Skip to content
އެސްފިޔަ

އިންތިޒާރު ކުރި ލޯބި (15)

ކައިވެނި ކުރުމަށް ދިހަ ދުވަހަށް ވެފައި ވަނިކޮށް ވިރާހުގެ ފޯނަށް ރާއްޖެއިން ބޭރުން ކޯލެއް އައެވެ.

އޭރު ގަޑިން ހެނދުނު 10:30 ވަނީއެވެ. އެކޮޅުން  ގުޅީ  ވިރާހުގެ  ބައްޕައެވެ. ވިރާހުގެ މަންމައަށް ސްޓްރޯކެއް ޖެހި  ކުއްލިއަކަށް މާ ހާލު ދެރަވެގެންނެވެ. ވިރާހު  ލަހެއްފަހެއް ނުކޮށް ފުރައިގެން ދިޔައެވެ. އަދި  އެކޮޅަށް  ދިޔުމަށްފަހު  އެންގީ  މަންމަގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް މަންމަ ގާތު ކޮންމެވެސް އެއް ދަރިއަކު މަޑުކުރަން ޑަކުޓަރު  އަންގަވާފައިވާތީ 3 މަސް ފަހަށް ކައިވެނި  ލަސްކުރާށެވެ.  ވިރާހުގެ  މަންމައަށް  މިހެން  ދިމާވުމުން  އަހަރެންވެސް  ވަރަށް ދެރަވިއެވެ. ނަމަވެސް ވިރާހު ފުރުމާއި ކައިވެނި ލަސްކުރުން މިއީ މާތްﷲ އަހަރެމެންނަށް  ދެއްވި  ނިޢުމަތެއް  ކަންނޭނގެއެވެ. މީ  އަހަންނާއި  އިޔާގެ  ދުޢާ  އިޖާބަ ކުރެއްވުން ކަންނޭނގެއެވެ.

ކައިވެނި ލަސްވުމުގެ ސަބަބުން އަހަރެންގެ މައިންބަފައިން ތިބީ ވަރަށް ދެރަވެފައެވެ. ބޭބެމެންވެސް ތިބީ ވަރަށް ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. އެ އެންމެންވެސް ތިބީ އަހަރެންނާއި ވިރާހުގެ ކައިވެނި ކުރާ ދުވަސް ގާތްވަމުން އަންނާތީ ނިކަން  އުފަލުންނެވެ. ބައްޕަ އެވާހަކަ ދެއްކެވި ފަހުން ކޮންމެ ދުވަހަކުވެސް ބޭބެމެން އޮފީހުން އައިސް އުޅެނީ ކައިވެނީގެ ކަންކަމައިގެންނެވެ.އަދި ތާރީޚާއި އެކު ކާޑުތައްވެސް  މިހާރު  ޕްރިންޓް  ކުރެވިއްޖެއެވެ.  ގޮތަކަށް  ބުނާނަމަ ދެއާއިލާއަށްވެސް  ލިބުނު  ގެއްލުމެކެވެ.  ކައިވެނީގެ ވާހަކަ އެންމެ ފަހުން ދެކެވުނު ދުވަހުން  ފެށިގެން  އަހަރެން      އިޔާއަކާ ބައްދަލެއް ނުކުރަމެވެ. އަދި ދުވާލުގަޑީގައި މީހަކަށް ފެންނަ ހިސާބުގައި   ފޯނަކުވެސް ނުހުންނަމެވެ. އެންމެން ހީކުރީ ކައިވެނީގެ ވާހަކަ ދެއްކި ފަހުން އިޔާ އާއި އަހަރެން އެއްވެސް  ވަރަކަށް ވާހަކަ ނުދައްކާ ކަމަށެވެ. އެހެންކަމުން އެންމެންވެސް ނިންމީ ކައިވެނި ލަސްވުމުން އަހަރެންވެސް ވަރަށް ހިތާމަ ކުރާނެ ކަމަށެވެ. މަންމައާއި ބައްޕަވެސް އަހަރެން ދެރަވެދާނެތީ ވަރަށް ވާހަކަ ދެއްކިއެވެ. މި 3 މަސް ވަރަށް އަވަހަށް ފާއިތުވެދާނެ ކަމަށާއި، ވަރަށް އަވަހަށް ދުވަސްތައް  ފާއިތުވެގޮސް ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް އައިސްދާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމަށް ބުނެ ނަސޭހަތްތެރިވިއެވެ. އެންމެންގެ  ވާހަކަތައްވެސް  އަހަރެން އަޑުއެހީ މާޔޫސްވެފައިވާ މޫނަކައިގެންނެވެ. އޭގެ ސަބަބުން އެންމެންވެސް ހީކުރާނީ އަހަރެން ހަމަ ހަޤީޤަތުގައިވެސް  ދެރަވަނީކަމުގައި ނޫންހެއްޔެވެ. އެއްވެސް މީހަކަށް ނޭނގުނީ ކައިވެނި ލަސްވުމާއި އެކު އަހަރެން ވީ އުފަލެވެ.

