Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (4)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 13, 2017 5 Mins Read
37 Comments

އައިދުންގެ ސިކުނޑި ހަމައިން ނެއްޓިއެވެ. ބޭއިޚުތިޔާރުގައި ބާރަށް ހަޅޭލަވައިގަތުމަށްފަހު ލެއިން ކަޅިވެފައިވާ ފެންތަށީގައި އަތުންޖަހައި ހޫރައިލިއެވެ. ފެންތަށި އެދިޔަ ބާރުމިނުގައި ގޮސް ބިންމަތީ ޖެހުމާއެކު ކުއްލިއަކަށް ގެއްލުނެވެ. އައިދުންއަށް އަނގަމަތީގައި އަތްއަޅައިލެވުނީ ފެނުނުމަންޒަރު ގަބޫލުނުކުރެވިފައިވާ ގޮތަކަށެވެ. މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟

ބަދިގޭގައި އިން މަލާކް ސިހިފައި އައިދުންގެ އަޑަށް އަވަހަށް އައެވެ. ކޮޅަށްހުރި އައިދުންގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން މަލާކް ކަންބޮޑުވިއެވެ.

“އައިދު. ކިހިނެއްވީ ހަޅޭލަވައިގަތީ؟” އައިދުންގެ ކުރިމަތީ ފެންތަށި ބަހައްޓަމުން މަލާކް އަހައިލިއެވެ. އައިދުން މަލާކަށް ބަލައިލީ ފާޑަކަށެވެ. އެއީ ހަގީގަތުގައިވެސް މަލާކްކަން ގަބޫލުކުރަން އުނދަގޫވެފައި ހުރެއެވެ. “އޭތް. އައިދު.” މަލާކް އައިދުންގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލީ އައިދުން އޭނާގެ މޫނަށް ފާޑަކަށް ބަލަން ހުރީމައެވެ.

“ކަމެއްނުވޭ. ކުޑަކޮށް ބޮލުގަ ރިއްސަނީ. އަރާމުކޮށްލަން ބޭނުމީ. މަލް ސައިބޮއެލާ. އަހަރެން މިދަނީ ކޮޓަރިއަށް.” ނިތްކުރިމަތީގައި އަތް ކާތައިލަމުން އައިދުން އެހެން ބުނެފައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި މަލާކަށް ބަލަން ހުރެވުނީއެވެ. އައިދުންއަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އެހިތް ބުނަމުން ދިޔައެވެ.

* * *

ގަސްބޯ ވަލުތެރޭގައި ހުރި ބޮޑު ނިކަގަހެއްގެ ގޮތްޕެއްގައި ބީނިޝް އިނެވެ. ކަންބޮޑުވެ ދެރަވެފައެވެ. އިރިއިރުކޮޅާ އޭނާގެ އުނގުގައި އޮތް ފެހިކުލައިގެ ބަނޑޭރިގަނޑެއްލީ ފޮތުގައި ފިރުމައިލައެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އެފޮތް ހުޅުވައިލިއެވެ. ފޮތުގެ ފުރަތަމަ ގަނޑުގައި ތަތްކޮށްފައިވާ ރީތި އަންހެންކުއްޖެއްގެ ފޮޓޮއަށް ބަލައިލުމާއެކު ބީނިޝްގެ ދެލޯ ފެންކަޅިވިއެވެ. އޭނާއަށް ބަރާބަރު ވަގުތަށް އާދެވުނުނަމަ އެވެ. ބީނިޝްއަށް އިސްޖަހައިލެވުނީ ކުއްވެރި އިހުސާސެއް ކުރެވުނީމައެވެ.

އޭނާގެ ކޮނޑުގައި މީހަކު ފިރުމައިލުމުން ލޮލުން އައިސް އައިސްހުރި ކަރުނަތައް ފުހެލުމަށްފަހު ބީނިޝް ބަލައިލިއެވެ. ގާތުގައި ހުރި އޭނާގެ ބައްޕަ ފެނުމުން ގަދަކަމުން ހިނިތުންވެލެވޭތޯ ބީނިޝް މަސައްކަތްކުރިއެވެ.

