Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި އަހަރެންވާނަމޭ (7)

SunShine Level 210 Stories100 Comments
November 4, 2017 4 Mins Read
22 Comments

“ޔުޝްތާ އާން ޖޭ ވީ އިނގޭ އެ.” އަރްމާން އަދިވެސް ބަލަމުން ދިޔައީ ޔުއާން އާއި އަފްރީން ލަދު ގަންނަވާލަންށެވެ.

***************************

އަރްމާން މިހެން ބުނުމުން އަފްރީން ލަދުގަތަސް ޔުއާން މިފަހަރު އަރްމާން ގައިގަ ބޮނޑިއެއް އެޅީއެވެ.

“އޭ މަ މި އިނގޭ ވަލީ ދޭން ހުރި މީހަކީ. މަ މަރާ ލައިފިއްޔާ ނުއެސް އިނދެވޭނެ” ކުރިޔާ ހިލާފަށް މިފަހަރު ހޭން ފެށީ އަފްރީންއެވެ. އަފްރީން ހޭން ފެށުމުން ޔުއާންއަށް އާޝޯހްވެފައި އަފްރީންއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ހޭ އިރު ރީތިކަން އިތުރުވެގެންދެއޭވެސް ޔުއާންގެ ހިތަށްއެރިއެވެ.

ޔުއާން ސިއްސައިގެން ދިޔައީ އަރްމާން އައިސް ޔުއާންގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ހީވީ ވައް ކަމެއް ކުރަނިކޮށް އަތުލައިގަތީހެންނެވެ. އެއާއިއެކު މުޅި ސިޓިން ރޫމްގައި ގުގުމާލީ އަނެއް ތިން މީހުނެ ހޭ އަޑެވެ.

މުޅި ރޭ އެތާގައި އޮތީ އެކުވެރި މާހައުލެކެވެ. އަފްރީންއަށްވެސް “އޮކްވާރޑް” ވެފައި އިންނާކަށް ނުޖެހުނެވެ. ޔުއާން ދިޔައީ އަފްރީންއަށް ބޭނުންވާނެ ވަރަށް ދުރުމިން ބަހައްޓަމުންނެވެ. ޔުއާން އިންތިހާއަށް އަފްރީންދެކެ ލޯބިވެއެވެ. ހަމަ އެފަދައިން އަފްރީންވެސް ޔުއާންދެކެ ލޯބިވެއެވެ. ދުވަހެއްގެ ކޮޅުންވެސް އެކަކު އަނެކަކަށް ގެއްލޭކަށް ނޭދެއެވެ.

 

މަޖަލާއި ސަކަރާތުގައި ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ.

ގަޑި ބަލާލަންވެސް ހަނދާންވީ އަފްރީންއަށް އާސިމާ ހުޅުމުންނެވެ. އޭރު ހުރީ 11 ޖަހަން ގާތްވެފައެވެ.

“ދޮންބޭ، ހިނގާ އަހަރެން ގެއަށް ލައިދޭން” ފޯން ކޯލް ކުރުކޮށްލުމަށްފަހު އަފްރީން އަރްމާން ގާތު އެދުނެވެ.

“އަދިވެސް އަހަރެންތަ؟ ޔުޝްތާ ބަލާ ބަލަ ނިކަން. އަފޫއަށް ބިޓެއް ހޯދައިދިނަސް ވާ ފަސޭހައެއް ނެތޭނުން” އަރްމާން މި ފުރުސަތުވެސް ދޫކޮށްނުލާ އަފްރީން ރަކި ކޮށްލިއެވެ.

އަފްރީން މިފަހަރު ރަކިވެގެން އަރްމާން ގައިގަ ބޮނޑިއެއް އަޅާ އެތަނުން ނިކުންނަށް ހިނގައިގަތެވެ.

