Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(38)

Dhippi Level 4100 Comments10 Stories
November 11, 2017 8 Mins Read
16 Comments

ހަލޯވް ދަރިފުޅާ ކިހިނެއްތަ؟ ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” ސިންގަޕޫރަށް ދެވުމާއިއެކު ސައުދު ވިނާންގެ ފޯނަށް ގުޅާލައިފަ ހާލު އަހުވާލު އަހައިލިއެވެ. “މިކޮޅުން ވަރަށް ރަނގަޅު.. ބައްޕަމެން ކިހިނެއްތޯ؟” ޖަވާބު ދިނުމަށް ފަހު ވިނާން އަހައިލިއެވެ. “އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު! ދެންމެ ހޮޓަލަށް މި އާދެވުނީ އެހެންވެ ދަރިފުޅުމެންގެ ހާލެއް ބަލަން މި ގުޅައިލީ…” ހޮޓަލަށް ދެވުނު ކަމަށް ބުނެ ގުޅި ސަބަބު ސައުދު އޮޅުން ފިލުވައި ދިނެވެ. “އެހެންތޯ؟! ކޮބާ މަންމަމެން އެއްމެން ވެސް ރަނގަޅު ދެއްތޯ؟” ވިނާން އުފާވެފަ އަހައިލިއެވެ. އެކޮޅަށް ދިޔަ މީހުންގެ ހާލު ރަނގަޅު ވީތީ ވިނާން ހުރީ ވަރަށް އުފާ ވެފައެވެ. “އާނ.. އެއްމެން ވެސް ރަނގަޅު! މާދަން ހެނދުނު ދާނަން ހޮސްޕިޓަލަށް.. ފަހުން ގުޅައިލާނަން، ބައްޕަ ވެސް ވަރަށް ވަރުބަލިވެފަ މިހިރީ އިހަށް ރެސްޓެ ކޮއްލާނަން.. އަލްޔާއަށް ސަލާން ބުނައްޗޭ!” ވަރުބަލި ވެއްޖެ ކަމަށް ބުނެ ސައުދު ފޯނު ބޭއްވިއެވެ. ވިނާން ވެސް ފޯނު ބޭއްވުމަށް ފަހު ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް އެވަގުތު މީހަކު އައިސް ސަލާން ގޮވުމުން ސަލާން ބަލައި ގަތުމަށް ފަހު އެތެރެއަށް ވަނުމަށް ބުންޏެވެ.

“ކޮބައިތޯ ސައުދު؟ އަޅުގަނޑު ގުޅި އިރު ފޯނު ނިވާލައިފަ އޮތީ..” އެމީހާ އެތެރެއަށް ވަނދެ އިށީނުމަށް ފަހު އަހައިލިއެވެ. “ބައްޕަ ރޭގަ ސިންގަޕޫރަށް ދުރުވީ ތިއީ ކޮންބޭފުޅެއްތޯ؟ އަޅުގަނޑަކަށް ތިއީ ކޮންބޭފުޅެއް ކަމެއް ނޭނގުނު…!” ސައުދު ހޯދަން އައީ ކާކު ކަން ނުއެނގުމުން ވިނާން އަހައިލިއެވެ. “ހެހެ… އެހެންތަ؟ އަޅުގަނޑަށް ކިޔަނީ ޖައުފަރު.. ކުރިއަކުން ސައުދުއެއް ނުދަންނަން ވަރަށް ފަހުން އެނގުނީ އެކަމަކު މިހާރު މިއީ ވަރަށް ގާތް ދެ ރައްޓެހިން!” ޖައުފަރު ހެމުން ހެމުން އެއީ ކާކުކަން ބުނެދިނެވެ. “އޯއް… އެހަންތޯ؟! ޖައުފަރުބެ ދެއްތޯ؟ ބައްޕަ ވަރަށް ދައްކާނެ ޖައުފަރުބެގެ ވާހަކަ… މަންމަ ގެއްލިން އުޅެނިކޮށް ޖައުފަރުބެ ނޫންތޯ މަންމަ ގެނެސްދިނީ..؟!” ޖައުފަރު އަކީ ކާކުކަން އެނގުމުން ވަގުތުން ވިނާން ބުނެލިއެވެ. “ހެހެ… އާ.. އެދުވަހު އެއީ ހަމަ ނަސީބު ޖައުފަރުބެއާ ދިމާވިކަން!!” ހިނިގަނޑަކާއިއެކު ޖައުފަރު ބުނެލިއެވެ.

“ވިނާން ޝަރާއާއިއެކު ބޭރަށް ގޮސްލަންތަ؟ އޭނަ ޝޮޕިން ކޮއްލަން..” ޖައުފަރުއާ ވިނާން ވާހަކަ ދައްކަން ތިއްބާ އަލްޔާ އައިސް އަހައިލިއެވެ. ވިނާން އެންމެ ރަނގަޅު ކަމައް ބުނުމުން ޝަރާއާ އަލްޔާ ދެ ކުދިން ނިކުމެގެން ހިނގައްޖެއެވެ. ޝަރާއާއި އަލްޔާއަށް ވެސް ވިނާން ވާހަކަ ދައްކަން އިނީ އަފީފާ ހޮވައިގެން ގެނާ މީހާ ކަމެއް ނޭނގެއެވެ. އެހެން ކަމުން އިތުރު ސަމާލުކަމެއް ނުދީ ދިޔައެވެ. އެއީ ކާކުކަން އިނގޭ ނަމަ އެދެކުދިން ވެސް ޖައުފަރުއަށް ޝުކުރު އަދާ ނުކޮށެއް ނުދިޔައީހެވެ.

