ހިތްއެކީ ދެވިއްޖޭ (12)
އެނދުގައިއޮތް އަޖުވަދު ދެލޯ ހުޅުވައިލައި ބަލައިލީ އޭނާގެ ފުރާނަ ސަލާމަތްކުރި މީހަކީ ކާކުކަން އެނގެންބޭނުންވެފައި އޮތްލެތް ބޮޑުކަމުންނެވެ. އެތެރެއަށް ވަދެގެން އައި ޝިވަން ފެނުމާއެކު އަޖުވަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ޝިވަން. ޝިވަންތަ އަހަރެން މިތަނަށް ގެނައީ؟” މަޑުމައިތިރި ރާގަކަށް އަޖުވަދު އަހައިލިއެވެ. އޭނާއޮތީ ޝިވަންއަށް އައިސްފައި ހުރި ބަދަލުތަކުން ހައިރާންވެފައެވެ. އެންމެ ފަހުން ޝިވަން ފެނުނުއިރު ހުރިގޮތާއި މިހާރު ހުރިގޮތް ވަރަށް ތަފާތެވެ.
“ލައްބަ. ބޭބެ މިހާރު ކިހިނެއްތޯ؟” މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ޝިވަން އަހައިލިއެވެ. “ކުޑަކޮށް ރަނގަޅު. އެކަމަކު އަދިވެސް ބޮލުގަ ވަރަށް ރިހޭ.” ބޮލުގައި ބެންޑޭޖް ކުރެވިފައިވާ ހިސާބުގައި މަޑުމަޑުން ފިރުމައިލަމުން އަޖުވަދު ބުނެލިއެވެ.
“އަޅުގަނޑު މިއައީ ބޭބެގެ ބޭސްސިޓީއަށް ބޭސް ނަގައިގެން. އިރުކޮޅަކުން ބޭބެގެ އާއިލާ މީހުން އަންނާނެކަންނޭނގެ. އަޅުގަނޑު ދެން ގޮސްލީ.” އަޖުވަދު އޮތް އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބޭސްކޮތަޅު ބަހައްޓާލަމުން ޝިވަން ބުނެލިއެވެ. ވަކި ޖަވާބެއްނުދީ އަޖުވަތު އޮތެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލަމުން ޝިވަން ނުކުތްއިރު ދުވަމުން ތެޅެމުން ފޮޅެމުން ނައިރާއާ ހާމިދާ އަންނަނީއެވެ. ދެމީހުންގެ މޫނުމަތިންވެސް ކަންބޮޑުވުމާއި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ރޮވިފައިހުރި ނައިރާ ފެނުމުން ޝިވަންގެ ހިތް ތެޅިލީ އެއެއް މިއެއް ބަލައިފައެއް ނޫނެވެ.
އެހައި ގިނަ ދުވަސްތަކަކަށްފަހު ނައިރާގެ އެލޯބި ސޫރަފެނުމުން ލޯބިން ބައްދައިލާ ހިތް ވިއެވެ. ނަމަވެސް މިއީ އެކަމަށް އެންމެ އެކަށޭނަ ވަގުތުނޫންކަން އޭނާއަށް ވިސްނެއެވެ.
ނައިރާއަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. ޝިވަން ފެނުމުން މީހާ ހުރިތަނަށް ގަނޑުވިކަހަލައެވެ. ލޯތްބާއެކު ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ. ނައިރާއަށް ހަމަހޭވެރިކަމެއްވީ ލޮލުގެ އިޝާރާތުން ޝިވަން އަޖުވަދު އޮތް ކޮޓަރިދައްކައިލީމައެވެ.
ހާމިދާވެސް ފާޑަކަށް ޝިވަންގެ މޫނަށް ބަލައިލުމަށްފަހު ނައިރާ ގޮވައިގެން އެކޮޓަރިއަށް ވަނެވެ. އެނދުގައި ގައިގެ އެކިތަންތަން ބެންޑޭޖްކުރެވިފައި އޮތް އޭނާގެ ފިރިމީހާ ފެނުމުން ހާމިދާގެ ދެލޯވަގުތުން ފެންކަޅިވެގެން ދިޔައެވެ.
