” މީ ތެދު. އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި އިންނަން.”
ވަރަށް ސީރިއަސްވެ ވިކާޝް އެހެން ބުނުމުން އާނިޔާ ހިމޭންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ،
އާނިޔާ އޮތީ އެއްވެސް ބަހެއް ނުބުނެއެވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ، ވިކާޝް އާއި އިނދެގެން އޭނާ އެގެއަށް އައީ ނުހަނު ފޮނި އުއްމީދުތަކާއި އެކުއެވެ.
” އަހަރެން އެންމެ ފަހު ފަހަރަށް މި އަހަނީ ތީ ހަމަ ވިކާޝްގެ ނިންމުން ހޭ ؟”
އާނިޔާ މަޑުމަޑުން ސުވާލުކުރިއެވެ. ވިކާޝް ދޭނެ ޖަވާބުގެ އިންތިޒާރުގައި މާ ގިނަ އިރު އޭނާއަށް އޮންނާކަށް ނުޖެހުނެވެ. ކައިރިން އަޑުއިވުނެވެ،
” ހޫމް.. އަހަރެން ވަރަށް ސީރިއަސްވެފަ މި ބުނަނީ އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި ކައިވެނިކުރަން…”
ވިކާޝްދެކެ އިންތިހާއަށް ލޯބިވާ އަނބިމީހާގެ ހިތަށް ކުރާނެ އަސަރާއި މެދު އެއްވެސް ވަރަކަށް އޭނާ ނުވިސްނާ ފަދައެވެ. އާނިޔާ ތެދުވެ ފާރުގައި ލެނގިލިއެވެ. އޭނާ ކަކޫ މަތީގައި ދެއަތްބާއްވާލަމުން ދަތްދޮޅީގައި ދެކަކޫ ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ބޯޖެހިއެވެ. އެހިނދު އަޑުފަޅާ އޭނާގެ ރުޔުން ބޭރުވެއްޖެއެވެ. ގިސްލަ ގިސްލާފައި އޭނާ ރޮމުންދިޔައެވެ. މަޑުމަޑުންނެވެ. ވިކާޝް އަދިވެސް އޮތީއެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން ހިންދިރުވާލަ ދިރުވާލައެވެ،
” ފޮނި ހުވަފެންތަކަކާއި އެކު ދިރިއުޅުމެއް ފެށިއިރު އުއްމީދުވެސް ނުކުރާކަހަލަ ފަޤީރު ދިރިއުޅުމެއް ލިބުނީ.. ލިބުނު އެއްޗަކުން ފުދިގެން އެއް އިރު ކައިފިއްޔާ އަނެއް ދެއިރު ނުކައިވެސް ވިކާޝް އާއި އެކު މިއުޅެނީ އިންނާނެ މީހެއް ނެތިގެންނެއް ނޫނޭ… މައްސަލައެއް ނެތް.. ވިކާޝް ޝިކާ އާއި އެކު ދިރިއުޅޭ.. އެކަމަކު .. އަހަރެން… އަހަރެން ވަރިކޮއްފަ…”
އާނިޔާގެ ޖުމުލައިން ވިކާޝް ނިތްމަތީގައި އޮތް އަތްނެގުމަށްފަހު ތެދުވިއެވެ. އަދި އާނިޔާގެ ކުރިމަތީގައި އިނދެގެން ވާހަކަ ދައްކަން ފެށިއެވެ،
” ތީ ހަމަ ހީވާ އެއްޗެއް! އާނީ ދުލުން ބުނެލާ ބަހެއް ހަމަތީ… އަހަންނާ ނުލާ އާނީ އަކަށް އެންމެ ދުވަހެއް ކީއްކުރަން އެންމެ މިނެޓެއްވެސް ކެތެއް ނުވާނެ.. އާނީއަށް މިރޭވެސް ދެވިދާނެ.. އެކަމަކު މާދަމާ އިރު އަރަން ވާއިރަށް ހުންނާނީ މިގޭ ދޮރުމަތީގައި ކަން ކަށަވަރު..”
ވަރަށް ޔަޤީންކަމާއި އެކު ވިކާޝް ބުންޏެވެ. ކަންތައް ވާނީ އެހެންނޭ އާނިޔާގެ ހިތަށްވެސް އެރިއެވެ. އާނިޔާ އިސްޖަހާލިއެވެ.
” ޝިކާއަށްވުރެން އަހަރެން ހުތުރުވީމަތަ ؟ އެންމެ ދުވަހެއްގެ މެހެމާނަކާއޭ އިންނަން ތިއުޅެނީ….އަހަރެން ބަލާނަމޭ ޝިކާއަށް ވިކާޝްގެ ދިރިއުޅުމުގަ ކިތައް ދުވަހު ކެތްކުރެވޭތޯ؟ “
އާނިޔާ ހަސަދައިގެ ރާގަކަށް ބުނެލިއެވެ. ވިކާޝް ލޯއަޅާލަމުން ބުންޏެވެ،
” ތީއޭ ބޭނުމަކީ.. ތީއޭ ބޭނުމަކީ.. ފިރެހެނުންގެ ހިތެއް ނޭނގޭނެ.. އަންހެން ކުއްޖަކު އަނބުރާލުމަކީ އެމީހުންނަށް ނުލާހިކު ފަސޭހަކަމެއް..އަހަރެން ޝިކާ އާއި ކައިވެނި ކުރަން މިއުޅެނީ ކޮންމެހެން އޭނަ ރީތި ވެގެންނެއްނޫން.. ލޯބި ވެގެންނެއްވެސް ނޫން.. އޭނަގެ ފައިސާގެ ދަހިވެތިކަމުގަ އަހަރެން އޭނަ ބޭނުން.. އޭނާގެ ބައްޕަ ގެއްލުނުކަންވެސް އެއީ މަގޭ ނަސީބު..”
