Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 7 ވަނަ ބައި

Salaa Level 210 Stories100 Comments
February 11, 2014 8 Mins Read
22 Comments

ޔަޝްމީ ކާރުން ފޭބުމާއި އެކު މުއާޒް އައިސް ހުއްޓުނެވެ. އިމްރާން އަވަހަށް ކާރު ދުއްވާލިއެވެ.

” ސިސް…  ވަރަށް ވަރަށް ވަރަށް އޮބި އިނގޭ….” މުއާޒް ޔަޝްމީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަނދިރީގެ ތެރެއިން ޔަޝްމީގެ މޫނެއް މުޢާޒަކަށް ނުފެނުނެވެ. އެއީ ނަސީބެކޭ އޭނާގެ ހިތައް އެރިއެވެ.

” ވަރަށް ޓަޔަރޑް. ނިދާލަން ދާނީ އިނގޭ..” ޔަޝްމީގެ އަޑުގައިވާ މަޑުމޮޅިކަން މުޢާޒަށް ފާހަގަވިއެވެ. އެހެނަސް އޭނާ އެހާ ބޮޑަށް އަޅާ ނުލީ ވަރުބަލިވެފައިވާކަން އެނގޭނތީއެވެ.

************

ކޮޓަރިއަށް ވަދެވުމާއި އެކު އިމްރާން އަލަމާރި ހުޅުވާލިއެވެ، ފިނިފެންމާ ނަގާ އެއަށް ބަލަން ހުރެވުނު އިރެއްވެސް ނޭނގެއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެ މާ ޔަޝްމީއަށްދޭށެވެ. އަދި ޔަޝްމީ އޭނާގެ މިލްކަކަށް ހަދާށެވެ. އިމްރާން މާ ހިފައިގެން އޮށޯތެވެ. މަޑުމަޑުން މަލުގެ ފިޔަތަކާއި ކުޅެމުންދެއެވެ. އޭނާއަށް ދެލޯ މަރާލެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލެވުނު އިރު އެނދުގެ މަގަތުގައި އިމްރާންގެ ޕަރީ އައިސް އިނެވެ. ހެވިފައެވެ.އިމްރާންއަށް ބަލަން އެ ޕަރީ އިނީ ވަރަށް ލޯބިގޮތަކަށެވެ. ފަހަތަށް ދޫކޮއްލެވިފައިވާ އިސްތަށިގަނޑު ފަންކަލުގެ ވައިން މަޑުމަޑުން ވިހުރެމުން ދާއިރު އެ މަޑުމަޑު އަތްތިލަ އެނދުމަތީގައި ޖައްސާލައިގެން އޭނާ އިނެވެ.  އިމްރާން ބޭނުންވީ އޭނާގެ ގަޔާލާ ޔަޝްމީ ފިއްތާލުމަށެވެ. އެ ރީތި ތުންފަތުން ޝަބްނަމްގެ ދެތިން ތިއްކެއްގެ ރަހަ ދެކިލުމަށެވެ.  އެ ޚިޔާލުތަކުގައި އޮއްވާ ލޯމަތިން ޔަޝްމީ ގެއްލުނެވެ. އިމްރާންއަށް ފާޑަކަށް ހެވުނެވެ.

ހަމަ އެވަގުތެވެ. ޔަޝްމީގެ ފޯނެއް އައުމުން އުފަލުން ފުރިފައިވާ އިމްރާން އަވަސް އަވަހަށް ފޯން ނަގާ ހަލޯ އޭ ބުނެލިއެވެ. އިމްރާނަށް އިވުނީ ޔަޝްމީގެ ލޯބިލޯބި އަޑުން ވޭނުން ފުރިފައިވާ ގޮތަކަށް ރޯ އަޑެވެ. އިމްރާން ހާސްވިއެވެ.

” އިމް…ރާން.. އަހަރެންނަށް މަޢާފްކުރޭ.. އަހަރެންނަށް ހިއެއް ނުވެ އިމްރާން އާއި އެކު އުޅެވޭނެ ހެނެއް. އަހަރެން ބިރުގަންނަނީ.. އަހަންނަށް ހީވަނީ ހިތަށްވެސް ބޭވަފާ ވެވޭހެން.. އިމްރާންގެ ހިތުގައި އަހަންނަށްޓަކާ ވާ ލޯބި ވަރުގަދަ ވުމުގެ ކުރިން އަހަރެން ބޭނުންންވަނީ މިކަންތައް ހުއްޓާލަން.. އަހަރެންނަކަށް ނޫޅެވޭނެ ރައްޓެހިވެގެންނެއް.. އަހަރެން އިމްރާން ދެކެ.. ލޯތްބެއް ނުވޭ… އަހަރެން އޮޅުވާލާކަށް ބޭނުމެއްނޫން..” ރޮމުން ރޮމުން ޔަޝްމީ ލަސްލަހުން ބުނަމުންދިޔައެވެ. އިމްރާންއަށް ފާރުގައި ބޯ ޖައްސާލެވުނެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

