Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 34

seym Level 310 Stories100 Login100 Comments
November 8, 2017 6 Mins Read
41 Comments

ލާމިހްގެ ކޮޓަރީ ދޮރުމަތީ އީރަމް މަޑުކޮއްލިއެވެ. ކުރަން އުޅޭ ކަންތަކާ މެދު ވިސްނާލަން ވަގުތު ކޮޅެއް ބޭނުންވީ ކަންނޭނގެވެ. ދެއަތުން ހިފަހައްޓާލައިން ހުރި ލެޕްޓޮޕް ގެ ސްކްރީނުން ފެންނަ ފޮޓޯއަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލިއެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިފައިވާއިރު އެ ސުވާލުތަކުގެ ޖަވާބު އީރަމް ކޮންމެހެން ވެސް އިނގެން ބޭނުމެވެ. އޭނާ ގެ ހިތުގައި ލާމިހް އަށް ލޯބި ވާފަދައިން ލާމިހް އަދިވެސް އޭނާ ދެކެ ލޯބިވޭބާއެވެ. އެއް އަތް މަތީ ހުޅުވާފައި އިން ލެޕްޓޮޕް ހަމަޖައްސާލަމުން އަނެއް އަތުން އަޅައިން ހުރި ގަދަ ބްރައުން ކުލައިގެ ޝޯލް ރީތި ކޮއްލިއެވެ. ލައިގެން ހުރި އާދައިގެ ކަޅު ހެދުމަށް އަވަސް ނަޒަރެއް ދެމުން އީރަމް ހަމަޖެހެން މަސައްކަތް ކުރިއެވެ. ލާމިހް އަށް އޭނާ ފެންނައިރު ހުންނާނެ ގޮތް އެހާ މުހިންމު ވީ ކޮންއިރަކު ބާއޭ އެވަގުތު އީރަމް ގެ ހިތަށް އެރިއެވެ. ނެތް ހިތްވަރު ލަމުން އީރަމް ކޮޓަރީ ދަޮރުގައި މަޑު މަޑުން ޓަކި ޖަހާލިއެވެ.

 

މަސައްކަތް ބުރަ ދުވަހަކަށް ވުމުން ލާމިހް އަށް އޮފީސް ނިންމާލެވުނީ އިރު އޮއްސުނު ފަހުންނެވެ. ވެފައިވާ ވަރުބަލިކަމުގައި މަޢްރިބް ނަމާދު ކޮއްލައިން ގެއަށް ވަދެވުމާއެކު ބޭނުންވީ އަރާމު ކޮއްލާށެވެ. ލައިގެން ހުރި އިސްޓާކީން ބާލަމުން އެއްފަރާތުގައި ހުރި ދާވަށިގަނޑަށް ވައްޓާލިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓެމުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ދިގުވާން ފަށާފައި ވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ކަރުގައި އޮތް ޓައި އަށް ދަމާލަމުން ބެގީ ނައްޓާލިއެވެ. ފާހަނާއަށް ހިނގައިގަތް އިރު މީހަކު ދޮރުގައި ޓަކި ދިން އަޑެއް ލާމިހް އަކަށް ނީވެއެވެ.

 

ދެތިން ފަހަރު ދޮރުގައި ޖަހާލުމުންވެސް ލާމިހްގެ ހަބަރެއް ނުވިއެވެ. ލެޕްޓޮޕް އާނާގެ ކޮޓަރީގައި ބައިންދާފައި ގެއަށް ދާންވެސް އީރަމް ގެ ހިތަށް އެރިއެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮއްފިނަމަ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އީރަމް އަށް އިނގެއެވެ. ދޮރު ތަޅުގައި ހިފާ އަނބުރާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ކޮޓަރީ ދޮރުމަތީ ހުރެ ލާމިހް ފެނޭތޯ އީރަމް ހޯދާލިއެވެ. ފާހަނައިގެ ލައިޓް ޖައްސާފައި ހުރުމުން ލާމިހް ފާހަނައިގާކަން އީރަމް އަށް ނަގައިގަނެވުނެވެ. އިތުރު ވަގުތު ނަގާނުލާ އީރަމް އެތެރެއަށް ވަދެ ވީހާ ވެސް މަޑުން ދޮރުލައްޕަމުން ތަޅުލިއެވެ. އޭނާ ލާމިހް ގެ ކޮޓަރީގައި ހުރިކަން އިތުރު މީހަކަށް އެނގެން ބޭނުންނުވަނީއެވެ. އެނދުގައި އިށީންނަމުން އުނގުމަތީގައި ލެޕްޓޮޕް ބައިންދާލިއެވެ.

