ސިއްރުން މިހިތާ ކުޅެނީހޭ (ފަނަރަވަނަބައި)
“ހޭއި ޔާނާ. ބޭބީއެއް ހޯދާކަށް ނުވޭތަ؟” ލީޒާ ސުވާލުކޮށްލީ ކުރިމަތީ ކޮފީބޯން އިން ޔާނާއާއެވެ. “އަހަރެންވެސް ބުނެފީމޭ ދޮންތަ ކައިރި ތިޔަހެން” ޔާނާ ލާރާ އަދި ލީޒާ އިނީ ހޮސްޕިޓަލް ކޭންޓީނުގައެވެ. “ތި މީހުން ވެސް ނުވޭތަ މިހަކާ އިންނާކަށް” ޔާނާވެސް ކޮށްލީ ސުވާލެކެވެ. “އަހަރެމެންނަށް ފުރަތަމަ ބިޓެއް ލިބިގެނެއްނު” ލީޒާ މިހެން ބުނުމުން ލާރާ ލީޒާއާ ޓަޗެއް ޖަހާލީއެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.
“އަހަރެން އަދިވެސް މިހިރީ ލީޒާގެ އިންތިޒާރުގައި” ލީޒާގެ މޫނު ފެންނަގޮތަަށް ކުއްލިއަކަށް ގުދުވި ހުސެން ބުނެލިއެވެ. ލީޒާއަށް ލިބުނު ސިހުމުން ހަޅޭވެސް ލަވައިގަނެވުނެވެ. “ޗީ. މުޅިދުވަހުގެ މޫޑު މިހަރާބުވީ” ލީޒާ މިހެން ބުނެ ތެދުވެގެން ދިޔައެވެ. ޔާނާ އަދި ލާރާ ހުރީ ލާނެތްވައްތަރަކަށް ހެވިފައެވެ. “އޭއި ދެކުދިން. އަހަރެމެންގޭގައި މިރޭ އޮންނާނެ ބާތްޑޭ ޕާޓީއެއް. ސީދާ 11 45 ގައި. އަންނަންވާނެ. މިކްޔަންވެސް ގޮވައިގެން އިނގޭ” ހުސެން މިހެން ބުނުމުން ޔާނާ އަދި ލާރާ ބޯޖަހާލިއެވެ. ނަމަވެސް ޔާނާ ނުވެއް ދާނެއެވެ. އަދި އިންޖޯއި ކުރަން މާއަވަހެވެ.
*****
ފޯނެއްގައި ހުރެ ހޮސްޕިޓަލް އިން ނިކުންނަންދިޔަ ޔާާނާ ހުއްޓުނީ ފަހަތުން މިކްޔަން ގޮވާލުމުންނެވެ. އެހެންކަމުން ފޯނު ކަންފަތުން ދުރުކޮށްލަމުން ފަހަތަށް އެނބުރި ބަލާލިއެވެ. “ހިނގާ އަހަރެންނާއެކީ. ވަރަށް ލަސްވެއްޖެއްނު” ޔާނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންގެ ޔަން މިހާ ހިތްހެޔޮވީ ކޮންއިރަކު ހެއްޔެވެ. “ހިނގާ” މިކްޔަން ހިނގައިގަންނަމުން ބުނެލިއެވެ.
މިއަދު މިކްޔަން އައީ ސައިކަލުގައި ކަމުން މިކްޔަން ސައިކަލު ނަގައިގެން ޔާނާ ކައިރިއަށް އައިސް އަރާށޭ ބުނެލިއެވެ. ޔާނާ އެރީ އުފަލުންހުރެއެވެ. މިކްޔަން އަށާއި ޔާނާ އަށް ވަކި ހިސާބަކަށް ގޮސް ހުއްޓުން އެރީ ކުރިމަތިން ޒާއިންގެ ސައިކަލު ފަހަތަށް ލާރާ އަރަމުން ދާތަން ފެނުމުންނެވެ. މިކްޔަން ވަގުތުން ގޮސް ޒާއިންގެ ސައިކަލާ އަރާ ހަމަކުރިއެވެ. “އަނހަ ޒާއިން ޑްރައިވަރަކަށްވެސް ވީތަ؟” މިކްޔަން އަހާލީ ސަމާސާ ރާގަށެވެ. “ކޮއްކޮ ވެސް ޒާއިން އާއެކީ. ދެމީހުން އެއްކޮށް. އެއްސައިކަލެއްގައި؟ އަންބިލީވަބަލް” މިފަހަރު ޔާނާ ލާރާއާ ދިމާލަށް ބުނެލިއެވެ. މިކްޔަން އަދި ޔާނާ މިހެން ބުނުމުން ޒާއިން އަމިއްލަ ބޮލުގައި ހިނިތުންވެ ހުރެ ފިރުމާލިއިރު ލާރާ ހިނިތުންވެހުރެ އިސްދަށަށް ޖަހާލީއެވެ. ހައިރާންވެ ހުރެ މިކްޔަން އަދި ޔާނާ އެކަކު އަނެއްކަކަށް ބަލާލިއެވެ. “އާ ޔޫ ގާއިސް ބްލަޝިންގް؟” މިކްޔަން އާއި ޔާނާއަށް އެއްފަހަރާ ބުނެވުނެވެ. “ނޫ” ޒާއިން އާއި ލާރާ ހަމަބިމަށް އައިސް އަވަހަކަށް ދަމާލާފައި ބުނެލިއެވެ. މިކްޔަން އަދި ޔާނާގެ ހިތުގައި ވެސް ޝައްކުގެ ރާޅުބާންޏެއް ހިނގާލި ނަމަވެސް އެކަން މޫނުމަތިންނެއް ނުދައްކައެވެ. “ހިނގާ އެއްމެން ރައިޑަކަށް ދާން” އަވަސް އަވަހަށް ޒާއިން ބުނެލިއެވެ. “ތެދެއް ޔަން ހިނގާބަ. ވަރަށް ދުވަސް ވެއްޖެއޭ ބޭރަށް ނުނިކުމެލެވޭތާވެސް” ޔާނާވެސް އެކަމާ އެއްބަސް ވިއެވެ. މިކްޔަންވެސް އިތުރުވިސްނުމަކަށް ނުގޮސް ސައިކަލު ދުއްވާލިއެވެ.
4 މީހުން އެ ހަނދުވަރުދޭރޭ ރަސްފަންނުގައި ވަގުތު ހޭދަކުރީ ހިތްހަމަ ޖެހުމާއެކީއެވެ.
ޔާނާމެން ގެއަށް އައިސް ވަން އިރު ހުރީ 10 ވެސް ޖަހާފައެވެ. ކޮޓަރިއަށް ވަންނަން ދިޔަ މިކްޔަން ފެނި ޒާއިން ގޮވާލިއެވެ. “ދޮންބޭ” މިކްޔަން ހުއްޓުންއެރިއެވެ. އެހެން ގޮވާލާ އަޑު އަހަން އޭނަ ކިހާއިންތިޒާރެއް ކުރިހެއްޔެވެ. މިކްޔަން އެނބުރި މަޑުމަޑުން ޒާއިން އަށް ގޮވާލިއެވެ.
“ދޮންބޭ. އަހަރެންނަށް މާފް ކުރޭ. އަހަރެން. އަހަރެން މިހާރު އުފާކުރަން ދޮންބެ ދޮންބެދައްތަ އާއެކީ ނޯމަލްކޮށް އުޅޭތީ.އަހަރެން ބޭނުންވީވެސް އެގޮތް. އެހެންވެ ދެން އަހަރެމެން މިދުރުކަން ބޭއްވުމުގެ އެއްވެސް ފައިދާއެއް ނެތް” ޒާއިން މިހެން ބުނުމުން މިކްޔަން ވީއުފަލުން ޒާއިންގެ ގައިގައި ބައްދާލިއެވެ. ޔާނާ މަންޒަރު ބަލަން ހިނިތުންވެ ހުރުމަށްފަހު ކޮޓަރިއަށް ވަނެވެ. “ބައްޕަމެންވެސް ވަރަށް އުފާވޭ މިކްޔަންއަށް ތިއައި ބަދަލުން” ފަހަތުން އައި ނާސިހް ބުނެލިއެވެ. ނާސިހްއާއި ދާދި އެއްވަރެއްގައި އާލިމާވެސް ހިނިތުންވެފައި ހުއްޓެވެ. ނާސިހް އައިސް މިކްޔަންގެ ގައިގައި ބައްދާލިއެވެ. ނާސިހްގެ ކޮނޑުމަތީ ބޯއަޅައިގެން އޮތް މިކްޔަންގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ އުޅެނީ ނަޝްވާއާއި ގުޅިގެންކަން އިނގޭ ދުވަހުން މިމީހުންގެ އަހަރެންދެކެ ހާދަ ރުޅިއަންނާނެއެވެ. މާފެއްވެސް ނުކުރާނެ ކަންނޭނގެއެވެ. މިކްޔަން ނާސިހްއާއި ދުރުވެލަމުން ހިނިތުންވިއެވެ. އެއަށްފަހު ދަނީ ކަމުގައި ބުނެ ޒާއިން ކައިރި މިރޭ ޕާޓީއަށް ދާން ތައްޔާރުވާށޭ ކިޔާ ކޮޓަރިއަށް ވަނެވެ.
