Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް -17

Xeesh Level 110 Stories
October 25, 2017 3 Mins Read
9 Comments

” އީލާމް ހިނގާ ގެއަށް ދާން ، މިހާރު ކޮން އިރެއް ކޮއްޅަށް ހުންނަތާ ، ތިހެން ހުންނާކަށް ނުވާނެ ” އަބީ އީލާމް ގޮވައިގެން ގެއަށް ދިއުމަށް ބޭނުންވިއެވެ. އީލާމްވެސް އާނއެކޭ ބުނާފަދައިން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ފުން ނިންޖަކަށް ދެމީހުންވެސް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހެނދުނު އިރު އެރީ އިލާމް އާއި އަބީގެ ފޯނަށް ހޮސްޕިޓަލުން ގުޅަން ފެށުމުންނެވެ. އީލާމް އާއި އަބީ ތައްޔާރުވެލައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. “އަހަންނެއް ނޫޅެން ، ތި ކުއްޖާގަނޑަކަށް ކައިރިން ދޭކަށް، ބަނޑުހައިވެގެން މަރުވެދާނެއެއްނު ، މަށަށް ކޮން ކަމެއް ” އަލީޒާގެ ރަހުމް ކުޑަ ބަސްތަކުން އީލާމް އާއި އަބީއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އަލީޒާއަށް އީލާމް އާއި އަބީ ފެނުމުން ނަރުސް ކުއްޖާ އާއި ދިމާލަށް އެނބުރިލާފައި ބުނެލިއެވެ. ” އެހެރީ އޭނާ ބަލައި އައިސްސަ ، އަވަހަށް ގެންދާށޭ ބުނޭ … މަގޭ ބޯ ހަލާކު ” . ނަރުސް ކުއްޖާއަށް ވެގެން އުޅޭ ގޮތް ކުޑަކޮށް ރެއަކާ ލުމުން އޭނާ އަލީޒާ ކައިރީ ދަރިފުޅު ފަހުން ގެންނާނޭ ކަމށް ބުނެ ދަރިފުޅު ގޮވައިގެން ކޮޓަރިން ނިކުތެވެ. އީލާމް ނަރުސް ކުއްޖާގެ ފަހަތުން ހިނގައި ގަތުމުން އަބީ އަލީޒާ ކައިރިއަށް ދިޔައެވެ. ” އަލީޒާ ކިހިނެއް ވެގެން ތި އުޅެނީ ، އަހަރުމެން ދެ މީހުންނަކީ ކޮލެޖުން ފަށައިގެން ދެ ރަހުމަތްތެރިން އެކަމަކު އަލީޒާ ހީވަނީ ދެންމެ ލޯ ދުށް ބަޔަކު ފަނިގެން އުޅޭ ހެން ، އަހަރެން ހިޔެއް ނުކުރަން އަލީޒާ ތިހާ ރަހުމް ކުޑަ ވެދާނޭ ކަމަކަށް ” އަބީގެ ޖުމްލަތަކުން އަލީޒާ ދިޔައީ އިތުރަށް ރުޅިގަދަވަމުންނެވެ. ” ހަމަ މިހާރު އަބީ ދޭ މިތަނުން ، ދެން ދުވަހަކުވެސް މަގޭ ކުރިމައްޗަށް އަރައިގެން ނުވާނެ ތި އަންހެނާ ގޮވައިގެން ” އަލީޒާ ގެ ރުންކުރު ބަސަތަކުން އަބީ އިތުރަށް އޭނާއާއި ވާހަކަ ނުދައްކަން ގަސްތުކޮށް ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ. ” އަބީ އަހަރެން ދިޔުމުގެ ކުރިން އީލާމް އެއްބަސްވި ގޮތަށް އަހަރެންގެ އެކައުންޓަށް ލާރި ޓްރާންސްފަރ ކުރާތި ” އަލީޒާ އެހެން ބުނެލުމުން އަބީ އާނއެކޭ ކިޔާފައި ހިނގައިގަތެވެ.އީލާމް ހޮސްޕިޓަލްގެ ފޯމް ތަކުގައި ސޮއި ކުރަމުން ދިޔައިރު ، އަލީޒާ ލައްވާ ސޮްއި ކުރުވަން ހަނދާން ނެތިފައިވާ ލިޔެ ކިޔުން ތަކެއް ހުއްޓެވެ. އެހެންކަމުން އީލާމް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްފަހު އަލީޒާ ގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