 

ފެންވަރާ ނިމުމާއެކު އުނުގައި ތުވާލި އައްސަމުން ލާމިހް ފާހަނައިން ނުކުތުމާއެކު ހީވީ ބިރެއް ފެނުނުހެންނެވެ. އަންހެންކުއްޖެއްގެ ހަޅޭކެއްގެ އަޑު އިވުމާއެކު ލާމިހް އަށް އަޑު އައި ދިމާއަށް ބަލާލެވުނެވެ. ކުރިމަތީ ހުރި އީރަމް ފެނުމުން ލާމިހް އަށް ވެސް ހަޅޭލަވައިގަނެވިއްޖެއެވެ. އީރަމް އޭނާ ގެ ކޮޓަރިއަށް ވަނީ ކޮންއިރަކު ހެއްޔެވެ. އީރަމް ގެ މޫނަށް ވެރިވި ފަނޑު ރަތްކަމާއެކު ލާމިހް އަށް ފުރަގަސްދެމުން އެނބުރި މޭގައި އަތް އަޅާލިއެވެ. ” ބިރު ގަނެއްޖެއޭ.. އަހަރެން ހީކުރީ ހަންޑި ކުއްޖެއް ކަމަށް…” ލާމިހް އީރަމް އާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” އަމް… ލާމީ ނިމެންދެން ބޭރުގަ މަޑުކޮއްލާނަން..” ލާމިހް އަށް އޭނާގެ މޫނު ފެނުމުގެ ކުރިން އީރަމް ބޭނުންވީ އެތަނުން ނުކުންނާށެވެ. ” ނޫން.. ވެއިޓް ހިއަރ..” ފާހަނަ ކައިރީގައި ހުރި ބޮޑު އަލަމާރިން ޖީންސަކާއި ޓީޝާޓެއް ނަގަމުން ލާމިހް ބުނެލިއެވެ.  ފާހަނައަށް ވަދެފައި އިރުކޮޅެއެގެ ތެރޭގައި އެއްޗެހި ބަދަލުކޮއްލައިން ލާމިހް ނުކުތުމާއެކު އީރަމް ލާމިހް އާއި ކުރިމަތި ލިއެވެ. ” ކަޔާން ގެ ހަބަރެއް ނުވޭތަ… މިއަދު ހެނދުނު އޮފީހަށް ދަމުން ހޮސްޕިޓަލަށް ވަދެލިން..” އީރަމް ކައިރިން ލާފައި ގޮސް ރީތިވާ މޭޒުކައިރީ ހުއްޓެމުން ލާމިހް ބުނެލިއެވެ. ” އާން އަދި ހަނދާންނެތިފައޭ މިހިރީ.. ޖަނާ ރަނގަޅުތަ މިހާރު..” ލާމިހް ކުރާ އެއްވެސް ސުވާލަކަށް އީރަމް ގެ ފަރާތުން ޖަވާބު ނުލިބޭކަން އެނގުމުން ލާމިހް ފަސްއެނބުރި ބަލާލިއިރު އީރަމް އިނީ އެނދުމަތީ ލެޕްޓޮޕް ހިފައިންނެވެ. ” މި ފޮޓޯ ލާމީ އަށް ލިބުނީ ކިހިނެއް..” އީރަމް ތެދުވެ ދައްކާލި ފޮޓޯއިން ލާމިހް ގެ މޫނުމަތިން ހާސްކަން ފެނުނެވެ. އާނާ އަށް ލެޕްޓޮޕް ދިނުމުގެ ކުރިން އީރަމް އަށް އެ ފޮޓޯ ފެނިދާނެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލެވިފައެއް ނެތެވެ. ސިކުނޑިއަށް ބާރުލަމުން ދޭނެ ޖަވާބަކާ މެދު ލާމިހް ވިސްނާލިއެވެ. ” ހެހެ.. ތީދޯ.. ހަނާ ދިނީ.. ކިހިނެއްވީ.. އީމް ގެ އެހެން ފޮޓޯ ތަށް ވެސް އެބަހުރި.. ބަލާލަން ބޭނުންތަ..” ލާމިހް ބޭނުންވީ އެކަމުގައި ވަކި ހާއްސަ ކަމެއް ނެތްކަން އީރަމް އަށް އަންގައިދޭށެވެ. ” ދޮގު.. ހަނާ ކިހިނެއް މި ފޮޓޯ ލާމީ އަށް ދޭނީ..