ސިއްރުން މިހިތާ ކުޅެނީހޭ (ބާރަވަނަބައި)
ޔާނާ އާޓިފިޝަލް ބީޗްއަށް ގޮސް ގޮނޑިތަކަށް ނަޒަރު ހިންގާލިއެވެ. ދުރުގައި އިން ގޮނޑިއެއްގައި އިން ލީޒާ ފެނުމުން ޔާނާ ހަލުވި ހިނގުމެއްގައި ގޮސް ލީޒާ ކައިރި އިށީއިނދެލިއެވެ.
“ކީއްވެ ކުއްލިއަކަށް މިކްޔަން އަށް އެހާބޮޑު ބަދަލެއް އަންނަންވީ؟” ޔާނާ ފެނުމާއެކީ ލީޒާ ޔާނާގެ އަތުގައި ހިފާ އަހާލިއެވެ. “އަހަންނަކަށް ވެސް ނޭނގެޔޭ ލީޒް. ގަބޫލެއްވެސް ނުކުރެވޭ.. ރޭގަވެސް ހީވަނީ އެހެން ފަދަ ކަމެއްހެން. އެނދުގައި ޔަން ކައިރި ނިދާށޭވެސް ބުނި. މަށަކަށް ނުކެރުން ބިރުން ވެސް. ޔަން އަށް ކުއްލިއަކަށް އެހާ ބަދަލެއް ނާންނާނެ ހެން ހީވަނީ” ޔާނާ އޭނަގެ ވިސްނުން ހާމަކުރިއެވެ.
“ހަމަ ވިސްނިވެސް ދާނެ. އެކަމް އޭނަގެ ލޯބިވާ ނަޝްވާ ވެސް ދޫކޮށްލީއޭ ބުނީމަ ގަބޫލު ނުކުރެވެނީ. ހިނގާ ޔަގީން ކުރަން؟” ބުމަ އަރުވާލަމުން ލީޒާ ބުނެލިއެވެ. “އަހަންނެއް ނުދާނަން ނަޝްވާ ކައިރިއަކަށް ގައިމުވެސް ޔަގީން ކުރާކަށް”
ޔާނާ އެއްގޮތަކަށްވެސް ނަޝްވާ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނޫނެވެ. “އެކަމް ޔާނާ. ނަޝްވާ ކައިރި އަހާލާނީއޭ ރުޅީހޭ” ލީޒާ މިހެން ބުނުމުން ވެސް ހަމަހިލާ ޔާނާ އެއްބަހެއް ނުވިއެވެ.
ވާހަކައިގައި ތިބި ޔާނާ އަދި ލީޒާއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށް ނަޝްވާ ކުރިމައްޗަށް އެރުމުންނެވެ. އެމޫނުމަތިން ރުޅިވެރިކަން ފެނެއެވެ. ޔާނާގެ ދުލުން މަޑުމަޑުން ނަޝްވާއޭ ކިޔާލެވުނެވެ.
“ކަލޭ ހީކުރީތަ ޔަން އަހަރެންގެ އަތުން އަތުލާފައި ކަލޭއަށް އުފަލެއް ލިބޭނެ ހެން. ނޫން. ދެލޯބިވެރިންގެ ދެމަދަށް ވަންނަމީހަކީ ހާދަ ގޯސް މީހެކޭ. ހަހް.. ތިހާއަމިއްލަ އެދުން ބޮޑުމީހުންނަށް ކިހިނެއް އިނގޭނީވެސް. އަހަރެންނަކަށް ނޭނގޭ ކަލޭ ކޮން ސިހުރެއް ޖެއްސީކަމެއް އިއްޔެ ހަވީރު އައިއްސަ އަހަރެންގެ ޔަން އަހަރެންނާ ރުޅިވީ އަހަރެންގެ ކޮން ކުށެއް އޮވެގެން؟ ޔަން ބުނީ ޔަން ބޭނުމީ އަނބިމީހައާއެކީ ލޯބިން އުޅޭށޯ. އަހަރެން ބޭނުމެއްނޫނޯ ޔާނާ ދޫކޮށްލާކަށް. އަހަރެންނަށް މިހާރު ވިސްނިއްޖޯ ކައިވެންޏަކީ ކިހާވަރެއްގެ އެއްޗެއްކަން. އާރގް. އަހަރެން އަދި ބަދަލު ހިފާނަން ޔާނާ ޒިޔާދު. ބަލަން ހުންނާތި” ނަޝްވާ ޔާނާއާ ދިމާލަށް ކިޔާނެ އެއްޗެއް ކިޔާފައި ދިޔައީ ޔާނާ ބުދަކަށް ހަދާލާފައެވެ.