” އަހަރެން.. ޔަޝްދެކެ ވަރަށް ލޯބިވޭ! ޔަޝްއަށް ނޭނގުނަސް މިއީ ވަރަށް ވަރުގަދަ ލޯތްބެއް.. ނަމަވެސް އެންމެ ގަޑިއެއްހާ އިރަށްވެސް އަހަރެންގެ ޙަޔާތަށް ޔަޝް އައުމުން އަހަންނަށް މި ލިބުނު އުފަލަކީ ދެން އިތުރަށް ލިބޭނެ އުފަލެއް ނޫން.. އަހަރެންގެ ޙަޔާތުން ޔަޝް ދިޔަ ޔަސް އަހަރެން ހަނދާނެއް ނުނެތޭނެ.. ޔަޝް ކަންތައް ކުރަން ބޭނުން ވާގޮތަކަށް ކަންތައްކުރޭ! އަހަރެން ހިތްބަރެއް ނުން… ނިކް އާއި ނުލާ ނޫޅެވެންޏާ ޔަޝްއަށް ފެންނަ ގޮތަކަށް ކަންތައްކުރީމަ އަހަރެން ހިތްހަމަ ޖެހޭނެ..” އިމްރާން ފޯން ކަނޑާލިއެވެ. އޭނާ މިރޭ ވަރަށް ދެރަވެއްޖެއެވެ. ކުޑަކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޔަޝްމީ އޭނާގެ ލޯބިވެރިޔަކަށްވިއެވެ. ނަމަވެސް މިހާރު އޭނަ އެހުރީ މިނިވަން ވެފައެވެ. ނިކްގެ އަތްބަކަށް ވާނީ މާދަމާ ނޫން ކަމެއްވެސް ނޭނގެއެވެ. އިމްރާންގެ ހިތް ފުނޑުފުނޑު ވެއްޖެއެވެ.

********************

ޝަކީލާ ހުރީ ސިޓިންގ ރޫމުގައި ހިނގާލަ ހިނގާލައެވެ. ނިކް އައިސް ވަތްތަނާހެން އޭނާ ބާރު ހިނގުމުގައި ނިކް އާއި ދާދި ގާތުގައި ހުއްޓުނެވެ. ނިކް އައިލެއް ލަސްކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން އިތުރު ވާހަކަ ނުދައްކާ އޭނާ ބޭނުންވާ ކަންތަކާއިގެން އުޅުނެވެ.

” ދަރިފުޅަށް ލިބުނު ކާމިޔާބީއަށް މަމް ދޭން ބޭނުންވާ ހަދިޔާ މިއީ..” ޝަކީލާ ނިކްއަށް ދިއްކޮއްލީ ސިޓީ އުރައެކެވެ. ނިކް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ.

” މީ… ޓިކެޓެއް؟ ތައިލެންޑަށް؟ ” ނިކް ހައިރާންކަމާއި އެކު ބުނެލިއެވެ. ޝަކީލާ ހެވިފައި އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

” ހޫމ.. އަވަހަށް ފުރަންވީ….” ޝަކީލާ ހިނިތުންވެ ބުނެލިއެވެ. ނިކް ޓިކެޓް މޭޒުމަތީ ބޭއްވިއެވެ،

” ކަމޯން މަމް.. އަހަރެން ބޭނުމެއް ނޫނޭ ތައިލެންޑުން މީހަކާ އިންނާކަށް.. ރާއްޖޭގެ ކުދިން މާ ރަނގަޅުވާނެ..”

” ނުވާނެ ރަނގަޅެއް. ދަރިފުޅު ދެކެ ހަޤީޤީ ލޯބިވެގެނެއް ނޫން އެމީހުން އުޅޭނީ.. މުދަލާ ފައިސާއަށް އުޅޭނީ.. ދުވަސްކޮޅަކުން ދަރިޔަކު ލިބުނީމަ ގަދަ ކުރާނެ.. މަމް އަބަދުވެސް ބުނަމެއްނު ދަރިފުޅުދެކެ ލޯބިވާ ކުއްޖެކޭ މަމް ބޭނުންވަނީ…”  ޝަކީލާ ހިތްހަމަ ނުޖެހުމުން ނިކް އޭނާގެ ދެކޮނޑުގައި ހިފާ ޝަކީލާގެ މޫނަށް ބަލާލިއެވެ.

” މޯމް… އަހަރެންދެކެ ހަޤީޤީ ލޯބިވާ ކުއްޖަކު ފެނިއްޖެ…އަހަރެން ބޭނުންވަނީ އޭނަ.. އަހަރެން ބޭނުންވަނީ އޭނަޔާ ކައިވެނި ކުރަން…”  ލަސްލަހުން ނިކް ބުނަމުން ދިޔައެވެ. ޝަކީލާގެ މޫނުން ދުންބުރައިގެން ދިޔައެވެ،

” ވަޓް؟؟؟ ނިކް ހަމަ ހޭގަތަ ތިހުރީ؟  ކޯއްޗެއް ހަދަން ތިއުޅެނީ؟ ” ޝަކީލާ ރޯވަމުންދާކަހަލައެވެ. ނިކް ފުރަގަސްދިނެވެ. އަދި ކުޑަކޮށް މަންމަ އާއި ދިމާއަށް އެނބުރިލިއެވެ.

” އަހަރެންގެ ނިންމުމަކީ ރަނގަޅު ނިންމުމެއް.. އަހަރެންދެކެ ލޯބިވަނީ އޭނަ.. ޔަޝްމީ!! ” ނިކް ކޮޓަރިއަށް ވަނުމުން ޝަކީލާގެ ތުންގަނޑު ފުރުޅާލިއެވެ. އޭނާ ދެކޮޅަށް ހިނގަމުން ދިޔައިރުގައިވެސް ނެއްޓި ނެއްޓިގެން ދެއެވެ.

” އެބުނާ ޔަޝްމީ އަކީ ކާކުބާ؟ މަގޭ ނިކް އޭނާގެ އަވައިގަ ޖެހިގެން މިއުޅެނީ… ކޮންފަދަ ބޮޑު މުސީބާތެއް އަނެއް ފަހަރަށް މި ޖެހުނީ.. ޔަޝްމީ!! އައި ވިލް… އައި ވިލް ކިލް ޔޫ… “

ދެ ދަތްޕިލާ ޖައްސާ ބާރުކޮއްގެން ހުރެ އޭނާއަށް އެހެން ބުނެވުނު އިރު މީހާ ހުރީ އަނދަ އަނދާ އަޅިއަށް ވާވަރު ވެފައެވެ،

********************

އިމްރާން ހުރީ ޔަޝްމީގެ ކުރިމަތީގައެވެ. ޔަޝްމީގެ އެދުމަކަށް ބައްދަލް ކުރަން އައިހެވެ. ދެމީހުންގެ ލޮލުންވެސް ފެންނަމުންދަނީ ބުނަން ނޭނގޭ ކަހަލަ އަސަރުތަކެކެވެ.

“ކީއްކުރަން އަންނާށޭ ބުނީ؟ ” އިމްރާން އާދައިގެ ގޮތަކަށް އެހީ ވަރަށް ކެތްތެރިވެ ހުރެއެވެ. ޔަޝްމީ އިސްޖަހާލިއެވެ. އަދި ވަޔާ ވިހުރެމުންދިޔަ އޭނާގެ އިސްތަށިގަނޑު އެއްފަރާތް ކޮއްލަމުން އޭނާ ފުރަގަސްދިނެވެ. ސިއްރު ސިއްރުން ލޮލުން ފައިބަން އައި ކަރުނަތައް ފޮހެލިއެވެ.

” އެރޭ އަހަރެން އިމްރާން އާއި އެގޮތަށް ވާހަކަ ދެއްކުނީތީ މަޢާފަށް އެދެން.. އެކަމަކު އެރޭ އަހަރެން އެގޮތަށް އެހެން ބުނީ އެއީ އަހަރެންގެ ހިތުގެ ޙާލަތުކަމަށްވާތީ.. އެކަމު ދެން އަހަރެން އިމްރާން ދެރަކުރާކަށް ބޭނުމެއްނޫން.. އަހަރެން ބޭނުން އިމްރާން އާއި ގުޅެން… ” ޔަޝްމީ އެދައްކާ ވާހަކަ ތައް ޤަބޫލުކުރަން އިމްރާންއަށް ދަތިވިއެވެ.

” ތިބުނަނީ ކީކޭ ކަމެއް ނުވިސްނުނު؟ “

” އަހަރެން ނިކްދެކެ ވަރަށް ލޯބިވަން.. އަދިވެސް ވަރަށް ވަރަށް ލޯބިވަން.. އެކަމަކު އަހަރެން ނިކް ބޭނުމެއްނޫން… އަހަރެން ދެން އިމްރާން ދެރައެއް ނުކުރާނަން ދުވަހަކުވެސް.. އަހަރެން ބޭނުންވަނީ އިމްރާން… ޕްލީޒް.. އަހަންނަށް އެއް ފުރުސަތުދީ..” ޔަޝްމީ ދެވަނަ ފަހަރަށް އިމްރާންއަށް ހުށައެޅިއެވެ. މިފަހަރުވެސް މޮޔަވެފައިވާ އިމްރާންގެ ހިތް ޔަޝްމީގެ މައްޗަށް ލެނބުނެވެ.

” އަބަދުވެސް ޔަޝްއަށްޓަކައި އަހަރެން މިހުރީ.. އެހެންވެ އަހަރެން ޔަޝްއަށް ފުރުސަތު ނުދޭންވީ ކީއްވެ؟ ” އެ އަޑުން ޔަޝްމީއަށް ލޯ މަރާލެވުނެވެ. ހިތް ޒަޚަމްވިއެވެ. މޭ ވިރިގެން ފޭބިއެވެ. އޭނާ ހިތައް އެރިއެވެ. މިފަދަ އިމްތިހާންތައް ދެކެން ދުނިޔެއަށް ނައި ނަމައެވެ. ދެވަނަ ފަހަރަށް ޔަޝްމީ އިމްރާން އާއި ގުޅުނީ ހިތާއި ނަފްސުވެސް އެކަމަށް އިންކާރު ކޮށްކޮށް ހުއްޓައެވެ.

އިމްރާން ޔަޝްމީ ގޮވައިގެން އިމްރާންގެ ގެއަށް އައި ބޭނުމެއް ޔަޝްމީއަކަށް ނުވިސްނުނެވެ. އިމްރާން އުފަލުން ހުރެ ކޮޓަރިއަށް ވަތް އިރުވެސް ޔަޝްމީ ހުރީ ސިޓިންގރޫމްގައެވެ. އޭނާގެ މޫނުމަތިން ދޭހެވަނީ ހާސްކަމެވެ. ގަދަކަމުން ހިނިތުންވެފައި ހުއްޓަސް އޭނާއަށް ރޮވެން އުޅޭގޮތްވިއެވެ.

އިމްރާން ފުރަގަހަށް އަތްލައިގެން އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. ނޭނގޭފަދަ ގޮތަކަށް ޔަޝްމީ ބަލަމުން ދިޔައެވެ. އިމްރާން ހިނިތުންވުމާއި އެކު ޔަޝްމީއަށް ދިއްކޮއްލި ރަތްކުލައިގެ ފިނިފެން މަލުން ޔަޝްމީގެ ހިތައް ވަރަށް ތަދުވިއެވެ. އޭގައި ހިފަން ބޭނުން ނުވި ނަމަވެސް އޭނާ އެ މަލުގައި ހިފީ ހިތް އިންކާރު ކޮށްކޮށް ހުއްޓައެވެ.