“އަޖުވަދު. މީ.. މީ ކިހިނެއްވީ ކަމެއް؟” ރޮވިފައި އަޖުވަދުގެ އަތުގައި ފިރުމައިލަމުން ހާމިދާ އަހައިލިއެވެ. “ބްރޭކް ގަޑީގަ ވަރަށް ހައި ވެފަ ހުރީ. އެހެންވެ އަވަހަށް ގެއަަށްދާންވެގެން ދިޔައީ. ގޯޅިއަޅަން އުޅެނިކޮށް ވަރަށް ބާރަށް ދުއްވާފައައި ސައިކަލެއްގަ ޖެހުނީ. ދެން ނޭނގެ ވީގޮތެއް. ހޭއެރިއިރުު އޮތީ މިތަނުގަ.” ރޮވިފައިހުރި ހާމިދާގެ މޫނަށް ބަލައިލަމުން އަޖުވަދު ބުނެލިއެވެ.
“އަޅުގަނޑު އަންނާނަން ބޭސް ނަގައިގެން.” މޭޒުމަތީގައި އޮތް ބޭސްސިޓީ ނަގަމުން ނައިރާ ބުނެލިއެވެ. “ނޫނޭ ދަރިފުޅާ. ޝިވަން އެދިޔައީ ބޭސް ނަގައިދީފަ. އެހުރީނު ބޭސްކޮތަޅު.” މޭޒުގެ އެެއްފަރާތުގައި އޮތް ކޮތަޅު ދައްކައިލަމުން އަޖުވަދު ބުނެލިއެވެ. އެއީ ތެދެކެވެ. އަވަސްއަރައިފައި ހުރިވަރުން ނައިރާގެ ލޮލުގައި އެބޭސްކޮތަޅު އަޅައިނުގަތީއެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ނައިރާ ހުރިފިޔަވަޅުމަތީގައި ހުއްޓެވެ. “ދަފިފުޅާ އަދިވެސް ބައްޕަދެކެ ހިތްހަމަނުޖެހިފަތަ؟” ދެރަވެލައިފައި އަޖުވަދު އަހައިލިއެވެ. އެދުވަހަށްފަހު މަދުމަދުން ނޫނީ ނައިރާ އަޖުވަދާ ވާހަކަދައްކައެއް ނުހަދައެވެ. އެކަމާ އެހިތަށްވާ ތަދު އެނގޭނީ ހަމައެކަނި އަޖުވަދަށެވެ. ނައިރާ ދެފަރާތަށް ބޯހޫރުވައިލަމުން ހިނިތުންވެލިއެވެ. ބަދަލުގައި އަޖުވަދުވެސް ހިނިތުންވެލިއެވެ.
އަޖުވަދު ހަމައަކަށް އެޅެންދެން އޮފީހުން ދެހަފުތާގެ ޗުއްޓީއެއް ނެގިއެވެ. ޗުއްޓީހަމަވުމާއެކު އޭނާ ވަޒީފާއަށް ނުކުންނަން ފެށިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އޮފީސްތައް ނިންމައިފައި ގެއަށްދާ މީހުންތަކުން މަގުތައްވަނީ ތޮއްޖެހިފައެވެ. މަޑުދުވެއްޔެއްގައި ސައިކަލު ދުއްވަމުން އަޖުވަދު ދިޔައެވެ. ކުއްލިއަކަށް މަގުގެެ އެއްފަރާތުން ހިނގައިފައި އަންނަމުންދިޔަ ޝިވަން ފެނިފައި އަޖުވަދު ހައިރާންވިއެވެ.
މަޑު ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްލައި ބެގީ ކޮށްފައިވުމުން ޝިވަން ދައްކަނީ ވަރަށް ރަސްމީކޮށެވެ. އޮފީސް ނިންމައިލައިފައި ލެޕްޓޮޕް ދަބަސް ހިފައިގެން ދިޔަ ޝިވަންއަށް އަޖުވަދު ފުން ނަޒަރަކުން ބަލައިލިއެވެ.
