“ދޮންބެގެ އަފޫ ބޮޑުވީއޭ ދޯ.” އަރްމާން މިހެން ބުނުމުން އަފްރީންގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ” ދޮންބެ ނެތިން ތިކަމަށް ހުރަސް އަޅާކަށް. ޔުއާންއަކީ ވަރަށް ރަނގަޅު މީހެއް. މިރަށުގައި ޒުވާން އުމުރުގެ އެވަރު ކާމިޔާބު ދެވަނަ މީހެއް ނުހުންނާނެ ހަމަ ޔަގީނުންވެސް. ޔުއާންގެ ހިތުގަ އޮތް އެއްޗެއް ބަލާފަ ތިކަން ކުރަންވީ ހަމަ. ދޮންބެ ނޫން ކަމަށް ބަލާ ދީފާނަން އާންގެ ހިތް އޮތް ގޮތް.” އަރްމާންގެ ފުރިހަމަ އެހީއާއި ރުހުން އެކަމުގައި ލިބޭނެކަން އެނގުމުން އަފްރީންގެ ހިތަށް އުފާވެރިކަން ވަނެވެ. އަދި އެކަން ކުރަން އިތުރު ހިއްވަރެއްވެސް ލިބުނެވެ.
************************
ހަފްތާއެއްހާ ދުވަސް ފަހުން އަފްރީން ގެއަށް ދޫ ކޮށްލެވުނެވެ. އެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަފްރީން އާއި ޔުއާންގެ އެތައް ބައްދަލުވުމެއް ހިނގިއެވެ. ނަމަވެސް ދެމީހުންވެސް ދިޔައީ އަނެކާއަށް ހިތުގެ ހާލު ފޮރުވުމައް މަސައްކަތް ކުރަމުންނެވެ. އެކަން ކާމިޔާބުވެސް ވިއެވެ. މިކަން ނުފޮރުވުނީ އަރްމާންއާއެވެ. އަރްމާންއަށް ދެމީހުންގެ ހިތުގެ ހާލުވެސް އެނގެއެވެ. އިހުސާސް ކުރެވެއެވެ. ނަމަވެސް މީން ކަމެއް އެދެމީހުންނަކަށް ރޭކައެއް ނުލައެވެ.
އެއްރެއެއަގެ އިރާކޮޅުގެ ވަގުތެވެ. އަރްމާންއާއި ޔުއާން ދިޔައީ ކޮފީއަކަށް އިންސާފް ކުރަމުންނެވެ. އެމީހުން ތިބީ ޔުއާންގެ ކޮޓަރީގެ ބެލަކަނީގައި ހުރި ބީމް-ބޭގް ގައެވެ.
“އާން، ވާހަކައެއް އަހަންތަ؟” އަރްމާން އުޅުނީ އެވަގުތުގެ ބޭނުން ހިފާ ޔުއާންގެ ހިތް އޮތް ގޮތެއް ބަލާށެވެ.
“އެއްކަލަ މާން. މާން ނުޖެހޭނެ އަހަރެން ކައިރީގަ އެއްޗެއް އަހަން ނޫނީ ބުނަން ހުއްދަ ހޯދާކަށް.” ޔުއާންއަށް އަރްމާން އަހަން އުޅެނީ ކިހާ ވަރެއްގެ އެއްޗެއް ނޭނގޭ ހާލު ބުންޏެވެ.
“އަމް. މީ އާން އަފޫ ދެކެ ލޯބި ވޭ ދޯ؟ އަހަރެންނަށް އިނގޭ އާން އޭނައަށް އަޅާލާ ގޮތުންވެސް އެކަން.” އަރްމާން މިހެން އެހުމާއެކު ޔުއާން ކޮށިއަރައިގަތެވެ. ޔުއާން ރަނގަޅުވީ ވަރަށް ވަރަކުންނެވެ. ނަމަވެސް ޔުއާން އިނީ އަރްމާން އެބުނި އެއްޗަކުން ދެލޯ ބޮޑުވެފައެވެ.
“މާން އަޅެފަހެ ތި ކިޔަނީ ކީކޭ؟” ހަމަ ޖެހެން މަސައްކަތް ކުރަމުން ޔުއާން ބުނެލިއެވެ.