އިމްރާންއެވެ. އަހަރެންގެ އިންކާރުތައް އިޤްރާރަށް ބަދަލުކުރަން މަސައްކަތް ނުކުރާށެވެ. ތި މާ ލޯބިން ގެންގުޅޭނެ ހިތްވަރެއް މި ހިތަކު ނެތެވެ. އަހަރެންގެ ހިތަށް އަހަރެން ބާރު ފޯރުވަނީ މަޖުބޫރުވެގެންނެވެ.އަހަރެންނަކީ މިޔަދު އަމިއްލަ ނަފްސަށްވެސް ބާރު ފޯރުވޭނެ ޙާލަތެއްގައި ހުރި މީހެއް ނޫނެވެ. އަހަރެންމިވަނީ ލޯބީގާ މާޔޫސްވާން ޖެހިފައެވެ. ބޭނުންވި ލޯބި އަހަރެންނަށް ދުވަހަކުވެސް ލިބުމެއް ނެތެވެ.

އިމްރާން މާ ދިނުމުން ޔަޝްމީ ހިނިތުންވިއެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އިމްރާންގެ ހިތް އުފަލުން ނަށަނީއެވެ. އެތައް ދުވަހެއް ވަންދެން ދޭން ބޭނުންވެފައިވާ އެ ހަދިޔާ ލޯބިވާއަށް ދެވުމުންނެވެ.

އެދުވަހު ގެއަށް އައިސް ޔަޝްމީ ރުއީއެވެ. މަލަށް ބަލަން އޮވެގެން އޭނާ ކަރުނަ އޮހޮރަމުންދިޔައެވެ. އެއީ އިމްރާންގެ އުއްމީދެވެ. އެމަލުގެ ފިޔަތައް ހަލާކުކޮށްލާކަށް ޔަޝްމީ ބޭނުމެއް ނޫނެވެ. އޭރުން ދެވަނަ ފަހަރަށްވެސް ހިތާމަ ލިބޭނީ ޔަޝްމީއަށެވެ.

****************************

ނިކްއަށް ގުޅުނު ޢަދަދެއްވެސް ދީނާއަކަށް ނޭނގެއެވެ. އިމްރާން އާއި ކުރިމަތި ލުމަކީވެސް ދީނާއަށް ފަސޭހަކަމެއް ނޫނެވެ.

“ދީނާ!..” މަޑުމަޑުން ކޮޓަރިން ނުކު ވަގުތު އިމްރާން ގޮވާލިއެވެ. ދީނާ ހުއްޓުނެވެ. އިމްރާން އައިސް ދީނާގެ ކުރިމަތީގައި ހުއްޓުނެވެ.

” މަކަރާއި ހީލަތުން އެއްވެސް މީހަކަށް ކަމެއް ކާމިޔާބެއް ނުކުރެވޭނެ… އެކަން ހަނދާންކުރާތި..!” އިމްރާން ރުޅިއައިސްފައި ހުރުމުން ދީނާއަކަށް މަޑަކުން ނުހުރެވުނެވެ.

” ޔަޝްމީއަށްޓަކައި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުންވެސް ކަނޑާލަންދޯ ތިއުޅެނީ.. މާދަމާ ޔަޝްމީ ހިނގައިދާނެ.. ދެން ވެސް އަންނަން ޖެހޭނީ އާއިލާ މީހުންގެ ކައިރިއަށް.. ލޯބިވެރިޔާއަށް ނޫނީ އަނބިމީހާއަށްޓަކައި އާއިލާ ދޫކޮއްލުމަކީ ރަނގަޅުކަމެއް ނޫން… މިޔަދުން ފެށިގެން އަހަރެން ބޭނުމެއްނޫން މިގޭގަ ހުންނާކަށްވެސް.. އަހަރެންނަށް އެނގޭ ޔަޝްމީ ބޭނުންވަނީ އަހަރެންނާ އެހެން އެންމެން ޖައްސުވަންކަން… އޭނަ ކައިރީގަ ބުނޭ އެކަން ވަރަށް ރަނގަޅަށް ވެއްޖެޔޭ.. ” ދީނާ ކޮޓަރިއަށް ވަދެ ބާރުބާރަށް ދޮރުޖެހީ އިމްރާންއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދީއެވެ. އިމްރާން ވަރަށް ކަންބޮޑުވިއެވެ. ދީނާ ކަންތައް ކުރަން އުޅޭގޮތެއް ނޭނގޭތީއެވެ. އިމްރާން ދޮރުމަތީގައި މަޑުކޮށްގެން ހުއްޓާ ދީނާ ދަބަސް ހިފައިން ނުކުތެވެ.

” ކޮންތާކަށް ދާން ތިއުޅެނީ؟ ” އިމްރާން ރުޅިގަދަވެފައި އެހިއެވެ. އިމްރާން އެހާބޮޑަށް ރުޅިއައިސްފައިހުރި ފުރަތަމަ ފަހަރުކަމުން ދީނާވެސް ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް އޭނަ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.

” ރަށަށް މިދަނީ…. ކަލެއަށް ނޯކިރީ ކޮށްދޭން ދެން އެއްވެސް އިރަކު މިތާ ހުންނާކަށް ބޭނުމެއްނޫން.. ޔަޝްމީ ގެންނަންވީނު ގެއަށް..” އިމްރާންގެ އަތް ފޮޅުވާލުމުންވެސް އިމްރާން ދީނާގެ އަތުގައި ހިފިއެވެ. ޔަޝްމީ އޭ ކިޔައިގެން އެ ދެއްކި ވާހަކަ ތަކަށް އެއްވެސް ޖަވާބެއް ދޭކަށް އިމްރާން ބޭނުމެއް ނޫނެވެ. އޭރުން ދީނާ އިތުރަށް ރުޅިގަދަވެ އަތުން ފައިން ގޯހެއް ހެދުން އެކަށީގެންވެއެވެ.

