Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (23)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 12, 2017 8 Mins Read
36 Comments

ނައިނާ ހިނގާފައި ދިޔައިރު އެ ދެލޮލުތެރޭން ކަރުނަތަށް ފައިބަމުންދިޔައެވެ. އެންމެ ފަހަރަކުވެސް އައިޒަން އޭނާ ހުއްޓުވާލިނަމައެވެ. އެންމެފަހަރަކުވެސް ކަންތަށް ވީގޮތް ކިޔައިދިންނަމައެވެ. އެންމެ ފަހަރަކުވެސް އައިނާ ކޮބައިތޯ ސުވާލުކުރިނަމައެވެ. ނަމަވެސް އައިޒަން މިހާރު އެހުރީ ހިތްހަރު މީހަކަށްވެފައިކަން ނައިނާއަށް އިނގި ހާމަވެއްޖެއެވެ. ރަނގަޅަށް އެސޫރައަށް ބަލައިނުލެވުމުން އެތަކެއް ޝަކުވާކުރެވުނެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ނައިނާ ފެނި ފިހާރައަށް ވަދެ ހުރި އިނާ ހުއްޓުނެވެ. ޝާމިރާ ކުރިއަށް ހިނގައިގަތުމުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅާ ނައިނާއާއި ދިމާލަށް ދިޔައެވެ. ކައިރިވާވަރަކަށް އެ މޫނުމަތިން ކަމެއް ގޯސްވެއްޖެކަން ފެންނަން ފެށިއެވެ. އިނާ ފަސްއެނބުރި ބަލާލީ އެ ފިހާރަ ކައިރި ކާރުގައި އިށީނދެ އިން އައިޝަމް އަށް އެމަންޒަރު ދައްކާށެވެ. ނަމަވެސް އައިޝަމް އެ ދިމާ ބަލައިނުލުމުން އިނާ އަޅައިނުލާ ނައިނާ ކައިރިއަށް ގޮސް ހުއްޓުނެވެ.

“ކިހިނެއްވެފައި؟” ނައިނާ ހުއްޓުވާފައި އިނާ އެހެން އެހުމާއި އެކު ނައިނާ ހީލިއެވެ. އަދި ކަމެއްނުވެޔޭ ބުނެފައި ދާން އުޅުނެވެ. ނަމަވެސް އިނާ ނައިނާގެ އަތުގައި ހިފަހައްޓާފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. “ކީއްވެ ރޮއެފައި؟” އިނާ ގެ އެސުވާލުން ނައިނާ މޫނުމަތީ އަތް ހާކާލިއެވެ. އަދި ދެންވެސް ހީލާފައި ކަމެއްނުވެޔޭ ބުންޏެވެ. އިނާއަށް ކަމެއް ވީކަން އިނގުމުން ނައިނާ ދޫކޮށެއްނުލިއެވެ. އެވަގުތު ފިހާރަތެރެއިން ބޯދިއްކޮށްލި ޝާމިރާ އެމީހުންފެނި އެދިމާލަށް އަންނަންފެށިއެވެ. ނައިނާއަށް އެ މަންޒަރު ފެނުމުން އިނާގެ އަތުން އޭނާގެ އަތް ދަމައިގަނެފައި ދާން އުޅުނެވެ. ޝާމިރާ ފެނުމުން އޭނާއަށް އުނދަގޫވީއެވެ.

ޝާމިރާއަށް ނައިނާ އެއީ ކާކުކަން ފާހަގަވުމުން ނައިނާ ހުއްޓުވާފައި ދަރިފުޅު ކޮބައިތޯ ސުވާލުކުރިއެވެ. ގޮތްހުސްވެފައި ހުރެ ނައިނާ ހުއްޓިލާފައި ޖަވާބުދިނީ ނިދާފައިކަމުގައެވެ. ޝާމިރާ ނަން އަހާލުމުން ނައިނާ އެމީހުންނާއި ކައިރިވި އިނާއަށް ބަލައިލިއެވެ. ދެއަތް ދެއަތާއި މޮޑެމުން އޭނާ އަށް ބުނެވުނު ހަމައެކަނި އެއްޗަކީ ވަރަށް ލަސްވެއްޖެކަމަށާއި ގެޔަށް ދާންޖެހިއްޖެކަމަށެވެ. ނައިނާ އިސްޖަހާލާފައި ހިނގައިގަތެވެ.

