Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (24)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 31, 2017 6 Mins Read
32 Comments

ވާޑު ތެރެއަށް ވަދެގެން ދިޔައިރު ހާރޫންގެ ނަޒަރު ހުއްޓެމުން ދިޔައީ އެނދުތަކުގައި ޖަހާފައިވާ ނަންބަރުތަކަށެވެ. އެންމެފަހުން އޭނާ ހޯދަން އުޅުނު އެނދު ނަންބަރު ފެނިއްޖެއެވެ. މަޑުމަޑުން އޭނާ އެދިމާއަށް ހިނގާފައި ދިޔައިރު އެ ހިތުގެ ތެޅުން އަވަސްވާ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އެނދުގައި އޮތް ބަލިމީހާގެ މޫނަށް ބަލާލިހިނދު އޭނާއަށް މޭގައި އަތް އަޅާލެވުނެވެ.

އެނދުގައި އޮތް އާބިދާގެ މޫނަށް އެކަނި ބަލާލިކަމުގައި ވިޔަސް އޭނާގެ ބަލިހާލަތުގެ ދަށްކަން އެނގިގެން ދާނެއެވެ. މޫނުމަތި މިލާމޯޅިވެފައި ވީއިރު އޭނާގެ ތުންފަތް ވަނީ ހިކިގެންގޮސް ފެޅިފައެވެ. ދެއަތަށް އައިވީ ގުޅާފައި ވީއިރު އަނގައަށާއި ނޭފަތައް ވެސް ހޮޅި ގުޅާފައި ވިއެވެ.

ހާރޫން މަޑުމަޑުން ހިނގާފައި ގޮސް އާބިދާ ބާއްވާފައިވާ އެނދު ކައިރީގައިވާ ގޮނޑީގައި އިށީނެވެ. އަދި އާބިދާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އާބިދާގެ ހިކިހޯލި ކޮޅުތަކެއްފަދަ އިނގިލިތަކުގައި ހާރޫންއަށް ފިރުމާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެ ބީހުން އިހުސާސްވެގެން ކަންނޭނގެއެވެ. އާބިދާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. ކައިރީގައި އިން ހާރޫން ފެނުމުން އޭނާ ހިނިތުންވާން މަސައްކަތްކުރިއެވެ.

“ހަ…ހާރޫން… އަހަރެން ފޮނުވި ސިޓީ ލިބުނުދޯ؟ އަހަންނަށް އެނގޭ ހާރޫން އަ..އަންނާނެކަން…” އުނދަގުލާއެކު އާބިދާ ވާހަކަދެއްކިއެވެ. އޭރު އާބިދާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. މާޒީގެ ހިތި ހަނދާންތަކުގެ ސަބަބުން އޭނާގެ ހިތަށް މާބޮޑަށް އަސަރުކުރީއެވެ.

“އާބިދާ ނުރޮއި.. ހުއްޓާލާ.. އަހަރެން މިއައީ އާބިދާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އަޑު އަހާށޭ.. ދެން ބުނެބަލަ އާބިދާ ބުނަން ބޭނުންވާ ވާހަކަ..” ހާރޫން ހިނިތުންވާން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ. އާބިދާ އޮތް ހާލު ފެނި އެ ހިތް ހީވަނީ ކުދިކުދި ވެގެން ހިނގައިދާނެ ހެންނެވެ.

“ޑޮކްޓަރު ބުނީ.. އަ..އަހަރެން ދުނިޔޭގައި އުޅެން ދެން މާގިނަ ދުވަހެއް ނެތޭ.. އަހަރެން ހުރީ ދުވަހަކުވެސް ހާރޫންއަށް އުނދަގޫ ނުކުރަން.. އެކަމަކު… ހާލަތު ދިމާކުރި ގޮތުން އަހަންނަށް ހާރޫންގެ އެހީ ހޯދަން މަޖުބޫރު…” އާބިދާ ރޮމުން ވާހަކަދެއްކިއެވެ.

“އާބިދާ.. ތިޔަ ކަހަލަ އެއްޗެހި ކިޔަން ވެދާނެތަ؟ އިރާދަކުރެއްވިއްޔާ އާބިދާ އަށް ﷲ ދިގު ޢުމުރެއް ދެއްވާނެ..” ހާރޫން އާބިދާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. ނަމަވެސް އާބިދާ ދެފަރާތަށް ބޯ ހޫރާލީ މާޔޫސްވެފައިވާ މީހެއް ފަދައިންނެވެ.

” ހާރޫނަށް އެނގެން ޖެހޭ ވަރަށް ބޮޑު ކަމެއް އެބައޮތް އަސްލު..” އާބިދާ ހާރޫނާ ދުރަށް މޫނު އަނބުރާލަމުން ބުނެލިއެވެ. ސީދާ ހާރޫންގެ މޫނަށް ބަލަހައްޓައިގެން އޮވެ އެ ވާހަކަ ދައްކަން އޭނާއަށް އުނދަގޫވީއެވެ.

