Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ( 13 )

Muroo.... Level 210 Stories100 Comments
November 13, 2017 4 Mins Read
35 Comments

ފަނަރަވަރަކަށް މިނެޓް ފަހުން ކައިޝް ހުރީ މީޝާމެންގޭ ކުރިމަީގައެވެ. އިރުކޮޅަކުން އާނާމެން ނާއެކު ފިޒާންވެސް އައެވެ. އެންމެން އެކީ ގެއަށް ވަނީ މީޝާ އަށް ސަޕްރައިސެއް ދިނުމައްޓަކައެވެ. ޔަނާލް ތަޅުދަނޑިން ދޮރުހުޅުވާލިއެވެ. ” ސަޕް…. ” ޔަނާލް ބުނަން އުޅުން ޖުމްލަ ކަރުތެރޭ ތާށިވެގެންދިޔައެވެ. ޔަނާލް ބަލަން ނުހުރެ ދުއްވައި ގަނެވުނީ ކުރިމަތީ ވެއްޓިފައި އޮތް ޔުނާން ގާތަށެވެ. ކައިޝް މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްޗެހިތައް ވަނީ އެތައް މިތަނަށް އުކާލާފައެވެ. ހީވަނީ ގޭތެރެއަށް ތޫފާނެއް އައިސްފާވާހެނެވެ. ކައިޝް ފިޒާން މޫނަށް ބަލާލެވުނީ އޭނާ ހާސް ވިވުރުން ނެވެ. ފިޒާންގެ މޫނުމަތިންވެސް ހާސް ކަން ފެންނަން ހުއަޓެވެ.
” ދޮންބޭ…” ޔަނާލް ޔުނާން ބޯނަގާ އުނގުމައްޗައް ލަމުން ޔުނާން އަށް ގޮވަމުން ދިޔައެވެ. އޭރު ޔަނާލް އަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އާނާ މީޝާ ކޮޓަރިއާދިމާލަށް ދުއްވާގަނެވުނީ މީޝާ ކޮބާތޯ ބަލާށެވެ. މުޅީ ތަން ހޯދިއިރުވެސް މީޝާއެއް ނުފެނުނެވެ. އާނާ ކައިޝް ކައިރީ އެވާހަކަ ބުނުމުން ކައިޝް ގޮތް ހުސްވި ކަހަލައެވެ. އަނެއްކާ މީޝާ އަށް ވީ ކިހިނެއްބާއެވެ؟. އެމީހާ މީޝާ ގެންދިޔައިބާއެވެ.؟…. އަވަހަށް ފޯނުނަގާ މީޝާގެނަންބަރަށް ޑައިލްކޮއްލިއެވެ.ފޯނު ރިންގުވުމުން ކައިޝް ހިތަށް ހަމަޖެހުމެއް ލިބުނުނަމަވެސް އެވަގުތު ހިތްމާޔުސްވީ ފޯނުރިންގުވަނީ ކާމޭޒްކައިރިން ކަން އެނގުމުންނެވެ.. ކައިޝް އަށް ވީގޮތް ފެނި ފިޒާން އޭނާ ކައިޝް ގައިގައި ހިފައްޓާލިއެވެ.
ހޭނެތިފައި ކަމެއް ހެދިފައި އޮތް ޔުނާން ހިތާހިތުން ހީލަހީލާ އޮތީ އޭނާގެ ޕުލޭނާ އެއްގޮތައް ކަންތައް ދާތީއެވެ. މީހަކަށް ޝައްކުވެސް ނުވާނެހެން ގޭތެރޭ އެއްޗެހިތައް އުކާލާ ގައިގައި ވަކި އަޅުވާ ހެދީ އޭނާ އަމިއްލައަށް ށެވެ. ޔަނާލް ރޯވަރުން ވެސް ޔުނާން އަށް އުދަގޫވި ނަމަވެސް ކެއްކޮއްލީއެވެ.