ޝާމިރާ އެދިމާ ބަލައިލިއެވެ. ނައިނާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް ހުއްޓުންއެރީ މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އިސްއުފުލާ ބަލާލިއިރު އޭނާގެ ކަނާތްފަރާތުގައި މިހުރީ އައިޝަމްއެވެ. އައިޝަމް ހުރީ ސީދާ ޝާމިރާއަށް ބަލަހައްޓައިގެންނެވެ. އެކަމުން ނައިނާއަށް ކަމެއް ރޭކާލިއެވެ. އަދި އައިޝަމްގެ އަތުން އަތް ދޫވޭތޯ އުޅުނަސް އެކަން ކާމިޔާބުނުވިއެވެ. ނައިނާ ހުރީ ޝާމިރާމެންނަށް ފަސްއެނބުރިނަމަވެސް އައިޝަމް ހުރީ އެމީހުންނާއި ދިމާލަށެވެ. އައިޝަމް ނައިނާގެ ކޮނޑުގައި ހިފާ ޝާމިރާއާއި ދިމާލަށް އަނބުރާލިއެވެ. “މީ އެކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާ ދޮންބެގެ ދިރިއުޅުން ނެރެލި ހަމައެކަނި އަންހެންކުއްޖާ.. މީ ނައިނާ.. މުހައްމަދު އައިޒަންގެ އަނބިމީހާ… އައިޒަންގެ ދަރިފުޅުގެ މަންމަ…” އެއްވެސް ޖެހިލުމެއްނެތި އައިޝަމް އެހެން ބުނުމާއި އެކު ނައިނާއަށް އިސްޖަހާލެވުނެވެ. ހިފަހައްޓައިގެން ކުރި ކަރުނަތަށް ދެލޮލުން ފައިބައިގެން ދިޔައީ މިނިވަންކަމާއި އެކުގައެވެ.

ޝާމިރާ ގަބޫލުނުކުރެވިފައި އެހުރިގޮތަށް ބަލަންހުރެވުނީ ނައިނާއަށެވެ. އެއަށްފަހު ހަނދާނަށް އަންނަމުން ދިޔައީ އޭނާއާއި ނައިނާ ބައްދަލުވި ދެ ފަހަރުމަތިންނެވެ. އަދި އެ ލޯބި ލޯބި ކުއްޖާއެވެ. ޝާމިރާއަށް އަނގަހުޅުވާލެވުނެވެ. ޤަބޫލުކުރަން އުނދަގޫވިއެވެ. “އައިނާ މުހައްމަދު އައިޒަން ކިޔަނީ އައިޒަންއާއި ނައިނާގެ ދަރިފުލަށް… ދެތިން ދުވަހަކު ބައްދަލުވެގެން ތި ދެއްކި ކުޑަކުއްޖާގެ ވާހަކައަކީ މަންމަގެ ފުރަތަމަ މާމަ ދަރި..” އައިޝަމް އިތުރުކޮށްލިއެވެ. ނައިނާއަށް ވާނަމަ ޝާމިރާގެ އެ ނަޒަރުން ސަލާމަތްވާން ބިންފަޅާފައި އަޑިއަށްވެސް ވަނީހެވެ. އެބެލުމުން އޭނާގެ ހިތަށް އުނދަގޫވެ ބިރުގަންނަންފެށިއެވެ. ޝާމިރާ ހަރު ހިނގުމެއްގައި އެތަނުން ދާން ހިނގައިގަތްއިރު އޭނާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އިނާ އައިޝަމްގެ އެދުމަށް ޝާމިރަގެ އަތުގައި ހިފަހައްޓާ ހުއްޓުވީ އޭނާ އަދިވެސް ބުނަން ބޭނުންވާ އެއްޗެއް އޮތުމުންނެވެ. “އަދި ނުނިމެޔޭ.. ނައިނާ އަކީ ފާލިހު ގެ ދަރިއެއް.. އާނ!! ފާލިހު ނައިނާ މަންމައާއި އިނދެ ވަރިވީ… ނައިނާ އަކީ ލަމްހާގެ އެއްބަފާ ކޮއްކޮ… އަދި ބުނަން! އެދުވަހު ތި މާތްކޮށްގެން އުޅޭ ފާލިހު… އޭނާ އުނގޫފާރަށް ގޮސް ނައިނާގެ މަންމަގެ ފުރާނަ ދުއްވާލީ! އާނ! ފާލިހު މަރުވީ ނައިނާ މަންމަ އަތުން… ތި މާތްކޮށްގެން އުޅޭ ފާލިހުއަކީ އަނިޔާވެރިއެއް.. މީހުން މަރާ މީހެއް… ފާފަވެރިއެއް.. އޭނާ މަރުވެގެން ދިޔައީ ދުނިޔޭގައި ވިއްޔާ ވީހާ ފާފައެއްކޮށް އެކަމަށް ތައުބާނުވަނިސް….” އައިޝަމް އިއްވާލިއެވެ. ޝާމިރާގެ ހައިރާންކަން އިތުރުވެގެންދިޔައެވެ. ޖޯކެއްހޭ ހިތާ ފަސްއެނބުރި އައިޝަމްއަށް ބަލާލިއިރު އެދެލޮލުންވެސް އެ ދައްކަނީ ދޮގުވާހަކައެއް ނޫންކަން ޝާމިރާއަށް އެނގުނެވެ. ކައިރި ޝާމިރާއަށް ބަލަހައްޓައިގެން ހުރި ނައިނާ އިސްޖަހާލީ ޝާމިރާގެ ނަޒަރު އޭނާއަށް އަމާޒުވުމުންނެވެ.

