Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 3ވަނަ ބައި

Salaa Level 210 Stories100 Comments
February 17, 2014 10 Mins Read
5 Comments

ޔާނާ އުޅެނީ ބަދިގޭގައެވެ. ދާދި ދެންމެ ބޯވާދިލަމެހި ވިއްކަން މީހަކު އައުމުން އޭނާ އެ ގަތީ ފަހުދުއަށް ވަރަށް މީރުމަހެކޭ ފަހުދު ބުނާތީއެވެ. ޔާނާ ބޭނުންވީ އެމަސް ރަހަބަލާލާށެވެ. ބޯވާދިލަމެއްސަކީ ތެޔޮގަނޑަށް އެޅުމުން ބަޑިޖަހާ އެއްޗެއްކަން ޔާނާއަށް ނޭނގުނީ އޭނާ މީގެ ކުރިން ދުވަހަކުވެސް ދިލަމެހި ތެލުނުލާތީއެވެ. މަސްތަކުގައި މިރުސްލުމަށްފަހު، ހޫނުވެފައިވާ ތެޔޮތާހަށް މަސްތައް އޮއްސާލީވެސް އެއްފަހަރާއެވެ. އުދުޅި ނެގުމަށްފަހު މަސްތައް ހާކާލީ އަވަސް އަވަހަށެވެ. މާ ލަސްތަކެއްނުވެ  ތެޔޮގަނޑު ބަޑިޖެހުމުން ޔާނާއަށް ފުރަގަސްދެވުނެވެ. ތެޔޮތައް ބުރީ އޭނާގެ ބުރަކަށްޓަށެވެ. ވީތަދުން ޔާނާއަށް ހަޅޭއްލަވައިގަނެވުނެވެ. ފިހުނުކަން އެނގުނީ ދިލަނަގައިގަތުމުންނެވެ. ޔާނާ އުނދުން ނިއްވާލީ ބިރުންނެވެ. އަދި އުނދުނާއި ދުރުވެފައި މަޑުމަޑުން ހުރީ ބުރަކަށިން ނަގަމުންދާ ދިލައިންނެވެ.

” އައްސަލާމްއަލައިކުމް… ” ސަލާމްގޮވާލިއަޑަށް ޔާނާ ސަލާމް ބަލައިގަންނަމުން ބަލާލިއެވެ. އެއީ މަދުމަދުން ނަމަވެސް އެގެއަށް އައިސް އުޅޭ އަވައްޓެރިއެކެވެ. ނާސިހާއެވެ.

” ޖަމީލައްތަ އުޅޭތަ؟ ” ގާތްގޮތަކަށް ނާސިހާ ސުވާލުކުރިއެވެ.

” މިވަގުތު ނެތް ގެއަކު.. ކަމަކުތަ؟ ” ޔާނާއަށް ހުރީ ކުޑަކޮށް ރޮވިފައެވެ.

” ނޫން.. މިހެން ދަމުން ވަދެލީ. ޔާނާ ކިހިނެތްތަ؟ ކިހިނެތްވެފަ ތިހުރީ؟ ” އޭނާ ޔާނާގާތު ހާލު އަހާލިގޮތުން ޔާނާއަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ.

” ދިލަމެހި ތެލުލަން ހުއްޓަ ތެޔޮގަނޑު ބަޑުޖެހި ވަގުތު ފުރަގަސްދެވުނީމަ ތެޔޮތައް ބުރައިގަތީ… އެކަމަކު މިހާރު ރަނގަޅު.. ހިނގާ ބަތްކާން! ވަރަށް ދުވަސްވެއްޖެ އެއްނުދޯ މިގެއަށް ނާންނަތާ! ” ޔާނާ އޯގާތެރިކަމާއި އެކު ބުނުމުން ނާސިހާއަށް ފަސްޖެހޭކަށް ނުކެރުނެވެ. ޔާނާއާއި އެކު ކާގެއަށް ދިޔައެވެ. ޔާނާގެ ހެދުންވެސް ހުރީ ކުޑަކޮށް ވިރިފައެވެ. ނާސިހާއަށް އެތަން ފެނުނެވެ.

” އޭ! ހާދަވަރެއް ވެފައޭ މިހުރީ! އަސްތާ! އަވަހަށްދޭ އެއްޗެހި ބަދަލުކޮއްލަން.. ފެން ނުޖައްސާތި! ” ނާސިހާގެ އެދުމުގެ މަތިން ޔާނާ ދިޔައީ ހެދުން ބަދަލުކުރާށެވެ. ލޯގަނޑުން ބަލާލިއިރު ތެޔޮގަނޑުޖެހުނުތަން ފިހިފައި ހުއްޓެވެ. އަވަސް ކޮއްލައިގެން ޔާނާ ނުކުތެވެ.

” އަހަރެން ވަރަށް އަންނަ ހިތްވޭ އަސްލު ޔާނާ ކައިރިއަށް! އަހަރެންވެސް އެކަނި ގޭގަ އުޅެންޖެހޭތީ ވަރަށް ފޫހިވޭ! ” ނާސިހާ ބަތް ސުވަލެއް ނަގަމުން ބުނެލިއެވެ.

” އެހެންތަ؟ މަވެސް ވަރަށް ބޭރަށްދާހިތްވޭ! އެކަމަކު އެކަނި ދާންޖެހޭތީ ނުދަނީ…. މިރަށުގައި މިވީ އަހަރެއްހާ ތެރޭގައި އަދިވެސް މިރަށް އެއްކޮއް ނުފެނޭ! ” ޔާނާ ފެންތައްޓެއް ނާސިހާ ގާތަށް ޖައްސާލަމުން ބުނެލިއެވެ.

” ކުރިން އުޅުނީ މާލޭގަތަ؟ “

” ނޫން.. ރަށުގަ.. އައްޑޫގަ! ދެ އަހަރު އެކޮޅުގަ އުޅެފަ މިކޮޅަށް އެއްކޮށް ބަދަލުވީ!…. ” ޔާނާގެ އަޑުގައި އަސަރެއް ހުރިކަން އެނގިގެން ނާސިހާ ސުވާލުކުރިއެވެ.

