ހިތްއެކީ ދެވިއްޖޭ (15)
ތިންމީހުންގެ މޫނަށް ބަލައިލި އަޖުވަދު ހިނިތުންވެލިއެވެ. “މިއީ ޒާލިމް. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް. އަހަރެމެންގެ ނައިރާއަށްޓަކައި އަހަރެން ހޮވި ފަރާތަކީ މިއީ. ކަމުދޭތަ؟” ހިނިތުންވެލަމުން ޒާލިމްގެ މޫނަށް ބަލައިލުމަށްފަހު އަޖުވަދު ނައިރާއާ ދިމާއަށް ބަލައިލިއެވެ. އޭރު ކޮޅަށްހުރި ނައިރާގެ ދެލޯ ފެންކަޅިވެ އެދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން ނައިރާގެ މޫނަށް ބަލަން މައުރީނަށް ހުރެވުނީއެވެ.
ހިނިތުންވެފައިހުރި ޒާލިމްގެ މޫނަށް ބަލައިލި ނައިރާއަށް ބާރަށް ރޮއެގަނެވުނެވެ. ގިސްލައި ރޮމުންދިޔަ ހާލު އޭނާ ސޯފާާގައި އިނށީނީ އިތުރަށް ކޮޅަށް ހުންނަން އުނދަގޫވުމުންނެވެ.
“ނޫން ބައްޕާ ނޫން. އަޅުގަނޑު އެއްވެސް މީހަކާ ކައިވެނި ކުރާކަށް ބޭނުމެއްނޫން. ހެޔޮނުވާނެ ބައްޕާ. އަޅުގަނޑު އެއްވެސް މީހަކާ ކައިވެންޏެއް ނުކުރާނަން.” ރޮމުން ގިސްލަމުން ދިޔަ ހާލު މޫނުގައި އަތްއަޅައިގެން އިނދެ ނައިރާ ބާރުބާރަށް ބުންޏެވެ. އެއަޑާއެކު އަޖުވަދުގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޒާލިމްއަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. އަޖުވަދުގެ މޫނަށް ބަލައިލީ ދެން ހަދަންވީ ކިހިނެއްތޯ އަހައިލާފަދަ ގޮތަކަށެވެ.
“އަހަރެންނަކާވެސް ކައިވެންޏެއް ނުކުރާނަންތަ؟” މޫނުގައި އަތްއަޅައިގެން އިނދެ ރޮމުންދިޔަ ނައިރާ ސިހުނީ އޭނާއާާ ދާދިގާތުން އިވުނު ޝިވަންގެ ފިރިހެންވަންތަ އަޑުގެ ސަބަބުންނެވެ.
މޫނުން އަތްނެގުމަށްފަހު ހައިރާންވެފައިހުރެ އޭނާގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިވެއިން ޝިވަންގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ފާޅުވަމުންދިޔަ ހިނިތުންވުންފެނި ނައިރާގެ ހައިރާންކަންވީ އިތުރެވެ. ދެލޯބޮޑުކޮށްގެން އިނދެ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ނައިރާ ބަލައިލިއެވެ. އެންމެންގެ މޫނުމަތިން ފާޅުވަމުންދިޔަ ލާނެތް ހިނިތުންވުމުން މިއޮއް ހުރިހައި އިރު އެއިން ކޮންމެ މީހަކުވެސް ޖެއްސީ އެކްޓްކަން ނައިރާއަށް ވިސްނުނެވެ.
“ސޮރީ ސޮރީ. އަހަރެން ގާތު އަޖުވަދުބެ ބުނީ ދެރަވާކަމަށް އެކްޓްކުރަން.” ނައިރާ ބަލައިލުމާއެކު ދެކަންފަތުގެ ފޫޅުގަނޑުގައި ކުޑަކޮށް ހިފަހައްޓައިލަމުން މައުރީން ބުނެލީީ ހެވިފައި ހުރެއެވެ. “ޝިވަން ވެސްތަ؟” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ނައިރާ ޝިވަންގެ މޫނަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ޖަވާބުގައި ޝިވަން ހަމައެކަނި ހިނިތުންވެލީއެވެ. “އެހެންވީމަ މިއަދު ހަވީރުވެސް ޝިވަން ޖެއްސީ ހުސް އެކްޓް ދޯ.” ޝިވަންއާ ދިމާއަށް ލޯއަޅައިލަމުން ނައިރާ އަނެއްކާވެސް އެއްސެވެ. އެއާާއެކު ޝިވަން މަޑުމަޑުން ބޯޖަހައިލިއެވެ. ނައިރާ ހިތްހަމަނުޖެހުނެވެ.
