ރެޑް ހޭންޑް – 02
އަހަންނާ ޖުވޭއާ ނިކުމެ އުޅުނީ އަހަރެންގެ މަންމަގެ އުފަންދުވަހަށް ހަދިޔާއެއްގަތުމަށެވެ. އަހަރެން އަތުގައި މަންމައަށް ދޭނެ ވަރަށް ރަނގަޅު އެއްޗިހި ހުރިނަމަވެސް ހައްޤުނޫން ގޮތަކަށް ހޯދާފައި ހުރިއެއްޗެއް ދޭކަށް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އަހަރެން އެހާވެސް ރަނގަޅެވެ. ކަމުދާ އެއްޗެއް ފެނިގެން އެއަށް ލާރިދައްކަން ހުއްޓާ ޖުވޭ ދަންނަ ކުއްޖަކާ އެތަނުން ދިމާވެގެން ޖުވޭ އޭނައާ ވާހަކަ އަޅުވާލިއެވެ. އަހަރެންގެ އަތް އުފުލާލައި އަތުގައި އޮތް ކޮތަޅު ޖުވޭއަށް ދައްކާލަމުން އަހަރެންގެ މަސައްކަތް ނިމުނު ކަން އަންގާލީމެވެ. ޖުވޭ ފިހާރައިން ނިކުންނަންފެށުމުން އެކުއްޖާވެސް އޭރު އޭނާ އަތަށްލައިގެން އިން ރިހިކުލައިގެ އަންހެން ގަޑިއެއް ފިހާރައިގެ ސޭލްސްބޯއިއެއްގެ އަތަށް ދިނުމަށްފަހު ޖުވޭއާއެކީ ހިނގައިގަތެވެ. އެވަގުތު އެހެން ކަސްޓަމަރަކު ކަމެއްގައި ގޮވާލުމާއެކު އެ ސޭލްސްބޯއީ އެ ގަޑި ބިއްލޫރި ޝޯކޭހަށް ލުމުގެ ބަދަލުގައި ކައުންޓަރު މަތީގައި ބޭއްވުމައްފަހު އެ ކަސްޓަމަރަށް ހިދުމަތްކުރުމަށް އަވަސްވެގަތެވެ.
އަހަރެންގެ ސިނކުޑި މަސައްކަތްކުރަން ފެށިލެއްބާރުކަމުން ކަންފަތުން ދުންވެސް އެރިއެވެ. ބުރުގާ އަޅާފައިނެތް ނަމަ އެހެން މީހުނަށް ފެނުނީސްކަންވެސް ނޭގެއެވެ. ހަމަ ދެވަނަ ސިކުންތުގައި އަހަރެން އެ ގަޑިނެގީމެވެ. ހަމަޖެހިލާފައި ކައުންޓަރުމަތީގައި އޮތް ގަޑީގެ ކޭސްވެސް ނަގާ އޭގެ ތެރެއަށް ގަޑި ކޮއްޕާލުމަށްފަހު، ފިހާރައިން ނިކުންނަމުންދިޔަ ޖުވޭމެންނަށް އެ ދޭންވެގެން ދާ ކަހަލަ ގޮތެއް ދައްކަމުން އަވަސްއަވަހަށް ނިކުތީމެވެ. ފަހަރެއްގައި މީހަކަށް ފެނިގެން އެހިޔަސް އެމީހުން އޮޅިގެން ބާއްވާފައި ދިޔައެއްޗެއްކަމަށް ހީކޮށޭ ބުނަން ވިސްނައިގެނެވެ. އެއްވެސް މީހަކަށް ނުފެނެއެވެ. ވައްކަން ދޮގަކަށް ބަދަލުކުރަން ނުޖެހި ސަލާމަތުން ފިހާރައިން ބޭރަށް ނިކުމެވިއްޖެއެވެ. ޖުވޭ އެ ކުއްޖާއާ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ތައާރަފް ކޮށްދިނުމަށްފަހު އަހަރުމެންގެ ގެޔާދިމާލަށް މިސްރާބު ޖެހީމެވެ.
އަނެއްކާވެސް ގޭ ދޮރުމަތިން ޖުވޭ ދޫކޮށްލާފައި އަހަރެން ގެއަށް ވަނީމެވެ. ކޮޓަރީގައި މަންމައަށް ގަަތް ހަދިޔާ ޕާރުސަލް ކުރަން ހުއްޓާ ދޮރުގައި ޓަކި ޖަހާލާފައި މަންމަ ގޮވާލިއެވެ. އަވަހަށް ކޮތަޅުތަކާ ކަރުދާސްތައް އެނދުދަށަށް ކޮއްޕާލުމަށް ފަހު އަހަރެން ނިކުތީމެވެ.