އަރްމާން އަވަހަށް އަފްރީން ފަހަތުން ދުއްވައިގަތީ ކުރިން ރޭ ވީކަންތައް ހަނދާންވެ ހާސް ވުމުންނެވެ. އަދިވެސް އެވާހަކަ އަފްރީން އަދި އާސިމާ ގާތުވެސް ބުނާކަށް އަރްމާންއެށް ގަސްތެއް ނުކުރެއެވެ. ނަމަވެސް އޭނަ ކުރިއަށް އޮތްތާގައި އުޅެން ޖެހޭނީ ވަރަށް ބަލައިގެންނެވެ.

ޔުއާންއަށްވެސް ވީ ގޮތް ނަގައި ގަނެވުމުން އަރްމާން ފަހަތުން ދުއްވައިގަތެވެ. ނަސީބަކުން އަރްމާން ކައިރީ އަފްރީން ހުއްޓެވެ. ހާސްވާވަރުގެ ކަމެއް ނުވެއެވެ. ނަމަވެސް ބަލައިގެން ނޫޅުނިއްޔާ އެމީހުންނަށް އަފްރީން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.

 

އަފްރީނަ އަދި އަރްމާންއައިސް ގެއަށް ވައިން އިރު ދެމީހުންގެ އިންތިޒާރުގައި އާސިމާ ގޭގެ ސިޓިން ރޫމްގައި އިނެވެ. އެހެންކަމުން އެކަކަށްވެސް ކޮޓަރިއަކަށް ދާކަށް ނުކެރުނެވެ.

ދެމީހުންވެސް ގޮސް ހުސްކޮށް ހުރި ސޯފާ މައްޗަށް ވެއްޓިގަތީ ސަކަރާތް ޖަހާ ޖަހާ ވަރުބަލި ވެފައި ހުރުމުންނެވެ.

އަރްމާންއާއި އާސިމާ ލޮލުގެ އިޝާރާތުން ކޮންމެވެސް ވާހަކަ އެއް ދައްކަމުން ދިޔައެވެ. ނަމަވެސް މިއިން ކަމެއް އަފްރީން އަކަށް ރޭކާއެއް ނުލިއެވެ.

 

އިރުކޮޅަކުން ފެނުނީ އާސިމާ ގޮސް އަފްރީން ގައިގަ ބައްދާލި ތަނެވެ. އަފްރީންވެސް ވާނުވާގައި އިނދެފައިވެސް އާސިމާ ގައިގާ ބައްދާލިއެވެ.

 

“މަންމާ، ކިހިނެތް ވީ؟” އަފްރީން ކަން ބޮޑުވީ އާސިމާ ރޯކަން އިހުސާސް ވުމުންނެވެ.

“މަންމަގެ އަފޫ ބޮޑުވީ އޭނުން. މަންމަ ދޫކޮށްލާފަ ދާން ވިއްޔަ ތި އުޅެނީ” އާސިމާ ބުނި އެއްޗެއް ފަހުމް ވުމުން އަފްރީންގެ މޫނު ލަދުން ރަތްވިއެވެ.

“ދެން މަންމާ. މިއަދު އެންމެންވެސް ތިހެން ތި ކިޔަނީ. ދެން ހުއްޓާލަ ބަލަ.” އަފްރީން ލަދުން އިނދެވެސް އޭނަ ހިތައް އެރި އެތި ބުނެލިއެވެ.

 

“މަންމާ އަހަރެން މިދަނީ ނިދަން. މާދަން ހެނދުނު ޑިއެޓީ އޮވޭ.” އަފްރީން އެކަމުން ސަލާމަތް ވުމަށް އަވަހަށް ބަހަނާއެއް ދައްކާލިއެވެ. އަދި އެހެން މީހަކު ބުނާ އެއްޗަކަށް ބަލާލުމެއް ނެތި ސިޑިން އަރައިގެން ދިޔައީ ފަހަތްވެސް ބަލާނުލައެވެ.

އަފްރީން ގޮސް ލޮލު ކޮޅަށް ގެއްލުމާއެކީ އާސިމާ އަދި އަރްމާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“މަންމާ އެގޭގަވެސް މިއައީ ވަރަކަށް ދިމާކޮށްފައޭ.” އަރްމާން ހެމުން ހެމުން ބުނެލިއެވެ.

