Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 4

laya Level 110 Stories
February 15, 2014 8 Mins Read
5 Comments

” ޝާޔާ.. މިބުނީނުން މިއަދު ބިޒީ ވާނެއޭ.. އާ ކުއްޖަކު ގެނެސް….. އަނނ.. އަނނ ފަހުން ގުޅާނަން..” އަވަސް އަރުވާލާފައި ކެބިންގެ ތެރެއަށް ވަދެގެން އައި އާލިކްގެ ފައި ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އޭނާގެ ކެބިންގައި ލިޔުންތަކެއް ބަލަން އިން ހޫރު ޕަރިއެއް ފަދަ ޒުވާން އަންހެން ކުއްޖާ ފެނުމުންނެވެ. އަޅި ކުލަަކަށްދާ ޖިލްބާބަކާއިއެކު، ކަޅާއި އަޅި ކުލައިންވާ ޝޯލްއެއް އަޅާލައިގެން އިން ދޮން އަންހެން ކުއްޖާ ފެނުމުން ކަންފަތުގައި ޖަހައިގެން ހުރި ފޯނު މަޑުމަޑުން ތިރިކޮށްލިއިރުވެސް އެސް ފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިވާ ފަދައިން އާލިކްއަށް އެމަންޒަރު ބަލަން ހުރެވުނީ އާޝޯޚްވެފައެވެ. ތިރިކޮށްލެވިފައިވާ ދިގު އެސްފިޔަތަކާއިއެކު، މަޑުރަތްކުލައިގެ ތުންފަތާއި އަދި އަތުގެ ހިމަ ދިގު އިނގިލިތަކަށް ދާންދެން އާލިކްގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ސުކުންތުކޮޅެއްގެ ތެރޭގައި އާލިކްގެ ސިކުނޑި އޭނާގެ ހަގީގީ ދުނިޔެއާއި ގުޅުމުން ފޫހިކަމާއިއެކު ބޯ ހޫރާލަމުން އެތެރެއަށްވަނީ ބޮޑާކަމާއިއެކުގައެވެ.

ލިޔުންތަކަށް ގެއްލިފައި އިން ވިޝާ ކުއްލިއަކަށް ސިހިފައި ކޮޅަށް ތެދުވީ ކެބިންގެ ތެރެއަށް މީހަކު ވަނުމުންނެވެ. އިސް ޖަހާލައިގެން ހުރެފައިވެސް އޭނާ ލަސްލަހުން އިިސް އުފުލާލީ އަމިއްލަ ނަފްސަށް ހިތްވަރު ދެމުންނެވެ. އެވަގުތު އޭނާގެ ކުރިމަތީގައި ހުރި މޭޒު ކައިރީގައި ހުރި ބޮޑު ގޮނޑީގައި އިށީނދެލި ޒުވާނާ ފެނުމުން ވިޝާ ކުޑަކޮށް ހައިރާންވިއެވެ. އޮފީހެއްގެ ވެރިއަކަށްވެފައި އޭނާ ހުރިގޮތުން ކުޑަކޮށް ގަބޫލުކުރަން ދަތިވީއެވެ. އިސްކޮޅުން ދިގު، ބައިމަތި ފުޅާ އަދި ފިރިހެންވަންތަވެފައި ރީތި ޒުވާނެކެވެ. ލައިގެން ހުރި ކަޅުކުލައިގެ ސޫޓާއިއެކު އެތެރެއިން ލާފައި އިން ގަދަ ނޫކުލައިގެ ގަމީހާއި، އެއާއި ގުޅޭ ޓައީ އޭނާގެ ކުލަ އަލި ހަންގަނޑާއި ނުހަނު ގުޅެއެވެ. ތުނބުޅީގައިވާ ތުނި އިސްތަށިތަކުން  އެއީ އާންމުގޮތެއްގައި ޓްރިމްކޮށްފައި ހުންނަ ޒުވާނެއްކަން ހާމަވިޔަސް، އެކަންވެސް އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ފަދައެވެ. ފަހަތަށް ކުޑަކޮށް ދިގުކޮށްފައިވާ ފަން އިސްތަށިކޮޅުގައިވާ ސްޕައިކީ ސްޓައިލް އޭނާގެ ޒުވާންކަން ދައްކުވައިދެއެވެ. އެހެން ނަމަވެސް ވިޝާގެ ހިތުގައި އެރީތި ފުރިހަމަ ޒުވާނާއާއި މެދު ފޫހިކަން އުފެދުނީ އެރީތި އިސްތަށިކޮޅު ބްރައުން ކުލައިން ހައި ލައިޓް ކޮށްފައި ހުރުމުންނެވެ. އެހެން ހުރުމުން އިސްތަށިކޮޅު ހުތުރީއެއް ނޫނެވެ. އެހެން ނަމަވެސް އޮފީހެއްގެ ވެރިއަކަށް ބަލާއިރު ވިޝާ ގަބޫލުކުރާ ގޮތުގައި އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

” ވިޝާ ދޯ.. އިށީނދެލަން ވީނުން..” އެ ޒުވާނާގެ އިސްތަށިގަނޑާއިމެދު ވިސްނަން ހުރި ވިޝާއަށް ތެޅިގަނެވުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. އަވަސްއަވަހަށް އޭނާގެ މޭޒު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން ވިޝާ ހަމަ ޖެހިލީ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރަމުންނެވެ.