ފަސްއެނބުރި ހިނގައިގަން ނަޝްވާ ގަހެއްގެ ނިވަލުގައި ހެވިފަ ހުރި މިކްޔަން އަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނަ ޔާނާ ކައިރި ބަދަލުހިފާނަމޭ ބުނީ ކޮންމެހެން ބަދަލު ހިފާކަށް ނޫނެވެ.
މިކްޔަންގެ ތުންފަތްމަތީ ވީ ކާމިޔާބީގެ ހިނިތުންވުމެވެ. އޭނާ ކުއްލިއަކަށް ޔާނާއާ ކައިރި ވުމުން ޔާނާ ގަބޫލެއްނުކުރާނެކަން އޭނައަށް ކުރިންވެސް އިނގެއެވެ. އެހެންވެ ނަޝްވާ ލައްވާ މިއެކްޓް ޖެއްސީއެވެ. މިހާރު ޔާނާ އަށް ގަބޫލުކުރެވޭނެއެވެ.
“އޯހް ޔާނާ” ލީޒާ ޔާނާ ގައިގައި ބައްދާލިއެވެ. “މިކްޔަން އިޒް ޔުއާސް. އަލްހަމްދުލިއްލާހި މިކްޔަން އަށް ވިސްނިއްޖެ. އައި އޭމް ސޯ ސޯ ހެޕީ” ލީޒާ ޔާނާއާ ދުރުވެލިއެވެ.
“އޯ ލީޒް. މީ ހުވަފެނެއް ނޫންދޯ. ހަމަ މިކްޔަން ޗޭންޖް ވީ. އެހެންނޫންނަމަ ނަޝްވާ އެހާ ރުޅިއައިއްސް މިކްޔަން އޭނަ ދޫކޮށްލީއެކޭ ނުކިޔާނެ އޭނުން” ޔާނާއަށް ހަމަބިމަށް އާދެވުމުން ލީޒާ ކުރެން އަހާލިއެވެ. ލީޒާ ބޯޖަހާލުމުން ޔާނާ އަށް ފުންމަންފެށުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. “އެކަމް ޔާނާ ބަލައިގެން އުޅޭތި. އެބުނީނު ބަދަލު ހިފާނަމޭ” ލީޒާ ސީރިއަސްވެލިއެވެ. “އަހަރެން ބިރެއްނުގަނެ. ޔަން އަހަރެންނާއެކީ ހުރިހާ ހިނދަކު ހެޔޮ ކޮންމެ އުދަގުލަކާ ދިމާވިޔަސް. އުފަލުން ޔަންގެ އަތުގައި ހިފައިގެން ހުރެ ގިރާކުރާނަން.” ޔާނާ ހުވަފެނީގޮތަކަށް ބުނެލިއެވެ. މިއަދު އޭނާއަށް އޭނާގެ ލޯބި ލިބިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. ނަމަވެސް އޭނާގެ މިލޯބި އޭނާ ފުން ވަޅަކަށް ވައްޓާލުމަށް ވަޅު ކޮންނަމުންދާކަން އޭނާއަށް އިނގޭނީ ކިހިނަކުންހެއްޔެވެ.
****
ލާރާ މިއަދު ހޮސްޕިޓަލްއަށް ދާން ޖެހެނީ ހަވީރު 4 ޖަހާއިރު ކަމުން 3 50 ގައި އޭނަ ގޭގެ މަގުމައްޗަށް ނިކުތެވެ. ހުދު ލާރާ ވެސް އޭނައަށް އަވަހަށް ތައްޔާރު ވެވުމުން ހުރީ ހައިރާންވެފައެވެ. މަގުމައްޗަށް ނިކުން ޔާނާއަށް ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސައިކަލު މަތީ އިން ޒާއިންނެވެ. އޭނަ މުޅި ރަސްފަންނުގައި ބޭޒާރުކޮށްލާފައި މިތާ އޭނަ ކުރިމަތީ ހުންނަން ކެރުނީތީ ލާރާ ހައިރާންވިއެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު ލާރާ އިސްދަށަށް ޖަހާލުމަށް ދިޔުމަށް ހިނގައިގަތެވެ. ސައިކަލުގައި އިން ޒާއިން ވެސް ލާރާއާ އެއްވަރަށް ދުއްވާލިއެވެ. “ހޭއި. އައިއޭމް ސޮރީ” ލާރާއަށް އަޑުއިވުން ނަމަވެސް އެހުރި ގޮތަށް ހުރެ ހިނގަމުން ދިޔައެވެ. ދެވަނަ ފަހަރަށް ޒާއިން އެހެން ބުނުމުނވެސް ލާރާ އަނގައިން ނުބުންޏެވެ. ޒާއިންވެސް ދެން އެއްޗެކޭ ނުބުނެ ލާރާއާ އެއްވަރަށް ދިޔައެވެ. ދުރުން ހޮސްޕިޓަލް ފެންނަން ފެށުމުން ލާރާ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންގެ ފަހަތުން ނާހިސް ދޭ މިތަނުން”
“ނުދާނަން މާފް ކުރީމަ ނޫނީ.” ޒާއިން މިހެން ބުނުމުން ލާރާ އަވަސް ހަރަކާތަކާއެކީ ސައިކަލުގައި އިން ތަޅުދަނޑި އޮފް ކޮށްލިއެވެ. އެއާއެކު ސައިކަލު ހުއްޓިގެން ދިޔައެވެ. ލިބުނު ފުރުސަތުގައި ލާރާ ބާރަކަށް ހިނގަންފެށިއެވެ.