އެންމެން އެހެން ކަންކަމައިގެން މަސްއޫލުވުމުން އަހަރެން އަވަސް އަވަހަށް މައްޗަށް އަރާ ކޮޓަރިއަށް ވަދެ ވީ އުފަލެއްގެ ބޮޑުކަމުން އިޔާގެ ނަންބަރަށް ގުޅާލީމެވެ.  އިޔާގެ  ފޯނު  އޮތީ  ނިއްވާލާފައެވެ.  ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިޔެވެ. އެއްވެސް އިރެއްގައި އިޔާ އަކީ ފޯނު ނިވާލާ މީހެއް ނޫނެވެ. ދެން ނުގުޅާ އަދި އިހަށް މަޑުކޮށްލާނީއޭ ހިތާ ހުރެފައި  އަހަރެން އިޔާއަށް ގުޅާލީ ހަވީރު 4 ޖަހަން އުޅެނިކޮށެވެ. ދެންވެސް އޮތީ ފޯނު ނިވާލާފައެވެ. އަހަރެން ހާސްވީދެނެވެ. ގޭގައި ލައިގެން ހުރި ހެދުން ބާލާފައި ފެހި ކުލައިގެ ޝިފޯން ފޮތީގެ ޓޮޕަކާއި ނޫކުލައިގެ ޖިންސެއް ލައިގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ނިކުތީމެވެ. ތިރިއަށް ފޭބުމާއި އެކު މަންމަ އާއި ދިމާވިއެވެ.

” ދަރިފުޅު މާ އަވަސް އަރުވާލައިގެން ކޮންތާކަށް؟ ” މަންމަ ސުވާލު ކުރިއެވެ.

” މިދަނީ މިތާ މިހުރި ރެޑްވޭވް އަށް. މިލްނާ ބުނީ ކޮންމެވެސް ވައްތަރެއްގެ ސެންޓެއް އެތާ ހުރިތޯ ޔަގީން ކޮއްދީބަލާށޯ އޭނަ ގަންނަން އަންނަން ވެގެންނޯ… ” އަހަރެންގެ ދުލަށް މިހާ މޮޅު ދޮގެއް އައީތީ ހުދު އަހަރެންވެސް ހުރީ ހައިރާންވެފައެވެ.

” އެންމެ ރަނގަޅު. އަވަހަށް އަންނާތި.. ” މިހެން ބުނެފައި ބުރަކަށީގައި ފިރުމާލާފައި މަންމަ ދިޔައީ ބަދިގެއަށެވެ.

ގޭގެ މައިދޮރާށިން ނިކުމެވުމާއި އެކު އަހަރެން މިސަރާބު ޖެހީ އިޔާމެންގެއަށެވެ. އެހިސާބަށް ދެވުނު އިރު އެގޭ ގޭޓުގައި ބޮޑު ތަޅު އަޅުވާފައިވީތީ އަހަރެން ވަރަށް މާޔޫސްވިއެވެ. ދުވަހަކުވެސް އިޔާމެންގޭ ދޮރުގައި ބޮޑު ތަޅު އަޅުވާފައި ހުއްޓައެއް އަހަންނެއް  ނުދެކެމެވެ. އެހެން ހުއްޓާ އެތަނުން ދިޔަ މުސްކުޅިވަރެއްގެ ބޭބެއެއް އަހަންނާއި އަރާ ހަމަ ކޮއްލާފައި ހުއްޓިލިއެވެ.