“ދަރުފުޅާ. ކިހިނެއްވެފަ މިތާ ތިއިނީ؟” އޯގާތެރި ރާގަކަށް ޒަފަރް އަހައިލިއެވެ. ބީނިޝް ދެފަރާތަށް ބޯހޫރުވައިލީ ކަމެއް ނުވެއޭ ބުނުމުގެ ގޮތުންނެވެ. “ދަރިފުޅު ތިހެން ބުންޏަސް ބައްޕަ ކިހިނެއް ގަބޫލު ކުރާނީ؟ ގައިމު ކަމެއް ނުވާނަމަ ދަރިފުޅު ތިހެން އިނދެ ނުއެއް ރޯނެ ދޯ” ދެންވެސް ޒަފަރް އޯގާތެރި ގޮތަކަށް ބުނެލިއެވެ.

“ބައްޕާ. އަހަންނަށް މިކަން ކާމިޔާބުވާނެތަ؟ ރަންޔާއަށް އިންސާފު ހޯދައިދެވޭނެތަ؟” މާޔޫސްވެފައި ބީނިޝް ކޮށްލި ސުވާލުތަކުން ޒަފަރް އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ. “ކީއްވެ ދަރިފުޅަށް ނުވާންވީ. ދަރިފުޅުތީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު. ދަރިފުޅު އެހީއެއް ބޭނުންވާ ކޮންމެ ވަގުތަކު ބައްޕަ ހުންނާނަން ގާތު.” ޒަފަރް ބީނިޝްއަށް ހިތްވަރުދިނުމުގެ ގޮތުން ބުނެލިއެވެ.

“އަހަރެން ހުއްޓާނީ އައިދުންގެ ކިބައިން ބަދަލު ހިފާފަ. އާން. ރަންޔާގެ މަރުގެ ބަދަލު ހިފާނަން. ރަންޔާގެ ކޮންކުށެއް އޮވެގެން އައިދުން އޭނާާ މަރައިލީ؟” އެހިސާބަށް ބުނެވުނުތަނާ ބީނިޝްއަށް ރޮވުނެވެ. އެތަންފެނި ޒަފަރް މަޑުމަޑުން ބީނިޝް އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.

“އަހަރެން މަލާކަށް ހުރިހައި ވާހަކައެއް ކިޔާދޭނަން. އައިދުންގެ ހަގީގަތް ހާމަކޮށްދޭނަން.”ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ބީނިޝް ބުނެލީ ރުޅިވެރި ރާގަކަށެވެ. “ކިހައި ދުވަހަކު އަހަރެން އިންތިޒާާރު ކުރިފަހުން އައިދުން މިރަށަށް އެއައީ. މިފުރުސަތު ގެއްލުވާާލާާކަށްނެތީން. އެކަމަކު ބައްޕާ. އަހަރެންނަށް މަލާކަށް ހަގީގަތް ހާމަކުރަން ހަދާނެ ގޮތެއްް ނޭނގޭ. އަހަރެން ފެންނަ ކޮންމެ ފަހަރަކު މަލާކް ހުންނަނީ ބިރުގެންފަ. ރަންޔާގެ ސިފައިގައި އަހަރެން އައިދުންއަށް ފެންނަނީ އޭނާ ބިރުގަންނަވަން ކަމަށްވިއަސް އެސިފައިގަ އަހަރެން މަލާކަށް ފެންނަނީ އޭނާ ބިރުގެންނެވުމުގެ ނިޔަތުގައެއް ނޫން. އެކަމަކުވެސް..” ބީނިޝް އިސްޖަހައިލިއެވެ. އޭނާގެ ސަބަބުން ކުށެއްނެތް އިންސާނަކު ބިރުގަންނަން ޖެހޭތީ އެކަމާ ބީނިޝް ހިތާމަކުރެއެވެ. ނަމަވެސް އައިދުންއަށް ހައްގު އަދަބު ލިބޭނީ މަލާކަށް ހަގީގަތް އެނގިގެންކަމަށް ވާތީ އޭނާއަށް އެނޫންގޮތެއް ނެތީއެވެ.

