ޖެހިގެން އައިދުވަހު ސްކޫލުން ކަޔާން އާއި ވާހަކަދެއްކޭ ގޮތް ނުވުމުން އީރަމް މާޔޫސްވިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފެންނައިރު ޒާހިރު ދެއްކި ވާހަކަ ސިކުނޑީގައި ހަރުލާފައިވެއެވެ. ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން ބޮލުގައި ރިހުމެއް ހުއްޓެވެ. ކަޔާން ގެ މޫނުމަތިން ނުވަތަ ހަރަކާތްތަކުން ވެސް ތަފާތެއް ނުފެނުމުން ޒާހިރު ދެއްކި ވާހަކަތަށް ކަޔާން އާއި ހަމައަށް ނުފޯރާކަން އީރަމް އަށް އެނގުނެވެ. ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ވެސް އީރަމް ހުރީ ވިސްނުމެއްގައެވެ. ގެއަށް އާދެވުމާއެކު އީރަމް ކޮޓަރިއަށް ވަދެ ތަޅުލީ އެއްވެސް މީހަކާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. އާނާ އަށް ޓިއުޝަން ނަގައިދޭން ދާން ނުޖެހޭކަން ނަސީބެކޭ އީރަމް ގެ ހިތަށް އެރިއެވެ. ނަމާދުކޮއްލައިން ލެޕްޓޮޕުން އީރަމް ފިލްމް އެއް އަޅުވާލީ ހިޔާލުތަކާ ދުރުވުމުގެ ނިޔަތުގައެވެ. ނަމަވެސް ފިލްމަށް ސަމާލްކަން ދެވޭ ވަރަށް ވުރެ ވިސްނަން ޖެހިފައި އޮތް ކަންތަށް މާ ބޮޑެވެ. ބައްޕަގެ އެދުމަށް ނަމަވެސް ކަޔާން އާއި ގުޅިގެން އުފަލުގައި އުޅޭނީ ކިހިނެއްހެއްޔެވެ.
ނިދިފައި އޮތް އީރަމް އަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ހަމަ އެއާއި އެކު ޖަނާ އޭނާ އަށް ގޮވާލި އަޑުވެސް އިވުނެވެ. އެއްފަރާތުގައި ނިވިފައި އިން ލެޕްޓޮޕް ލައްޕާލަމުން ފޯނުން ގަޑި ބަލާލިއެވެ. ރޭގަނޑު އަށް ގަޑި ބައިވަނީއެވެ. ނުކައި ނިދުމުގެ ސަބަބުން ބަނޑުހައިކަމުގެ އިހްސާސް އީރަމް އަށް ކުރެވުނެވެ. ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އީރަމް ގޮސް ދޮރުހުޅުވާލިއެވެ. ” ހޫމް.. ކިހިނެއްވީ…” ޖަނާ އަށް ބަލާލަމުން އީރަމް އަހާލިއެވެ. ޖަނާ ލައިގެން ހުރި ގަދަ ނޫ ކުލައިގެ ޖީންސް އާއި ރީނދޫ ޓޮޕަށް އީރަމް ގެ ސަމާލްކަން ހުއްޓުނެވެ. ބުޅި އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލާފައިވާ އިރު މޫނުމަތިން ތާޒާ ކަން ފެނެއެވެ. ފަނޑު މޭކްއަޕްގެ ސަބަބުން އިތުރަށް ރީތިކަމަށް ދައްކައެވެ. ” ޕްލީޒް.. މިރޭ ބޭރަކަށް ނުދެވޭނެ…” ޖަނާ ބޭރަށް ދާން އުޅޭ ކަމަށް ހީކޮށް އީރަމް ބުނެލިއެވެ. ” ސާބަސް.. ބުނީމެއްނު ނައިން އަށް ރެޑީ ވާށޭ… އައިގޮތަށް ނިދީ ދޯ..” އީރަމްގެ ކޮަޓަރިއަށް ވަންނަމުން ޖަނާ ބުނެލިއެވެ. ” ކަޔާން އެބަ އާދޭ..” ޖަނާގެ ދުުލުން ކަޔާންގެ ނަން އިވުމާއެކު އީރަމް ގެ ނިދި ވެސް ފިލާދިޔަކަހަލައެވެ. ” ވަޓް.. ކީއްކުރަން..” ޖަނާ ގެ ގާތުގައި އިށީންނަމުން އީރަމް ސުވާލުކުރިއެވެ. ” ކީއްކުރަންކަން އިނގޭނެ ވަރަށް އަވަހަށް.. ދެންވެސް ދޭބަލަ އަވަސްކުރަން….. އަދި ބުނަން.. ނިމިގެން ގޮސް ސިޓިންގްރޫމްގަ ނީންނާތި..” ޖަނާ ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ބުނެލިއެވެ.