” ރަށަށް ގޮސް ކޮންތާކު ހުންނަން.. ބޮޑުދައިތަ ގެއަށް ގޮސް އެތާ ހައިޖާނު އުފައްދަން އެތަނަށް ދާނެކަމެއްނެތް.. މާ ރުޅިގަދަ މީހަކަށް ވެގެން ހަޅޭއްފަޅޭއް މިޖަހަނީ ބަލަ މީ ކަލޭގެ ބޭބެ އޭ.. އިހުތިރާމް ކޮއްބަލަ! މީހަކާ އިނދެގެންވެސް ނޫޅެވޭނެ ތިހެން އުޅެންޏަކާ… ތި ގޮތްގަނޑު ދޫކޮއްލާފަ ވިސްނާލަބަލަ ” އިމްރާން އިތުރަށް ރުޅިއަންނަމުންދެއެވެ.

” މިހާރު އަހަންނަށް ބަދު ދުޢާވެސް ކުރީތަ؟ އަހަރެން މިބުނަނީ ކަލެއަކަށްވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ..ބަލަން ހުންނާތި.. އަހަރެން ރަށަކަށްވެސް ނުދާނަން.. އަހަރެން އުޅޭނީ ކަލޭމެން އެންމެންނަށްވުރެން މާ އަރާމުގަ،.. މާ އުފަލުގަ.. އަހަރެން ކޮބާތޯވެސް ނުބަލާތި.. ތީ މަގޭ އެއްބަނޑު އެއްބަފާ މީހެއް ނޫން.. ” ދީނާ އަތްފޮޅުވާލަމުން ލޭގެ ގުޅުން ކެނޑުމަށްފަހު ހިނގައިގަތެވެ.

އިމްރާން ހުރީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތް އަވަސް ވެފައެވެ. ދުނިޔޭގައި އާއިލާގެ މީހަކަށްވެސް ހުރި ކޮއްކޮ ވަކިވެގެން ދިޔައީއެވެ. އެއްފަރާތުގައި އިންތިހާއަށް ލޯބިވި ޔަޝްމީއެވެ. އަނެއްފަރާތުގައި ލޯބިވާ ކޮއްކޮއެވެ. ނަމަވެސް އޭނަ އިމްރާން ދޫކޮއްފައި އެ ދިޔައީއެވެ. އިމްރާން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ.

” ބުނެބަލަ ކީއްވެގެންތަ ދީނާ ދިޔައީ؟ ” ޔަޝްމީ ތަކުރާރުކޮށް އިމްރާންގާތު އަހަމުންދެއެވެ. ފޯނު އަތުގައި ހަރުލަނީ ކިރިޔާއެވެ. އިމްރާންގެ އަޑުން އޭނާ ކިތަންމެހާވެސް ދެރަވެފައިވާކަން އެނގެއެވެ.

” ނޭނގެ… އޭނަ ދާން ބޭނުންވީމަ އެ ދިޔައީ… ” އިމްރާން އަޑު ބެދުނެވެ. އޭނާ އެ ކަންތައްގަނޑު ޔަޝްމީއަށް ސިއްރުކުރަން ބޭނުންވީއެވެ. ޔަޝްމީ ދެކެ އައި ރުޅިން އިމްރާންއަށް އެއްޗެހި ކިޔާފަ އިމްރާން ދޫކޮއްލާފަ ދީނާ ދިޔައްޔޭ ބުނަން ކެރޭނީ ކިހިނެތް ހެއްޔެވެ؟ ޔަޝްމީ ބޭނުންވީ އިމްރާން ކައިރިއަށް ދިޔުމަށެވެ. ނަމަވެސް އިމްރާންގެ ބައިވެރިއަކަށް ވެވިފައި ވުމުން އޭނާ ދާން ބޭނުމެއް ނުވެއެވެ. މިހާރު ދިޔަޔަސް އިމްރާން އޭނާގެ ލޯބި ބޭނުންވާނެއެވެ. ނިކް ނޫނީ އެހެން އެއްވެސް މީހެއް ޔަޝްމީ އަދިވެސް ބޭނުމެއް ނުވެއެވެ. ޔަޝްމީ ވިސްނާލުމަށްފަހު ބުނެލިއެވެ.

” ދީނާ އަދި ވިސްނިގެން އަންނާނެ.. ތިހާވަރަށް ހާސްނުވޭ… ދެން ނިދާލާ!” ޔަޝްމީ ބޭނުންވީ ފޯން ބާއްވާށެވެ. ނަމަވެސް އިމްރާން އެ ޗާންސެއް ނުދިނެވެ.

” ނޫން… ޔަޝްމީއަށް އާދެވިދާނެތަ މިގެއަށް؟ “

” ތިގެއަށް؟ ނޫން… އެއީ.. މިވަގުތު ވަރަށް ބިޒީ.. އެހެންވެ.. ދެން އެހެން ފަހަރަކުން ދާނަން..” ޔަޝްމީ އޮޅުވާލިއެވެ. އިމްރާން ދެލޯ މަރާލީ އެއީ ދޮގެއްކަން އެނގޭތީއެވެ.

” ޔަޝް އަހަރެންނާ ތި ގުޅުނީ އުޅެން ބޭނުންވާތީތަ ހަމަ؟ “އިމްރާންގެ ސުވާލުން ޔަޝްމީ ހުއްޓުން އެރިއެވެ.