*****
ޒިޔާން އަށް ގުޅާލަން ހަދާލި ނަޝްވާގެ ދެބުމަ ގޮށްޖެހުނީ ނަޒީހްގެ މެސެޖެއް އައުމުންނެވެ. އޭގައި ވަނީ މިކްޔަންއަށް ގުޅުމަށް ބުނެފައެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް ނަޝްވާ މިކްޔަން އަށް ގުޅާލިއެވެ. ނަޒީހް އަށްޓަކައި އެވަރު ކަމެއް ކުރެވިދާނެ ނޫންހެއްޔެވެ.
ކޮޓަރިއަށް ވަން މިކްޔަން ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ ޔާނާ ކޮބާތޯއެވެ. ނަމަވެސް ފެންނަން ނެތުމުން ފާހާނާގައި ކަމަށް ނިންމައި ޔާނާ ނިދާ ސޯފާގައި އިށީއިނދެލިއެވެ. އެވަގުތު މިކްޔަންގެ ފޯނަށް ނަޝްވާގުޅުމުން މިކްޔަން ފޯނުނެގީ ފާޑަކަށް ފޫހިވެ ހުރެއެވެ. “ޔަން ކީއްވެ މިހާރު ގިނައިން ފޯނު ނުނަގަނީ؟ ފޫހިވަނީތަ މިހާރު އަހަރެން ދެކެ” މާޔޫސީއަޑަކުން ނަޝްވާ ބުނެލިއެވެ. މިކްޔަން އަށް އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެވުނެވެ. އޭނަ ފޫހި ކަމާއެކީ ފޯނު މިނަގަނީ ނަޝްވާ ގުޅީމަހެއްޔެވެ. އޭނަގެ ލޯބިވާ ނަޝްވާ ގުޅީމަހެއްޔެވެ. ކުށެއްނެތް ނަޝްވާއަށް މިދެވެނީ ހާދަ ބޮޑުވޭނެކެވެ.
“ނޫން ބޭބް. ކިހިނެއް ނަޝްމަތިން ފޫހިވާނީ. ޔާނާ ކައިރި ހުންނާތީ އޭ ނުނެގެނީ”
“އަހަރެންނަށް ހެޔޮ. މީގެ ފަހުން ކޮންމެ މީހެއް ކައިރި ހުއްޓަސް ފޯނު ނަގަން ޖެހޭނެ. ފޯނު ނަގާފައި ހަމައެކަނި ބިޒީއޭ ބުންޏަސް އަހަރެންނަށް ވިސްނޭނޭ. އިނގޭ ޔަން” ނަޝްވާ ބޯޖަހާލިއެވެ.
“އޯކޭ ފަހުން ގުޅާނަން” ފާހާނައިން ނިކުތް ޔާނާ ފެނި މިކްޔަން އަވަސް އަވަހަށް ބުނެލިއެވެ. ތެމިފައި ހުރި ބޯހިއްކަން ޔާނާ އުޅުނީ އަވަދިނެތިއެވެ. “ޔާނާ. މިރޭ ޕާޓީއަށް ދާން ވާނެއްނު” މިކްޔަން ޔާނާއަށް ބަލަން ހުރެ ބުނެލިއެވެ.
“ނޫން ޔަން ދޭ. އަހަރެން ނެތް ދާހިތެއް”
“ދެން އަޅެ ހިނގާބަލަ އަހަރެން ބުނީތީ”
“އަޅެ އަހަރެން ނުވެޔޭ ޕާޓީ އަކަށް ދާހިތެއް. އެވެސް މެންދަމު”
“ހެހެ. އެކަމް ހުސެންބުނީތީ ދާންވާނެއްނު” މިކްޔަން މިހެން ބުނުމުން ޔާނާ އަނގަޔަށް ގޮތެއްހަދަމުން ބޯހޫރުވާލިއެވެ. މިކްޔަން ތެދުވެ ގޮސް ޔާނާގެ އަތުގައި ހިފާލުމަށްފަހު ހަތަރުކަޅި ހަމަކޮށްލިއެވެ. “ޕްލީޒް ހިނގާބަ” އަސަރު ހުރިގޮތަކަށް މިކްޔަން ބުނެލިއެވެ. މިކްޔަންގެ ލޮލަށް ގެއްލި ހުސްވެފައި ހުރި ޔާނާއަށް ބޯޖަހާލެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. މިކްޔަން ހިނިތުންވެ ހުރެ ޔާނާގެ ލޮލުން ނަޒަރު ވަކިކޮށްލުމަށްފަހު ވެސް ޔާނާއާ ދިމާލަށް އަނެއްކާވެސް ބަލާލިއެވެ. މިކްޔަންއަށް އެއްމިޔަކަނުން ހީލެވުނީ ޔާނާ އަދިވެސް ގެއްލިހުސްވެގެން ބަލަން ހުރުމުންނެވެ. މަޑުމަޑުން ޑޯލް އޭބުނެލުމަށްފަހު ޔާނާގެ ދެލޮލަށް ފުރަތަމަފަހަރަށް ފުންކޮށް މިކްޔަން ބަލާލިއެވެ. މިކްޔަންއަށްވެސް ވީނުވީއެއްނޭގި ޔާނާގެ ލޮލަށް ބަލަންހުރެވުނެވެ. އެހެން އިރުކޮޅެއްވީތަނާ މިކްޔަންގެ ފޯނަށް މެސެޖެއްއައުމުން ދެމީހުނަށް ހަމަހޭވެރިކަން ވިއެވެ. މިކްޔަން އަވަސް އަވަހަށް މާނޫންކަމަށް ހަދާފައި ގޮސް ފޯނު ނަގައި ބަލާލިއެވެ. ހުސެންގެ މެސެޖެކެވެ. “އޭ 11 ޖެހީނުން. އަވަހަށް ރެޑީވެބަ. ވެއިޓް” މިކްޔަން ޔާނާއާ ދިމާލަށް މިހެން ބުނ ގޮސް ކަބަޑް ހުޅުވާލައިފައި ނެގީ ކޮތަޅެކެވެ.