އިންސާނަކަށްވެ ހުރެ އިންސާނިއްޔަތުކަމެއްނެތް ވާހަކަ ވިކާޝް ދައްކަމުންދާތީ އާނިޔާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އޭނާ ފަހަތަށް ޖެހެން ފެށިއެވެ،
” ވިކާޝް ތިއީ ހާދަ ނުލަފާ މީހެކޭ.. އަހަރެން ހަމަ ރަނގަޅަށްވެސް ބޭނުމީ މި ދިރިއުޅުމުން ދުރަށްދާން.. އަހަރެން ޝިކާއަށްވެސް ހުރިހާ އެއްޗެއް ކިޔާދޭނަން..”
އާނިޔާ މަސައްކަތްކުރީ ތެދުވާށެވެ. ހުށިޔާރު ކަމާއި އެކު ވިކާޝް އާނިޔާގެ ދެކޮނޑުގައި ހިފާ ގޮނދަޑީގައި ބޭންދިއެވެ. އާނިޔާގެ މޫނުމަތިން ފެންނަނީ ބިރުގަނެފައިވާކަމުގެ ކުލަވަރެވެ. އެހެނަސް ވިކާޝްގެ މޫނުމަތިން މާޔޫސްކަން ފިޔަވާ އެއްވެސް ކުލައެއް އާނިޔާއަކަށް މިހާރަކު ނުފެނެއެވެ،
” ލޯބި…. އަހަރެން އާނީ އާއި ކައިވެނިކޮއްގެން މިގެއަށް ގެނައީ ލޯބިން އެކީގައި ދިރިއުޅުމަށް.. އަބަދުވެސް އަހަރެން ބޭނުންވަނީ މުއްސަނދި ދިރިއުޅުމެއް.. އަދި އަހަރެންގެ މި ލޯބި ލޯބި އަނބިމީހާ އެ މުއްސަނދި ދިރުއުޅުމުގެ އެންމެ ކުރީގައި ބަހައްޓަން އަހަރެން ވަރަށް ބޭނުން..އާނީ ބޭނުންވާ ކޮންމެ އެއްޗެއް އަހަރެން ހޯދައިދޭން ބޭނުން.. އެހެނަސް އަހަރެން މިވަނީ އުއްމީދު ގެއްލި މާޔޫސްވާންޖެހިފަ.. ޕްލީޒް އާނީ.. އާނީގެ އުފަލަށްޓަކައި އަހަރެން ކުރަން މިއުޅޭ ކަންތައް ކުރުމަށް ހުރަސް ނާޅަބަލަ!! އަހަރެން އާނީ އަކަށް ދެރައެއް ނުދޭނަން.. ޝިކާ އާއި ކައިވެނި ކުރެވުމާއި އެކު އަހަރެމެންގެ ދިރިއުޅުން ބަދަލު ވެގެން ދާނެ.. “
އާނިޔާގެ ދެލޮލަށް ބަލަން ހުރެ އާނިޔާގެ މޫނުގައި ދެއަތުން އޭނާ ހިފަހައްޓާލިއެވެ، ނުވިސްނޭ ގޮތަކަށް ވިކާޝްގެ މޫނަށް އާނިޔާ ބަލަމުންދެއެވެ.
” އަހަރެން ކޮންމެ ޙާލެއްގައި ނަމަވެސް ބޭނުންވަނީ މުއްސަންޖަކަށްވާން… އަހަރެން ކޮންމެ ފަދަ ޤްރުބާނީއެއްވެސް ވެދާނަން.. އާނީ އަދިވެސް ވިސްނަބަލަ! އެ ސަފާރީ އަހަންނަށް ލިބޭނެ ގޮތެއްވެސް އަހަރެން ހަދާނަން.. އަދި ހުރިހާ ފައިސާއެއްވެސް ހޯދަން މަސައްކަތްކުރާނަން.. އޭރުން ޝިކާ ވަރިވެސް ކުރެވިދާނެ.. އެދުވަހަކުން އަހަރެމެން ދެމީހުން އުޅޭނީ އެއްކޮށް.. ލޯބިން.. ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެން.. އޭރުން ތި މޫނުމަތިން އަހަންނަށް ފެންނަމުންދާނީ މުޅީންވެސް އުފާވެރިކަން..”
ވިކާޝް އާނިޔާގެ ކޮލުގައި އޭނާގެ ތުންފަތް ޖައްސާލުމާއި އެކު އާނިޔާއަށް ދެލޯ މަރާލެވުނެވެ.ފޯރާ ދިރިއުޅުމެއް އުޅެން ބޭނުންވާ އާނިޔާގެ ސިކުނޑި އާޢި ވަރަށް މޮޅަށް ވިކާޝް ކުޅެލައިފިއެވެ. ވިކާޝްގެ އިތުރުން އާނިޔާއަށްވެސް މުއްސަނދިކަމަށް ލޯބިކުރެވިއްޖެއެވެ. ޝިކާގެ ސަފާރީ އާއި ފައިސާތަކުގެ ބޭނުމުގައި ދެމީހުންވެސް އެއްގަލަކަށް އެރިއެވެ،
” ވިކާޝް،،، އޭރުން އަހަރެންވެސް އުޅޭނީ ވަރަށް އުފަލާއި އަރާމުގަތަ؟ “
ވިކާޝްގެ މޫނަށް ބަލާލަމުން އާނިޔާ އަހާލިއެވެ. ވިކާޝް ދެލޯމަރާލަމުން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
” އެކަމަކު އަހަރެން ވަރަށް ދެރަވާނެ ވިކާޝް އޭނަޔާ އެކު…….”