އަޖުވަދާއި ހާމިދާގެ މޫނަށްވެސް ނައިރާ ބަލައިލީ ހަމަ އެނަޒަރުންނެވެ. އަޖުވަދު ގާތުގައިހުރި ޒާލިމް ފެނުމުން ނައިރާ އަޖުވަދުގެ މޫނަށް ބަލައިލީ އެއީ ކާކުތޯ އެހުމުގެ ގޮތުންނެވެ.
“އެއީ އަހަރެންގެ ބެސްޓީ. ބުނީމެއްނު އަހަރެންނަށް ޖޮބް ހަމަޖައްސައިދިނީ ވަރަށް ގާތް އެކުވެރިއެކޭ. ދެޓްސް ހިމް. ޒާލިމް. އަހަރެން ބުނެގެން މިޕްލޭންގަ ބައިވެރިވީ.” ހިނިތުންވެލަމުން ޝިވަން ނައިރާގެ ހިތުތެރޭގައި އުފެދެމުންދިޔަ ސުވާލުތަކަށް ޖަވާބުދިނެވެ.
“އެންމެންވެސް ވަރަށް ގޯސް. އެކްޓް ކުރީ؟ އަހަރެން ދެރަކުރީ. އެންމެނާއިވެސް ރުޅި. އެކަކައިވެސް ވާހަކައެއް ނުދައްކާނަން.” ހިތްހަމަނުޖެހިފައި ނައިރާ އިންތަނުން ތެދުވެ އޭނާގެ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. އެވަގުތު ޝިވަން ނައިރާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.
ހިނގައިގަތް ނައިރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ފަހަތަށް ނުއެނބުރި ހުރެ ގަދަހަދައިފައި އޭނާގެ އަތް ޝިވަންގެ އަތުތެރެއިން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. “އަހަރެންގެ އަތުން ދޫކުރޭ.” އުޅެއުޅެވެސް އެކަން ނުވުމުން ނައިރާ ބުނެލިއެވެ. “ނޫން. އެހައި ފަސޭހައިން ދުލެއް ނުކުރެވޭނެ. ނައިގެ އަތުން އަހަރެން ދޫކުރާނީ އަހަރެންގެ ސުވާލަކަށް ނައި ޖަވާބު ދިނީމަ.” ހެވިފައި ޝިވަން ބުނެލިއެވެ.
ކޮން ސުވާލެއްހޭ އަހައި ހިތްހަމަނުޖެހިފައިހުރި ނައިރާ ޝިވަންއާ ދިމާއަށް އެނބުރުނު ވަގުތު އޭނާގެ ދެލޯބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެއިން ޝިވަން ފެނިފައެވެ. އޭރު ޝިވަންގެ އަތުގައި ރަތްކުލައިގެ ފޮށްޓަކަށް ލައިފައި އިން އަނގޮއްޓިއެއް އިނެވެ. އެތަންފެނިފައި ނައިރާ އައިސްފައިހުރި ރުޅި ވަގުތުން ފިލައިގެން ދިޔައެވެ.
“ނައި. ވިލް ޔޫ މެރީ މީ؟” ބަސްހުއްޓިފައިހުރި ނައިރާގެ ލޯބި މޫނަށް ބަލައިލަމުން ޝިވަން ލޯތްބާއެކުގައި އަހައިލިއެވެ. ވަގުތުން ނައިރާގެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ލަދުގަނެފައިހުރެ ނައިރާ ބަލައިލީ އަޖުވަދާއި ހާމިދާގެ މޫނަށެވެ. ދެމީހުން އެއްފަހަރާ ބޯޖަހައިލީ ޝިވަންއަށް އާނބަސް ދޭށޭ ބުނާފަދަ ގޮތަކަށެވެ.
