Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (16)

Hath Level 110 Stories100 Comments
October 22, 2017 3 Mins Read
21 Comments

ކެއިންބުއިމާއި ދުރުވެވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އަނަރޫފަވާން ފެށިއެވެ. ލޯ ކައިރި ކަޅުވެ، ވަޅު ވަންނަން ފެށިއެވެ. މިކަންކަން މަންމަމެންނަށް ފާހަގަވާން ނެގީ މަދު ދުވަސް ކޮޅެކެވެ. މަންމަމެން މިކަންތައް ނެގީ ކައިވެނި ލަސްވުމުގެ ސަބަބުން ވާ ކަންކަމުގެ ގޮތުގައެވެ. ނަމަވެސް މަންމަމެންނަށް ނޭނގުނީ  ވީނުވީއެއް ނޭނގި އިޔާ ‘ ގެއްލުމުން ‘ އަހަރެންގެ ހިތަށް އަސަރު ކޮއްފައިވާ މިންވަރެވެ.

މިއަދަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިންމު ނިންމުމެއް އަހަރެން ނިންމާނެ  ދުވަހެކެވެ. އެއީ އިޔާ މަތިން ހަނދާން ނައްތާލާ، އާފެށުމަކުން އަހަރެންގެ ދިރިއުޅުން ފެށުމެވެ. ވިރާހުއާ އެކުގައެވެ. މި ނިންމުން އަހަރެން ނިންމާނީ އާއިލާގެ ކޮންމެވެސް މީހެއްގެ ލަފަޔާއި އެކުގައެވެ. އަހަރެންނަކަށްވެސް މުޅި އުމުރަކު މީހަކަށްޓަކައި އިންތިޒާރެއް ނުކުރެވޭނެތާއެވެ. މީހާ ހަރު އުމުރުގެ މީހަކަށް ވާން ވާއިރަކަށް ހަށިގަނޑު ބަލިކަށްޓެއް ނުކޮއްލެވޭނެއެވެ. އެވެސް އަހަރެންގެ މައިންބަފައިން އަހަރެންނާއި އެހެން މީހެއްގެ ކައިވެނި ހަމަޖައްސާފައި އޮއްވައެވެ. މިކަން (އިޔާއާ ލޯބީގެ ގޮތުން ގުޅުން) ކުރަން ފެއްޓި އިރުވެސް އަހަރެން ޤަބޫލް ކުރަން ޖެހޭނެ ހިތި ހަޤީޤަތަކީ އަހަރެންނަކީ އެހެން މީހެއްގެ ހައްޤަކަށް ވާން  ތަޤްދީރުގައި ލިޔެވިފައިވާ މީހެއްކަމެވެ. 

އަހަރެން ފޯނުނަގައި ޔުނާލަށް ގުޅާލީމެވެ. އަދި ކުޑަ ވާހަކައެއް ދައްކާލަން ގެއަށް އައިސްދިނުމަށް އެދުނީމެވެ. ޔުނާލް ކުޑަ  އިރުކޮޅެއްގެ ތެރޭ އަންނާނަން ކަމުގައި ބުނުމުން އަހަރެން އިންތިޒާރުގެ ވަގުތުތައް ގުނަން ފެށީމެވެ. 10 ވަރަކަށް މިނެޓުވެސްނުވެ ޔުނާލް އައެވެ.

ތިރިއަށް ގޮސް ކޮފީއެއް ހަދައިދީގެން ގެނެސް ކޮޓަރި ދޮރު ލައްޕާފައި ޔުނާލް  އަށް  ކޮފީ ދިނުމަށްފަހު އަހަރެން ހިނގައިގަތީ ކޮޓަރީގެ ކުޑަދޮރާއި  ދިމާލަށެވެ. ޔުނާލް އެއްކޯވަރު ދަމާލާފައި ފުން ނަޒަރަކުން އަހަންނާއި ދިމަ ބަލަން އިނެވެ. ޔުނާލް އަށް ފުރަގަސް ދެމުން އަހަރެން ވާހަކަ ފެށީމެވެ.