” ސޯ.. އޭމް އާލިކް.. އެނގިފަ ދޯ އޮތީ މެނޭޖަރ.. އަސްލު ބޭނުންވީ ތި މަގާމަށް ވަރަށް ފްރެޝް ކުއްޖަކު.. ވިޝާގެ ޕްރޮފައިލް އާންމުކޮށް ރަނގަޅު..” އާލިކް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޅި ކުަލައިގެ ލެންސް ލެވިފައިވާ ތޫނު ދެލޯ އަމާޒުވެފައި ވަނީ ސީދާ ވިޝާގެ މޫނަށެވެ. ހަގީގަތުގައި އާލިކް ފެނުމުން އެހެން އަންހެން ކުދިން ތުއިވެގެން، އަދި އޭނާއާއި ހެދި މޮޔަވެގެން އުޅޭތީ އޭނާ ވިޝާގެ ފަރާތުންވެސް އުންމީދުކުރީ އެފަދަ ކަމަކަށެވެ. ނަަމަވެސް ވިޝާގެ މޫނުމަތިން ވަކި ހާއްސަ ގޮތެއް ނުފެނުމުން އާލިކްގެ  ފަހްރުވެރި ހިތަށް ފުރަތަމަ ފަހަރަށް އިސްޖަހާލަން މަޖުބޫރުވި ފަދައެވެ.

” ތޭންކްސް.. އަޅުގަނޑު ބޭނުން މަސައްކަތްތައް ގޮއްސަ ހުރި ހިސާބުގެ ކުޑަ ސަމަރީއެއް..” ވިޝާ އާލިކްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހުވެސް އިސް ޖަހާލީ އޭނާ ބަލަހައްޓައިގެން އިން ގޮތުންނެވެ. އެވަގުތުވެސް އާލިކް އަޅި ކުލައިގެ ލެންސް ލައްވާފައި އިނުމުން ހިތާއި ހިތުން ފޮނި ފިރިހެނެކޭވެސް ވިޝާ ބުނެލިއެވެ. އަޅެ ފަހެ އަޅި ކުލައިގެ ލެންސް ނުލިއްޔާ އެލޮލަށް ނުފެންނަނީ ހެއްޔެވެ؟

” މިއޮތީ ފައިލް.. ޔޫ ކޭން ގޯ އެހެޑް..” ވިޝާގެ އެއްވެސް ސަމާލުކަމެއް އާލިކްއަށް ނުހުއްޓުމުން އޭނާ  ހައިރާންވެސް ވިއެވެ. އެހާ ފުންކޮށް ބަލަހައްޓައިގެން ހުއްޓާ މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކަށް އެހާ ފަސޭހައިން އޭނާއާއި ދުރު ވެވިފައެއް ނުވެއެެވެ. މިއީ ކޮން ކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ އާލިކްގެ ހިތުގައި ވިޝާއާއި މެދު ފާޑެއްގެ ރުޅިވެރިކަމެއް  އުފެދިއްޖެއެވެ. ވަގުތުން ބަދަލު ހިފަންވެސް ބޭނުންވެއްޖެއެވެ. ވާނީވެސް އެހެންނެވެ. ފުރާވަރު އުމުރުފުރައަށް އެޅުނީއްސުރެ އޭނާ ފެންނަ ކޮންމެ އަންހެން ކުއްޖަކީ އޭނާއަށްޓަކައި ފިދާވާން ތައްޔާރަށް ތިބޭ ކުދިންނެވެ. އެކަމާއިހެދި އާލިކްއަށް ހުންނަނީ އަމިއްލައަށް އޭނާގެ ރީތިކަން ފެނިފައެވެ. ގިނަގިނައިން ކުދިންނާއި ރައްޓެހި ނުވިއަސް އަންހެން ކުދިން އޭނާގެ ފަހަތުން އުޅުމަކީ އޭނާއަށް އުފަލެއް ލިބޭ ކަމެކެވެ. އެހެން އެކަން އޮއްވާ މިއަދު އަދި އެހާ ރީތި ކުއްޖަކު އޭނާއަށް ސަމާލުކަން ނުދިނުމުން ހަގީގަތުގައިވެސް އޭނާގެ ފަޚްރުވެރި ހިތުގައި އަލިފާން ރޯ ކޮށްލައިފިއެވެ.