ޒާއިން އަވަސް އަވަހަށް ސައިކަލު ސްޓާޓް ކޮށްލުމަށްފަހު ލާރާއާ އެއްވަރު ކުރިއެވެ. “މިއަދު ހެނދުނު ވެސް ހާދަ މެސެޖެއް ކުރީމޭ” ޒާއިން ވާހަކަ ދައްކަން އުޅުނެވެ. “ޒާއިން ޕްލީޒް” ލާރާ މިހެން ކިޔާ ޒާއިންގެ ވާހަކަ ހުއްޓުވުމަށްފަހު ސައިކަލު ތަޅުދަނޑި ނައްޓާލިއެވެ. އެއަށްފަހު އެ ޒާއިންއާ ދިމާލަށް އެއްލާލުމަށްފަހު ހިނގައިގަތެވެ. ޒާއިން އަވަސް އަވަހަށް އަނެއްކާވެސް ސައިކަލު ސްޓާޓްކޮށް ގޮސް ލާރާއާ އެއްވަރު ކުރިއެވެ.
ލާރާ ޒާއިންއާ ދިމާލަށް ބަލާލީ ރުޅިވެރިކަމާއެކީއެވެ. ޒާއިންއަށް މިފަހަރު އަމިއްލަޔަށް ސައިކަލު މަޑުކޮށްލެވުނެވެ. ލާރާގެ ލޮލުން ހީވަނީ އޭނަ އަންދާލަން އުޅޭހެންވިއްޔާއެވެ. ޒާއިން މަޑުކުރުމުން ލާރާ ހޮސްޕިޓަލްއަށް ވަންނަށް ހިނގައިގަތެވެ.
ލާރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އޭނާ ފަހަތުގައި ސައިކަލެއް ހުއްޓުމުންނެވެ. އެ ސައިކަލުން އޭނާގެ ފައިގައި މަޑުމަޑުން ނަމަވެސް ޖެހުންވެސް ޖެހުނެވެ. ލާރާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. “ކިހާ ދެރަކަމެއް ޒާއިން.. އަހަރެން” ފަސްއެނބުރި ރުޅިއައިސްގެން އެއްޗެހިކިޔާލި ލާރާ ހުއްޓުންއެރީ ކުރިމަތީ ސައިކަލުގައި އިން މުސްކުޅި ފިރިހެނެއް ފެނިފައެވެ. އެމީހަވެސް އިނީ ބިރުން ފިއްކަނޑައިގެން ގޮއްސައެވެ. “ބައްލަވާ އަޅުގަނޑު ގަސްތުގައެއް ނޫން” އެމީހާ އަވަސް އަވަހަށް ބުނެލިއެވެ. ލާރާއަށް ދެލޯމަރާލެވުނެވެ. “ނޫން ބޭބޭ ސޮރީ. އެ ކަމެއް ނޫން. އެހެންމީހެކޭ ހިތާ އެއްޗެހި ކިޔުނީ” ލާރާ ހިނިތުންވެލާފައި ބުނެލިއެވެ. އެމީހަވެސް ބަދަލުގައި ހިނިތުންވެލިއެވެ. ލާރާ އަވަސް އަވަހަށް ހޮސްޕިޓަލް އަށް ވަންނަން ދިޔައެވެ. ވަންނަން ދިޔަ ލާރާ ފަހަތް ބަލާލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭގެއެވެ. އޭނާއަށް ހީވިގޮތަށް ފަހަތުގައި ސައިކަލުގައި އަނގަމަތީ އަތް އަޅައިގެން ހިނިގަނޑު މަތަކުރަން ޒާއިން އިނެވެ. ލާރާ ތުންއަނބުރާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.
****
ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލި ހުސްވެފައި ޔާނާ އޮތެވެ. “ދަރިފުޅާ ނުވެސް ކާ ދުވަހެއްތަ؟” ކޮޓަރިއަށް ބޯދިއްކޮށްލި އާލިމާ ގޮވާލުމުން ޔާނާ ފޮތް ލައްޕާލިއެވެ. މިދަނީ އޭ ބުނެ ޔާނާ ތެދުވެ ފާހާނައަށް ވަދެލާފައި ނިކުތެވެ.