” ކިޔައިދޭން މިއުޅެނީ ޔުނާލް ވަރަށް ހައިރާންވާނެ ވާހަކައެއް…. ކުޑައިރުއްސުރެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އިޔާޒް އަކީ އަހަރެންގެ ހިތުގެ ވެރިޔާ. އެހާ ކުރީއްސުރެންވެސް އަހަރެން އިޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ… އެކަމަކު އަހަންނެއް މިވާހަކަ އެއްވެސް މީހަކަށްވެސް، އަދި އިޔާ ގާތަކުވެސް ހިއްސާއެއް ނުކުރަން. ހަމަ އޭރު ސްކޫލް ނިންމި ގޮތަށް އިޔާ ފުރީ ބޭރަށް، 4 އަހަރުގެ ކޯހެއްގައި ކިޔަވަން. އޭރު މިގޭގައި ބައްޕަގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިފުޅު އުޅުން. އޭނައަށް ކިޔަނީ ވިރާހު. އެރޭ އިޔާ ފުރުވާފައި އައި އިރު އަހަރެން ބަލާ ވިރާހު އައިސް ހުރި. ދައްތަ ބަލާ ބޭބެ އަންނާތީ އަހަންނަށް މަޖުބޫރުވީ ވިރާހުގެ ފަހަތަށް އަރަން. މުޅި މާލެ ކުޑަކޮށްފައި އަހަރެން ގެންގޮސް އުސްފަސްގަނޑު ކައިރިއަށް ބާލާފައި ބުނަނީ އޭނަ އަހަރެން ދެކެ ވަރަށް ލޯބިވެޔޯ.. ދެން އަހަރެން ގާތަށް ވަރަށް ރުޅި އައި. އެކަމު އެރޭ އެތާ ހުރެފަ އަހަރެން ބުނިން އެވާހަކަ އިޔާ އެކޮޅަށް ގޮއްސަ ގުޅީމަ. ހަމަ އެރޭ ވިރާހު ގާތު ބުނިން އަހަރެން ލޯބިވާާ މީހަކު ހުރެޔޭ.. ބުނީމަ އޭނަ އެރޭ ގޭ އެއްވެސް މިހަކަށް ނޭނގި ފުރީ.. އޭގެ ފަހުން އޭނަގެ އެއްވެސް ހަބަރެއް ނުވޭ… އެކަމުގެ ފަހުންވެސް އަހަރެން އަދި އިޔާގެ އެކުވެރިކަމުގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ.. ބަރާބަރަށް ވާހަކަ ދައްކާ ހެދީ ވައިބަރ އިން. އަދި ފެނިލަން ބޭނުން ނަމަ ވައިބަރގެ ވީޑިއޯ ބައެއްފަހަރު ސާފު ނޫން ވީމައި ސްކައިޕް ކޯލްވެސްް ކުރިން. އެހެން އުޅެފަ ކިޔަވާ ނިންމާފަ އިޔާ މާލެ އައި ދުވަހު އޭނަޔާ އެއްފްލައިޓުން ވިރާހުވެސް އައި. އަހަރެން ހުރީ ދައްތަޔާއެކު އިޔާ ބަލާ އެއާޕޯޓަށް ގޮސް. ބެސްޓްފްރެންޑްސް ގެ ހައިސިއްޔަތުން އަހަރެމެން ދެމީހުންގެ އާއިލާއިންވެސް އަހަރެމެން ބަލައިގަނޭ.. އެހެންވެ އަހަރެން އެކަނި ނުފޮނުވާން އަހަރެންގެ ކޮންމެވެސް ދައްތައެއް އަހަންނާއި އެކު ދޭ. ދެން އެތާ ބަލާގޮސް ހުއްޓަ އިޔާގެ ފަހަތުން ނިކުތީ ވިރާހު.. އިޔާވެސް އައީ އަހަންނާ ދިމާލަށް، ވިރާހުވެސް… ވިރާހު އައިސް ބައްދާލި. ބައްދާލާފައި އަހަރެން އިޔާއަށް އިންޓްރޮޑިއުސް ކޮއްދެނީ އަހަންނަކީ ވިރާހުގެ ވާން އުޅޭ ވައިފް ކަމުގައި… އަސްލު ވީގޮތަކީ ބައްޕަމެން ނިންމެވި ނިންމުމެއް އެއީ.. އެކަމް އަހަރެން