ބީނިޝްއަކީ މުސްލިމު ޖިންނިއެވެ. ވީއިރު އޭނާއަށް އިންސާނަކު މަރައިލުމަކީ އެންމެ ރަނގަޅުގޮތް ނޫންކަން އެނގެއެވެ. މިހިސާބަށް އައި އިރުވެސް އައިދުން މަރައިނުލައި އޭނާ އެއިންނަނީ އެސަބަބަށްޓަކައެވެ. އެހެންނޫންނަމަ އޭނާ އައިދުންގެ ދުވަސް ދުއްވައިލާނެތާ މިހާރު ކިތަންމެ ދުވަހެކެވެ. ބީނިޝް ބޭނުންވަނީ މަލާކަށް ހުރިހައި ހަގީގަތެއް އަންގައި ގާނޫނީ ގޮތުން ގާތިލަކަށް ލިބެންޖެހޭ ހައްގު އަދަބު އައިދުންއަށް ލިބޭށެވެ. ރަންޔާ އަށް އިންސާފު ހޯދައިދޭށެވެ.

ރަންޔާއަކީ އިންސިއެއް ނަމަވެސް އެއީ ބީނިޝްގެ ފުރާނަ ސަލާމަތްކޮށްދިން ފަރާތެވެ. ވީއިރު ރަންޔާ އޭނާއަށްޓަކައި އެކޮށްދިން ހެޔޮކަމުގެ ބަދަލުގައި މިއަދު ރަންޔާގެ ގާތިލަށް ސަޒާ ދިނުމަކީ އޭނާގެ ޒިންމާއެއްކަމަށް ބީނިޝް ގަބޫލުކުރެއެވެ. އައިދުންއަށް ރަންޔާގެ ސިފައިގައި ބީނިޝް ފެންނަނީ އެހެންވެއެވެ.

“ދެރަނުވޭ ދަރިފުޅާ. މަލާކްއަށް އަދި ވިސްނޭނެ.” އިސްޖެހިފައިއިން ބީނިޝްގެ ބޮލުގައި ފިރުމައިލަމުން ޒަފަރް ބުނެލިއެވެ. ބީނިޝް މަޑުމަޑުން ބޯޖަހައިލިއެވެ.

* * *

ކޮޓަރިން ނުކުމެވޭ ގޮތަށްހުރި ބެލްކަނީގައި މަލާކް ހުއްޓިލައިގެން އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. މިހާރަކަށް އައިސް އޭނާއަށް ފެންނަމުންދާ ގޮތްނޭނގޭ އަންހެންކުއްޖާގެ ސަބަބުންނާއި ކޮންމެރެއަކު ކަހަލަ ގޮތަކަށް އިވޭ ގިސްލުމުގެ އަޑުން އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މިގޭގައި ގޮތްނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގާކަން މަލާކްގެ ވިސްނުންތޫނު ސިކުނޑިން ދެނެގަތެވެ.

އިވެންފެށި ބެލްގެ އަޑުން ޚިޔާލުގެ ފުން ކަނޑުގައި ފީނަމުންދިޔަ މަލާކަށް ހަމަހޭވެރިކަން ލިބުނެވެ. ކާކުތޯ ބަލައިލުމުގެ ބޭނުމުގައި ސިޑިން ފޭބިއިރު ޝާންތާ ގޮސް ދޮރުހުޅުވަނީއެވެ.

ގޭތެރެއަށް ވަދެގެން އައި ނީމްއާއި އާކިފް ފެނުމުން މަލާކް ހިނިތުންވެލިއެވެ. ނީމް އައިސް މަލާކް ގައިގައި ކުޑަކޮށް ބައްދައިލިއެވެ.

“ކޮބާ އައިދުން؟” ގޭތެރެއަށް ނަޒަރުހިންގައިލަމުން އާކިފް އަހައިލިއެވެ. “ބޭރަށޭ ކިޔާފަ ދިޔައީ. އިރުކޮޅަކުން އަންނާނެ ކަންނޭނގެ. އާދެ އިނށީންނަން” އާކިފްގެ ސުވާލަށް ޖަވާާބުދިނުމަށްފަހު މަލާކް ބުނެލިއެވެ.

“ޝާންތާ. މިމީހުންނަށް ސައި ތައްޔާާރުކޮށްބަލަ.” ބަދިގެއާާ ދިމާއަށް ބަލައިލަމުން މަލާކް އެހެން ބުނެލުމުން ޝާންތާ އަވަސް އަވަހަށް އާއެނކޭ ބުނުމަށްފަހު ދިޔައެވެ. “އެދުވަހު އައި ފަހުން އަދި ކިރިޔާާ ތިއައީ. އެހެންވީމަ މިގެއިން ސައި ބޮއެގެން މިއަދު ދެވޭނީ.” ނީމްގެ އަތުގައި ހިފައިލައިގެން އިނދެ ހިނިތުންވެލައިފައި މަލާކް ބުނެލިއެވެ.

