އާސިމް މެންނަށް ޓެންޓް ތަކުގެ މަސައްކަތް ތައް ނިއްމާ ޓެންޓް ތެރެއަށް ވަދެވޭ ވަރުވީ ރޭގަނޑުގެ އަށެއްޖެހިފަހުންނެވެ. މަސައްކަތް ނިއްމާލުމަށްފަހު އާސިމްމެން ދިއައީ މޫދަށެވެ. ރެއަކީ ހަނދުމަހެއްގެ ސާދަވިލޭރޭ ކަމުން މުޅިއަތިރިމަތި އޮތީ ހަނދުވަރުގެ އަލިން ޒީނަތްތެރި ކުރުވާފައެވެ. އުޑުމަތީގައި ވިލާރޮށްޖެއްހާހިސާބުވެސް ނެތުމުން ހަނދަށް ފުރިހަމަ މިނިވަންކަން ލިބިފައި ވާކަހަލައެވެ. އާސިމްމެން މޫދުން އައި އިރު އަންހެން ވެރިން ތިބީ ކާން ތައްޔާރު ކޮށްގެންނެވެ. އެމީހުން ކާން ތައްޔާރު ކޮށްފައި ހުރީ އެމީހުން ބަދިގެއަކަށް ބޭނުންކުރަމުންދާ ގޭގެ ކުރިމަތީ ގަ ހަދާފަހުރި ކުޑަ މޭޒެއްގައެވެ. އެމޭޒަކީ ކުރިން މިރަށުގަ އުޅުނު މީހުން ކާން ބޭނުންކުރި މޭޒުވެސް މެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު އެމީހެއްގެ ޓެންޓަށް އެމީހަކު ވަދެއްޖެއެވެ. ވެފައިވާ ވަރުބައްޠެއްގެ ބޮޑުކަމުން އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް އަނީސާ އެހާ އަވަހަށް ނިދާކަށް ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވަނީ އޭނާގެ ލޯބިވެރިޔާ އާއެކު ހަނދުވަރުގެ ރިހިއަލީގައި ހިނގާލަން ދާށެވެ. ހަނދުވަރުއަލީގައި ލޯބީގެ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.”ނާޒިމް ނާޒިމްވެސް ނިދަންދަނީތަ….؟” އަނީސާ އަހާލިއެވެ. ” އަނީސާ ނިންޖެއްނާޑޭތަ..؟” ނާޒިމް އޭނާގެ ލޯބިވެރިޔާގެ މޫނަށްބަލާލިއެވެ. އެމޫނުމަތީގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. “އާނ! ނިންޖެއްނާދޭ އަހަރެން ބޭނުންވަނީ މިދޭ ނަލަ ހަނދުވަރުމަތީ ކަލާއާއި އެކު ކުޑަކޮށް ހިނގާލަން ” އަނީސާ ބުނެލިއެވެ. އެދެމީހުންތިބީ އެދެމީހުނަށް ހާއްސަ ކުރެވިފައިވާ ޓެންޓްގައެވެ. އެޓެންޓްގައި އެމީހުންގެ އިތުރުން ހަސީނާވެސް ނިދައެވެ. އެހެންކަމުން އެދެ ލޯބިވެރިންނަށް މިނިވަން ކަމާއެކު ބައްދަލު ކޮށްލުމުގެ ފުރުސަތެއް އެޓެންޓް ތެރެއަކު ނުލިބޭނެއެވެ. ނާޒިމްއަށް އޭނާގެ ލޯބިވެރިޔާގެ އެދުންތަކުގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ. “ހަސީ އަހަރެމެން އެބައައްނަން ކުޑަކޮށް