“އާން އަހަރެން ރުޅިއެއް ނާންނާނަމޭ. އަހަރެން ވާނީ އުފާ. އަޅެ ބުނެބެލަ.” އަރްމާންގެ ވާހަކަ ހުރީ ޔުއާންއަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ.
ޔުއާން ފުން ނޭވާއެއް ލިއެވެ.
“މާން. އަހަރެން ވަރަށް ލޯބިވޭ އަފޫ ދެކެ. ނޭނގެ އަފޫއަށް ކަމެއް ވެއްޖެއްޔާ އަހަންނަށް ދިރި ހުރެވޭނެ ކަމެއްވެސް. މާން ފުރަތަމަ ކިޔަވަން ދިޔައިރުވެސް އަހަރެން ވަރަށް ލޯބިވޭ އަފޫ ދެކެ.” ޔުއާން ވަރަށް ހިތްވަރު ކޮށްލާފައި ވާހަކަ ދެއްކިއެވެ.
ޔުއާންގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ އަރްމާން ޔުއާން ގައިގި އޮޅުލައި ގަތެވެ.
“އަހަރެން ވަރަށް އުފާ ވެއްޖެ އާން. އާންއަށް ނޭނގުނަސް އަފޫވެސް އާންދެކެ ވަރަށް ލޯބިވޭ. އަހަރެން އޭނަ ކައިރިވެސް މިވާހަކަ ދެއްކިން އެހެން ހީވެގެން.” އަރްމާން އިނީ ވަރަށްވެސް އުފަލުންނެވެ.
“ސޯ އާން ވީނުން ޕްރޮޕޯޒް ކުރަން. އަހަރެން ހެލްޕް ވާނަމޭ.” އަރްމާން މިހެން ބުނުމުން ޔުއާންވެސް އުފާވެލާފައި އަރްމާން ގައިގައި އޮޅުލައި ގަތެވެ.
“ޔެސް ބްރޯ. މާން ވާނެ ހެލްޕް ވާން. ނޫނީ މަށަށް އެކަނި ނުވާނެ ހަމަ އެއްގޮތަކަށްވެސް. މާންއަށް ބޮޑަށް އެންގޭނީ އަފޫއަށް ކަމުދާ އެއްޗެހިވެސް. ކަމުދާނެ ގޮތް ވެސް.” ޔުއާންގެ އަޑުގައިވެސް ވަނީ އުފާވެރިކަމެވެ.
އޭގެ އަނެއް ދުވަހެވެ. އަފްރީން ތައްޔާރު ވަމުން ދިޔައީ ޑީއުޓީއަށް ދާށެވެ. އާދައިގެ މަތިން އަރްމާންވެސް ތައްޔާރު ވަމުން ދިޔައީ އަފްރީން ލާން ދާށެވެ. މީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އަރްމާން އޮފީހުގައި އިނދެފަވެސް އަފްރީން ލާންވެސް ބަލާވެސް ދާނެވެ. އަފްރީން އަރްމާންއަށް އުދަނގުވާނެ ކަމަށް ބުނެ އެކަން މަނާ ކުރިޔަސް އަރްމާން އެކަމެއް ހުއްޓައެއް ނުލިއެވެ. އާސިމާ ހުންނަނީ މިކަމާ ހިތްހަމަ ޖެހިފައެވެ. އަފްރީން ނުބުންޏަސް ރަށުގެ ފިރިހެން ކުދިންގެ އުދަނގޫ އަފްރީންއަށް ފޯރާކަން އާސިމާއަށް އެނގެއެވެ. ނަމަވެސް އަފްރީން މިކަމާ ފަރުވާލެއް ނުބަހައްޓައެވެ.
“ދޮންބޭ. އަވަހަށް އާދޭ. ގަޑި ޖެހޭ އެބަ.” ގަޑި ކުޑަތަން ވަމުން ދިޔައިރުވެސް އަރްމާން ތިރިއަށް ނައުމުން އަފްރީން ވަރަށް ބާރަށް އަރްމާންއަށް ގޮވާލިއެވެ.
އަރްމާންތިރިއަށް އަންނަ ތަން ފެނުމުން އަފްރީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަރްމާންގެ ބޮލުގައި ބޮޑު ބޭސް ގަނޑެއް އަޅާފައި އޮތެވެ. އަފްރީންއެކޭ އެއްފަދައިން އާސިމާވެސް ދިޔައީ ސިއްސައިގެންނެވެ.