ޝޯލް އަޅާ ނިމުމާއެކު އީރަމް ކޮޓަރިން ނުކުމެ ބަލާލީ ޖަނާ ފެންނަ ހިސާބުގައި ހުރިތޯއެވެ. އޭރު އާދައިގެ މަތިން ސޯފާގައި ޓީވީ ބަލަން ޒާހިރު އާއި ސަލްމާ އިނެވެ. ޖަނާ އެންމެ ފަހުން ބުނެލި ޖުމްލަ ހަނދާންވުމާއެކު އީރަމް ހިނގައިގަތީ ކާގެއަށެވެ. އައިސްއަލަމާރިން ޖޫސް ޕެކެޓް ނަގަމުން އީރަމް މޭޒުކައިރީ އިށީނެވެ. ގަޑިން ނުވަގަޑި ފަނަރަ އަށް ވުރެ ބޮޑު ވެއްޖެއެވެ. ޖަނާ އަށް ގުޅަން ނިންމައިން އިންދާ ދެން ފެނުނީ ސިޓިންގްރޫމްއަށް ކަޔާން އާއި ޖަނާ ވަތް ތަނެވެ. ޖޫސް ތަށިން ކޯވަރެއް ބޯލަމުން އީރަމް އެ ދެމީހުންގެ ހަރަތްތަކަށް ބަލަން އިނެވެ.ޖަނާ ކުރަން އުޅޭ ކަމެއް ނޭނގުމުން އީރަމް ބިރުގަންނަ ގޮތް ވިއެވެ. ” މަންމާ.. ވާހަކައެއް ބުނަންވެގެން..” ޖަނާ ޖެހިލުންވެފައި ހުރިނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ. ” ބުނެބެލަ.. ކަޔާން އާދޭ އިށީންނަން..” ސަލްމާ ކަޔާން އަށް ބަލާލަމުން ބުނެލިއެވެ. ކަޔާން އާއި ޖަނާ އެކީ ފެނުމުން ޒާހިރު އަށް ހައިރާންކަމެއް ލިބުނެވެ. ދެން ކަންތަށް ވާނެގޮތް ބަލަން އިންދާ ފެނުނީ ޖަނާ ކަޔާންގެ އަތުގައި އަތް އަޅުވާލިތަނެވެ. ” މި.. ކަޔާން.. ކަޔާން އާއި އަޅުގަނޑު.. މެރީ ކުރަން ބޭނުން..” ޖަނާ ގެ ޖުމްލަ އާއި އެކު އީރަމް ކޮށިއަރައިފިއެވެ. ކެއްސުންގަނޑު މައިތިރި ކޮއްލަމުން އީރަމް އަށް އަނގަމަތީ އަތް އަޅާލެވުނެވެ. ސަލްމާ އާއި ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައިރު އެކަކު އަނެކަކަށް ބަލާލެވުނެވެ. ޖަނާ ގައިގައި ޖެހިގަތުމާއެކު ކަޔާން ވެސް އެކަމަށް އެއްބަސްވިއެވެ. ދެން ދެކެވުނު ވާހަކައެއް ދެކެވުނީ ކަޔާން އާއި ޒާހިރު އާއި ދެމެދުއެެވެ. ސަލްމާގެ މޫނުގެ ކުލަވަރުން ހިތްހަމަނުޖެހިފައި އިންކަން ޖަނާ އަށް ނަގައިގަނެވުނެވެ. އިރުކޮޅެއްފަހުން ޖަނާ ކަޔާން ގޮވައިން ކާގެއަށް ވަތްއިރު އީރަމް އިންތާ އިނެވެ. ” ޖަނާ ކީއްތިކުރީ…” އީރަމް ޖަނާ ގެ އަތުގައި ހިފަމުން އެތެރެއަށް ޖެހިލިއެވެ. “އަނެއްކާ އަސްލަށްވެސް ކަޔާން އާއި ޖަނާ…” އީރަމް ކަޔާން ގެ މޫނަށް