ހިނގާލާފަ އިނގޭ…!” ނާޒިމް އެޓެންޓް ތެރޭގަ އޮށޯވެގެން އޮތް ހަސީނާއަށް ބުނެލިއެވެ. ހަސީނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެދެލޯބިވެރިން ފޭބީއަތިރިމައްޗަށެވެ. “ވާއު! ސަޅިދޯ” އަތިރިމައްޗަށް ފޭބުމާއެކު އަނީސާގެ ލޮލުގައި އަޅައިގަތީ ދީފައިވާ ރީތި ހަނޑުވަރެވެ. ހަނދުވަރުގެ ރިހި އަލިން މުޅި އަތިރިމަތި އޮތީ ދިއްލާލާފައެވެ. އަނީސާއާއި ނާޒިމް އެކަކު އަނެކަކަށް އަތުގުޅާލައިގެން އަތިރިމަތީ ރާޅުފެންފަށުގައި ހިނގަން ފެށިއެވެ. އެދެ ކުދިންގެ ހިތް ވަނީ ގުޅިލާމެހިފައެވެ. އެދެކުދިންގެ ހިތަށް ވެރިވަމުންދަނީ ބަޔާން ނުކުރެވޭފަދަ ޝުއޫރުތަކެކެވެ. އަނީސާގެ ހިތް އުފަލުން ފުރިގެން ބަންޑުންދާ ކަހަލައެވެ. އެދެކުދިން ހިނގަމުން ދިއައިރު ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް އިރު އިރު ކޮލާ އެދެކުދިންގެ ފައި ތިލާގަ ބޮސްދީ ސަމާސާ ކޮށްލައެވެ. އިރު އިރު ކޮޅުން ނާޒިމް އޭނާގެ ލޯބިވެރިޔާގެ މޫނަށް ބަލާލައި ހަތަރު ކަޅިހަމަކޮށް ލޯބީގެ ކޮންމެވެސް ސަމާސާއެއް ކޮށްލައެވެ. އަނީސާގެ ލޯބިވެރިޔާގެ ކޮންމެ ސަމާސާއަކުންއޭނާގެ ހިތް ފުރި އުތުރި އަރައެވެ. އެދެކުދިންނަށް މިތިބެވެނީ ފަޅުރަށެއްގައި ކަމެއް ހަމަ އެއްގޮތަކަށްވެސް ފީލްއެއް ނުވެއެވެ. ތަނާއި ވަގުތާއި މާހައުލާމެދު ވިސްނާކަށް އެދެކުދިން ބޭނުމެއްނުވެއެވެ. ދެކުދިންނަށް އެކަކު އަނެކެއްގެ ފަރާތުން ލިބެމުންއެދާ އުފާވެރިކަން އެއަށްވުރެ މާބޮޑެވެ.
“އިނޫ ފަޅުރަށެއްގަ މިގޮތަށް ނިދަންޖެހުނީމަ ބިރެއް ނުގަނޭތަ…؟” އާސިމް އޭނާގެ އަންހެނުންގެ މޫނަށް ބަލަން އޮވެ އަހާލިއެވެ. އެދެމަފިރިން ތިބީ އެމީހުންގެ ޓެންޓްގައެވެ. އީނާޝް ހިނިތުން ވެލިއެވެ. އަދި ފިރިމީހާގެ މޫނާއި އޭނާގެ މޫނު ކައިރި ކޮށްލިއެވެ. ފިރިމީހާގެ ހޫނު ނޭވާގެ އިހުސާސްވާ ވަރަށެވެ. ލޯބީ ކީއްވެ ބިރުގައްނަންވީ ކަލާގެ ތި އޯގާތެރި ފިރުމުންތައް ލިބޭހާހިނދަކު ކުޑަކޮށްވެސް ބިރެއް ނުގަނެ! އީނާޝް ބުނެލިއެވެ. އީނާޝް މިހެން ބުނުމާއެކު އާސިމް އޭނާގެ އަންހެނު ގަޔާލާ ބޮނޑި ކޮށްލިއެވެ. “އިނޫ އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވޭތަ….؟” އިރުގަނޑެއް