އަހަންނށް މާފު ކުރޭ ….އުމުރު ދުވަހު މަންމަ ދިން ތަރުބިއްޔަތާއި ހިލާފް އަމަލެއް މި ހިންގަން ޖެހުނީ ހަމަ އެ މަންމަ ސަލާމަތް ކުރަން …. އަހަރެން ބޭނުން އީލާމް އަހަރެންގެ މީހަކަށް ހަދަން …. ވަރަށް ލޯބިވޭ … ޝާމް …..
އީލާމް އޭނާގެ ސިޓީ ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ނަމަވެސް މިއަދު މި ސިޓީއަކުން ވާނެ އިތުރު ފައިދާ އެއް ނެތެވެ . ޝާމް އަށް ގަސްތުގައި ކުރީ މާފް ނުލިބޭނޭ ކުށެކެވެ. އެހެންކަމުން އީލާމް އިތުރަށް ޝާމް އާއި ދޭތެރޭ ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޖޫލީ އާއި ޝާމް އެގެއަށް ބަދަލުވިތާ މަހެއްހާ ދުވަސްވިއިރު ޝާމް އަށް ގޭގައި ހުންނަން ލިބެނީ ހަފްތާއަކު އެއްދުވަހެވެ. އަބީ ގެ ވިޔަފާރީގެ ތެރޭގައި ޝާމް އާއި ޖޫލީ ވަޒީފާ އަދާކުރަމުން ދާއިރު އީލާމް އާއި އެ މީހުންނާއި ދިމާވަނީ މަދު ފަހަރެއްގައެވެ. އަމައިރާ އަށް އަށް މަސް ފުރި ނުވަމަހަށް އެޅި އިރު ކުޑަ ކުޑަ ކޮށް ހިނގާލަން އުޅޭހެން ހީވެއެވެ. އަބީގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބެމުން ދިޔައީ ހީވެސް ނުކުރާހާ ވަރަށެވެ. އަބީގެ ރުޅި އީލާމް އަށް މި ފެނުނީ އެންމެ ފަހަރަކުއެވެ.އެ ދުވަސް ފަހުން އީލާމް އާއި ދޭތެރޭ އަބީ ކަންތައް ކުރަމުން ދިޔައީ ކުރިއަށް ވުރެން ވެސް ރަނގަޅަށެވެ. މެހެރޫއަށް އީލާމް އާއި އަބީ ކައިރީގައި ޖޫލީ އުޅޭކަން އެނގުމުން ، އީލާމް ދެކެ ހުންނަނީ ހިސާބަކަށް ރުޅި އައިސްފައެވެ. ޖޫލީ އާއި އަބީ އާއި ދެމެދު އޮންނަ ކަހަލަ ގާތް ގުޅުމެއް އީލާމް އާއި ޖޫލީއެއް ނުބާއްވައެވެ. ފެނުނީމައި ވާހަކަ ދައްކާ ހެދިއަސް ޖޫލީ ގެ ވިސްނުމުގައި ހުރީ ރަނގަޅު ގޮތެއް ނޫންކަން އީލާމް އަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އީލާމް އެކަނި ހުންނަ ވަގުތުތަކުގައި ވާހަކަ ނުދެއްކުމާއި ، އަމައިރާ އުރާ ނުލުމާއި ، އަބީ އައުމުން ޖޫލީގެ ހަރަކާތް ތަކަށް އަންނަ ބަދަލު އީލާމް އަށް ފެނެއެވެ. އީލާމްގެ ބަނޑަށް ނުވަ މަސްވާން ހަފްތާއަކަސް ވެފައި އޮއްވާ އީލާމް ބަނޑުގަ ރިއްސަން ފެށިއެވެ. އަބީ އާއި މެހެރޫގެ އެހީތެރިކަމުގެައި ހޮސްޕިޓަލް އަށް ގެނދެވުނު އިރު، އެ ދެމީހުންގެ ލޯތްާއި އަޅާލުން އީލާމް އަށް އަބަދުހެން ލިބެމުން ދިޔައެވެ. ނަމަވެސް މަދުން ނަމަވެސް އޭނާގެ ހިޔާލުތަށް މާޒގައި ހިނގާފައިވާ ކަންތާކއި އޭނާގެ މަންމަ ރާފިޔާ އާއި މުސްތަފާގެ މަތިން ހަނދާން ކޮށްލެވެއެވެ.. އުފަންވާން އުޅޭ ދަރިފުޅު ނޫނީ އަމިއްލަ ކިޔާނޭ އެއްވެސް މީހަކު އޭނާ ކައިރީގައި މިވަގުތަކު ނެތެވެ.