“މި ލައިގެން ރެޑީވެބަ. އަންނާނަން ހުސެންގެއަށްގޮސްލާފައި. އެކޮޅުން އަހަރެން ރެޑީވެގެން އަންނާނަން ސީދާ 11 35 ހާއިރު ޔާނާ ބަލައި. ބީ ރެޑީ” މިކްޔަން މިހެން ބުނެ ނިކުމެގެން ދިޔައެވެ.
ޔާނާ އެނދުގައި ފޯނާކުޅެން އޮށޯއޮވެލީ ބޯހިއްކާލުމަށެވެ. އެގާރަގަޑި ފަނަރަ ހިނގުމުން ޔާނާ ތެދުވެ ގޮސް ހެދުން ނަގައި ލިއެވެ. ހަމަ އޭނައަށް ހެޔޮވަރެވެ. މަޑު ނޫކުލައިގެ ހެދުމެކެވެ. މޭމަތީ ކްރީމް ކުލަ ރޭނދާއެއް އަޅާފައި ވާއިރު އޭގެން ތިރި ހުރި ރޫތަކަކުން ޖަރީކޮށްފައެވެ. ޔާނާ ލޯގަނޑަށް ބަލަން ހުރެ ފުނާ އަޅާލުމަށްފަހު ބޮލުގައި ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ލޯއަނދުނުން ފަވާލުމަށްފަހު ތުންފަތުގައި މަޑުފިޔާތޮށިކުލައިގެ ލިޕްސްޓިކްއެއް ޖައްސާލިއެވެ. ދެން ކޮތަޅުތެރޭގައި އޮތް ކްރީމް ކުލައިގެ ޝިފޯން ޝޯލްނަގައި އަޅާލިއެވެ. އެއްމެ ފަހު ޕިން ބޮލަށް ޖަހަމުން ދަނިކޮށް މިކްޔަން ދޮރުހުޅުވާލާފައި ވަދެލިއެވެ. ޔާނާ އެނބުރި މިކްޔަންއަށް ބަލާލިއެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލާފައި ހުންނައިރު މިކްޔަން ހާދަ ރީއްޗެވެ. މޭމަތިން ދެގޮށް ނައްޓާފައި ހުރުމުން އިތުރަށް ފިރިހެންވަންތަކަމަށް ދައްކައެވެ.
“ޔާނާ އެގާރަގަޑި” މިކްޔަން ބުނަންއުޅުންއެތި ކަރުތެރޭ ތާށިވީ ޔާނާ ފެނުމުންނެވެ. ހާދަ ރީއްޗެވެ. މިރޭ ފިރިހެނުންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. ހިތަށްއެރިއެއްޗަކުން މިކްޔަން ދެފަރާތަށް ބޯހޫރާލިއެވެ.
“އެއްވެސް ރީއްޗެއްނޫން. ގަދަ ގަދަ މޭކަޕެއްކޮށްފައި” ޔާނާގެ ދެލޯބޮޑުވިއެވެ. “ގަދަތަ؟ ނުވާނެ އެހެނެއް. އަހަރެން މާ ރީތިވީމަ ތިއުޅެނީ” ޔާނާ މިހެން ބުނެ އަންނާށޭ ދާން ކިޔާ އެތަނުން ނިކުންނަން ހިނގައިގަތެވެ. މިކްޔަން ވެސް ދެބުމަ ކައިރި ކޮށްހުރެ އެތަނުން ދިޔައެވެ.