ފަހުން އާސިމް ވާހަކަ ދައްކަން ފެށިއެވެ. އީނާޝް އޮތީ ފިރިމީހާގެ މޭމަތީ ބޯއަޅާލައިގެންނެވެ. “ކިހިނެތްވީ އަހަރެންނާއި މެދު ޝައްކުވަނީތަ؟” އިސް އުފުލާލައި ފިރިމީހާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” ތިހެން ނުބުނޭ ލޯބީ ޝައްކުކުރަނީކީ ނޫން ހަމަ އަހާލީ……!” އާސިމް އޭނާގެ އަންހެނުންގެ ކޮލުގައި ވިކަލިއެވެ. “ލޯބީ އަހަރެން ކަލާދެކެ މިވާލޯބި ދުލަކުން ގަލަމަކުން ބަޔާނެއް ނުކުރެވޭނެ އެހާވެސް ބޮޑަށް ލޯބިވޭ……! ކަލާތީ ވަށައިގެން މިވާ ކަނޑު ނަމަ އަހަރެން މީ އެކަނޑުގަ ހިނގާ އޮއެވަރު އޮއެވަރާ ނުލާ ކަނޑުގައި އޮތީ ކޮންދިރުމެއްތަ؟ އަހަރެން މީ ހަނދު ކަމަށްވާނަމަ ކަލާތީ ހަނދުވަރު ހަނދުވަރާ ނުލާ ހަނދު ފުރިހަމަ ނުވާ ފަދައިން އަހަރެންމީ ކަލާގެ ލޯތްބާ ނުލާ އުނި މީހެކެވެ. އަހަރެންގެ މޭގައި ހިތެތްވެއެވެ. ނަމަވެސް އެހިތުގެ ވިންދަކީ ތިއެވެ. ވިންދެއް ނެތް ހިތެއްގައި އޮތީ ކޮން ދިރުމެއްހެއްޔެވެ. އީނާޝް އޭނާގެ ފިރިމީހާއަށް އޭނާގެ ހިތުގެ ޝުއޫރުތައް ހާމަ ކޮށްދެމުން ދިއައިރު އާސިމް ޝައުގުވެރި ކަމާއެކު އަޑުއަހަންއޮތެވެ. އަންހެނުންގެ ކޮންމެ ޖުމްލައަކުން އޭނާގެ ހިތް ފުރި އުތުރި އަރަމުން ދިއައެވެ.އާސިމްއަށް ދުނިއެއިން ހޯދަން ބޭނުންވި ހުރިހާ އުފަލެއް ލިބުނު ކަހަލަ އެވެ.
ހަނީފާ އޮތީ އެމީހުންގެ ޓެންޓް ތެރޭގައެވެ. އަޔާ އެބަ އައްނަމޭ ކިޔާފަ ބޭރަށް ނިކުތް ގޮތަށް ހަބަރެއް ނުވެގެން އޭނާގެ އިންތިޒާރުގައެވެ. “އަޔާ އެހާ ހިނދުކޮޅަކަށް އެދިޔައީ ކޮންތާކަށްބާ…؟” ހަނީފާގެ ހިތަށްއެރިއެވެ. އަދި އޭނާ އެއޮތް ތަނުން ތެދުވެ ބޭރު ބަލާލިއެވެ. ނަމަވެސް އެއިން ހިސާބަކުވެސް އަޔާ ފެންނާކަށްނެތެވެ. ހަނީފާ އެހުރި ޓެންޓް ނޫން އެހެން ހުރިހާ ޓެންޓް ތަކެއްވަނީ އެޓެންޓް ތަކުގެ ވެރިން ވަދެ ނިދާފައެވެ. އެޓެންތް ތަކުގައިވަނީ ފަނޑު އަލިކަމެކެވެ. ” މީދެން ކިހާ ދެރަ ކަމެއްތަ…؟ މިއޮށްފަދަ ރޭވެސް މަށަށް މިޖެހުނީ ފިރިމީހާ ނާހިސްގެން އޭނާއަށް އިންތިޒާރު ކުރަން ވިއްޔަ އަލެ ކޮންތާކައްތަ އެދިއައީ” ހަނީފާ ރުޅިއައްނަ ގޮތްވިއެވެ. މިހާރު އޭނާގެ ފިރި މީހާއަށް އެދޭތާ ކިތައްމެ އިރެކެވެ.