ބަލާލަމުން ޖަނާ އަށް ބަލާލީ ކުއްލިއަކަށް އެހެން ހިތަށް އެރުމުންނެވެ. ” ޗީޑި.. ނޯވޭ… ސޯ ހަވް އިޒް މައި ޕްލޭން…” ޖަނާ އީރަމް އެކަމާއި މެދު ދެކޭގޮތް އޮޅުންފިލުވާ ހިތްވިއެވެ. ” ދެން… ކިހިނެއްހަދަން ތިއުޅެނީ…” އީރަމް އަށް އަދިވެސް ކަންތައް ވާނެ ގޮތް ނޭނގުމުން އަހާލިއެވެ. ” ޕިސް..ޕިސް.. އީމްގަނޑާ… ވިސްނަބަލަ.. ދުވަސްކޮޅަކުން އަހަރެން ބުނާނަން ބޭބެ ގާތު ކަޔާން އާއި ރުޅިވެއްޖައިމޭ.. އޭރުން އީމް އެއްވެސް ނުޖެހޭނެ ކަޔާން އާއި މެރީކުރާކަށް… ކަޔާން ވެސް މިކަމާއި އޯކޭ ވެގެންނޭ މިހެން ކަންތައްކުރީ..” ޖަނާ ވީހާވެސް މަޑުން ވާހަކަ ދެއްކީ އިތުރު މީހަކަށް އަޑު އިވެން ބޭނުންނުވާތީއެވެ. ” އެ ތެދެއް.. އީމް ހަމަޖެހިބަލަ.. އެކަކު އަނެކަކު ދެކެ ލޯބިނުވާ އިރު އަހަރެންވެސް ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް.. ޖަނާ ހުރިހާ ވާހަކައެއް ކިޔައިދީފި..” ކަޔާން ޖަނާ ކައިރީ ހުއްޓެމުން ބުނެލިއެވެ. ” އެހެންނޫނަސް ހިޔާލު ބަދަލުވެގެން ފަހުން ޖަނާ އަހަންނާ މެރީ ވެސް ކޮއްފާނުން..” ކަޔާން ޖަނާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. ” ނޫޅެން.. ކާކުތަ އުޅެނީ ކަޔާން އާއި މެރީ ކުރާ ހިތުން.. އަދި ބުނަން.. ގައިގަ އަތް ނުލާތި..” ޖަނާ އަތްފޮޅުވާލަމުން ބުނެލިއެވެ. ދެމީހުންގެ ކޯޅުންގަނޑު ބަލަން ހުރި އީރަމް ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެެވެ. ” ޖަނާ ދޯ ފުރަތަމަ އަހަރެންގެ އަތުގައި ހިފީ.. ” ކަޔާން ބޭނުންވީ ޖަނާ ރުޅިއަރުވާލާށެވެ. ” ދެން އެންމެ ރަނގަޅު ގެޔަށް ދިޔަސް..” ޖަނާ ބޭނުންވީ ކަޔާން އާއި ދުރަށް ދާށެވެ. ” ސީޔޫ ސޫން ލަވް..” ޖަނާ އަށް އަޑުއިވޭ ވަރަށް ކަޔާން ބުނެލިއެވެ. ތުން އަނބުރާލަމުން ޖަނާ އެތަނުން ނުކުމެގެން ދިޔައިރު ޒާހިރު އާއި ސަލްމާ ދެކެވުމުން ދިޔަ ވާހަކައިގެ ސަބަބުން ހިނގާދިޔަ އެއްވެސް ކަމެއް ނޭނގެއެވެ. ފަހުން ދިމާވާނެކަމުގައި ބުނެ ކަޔާން ވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އީރަމް ކަޔާން އަށް ޝުކުރުއަދާކުރިއެވެ.