*****
ހުސެންމެންގޭ ސިޓިންގްރޫމްގައި މީހެއް ނެތުމުން ޔާނާ ހައިރާންވިއެވެ. “ޔަން ކޮބާ މީހުން”
“ޝޫޝް. އަންނާނޭ” މިކްޔަން މިހެން ބުނުމުން ޔާނާ އިތުރަކަށް އެއްޗެކޭ ނުބުންޏެވެ. އެގޮތަށް އެގާރަގަޑި ފަންސާސް ފަހެއް ވަންދެން ހުރުމަށްފަހު މިކްޔަމް އެދުނީ ޓެރެހަށް މިކްޔަންއާއެކީ ދިޔުމަށެވެ. ޔާނާވެސް ދެކޮޅުހެދުމެއް ނެތި ދިޔައެވެ.
ޓެރެސް އޮތީ މުޅިން އަނދިރިކޮށެވެ. “ޔަން މިތަން ހާދަ އަނދިރިއޭ” ޓެރެހުގެ މެދާ ހިސާބަށް ދެވުމުން ޔާނާ ބުނެލިއެވެ. “ވެއިޓް” މިކްޔަން އުޅުނީ ދާށެވެ. ނަމަވެސް ޔާނާ ހަމަހިލާ މިކްޔަން ދިޔަޔަކަ ނުދިނެވެ. އެހެންވެ މިކްޔަން އަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. މިކްޔަން ޔާނާގެ އަތުގައި ހިފާހުރެ ތުމުން ފުމެލިއެވެ. އެއާއެކު ބޮކިދިއްލުމާއެކީ އެއްމެން ހެޕީބާތްޑޭއޭ ކިޔާ ހުރިތަނުން ނިކުތެވެ. ޔާނާ އަށް އަމިއްލަ އަނގަމަތީ އަތްއަޅާލެވުނެވެ. ތެދެކެވެ. މިއަދަކީ އޭނާގެ އުފަންދުވަހެވެ. ކުރިމަތީ އަތް ޖަހަން ލާރާ އަދި ޒާއިންގެ އިތުރުން ލީޒާ އަދި ހުސެން ވެސް ހުއްޓެވެ. އޭގެ އިތުރުން ހޮސްޕިޓަލްގެ ބައެއް ރައްޓެހިންނެވެ.
“ހެޕީ ބާތްޑޭ” މިކްޔަން ޔާނާގެ ކަންފަތް ބުޑުގައި ބުނެލިއެވެ. ޔާނާ ލޯފެންކަޅިވެފައި ހުރެ ތެންކްޔޫއޭ ބުނެލިއެވެ. “ހެޕީ ބާތްޑޭ ޔޫ ލުކް ގޯރޖިއަސް” ލާރާ އައިސް ޔާނާ ގައިގައި ބައްދާލަމުން މިހެން ބުނެ މިކްޔަން ކައިރިން ޔާނާ ގެންދިޔައެވެ. ލާރާ ގޮސް ޔާނާ ބެހެއްޓީ ބޮޑު ގްރޫޕްއެއް ކައިރިއެވެ. ފިރިހެނުންވެސް އަންހެނުންވެސް ހުއްޓެވެ. މިކްޔަން އަށް އެދިމާލަށް ހިނގައިގަނެވުނީ ބޭއިހްތިޔާރުގައެވެ. އޭނާއަކަށް ނޭގެއެވެ. ޔާނާ އެހެން މީހަކަށް ފެންނަން އެހިތް ނޭދެއެވެ. މިކްޔަން ގޮސް ޔާނާއަށް ގޮވާލުމަށްފަހު އައުމަށް ބުނެލިއެވެ. ނަމަވެސް ލާރާ މަޑުކުރާށޭ ބުނެ އަނެއްކާ އެހެން ގުރޫޕެއް ކައިރި ހުއްޓުނެވެ. މިފަހަރުވެސް މިކްޔަން އެތަނަށް ހިނގައިގަތެވެ. އެވަގުތު ނަޝްވާ ގުޅަންފެށުމުން ފޯނުނަގައި އަވަސް އަވަހަށް ބިޒީއޭ ބުނެ ފޯނު ކަނޑާލީ އެކޮޅުން ނަޝްވާއަށް އެއްޗެކޭ ނުވެސް ބުނެވެނީހެވެ. މިކްޔަން ގޮސް ލާރާމެން ކައިރި ހުއްޓުނެވެ. ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
“ދޮންތަބޭ. އަހަރެމެން ދޮންތަ ކާލާކަށް ނޫޅެމޭ” ލާރާ މަޖާވެ ހުރެ މިހެން ބުނެ ޔާނާ ގޮވައިގެން ހިނގައިގަތެވެ. މިކްޔަން އަނެއްކާވެސް އެމީހުން ފަހަތުން ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓުނީ ހުސެން އައިސް މިކްޔަން ތަންކޮޅެއް ދުރަށް ގެންދިޔުމުންނެވެ. “ކަލޯ ކިހިނެއްވެގެން ތިއުޅެނީ އިޝްގުގައި ޖެހުނީދޯ” ހުސެން ބުނެލިއެވެ.