ފިޒާން އާއި ކައިޝް ވެގެން ޔުނާން ނަގާ ސޯފާގައި ބާއްވާލިއެވެ. އަދި މޫނު މަތީގައި ފެން ހާކާލީ ޔުނާން ހޭނެތްކަމައް ހީކޮށެވެ. އެރީތި ސޫރާގެ ފަހަތުގައި ފޮރުވިފައިވާ ޝައިތޯނެއްކަން އިނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ދެފަހަރަކު ފެން އުގުޅުމުން ޔުނާން ލޯހުޅުވާލިއެވެ. ޔަނާލް އުފަލުން އޭނާގެ ބޭބެގައި އޮޅުލާގަތެވެ. ކައިޝް އެއްކާރިއަށް ޖެހިލާ ޝަވަން އަށް ގުޅާލިއެވެ. އަދި ވެގެން އުޅޭގޮތް ބުނުމައްފަހު އައުމަށް އެދުނެވެ.
“ދޮންބޭ ކޮބާ މީޝް..” ބޮލުގައި ހިފަހައްޓައިގެން މަޑުމަޑުން ތެދުވެ ޔުނާން އިށީނުމުން ޔަނާލް ސުވާލު ކުރިއެވެ. އެވުގުތު ޔުނާން ލޮލުން ފޭބި ކަރުނަ ފެނި އެންމެންގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާނީއެއް ހިނގާލިއެވެ.” މީޝް …މީޝް ކިޑްނެޕް ކޮއްފި” ..ޔުނާން އަސަރާއެކު ބުންޏެވެ. އެންމެންނަށް ސިހުމެއް ލިބިގެން ދިޔައެވެ. އެނުލަފާ ޑެވިލް މީޝާ ގެންދިޔައީބާއެވެ… ؟
“ވަޓް؟…..” އާނާ ބާރަށް އެހެން ބުނެވުނީ ގަބޫލް ނުކުރެވިފައެވެ.ކައިޝް ބޮލުގައި ގެއަތުން ހިފައްޓާލީ އޭނާ ހީކުރިގޮތަށް މީޝާ އެނުލަފާ މީހާގެ އަތްދަށުވިކަން އެނގުމުންނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ފައިބައި ގަތީ ހިތައް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ކައިޝް އަށް ހަމްދަރުދީވެ ފިޒާން ކައިޝް ގައިގައި ބައްދާލީ އޭނާހުރީ ކައިޝް އާއެކުގައި ކަން ހާމަކުރުމުގެ ގޮތުންނެވެ. އާނާ ޔަނާލް ދެކުދިންނަށް ރޮވުނީ ކެއްނުވުމުން ނެވެ. ގާތްއެކުވެރިޔާ އަށް ވީގޮތްނޭނގުމުން ނުރޮވި ހުންނާނެ ހެއްޔެވެ؟
” އަހަރެން ހުރީ ސިޓިންރޫމްގަ.. ހުއްޓާ ބެލް އެޅީމަ ގޮސް ހުޅުވީ؟… މާސްކެއް އަޅާން ހުރި ފިރިހެނެން ވަދެ އަހަރެންގައި ގައި ތަޅާ ވައްޓާލުމަށް ފަހު މީޝް ގޮވާން ދިޔައީ.. މީޝް ސަލާމަތް ކުރެވޭތޯ ވަރަށް ޓުރައި ކުރިން..” ޔުނާން ލޮލުން ކަރުނަ ފައިބާގަތެވެ. އޭރު ޝަވަން ވެސް އެތާ ހުއްޓެވެ. ޔުނާން ދެއްކިވާހަކަ އޭނާއަށް ވެސް އިވުނެވެ. ޝަވަން ވަށާގެން ގޭތެރެއަށް ބަލާލިއެވެ. އޭނާއަށް އެހެން ކަމެއްހީވާ ކަހަައެވެ.
” ގުޅާ ޕޮލިހައް..” ޝަވަން ބޭނުންވާގޮތް ބުންޏެވެ. ޔުނާން ޝަވަން މޫނަށް ބަލާލިއެވެ. ކުރިމަތީ ހުރި ޝަވަން ފެނުމުން ޔުނާން ހައިރާންވިއެވެ. ޝަވަން މިތާ ކީއްކުރަނީ ބާއެވެ؟