” ތިއީ ކީއްކުރާ ކުއްޖެއް..؟ ކީއްކުރަން މިތާ މަޑުކޮއްގެން ތިހުރީ..؟ ” އެ ބޭބެ ސުވާލު ކޮއްލިއެވެ.

” މިއީ މިގޭ ކުއްޖަކު ހޯދަން މިއައީ… ” އަހަރެން ބުނެލީމެވެ.

” ކޮއްކޯ! މިގޭ ކުދިންގެ ކާފަ މާ ހާލު ދެރަވެގެން، އެމީހުން މިއަދު ހެނދުނު ކުއްލި ގޮތަކަށް އިންޑިއާ އަށް ފުރައިފި. ”  އެބޭބެ އެހެން ބުނެފައި ހިނގައިގަތެވެ.

އަހަރެންގެ ސިކުނޑީގައި އެތައް ސުވާލެއް ފުނިޖެހުނެވެ. އިޔާއަށް އަހަރެން ގާތުގައި މިވާހަކަ ނުބުނެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ގާތު ނުބުނެވޭނެ ވާހަކައެއް ނޯއްނާނެކަން ޔަގީނެވެ. ނަމަވެސް މިވީ ކިހިނެތް ހެއްޔެވެ..

އޭގެ ދެދުވަސް ފަހެވެ….

ސަރުކާރުން ބައްޕަ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވިއެވެ. މިކަމުގެ ސަބަބުން އަހަރެމެންގެ ގޭގައި އާއިލާ އާއި އެންމެ ގާތް ރަހުމަތްތެރިންނަށް ހަވީރު ސައެއް ތައްޔާރުކުރިއެވެ. އަހަރެންވެސް ރީތި ވެލައިގެން ތިރިއަށް އާދެވުނު ވަގުތެވެ. މަންމައާއި  ބައްޕަ ކޯކް ތަށި ހިފައިގެން ސިޑި  ކައިރީގައި  ވަރަށް  އޮލަ  ވާހަކައެއްގައި  ތިއްބެވެ.  އަހަންނަށް ހަމައެކަނި އަޑު އިވުނީ އިޔާމެންގޭ މީހުން މިޕާޓީ އަށް  ނާންނާނެ  ވާހަކައެވެ.  މަންމަ އެކަމާއި ސުވާލު ކުރުމުން ރައްދުގައި ބައްޕަ ހިނިފުޅުވެޑުވިއެވެ. އަދި ބައްޕަ ވިދާޅުވީ އެމީހުން ދެން މާލެ އަންނާނީ 4 މަސް ފަހުން ކަމުގައެވެ.

ވެދާނެއެވެ. ބައްޕައަށްވެސް އިޔާގެ ކާފަގެ ވާހަކަ އަޑުއިވުނީއެވެ. ނަމަވެސް ބައްޕަ ހިނިފުޅުވެޑުވީ ކީއްވެބާއެވެ؟ ފަހަރެއްގައި  އެވަގުތު މަންމައާއި ލޯބި ސަމާސާއެއް ކޮއްލީކަންނޭނގެއެވެ. މިވިސްނުމުގައި ހުރެފައި ތިރީ ހަރުފަތަށް ފައި އެޅި ވަގުތު އަރިއަޅާލައިގެން ވެއްޓެން ދަނިކޮށް ހުށިޔާރުކަމާއި އެކު އަހަރެންގެ އުނަގަނޑުގައި ހިފާ ތެދުކުރީ އަހަރެންގެ ކަޒިން  ޔުނާލްއެވެ. ޔުނާލް ހުރިކަން ނަސީބެކެވެ. އެހެންނޫން ނަމަ މިއީ އަހަރެންގެ ތަނެއް ބިނދޭނެ ކަހަލަ އެތިފަހަރެކެވެ. ޕާޓީގައި  އެންމެންނާއި އެކު ވަރަށް މަޖާ ކުރެވުނެވެ. ނަމަވެސް އަހަރެންގެ ސިކުނޑިން އިޔާގެ ހިޔާލެއް އެންމެ ސިކުންތުކޮޅަކަށްވެސް  ފިލައިގެން ނުދެއެވެ.