” އަސްލު މި އޮފީހުގެ ހުރިހާ ކަމެއް މިއަދަށްފަހު ބަލަހައްޓަންވާނީ ވިޝާ.. މަށާ އޯނަރުގެ ކަމަކީ ޕާޓްނާޝިޕް ބިޒްނަސްތައް ބެލެހެއްޓުން.. އޮފީހުގެ ކޮންމެ ޔުނިޓެއްގެ ހުރިހާ މަަސައްކަތެއް ސަމަރައިޒްޑް ރިޕޯޓް މަސް ނިމޭ ތަނުން މި މޭޒަށް ލާންވާނެ.. އައި ހޭޓް ލޭޓް އެންޑް އިންކޮމްޕްލީޓް ވާރކްސް.. އެވްރިތިންގ ޝުޑް ބީ ޕާފެކްޓް.. ނޯ މިސްޓޭކްސް..” ވިޝާ އެނބުރި އޭނާގެ ގޮނޑިއަށް ދާން އުޅުނު ވަގުތު އާލިކް އަމުރުވެރި ގޮތަކަށް ފައްޗަކަށް އަމުނާލިއެވެ. އެވަގުތު ފައިލެއް ހިފާލައިގެން ހުރި ވިޝާ ކުޑަކޮށް ބުމަ އަރުވާލީ އާލިކްގެ ވާހަކަ ދެއްކުމުގައި ހުރި ބޮޑާ ގޮތްގަނޑު އަޑު އިވިފައެވެ. ވަގުތުން ޖަވާބުގައި އޭނާއަށް ކުރަން ޖެހޭ ކަންތައްތައް އެނގެޔޭ ބުނެފާނަމޭ ހިތަށް އެރި ނަމަވެސް އަނގައިން ނުބުނެ ކުޑަކޮށް ހިނިތުންވެލީ އާލިކްއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ވިޝާގެ އެ އާދައިގެ ހަރަކާތުންވެސް އާލިކްގެ އަތްތިލަ މުއްކެވިގެން ދިޔައެވެ. އޭނާ އެހެން އެބުނީ ވިޝާ ކަންބޮޑުވެގެން ނަމަވެސް އޭނާއަށް ސަމާލުކަން ހުއްޓާލާތޯއެވެ.

” އެންޑް ވަން މޯރ ތިންގ..” މޭޒާއި ދިމާއަށް ހނގައިގަތް ވިޝާ އަނެއްކާވެސް ހުއްޓުނީ އާލިކްގެ އަޑަށެވެ.

” މި އޮފީހުގައި ތިކަހަލަ ހެދުން ލައިގެންނެއް ނޫޅޭނެ އެއްވެސް ކުއްޖަކު.. ސޯ ޕްލީޒް.. ބީ އަ ލިޓްލް އޮފިޝަލް..” އާލިކް ވާހަކަ ދެެއްކީ ފަރުވާ ކުޑަ ގޮތަކަށް ކަމުގައިވިޔަސް އޭނާގެ ތުންފަތުގައި ކާމިޔާބުގެ ހިނިތުންވުމެއްވެއެވެ. ނުސީދާ ގޮތުން ވިޝާގެ ހެދުން އެޅުމަށް ފާޑު ކިޔާލެވުމުން އޭނާ ހީކުރީ ވިޝާ ރަކިވާނެ ކަމަށެވެ. އޭނާ އިސް އުފުލާ ވިޝާއާއި ހަތަރުަކަޅި ހަމަކޮށްލީ ވިޝާ އައިސް އޭނާގެ މޭޒުމަތީގައި ބާރުބާރަށް ފައިލް ބާއްވާލުމުންނެވެ.

” ދަންނަވަންތޯ.. އަޅުގަނޑަށް އެނގިފައެއް ނެތް މިތަނުގައި ޔުނިފޯރމެއް ހުންނަ ކަމެއް.. އެންޑް ދިޒް އިޒް މައި ޕަރސަނަލް ތިންގ.. މިހާރު މީސްމީހުން ލައިގެން އަންނަ ނިވާކަން ކުޑަ ހެދުން ހެދުމަށްވުރެ މިހެދުމުގެ އޮފިޝިއަލްކަން ކުޑައެއް ނުވާނެ.. އެހެން ނޫނަސް މިކަހަލަ ހެދުމުގައި އޮފީހަށް ނާދެވޭނެ ކަމުގައި ގަވައިދުގައި އޮތްތަނެއް ނުފެނޭ.. ސޯ ޕްލީޒް.. އޭމް ސޮރީ..” އާލިކް އާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ އަޑަށް ބާރު ލާފައި ކެރި ހުރެ ވިޝާ ބުނެލި ޖުމްލައާއިއެކު އާލިކްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހީހެންނެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ މުވައްޒަފަކު އެގޮތަށް އޭނާއާއި  ވާހަކަ ދައްކާފައެއް ނުވެއެވެ. އައި ރުޅިން ދަތްކުނޑި ވިކާލުމަށްފަހު ކޮޅަށް ތެދުވިއިރު އާލިކްގެ މޫނުމަތި ހުރީ ރަތްވެފައެވެ.