“އަހަރެން ނޫޅެން ކަމެއްވެގެނެއް. އިޝްގުގަ ޖެހިގެން ވެސް ނޫޅެން” މިކްޔަން ކަޅިއަޅާލަމުން ބުނެލިއެވެ. އޭރުވެސް އޭނަގެ ނަޒަރުހުރީ ގުރޫޕެއްގެ މެދުގައި ހުރި ޔާނާއަށެވެ.
“އެހެންވެ ދޯ އެމަންޖެ ފަހަތުން ތިދުވަނީ”
“އަހަރެން”
“ކޮން އަހަންނެއް” ހުސެން މިހެން ބުނުމުން މިކްޔަން ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެންނަކަށް ނޭނގޭ. ޔާނާ އެހެން ރީއްޗަށް ހުއްޓައި އެހެން މީހަކަށް ފެންނާކަށް ނުޖެހޭނެ. އެ އަހަރެންގެ”
“އޯހޯ. ޔޫ ލަވް ހާ”
ހުސެން މިހެން ބުނުމުން މިކްޔަން ބޯހޫރުވާލީ ނޫނެކޭ ބުނާށެވެ. “ޔެސް ޔެސް” ހުސެން މިކްޔަންގެ ކޮނޑުގައި ދެފަހަރު ޖަހާލިއެވެ.
މިކްޔަން ޔާނާއަށް ބަލާލިއެވެ. އެހެންވިއްޔާ އަހަރެން ނަޝްވާ ދެކެ މިވަނީ ކޯއްޗެއް ހެއްޔެވެ. މިކްޔަން ފުންކޮށް ވިސްނާލިއެވެ. އަހަރެން ކުރީގައި ހެން މިހާރު ނަޝްވާގެ ފޯނަކަށް އިންތިޒާރެއް ނުކުރަމެވެ. އޭގެ ބަދަލަށް ފޯނު ކަނޑާލެވެނީއެވެ. އަހަރެން ޔާނާ ކައިރި ހުންނަހިތްވެއެވެ. ވަގުތު ހޭދަކުރާ ހިތްވެއެވެ. އަހަރެން ނަޝްވާ ގުޅީމަ ފޫހިވެއެވެ. އެހެންވެ އޭގެ މާނައަކީ އަހަރެން ޔާނާ ދެކެ ލޯބިވަނީހެއްޔެވެ. އެހާ ރުޅިއަންނަ މީހެއްދެކެ ލޯބިވެވިދާނެހެއްޔެވެ.
އެވަގުތު ނަޝްވާ ގުޅަން ފެށިއެވެ. މިކްޔަން އެއްފަހަރު ފޯނަށް ބަލާލިއެވެ. އެއަށްފަހު ކުރިމަތީހުރި ޔާނާއަށް ބަލާލިއެވެ.
އާއެކެވެ. އަހަރެން ލޯބިވަނީ ޔާނާ ދެކެއެވެ. ހަމައެކަނި ޔާނާދެކެއެވެ. މިކްޔަން ނަޝްވާ ގުޅަމުން ދިޔަ ފޯނު ކަނޑާލުމަށްފަހު ކައިރީގައި ހުރި ހުސެން އަތަށް ފޯނު ދިނެވެ. އެއަށްފަހު ހިނިތުންވެ ހުރެ އަވަސް ހިނގުމެއްގައި ޔާނާއާ ދިމާލަށް ހިނގައިގަތެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
125 Comments!
Comments are closed.





Yayyy.. me 1st dhww???
Alhey noo.. ?ram thihn nuhadhaa.. mikoo lahvaa i love you bunuvaafa ninmaali nama…. ??alhey…?? o goddd.. maadhama ah v eba inthixaaru kurevey… guiter ge naru buri nuvanys up kurahchey ingey ram..?. nytss?❤?
N yes ramoo i m fine.. ? kury part ga ahaalaafa inyma mi buby..?
??? hey mal. Kommx naru buriviya nudhehchey guitar ge?? ?
Heheh maloo… yes your first eyy ? yes naruburi nuvanis up kohladheveythww balaanan ?? nytxx.. ???❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
Yeyy me second dhw ????
Yess sjk.. ??❤
Wwwwwooooowww, whens next part?
Thankyou love.. maadhen?❤
Varah varah loabi….. Finally he realised that he love her.. Next part wen
Yess mai.. miadhu.. ?❤
v reethi mi part ves next part avahah up kohla dheythi pls
Yess aki.. thankyou ?❤
Fantastic…
Kn irakun nxt part???
???
Thankyou yal v.. maadhen ??❤
Hi Ramko? Mirey hama mi vaahaka kiyaalaa hithun nunidhaa hury. At last!!! Wowww. U’re best. Yeyys yan ah loabi vevunydhw.. We have to celebrate ??