“މައްސަލައެއް ނެތޭ. އަހަރެމެން ކިތަންމެ ވަރަކަށްވެސް ސައިބޮއެފާނަން. އެހެންނު އާކިފް. އޭތް ތިއެއްނޫނޭ. އަސްލު ވަރަށް މުހިންމު ވާހަކައެއް ދައްކާލަން މިއައީ. ދޯ އާކިފް” އާކިފްއަށް ދޯދެމުން ނީމް ބުނެލިއެވެ. އެއާއެކު ހިނިތުންވެލައިފައި އާކިފް ބޯޖަހައިލިއެވެ. “އަނެއްކާާ ކޮންވާހަކައެއް؟” މަލާކް އެދެމީހުންގެ މޫނަށް ބަލައިލަމުން އަހާލިއެވެ.

“ސާބަހޭ. ހަމަޖެހިބަލަ.” ހިނިގަނޑެއް ޖަހައިލަމުން ނީމް އެހެންބުނެލީ މަލާކް ކަންބޮޑުވިވަރުންނެވެ. “ދަތުރެއް ރާވަން އެވާހަކަ ދައްކަން މިއައީ.” ނިތްއަރުވާލަމުން އަނެއްކާވެސް ނީމް ބުނެލީ ހިނިތުންވެފައި އިނދެއެވެ. “މަލް މެން މިކޮޅަށް އައި ފަހުން އަދި އެއްވެސް މަޖާ ކަމެއްވެސް ކޮށްނުލެވޭ. އެހެންވެ އަހަރެން ހިތަށް އެރީ މިތާކައިރި ފަޅުރަށަކަށް ދަތުރުދާން ވަރަަށް މަޖާާވާނޭ.” މަލާކް އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަދެއްކީ ނީމް އެވެ.

“އެއީ ތެދެއް. މިތާ ކައިރީގަ އޮންނާނެ ވަރަށް ރީތި ރަށެއް. މޫދުވެސް ނިކަން ރީތިވާނެ.” ގަޔާވެލައިފައި އާކިފްވެސް ބުނެލިއެވެ. މަލާކަށްވެސް އެޚިޔާލު ވަރަށް ކަމުދިޔައެވެ. އޭނާ މޫދަށް އެރިނުލާތާވެސް މިހާރު އެތައް ދުވަހެއް ވެދާނެއެވެ. ޗުއްޓީ ހޭދަކޮށްލަން އައިސްފައި އެކަހަލަ މަޖާކަންތައްތައް ނެތްނަމަ އެއީ ޗުއްޓީއަކަށްވެސް ނުވާނެއެވެ. މަލާކް އެކަމަށް އެއްބަސްވީ ހިނިތުންވެފައި އިނދެއެވެ.

* * *

ކާރު ދުއްވަމުންދިޔަ އައިދުން އިރުއިރުކޮޅާ އޭނާގެ ފަންއިސްތަށިގަނޑު ތެރޭގައި އަތް ހިންގާލަނީ ކަންބޮޑުވެފައިވާ މީހަކުފަދައިންނެވެ. މިފަހަކަށް އައިސް އޭނާއަށް ދިމާވަމުން އަންނަ ހާދިސާާތަކުން އޭނާގެ ހިތްވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނާ އެވަރަކުން މިރަށަށް އަންނަންވެސް ބޭނުންނުވީ މިސަބަބުތަކާ ހުރެއެވެ. އެކަމަކު ދެން ހެދޭނެ އިތުރުގޮތެއްވެސް ނެތެވެ. ޗުއްޓީހަމަވަންދެން ކެތްކުރުމަކީވެސް އުނދަގޫ ކަމެކެވެ. ދެންވާނެ ގޮތެއް އެނގޭނީ ކާކަށްހެއްޔެވެ؟