ތުއްތު ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑުން މުޅި ކޮޓަރި ގުގުމާލީ އީލާމް ވިހަން ވެއްދިތާ ދެދުވަސް ވީ ފަހުންނެވެ. ކަން ދިމާކުރި ގޮތުން އަބީ ހުރީ އީލާމް ވިހޭއިރު އީލާމް އާއި އެންމެ ގާތުގައެވެ. ވިހެއުމުގެ އެޅި ވޭނަށް ފަހު އީލާމް އަށް ވަރުބަލި އިހްސާސްވެ އެ ލޮޑުކަންމަތީ ނިދުނީ އެ ދަރިފުޅު އެންމެ ފަހަރަކުވެސް ބަލާލަން ނުލިބިއެވެ. ހޮސްޕިޓަލްގެ ކޮޓަރިއަކަށް އީލާމް ބަދަލު ކުރެވުނުއިރު އަބީގެ އާއިލާ އެންމެން އެކުއްޖާ ބަލާލުމަށްޓަކައި ވަނީ މުޅި ތަނުގައި އެއްވެލާފައެވެ. އީލާމް ދެލޯ ހުޅުވާލުމަށްފަހު ދެކޮޅު ހޯދާލީ ދަރިފުޅު ކޮބައިތޯ ބަލާލާށެވެ. އަބީއަށް އީލާމް ހޭލެވިއްޖެ ކަން އިނގުމުން އެންމެން ކޮޓަރި ތެރެއިން ބޭރު ކުރީ އެ ދެމެފިރިންނަށް ހާއްސަ ވަގުތުކޮޅެއް ދިނުމަށް އެދިއެވެ. ކޮޓަރީގެ ތަޅު އެޅުވުމަށްފަހު އަބީ އޭނާގެ ތުއްތު ދަރިފުޅު އުރާލައިގެން އީލާމްގެ ކައިރިއަށް އައިސް ހުއްޓެލިއެވެ. “އަބީ ކޮންކަހަލަ ބޭބީ އެއް ” އީލާމް އޮޅުން ފިލުވާލިއެވެ. ” ފިރިހެން ، މީ ބައްޕިގެ ފުށްގަނޑު ” އަބީ ދަރިފުޅުގެ މޫނުން ދޮނެއް ނަގާލަމުން ބުންޏެވެ. އީލާމް އުފަލުން ފޮޅުނެވެ. ” އަބީ ދެން ދީ ބޭބީ ، އީލާމް ބޭނުން އުރާލަން ” އީލާމް ބޮޑާ ހާކާލުމުން އަބީ އޭނާގެ ބަނޑު ދޮށުގައި ދަރިފުޅު ބާއްވާލިއެވެ.