އާނިޔާ އިސްޖަހާލީ އެ ޖުމުލަ ބޭރުކުރާނެ ހިތްވަރެއް ނެތުނީމައެވެ. އަނެއްކާވެސް ވިކާޝްއަށްޖެހުނީ އާނިޔާގެ ބޮލަށް ސަވާރުވާށެވެ،
” ކީކޭ ދެން ބުނާނީ؟ ފައިސާ ވެސް ބޭނުންވޭ… އެކަމަކު ހިތްވަރާއި އެކު މަސައްކަތްކުރާކަށް ނުވެއް ކެރޭ…ކޮންމެވެސް ވަރެއްގެ ޤުރުބާނީ އެއްވެސް ވެގެންދޯ މިކަން މަށަށް ކާމިޔާބު ކުރެވޭނީ….”
ވިކާޝް އެ ބުނި ގޮތުން ހީވަނީ ހަމައެކަނި ވިކާޝްގެ އަމިއްލަ ބޭނުމަކަށް ކުރަން އުޅޭކަމެއް ހެންނެވެ.
” މަށަށް ކާމިޔާބު ކުރެވޭނީއޭ؟؟ ” އާނިޔާ ހައިރާންވެފައި އެހިއެވެ. ވިކާޝް ޗޮކެއް ކަނޑާލަމުން އާނިޔާގެ ބޮލުގައި ޖަހާލިއެވެ،
” އަހަރެމެން ދެމީހުންނަށް… މިހާރު ރަނގަޅުތަ؟ އަހަރެން ވަކި ބޭނުންވާނެތަ އާނީ ނޫން އިތުރު މީހެއް.. ޗި! ނުވާނެ ބޭނުމެއް.. އަހަރެން ބޭނުމީ ހަމައެކަނި އާނީ.. މާގިނަ ދުވަހު އުޅޭކަށް ނަހަދާނަމޭ އޭނަޔާ އެކުއެއް.. ވީހާވެސް އަވަހަކަށް ވަރި ކުރެވޭތޯ ބަލާނީ..” ވިކާޝްގެ ވާހަކަތަކަށާއި ދަޅަތަކަށް އާނިޔާ ހެއްލި ނިމިއްޖެއެވެ،
**************************
ކައިރީގައި ނިދާފައި އޮތް އާނިޔާގެ މޫނަށް ވިކާޝް ބަލާލިއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ފައިސާއެއްވެސް ނޫނެވެ. އޭނާ ދުނިޔޭގެ އެދުންވެސް ބޭނުންވެއެވެ. ޝިކާގެ ރީތި ސޫރަ ހިތަށް ސިފަކޮށްކޮށް އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. މަޑުމަޑުން އޭނާ ތެދުވިއެވެ، ކޮޓަރިން ނުކުތީވެސް ނިދާފައި އޮތް އާނިޔާއަށް ބަލަމުންނެވެ. އޭނާ މަޑުމަޑުން ހުސްފަޔާ ހިނގަމުން ގޮސް ޝިކާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. އޭރު ގަޑިން މެންދަމު 2 ޖަހައިފިއެވެ. ދޮރުގައި ޓަކި ޖެހުމާއި އެކު ބައްޕަގެ ހަނދާނުގައި ރޮއި ރޮއި އޮތް ޝިކާ ސިހުނެވެ. އޭނާ ތެދުވެގެން ގޮސް ގޮނޑީގައި އަޅުވާލާފައިވާ ތުވާލިން މޫނު ފުހެލިއެވެ.
” ޝިކާ… “
އޭނާ ދޮރާއި ހަމައަށް އައިތަނުން ވިކާޝްގެ އަޑު އިވުނެވެ. ޝިކާއަށް އަވަސް އަވަހަށް ދޮރު ހުޅުވުނީ ބޭ އިހްތިޔާރުގައެވެ. އެގަޑީގައި ވިކާޝް އައުމުން ޝިކާ ހައިރާންވިއެވެ. އޭނާ ބަލާލީ ގޭތެރެއަށެވެ،
” ކޮބާ އާނީ ؟ “
އާދައިގެ ގޮތަކަށް ޝިކާ އަހާލިއެވެ. އޭނާ ކުރި ސުވާލުގެ ޖަވާބުގެ ބަދަލުގައި ވިކާޝްއަށް ބަލާލެވުނީ ޝިކާގެ ސޫރައަށެވެ. ސޯޓަކާއި ޓީޝާޓެއް ލައިފައި އޭނާ ހުރުމުން އެ ހަށިގަނޑުގެ ރީތިކަން ބޭރަށް ފާޅުވެއެވެ،
” ވިކާޝް؟ “
ދެވަނަ ފަހަރަށް ޝިކާ ގޮވާލިއެވެ. ވިކާޝް ސިހުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިއަށް ދެމިގަތެވެ. ޝިކާއަށް ލިބުނު ހައިރާންކަން އިތުރުވީ ނަމަވެސް އޭނާއަށްވެސް ވިކާޝް އާއި މެދު ޝައުޤުވެރިވެވުނެވެ.