** **

“އަޝްފާންއަކަށް ނޭނގުނު ދޯ މީ ކާކު ކަމެއް؟” އާސިމް އޭނާގެ ގާތުގައި އިން އަންހެންކުއްޖާއަށް އިޝާރާތްކުރަމުން އަހާލިއެވެ. އަޝްފާން ބުމަ އަރުވާލިއެވެ. އެ އަންހެންކުއްޖާގެ ގައިގައި އޭނާ ދަންނަ އެއްވެސް ސިފައެއް ނެތެވެ.

“މީ ޝަނާއޭ އަޝްފާން..” ޖޯލިފަތީގައި އިން ޝަނާ އެހެން ބުނުމުން އަޝްފާންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ޝަނާއަށް އައިސްފައިވާ ބަދަލު ފެނި އޭނާ ހުރީ ހައިރާންވެފައެވެ.

“އެކަމަކު ޝަނާ.. ކިހިނެއް؟ ކިހިނެއް ޝަނާއަށް ތިހެން ވީ؟” އަޝްފާން ވީގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރިވަރުން އަހާލިއެވެ. އެއާއެކު ޝަނާ އިސްޖަހާލިއެވެ. މީގެ މަސްތަކެއް ކުރީގެ ހަނދާންތައް އާލާ ވާން ފެށުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ.

“އަސްލު..” ޝަނާ ހުއްޓުން އަރާފައި އިނުމުން އާސިމް އުޅުނީ ވާހަކަދައްކާށެވެ. ނަމަވެސް ޝަނާ އާސިމްގެ ޖުމްލަ މެދު ކަނޑާލަމުން ވާހަކަދެއްކިއެވެ.

“އާސިމް ނޫން.. އަހަރެން އަޝްފާންއަށް ވީ ގޮތް ކިޔައިދޭނީ..” ޝަނާ އިސްއުފުލަމުން ވާހަކަދެއްކިއެވެ.

“އަޝްފާން މިރަށުން ދިޔަ ފަހުން އަހަރެން ވަރަށް އެކަނިވެރިވި.. އަޝްފާންގެ ފޯނަށްވެސް ގުޅަން މަސައްކަތްކުރިން.. އެކަމަކު އަހަންނަށް އެނގުނީ އަޝްފާން އަހަރެން ބްލޮކް ކޮށްލި ކަން.. އަހަރެން ވަރަށް ދެރަވި.. މި ހިތުގަ ހާދަ ވޭނެއް އެޅިޔޭ އަޝްފާން.. އަހަރެންނަށް އިހުސާސްކުރެވުނު އަހަންނަށް އަޝްފާންއާ މެދު ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން.. އަހަރެން ތައުބާވިން.. އެތައް ފަހަރަކު.. އެކަމަކު އެއްކަލަ ފޮޓޯތައް ލީކުވީމަ އަހަރެން މުޅި މިރަށަށް މަޝްހޫރުވީ ވަރަށް ގޯސް ގޮތަކަށް.. މީހުން ހީކުރަނީ…” ޝަނާގެ ވާހަކަ މެދުކެނޑުނީ އޭނާއަށް ގިސްލެވެން ފެށުމުންނެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ކަރުނަތައް ފުހެލަމުން އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

“އަޝްފާން ދިޔަތާ ދުވަސްކޮޅެއް ފަހުން މި ރަށުގައި އުޅޭ ފިރިހެން ގުރޫޕެއް އަހަރެން ރޭޕްކުރީ.. އެކަނި ހިނގާފައި ދަނިކޮށް އެމހުން އަހަރެން ދަމާފައި ގެންގޮސް ވެއްދީ ފަޅު ގެޔަކަށް… ހާދަ އާދޭހެއް ކުރީމޭ އަހަރެން.. އެކަމަކު އެމީހުން އަޑު އިވޭކަމަކަށް ވެސް ނުހެދި.. އެތާ ތިބި އެންމެންގެ ބޭނުން ފުދުނީމަ އެމީހުން ހުއްޓާލީ.. ހާދަ ވޭނެއް އެޅިއޭ އަހަރެންގެ މި ހަށިގަނޑުގަ.. ހިރިނުލެވިފަ އަހަރެން އޮއްވަ އެމީހުން އަހަރެން ކޮށްޕާލީ އަލިފާންގަނޑެއްގެ ތެރެއަށް.. މޫނު ވަތަށް.. ފެނޭދޯ އަހަރެންގެ މޫނުގަ މިހިރަ ލަކުނުތައް؟ އެކަމުގެ ސަބަބުން އަހަރެންގެ ލޮލުގެ ފެނުން ދާއިމަށް ދިޔައީ..” ޝަނާގެ ވާހަކަ އަޑުއަހަން އިން އަޝްފާންގެ ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައެވެ. ޝަނާގެ ހާލަތާމެދު އޭނާ ހަމްދަރުދީވިއެވެ.