އޭރު ލާމީ އާއި ދިމާވެސް ނުވާނެ..” ލެޕްޓޮޕް އެނދުމަތީ ބައިންދަމުން އީރަމް ކޮޅަށް ތެދުވެ ލާމިހް ގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ. ” އެއީ ހަތަރު އަހަރު ކުރިން.. އާ އަހަރު ޝޯ ބޭއްވީ ރޭ… އޭގެ ފަހުން އަހަރެން ލާމީ އާއި ބައްދަލުވެ ވާހަކަދައްކަން ފެށީވެސް.. ދެން..” ލާމިހް ކަމެއް ސިއްރު ކުރާކަން އީރަމް އަށް ޔަގީނެވެ. ލާމިހް އިސް ޖަހާލަމުން ދެ ކޮނޑު ހިއްލާލީ ދޭނެ ވަކި ޖަވާބެއް ނެތޭ ބުނާހެންނެވެ. ” އާންސާ މީ… ވާރ ޔޫ ސްޕައިން އޮން މީ..” އީރަމް އެހެން ބުނުމާއެކު ލާމިހް ގެ ހީލުމުގެ އަޑު އިވުނެވެ. ” ވަޓް.. ނޯވޭ..” ލާމިހް އީރަމް ގެ މޫނަށް ނުބަލަން މަސައްކަތް ކުރިއެވެ. ” ލާމިހް އަދި ވެސް އަހަރެން ދެކެ ލޯބިވޭތަ..” އުއްމީދު ނުކޮށް ހުއްޓާ ދެން ކޮއްލެވުނު ސުވާލުން އީރަމް ވެސް ހައިރާންވިއެވެ. ” އެހެންވެތަ ޖަވާބު ނުދެވިގެން ތިއުޅެނީ.. އެހެންވެތަ އަދިވެސް ސިންގަލް ކޮށް ތިހުންނަނީ..” އީރަމް ގެ ސުވާތަކުން ލާމިހް އައިސް ހިފީ އީރަމް ގެ އަތުގައެވެ. ” އާން ލޯބިވޭ.. އީމް ފުރަތަމަ ފެނުނީއްސުރެ… އޭގެ ފަހުން ވެސް.. މިހާރުވެސް.. އަދި ކުރިއަތް އޮތްތާވެސް…” ލާމިހް ލޯތްބާއެކު އެހެން ބުނުމުން އީރަމް ގެ ގައިން ހީބިހި ނަގައިން ދިޔައެވެ. ” ރަނގަޅު.. އެއީ އީމް އަށް އަހަރެން މީ ކާކު ކަން ނޭނގެނީސް…އެކަމަކު އޭރުވެސް އީމް އަހަރެން ހިތުން ޖާގަ ހޯދައިފި… ފުރަތަމަ އީމް ފެނުނީ މާ ވިއްކާ ފިހާރައިން..” އީރަމް ގެ ސިކުނޑީގައި ވާ ފަނޑު ހަނދާންތަކުން އެރޭ އެތާ ހުރި ޒުވާނާ އެއި ލާމިހް ކަން ބުނެދިނެވެ. ” ދެވަނަ ފަހަރަށް އީމް ފެނުނު ރޭ ނެގި ފޮޓޯ އެއް އެއީ.. އީމް އައިސް މަޑުކޮއްލީ އަހަރެން ކުރިމަތީ.. އެކަމަކު.. އީމް ދެކެ ލޯބިވެވުނު ފަހުން އެނގުނީ ނާއިލް އާއި މެރީޑް ކަން.. އައިމް ސޮރީ..” ލާމިހް ކުޑަކޮށް ހިނިތުންވެލަމުން އީރަމް ގެ މޫނަށް ބަލާލިއެވެ. ” ދެން އަހަރެން ތިން އަހަރު ވަންދެން އިންތިޒާރު ކުރި ސުވާލުގެ ޖަވާބު ދޭނީ ކޮންއިރަކުން…” ލާމިހް އީރަމް އާއި ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އީރަމް ފަހަތަށް ފިޔަވަޅެއް