” ކީއްވެ ނުނިދާ ތިއުޅެނީ؟”
އެހެން ބުނުމާއި އެކު ޝިކާއަށް އޭނާގެ ބައްޕަމަތިން ހަނދާންވިއެވެ. ޝިކާ ވިކާޝްއަށް ފުރަގަސްދިނެވެ. އަދި ލޮލުން ހިލެމުންދިޔަ ކަރުނަތައް ހިންދާލަމުން އޭނާ ވާހަކަދެއްކިއެވެ،
” ބައްޕަމަތިން ހަނދާންވަނީ ހަމަ…”
ޝިކާގެ އަޑުގައިވާ ތުރުތުރުލުމުން ވިކާޝްއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ އައިސް ޝިކާގެ ފަހަތުގައި ހުއްޓުނެވެ. ދާދި ގާތުގައެވެ.
” ދެރަ ނުވޭ… ޝިކާގެ ބައްޕަ ނެތަސް އަހަރެން ޝިކާއަށް އަޅާލާނަމޭ… “
ވިކާޝް އެ ޖުމުލަ ބުނެލީ ވައި އަޑަކުންނެވެ. ވިކާޝްއަށް ހާއްސަ ނަޒަރަކުން ބަލަމުންދާ ޝިކާއަށް ތެޅިގަނެވުނެވެ. އޭނާ އެނބުރިލި ތަނުން ވިކާޝްގެ އަތުތެރެއަށް އޭނާއަށް ބޮނޑިވެވުނެވެ. ވިކާޝްގެ މޭމަތީގައި ޖައްސާލެވިފައިވާ ޝިކާގެ އަތް މަޑުމަޑުން ވިކާޝްގެ ހަށިގަނޑުގައި ދުވަންފެށިއެވެ،
” އަހަރެން ދާންވީތަ؟ މީ ގޯހެއްނު..އަހަރެން މިއައީ މިކަހަލަ ކަމަކު ނޫނޭ….”
ވިކާޝް ނޫންކަމަށް ހެދިއެވެ. ޝިކާގެ ހަރަކާތް ހުރި ގޮތުން އޭނާ އަދި ވިކާޝް ހުއްޓުވާނެކަން ވިކާޝްއަށް އެނގުނެވެ. ވިކާޝް ޝިކާ އާއި ދުރަށް ޖެހުނެވެ. ދޮރާއި ދިމާއަށް ހިނގައިގަތް ތަނުން ޝިކާ ދުވެފައި އައިސް ވިކާޝްގެ ބުރަކަށީގައި ތަތްވިއެވެ. އެހަށިގަނޑާއި އެ ރީތި އަދާތަކުން ވިކާޝްގެ ބުރަކަށި ފިހުނުހެން އޭނާއަށް ހީވިއެވެ.
ވިހަ ގޮތަކަށް ވިކާޝްހީލިއެވެ. އޭނާގެ ދެލޮލުން މަކަރާއި ހީލަތް ވިދައިގަތެވެ. އެހެނަސް ސިކުންތު ކޮޅެއްގެ ތެރޭގައި އޮޅުވާލުމެއްގެ ތެރެއިންވާ މައުސޫމުކަން ޝިކާއަށް ދެއްކިއެވެ.
” ނޫން ޝިކާ.. އަހަރެން މިއީ މީހެއްގެ ފިރިއެއް.. ތިހެން ނޫޅޭ.. ވިސްނާލަބަލަ ނިކަން..”
ވިކާޝް ގަދަކަމުން ޝިކާ ދުރުކޮއްލިއެވެ. އަދި ޝިކާއަށް ބަލާލީ ނުރުހުމުގެ ގޮތުންނެވެ.އޭރު ޝިކާ މާނޭވާ ލަމުންދެއެވެ. ވިކާޝްގެ ހަށިގަނޑުން އަރާމު ހޯދުމަށްޓަކައި ޝިކާވަނީ ފެންބޮވައިގަނެފައެވެ. އޭނާގެ ފަންއިސްތަށިގަނޑުވަނީ ހޭވިފައެވެ. ދެލޮލުން ފެންނަމުންދަނީ އޭނާ ވިކާޝްއަށް އެދޭވަރެވެ.
” ތީ މީހެއްގެ ފިރިއަކަށް ވާއިރު ދަންވަރު 2 ޖެހީމަ ކީއްވެ ހިލޭ އަންހެނެއްގެ ކޮޓަރިއަށް ވަންނަންވީ ؟އެއީތަ ތި ބުނާ ވަފާތެރިކަމަކީ؟ “
ދިފާޢުގައި ޝިކާ އެ ސުވާލު ކުރާނެކަން ކުރިންވެސް ވިކާޝްއަށް އެނގެއެވެ، އޭނާ އެތަނަށް އައީވެސް އެ ސުވާލަށް ވަރަށް ރަނގަޅަށް ތައްޔާރުވެސް ވެގެންނެވެ.