“އަވަހަށް އާދޭ ޔާނާ ނާހިސްގެން މިހިރީ. ބައްޕަ އެއް މިރޭ ނާންނާނެ” އާލިމާ ކާމޭޒުމައްޗަށްް އެއްޗެހިތަށް އަރުވަމުން ބުނެލިއެވެ. މިކްޔަން އާއި ޒާއިން ވެސް އިށީއިނދެލައިގެން އިނެވެ. ޔާނާ ގޮސް އާލިމާއަށް އެހީވެދިނުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. މިކްޔަން ތައްޓެއް ނަގަން އަތްދިއްކޮށްލި ނަމަވެސް އަތްދުރުކޮށްލަން ޖެހުނީ ޔާނާ ތައްޓެއް ނަގައި ކައިރީގައި ބަހައްޓާލީމައެވެ. ކިތަންމެ ފޫހިވިކަމުގައިވިޔަސް މިކްޔަން ހިނިތުންވެލިއެވެ. އާލިމާ އަދި ޒާއިން ހުރީ ފާޑަކަށް ކޮސްވެފައެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ.
މިކްޔަން އިނީ ހަދާނެގޮތެއް ނޭގިފައެވެ. ޔާނާ ބަލާލާ ކޮންމެ ފަހަރަކު ހިނިތުންވެލުމަކީ އޭނައަށް ހާދަ އުދަގޫ ކަމެކެވެ. މިކްޔަން އަވަސް އަވަސް ކޮށްލައިގެން ކޮޓަރިއަށް ދިޔައެވެ. ޔާނާ ވެސް އަވަސް ކުރެވޭތޯ ބެލިނަމަވެސް ކެއުމަށް ލަސް މީހަކަށް ވުމުން އެކަމެއް ނުވިއެވެ.
ޒާއިން ގަޑިބަލާލިއިރު ކަމަކު ދާކަށް ނެތެވެ. 10 ޖަހަނީއެވެ. ލާރާ މިހާރު ނިމޭނެއެވެ. ވަގުތުން ތަށިދުރުކޮށްލާފައި ގޮނޑިން ތެދުވިއެވެ. “އޭ އޭ މަނިކާ ނުވެސް ކައި އަވަސްއަރުވާލައިގެން ކޮންތާކަށް ދާނަމޭހިތާ ތިއުޅެނީ؟” އާލިމާ ބުނެލިއެވެ. “މަންމާ ދެން ކަމެއް ހަނދާން ވީއޭ” ޒާއިން މިހެން ބުނެ އެތަނުން ދިޔައެވެ. ޔާނާ ވެސް ތެދުވެ ހުރިހާ ތަށިތަކެއް ދޮވެލުމަށްފަހު ކޮޓަރިއަށް ވަނެވެ.
****
ޔާނާ ވަދެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކުޑަދޮރު ކައިރި މިކްޔަން ހުރުމުން ޔާނާ ގޮސް ފަހަތުން މިކްޔަން ގައިގައި ބައްދާލިއެވެ. “ޔަން. އައިއޭމް ސޯ ހެޕީ. ތެންކިޔޫ.” މިކްޔަން އަށް ބުނާނެއެއްޗެއް ނޭގުމުން އޭނާގެ ބަނޑުގައި ވަށާލެވިފައިވާ ޔާނާގެ އަތުގައި ހިފާލިއެވެ. “އަސްލު ހިތަށް އަރާ ޔަން ކުއްލިއަކަށް ޗޭންޖްވީ ކީއްވެބާއޭ. އެކަމް ނުބުންޏަސް އޯކޭ އިގޭ” ޔާނާ މިހެން ބުނުމުން މިކްޔަން އެނބުރިލާފައި ޔާނާގެ އުނަގަނޑުގައި ހިފާލިއެވެ. “ދަރުހަކަށް ދެވުނީ. ކީއްވީ ކަމުނުދަނީދޮ ޗޭންޖްވީމަ؟” މިކްޔަން ދޮގެއް ހަދާލިއެވެ. މިކްޔަންގެ ލޮލަށް ބަލާލަމުން ޔާނާ ދެފަރާތަށް ބޯހޫރުވާލިއެވެ. އެއަށްފަހު މިކްޔަންގެ މޫނާ މޫނު ގާތްކުރެވެން ފެށުނީ އެހާކައިރިން މިކްޔަންގެ މޫނު ފެނުނީމައެވެ.