އަޅައެވެ. ލާމިހް އާއި ކުރިމަތި ލާން ހަދައިން އެންމެ ފަހުން އީރަމް އަށް ކުރިމަތިވި ސުވާލު ވަކި ކުޑައެއް ނޫނެވެ. ފާރުގައި ބުރަކަށި ޖެހުމާއެކު އީރަމް ދޮރާއި ދިމާއަށް ދުއްވައިގަންނަން އުޅުމުން ލާމިހް އެ އަތުގައި ހިފެހެއްޓިއެވެ. ” އީމް ގެ ސުވާލުތަކަށް އަހަރެން ޖަވާބު ދިނީމަ އީމް ޖެހޭނެ ދޯ އަހަރެން ކުރާ ސުވާލަށް ވެސް ޖަވާބުދޭން… ” އީރަމް ގެ  ދެފަރާތުން ފާރުގައި ލާމިހް އަތް ޖައްސާލުމުން އީރަމް އިސްޖަހާލިއެވެ. ” ޓެލް މީ..” ލާމިހް އީރަމް ގެ މޫނު ފެންނާނެހެން ތިރިވެލިއެވެ. އިސްތަށިގަނޑުގައި ވާ ތެތްކަމާއި އެކު ރީތިކޮށް ކޮށާ އެއްވަރުކޮއްލާފައި ވާ މަތިމަހާއި ތުބުޅިން ލާމިހް ގެ ފިރިހެންވަންތަ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. ލާމިހް ގެ މޫނު އެހާ ކައިރިން ފެނުމުން އީރަމް ގެ އަތް ފައި ފިނިވެއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. ” އަމް.. ނޫން..” އީރަމް ގެ އަނގައިން އެހެން ބުނުމާއެކު ލާމިހް ބުމަ ހިއްލާލިއެވެ. ” އަހަރެންގެ ހިތް ބުނަނީ އީމް އަހަރެން ދެކެ ވަރަށް ލޯބިވެޔޭ..” އީރަމް ދެލޯ ބޮޑު ކޮއްލަމުން ލާމިހް ގެ މޫނަށް ބަލާލިއެވެ. ” ނުދަންނަ ނަމްބަރަކުން މެސެޖް ކުރަނީ އެހެންވެއެއްނު..” ލާމިހް ހެވިފައި އެހެން ބުނުމާއެކު އީރަމް ގެ އަނގަ ހުޅުވުނެވެ. އެކަންތައް ލާމިހް އަށް އެނގުނީ ކިހިނެއްހެއްޔެވެ. ” ނޯޕް.. ނުކުރަން..” އީރަމް އަދިވެސް ބެލީ އެކަންތައް ސިއްރު ކުރެވޭތޯއެވެ. ” އައި ނޯ އިޓް.. ވިތް ޕްރޫފް..” ލާމިހް އީރަމް ގެ މޫނާއި މޫނު ގާތް ކޮއްލަމުން ބުނެލިއެވެ. ” ކިހިނެއް..” އީރަމް ގެ މޫނުމަތިން ހާސްކަން ފެނެއެވެ. ” އުނހޫ.. ފުރަތަމަ ބުނޭ ލޯބިވެޔޭ.. އޭރުން..” ލާމިހް ބޭނުންވީ އީރަމް ގެ ދުލުން އެހެން ބުނާ އަޑު އަހާށެވެ. ދެފަރާތަށް ބޯ ތަޅުވާލަމުން އެތަނުން ނުކުންނާނެ ގޮތެއް އީރަމް ވިސްނާލިއެވެ. އެެހެން ހުރެފައި އިރުކޮޅަކުން ލާމިހް ގެ ކަންފަތާ ކައިރިވެލަމުން ހަޅޭލަވައިގަތެވެ. ބާރު ހަޅޭކުގެ އަޑާއެކު ލާމިހް ވެސް ސިހިފައި ދުރައްޖެހިލިއެވެ. ވަގުތު ގެ ބޭނުން ހިފަމުން އީރަމް ދުވެފައި ކޮޓަރިން ނުކުތުމާއެކު ލާމިހް ގެ ލުއި ހީލުމުގެ އަޑު އިވިގެންދިޔައެވެ.