“އެއީ އަޅުގަނޑުގެ އަންހެނުން އަލްޔާ, އެދުވަހު އެކަންތައް ވީ އިރަކު އަޅުގަނޑުމެން ނެތިން މާލޭގަވެސް.. ބައްޕަ ގުޅައިފަ ބުނުމާއެކު މާލެ އައީ އެކަމަކު ޖެއުފަރުބެގެ ރަނގަޅު ކަމުން ހުރީ މަންމަ ގެނެސްފަ..!” އަލްޔާ ދިއުމުން އޭނަ ތައާރަފުކޮށްދީފަ އެދުވަހުގެ ކަންތައް ވީގޮތް ވިނާން ކިޔައިދިނެވެ. ”ހެހެ… އެހެންދޯ؟ ބައްޕަ ކީއްކުރަންވަންތޯ ބޭރަށް ދުރުވީ؟” ހިނިތުންވުމެއް ދީފަ ޖައުފަރު އަހައިލިއެވެ. “އެއީ މަންމަ ގޮވައިގެން، މަންމަ ބަލިކަން އެނގިލައްވާ ނޫންތޯ؟” ސައުދު ބޭރަށް ދިޔަ ސަބަބު ވިނާން އޮޅުން ފިލުވައި ދިނެވެ. “އާނ އާނ…! ހަނދާން ވެއްޖެޔޭ ބައްޕަ ބުންޏޭ ބޭރަށް ދާވަހަކަ! ޖައުފަރުބެ ހަނދާން ނެތުނީއޭ…“ ވިނާން އެހެން ބުނުމުން ކުއްލިއަކަށް ހަނދާން ވުމުން ޖައުފަރު ބުނެލިއެވެ. “ހެހެ..!” ބަދަލުގަ ވިނާން ވެސް ހިނިތުންވުމެއް ދިނެވެ. ”ޖައުފަރުބެ ދެން ގޮސްލީއޭ.. ވަރަށް އަނގަވެސް ތެޅިއްޖެއެއްނޫން..؟ މިއަދު އައިމަ ވިނާން އާވެސް ދިމާވެއްޖެ ނޫންތޯ؟!” ޖައުފަރު ތެދުވަމުން ބުނެލިއެވެ. “ހެހެ.. ލައްބަ ދިމާވެއްޖެ!، ޖައުފަރުބެ ބައްޕަޔަށް ގުޅުއްވީ ވަކި ކަމަކުތޯ؟” ހިނިގަނޑަކާއިއެކު އެހެން ބުނުމަށް ފަހު ސީރިއަސް ކަމާއިއެކު ވިނާން އަހައިލިއެވެ. ”ނޫނޭ.. ވަކިކަމަކު ނޫން! ޖައުފަރުބެ މިއުޅެނީ މާދަން ލަންކާއަށް ފުރަންވެގެން، އަންހެނުން ކުޑަކޮށް ބަލިވެ އުޅޭތީ އެހެންވެ އެވާހަކަ ބުނެލަން ވެގެން ގުޅީ…” ޖައުފަރު ގުޅި ސަބަބު ބުނެލިއެވެ. ހަގީގަތުގަ ވެސް ޖައުފަރު ގުޅީ އެކަމުގައެވެ. ވަކި އިތުރު ކަމަކުއެއް ނޫނެވެ. އޭނަ ކިތަންމެ ނިކަމެތި ހާލުގަ އުޅުނަސް އޭނައަކީ މީހުުންގެ އަތުން ބަތާ ކައިގެން އުޅޭ މީހެއް ނޫނެވެ. އޭނަ ދުނިޔޭގަ ދިރި އުޅެނީ އޮއްދާ ހިތްލާވަރަށް މަސައްކަތް ކޮއްގެންނެވެ. އެހެން ކަމުން މިއޮތް ހުރިހާ ދުވަހު އެއްކުރި ފާއިސާ ކޮޅު އެއްކޮއްގެން އޭނަ އެއުޅެނީ އޭނަގެ އަންހެނުން ބަލިވެ އުޅޭތީ ބޭސް ކުރަން ދާންށެވެ. އޭނަގެ އެންމެ ގާތް މީހާޔަށް ވެސް އޭނަ އުޅެނީ އެހާ ދަތި ހާލުގައި ކަމެއް ނޭނގޭނެއެވެ. ކުޑަމިނުން ސައުދުއަށް ވެސް އެކަމެއް ނޭނގޭނެއެވެ. “އެހެންތޯ؟! ވަރަށް ދެރަ ގޮތެއް ދޯ މި ދިމާވީ..؟! ޖައުފަރުބެ ދެން ފިނި އެއްޗެއް ވެސް ބޮއެލައިގެން ނޫންތޯ ދުރުވާނީ؟ ދެން އާދެވޭނެ ދުވަހެއް ވެސް އިނގެނީކީ ނޫންވިއްޔާ..!” ވިނާން ހުރި ތަނުން ތެދުވަމުނު ބުނެލިއެވެ. އަދި ޖަޔާއަށް ގޮވައިފަ ދެ ޖޫސްތަށި ގެންނަން ބުނެފަ ފާހަނަޔަކަށް ވަނދެލައިފަ އެބަ އަންނަ ކަމަށް ބުނެފަ ވިނާން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ވިނާން އެހެން ބުނުމުން އިތުރު އެއްޗެއް ބުނަން ނުކެރިގެން އަނެއްކާވެސް ހުރިތާ ޖައުފަރު އިށީދެއްޖެއެވެ.

