Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ… (6)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
November 9, 2017 3 Mins Read
28 Comments

“ދަރިފުޅާ ބައްޕަ ދަރިފުޅުކައިރީގައި ވާހަކައެއް ދައްކާލަންވެގެން.. ” ސާދިޔާމިހެން ބުނުމާއެކު ޝަބީން އައިސް ސޯފާގައި އިށީންދެލާފައި ޖާވިދުއަށް ބަލާލިއެވެ. “މާދަމައިންފެށިގެން ދަރިފުޅު އޮފީހަށް ނިކުންނަން ފަށަންވީނު ބައްޕަޔާއެކުގަ.. އޭރުން މަހެއްހާދުވަހުގެ ތެރޭގައި ދަރިފުޅު އެތަނަށް ރަނގަޅަށް ހޭނޭނެ.. ބައްޕަ މިވިސްނަނީ މަންމަގޮވައިގެން ބޭހަށް ގޮސްލަންކަމަށް ބޭރަށް.. އެހެންވީމަ އެގޮތް އެންމެ ރަނގަޅުތަ؟ ” ޖާވިދުގެ ވާހަކަ ނިމުމާއެކު ޝަބީން ބޯޖަހާލީ އެކަމަށް ތައްޔާރުކަން ހާމަކުރަމުންނެވެ.

އޮފީހުގައި އަވަދިނެތި އުޅެމުންދިޔަ ޖުމްނާ އަށް ހިނިތުންވެވުނީ އެންމެބޭނުންވާ ވަގުތު ކައިރިވަމުން އަންނާތީއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މީގެ މަހެއްހާކުރިން ގްރީން ޕާރލް ކުންފުންޏާއެކު ބޭއްވުނުމަޝްވަރާތަކުގެ އަމަލީބައިގައި ކުލަޖެހި އެއްބަސްވުމުގައި ސޮކުރެވެނީއެވެ. މީ ޖުމްނާ މިގޮތަށް ނިމާލްއާނުލައި ކާމިޔާބުކުރާ ދެވަނަ ބިޑެވެ. ގަޑިން 10އެއް ޖެހުމާއެކު މީޓިން ހޯލަށް ދެފަރާތުގެ ބޮޑުން ޖަމާވެގެންދިޔައެވެ. ޖުމްނާވެސް ގޮސް ގޮނޑީގައި ހަމަޖެހިލާފައި އެއްބަސްވުން އޮތްފައިލް ހުޅުވާލާ ކިޔާލިއެވެ. އެވަގުތު ކައިރީގައި އައިސް އިށީން ޒުވާނާ ވެސް ފައިލްކިޔާލުމަށްފަހު ޖުމްނާއާވީ ފަރާތަށް އެނބުރިލިއެވެ. “އައްސަލާމް އަލައިކުމް.. ” އެޒުވާނާގެ ޖާދުވީމޫނަށް ކަޅި ހުއްޓާލާއިގެން ހުރެ ޖުމްނާ އަވަހަށް ސަލާމްބަލައިގަތީ ކާކުކަން ނޭންގޭބުނާފަދައަކުން ކޮނޑުއަރުވާަލަމުންނެވެ. ” ވަރަށްބޮޑަށް މާފްކުރައްވާ އެދުވަހު އަޅުގަނޑު އަމިއްލަކަމެއްގަ ސަލާމްގަހުރީމަ، ތިބޭފުޅުންނާ ބައްދަލްކުރީ އޮފީހުގެ މެނޭޖަރ ލާމިއު.. އަޅުގަނޑުމީ ގްރީން ޕަރލް ކުންފުނީގެ މިހާރުގެ ސީ.އީ.އޯ.. އާދަމް ޝިވަން.. ” ހިނިތުންވުމާއެކު ޝިވަން އެދުވަހު ކަންތައްވީގޮތާއި އޭނާގެ ކުޑަތައާރަފެއްދިނެވެ. ޝިވަން އޭނަގެ ބައްޕަގެ ކުންފުންޏާއި ހަވާލުވިތާ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާވަނީ ކާމިޔާބު ވިޔަފާރިވެރިއަކަށް ވެފައެވެ. “އެހެންތޯ.. އަޅުގަނޑަކީ ޖުވެއިލް ޖޭ.ޖޭ ކުންފުނީގެ މެނޭޖަރ ޖުމްނާ ނިމާލް.. ” މާގިނައިން ޝިވަންއަށް ބަލަންއިނދެވުމުން ރަކިވެފައި ޖުމްނާވެސް އޭނާ ކުޑަ ތައާރަފެއްދިނެވެ. ޖުމްނާ އަށް ޝިވަންގެ މޫނުމަތިން ދަންނަފާޑެއް ޖެހިނަމަވެސް އެކިހިނެއްކަމެއް ނަގައެއްނުގަނެވުނެވެ.