** ** **
ސްޓާފްސް ރޫމްގައި އިން ޝިވަން ދިޔައީ ޖެހިގެން އޮތް ދުވަހުގައި ދޭން ހަމަޖެހިފައިވާ އެގްޒާމް ޕޭޕަރ ތައްޔާރުކުރަމުންނެވެ. ކުއްލިއަކަށް ވަރަށް މުހިއްމު ފައިލެއްމަތިން ހަނދާންވުމުން އެފައިލް ނަގަން ބަލައިލިއިރު އެޔެއް ނެތެވެ. ކަބަޑުތެރެ ބަލައިލިއިރު އެތަނަކުވެސް ނެތެވެ. ދެން އޮތަސް އޮންނާނީ ގޭގައި އޭނާ ފައިލްތައް ރައްކައުކުރަންލާ ކަބަޑުގައިކަން އެނގުމުން ޔައިޝް އަވަސްވެގަތީ ގެއަށްގޮސް ފައިލް ހިފައިގެން އައުމަށެވެ.
ކާރަށް އެރުމަށްފަހު ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. އަލްކާގެ ޚިޔާލުތަކަށް ގެއްލިހުރެ ޔައިޝް ކާރު ދުއްވަމުން ދިޔައެވެ.
ގޭގެ ކުރިމަތީ ކާރު ޕާރކް ކޮށްލުމަށްފަހު އަވަސް އަވަހަށް ގޮސް ގޭގެ ބެލް ޖަހަންފެށިއެވެ. އިރުކޮޅެއްވީތަނާ ޝުމީ އައިސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ޔައިޝްއަށް އޭނާ ހިނިތުންވެލިއެވެ.
“ކޮބާ މަންމަމެން؟” ގޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ ޔައިޝް އަހައިލިއެވެ. “ބޭރަށް ދިޔައީ.” ޔައިޝްގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ޝުމީ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
މަޑުހިނގުމެއްގައި ގޮސް ކޮޓަރި ކައިރިއަށް މަޑުކޮށްލި ޔައިޝްގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައީ ކޮޓަރިތެރެއިން މިޒްރާގެ އަޑާއެކު އިވެމުންދިޔަ ފިރިހެން އަޑަކުންނެވެ. ދެލޯ ހަނިކޮށްލަމުން ދޮރާއި ބޮޑަށް ކައިރިވެލިއެވެ. އެތެރެއިން އިވެމުންދިޔަ އަޑުތަކަށް ޔައިޝް ސަމާލުވެލިއެވެ.
“ޔައިޝްއަށް ހަަމަ ކުޑަކޮށްވެސް ޝައްކެތް ނުވޭތަ؟” އެތެރޭގައި ހުރި ފިރިހެންމީހާ އަހައިލިއެވެ. “ހޫމް. އޭނަ ފުދޭވަރަކަށް މޮޔަވާނެ. ހަހަ. އަހަރެންގެ މޮޅެތި ޕްލޭންތައް އެހައި ފަސޭހައިން މީހަކަށް ނުވިސްނޭނެ.” ހިނިގަނޑެއް ޖަހައިލަމުން މިޒްރާ ބުނެލީ ފަޚުރުވެރިކަމާއެކުއެވެ.
އެދެމީހުން އެދައްކަނީ ކޮންވާހަކައެއްބާވައެެވެ؟ ޔައިޝްއަށް ކޮންކަމެއް ނޭނގޭ ވާހަކަހެއްޔެވެ؟ ޔައިޝް ވަރަށް ހައިރާންވިއެވެ.
“އޭނަ ކުޑަކޮށް ގަޅި ދޯ.” އެފިރިހެންމީހާ ބުނީ މަލާމާތުގެ ރާގަކަށެވެ. “އާން. އެހެންވެއެއްނު އަހަރެން ދެއްކިހައި މަންޒަރަކާއި ވާހަކައެއް ގަބޫލުކޮށްގެން އެހުންނަނީ. އޭނައަށް ކުޑަމިނުން ނޭނގޭ އެރޭގައި އަހަރެމެން ދެމެދު ކަމެއް ހިނގިކަމެއްވެސް ނޫނީ ނުހިނގާކަމެއްވެސް. ހައް. އެއީ އަހަރެންގެ ޕްލޭނެއްކަމެއްވެސް އެމޮޔަ ފިރިހެނާއަށް ރެއަކައިވެސް ނުލާ. އެރޭ އަހަރެން ހާދަ އެކްޓެއް ޖައްސަން ޖެހުނޭ. ޔަގީން އެކިރުތައްޓަކީ އަހަރެން ގިރި އެއްޗެކޭ ބުނިނަމަ ނުވެސް ބުއީސްކަން. އެހެންވެ އަހަރެން ބުނީ އެއީ އޭނަ މަންމަ ދިން އެއްޗެކޭ. އަދި ނިކަން ފަސޭހައިން ގަބޫލުވެސް ކޮށްފިއޭ. ހައް.ބޮޑު މޮޔަ.” މިޒްރާ ނުލަފާ ފާޑަކަށް ހޭންފެށިއެވެ. އެހުނުމުގައި އެފިރިހެންމީހާވެސް ބައިވެރިވަމުން ދިޔައެވެ.