” އޭނ.. އާނ.. ބޭނުން” ޔަޝްމީ ދޮގު ހެދިއެވެ.

” ޔަޝް ނިކް ދެކެ ވަރަށް ލޯބި ވެއެއްނު.. ދެން ކީއްވެ އަހަންނާ ރައްޓެހިވާން ދެވަނަ ފަހަރަށް ބޭނުންވީ ؟ އެރޭ އަހަރެންގެ އަތުގައި ހިފީ ދީނާ އާއި ނިކްގެ ގުޅުން ރޫޅިދާނެތީކަން އެނގޭ.. އެކަމު މިހާރު އެނގިއްޖެ އެއްނު ދީނާ އާއި ނިކްވެސް ރުޅިކަން.. އަދި ނިކް ޔަޝް ބޭނުންވާކަންވެސް.. ދެން ކީއްވެ އަލުން އަނެއްކާ އަހަރެންގެ ކައިރިއަށް ތިއައީ؟  ” އިމްރާންގެ ސުވާލުތަކުން ޔަޝްމީ ދެރަވަމުންދިޔައެވެ. ބޭނުންވަނީ ނިކް އޭ ބުނެފާނަމޭވެސް ހިތައް އެރިއެވެ.

” އިމްރާން އާއި އެކު އުޅެން ބޭނުންވާތީ …ދެން އެވާހަކަ އަބަދު ނާހަބަލަ ޕްލީޒް… ” އޭނާ ފޯން ބޭއްވުމަށްފަހު ވިސްނަން އޮވެވުނެވެ.

މާގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ފޯނެއް އައެވެ. އެ ނަންބަރު ފެނުމާއި އެކު ޔަޝްމީގެ މޫނުމަތި އުޖާލާވިއެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ.

” ޕްލީޒް….” އެ އަސަރުގަދަ އަޑުން ޔަޝްމީގެ ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ.ނޫނެކެވެ. މިހެދުނީ ގޯހެކެވެ. އިމްރާންއަށް އޮޅުވާލެވިގެން ނުވާނެއެވެ. ނިކްގެ ފޯނަށް ޖަވާބު ދެވިގެންވެސް ނުވާނެއެވެ.

” ޕްލީޒް ޔަޝް.. އަހަރެންނަށް ނޭނގި ނަމަވެސް ޔަޝްދެކެ ލޯބި ވެވިއްޖެ.. ޕްލީޒް އާދޭ..” އެ ޖުމުލައިން ތުރުތުރު އަޅާ އަތަކުން ފޯން ހިފަހައްޓައިގެން ހުރި ޔަޝްމީގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޔަޝްމީ ގިސްލާފައި ރޮމުންދާ އަޑުއަހަން ނިކް ހުރީ މާޔޫސްވެފައެވެ.

” ޔަޝް ލޯބިނުވާއިރު އިންމަ އާއި ގުޅުނީ ކީއްވެ؟ ” އެ ޖުމުލައިން ޔަޝްމީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

” ނިކް…. ” ޔަޝްމީގެ ތުންފަތް ހަރަކާތްކޮއްލިއެވެ. ނިކް ހުރީ ޔަޝްމީ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

” ނިކް!! އިމްރާން އަހަރެންދެކެ ލޯބިވާކަން އެނގި، އަހަރެން އިމްރާން އާއި ގުޅުނުކަން އެނގުމުންވެސްއަހަރެން ގާތު ލޯބިވާ ވާހަކަ ތި ބުނަނީ ކީއްކުރަން؟ އަހަރެންގެ ގާތް ރަހުމަތްތެރިޔާއަށްޓަކާ ހިތުގެ ލޯބި ސިއްރު ކޮށްގެން ރޮއިލަ ރޮއިލާ ހުރިން.. ނިކް އޭނަ އާއި ރައްޓެހިވެގެން އުޅޭތީ ތި ގުޅުމަށް ހުރަސް އަޅަން އަހަރެން ބޭނުން ނުވީ.. އެކަމު… އިމްރާންގެ ލޯބި އޭނަގެ އަތުން ފޭރިގަންނަން ނިކް ބޭނުންވަނީ ކީއްވެ؟ އަހަރެމެން ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމައިފިން.. މިހާރު މާބޮޑަށްވެސް ލަސްވެއްޖެ!! ”

ޔަޝްމީ ފޯން ކަނޑާލިއެވެ. އަދި ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ނިކް ދަތްކުނޑި ވިކައިގަތެވެ. އޭނާ އާއި އިމްރާން އެއްކޮށް ނަގާފައި ހުރި ހުރހާ ފޮޓޯތަކެއް ވީދާ ކުދި ކުދި ކޮއްލިއެވެ.

ޔަޝްމީ ކައިވެނި ކުރަން ބޭނުން ނުވާއިރުވެސް އެހެން ބުނެ ނިކް ދެރަކޮއްލީ ކީއްވެބާވައެވެ؟ އިމްރާންއަށްޓަކައި އަމިއްލަ ލޯބި ޤުރުބާން ކުރާ ވަރުގެ ކަމެއް އިމްރާން ކޮއްފައި އޮތީހެއްޔެވެ؟

ޔަޝްމީ އެނދުމައްޗަސް ބަންޑުން ވެއްޓިގަނެގެން އޮވެ ގިސްލަމުންދެއެވެ،

” … އަހަރެން އިމްރާންދެކެ ލޯތްބެއް ނުވޭ .. ކުޑަކޮށްވެސް ނުވޭ! އެކަމަކު…. އަހަރެންނަށް މި ނޫންގޮތެއް ނެތް… އަހަރެންނަށް މަޖުބޫރު.. އަހަރެން ކިތަންމެހާވެސް ބޮޑަށް ނިކް ބޭނުން.. މިހާރުވެސް ބޭނުން.. ނިކްގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ އަހަރެންގެ ހިތުގައި އެޅެމުންދާ ލޯވަޅެއް… އެކަމަކު އަހަރެންނަކަށް ނެތް އެ ލޯބި ޤަބޫލު ކުރެވޭކަށް..”