އިވިގެން ދިޔަ ބަސްތަށް ބޮލަށް ވަދެ އުނދަގޫވާންފެށުމުން އިނާގެ އަތުން އަތް ވީއްލިގެން އޭނާ ހިނގައިގަތެވެ. ފާލިހުގެ ވާހަކަތަށް އިވި ބޮލަށް އުނދަގޫވެގެންދިޔައެވެ.  އިތުރަށް އިނާވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. އަދި މަޑުހިނގުމެއްގައި ނައިނާ ކައިރިއަށް ގޮސް ހުއްޓުނެވެ. “އަދިވެސް ވީވަރު ކުޑަވީތަ ޝާމް؟؟ އަހަރެން ބޭނުމެއްނޫނޭ އަހަރެންގެ ދަރިފުޅަށް އެއްވެސް މީހެއްގެ ނަފްރަތު ލިބޭކަށް.. މަންމަ އީއްކޮއަށް އޮތް އެ ލޯބި ވަގުތުން ބަދަލުވީ ނަފްރަތަށް.. އައިޒަންވެސް އައިޒަން މަންމަވެސް އަހަރެންނާއި އީއްކޮއަށް ކުރަނީ ނަފްރަތު.. އިތުރަށް އަހަރެން ބޭނުމެއްނޫން.. އަހަރެން މަރުވެދާނެ ޕްލީސް… އަހަރެން މިތަނުން ހަމަޖެހިލައިގެން ދިޔަދީ!” އައިޝަމްގެ އަތުން އަމިއްލަ އަތް ދަމައިގަނެފައި ނައިނާ ހިނގައިގަތީ އެހިތަށް އެވަގުތު އައިހާ އެއްޗެއް އިއްވާލާފައެވެ. އައިޝަމް އެއްވެސް ވަރަކަށް ކުރެވުނުކަމަކާ ދެރައެއްނުވެއެވެ.