” ފުރަތަމަ ދުވަހު ވެރިޔާ ކުރިމަތީގަ އެއްޗެއް ބުނަން ޖެހުނީތީ ސޮރީ.. ބަޓް މިހެދުން އެޅުން ބަދަލެއް ނުކުރެވޭނެ.. ސަރ ބޭނުންނަމަ އޮފީހުން ކަނޑާލިއަސް އަޅުގަނޑަށް މައްސަލައެއް ނެތް..” ވިޝާ އަޑަށް ބާރުލާފައި އެހެން ބުނެލާފައި ގޮސް އިށީން އިރު  އާލިކްގެ ލޮލުން އަލިފާންކަނި ބުރަމުން ދާފަދައެވެ. އެއަންހެން ކުއްޖާ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ މަޑުމަޑުން ގޮނޑީގައި އިށީނދެ ވިޝާގެ މޫނަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން އާލިކް ވިސްނަންފެށީ އޭނާއާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. ކުޑަ ވަގުތުކޮޅެއްފަހުން އެ މޫނުމައްަޗަށް ވެރިވެގެންދިޔައީ ފުޅާ އަދި ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާ ވިޝާ އޮފީހުން ކަނޑައެއް ނުލާނެއެވެ. އެކަމަކު އެކުއްޖާގެ ހެދުން އެޅުން ބަދަލު ނުކޮށް އޮފީހަށް އަންނާކަށްވެސް ނުކެރޭނެއެވެ.

އާލިކް ފާޑަކަށް ހީފައި ހުރެގެން ކެބިންގެ ތެރެއިން ނުކުމެގެން ދިއުމުން ވިޝާ ލޯ މަރާލުމަށްފަހު ގޮނޑީގައި ބޯ ޖައްސާލިއެވެ. އޭނާގެ ހިތުގައި ވަނީ ދިޔައީ ދާދި ދެންމެއަކު ހިނގާދިޔަ ހާދިސާއެވެ. ތެދުތެދަށް ބުނާނަމަ އެ އޮފީހުން ވަކިވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ހަމަ އެގޮތަށް އަމިއްލަ އިއްޒަތާއިމެދު މީހުން އެއްޗެހި ކިޔުމަކީވެސް އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ކަންތައްތައް ކޮންމެ ގޮތަކަށް ވެގެން ދިޔަޔަސް އޭނާގެ ދަރަޖަ ދަށުވެގެންދާފަދަ ގޮތަކަށް މީހަކު އެއްޗެއް ބުނެފިނަމަ ވިޝާއަށް މަޑުން ހުރުމަކީ އުނދަގޫ ކަމެކެވެ. މުއްސަނދިވެފައި، ރީތި ސިފައެއް ލިބިފައިވިޔަސް ވާހަކަ ދައްކަންވާނީ އެންމެންގެ ހާލަތާއިމެދު ވިސްނާފައެވެ. ހައްގަށެވެ. ވިޝާ މަޑުމަޑުން ލޯ ހުޅުވާޅިއެވެ. އޭނާ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެއެވެ. އަމިއްލަ ނަފްސުގެ އިއްޒަތުގެ ދިފާއުގައި ކުރި ކަމަކުން އޭނާ އޮފީހުން ކެނޑެން ޖެހުނަސް ފަރުވާލެއް ނެތެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ.

” އާނ.. މުވައްޒަފުންނަށް ހާއްސަ ޔުނީފޯރމެއް އުފައްދަން މި ހިޔާލު ކުރަނީ..” އޮފީހުގެ ކުރިމަތީގައި ހުރި ކެފޭގައި ކޮފީއެއް ބޯން އިނދެގެން އާލިކް ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެކުވެރިޔާ ވިކާޝްއާއިއެވެ.

” އެކަމު އާލިކް.. މުވައްްޒަފުން ލައިކް ވާ ކަމެއް ނޫނޭ ޔުނީފޯރމް ލުމަކީ.. ކީއްވެތަ ކުއްލިއަކަށް ތި ހިޔާލު އައީ..” ވިކާޝް އެކޮޅުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ރާގު ހުރިގޮތުން އާލިކްގެ ވިސްނުމާއި މާ ގަޔާ ނުވާކަން އާލިކްއަށް ޔަގީންވިއެވެ.

” ދެން ހަމަ ބޭނުންވާ ގޮތް.. އޭރުުން ކުދިންނަށް މާ ފާޑު ފާޑު ފެޝަން ހެދުމެއް ނުލެވޭނެެއެއްނު..” އާލިކް ކޮފީ ކޯވަރެއް ބޯލުމަށްފަހު ބުނެލިއެވެ. ހަގީގަތުގައި ކަން ވީގޮތް އޭނާ ވިކާޝްއަށް ކިޔައިދޭން ބޭނުންނުވީ އެކަމާއިވެސް ވިކާޝް އޭނާއާއި ދެކޮޅުވާނެކަން އެނގޭތީއެވެ. ތެދެކެވެ. އެކުގައި އެންމެ ގާތް ރަހްމަތްތެރިންގެ ގޮތުގައި އުޅޭއިރުވެސް ދެމީހުން މިޒާޖު އުޑާއި ބިމާހާއި ތަފާތެވެ. ވިކާޝްއަކީ އެހެން މީހުންގެ އިހުސާސްތަކަށް ލޯބިކުރާ، ހިތްހެޔޮ ޒުވާނެކެވެ.އެއާއި ޚިލާފަށް އާލިކްގެ ގައިގައި ހަރުލާފައި ހުންނަނީ ކިބުރުވެރި ގޮތެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މުއްސަނދިކަމާއި ރީތިކަމަކީ ދިރިއުޅުމުގައި އެންމެ މުހިންމު ދެކަމެވެ. އެކަންތައްތައް ހާސިލުވެއްޖެނަމަ ދިރިއުޅުންވެސް ކާމިޔާބު ވާނެއެވެ. އެކަމާއި ވިކާޝްވެސް ހިތްހަމަ ނުޖެހިގެން އެއްޗެހި ބުނެއެވެ. ނަމަވެސް ކޮންމެވެސް މޮޅު ވާހަކައަކުންް އާލިކް އެކަން ހަމައަކަށް އަޅުވާލަނީ ރަހްމަތްތެރިކަމަށް ބުރޫ ނާރާ ފަދަ ގޮތަކަށެވެ.