………………………………………………………………………………………………….

ޖެހިގެން އައި ދުވަހު ހެނދުނު އަށެއް ޖެހިތަނާ ޒުލޭހާ ގެ ފޯނު ކޯލެއް ޖަނާ އަށް އައެވެ. ކަޔާން ހޭއެރި ވާހަކަ ބުނުމާއެކު ޖަނާ ގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. ކަޔާން ދުށުމަށް އެދޭވަރުން އަވަސް ވެގަތީ ހޮސްޕިޓަލަށް ދާށެވެ. ކަޔާން ހޭއެރި ވާހަކަ މެސެޖަކުން އީރަމް އަށް ފޮނުވާލިއެވެ. ޖަވާބުގައި ސުކޫލް ނިންމާފައި ހޮސްޕިޓަލް އަށް ދާނެކަމުގައި އީރަމް މެސެޖް ކޮއްލިއެވެ. ޖީންސަކާއި ޓީޝާޓްއެއް ލަމުން ޖަނާ އައިސް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ފާއިތުވި ދެދުވަހު ހަމަ ނިދި ނުލިބުމުގެ ސަބަބުން މޫނު މަތިން އެއްވެސް ތާޒާ ކަމެއް ނުފެނެއެވެ. މޫނުގައި ކްރީމް އުނގުޅާލަމުން ލިޕް ގްލޮސް ޖައްސާލުމުން ޖަނާ ހިތްހަމަ ޖެހޭ ވަރުވިއެވެ. ސަލްމާ ޖަނާ އާއި އެކު ދާން އުޅުމުން ވެސް ޖަނާ އެކަމާއި ދެކޮޅު ހެދިއެވެ. ފަނަރަ މިނެޓް ފަހުން ހޮސްފިޓަލަށް ވަދެގެން އައި ޖަނާ ޒުލޭހާ އަށް ގުޅާލީ ކަޔާން އޮތް ތަނެއް އޮޅުންފިލުވުމަށެވެ. ޕްރައިވެޓް ކޮޓަރީ ދޮރުމަތީ ހުއްޓުނު ޖަނާ ދޮރުގައި އެތެރެ ފެންނަހެން އިން ބިއްލޫރި ގަނޑުން އެތެރެ ބަލާލިއެވެ. އޭރު  ކަޔާން ގެ އެނދު ކައިރީ ޒުލޭހާ ހުއްޓެވެ. ޖަނާ ގެ މޫނު ފެނުމާއެކު ޒުލޭހާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. ” ޖަނާ ވަދޭ އެތެރެއަށް… އެބައަންނަން އިނގޭ…” ޒުލޭހާ ބޭނުންވީ ކަޔާން އާއި ޖަނާ އަށް އެކަނި ވަގުތު ކޮޅެއް ދޭށެވެ. ޒުލޭހާ ދިއުމާއެކު ޖަނާ ދެއަތް ދެއަތާ މޮޑެލިއެވެ. އޭނާ ކަޔާން ކައިރީ ބުނާނީ ވެސް ކީކޭ ހެއްޔެވެ. ވެދިޔަ ކަންތަކަށް ކަޔާން މައާފު ކުރާނެބާއެވެ. ދޮރު ހުޅުވާފައި ޖަނާ ވަނުމާއެކު ކަޔާން ޓީވީ އިން  ނަޒަރު ވަކިކޮއްލަމުން ޖަނާ ގެ މޫނަށް ބަލާލިއެވެ. ކަޔާން ގެ ބޮލުގައި އަޅާފައިވާ ބޭންޑޭޖް ގަނޑަށް ބަލަހައްޓައިން ޖަނާ އަށް ހުރެވުނީއެވެ. ކަޔާން މާ ވަރަކަށް ބަލާކަން އިހްސާސްވުމާއެކު ޖަނާ ހިނިތުންވެލިއެވެ. ” ހޭއި..” ކަޔާން ގެ އެނދު ކައިރީ ހުއްޓެމުން ޖަނާ ބުނެލިއެވެ. ” ހޫ އާރ ޔޫ…” ކަޔާން ޖަނާ ގެ މޫނަށް ބަލަހައްޓައިން އޮވެ އެހެން އަހާލި ގޮތުން ޖަނާ ގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ކަޔާން އަށް އޭނާ އެއީ ކާކުކަން ނޭނގެނީހެއްޔެވެ. އެކްސިޑެންޓް ގެ ސަބަބުން ކަޔާން ހަނދާންތައް ފުހެވުނީހެއްޔެވެ. ” އޯ ގޯޑް.. ކަޔާން.. މީ ޖަނާ އޭ..” ކަޔާން ގެ އަތްތިލައިގެ ހިފަމުން ޖަނާ އެހެން ބުނިއިރު ދެންމެ ދެންމެ ރޮވިދާނެހެން އެ އަޑުން ހީވެއެވެ. ” ހަހަހަ.. ތެޓް ވޯސް ފަން.. ޖަނާ ގެ މޫނަށް އެވީގޮތް.. ހަހަ.. ” ކަޔާން ގެ ހުނުމުގެ އަޑު އިވުމާއެކު ޖަނާ ކަޔާން ގެ އަތުން ދޫކޮއްލިއެވެ. ” ހާދަ ގޯހޭ.. އަހަރެން ހީކުރީ އަސްލަށްވެސް ކަޔާން އަށް އަހަރެން ނޭނގުނީ ކަމަށް..” ޖަނާ ތުންކޮޅު އޫކޮއްލަމުން ބުނެލިއެވެ. ” ހެހެ.. އެންމެން ހަނދާންނެތުނަސް އަބަދުވެސް ޖަނާ ވަކިކުރަން އިނގޭނެ.” ކަޔާން ޖަނާ އަށް ބަލާލަމުން އެ ބުނެލީ އެހިތުގައި އޮތް ގޮތެވެ. އެނދު ކައިރިއަށް ގޮނޑި ޖައްސާލަމުން ޖަނާ އިށީނދެލިއެވެ. ” މިހާރު ކިހިނެއް.. އެއްވެސް ތާކަށް ތަދުވޭތަ..” ޖަނާ ގެ މޫނުމަތިން ސީރިއަސް ކަން ފެނެއެވެ. ” ނޫން.. މިހާރު ރަނގަޅު… ” ކަޔާން ހިނިތުންވެލިއެވެ. ” ކަޔާން.. ވަރަށް ބޮޑަށް ސޮރީ.. އެރޭ އެކްސިޑެންޓް ވުމުގެ ކުރިން އެހެން ބުނެވުނީމަ.. ” ޖަނާ އިސްޖަހާލިއެވެ. ” ސީރިއަސްލީ.. ޖަނާ މާފަށް އެދެން ޖެހޭ ވަރު ކަމެއް ނޫނެއްނު އެއީ… ވާން ހުރި ކަމެއް ވާނެ… އެކްސިޑެންޓް ވީ ޖަނާ އެހެން ބުނެގެނެއް ނޫން..އައިމް ހެޕީ ޖަނާ އަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވީމަ..” ކަޔާން އެ ބުނި ވާހަކަތަށް ޖަނާ ވިސްނާލިއެވެ. ” އެހެންވީމާ.. ފްރެންޑްސް..” ޖަނާ އުއްމީދުން ފުރިގެންވާ  ނަޒަރަކުން ކަޔާން އަށް ބަލާލަމުން ބުނެލިއެވެ. ” ޔަގީނެއްނު.. ފްރެންޑްސް ވިތް ބެނެފިޓްސް ދޯ..” ކަޔާން އެހެން ބުނުމުން ޖަނާ ދެ ފަރާތަށް ބޯތަޅުވާލިއެވެ. ކަޔާން ގެ ގޮތް މަޑު މަޑުން އޭނައަށް ދަނީ ދަސްވަމުންނެވެ. ކައިރީގައި ހުރި މޭޒުމަތީ އިން ފެންތައްޓަށް ކަޔާން އިޝާރާތް ކޮއްލުމާއެކު ޖަނާ ފެންތަށި ކަޔާން ގެ އަތަށް ލައިދިނެވެ. ކޮއްލެވޭ ކުޑަ ހަރަކާތަކުންވެސް ގައިގައި އަޅާ ވޭނުން ކަޔާން އަށް ފެންތަށި ބޮވޭގޮތެއްނުވިއެވެ. އެ މަންޒަރު ބަލަން ހުރި ޖަނާ ކަޔާން އާއި ކައިރިވެލަމުން އެހީތެރިވެދިނެވެ.