” އަހަރެން މިތަނަށް އައީ ކީއްވެތޯ އެންމެ ފަހަރަކުންވެސް ސުވާލު ކޮއްލިންތަ؟ އަހަރެން 2 ޖަހާއިރުވެސް އަންނަން މި ޖެހުނީ ޝިކާއަށް ރަނގަޅަކަށް…އަހަރެން ގިފިއްޔަށް ދާން ނުކުތް އިރު ބޭރުން މީހަކު ދުށިން.. އޭނާ އެ ފާރަލަނީ ޝިކާއަށްކަން ޔަޤީން.. ރަށަށް އަލަށް ބީރައްޓެހި އަންހެން ކުއްޖަކު އައިސްފިނަމަ އެކުއްޖަކު ގާތަށް ވަންނަން މިރަށުގެ މީހުން ވަރަށް މަސައްކަތްކުރާނެ.. އެހެންވެ އެކަމަށް ސަމާލުވާށޭ ބުނަންވެގެން އަހަރެން އައީ.. އެކަމަކު ގޮވާލިތަނުން ތި ދޮރު ހުޅުވީ.. ދެންމެ އެމީހާ ގޭތެރެއަށްވަދެ ގޮވި ނަމަޔޯ…”
ޝިކާ ޖެހިލުންވީ ދެނެވެ. ވިކާޝްގެ ފުލޯކު ވާހަކައިން ޝިކާ އިތުރަށް ބިރުގަތެވެ. އޭނާ ބަލާލީ ވިކާޝްގެ މޫނަށެވެ. ޝިކާގެ އަމަލުތައް ދެންމެ ބެހެއްޓުނު ގޮތަކުން އޭނާ މިހާރު ނުލާހިކު ލަދުގަނެ ދެރަވެއްޖެއެވެ. އެހެނަސް ވިކާޝްއަށްޓަކައި ހިތުގައި އުފެދެމުންދާ ލޯބި ފާޅުކޮއްލެވުނީއެވެ. ވިކާޝް އައިސް އިސްޖަހައިގެން ހުރި ޝިކާގެ ދެކޮނޑުގައި ހިފިއެވެ. ތަޅުމުގައި އޮތް ގޮދަނޑި ކައިރިއަށް ޝިކާ ގެންގޮސް ބުނެލިއެވެ،
” އެއްވެސް މީހަކު ދޮރުގައި ޖެހިޔަސް ދޮރު ނުހުޅުވާތި… “
ވިކާޝް ޝިކާ އާއި ދާދި ގާތުގައި ހުރީ އަނެއްކާވެސް ޝިކާގެ ޖަޒްބާތުތައް ހޭލައްވާލުމަށެވެ. އެހެނަސް މިފަހަރު ޝިކާ ހުރީ ހިމޭންކަންމަތީގައެވެ. ވިކާޝްއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ޝިކާގެ ދެކޮނޑުގައި ހިފައިގެން ދެމީހުން އެކުގައި އިށީނެވެ.
” ދެން އޮށޯވެލާ…”
އޭނާ އެހެން ބުނުމުން ލަދުން އިނދެ ޝިކާ އޮށޯވެލިއެވެ. ކައިރީގައި އޮތް ބެޑްޝީޓް ނަގާ އޭނާ ޝިކާގެ ގައިގައި އެޅުމަށްޓަކައި ނިއުޅާލިއެވެ. އަދި ބެޑްޝީޓް ގައިގައި އަޅައިދިނީ ޝިކާގެ ފައިން ފެށިގެން ކަރާއި ހަމައަށް ވިކާޝްގެ އަތުގެ އިހުސާސް ކުރުވަމުންނެވެ. ޝިކާއަށް އެއަތުގެ ބީހުމުގެ ސަބަބުން އަނެއްކާވެސް ވިކާޝްއަށް ހިތް އެދުނެވެ. ގަދަކަމުން މަތަކޮއްގެން ހުރި ހުރިހާ އިހުސާސްތަކެއް ހޭލައިފިއެވެ. ޝިކާއަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. ދާދި ދެންމެއަކު ހިތުގައި އުފެދުނު ލަދުވެތިކަން އެއް ފަރާތްކުރެވުނެވެ. ވިކާޝް ތެދުވަން އުޅުމާއި އެކު ޝިކާ ވިކާޝް ހުއްޓުވިއެވެ. އަދި ޝިކާ އާއި ދާދި ގާތަށް ދަމާލިއެވެ. ވިކާޝް ނުރުހުން ފާޅުކުރިއެވެ، ގޮތް ދެއްކުމުގެ ގޮތުންނެވެ.
” ކިހިނެތްވީތަ ޝިކާ..؟”
މިފަހަރު ވިކާޝް އެހެން ބުނީ ޝިކާގެ ތަނަވަސް މޭގައި އަތްއަޅާ ޝިކާ ދުރުކޮއްލަމުންނެވެ. އެކަމުގެ ސަބަބުން އިތުރަށް ވިކާޝް އޭނާގެ ގާތަށް ގެންނަން ޝިކާގެ ހިތް އެދުނެވެ. ޝިކާ ދެއަތުގެ އެހީގައި އޭނާގެ ގައިމައްޗަށް ވިކާޝް ވައްޓާލިއެވެ.ވިކާޝް ވެއްޓިގަތީ ގަސްދުގައެވެ. ޝިކާގެ ފިރުމުންތަކަށް އޭނާވެސް ވަނީ ފެންބޮވައިގެންފައެވެ،
*************************
ޝިކާއަށް ހޭލެވުނީ އަށެއްވެސް ޖެހިފަހުންނެވެ،.ވިކާޝް ފެނިދާނެތީވެ ޝިކާ ލަދުން ހުރެ ބޭރަށް ނުކުތެވެ. އޭރު ބަދިގެ ފެންޑާގައި ހުރި ފަތްޖެހިއެނދުގައި ވިކާޝް އިނެވެ. އާނިޔާ ބަދިގޭގައި ހުއްޓެވެ. ޝިކާ ފެނުމާއި އެކު ވިކާޝްގެ މޫނުމައްޗަށް ރުޅިވެރިކަން އޭނާ ގެނުވިއެވެ. ޝިކާ ލަދުން އިސްޖަހާލަމުން ބަދިގެއަށްވަނެވެ. އާނިޔާއަށް ޝިކާ ފެނުމުން ހަނދާންވީ ރޭގައި ވިކާޝް ދެއްކި ވާހަކަތަކެވެ. އާނިޔާ ރޮށިތަށި ހިފައިގެން ކާގެއަށްވަނީ ޝިކާ އާއި ވާހަކަވެސް ނުދައްކާހުރެއެވެ. ޝިކާ ހީކުރީ ވިކާޝް އެ ހުރިހާ ވާހަކަތަކެއް އާނިޔާއަށް ކިޔައިދިނީކަމަށެވެ.