މެހެރޫ ތައްޔާރު ވަމުން ދިޔައީ އޭނާގެ އާއިލާއަށް އިތުރުވި އާ މެހެމާނަށް ނަން ކިޔާނޭ ރަސްމިއްޔާތެއް ބާއްވާށެވެ. ހޫނުގައި ނިކުމެ އާއިލާ އެންމެނަށް މީރު ވާނޭހާ ކާ އެއްޗެހި ތައްޔާރުކޮށްލީ އީލާމް އާއި އަބީ އަންނާނޭ ވަގުތު ކައިރި ވަމުން ދާތީވެއެވެ. ” މަންމާ ، ބޭބެގެ ފުރަތަމަ ދަރިފުޅު ވިހައިގެން މިވަރެއް ނާރުވާ ” އަމާން އޭނާގެ މަންމަ އުޅޭ ގޮތް ފެނުމުން މަންމަ އާއި ދިމާލަށް ބުނެލިއެވެ. ” އަމައިރާ އަކީ ނަހަލާލް ކުއްޖެއް އެހެންވީމައި މަންމަ އެހާވަރުން އަމައިރާ އާއި ހެދި ނޫޅެވެނީ ،މީހުން ކިހާ އެއްޗެހި ކިޔާނެ” މެހެރޫ އޭނާގެ ދަރިފުޅަށް އޮޅުން ފިލުވައިދެމުން ދިޔައިރު ފަހަތުގައި އީލާމް ހުއްޓިގެން ހުރިކަމެއް ނޭނގެއެވެ. ” މަންމާ އަޅުގަނޑު ބޭނުމެއް ނޫން ، އަމައިރާ އަކީ ދުވަހަކުވެސް އަޅުގަނޑުގެ ދަރިއެއް ނޫންކަން އިނގޭކަން ، އެހެންވީމައި ދެކުދިން ތާފާތު ނުކުރައްވާ ” އީލާމް ގެ އަޑު ކަންފަތުގައި ޖެހުމުން މެހެރޫ ކުށްވެރިއެއް ފަދައިން އީލާމް އާއި ދިމާލަށް އެނބުރެލިއެވެ. ” ދަރިފުޅާ ތިވާހަކަ ނުދައްކާ ދޭބަލަ . ކުޑަ މީހާ ކައިރިއަށް ” މެހެރޫ އީލާމް އާއި ދިމާލަށް އެހެން ބުނެލުމަށްފަހު ބަދިގެއިން ނިކުތީ އީލާމް އާއި އިތުރަށް ޖަދަލު ކުރަން ބޭނުން ނުވާތީވެއެވެ.
ނަން ކިޔުމުގެ ހުރިހާ ތައްޔާރީތަކެއް ނިމުމުން އީލާމް އާއި އަބީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ނަން ކިޔުމުގެ ހަރަކާތް ގެންދިޔައެވެ. ” ދަރިފުޅާ ކޮންނަމެއްތަ ބޭބީ އަށް ކިޔާނީ ” މެހެރޫ އަބީ އާއި ސުވާލު ކޮށްލިއެވެ. އަބީ އީލާމް ގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އާރަވް އަބީޝޭކް މެހެރާ “. އަބީގެ ޖަވާބުން މެހެރޫ އާއި މަހޭޝް އަތް ތިލަ ބަޑި ޖަހާލީ ރީތި ނަމެއް ދިނީމައެވެ. އަމާން ތަނުގެ އުފާވެރިކަން ފޫ އަޅުވާލީ އަމައިރާ އަށް ކިޔަނީ ކޮން ނަމެއްތޯ ސުވާލު ކޮށްލުމުންނެވެ. އަބީ އަށް އީލާމްގެ މޫނަށް ބަލާލެވުނީ އަމައިރާ އިނީ އީލާމްގެ އުނގުގައި ކަމުންނެވެ. އަބީގެ ޖަވާބު ލަސްވަމުން އަންނާތީ އީލާމް ޖަވާބު ދިނެވެ. ” އަމައިރާ އަބީޝޭކް މެހެރާ ” . އަމާން އޭނާގެ ފަހަރިއަށް ހިނިތުންވުމެއް