” މަޖުބޫރެއް އޮވެގެންދޯ ބަދަލުވީ؟ “

” އަސްލު ފަހުދު އާއި މެރީ ކުރަން މަންމަ އޯކޭ ވީ މަންމަ ކައިރީގައި އުޅޭގޮތަށް. އެކަމަކު ދެއަހަރު ވީތަނާ ފަހުދުގެ މަންމަ ކައިރީގައި ބެހެއްޓުމަށް ފަހުދު ބޭނުންވީމަ ފެމެލީ ނުރުހުމުގައި ގެނައީ މިކޮޅަށް. ވަރަށް ދެރަވޭ ފެމެލީ މަތިން މިސްވީމަ. އެކަމަކު މިހާރު އެއްވެސް ގުޅުމެއް ނޯވެ. ނުވެސް ގުޅާ. ނަންބަރެއްވެސް ނޭނގެ…. އެކޮޅުގެ ފްރެންޑުން މަތިންވެސް ވަރަށް މިސްވޭ! އެކަމަކު އެމީހުންވެސް އަހަރެންމިއީ ރައްޓެއްސެއް ނޫންކަމަށް ހެދީ ފެމެލީގެ ނުރުހުމުގަ މިރަށަށް ބަދަލުވީމަ..” ޔާނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

” އަސްލުތަ؟ އަޅެ.. އެހެން ހަދާކަށް ނުވާނެ އެއްނު.. ޔާނާގެ މަންމަމެން އެގޮތަށް ކަންތައް ކުރީމަ އަސްލު ވަރަށް ދެރަވެއްޖެ!ދެން ވިސްނެންވެސް ވާނެ އެއްނު ފިރިމީހާ ބުނީމަ ޔާނާއަށް ފަހެއްނުޖެހެވޭނެކަން.. އަވަހަށް ކުއްޖަކު ހޯދަންވީނު. އޭރުން ފޫއްސެއް ނުވާނެ! ” ނާސިހާ ބުންޏެވެ. އޯގާތެރިކަމާއި އެކުއެވެ.

” ދަރިން ނުލިބޭ މީހެކޭ އެއީ! ” ކާގެއަށް ވަދެގެން އައި ޖަމީލާ ނާސިހާ އާއި ދިމާލަށް ބުނެލިއެވެ. ނާސިހާ ބަލާލީ ޔާނާއާއި ދިމާއަށެވެ. ހައިރާންކަމާއި އެކުއެވެ. އޭރު އޭނާގެ ލޮލުތެރޭގައި ދުވަމުންދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަންނަނީއެވެ. ނާސިހާ ދެރަވެލާފާ ޖަމީލާއަށް ބުނެލިއެވެ.

” ޖަމިއްތާ ތިހެން ބުނާކަށް ނުވާނެ! ” ނާސިހާ ޔާނާ އާއިމެދު ހަމްދަރުދީވިއެވެ.

” މިބުނީ ދޮގެއްނޫނޭ! ” ޖަމީލާ އައިސް ނާސިހާގެ ކައިރިއަށް ހުއްޓުނެވެ. އޭނާގެ އަޑުގައި މާބޮޑު ނުރުހުންތެރިކަމެއް ނެތަސް މަލާމާތްކުރާ ރާގުގަނޑެއް ހުއްޓެވެ. ނާސިހާ އަނެއްކާވެސް ބަލާލީ ޔާނާ އާއި ދިމާއަށެވެ.

” ތެދެއްތަ ޔާނާ؟ އަހަރެން ވަރަށް ދެރަވެއްޖެ! ” ނާސިހާގެ ހިތައް ޔާނާއާއި މެދު ރަހުމުވަދެ ފުރިއްޖެއެވެ.

” އަހަރެން އަބަދުވެސް އިންތިޒާރުކުރަނީ އަހަންނަށް މާމަދަރިއެއް ލިބޭނެ ދުވަހަކަށް! އެކަމަކު އެކަން ވާން ނެތުމުން އަހަރެން ހާދަ ދެރަވެޔޭ! އަހަންނަށް އެނގޭ ފަހުދު ނުބުނި ކަމުގައި ވީނަމަވެސް ފަހުދު ހިތާމަކުރާނެކަން. ފަހުދަށް ލިބޭނެ ކޮންމެ ހިތާމައަކީ އަހަރެންވެސް ކުރާނެ ހިތާމައެއް. ފަހުދަށް ހިތާމައެއް ދޭ މީހަކަށް އަހަރެން ނަފްރަތުކުރަން! ” ޖަމީލާހުރީ ރޮވިފައެވެ. އަދި ރުޅިވެރި ނަޒަރަކުން ޔާނާއަށް ބަލަމުންދާކަން ނާސިހާއަށް ފާހަގަ ކުރެވިއްޖެއެވެ. އެގޭތެރޭގެ މައްސަލަ ގޯސްކަންވެސް ނާސިހާއަށް ދެނެގަނެއްޖެއެވެ.

އެއީ ޔާނާ ކުރާނެކަމެއް ހެއްޔެވެ؟ ގަސްދުގައި ފަހުދުއަށް ޔާނާ ހިތާމައެއް ދީފާނެ ހެއްޔެވެ؟ ގަސްދުގައި އޭނާ ފަހުދު ރޮއްވާނެ ހެއްޔެވެ؟ ނާސިހާ އަނެއްކާވެސް ޔާނާއަށް ބަލާލީއެވެ.

” ޖަމިއްތަގެ ދުޢާ އަދި އިރާދަކުރެއްވިއްޔާ އިޖާބަކުރައްވާނެ! “ރޮއިރޮއި ހުރި ޔާނާގެ ކޮނޑުގައި އަތްޖައްސާލަމުން ނާސިހާ ބުނެލިއެވެ.

އެތަނުގައި އިތުރަށް މަޑުނުކޮށް ޔާނާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭނާއަށް ކުޑަކޮށްނަމަވެސް އުފަލެއް ލިއްބައިދޭ ތަނަކީ ފަހުދުގެ ހަނދާންތަކުން ފުރާފައިވާ އެކޮޓަރިއެވެ. އޭނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއްވެސް ލިބެނީ އެ ކޮޓަރިތެރޭގައި ހިތްފުރެންދެން ރޮއިލުމުންނެވެ. އެއީ ޔާނާގެ ކަރުނައިގެ ކަނޑެވެ. ދުވަހެއް ނިމިގެން ދާއިރު އޭނާ ހުންނަނީ އެ ކަނޑުތެރޭ ފަތާ ފަތާ ވަރުބަލިވެފައެވެ.

ޔާނާ ދިޔުމުން ނާސިހާ ބަލާލީ ޖަމީލާއަށެވެ.

” ހާދަ ހިތާމަކުރާނެޔޭ ދޯ އެފަކީރުވެސް….. އާނ! ދެންމެ އެހުރީ ދިލަމެހި ތެލުލަން އުޅެފަ ބުރަކަށި ފިއްސާލާފަ! ވަރަށް ބޮޑަށް އެބަހުރި ފޮޅުލާފަ! ” ނާސިހާ ކުއްލިއަކަށް ހަނދާންވެގެން ފަދަ ގޮތަކަށް ބުނެލިއެވެ.

” އެހެންތަ؟ އަހަރެންދާނަން އިރުކޮޅަކުން އޭނަ ކައިރިއަށް… ” ޖަމީލާ އެހެން ބުނަމުން ކާން އިށީނެވެ.