” ޝިކާ! ކިހިނެތް ވެފަތަ ތި ހުންނަނީ ؟ އާދެބަލަ ސައިބޯން… “
ހިތްހެޔޮ ރާގަކަށް އާނިޔާ ގޮވާލިއެވެ. ޝިކާ ކާގެއަށްވަނީ ވައްލޮލުން ވިކާޝްއަށް ބަލާލަމުންނެވެ.
” ވިކާޝްވެސް ވަދެބަލަ އެތެރެއަށް ސައިބޯން.. އެބަ އަންނަން ގިފިއްޔަށް ވަދެލާފަ…”
އާނިޔާ ގިފިއްޔާއި ދިމާއަށް ދިޔުމާއި އެކު ވިކާޝް ކާގެތެރެއަށް ދެމިގަތެވެ.
” ވިކާޝް އާނިޔާއަށް ކިޔާދިނީތަ؟ “
ޝިކާ ވަގުތުގެ ބޭނުން ހިފާ އަވަސް އަވަހަށް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ވިކާޝްއަށް އަމާޒުކުރިއެވެ.
” ކިހިނެތްވީ؟ އެއީ މަގޭ އަނބިމީހާއޭ.. އަހަރެން އޭނައަށް ސިއްރުކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ..ޝިކާ އަހަރެންގެ ގަޔަށް އެރި އިރަކު ނޭނގޭތަ މަމީ އޭނަގެ ފިރިމީހާކަމެއް؟”
ވިކާޝް ޝިކާ ލަދުގަންނަވާލީ ރުޅިއަންނަކަމަށް ހަދާފައެވެ، ޝިކާ އިސްޖަހާލިއެވެ،
” އަހަރެންނަށް އެކަނި އެވަރުގެ ކަމެއް ނުކުރެވޭނެ ދޯ! “
ޝިކާވެސް ކޮއްލީ މަލާމާތެކެވެ. ވިކާޝް ދެބުމަ އެއްކޮއްލުމަށްފަހު ބުންޏެވެ،
” ދެން ތިބުނީ މަވެސް ގުޅިގެން ކުރި ކަމެކޭތަ؟ ޝިކާ ހަނދާންނެތުނީތަ ޝިކާ އުޅުނު ގޮތް.. އާނ …އަހަރެން ބޭނުން ނަމަ ޝިކާގެ އަތެއް ތަނެއް ބިންދާވެސް ލެވުނީސް..އެހެން ނަހަދަން ވެގެން ދޯ މަޑުމަޑުން އަހަރެން އުޅުނީ..އަދި ބުނަންތަ؟ އަންހެނަކު އެހާވަރުން އުޅެންޏާ ފިރެހެނަކަށް ކެތެއްވެސް ނުވާނެ.. “
ވިކާޝްގެ ޖުމުލަތަކުން ޝިކާއަށް ރޮވޭގޮތްވިއެވެ. އެނާ އިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ، ވިކާޝް އިރު އިރުކޮޅުން ޝިކާގެ މޫނަށް ބަލަމުންދެއެވެ،
” އަހަރެން….. ބަނޑުބޮޑު ވިއްޔާ ވިކާޝް މަށާ އިންނާނަންތަ؟ “
ޝިކާ ދެލޯމަރާލަމުން ބުންޏެވެ.ވިކާޝް އިތުރު އެއްޗެއް ނުބުނެ އަތުގައި އޮތް ރޮށިކޮޅު ކާލަމުން ނުކުތެވެ. ޝިކާ ތުންފަތް ހަފާލަ ހަފާލާ އިނީ ކުރެވުނު މޮޔަކަންތައް ހިތަށް އަރާފައެވެ،
*************************
ޝިކާގެ ސަފާރީ އަދިވެސް އޮތީ އެރަށުގެ ފަޅުގައެވެ. އޭނާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށް ދޫކޮށް ދިޔުމަށެވެ. އޭނާ އާއި ވިކާޝްގެ މެދުގައި އެރެޔަށްފަހު އުފެދިފައިވަނީ ދުރުކަމެވެ. އެކަމާ އާނިޔާ ވިކާޝްއާއި ސުވާލު ކުރިއެވެ،
” މިހާރު ޝިކާ އާއި ދެމީހުން އެއްގޮތަކަށްވެސް ވާހަކަ ދައްކާތަނެއް ނުފެނޭ.. ދެން ކިހިނެތް ވިކާޝް ބޭނުންވާ ގޮތަށް ކަންތައް ކުރެވޭނީ؟ އަހަރެން ހިންދިރުވާލާފަވެސް ކެތްކުރާނަން.. އަހަރެމެންގެ މަޤްޞަދް ޙާސިލްވީމަ އެކަންތައްވެސް ނިމޭނެ އެއްނު..”
އާނިޔާގެ ވާހަކަތަކުން ދެން ކަންތައް ކުރަންވީގޮތް ވިކާޝްގެ ހިތުގައި ރާވާލިއެވެ. އޭނާ ކުއްލިއަކަށް ތެދުވީ އާނިޔާ ދެއްކި އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދީއެވެ.