“ޔެސް.” ފެންކަޅިވެފައިވާ ހާލު ޝިވަންގެ މޫނަށް ބަލައިލަމުން ނައިރާ ބުނެލިއެވެ. އެއަޑުގައިވީ އުފާވެެރިކަންފެނި އަޖުވަދަށް ހިނިތުންވެލެވުނީ ހިތްހަމަޖެހިފައި ހުރެއެވެ. އޭނާގެ ދަރިފުޅުގެ ލޯބި އެދަރިފުޅަށް ހޯދައިދެވުނަތީ އެހިތަށްވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިފައެވެެ.
ނައިރާގެ ޖަވާބާއިއެކު ޝިވަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަބަދުމެ އިންތިޒާރުކުރި ލޯބި އޭނާއަށް އެންމެފަހުން ކާމިޔާބުވީއެވެ. ލޯތްބާއެކު ނައިރާގެ ލޮލަށް ބަލައިލަމުން ޝިވަން ތެދުވިއެވެ. ލޯބިން ބައްދައިލަން ބޭނުންވި ނަމަވެސް ނައިރާގެ މައިންބަފައިން ތިބުމުން އެކަން ހިތުގައި ފޮރުވައިލިއެވެ.
އުފާވެފައިހުރި ނައިރާ ގޮސް އަޖުވަދުގެ ގައިގައި އޮޅުލައިގަތެވެ. އޭނާގެ ބައްޕަ އޭނާދެކެ ކިހައި ލޯބިވޭހެއްްޔެވެ؟ އޭނާގެ އުފަލަށްޓަކައި ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އަޖުވަދުގެ ގައިގައި އޮޅުލައިގަނެގެންއިން ނައިރާގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. އޭނާއަށް ބައްޕައާ މެދުގައި ހީކުރެވުނީ ކިހައި ގޯސްކޮށްހެއްޔެވެ؟ ނައިރާ ދެރަވިއެވެ.
“ދަރިފުޅާ. ކޮބާ ބައްޕަގެ ހޮވުން ކަމުދޭތަ؟” ލޯތްބާއެކު ނައިރާ ދުރުކޮށްލަމުން އޭނާގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން އަޖުވަދު އަހައިލިއެވެ. އެއާއެކު ރޮވިފައިހުރި ނައިރާ އަވަސް އަވަހަށް ބޯޖަހައިލިއެވެ.
“ޝުކުރިއްޔާ ބައްޕާ.” ތުރުތުރުލަމުންދިޔަ އަޑަކުން ނައިރާ ބުނެލިއެވެ. އެއާއެކު ފެންކަޅިވެފައިހުރެ އަޖުވަދު ނައިރާގެ ގައިގައި ލޯބިން ބައްދައިލިއެވެ.
“ދެން ދުވަހަކުވެސް މިކަހަލަ އެކްޓެއް ނުކުރާނަން. އަހަރެން ކިރިޔާ ބިރުން ހަލާކުނުވީ ނައިރާ އެހައި ބާރަށް ރޯން ފެށީމަ.” ޝިވަންގެ ކޮނޑުގައި އެއްއަތް އަޅުވައިލަމުން ޒާލިމް ހިނިއައިސްފައި ބުނެލިއެވެ. ޒާލިމް އެހެންބުނި އަޑުއިވުމުން އަޖުވަދުގެ މޭގައި ބޯއަޅައިލައިގެންހުރި ނައިރާ ލަދުގަތެވެ. އޭނާއަށް އުޅެވުނުގޮތް ހިތަށް އެރުމުން ނައިރާއަށް ހެވުނެވެ.
“ހެހެ. ދެން ވާހަކަ ގިނަނުކޮށް ހިނގާ އަވަހަށް ކާން. މިހާރު ބަނޑުހައި ވެފައެއްނު ހުންނާނީ.” އެމަންޒަރުތައް ބަލަންހުރި ހާމިދާ ނައިރާގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. އެންމެން ހިނިތުންވެ ތިބެގޮސް ކާކޮޓަރިއަށް ވަނެވެ.
“އޫމް. ޝިވަންގެ މައިދަތަގެ ކެއްކުންގަނޑު ހާދަ މީރޭ ދޯ.” ޝިވަންއާ ދިމާއަށް އެއްލޯ މަރައިލަމުން ޒާލިމް ބުނެލިއެވެ. އެއާއެކު ޒާލިމްއާ ދިމާއަށް ޝިވަން ލޯއަޅައިލިއެވެ.