“އޭގެ ފަހުން އަހަންނަށް ހުރިހާ ރައްޓެހިން ގެއްލުނު.. ކީއްވެކަން އެނގޭތަ؟ އަހަރެންގެ މިހުރި ސިފައިގެ ސަބަބުން އެމީހުން އަހަރެން ދެކެ ފޫހިވަނީ.. ހާލުގާ ޖެހުނު ދުވަހު އަހަންނަށް އަޅާލި މީހަކީ ހަމައެކަނި އާސިމް.. އެހެންވެ އަހަންނަށް އާސިމް ދެކެ ލޯބިވެވުނީ.. އާސިމް ނެތް ނަމަ އަހަންނަކަށް ނޭނގެ އަހަރެން އުޅޭނެ ހާލެއްވެސް..” ޝަނާ ކަރުނަތައް ފުހެލައި، ހިނިތުންވެލަމުން ބުނެލިއެވެ. އާސިމް ޝަނާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ކައިރިކޮށްލިއެވެ.

“ޝަނާ.. އައި ފީލް ސޯ ސޮރީ ފޯ ޔޫ.. އެކަމަކު ޝަނާ އަސްލު ވަރަށް ނަސީބުވެރި އިނގޭ.. ކީއްވެކަން އެނގޭތަ؟ އެއީ އާސިމް ކަހަލަ މީހަކު ޝަނާއަށް ލިބުނީމަ.. އާސިމް އެ ބެލީ ޝަނާގެ ބޭރުފުށުގެ ސިފަތަކަކަށްނޫން.. އެތެރެ ފުށުގެ ސިފައަށް..” އަޝްފާން އެހެން ބުނުމުން ޝަނާއާއި އާސިމް ހިނިތުންވެލިއެވެ.

“އާސިމް.. ޝަނާއަށް ދެރައެއް ނުދެއްޗޭ އިނގޭ..” އިންޒާރުގެ ރާގަކަށް އަޝްފާން އާސިމްގެ ކޮނޑުގައި އުޅަނބޮށިން ޖަހާލަމުން ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ… އަހަރެން ކުރިއްސުރެ ވެސް ޝަނާ ދެކެ ލޯބިވެޔޭ.. އެކަމަކު ޝަނާ އަޝްފާންއާހެދި އުޅޭތީ އަޅާނުލީ އޭރުގަ..” އާސިމް ބުނެލިއެވެ.

“އެކަމަކުވެސް މިހާރު ތިއޮތީ ލިބިފައެއްނު؟ ދެމީހުންގެ ފިއުޗާއަށް ގުޑްލަކް އިނގޭ..” އަޝްފާން ބުނެލިއެވެ.

“އޭ އަޝްފާން! އަދި ހަނދާންނެތިފައޭ މިއިނީ. ޔުމްނާގެ ހަބަރެއް ވިތަ ފަހުން.؟” އިރުކޮޅެއްފަހުން އާސިމް ކަންބޮޑުވުމުގެ ރާގެއްގައި އަހާލިއެވެ. އަޝްފާން މާޔޫސީ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

“އަހަރެން ދިޔައިން ފަރީދުގެ ގެއަށްވެސް ޔުމްނާ ހޯދަން.. ބުނީ އެގެޔަކު ނޫޅެޔޯ.. އަހަރެން ދެން ވަކި ކިހިނެއް ހަދާނީ؟” އަޝްފާން ބުނެލިއެވެ.

“އަހަރެންވެސް ހާދަ ބޭނުންވެޔޭ ޔުމްނާގެ ކިބައިން މާފަށް އެދެން..” ޝަނާ ދެރަވެފައި ބުނެލިއެވެ. ހަޤީޤަތުގައިވެސް ކުރިން ޔުމްނާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިހާރު  އޭނާއަށް އިހުސާސްކުރެވިއްޖެއެވެ.