“މާން ދެން އަފޫއާ ދިމާ ނުކުރާތި. އޭނަ މާ ބޮޑަށް ލަދު ގަންނާނެ.” އާސިމާ ހިނިގަނޑު މަތަ ކުރަމުން ވާހަކަ ދެއްކިއެވެ.

“މަންމާ އެކަމް ހާދަ މަޖަލޭ. އަދި އާންވެސް ހަމަ ލަދުން ރަތްވޭ.” އަރްމާންއަށް ދެންވެސް ހުނުން ހުއްޓާލެވޭ ވަރެއް ނުވެއެވެ.

“އެކަމްވެސް މާން. ދެން އެވީ އިނގޭ. އަވަހަށް ދޭ ދެން މާންވެސް ނިދަން.” އާސިމާ ސީރިއަސްވެފަ ބުނި ވާހަކައަށް އެއްބަސް ވަމުން ބޯ ޖަހާލާފައި ނިދަން ދާން ތެދުވިއެވެ.

އަރްމާންވެސް ކޮޓަރިއަށް ވަދެ އަވަހަށް ނިދަން އޮށޯތެވެ.

އަފްރީންވެސް ނިދަން އޮއްތި ތަނާ ފޯނަށް މެސެޖެއް އައުމުން އެ ބަލާލިއެވެ.

*ހޭ އަފޫ. ހީވަނީ މިހާރު އޮންނާނީ ނިދިފަހެން. އައި ނޯ އަފޫ އަދި އެހާ ކޮންފޮޓެބަލް ނުވާނެކަން އާން އާއި އެކީ ދިރިއުޅުމެއް ފަށަން. އާން މިހުރީ އަފޫ ބޭނުންވާ ވަރަށް ވަގުތު ދޭން ތައްޔާރަށް ހަމަ. އަފޫ ބޭނުންވާ ވަރަށް ސްޕޭސްވެސް ދޭނަން. ~ޔުއާން~* މެސެޖް ކިޔާ ނިމުން އިރު އަފްރީންގެ ތުންފަތުގައި ރީތި ހިނިތުންވުނެއް ވިއެވެ. އަދި މެސެޖައް ރިޕްލައި ކޮށްލުމަށްފަހު ނިދާލިއެވެ. އަފްރީންއަށް މީން ދުވަހަކުވެސް ނުނިދޭހާ އަރާމްކޮށް ނިދާލެވުނެވެ.

 

ޔުއާންގެ ހާލަކީތޯއެވެ. ފޯނަށް މެސެޖެއް އައި އަޑަށް ބަލާލީ ހައިރާންވެފައެވެ. ޔުއާން ހީކުރީ މިހާރު އަފްރީން ނިދާފާނެ ކަމަށެވެ.

*ހޭ. އަދި ނުނިދިގެން މި އުޅެނީ. އެކަމް މިހާރު މި ނިދަނީ. ތެންކްސް އާން އަސްލުވެސް އައި ނީޑް ޓައިމް. މެރީ ކުރެވޭނީވެސް ދެމީހުން ރަނގަޅަށް ދަސްވީމަތާ ދޯ. އޭރުންނޭނުން އުޅެންވެސް ފަސޭހަ ވާނީ. އައި ހޯޕް ޔޫ އަންޑަސްޓޭންޑް. އާންވެސް ދެން އަވަހަށް ނިދާލާ. ހެނދުނު އޮފީހަށްވެސް ދާން ޖެހެއޭނުން. ގުޑް ނައިޓް* އަފްރީންގެ މެސެޖް ކިޔާލުމުން ޔުއާންއަށް ބަޔާން ކުރަށް ދަތި އުފަލެއް ލިބިގެން ދިޔައެވެ.

 

އޭގެ އަނެއް ދުވަހެވެ. އަފްރީން ޑިއުޓީ ނިންމާފައި އައިސްގެއަށް ވައިން ތަނާހެން ޔުއާންގެ ކޯލެއް އަންނަން ފެށިއެވެ. އަފްރީން ހިނިތުންވެލައިގެން ހުރެ ފޯނަށް ޖަވާބު ދިނެވެ.