ވިނާން ދިޔަތަނާ ޖަޔާ ދެތަށި ޖޫހާ ބިސްކޯދު ގެނެސް ބެހެއްޓުމަށް ފަހު އެބުރި ހިނގައްޖެއެވެ. ވިނާން ނުއަންނާތީ ޖޫސްތަށި ނުބޮއެ ޖައުފަރު މަަޑުމަޑުން ސޯފާގައި އިނެވެ. ”އަހަ.. ޖޫސްތަށި ވެސް ނުބޮއެތޯ ތި އިންނަވަނީ؟” ވިނާން އެބުރި އައިއިރު ޖައުފަރު ޖޫސްތަށި ނުބޮއެ ހުރުމުން އަހައިލިއެވެ. “ހެހެ.. ވިނާން އައިމަ ނޫންތޯ ބޯންވާނީ؟އެހެންވެ މަޑު ކޮއްލައިގެން މިހިރީ” ލުއި ހިނިތުނު ވުމަކާއެކު ޖައުފަރު ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ވިނާން ޖޫސްތަށި ނަގައި ބޯންފެށުމުން ޖައުފަރު ވެސް ޖޫސް ބޯންފެށިއެވެ. އަދި އެކި އެކި ވާހަކަ ވެސް ދެއްކިއެވެ. “ޖައުފަރުބޭ..! މިއީ އަޅުގަނޑު ޖައުފަރުބެ ފުރާތީ ދެއްވާ ކުޑަ ކުޑަ ހަދިޔާއެއް އުއްމީދު ކުރަން ހެޔޮހިތުން މި ހަދިޔާގަ ހިފާނެ ކަމަށް..” ޖޫސްތަށި ބުއިމަށް ފަހު ކުޑަކޮށް ވާހަކަ ދެއްކުމަށް ފަހު ޖައުފަރު ތެދުވެ ހިނގައި ގަތުމުން ހުދު ކުލައިގެ ސިޓީ އުރައެއް ދިތް ކުރަމުން ވިނާން ބުނެލިއެވެ. “ނޫނޭ ވިނާން..! ބޭބެ އެއްވެސް އެއްޗެއް ހޯދާކަށް ނޫނެެ އައީ.. ހަމަ ބައްޕަޔާ ބައްދަލު ކޮއްލަންވެގެން!” ކުޑަކޮށް ހިތްހަމަ ނުޖެހި ހުރަ ޖައުފަރު ބުނެލިއަވެ. “އަޅުގަނޑަށް އިނގެޔޭ އެކަން އެކަމަކު އެހާ ދުރަށް ދުރުވާއިރު ހަދިޔައެއް ނުދީ ހިތްހަމަ ނުޖެހިގެންނޭ އަޅުގަނޑު މީތި މިދެނީ..!” ދެރަވެފަ ވިނާން ބުނެލިއެވެ. ހަގީގަތުގަ ވެސް ޖައުފަރު އެހެން ބުނުމުން ވިނާން ހުރީ ވަރަށް ދެރަ ވެފައެވެ. ވިނާން އެހަދިޔާ ދިނީކީ އެއްވެސް ހާލެއްގަ ޖައުފަރުގެ ނިކަމެތިކަން އެނގި ނުވަތަ އޭނައަކީ ކާކުކަން އެނގިގެނެއް ނޫނެވެ. އިނގޭހާވެސް ވަރަކީ އެއީ އޭނަގެ މަންމަ ގެނެސް ދިން މީހާކަމެވެ. އެދުވަހު ޖައުފަރު އެކޮށްދިން ކަމަކީ ވިނާންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ކަމެއް ނޫނެވެ. އެކަމާ އަބަދުވެސް އެއާއިލާ ޖައުފަރުއަށް ޝުކުރު ވެރި ވެއެވެ.”އެންމެ ރަނގަޅު! ޖައުފަރުބެ މިއަދު ތިއީގަ ހިފާނަން އެކަމަކު މީގެ ފަހުން ތިކަހަލަ ކަމެއް ނުކުރައްޗޭ..!” ވިނާން ހުރީ ދެރަވެފަކަން އެނގުމުން އެ ސިޓީ އުރައިގަ ހިފަމުން ޖައުފަރު ބުނެލިއެވެ. ވީ އުފަލުން ވިނާން އެންމެ ރަނގަޅޭ ބުނެ ޝުކުރު ޢަދާ ކުރިއެވެ. ޖައުފަރު އޭގަ ހިފުމަށް ފަހު ހިނިތުން ވުމެއް ދީފަ ނިކުމެގެން ހިނގައްޖެއެވެ. ޖައުފަރުއަށް ހަދިޔައެއް ދެވުނީތީ އުފާވެފަ ވިނާން ވެސް ތެދުވެގެން ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ.