މިކްޔަންގެ ލޯލިތައް ކޮޅަށްޖެހިގެންދިޔައީ ޔާނާ މޫނު ކައިރިކުރަންފެށުމުންނެވެ. ޔާނާގެ މަޑު ތުންފަތް ފެނުމުން މިކްޔަންއަށް ހިންދިރުވާލެވުނެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން މިކްޔަން ދުރުވެލިއެވެ. ޔާނާ އަށް މިކްޔަން އަށް ބަލަން ހުރެވުނީ މައްސަލައަކީ ކޮބާކަން ނުވިސްނުމުންނެވެ.
“ޔާނާ. އަދި އަހަރެން ރެޑީއެއް ނޫން. އަހަރެންނަށް ވަގުތުކޮޅެއް ދޭންވީނުން. އަހަރެންނަށް ޔާނާ ކަމުނުދާތީއެއް ނޫން. ފުރަތަމަ އެޑްޖަސްޓް ކޮށްލަން”
ޔާނާ ފުންނޭވާއެއްލިއެވެ. “މިކްޔަން ބޭނުން ވަރަކަށް ވަގުތު ނަގަންވީ. ކުރިންވެސް ބުނީމޭނުން އިންތިޒާރު ކުރާނަމޭ.” “އަހަރެންވެސް ކުރިން ބުނިން ތި އިންތިޒާރަކަށް ނިމުމެއް ނާންނާނޭ” މިކްޔަން ހިނިތުންވެލީ ހިތަށްއެރި މިޖުމްލައިންނެވެ. ނަމަވެސް ފާޑަކަށް ގޮތެއް ވެއްޖެއެވެ. މިފަހަރު މި ސަލާމަތްވީ ކިރިޔާ ނޫންހެއްޔެވެ. މީނައާ ކައިރިވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
****
ލާރާ ނިކުމެ ފުރަތަމަވެސް ހޯދާލީ ޒާއިން ފެނޭތޯއެވެ. ނަމަވެސް ޒާއިންގެ ސައިކަލުވެސް ލޮލަށް ނުފެނުމުން ބިރުގަނެފައި ހުރިނަމަވެސް ކުރިއަށް ހިނގައިގަތެވެ. “ޕޮއް” ހިނގާލާފައި އައި ޒާއިން ފަހަތުން ލާރާގެ އުނަގަނޑުގައި ކޮށްޓާލިއެވެ. ފުރަތަމަ ސިކުންތުގައި ސިހުން ނަމަވެސް ލާރާ ހަމަޖެހިލުމަށްފަހު ހިނގުން ބާރުކޮށްލިއެވެ. “އަހަންނަށް މާފް ނުކުރަނީތަ؟”
“މާފް ކޮށްފިން. ދެން ދާން ހަދާ”
“އަހަރެން ބޭނުމީ ކުރީގެ ލާރާ”
“ޝަޓަޕް ޒާއިން. ކޮންކަމަކާ ރޭގަ ރުޅިއައީ. އަހަރެން ޕޮޕް ކޯން ވަރާލީމަތަ؟”
“ނޫން ނޫން. އަހަރެން”
“ނޭނގުނު ދޯ. އަހަރެން ނުބުނާނަން ޒާއިން ޖޭ ވީއެކޭ. އެކަމް ބުނެފާނަން އަހަރެން ހެދީ ދޮގު އަހަރެން ބީއެފް އެއް ނުހުރޭ.”
ލާރާ މިހެން ކިޔާ ދުއްވައިގަތީ އެވެ. ޒާއިން ފާޑަކަށް ބަލަން ހުރީއެވެ. އަަހަރެން ޖޭއެއް ނުވަމެވެ. ޒާއިން ކަޅިއަޅާލިއެވެ. ނަމަވެސް ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
****
ޔާނާ ހުރީ ފޫހިވެގެން ހަލާކުވެފައެވެ. މިއަދު ހޮސްޕިޓަލްއަށް ނުގޮސް އަދި ކުޑައިރުކޮޅަކަށް ނިދާލެވުމުގެ ސަބަބުން ނިދި ވަނީ ވަރަށް ދުރަށް ގޮހެވެ. މިކްޔަންވެސް ވީކަމަކު ބޭރަށް ގޮހެވެ. ކުއްލިއަކަށް އައި ހިޔާލުން ޔާނާއަށް ހިނިތުންވެވުނެވެ.