“އަސްލު ބައްޕަމެން ކޮންއިރަކުތަ މިކަން ރޭވީ؟” އަނގައަށް ބަތް ސަމުސަލެއް ލަމުން ނައިރާ އަހައިލިއެވެ. ނައިރާ އެސުވާލުކުރުމުން އަޖުވަދު ބަލައިލީ ޝިވަންގެ މޫނަށެވެ. އެސުވާލަށް ޖަވާބުދޭށޭ ބުނާފަދައިންނެވެ.
“އެއްދުވަހަކު އަހަރެން އޮފީސް ނިންމައިފަ އަންނަނިކޮށް ނައި ބައްޕައާ ދިމާވީ. ދެން ބައްޕަގެ އެދުމަށް އެތާ ކައިރީހުރި ރެސްޓޯރެންޓަކަށް ކާން ދިޔައީ ބައްޕަ ވާހަކައެއް ދައްކައިލަން އެބަ އޮތޭ ބުނީމަ. އެދުވަހު ނައި ބައްޕަ އައީ ނައިގެ ކައިވެންޏަށް އެދެން. އެތާތިބެ ހުރިހައި ޕްލޭނެއް ކުރީ. ނައި އަށް ސަޕްރައިޒްއެއް ދޭން. ދެން ބައްޕަ އެދުނީ ފުރަތަމަ ނައި ތަޅުވައިލަން ގެންނާނެ އެހެން ފިރިހެންކުއްޖެއް ހޯދަން. އަހަރެންގެ ހިތަށް އައީ ޒާލިމްގެ ނަންް. އެހެންވެ ޒާލިމްވެސް މިޕްލޭންގަ ބައިވެރިކުރީ. އިއްޔަ މި ޕްލޭންގެ ވާހަކަ މައު އާއި ނައި މަންމައަށް އެނގުނީވެސް. ނައި ބައްޕަ ބުނީމަ. ހެހެ. އަސްލު ޕްލޭން ކުރީ ފުރަތަމަ ޒާލިމް ނައި ބައްޕައާ އެކު ވަންނަން. އަހަރެން ހުރީ ގޭގެ ދޮރާށި ކައިރީ މަޑުކޮށްގެން. ޒާލިމް މެސެޖް ކުރީމަ ވަންނަން. ހެހެ.” ހިނިތުންވެފައި އިނދެ އެމީހުންގެ ޕްލޭން ޝިވަން ނައިރާއަށް ކިޔައިދިނެވެ. އެއާާއެކު ނައިރާ އަޖުވަދުގެ މޫނަށް ބަލައިލިއެވެ. މިއަދު އަޖުވަދު އޭނާ ދެކެ ލޯބިވާ މިންވަރު އޭނާއަށް އިހުސާސު ކުރެވިއްޖެއެެވެ. އިންތަނުން ތެދުވެގޮސް އަޖުވަދާއި ހާމިދާގެ ގައިގައި އޮޅުލައިގަންނަމުން ނައިރާ ލޯތްބާއެކު ޝުކުރުވެރި ވިއެވެ. އެފަދަ މަންމައަކާ ބައްޕައެއް ލިބޭނީ ނަސީބުވެރިއަކަށެވެ. އެތަންފެނި އެންމެން ހިނިތުންވެލިއެވެ.
ކޮޓަރީގައި ނިދަން އޮތްއިރުވެސް ނައިރާއަށް އިރުއިރުކޮޅާ ޝިވަން އޭނާގެ އަތުގައި އަޅުވައިދިން އަނގޮއްޓިއަށް ބަލައިލެވެއެވެ. ލޯތްބާއެކު އެއަނގޮއްޓީގައި އެތައް ފަހަރަކު ފިރުމައިލެވުނެވެ.
އެހެން އޮތްވައި ފޯން ރިންގްވާން ފެށުމުން ބަލައިލިއިރު ޝިވަންގެ ފޯން ކޯލެކެވެ. ހިނިތުންވެލަމުން އަވަސް އަވަހަށް ފޯން ނަގައި ކަންފަތުގައި ޖައްސައިލިއެވެ. ދެލޯބިވެރިން އެތައް އިރަކު ލޯބީގެ ބަގީޗާގައި ކުލަރީތި މައުތައް ފޮޅުވުމުގައި ތިއްބެވެެ. މިއަދު ދެހިތަށްވެސް ވަނީ ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. މައިންބަފައިންގެ ހެޔޮދުޢާ އެދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަކޮށްދީފިއެވެ.
** ** **
ކޮޓަރިތެރޭގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ހުރި ޔައިޝްވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުރަން އުޅޭ ކަންތަކާމެދު ރަނގަޅަށް ވިސްނެމުން ދިޔައެވެ. އިރުކޮޅަކު ދެކޮޅަށް ހިނގައިލުމަށްފަހު އެންމެފަހުން އައިސް ގޮނޑީގައި އިނށީދެލިއެވެ.
ޔައިޝް ގާތު ކާންއައުމަށް ބުނަންއައި މުފީދު ހުރީ ޔައިޝްގެ ހަރަކާތައްފެނި ހައިރާންވެފައެވެ. މިއީކީ އެހެންނާ އޭނާގެ ދަރިފުޅު އުޅުނު ގޮތެއްނޫން ވިއްޔާއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން މުފީދު އެތެރަށްވަދެ ޔައިޝްއަށް ގޮވައިލިއެވެ.
ގޮނޑީގައި ފުންވިސްނުމަކަށް ގެއްްލިފައިއިން ޔައިޝް ސިހިފައި މުފީދުގެ އަޑަށް ބަލައިލިއެވެ. އޭރު ހިނިއައިސްފައި މުފީދު އޭނާއަށް ބަލަން ހުއްޓެވެ.
“ދަރިފުޅާ. ހާދަ ބޮޑު ފިކުރެއްގަ. ކަމެއް ދިމާވީތަ؟” ހިނިތުންވެލަމުން މުފީދު އައިސް ޔައިޝް ގާތުގައި އިނށީނެވެ. ދޭނެ ޖަވާބެއް ނޭނގިފައިއިން ޔައިޝް ހިނިތުންވެލިއެވެ.
“ކަމެއް ވީތަ ދަރިފުޅާ. ނިކަން ބައްޕަ ގާތުވެސް ވީގޮތެއް ބުނެބަލަ. އޭރަށްނު ބައްޕައަށްވެސް އެހީއެއް ވެވޭނީ.” ޔައިޝްގެ ކޮނޑުގައި އަތުން ޖަހައިލަމުން ނިތްއަރުވައިލައިފައި މުފީދު ބުނެލިއެވެ. ފާޑަކަށް މުފީދުގެ މޫނަށް ޔައިޝް ބަލައިލިއެވެ. ބުނަންވީ ބާވައޭ ނުވަތަ ނުބުނަންވީ ބާވައޭ އެހިތަށް އަރަމުން ދިޔައެވެ.
ތުންފަތުގައި ދަތްއަޅައިލަމުން ޔައިޝް ހިނިތުންވެލީ ހަމަޖެހުމުގެ ގޮތުންނެވެ. އޭސީއިން ކޮޓަރިތެރެ ފިނިވެފައި ވީނަމަވެސް ޔައިޝްގެ ނިތްކުރިން ދާހިއްލަން ފެށިއެވެ. ދުވަހަކުވެސް މުފީދު ގާތުގައި އެފަދަ ވާހަކައެއް ނުދައްކާތީ ޔައިޝް ޖެހިލުންވަމުން ދިޔައެވެ. އެހެނަސް ހިތްވަރުކޮށްފައި ވެގެން އުޅޭގޮތް މުފީދަށް ކިޔައިދިނެވެ.
ޔައިޝްގެ ވާހަކަތައް އަޑުއަހަންއިން މުފީދުގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަނެއްކާވެސް ޔައިޝްގެ ކޮނޑުގައި ޖަހައިލިއެވެ.
“ދަރިފުޅު ކަންބޮޑުވެގެން ތިއުޅެނީ އެވަރު ކަމަކާތަ؟ ތީ އެއްވެސް ކަމެއް ނޫނެއްނު. ދަރިފުޅު އަދި އަލީދޯ މިކަހަލަ ކަންކަމަށް. ހޫމް. ބައްޕަ ދީފާނަން ރަނގަޅު ޚިޔާލެއް.” ހިނިގަނޑެއް ޖަހައިލަމުން މުފީދު ޔައިޝްއަށް ކަންކުރަންވީގޮތް ކިޔައިދިނެވެ.