އޯޝަން ހައުސްއަށް އީދެއް އައި ފަދައެވެ. އީލާމް ތުއްތު ތުއްތު ދަރިފުޅު އުރައިގެން ގެއަށް ވަދެގެން އައިރު އަބީގެ ކޮނޑުގައި ވަނީ ދަބަސްތައް އަޅުވާލެވިފައެވެ. ގޭގައި އުޅޭ ހުރިހާ ނޯކަރުން އެއް ސަފަކަށް ޖަމާވެފައިވަނީ އީލާމް ގެ އަތުގައި އޮތް ކުއްޖާ ބަލާލުމަށެވެ. އީލާމް އެންމެނާ ކައިރިވެލުމަށްފަހު ދަރިފުޅު ދައްކާލިއެވެ. އަބީ އީލާމް ގޮވައިގެން ކޮޓަރިއަށް ވަނީ އޭނާ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ” އީލާމް ބޭބީ އަށް ކިޔާނެ ނަމަކާއި މެދު ވިސްނާލައިފިންތަ ” އަބީގެ ސުވާލުން އީލާމް އޭނާއާއި ދިމާލަށް ބަލާލިއެވެ. ” އަމައިރާ އަބާން މުހައްމަދު ޒައީ ” އީލާމް އުފަލުން ހުރެ ބުނެލިއެވެ. އަބީ އޭނާއާއި ދިމާލަށް ދެލޯ ބޮޑުކޮށްލިއެވެ. ” އީލާމް އަށް އިނގެއެއްނު މަންމަ މެންނަށް އަހަރެން އިސްލާމް ކަމެއް ނޭނގޭކަން “އަބީ އެހެން ބުނެލުމުން ” އެހެންވެއްޖެއްޔާމް މަންމަ ކައިރީ ހަމައެކަނި ބުނޭ އަމައިރާ  އޭ ކިޔަނީ ” އީލާމް ހަމަޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ. އަމައިރާ ރޯލި އަޑަށް އީލާމް އޭނާ ކައިރިއަށް ދިޔައީ އަބީ ނުދާނޭ ކަން ޔަގީންވާތީވެއެވެ. ” އަބީ މީ އަހަރެންގެ ދަރިއެއް ، އަބީ ބޭނުމަސް ނުބޭނުމަސް ކުޑަކުއްޖަކު ތިޔަހެން ދުރުކޮށްގެން ނުވާނެ ، އަބީ ގެ ލޭ މިއީ އެހެންވީމައި އަބީވެސް ވާނެ އަހަރެންނާއި ބައިވެރި ވެގެން އަމައިރާގެ ޒިންމާ ނަގަން ” އީލާމް ހިތް ހަމ ނުޖެހިފައި ބުނުމުން އަބީ އޭނާ އާއި ދިމާލަށް ދެލޯ އަޅާލުމަށް ފަހު ކޮޓަރިން ނިކުތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އީލާމް އޭނާގެ 7 މަހުގެ ބަނޑައިގެން އަމައިރާގެ ކަންތައް ތަކުގައި މަސްއޫލްވެގެން އުޅެއެވެ.އަމައިރާ ގެ ކަންތައްތައް ކުރަން މެއިޑް އެއް ގެންގުޅުނެއް ކަމަކު ، އެ ދަރިފުޅުގެ ހުރިހާވެސް ކަމެއް ކޮށްދޭން އީލާމް ބޭނުންވެއެވެ.  އަބީ އާއި އީލާމް މެން ހަމަޖެހިގެން ދިރިއުޅެމުން ދާއިރު އަބީ އާއި އަމައިރާގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އީލާމް އަމައިރާ ބެލުމާ ހަވާލުވުމަށްފަހު އޮފީހަށް ދިއުން ހުއްޓާލުމުން އޮފީހަށް އަލަށް ވެއްދި ދިވެހި ކުދިން މަތިން އީލާމް ހަނދާނުގައެއް ނެތެވެ. ދުވަސް އެއްކޮށް އޭނާގެ ދަރިފުޅާއެއްކޮން ހޭދަ ކުރާއިރު އީލާމް އަަށް ދުވަސް ދާ ގޮތްވެސް ނޭނގެއެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަބީ މީޓިންގް އަކަށް ދާން އަވަސް އަރުވާލައފައި ހަނދާން ނެތިގެން ދިޔައީ ފޯނު ބާއްވާފައެވެ . އީލާމް އަށް ފޯނު ފެނުމުން އޮފީހަށް ފޯނު ހަވާލުކޮށްލާފައި އަންނާނޭ ކަމަށް ބުނެ ގެއިން ނިކުތެވެ. އޯޝަން ޓުއާރސް އާއި އަރާ ހަމަވުމުން އީލާމް ކާރުން ފައިބައި ހިނގައިގަތީ ކުރިއަށް ވާން މިއުޅެނީ ކީއްކަން ނޭނގިއެވެ. ބިލްޑިންގް ގެ އެތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ލޯތަށް ވަނީ އީލާމް އަށް އަމާޒުވެފައެވެ. އީލާމް އިސްޖަހައިލައިގެން ގޮސް އޮފީސްތެރެއަށް ވަދެ އޮފީހަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ނީވާއަށް އީލާމް ފެނުމުން އަވަސް ހިނގުމެއްގައި އައިސް އޭނާ ގައިގައި ބައްދާލީ ނުފެންނަތާ ގިނަ ދުވަސަވެފައިވާ ރަހުމަތްތެރީންހެނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އީލާމް އަށް އެ އަނިޔާވެރި ހާދިސާ ހިނގާ ދިޔަ ދުވަހު ނީވާ ނެތްނަމަ މުޅި އުމުރަށް މި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހިދާނެއެވެ. އެ ހާދިސާގެ ފަހުން އީލާމް އާއި ނީވާ އަކީ ވަރަށް ގާތް ދެ ރަހުމަތްތެރީންނެވެ.” އީ ކީއްވެ އޮފީހަށް ތިޔައީ ” ނީވާ އީލާމް އާއި ސުވާލުކޮށްލިއެވެ. ” ނީވާ އަހަރެން މިއައީ އަބީ އާއި ބައްދަލުކޮށްލަން ، އައި މީން ފޯނު ދޭން ” ހިނިގަނޑެއް ޖަހާލާފައި އީލާމް ބުނެލިއެވެ. ނީވާ އަބީ ވީ ކެބިންގައި ކަމަށް ބުނެ އީލާމް ދިޔުމަށް ތަން ދެއްކިއެވެ. ހުދުކުލައިގެ ކަކުލާ ހަމަޔަށް އަރާ ހެދުމެއް ލާފައި ވާއިރު އީލާމްގެ ބަނޑު އެހާ ބޮޑު ކަމަކަށް ނުދައްކައެވެ. ނިއުޅުވާލާފައިވާ އިސްތަށިގަނޑުން އޭނާގެ ރީތިކަން ދެގުނަ އިތުރު ކަމަށް ދައްކައެވެ. އަބީ ގެ ކެބިން އަށް ޓަކި ޖެހުމެއް ނެތި އީލާމް ވަދެގެން ދިޔައީ މިވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ހުރެއެވެ.