Haadhahaaaaey reethy mi story. Baeh faharu story kiyaa nimmaalaafa indheveny soni vehtifa?? hehe. Asluvx varah habeys mi part vx. Can’t wait to read nxt part. Ekamuvx dhen wait kuran dhw jeheynee.. Hithah araa mi story ehfaharaa ehkoh kiyaalan libeyne namaey ?? loves a lottt.. ❤❤❤❤❤
Waitingsss ??
Heyy sjk.. ? yes mikyan ah loabivevunyy.. hehe sjk ❤ alhey.. thankyou so much love.. loves much more babe ?❤
❤❤❤❤?
Alhey haadha loabi story ekey. ..mal emme kiyaahiyy vaa story akah mihaaru mivaahaka vejje..Thanks Ingey ram. When next part? ??Avas kohlahchey. Bye.ly
Awwn thanks mal ? maadhen igeyy.. keep waiting.. loves more ?❤
Ohhh ehkala mikyan ehmefahunn yaanage ishguga jehuniii dw hehe☺☺??vvvv rythi mibaiii ??ram dhooni hama???
Thankyou dhoonii.. hehe ?❤
Yeyy metha third….. Vvvsalhi ingey ram hama keh madhu vefaa nxt part…. Havavah up kohdhehchey….
No dhw….
yess mifaharu 3rd eh noon dww.. thankyou so so so much riii.. keep waiting love ?❤
Nice…waiting next part
Thankyou rose ? keep waiting ?❤
Yey. Varah reethi ?
Aww thankyou mauu ??❤❤
Wow..just wowwww..varah salhi part eh mi…??Superb ram…story kiyaafa nuni nunidhan vegen mihuri…finally yan ah realize vehje ehnun eyna loabivani yaana dheke kan…❤️❤️dhen othi zaain menge kanthakehnun..hehe…awwn..that sweet couple..?..zaain propose kohba dhen laara ah…no mistakes noted…so this part is perfect..????waitting…Have a peaceful night…Good Night..love you..❤️?
Thankyou so so so much click.. good morning ? loves much more ?❤
Welcome..❤️❤️ Next part up vaany kihaa iraku..??
Haveeru in sha allahh.. ?
wow..just wowww.?..bashuhtije…mi part hama varah salhi…superb..dhen keekai bunaany..?.omg finally yan ah realize vehje ehnunu eyna loabi vani yaana dheke kan..❤️.dhen othi zaain menge kantha…hehe…that sweet couple…??mirey hama story kiyaafa nuni nunidhaanvegen mini…mirey dream ga dhen fenaani story vi kanthah tha kaneyge..hehe..??i would be having a peaceful night cause I’ve read this beautiful story…n no mistakes noted..so this is perfect….have a peaceful night…Love you..❤️❤️❤️??
Loves more ?
Masha Allah.. Miyoh furihama kameh dhw.. Hama bunaane ehchehves neynge.. Ehaaves rythi mibaives.. Ram haadha molhey.. Anehbayah mihaaru mi inthixaaru kurany… Avas Avas Avas igey ram
Aww ainth.. thankyou varah varah bodah.. keep waiting.. maadhen hedhunu heylaafa..type kurevunu haa avahakah upkohladheynan igeyy.. thankyou so much dear ?❤
vaahaka hama v best bunaany ehves ehcheh neh adhikiriyaa vaahaka furihama vamun thidhani ??????
Awwwn.. thankyou so much dear ?❤
Dhw v salhi mihaaru vaahaka
Thankyou saajy ?❤
Ooo…vvv salhi…vv inthizaaru kurevey story eh mee…mal ge ihnthizaaruge naru buriviya nudhey thi nama nama ingey ram..eyrun vv dera vaane…dhw mal
Hehe lam.. yess malooge naru buriviya nudheythw mi balany ? thankyou lam?❤
Wow salhi. …
Thankyou shym ??❤
Enme rythi hisaabun thi ninmaly… Curiously waiting for nxt part…. jst luv ur writting skill…. Story was awsm….
Thankyou so so much nia ?❤
Varah reethi
Waiting for next part??
Thankyou dear ?❤
as always..mi part ves v rythi..not part avast kohl dhehchey ly❤❤
Thanks myshh.. yess.. loves more ?❤
Wooow. Maadhan kihaa iraku
Type kurevunu haa avahakah.. but maadhen .. keep waiting igeyy nahuu… thankyou so much ?❤
Yesss..finally mikyan loves her..thankyou for this part and great story..waiting..
Aww.. thankyou muxx ?❤
Wow???
Varah varah reethi.
Maadhan thankolheh kurin up kohllahchey..
Thankyou shaya dear.. heveerah veythw mi balany ?❤
Varah varah rythi mi part ves
Thankyou dear ?❤
Yeyyyy finally he realised……wow superb love the story……good job ram…….waiting waiting…..when next part??????
Aww xim.. thankyou so much.. today in sha allah.. ?❤
Nice twist. Love this dear?