“އަފޫ މިރޭ ފްރީތަ؟” ޔުއާން ހިތް އަވަސް ވެފައި ހުރެވެސް އަހާލީ ހަމަޖެހޭ ގޮތް އަޑަށް ގެންނަމުންނެވެ.

“ހޫމް. ފްރީއޭ. ކިހިނެތް ވީ؟ ކަމަކުތަ؟” އަފްރީންގެ އަޑުންވެސް އޭނާ އުފާވެފައިވާ މިންވަރު ހާމަވެގެން ދިޔައެވެ.

“އަނެއް މީ އަހަރެންނާއެކު ތަނަކަށް ދާން ބުނަން ވެގެން.”  ޔުއާން ޖެހިލުންވެފައި ހުރެވެސް އޭނާގެ ބޭނުން ހާމަ ކުރިއެވެ.

“ހޫމް. ކިހާ އިރަކަށް ރެޑީ ވާންވީ؟” އަފްރީން އެއްބަސް ވަގުތުން އެއްބަސް ވީއިރު އެ ހިތުގައި ކުޅެވެމުން ދަނީ ފޮނިފޮނި ރާގެކެވެ.

“30 8 އަށް ރެޑީވޭ. ދާނަން ބަލާ. ތިގޭ ކައިރިއަށް ގޮއްސަ ގުޅާނަން” އަފްރީން އެއްބަސް ވުމުން އުފާ ވެފައި ހުރެ ޔުއާން ބުނެލިއެވެ.

“އޯކޭ. މިގަޑީ ބާއްވަނީ އިނގޭ ދެން. އަދި ޑިއުޓީއިން އައިސް މި ވަނީ ހަމަ. ފެން ވަރައިގެން ނަމާދުވެސް ކުރަން ވެއްޖެ.” އަފްރީންގެ ހިތުގައި އުފާވެރިކަން ވަށާލާފައިވިއެވެ.

މިކަމަށް އާ ދެމީހުން ވީމައި ވާހަކަ ދައްކަނީވެސް ޖެހިލުންވެފައި ހުރެއެވެ. ނަމަވެސް ދެމީހުންގެ ހިތުގައިވެސް ވަނީ އެކަކު އަނެކަކަށްޓަކައި އިންތިހާ ލޯތްބާއި އަޅާލުމެވެ.

 

ދެމީހުނެވެސް ފޯންކޯލް ކުރުކޮށްލާފައި އެމީހެއް ދެން ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ޔުއާން އޮފީހުގައި ނިންމަން ހުރި މުހިންމު ކަންތައް ނިންމާލަ އަވަސްވެގަތީ ކުރިއަށް އޮތީ އޮފީސް ބަންދު ދެދުވަސް ވީމައެވެ.

ޔުއާންގެ އުމުރާ ބަލާފައި އޭނައަކީ މާ ކާމިޔާބު މީހެކެވެ. އަދުގެ ޒުވާނުންގެ ކިބައިގައި ނުހުންނަ ހަރުދަނާކަން ޔުއާންގެ ކިބައި ހުންނަނީ މީހުން ހައިރާންވާ މިންވަރަށެވެ. ޔުއާންއަކީ އޭނަގެ އަމިއްލަ ވިޔަފާރިއެއް ހިންގާ ކާމިޔާބު ޒުވާނެކެވެ. ރީތީގެ ގޮތުން ބެލިޔަސް ޔުއާންއާއި ވާދަ ކޮށްލޭވޭ ވަރުގެ ޒުވާނެއް އެރަށުގައިވެސް ހުންނާނެ ކަމެއް ނޭނގެއެވެ. ޔުއާންގެ މުށި ކުލައިގެ ދެލޮލަކީ ހުރިހާ ކުދިން ޔުއާންގެ ޖާދުލުގައި ޖައްސާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެ ކަސްރަތީ ހަށިގަނޑާއި ރީތިކޮށް ސްޓައިލް ކޮށްލާފައިވާ އިސްތަށި ކޮޅަކީ ހުރިހާ ކުދިން ފިދާވާ ބައެވެ. ޔުއާން ދާ ކޮންމެ ތަނަކުންވެސް މީހުންގެ ނަޒަރު ޔުއާންއަށް ހުއްޓެވެއެވެ. އަންހެން ކުދިން ދީވާނާވެގެން ބަލާއިރު ފރިހެނުން ބަލަނީ ހަސަދައުގެ ނަޒަރުންނެވެ.