” އޯކޭ.. އާލިކްގެ އޮފީސް ވިއްޔަ ދޯ.. ދެން ތިކަން ކުރަން ބޭނުންވީއެއްނުން.. ދެން ބަދަލެއް ނުވާނެ.. ގޮތްދޫނުކުރާ..” ވިކާޝް އެކޮޅުން ބުނެލި ޖުމްލައާއިއެކު އާލިކްގެ ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވިއެވެ. ކިތަންމެ މިޒާޖު ތަފާތުވިޔަސް އޭނާ ވިކާޝް ދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ކުއްޖަކު ދެކެވެސް ލޯބިނުވާ މިންވަރަށެވެ.

” އޯކޭ.. އޯކޭ  ދެން އަވަހަށް އަންނަން އުޅޭ އިނގޭ..” އާލިކް ފޯނު ބޭއްވީ ވިކާޝްގެ ދަތުރުގެ ވާހަކަވެސް އަހާލުމަށްފަހުގައެވެ. ވިކާޝް ދިޔަފަހުން މަސްދުވަސް ވީއިރު އާލިކްއަށް އޭނާ ނެތުމުގެ ފަޅުކަން އިހްސާސް ކުރެވެއެވެ. ކޮފީ ބޮއި ނިންމާލުމަށްފަހު އެނބުރި އޮފީހަށް ދާން ހިނގައިގަތް ވަގުތު އަނެއްކާވެސް އާލިކްގެ ފޯނު ރިންގުވާން ފެށުމުން އަވަސް އަވަހަށް ފޯން ނަގާ ސްކްރީނަށް ބަލާލުމާއިއެކު އޭނާގެ ދެބުމަ ގޮށްޖެހި، މޫނުމައްޗަށް ފޫހިކަން ވެރިވެއްޖެއެވެ.

” ކީކޭ ޝާޔާ..” ފޯނު ނެގުމަށްފަހު އާލިކް ވާހަކަދެއްކިއެވެ.

” ޝާޔާ.. ބުނީމެއްނު މިއަދު ބިޒީވާނެއޭ.. އޮފީސް ނިންމާ ގޮތަށް ދާނަމޭ.. އިނގޭ.. ދެން ބާއްވަނީ..” އެކޮޅުން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯން ކަނޑާލުމަށްފަހު އާލިކް ބޯ ހޫރާލިއެވެ. ޝާޔަންގެ ކަންތަކުންވެސް އޭނާގެ ބޯ ފަޅައިގެން ހިނގައިދާނެއޭ ހީވާ ފަހަރުވެސް އާދެއެވެ.

ދުވަހުގެ ބާކީބައިގައި އާލިކްއާއި ވިޝާއާއި މެދު އިތުރު ދެބަސްވުމެއް ނުހިނގައެވެ. ދެމީހުންވެސް އެމީހެއްގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައިރު ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓް ތަކާއި ބެހޭގޮތުން ވިޝާ އާލިކްއާއި ސުވާލުވެސް ކުރިއެވެ. އަދި އާލިކްވެސް އެއަށް ޖަވާބު ދެމުން އައީ މިއަދު އެދެމެދުގައި އެއްވެސް ކަމެއް ހިނގާފައި ނުވާ ފަދައަކުންނެވެ. ކުދި ކުދި މުއާމަލާތްތަށް ހިންގި ނަމަވެސް ދެމީހުންގެ ހިތުގައި އެކަކު އަނެކަކާއި ދޭތެރޭ ފޫހިކަން އުފެދިފައިވީ ހީނުކުރާހާ މިންވަރަށެވެ.

” ވިޝާ.. އަންނަންވީނުން ކޮފީއަކަށް.. ސަރ..” ވިޝާ ކުޑަ ވަގުތުކޮޅެއްގެ ބްރޭކެއް ނެގުމަށްފަހު ދަބަހުން އޭނާގެ މަންމަގެ ސިޓީ ނަގައިގެން ކިޔަން އިންދާ އެތަނަށް ދީމާ އައުމުން އަވަސް އަވަހަށް ސިޓީ ދަބަހުގެ ތެރެއަށް ލައިފިއެވެ. އޭނާ މަންމަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މިހާރު އެ ސިޓީ ކިޔައެވެ. އޭގެ ސަބަބުން ހިތައް ހަމަޖެހުން ލިބޭއިރު އޭނާއަށް އެ ސިޓީ މިހާރު ކިޔުނު އަދަދެއްވެސް ނޭނގެެއެވެ.