ޔަޝްމީއަށް ރުޔުން ނޫން އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ.

************************

ނިކް ތައިލޭންޑަށް ފުރީ ޔަޝްމީ މަތިން ހަނދާން ނައްތާލުމަށެވެ. ނަމަވެސް އެއީ އޭނާއަށް ވާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނިކްގެ ހުރިހާ އުފަލެއް ވަޅުލެވުމުން، ނިކް މިހާރު ހުރިހާ ކަމެއްވެސް ކުރަނީ ޝަކީލާގެ އެދުމަށެވެ. ޝަކީލާގެ ކޮންމެ ބަހަކަށް ވިސްނާ ނުލާ ނިކް ޢަމަލުކުރަމުންދަނީ ދުނިޔެމަތިންވެސް ފޫހިވާތީއެވެ. ހެވިފައި ހުރެ ޝަކީލާ އޭނާގެ ނިންމުންތައް ނިންމަމުން ދާއިރު މައުސޫމު ޔަޝްމީ ކުރާނެ ހިތާމަ ޝަކީލާއަށް ނުވިސްނެނީބާވައެވެ؟ ނޫނީ އޭނާގެ ލޯބިވާ ދަރިފުޅު ކަރުނައިގެ ތެރޭގައި ފީނަމުން ދާއިރުވެސް ބަލަން ކައިރީގައި ހުންނަނީ ހެއްޔެވެ؟

ގެސްޓް ހައުސްއަކުން ރޫމެއް ހޯދުމަށްފަހު ނިކް އަވަސްވެ ގަތީ އަރާމުކޮއްލުމަށެވެ. ހިތުގައިވާ އުދާސްތައް ފިލުވާލާ، ސިކުނޑީގައިވާ ހޫނުކަން ފިނިކަމަށް ބަދަލުވޭތޯއެވެ. އޭނާ ކިތަންމެ ހިތް ނޭދުނު ނަމަވެސް ޔަޝްމީގެ ހަނދާންތަކާއި ދުރަށްދާން މިޔަދު މަޖުބޫރުވެއްޖެއެވެ. އިމްރާން އާއި ޔަޝްމީގެ ދެމެދަށް ވަނުމަކީ ނިކްއަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ދުވަސް ނިމިގެން ދިޔައީވެސް އެތާ އެގޮތަށް އޮއްވައެވެ. ފެންވަރާލައިގެން ބޭރަށް ނުކުމެލީ އަނެއްކާވެސް ހިތްހަމަ ޖައްސާލުމަށެވެ. އެހެނަސް ޔަޝްމީގެ ހިޔާލުތައް ސިކުނޑީގައި އެނބުރެމުންދާހާ ހިނދަކު ނިކްއަށް އަރާމެއް ނުލިބޭނެއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއްވެސް ލިބުމެއްނެތެވެ. އަތުގައިވާ ރެޑްބުލްދަޅު ބަނޑިބަނޑިކޮއްލުމަށްފަހު ކައިރީގައި ހުރި ޑަސްބިނަށް ވައްޓާލިއެވެ. ނިކް ދަތުރުކުރަމުންދާ މަންޒިލަކީ ކޮބާކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ދުއްވާ އެއްޗެހި ގިނަ ބައިބޯ މަގުތައް މިވަނީ ކުލަކުލައިން ދިއްލާލާފައެވެ. ޕާކުތަކުގައި ޖޯޑުޖޯޑަށް މީހުން ތިބޭއިރު ބައެއް ހިސާބުތަކުގައި މާ ވިއްކާ މީހުން ތިބެއެވެ. ނިކްއަށް ހުއްޓިފައި ހުރެވުނީ އެ ހިތްގައިމު މަންޒަރުތައް ބަލާށެވެ. ނަމަވެސް އެ މަންޒަރު ތަކުންވެސް ފިއްސަމުންދަނީ އޭނޭގެ މެޔެވެ. ކިތަންމެ ނޫނެކޭ ހިތް ބުނަމުން ދިޔަ ނަމަވެސް ނިކްއަށް ޔަޝްމީދެކެ ހަޤީޤަތުގައިވެސް ލޯބިވެވިއްޖެ ކަމުގައި އޭނާގެ ސިކުނޑި ޤަބޫލުކުރެއެވެ. އާނއެކެވެ. ލޯބި ނުވެވޭނަމަ ޔަޝްމީގެ ހިޔާލުތަކުން އެ ދެލޮލުން ކަރުނައެއް ނައީހެވެ. މި ހިތްގައިމު މަންޒިލުން ހިތައް ހަމަޖެހުން ލިބުނީހެވެ. މި އަރާމު ދިރިއުޅުމަކީ ހިތްހަމަޖެހުންކަމުގައި ވީހެވެ. ނަމަވެސް ނިކްގެ ހަމަޖެހުން ވަނީ އޭނާ ދޫކޮށްގޮހެވެ. ނިކްއަށް ހީގަނެވުނެވެ. ވަށައިގެންވާ ހުރިހާ އެއްޗެއް އޭނާއަށް މައްލަވަކުރަމުންދެއެވެ.