“އެކަމަކު ބުނަން ވާހަކައެއް.. ތަޤުދީރުގައި ދެމީހުންނަށް ލޯބި ލިބެން އޮތިއްޔާ އެކަން ވާނެ.. އަޝްފާން އަދިވެސް ތި ހުންނަނީ ޔުމްނާގެ އިންތިޒާރުގައެއްނު؟ އަހަންނަށް ޔަޤީން ޔުމްނާގެ ހިތުގައި އަދިވެސް އޮންނާނީ އަޝްފާންގެ ނަންކަން..” އާސިމް އަޝްފާންގެ ބުރަކަށީގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“އުންމީދުކުރަމާ ތި ގޮތަށް..” އަޝްފާން ހާމައަށް އޮތް އުޑާ ދިމާއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

** **

ރޭގަނޑުގެ ވަގުތު “ޑައިމަންޑްވެލީ” ގެ ގޭޓުން ވަދެގެން އައި މިޝާލްގެ ލޮލުގައި އަޅައިގަތީ ރީތިވެލައިގެން އެދިމާއަށް އަންނަމުން ދިޔަ ނަސްރީންއެވެ. ނަސްރީންއާ ދާދި އެކުއެކީގައި ފަރީދުވެސް ގޭޓާ ދިމާއަށް އަންނަމުން ދިޔައެވެ.

“މަންމައާ ބައްޕަ ކޮންތާކަށް ގޮސްލަނީ؟” މިޝާލް އެމީހުންނަށް ބަލާލަމުން އަހާލިއެވެ.

“މި ދަނީ ޕާޓީއަކަށް ދާން.. މިޝާލް ނުނަގަމެއްނު ފޯނެއް ގުޅާގުޅާވެސް.. ހިނގާ ދާން.. ދޭ ރެޑީވެގެން އަންނަން..” ނަސްރީން ބުނެލިއެވެ. އެވަގުތު މިޝްކާއާއި މުނީރުވެސް ގޭތެރެއިން ނިކުމެގެން އައިސް ނަސްރީންމެންނާ ދާދި ގާތުގައި މަޑުކޮށްލިއެވެ.

“މިޝާލް ނުދަންތަ ޕާޓީއަކަށް؟” މިޝްކާ ދެލޯ ހަނިކޮށްލަމުން އަހާލިއެވެ.

“ހުމްމް.. އަހަރެން ނުދާނަން.. ވަރަށް ބޮލުގައި ރިއްސާތީ މިއުޅެނީ..” މިޝާލް ބޮލުގައި އަތް ޖައްސާލަމުން ބަހަނާއެއް ދައްކާލިއެވެ.

އެ ހުރިހާ އެންމެން ކާރަށް އަރައިގެން ދުއްވާލާ މަންޒަރު ބަލަން މިޝާލް ހުއްޓެވެ. އަޅި ކުލައިގެ ޓީޝާޓުގެ މަތިން ކަޅުކުލައިގެ ލެދާރ ޖެކެޓެއް ލާފައި ވީއިރު ތިރިން ލާފައި ވަނީ ކަޅު ސްކިނީއެކެވެ. ޖެލްލައި ރީތި ގޮތަކަށް ސްޓައިލްކޮށްފައިވާ އޭނާގެ އިސްތަށިގަނޑުގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ. އަދި ދެޖީބަށް އަތް ޖަހާލަމުން އޭނާ ގޭތެރެއާ ދިމާއަށް ހިނގައިގަތީ ވިސްނުމެއްގައި ހުރެއެވެ.

“ދިސް އިޒް މައި ޗާންސް.. މިހާރު ގޭގައި އުޅޭނީ ޔުމްނާ އެކަނި..” އެއްމިޔަކުން ހީލައިގެން ހުރެ މިޝާލް އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ މިސްރާބުޖެހީ ޔުމްނާގެ ކޮޓަރިއާ ދިމާއަށެވެ. މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާލި ވަގުތު އޭނާއަށް ޗޮކެއް ކަނޑާލެވުނެވެ. ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. އެވަރުންވެސް މިޝާލް ހިތްވަރު އެލުވައެއް ނުލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ގުދަން ބަޔަށް ގޮސް ޑަބަލް ތަޅުދަނޑި ހޯދިއެވެ. އޭނާ ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު ވައިރޯޅިއެއްހާ ހަލުވިކޮށް އެ ކޮޓަރި ތެރެއަށް ދެމިގަތެވެ.

** **

ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ހާރޫންގެ ނިދި ވަނީ އެތައް ހާސް މޭލެއް ދުރުގައެވެ. މިޔަދު އާބިދާ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އޭނާ އެ ބޮޑު އެނދުގެ އަނެއް ފަރާތުގައި އޮތް އަޝްފާންއަށް ބަލާލިއެވެ. ދެކަންފަތަށް ހެޑްސެޓު ޖަހާލައިގެން އޮތް އަޝްފާންގެ ނަޒަރު ވަނީ އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ.

ހާރޫން އޭނާގެ ނިތުގައި އަތް ބާއްވާލިއެވެ. މާޒީގެ ދުވަސްތައް އޭނާގެ ސިކުނޑީގައި ފިލްމެއް ފަދައިން ކުޅެވެން ފެށިއެވެ.