ނާސިހާ ނުކުމެގެން ދިޔައީ ޖަމީލާ ކާންއިށީނީމައެވެ،

” ހުއް.. ފިހިފަ ހުއްޓަސް ގިރިފަ ހުއްޓަސް މަށަށް ކީއްތަ؟ މަ ދިޔައިއްޔާ އެއްނު.. “

ތަށީގައި އޮތް ބޮޑު ފަރުމަހު ބޮލުގެ ލޯ ދަމައިގަންނަމުން ޖަމީލާ ދަތްތައް ފިއްތައިން އިނދެ ބުންޏެވެ،

********************

ޔާނާއަށް ގެއްލުމެއް ލިބުނަސް އޭނާ އެންމެ ފުރަތަމަވެސް ފަހުދުކައިރީގައި ބުނެއެވެ. އެހެނަސް މިޔަދު ބުނާކަށް ބޭނުމެއް ނުވިއެވެ.އަދި ޖަމީލާ ކައިރީގައި އަމުދުން ބުނަން ބޭނުމެއް ނޫނެވެ. ޖަމީލާގެ އެއްވެސް އަޅާލުމެއް މިހާރު ޔާނާ ބޭނުމެއް ނުވެއެވެ. ފަހުދު އާއި ވެސް ޔާނާއަށް ދުރުވެވެނީއެވެ. ކަންކަމާ ވިސްނަން އެކަނި އިންނަން ބޭނުންވާތީއެވެ. ފަހުދަށް ވަގުތު ނުދޭތީ އެތައް ފަހަރަކު ފަހުދުވެސް ޝަކުވާކުރެއެވެ.އެހެނަސް އެ ޝަކުވާތަކަށްވެސް ޔާނާ ދެނީ ބީރު ކަންފަތެކެވެ. ފަހުދުގެ ފޯންކޯލްތަކަށް ޖަވާބުދިނުން މަދުކުރެވެން ފެށިއެވެ.ކަންކަމުގައި ފަހުދާއި މަޝްވަރާކުރުން އެއްކޮށްހެން ހުއްޓުނެވެ. ޔާނާއަށް އަންނަމުންދާ

**********

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޔާނާ އިނީ އަތިރިމަތީގައި ހުރި ގަހެއްގެ ދަށުގައެވެ. މާ ދުރުނޫން ހިސާބެއްގައި ކުޑަކުދިން ކުޅެން އުޅެއެވެ. އެކުދިންގެ މަންމަ އާއި ބައްޕަ މެންވެސް ތިއްބެވެ. ބައެއްފަހަރު އެކުދިންގެ މަންމަމެންގެ އަތަށް ހިފާ ދަމާ ހަދައެވެ. ވެއްޓުމުން ބައްޕަމެން އައިސް އެކުދިން އުރާލާ ލޯބިކޮއްލާ ހެއްވާލައެވެ.

މިމަންޒަރުތައް ބަލަން ޔާނާ އިނީ ހުއްޓުމެއްގެ ތެރޭގައެވެ. ބައެއްފަހަރު ހެވެއެވެ. ޔާނާ އެއްލި ކަޅިއަކުން ފެނުނީ އެ ޕާރކަށް ދެމަފިރިއަކު އަންނަތަނެވެ. އެ ފިރެހެންކުއްޖާގެ އަތުގައި މަޑު ފުއްކޮޅެއް ކަހަލަ ދޮންދޮން ލޯބި ލޯބި ކުއްޖަކު އޮތެވެ. އަންހެން ކުއްޖާގެ ކޮނޑުގައި ފިރެހެންކުއްޖާ އަތްޖައްސާލައިގެން ހުރެ އެދެމަފިރިންގެ ދަރިފުޅާއި ސަމާސާ ކުރަމުންދެއެވެ. ޔާނާ އުފަލާއި އެކު ބަލާލީ އެމީހުންގެ މޫނަށެވެ. އަދި ހައިރާންކަމާއި އެކު ތެދުވެވުނެވެ. ހިކިފައިވާ އޭނާގެ ދެތުންފަތް ދުލުން ތެންމާލެވުނެވެ. އެއާއި އެކު އޭނާއަށް ހިނިތުންވެވުނެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެކެވެ. އެތާހުރީ ފަހުދެވެ. ދެންހުރީ ޔާނާއެވެ. ހެވިފައި ޔާނާ ހުރީ އެމަންޒަރަށް ބަލާށެވެ. ޔާނާގެ ހިތައް ކުރަމުންދާ އަސަރު ބަޔާންކުރަންވެސް ދައްޗެވެ. ޔާނާއަށް ހިނގައިގަނެވުނެވެ. ހަމައެވަގުތެވެ. ޔާނާގެ އަތުގައިވާ ފޯން ރިންގުވާން ފެށިއެވެ. ޔާނާ ފޯނަށް ބަލާލުމަށްފަހު ޕާރކާއި ދިމާއަށް ބަލާލިއެވެ. ކޮބާހެއްޔެވެ؟ ފަހުދު ކޮބާހެއްޔެވެ؟ ބޭބީ ކޮބާހެއްޔެވެ؟ ޔާނާއަށް ލިބުނީ ސިހުމެކެވެ. އެއީ އޭނާގެ ލޮލަށް ދައްކާލި ކުރެހުމެކެވެ. ކުލަ ނުވާނެ ކުރެހުމެއްކަން އިނގުމުން އޭނާއަށް ރޮވުނެވެ. އޭރު ފޯނު ކެނޑި ދެވަނަ ފަހަރަށް ރިންގްވަނީއެވެ.

” ކިހިނެތްވީ؟ ރޮވެނީ؟ ” ފަހުދު ހާސްކަމާއި އެކު އެއްސެވެ.

” ދެރަވަނީ…. ” ޔާނާ ހުއްޓާލުމަށްފަހު ވާހަކަދެއްކިއެވެ.

އެޖުމުލައިން ފަހުދަށް ދެލޯމަރާލެވުނެވެ. އޭނާ ވަރަށް ދެރަވެއްޖެއެވެ. ޔާނާ އަބަދުވެސް ހިތާމަކުރާކަން އޭނާއަށް އެނގެއެވެ.

” މިހާރު އަހަންނަށްވެސް ވަގުތެއް ނުދެމެއްނު! ކީއްވެތަ އަހަންނާ އެހާ ދުރީ؟ ގޭތެރޭގަ އެހެންޖެހޭ ކުނިކޮޅު ކޮޅުވެސް މިހާރު ނުޖެހެއެއްނު..މަންމަވެސް ބުނި ޔާނާ ވަރަށް ރަނގަޅޯ! މަންމަ ވެސް ޔާނާއަށް ވަރަށް ރަނގަޅުވާނަމޯ… ” ފަހުދުގެ ޖުމުލައިން ޔާނާއަށް ޝޮކެއްލިބުނު ކަހަލައެވެ. ނޭނގޭ ކަހަލަ ގޮތަކަށް އޭނާ އަހާލިއެވެ

” މަންމައޭ؟ “

” އާނ.. ކިހިނެތްވީ؟ މަންމަ ޔާނާދެކެ ކިހާ ލޯބިވޭދޯ! ޔާނާގެ މަންމަމެން އަޅާ ނުލިޔަސް އަހަރެންގެ މަންމަ ޔާނާއަށް ހުރިހާ ލޯތްބެއް ދޭތީ އަހަރެން ވަރަށް އުފާވޭ… ޔާނާވެސް މަންމައަށް ވަރަށް ގާތްކޮށްހިތާތި! ” ފަހުދު ވާހަކަދައްކަމުން ދިޔައިރު ޔާނާގެ ހިތްތެމެމެނުން ފޯވަމުންދާފަދައެވެ.