ދެން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކަޔާން ޖަނާ އަށް ގުޅާ ހަދައެެވެ. ސަލްމާ އާއި ޒާހިރު ފެންނަ ހިސާބުގައި ނެތްނަަމަ ޖަނާ އާއި ކަޔާންގެ ކަމަކަށް އޮންނަނީ އަރާރުންވުމާއި ޒުވާބުކުރުމެވެ. ޖަނާ ރުޅިއަރުވާލެވުމުން ކަޔާން އަށް މަޖާވެއެވެ. ނަމަވެސް އެހެންމީހުން ކުރިމަތީގައި ނުވަތަ ގޭގައި ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދައްކާ އިރު ލޯބިން ބުނެލާ ބަސްތަކާއި އުޅޭ އުޅުމުން އެހެން މީހުނަށް އެއީ ރޭވުމެއްކަން ނޭނގޭހާވެސް މޮޅެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އީރަމް ގެ ބަދަލުގައި ދެން ކަޔާން އާއި ގުޅުވައިގެން އިވެން ފެށީ ޖަނާގެ ނަމެވެ.
ބަންދު ދުވަހަކާއި ދިމާވުމުން ޖަނާ އާއި އީރަމް ނުކުތީ ބާޒާރުކޮއްލުމަށެވެ. މަޖީދީ މަގުން ދެ އަންހެން ކުދިން ހިނގާފައި ދަނިކޮށް ލާމިހް ގެ ލޮލުގައި އަޅައިގަތެވެ. ސައިކަލް މަޑުކޮއްލަމުން ލާމިހް ގޮވާލުމާއެކު އީރަމް ފަސްއެނބުރި ބަލާލިއެވެ. ” ހާދަ ވަރަކަށް ޝޮފިން ކުރަނީ..” ޖަނާ ގެ މޫނަށް ބަލާލަމުން ލާމިހް ބުނެލިއެވެ. ” އާން.. އެކަމަކު މިދެން ނިމުނީ.. ލާމީ ކޮންތާކަށް ތި ދަނީ..” ޖަނާ އީރަމް ގެ އަތުގައި ޖެހިލަމުން ބުނެލީ އީރަމް އިސްޖަހައިގެން ހުރުމުންނެވެ. ” މި ރައްޓެއްސަކާ އެކު ކޮފީއެއް ނިންމާލާފަ ގެއަށް މި ދަނީ..” ލާމިހް ހިނިތުންވެލިއެވެ. ” އީމް އަށް ވަޒީފާ ހަމަޖެހިގެން ކާންދިން.. އެކަމަކު ނުލިބޭ މީހުން ވެސް އެބަތިބިކަން ހަނދާންބަހައްޓައްޗޭ..” ޖަނާ އެހެން ބުނުމުން ލާމިހް ހެމުން ދެފަރާތަށް ބޯ ތަޅުވާލިއެވެ. ” ކާން ދީފާނަމޭ.. ހިނގާ ދާން.. މިތާ ކައިރީ ތާކަށް އަރަންވީނުން.. ދޯ އީމް.. ” ލާމިހް އީރަމް އަށް ދޯ ދެމުން ބުނެލިއެވެ. އީރަމް ބޯ ޖަހާލަމުން ޖަނާ ގެ މޫނަށް ބަލާލިއެވެ. ލާމިހް އާއި ކުރިން ވާހަކަ ދައްކާ އުޅުނު ހެން އުޅެން އީރަމް އެވަގުތު ބޭނުންވިއެވެ. އެ ގާތްކަން އަނބުރާ ހޯދަން މަސައްކަތްކުރަން ވެސް އެވަގުތު ބޭޭނުންވިއެެވެ. ދެ އަންހެންކުދިން ރެސްޓޯރަންޓްގައި ތިބޭތާ އިރުކޮޅެއްތެރޭ ލާމިހް ވަދެގެންއަންނަތަން ފެނުނެވެ. އެތާ ދެން ތިބި އަންހެންކުދިންގެ ނަޒަރުވެސް ލާމިހް އަށް ހުއްޓުނުކަން އީރަމް އަށް ފާހަގަކުރެވުނެވެ. ” އޯޑަރ ދޭންވީނުން…” އީރަމް ގެ ކުރިމަތީ ހުރި ހުސްގޮނޑީގައި އިށީންނަމުން ލާމިހް ބުނެލިއެވެ. ޖަނާ އާއި