އީލާމް ކެބިން އަށް ވަދެގެން ދިޔަ ކަން އަބީ އަކަށް ރެއަކާއި ނުލިއެވެ. އޭނާގެ އުނގުގައި އަންހެން ކުއްޖެއް އިށީނދެލައިގެން އިން އިރު ދެމީހުން ވަނީ އެކަކު އަނެކަކު ގައިގައި ބައްދާލައިގެންނެވެ. އީލާމް ހުއްޓިގެން ހުރީ އަބީ އަށް އޭނާ ހުރިކަން ރެއަކާ ލާތޯއެވެ. އަބީ އެ އަންހެން ކުއްޖާ ކުއްލިއަކަށް ކޮއްޕާލުމަށްފަހު ކޮއްޅަށް ތެދުވެ ކެބިން އިން ނިކުންނަން ހިނގައިގަތެވެ. ” އީލާމް ” އަބީ އަށް ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ތިޔަ އިންތިޒާރުގައި މަ ހުރީމޭ

Next

ވޭންތަކުން ދިން ހިތި މާޒީ(2)

Next
October 25, 2017

ވޭންތަކުން ދިން ހިތި މާޒީ(2)

Previews
October 24, 2017

ތިޔަ އިންތިޒާރުގައި މަ ހުރީމޭ

9 Comments!

  1. aki says:
    October 25, 2017 at 9:59 am

    v reethi mi part ves ekamu thankolhe kuree mi part

    1. Xeesh says:
      October 25, 2017 at 1:55 pm

      Vaahaka dhigu kohlaanan next episode in fashaigen .,. thanks 🙂

  2. Nanni says:
    October 25, 2017 at 10:24 am

    Emme fahun e v kihineii.. get eh nuvi..
    Aby e kujja gaiga hug kohgen indhefa kyh ve kuhli akah kohpaalaafa dhiyae..
    Mihaaru dhethin buru ethankolhu kiyjje.. ekm get eh nuvi.. :/
    Btw stry hama vrh salhi.. comment nukuriyas abadhu vxx kiyan.. i love this.. ♥♥

    1. Xeesh says:
      October 25, 2017 at 1:56 pm

      thanks Nanni 🙂 next episode ga will know what exactly is happening

  3. Sallu says:
    October 25, 2017 at 10:37 am

    Keehvetha mihaaru kihaa baithah ehaa kuree. Varah foohi vey

    1. Xeesh says:
      October 25, 2017 at 1:57 pm

      Sorry Sallu , Varah busy week eh ehenve 🙂 next part dhigu kohlaanan

  4. Naa says:
    October 25, 2017 at 11:32 am

    Maa kuru.. abee n eelam nuves gulhey.. abee maa old hen heevany pic in ves.. v foohi abee

    1. Xeesh says:
      October 25, 2017 at 1:58 pm

      Abee is 10 years older than Eelam 🙂 vaahaka dhigu kohlaanan 🙂

  5. mannu says:
    October 27, 2017 at 4:15 pm

    V reethi mihaaru kon kuje unguga sad baeth furihenoo ulhey goth anekaa abee ves beyvafaath theri vanee

Comments are closed.

Next Episodeއީލާމް-18←


All Right Reserved!