އެކަން އެވީ އެންމެ ރަނގަޅަށްކަން އޭނާ ދެކެއެވެ. ނަމަވެސް މިފަހަރުވެސް އައިޝަމް އޭނާގެ މަންމަ އަކީ ކިހާވަރެއްގެ މީހެއްކަން ހަނދާންނައްތާލީއެވެ. އައިޝަމް އާއި އިނާ ކާރަށް އަރައިގެން ދިޔަތަނާހެން ޝާމިރާ އަނެއްކާވެސް އެމަގަށް އަޅާލިއެވެ. ނައިނާ ދިޔަ ދިމާލަށް ބާރު ހިނގުމެއްގައި ދިޔައިރު އޭނާ ދިޔައީ ކުސްތަޅަމުންނެވެ. “އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ މާމަދަރި އެ ނުލަފާ އަންހެނާ ކައިރި ނުބަހައްޓާނަން… އޭނާ އަތުލާނަން…” ދަތްކުނޑި ވިކާލާފައި ޝާމިރާ އޭނާގެ ފިޔަވަޅުތަށް އަވަސްކުރީ މި ފުރުސަތު ގެއްލިދާނެތީއެވެ. އޭނާގެ ތުންފަތްމަތީ ކާމިޔާބުގެ ހިނިތުންވުމެއް ކުޅެލީ ނައިނާ އާއި ކައިރިވާތަން ފެނިފައެވެ. އޭނާ ދިޔަގޮތަކަށް ގޮސް ނައިނާއާއި އަރާހަމަކޮށްފައި އެއަތުގައި ހިފާ ފިއްތާލިއެވެ. ނައިނާ ސިހިފައި ފަހަތް ބަލައިލެވުނީ އެއްވެސް ވަރަކަށް އެއީ ޝާމިރާ ކުރިކަމެއްކަން ނޭނގިހުރެއެވެ. ޝާމިރާގެ ދެލޮލުން އޭނާއަށް ފެންނަނީ އިންތިހާ ދަރަޖައަށް ރުޅިވެރިކަމާއި ނަފްރަތެވެ.

ނައިނާއަށް ތަދުވެގެން އެ އަތް ނައްޓުވާލެވޭތޯ އުޅުނެވެ. ޝާމިރާ ހުށިޔާރުކަމާއި އެކު އެއަތް ދަމައިނުގަނެވޭނެހެން އަނެއްކާވެސް ބާރަށް ހިފައިގަތެވެ. “ކޮންމެހެން މާ މާތްމީހަކަށް ވާން އެކްޓް ގަދަކުރާނެކަމެއްނެތް… އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން މި ކުއްޖާގަނޑު ހަލާކުކޮށްލައިފިޔޭ.. ބުނަން ވާހަކައެއް؟ އަހަރެންނަށް އަހަރެންގެ މާމަ ދަރިފުޅު ދީ.. އެކުއްޖާއަށް ކަލޭގެ އެއްވެސް ހައްޤެއްނޯންނާނެ އެއީ އަހަރެންގެ އައިޒަންގެ ދަރިއެއް… ކަލޭއުޅެހެން ގޮނޑުކޮށް އުޅުމަށްވުރެ އެކުއްޖާގެ ފެންވަރު މަތިވެފައި ނަން ރީތިވާނެ.. އެއީ އަހަރެންގެ އާއިލާއާއި ގުޅިފައިވާ ނަމަކަށް ވީތީ..” ދެދަތް ޖައްސާ ބާރުކޮށްގެން ޝާމިރާ ވާހަކަދެއްކިއިރު ހީވަނީ އެދެލޮލުން ނައިނާ ނޮޅާ ކާލަފާނެހެންނެވެ. ބިރުންހުރެވެސް ނައިނާ ޝާމިރާ ގެބަހަށް އިންކާރުކުރިއެވެ. އަދި އެއީ އޭނާގެ ދަރިއެއްކަމަށާއި މިވީ އެއްވެސް ދުވަހަކު އެމީހުންނަށް އުނދަގޫކޮށްފައި ނުވާނެކަމަށާއި ނުވެސްކުރާނެކަމަށް ބުނަމުންދިޔައެވެ. ދިރިއުޅުމުގެ ހަމައެކަނި އުއްމީދު އަތުން ދޫވާކަށް ނައިނާ ބޭނުމެއްނޫނެވެ.