މުފީދުގެ ވާހަކަތަކަށް ޔައިޝް ބޯޖަހައިލިއެވެ. ކާން އަންނާށޭ ކިޔައި މުފީދު ދިއުމުން ޔައިޝް އަވަސް އަވަހަށް ފޯން ނަގައި ނަމްބަރަކާ ގުޅައިލިއެވެ. އެކޮޅުން ފޯނު ނެގުމުން ވާހަކަތަކެއް ދެއްކުމަށްފަހު ފޮތެއް ނަގައި އޭނާ ބޭނުންވާ މައުލޫމާތުތައް ނޯޓް ކުރަމުން ދިޔައެވެ. ހިނިތުންވެހުރެ އެފޯންކޯލް ކުރުކޮށްލަމުން ފޮތަށް ބަލައިލުމަށްފަހު އަނެއްކާވެސް ނަމްބަރަކަށް ގުޅައިލިއެވެ. އެކޮޅުން ރިންގްގެ އަޑުއިވެމުންދިޔަ ވަރަކަށް ޔައިޝްގެ ހިތުގެ ތެޅުން ބާރުވަމުންދިޔައެވެ. ފޯން ނެގުމާއެކު އަވަސްވެފައިވާ ހިތަކާއިއެކު ޔައިޝް ވާހަކަދައްކަން ފެއްޓިއެވެ.
** ** **
ކޮލެޖު ދޮރުމަތީގައި އަލްކާހުރީ ޔައިޝްގެ އިންތިޒާރުގައެވެ. ކާރުން ފައިބައިގެން އަންނަ ޔައިޝް ފެނުމުން އަލްކާ ހިނިތުންވެލީ ގަދަކަމުންނެވެ. ނަމަވެސް ޔައިޝްއަށް އަލްކާ ނުފެންނަފަދައެވެ. ޔައިޝްގެ އެއަޅައިލުންކުޑަ ގޮތް ފެނުމުން އެހިތަށް ތަދުވިއެވެ.
“ޔައިޝް.” ކެތްނުވުމުން އަލްކާއަށް ގޮވައިލެވުނެވެ. “އޯ އަލް ދޯ. ކިހިނެއްވެފަ މިތާ އެކަނި ތިހުރީ؟ ކޮބާ ޝަޔާނީ؟” ނިތްއަރުވައިލަމުން ޔައިޝް އަހައިލީ ހަމަޖެހިފައިހުރެއެވެ. ޔައިޝްގެ ވާހަކަހުރިގޮތުން އަލްކާ ހިތްހަމަނުޖެހުނެވެ. ފާޑަކަށް ޔައިޝްއާ ދިމާއަށް ކަޅިއަޅައިލުމަށްފަހު އަލްކާ ހިނގައިގަތީ ކްލާސް ރޫމާ ދިމާއަށެވެ. އަލްކާ ދިޔަތަން ބަލަންހުރި ޔައިޝްގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“ކޮބާ ޔައިޝް؟ މިހާރު އޯކޭތަ؟” އަލްކާ އައިސް އިނށީނުމާއެކު ޝަޔާނީ އަހައިލިއެވެ. ދެފަރާތަށް އަލްކާާ ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“އޯކޭ ވާނެތަ؟ އޭނަައަށް މިހާރު އަހަރެން ފެންނަކަމަކަށްވެސް ނުވޭ.” ތުންއަނބުރައިލަމުން އަލްކާާ ބުނެލިގޮތުން ޝަޔާނީއަށް ހެވުނެވެ. “ސާބަހޭ ކަމަނާއަށް.” އެއްލޯ މަރައިލަމުން ޝަޔާނީ އަލްކާއާާ ދިމާކޮށްލިއެވެ.
އެވަގުތު ކްލާހަށް ވަދެގެންއައި ޔައިޝް ފެނިފައި އަލްކާ ލޯއަޅައިލިއެެވެ. ފެންނަކަމަށްވެސް ނުހަދައި ޔައިޝް ކްލާހާާވެގެން ކުރިއަށްދިއައެވެ. އަލްކާގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަވަރު ފެނިފައި ޔައިޝްއަށް ނުހީ ކެތްކޮށްލައިގެން ހުރެވުނީ ހަމަކިރިޔާއެވެ.