މިކްޔަން ކޮޓަރިއަށް ވަންއިރު ކޮޓަރި އަނދިރިކޮށް އޮތުމުން ހައިރާންވެހުރެ ބޮކިދިއްލާލިއެވެ. ޒާއިންގެ ދެލޯބޮޑުވީ ކުރިމަތީ ޔާނާހުރި ގޮތް ފެނުމުންނެވެ. މިކްޔަންގެ ހުދު ކުލަ ގަމީހެއް ލާފައިވާއިރު ތިރިއަށް ބާރު ކަޅުކުލަ ޓައިޓެއް ލާފައިވިއެވެ. ބޮލުގައި ތޮއްޕެއް އަޅާލެވިފައި ވީއިރު ހީވަނީ ބޭރު މޮޑެލްއެއް ހެންނެވެ. މިކްޔަންއަށް ފާޑަކަށް ގަބުވެފައި ހުރެވުނީ ވިހުރާލެވިފައި އެ ފަން ދިގު އިސްތަށިގަނޑު ފެނުމުންނެވެ. ޔާނާ ބުރުގާއެޅިފަހުން މުޅިންވެސް މިކްޔަންއަށް ފެނުނީ ހުޅިއެއްޖަހާލައިފައި ހުންނަތަން ވިއްޔާއެވެ.
މިކްޔަން ބަލަން ހުރުމުން ޔާނާ ހިނިތުންވެ ހުރެ ފޯން ނެގިއެވެ. އެއަށްފަހު އިވިގެން ދިޔައީ އަލީ ރަމީޒްގެ ހިތްގައިމު އަޑެވެ. “ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފައި، ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފައި ހޭހޭ” އަލީ ރަމީޒްގެ އަޑު ނަމަވެސް ޔާނާ އޭގެ އަޑު ދަށުން ކިޔަމުން ކުޑަކޮށް ދެފަރާތަށް ނަށާލިއެވެ. ޔާނާ އަނެއްކާ ފޯނު ނަގައި ލަވަ އޮޅާލީ އޭނާއަށް އެއްމެ ރީތި ބައިތަށް ލާށެވެ.
“ލޯބިވާއަށް ހިތްދަތި ކަން ދީފާމަ ނުފިލާނަން. ލޯބިވާ ނޫން ކުއްޖެއް ލޯބިން ކައިރި ނުކުރާނަން” ނަށަމުން އައި ޔާނާ އައިސް މިކްޔަންގެ ކަރުގައި އަތްވަށާލައިފައި ދެފަރާތަށް ކަޕްލް ޑާންސް ހެން ނަށާލިއެވެ.
ހައިރާންވެފައި ހުރި މިކްޔަން ޔާނާގެ އަތް ދުރުކޮށްލުމަށްފަހު ގޮސް އެ ލަވަ ނިއްވާލީ ނުވެސް ނިމެނިހެވެ. ޔާނާ ހުރީ ފާޑަކަށް ބަލާށެވެ. “އަހަރެން ވަރަށް ނިދިއައިއްސި ޔާނާ” ހަމައެކަނި މިހެން ބުނެލުމަށްފަހު މިކްޔަން ގޮސް ފާހާނައަށް ވަނެވެ. ޔާނާގެ ހިތަށް އަސަރެއްކޮށްލިނަމަވެސް އެވާނީ މިކްޔަން ވަރުބަލިވެފައި ހުރުމުން ކަމަށް ނިންމައި އަވަހަށް ގޮސް އެއްޗެހި ބަދަލުކޮށްލީ މިކްޔަން ނިކުތުމުގެ ގޮތުންނެވެ.
މިކްޔަން ފާހާނައިން ނިކުމެ އައި ގޮތަށް އައިސް އެނދަށް ވެއްޓިގަތީ ކަބަޑްކައިރި ހުރި ޔާނާއަށް ބަލާލުމެއްވެސް ނެތިއެވެ. ޔާނާ ކުރިއަށް ހިނގައިގަނެ އެނދަށް ބަލާލީ ތަންކޮޅެއް އޮތްތޯއެވެ. ނަަމަވެސް މިކްޔަން އޮތް ގޮތުން އެތާ އެއްވެސް ތަންކޮޅެއްނެތެވެ. މިރޭ މިކްޔަން ކައިރި ނިދާލެވޭނޭ ޔާނާ ހިތަށްއެރިއެވެ. ނަމަވެސް .
ޔާނާ އެނބުރި ގޮސް ސޯފާގައި އޮވެ ލޯމަރާލިއެވެ. އެނދުގައި އޮތް މިކްޔަން ލޯހުޅުވާލުމަށްފަހު ޔާނާއަށް ބަލާލީ ފޫހިކަމާއެކީއެވެ. މި ޔާނާއެއް ދުވަހަކު އަހަރެންނާއެކީ ނިދިޔަކަ ނުދޭނަމެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
92 Comments!
Comments are closed.





Guyxx.. las vejje dww.. sorry igeyy… chech eh vx nukuran so mistakes huredhaane fudheyvarakah.. comment below igeyy ? next part maadhen.. loves ????❤???????
Wow.. Wow.. Vvvvvv reethi mi part ves… When next?