ހާރޫންއާ އާބިދާއާ ދިމާވީ އޭރު އޭނާ ހިންގި ވިޔަފާރީގެ ދަތުރެއްގައި އުނގޫފާރަށް އައިސް އުޅެނިކޮށެވެ. އޭރު އޭނާ އުޅުނީ ސީމާއާ އިނދެގެން ނަމަވެސް ފުރަތަމަ ނަޒަރުންވެސް އޭނާއަށް އާބިދާ ދެކެ ލޯބިވެވުނެވެ. އާބިދާގެ ހަރަކާތްތަކުން އޭނާއަށް ޔަޤީންވީ އާބިދާވެސް އޭނާ ދެކެ ލޯބިވާ ކަމަށެވެ. ވުމާއެކު އޭނާ އާބިދާއަށް ލޯބި ހުށައެޅުމަށް ގަސްތުކުރިއެވެ. އާބިދާ އުފަލާއެކު ހާރޫންގެ ލޯބި ޤަބޫލުކުރިއެވެ. ހާރޫން ސީމާއާ އިނދެގެން އުޅޭ ވާހަކަ އޭނާ އާބިދާއަށް ކިޔައިދިނެވެ. އަދި އޭނާ ގަސްތުކޮށްގެން ހުރީ އެކޮޅަށް ގޮސް ސީމާ ވަރިކުރުމަށްފަހު އާބިދާއާ އިންނަން ކަމުގައި އޭނާ ކިޔައިދިނެވެ.

އެއީ ވިއްސާރަ ރެއެކެވެ. ވައިގަދަ ކަމުން ހީވަނީ ގަސްތަށް ވެސް މުލުން ލުހެލަފާނެ ހެންނެވެ. ގޭގޭގެ ފުރާޅުތަކަށް ވާރޭ އޮއްސަމުން ދާ އަޑާ އެކުވެގެން ގަދަ ވައިރޯޅިތަކުގެ އަޑުތައް އިވެމުން ދިޔައީ ނާމާން ގޮތަކަށެވެ. އެރޭވެސް ހާރޫން އާބިދާގެ ގެއަށް ދިޔައީ އާބިދާއާ ބައްދަލުކުރާށެވެ. ހާރޫންގެ އަމިއްލަ ނަފުސުގެ ލަގަން އަތުން ދޫވެގެން ދިޔައީ އެރެއެވެ. ހަދަން ނުވާ ގޯހެއް އޭނާއަށް ހެދުނީ އެރެއެވެ. އަރައިގަނެވުނީ ބޮޑު ފާފައަކަށްކަން ފަހުން އިހުސާސްވުމާއެކު ދެމީހުންވެސް ކުރެވުނު ކުށަށް ތައުބާވިއެވެ.

އޭގެ ދެތިން ދުވަސްފަހުން ހާރޫން އަނބުރައި ރަށަށް ދާން ޖެހުނެވެ. އޭނާ ރަށަށް ދިޔައީ އާބިދާއަށް އެތަށް ވަޢުދެއް ވުމަށްފަހުގައެވެ. ސީމާ ވަރިކޮށްލުމަށްފަހު އަނބުރައި އުނގޫފާރަށް އަންނާނެ ކަމުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ މުޅިން ޚިލާފަށެވެ. ހާރޫން އިނގުރައިދޫއަށް ދިޔައިރު ސީމާގެ ފަރާތުން އިވިގެން ދިޔަ ޚަބަރަކުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އޭނާއަކަށް ނޭނގުނެވެ. ސީމާ ބަލިވެއިނީއެވެ. އެ ހާލަތުގައި ސީމާ އިންދާ ހާރޫންއަށް އޭނާ ވަރިކޮށްލާކަށް ނުކެރުނެވެ. ޖެހިލުންވެ ހުރެ ހާރޫން އާބިދާއަށް ގުޅައި، އެވާހަކަތައް ކިޔައިދިނެވެ. އާބިދާ ރުޔެވެ. ވަރަށް ގަދައަށް ރުޔެވެ. އާދޭސްވެސް ކުރިއެވެ. ނަމަވެސް އެންމެފަހުން އޭނާ ހާރޫން އަށް ދެން އެއްވެސް އުނދަގުލެއް ނުކުރާނެ ކަމަށް ވަޢުދުވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހާރޫންއަށް އާބިދާ މީހަކާ އިންކަމުގެ ޚަބަރު ލިބިގެން ދިޔައެވެ. ހާރޫން ހީކުރީ އާބިދާވެސް އުޅޭނީއުފަލުގައި ކަމަށެވެ. ނަމަވެސް….