ގެއަށް އައިސް ކޮޓަރިއަށްވަތް އަލްކާ ސިހުނީ އޭނާގެ ކޮޓަރީގެ ޑްރެސިންގް ޓޭބަލްމަތީގައި ބާވައިފައިއޮތް ރަތްކުލައިގެ ބޮޑު ފިނިގެންމާބޮނޑިއެއް ފެނިފައެވެ. ހައިރާންކަމާއެކު އެމާބޮޑިއަށް ބަލަމުން އަލްކާ ދިއައެވެ. މާބޮނޑިތެރެ ހޯދިއިރުވެސް އެއްވެސް ނޯޓްކޮޅެއް ނުފެނުނުމުން އަލްކާ މޫނަށް ވައްތަރެއް ޖައްސައިލުމަށްފަހު އޭތި އެއޮތްތަނުގައި ބޭވިއެވެ.
އެވަގުތު ފޯން ރިންގްވާން ފެށުމުން އަލްކާ ފޯންނަގައި ބަލައިލިއެވެ. ޔައިޝްގެ ކޯލެއްކަމުން އަވަސް އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ކީކޮށްލަނީ؟” ޔައިޝްގެ ފިރިހެންވަންތަ އަޑުން އަހައިލިއެވެ. “އޯހް. ހާދަ ފާޑަކަށް ތިއަހައިލީ. އަހަރެން މިއުޅެނީ އަހަރެންނަށް މީހަކު ފޮނުވި ވަރަށް ލޯބި މާބޮނޑިއެއް ހިފައިގެން. ވާހް. އޫމް ހާދަ މީރުވަސް ދުވައޭ މިމާބޮނޑީގަ. އައި ޖަސްޓް ލަވްއިޓް.” ފޮނިވެލައިފައި އަލްކާ އެހެންބުނެލީ ޔައިޝް ދެރަކޮށްލުމުގެ ގޮތުންނެވެ.
“މީހެކޭ؟ ތިގޮތަށް ގޮތްނޭނގޭ މީހުން ފޮނުވާ އެއްޗެހީގަ އަތްލާކަށް ނުވާނެ.” ލާނެތް ފާޑަކަށް ޔައިޝް ދިމާކޮށްލިއެވެ. “އަދި ވަރަށް ނުޖެހެން އެބަ އުޅެއެއްނު. އަހަރެންނަށް އެނގޭ މިއީ ޔައިޝް ފޮނުވި އެއްޗެއްކަން. އަހަރެން ރުޅިއައިސްފަ ހުރީމަދޯ.” ހިނިގަނޑެއް ޖަހައިލަމުން އަލްކާާ ބުނެލިއެވެ.
“އަހަރެންނޭ؟ އަހަރެން ތިހާ ރޮމޭންޓިކްއެއް ނުވާނެ.” ހިނިގަނޑެއް ޖަހައިލަމުން ޔައިޝް ބުނެލިއެވެ. “އެކަމަކުވެސް ހެވޭ. ކީކުރަން ތިގުޅީ؟” މާބޮނޑިއަށް ބަލައިލަމުން އަލްކާ އަހައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
78 Comments!
Comments are closed.







Hey all salaam.. Here is the 15th part of the story.. Let me knw the mistakes.. N enjoy reading. Hope u all will like this part too. Next part in sha allah tmrw.. Kyp waiting.. Love ya all.. ❤
Me first dhw…
Hehe.. Yes dear.. U first
Very short ? but very very very nice??????
Thanks samahaa
Wow!??????
Thanks sana
Wow! Now very very nice I love you’re story’s you are number one………….???????
Thanks axka
Very very nice
Thanks dear
very nice ????????
Thanks alisha
alhey haadha kurey…. kiyaa hithun indha e nimuny…next part ah anehkaawx wait kuran v dhw…keep it up dear…story v fahkaa..
Thanks mai
Ey stry vvv salhi..
But some typing mistake faahagavi mi part..
Today on more part dhw..hehe..
Waiting 4 next part..
Have a nice day…???
Ohh.. Hehe.. Ya there will be mistakes.. One faharu check kohfaly.. May b thats y.. Btw thanks dear.. ?