“އޭގެ ކިތައް ބޭސްގުޅަ ކިރުތައްޓަށްލީ؟” ހެމުން ހެމުން އޭނާ މިޒްރާ ގާތުގައި އަހައިލިއެވެ. ” ދެގުޅަ ލިން. ކީކުރަން މަދުން ލަނީ. އެހެންވެއޭ އެބޭފުޅާއަށް އެރޭގައިވީނުވީއެއްވެސް ނޭނގުނީ. އޭނަ އަހަރެން ގައިގަ ބައްދައިލީމަ އަހަރެންވެސް ވަރަށް ވެފަ ބައްދައިލީ. ދެން އިރުކޮޅެއްނުވަނީސް މީހާ ހޭނެތިއްޖެ. ހަހަ. ދެން އަހަރެން ހެދިގޮތަކީ އޭނަ ލައިގެންހުރި އެއްޗެހި ބައިލައިފަ މިތާ ތަށިމުށިތައްމަތީ ގުޅައަކަށްޖަހާފަ ބެހެއްޓީ. އެންޑް ކުއިލްޓް އަޅައި އެހަށިގަނޑު ފޮރުވައިލީ. ދެން ނިކަން ހެނދުނާ އެދުވަހު އަހަލެން ހޭލިން. ފާޚާނާއަށްވަދެ ގައިގެ އެކިތަންތަނުގަ ނިޔަފަތިއަޅުވާ ރަތްކޮށްލީ. ހެހެ. ބޭފުޅާ ހޭލާފަ ހުއްޓޭ ވަރެއް. ވަރަށް ދެރަވެފަހުރީ. އަދި އަހަރެން ގާތުއެހިއޭ ކީއްވެހޯ ނުހުއްޓުވީ. އަހަރެން ބުނިން ބޮޑުސިންގާ ފިރިހެނެއް އައިސް ގައިމައްޗަށް ޖެހިގަތީމަ އަހަރެންކަހަލަ ނިކަމެތި އަންހެންކުއްޖަކު ކިހިނެއްހޭ ހުއްޓުވާނީ. ގަބޫލުކޮށްފި އަހަރެން އެހެން ބުނާއިރަށް. ދެން ހަގީގަތުގައިވެސް އަހަރެމެން ދެމެދު ކަމެއް ހިނގިކަން ޔަގީންކޮށްދެން އެރަތްވެފަ ހުރި ތަންތަން ދައްކާފަ އަހަރެން ބުނީ ޔައިޝް އުޅުނުގޮތުންވެފަހުރި ގޮތެކޭ. ދެން ވަރަށް ދެރަވެފަ މައާފަށް އެދުނު. ހަހަހަ. އަހަރެންގެ ޕްލޭން ވަރަށް ކާމިޔާބު ޒާން.” މިޒްރާގެ ވާހަކަތައް އަޑުއަހަންހުރި ޔައިޝްއަށް ދަތްކުނޑި ވިކައިލެވުނެވެ.
“މިޒް ނުލާހިކު މޮޅުވިއްޔަ. އެހެންވީމަ ކާމިޔާބުވާނު. ތިބުނީ ވިއްޔަ މިޒް މީގެކުރިން ދެފަހަރަށް ޕްރެގްވިކަންވެސް އެގަޅި ފިރިހެނާއަށް ނޭނގެއޭ. ހެހެ.” ޒާންގެ ވާހަކައިން ޔައިޝްގެ ދެލޯ އިތުރަށް ބޮޑުވެގެން ދިޔައެވެ.
“މިފަހަރުވެސް ނޭނގުނީހޭ އެޑޮކްޓަރުގަނޑު ބޭބީ އެބޯޓް ކޮށްލަން އެއްބަސްވިނަމަ. އޭރަކަށް ގައިމު އަހަރެންނަކަށް މިހުރިހައި ސަކަރާތެއް ޖަހާކަށް ނުޖެހުނީހެއްނު.” ހިތްހަމަނުޖެހިފަ މިޒްރާ ބުނެލިއަޑު އިވުނެވެ.