ހާރޫންއަށް އާބިދާއަށް ކަންތައް ދިމާވި ގޮތް އެނގުނީ މިޔަދު ހޮސްޕިޓަލަށް ދިއުމުންނެވެ. ރާމިޒަކީ ކުރީއްސުރެ ވެސް އާބިދާގެ ކައިވެންޏަށް އެދިއެދި ހުރި މީހެކެވެ. ނަމަވެސް އާބިދާ ރާމިޒުގެ އެދުމުގައި އޭރު ކޮޅުފައިން ޖެހީ އޭނާ އެއްގޮތަކަށްވެސް ރާމިޒު ދެކެ ލޯބި ނުވާތީއެވެ. ހާރޫންއާ ވަކިވިތާ މަހެއްހާ ދުވަސްފަހުން އާބިދާ ބަލިވެއިނެވެ. ނަމަވެސް އޭރު އޭނާ ހާރޫންއަށް އެ ވާހަކަ ނޭންގީ ހާރޫންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ވަންނަން ނޭދޭތީއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވުމަށްޓަކާ އޭނާ ރާމިޒުއާ ކައިވެނި ކުރީއެވެ. އަދިއަދަށް ދާންދެންވެސް ރާމިޒު ހީކޮށްގެން ހުންނަނީ ޔުމްނާ އަކީ އޭނާގެ ދަރިއެއްކަމުގައެވެ. ނަމަވެސް ހަޤީޤަތް ނިކަން ދެކިބަލާށެވެ. ޔުމްނާގެ ހަޤީޤީ ބައްޕަ އަކީ ހާރޫންއެވެ.

** **

މިޝާލް އެތެރެއަށް ވަތް އަޑާއެކު އެނދުގައި އިން ޔުމްނާ ވަގުތުން ކޮޅަށް ޖެހުނެވެ. ނުރުހުންވެފައި އޭނާ މިޝާލްގެ މޫނަށް ބަލާލިއެވެ. ހުއްދަ ހޯދުމެއްނެތި މިޝާލް އޭނާގެ ކޮޓަރިއަށް ވަންނާކަށް ލަދެއް ނުގަނޭ ހެއްޔެވެ؟ މިޝާލް ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އެއްމިޔަކުން ހީލައިގެން ހުރެ ޔުމްނާއާ ދިމާއަށް އައެވެ.

“އަހަރެން ބުނެފިން ދޯ ޔުމްނާ ދެކެ އަހަރެން ލޯބިވެޔޭ! އެދުވަހުންސުރެ ތިއުޅެނީ އަހަންނާ ފިލައިގެން.. ކީއްވެ؟ އަހަރެން ފެންނަ ހިސާބަށް އަންނަން ޖެހިލުންވަނީދޯ؟” މިޝާލް އައިސް ޔުމްނާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން ވާހަކަދެއްކިއެވެ.

“މިޝާލް ޕްލީޒް.. އަހަރެން ބޭނުމެއްނޫން މިޝާލްއާ ވާހަކަދައްކާކަށް.. ލީވް މީ އެލޯން!” ޔުމްނާ މިޝާލްގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. އޭރު އޭނާ ގެންދިޔައީ ފުންނޭވާތަކެއް ބޭރުކުރަމުންނެވެ.

“އޭތް! މާ ބާރަށް ވާހަކަ ނުދައްކާ އިނގޭ.. ބާރަށް ވާހަކަ ދެއްކިޔަސް.. އަޑު އަހާނެ މީހަކު ނެތޭ! އިނގެއެއްނު ދޯ ހުރިހާ އެންމެންވީ ޕާޓީއަށް ގޮސްކަން؟” މިޝާލް ހިނިގަނޑެއް ޖަހާލަމުން ވާހަކަދެއްކިއެވެ. ހައިރާންވެފައި ޔުމްނާ މިޝާލްއަށް ބަލާލިއެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރިން މިޝާލްގެ ކިބައިން ނުފެންނަ ސިފައެކެވެ. މިޝާލްގެ ވާހަކަދެއްކުމުގެ ރާގު ހުރި ގޮތުން އޭނާގެ ހިތުގައި ބިރުވެރިކަމުގެ ބާންޏެއް ދުވެލިއެވެ.

މިޝާލްގެ ނަޒަރު ޔުމްނާގެ ބޮލުން ފެށިގެން ފަޔަށް ދައުރުކުރަމުން ދިޔައެވެ. ޔުމްނާ ލައިގެން ހުރި ތުނި ނިދާ ހެދުމުގެ ސަބަބުން އޭނާގެ ކުށެއް ނެތް ބައްޓަން ހާމައަށް ފެންނަން އޮތެވެ. އެ ދިގު އިސްތަށިގަނޑު ގަތާލާފައި ވީއިރު އެ އިސްތަށިތަކުން ބައެއް މޫނުމައްޗަށް އެޅިފައިވިއެވެ.

“އަހަންނަށް އެންމެ ފުރުސަތެއް ދޭންވީނު؟ ތި ހަށިގަނޑުން އުފާ ހޯދުމަށް ހަމަ އެންމެ ފުރުސަތެއް ދޭންވީނު..” މިޝާލް ކުރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. ޔުމްނާ ބިރުން ހުރެ ފަހަތަށް ޖެހެމުން ދިޔައެވެ.