“އެއީ އަހަރެން މިވީ ފަސްއަހަރުތެރޭ އެކަނިން ބަލާބޮޑު ކުރި ކުއްޖެއް.. މަންމައަށްވެސް…………” ނައިނާ ދައްކަ ދައްކާ ހުރި ވާހަކަ މެދުކެނޑުނީ އޭނާގެ ކަންކަށިމައްޗަށް އެރި ޝާމިރާގެ ހޫނު ހަމަލާއިންނެވެ. ނައިނާ މަގުމައްޗަށް ވެއްޓެންވެސް ވެއްޓުނެވެ. ޝާމިރާ ގުދުވެލާފައި ނައިނާގެ ބޮލުގައި ހިފާ އެއަތުގައި އޮޅާލިއިރު މި އަނިޔާވެރިވެވެނީ އޭނާފަދައިން އެހެން ނިކަމެތި އަންހެނަކަށްކަމެއް އެހިތަކަށް ނާރައެވެ. “އަހަރެން މީ ކަލޭގެ މަންމައެއްނޫން.. އަދި އަހަރެން ނުޖެހޭނެ އަހަރެންގެ ދަރި އަތުލަން ކަލޭގެ އެއްވެސް ހުއްދައެއް ހޯދާކަށް.. އަހަރެން ކައިރިއަށް ކަލޭ ދަރިފުޅު ޖެހޭނީ ހަމަފޮނުވަން އެ ނޫންގޮތެއް ނުވެސް އޮންނާނެ ކަލެއަށް.. އަދި އެކަން ކުރާނީވެސް ސީދާ އައިޒަން..” ޝާމިރާ ނައިނާގެ އިސްތަށިގަނޑަށް ކުއްލިއެއް ޖަހާފައި ކޮށްޕާލުމާއި އެކު ނައިނާގޮސް ގާތަށްމަތީ ބޯ ނުޖެހުނީ ކިރިޔާއެވެ. އިސްތަށިތަށް އެއްފަރާތްކޮށްފައި ޝާމިރާއަށް ބަލަންހުރީ ގަބޫލުނުކުރެވިގެންނެވެ. ނައިނާ ޝާމިރާގެ ފައިބުޑުގައި އޮވެ އާދޭސްކުރަންފެށިއެވެ. ޝާމިރާ އެކަން ކުރާނެކަން އޭނާއަށް ޔަޤީންވެފައި އޮތުމުން އޭނާއަށް އޮތް ހަމައެކަނި ގޮތަކީ ޝާމިރާ ކައިރި އާދޭސްކުރުމެވެ.

“އަހަރެން އަހަރެންގެ ދަރިއާއި ދުރުވީ ކަލޭގެ ސަބަބުން، އަދި އަދަށް ދާންވެސް އެ ދަރިއެއް އަހަރެންނަކަށް ނުލިބޭ… މިއަދު ކަލޭއަތުން ކަލޭދަރި އަތުލީމަ އިނގޭނެ މަޔަކަށްމިހާލު ޖެއްސީމަ ވާ އިހްސާސް.. އަހަރެން އެދުވަހު ކުރި ހިތާމަ.. ކަލެއަކަށްނުކުރެވޭނެ އެއްވެސްކަމެއް..” ކޮޅުފައިންޖަހާ ނައިނާ ކޮށްޕާލާފައި ޝާމިރާ އެހެން ބުންޏެވެ. ނައިނާ ނޫނެކޭ ކިޔާ ރޮއެގަނެފައި ޝާމިރާ އަށް ގޮވަމުންދިޔައިރުވެސް ޝާމިރާ އަޅައިނުލާ ހިނގައިގަތީ ސިކުނޑީގައި އެކި ރޭވުންތަށް ރާވަމުންނެވެ. ގަތް ބިރުން ނައިނާ ތެދުވެ ގެއާއި ދިމާލަށް ދުއްވައިގަތެވެ.

…………

“އައިޒަން..!! އައިޒަން!!!” އެތެރެއަށް ވަދެގެތް އައި ޝާމިރާގެ އަޑަށް ސިޓިންގްރޫމްގައި އިން އައިޝަމް ތެދވިއެވެ. އައިޝަމް އާއި ދިމާލަށް ލޯ އަޅާލާފައި އައިޒަން ކޮބާހޭ އެހިއިރުވެސް ހީވަނީ ޝާމިރާ އައިއްސާ ހުރި ރުޅިން މީހާ އަނދަނީހެންނެވެ. އައިޝަމް ޝާމިރާއަށް ބަލަންހުރެ ޓެރެހުގައޭ ވީ ބުނުމުން ޝާމިރާ އެދިމާލަށް ހިނގައިގަތެވެ. އައިޒަންއަށް ޝާމިރާ އެއުޅެނީ ކޮންމެވެސް ރޭވުމެއް ރާވަންކަން އެނގި ކޮޓަރިއަށްވަދެ އިނާ ގޮވައިގެން ޓެރެހަށް އެރިއެވެ. އަޑެއްލައްވައިނުލާ ދެމީހުން ހިނގަމުން ގޮސް ހުއްޓުނީ ޓެރެސް ދޮރުމަތީ އެމީހުންނަށް ނުފެންނާނެހެންނެވެ. ޝާމިރާ ދަރިފުޅާ އޭ ކިޔާފައި ގޮވާލިއިރު އޭނާގެ ރާގުމުޅިންވެސް ބަދަލުވެއްޖެއެވެ. ހީވަނީ ރޮމުންރޮމުން ވާހަކަދައްކާހެންނެވެ.