ދުވަސްތައް މަޒީވަމުން ދިޔައެވެ. 1 މަސް ފާއތުވެގެން ދިޔަ އިރުވެސް އިޔާގެ ޙަބަރެއް ނުވެއެވެ. އަހަރެންނަކަށް ގުޅާނެ ނަންބަރެއްވެސް ނޭނގެއެވެ. ނަމަވެސް ވިރާހު އަހަންނަށް ބަރާބަރަށް ގުޅައެވެ. ގުޅާ ކޮންމެ ފަހަރަކު ވިރާހު ވަރަށް ބައިވަރު ވާހަކަ ދައްކައެވެ. ނަމަވެސް ގިނަފަހަރު އަހަރެންގެ ޖަވާބަކީ ‘ އާނ، ހޫނ ‘  އެވެ. އިޔާ އާ ވާހަކަ ނުދެއްކިގެން އަހަރެން ކެއިން ބުއިމާއިވެސް ދުރުވާން ފެށިއެވެ. ހަމަ ކާހިތް ނުވަނީއެވެ. ވިރާހު އެހާ ގިނައިން ގުޅާ އިރުވެސް އަހަރެން ވިރާހުއަކާ އެހާ ވާހަކަ ދައްކާހިތެއް ނުވެއެވެ. މީހުން ބުނެ އުޅެއެވެ. އަނެކާގެ ފަރާތުން ފޫހިވާނެ ކަންތައްތައް ފެނުމުން އަޅާލުންދޭން ހުންނަ މީހާ ދެކެ ލޯބިވެވޭނެއެވެ. ނޫނެކެވެ. އެއީ ހުސް ފްލޯކު ވާހަކަކަން ގައިމެވެ. އިޔާއާ ވާހަކަ ނުދެކެވި 1 މަހަށް ވުރެން ގިނަ ދުވަސް ފާއިތުވެގެން ދާއިރުވެސް، ވިރާހު ބަރާބަރަށް، ދުވާލަކު 12 ފަހަރަށް ގުޅިއަސް އަހަރެންގެ ހިތް އެދި ގޮވަނީ އިޔާއާ ވާހަކަ ދެއްކުމަށެވެ.

ކެއިންބުއިމާއި ދުރުވެވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އަނަރޫފަވާން ފެށިއެވެ….

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Hath Mikal

    Story upload kurumah fahu konme faharakuves enme look forward kureveny comments ah.. Varah happy vey comments kiyaafa.. so kiyaalaafa please leave a comment guys.. Love you all alot 🙂 :*

  2. SJK

    Me first.. ? varah salhi. Nxt part thankolheh dhigukohlahchey.. Waiting ?

    1. Hath Mikal
      SJK

      dhigu koh nuliyeveny varah busy koh ulheythy. in sha Allah next part miah vuren dhigu kolleveytho try kuraanan inge SJK 🙂 Thanks Dear 🙂

    2. SJK
      SJK

      ?you are most welcome dear ?

  3. Loaihbahtakaa

    Alhe kobaa anehbai…..enme beynun vi hisaabun..ehuhtunee…….iyaaaaaà……

    1. Hath Mikal
      Loaihbahtakaa

      hehe soon upload kuraanan inge. Sorry, enme kiyan beynunvi hisaabun huhtaalevunyma 🙂

  4. fai

    Varah reethi

    1. Hath Mikal
      fai

      Thanks dear 🙂

  5. Ihoo

    vv reethi mi vaahaka hama kiyaahithun indha mi part ves e nimunee waiting for next ???

    1. Hath Mikal
      Ihoo

      mi upkohdheny next part in a while in sha Allah 🙂 Thanks Dear 🙂

  6. khajja

    Stry v v habeys ?? ekam iyaa kobaabaa?? E girl kujjaage dad iyaa ah gotheh hedhy ennoonbaa?? Alhey konkahala thanakaththa thiyanimmaalyves?? stry v awsome whn nxt prt avaskurachchey plx gud nyt ly??❤❤???????

    1. Hath Mikal
      khajja

      Thanks dear Khajja 🙂 mi upload kohdheny next part 🙂

  7. aish

    konirku up kohladeenee next part

    1. Hath Mikal
      aish

      mi upload kohdheny next part 🙂

Comments are closed.