“މަންމަ ވެއްޓުނީ ހާމިދާއްތަ ގޭގައި އިންދަ. ހަމިދާއްތަ އައީމަ ތިރިއަށް ފައިބަނިކޮށް ވެއްޓުނީ. ދެން ހާމިދާއްތަ މަންމަ ގޮވައިގެން އައީ. އާން އަންނަންވާއިރަށް ދާން ޖެހުނީ ރަޝީދުބެ ގުޅީމަ.” ޔުޝްރާއަށްވެސް ޔުއާން ކަން ބޮޑުވެފައި ހުރި ވަރު އެނގި ވަރަށް ތަފްސީލްކޮށް ވީ ގޮތް ކިޔާދިނެވެ.
ދެމައިން އަވަހަށް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ.
*********************************
އަފްރީން ހޮސްޕިޓަލަށް ވަދެފަ އަވަސްވެގަތީ ސައިން-އިން ވެލާފައި މިއަދު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރޑްގެ ކައުންޓަރާ ދިމާލަށެވެ. އަފްރީންއަކީ އެރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ އެހެން މުވައްޒަފުންގެ ލޯބި ލިބިފައިވާ، މަސައްކަތަށް ފަރުވާތެރި، ހީވާގި ނަރުހެކެވެ.
ވާރޑަށް ވަދުވުމާއިއެކު އަފްރީންގެ ދެލޯ ބޮޑުވީ ވާރޑްގެ އެނދެއްގައި ބާއްވާފައި އޮތް އޭނާގެ އެންމެ ގާތް އެކުވެރިޔާ އީޝާ ފެނުމުންނެވެ. އީޝާގެ އަތަށް ވަނީ އައިވީ ފުޅިއެއް ގުޅާފައެވެ. އަފްރީންމެންނާއި އެކި މިއަދު ހަވީރު ކުޅެން އުޅުން އިރުވެސް އީޝާ ހުރީ ގަދަވެ ސަލާމަތުންނެވެ.
އަފްރީން ގެންގުޅޭ ކުޑަ ހޭންޑް ބޭގް މޭޒުމަތީގައި ބާއްވާފައި އީޝާއަށްވީ ގޮތެއް ބަލާލަން ހިނގައިގަތެވެ.
“އޭ ބަލަ އީޝް. ކިހިނެތް ވެފަ ތިއޮތީ؟ ހަވީރުވެސް ހުރީ ރަނގަޅަށް.” އަފްރީން އަހާލީ އީޝާގެ ބޭބެ އަސްލަމްއަށް ހިނިތުންވުމެއް ދީފައެވެ.
“އޭ ރީން ޑިއުޓީ މިގަޑީގަތަ؟ ހާވީރު ކުޅެން އުޅެފައައި އިރު ހުރީ ހުން އައިސްފަ. މި ދޮންބެ ގަނޑާ ހެދި މިތަނަށް މި އަންނަން ޖެހުނީ. ވަރަށް ފޫހިވޭ.” އީޝާ ތުންކޮޅު އޫ ކޮށްލާފައި ބުނި ގޮތުން އަސްލަމް އަދި އަފްރީންއަށްވެސް ނުހީ ނުހުރެވުނެވެ.
“އަސްލަމް ތި ހެދީ ހަމަ ރަނގަޅަށް. މިހާރު އެބަ އުޅޭ ވަރަށް ވަރުގަދަ ހުމެއްވެސް. ކަމެއްވާ އިރަށްވާނެ މިތަނަށް އަންނަން.” އަފްރީން ހިފީ އަސްލަމްގެ ކޮޅަށެވެ. އެއީ އަސްލަމް ކަންތަށް ކުރީ ރަނގަޅަށް ކަމަށް ވާތީއެވެ.