“ޕްލީޒް.. އަހަރެން ނުބުނާނަމޭ ބައްޕަ ކައިރީގައެއް… އެންމެ ޗާންސެއް.. ހަމަ އެންމެ ޗާންސެއް..” މިޝާލް އަނެއް ފިޔަވަޅު ކުރިއަށް އަޅާލަމުން ބުނެލިއެވެ.

“ނު..ނޫން.. މިޝާލް މިކޮޓަރިން ނިކުމޭ!” ޔުމްނާ ހިތްވަރުކޮށްފައި ބުނެލިއެވެ.

“ނޫނެކޭތަ ތި ބުނީ؟ ނޫނެކޭ ދޯ ތި ބުނީ؟ އެހެންވިއްޔާ އަހަރެން ޖެހޭނީ ގަދަކަމުން އަހަރެން ބޭނުންވާ ކަންތައް ހާސިލުކުރަން އިނގޭ!” މިޝާލް ރުޅިވެރިކަމާއެކު އެހެން ބުނެލިއެވެ. ޔުމްނާއަށް އިތުރުކަމެއް ނުކުރެވިގެން އުޅެނިކޮށް މިޝާލް އައިސް ޔުމްނާގެ ހަށިގަނޑު އެނދުމައްޗަށް ކޮށްޕާލިއެވެ. ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އޭނާ ޔުމްނާގެ ހަށިގަނޑުގެ މައްޗަށް ޖެހިގަތީ ޔުމްނާ ރޮއިރޮއި އޮއްވައެވެ.

މިޝާލް ފަސޭހަ ކަމާއެކު ޔުމްނާ ލައިގެން އޮތް ހެދުން ވީދާލިއެވެ. ޔުމްނާގެ ދޮން ހަށިގަނޑު އެއްކޮށް ހާމަވުމުން އެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭރުވެސް ޔުމްނާ ގެންދިޔައީ ސަލާމަތަށް އެދި އާދޭސްކުރަމުންނެވެ. އަތްފައި ތަޅުވައި، ތެޅިފޮޅެމުންނެވެ. ނަމަވެސް މިޝާލް އެއަށްވުރެ މާ ހުށިޔާރެވެ. އެނދުމަތީގައި އޮތް ބެޑުޝީޓުން އޭނާ ޔުމްނާގެ އަތްފައި ބަނދެލީ އެފަކީރަށް ގުޑިވެސް ނުލެވޭހާ ބާރަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (7)

Next

ހިނިތުންވުމުން – (8)

Next
October 31, 2017

ހިނިތުންވުމުން – (8)

Previews
October 31, 2017

ވޭންތަކުން ދިން ހިތި މާޒީ (7)

32 Comments!

  1. Liaa says:
    October 31, 2017 at 5:08 pm

    Assalaam Alaikum guyzz! 🙂
    I hope u liked this part.. Mi part kuree part ah vure dhigu kollaafa innaanee.. 🙂
    And I thank those who support me and my writing! I really appreciate u guys. Ur comments mean so much to me. It truely motivates me 🙂 <3
    Nexxt part, I ll probably upload it on FRIDAY OR SATURDAY 🙂 keep waiting okay?
    Loves <3

    1. asu says:
      November 1, 2017 at 10:38 am

      hows you noe liaa 🙂

    2. asu says:
      November 1, 2017 at 10:39 am

      now

  2. Blackbeauty says:
    October 31, 2017 at 5:16 pm

    Haadha kurey liaa

  3. binnu says:
    October 31, 2017 at 5:20 pm

    Alhey …yummna eiee hurihaa enmmen kulhen huri budhettha. ..v foohivey. ..enmme fahun ashfaan n yummna ebbadu ebbafa dhw

    1. Unaal says:
      October 31, 2017 at 5:41 pm

      So eyrun arik ah yum libeyny … Dhw
      Yes eyrun …
      Ekm see ya what that mishaal is doing …

    2. thoo says:
      October 31, 2017 at 11:29 pm

      noo… ebbafa

    3. thoo says:
      October 31, 2017 at 11:31 pm

      varah rythy … ekm thankolheh avahah up kohdhyba…. plx plx plx

    4. Pop says:
      November 1, 2017 at 12:29 pm

      Mashah rangalhy vxx arik ah yum libuniyya?

  4. binnu says:
    October 31, 2017 at 5:22 pm

    Sry…ebbafa

  5. Jinko says:
    October 31, 2017 at 5:46 pm

    Oh no.. Pls not again.. Yumna salaamaiyy kirann aarik aadheba.. Yumna rape nukohlahcheyyy..