 

ކަޔާން ގެ ކޮޓަރިން ނުކުތް އީރަމް ޖެހުނީ ލާމިހް ގެ ގައިގައެވެ. ސުކޫލް ނިމިގެން ކަޔާން ދެކިލުމަށްފަހު އީރަމް އަވަސްއަރުވާލައިން ނުކުތް ވަގުތު ބަލާނުލެވުނީއެވެ. ” ސޮރީ..” އީރަމް ދުރަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ. ” ސޮރީ ގަބޫލް ކުރާނީ ޖަވާބު ދިނީމަ..” ލާމިހް ގޮތްދޫނުކުރާ ފާޑަކަށް ބުނެލިއެވެ. ލާމިހް ލައިގެން ހުރި އެއްޗެހިން އޮފީހުގައި އުޅެފައި އައިކަން އީރަމް އަށް ނަގައިގެނެވުނެވެ. ” އައިމް ވެއިޓިންގް..” އީރަމް ހިނގައިގަތުމާއެކު ލާމިހް ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

ނިދަން އަރާ އޮތް އީރަމް ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެެވެ. ލާމިހް އުޅޭ ގޮތުން އީރަމް ގެ ހިތުގައި ވާ ލޯބި އިތުރަށް ސިއްރުކުރާކަށް ބޭނުމެއްނުވިއެވެ. ލާމިހް އާއި ދުރުގައި އުޅޭއިރު އެހިތް އަބަދުވެސް ވަނީ ލާމިހް ގެ ކައިރީގައެވެ. ކައިރީގައި އޮތް ފޯނު ނަގަމުން އީރަމް މެސެޖެއްލިއެލިއެވެ.

 

ފޯނަށް މެސެޖެއް އައުމުން ލާމިހް ކިޔަން އިން ފައިލް ލައްޕާލިއެވެ. ” އައި ލަވް ޔޫ ދަ މޯސްޓް..” އީރަމް ކޮއްފައިވާ ކުރު މެސެޖުން ލާމިހް އަށް ހީވީ ދުނިޔޭގަވާ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނުހެންނެވެ. އެދުގައި ހުރަހަށް އޮށޯވެލަމުން ފޯނުގައި ތުންފަތް ޖައްސާލިއިރު އެ މޫނުމަތިން އުފާވެރިކަންފެނެއެވެ. ދެމީހުނަށް ނޭނގޭ ކަމަކީ އެ ލޯތްބަށް ހުރަސްތަކެއް އައިސްދާނެ ކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ފަނަރަވަނަބައި)

Next

ހިނިތުންވުމުން 11 ވަނަ ބައި

Next
November 9, 2017

ހިނިތުންވުމުން 11 ވަނަ ބައި

Previews
November 8, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ފަނަރަވަނަބައި)

41 Comments!

  1. seym says:
    November 8, 2017 at 11:18 pm

    Salaam all.. ❤
    So finally eem said yes to laami..? Enjoy reading and yes 4 more parts dhn iny story nimen..? Mistakes huredhaane.. Goodnight all ❤

  2. aki says:
    November 8, 2017 at 11:27 pm

    v reethi mi part ves alhey dhen laamih n iraam vaki nukuraathi mihaaru kihaa dhuvahaku vakin ulhefi

    1. aki says:
      November 8, 2017 at 11:28 pm

      yey first libunee

    2. seym says:
      November 10, 2017 at 12:35 am

      Thanks aki ?

  3. Mau says:
    November 8, 2017 at 11:27 pm

    Alhey. Varah reethi ?

    1. seym says:
      November 10, 2017 at 12:35 am

      Thanks Mau ?

  4. alima says:
    November 8, 2017 at 11:27 pm

    yayyyyyy inthizaarkohkoh indhaa. thank u seym. mee mi site in kiyaa enmme reethi vaahaka. varah varah varah reethi vaahaka. aneh bayah varah varah varah inthizaarukurevey. gud nite.

    1. seym says:
      November 10, 2017 at 12:37 am

      Welcome dear ??
      And hama varah varah varah bodah thankyou ??

  5. SJK...KOREAN says:
    November 8, 2017 at 11:28 pm

    Wowww. Speechless hama. Eem haadha molhu gotheh hadhaafaey dhw laamy kaarin salaamaiyy evy. ? varah hini ai ethankolhun. Alhey mi story nimen ulhey thee varah dheravey ? one of my favorite story ❤❤❤? waiting for the next part.. Loves❤❤❤

    1. seym says:
      November 10, 2017 at 12:38 am

      Awwn thanks SJK ?
      Loves more ?

  6. zym says:
    November 8, 2017 at 11:29 pm

    wow. just hama wow. varah varah reethi. aneh bai avahah upload kolladhehchey

    1. seym says:
      November 10, 2017 at 12:38 am

      Thanks zym ??

  7. shanhaa says:
    November 8, 2017 at 11:39 pm

    vaahaka nimy iru laamee aa iram gulhi janay kayaan gulhigen vaahaka nimunima varah reethi vaany mihaaru ves varah reethi ??