“ދެން ހަމަ ރީންވެސް ދޮންބެ ކޮޅަށް.” އީޝާ އަނެއްކާވެސް ޝަކުވާ ކޮށްލިއެވެ. މިފަހަރު އަފްރީން އަދި އަސްލަމްގެވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ހޫން ދެންވެސް މިތާ މަޑުން އޮވެވޭތޯ ބަލާ. މަ ދޫކޮއްލި އިރަކުން ދެން ދެވޭނީ.”
އިތުރަށް އީޝާ ރުޅި އަރުވާލަން ވެގެން އަފްރީން ބުންޏެވެ. އަފްރީން އުންމީދު ކުރި ގޮތަށް އީޝާ ރުޅި އައިސަގެން އަފްރީން ގައިގައި ޖަހަން އަތް މަޅާލިއެވެ.
“ކޮއްކޮ ދެން މަޑުން އޮވެބަލަ.” މިއޮއް ހުރިހާ އިރު މަޑުން އިން އަސްލަމް މިފަހަރު ވާހަކަ ދެއްކިއެވެ.
“އޭ ދެން މަ ދަނީ. ކަމެއް ވެއްޖެއްޔާ ގޮވާލާ.” އަސްލަމް ކައިރީގައި މިހެން ބުނެފައި އަފްރީން ދާން ހިނގައިގަތެވެ.
ޔުއާން ޔުޝްރާ ގޮވައިގެން ގެޔަށް ގޮސްފައި އަވަސްވެގަތީ ނަމާދަށް ދާށެވެ. އިޝާ ނަމާދު ވަގުތު ވަނީ ވަރަށް ކުޑަތަން ވެފައެވެ. އެހެން ކަމުން ޔުއާން ދިޔައީ މިސްކިތަށެވެ.
ނަމާދުން ފައިބައިގެނަ ގެއަށް ދިޔަ އިރު ޔުއާންއަށް ސިފަވަނީ ޔުޝްރާއާއި ހީހީފައި ވާހަކަ ދައްކަން ހުރި އަފްރީންއެވެ. އެއޮށް ރީތި ކަމެކެވެ. ހީލާއިރު އެކޮލަށް އެޅޭ އަޑި ކޮޅުގެ ސަބަބުން އެރީތިކަން އިތުރުވެގެން ދެއެވެ. އަފަރީންގެ އެ ރީތި ބައްޓަމެވެ. ނަރުސް ޔުނީފޯމުގައި ހުންނައިރު ވަކިން ރީތި ހެން ހީވެއެވެ.
ޔުއާން ވަނީ އަފްރީންގެ ލޯބީގައި ދިވާނާވެފައެވެ.
ޔުއާން ސިއްސައިގެނަ ދިޔައީ ފަހަތުން އައިސް މީހަކު އޭނާގެ ކޮނޑުގައި އަތް ލުމުންނެވެ. ބަލާލި އިރު ފަހަތުގައި ހުރީ އަފްރީންގެ ބޭބޭ އަރްމާންއެވެ.
“އޭ މާން ކޮން އިރަކު އައީ؟ އައި މިސްޑް ޔޫ މޭން.” ހިނިތުން ވެލާފައި ސަލާމަށް އަތް ދިއް ކުރަމުން ޔުއާން ވާހަކަ ދެއްކިއެވެ.
“މިސްޑް ޔޫ ޓޫ އާން. ހަމަ މިއަދު މި އައީ.” އަރްމާންވެސް ހިނިތުންވުމަކާއި އެކު ޖަވާބު ދިނެވެ.
“ބްރޯ ހިނގާ ކޮފީއަކަށް އަރަން. މަ ހަރަދުގަ.” ޔުއާން ހިޔާލެއް ދިނެވެ.
“އާނ. ހިނގާ. ރީން ޑިއުޓީ ނިމޭންދެނަ ހޭލާވެސް އިންނަން ޖެހޭ އެބަ. މަށަކަށް ކަމަކު ނުދޭ އޭނަ ދަންވަރު އެކަނި ގެއަށް އަންނާކަށް. މަ ނެތް އިރު އެހެން ވިޔަސް ދެން ނުވާނެ.” އަރްމާން ވަގުތުން އެއްބަސް ވިއެވެ.