Ehves kurehnoon hama.. hiyy ekyga dhevijje ingey nau
Hehe.. Thanks awa
Varah loabi mi part ves ??
Thanks limsha
Me 2nd
No dear.. Hehe
Magey hithanves eri nairaage bai dhaanee ekahalagothakashey….hehe? salhi v ??
Hehe.. Thanks mary
VvVvvvvvVvvvvvvv SALHI…..
Vvvvvvvvvvvvvv reeethi….
Nau v gadha…. Whn nxt prt…????
Thanks dear.. In sha allah tmrw
alhey birun halaaku nuvy kiriyaa… naira ah dhera gotheh vedhaanethy… ekam rangalhehnu… al ah yaish libeny.. nai ah shivan libeny… im so happy 😀 keep it up nau.. story kiyaa iru varah vadhevey.. heevany story ga ulheveyhen… ur writing skills are superb.. keep it up.. loves <3
Awwn.. Thanks shudha.. Loves❤
Vv kuru….waiting
Hehe.. Sry dear.. Btw thanks
Thankoleh kuru but vvvvvvv reethi
Thanks rsh
Wow??
Thanks dear❤
Alhey haadha kurey mi part . . . Ekmvs wrhaka vrh v v v v reethi . . . Abadhu vs mi wrhaka ah inthixaaru kurevey. . . Waiting for de nxt part . . Keep it up ?
Awwnn.. Thanks aish?
varah salhi
Thanks ruhy
Vaahaka v reethi…..
Thanks sidhu
Nau sis plz miadhu adhi one part up Koh dheebala waiting………❤️❤️❤️❤️?
Awwnn.. Sry dear.. M lil bit bxy tday.. In sha allah nxt part tmrw ga ingey..?❤
Wow vvvv salhi
Thanks lam
Masha Allah… Wow wow nau, haadhahaaey furihamaee.. Nau ge ehvaahakayahvuren aneh vaahaka furihama.. Hama molhyey buneveyny.. Thivaru kameh hama madhu vaane.. Next episode avas igey.. Luv u nau
Awwnn.. Thanks alot ainth.. Luv u too❤
Salhi ingey v … waiting for next part.. i just love this story.. ????????
Thanks alot saajy?❤
Reethi…..❤❤❤❤❤
Thanks zuam❤❤
Nau varah reethi mibai, varah intresting, waiting next part…..
Thanks ino
kiriyaa ehnu hiyy nuhuhtunyyy. hehe. mi part hama awesome. varah salhi. mihaaru alkaa men ulhey goih emme majalyy 😀 waiting.. loves
Hehe.. Thanks sjk.. Loves❤
Alhey haadha kurey ? v kiyaahithun indha a nimuny. . Next part ah v inthizaaru kurevey. .
Awwn.. Sry dear.. Btw thanks..
Nice
Thanks dear
Wow warah reethi
Thanks kul
Woooow….. Sadhin heekeureee zaalim ah kamah……………. Ekm hama ehme salhi gothah e v….. V v v salhi ingeyyyy…… Dhn a yaish gandu evarah ekujjaaaa fulhu dhera kuraaakah nuvaaane dhw…. Fenna kamah vx hadhaaa nulaaa e ulheneeeee….. Bt vaahaka dhaagoiii v reethi ingeyyyy…. Avahah next part up kohdhehchey…. Waiting…. Waiting……. ?????????
Awwnnn.. Thank u sooooo much sadhin..
Wooow…..varah reethii story? Thank you bunaa dhuvahah up khodheythyy…..gud nyt…?
Wlcm n thanks alot xim.. Gud nyt dear..?
AWESOME ? ??
Thanks dear..
Wooooowww ???????? loabikan
haadha kury eykamakuves varah reethi?
Shimla Ibrahim mee ma benee vaahaka site
Ok, rivethi ogey
Hmm v salhi vaahaka thibennen
Nau when next part..?varh kiyaahithun mi hury☺?❤
V reethi. Thanks?
Wow vvv reethi waitin 4 next part
Hey koba miadhuge bai
Lasvyma fine akah 2 part kuran jehidhaanennu ?
whn next part? . varah loabi mi vaahaka and thankolheh dhigukoh next part up kohlahcey . waiting for next part