އަފްރީންއަށް އަރްމާންއާއި ދިމާލަށް ދެވުން ގޮތްވެސް ނޭނގުނެވެ.
“ދޮންބޭ ކިހިނެއް ހަދާފަ މިހުރީ؟” އަފްރީން އަރްމާންގެ ބޮލުގައިމަޑު މަޑުން އަތް ޖައްސާލާފައި ބުންޏެވެ. އަފްރީން ހުރީ ވަރަށް ކަންތައް ބޮޑު ވެފައެވެ. އަފްރީން އަރްމާންދެކު ލޯބި ވަނީ އިންތިހާއަށެވެ.
“މިއެއް ކަމެއް ނޫނޭ އަފޫ. އެހާ ކަންތައް ބޮޑު ނުވޭ ދެން.” އަރްމާން މިކަން މާ ބޮޑު ކަމަކަށް ނުހަދާ މިކަން އޮއްބާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަފްރީން އެކޭ އެއްފަދައިން އާސިމާވެސް ހުރީ ކަންތަށް ބޮޑުވެފައެވެ.
“ދަރިފުޅު ދެން ބުނެބަލަ ތިނަތަށް ވީ ގޮތް؟” އަސިމާވެސް އަހާލީ ކަންތައް ބޮޑުވެފައި ހުރެއެވެ.
“މި އާން މެންގޭ ސިޑިން ކައްސާލައިގެން ވެއްޓުނީ. މި ދެން މާ ބޮޑު ކަމެއް ނޫނޭ.” އަރްމާން އެންމެ ފަހުން ބުނީ އޭނަ މަންމަ އެހެން އެހުމުންނެވެ.
“ދަރިފުޅު ތަންކޮޅެއް ބަލައިގެން އުޅިބަލަ. ސިޑިންވެސް ފައިބަންވަނީ ދުވެފަ ވިއްޔާ.” އާސިމާވެސް ނުރުހުންވެފައި ބުނެލިއެވެ.
“ދެނަ މޯމް. ބަލައިގެންނޭ އުޅުނީ. ސިޑިއަށް ފެން އެޅިފަ ހުރީމައޭ ކައްސާލީ. ދެން އެގޭ މީހުން ގަސްތަކު ސިޑިއަކަށް ފެނެއް ނާޅާނެ ދޯ. ދެން އެކަން އެވީ އޭ. އަފޫ ތީ ލަސްވެފަ ހުރި މީހަ އޭނުން. އަވަހަށް ހިނގާ ދާން.” އަރްމާން ވާހަކަ އޮށްބާލަން މަސައްކަތް ކުރަމުން ބުނެލިއެވެ.
އެއާއިއެކު ފެނިގެން ދިޔައީ ބާރު ލާފައި އަފްރީން ދޮރުން ބޭރަށް ނިކުންނަން މިސްރާބު ޖެހި ތަނެވެ. ހަގީގަތުގައި އަފްރީން ދެރަވެފައިވާ މިންވަރު ފޮރުވަން ވެގެން އަވަހަށް އެދެމީހުން ކުރިމަތިން ދިޔައީއެވެ.
އަރްމާންއަށް މިއަދު އޮފީހުންވެސް ވަރަށް ގިނަ ބައެއްގެ ސުވާލުތަކާ ކުރިމަތި ލާން ޖެހުނެވެ. އަރްމާން ހަމަ ކޮންމެ މީހަކު ކައިރީގައިވެސް ބުނަނީ އަފްރީންމެން ކައިރީގައި ބުނި ގޮތަށް އެއްވެސް އަކުރެއް ނޫނީ ފިއްޔެއްވެސް މަދު ކޮށްލުމެއް ނެތިއެވެ.