ވަކި މިސްރާބެއްނެތި ކާރު ދުއްވަމުން ދިޔަ އައިދުން ކުއްލިއަކަށް ބުރަކި ޖައްސައިލީ ކުރިމަތިން މީހަކު ހުރަސްކޮށްލިހެން ހީވެގެންނެވެ. ނަމަވެސް މުޅި މަގުގައިވެސް މީހެއްގެ ނިޝާނެއްހައި ހިސާބުވެސް ނެތެވެ. އެއީ އޭނާއަށް ހީވިގޮތެއްކަމަށް ބަލައި އައިދުން އަނެއްކާާވެސް ކާާރު ދުއްވައިލިއެވެ. ގެއާދިމާއަށް ކާރުގެ މިސްރާާބު ބަދަލުކޮށްލަމުންނެވެ.

ވަކިހިސާބަކަށް ދެވުނުތަނާ ކުރީފަހަރެކޭ އެއްގޮތަށް ސިހިފައި އައިދުން ކާރު މަޑުކޮށްލީ މިފަހަރުވެސް އޭނާގެ ކުރިމަތިން އެއްޗެއް ހުރަސްކޮށްލިހެން ހީވެގެންނެވެ. ދެފަރާތް ހޯދައިބެލި އިރުވެސް އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނުވިއެވެ. އައިދުން ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އަނެއްކާވެސް ކާރު ސްޓާރޓް ކޮށްލިއެވެ.

ކުރިންފަހަރުތަކާ ޚިލާފަށް އައިދުން ކާރު ދުއްވަމުންދިޔައީ ތަންކޮޅެއް ބާރަށެވެ. މިފަހަރުވާންފެށީ އެހެންފަހަރުތަކާ ޚިލާފުގޮތެކެވެ. މަގުގެ ދެފަރާތުން އޭނާއަށް ހުވަފެނުން ފެނުނު އަންހެންކުއްޖާ ފެންނަމުން ދިޔައެވެ. އައިދުން ބަލައިލާ ކޮންމެ ދިމާއަކުންވެސް ހަމަ އެސޫރަ ފެންނަމުންދިޔައެވެ. އެންމެފަހުން ކުރިއަށް ނުދެވިގެން އައިދުން ކާރު ހުއްޓައިލިއެވެ. އަދި ބޮލުގައި ބާރަށް ހިފަހައްޓައިލިއެެވެ.

“ރަންޔާާ.” ބޭއިޚުތިޔާާރުގައި އައިދުންއަށް އެނަން ކިޔައިލެވުނެވެ. “އަހަރެންނަށް ގޮވިންތަ؟” ގާތުން އިވިގެންދިޔަ އަންހެންވަންތަ އަޑުން ސިހިފައި އައިދުން އޭނާއާާ ޖެހިގެންހުރި ޝީޓަށް ބަލައިލިއެވެ.

ގާތުގައި މަލާމާތުގެ ފާޑަކަށް ހިނިތުންވެފައި އިން އަންހެންކުއްޖާާ ފެނުނުން އައިދުންގެ ތަލިން ކުޅުހިކިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި މީހާ ގަނޑުވިކަހަލައެވެ. މުޅިމީހާގެ ގައިން ހީބިހިނަގައިގެން ދިޔައީ އޭނާގެ އަތުން މަރައިލި ކުއްޖަކު އޭނާގެ ގާތުގައި އިނީމައެވެ. އެއީ ދެވަނަ ދެމީހެއްނޫނެވެ. ހަމަ ރަންޔާއެވެ.

އެކަމަކު ރަންޔާ އެނބުރި އަންނާނީ ކިހިނެއްހެއްޔެވެ؟ ރަންޔާވީ މަރުވެފައެވެ. ޚުދު އޭނާގެ އަމިއްލައަތުންނެވެ. މިވީ ކިހިނެއްހެއްޔެވެ؟ އަނެއްކާ މިއީ ރަންޔާގެ ރޫޙުބާވައެވެ؟ އައިދުންއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“ކިހިނެއްވީ؟ އަހަރެން ފެނުނީމަ ބިރުގަތީތަ؟ ގައިމު އަހަރެން މިއައީ އައިދުން އަހަރެންނަށް ގޮވީމަ.” މިލަމުންދިޔަ އައިދުންގެ މޫނަށް ބަލަންއިނދެ ރަންޔާގެ ސިފައިގައި ހުރި ބީނިޝް ބުނެލިއެވެ.