” ނޫން .. ސަލީމްބެއަށް އަންގާ.. މީޝް ނެތްކަން އިނގުމުން ނޭނގެ ވާނެ ގޮތް ވެސް ..” ޔަނާލް އަށް ރޮވުނެވެ. ސަލީމް ކިހާދެރަވާނެ ހެއްޔެވެ؟ އެއްދަރި މަރުވިތާ މިއުޅެނީ ހަތަރު މަސް ނުވެގެންނެވެ. އަނެއްކާ މީޝާ ….ޔަނާލް އަށް ބާރަށް ރޮވުނެވެ. މީޝާ ބަހައްޓާފައި ނުދެވުނު ނަމައޭ ކިތައްމެ ފަހަރަކު ހިތައް އެރިއެވެ.
ޔުނާން ސަލީމް އަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނެވެ. ސަލާމް ވީ އެންމެ އަވަހަކަށް ދާނެކަމަށް ބުނެ ފޯނުބޭއްވިއެވެ. ނަމަވެސް އެކަން އެނގުމުން ސަލީމްގެ އަޑުގައި އެކުލެވުނު ހާސްކަން ޔުނާން އަށް ސިއްރެއް ނުވިއެވެ. ޝަވަން މެލޭޝިޔާ ޕޮލިހުންނަށް އެނގިއެވެ. މާގިނަ އިރުތަކެއް ނުވެ ޕޮފިހުން އައިސް ޝައްކުވާ އެއްވެސް ކަމެއް ފެނޭތޯ ބަލާ ޗެކު ކޮށް ހަދިއެވެ. އަގި އެންމެންގެ ބަޔާން ނަގާ ވެސް ހެދިއެވެ.
ޔުނާން ކައިޝް ގެ މިލާފައިވާ މޫނު ފެނުމުން ސިއްރުން ހީލިއެވެ. ކަލޭ ކައިރީ އަހަރެން ނުބުނަން ހެއްޔެވެ؟ މީޝާ އާއި ގާތް ނުވާން ނުބުނަން ހެއްޔެވެ. ؟ ވީގޮތް ފެނިއްޖެ ނޫން ހެއްޔެވެ.؟ މީޝާ އެއީ އަހަރެންގެ މީހެކެވެ. ހަމަ އެކަނި އަަރެންގެ މީހެކެވެ.. ހިތާހިތުން ޔުނާން ކައިޝް ދިމާލަށް އެތިވަރު ގޮވާގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ފޯނުން މީޝާގެ ތަސްވީރަށް ބަލަން އޮތް ކައިޝް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ފިރިހެނެއް ނަމަވެސް މިއަދު ކައިޝް ވަނީ ހިއްވަރު އެލިފައެވެ. މީޝާވީ ތަނެއް ނޭގުމުން އޭނާ ހިތްވަރު ކުރާނީވެސް ކިހިނެއް ހެއްޔެވެ؟ މީޝާ އުޅޭނެ ހާލެއްވެސް ނޭނގެއެވެ. މީޝާ އަށް އެހެންވީ އޭނާގެ ސަބަބުންނޭ ވެސް ކައިޝް ހިތައް އަރަމުން ދިޔައެެވެ. އޭނާ މީޝާ އާ ގާތް ނުވި ނަމައެވެ. “މީޝް .. ވެއާރ ރާ ޔޫ.. އައި މިސްޑު ޔޫ..”ކައިޝް ހިތާދިމާލު މޭގައި ފޯނުޖައްސާލިއެވެ.އެހިތައް މިއަދު ވަނީ ވަރަށް އަސަރުކޮށްފައެވެ..
ހަމަ އެވަގުތެވެ. ޔުނާން އޭނާގެ ކޮޓަރީގައި އޮތީ މިއަދުވީ ކަންތަކާ ވިސްނާށެވެ. މޫނު މަތިން ހަމަޖެހުން ފެންނަން ހުރި ނަމަވެސް ޔުނާން ޖެހޭނީ މީހުން ކުރިމަތީ އެކްޓު ކުރާށެވެ. ޕޮލިހުން މައްސަލަ ބަލަމުން ދާތީ އޭނާ ވަރަށް ވިސްނަން ޖެހެއެވެ. ކިރިއާވެސް ޝައްކުވިޔަ ދީގެން ނުވާނެއެވެ. ޔުނާން ތެދުވެގެން ކޮޓެރިން ނިކުމެ ޔަނާލް ކޮބާތޯ އެކޮޓަރި ހުޅުވާލިއެވެ. ރޮއެ ރޮއެ ވަރުބަލިވެގެން ޔަނާލް ނިދިފައި އޮތް އިރު އާނާ ވެސް ޔެނާލް ކައިރީ ނިދާފައި އޮތެވެ. މީޝާ ގެއްލުމުން ޔަނާލް ރޯވަރުން އާނާ ބޭނުންވީ ޔަނާލް ކައިރީ މަޑުކުރާށެވެ. މިވަގުތު ޔަނާލް އަށް އާނާގެ އެހީ ބޭނުންވާނެތީއާއެކުގައެވެ.
