadhuge bai kiyaalaa hithun mihury
thankyou so much ino, 🙂 🙂
dear next part insha allah on Wednesday or Thursday 😀
Wooooow warah warah reethi waiting
thankyou so much kul 🙂
oooh…..wednesday ga plx genesdhechey plx….mihaaru varh intres vejje…..anekaa ayaan ge personal secrectory aa hithaa nuvahchey, eyrun yaal varah dhera vaane…
Insha allah wednesday ga genesdheveytho balaanan inge?? hehe lets see dho kihinehtho vany? ❤❤
Jst Wow…?❤❤?stry is hama obiness to the max..
thankyou soo much saaneix 😀 🙂
Hello sjk.. mi part v v rythi.. keep it up dear..?
hello mal. 😀
thankyou so much dear 🙂 🙂
Nice stry, ?
sjk❤.,.
Undoubtedly sjk fan,.?
thankyou sooo mucj MXna 😀 happy to know that.. loves <3
Maasha Allah v reethi..
thankyou so much mary 🙂 🙂
hey readers, 😀
Miadhuvx part eh up kohladheynan insha allah,, varah try eba kuran 🙂 🙂
Omg…gadha ingey?
hehe 😀
Saabahey sjk Korean ???
thankyou so much
Haveerun sure hulhumalega ulheyiru namaadhu kuran jeheyne vaahaka naan naathii dheravany..
Yaal aa noora ah namaadhu nukurevey haalathuga huhtas ayaan and shaanim akah e haalatheh naan naane…
thankyou for pointing out dear 😀 😀 🙂 🙂
Sjk is 4 song joong ki rite?? Vrhaka bma vvv reesthi