މަލީހްއާއިއެކުގައި އުޅެމުން އެންމެފަހުން ޖުމާވެސް ސިއްހީދާއިރާއަށް ލޯބިޖެހެންފެށީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ. މަލީހްއަށް ސިއްރުން ކޮލެޖަށް އެޕްލައިކޮށް ކޯސްލިބުންދުވަހު މަލީހް އެ އީމެއިލް ދައްކާލީ ފަހުރުވެރިވެލާފައެވެ. އެންމެފަހުން ޖުމާވެސް ނާސިން ކިޔަވަންފެށުމުން ދެކުދިންނަށް ކަންކަން ދަސްކުރުމުގައި ފަސޭހަވެގެންދިޔައެވެ. ޖުމާއަކީ ހިތްއަލި އަވަހަށް ކަންކަން ދެނެގަންނަ ކުއްޖަކަށްވުމުން ފުރަތަމަ ސެމްގައިވެސް މުޅި ބެޗްއިން އެއްވަނަ ހޯދުމުން މަލީހް ޖުމާއަށް އެކަން ސެލެބްރޭޓްކޮށްދިނެވެ.

ޝަބީން އޮފީހަށް ނިކުތީ ޖާވިދުއާއެކުގައި ނަމަވެސް މިހާރު ޝަބީންއަށް ޖާވިދުގެ އެހީއާނުލައިވެސް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެތެރޭގައި ކަންކަންކުރާނެ ގޮތް ދަސްވިއެވެ. އެއާއެކު ލަސްނުކޮށް ސާދިޔާގޮވައިގެން ޖާވިދު އަވަހަށް ފުރަންނިންމީ މައިބަދައިގެ އޮޕަރޭޝަނެއްކުރަން އޮތުމުންނެވެ.

ނަވާރުވެސް ޝަބީންއާއެކުއެކީހެން ބައްޕަގެ ކުންފުންޏާއި ހަވާލުވީ ޒިޔާދުގެ އެންމެ ފުރިހަމަ ބެލުމުގެ ދަށުން ކަންކަން ރަނގަޅަށް ދަސްކުރުމަށްފަހުގައެވެ. މިހެން އުޅުމުގެ ތެރޭގައި ޖުމްނާ އާއި ދިމާވެ ރަހްމަތްތެރިކަން އުފެދިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޖުމްނާ ތޯއެވެ. އެދުވަހުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ޝިވަން ނޫންމީހަކު މަގެެއްމަތިންވެސް ނުފެނެއެވެ. އެހާވެސް ބޮޑަށް އޭނާގެ ހިތުގައި ޝިވަންއެރީތި ސޫރަވަނީ ބިންވަޅުނެގިފައެވެ. އެންމެފަހުން ނަވާރު އާއި ޖުމްނާ އެކުގައި ރަސްފަންނަށް ދިޔަދުވަހެއްގައި ޝިވަން ފެނިގެން ޖުމްނާ އޭނާގެ ހިތުގެހާލު ނަވާރަށް ހިއްސާކުރިއެވެ. ހަމަ އެދުވަހު ނަވާރު ޝިވަންގެ މަޢުލޫމާތު ކިޔައިދިނުމުން އެނގުނީ އެއީ ޖުމްނާމެން ރަށުމީހެއްކަމެވެ. އަދި އޭނާގެ މަންމަ އާއި ބައްޕަ އުޅެނީ މާލޭގަކަމެވެ. އަދި އެއީ ވިޔަފާރީގެ ގޮތުން ނަވާރުގެ ބައްޕަގެ ރަހުމަތްތެރިއެއްގެ ދަރިއެއްކަމަށް ބުނުމުން ޖުމްނާގެ މެއަށް ދިޔައީފިނިވެގެންނެވެ. އަބަދުވެސް އެގޮތަށް އުޅޭރަހްމަތްޔެރިން ތިބޭނީ ދަރިންގެ ކައިވެނިވެސް ހަމަޖައްސައި ނިންމައިގެންކަމަށްވާތީއެވެ. އެވަގުތު އެދިމާއަށް ޝިވަން އަންނަންފެށުމުން ނަވާރު ޝިވަންއަށް ހަނާއަޅާލުމާއެކު ހިނިތުންވެލާފައި ޝިވަންވެސް ހަނާއަޅާލިއެވެ. ޖުމްނާއަށް މިމަންޒަރުފެނުމުން ހިތުން ކުދިކިޔާލިނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ. “ހެއި ނަވާ.. ކިހިނެއްތަ.. ކީއްތިކުރަނީ މިތާންގަ.. ؟ އޭމީ ޖުމްނާދޯ.. ތިދެމީހުން ފްރެންޑްތަ؟ ” ނަވާރުމެންނާ އަރާ ހަމަކޮށްލާފައި ޝިވަން ވާހަކަދެއްކިއެވެ. ” ރަނގަޅު.. ޝިވަންމިތާ ކޮންކަމެއްތަ.. އަހަރުމެން މީ ފްރެންޑްސް.. ދޯ ޖުމް.. ” ޖުމްނާއަށް ދޯދެމުން ނަވާރު ޝިވަންއާ ވާހަކަދެއްކި އިރު މަސްނޫވީ ހިނިތުންވުމެއް ދީގެން ޖުމްނާއިނެވެ. ” ނަވާ އަށް އިނގޭތަ.. ޖުމްވެސްމީ ވަރަށް ކުޅަދާނަކުއްޖެކޭ.. އޭނަބައްޕަގެ މުޅިބިޒްނަސް މެނޭޖްމަންޓްގަ ހުރެގެން އެކޮންޓްރޯލްކޮށްލަނީ.. ” އެވަގުތު ޖުމްނާއަށް ކޯލެއްއައުމުން އެއްފަރާތްވެލީ ގުޅަނީ ޖުމާކަން އެނގުމުންނެވެ.