“މިޒް މިހާރު ދެފަހަރަށް އެބޯޓް ކޮށްފި. ތިންވަނަ ފަހަރަށް ކުރަން ހަދައިގެން ފުރާނައަށް ގެއްލުވެދާނެތީއެއްނު ޑޮކްޓަރ އެއްބަސްނުވީ. ދެން އެހެންނޫނަސް ހާސްވަނީ ކޮންކަމަކާތަ؟ ޔައިޝް އަކަށް ނޭނގެއެއްނު ތީ މަގޭ ދަރިއެއްކަމެއް. އެންޑް މިޒް އެހުރިހައި އެކްޓެއް ޖެއްސީ ތިދަރި ޔައިޝްގެ ބޮލުގައި އަޅުވަންކަމެއްވެސް. ސޯ ނެތެއްނު އެއްވެސް މައްސަލައެއް. ވިހައިފަ ދަރި އޭނަ ބޮލަށް ޖަހައިފަ ވަރިވޭ. އޭރަށް އެނިމުނީނު.” ޒާންގެ އަޑު އިވިގެންދިޔައެވެ. އެއާއެކު މިޒްރާ ހޭންފެށީ ތިއީ ރަނގަޅު ގޮތެކޭ ބުނެފައެވެ.
“އެނގޭތަ؟ އަހަރެން ބަނޑުބޮޑުކަން އެނގޭއިރަށް އެމޫނުމަތި އެއްކޮށް މިލައިފި. އެތެރެ އެތެރެއިން ހެމުން އެމޫނަށްއެރި ހުރިހައި ކުލަވަރެއް އަހަރެން ބެލީވެސް. އެސޮރު ހާދަ ދެރަވެފައޭ ހުރީ. ހަހަ.” ޔައިޝްގެ ވާހަކަ ދައްކަމުން ދެމީހުން އޭނާއަށް މަލާމާތްކުރަމުން ދިޔައެވެ.
ޔައިޝްއަށް ކެތްވީ އެހިސާބަށެވެ. އައިރުޅިމަތީގައި މިޒްރާގެ ނަމުން އަޑުގެ ނެތްތަނަަށް ގޮވައިލުމަށްފަހު ދޮރުގައި ފައިން ދެތިން ފަހަރަށް ޖެހުމާއެކު ދޮރު ވައްޓައިލިއެވެ.
އެނދުގައި ބެޑްޝީޓް ގައިގައި އޮޅައިގެން އޮތް މިޒްރާ ސިހިފައި ތެދުވިއެވެ. ގާތުގައި އޮތް ޒާންވެސް ވަގުތުން ތެދުވީ ކަންބޮޑުވެފައި ހުރެއެވެ.
“ޔަ.. ޔަ.. ޔައިޝް. ކޮ.. ކޮންއިރަކު އައީ؟” ދެލޯބޮޑުކޮށްގެން ހުރި މިޒްރާއަށް ވާހަކަދެއްކުނީ އުނދަގޫކަމާއެކުއެވެ.
“ހުރި ގޮތްކުޑަކަން ބަލައިބަލަ. ކަލޭގެ ތިމުޑުދާރު ދުލުން ކޮންމެހެން އަހަރެންގެ ނަން ކިޔާނެކަމެއްނެތް. ވަަރަށް ދުވަހު އޮޅުވައިލައިގެން ހުރެވިއްޖެއެއްނު ދޯ. ކަލޭގެ ހުރިހައި ހަގީގަތެއް މިއަދު އަހަރެންނަށް އެނގިއްޖެ. ބަލާބަލަ ހުންނަ ލަދުހަޔާތް ކުޑަކަން. އަހަރެންގެ ގޭގަ، އަހަރެންގެ ކޮޓަރީގަ ހިލޭ ފިރިހެނެއް ވައްދައިގެން މަޖާކުރާއިރު ކަލޭ ލަދެއްވެސް ނުގަނޭތަ؟” ރުޅި އައިސް ރަތްވެފައިހުރި ޔައިޝް އެދިޔަގޮތަށްގޮސް ހިފީ މިޒްރާގެ އިސްތަށިގަނޑުގައެވެ. ވީތަދުން މިޒްރާއަށް ރޮއިގަނެވުނެވެ.