ޔުނާން އެކޮޓަރީ ދޮރު ލެއްޕުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އުކާލާފައި ހުރި އެއްޗެހި އާނާ ވަނީ ނާގާ ގޭތެރެ ސާފުކޮށްފައެވެ. ޔުނާން ވިހަ ހިނިތުން ވުމެއް މޫނު މައްޗައް ގެނުވީ ހިތުން އަމިއްލަ މީހާގެ މޮޅުކަން ހިތައް އެރުމުންނެވެ. އަދި މަޑުމަޑުން ގޭން ނިކުމެ ހިނގާގަތެވެ. ގެއާ މާދުރުނޫން ކުޑަ ގެއަކަށް ޔުނާން ވަނެވެ. އެއީ އާގައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ.ގޭވަށާ ގެން ވަނީތަފާތުވައްތަރުގެ މާގަސް އިންދާފައެވެ. ގޭޓުން ވަދެގެން ގޭދޮރާހަމައަށް ހިނގަން ހަނިމަގެއް ރީތިކޮށް ގާޖަހާ ޑިސައިން ކޮށްފައިވެއެވެ . ޔުނާން އާދައިގެ ހިނގުމެއްގައި ގޮސް ޖީބުން ތަޅުދަނޑިއެއް ނަގާ ތަޅަށް ޖެހިއެވެ. ދޮރުހުޅުވާ ލުމަށް ފަހު އެތެރެއަށް ވަނީ މީހަކު ބަލަން ހުރިތޯ ދެފަރާތް ހޯދާބަލާލާފައެވެ. ވަދެ އެތެރެއިން ދޮރު ތަޅުލިއެވެ.އެންމެ ކޮޓަރިއެއްގެ އިތުރުން ބަދިގެއެއް ހެނޭހެން ހަދާފައިވާ އާދައިގެ ގެއެކެވެ.
ހަމަޖެހުމުގެ ނޭވާއެއްލުމަށް ފަހު ކުރިމަތީ އިން ކޮޓަރިއަށް ވަނެވެ. އެކޮޓަރިއަކީވެސްއާދާގެ ގޮތަކަށް ހަދީފައިވާ ކޮޓަރިއެކެވެ. އަލަމާރިއަކާ ކުޑަމޭޒެއްގެ އިތުރުން ޑަބަލް ބެޑެއް ނޫން އިތުރު އެއްވެސް ފަރުނީޗަރެއް އެތާކުނުވެއެވެ. މާބޮޑު ނޫން ނުމަވެސް ކުޑު ކޮޓަރިއެއްވެސް ނޫނެވެ. ޔުނާން އެނދުމަތީ ހޭނެތިފައި އޮތް މީޝާ އަށް ބަލާލިއެވެ. ދެފަޔާ ދެއަތް އައްސާފައި ވާއިރު މީޝާ އަނގަމަތީ ވަނީ ޓޭޕް އަޅާފައެވެ. ޔުނާން މީޝާ ކައިރީ އިށީންދެ އޭނާ މޫނު މަތީ ފިރުމާލިއެވެ. މީޝާ ހާދަ ލޯތްބެވެ. ދީވާނާ އެއްފަދައިން ޔުނާން މީޝާ މޫނުގައި ބީހެމުން ދިޔައެވެ. އަދި މަޑުމަޑުން އަނގަމަތީ އަޅާފައިވާ ޓޭޕް ގަނޑު ނައްޓާލިއެވެ. ޔުނާން ގެ ނަޒަރު ހުއްޓުނީ މީޝާގެ މަޑު ފިޔާތޮށިކުލާގެ ތުންފަތަށެވެ. އޭނާ މަޑުމަޑުން އެލޯބިތުންފަތުގައި އޭނާގެ އިނގިލި ޖައްސާލިއެވެ. ޔުނާން އަށް ކެއްވީ އެހާހިސާބުންނެވެ. މީޝާ މޫނާ އޭނާގެ މޫނު ގާތް ކޮއްލީ އެލޯބި ކުންފަތުން އުފާ ހޯދުމައްޓުކައެވެ. ހޭވެރިކުން ނެތް މީޝާ އަށް ވަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ހޯދޭތޯ މަންޒިލެއް..