” އަހަރެންގެ އަމިއްލަ ނަފްސަށްވުރެން ބޮޑަށް ފަހުދުގެ މަންމައަށް އަޅާލާނަން! އަދި މަންމަ އަހަންނާމެދު ޢަމަލު ކުރަމުންދާގޮތުގެ ބަދަލު އަހަރެންދޭނީ ވަރަށް އޯގާތެރިކަމާއި އެކު! ” ޔާނާ އިސްޖަހާލިއެވެ.އޭނާ އެބުނި ފުންޖުމުލަ ފަހުދަކަށް ނަގައެއް ނުގަނެވުނެވެ.

” އަހަރެން ޔާނާދެކެ އެހެންވެ އެންމެ ލޯބިވަނީ…. ވަރަށް އަވަހަށް ރަށަށް ދާނަން އިނގޭ… ” ފަހުދު އުފާވެރި ޚަބަރެއް ދިނުމުން ޔާނާގެ ހިތް ނަށައިގަތެވެ.

” އެއީ ކީއްވެ އެހާ އަވަހަށް އާދެވެނީ؟ “

” މި އޮފީސް ބަންދުކުރަނީ މަރާމާތުކުރަން… އެހެންވެ އޮފީސް ހުޅުވުނީމަ ދެން އަންނަން ޖެހޭނީ… ނުވެއް ބުނާނަން ދާ ދުވަހެއް! ” ފަހުދު މަޖާރާގަކަށް ބުނެލިއެވެ.

” އިންތިޒާރުކުރާނަން…. ” ޔާނާއަށް އުފަލެއް ލިބުނެވެ.

ޔާނާގެ ފޯން ބޭއްވުމަށްފަހު ފަހުދު ވިސްނާލިއެވެ. އޭނާ ޖަމީލާއަށް ގުޅުމަށްފަހު ރަށަށް ދާނެ ދުވަސް ބުންޏެވެ. އޭނާ ދަނީ ޔާނާއަށް ނޭނގި ކަމަށާއި އޭނާ ދާ ދުވަސް ސިއްރުކުރުމަށް ޖަމީލާ ގާތު ފަހުދު އެދުނެވެ،

**********

ޔާނާ ގެއަށް އައިސް ވަތް ވަގުތު ޖަމީލާ ބުނެލިއެވެ.

” ދުވާލުދާ ހަތަރުދަމު ބޭރުގައި އުޅެއުޅެފައި ގެއަށް އައިސް ވަންނާނީ ބަންގި ގޮވީމަ…ބަންގި ގޮވިޔަސް އަންނާނެ ކަމެއް ނެތެއްނު،..  މިހާރަކަށް އައިސް ކިހިނެތްތަ ތިއުޅެނީ.. މާ ރީތިވެލައިގެން ބޭރަށް ދިޔުމާ ތަންތަނަށް ދިޔުން ގިނަކޮއްފި.. އަދި ފަހުދު ވެސް އެދިޔައީ އިހަށް ދުވަހު.. މިހާރު ތަންތަނަށް ދުވަންފެށީ..” ބޭރުން އައިސް ވަތް ޔާނާއާއި ދިމާއަށް ޖަމީލާގެ ހޫނު ބަސްތައް ހޫރާލިއެވެ.

” ޕާރކަށް ގޮސްލާފަ މިއައީ! ” ޔާނާ ދެއަތުން އިނގިލިތައް ފިއްތަމުންދިޔައެވެ.ބިރުން ހުރެއެވެ،

” ޕާރކަށޭ؟ އެ ކުޑަކުދިންގެ ޕާރކަށް؟ އެތަނަށް ދިޔައީމަ ކުދިން ލިބެނީތަ؟ އާނ! އެގޮތަށް ބޭރުން ދަރިން ލިބެންޏާ ލިބިދާނެ… ” ޖަމީލާގެ މަލާމާތުން ޔާނާއަށް ގިސްލެވެން ފެށިއެވެ. ޖަމީލާއަކީ ހިތުގައި ރަހުމުގެ އަކުރެއްވެސް އޮތް މީހެއް ނޫނެވެ.

“  ފިރިމީހާ އައުން ލަސްވީތަ؟ ފިރެހެނުން ހޯދަން ބޭރަށް ތިދުވަނީ؟ ” ޖަމީލާގެ މިފަހަރުގެ ހަތިޔާރަށް އައްޑަނަ ތިރިކުރާކަށް ޔާނާ ބޭނުމެއް ނުވިއެވެ.

” އަހަރެން ފަހުދު ނޫން މީހަކު ބޭނުމެއް ނޫން.. ” ޔާނާ ޖަމީލާއަށް ފުރަގަސް ދިނެވެ. ކެތް ނުވެގެންނެވެ. ޔާނާ ދެލޯ ކުޑަކޮށްގެން ހުރެ ފުރަތަމަ ފަހަރަށް ޖަމީލާ އާއި ދެކޮޅަށް ބަހެއް ބުނެލީވެސް އެކަން  ސާފުކޮއްދިނުމަށެވެ،

” އެކަމަކު ދުވަސްކޮޅަކުން ފަހުދު ކަލޭ ދޫކޮއްލަފާނެ! އޭނާއަށް އަދި ނުވިސްނެނީ….. ދުވަސްވާ ވަރުން ވިސްނޭނެ! މި ބޮޑު ދުނިޔޭގަ މާ އަޅާ ގަސްގަސް ހުއްޓަ ކާކުތަ މާ ނާޅާ ގަހަކަށް ފެންދީގެން ގެންގުޅޭނީ.. މާނާޅާ ގަހަކަށް ކިތަންމެ ވަރަކަށް ބޭސްޖެހިޔަސް އެގަހެއްގަ މަލެއް ނާޅާނެ..އެފަދަ ގަހެއް ގޭގަ ހުއްޓަސް ކަނޑާ ތިރިކޮއްލުން އެންމެ ރަނގަޅޔވާނީ.. ” ޖަމީލާ ބޭނުންވެފައި ހުރީ ރަނގަޅަށްވެސް ޒުވާބު ކޮއްލާށެވެ. އެކަމަކު ޔާނާ އެފުރުސަތެއް އޭނާއަކަށް ނުދޭނެއެވެ. ޔާނާގެ ކަރުނައިގެ ކަނޑަށް ޣަރަގު ވުމަށްޓަކައި ދުއްވައިގަތެވެ. ޖަމީލާ ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ.