” ޔަހ.. މިދަނީ..” އާލިކް ދީމާއަށް ހިނިތުންވެލަމުން ޖަވާބުދިނެވެ.

“ވިޝާ..”  ” ހިނގާ ދާން..” ދީމާ ދެވަނަ ފަހަރަށް ވިޝާއަށް ގޮވާލުމުން އޭނާވެސް ހިނިތުންވެލަމުން ތެދުވެއްޖެއެވެ. ވިޝާމެން ކޮފީ ރޫމަށް ދިޔައިރު އެތަނުގައި އޮފީހުގެ 10 ވަރަކަށް މުވައްޒަފުން އުޅެއެވެ.

” ހެލޯ މޭމް.. މިއަދު އެންމެންނަށް ކޮފީ ހަދާދެނީ އަޅުގަނޑު އިނގޭ..” ވިޝާމެން އެތެރެއަށް ވަނުމާއިއެކު އަރީޝް ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މަޖާ މިޒާޖާއި އުޅޭ ގޮތުން އެންމެންވެސް ތިބެނީ ހީލަ ހީލައެވެ.

” ރީތިބަހުން ވާހަކަ ނުދެއްކިޔަސް އޯކޭ ވާނެ..” ވިޝާ ހީނލަމުން އަރީޝްއަށް ޖަވާބުދިނެވެ. އެވަގުތު އެންމެން އެންމެންނަށް ވިޝާއާއި ވާހަކަ ދައްކަންފެށިއެވެ. ވިޝާގެ ރަށާއި، އުމުރާއި އަދި އެކި އެކި އޭނާގެ ދިރިއުޅުމާއި ގުޅޭ އެކި އެކި ސުވާލުތައް ކުރިއެވެ. ވިޝާވެސް ހިނިތުންވެލައިގެން  އިނދެ އެމީހުންނަށް ޖަވާބު ދެމުން ދިޔަނަމަވެސް އޭނާއާއި ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް ނުދެއެވެ.

” އަސްލު ވިޝާ ކަހަަލަ ސަޅި ކުއްޖަކު ބޮސްއަކަށް ވީމަ ވަރަށް އުފަލުން މިތިބެނީ ދޯ މޯޑު..” ވާހަކަ ދައްކަމުން ދައްކަމުން ޝާން އެއް ލޯ މަރާލުމަށްފަހު މޯޑުއަށް ދޯ އެއްލިއެވެ.

” ހޫމްމް.. މިހާރު ފްލަރޓް ކުރަން ފެށީ.. އޭނަގެ ވައްތަރު އިނގޭ ވިޝާ.. މިތަނަށް ނާންނާނެ ޝާން ހިތާނުވާ އަންހެން ކުއްޖެއް..” ލިމްނާ ތުން އަނބުރާލަމުން ޝާންގެ އަތުގައި ވިކައިގަތެވެ. އެވަގުތު އެންމެންނާއިއެކު ވިޝާވެސް  ހޭންފެށިއެވެ. އެންމެންގެ އެކުވެރިކަން ފެނި ވިޝާ ހުރީ ވަަރަށް ހިތްހަމަޖެހިފައެވެ.

” ސްވީޓް ހާރޓް.. ދެން އެނގެއެއްނު މަޖާ ކޮށްލަނީކަން..” ޝާން ލިމްނާގެ ކޮލުގައި ފިރުމާލަމުން ވަރަށް ލޯބިން ބުނެލިއެވެ. އެވަގުތު ލިމްނާ ހިނިތުންވެލި ގޮތުންނާއި އެދެމެދުގައި އޮތް ގާތްކަމުގެ ސަބަބުން އެއީ ހަމަ އެކަނި އެކުވެރިން ނޫންކަން ވިޝާއަށް އެނގުނެވެ.

” ކަމެއްތަ؟..” ކުޑަކޮށް ހީނލަމުން ވިޝާ ލިމްނާއަށް ބުނެލިއެވެ. އެވަގުތު އެންމެން އެއްފަހަރާ އެދެމީހުންނާއި ދިމާކޮށް ސަކަރާތް ޖަހަން ފެށިއެވެ.

” ހާދަ މަޖާ ދުވަހެކޭ ދޯ.. ކޮން ކަމެއްތަ އޮތީ..”  ތަނުގެ މަޖާ މާހައުލަށް ކުޑަ ހިމޭންކަމެއް ގެނުވީ އާލިކް އެތެރެއަށް ވަނުމުންނެވެ.

” މީ ވިޝާ އަށް މިތަނުގެ ވާހަކަތައް ކިޔައިދެނީނުން..” އާލިކް ގޮނޑިއެއްގައި އިށީނުމުން އޭނާއަށް ޖަވާބު ދިނީ އަރީޝްއެެވެ. އެވަގުތު އާލިކް ފާޑަކަށް ވިޝާއާއި ދިމާއަށް ބަލާލިއިރު އޭނާ އިނީ އިސް ޖަހާލައިގެންނެވެ. އެވަގުތުވެސް އަމިއްލަ ނަފްސު ބޭނުން ނުވިކަމުގައިވިޔަސް ވިޝާގެ މޫނުގައިވީ މައުސޫމްކަމަށް އޭނާގެ ކަޅި ހުއްޓިލިއެވެ.