ހަމަ އަސްލުވެސް ހުރީ ވާނުވާގަ.. ވަރަށް ކަޑަވެސް ވި.. އިޔާ އަށް އެފަދަ ގޮތަކަށް ހާޓް އެޓޭކެއް ދެވުނީމަ.. ދެން އެދުވަހު އިޔާ ވަރަށް ދުރުކޮއްލާފަ ތިމްނާ ކިޔާފަ ވާހަކަ ދެއްކީވެސް… އެދުވަހު ގުޅާފަ ފަހުން އިޔާ އެހީ އަސްލުވެސް އިންނަން ބޭނުންވެގެންހޯ ވިރާހުއާ އިންނަން ތިއުޅެނީ.. ދެން ނޫނެކޭ ބުނީމަ ބުނީ ލޯބިވާ ކުއްޖަކު ހުރޭހޭ.. އަހަރެން ބުނިން އާނ އެކޭ.. ކިޔާފަ އަނގަ ހުޅުވާލިތަނާ ބުނީ މަޑު ކުރާށޯ.. އެބަ ދަމޯ..  އިޔާ އެހެން ކިޔާފަ އައިސް އަހަރެން އުރާލާފަ ބުނަނީ އޭނަވެސް ލޯބިވާކުއްޖަކު ހުރެޔޯ.. މިރޭ މިއުޅޭނީ ޕްރޮޕޯޒް ކުރާށޯ.. އަންނަން ވާނެޔޯ.. އަހަރެންބުނިން އާނ އެކޭ… ކިޔާފަ ދެމީހުން އެކީ ތިރިޔަށް ފޭބި އިރު ބައްޕަ އެންޑް ވިރާހު ތިބީ ސޯފާގަ.. އިޔާ ދިޔައިމަ ބައްޕަ ވިދާޅުވީމަ އަހަރެން ސޯފައިގަ އިށީނދެލިން. ދެކެވުނީ އަހަންނާއި ވިރާހުގެ ކައިވެނީގެ ވާހަކަ.. ދެން އަހަންނަށް ނުބުނަން ވާ އެތިވެސް ބުނެވުނީ.. ބައްޕަ ކުރިމަތީގައި ބަސް ބުނެވުނީ.. އިޔާދެކެ ލޯބިވާކަން ހާމަ ކުރެވުނީ… ދެން ރޮމުން ރޮމުން އަހަރެން ދުއްވައިގަތީ ކޮޓަރިއަށް.. ގޮސް އިޔާއަށް މެސެޖު  ކުރީ ނުދެވޭނޭ… ހަމަ އެވަގުތު އިޔާ ރިޕްލައި ކަރީ ނޫނެކޯ އެހެން ހަދައިގެން ނުވާނެޔޯ.. ދެން ދިޔައީ އިޔާގެ ޕްރޮޕޯޒަލް އަށް ވަރަށް ދެރަވެފަ ހުރެގެންވެސް. ދެންއަސްލު އެއްވެސް މީހަކު ބޭނުމެއް ނުވާނެ ދޯ އެމީހަކު ލޯބިވާ މީހަކު އެހެން މީހަކަށް ލޯބި ހުށައަޅާތަން ބަލާކަށް ދެޓްސް ސަމްތިންގ ވެރީ އޮބްވިއަސް.. ދެން އެރޭ އިނގޭތަ އިޔާ ޕްރޮޕޯޒް ކުރީ އަހަންނަށޭ! އެރޭ ފަހުން އިޔާއަށް އިނގޭނެ އަސްލު ވިރާހުގެ ކަންތައްވީގޮތް.. ލޯބި ހުށައަޅާ ނިމުނީމަ އެންމެން ކާން ދިޔަ ގަޑީ ބޭރަށް ނުކުމެފަ ކިޔާދިނީ… ދެން އަހަރެމެންގެ ލޯބީގެ ބަގީޗާގައި މާތައް ދިޔައީ ފޮޅެމުން… އޭރުވެސް ވިރާހު ދިޔައީ ފާޑު ފާޑުގެ އަމުރު ކުރަމުން. އަހަރެން ބުނިން އަހަރެން ތިއަމުރުތަކަށް ރެސްފެކްޓް ކުރާނީ އިންނަން އުޅޭކަން ޔަގީން ވީމައޭ… އެކަމަކު އަނެއްކާވެސް ބައްޕަ ކައިވެނީގެ ވާހަކަ ދެއްކެވީ. މިފަހަރު ދުވަހާވެސް އެކު.. އެވާހަކަ ބުނަން އެދުވަހު އަހަރެން ގުޅާ ގުޅާ އިޔާ ފޯނު ނުނެގީމަ އެގެއަށް ދިޔައިރު އަހަރެން ފަހަތުން ވިރާހު ފާރަލައިގެން އައިސްް ހުރީ އެގޭ ދޮށުގަ.. ފާޑަކަށް އަނިޔާވެސް ކުރި. ވަރަށް ތަދުވާ ގޮތަށް އަތުގެ ފަލަމަސްގަނޑުގަ ހިފީ. ހިފާފަ ބުނީ ނުވާނެޔޯ ދެން