**************

މެންދަމުގެ ވަގުތެވެ. އޭނާގެ މިސްރާބު ހުރީ ޖަމީލާމެންގެއާއި ދިމާއަށެވެ. ބޮޑުދޮރާށި ހުޅުވާލާފައި ގެއާއި ދިމާއަށް ހިނގައިގަތެވެ. މަޑުމަޑު ހިނގުމެއްގައި އައިސް ހުއްޓުނީ ޔާނާގެ ކޮޓަރި ކުޑަދޮރުކައިރީގައެވެ. މަޑުމަޑުން ހުރިހާ ކުޑަދޮރެއްގައި އަތްޖައްސަމުންދެއެވެ. އެންމެ ދެކުނަށް ހުރި ކުޑަދޮރު ހުޅުވުނެވެ. އިސާހިތަކު އޭނާ ކޮޓަރިތެރެއަށް ދެމިގަތެވެ. އަދި ނިދާފައި އޮތް ޔާނާއާއި ދިމާއަށް ބަލާލިއެވެ. މަޑުމަޑުން އޭނާ ގަމީސް ބޭލުމަށްފަހު އަލަމާރި ހުޅުވާލާ، ކޮނޑެއްގައި ގަމީސް އަޅުވާލީ ނިދާފައި އޮތް ޔާނާ އާއި ދިމާއަށް ބަލާލަމުންނެވެ. އަދި އެނދުމަތީގައި އިށީނދެލާ ޔާނާގެ ކައިރީގައި އޮށޯތެވެ. ޔާނާގެ މޫނުމަތީގައި ފިރުމާލުމުން ނިދާފައި އޮތް ޔާނާއަށް ލޯ ހުޅުވާލެވުނެވެ. ހޭލެވުމާއި އެކު އޭނާ ޔާނާގެ ގައިމައްޗަށް އެރިއެވެ. ހަޅޭއްލަވައިގަތުމަށް ޔާނާ މަސައްކަތް ކުރިނަމަވެސް އޭނާ ޔާނާގެ އަނގަމަތީ އަތްއެޅިއެވެ. ފަނޑުއަލީގެ ތެރެއިން އެއީ ކާކު ކަމެއް ޔާނާއަކަށް ނޭނގުނެވެ. އެނދުމަތީގައި ވެލާބޮނޑިއެއް ބައްދައިގެން ތިބޭ ފަދަ ގޮތަކަށް ޔާނާގެ ގައިގައި އޭނާ އޮޅުލަމުންދަނީ ޔާނާގެ ނުރުހުމުގައެވެ،

ހަމައެވަގުތެވެ. ކޮޓަރި ބޮކި ދިއްލުނެވެ. އަދި އަޑުގެ ކޮޅަށް ޔާނާ އޭ ބުނެ ހަޅޭއްލަވައިގަތް އަޑުން އެނދުމަތީގައި ތެޅިތެޅި އޮތް ޔާނާ އަށާއި އެ ޒުވާނާއަށް ލިބުނީ ސިހުމެކެވެ. ކޮނޑުގައި އޮތް ދަބަސް މުށިގަނޑު މައްޗަށް ވައްޓާލުމަށްފަހު އެނދުން ފައިބަމުން ދިޔަ ޒުވާނާގެ ކަރުގައި ފަހުދު ހިފާ ފާރާދިމާލަށް ހޫރާލިއެވެ.

އޭރު ޔާނާ އެނދުން ތެދުވެ ދުވެފައި އައިސް ފަހުދުގެ ގައިގައި އޮޅުލައިގަތެވެ. ފާރުބުޑުގައި އޮތް ޒުވާނާ އޮތީ ވީތަދުން ހިރިވެސް ނުލެވިފައެވެ. ފަހުދު ޔާނާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮއްލިއެވެ.

 އެވަގުތު ޖަމީލާވެސް އެތަނަށް އައެވެ. ” މީ ކޮންކަމެއް؟ ” ހައިރާންކަމާއި އެކު ޖަމީލާ އެހިއެވެ.

” ޔާނާ ނިދާފައި އޮއްވާ ވަނީ! ގެއެއްގެ ދޮރު ހުޅުވޭތޯ ބަލަބަލާ ތިބެނީ… އަހަރެން މި މައްސަލަ އެންމެ މައްޗަށްވެސް ގެންދާނަން!” ފަހުދު ހުރީ ވަރަށް ރުޅިގަދަވެފައެވެ.

” މަންމަ ކައިރީ ދަރިފުޅު ބުނީއެއްނު ބޭރުދޮރު ހުޅުވާފަ ބަހައްޓާށޭ! މެންދަމު އާދެވޭނެޔޭ ރަށަށް! އެހެންވެ މަންމަ އެވާހަކަ ޔާނާ ގާތު ނުވެސް ބުނަން… ދަރިފުޅަށް ވަދެވޭނީ ދޮރު ތަޅުނުލައި ބެހެއްޓީމައެއްނު. އެހެންވެ ބޭރު ދޮރު ހުޅުވީ މަންމަ” ޖަމީލާ  ދެރަވެފައި ވާހަކަ ދެއްކިއެވެ.

” އަހަރެންވަނީކީ ނޫން….އަހަރެން ވެއްދީ! ” ޒުވާނާ ވަރަށް އުނދަގުލުން ތެދުވަމުން ބުނެލިއެވެ.

” ވެއްދިއްޔޭ!؟ ކޮންހާ ދޮގެއް ހަދާކަށް! މީ ކާކުތަ މަންމާ!؟ ” ފަހުދު ބުންޏެވެ. އިތުރަށް ރުޅި އައިސްފައި ހުރެއެވެ. އޭރުވެސް ޔާނާ ހުރީ ފަހުދުގެ ގައިގައި ތަތްވެއެވެ، ގަނެފައިވާ ބިރެއްގެ ސަބަބުން އޭނާ ކިޔާ އެއްޗަކަށް ޔާނާ ވިސްނައެއްވެސް ނުލައެވެ،

” ތީ ޒުބޭދާގެއަށް އަރުވާލި މާޒިން! ” އާދައިގެ ގޮތަކަށް ޖަމީލާ ބުނެލިއެވެ.

” އަރުވާލިމީހުން މުޅިރަށަށް ގިނަވެގެން މީދޯ ކުރާކަމަކީ؟   އިރު އަރަންދެން މީނާ މިގޭގަ ބަހައްޓާ! ހެނދުނަށް އޮފީހަށް ދާނަން މީނަ ގޮވައިގެން!” އޭރުވެސް ޔާނާ ހަމަ ރޮނީއެވެ.

” އަހަރެން އޮފީހަށް ގެންދިޔައްޔާ ކަލޭގެ ތި ރީތި އަނބިމީހާވެސް ގެންދަންޖެހޭނެ! އޭނަ ބުނެގެން އަހަރެން މިއައީ… މިއީ ޖެހިޖެހިގެން މިގޮތަށް ވަންނަ ތިންވަނަރޭ! އަހަރެން ވަންނަނީ އެހެރަ ކުޑަދޮރުން.. އެއީ ޔާނާ އަހަންނަށްޓަކައި ހުޅުވާލާފައިވާ ދޮރެއް!” މާޒިން މަޑުމަޑުން ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. އަލަމާރިން  އޭނާގެ ގަމީސްނެގިއެވެ. ފަހުދު ހުރީ ހައިރާންވެފައެވެ.