”ކީއްކޮއްލަނީ މަންމާ؟” ޝަރާ އޭނަގެ މަންމަ ހައްވަޔަށް ގުޅައި އޭނަ ފޯނު ނެނގުމުން އަހައިލިއެވެ. “މަންމަގެ ހާލު ރަނގަޅު، ބައްޕަ ވެސް ރަނގަޅު ދަރިފުޅު ކިހިނެތްތަ؟” ހާލު ރަނގަޅު ކަމަށް ބުނެ އަދި ޚާލިދުގެ ހާލު ރަނގަޅު ކަމަށް ބުނެ ހައްވަ ޝަރާގެ ހާލު އަހައިލިއެވެ. މި ދެ ދުވަހެއްގަ ޝަރާ ނުގުޅައިތީ ހައްވާ އިނީ އިންތިހާޔަށް ހާސް ވެފައެވެ. ނަމަވެސް ދަރިފުޅަށް ކުރާ އިތުބާރަކުން ހިތްހަމަ ޖައްސާލައިގެން ހުރީއެވެ. “ވަރަށް ރަނގަޅު މަންމާ، އަލް ވެސް ރަނގަޅު.. މަންމަޔަށް އިނގޭތަ އަޅުގަނޑު ހީކުރި ވަރަށް ވުރެވެސު އަލްއާ ވިނާން އާއި އަދި މިގޭ މީހުން ވެސް ރަނގަޅު..!” އުފާވެފަ ޝަރާ އޭނަގެ މަންމަޔަށް އަލްޔާ އާއި އަލްޔާގެ އާއިލާ ވެސް ރަނގަޅު ކަމަށް ބުނެ ތައުރީފު ކުރަމުން ދިޔައެވެ. “އެހެންތަ؟ ނަސީބެއްނޫން..! ދަރިފުޅު ބުނީމެއް ނޫން ވިނާންގެ މަންމަ ފުރާ ވާހަކަ މިހާރު ފުރައިފިތަ؟” ކުރިން އަފީފާމެން ފުރާ ވާހަކަ ޝަރާ ބުނެފަ އޮތީތީ ފުރިތޯ ބަލަން ވެގެން ހައްވަ އަހައިލިއެވެ. “ލައްބަ މަންމާ އަފީފައްތަމެން ފުރައިފި.. މިކޮޅުން ފުރި އިރު ވެސް ކުރިއަށް ވުރެ ގޯސް!!” ހައްވަ އަފީފާމެން ފުރިތޯ އެހުމުން ޝަރާ ފުރި ކަމަށް ބުނެ އޮޅުން ފިލުވައިދިނެވެ. “އެހަންތަ؟! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ… އަދިވެސް ދަރިފުޅު ރަށަށް އަންނާކަށް ނުވޭތަ؟ މިހާރު ތިކޮޅަށް ދިޔަތާ ދެހަފުތާ ވެއްޖެއެއްނުން..؟!” އަފީފާގެ ބުއްދިއަށް ރަނގަޅު ޝިފާއެއް ދެއްވުމަށް ހިތާ ހިތުން ދުޢާ ކުރުމަށް ފަހު ހައްވަ އަހައިލިއެވެ. ހައްވަ އެހެން އެހުމާއިއެކު ޝަރާގެ ހިތް ބާރުބާރަށް ނެގި ޖެހެން ފެށިއެވެ. މަންމަ ކުރާނެ ވަރެއް ނޭނގޭތީ ޝަރާ އިނީ ވަރަށް ބިރުންނެވެ. ކޮންމެހެން ވެސް ޝަރާ މިއަދު އެގުޅީ މާކިންގެ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް މަންމަ ރަށަށް އަންނަ ދުވަހެއް އެހުމުން ޝަރާ މަޑު މަޑުން އަތްފައި ފިނެވެ ބާރުބާރަށް ހިތް ތެޅެނު ފެށިއެވެ. “ދަރިފުޅާ ކީއްވެ އެއްޗެކޭ ނުބުނެ ތިއިނީ؟ ރަށަށް ނުއަންނަންތަ ތިހުރީ..!؟” ޝަރާ އެއްޗެއް ނުބުނެ ހިމޭނުން ހުރުމުން ހައްވަ އަހައިލިއެވެ.

”އޭ.. ކީކޭ މަންމާ؟” ހައްވަ ރަށަށް ނާންނަނީތޯ އެހުމުން ޝަރާ ސިއްސައިގެން ގޮސް ކީކޭހޭ އަހައިލިއެވެ. އޭރު ޝަރާ އިނީ މަންމަ ކައިރީގަ ބުނާނީތޯ ނޫނީ ނުބުނާނީތޯ ދެފިކުރަށް ގޮސް ގެއްލިފައެވެ. ” ދަރިފުޅަށް ކިހިނެއް ވެފަތަ ތިހިރީ؟ މަންމަ ބުނީ ދަރިފުޅު ރަށަށް ނާންނަންހޭ ތިހިރީ…؟!!!” މިފަހަރު ތަންކޮޅެއް ބާރަށް ހައްވަ ބުނެލިއެވެ. “ނޫން މަންމާ! ރަށަށް ދާނަމޭ.. އެކަމަކު އަޅުގަނޑު މަންމަ ކައިރީގަ ވާހަކައެއް ދައްކަން ބޭނުން…!” ނުބުނެ ހައްލެއް ނުލިބޭނެތީ އެންމެ ފަހުން ޝަރާ ވާހަކައެއް ބުނަން ބޭނުން ކަމަށް ބުނެލިއެވެ. އޭރު އެފަކީރުގެ ހިތްތެޅޭ ވަރު ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. އެހާ ބާރަށް އޭނަގެ ހިތްތެޅެއެވެ. “ކޮން ވާހަކައެއްތަ ދަރިފުޅާ؟ އަވަހަށް ބުނެބަލަ..” އަވަސް އަވަހަށް ހައްވަ އަހައިލިއެވެ. ޝަރާ ބުނަން މިއުޅެނީ ކޮންފަދަ ވާހަކައެއް ކަމެއް އޭރު އަދި ހައްވަޔަކަށް ރޭކައިވެސް ނުލައެވެ. “މަންމާ! އަޅުގަނޑު… އަޅުގަނޑު..!” ހިތްތެޅޭ ބާރުކަމުނު ނުބުނެވިގެން އެހިސާބަށް ބުނެފަ ޝަރާ ހުއްޓާލިއެވެ. “އަޅުގަނޑު އަޅުގަނޑު ކޯއްޗެކޭތަ ތިކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުވާ ގޮތަށް ކިއީމައެއް ނޫންތަ މަންމަޔަށް އިނގޭނީ..؟!!” ހައްވަ އަވަހަށް ބުނެލިއެވެ. “އަޅުގަނޑު ބުނާ ވާހަކަ އަކުން މަންމަ ރުޅި އައިސްދާނެތީ ބުނަން ނުކެރިގެން މިއުޅެނީ!!” ޝަރާ މަޑު މަޑުން ބުނެލިއެވެ. ”ކޮނުވާހަކައެއްތަ ދަރިފުޅާ؟ ބުނީމައެއް ނޫންތަ މަންމަޔަށް އިނގޭނީވެސް!” ހައްވަ އަވަހަށް ބުނެލިއެވެ. ހަގީގަތުގަ ޝަރާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ހައްވަ ވަރަށް ރަނގަޅަށް ވެސް ދަނެހުއްޓެވެ. އަލްޔާ ވަނީ މީގެ އެއްދުވަސް ކުރިން ގުޅައިފަ ހައްވަޔަށް ހުރިހާ އެއްޗެއް އޮޅުން ފިލުވައި ދީފައެވެ. އަދި މާކިން އަކީ ކާކުކަމާއި އެނަޔަކީ އުޅުން ރަނގަޅު އަދި މައިންބައިން ދުނިޔޭގަ ނެތެއް ކަމަކު މިޒާމާނުގަ އުޅޭ ޒުވާނުންނާ އަޅާ ކިޔާއިރު ޖަވާހިރެއް ކަހަލަ ކުއްޖެއް ކަމަށް ކިޔައިދީފައެވެ. ފުރަތަމަ އަލްޔާ ބުނީމަ ހައްވަ ވަރަށް ހިތްހަމަ ނުޖެހޭ ވާހަކަ ދެއްކިއެވެ. އަދި އަލްޔާ ދެކެ ވެސް ރުޅި އައެވެ. ނަމަވެސް އަލްޔާ ވަނީ އެތައް ގޮތަކަށް ހައްވަޔަށް ވިސްނައިދީގެން ހިތް ބަދަލު ކުރުވާފައެވެ.