Thankyou awaa ?❤
Nazeeh mikyan ah rulhi anna sababeh thankolheh avahah e’ngen beynun..
Aww dear.. dhn maa laheh nuve ingeyne ?❤
Aww dear.. dhn maa laheh nuve ingeyne ?❤
Wooooowww ??????????????????
Thankyou xxxx ?❤
VVVV Reethi
Thankyou rshh ?❤❤
ohh dhn haadha salhi ey…naseebennu e nashva gandu dheke foohi vevun kan ves…haadha salhi gothekey story ga mihaaru mi vany…kiyun theringe hiyaalaa eggothah vhk gendhaathee varah ufaa vey aslu…u are the best ram..hama award dhey varu vey..seriously…love u ram kaakukan neyngunas…haha waiting ingeg
Hehe dear.. thankyou so much dear.. lwbiveyy ?❤
Mashaa Allah v v v reethi mi part ves, Love you ? ramko, so happy vejje, kiyaalevuneema, may Allah bless you ?, last ??⏰??nidhuneema, nuves kiyunu, miadhu duty ga kudakoh busy v ma maa lahun mikoyaalevunee, BT abadhuves kiyaahithun hun nanee bt busy v ma up vaairah nukiyenee
Its ok dear.. kithanme lahun kiyaalaafa vx comment kohlaathy v ufaavey.. konme part eh ga vx dear ge comment eh libeykn v faahaga veyy.. ? heii btw kn name eh tha kiyan v dear ah?? Haw, shiaa, shabaa or shiaar?? Thankyou ?❤
vv reethi . hama inee hiyy huhtifa..
Thankyou love ??❤
Ram…haveeruves lahee…eyahvure kurin kiyaalaa hiyvvey
Alhey shayaa.. v balaanan kurin upkohleveythww igey.. but not sure ?❤
Alhey haadha reechey
Kulaahuga vaahaka eh liyan dheefiyyaa galan hafan thiben jeheyniii hehe mihar mi part kiyun vareh ves neyge
Waitinggg ????
Hehe yal.. thankyou so much.. loves ?❤
V reethii. ..hama habeys…v salhi. ..aslu ram ge full name aky kobaa
Thankyou ramlaa.. ramlaa aa gulheyne kanneyge ?
????❤❤❤
Awww yainu ?❤
Ram dhn up khdhybaa mihaaru kehmadhuvany kiyaa hithun ☺????
Nahuu thankyou ?❤
Nahuu thankyou ?❤
Alhe mihaaru next partah inthizaaru kuraathaa konireh… Ram konirakuntha up kuranyy can’t waiting…
Awww shifuu ?❤
Story is awsome Ram ???
Waiting for the nxt part dear. Gud luck ?❤
Thankyou zeyn.. ???❤
Woww…masha allah… next part pleex…. ❤❤
Thankyou nerz.. ???❤
avaHAH UP KOHDHY BA …PLXX
?????
Alheyy ram mihar hurevenikee ehves noooon ?
Aww yal v ??❤❤
miadhu ehkoh hama mi vaahakaige inthixaaruga.. adhivx mi balany guitar ge naru burinuveytho 😉 😉 waiting waiting . avahaa up kohlahcheyy. hehe aslu varah kiyaa hithun huryma aadheys kureveny 🙂 🙂
Heheheheh sjk.. its ok love ?❤❤
Kobaatha
?????
Abadhu me last dhw ???? but any ways vaahaka Vvvvvvvvvvvvvvvv reethi ly ram ? ? ? ? kon irakun tha next part? ? ? ? ? ? ?
Last viyas ok eyy comment kohlanikoh dear ?❤
Heyy 9 haairu upkohladheynan.. sorry.. @maloo and @sjk naru buriviya nudhehcheyy ??
Ram alhey haadha lahey
Hama kiyaa hihvaavarun mi aadheys kureveniii ?????
Awww yal v ❤❤
kehtherikamuge meyvaa foni vaaney dhw ram . hehe . waiting waiting
Hehe lai ❤❤
Kobatha adhives nuvy
????
ram ge story v nice igey… hiyaaleh nukyrantha story liye market kuraakan… I think v ginameehunge tharuheeb libeyne ramge story books thakan…. Asluves v v Reethi story.. keep it up dear… love much… <3
Awww thankyou so much luv.. visnan v thikamaa ? hehe
Mihar 9 vaan kairi vanee alheyyy I can’t wait to read nxt part…??
Hama kiyaahithun hureveniiikiives nooooon ???
Ramm avas kohdheeeeeeee
????
??????
???
9 vejjey mihaaaru … Avahah up kohladheebala
??????
Aslu kiyanee hawwa, BT haw kiyanna v ufaavaane friends kudhin kiyaanee haw
Ram 9 vejjeh mihaaru awas kh uploa khdhyyybaaaaaa
????????
Upkohlaafin nahuu ?❤❤