” ކިތަންމެ ވަރަކަށް ކުރިޔަސް ބަސްޓެއް ނުވާނެ! މިބުނީ ބަނޑުބޮޑެއް ނުވާނޭ…. ދެން ކޮބާ މައްސަލައަކީ ދޯ ކިޔުޓީ! ” ގަމީސް ލަމުން މާޒިން އެހެން ބުނުމުން ފަހުދުގެ އަތުން ހޫނު އެތިފަހަރެއް މާޒިންގެ ކޯތާފަތްމައްޗަށް އަމުނާލިއެވެ. ޔާނާ ހުރީ ދެލޯބޮޑުކޮއްގެންނެވެ. އަނެއްކާ ޔާނާގެ ދިރިއުޅުމަށް ކޮންފަދަ ބޮޑު މުސީބާތެއް ކުރިމަތީބާވައެވެ؟

” ދަރިފުޅާ! މާޒިން ދައްކާވާހަކަވެސް އަހާބަލަ! ” ޖަމީލާ ފަހުދު ހިފެހެއްޓިއެވެ.

” ނޫން މަންމާ! އަހަރެން އަތުން މަރާނުލެވެނީސް މީނަ ގެންދޭ މިތަނުން. އަހަރެންގެ ޔާނާ އެހެނެއް ނަހަދާނެ! އަހަރެން ޤަބޫލެއްނުކުރާނަން! “

ފަހުދު ޔާނާގެ މޫނަށް ބަލާލިއިރު ޔާނާ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ.

” އަހަރެން އެކަހަލަ ވިޔާނުދާ ކަމެއް ނުކުރަން… އަހަންނަށް ހޭލެވުނުތަނާ ….. ” ޔާނާގެ ޖުމުލަ މެދުކަނޑާލީ ފަހުދެވެ.

” ނޫން…އެކަމާ ނުވިސްނާ! އަހަރެން ޔާނާއަށް އިތުބާރުކުރަން! ” ފަހުދު ޔާނާގެ ބޮލުގައި ފިރުމާލިއެވެ.

” އަހަރެން ހިއެއް ނުކުރަން ޔާނާ އޮޅުވާލާނެކަމަކަށް! ފިރިމީހާ އައީމަ ބިރުގަތީދޯ…. ފަހުދު ގަބޫލެއް ނުކުރާނަންދޯ އަހަރެން މިދައްކާ ވާހަކައެއް.. ” މާޒިން ހުރީ ވަރަށް ހަމަޖެހިލާފައެވެ. ޔާނާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖަމީލާވެސް ހުރީ ހާސްކަމެއްގެ ތެރޭގައިކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.

” މާޒިން ހީނުކުރައްޗޭ މޮޅެތިވާހަކަ ދައްކައިގެން އަހަރެންގެ ސިކުނޑިއާއި ކުޅެލެވޭނޭ” ފަހުދު މާޒިންއާއި ހަތަރުކަޅި ހަމަކޮއްލިއެވެ.

” ހިއެއް ނުކުރަން… އެކަމަކު ޔަޤީން ކުރަން… ޔާނާގެ ބުރަކަށީގައި ލަކުނެއްވާކަން އަހަންނަށް އެނގެންވީ ކީއްވެ؟ ” މާޒިންގެ ޖުމުލައިން ފަހުދު ޔާނާއަށް ބަލާލިއެވެ. ޔާނާގެ ދެލޯ ބޮޑުވެއްޖެއެވެ. ފަހުދު ހުރީ ބަސްހުއްޓިފައެވެ.

” ސުބްޙާނަﷲ ! ޔާނާ؟؟؟ މަންމަ އަށް ޤަބޫލުކުރަންވެސް ދަތި! ” ޖަމީލާ އަނގަމަތީ އަތްއަޅާލިއެވެ. ފަހުދު ނުސީދާގޮތަކަށް ބަލަމުން ޔާނާގެ ކުރިމައްޗަށް އެރިއެވެ. އޭނާ ޔާނާގެ މައުސޫމު މޫނާއި ދިމާއަށް ބަލަންހުރެ ބުންޏެވެ،

” މަންމަމެން ބޭރަށް ނުކުމެބަލަ! ” ފަހުދުގެ ބަހަށް ޖަމީލާއާއި މާޒިން ބޭރަށް ނުކުތެވެ.

ފަހުދު އައިސް ޔާނާލައިފައިވާ ކުރުތާ ހިއްލާލިއެވެ. އޭނާ ސިހުނެވެ. ދުރަށް ޖެހުނެވެ. މޫނުމަތީގައިވަނީ ސުވާލުގެ ނަޒަރެވެ.

” ކިހިނެތްވީ؟ ” ޔާނާ ބިރުން ހުރެ އެހިއެވެ.އަދި ފަހުދުގެ ކައިރީގައި ހުއްޓުނެވެ

” ދުރަށްދޭ! މަށާ ކައިރި ނުވާތި! ” ފަހުދު ޔާނާ ދުރުކޮއްލިއެވެ. ” ބުރަކަށީގައި އެހުރީ ކޮން ލަކުނެއް؟ ” ފަހުދު ސުވާލުކުރިއެވެ.

” މަސްތެލުލާފަ ތެޔޮގަނޑު ބުރީ…. ” ތުރުތުރު އަޅަމުން ޔާނާ ބުނެލިއެވެ.

” ކީއްވެ މަ ކައިރީ ނުބުނީ؟ ކީއްވެ މާޒިންއަށް އެނގެންވީ؟ ” ފަހުދުގެ ބާރު އަޑުން ޔާނާއަށް ތެޅިގަނެވުނެވެ.

” ނޭންގެ އޭނައަށް ….އިނގުނީ…… ކިހިނެތްކަމެއް؟  ނޭނގެ.. ފަހުދު ” ޔާނާހުރީ އިންތިހާއަށް ބިރުގަނެފައެވެ.

ޖަމީލާއާއި މާޒިން އެތެރެއަށްވަނެވެ.

” އަހަންނަށް މަޢާފްކުރޭ ފަހުދު….. އަންހެނަކު އެވަރަށް އާދޭސްކުރާތީ އަހަންނަށްވެސް މަގު އޮޅުނީ………..” މަކަރުވެރި ލޮލަކުން ޔާނާއަށް ބަލާލަމުން މާޒިން ބުނެލިއެވެ.

” މާޒިން! ތީ އަހަރެން ދުވަހަކުވެސް ދެކިފައިވާ މީހެއްވެސް ނޫން.. ތެދަށްބުނޭ…! އަހަރެން ކޮންއިރަކު މާޒިންގާތު   އަންނާށޭ ބުނީ… ” ޔާނާ ރޮމުންރޮމުން ތިރިވިއެވެ. އޭނާ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ފަހުދު ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް ޔާނާ އެފަދަ ގިތަކަށް ރޯތަން ދެކޭކަށް ކެތެއް ނުކުރެވުނެވެ.