Me 1st.. YEY ???
Thankyou naviii.. yessss your first ??❤
Ram, you’re**
❤❤?
Alhe vrh reethi … Mikyan. PLC yaana ah dhera gotheh nahadhah che …
N xaan n laaraa ge part vrh obi
Aslu xaan j v e
Hehehhe… dwww.. thankyou ?❤
Boy s jealous v ma ulhey goiyy ei …
Yepp i agree ?
Vvvv reethi. Ekm haadha dheraey mikyan kanthah kuraagothun. Avahah bust kohlabala
Hehhe.. thankyou ?❤
Wooow ???… Nice ingeyy… Alheyyy yaanaa ah mikyan libeyne goiii avahah hadhaabaa… V v v reethi ingeyy….. Love yuh…
Thankyou so much.. ly too ?❤
Hey vvv salhi ram.
Thanks komme dhuvahaku up kohdhey thi.finally laara thedhubuny dhow.when next part?me first dhow
Thankyou so much.. maadhen igeyy… mifaharu first eh noon dww.. ?❤
Haadha rangalhey…. vvvv salhi
Thankyou naxy ?❤
V v v v reethii mi part vx …bt maa kury…thankolheh dhigu kohlaba. …alhey mikyan haadha goahey dhw yaana ah ehn hadhaakah nuvaane eh nun…whn next part….waiting…⌚⌚⌚⌚
Hehe aslu vx.. thankyou so much.. maadhen ??❤
V reethi.maa avahah mikyan n yaanaa nugulhuvaathi.eyru
n v majaa vaane.
Majaa vaane tha? heheh siya.. thankyou so much.. ?❤
Maasha allah…. awahah next part ul kollaa
Thankyou darl ?❤
Wow ram.. Mi baives v rythi.. Ekam mi baiga mistake ebahuri dhw.. Dhen annabaiga rangalhu kohlahchey igey.. Eyrah v furihama vaane.. Ekam ram story kuriah thi gendhaa goeh v v rythi n v v furihama.. Luv u ram
Yeahh..check vx nukohlaa up kohly lasvefa huryma hehe.. thankyou so much love.. loves more ?❤
V SALHI WAITING FOR NEXT PART
Thankyou darla ?❤
Mistake fenunii story akun nun. Ram ge comment in? “chech” eh nun “check” kuraanii? Btw story vvv nyc. I luv it❤ When is next part ?
Ow fish.. ??? thankyou mistake buneleethii.. dhn faharun ragalhu kohlaanan ?? thankyou igeyy… loves much more ?❤
Wow vv salhi mi part ves.?mikyan yaana ah hadhaa gothun v dherave?bt adhi mikyan yaana dheke loabi vaane dhw..zaain nd laara so cute? waiting for the next part..LY ram??
Lets see love.. thankyou so much ly too Nish ?❤
nice…
Thankyou sam ?❤
Hi ram… This is my first comment on our story… The story is awesome… BT I have found a mistake”nahisgn” it should be “naisgn ” k … I hope u will correct that word from other parts on wards…
Yess yess ragalhukohlaanan?? v ufaavejje comment kohlyma.. thankyou darl.. ??❤
hi ramko, mi part varah salhi, varah majaa, varah interesting, varah fab, varah obiness, dhn mihen gos kiyaane kameh neihn thaureef huheh nuvaane mi story akah. ehaavx reethi masha allah. you’re one of my favourite, friendly, honest writer n this is one of the best story.. can’t wait to read nxt part. luv yu ramko 🙂 😀
Alhey sjk.. love you so muchh ???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
hehe <3 <3 <3
Alhey ram… kei koh koh gos keitheri kan kolhun laavaru v fahun thi up kury…? kiyaa hiy vefa hurileh bodu kamun kuru hn adhi vx hyvany.. ?ekam kureh noon kaneyge… ?mal.mi yaanaa nama hama roveyne..?. laaraa n zaain bai ehme rythy…??
Alheyy.. ehnve varah naazuku kuhjeh dww maloo akee.. hehee… maloo ah ekahala kameh dhimaa nukurahvaashi ? thankyou so much maloo ?❤
Hehe.. thanx darl??
Wc maloo ?❤
Ram!.. mihaaru thi mikyan yaana dhera viyas fahun mikyan roa varun huttaalan undhagu varu kuraathi ingey..hehe..v salhi mi part ves…thnxxxxx..?
Heheh.. thankyou darlss ?❤
????????????????????????????????????????????????????????????????????
I luv this story……. yaanaa is so brave….
I’m sure if i am in her place i will be broktn by now… waiting for the moment mikyan is gonna realise nashwas dark side… waiting 4 next part…..luv ur style of writing…
awwnn… thankyou so so so much girl ???❤❤
“naais” nukiyaane, “nais” kiyaane, noonu abafili, alifu ibifili, seenu sukun.