ނަމަވެސް ހަގީގަތަކީ އަސްލު ވީގޮތް އެކަކު ކައިރީގައިވެސް ނުބުނާ ކަމެވެ. އަސްލު ވީގޮތް އެނގިއްޖެނަމަ އެހެން މީހުން މާ ކަންތައް ބޮޑުވެދާނެތީ އވީ ގޮތް ނުބުނީއެވެ. އެ ހާދިޘާ ހިނގަން މެދުވެރި ކަންތައް އެނގޭ ހަމަ އެކަނި މީހަކީ ޔުއާންއެވެ. ޔުއާން އެވާހަކަ އެކަކު ކައިރީގައިވެސް ނުބުނާނެ ކަމުގެ ޔަގީންކަން އަރްމާންއަށް އެބަ އޮތެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް އެއްމަސް ފާއިތު ވެގެން ދިޔައިރުވެސް ޔުއާންއަށް އަފްރީންއަށް ލޯބި ހުށައެޅޭ ގޮތް ވަނީ ނުވެފައެވެ. ހަގީގަތުގައި ޔުއާންއަށްވެސް ވަގުތު ނުވަނީއެވެ. ހަމަ އެހެންމެ އަރްމާންވެސް ބިޒީ ކަމުން ޔުއާންއަށް އެހީގެ އަތެއް ފޯރުކޮށް ނުދެވެނީއެވެ. އަފްރީންވެސް އުޅެމުން ދިޔައީ ވަރަށް ބިޒީ ކޮށެވެ. ނަމަވެސް ޔުއާންގެ މަތިން ކޮންމެ ދުވަހަކުވެސް އޭނާ ހާނދާން ކުރެއެވެ. ޔުއާންދެކެ އަފްރީން ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ހަމަ އެހެން ޔުއާންވެސް އަފްރީންގެ މަތިން ހަނދާން ކުރެއެވެ.
ހަމަ އޭގެ ތެރެއިން ދުވަހެކެވެ. ޔުއާން ކޮޓަރީގެ ބެލްކަނީގައި އިނީ ފޯނު ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. ފޯނުން ފެންނަމުން ދަނީ އަފްރީންގެ ފޮޓޯއެކެވެ. އެއީ އަފްރީންއާއި ސިއްރުން ޔުއާން ނަގާފައިވާ ފޮޓޮއެއްކަން ބަލާލުމަކުން ނޭނގެއެވެ. އެފޮޓޯ އެހާވެސް ފުރިހަމައެވެ. އަފްރީން މޫދުގައި ހުރެފައި މައްޗަށް ފެންތަކެއް އުކާލި ގަޑިއެއްގައި ފޮޓޯ ނެގުނީއެވެ. ހީވަނީ ހަމަ ފޮޓޯއަށް ތައްޔާރު ވެލައިގެން ހުރި ހެންނެވެ. ފޮޓޯ އިތުރަށް ފުރިހަމަ ކަމަށް ދައްކަނީ ފޮޅިފަ އިންނަ މަލެއްގައި ޝަބްނަމް ތިކިތަށް ހަރުލާފްއި ހުންނަ ފަދައިން އަފްރީންގެ މޫނުގައި ފެން ތިކިތަށް ހަރުލާފައި ހުރުމުންނެވެ. ހަމަ އެހެންމެ އަފްރީންގެ ފަހަތުން ފެންނަން ހުރި ރަތްވިލާ ތަކާއި އޮއްސެން ތައްޔާރު ވެފައިވާ އިރެވެ. ވަރަށްވެސް ފުރިހަމައެވެ. ހީވަނީ ހަމަ ފޮޓޯއަށް ތައްޔާރު ވެލައިގެން ހުރި ހެންނެވެ.
ޔުއާންއަށް ސިހުން ލިބުނީ ފަހތުނަ އައިސް މީހަކު އޭނަގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ސިއްސައިގެން ދިޔަދިޔައީނުން އަތުގަ އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. ދެނަ އިވިގެން ދިޔައީ އަރްމާން ހޭން ފެށި އަޑެވެ. ޔުއާން ސިއްސައިގެން ދިޔައީ މީހަކަށް ނުހެވޭ ވަރަކަށް ނޫނެވެ. ހީވީ ވައްކަމެއް ކުރަނިކޮށް މީހަކު އަތުލައިގަތީ ހެންނެވެ.
އަރްމާން ހަމަ ބިނދި ބިނދިފައި ހެނީއެވެ. އަދިވެސް ހުއަޓާކަށް ނޫޅެއެވެ. މިހާރު އަރްމާން އޮތީވެސް އެތާއިން ބީމް-ބޭގް މައްޗަށް ވެއްޓިފައެވެ. މިކަމުން ޔުއާން އިތުރަށް ރަކިވުން ނޫން ކަމެއް ނުވިއެވެ. އެންމެ ފަހުން ޔުއާން އަރްމާން ގައިގައި ބޮނޑިއެއް އަޅާލިއެވެ. އެއަށްފަހު ފެނުނީ އަރްމާން ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ.