ލާމިހް ދެއްކަމުން ދިޔަ ވާހަކައިގައި އީރަމް ވެސް ބައިވެރިވިއެވެ. ވާހަކައިގެ ތެރެއިން އީރަމް ގެ ފޯނު ނަމްބަރު ނެތް ކަން ލާމިހް ހާމަކޮޮއްލުމާއެކު ޖަނާ ޖެހިލުމެއްނެތި ނަމްބަރު ލާމިހް އަށް ކިޔައިދިނެވެ. ޖަނާ އެހެން ކަންތައްކުރުމުން އީރަމް ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އެވަގުތު ހިމޭންކަން ހިޔާރުކުރިއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު ލޫނާ ގެ ފަރާތުން ނަމަވެސް ނަމްބަރު ލާމިހް އަށް ނުލިބޭކަމެއް ނޭނގެއެވެ.
ނިދީގެ އަސަރު ވެރިވާންފެށުމުން ލާމިހް ޓީވީ ނިވާލަމުން ކޮޓަރިއަށް ވަނެވެ. ޖީންސް ޖީބުގައި އޮތް ފޯނަށް މެސެޖެއް އައުމުން އެނދުގައި އިށީނދެ ފޯނުން މެސެޖް ހުޅުވާލިއެވެ. ހުސް މެސެޖެއް ފޮނުވާފައި ވާއިރު އެއީ ދުވަސްތަކެއް ކުރިން ދަންވަރުގުޅާފައި އިން ނަމްބަރުކަން ލާމިހް އަށް ފާހަގަވިއެވެ. އެ ނަމްބަރަށް ދެތިން ފަހަރު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ދެން އައި މެސެޖްގައި ވާ ރަަތް ކުލައިގެ ހިތް ފެނުމުން ލާމިހް ލޯ ކުޑަކޮއްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




varah reethi kiyaahithun in varun heevee varah kuruhen ❤❤❤
Thanks shau ??
yes mi bai kuruvaane ?
Nice…waiting
Thanks Lam ?
Too short..but nice ingey… eagerly waiting 4 next part
Thanks Eem ?
Dhen haadha kurey adhi ehaa lahun up vanee vs ?
Will make the next part longer ?
Alhey haadha kurey ?
Next part dhigukohladheynan Insha Allah ?
haadha kurey..kiyaa hithun huttai mi part nimuny..kndhuvahakun nxt part upkohdheyney..mi part vs v v vvv reethi..❤❤❤❤
Thanks firoo ??
Salaam hurihaa kudhin. ?
Heekuran mi bai vx kamudhaane kamah.. ? its a bit short but will make the next part longerr.. ?Will upload the next part on WEDNESDAY. ? Keep waiting and thankew all for the love and support. ❤️❤️❤️ Goodnyt ?
Kuruviyas varah reethi.. Keep it up dear ??? waiting for wednesday ????
Thanks SJK ???
Mibaives v v rythi… Alhe eem n laamy gulheykah nulheytha adhives
Thankew ?❤️
Kiyaahithun kehmadhuvefa hunnan mi jeheny… Avahah up kohdhehchey
Konn irakunn anehbaiii nerenii avass kurey☺☺