“އަ.. އަ.. އަހަރެން ނު.. ނުގޮވަން.” އަޅައަޅައި ގަންނަމުން އުނދަގޫކަމާއެކު އައިދުން ބުނެލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި އައިދުންއަށް ހުރެވުނީއެވެ. “ނުވާނެ އެހެންނެއް. އައިދުން ގޮވި. އަހަރެންނަށް އަޑުވެސް އިވުނު. އެހެންވެ މިއައީ.” ނުލަފާ ފާޑަކަށް ހިނިތުންވެލަމުން ބީނިޝް ބުނެލިއެވެ. އައިދުންގެ ހާލު ފެނުމުން އެހިތް އުފަލުން ފުރުނެވެ.

ބިރުގެންފައި އޭނާގެ މޫނަށް ބަލަމުންދިޔަ އައިދުން ފެނުމުން ބީނިޝް ބިރުވެރި ފާޑަކަށް ބާރަށް ހޭންފެށިއެވެ. މުޅި ކާރުތެރޭގައި އެއަޑު ގުގުމައިގެން ދިޔައެވެ. އައިދުންއަށް ކަންފަތްމަތީގައި އަތްއަޅައިލެވުނީ އެހުނުމުގެ ސަބަބުން އޭނާއަށް ވާންފެށި އުނދަގުލުންނެވެ.

“ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަހަރެންނަށް ތިހެންނުހަދާ.” ދެލޯމަރައިލަމުން އައިދުންއަށް ބުނެވުނެވެ. “ކިހިނެއް ދޫކޮށްލާނީ؟ ބަލަ އަހަރެންވެސް އެދުވަހު ކަލޭ ގާތު ކިހައި އާދޭހެއް ކުރިން. އެކަމަކު މިކަންފަތަށް އެއަޑު އިވުނުތަ؟” ހުނުންމައިތިރި ކުރަމުން ރަންޔާގެ ސިފައިގައި ހުރި ބީނިޝް ހަޅޭލަވައިގަތެވެ. އެއާއެކު އައިދުންގެ ކަންފަތުން ވޭންދެނިވި ދިލައެއް ނަގައިގެން ދިޔައެވެ. މުޅިކަންފަތް ކައިރިއަށް އާދަޔާ ޚިލާފު ހޫނެއްވާންފެށިއެވެ. އައިދުންއަށް ކަންފަތުގައި އަތްއުނގުޅަން ފެށުނެވެ.

“ކަލޭ ހަނދާާންކުރައްޗޭ. ކަލެއަކަށް ދެން ސަލާމަތެއް ނުވެވޭނެ.” އެހެންބުނުމަށްފަހު ބާރުހުނުމަކާއެކު ބީނިޝް ގެއްލުނެވެ. އައިދުންގެ ކަންފަތުން ނަގަމުންދިޔަ ދިލައަށް ލުއެއްލިބުނީ އެހިސާބުންނެވެ. ކުޑަފެންފުޅިއެއް ނެގުމަށްފަހު އޭގެން ކޯވަރެއް ބޮއެލެވުނީ ގަންފައިވާ ބިރުފިލުވައިލާ ހަމަޖެހިލުމަށެވެ.

ދެންމެއެހިނގައި ދިޔައީ އައިދުން ދުވަހަކުވެސް ވެދާނެކަމަށް ލަފާވެސް ކޮށްލައިފައިވާ ކަމެއްނޫނެވެ. ރަންޔާ އެނބުރި އަންނާނީ ކިހިނެއްހެއްޔެވެ؟ އައިދުންގެ ސިކުނޑި ސުވާލުމާކު ތަކުން ފުރިގެންދިޔައެވެ.

* * *

އައިދުންގެ އިންތިޒާރުގައި އެތައް އިރަކު ތިބިއިރުވެސް އައިދުންގެ ހަބަރެއް ނުވުމުން އެންމެފަހުން އާކިފްއާއި ނީމް ގެއަށްދިއުމަށް ނުކުތެވެ. އެވަގުތު ގޭގެ ދޮރުކުރިމައްޗަށް ކާރެއް މަޑުކޮށްލުމަށްފަހު އޭގެން ނުކުތް އައިދުން ފެނުމުން އާކިފްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހިނިތުންވެލަމުން އައިދުންއާ ދިމާއަށް ހިނގައިގަތެވެ.