ބައްދަލު ކުރަން އައިސްގެންނެއް.. އަހަރެން އިންނަން އުޅެނީ ވިރާހުއާ ކަމުން އަހަރެން ވިރާހުގެ އެދުމުގެ މަތިން އިޔާ އާ ބައްދަލު ކުރުން ހުއްޓާލިން.. ނަމަވެސް ވާހަކަ ދެއްކިން ފޯނުން ހަމަ ބަރާބަރަށް. ކައިވެނީގެ ސަބަބުން އިޔާ އާ އަހަންނާއި ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ.. އެއީ އިޔާއަށްވެސް އަހަރެން ބައްޕަ އެދިލައްވާ އެދުންތަކަށް އިހްތިރާމް ކުރާވަރު އެނގޭތީ.. މިހެން އުޅެފަ ކައިވެނިކުރަން 10 ދުވަހަށް ވެފަ ވަނިކޮށް ވިރާހު މަންމަ މާ ހާލު ބޮޑުވެގެން ވިރާހު ފުރައިގެން ދިޔައީ.. ގޮއްސަ ބުނީ އިތުރު 3 މަހަށް ކައިވެނި ލަސްކޮއްލަން.. ބުނީމަ އެކަމާ އުފަލުން އަހަރެން އިޔާ އަށް ގުޅާ ގުލާ، ދުވަހަކު ފޯނު ނުނިއްވާ މީހާ ފޯނު ނިއްވާލާފަ އޮވެގެން ހާސްވެގެން އެގޭދޮށަށް ދިޔައިރު އެގޭ ދޮރުގަ ހުރީ ބޮޑު ތަޅު އަޅުވާފަ… އެތަނުންް ދިޔަ ބޭބެއެއް ބުނީ އިޔާމެންގެ ކާފަ ވަރަށް ބަލިވެގެން އެމީހުން ފުރައިފިޔޯ… އެދުވަހުގެ ފަހުން މިހާރު 2 މަސްވާން ކައިރިވީ.. އަދި އަދަށް އިޔާގެ ހަބަރެއް ނުވޭ… އެހެންވެ އަހަރެން ދެން ބޭނުމީ އިޔާ މަތިން ހަނދާން ނައްތާލާ އަހަންނަށްޓަކައި ހުރި ވިރާހުއަށް އަހަރެންގެ %100 ދޭން މަސައްކަތް ކުރަން.. އިނގޭ މީ އުނދަގޫ ކަމެއްކަން ވެސް.. އަހަރެން އިޔާ މަތިން ހަނދާން ނައްތާލާނަމޭ ބުންޏަސް އަހަންނަށް އިނގޭ މީ އަހަންނަށް ނުވާނެ ކަމެއްކަންވެސް… އެކަމަކުވެސް ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމަން އެބަ ޖެހޭ.. އަހަރެން ޤަބޫލު ކުރާ ގޮތުގައި އަހަރެން މީ މުހިންމު މީހެއް ކަމުގައި އިޔާ ދެކޭނަމަ އަހަންނަށް މިހާ ގިނަ ދުވަސް ފާއިތުވެގެން ދާއިރު ކޮންމެވެސް އެއްޗެއް އަންގާލާނެ… ނޭނގެ ކީއްވެގެން ކަމެއް އަހަންނަށް ހީވަނީ މީކީ އަދި ރަނގަޅު ނިންމުމެއް ނޫންހެން.. އެކަމަކުވެސް ވިރާހުއަށް އަހަންނަށް މިވެވެނީ ބޭވަފާ… މިކަން އެނގިއްޖިއްޔާ އޭނަ ވަރަށް ދެރަ ވާނެ.. ވިރާހު އަކީ ވަރަށް ވަރަށް ރުޅިގަދަވެސް މީހެއް… އަހަރެން ވަރަށް ބިރުވެސް ގަނޭ މިހެން އުޅެން… އިނގިއްޖިއްޔާ އަހަންނަށް ކަމެއް ނުކުރިޔަސް އިޔާއަށް ކަމެއް ކޮއްފާނެތީވެ ވަރަށް ޖެހިލުންވޭ… އަހަރެން އެހެން ވީމަ މިއަދުން ފެށިގެން ބޭނުމީ ފުލީ ވިރާހުގެ މީހަކަށްވާން… ” ވާހަކަ ނިންމާލި އިރު އަހަރެންގެ ޓީޝާޓުގެ ކަރު އެއްކޮށް ފޯވެއްޖެއެވެ. ރޮވި ރޮވި ގިސްލެވިލެވި މީހާ ހުރީ ހަލާކުވެފައެވެ…