” ސަރ މިައަދު ލަވައެއްވެސް ނުކިޔާ ދުވަހެއްތަ؟..” ޝާން ލާނެތް ހިނިތުންވުމަކާއިއެކު އާލިކްއަށް ބުނެލިއެވެ. އާލިކްގެ ފިރިހެންވަންތަ ރީތި އަޑުން ކިޔާ ލަވަ އަޑު އެހުމަަކީ އެތާނގެ ކޮންމެ މުވައްޒަފަކުވެސް މަރުދޭ ކަމެކެވެ.

“މިއަދު ލަވަ ކިޔަން ޖެހޭނީ އަލަށް އައި ކުއްޖާއާ އެއްކޮށެއްނު ..  ދޯ ވިޝާ..” އާލިކް ފުން ބަލާލުމަކާއިއެކު ވިޝާއަށް އެހެން ބުނެލީ ޖެއްސުމަށެވެ. އެވަގުތު ވިޝާއަށް ސިހިފައި އާލިކްެެގެ މޫނަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެގެންނެވެ.

” ޔެސްސް.. ވިޝާ ލަވައެއް.. ވިޝާ.. ވިޝާ..” އެންމެން އެކީގައި ހެން ވިޝާގެ ގާތުގައި ލަވަ ކިޔަން އެދުމުން އޭނާ ކަންތައް ބޮޑުވިއެވެ. ކިތަންމެ ކުރާ ހިތްވާ ކަމެއް ކަމުގައި ވިޔަސް މީހުން ކުރިމަތީގައި ލަވަ ކިޔުމަކީ ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫން ވިއްޔާއެވެ. ވިޝާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުގެ ސަބަބުން އާލިކް އިނީ ބަނޑަށް ހީލަ ހީލައެވެ. ޔަގީނެވެ. އެ އަންހެން ކުއްޖާއަށް ލަވައަކީ ކޮން އެއްޗެއްކަންވެސް ރަނގަޅަށް ނޭނގޭނެއެވެ. ހަމަ ގައިމުވެސް ރަކިވާ ވަރު ކަމެއް ޖެހިއްޖެތާއެވެ. އޭނާއަށް ހެވޭވަރުން އަނގަމަތީގައި ބޮޑުވައި އިނގިލި ޖައްސާލަމުން ދުރު ބަލާލިއެވެ.

” އޯކޭ.. އޯކޭ.. ތިވަރު ނުކުރިޔަސް ލަވަ ކިޔައިދީފާނަމޭ.. ކޮން ލަވައެއްތަ ކިޔަންވީ؟.. ” ވިޝާ ހަމަ ޖެހިލަމުން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެއަޑަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ހިނިތުންވެލައިގެން އިން އާލިކްއަށެވެ. އޭނާއަށް ދޫނުކުރަން އެކަންވެސް ކުރަނީ ހެއްޔެވެ؟

” ފެނިފާ ކަލާ..ސަރ ވެސް ވަރަށް ރީތިކޮށް ކިޔާ ލަވައެއް އެއީ..” ކުއްލިއަކަށް ދީމާ ބުނެލިއެވެ. އެއާއިއެކު އެހެން އެންމެން އޭނައާއި އެއްބަސްވިއެވެ. އޭރު އާލިކް އިނީ ވިޝާ ލަވަ ފަށާނެ އިރެއްގެ އިންތިޒާރުގައެވެ. އެނގިދާނެތާއެވެ.

” ފުރަތަމަ ނަޒަރުން މިހިތް… އަތުލައިފިޔޭ…

  ޔާރާ ސިއްރުން މިހިތް… ކަތިލައިފިޔޭ…

   ހިތް ކަލާ… އަތުލައިފިޔޭ…..”  ވިޝާ ލަވަ ކިޔަން ފެށުމާއިއެކު އެ ރީތި އަންހެންވަންތަ އަޑުގެ ސަބަބުން އެންމެންވެސް ތިބީ އަނގަ ހުޅުވޭ ވަރު ވެފައެވެ. ހާއްސަކޮށް އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހާދަހާ ރީއްޗެވެ. އަޑު އިވުނަސް މީހެއްގެ ހިތައް ހަމަޖެހުން ގެނުވައިދޭނެއެވެ. ވިޝާ ކިޔަމުން އެދާ ލަވައިގެ ބައިތަކަކީ އާލިކްއަށް ބުނާ އެއްޗެކޭ އޭނާގެ ހިތައް އަރަމުން ދިޔައީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނުނެވެ.  ލޯ މަރާލަމުން އާލިކްއަށް ލަވައިގެ އަނެއްބައި ކިޔަން ފެށުނީ އިހްތިޔާރަކާއި ނުލައެވެ.