 

އަފްރީންގެ އިންތިޒާރުގެ ނިމުން އައީ ޔުއާންގެ ކޯލެއް އަންނަން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“މިހުރީ ބޭރުގަ އިނގޭ. އާދޭ” އަފްރީން އަވަސް އަވަހަށް އާއެކޭ ބުނުމަށް ފަހުގައި ސެންޓު ކޮޅެއް ބުރުވާލައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ސިޓިން ރޫމަށް ފޭބި އިރު އާސިމާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އަދި އަރްމާންވެސް ފޯނު ހިފައިގެން ސޯފާގައި އޮށޯވެ އޮތެވެ. އާސިމާ ކައިރީގައި ކުރިން ޔުއާންއާއިއެކު ބޭރަށް ދާ ވާހަކަ ބުނެފަ އޮތުމުން އާސިމާ ސުވާލެއް ނުކުރެއެވެ. ނަމަވެސް އަރްމާންއަށް މިފަހަރުވެސް މަޑުން އޮވެވޭ ކަމަކަށް ނުވިއެވެ.

“މަންމާ. މި އަފޫ މާ ވަރަކަށް ނޭވާ ހާސްވާވަރަށް ސެންޓް ޖަހައިގެން އެދަނީ މީހަކު ނޭވާ ހާސް ކޮށްލައިގެން މަރާލަންތަ؟” އަރްމާންއަށް އަފްރީން ދަނީ ކީއްކުރަންކަން އިނގި ހުރެ އަފްރީންއަށް ޖެއްސުންކޮށްލިއެވެ.

އެއާއެކު ފެނުނީ އަފްރީން އަރްމާން ގައިގާ ބޮނޑިއެއް އަޅާލި ތަނެވެ.

އަރްމާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަފްރީން އަވަސް އަވަހަށް ނިކުންނަން ހިނގައިގަތީ ޔުއާން ބޭރުގައި ހުރީމައެވެ.

 

އަފްރީން ފެނުމާއިއެކު ޔުއާންއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށްލަންވެސް ނޭނގުނެވެ.

އިއްތިފާގުން ދެމީހުންނަށްވެސް ލެވިފައި ތިބީ އެއް ކުލައެކެވެ.

ކަޅުކުލައިގެ ކަކުލާ ހަމައަށް އަންނަ ޒަމާނީ ހެނދުމަކާއި ކަޅުކުލައިގެ ސްކިނީ ލައިގެން ހުރި އިރު އެ ހެދުން އަފްރީންއާއި މާ ބޮޑަށްވެސް ގުޅެއެވެ.  ކުޑަކޮށް ބުޅި އިސްތަށިގަނޑުވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު އޭގެން އަފްރީންގެ ރީތިކަން އިތުރުވެގެން ގޮސްފައިވާހެން ހީވެއެވެ.

އަފްރީންއަށްވެސް ވީ ހަމަ އެވަރެވެ. ޔުއާން ފެނުމުން އެ ދެލޮލުގެ ޖާދުލުގައި ޖެހިފައި ހުރެވުނީއެވެ. ޔުއާން ކަޅުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރި އިރު އަތްވަނީ އުޅަބޯއްޓާ ހަމައަށް އޮޅާލާފައެވެ. އަދި ތިރިން ލައިފައި ވަނީ ކަޅުކުލައިގެ ޖިންސެއް ލާފައި ހުރި އިރު ކަޅުކުލަ ޔުއާންއާ ވަރަށް ގުޅެއޭ އަފްރީން ހިތަށް އެރިއެވެ. ބޮލުގެ އިސްތަށިކޮޅުވަނީ ޖެލްލާފައި ރީތި ގޮތަކަށް ހަދާލާފައެވެ.