”ނުކެރޭނެ މަންމަ ރުޅި އައިސް ދާނެ!!” ޝަރާ ބިރުން ބުނެލިއެވެ. “އެހެންތަ؟! މަންމަޔަށް އިނގެޔޭ ވެގެން އުޅޭ ގޮތް! މާކިން ކައިރި ބުނެބަލަ މަންމަޔަށް ގުޅައިބަލާށޭ..!” ޝަރާ ހިތް ތަޅުވަން ވެގެން ހައްވަ ބުނެލިއެވެ. އޭރު ޝަރާއަށް ހީވީ އޭނަގެ މެއި މައްޗަށް ހޫނު ފެން އެއްޗެއް ޖެހި ހެންނެވެ. “މާކިންއޭ!!! ކާކު މަންމަ ކައިރީގަ މާކިންގެ ވާހަކަ ދެއްކީ؟!!” އަންތަރީސް ވެގެން ޝަރާ އަހައިލިއެވެ. “ހެހެ… ދަރިފުޅު ވަރަށް ހައިރާން ވެއްޖެދޯ؟! ބަލަ މަންމަ ކައިރީގަވެސް ވާހަކައެއް ބުނެދާނެ މީހަކު ހުރެދާނެދޯ؟!” ހައްވަ ހެމުން ހެމުން ބުނެލިއެވެ. ޝަރާ އިނީ ރަނގަޅަށް ވެސް ވާނުވާ ނުއެނގި އާޝޯޚު ވެފައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ހަމަ ގައިމު ވެސް އަލްޔާ އެކަހަލަ ވާހަކައެއް ދެއްކި ވާހަކައެއް ނުބުނޭ ވިއްޔާއެވެ. އެހެން ވީމަ ވާނީވެސު އެވަރުތާއެވެ.

“އުހު.. ނޫން! ކާކު ބުނީ؟ އަޅެ އަހަރެން ނުތަޅުވާ ބުނެބަލަ މަންމާ..!” މިހާރު ޝަރާގެ ހިތުން ބިރު ފަހަނަ އަޅައި ހިނގައްޖެއެވެ. މަންމަ އެކަމާ ރުޅި ނުއަންނަ ކަން ޝަރާއަށް މާ ރަނގަޅަށް ވެސް އެނގިއްޖެއެވެ. “ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ ބުނީ! އޭނަ ކައިރި އަހައިބަލަ މަންމަ ކައިރީގަ އެއްވެސް އެއްޗެއް ކިއިންތޯ؟ އެއީ ދަރިފުޅާ ހެޔޮ އެދޭ ރައްޓެހިންނަކީ..!!” ހައްވަ ކައިރި ބުނީ އަލްޔާ ކަމަށް ބުނެ އަދި އޭނަޔަށް ތައުރީފު ކުރަމުން ހައްވަ ބުނެލިއެވެ. “އަސްލުތަ މަންމާ!!؟ އެހެންވީމަ މަންމަމެން އޯކޭދޯ؟” ވީ އުފަލުނު ނަޝައިގަންނަމުނު ޝަރާ އަހައިލިއެވެ. ހައްވަ އާއޭ ކިޔާ ޝަރާ އެކަހަލަ ރަނގަޅު ކުއްޖަކު ހޯދީތީ މަރުހަބާ ކިޔެވެ. އަދި ބައްޕަ އައިމަ ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ޝަރާއަށް ހީވީ މިދުނިޔެ މަތީ ވައިހާ އުފަލެއް އެއްފަހަރާ ލިބުނު ހެންނެވެ. ވާނީވެސް އެހެންތާއެވެ. އޭނަ ހިތުން މަންމަޔަށް އެ ވާހަކައެއް ކިޔައިދޭން އުޅެނިކޮށް މަންމަ ކިޔައިދިން ވާހަކަ މާ އަސަރު ގަދަވެފަ އުފާވެރި ވިއްޔާއެވެ.