“އައްދޯ ޔައިޝް. ދޫކޮށްބަލަ. އަހަރެންނަށް ތަދުވެޔޭ.” ރޮއިހޭރެމުން މިޒްރާ ގޮވަމުންދިޔައެވެ. “އާން ތަދުކުރާށޭ ބޭނުމީ. ކިހައި ދުވަހަކު ކަލޭ އަހަރެންގެ މިހިތަށް ތަދުކޮށްފިން. އޭން. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ކަލޭ ކުރިހައި ކަމަކަށް ކެތްތެރިވަމުން ދިޔައީ. އެކަމަކު ދެން އިތުރަކަށް އެންމެ ހިނދުކޮޅަކުވެސް އަހަރެންނަކަށް ކަލެއާއެކީ ކެތެއްނުވާނެ. އަދި ލަދެއްވެސް ނުގަނެއެއްނު. އެހެންމީހެއްގެ ދަރިއެއް އަހަރެންގެ ބޮލުގަ އަޅުވާކަށް. ބުނަންތަ ރަނގަޅު ވާހަކައެއް. އަހަރެން ނުކުރާ ކަމެއްގެ ޒިންމާއެއް އަހަރެން ނުނަގާނަން. ތިދަރި ގެންގޮސް އޭނާގެ އަސްލު ބަފާގެ ބޮލުގަ އަޅުވާ. އަޑުއިިވިއްޖެ.” އެހުރި ގޮތަށް މިޒްރާ ގޮވައިގެން ކޮޓަރިން ނުކުންނަމުން ޔައިޝް ހަޅޭލަވައިގަތެވެ. އައިސްފައިހުރި ގަދަ ރުޅީގަައި ކިޔޭ ނުކިޔޭ އެއްވެސް އޭނާއަކަށް ނޭނގެއެވެ. މެއާ ހިސާބުން އޮޅައިލެވިފައިވާ ފޮތިގަނޑުގައި ހިފަހައްޓައިގެންް ހުރެ މިޒްރާ ރޮމުންދިޔައެވެ. މިޒްރާ ގޮވައިގެން ޔައިޝް ބޭރަށް ނުކުތްތަން ފެނިފައި އަވަސް އަވަހަށް ޖިންސް ލަމުން ޒާންވެސް ނުކުތެވެ.
“ދަރިފުޅާ ޔައިޝް. ތީ ކޮންކަމެއް؟” ކޮތަޅުތަކެއް ހިފައިގެން ގެއަށް އައިސްވަތް ސާޖިދާ އާއި މުފީދު ޔައިޝްއާއި މިޒްރާ ފެނުމުން އަހައިލީ ކަންބޮޑުވެފައި ތިބެއެވެ. މިޒްރާ ހުލި ހާލުފެނުމުން ސާޖިދާގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭރު ބަދިގޭ ދޮރުމަތީ ޝުމީވެސް މިމަންޒަރުތައް ބަލަން ހުއްޓެވެ.
“މަންމާ. ދެން އިތުރަށް އެންމެ ހިނދުކޮޅަކުވެސް އަހަރެންނަކަށް މިއަންހެނާއާއެކުގައި ކެތެއްނުވާނެ. ބައްޕައަށްޓައި އަހަރެން ވަރަށް ކެތްކޮށްފިން. އެކަމަކު ދެން ނުވާނެ.” ޔައިޝްއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.
“ދަރިފުޅާ ނިކަން ހަމަޖެހިފަ ވީގޮތެއް ކިޔައި ދީބަލަ. މިހުރީ ކާކުތަ؟” މިޒްރާ ޔައިޝްއާއި ދުރުކުރަމުން ފަހަތުގައިހުރި ޒާންއަށް އިޝާރާތްކޮށްފައި ސާޖިދާ އަހައިލިއެވެ.