“އެހެމް އެހެމް” ޔުއާންއާއި އަފްރީން ސިއްސައިގެން ދިޔައީ އަރްމާން އައިސް ކަރު ކެހިލުމުންނެވެ.

ޔުއާން އަވަހަށް ރަކިވެގެން އެހެން ދިމާލަކަށް ބަލާލިއިރު އަފްރީން ލަދުން އިސްޖަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

އެވްލީންގެ ކިޔުންތެރިންނަށް

Next

ކުށްވެރި ލޯބި 2

Next
November 5, 2017

ކުށްވެރި ލޯބި 2

Previews
November 4, 2017

އެވްލީންގެ ކިޔުންތެރިންނަށް

22 Comments!

  1. Anonymous says:
    November 4, 2017 at 9:20 pm

    yo

    1. SunShine says:
      November 4, 2017 at 11:09 pm

      ?

  2. Bestfriend says:
    November 4, 2017 at 9:26 pm

    Haadha kurey ekam vvvvv salhi Kon Iraku next part up kuranee

    1. SunShine says:
      November 4, 2017 at 9:30 pm

      Kuru tha??
      And thanks..
      Next part v Emme awahakah hama

  3. Anonymous says:
    November 4, 2017 at 9:30 pm

    I dhw first…. Vv salhi ingey…
    Whn nxt part….
    Waiting….

    1. SunShine says:
      November 4, 2017 at 9:46 pm

      Nuney first noon..
      Next part hama v Emme awahakah

  4. Zuam says:
    November 4, 2017 at 11:12 pm

    Wow…. varah reethi….❤❤❤❤

    1. SunShine says:
      November 5, 2017 at 6:26 am

      Thank you

  5. unaal says:
    November 5, 2017 at 7:00 am

    ehm ehm… vrh reethi ??

    1. SunShine says:
      November 5, 2017 at 4:07 pm

      Thank you

  6. Pinky shifoo says:
    November 5, 2017 at 8:15 am

    Wow!!! Vvv reethi… Keep it up Sunshine…. Waiting waiting….

    1. SunShine says:
      November 5, 2017 at 4:08 pm

      Thank you..
      Wait kohlaa

  7. SJK...KOREAN says:
    November 5, 2017 at 3:55 pm

    hi dear!! 🙂 varah habeys mi partvx. waiting for the nxt part as usual 😀

    1. SunShine says:
      November 5, 2017 at 4:17 pm

      Hi..
      Thank you..
      Wait kohlaa. Vrh awahah up kohdheynan

  8. Kaain says:
    November 5, 2017 at 5:34 pm

    Hama mi nan kiya same pic inna vaahaka eh kurinves esfiyaiga genesdhin… Hama afreen kiya girl eh ulhenyves

    1. SunShine says:
      November 5, 2017 at 6:11 pm

      Oops.. I didn’t know..
      He he.. Dhn change eh nukureweyne thaa dhw

  9. Someone says:
    November 5, 2017 at 8:29 pm

    Next part annanee Kon irakuntha..??

  10. Her says:
    November 5, 2017 at 8:30 pm

    When next part nerenee..

  11. Zish says:
    November 5, 2017 at 8:42 pm

    Aan dhw..aisha ge story eh eii…hhehehheh…mi story vvv reethi..

    1. SunShine says:
      November 6, 2017 at 7:20 am

      hehe. i didnt kknow.
      thank you by the way

  12. loveryn says:
    November 6, 2017 at 11:06 pm

    Haadhahaa kurey.. but story hama super♥

    1. SunShine says:
      November 17, 2017 at 11:47 am

      Thank you

Comments are closed.

Next Episodeލޯބި އަހަރެނަވާނަމޭ (8)←


All Right Reserved!