“އޭން އަސްލުވެސްތަ.. މުޅި ކޯހުން އެއްވަނަ.. ގަދަ އިނގޭ.. އެކަމަކު ދެން އޭރުން ހޮސްޕިޓަލަށްދޯ ދާނީ.. އަޅެ ޖުމްއެކަނިދޯ މިކަމުގަ އުޅެންޖެހޭނީ.. ” ޖުމްނާ ޖުމާ އާއި ވާހަކަދަށްކަމުން ދިޔައީ ގެއަށް އައިސް ހަމަޖެހިލައިގެން ގުޅާފައެވެ. އަދި އެއުފާވެރި ހަބަރު ނިމާލްއަށް ދިނުމުން ނިމާލްވެސް ކަންބޮޑުވުން ފާޅުކުރީ ޖުމްނާއެކަނި ވާނެތީއެވެ. ނަމަވެސް އެކުއްޖަކު ބޭނުން ދާއިރާއަކުން ކުރިޔަށް ދިއުމުގައި ނިމާލްއަބަދުވެސް އެއްބާރުލުން ދެއެވެ. ” ދަރިފުޅުމެން ކޮންއިރަކުތަ އަންނަނީ.. ” ” ބައްޕާ މަލީގެ ދަސްވެނިމުން ބޭއްވީމަ ދެން ހަމަ ދާންވީ.. ” ޖުމާ އޭނާގެ މުސްތަގުބަލަށް ނިންމި ނިންމުމަށް ބައްޕަގެ އެއްބާރުލުން ލިބޭނެކަމަށް ބުނުމުން ހުރީ ވަރަށް އުފާވެފައެވެ. އަދި ދާއިރު އިތުރު ސަޕްރައިޒްއެއްވެސް އޮންނާނެކަމަށް ބުނެ ފޯނުބޭއްވީ ނަމާދު ވަގުތު ޖެހުމުންނެވެ.

އާދައިގެމަތިން އޮފީހަށް ވަދެގެން ދިޔަ ޝަބީންއަށް ކަޅިހުއްޓިފައި އެތަކެއް އަންހެން މުއައްޒަފުންނެއްތިއްބެވެ. ނަމަވެސް މިހާރު އެކަން ޝަބީންއަށް ވަނީ އާދަޔަކަށް ވެފައިކަމުން މާބޮޑުފަރުވާލެއް އެކަމަކަށްނުހުރެއެވެ. މިއަދަކީ މަންމަމެން ފުރާދުވަހަށް ވުމުން ޝަބީން ހުރިހާ މީޓިންތަށް ކެންސަލްކޮށްލުމަށްފަހު އޭނަގެ އެސިސްޓެންޓް އަކަށްހުންނަ ހާމިދުކަިއރީ ބުނެލާފައި ދިޔައީ އެއަރޕޯޓަށް ދިއުމަށެވެ. ނަމަވެސް އޮފީހުން ނިކުންނަނިކޮށް ނަވާރުގުޅާފައި އޭނަ ވެސް އެއަރޕޯޓަށް ދާންބޭނުންވާހަކަ ބުނުމުން ފުރަތަމަ ދިޔައީ ނަވާރުބަލައެވެ. ޝަބީންގެ ފަރާތުން މިއަދަކީ ސާދިޔާމެން ފުރާދުވަސްކަން ނަވާރުއަށް އޮތީ އެނގިފައެވެ.