  6. maureen says:
    October 31, 2017 at 5:57 pm

    alhey enehka yumna ehn nuhadha yumnaa ah mishaal haadha goahey..

  7. Naxy says:
    October 31, 2017 at 6:18 pm

    Maa bodah ves kuru dhw… ekam vvv salhu mi part ves

  8. Akk says:
    October 31, 2017 at 6:20 pm

    Arik r dhimaavaanykaneyge mireyves. Nd dharives abort vedhaanekanneyge

    1. Naxy says:
      October 31, 2017 at 9:12 pm

      Eyru salhi vaane dhw

  9. sana says:
    October 31, 2017 at 6:38 pm

    Plx save her very bad mishaal I think mishall will protect her but……….????????

  10. Haz says:
    October 31, 2017 at 7:18 pm

    V nice story eh??

  11. Aish says:
    October 31, 2017 at 7:27 pm

    V nice…… ekam Mishaal haadha gohey…. dhonmom gayah aran vihyya e ulhenee haadha ladhuhayaai ves kudaey dhow…. waiting for next part…..

  12. Izu says:
    October 31, 2017 at 7:37 pm

    Liaa. Mihaaru kihineh tha vaahaka thi genesdhenee.. ehaa dhuvas kohfa genesdhey iru ves kurukoh.. 2 varakah scene meeni mi part ga.

  13. Xxxx says:
    October 31, 2017 at 8:38 pm

    Story as usual v.reethi..v.reethi dhaagoi…so ashfan n yumna same dad dhooo….????? waiting

  14. Aisha says:
    October 31, 2017 at 10:35 pm

    Story v reethi?ekm yumna fakeera ehen nuhadhaa mishaalooooo ?

  15. Ainth says:
    October 31, 2017 at 10:47 pm

    Liaa kihineh yumnaa ah thihadhany… Abadhu hithaama efakyrah thi dheny… Ekam kuriah oeh rahumah body dhw… Story v v rythi.. Liaa v molhu igey

    1. Ainth says:
      November 2, 2017 at 10:58 am

      Liaa kyhve rply nukurany.. Eyrah dhw readers ves hiyhama jeheyny.. Thihaa rythi vaahaka liyaairu rplys kohdhehchey igey.. Luv v liaa

    2. Liaa says:
      November 2, 2017 at 5:53 pm

      Alhey. Sorry Ainth. Liaa v v beynunvey reply kuran. Kurin ves Liaa hama gavaaidhun reply kuran hurihaa kudhinge comments ah.. Ekam mi dhuvaskolhu hama busy veema 🙁

      Thank u ingey Ainth 🙂

  16. Jumakko says:
    November 1, 2017 at 7:35 am

    Hii liaa…. hw r u???? Vrh dhuvas vejje comment eh koh nulaathaa….. ekamu hama gavaidhun mi story kiyan ingey?? finally hama aarik n yum hen heevany….. waitingssss n dhigukoh up kohdhehchey?????❤❤❤??

  17. Gth says:
    November 1, 2017 at 7:58 am

    Gavaaaidhun kiyaa hiy vaa stry eh!! Riithi stry eh!!ekm garunaku effaharu up vaa stry eh!! Kurin part hndhain nethey varu viima nxt prt up vaaa stry eh!! V dspsntin!! V salaan?☺

  18. Shifoo says:
    November 1, 2017 at 8:55 am

    Wow… Liaa…. Story vvv reethi…. V inthizaaru kuraa story eh mee.. Feshigen kiyan mi vaahaka… Liaa ge storythah shifoo ah vv reethi… I really love it… Waiting for next part…

  19. asli says:
    November 1, 2017 at 10:41 am

    varah foohi vey yumna heevany mee enmen ge ehdhun fudhan huri kujje hen. mihaaru eyna aa nubehey meeehe noolhey mi vaahakaiga.:/

  20. Shudha says:
    November 1, 2017 at 12:23 pm

    Mishal dheybala guraidhu ah.. dhuniye ah moya vefa thihiree… there is a limit for everything…

  21. Hafeez says:
    November 1, 2017 at 1:51 pm

    Mi part kury Part ah vure dhigu kohdhineethy varah bodah shukuriyyaa. Mihaa dhigukoh next part ves up kohdhdeyne kamah heekuran. Mi part vess hama varah reethi.

  22. zeesha says:
    November 1, 2017 at 6:50 pm

    alhe maadhama ah nuhedheyntha….. alhe haadha lahey…. dhuvahakuves interest vegen story eh nukiyan…. but… this hama rovihje

  23. Liaa says:
    November 2, 2017 at 5:55 pm

    Thank You ingey hurihaa kudhin! 🙂
    Liaa balaanan next part maadhamaa up kohdheveythow..
    Loves <3

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (25)←


All Right Reserved!