“ބްރޯ ވަގު ހިފީމަ ދޯ ތި ސިއްސައިގެން ދިޔައީ؟” ހިނި މަތަ ކުރަމުން އަރްމާން ދެނަވެސްބެލީ ޔުއާން އިތުރަށް ރަކިކޮށްލެވޭތޯއެވެ.
“ދެން މާން. ސްޓޮޕް މޭން.” ޔުއާން އެންމެ ފަހުން ނީނދެވިގެން އަރްމާން ގާތު ހުނުން ހުއްޓާލަން އެދުނެވެ.
އެއާއިއެކު އަރްމާން އަވަސްވެލީ ހުނުން ހުއްޓާލާށެވެ. އަރްމާން ވަރަށް ހާލުން ހުނުން ހުއްޓާލިއެވެ. ނަމަވެސް އޭނަގެ މޫނުގައި އަދިވެސް ވަނީ ލާނެއް ހިނިތުންވުމެކެވެ.
“އާނ! މަ މިރޭ މި އައީ އެއްޗެކޭ ކިޔަންށޭ.” އަރްމާން އޭނައައި ބޭނުން ހަނދާން ވުމާއި އެކު މޫނަށް ސީރިއަސް ގޮތްގަނޑު ވެރިކުރުވިއެވެ. މިކަމުން ޔުއާންއަށްވެސް އަރްމާން ދައްކަން އުޅެނީ އާދައިގެ ވާހަކައެއް ނޫންކަން އެނގުނެވެ.
“އަޅެ ކިޔާބަލަ” ޔުއާންވެސް އެކަމަށް ޝައުގު ވެރިކަން ދެއްކިއެވެ.
“އާނ! މަ ބުނީ އަދިވެސް އަފޫއަށް ޕްރޮޕޯސް ކުރާކަށް ނުވޭތަ.؟ މިހާރު އޭނައަށް ވަރަށް މީހުންގެ ހުށައެޅުންތަށްވެސް އަންނަން ފަށައިފި. އާންއަށްވެސް އިނގެއޭނުން ކުރިންރޭ ވީ ގޮތް ދޯ؟ އެހެން ވީމަ ދެން ލަސް ކުރާކަށް މަށަކަށް ނުފެނޭ.” އަރްމާންގެ ވާހަކަ ނިންމާލި އިރު ކޮންމެސް ވަރަކަށް ކަން ބޮޑުވެފަ ހުރިހެން ހީވެއެވެ. އެހެން ކަމުން ޔުއާންވެސް އަވަހަށް ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.
އެއަށް ފަހު ދެން ބަހުސް ކުރެވެމުން ދިޔައީ އެކަން ކުރާނެ ގޮތަކާއި މެދުގައެވެ.
އެންމެ ފަހުން ނިމުން ގޮތަކީ ޔުއާންގެ ގޭގެ ޓެރެސްގައި އެކަން ކުރާ ގޮތަށެވެ. އެރޭ އިޝާ ނަމާދުން ފައިބަން ވާއިރަށް ހުރިހާ ކަމެއް ނިންމާފައި އަފްރީން އެގެއަށް ގެންނާށެވެ. އަދި ފިހާރަތަށް ބަންދު ކުރަންވެސް އިރުކޮޅެއް ހުރުމުން ދެމީހުން ފީހާރައަށް ދިޔައީ ބޭނުންވާނެ ބައެއް ސާމާނު ގަނެލަންށެވެ.
ދެމީހުންނަށް ފިހާރައިން އާދެވުން އިރު މަޣްރިބް ނަމާދު ބަންގި ގޮވާ އަޑު އިވުމުން ގޭގައި ހުރިހާ ސާމާނެއް ބަހައްޓާފައި ދެމީހުންވެސް ދިޔައީ ނަމާދަށެވެ.
މަޣްރިބް ނަމާދުން އައިސް ދެމީހުން ބެލީ އިޝާ ނަމާދަށް ގޮވަން ވާއިރަށް ހުރިހާ ކަމެއް ނިންމާލެވޭތޯއެވެ.
ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމައަށެވެ. ހުރިހާ ކަމެއް ކޮށްލާފައި ހިންދެމިލި ވަގުތު ބަންގި ގޮވާ އަޑު އިވެން ފެށިއެވެ.
ދެމީހުން ނަމާދަށް ގޮސް އައިސް ދެން ވިސްނާލީ އަފްރީން ގެންނާނެ ގޮތަކާ މެދުއެވެ.
“އޭ ބްރޯ. ޔުޝްރައްތަ ކައިރި ބުނަންވީނުން އަފޫއަށް ގުޅާފަ ގެންނާށޭ ކޮންމެސް އެއްޗެކޭ ކިޔައިގެސް. މަށަށް ޔަގީން ޔުޝްރައްތަ ގުޅީމަ އަންނާނެކަން” އަރްމާން އޭނާގެ ހިޔާލު ފާޅު ކުރިއެވެ.
ޔުއާންއަށްވެސް އެ ހިޔާލު ކަމުދިޔައެވެ. އެހެން ކަމުން އެންމެ މިނެޓެއްވެސް އިތުރަށް ބޭކާރު ކޮށް ނުލާ ޔުއާންއާއި އަރްމާން މިސްރާބު ޖެހީ ޔުޝްރާ ކައިރިއަށް ދާށެވެ.
ނަސީބު ދިމާކުރިގޮތުން ޔުޝްރާވެސް ވަރަށް އަވަހަށް ގަބޫލު ވެއްޖެވެ. އެކަމަކު ކުރަން އުޅޭ ކަންތައް ކިޔާދޭން ޖެހުނެވެ. ޔުއާން ރަކިވި ނަމަވެސް އެކަން ކާމިޔާބު ވާން އަންނަނީ ޔުޝްރާގެވެސް އެހީއާއެކު ކަމުން ޔުއާން ޔުޝްރާގާތު ކުރަން އުޅޭ ކަންތައް ބުނުމުން އެނގުނީ އެއީ ޔުޝްރާވެސް އެދި އެދި ހުރި ކަމެއް ކަމުގައެވެ.
އަފްރީން ނަލަހިޔާއެއަށް މިސްރާބު ޖެހީ ޔުޝްރާގެ ކޯލެއް އައުމުންނެވެ. އޭރުވެސް އަފްރީންގެ ހިތުގައި އުފެދެނުމުންދާ ޝުޢޫރު ބަޔާން ކޮށްދޭން ވެސް ދައްޗެވެ. އަފްރީން އަދިވެސް ހުރީ ޔުޝްރާ އެގެއަށް އަންނަން ބުނުމުން ހައިރާން ވެފައެވެ. މި ވާން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަންވެސް އަފްރީންއަކަށް ނޭނގެއެވެ.
ނަލަހިޔާގެއާއި އަރާ ހަމަވުމުން އަފްރީން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލީ ހަމަޖެހިލުމުގެ ގޮތުންނެވެ. އޭރު މި މަންޒަރު ބަލަން އެގޭގެ ޓެރެސްގައި ތިބި ޔުއާންއާއި އަރްމާންގެ ތުންފަތުގައި ވަނީ އުފާވެރިކަމެވެ.
ސަލާމް ދޮވާ އަޑު އިވުމުން ސަލާމުގެ ޖަވާބު ދެމުން ނިކުތް ޔުޝްރާގެ މޫނުގައިވެސް ވަނީ މާނަފުން ހިނިތުންވުނެކެވެ.
“ދައްތާ. ކަމަކުތޯ އަޅުގަނޑު ގާތު އަންނާށޭ ބުނުއްވީ؟” ސޯފާގައި އިށީންނަމުން އަފްރީން ޔުޝްރާގާތު އަހާލީ ވަރަށް އަދަބުވެރި ކަމާއެކީއެވެ.
“ވަކި ކަމަކު ނޫން. ހަމަ އަފްރީންއާ ދިމާ ނުވާތާ ގިނަދުވަސްވެގެން ހަމަ.” ޔުޝްރާވެސް ހިތްހެޔޮ ކަމާއި އެކު ބުނެލިއެވެ.