“އެބަ ހުރި ހޯދަން އައިސް ކުއްޖަކު. ބޭރުގަ” ސުވާލު އުފެދިފައިވާ ރާގެއްގައި މަންމަ ބުންޏެވެ.
އަހަރެންވެސް ކުޑަކޮށް ހައިރާންވެ ހުރެ ގޮސް ސިޓިންގް ރޫމް ދޮރު ހުޅުވާލީމެވެ. ސިޓިންރޫމުން ބޭރުގައި އޮންނަ ހުސް ތަންކޮޅުގެތެެރޭގައި ފާރުގައި ލެގިލައިގެން ޒުވާން ފިރިހެން ކުއްޖަކު ހުއްޓެވެ. ހުރީ ވަރަށް ސްމާޓްކޮށް ހެދުން އަޅައިފައެވެ. ކޮންމެސް އޮޅުމެއް ކަމަށް ހީކޮށް “ކާކު ހޯދަން” ހޭ އެހީމެވެ.
“މަގޭ އެއްޗެއް ފަދުވާ އަތުގަ އޮތީމަ” އޭނާ ވަރަށް އާދައިގެ ރާގެއްގަ ބުންޏެވެ.
“ޖުވޭ ބުނެގެން..؟” އަހަރެން ހަމަ ފުލް ވާނުވާގަ ހުރެގެން އެހީމެވެ.
“ގަޑި ނެގި އިރު ޖުވޭ ނުވެސް ނެތެއްނު”
“އަ..” އަހަރެންގެ ކަރުން އަޑުވެސް ނުނިކުތެވެ. އެއްބައި ހުޅުވިފައި ހުރި ސިޓިންގްރޫމް ދޮރުން ގޭތެރެއަށް ބަލާލީމެވެ. މަންމައާއި ކޮއްކޮމެން ވަރަށް ޝައުގުވެރިކަމާއެކީ އަހަރެންނާ ދިމާލަށް ބަލަން ތިއްބެވެ. ފިރިހެން ކުދިން އަހަރެން ހޯދަން ގެއަށް އައުމަކީ މާ ގިނައިން ވާކަމެއް ނޫން ވިއްޔާއެވެ. ސިޓިން ރޫމުން ބޭރަށް އަވަހަށް ނިކުމެ އަހަރެން ދޮރު ލެއްޕީމެވެ.
އަދިވެސް އަހަންނަށް ބުނާނޭ އެއްޗެއް ހިތަކަށް ނައެވެ. ހަށިގަނޑު އުދާސް ވެއްޖެއެވެ. ކަންތައް ހިނގަމުން މިދަނީކީވެސް އަހަންނަށް ފަސޭހައިން އެއްޗެއް ވިސްނޭގޮތަކަށްވެސް ނޫނެވެ. އަހަރެން ހުރިހާ ކަމަކަށް ދެކޮޅު ހަދައިފިއްޔާ ވާނީ ކިހިނެއްބާއެވެ. ފުލުހުން ވަދެ ބަލަން ފަށައިފިއްޔާ މާ ލަހެއް ނުވެ އެ ފެނިދާނެއެވެ. ގަޑި އޮތީ މަންމައަަށް ގެނައި ހަދިޔާކައިރީގައި އެނދު ދަށުގައެވެ. ބޭރުގައި ތިބި ފުލުހުން މާ ގިނައިރެއްނުވެ ގޭތެރެއަށް ވަދެދާނެއެވެ. މަންމަމެން ހީކުރާނީވެސް ކީކޭބާއެވެ. ޖަލުގެ ތޭރިތަކާ، ބިޑިއަޅުވައިގެން ކޯޓަށް ގެންދިއުމާ، ޖިޕައް އަރުވާއިރު މީހުން ފޯނުން ފޮޓޯ ނަގަން އުޅޭނެގޮތާ..
“ދެންވެސް އެ ހިފައިގެން އަންނަންވީނު. ބަންދުކުރާއިރު ނެތިއްޔާ އެމީހުން ސީސީޓީވީ ބަލާނެ.” އަހަރެންގެ އޮޅުން ބޮޅުން ހިޔާލުތައް މެދު ކަނޑާލީ އޭނައެވެ.