“ކޮންތާކު އުޅެފަތަ ތިއައީ….؟ މިހާރު އިންތިޒާރު ކުރާތާ ކޮންއިރެއް” އަޔާ އައީ ވަރަށް ދަންވީ ފަހުންނެވެ. އަޔާ އައުމާއެކު ހިތްހަމަ ނުޖެހިފަ ހުރި ހަނީފާ ބުނެލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަޔާގެ ގައިގަ ބައްދާލިއެވެ. “ދެން ނިދިނަމަ….! އަހަރެން ބުނިންތަ އިންތިޒާރު ކުރާށޭ…!” އަޔާ ވަރަށް ބާރަށް ބުނެލިއެވެ. އަދި ހަނީފާގެ ކަންކަށި މަތީގަ އެތިފަހަރެއް އަޅާލިއެވެ. އެވަރަކުން ފުދުނީކީ ނޫނެވެ. ހަނީފާގެ މޭގާ އަތް އަޅާ އޭނާ އާއި ދުރަށް ކޮށްޕާލިއެވެ. އެއާއެކު ހަނީފާ ގޮސް ޖެހުނީ ނިދަން ހަދާފަ ހުރި އަށިގަނޑުގައެވެ. އެތާ ޖެހުނުލެއް ބާރު ކަމުން ހަނީފާއަށް ނޭވާވެސް ނުލެވުނެވެ. ލޯބިވާ ފިރި މީހާގެ ފަރާތުން ކުއްލިއަކަށް މިފެނުނު ހަރުކަށިކަމަކުން ހަނީފާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ލިބުނީ ކުއްލިޝޮކެކެވެ. ހައިރާން ވިލެއް ބޮޑުކަމުން ދެލޯބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ. ހަނިފާ ޖެހިލުންވެ ހުރެ ފިރމީހާގެ މޫނަށް ބަލާލިއެވެ. އަޔާގެ މޫނު ފެނުމާއެކު ހަނީފާއަށް ފަހަތަށް ޖެހިލެވުނެވެ. އަޔާގެ މޫނު ވަނީ ރުޅިވެރިކަމުން ފުރިފައެވެ. އަލިފާން ކަނި ބުރާ ކަހަލައެވެ. “އަޔާ ކީއްވެތަ ކުއްލިއަކަށް ތިހާ ގަދަ ރުޅިއެއް ތިއައީ އަހަރެންނަށް ކޮން ކުށެއް ކުރެވިގެންތަ….؟” ހަނީފާ ކަންކަށި މަތީގަ އަތް އަޅައިގެން އިނދެ މަޑު މަޑުން ބުނެލިއެވެ. ހަނީފާ ދެރަވެ ހިތުގާ ޖެހުނެވެ. ލޮލުތެރެއަށް ޖަމާ ވަމުންދިއަ ކަރުނަތައް އޮހިގަތެވެ. އޭނަގެ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން ކަންނޭނގެއެވެ. ހަނީފާއަށް ރޮވޭކަށް މާގިނަވަގުތެއް ނުނެގިއެވެ. ހަނީފާ ހީކުރީ އަޔާއަށް އޭނާ ރޯތަން ފެނުމުން އޭނާގެ ހިތް މަޑުވެ މައިތިރިވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތާ ހިލާފަށެވެ. އަޔާ އަޅާވެސް ނުލިއެވެ. އަޔާ އޭނާގެ އަންހެނުންނާ ކައިރި ނުވެ ޓެންޓްގެ އެއްކަނެއްގަ ބަހައްޓާފަ ހުރި އޭނާގެ ދަބަސް ކައިރި އިށީނެވެ. އަދި ދަބަސް ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ފެށިއެވެ. ހަނީފާ ފިރިމީހާގެ ލޯތްބާއި އަޅާލުމަށް އެދޭ ހާލު ރޯލަރޯލަ ފިރިމީހާގެ އަމަލުތަކަށް ބަލަން އޮތެވެ. އޭނާ އެކުރާ ކަމަކާއިގެން މަސްހޫލުވެ އިނެވެ. ހަނީފާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ބިރުގަނެ ޖެހިލުންވާން ފެށިއެވެ. މިހާރު ޓެންޓް ތެރޭގަ އެއިނީ އަނެއްކާ އޭނާގެ ފިރި އަޔާ ބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. އިސްތަފޫ ކައިގެން ދަންބީރު އެރިހެން އަޔާ ކައިގެން އަރާ އިން ފުރޭތައެއް ނޫންބާވައޭވެސް ހީކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. އެދެމީހުން ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުންނެވެ. މިވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގަ އަޔާ އޭނާއާއި ދިމާލަށް ރުޅިއައިސްގެން ބާރަށް އެއްޗެއް ބުނެފައެއްނެތެވެ. ރުޅިއައިސްގެން ގަޔަށްބޮލަކަށް ނާރައެވެ. އެކަމަކު މިރޭ އެދެކަންތަށްވެސް އަޔާގެ ފަރާތުން ފެނިއްޖެއެވެ.