Next

އިންތިހާ ލޯބިވޭ…(2)

Next
November 13, 2017

އިންތިހާ ލޯބިވޭ…(2)

Previews
November 12, 2017

ހޯދޭތޯ މަންޒިލެއް..

35 Comments!

  1. Muroo.... says:
    November 13, 2017 at 6:59 am

    Hey guys .. miothy 13th vana part.. hope u guys Will like it. Kiyaalaifa comment kohlachey ingey rangalhu kuran vaa kan kan bunelan.. ?☺

  2. Eyna says:
    November 13, 2017 at 7:06 am

    Ohh me first dhw…varah reethi mi part vx…ekamu haadha kurey??

    1. Muroo.... says:
      November 13, 2017 at 7:12 am

      Thanks eyna☺ yaa ur first mifaharu☺☺☺kuru dhw.. miadhu adhi eh part genesdheynan insha Allah ?

  3. Aisha says:
    November 13, 2017 at 7:19 am

    Muroo mifaharu yunaan a kaaniyaab viya nudhaythi pls.story v salhi ekm v kuru ?

    1. Muroo.... says:
      November 13, 2017 at 7:21 am

      Thanks aisha..☺kuru v ma madhu adhi eh part up kohdheveythoa miulheny ok dhw..?

  4. Firu says:
    November 13, 2017 at 7:31 am

    Muroo meesh ah gotheh nahadhahchey

    1. Muroo.... says:
      November 13, 2017 at 7:37 am

      Firu meesha salaamai kureveythoa v try kuraanan?

    2. Muroo.... says:
      November 13, 2017 at 3:53 pm

      Yaa sure meesh ah gotheh nuhadhan.. ?

  5. rose says:
    November 13, 2017 at 7:39 am

    keep it up v reethi

    1. Muroo.... says:
      November 13, 2017 at 7:43 am

      Thanks rose,☺?

  6. Sadhin says:
    November 13, 2017 at 8:04 am

    Wooow… Alhey meeshaa ah dhera gothei nahadhahcheyyy… Plx… Plx… Vaahaka v reethi. Next part miadhu avahah up kohdhehchey…

    1. Muroo.... says:
      November 13, 2017 at 8:19 am

      Thanks sadhin☺in Sha Allah avahah up kohdheveythoa balaanan

  7. Mee sh says:
    November 13, 2017 at 8:10 am

    Wow… speechless… vrh vrh rythi vaahaka eh mee. Knme faharakuvx up kuryma kiyaalan mi vaahaka. Mivaruge vaahaka eh adhi nukiyey kanneyge hayaathuga vx… bt liyumuga mistakes eba huri ingey. Vedhaane avas kohlaafa kamah. Liye ninmaalaafa adhi ehfaharu alun kiyaalanikn ekahala mistakes fennaane…
    Mi story vareh neiy hama.. ??