   “ފެނިފާ ކަލާ ވެޔެ ބޭޤަރާރް…

    ތިޔެ ހިތް ކުރާ ފޮނި އިންތިޒާރްް…

      ނަޒަރުން ގަޔާވެވި މިހާރް…

        ހިތްދެވިއްޖޭ މިއަދް… ވެޔެ ހިތް ދިވާނާ މިއަދް…

             ވީމަ ގަޔާ…

     ފެނިފާ ކަލާ… ވެޔެ ބޭގަރާރް…

ތަސްވީރޭ ޒުވާން ކުރެހި މޭގާ ވީ ކަލާ..

  ދީވާނާ ވަނިއްޔޭ ހިތް މަގޭ.. ތާޒާ ވެލާ..

ތަސްވީރޭ ޒުވާން ކުރެހި މޭގާ ވީ ކަލާ..

  ދީވާނާ ވަނިއްޔޭ ހިތް މަގޭ.. ތާޒާ ވެލާ..

    ހިތް ތެޅެނީއޭ މަލާ… ނުވެ ހިމޭންން…

      އެދި ވާތީ ފާޅުގާ ލޯބި ދޭންން…

   ފެނިފާ ކަލާ ވެޔެ ބޭޤަރާރް…

    ތިޔެ ހިތް ކުރާ ފޮނި އިންތިޒާރް…

      ނަޒަރުން ގަޔާވެވި މިހާރްް…

        ހިތްދެވިއްޖޭ މިއަދް… ވެޔެ ހިތް ދިވާނާ މިއަދް…

             ވީމަ ގަޔާ…

     ފެނިފާ ކަލާ… ވެޔެ ބޭގަރާރް…”   އާލިކްގެ ރީތި އަޑު އިވުމުން ވިޝާވެސް އިނީ ހައިރާންވެފައެވެ. ލޯ މަރާލައިގެން އިނދެ އޭނާގެ ފިރިހެންވަންތަ އަޑުން ފޯރީގައި ލަވަ ކިޔަމުން ދިޔައިރު އެއަޑުގެ މަޑުމައިތިރިކަން އޭނާގެ ހިތައް ގޯނާ ކޮށްފިއެވެ. އެ އަސަރުގަދަ ލަވައިގެ ބައިތުތައް އެހިތުގައި ހަރުލާން ފެށީ އިހުތިޔާރަކާއި ނުލައެވެ. ލަސްލަހުން އޭނާވެސް ލޯ މަރާލުމަށްފަހު ލަވައިގެ ދެން އޮތްބައި ކިޔަން ފެށިއެވެ.

” ބުނެލާ ހިތް ވިޔަސް… ނުކެރޭ ދޫ ބަންދުވޭ…

   ނަޒަރުން ދޭ ބަޔާން.. ނޭނގެނީހޭ ޝޯޚް ވޭ…

ބުނެލާ ހިތް ވިޔަސް… ނުކެރޭ ދޫ ބަންދުވޭ…

   ނަޒަރުން ދޭ ބަޔާން.. ނޭނގެނީހޭ ޝޯޚް ވޭ…

      މި ހަޔާތަށް ޔާރު ދެން ޚާއްސަ ވޭ..

       ނުބަލާށޭ އޭ ހިތައް ކެތްނުވޭ…

   ފެނިފާ ކަލާ ވެޔެ ބޭޤަރާރް…

    ތިޔެ ހިތް ކުރާ ފޮނި އިންތިޒާރް…

      ނަޒަރުން ގަޔާވެވި މިހާރްް…

        ހިތްދެވިއްޖޭ މިއަދް… ވެޔެ ހިތް ދިވާނާ މިއަދް…

             ވީމަ ގަޔާ…

     ފެނިފާ ކަލާ… ވީމާ ގަޔާ…..”   ލަވަ ކިޔާ ނިންމާލެވުނު އިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ހިތވެސް ބުނަމުންް ދިޔައީ ލަވައިގެ ގޮތުގައި އެކިޔާލީ އަނެކާގެ ހިތުގެ އަޑު ކަމުގައެވެ. ވިޝާގެ މަޑު ބްރައުން ލޮލާއި އެކު އާލިކްގެ ތޫނު ދެލޯ ގުޅިފައިވާއިރު ޖާދޫއެއް ފަދައެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ޙަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާ : ވާހަކަ ގިސް

Next

ހިތުގެ ތެޅުން

Next
February 16, 2014

ހިތުގެ ތެޅުން

Previews
February 15, 2014

ޙަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާ : ވާހަކަ ގިސް

5 Comments!

  1. lonely angel says:
    February 15, 2014 at 7:57 pm

    v v v nice. waitin 4 next part

  2. zoo says:
    February 15, 2014 at 9:29 pm

    v salhi

  3. lady gaagaa says:
    February 16, 2014 at 10:10 am

    wowowow waiting for the next part 🙂

  4. maani says:
    February 16, 2014 at 12:22 pm

    ???araamagu ga kihaa hisaabakah tha up koh dhine

  5. qwerty says:
    February 16, 2014 at 3:22 pm

    Mee salaage story eh noontha? :O

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 5←


All Right Reserved!