ދެމީހުން ދެން ސައިކަލަށް އަރައިގެން ނައްޓާލީ އެރަށުގެ އެންމެ މަޝްހޫރު ކެފޭ ކަމަށްވާ ލެމަންގްރާސް އާއި ދިމާލާށެވެ.
ކެފޭގެ ކަނެއްގައި ހުރި މެޒޭއްގެ ކައިރީގައި އަރްމާންއާއި ޔުއާން ތިބީ އޮލަ ވާހަކައިގައެވެ. ދެމިހުންގެ ކުރިމަތީގައި އާވި އަރަ އަރަ ހުރި ކޮފީއެއް ހުއްޓެވެ.
ދެމީހުންގެ ވާހަކަ ހުއްޓުމަކަށްއައީ އަރްމާންގެ ފޯން ރިންގްވާން ފެށުމުންނެވެ.
ފޯނު ނަގާ ބަލާލި އިރު ގުޅަނީ އަފްރީންއެވެ. ކުޑަކޮށް ހައިރާން ވީނަމަވެސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ބޮޑު ކަމެއް ވީއޭ ހިތާއެވެ.
“ދޮންބޭ އަހަރެން ބަލައި އާދެބަލަ. ވަރަށް ބޮޑަށް ހުން އައިސްފި ކުއްލިއަކަށް.” އަރްމާންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަފްރީން ފައްޗަކަށް އަމުނާލިއެވެ.
“އެބަ ދަން” މިހެން ބުނެ އަވަހަށް ފޯނު ކަނޑާލާފައި އަރަމާން އެއް ނޭވާއިން ކޮފީ ޖޯޑު ހުސްކޮއްލިއެވެ.
“އޭ އާން މަ ދާން ޖެހިއްޖެ. އަފޫ ހުން އައީ އޯ. އޭން ބަލާ އަންނާށޭ އެ ބުނީ. ފަހުން ދިމާ ކުރާނަން އިނގޭ.” އަރްމާން އެއް ނޭވާއިނަ ކިޔާ ނިންމަލިއެވެ. އަސްލުގަ އަރްމާން ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. އަފްރީން އެހާ ކުއްލިއަކަށް ހުން އައުމުންނެވެ. އަފްރީން އަކި ހުން އައިސްފިއްޔާ ވަރަށް ބޮޑުވަރު ވާ ކުއްޖެއް ވީމައެވެ.
“އާނ. ނައްޓާލާ. ކަމެއް ބޭނުން ވެއްޖެއްޔާ ގުޅައްޗެ.” ހަގީގަތުގައި ޔުއާންވެސް ހުރީ ވަރަށް ހާސް ވެފައެވެ. އަފްރީންއަކީ ޔުއާންގެ އެއްފަޅިއެވެ. އަފްރީންއަށް ކަމެއް ވެއްޖެއްޔާ ޔުއާންއަށް ދިރި ހުރެވޭނެ ކަމެއްވެސް ނޭނގެއެވެ.
އަރްމާން އަވަހަށް ސައިކަލަށް އަރައިގެން ންއަޓާލީ ހޮސްޕިޓަލަށެވެ. ޔުއާންވެސް ދާން ބޭނުން ވިއެވެ. ނަމަވެސް ދާކަށް ނުކެރުނެވެ. މާޔޫސް ވެފައި ހުރެ ޔުއާން ދިޔައީ ގެއަށެވެ.
އަރްމާންއަށް ހޮސްޕިޓަލަށް ދެވުން އިރު އަފްރީން ހުރީ ހޮސްޕިޓާ ދޮރުމަތީގައެވެ. މޭމަތިން ދެއަތް ހުރަސްކޮއްލައިގެން ހުރި ގޮތުން އެނާ ހީކަރުވަނީކަން އެނގެއެވެ. އަރްމާން އަވަސްވެގަތީ އަފްރީން ގޮވައިގެން ގެއަށް ދާށެވެ.