And “buneemeynun” ves nukiyaane, alifu sukun innaane like “buneemennu” v ginain hurey mihen liyefa.
And oabo fili beynun kuraathanthaaga obo fili beynun kurevifa ebahuri.
Story is nice.
Thankyou.. dhn faharakun thi mistakes thah rangalhu kohlaanan igeyy.. ?❤
Yey nerunii igey mibaii vess vvvv rythi vaanekann ☺☺adhi miulhenii nukiyaa ??? v ufaa vehjje mibaii neruniima ramoo Dhooni???
Hehe ram ge dhooni dww miakee ??❤
vvvv rythi mikyann miulhenii ya ana ah keen kurann baa anehkaa ??ramoo anehkaa dhera kameh kuriya nudhehchey ???miulhey zaain dhenn laara aai avahah rahtehi kurey eyrunn adhi majaa vaani
Thihen veythww vx balamaa dww ?? thankyou so much ?❤
mikyan nah anehkaa yaana nugehlynybaa mikyan thihadhaagotha kun mikyan nah yaana dhykay loabi vaairu yaanaa gehlyni kan nygy
Lets see ? thankyou shanhaa ?❤❤
Comment up nukuree keevve?? Goas ehcheh nubunan dhw mal eh
???
Alhey mal nufenunyy eyru… fenunyma kohfin.. so sorry.. v happy mistakes thah buneladhinyma.. ragalhu kohlaanan.. thankyou maloo ?❤
its not “nahis gen” its nais gen”
Okayyy.. dhn ragalhu kohlaanan.. thankyou ?❤
Masha allah…. vaahaka varah furihama…. dhen oeh baige inthizaaruga ingey…. ❤❤❤❤
Thankyou so much.. keep waiting ?❤
Hiiii ram! Mi part ves varah reethi.. zaain and laara ge part was amazing ?❤️? avahah mikyan kuran ulhey kanthah yaanaa ah ingeyne nama.. anyways waiting eagerly for next part ingey.. ❤️❤️❤️
Thankyou rooo… yess.. ?❤
I thought thee zaahi ge bestfriend ram kamah mioh hurihaa dhuvahu . But ehen kujjeh dhw . Hehehe btw story vvvvvv rythi . Kon irakun next part? . Eagerly waiting .. loves ❤?
Ehntha.. hehe.. thankyou.. mireyy igeyy.. loves ?❤
woww hama super ?this is just amazing?❤ kyp it up waiting for next part LY ram ? ??
Thankyou princess.. loves more ?❤
hi ram. mi vaahaka vvv reethi.
Hlw chipoo.. thankyou ?❤
Hlw chipoo.. thankyou ?❤
V salhi…next part kon iraku up kurany
Thankyou so much.. next part mireyy ?❤
Waiting for tonyt
Varah rythi sry??
Thankyou luvv ?❤
Thankolheh lasvedhaane igeyy..but keep waiting.. ?❤
Stry*
Aachaa.. Haadha salhi vahaka ekey mi.. Aharemen therey myhunakah neynge mi kahala vahaka liyakah..
Thankyou very much darl ?❤
mi part ves hama perfect ram.SUPERB ????..miadhu thankolheh busy koh ulhunyma adhi kiriyaa mi kiyaalaafa comment eh kohlevuni…actually gina vaguthu studying ga heydha kurani…exams othyma…ekam busy koh ulhemunves mi story miss eh nuvaane…hama baraabarah kiyan…abadhuves inthizaaru koh koh indheveny.?..and keep your hard work ram…waitting…love you…❤️❤️????
Alheh mihaaru reygandu veje ram avas knbah can’t wait anymore plx dear ramkoo
Guyxx adhi free vegen mi type kuran feshunyy.. so thankolheh lascaane igeyy.. but mirey kohdheynan.. loves ?❤
Waiting❤❤
❤❤
So sorry ??❤
Plx plxx plxxx plxxx plxxx mihaaru thi up kuraaairah vure thankolheh avahah up kohdhyyyyybaaaaaaaaaaaaaaa
Alhey vrh vrh dheravey thihaa lahun up kuraaathyyyy??
Rammm!!!!
Ram kobaa tha stry.
So sad lahun up vaathyyy.??
But wait ingey.?
Avas avas ingey we will wait wait..????
Reeti vaahaka bunyma up vaaleh hadha lahey mihenvy ma v foohi☹️
Ram plx plx plx avas up koh dheybala
Ram dhoonya koba tha next part..nunidhign ey miulheny hama vaahaka kiya hithun…avaha up kohdhyba plxxxxxxx…
Alheh ramuu plx avas knbah can’t wait anymore plx dear ramkoo