ދިނުމަށްފަހު އެް ލޯމަރާލީ އެއި އޭނާ ގަސްތުގައި ކުރި ކަމެއް ކަން އިނގޭތީވެއެވެ. ހަފްލާ ނިމުމުން އަބީ އޭނާގެ ދެ ކުދިން ގޮވައިގެން ގޮސް ކާރަށް އެރީ އިތުރަށް ދިނާއި ހިލާފް ކަންތައްތަކުގައި ބައިވެރިވާން ބޭނުން ނުވާތިޥެއެވެ. ” އީލާމް ކާރަށް އަރައި ހަމަޖެލިމުން އަބީ ބުނެލިއެވެ. ” އަހަރެންގެ ދެ ދަރިންނަށް ކިޔާނީ ” އަމައިރާ އަބާން މުހައްމަދު ޒައީ އަދި އާރަވް އަބާން މުހައްމަދު ޒައީ ” އަބީ އެހެން ބުނެލުމުން އީލާމް އޭނާއަށް ހިނިތުންވުމެއް ދިނެވެ. ކާރު ދުއްވަމުން ދިޔައިރު އެކި ވާހަކަތަށް ދައްކަމުން ދިޔައެވެ. އަބީ އޭނާގެ މަންމައަށް މި އާއިލާއަކީ މުސްލިމުން ކަން އިނގިޖެއްޔާމް ޖޫލީ އަށް ކަންތައް ކުރާ ގޮތަށް ވުރެ ނުބައިވާނޭ ކަމަށް ބުނެލިއެވެ. އީލާމް ބޯ ޖަހާލީ އަބީ އެ ދައްކަނީ ތެދު ވާހަކައެއް ކަން އޭނާއަށް ވެސް ގަބޫލު ކުރެވޭތީވެއެވެ. އަބީ އާރަވް އުރާލައިގެން ގެއާއި ދިމާލަށް ހިނގައިގަތުމުން މައިރާ އޭނާގެ މަންމަ ކައިރީ އުރާލަން އަތް ދިއްކޮށްލިއެވެ. އަބީ އަށް މި މަނޒަރު ފެނުމުން ހެވުނެވެ. އަމައިރާގެ ޅަ ސިކުޑިއަށްވެސް އޭނާގެ މަންމަ ގެއްލިދާނޭ ކަމުގެ ބިރު އޮތުމުން މަންމީ ވެގެން އުޅެނީ ކަމަށް އީލާމް ކައިރީ ބުނެލިއެވެ. އީލާމް ވިހައިގެން ތިންވަނައަށް ވީ މަހަކީ ޝާމް އަނެއްކާވެސް އޭނާގެ ދަތުރު ކުރުކޮށްފަ އާއިލާ އާއި ބައްދަލު ކުރަން އައި ދުވަހެވެ. ޖޫލީ އާއި ޝާމް ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އަބީ އަށްވެސް ފާހަގަ ވާން ފަށައިފިއެވެ. ގިނަވަގުތު ޝާމް މަސަތްކަތުގައި އުޅުމާއި ، އޮފީހުން ރަށުން ބޭރަށް ދާން ޖެހޭ ދަތުރުތަކުގައި ޝާމް ދާން ބޭނުން ވާތީވެއެވެ. އަމައިރާ އަށް އަހަރުވުމުގެ މުނާސަބަތުގައި ސްކައި ހައުސްގައި ވަނީ ވަރުގަދަ ޕާޓީއެއް ބާއްވަން ރެޑީވެފައެވެ. އަބީގެ ބައްޕަ މަހޭޝް އަށް ކާފަ ދަރިން ނުފެނި އެންމެ ދުވަހެއް ވިޔަސް ހިތްހަމައެއް ނުޖެހެއެވެ. އަމައިރާ އާއި ދޭތެރޭ މެހެރޫ ގަބޫލު ކުރާ ވިސްނުމަށް ބަދަލު ނާންނަ ކަން އިނގުނީ ޕާޓީއަށް އެންމެން ގޮތަކަށް ރެޑި ވަމުން ދިޔައިރު، މެހެރޫގެ ފަރާތުން އެއްވެސް ކަހަލަ ބައިވެރިވުމެއް ނުފެނުނީމައެވެ.