” މާޒިން ދޭ މިތަނުން!…. ” ފަހުދު މާޒިންއަށް ފުރަގަސްދިނެވެ.

” އެކަމަކު ދަރިފުޅާ! ތިވަރުގެ އަންހެނެއް މަންމަ ދުވަހަކުވެސް ނުދެކެން…. މަންމަވެސް ދަރިފުޅުވެސް ކިހާ ރަނގަޅަކަށް ޔާނާ އާއި މެދު ކަންތައް ކުރީ… އެކަމަކު…. ދެން މަންމަގެ ހިތެއް މި އަންހެންމީހާއަކަށް ރަނގަޅެއްނުވާނެ! ” ޖަމީލާ ރޮމުން ރޮމުން ބުނެލިއެވެ.

” މަންމާ! މަންމަވެސް ދެން ދޭ…… ” ޖަމީލާ ދޮރުމަތީގައި ހުއްޓާ ފަހުދު ގޮސް ދޮރުޖެހިއެވެ. ޖަމީލާ ކަރުނަ ފޮލެހުމަށްފަހު ކޮޓަރިއަށް ދިޔައެވެ.

އެނދުކައިރީ އިށީނދެލައިގެން ރޯން އިން ޔާނާ ކައިރީގައި ފަހުދު ގޮސް އިށީނދެލިއެވެ.

” އަހަރެންގެ ފަރާތުން ލިބެމުންދާ ލޯބި ކުޑައީތަ؟ ” ފަހުދު ކުރި ސުވާލުން ޔާނާގެ ހިތައްކުރި އަސަރުން އޭނާ ފަހުދުގައިގައި އޮޅުލައިގަތުމަށް ގާތްވެލިއެވެ. އަވަސް އަވަހަށް ފަހުދު ދުރަށް ޖެހިލިއެވެ.

” ތި މުޑުދާރު ހަށިގަނޑުގެ ވައި އެޅޭކަށްވެސް އަހަރެން ބޭނުމެއްނޫން!…. ޔާނާގެ ނުކުޅެދުންތެރިކަމާއި އެކުގައިވެސް އަހަރެން ޔާނާ ބަލައިގަނެ، ޔާނާ އާއިއެކު ދިރި މިއުޅެނީ ވަރަށް….. ވަރަށް ލޯބިވާތީ!… މިއުޑުދަށުގައިވެސް ތިހާ ލޯބިވާ ކުއްޖަކު ނުހުންނާނެ! ތިހާ ބޮޑަށް އިތުބާރުކުރާވެސް………. އަހަރެން ހިއެއްނުކުރަން ތި ނުކުޅެދުންތެރިކަމުގެ ފައިދާ ތިފަދަ ގޮތަކަށް ނަގާފާނެކަމަށް. ހީވަނީތަ؟ ޔާނާއަށް ހީވަނީތަ އަހަރެންނަށް ފަސޭހަވާނެޔޭ.. އެހެންމީހަކު ތި ހަށިގަނޑުގައި ބީހެޔޭ ބުނާއަޑުއަހަންވެސް އަހަންނަށް ވަރަށް އުދަގުވޭ.. އެހެންމީހަކަށް ތި ހަށިގަނޑުން އުފަލެއް ދެޔޭ ބުނާތީވެސް ހިތް ހުއްޓިދާވަރުވޭ ” ފަހުދުގެ އަޑު ބެދުނެވެ. ފަހުދު ރޮނީއެވެ. ޔާނާގެ ހިތް ކުދިކުދިވެއްޖެއެވެ.

” އަހަރެން……… މާތްﷲއަށް ޓަކައިވެސް ދޮގެއް ނުބުނަން…… ތެދަށް ބުނީ….. އަހަރެން އެހާ ދަށުދަރަޖައިގެ ޢަމަލެއް ނުކުރަން… ” ޔާނާގެ އަޑު އަނެއްކާވެސް މެދުކަނޑާލީ ފަހުދެވެ.

” ދެން އިތުރަށް ބޭނުމެއްނޫން…………….. އައި އެމް ސޮރީ!… ދެން މަންމަވެސް ޔާނާއަކަށް ހިތެއް ހެވެއް ނުވާނެ!.. އަހަންނަށް އުނދަގޫވާނެ އޭރުން……” ފަހުދު ބޮލުގައި ހިފަހައްޓާލިއެވެ.

” މަންމަ ކޮންއިރަކު އަހަންނަށް ހިތްހެވީ؟ މިރަށަށް އައިއްސުރެން މަންމަ އާއި ދެކޮޅަށް ހަނގުރާމަކޮއްކޮއް އަހަރެން ވަރުބަލިވެއްޖެ! ” އެޖުމުލަ އާއި އެކު ފަހުދު ޔާނާގެ ކޮނޑުގައި ހިފުމަށްފަހު ބުނެލިއެވެ.

” ކުށެއް ނެތްކަން ދައްކަން ތިނޫން މޮޅު އިބާރާތެއް ހިތަށް ނައީތަ؟ އެއީ މަގޭ މަންމައޭ؟ ހިލޭ ފިރެހެނުން ކޮޓަރިއަށް ވައްދާފަ އެކަމުގެ ސައްހަ ހެކި ފެނުނީމަ ދެން ތިއުޅެނީ މަންމަގެ މައްސަލަ ދައްކަން! ގުޑް! ވެރީ ގުޑް!”

ފަހުދު ޖީބަށް އަތްޖަހާލިއެވެ.

” އަހަރެން ވަރަށް އުއްމީދާއި އެކު ވަރަށް ބޮޑު ސަޕްރައިޒެއްދިނުމަށް މިގަޑީގަ މިއައީ……… އެކަމަކު މަށަށް މިލިބުނީ ކިހާބޮޑު ސަޕްރައިޒެއް! ” ފަހުދު ކޮނޑުއަރުވާލިއެވެ. ޔާނާ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ.

” އަހަރެން ދުވަހަކުވެސް ފަހުދަށް ދޮގެއް ނަހަދަން! “

” އިތުރަށް އަހަންނަށް ވިސްނައިދޭން ނޫޅޭތި! ” ފަހުދު ޔާނާގެ އަތުގައި ހިފާ ކޮޓަރިން ނެރުނެވެ.

” ކަލޭ ނުކުމެގެންދޭ މިގެއިން!…. ތިވައްތަރަށް އުޅެން މަގޭ ހިޔާވަހިކަމުގައެއް ނުހުރެވޭނެ! ދޭ! ” ފަހުދު އައިސްފައި ހުރި ރުޅިން ހެދޭގޮތެއްވެސް ނޭންގޭ ކަހަލައެވެ.

“ނޫން… އަހަރެން މިގެއިން ފޮނުވާނުލާ! ޕްލީޒް…. ފޮނުވާނުލާ….. އަހަރެން ދާނީ ކޮންތާކަށް؟ ” ޔާނާ އައިސް ފަހުދުގެ އަތުގައި ހިފުމުން އަތްފޮޅުވާލަމުން ފަހުދު ބުނެލިއެވެ.