“ލީ ހިނގައިބަލަ އަލް ކައިރިއަށް ވަނދެފަ އަންނަން..! މިއަދު ގުޅައިފަ ބުނި އެގެއަށް އަންނަން..” ޒިއާދާޔާ ލީޒާއާ ދެމީހުން މަޖީދީ މަގު ހުރި ގޮތަށް ކުރިއަށް ދަމުން ދަނިކޮށް ޒިއާދާ ބުނެލިއެވެ. “އާނދޯ..؟! ހިނގައިބަލަ.. އޭނަ އިންނާނީ ވަރަށް ފޫހީވެފަ ވަޒޫ ނެތީމަ! މިއަދު ޖެހޭނެ އެެނަގެ އަތުން ޕިއްޒާ ކާން!” ޒިއާދާގެ އަތުގައި ހިފާ ޕޭމަންޓު މައްޗަށް އަރަމުން ލީޒާ ބުނެލިއެވެ. “ޔެސް..! ތިއީ ސަޅި ގޮތެއް! ހިނގާ އަވަހަށް ދާން..” ލީޒާޔާ އެއްބައިވަމުން ޒިއާދާ ބުނެލިއެވެ. ދެކުދިން ފަރި ހިނގުމެއްގައި ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ވިނާންމެން ގޭ ދޮރުމައްޗަށެވެ. ”ގުޅާނެ ކަމެއް ނެތް! ތީނަ ކުރާ ކަމެއް ބަލަން ނުގުޅާ ވަންނާނީ..!” ލީޒާ ގުޅަން އުޅުމުން އެކަން މަނާ ކުރަމުން ޒިއާދާ ބުނެލިއެވެ. “ހެހެ.. އެބުނާހެންދޯ؟! މަވެސް ބައެއްފަހަރު ގަޅީއޭދޯ؟” އަމިއްލަ ބޮލުގަ ޖަހަމުން ލީޒާ ހިނި ގަނޑަކާއިއެކު ބުނެލިއެވެ.