“ނޭނގެ އަހަރެންނަކަށް. އޭނަ މިގެއަށް ވެއްދި މީހަކަށްނު އެނގޭނީ އެއީ ކާކުކަން. މަންމާ. މިއޮތް ހުރިހައި ދުވަހު އަހަރެން ހީކުރީ މިޒްރާ ބަލިވެ އެއިނީ އަހަރެންގެ ދަރިއަކަށްކަމަށް. އެކަމަކު.. އެކަމަކު.. އެއީ ހުސްދޮގު. ބޮޑު އޮޅުވައިލުމެއް.” އައިސްފައިހުރި ގަދަ ރުޅީގެ ސަބަބުން ޔައިޝް ރޫރޫއަޅަމުން ދިޔައެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ކީކޭ؟ ދަރިފުޅާ ހެޔޮނުވާނެ ވެގެން އުޅޭގޮތެއް ތަންކޮޅެއް ސާފުކޮށް މަންމަމެންނަށް ކިޔައިދީބަލަ.” މިޒްރާގެ މޫނަށް ބަލައިލަމުން ސާޖިދާ އަހައިލިއެވެ. އޭނާގެ ފަހަތުގައި މުފީދުވެސް ހުރީ ވެގެންއުޅޭ ގޮތެއް ޔައިޝް ކިޔައިދޭނެ އިރެއްގެ އިންތިޒާރުގައެވެ.
ހިތްވަރުކޮށްފައި ކައިވެނި ކުރެވުނީއްސުރެ މިޒްރާ އޭނާއާާ ދޭތެރޭ އަމަލުކުރަމުން އައި އިހާނެތިގޮތް ޔައިޝް ކިޔައިދިނެވެ. އަދި މެލޭޝިޔާއަށް ބަދަލުވީ އެކަމުގެ ސަބަބުންކަމަށްވެސް ބުންޏެވެ. އަދި މިޒްރާގެ ދަރިއަކީ އޭނާގެ ދަރިއެއްނޫންކަމާއި ޒާންއާއި މިޒްރާއާާ ދެމެދު ދެކެވުނު ހުރިހައި ވާހަކަތަކެއްވެސް ކިޔައިދިނެވެ. އިވުނު ވާހަކަތަޖެއްގެ ސަބަބުން ސާޖިދާގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެނެވެ. އޭނާގެ ފަހަތުގައިހުރި މުފީދުގެ ދެބުމަ ގޮށްޖެހިގެން ދިޔައިރު ސާޖިދާ މިޒްރާއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.







Hey all.. Salaam.. Sry ingey lasvyma.. Hope u guys will like this part too.. Point out the mistakes for me ok.. Enjoy reading.. And hv a gud nyt all.. Ly all my dear readers.. ❤
Varah loabi ?next part ves avahah up kohladhehchey
Thanks mai.. Yes in sha allah
Heyy nau puddin.. comment nukohlevunas konme part eh vx kiyameyy igeyy.. v v salhi mi storyy… you are a fabulous writer ???❤❤❤
Hey ram puddin.. Hehe.. Thanks dear.. Same goes to ur story too.. V v v lwbi.. Hama knme part ehvx kiyan.. Up veythw bala balaa innany.. Hehe.. Luv it.. Kyp it up dear.. N happy to see ur comment❤❤❤???
Wow v nice but too short
Oww sry dear.. Thanks
V reethi. Kon irakun aneh bai genesdheynee. V inthizaaru kurvey
Thanks mishy.. In sha allah today
Xee first Yey wow finally mirzaa ah hunnaany bondi bovifa vvv vvvvv reathi mi part ves ?????????❤❤??????????????nd tomorrow part eh up ☝ kolaathi good night and love u ??
Sorry not first
Hehe.. Dhw.. She deserves it.. Anyway thanks xee.. Ya in sha allah today up kuraanan.. Luv u too dear❤
Yey me firs.. story warah rythi.. nd when is nxt prt?
Thanks ximya.. In sha allah today..
Wow…vv nyc…stry nimentha miulheni dn? Hw many more eps nau? U r soo talented…gud luck n tvgc?
Thanks alot yalun.. Ya its about to end.. May b 2 more parts.. Bt dnt wry.. Mi stry nimey irah ehn stry eh fashaanan..?
Vv reethi. Hadhakurey thankolheh dhigukoh genesdheebala.
Yes dear.. Will try.. Thanks
V best???
Thanks eyra❤
vv rythi ingey vaahaka kuriah dhaa goi. ?
Thanks sahoo
Nice
Thanks rish
Salhi ❤❤
Thanks nern❤
Wow… waiting next part … wow wow… I love this story ??