އަފްރީން ގެއަށް ވަންނަން ގޮސް ގޮސް ހުއްޓާ އަރްމާން އައިސް އަފްރީންގެ ނިތުގައި އަތް ޖައްސާލިއެވެ. ޖައްސާލި ބާރުމިނުގައި އަތް ދަމައި ގަނެވުނީ އަފްރީން ހޫނު ކަމުންނެވެ. އަފްރީން ހުރި ހުން އައިސް ރަތް ވެފައެވެ.
“އަފޫ ދޭ ހޮސްޕިޓަލަށް ދާން ރެޑީ ވެގެން އަންނަން.” އަރްމާން ބުނެލި ވަރަށް ލޯބިންނެވެ.
“ދެން ދޮންބޭ. މިޔެއް ކަމެއް ނޫނޭ.” އަފްރީން ބެލީ އެކަމުން ސަލާމަތް ވެވޭ ތޯއެވެ.
“އުނހު. ހަމަ މިހާރު އާދޭ” އަރްމާންވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“ހޫން. މި އަންނަނީ.” އަފްރީން އެހެން ބުނީ އަރްމާން ގޮތް ދޫ ނުކުރާނެކަން އެނގޭތީއެވެ. އަފްރީން ވަރަށް އުފާވެސް ވެއެވެ. އޭނަދެކެ އެހާ ލޯބިވާ ބޭބެއެއް ލިބިފަ ހުރީމައެވެ.
“މަންމާ. އަފޫ ގޮވައިގެން ހޮސްޕިޓަލަށް މިދަނީ. އެބަ ހުރި ހުން އައިސްގެން ޑިއުޓިގަ ނުހުރެވިގެން އައިސް.” އަރްމާން އޭނާގެ މަންމަގެ ސަމާލުކަމަށް އެކަން ގެނައެވެ.
“އާނ. އަވަހަށް ދޭ. ކަމެއް ގޯސް ވަންޏާ މަންމައަށް ގުޅާތި.” އާސިމާ މިހެން ބުނެފައި ދިޔައީ އަފްރީން ރެޑީ ވެގެން ފައިބަންވާއިރަށް ޖޫސް ތަށްޓެއް ހަދާލަންށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



hey so here’s the next part.
hope you all will like it.
mistakes huredhaane.. because this is my first story.
please leave a comment
Kury dhww
Try to write longer dhen this dear
If u dont mind buneba
Kon rasheh
? ? ?
❤ ❤ ❤ ❤ ❤ ❤ ❤ ❤
Exam v ma dhigu liyaane vaguthu nuwany.
Ekm liyevun varakun up kohla dheny hama.
i am from kulhudhuffushi
Vaahaka reethi ❤… thankolheh kuree dear… ?
thank you
test v ma dhigu nukohleweny..
test nimunyma hama dhigu koh up kohdheynan
Masha allah stry v rythi? but stry haadhahaakurey?? thankolheh dhigukongenesdhybala plx whn nxt prt miadhu adhi 1 prt up kolladhybala plx ❤?
thank you.
dhn balaanan adhi miyah vure dhigu kohleweythw ingey.
mirey adhi try kuraanan 1 part.. nuny maadhan morning ga ingey
Thankolheh dhigu kollanveenu
dhn faharakun dhw
V nice mi part vex..
thank you alvyn..
nice name
wow. varah salhi..
thank you
Nice story. Story thankolheh dhigu koh genesdhyba.. v v v reethi mi part vx
thank you.
dhn faharakun balaanan adi dhigu kohlewy thw
V reethi vaahaka eh ☺
Thank you ☺
Varah salhi mivaahaka n thankolhei dhigukolun edhen ??
Thank you.. Fhn faharakun Adhi miyah vuren dhigukohlaanan
Nce story make it longer
ALL THE BEST for next parts??