އަމައިރާގެ އުފަންދުވަހުގެ ހަރަކާތް ފެށިގެން ދިޔައިރު ސްކައި ހައުސްގެ ގޯތި ތެރެވަނީ މެހެމާނުން އައިސް ފުރާލާފައެވެ. އަބީގެ ވިޔަފާރީގައި ބައިވެރިވަމުން ދާ އެކި ގައުމުތަކުގެ މީހުންނަށް މަދުން ނަމަވެސް ވަނީ ދައުވަތު ދީފައެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްގައި އަމައިރާ ތައްޔާރުކޮށްލައިގެން އީލާމް ނުކުތް އިރު ، އަބީ އޭނާގެ ހަގު ދަރިފުޅު އާރަވް އުރައިލައިގެން ހުއްޓެވެ. އަމައިރާއަށް އެހާ ގިނަ މީހުން ފެނުމުން އޭނާގެ މަންމައަށް އަތް ދިއްކޮށްލުމަށްފަހު އުރާލަން އެދުނެވެ. އީލާމް އަމައިރާ ގޮވައިގެން އެކި މެހެމާނުންނާއި ބައްދަލު ކުރަމުން ދިޔައިރު އަބީ އޭނާގެ ކައިރީގައި އެމީހުންނަކީ ކޮންބައެއްކަން އޮޅުން ފިލުވަމުން ދިޔައެވެ. ސްކައި ހައުސްގެ ގޯތި ތެރެއަށް މުސްތަފާ ވަދެގެން އައިރު މުޅި ތަނަށް ނަޒަރު ހިންގަމުން ދިޔައެވެ. މުސްތަފާގެ ވިޔަފާރި ފުޅާވަމުން ގޮސް މިހާރު އޭނާ އަކީ ދިވެހިރާއްޖެއަށް ޔޮޓް އެތެރެކުރުމުގެ އެންމެ ކުރީގައި އުޅޭ އެއް ވިޔަފާރިވެރިއެކެވެ. މުސްތަފާ ހިނގަމުން ދިޔައިރު މުޅި އެ މާހައުލް އޭނާ އާއި ބީރައްޓެސެވެ. ޟިގެ ދެދުވަހެއް ކުރިން އޭނާ ސައުތި އެފްރިކާއަށް އައީ އޯޝަން ޓްރެވެލްސް އާއި އެއްކޮށް ހަދަން އުޅޭ ބޮޑު އެގްރީމެންޓްއެއްގައި ސޮއި ކުރުމަށާއި ، އަބީ އޭނާ އަށް ދިން ދައުވަތު ގަބޫލުކޮށެވެ. އަބީ އަށް މުސްތަފާ އެކަނި ހުރިތަން ފެނުމުން އޭނާ އާއި ދިމާލަށް ހިނގައިގަތީ އަމައިރާ އުރާލައިގެންނެވެ. ” މުސްތަފާ އަޅުގަނޑު ވަރަށް އުފާވެއްޖެ މި ދައުވަތު ގަބޫލުކޮށް މި ޕާޓީއަށް ދުރުވީތީ ” އަބީ އަދަބު އިހްތިރާމް އަދާކޮށްލިއެވެ. ” މީ ބާރތްޑޭ ގާރލް ، މުސްތަފާ ވާނެ އަޅުގަނޑު ވައިފް އާއި ބައްދަލުކޮށްލަން ” އަބީ އެހެން ބުނެލުމަށްފަހު އީލާމް ގެ ނަމުން ގޮވާލިއެވެ. މުސްތަފާ އަށް އަބީ އެ ގޮވާލި ނަމުން އެ ދިމާލަށް ބަލާލެވުނީ އޭނާގެ ދަރިފުޅުގެ ނަމުން އަބީ ގޮވާލުމުންނެވެ. މުސްތަފާއަށް ގުޑިލަންވެސް ނޭނގިފައި ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭނެގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Me tha first
V salhi
Thanks Saa 🙂
wow….. v nice…
Thanks Ilu 🙂
wow….nice…
Thanks Rose 🙂
Perfect. I like it?☺☺
Thanks Shaima 🙂
Wow Xeesh… It’s so nice… Aslu vx vv reethi… This is my first comment for this story… Waiting…