    1. seym says:
      November 10, 2017 at 12:39 am

      Thanks dear ??

  8. firoo says:
    November 8, 2017 at 11:52 pm

    alhe lamee n eem dhuru nukurahchey..ehaa dhuvaskohfa egulhunyvs..mi story nimen ulhey vaahaka bunyma so sad???mee mi site in enme reethi vaahaka..enme kiyaa hithun kiyaa vaahaka❤❤❤❤❤..nxt partah v inthixaaru kurevey..wn nxt part up kohdheyny seym..waiting waiting waiting

    1. seym says:
      November 10, 2017 at 12:42 am

      Thanks firoo ?
      On SATURDAY ?

  9. rana says:
    November 9, 2017 at 12:08 am

    storyy salhi.. but eem and laami dhurukurahnaa foohi 🙁
    Eem and Laami deserve a happy life together right 🙂

    1. seym says:
      November 10, 2017 at 12:43 am

      Thanks rana ?
      Yes u r right ?

  10. Papaya says:
    November 9, 2017 at 12:48 am

    This part is ❤❤❤

    1. seym says:
      November 10, 2017 at 12:43 am

      Hey was missing ur comments. ?? Thankyou. ?

  11. Limsha says:
    November 9, 2017 at 6:01 am

    Varah loabi mi part

    1. seym says:
      November 10, 2017 at 12:44 am

      Thanks dear ?

  12. Xxxx says:
    November 9, 2017 at 7:03 am

    Vaahaka as usual v.v v reethi….?????..anehkkaa kon kakahala hurasthakehbbaaa???????laami n eam ???? waiting

    1. seym says:
      November 10, 2017 at 12:44 am

      Thanks dear ?

  13. xim says:
    November 9, 2017 at 7:12 am

    Heyyy vvvvvv cute mi story …..waiting…………

    1. seym says:
      November 10, 2017 at 12:45 am

      Thanks xim ?

  14. Shaai says:
    November 9, 2017 at 7:20 am

    Mi vaahaka kiyan beynun feshigen…. scroll kohggen hoadhaigen tha kiyan jeheyni.. ehen gotheh neennaane tha…?

    1. Xxxx says:
      November 9, 2017 at 8:12 am

      Author ge name in thanah fihthaaleema annaane story ge parts thah..dhen u can read page thakun , starting from the beginning.

    2. Shaai says:
      November 9, 2017 at 10:27 am

      Thank u ?

    3. Ainth says:
      November 9, 2017 at 12:34 pm

      Thedheh eyrah story ehkoh fennaane

  15. Sam says:
    November 9, 2017 at 7:46 am

    Vaahaka varah reethi. Thank you.

    1. seym says:
      November 10, 2017 at 12:46 am

      Thanks Sam ? and welcome

  16. yum says:
    November 9, 2017 at 7:54 am

    V reethi mi part waiting…….????

    1. seym says:
      November 10, 2017 at 12:46 am

      Thanks yum ?

  17. Ainth says:
    November 9, 2017 at 8:05 am

    Enme fahun loabivaa vaahaka bunevihje dhw.. V rythi mibaives.. Ekam haadha hyvey e gulhumah bayaku hasadha laanehen.. Ekam thedhuveri loabi fandehnuvaane dhw.. Anehbai khonirakun.. Luv u seym

    1. seym says:
      November 10, 2017 at 12:47 am

      Thanks Ainth ?
      On SATURDAY ?
      Luv u too ??

  18. Zuam says:
    November 9, 2017 at 8:35 am

    Masha Allah . … varah reethi….. waiting……. .❤❤❤❤❤

    1. seym says:
      November 10, 2017 at 12:48 am

      Thanks Zuam ?

  19. Pinky shifoo says:
    November 9, 2017 at 8:58 am

    Ohhh…. Wowwww… Seym mi story haadha reehchey… Knme partehvx mi kiyaalany ehvx foohikamehnethi v v kiyaalaahithun… I really loved it… Thank you mihaa reethi story eh genesdheythy… Waiting for next part

    1. seym says:
      November 10, 2017 at 12:49 am

      Thanks dearr for the sweet comment ?? your most welcome ?

  20. Reen says:
    November 12, 2017 at 12:22 am

    Konirakutha dhen vaahaka up kohladhenee v inthizaaru kuran up kohladheyne irkah pls pls pls Avahah up kohdheebala

Comments are closed.

Next Episodeތިޔަ ދިން އުފާ 35←


All Right Reserved!