” ކޮންތާކަށް؟ “
އާނިޔާ އަހާލިއެވެ. ޖަވާބެއްނުދީ އޭނާ ނުކުމެގެން ދިޔައީއެވެ. އާނިޔާ ބޯ ހޫރާލުމަށްފަހު ބޭރަށް ނުކުތެވެ.އޭރު ބާރު ބާރަށް ވިކާޝް ބޭރުމަގަށް ނުކުންނަނީއެވެ، ޝިކާ ކޮޓަރީގައި އުޅޭތީ އާނިޔާ އަޅާނުލާ ނުކުތީ ބަދިގެއަށެވެ. ނުވަގަޑިއަށް އޭނާ ފޭރުފަނި ގިރުމަށްފަހު ޖަގު މޭޒުމަތީގައި ބެހެއްޓިއެވެ. އެވަގުތު ވިކާޝް އައިސް ވަނެވެ،
” އައްދެ! ފޭރުފަނި ގިރާލީތަ ދޫނީ؟ ދީ އަވަހަށް ފަނި ތައްޓެއް….”
ވިކާޝް އާނިޔާގެ އުނަގަނޑުގައި ހިފާލިއެވެ. އާނިޔާ އުފަލުން ހީގަންނަމުން ތިން ތައްޓަށް ފަނި އަޅާ ފުރާލިއެވެ. އަދި އެއްތަށި ވިކާޝްއަށް ދިއްކޮއްލަމުން އޭނާ ވާހަކަ ދެއްކިއެވެ،
” އެބަ އަންނަން ޝިކާއަށް ގޮވާލާފަ… “
އާނިޔާ ނުކުތުމާއި އެކު ވިކާޝްގެ އަތުގައި އޮތް ބޭސްގުޅަ ފަނިތައްޓަށް ވައްޓާލުމަށްފަހު ދެން ހުރި ތަށި ޖަގަށް އޮއްސާލިއެވެ. އޭނާ ހަމަޖެހިލި އިރު ޝިކާ އާއި އާނިޔާ އައިސް ވަނީއެވެ
” އަސްތާ.. ދެ ތަށި ހުސްކޮއްލީ ؟ “
ލޯ ބޮޑުކޮއްލަމުން އާނިޔާ އެހިއެވެ. ވިކާޝް ބޯޖަހާލިއެވެ. އަދި ޝިކާއަށް ބަލާލީ ރުޅިވެރިކަމާއި އެކުއެވެ. ޝިކާ އިސްޖަހައިގެން ހުރެ ފަނިތަށި ބޯން ފެށުމުން ވިކާޝް އަޅާވެސްނުލާ ނުކުމެގެން ގޮސް އިށީނީ ފެންޑާގައި ހުރި ފަތްޖެހިއެނދުގައެވެ. އޭނާ ހަމަޖެހިލައިގެން އިނެވެ. ޝިކާ ނުކުންނާނެ ވަގުތަކަށް ބަލަބަލައެވެ. އާނިޔާ ބަދިގެއަށް ވަތްތަން ވިކާޝްއަށް ފެނުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝިކާ ބާރުބާރަށް ކާގެތެރެއިން ދުވެފައި ނުކުތެވެ. އަދި ބަނޑުގައި އަތްއަޅައިގެން އޮވެ ހޮޑުލާންފެށިއެވެ. އެއަޑަށް ވިކާޝް ބޯހިއްލާލުމަށްފަހު ބަލާލިއެވެ. އަދި އެއްމިޔަކަނުން ހީލީ ލާނެތްފާޑަކަށެވެ. އާނިޔާ ނުކުމެ ހައިރާންވެފައި ބަލަން ހުއްޓެވެ.
” ޝިކާ ؟ ކިހިނެތްވީ؟ ބަލިވެތަ ތިއުޅެނީ ؟ “
އާނިޔާ ކުރި ސުވާލާއި އެކު ޝިކާއަށް ބޭއިހްތިޔާރުގައި ބަލާލެވުނީ ވިކާޝް އާއި ދިމާއަށެވެ. ޝިކާ ބޮލުގައި އަތްޖައްސާލިއެވެ.
” ހޫމ.. ކުޑަކޮށް ހުން އައިސްގެން..”
ޝިކާ ދޮގުހެދިއެވެ. ވިކާޝްގެ ދަރިޔަކަށް ބަލިވެ އިންކަން އޭނާއަށް މިހާރު ޔަޤީންވެއްޖެއެވެ. އޭނާ ބަނޑުގައި އަތްޖައްސާލުމާއި އެކު ބޯހިއްލައިގެން އިން ވިކާޝްއަށް ހެވޭގޮތްވިއެވެ. އާނިޔާ ދއްކޮއްލި ފެންތަށީގައި ޝިކާ ހިފިއެވެ،
*****************************
މެދުގޭގައި ހުރި ވިކާޝްގެ ފައިބުޑަށް ތިރިވެ ޝިކާ ރޯންފެށިއެވެ. އޭނާގެ ރުޔުމުގައި ރިހުމެއް އެކުލެވިގެންވެއެވެ،
” ހެޔޮނުވާނެ ވިކާޝް.. އަހަރެން ދުނިޔޭގެ ލަދުން ސަލާމަތްކޮއްދީ.. އަހަރެންނާ ކައިވެނިކުރޭ.. ހެޔޮނުވާނެ ވިކާޝް،.”