“ކޮންތާކު އުޅެއުޅެފަ ތިއައީ؟ ކޮންއިރެއް މިހާރު އައިދުންގެ އިންތިޒާރުގަ ތިބޭތާ. އެންމެފަހުން ގެއަށްދާާން ނުކުތްގަޑީ ތިއައީ.” އައިދުންގެ ކޮނޑުގައި ޖަހައިލަމުން އާކިފް ބުނެލިއެވެ.

“ކަމަކުތަ އާކިފްމެން ތިއައީ؟” އަވަސް އަވަހަށް އައިދުން އަހައިލިއެވެ. “އާން. ދަތުރެއް ރާވާލަން ކަމަށް. އަންނަ ހޮނިހިރު ދުވަހު. އޯވަރ ނައިޓަކަށް މިތާ ކައިރި ފަޅުރަށަކަށް ޖައްސައިލަން. މަޖާވާނު.” އައިދުންގެ ސުވާާލަށް ޖަވާާބު ދިނުމަށްފަހު އާާކިފް އޭނާގެ އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ.

“އޭ. ނެތޭ ހުރެވޭކަށް. މާާލަސްވެއްޖެ މިހާރުވެސް. އައިދުން މާލަހުންވިއްޔަ ތިއައީ. ދެން ދަނީއޭ. އަންނާާނަން މާދަމާ.” އާކިފްގެ ވާހަކައަށް އައިދުން ހަމައެކަނި ބޯޖަހައިލީއެވެ.

ނަމަވެސް ފަޅުރަށަކަށް އޯވަރ ނައިޓަކަށް ދާވާާހަކަ ބުނުމުން އައިދުންގެ މޫޑު އެއްކޮށް ޚަރާބުވިއެވެ. ޔަގީނެވެ. މިދަތުރުވެސް ވާނީ އޭނާއަށް ނާމާންކަމުން ފުރިގެންވާ ބިރުވެރި ދަތުރަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ރޯޒްވެލް 01

Next

ތި ލޯތްބަށްޓަކައި (24)

Next
October 13, 2017

ތި ލޯތްބަށްޓަކައި (24)

Previews
October 13, 2017

ރޯޒްވެލް 01

37 Comments!

  1. Naufa says:
    October 13, 2017 at 4:31 pm

    Hey all.. Here is the next part of this story.. Hope al will like this part too.. Gennan buni day ah vure kurin genevihje dhw.. Rangalhu kuranvy kameh innama bunelahchey.. ?

  2. maroon says:
    October 13, 2017 at 4:34 pm

    V reethi naufa ???

    1. Naufa says:
      October 13, 2017 at 6:05 pm

      Thanks maroon❤

  3. Shaa says:
    October 13, 2017 at 4:54 pm

    Next prt thankolheh dhigukoh upkohla dhehchey mi prtves v reethi

    1. Naufa says:
      October 13, 2017 at 6:01 pm

      Thanks shaa.. Alhe kurutha? Ekm mi part vx mi hama ehn part thakaa ehvarah liyefa..?

  4. click a shot ? says:
    October 13, 2017 at 4:55 pm

    Aidhun aa kon gulhume huri meeheh baa ranyaa aki…varah reethi mi part ves..intresting story eh…ly..❤️Nau..waitting

    1. Naufa says:
      October 14, 2017 at 6:22 am

      Thanks click a shot.. Dhn huri bai thakun ekan ingeyne.. Ly too dear..❤

  5. yaloon says:
    October 13, 2017 at 4:56 pm

    vrh reeeeeethi …

    1. Naufa says:
      October 13, 2017 at 6:06 pm

      Thanks ?

  6. $JK..KOREAN says:
    October 13, 2017 at 5:10 pm

    vrhhh reeethi. nxt part avas kohlahcheyy..

    1. Naufa says:
      October 13, 2017 at 6:07 pm

      Thanks $JK?

  7. ?? says:
    October 13, 2017 at 5:24 pm

    Kobaatha naufa ge crazy fan ANON?
    Enmenneyy eiy vaa varugadha fan eh igey… evaru fan eh naufa ah nulibeyne….

    1. Naufa says:
      October 13, 2017 at 6:08 pm

      Who is that?