“އައްސަލާމް އަލައިކުމް! އުޚުމް.. އުޚުމް..!” ޒިއާދާޔާ އަލްޔާއާ ދެމީހުން އެތެރެއަށް ވަން އިރު ވިނާންގެ އުނގުގައި ބޯ އަޅައިގެން އަލްޔާ އޮތުމުން ސަލާމް ގޮވުމަށް ފަހު ކަރު ކަހައިލިއެވެ. އެއަޑަށް ސިއްސައިގެން ގޮސް އަލްޔާ ފުއްމާފަ ތެދުވިއެވެ. ލީޒާމެން ފެންނަން ތިބުމުން އަލްޔާ ލަދުން ފާނުވީ ކިރިޔާއެވެ. “ނުބައި ގަޑިއެއްގަދޯ މިއާދެވުނީ؟ ހެހެ.. އެކަމަކު ދޮރުގައި ތަޅުލައިގެން ތިބިނަމަދޯ..؟!” ޒިއާދާގެ ކޮނޑުގައި ޖަހައިފަ ހިނިގަނޑަކާއިއެކު ލީޒާ ބުނެލިއެވެ. “ކޮންތާކަށް ތިމީހުން ތިދަނީ؟ ގުޅައިވެސް ނުލާވިއްޔާ ތިއައީ.. ދެން ވާނީ މިހެންތާ؟” ވިނާން ތެދުވަމުން އަހައިލިއެވެ. “މިއައީ ސީދާ މިގެއަށް ޕިއްޒާއެއް ކައިލާ ހިތުން.. އެވެސް އަލްގެ ހަރަދުގަ..!” ސޯފާގައި އިށީންނަމުން ޒިއާދާ ބުނެލިއެވެ. “އެވަރުން އައިމަ ވެސް ޕިއްޒާ ލިބޭނެ ގޮތަކަށް ނޫންދޯ މޫސުމް ދައްކަނީކީ!” މިފަހަރުވެސް ޒިއާދާގެ ކޮނޑުގައި ޖަހައިލަމުން އަލްޔާއާ ދިމާ ކުރަމުން ލީޒާ ބުނެލިއެވެ. “ދެން ކޮބައިތަ މައްސަލައަކީ؟ ޕިއްޒާ ލިބޭނެ! އަސްލު އަހަރުން ޓީވީ ބަލަންށޭ ތިބީ.. ދޯ ވިނާ؟ ތިމީހުން ނުބައި މާނަ ނަގާތީއޭ މައްސަލައަކީ..!” އަލްޔާ ލަދުގަތް ކަމަކު ދެރަ ނުވާން ވެގެން ބުނެލިއެވެ. “އޯކޭ..! ޕިއްޒާ ލިބުނީމަ ނިމުނީ ދޯ ލީ..؟” ލީޒާއަށް ދޯ ޖަހަމުން ޒިއާދާ ބުނެލިއެވެ. “އެއީ ތެދެއް.. އަވަހަށް ޕިއްޒާ ދޭން އުޅޭ.. އޭ! އަދި ހަނދާން ވެސް ނެތޭ..! ކޮބައިތަ މަގޭ ވާން އުޅޭ ފަހަރި؟!” ޕިއްޒާ ގެންނަން ބުނެފަ ކުއްލިއަކަށް ޝަރާގެ މަތިން ހަނދާން ވުމުން ލީޒާ އަހައިލިއެވެ. “ތިވާހަކަ ނުދައްކާ! އެނދުގުރާ ވެއްޖެ ހުޅުމާލެ ގޮސްފަ! ހީވަނީ އެހެންފަަދަ ކަމެއްހެން މިރޭ ވެސް ތިއްތިވެފަ ހުރިއިރު..!” އަލްޔާ ހެމުން ބުނެލިއެވެ. “ހެހެ.. ނަސީބުތާ ދޮންބެވެސް ބިޓެއް ނެގިކަން އެހެން ނޫންނަމަ މަ އަދިވެސް މެރީ ނުކޮށްވިއްޔާ އިންނަން ޖެހޭނީ..!” މާކިން ޝަރާއާ ރައްޓެހިވީތީ އުފަލުން ލީޒާ ބުނެލިއެވެ. ހަގީގަތުގަ ވެސް މާކިން މެރީ ނުކުރާތީ ލީޒާ އެހުންނަނީ އިޖާޒުއާ އިންނަން ނުކެރިފައެވެ. “ހައްހައް… ކީކޭތަ ލީ ތިކިޔަނީ؟ ތިބުނި އެއްޗެއް ދެކޮޅު އެބަ ޖެހޭތަ؟” ޕަކަ ޕަކަ ލައިފަ ހެމުން ވިނާން އަހައިލިއެވެ. “ވަޓް!! ކީކޭތަ މަ ބުނީ؟!” ވިނާން ބުނި އެއްޗެއް ސާފު ނުވުމުން ހައިރާން ވެފަ ލީޒާ އަހައިލިއެވެ. “ހެހެ.. ލީ ތިބުނީ ނޫން މާކް ޝަރާއާ ރައްޓެހި ނުވިނަމަ އަދިވެސް ޖެހޭނީ މެރީ ނުކޮށް އިންނަންށޭ..؟! ކޮބައިތަ އެ ދެބަހުގެ ދެ މާނައަކީ ވިނާއަށް ދޭހަވަނީ އެއްމާނައެއް! މެރީ އިއްނަން އެއްބަހެއް.. ދިވެހިންނާ އިނގިރޭސިން ތިބުނީ އެހެންވެ ވިނާއަށް ދެމާނައެއް ނުފެންނާތީ އަހައިލީ…” ލީޒާޔާ ދިމާ ކުރަމުން ވިނާން އޮޅުން ފިލުވައިދިނެވެ. “އެބުނާހެން… އެހެން ނޫންތަ ވަނީ އަހަރުންގެ ބަސް ކުރި ނުއެރުވުނަސް އިނގިރޭސި ބަސް ކުރި އެރުވޭތޯ ވިއްޔާ މިއުޅެވެނީ..!” ލީޒާޔަށް އެބުނުވުން ބަހާ ވިނާން އެބުނި އެއްޗާ އަޅައި ކިޔައި ވިސްނައިފަ ލީޒާ ބުނެލިއެވެ. އެގޮތަށް އަނގަ ތަޅަން ތިއްބާ އޯޑަރު ކުރި ޕިއްޒާ އައުމުން ކާއެއްޗެއް ލޮލަށް ނުފެންނަ ބައެއްހެން އަރުވަ ޖަހައި ކާން ފެށިއެވެ. ކެއުމުގެ ތެރޭގަވެސް އެކަކު އަނެކަކުއާ ދިމާ ކުުރުމާ ޖެއްސުން ކުރުން ކުރިއަށް ދިޔައެވެ.

”ބައްޕާ ކޮބައި މަންމަ ޑޮކުޓަރަށް ދައްކައިފިންތޯ؟” ނިދަން ވެގެން އެނދަށް އަރައި ވިނާން އޭނަގެ ބައްޕަ ސައުދުއަށް ގުޅައިފަ އަހައިލިއެވެ. މިއަދުވެސް ވިނާން ސައުދުއަށް ގުޅިއެވެ. ނަމަވެސް ސައުދުގެ ފޯނަށް ރޭންޖު ނުލިބޭތީ ނުގުޅުނީއެވެ. އެހެން ކަމުން ނިދަން އަރައި ޚަބަރު ބަލައިލަން ވެގެން ގުޅާލީއެވެ. “ޑޮކުޓަރަށް ދައްކައިފިން! ފުރަތަމަ މިދެއްކީ ކަށީގެ ޑޮކުޓަރަކަށް، އޭނަ އެބަ ޔަގީންކަން ދޭ އޮޕުރޭޝަން ކޮއްލީމަ މަންމަޔަށް ހިނގޭނަ ކަމަށް ދެން ހަމަ އެޑޮކުޓަރު ބުނީ ހަމަ އެ ހޮސްޕިޓަލުގަ އަބައިނޯ މަންމަޔަށް ބޭސް ކުރެވޭވަރުގެ މޮޅުމީހެއް އެ މީހާ ވަނީ މަންމަޔަށް ވުރެ މާ ބޮޑަށް ސަކަރާތް ވެފަ ތިބި މީހުން ރަނގަޅު ކޮއްފަޔޯ!” މިއަދުގެ ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ސައުދު ކިޔައިދިނެވެ. ސައުދު ވާހަކަ ދެއްކި އިރު އަޑުން ވެސް ހިތްހަމަ ޖެހިފަ ހުރި ވަރާއި އުފާވެފަ ހުރި ވަރު ވިނާންއަށް އެނގުނެވެ. “އަލްހަމްދުލިﷲ ނަސީބެއް ނޫންތޯ ބައްޕާ..! އިރާދަ ކުރެއްވިއްޔާ މަންމަ މުޅިން ރަނގަޅު ވާނެ އަދި..!” އުފަލުން ވިނާން އޭނަގެ މަންމަޔަށް ހެޔޮ ދުޢާ ކުރަމުން ބުނެލިއެވެެ. ”ބައްޕާ ކޮބައިތޯ ވަޒޫ؟ އޭނަ ރަނގަޅުތޯ؟ އޮންލައިނުގަ އެބަހުރި އެކަމަކު ވާހަކައެއް ނުދައްކާ..!” ސައުދު އިތުރު އެއްޗެއް ނުބުނުމުން ވިނާން އަހައިލިއެވެ. “އެހެންތަ؟ އޭނަވީ ރޫމުގަ.. މިހާރު ވަރަށް ވަރުގަދަ ފޯނު ކޯލެއްގަ އިނޭ މިކޮޅަށް އައިފަހުން.. މާލޭގަ ވެސް ކޯލެއްގަ އިންނަތަން ބައްޕަ ދެކެން.. ހީވަނީ ދަރިފުޅަށް ޅިޔަނެއް ގެނެސްދޭން އުޅެނީހެން!” ސައުދު މަޖާވެފަ ވިނާންއަށް އޮޅުން ފިލުވައި ދިނެވެ. “ހެހެ… އެހެންތޯ؟! އެހެންވީމަ ރަނގަޅެއް ނޫންތޯ؟” ހެމުން ހެމުން ވިނާން ބުނެލިއެވެ. ދަބަފައިން އިރުކޮޅަކު ވާހަކަ ދައްކައިލަން ތިބެފަ ފޯނު ބޭއްވީ މާދަން ވެސް ޚަބަރެއް ވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއިއެކުއެވެ.