“ހަނީފާ…!” ކުޑަ އިރުކޮޅެއްފަހުން އަޔާ ގޮވާލިއެވެ. ހަނީފާ ފިރިމީހާއަށް ބަލާލިއެވެ. އަޔާ ހުރީ ހިނިތުންވެލައިގެންނެވެ. ހަނީފާ ބަލާލުމާއެކު އޭނާގެ ލޮލުގެ އިޝާރާތުން ފިރިމީހާގެ ކައިރިއަށް ދިއުމަށް އެދުނެވެ. ހަނީފާ ހީކުރީ އަޔާ ހަމައަކަށް އެޅުނީ ކަމަށެވެ. އެހެންވެ ފިރިމީހާ ކައިރިއަށް ދިއުމަށްޓަކާ އޭނާ އޮތް ތަނުން ތެދުވިއެވެ. ހަމަ އެސިކުންތު ކޮޅުގެ ތެރޭގައި ފިރިމީހާގެ ކިބައިން ފެނުނު މަންޒަރަކުން ހަނީފާ ހުރި ފިޔަވަޅުގެ މައްޗަށް ހުއްޓެވުނެވެ. “ހަނީފާ ތިހުރީ ވަރަށް ބޮޑަށް އަހަރެންނަށް އެދި އެދި ދޯ! ފިސާރި ރީތިކޮށް އުފާ ހޯދަ ދޭނަމޭ….!” އަޔާ ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނި ވަޅި ހަނީފާ އާއި ދިމާއަށް ހޫރުވާލިއެވެ. ހަނީފާ ގަތްބިރުން ހަޅޭއްލަވައި ގަނެވުނެވެ. ހަނީފާ ހަޅޭއްލަވަން ފެށުމާއެކު އަޔާ އައިސް ހަނީފާގެ އަނގަ މަތީ އަތް އަޅާ އޭނާގެ އަޑު މަޑުކުރުވިއެވެ. “އޭތް މާބާރަށް ހަޅޭއްލަވާނެ ކަމެތް ނެތް އިނގޭ!” އަޔާ ރުޅިވެރި ކަމާއެކު ބުނެލިއެވެ. އޭރު ހަނީފާ ފަކިރު ބިރުން ތުރުތުރުއަޅައެވެ. ހަނީފާ ހަޅޭއްލެވުން ހުއްޓާލުމާއެކު އަޔާ އޭނާގެ އަނގަމަތިން އަތް ނެގިއެވެ. އެވަގުތު ހަނީފާ ބިރުވެރި ކަމާއި އެކު ފިރިމީހާގެ މޫނަށް ބަލާލިއެވެ. އޭނާގެ ސިކުނޑި ވަނީ ސުވާލުތަކުން ފުނި ޖެހިފައެވެ. އެހާ ލޯބިން އުޅުނު މީހަކު ކުއްލިއަކަށް އޭނާގެ ދުސްމަނަކަށް ވާންވީ ކީއްވެހެއްޔެވެ. އަޔާ ބުނާ ގޮތުން އޭނާ ހަނީފާ ދެކެ އޭނާގެ ފުރާނަޔަށް ވުރެ ލޯބިވެއެވެ. އެހާލޯބި ވީ މީހަކު ކުއްލިއަކަށް އެލޯބިވާގެ ފުރާނައަށް ފެންބޮވައިގަންނަންވީ ކީއްވެ ހެއްޔެވެ. “އަޔާ ކީއްވެތަ ތިގޮތަށް ތިކަންތައް ކުރަނީ އަހަރެންގެ ކުށަކީކޮބާ…؟” ހަނީފާ ރޮވި ގިސްލެވިފައިވާ ހާލު ބުނެލިއެވެ. “ކަލޭގެ ކުށަކީ ކޮބައިކަން ބުނެދެންތަ؟ ކަލޭގެ ކުށަކީ އަހަރެން މީ ކާކުކަން ނުބަލާ އަހަރެންދެކެ ލޯބިވިކަން އަދި މަށާ ކައިވެނި ކުރިކަން ކަލޭގެ އެއްމެ ބޮޑު ކުށަކީ ކަލޭ އަހަރެންގެ ކޮއްކޮއަށް ބޭޗަފާތެރި ވީކަން! އަހަރެންގެ ކޮއްކޮގެ ކޮންކުށެއް އޮވެގެންތަ ކަލޭ އޭނާއަށް ބޭވަފާތެރިވީ….؟ ބުނެބަލަ” އަޔާ ހަރުކަށި ކަމާ އެކު ވާހަކަ ދެއްކިއެވެ. ” ދޮގު ނުހަދާ އަހަރެން އެއްވެސް މީހަކަށް ބޭވަފާ ތެރިއެއް ނުވަން އަހަރެންނަށް އަޔާގެ ހަގީގަތް ނޭނގުން އެއީ އަހަރެންގެ ކުށެއްބާ” ހަނީފާ ބުނެލިއެވެ. “އަދި އެބަ މޫނުމަތީގަ ޒުވާބު ކުރެއެއްނު! ބަލާލަ މިވަޅި ފެނޭތަ؟” އަޔާ އޭނާ އަތުގައި އޮތް ވަޅި ހަނީފާގެ މޫނާ ކައިރި ކޮށްލިއެވެ. ހަނީފާ ބިރުން ގޮސް މަރު ނުވީ ކިރިޔާއެވެ. އޭނާ ހީކުރީ އަޔާ ހަމަ ދެންމެ ދެންމެ އެވަޅި އޭނާގެ ގަޔަށް ހަރާލަ ފާނެ ހެންނެވެ. “މިވަޅި އަކީ އަހަރެންގެ ކޮއްކޮ އަމިއްލައަށް ފުރާނަ ދުއްވާލުމަށްޓަކާ ބޭނުންކުރި ހަތިޔާރު އެހެންވީމާ އަހަރެން ކަލޭގެ ދުވަސް ދުއްވާލާނީ ހަމަ މިވަޅިން ކަލޭ ހާސްނުވޭ އެއްފަހަރުންޖަހާ ދުއްވައެއްނުލާނަން އަހަރެން ކަލޭ މަރާލާނީ ކުދިކުދި އަނިޔާ ކޮށްގެން އަހަރެންގެ ކޮއްކޮ އުފުލި ވޭނާއި ކެކުޅުން ކަލެއަށް ވެސް ތަހައްމަލް ކުރަން މަޖުބޫރު ކުރުވާފަ” އަޔާ ވާހަކަ ދެއްކިއެވެ. އޭރު ހަނީފާ ހުރީ ބިރުން ވިރިވިރިއެވެ. އަޔާގެ ފަރާތުން ދެންއައްނާނީ ކޮންފަދަ ހަމަލާއެއްބާއޭ ހިތަހިތައެވެ.
އަޔާ ހަނީފާގެ އަތުގައިހިފިއެވެ. އެއާއެކު ހަނީފާއަށް ތެޅިގަނެވުނެވެ. “އަޔާ ހެޔޮނުވާނެ އަހަރެން ދޫކޮށްލާ! މަށަށް ތިހެން ނުހަދާ ” ހަނިﷲާ ރޮއެގަތެވެ. ހަނީފާ ރޮއެ ރޮއެ އޮއްވާ އަޔާ އަތުގައި އޮތް ވަޅިން ހަނީފާގެ ކަނާތު ބޮޑުވާ އިނގިލީގެ ނިޔަފަތީގެ ދެފަރާތުން ވަޅިއަޅައި ނިޔަފަތި ގަނޑު ލުއްސާލިއެވެ. އެއާއެކު ލޭތައް ދުނި ޖަހާފަ ދިއައެވެ. ހަނީފާއަށް ވީތަދުން ބޮލަށް އެނބުރުން އަރާ އަނބުރައި ގަނެގެން ވެއްޓުނެވެ. ހަނީފާ ވެއްޓުމާއެކު އަޔާ ކައިރިއަށް ނުލަފާ ހިންޏެއް އައެވެ. އަދި ހަނީފާ އެއޮތް ތަނަށް ދޫކޮށްލާފަ ދުރަށް ޖެހިލިއެވެ.