އެބައަންނަމޭ ބުނަން އަނގަ ހުޅުވާލިނަމަވެސް ފާޑެއްގެ ކުރަކި އަޑެއްނިކުތުން ނޫން ކަމެއް ނުވިއެވެ. އަހަރެން އިތުރަށް ވަގުތު ދުއްވަން ނުހަދާ އެތެރެއަށް ވަނީމެވެ. އަވަސް އަވަހަށް ދޮރު ލައްޕާފައި ސިޓިންގްރޫމްތެރެއިން މަންމައާއި ކޮއްކޮމެންގެ ޝައުގުވެރިކަން އިތުރުވެފައިވާ ބެލުންތަކުގެ ތެރެއިން ރާސްލާފައިގޮސް ކޮޓަރިއަށް ވަދެ އެނދުދަށުން އެ ފޮށި ނެގީމެވެ. އަނެއްކާ އެ ހިފައިގެން ބޭރަށެވެ. ސިޓިންރޫމްކައި ކުޅިބަލަންތިބި މީހުން ކޮންމެވެސް އަޑު ތަކެއް ވެސް ލެއްވިއެވެ. އެއަކަށް ފަރުވާލެއްނެތި އަހަރެން ގޮސް ބޭރަށް ނިކުމެ، އެ ޒުވާނާއާ ވީހާވެސް ދުރެއްގައި ހުރެގެން އެ ފޮށި އޭނާ އަތަށް ދިނީމެވެ.
“ނަމްބަރު ދޭންވީނު، އޭރުން މީގަ މައްސަލައެއް އުޅެންޏާ ގުޅާނަން” އޭނާ ފޮށި ހުޅުވައި އެތެރެ ބަލާލުމަށް ފަހު ބުންޏެވެ.
“ނޫނީ އައިސް ގޮވާލަދޭށޭ ބުނަންވީދޯ؟” މި މީހަކު ވާހަކަދައްކާގޮތުން ހީވީ އަހަރެން އަތަށް މަރާމާތު ކުރަން ގެނެއްސަ އޮތް އެއްޗެއް ބަލާއައިސް އުޅެނީހެނެވެ.
“ނޫ..ނޫން. ގުޅާ..” ދެވަނަފަހަަރަކު މި ޒުވާނާ އައިސްގެން އޯޑިއަންސުން ކުރިމަތިވެދާނެ ސުވާލުތަައް ހިތައްއަރާފައި އަހަރެން އަވަސް އަވަހަށް ފޯނު ނަމްބަރު ކިޔާލީމެވެ. ނަމްބަރު އެއްޗެއްގައި ނޯޓު ކުރަން ވެސް ނޫޅެ އޯކޭ އޭ ބުނުމަށް ފަހު އޭނާ ދާން އެނބުރިލިއެވެ. ދޮރުން ބޭރަށް ނިކުމެ ގެއްލުމުގެ ކުރިން ފަހަތައް އެނބުރި އޭނާ ބަލާލިއެވެ.
“ފަދޫ ތަންކޮޅެއް ބަލައިގެން އުޅެއްޗޭ”.
އެއީ ނަސޭހަތެއްކަމެއް އިންޒާރެއްކަމެއް ނޭގިހުއްޓާ ދޮރުން ނިކުމެގެންގޮސް އެ ޒުވާނާ އޮބާލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.

hehee.. vagu
reethi
ekm up vaaleh lahy ?
Vagu kaleyge…. Next part kn duvahakun up koh dheynee
Hopefully u wnt have to wait a week.
🙂
Wow varah salhi.. thafaathu vaahaka genesdheygoiy..
Keep up the awesome work.. and avahah update kohdhehchey 😀
Ok, here is part 2.. hope you enjoy.
Thanks for everyone who took the time to read. 🙂
Mi dhen vaahaka eh tha? Thaakun thaakun nujehey. Meegen eba dhaskohdhey kudhinnah vakkan kuraane molhethi goiy thah.
Thanks for you comment.
Kommes thanegga jesseytho try kuraanan.
This is the best Dhivehi story yet… ??❤❤
Vagu kaleyge dhw
?. Varah Salhi. ?Whn nxt part??
Vaahaka hama v reethi keep it up ekam thankolheh avahah kiyaalan libeyne nama v ufaavaane
Vaahaka up kureema hama komme kujjeh ves beynun speed egga kiyaalanvee. Hehe.
I knw what u myn. Hopefully it wont be long for the next part.
As always, I welcome your comments at fb.com/ShababStories