…..ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (3 ވަނަ ބައި)

Next

ހިތްއެކީ ދެވިއްޖޭ (14)

Next
November 11, 2017

ހިތްއެކީ ދެވިއްޖޭ (14)

Previews
November 11, 2017

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (3 ވަނަ ބައި)

16 Comments!

  1. Friends says:
    November 11, 2017 at 12:44 pm

    Me first dhw….

    1. Adam says:
      November 11, 2017 at 12:56 pm

      Yap hehe

  2. dhaitha says:
    November 11, 2017 at 12:55 pm

    Dhen abadhu majaa vefa thibey baeh.. nuves gulhey than thanah hini gandeh jahaalafaane.. ajaibu heevey huwaa mibunee..

  3. Adam says:
    November 11, 2017 at 12:55 pm

    Ummeedhu kuran mi part ves kamu dhaane kamah komme dhuvahaku up nukurevunas dhedhuvahun ehdhuvahah up kuraanan insha allah

  4. Isse says:
    November 11, 2017 at 1:06 pm

    Vaahakaige khiyaalu v rangalhu …ekamaku gavaaidhu ge massalatha v gina …hurun /inun/othun mi baithah vx v massala ibahuri…liyefa alhu rangalhah chek kollaafa kiyuntherinnaa hama ah geneydheynama ekahala kuh madhuvaane kamah feney….v kuh gina ehnveem ithurah check kurun v muhimmu…if u need help u can ask me o anyone abt the grammer n other mistakes..hope u understand.. vaahakaige khiyaalu v rangalhu

    1. Adam says:
      November 11, 2017 at 2:28 pm

      Thanks isse next part miyah vuren ragalhu kureveytho balaanan Allah kuraa kameh veema ehaa mistake ginaee vedhaane faharehga Adam ah ehaa ragalhah dhivehi bahuge Hama Tha netheynee kamhves ummeedhu kuran next part kiyaafa ves mistake bunedheyne kamah

  5. Fathimath says:
    November 11, 2017 at 1:17 pm

    When next part?story is very nice ????????????

  6. D says:
    November 11, 2017 at 1:18 pm

    Foohi vaahaka eh… mulhin haasaru

    1. Faiymini says:
      November 11, 2017 at 10:26 pm

      Hmm..abadhu paka paka laafa hey vaahaka..varah bolah undhagoovey

  7. Limsha says:
    November 11, 2017 at 1:27 pm

    Nice ?

  8. ainth says:
    November 11, 2017 at 1:31 pm

    mi vaahaka liyaakujja dhivehi bahuge gavaidhu dhas kuran fennany. mistake ge vaahaka bunyma vx rangalhu kuran massaikai kuriheneh hiyeh nuvey. vaahaka reethi…. ekamaku hiyeh nuvey comment thah balai gannaheneh….

    1. Adam says:
      November 11, 2017 at 2:24 pm

      Noon thihen buneema v dhera vehjje kuraa konme commenteh ves balaiganan assume raply nukurevenee buxy kamun abdhu phon VES athha laigen nuhureveynetha dhw Anna kome commentate balaiganna jehey ehche ragalhu kuran jehey kanthha abahuves kiyun therun kiyaa dhinun ey alhuganduge emme bodu hiyhama jehun pls ehchekey heenukuran Hama buxy kamun reply nukurevenee sorry ekamaa

  9. Friends says:
    November 11, 2017 at 1:31 pm

    Ey salhi ingey stry..?
    But dear somemistake..
    Wating 4 next part..
    Nice day…..???????

  10. Pinky shifoo says:
    November 11, 2017 at 2:05 pm

    Wow… Story hama varah varah reethi… Waiting for next part

  11. Aish says:
    November 11, 2017 at 3:01 pm

    Dhn mihaaru maa haasaru dhiguvany

  12. Zai says:
    November 11, 2017 at 11:39 pm

    Nice story.but too much writing this words “hehe”

Comments are closed.

Next Episodeޢެދެމޭ އުފާ….(39)←


All Right Reserved!