  8. annoying reader says:
    October 13, 2017 at 6:06 pm

    haha anon eba dhuvey layal ge story ah ves bully comment kuramun naufa ge story copy kohgeney kiyaa. mistory kiyaa iru 2:30 sifa vani ekahala gothakah miga ves story line dhani

    1. Naufa says:
      October 13, 2017 at 6:17 pm

      Sry.. Bt its nt a copy of that.. Its totally a different one.. Vaahaka nimey hisaabuga ingeyne.. I read that stry.. It was really nice.. Bt its nt like that stry.. I assure u..

  9. annoying reader says:
    October 13, 2017 at 6:39 pm

    i didn’t say its a copy unlike ur biggest fan anon. i do love ur stories even the previous ones. i know every writer has their own concepts,urs and that story has similar concept thats all 🙂 dnt take it to heart. i wish u all the best. and i love this story too

    1. Naufa says:
      October 13, 2017 at 7:02 pm

      Hey i didnt take it to heart.. Bt thanks.. Aslu v hapy vey thikahla heyovisney n hopeful kohdhey readers thibeythy.. Thank u once again..?

  10. Jenn says:
    October 13, 2017 at 7:44 pm

    Raaz vaagothah nuhadhahchey. Thafaath kollahchey. varah heevey raaz ge story aa ehgoi hen.

    1. Naufa says:
      October 13, 2017 at 7:46 pm

      No.. Its nt the same.. It will be different.. ?

  11. Reader says:
    October 13, 2017 at 8:00 pm

    Room ga e ulhenee kaaku

    1. Naufa says:
      October 13, 2017 at 8:03 pm

      That u will knw other parts in.. May b vaahaka nimen kaari vyma..

  12. Lam says:
    October 13, 2017 at 8:11 pm

    Oo…nice…avahah up kohdehchay naufa ingey..plx?

    1. Naufa says:
      October 13, 2017 at 8:12 pm

      Thanks lam❤

  13. mamee says:
    October 13, 2017 at 8:41 pm

    ?roomga ulhenee alhugahndu aee nidaalanvegen.

  14. mamee says:
    October 13, 2017 at 8:59 pm

    anoon ey aee konkahala fyneh eyna kanthahkuraagothun hyvanee layaal aa nau jassanulhyhen.kihaa derakameh egothah comment nukury binaakuranivi faadkiyaa evves kuhjaku deravaagothah faad kiumakee mikamah kudin fasjehykameh hurihaakudinnennu baehkudin evveskevveskuhjakuderavaagothakah kanthahkuraakah alhuganduves nauves beynumennuvaane dhw Nau.ehenveema egothah kanthah nukurahchy .?

    1. Naufa says:
      October 13, 2017 at 9:10 pm

      Yes mamee.. V rangalhu vaahakaeh thibuny.. ?❤?

    2. $JK..KOREAN says:
      October 13, 2017 at 10:05 pm

      so true MAMEE 🙂 😀

  15. Aish says:
    October 14, 2017 at 7:51 am

    Vvvvvv reethi

    1. Naufa says:
      October 14, 2017 at 8:04 am

      Thanks aish?

  16. mamee says:
    October 14, 2017 at 8:43 am

    Sjk Koreanah haada visneye dhw v ufaavey thikahala visnykudinthibythee.

    1. $JK..KOREAN says:
      October 14, 2017 at 9:10 am

      rangalhu vaahakaeh bunyma gabuul kuran vaanennu dho 🙂 😀

  17. sana says:
    October 14, 2017 at 10:03 am

    Wow!When next part???????????

    1. Naufa says:
      October 14, 2017 at 10:08 am

      Thanks sana.. Miulheny nxt part up kuran❤?

  18. imsha☺ says:
    October 14, 2017 at 3:29 pm

    Vrh salhi… good luck naufa..☺

    1. Naufa says:
      October 14, 2017 at 3:48 pm

      Thanks imsha❤

  19. O.O says:
    October 21, 2017 at 6:58 pm

    Mivaahaka aharenge hih athulaifi♥

  20. mal-mal says:
    October 26, 2017 at 12:53 pm

    interesting but I find this story similar to Ushaali’s 2.30 story! anyway, this one’s nice too!! ??????

Comments are closed.

Next Episodeހަވޭލީ (5)←


All Right Reserved!