ްްސާދިޔާމެން ފުރަން އޮތް ފްލައިޓް އެއްގަޑިއިރަށް ޑިލޭވުމުން ޝަބީންކައިރީ އެތަށްފަހަރަކު އޮފީހަށް ދާންބުނުމުންވެސް ނުދިއުމުން އެންމެފަހުން ސާދިޔާ ހަތިޔާރު ބެހެއްޓިއެވެ. ނަވާރު އާއި ޝަބީންގެ މައިންބަފައިން އެކީގައި ލަންޗް ނެގުމަށްފަހުގައި އެކިވާހަކައިގައި ތިބީ ފްލައިޓްއަށް އަރަން ގޮވާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭރު ކުޑައިރުކޮޅެއްކުރިން ލޭންޑްކުރި ފްލައިޓަކުން އައި ފަސެންޖަރުންތަކެއް ލަގެޖްތަކާއެކުގައި ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވަމުން ދެއެވެ. އޭގެ ތެރޭނެވެސް ނަވާރު އާއި ޝަބީންގެ ލޮލުގައި އަޅައިގަތީ އަތުގުޅާލައިގެ އައި އަންހެނަކާއި ފިރިހެނަކަށެވެ.

ފެންނަފެނުނަމަށް ފިރިހެންމީހާގެ އިސްކޮޅުގައި ހަފޫޓުވަރު ހުންނާނެއެވެ. ތުންބުޅިމަތިމަސް ކުރުކޮށް ކޮށާލެވިފައިވާއިރު އިސްތަށިގަނޑުވެސް ވަނީ އެންމެ މިޒަމާނުގެ ގޮތަށް ޖެލްލައި ތަތްކޮށްލާފައެވެ. ލާފައިވާ ކަޅުކުލައިގެ ގަމީހުގެ އަތްކުރި އޮޅާލާފައިވާއިރު އެހާމެ ހިތްގައިމެވެ. ރޭބަން ބްރޭންޑްގެ ކަޅުކުލައިގެ އައިނަކުން ލޯފޮރުވާލެވިފައިވާއިރު ހަމަޔަގީނުންވެސް އެހަށިގަނޑަށް ބަލާލިކޮންމެ މީހަކަށްވެސް އެއީ ބަރާބަރަށް ކަސްރަތުކުރާ ހަށިގަނޑަށް ބަލާމީހެއްކަން ސިއްރެއްނުވާނެއެވެ. އެއްއަތުން ފޮށީގައި ހިފާލާފަވާއިރު އަނެއްއަތްވަނީ ކައިރީގައިހުރި އަންހެން ކުއްޖާގެ އަތުގައި ހިފާލެވިފައެވެ.

ހަމައެގޮތަށް އަންހެންކުއްޖާވެސް ކަޅުކުލައިގެ އަބަޔާއެއްލާފައިވާއިރު އުނަގަނޑާ ހަމައިގައި ފިޔާތޮށިކުލައިގެ ބެލްޓެއްހަރުކޮށްލެވިފައި ވެއެވެ. ފިޔާތޮށިކުލައިގެ ޝޯލް އެންމެޒަމާނިގޮތަކަށް އަޅާ ބޯ ނިވާ ކޮށްލެވިފައިވާއިރު އެދޮންމޫނުން ވަނީ ޖަންބުކުލައަރާފައެވެ. އެއްއަތް ފިރިހެންމީގެ އަތުތެރޭގައިވާއިރު އަނެއްއަތުން ފޮށިދަމަމުން އައި ދެމީހުންގެ ސީދާ މިސްރާބުހުރީ ޝަބީންމެން ތިބި ދިމާއަށެވެ. އެންމެނަށް އެއްފަހަރާ އެދިމާ ބަލާލެވުނީ އެފިރިހެންމީހާ ޝަބީންގެ ނަމުން ގޮވާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (11)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ

Next
November 9, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ

Previews
November 9, 2017

ހިތްއެކީ ދެވިއްޖޭ (11)