އެއާއި އެކު ދެމީހުނެ ފެށީ ވާހަކަ ދައްކާށެވެ. ޔުޝްރާ އަދިވެސް އަފްރީން މައްޗަށް ފޮނުވަން ނޫޅުނީ ފޮނުވަން ވީމަ ގުޅާނެ ކަމުގައި ބުނުމުންނެވެ.
މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. 15 ވަރަކަށް މިނެޓް ތެރޭގައި ޔުއާން ޔުޝްރާއަށް ގުޅައިފިއެވެ. ޔުޝްރާ އަވަހަށް ދުރަށް ޖެހިލާފައި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
5 ވަރަކަށް މިނެޓަށް ދެމިގެން ދިޔަ މި ފޯންކޯލް ނިންމާލާފައި ޔުޝްރާ އައިސް އަފްރީން ކައިރީގައި އިށީނެވެ.
“އަފޫ ގޮސްދީބަލަ އާންއަށް ކާން ގޮވާލަ ދޭން ދައްތަ ކާން ހަދަން ވާއިރަށް. އާން ވީ ޓެރެސް ގަ. އެހެރަ ފެންނަ ސިޑިން އެންމެ މައްޗަށް ދާއިރު ޓެރެސް އިންނާނީ. ދޮރު ހުންނާނީ ލައްޕާފަ ކަންނޭނގެ. ގޮސް ހުޅުވާލާ.” އަފްރީން ގާތު ޔުޝްރާ މިހެން ބުނުމުން އެއްބަސްވީ އިންކާރު ކުރަން ނުކެރުމުންނެވެ.
އަފްރީން ސިޑިން މައްޗައް އަރައިގެން ދިޔައިރު އެހިތް ދިޔައީ ނޭނގޭ ބާރު މިނެއްގައި ތެޅެމުންނެވެ.
އަފްރީންއަށް ޓެރެސް ދޮރާ ހިސާބައް ދެވުމުން ފުން ނޭވާއެއް ލީ އެ ދޮރު ފަހަތުގައިވި ސަޕްރައިޒް ނޭނގި ހުރެއެވެ.
ދޮރު ހުޅުވުމާއިއެކު އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މުޅި ތަން ވަނީ ރަތް ކުލައިގެ އުށް ބައްތިން ދިއްލާލާފައެވެ. އަދި ޓެރެސްގެ މެދާކަން ހިސާބުގައި ހިތެއްގެ ބައްޓަމަށް ފިނިފެންމާ ފިޔަ އަތުރާފައި ހުއްޓެވެ. އެ ހިތާ ހިސާބަށް ދާންވެސް ފިނިފެންމަލުގެ ދޫލައެއް އަޅާ ދީފައި އޮތެވެ. އަފްރީން އަދިވެސް އެ ސިހުމުގައި ހުރެ ކުރިއަށް ހިނގައިގަތެވެ. އަދި ގޮސް ހުއްޓުނީ އެ ހިތުގެ މެދުގައެވެ. ހުއްޓިފައި ފަހަތް ބަލާލި އިރު ކުރިމަތީގައި ހުރި ޔުއާން ފެނި އަފްރީން ދިޔައީ ސިއްސައިގެންނެވެ.
ޔުއާން އަފްރީންއާއި ހަތަރު ކަޅި ހަމަ ކޮށްލާފައި އެއްކަކޫ މައްޗަށް އިށީނެވެ. އަދި ރަތް ކުލައިގެ މަލެއް ދިއްކޮއްލިއެވެ.
“ވިލް ޔޫ މެރީ މީ؟” ޔުއާން މިހެން އަހާލުމުން އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



yay..me first..v reethii mi part ves..keep it up..next part kon irakun..dhen oiy part avahah up kolla dhehchey please..gud nyt sunshine..tvgc
yay.. first dhw. thank you.
next part mirey noony maadhan in sha allah
maadhama exam eh ovey.. ehm v ma maybe vaany
Wow❤️?
thank you
Wow v reethi
thank you
I love this story….next part avahah up kondhehchey…varah inthizaruga mihuree
thank you. hama v emme awahakah up kohdheynan
Reethi ❤
thank you
Wow. Obiness to the max
???? afreen plx say YES to him.. Waiting for the next part ?
thank you.
lets see dhw alhe bunaa ehcheh.
Masha Allah…… varah reethi…..❤❤❤❤❤❤
thank you