ހަނީފާއަށް ހޭވެރިކަންވީއިރު އޮތީ އޭނާގެ އަތުގެ އިނގިލީގަ ބޭސް އަޅާފައެވެ. ފުއްމައިގެން ތެދުވެ މުޅިޓެންޓް ތެރެއަށް ނަޒަރު ހިނގާލިއެވެ. ނަސީބަކުން އަޔާއެއް ނެތެވެ. އޭރު ވަނީ އާދުވަހަކަށް އިރު އަރާފައެވެ. ބޭރުތެރެއިން މީހުން ހޭލާ އުޅޭއަޑު ވެސް އިވެއެވެ. ހަނީފާ މޯޅިއަކަށް ދެމިލުމަށްފަހު އެތަނުން ނިކުތުމަށްޓަކައި ތެދުވިއެވެ. “ހަބަރުދާރ! ރޭގަ ހިނގާދިއައެއްވެސް ކަމެއްގެ ވާހަކަ އޮޅިގެންވެސް މީހެއްގެ ކައިރި ނުބުނާތި އިނގޭ ބުނެފިއްޔާ ދޫބުރިކޮށްލާނަން ހަނދާން ކުރާތި!” ހަނީފާ ތެދުވިތަނާ އަޔާ އެތަނަށް އައެވެ. އަދި ރުޅިވެރިކަމާއެކު އިންޒާރު ދިނެވެ. ހަނީފާ ފަކީރު ކުރާނީ ކީއްހެއްޔެވެ. އޭނާ ގައްނާ ކުރެއްވި ބިރުން އަވަސް އަވަހަށް އާއެކޭ ބުނެލިއެވެ. އަދި އެޓެންޓް ތެރެއިން ނިކުތުމަށްޓަކައި ހިނގައިގަތެވެ. “އެމީހުން ތެރޭގަ އުޅޭއިރު ތި މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވިއަ ދީގެން ނުވާނެ އަބަދުވެސް ހުންނަން ވާނީ ހެވިފަ އޯކޭ” އަޔާ އަނެއްކާވެސް ބުނެލިއެވެ. ހަނީފާ އެކަމަށްވެސް އެއްބަސްވިއެވެ. އޭނާގެ ހިތާމަތައް ފޮރުވާ އުފާޗެރި މޫނަކާއެކު ދަތުރުގެ ބައިވެރިންނާއި ބައްދަލު ކުރެވޭތޯ ބެލިއެވެ.
ހަނީފާ މޫނުދޮވެލައިގެން ދަތުރުގެ އެހެން ބައިވެރިންގެ ކައިރިއަށް ދިއައިރު އީނާޝްމެން އުޅެނީ ހެނދުނުގެ ސައި ހަދާށެވެ. “އަހަނ! ހަނީފާ އަވަހަށް އާދޭ!” “ހަނިފާ ފެނުމާއެކު އީނާޝް ގޮވާލިއެވެ. އީނާޝް ގޮވާލުމާއެކު ހަނީފާ ހިނިތުން ވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެހެން ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އަދި އެމީހުން ކައިރިއަށް ގޮސް އެމީހުންނާއި ބައިވެރި ވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


kihineh thihedhi
mis tory ge main meehun naki haneefaa mentha nooni eennash mentha ????
dhekudhinnakee ves hama main meehun mistory binaa vefa vanee edhekudhinnah dhimaavaa hitaamaveri adhi biruveri haadhisaa thakakah ge macchah
ހާދަލަހޭ އަންނަލެއް އަވަހަށް ވާހަކަފޮނުވާލަދެއްވުންއެދެން ވވވވވވވވވވވވ ސަޅި އަސްލުވެސް
koba haadha lahey avas kohladhyba aneh part v kiyaalaa hithun mi’innany plzzz..
Kobaa haadha laheyvdhw .kiyaalaa hithun mi inni kamadhu vafa plz plz update kobala arvaha
VAANUVAA EH NEYGE. MANE THAH BADHAL VAA VARAKUN. FOOHI