“އަހަރެން ބޭނުމީ ކުޑަ ވަގުތު ކޮޅެއް މިކަމާ ވިސްނާލަން. އޭގެ ފަހުން އަހަރެން ޖަވާބެއް ދޭނަން.. ” ޔުނާލްވެސް ބޯކަހާލަމުން ބުނެލިއެވެ.

އަހަންނަށް ފެންފުޅިއެއް ދިއްކޮއްލަމުން އެނދުގައި ބައިންދާފައި ޔުނާލް ދުރުގައި އިން ބީންބޭގް ގައި އެއްފައި މަތީތައި އަނެއްފައި ހުރަސްކޮއްލަމުން އިށީނދެލިއެވެ… ކޮފީތަށީގެ މަތީގައި ވަށައިގެން ޝަހާދަތް އިނގިލި ހާކާލިއެވެ.

” ފެންނަ ފެނުމަށް ތިކަންތައް ތިކުރަނީ ކޮންމެހެން ކޮޅެއްގަ ޖައްސާކަށް ނޫން.. އަދި ކޮންމެހެން ތިމް ބޭނުންވާތީކީވެސް ނޫން… ވިރާހު ދެކެ ގަންނަ ބިރެއްގެ ބޮޑު ކަމުން.. އެހެންނު..؟ ” ޔުނާލް އެހެން ބުނެލުމާއި އެކު އަހަރެން ސިއްސައިގެން ދިޔައެވެ.

” ބުނެބަލަ…! ” އަހަރެން ބަލަން އިނުމުން ދެންވެސް ވާހަކަ ދެއްކީ ޔުނާލެވެ..

އަހަރެން ބޯޖަހާލީމެވެ…

” އަހަރެން ވާހަކަ ދައްކަދެންތަ އިޔާ އާ؟ ވެގެން އުޅޭ ގޮތެއް ބަލާދެންތަ؟؟ އަހަރެން އޭނަ ދިޔަ ތަނެއް ހޯދައިގެން ކޮންމެސް  ގޮތަކުން ނަންބަރު ހޯދައިގެން ގުޅާފާނަން… ” ޔުނާލް މަޑުމައިތިރި ކަމާއެކު އަހާލިއެވެ…

” ނޫން… ” ހިތުގައި އަތް އަޅަމުން، ހިތާ ދެކޮޅަށް އަހަރެން ދޮގު ހެދީމެވެ.. ވެގެން އުޅޭ ގޮތެއް އަހަރެންވެސް ބަލަން ބޭނުމެވެ…

” ތިމް ކީއްވެ ތި ދޮގު ހަދަނީ؟؟؟ ” ޔުނާލް އަޑަށް ބާރު ލަމުން އަހާލިއެވެ…

އަހަރެން ހެދީ ދޮގެއްކަން ސާބިތުވީ އަހަރެންގެ މޫނަށް އަރާފޭބި ކުލަވަރުންކަން ގައިމެވެ..

” އަހަރެން ވަކި ބޭނުން ވާނެތަ އަހަރެން އެންމެ ލޯބިވާ މީހާ ހިތުން ފޮހެލަން.. ނުވާނެ އެއްނު.. އެކަމަކު ވެދާނެ މީ އަހަންނަށް މިކަންތައް ނިންމާލަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށްވެސް.. އިޔާ އަށް އިނގޭނެ އަހަރެން އަހަރެންގެ ފިރިޔަކަށް ވަފާތެރި  ވާން ބޭނުން ވަރު.. ވެދާނެ އެހެންވީމަ މިފުރުސަތު އޭނަވެސް އެބޭނުން ކުރީ ދުރުވާން ކަމަށް… އަހަރެން ބުނިން އަހަރެން ބޭނުމެއް ނޫނޭކައިވެނީގެ ފަހުން އެއްވެސް ގޮތަކަށް ވާހަކަ ދައްކާ އުޅޭކަށް.. އެކަމަކުވެސް އޭނަގެ ނަމެއް އަހަންނަކަށް އަހަރެންގެ ހިތަކުން ދުވަހަކުވެސް ފޮހެއެއް ނުލެވޭނެ.. އަހަރެމެން ދޭތެރޭ އެއްވެސް ކަމެއް ހިނގާފައި އަދި ނެތަސް އަހަރެމެން އެކަކު އަނެކަކު ދެކެ ވަނީ ހަޤީޤީ ލޯބި… ” އިތުރަކަށް ވާހަކަ އެއް އަހަންނަކަށް ނުދެއްކުނެވެ. ރޮވުނު ވަރުންނެވެ…