Thanks najoooo
varah reethii……? kurukho nama vx up khodhineethyy varah bodah shukuru…..keep going..??..Gud Nyt nau..
Thanks xim?
V REETHI but v kuru
Hehe.. Thanks dear..
Varah rythi
Thanks dear..
Masha Allah.. Nau, miyoh furihama kameh.. Hama bunaane ehchehves neynge.. Thi visnumaa hiyaalah hama thaureef kohkoh husnuvaane.. Ekam one mistake faahaga kohlevun.. Dhen annabaiga rangalhu kohlahchey igey.. Luv u nau
Yes dear.. Thanks.. Ya there will be mistakes.. V avas aeuvaalaafa liyuny.. Hehe.. Btw tell me the mistake. So that i cn correct it.. Btw thanks alot ainth.. Luv u too..
Hama best..nau thee hama vv talented kuhjje…kurin ves adhi mihaaru ves ….adhi story liyaaleh vvvv salhi…keep itup…lov ur stories…??????❤
Awwnn.. Thank u soo soo much lam..??❤❤
Wow salhi
Thanks xim..
Woww….. dhn yaish alkaa kairiyah dhw dhaanee.. next part kon irakun
Thanks dear.. In sha allah today
Wow….. varah varah reethi….. waiting…. ❤❤❤❤❤❤❤
Thanks zuam❤
Wow… It’s awesome… Varah varah salhi… Waiting for next part…
Thanks dear..
Wow!! Vvv salhi.. adhi Kiriya mi vaahaka mi reethi vany. When next part? Waiting…..
Thanks dear.. In sha allah today
Ebain mistake eh dear. File balaa dhaa thanuge starting ga inee shivan liyevifa. Anyways varah reethi… hendhunu avahah mi belenee up koffa intho..wish thankolheh dhigu namaey..
Hehe.. Oh yes.. Sry e ee check kuri gady alhaa nuganefa.. Thanks for telling dear.. In shs allah dhn in part dhigukohlevehthw try kuraanan ingey.. Thanks marie..
Knme parteh ves varah salhi… huriha parteh kiyan rau ves… nau varah molhu
Thank u sooo much rau..
hehe nau puddin. cute name. 😉 😉
like all the parts, varah salhi mi partvx. mee emme foari gadhakoh dhiya part 😀 haha mizra bust veeedhw. baraabaru ingey thi bust kohli goih. mihaaru story dhaagoih varah reeth n varah interesting.. waiting.. luv u nau puddin 😉 😉 😀 hehe
Hehe.. Thanks girl.. Luv u too.. ?
Wow varah v salhi story eh.
Thanks asko
?. When next part nau?
In sha allah today.. Thanks jjey
Yaaayyy.????nice
Thanks dear
Hama warah salhi
Thanks kul
Mi story liyaa writer varah best daily Koh upkohdheythii adhi story vx ehaa furihama.
Thanks shaa
Hey it’s very nice story..
Mivaahaka loyal kujjaa varahmolhu
Thanks hau
Nau srory v nice..bt liumuge kuda mistake eh ebain….yaish name jahan jehey thaaku shivan jehifa iny…..shivan staff roomga exam paper hadhan in vaahaka ethan kolhu…dnt mind it…..hama bunely v salhi sidhu ge favourite story miaky…nau thikuraa hiyvarah hama saabas…bye
Thanks sidhu.. V happy vehje mistake eh faahaga kohladhinyma. Change kuran ulhe ulhe ethan change eh nuvi.. Hehe.. Ehnve alhaanuly.. N thanks v bodah.. Hppy that its ur fav story.. Thanks sidhu..
Nau l am waiting…….mi part ves varah reethi hama best ??? kn irakun up kurany love girl????❤❤❤?
Thanks dear.. Soon..❤
Vvvv reethi n kn irakun nxt part….
Waiting …?????
Thanks yal v.. In sha allah soon.. ?
neyvaa hifahataagen indhe story ah click kohly..ajwadh hadhaani kihineh baavaey hitha ara ara ini??..varah salhi part eh mi..thank god hama rangalha thi bust kohli…haha…dhen vaagothe balamaa…waitting..love ya..❤️❤️❤️??
Hehe.. Ya dhw.. Thanks click.. Love ya too.. ❤
Wooooow..Nau..haadareechy mibaeves v nice vaahakaeh mee.???????????
Thanks mamee❤