    1. Muroo.... says:
      November 13, 2017 at 8:21 am

      Ohh?thanks for the lovely comment☺☺ mistake thah madhu kurevey thoa balaanan adhuves.. ??☺

  8. Friends says:
    November 13, 2017 at 8:20 am

    Mashaa allah stry hama vv reethi…??
    Dear now also some typing mistake mi part ga vess faahagavi…??
    Waiting 4 next part..
    Have nice day…????

    1. Muroo.... says:
      November 13, 2017 at 8:23 am

      Aslu vs dhw..?thanks friends .. insha Allah dhen faharakun thikan rangalhu kohlaanan..,?

  9. Ainth says:
    November 13, 2017 at 9:01 am

    Masha Allah.. Wow muroo, haadhahaa reechey mibaives.. Ekam dhw meeshaa ah eyoh v gotheh.. V ves furihama vaahakaeh.. Mee muroo ge furathama vaahakatha??

    1. Muroo.... says:
      November 13, 2017 at 12:36 pm

      Yaa its my first story..☺ thanks ainth

  10. Riyaa says:
    November 13, 2017 at 9:06 am

    V reethi bt thankolheh kuree dhigukohla dheefihyaa v happy vaane…. keep it up. Waitting for tha nxt part…. lvu??

    1. Muroo.... says:
      November 13, 2017 at 3:54 pm

      Thanks riya ☺

  11. Ainth says:
    November 13, 2017 at 9:08 am

    Masha Allah.. Wow muroo haadhahaaey rythy mibaives.. Ehabayah vure anehbai rythi.. Vaahaka kiyamun dhaairu hama hyvany filmeh balaahen.. Ehaaves rythikoh sifa kohdhevifa ebahuri.. Hama molhy igey.. Mee muroo ge first story tha??

    1. Muroo.... says:
      November 13, 2017 at 3:55 pm

      Yaa ainth its my first story.. thank you so much..luv u??

  12. Lam says:
    November 13, 2017 at 9:14 am

    Vvvv nice…waiting…avahah up kohdehchay plx

    1. Muroo.... says:
      November 13, 2017 at 3:55 pm

      Thanks lam☺

  13. Rsh says:
    November 13, 2017 at 9:30 am

    V Reethi . waiting for next…..

    1. Muroo.... says:
      November 13, 2017 at 3:56 pm

      Thanks Rsh ?☺

  14. unaal says:
    November 13, 2017 at 10:01 am

    alhe vrh reethi
    kaish unaan ey meesh kidnep kury.. vrh reethi stry

    1. Muroo.... says:
      November 13, 2017 at 5:05 pm

      Thanks unaal ?☺

  15. Unknown girlll says:
    November 13, 2017 at 10:30 am

    V.nice….u re doing a great job..???waiting 4 next part….

    1. Muroo.... says:
      November 13, 2017 at 3:56 pm

      Thanks unknown girl ?☺

  16. Minnie✨ says:
    November 13, 2017 at 10:35 am

    Alhe alhe varah varah reethi mi vaahaka…? Komme dhuhuku comment nukurevunas baraabarah mi story kiyan…? And it was just fantastic….? I mean its really really good….? You are soooo relented…♥ Masha Allah…? Keep going Muroo…..✨ Eagerly waiting for the next part….? Good luck dear…? Love you..❤❤✨✨

    1. Muroo.... says:
      November 13, 2017 at 3:57 pm

      Thanks Minnie..? happy to know that.. love you too?

  17. reader says:
    November 13, 2017 at 12:37 pm

    Mistakes ebahuri. I hope rangalhu kuraane kamah

    1. Muroo.... says:
      November 13, 2017 at 3:58 pm

      Thanks reader.. mistake madhukurevey v try kuraanan

  18. mysha says:
    November 29, 2017 at 11:09 am

    vvv nice…..

Comments are closed.

Next Episodeމީޝާ ( 14 )←


All Right Reserved!