ޝިކާ އާދޭސްކުރަމުން ދިޔައެވެ. ވިކާޝްގެ މަޤްޞަދް ޙާޞިލްވީއެވެ. އޭނާ ބޭނުންވާގޮތް ވީއެވެ. އޭނާ ބޭނުންވީ ޝިކާގެ އޭނާގެ ކައިވެންޏަށް އެދި އާދޭސްކުރާށެވެ. ވިކާޝް ބޯ ހޫރާލިއެވެ،
” އަހަރެން ދެއަތްބަށް އެހެން މީހަކާ އިނީމަ އަހަރެންގެ އަނބިމީހާ ކިހާ ހިތްދަތިވާނެ!! އަހަރެން ކިހިނެތް އޭނަ ރޮއްވާނީ.. އަހަރެމެން ދެމީހުން އެހާ ލޯބިން އުޅެ އުޅެ ހުއްޓާ ޝިކާ މިތަނަށް ފުންމާލީ ދެން ކީއްކުރަން؟”
ވިކާޝް މަލާމާތުގެ ރާގަކަށް ބުންޏެވެ. އޭރު ޝިކާ ހުރީ ރޮއިރޮއި ހަލާކުވެފައެވެ.
” އެންމެ ރަނގަޅު.. އަހަރެން ޝިކާ އާއި ކައިވެނި ކޮއްފާނަން…”
ވިކާޝްގެ އެ ޖުމުލަ އާއި އެކު ޝިކާއަށް ސިހިފައި ބަލާލެވުނެވެ. ވިކާޝް ޝިކާގެ ވަށައިގެން ހިނގައމުންދިޔައެވެ،
” އެކަމަކު އެއީ ވަރަށް ބޮޑު ޝަރުތެއްގެ މަތިން.. އަހަރެންވެސް މިވަނީ ދިރިއުޅުމުގައި ވަރަށް ބޮޑު ޤުރުބާނީއެއް.. އަހަރެންގެ އަނބިމީހާ ހިތުގައި ޖައްސާފައި އެހެން މީހަކާ މި އިންނަންޖެހެނީ…”
ވިކާޝް ފުންނޭވާއެއް ދޫކޮއްލިއެވެ. ޝިކާހުރީ ވިކާޝްގެ ޝަރުތު އަހާލާ ހިތުން ކެތްމަދުވެފައެވެ،. ވިކާޝް ޝިކާގެ ކަންފަތާއި ހަމައަށް މޫނު ތިރިކޮއްލިއެވެ،
” ޝިކާގެ ސަފާރީ އާއި ހުރިހާ ފައިސާއެއް އަހަންނަށް ދީ….”
އެ ޖުމުލަ އިވުމާއި އެކު ޝިކާއަށް ތެޅިގަނެވިފައި ދުރަށް ޖެހެވުނެވެ، ޝިކާ ބަލާލުމާއި އެކު މަކަރުވެރިގޮތަލަށް ޝިކާއަށް ބަލަމުންދިޔަ ވިކާޝްގެ ދެލޮލުން ގޮތްހުސްވެފައިވާ ނިކަމެއްޗެއް އެހީއަކަށް އެދޭފަދަ ގޮތަކަށް ބަލަމުންދިޔައެވެ. ޝިކާއަށް ހީވީ ގައިން ބާރު ދޫވީ ހެންނެވެ.އުފަލާއި އަރާމުގައި އުޅެމުންދިޔަ ޝިކާއަށް ފުންމާލެވުނު އަލިފާންގަނޑު ރޯވެ އަނދަންފެށީ އަދިކިރިޔާކަމުގައި އޭނާއަށް ހީވާންފެށިއެވެ. ޝިކާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ.ކަރުނުން ފުރިފައިވާ ދެލޮލުން އޭނާ ވިކާޝްއަށް ބަލާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



……varah salhi vaahakaeh
……..east or west salaa is the best
…………….alhe vikaash haada gohey dw
hehehe 🙂 😉 happy inge.. hmm vikaaash v gose.. ehenve ennu shanu aai mery koggen dhiya thanun eyga haskaa e fennanynu
next partah inthixaaru kurameve…..vikas ge hunna selfish kamaa ey.
thank u eve,, next partge inthizaarugai vaasheve,.. maa las nukoh e part ves dhen genesdheynameve.
haha… varah obi mivaahaka
haha,.. shifa furathama ves hinigandeh thi jahaalee kihinehtho vee.. hehehe v bodah thank ingey..
Ey aneh part kon irakun tha up kurany
e dhooonyaa.. hama liyevunyma up kuraaanan ingey.. thank u thihaa kiyaalaa hithun hureeeema …
avas khdheeba salaa…v kiyaa hithun indhaa thi ninmaly v nice mi story ves….waiting for all stories….
na na na… adhi nuliyamey dhooonya.. wait kollaa heheeh.. hmm v foohi dw hehe
selfish selfish
vikaash is the selfishest 😛 hate him hate him 😛
waahaka varah best
thankuuu salaa 😀
helllow ket… Aaniya dheke fooosseh nuveytha? aaniya also selfish ehnu.. oww anyways thank u kit ket.. hehe WC…
shika ah v gothun sad v. mi vikash gandu me haadha selfish nulafa meeha gandekey dhw. eyna ya hedhi ey aaniya ves selfish v. hmm salhi ige mi part ves. story ga mistake huttas dhen liye ninmaala. ginain liyan feshyma e mistake thah ragalhu kurevemun dhaany. improve vaanehnu ekahala mistake kudhin faahaga kuryma ves. k dear tgc
thanx mishty.. yes yes dhen mivaahaka v avahah nimeyne…
v nice story eh salaa
meow meow thankx
love this storyy
intrestinnnnnnnnnnnnnnnnnn