” ކަލޭގެ ވަގު ފިރި މާޒިން ކައިރިއަށް ގޮސް އޮވޭ! ” މިހެންބުނެ ފަހުދު ވަނީ ކޮޓަރިއަށެވެ. ޔާނާ ސިޓިންގ ރޫމް ތެރޭ ރޮއިލަ ރޮއިލާ ހުއްޓެވެ. ދެން ފެނުނީ ފަހުދު ދަބަސް ހިފައިގެން އައި ތަނެވެ.

” އަން! މީ ޔާނާގެ އެއްޗެހި… މި އެއްޗެހި ހިފައިގެން ދޭ ކޮންމެވެސް އެހެންތާކަށް… އަދި ބުނަންތަ؟ ކަލެއަށް މަގޭ ދިރިއުޅުން ބަރުބާދު ކޮއްލެވިއްޖެ! ކަލެއަކަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެ! ދުވަހަކުވެސް ނުލިބޭނެ.. އަަހރެން ދުޢާވެސް ކުރާނަން.. ތިގޮތަށް އެކަނި އުޅެން ކޮންމެވެސް އެހެން ފިރެހެނެއް ކައިރިއަށް ދޭ! ” އެޖުމުލައިން ޔާނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

“ކަލެއަށް މަގޭ ދިރިއުޅުން ބަރުބާދު ކޮއްލެވިއްޖެ! ކަލެއަކަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެ!”

“ކަލެއަށް މަގޭ ދިރިއުޅުން ބަރުބާދު ކޮއްލެވިއްޖެ! ކަލެއަކަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެ!”

ޔާނާގެ ކަންފަތުގައި މި ޖުމްލަ ގުގުމަންފެށިއެވެ.

” ނޫން ފަހުދު…. އަހަރެންނަށް ނަފްރަތު ކުރިކަމުގައިވިޔަސް ، އަހަރެންދެކެ ކިތަންމެ ރުޅިއައި ކަމުގައި ވިޔަސް ތިޔަކަހަލަ ބަދު ދުޢާއެއް އަހަންނަށް ނުކުރޭ! އިރާދަކުރެއްވިއްޔާ ފަހުދު ތި ނިންމި ގޮތަކީ ދިރިއުޅުމުގައި އަހަންނަށް ހުރި ގޮތެއް ނޫން… އަހަރެން އަދިވެސް މިއީ ފަހުދުގެ ޠާހިރު އަނބިމީހާ.. ފަހުދު އަހަންނާއި މެދު ކަންތައްކުރިގޮތުން އަހަރެންނަށް ވަރަށް އަސަރު ކޮއްފި! އަހަރެންގެ މައިންބަފައިން އަހަރެން ނުދަންނާނެކަން ފަހުދަށް އެނގޭނެ… ދެން ކީއްވެ އަހަންނަށް ތިހެން ތިހެދީ؟ އަހަރެން ދާނީ ކޮންތާކަށް؟ ” ޔާނާ ކަރުނަ ފޮހެލާފައި ވާހަކަ ދެއްކީ ޔާނާގެ ފަރާތުން ހެކި ދައްކާނެ ގޮތެއް ނެތީމައެވެ.

” ވަރިހަމަ ކޮންމެ ތަނަކަށް ދިޔަޔަސް……..” ކޮޓަރިން ނުކުންނަމުން ޖަމީލާ ބުނެލިއެވެ.

ޖަމީލާ ނުކުތުމުންވެސް ޔާނާ އެގެއިން ދާކަށް ބޭނުމެއްނުވިއެވެ. އޭނާ ފަހުދަށް ބަލާލުމާޢި އެކު ފަހުދު ބާރު ބާރަށް ގޮސްވަނީ ކޮޓަރިއަށެވެ.ދެން އިތުރަކަށް އޭނާއަކަށް އެތާ މަޑެއްނުކުރެވުނެވެ،

” ބަލަ ކަލޭ ދާށޭ…. ކޮންފަދަ ބޮޑު ނުހުރުއްޕާނެއްތަ؟ “

ޖަމީލާގެއަޑަށް ޔާނާ ދަބަސް ހިފައިގެން ހިނގައިގަތީ އޭނާގެ ކޮޓަރީގެ ދޮރަށް ބަލަމުންނެވެ.

ޔާނާ ގެއިން ބޭރުވިތަނާ ޖަމީލާ ދޮރުލައްޕާ ތަޅުލިއެވެ. އަދި ހިނިތުންވެލީ ވިހަގޮތަކަށެވެ.

ފަހުދު ހުރީ ކޮޓަރި ކުޑަދޮރުން ޔާނާ ދާތަން ބަލާށެވެ. ހިތައްކުރާ އަސަރު ބަޔާންނުކުރެވޭ ޙާލުގައެވެ. ދެލޮލުން ކަރުނަ ފައިބަމުން ދެއެވެ. ޔާނާ މަޑު ހިނގުމެއްގައި ގޮސް ހުއްޓި ކޮޓަރިއާއި ދިމާލަށް ބަލާލުމުން ކުޑަދޮރު ހުޅުވައިގެން ހުރި ފަހުދު ފެނުނެވެ. ޔާނާގެ އަތުގައިވާ ދަބަސް ދޫވިއެވެ. ފަހުދާއި ޔާނާގެ ދެލޯ ބައްދަލުވި ހިނދު ވަކިނުވުމަށް އެދޭވަރު ހާމަވެއެވެ. ކުއްލިއަކަށް ފަހުދު ކުޑަދޮރު ލައްޕާލިއެވެ. ޔާނާ އަޑުގެ ކޮޅަށް ރޯންފެށީ ބިންމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އެކުގައިވާން އެދެމޭ… 5

Next

އެކުގައިވާން އެދެމޭ… 6

Next
February 17, 2014

އެކުގައިވާން އެދެމޭ… 6

Previews
February 16, 2014

އެކުގައިވާން އެދެމޭ… 5

5 Comments!

  1. Ihusana Ali says:
    February 17, 2014 at 10:39 am

    v reethi, waiting for the next part.

  2. lady gaagaa says:
    February 17, 2014 at 12:22 pm

    alhey vrh wait kurevey next part ah
    thankolhe avah thankolhe dhigukoh genedheeba plxxx

  3. someone says:
    February 17, 2014 at 9:23 pm

    kommes kujjaku bunedheeba video free koh download kureveyne gotheh plx plx plx

  4. bubbly says:
    February 17, 2014 at 11:22 pm

    Bova dhila mehi kiyaa mahe huna kame adhi egifa e nuveyy

  5. Maya says:
    March 19, 2016 at 12:45 pm

    Nice

Comments are closed.

Next Episodeހިތުގާ ފޮރުވާލަދޭށޭ 4ވަނަ ބައި←


All Right Reserved!