” އަހަރެންނަށް އަސްލުވެސް ލޯބިވެވިއްޖެ.. ޔޭސް.. އައި އެމް އިން ލަވް…   އައި ލަވްޔޫ ޔަޝްމީ،،،،،،،،،” ހުރިހާ އެންމެން ސިހިގެންދާވަރަށް ނިކް އަޑުގެ ކޮޅަށް ގޮވާލިއެވެ.

*********************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 6 ވަނަބައި

Next

ލަފްޒު (ފުރަތަމަބައި)

Next
February 12, 2014

ލަފްޒު (ފުރަތަމަބައި)

Previews
February 11, 2014

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 6 ވަނަބައި

22 Comments!

  1. na says:
    February 11, 2014 at 10:01 pm

    wow v v salhi, yash ah haadha dhera ey thiva goi…alhe nik ai yash gulhuvaba..v romantic vaane ehen heevane nimey iru hehe……waiting for next part…

    1. Salaa says:
      February 13, 2014 at 3:20 pm

      hehehe vaahakaiga vaane goiy balan hama kiyaathi nimendhen ves… nik n yash ah vaane gotheh ves adhi neynge ehnu.. ok wait kollaaaa thank u

  2. lonely angel says:
    February 12, 2014 at 7:18 am

    v nice waitin 4 next part

    1. Salaa says:
      February 13, 2014 at 3:19 pm

      thankcxxxxx angel.. keep waiting

  3. na says:
    February 12, 2014 at 12:12 pm

    kn iraku anehbai up kh dheyni…waiting for next part…….i love this story,,,,and i love all story of u…..

    1. Salaa says:
      February 13, 2014 at 3:18 pm

      thank u Na… thank u soooo much

  4. ރީމް says:
    February 12, 2014 at 5:39 pm

    މި ސައިޓްގެ އެޑްމިންއަކީ ކޮންބޭފުޅެއްތޯ؟

    1. Salaa says:
      February 13, 2014 at 3:17 pm

      Arif..

  5. shana says:
    February 13, 2014 at 1:14 pm

    !!!!Mi part ves v reethi. awahah aneh bai up kohladhyba

    1. Salaa says:
      February 13, 2014 at 3:16 pm

      thanks deear….. yes yes anehbai avas kurany

  6. na says:
    February 13, 2014 at 2:21 pm

    koba story..waiting for next part..salaa koba? knthaku thiulheny…..salaa ge enves khabareh ves nuvey…salaa good tha anehkaa

    1. Salaa says:
      February 13, 2014 at 3:15 pm

      mioh ulheny…. insha allah v gud.. vaahaka maa bodah lasveetha anekkaa.. haadha haasvefa Na..

  7. amaany says:
    February 13, 2014 at 3:56 pm

    yaah maabadh ves lasvehje
    avahahaneh part up kohbala salaa
    plxxxxxxx
    maa gina dhuvas nuvanees up kuraane kamah unmeedhu kuuran
    miadhu up kurevenyaa up kurahchey salaa
    I LOVE THIS STORY ALOT
    🙂
    THIS IS AN INTERESTING STORY SALAA 😀

    1. Salaa says:
      February 14, 2014 at 4:12 am

      thank u amny… mihaaaaru dhen up vee.. kiyaaaalaaaaa

  8. ainy says:
    February 13, 2014 at 3:58 pm

    cant wait any longer
    plxxxx upload the next part salaa
    plxxxxxxxxxxx

    1. Salaa says:
      February 14, 2014 at 4:10 am

      sory dear maa bodah late veema… dhen ekam mihaaru up kohfin

  9. me says:
    February 13, 2014 at 4:21 pm

    waiting waiting waiting waiting,,,, koba next

  10. shiny says:
    February 13, 2014 at 5:10 pm

    salaa alhe bunedhy faanantha laaragevaahaka.blogspot.com in beynunvany yaara kiyeyne gotheh
    when i try to enter that blog i fail evry time
    🙁
    they says to log in
    but when i log in they says that the permision denied
    and i have to send a request to get a request from them to read the stories from that blog
    will you please help me salaa
    🙁
    atleast email kuran jehey faraathuge email id dhinas okkkkkk
    ehen gotheh hadhaidhinas ok
    but i just want to read that story from that blog
    help me plx salaa
    if u would help me, i would be v v v v very thankful to you

    1. Salaa says:
      February 14, 2014 at 4:08 am

      ސޮރީ ޝައިން… މީއަށް ދެންމެ މި ކޮމެންޓް މި ފެނުނީ… ބަލާލަން އެބަ؛؛ މީ އެއް އަދި ނުދެކެން ތިބުނާ ވާހަކައެއް.. އަދި ލާރާގެ ވާހަކަ އެއްވެސް… ބަލާލާފަ ވަންޏާ އެފްބީ އައިޑީއަށް މެސެޖް ކޮއްލާނަން އިނގޭ

  11. shiny says:
    February 13, 2014 at 5:12 pm

    not only salaa
    anyone that would like to help me

  12. na says:
    February 13, 2014 at 6:39 pm

    i thought miadhu story up vaane kaman…v kiyaa hithun mi innanee ves…reyga ves ragalhakah nunidhey hama story ai dheytherey vissnene…plx make it fast salaa….

    1. Salaa says:
      February 14, 2014 at 4:09 am

      hehehe na.. finalllly uploaded..

Comments are closed.

Next Episodeހިތް މި އެދޭ ސޫރަ އޭ ތީ މަގޭ 8 ވަނަ ބައި←


All Right Reserved!