28 Comments!

  1. Layaa says:
    November 9, 2017 at 4:36 pm

    Assalaam alaikum.. miothee 6 vanabai.. unmeedhukuran hurihaa kiuntherinnahvess mibai kamudhaane kamah.. insha allah maadhamaa 7 vanabai up kohladheynan.. btw kiyaalaafa hurihaakudhinvess ekujjeh hiyaalu faalhukohladhinumakee layaage v bodu edhumeh.. ????
    Much loves

    1. Fan of u says:
      November 9, 2017 at 10:32 pm

      V reethi stry.
      Maleeh ge nick name maah ah badhal kurevidhanetha, Maly kym v anhen vahtharu jahany. Its a request,plxx

    2. Layaa says:
      November 10, 2017 at 12:17 pm

      Thank you my dear fan of u… insha allah thikan kohladheveythw balaanan ingey ???..

  2. Shi says:
    November 9, 2017 at 4:39 pm

    v Reethi.. me first dhw…

    1. Layaa says:
      November 9, 2017 at 4:50 pm

      Yes my dear shi .. ur first.. btw thank you ??

  3. ❤️santhi❤️ says:
    November 9, 2017 at 4:40 pm

    Alhe plx plx Layaa Maleehuge name change kohdheebala. Story vv reethi but boy ah maleeh kiyaathy vrh foohi mi vaahaka kiyan…..

  4. nern says:
    November 9, 2017 at 4:42 pm

    reethi

    1. Layaa says:
      November 9, 2017 at 4:51 pm

      Aww thank you nern ??

  5. SJK...KOREAN says:
    November 9, 2017 at 4:43 pm

    woww. varah vara salhi .. waitingsss

    1. Layaa says:
      November 9, 2017 at 4:52 pm

      Umm thank you my dear SJK.. ??

  6. Shuza says:
    November 9, 2017 at 4:45 pm

    Thanks layaa ?varah nice ???

    1. Layaa says:
      November 9, 2017 at 6:37 pm

      Thank you my dear shuza ??

  7. Kamana says:
    November 9, 2017 at 4:45 pm

    Wow… im waiting for this ..thnkx layaa

    1. Layaa says:
      November 9, 2017 at 4:54 pm

      Thank you so much dear kamana??

  8. Amir says:
    November 9, 2017 at 4:46 pm

    Varah reethi

    1. Layaa says:
      November 9, 2017 at 4:55 pm

      Thank you dear Amir??

  9. xim says:
    November 9, 2017 at 5:48 pm

    Wow vvvvv reethi mi part vess …loves…..Sissy

    1. Layaa says:
      November 9, 2017 at 6:04 pm

      Aww thank you my little ximmi .. ??

  10. ximya says:
    November 9, 2017 at 6:15 pm

    Nawaar ge name change kohba layaa.. confuse wey hywany firihen kuhjeh henn btw story hama habeys

    1. Layaa says:
      November 10, 2017 at 7:42 am

      Thank you dear ximya.. ??

  11. nuz says:
    November 9, 2017 at 6:59 pm

    wow v reethi mi partvess well done dr knbaeh baa a ae i think malee n yumaa next part v eba kiyaa hih vay ly layaa???

    1. Layaa says:
      November 10, 2017 at 7:43 am

      Awwn thank you my dear nuz ?? ly

  12. Rsh says:
    November 9, 2017 at 7:20 pm

    WOW nice

    1. Layaa says:
      November 10, 2017 at 7:44 am

      Thank you dear rsh. ??

  13. Friends says:
    November 9, 2017 at 7:52 pm

    Wow.. stry v salhi ingey?… knbaeh baa a aee??
    I think maleeh &jumaa dhw….but layaa maleehge name change kohdheebala plx plx plx..
    Maleeh kiyaathy vvvvv foohi mi stry kiyan plx plx chang ingey.?????????????

    1. Layaa says:
      November 10, 2017 at 7:48 am

      Thank you dear friends .. ??

  14. Pinky shifoo says:
    November 9, 2017 at 8:02 pm

    Wowwww Layaa… I’m speechless…. Hama bunaane ehcheh vx neynge… Sifakurunthah haadha reehchey Maasha Allah… Story is awesome.. V v v reethi… U are really a great writer… Keep up the good work… Curiously waiting for the next part..

    1. Layaa says:
      November 10, 2017 at 7:46 am

      Thank you so much my dear Pinky… v happy vejje ? insha allah Miadhu up kihladheynan .. ??

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ… (7)←


All Right Reserved!