” އެހެންވީމަ އަހަންނަށް ވެސް ފެންނަނީ އިޔާގެ ގުޅުން ކުރިއަށް ނުގެންދަން… ” ވަރަށް ވިސްނަން އިނދެފައި ޔުނާލް ބުނެލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ޢެދެމޭ އުފާ….(33)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)

Next
October 22, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)

Previews
October 22, 2017

ޢެދެމޭ އުފާ….(33)

21 Comments!

  1. Hath Mikal says:
    October 22, 2017 at 6:41 pm

    Please leave a comment after reading. Thankyou all so much for the support. Love you all alot 🙂

  2. binnu says:
    October 22, 2017 at 6:44 pm

    Salhi

    1. Hath Mikal says:
      October 22, 2017 at 11:15 pm

      Thankyou?

  3. reader says:
    October 22, 2017 at 7:07 pm

    Reethi, ekam haadha kureyyyy.. ?????

    1. Hath Mikal says:
      October 22, 2017 at 11:16 pm

      Thankyou?

  4. $$$ says:
    October 22, 2017 at 7:38 pm

    Hus beykaaru vaahaka

    1. Hath Mikal says:
      October 22, 2017 at 11:17 pm

      Thankyou. In sha Allah dhen beykaaru vaahaka nuhimanaanan.. ??

  5. Rysh says:
    October 22, 2017 at 7:43 pm

    Yess

    1. Hath Mikal says:
      October 22, 2017 at 11:17 pm

      Thankyou?

  6. reysh says:
    October 22, 2017 at 7:57 pm

    Aslu kureega vefa oi kanthah maa detail kohfa othy…ebai ehen gotheh hadhaalinama adhi maa reethi vees

    1. Hath Mikal says:
      October 22, 2017 at 11:19 pm

      I too think its too detailed. Im sorry. Hope to improve next time. Rangalhu kollan jehey thankolheh iniyya bunelaathi migothah. Eyrah improve kureveynee ?Thankyou?

  7. unaal says:
    October 22, 2017 at 8:05 pm

    Vrh reethi.. ekm I don’t think yunaal is right

    1. Hath Mikal says:
      October 23, 2017 at 12:57 am

      Dho. Hehe. Thanks Unaal ?

  8. Haaashi says:
    October 22, 2017 at 8:45 pm

    Athuga nynnaane falamas gandeh….. Hahah

    1. Hath Mikal says:
      October 22, 2017 at 11:22 pm

      Maaf kuravva nubai baheh beynun kurevunythy. Ehen namaves bunela dhin kamahtakai Thankyou ??

  9. SJK...KOREAN says:
    October 22, 2017 at 9:59 pm

    Vvv salhi. But Ehaa detail koh kurin hingaafa oih kameh genes dhinumuge badhaluga kurukoh genesdhin nama varah reethi vys. ? hope u’ll understand ☺ Anyways,So curious to see what will happen nxt. Waiting ?

    1. Hath Mikal says:
      October 22, 2017 at 11:21 pm

      I too think its too detailed. Im sorry. Hope to improve next time. I will consider this. I do understand your point dear SJK KOREAN ? Eyrah improve kureveyneeves dho ?Thankyou?

  10. Zykko❤neel says:
    October 27, 2017 at 7:26 pm

    Kobaa next part…..haadha laheyy…???

  11. ? says:
    November 9, 2017 at 11:25 am

    Anehkkaa ves upload nukoh medhu kandaaleetha? Ver gotheh ves angaaliyyaa varah rangalhu! Eyrah dhw engeynee inthizaar kuran ves nukuran ves ?

  12. އައިޝް says:
    January 24, 2018 at 9:07 pm

    ވާހަކަ އަޕް ނުވޭތަ އަދިވެސް

  13. Reader says:
    March 26, 2020 at 8:12 pm

    Alhe heybali vedhaane… Liyanyyyaaaa liyan veenu thi varah wait nukuruvaaa

Comments are closed.



All Right Reserved!