އައިޒަން ކީކޭ ކިޔާފައި ފަސްއެނބުރުނުއިރު ޝާމިރާ ހުރިގޮތް ފެނި ނިތަށް ރޫއަރުވާލިއެވެ. އަޅާފައި ހުރި ބުރުގައި ބޮނޑިވެފައި އޮތްއިރު ދެލޮލުން ފައިބަމުން ދަނީ ކަރުނައެވެ. ހާސްވެފައި ހުރެ އައިޒަން ޝާމިރާ ގާތަށްޖެހިލާ ކިހިނެއްވީތޯ ސުވާލުކުރަންފެށިއެވެ. ޝާމިރާ ރޮއެގަނެފައި އައިޒަންގެ މޭގާ ލައްވެލިއެވެ. އައިޝަމް ހައިރާންވެފައި އެމަންޒަރު ބަލަންހުއްޓެވެ. “އައިޒަން ނައިނާ އާއި މިއަދު ދިމާވި.. މިއަދު އިނގިއްޖެ މަންމަ އެދުވަހު ފަޔަށް ތަދުކޮށްލައިގެން އެ ސަލާމަތްކުރީ މަންމަގެ މާމަދަރިފުޅުކަން… އެއީ އައިޒަންގެ ދަރިފުޅުކަން މަންމައަށް އިނގިއްޖެ.. އެކަމް…” ޝާމިރާ ހުއްޓަ ހުއްޓާފައި އެވާހަކަދައްކަމުން ދިޔައިރު އައިޝަމް ހުރީ ކަނުލާ އަޑުއަހާށެވެ. ރާގުބަދަލުވުމުން އޭނާ ހީކުރީ ޝާމިރާއަށް އެއްޗެއް ވިސްނުނީކަމަށެވެ. އައިޒަން ދެލޯ ބޮޑުވެފައި ޝާމިރާ ދުރަށް ޖައްސާލިއެވެ. “ކިހިނެއް.. މަންމައަށް އިނގުނީ…” އައިޒަން ސުވާލުކޮށްލިއެވެ.

“މަންމަ ނައިނާ ކައިރި އެނބުރި.. އެނބުރި އަންނަން ބުނީން.. މާމަދަރިފުޅާއި އެކު އުޅެން ބޭނުމޭ ބުނިން އައިޒަންވެސް ވަރަށް ބޭނުންވެޔޭ ނައިނާ ކައިރި އުޅެން ދަރިފުޅު ކައިރި އުޅެން.. ނުބުންޏަސް އައިޒަން ލޯބިވަނީ ނައިނާދެކެއޭ އެހެން ބުނީމަ ނައިނާ ރުޅިއައިއްސަ ނޫޅެމޯ ދާކަށް ބުނީ… އެހެން ބުނެފަ ވަރަށް އެއްޗެހި ކީ، ވަރަށް ހަޑިކޮށް ވާހަކަދެއްކީމަ މަންމަ ނައިނާ ކައިރި ފައިބުޑަށް ވެއްޓި އާދޭސްކުރިން.. އައިނާ ގެންނަން… އެކީ އުފަލުގައި އުޅެން… އެކަމް ނައިނާ ކޮޅުފައިން މަންމަގެ ގައިގާޖަހާފަ މަގުމައްޗަށް ވައްޓާލާފައި ދިޔައީ……” ޝާމިރާ ރޮއެރޮއެފައި އެހެން ބުނުމުން އައިޒަންގެ އަނގަ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. ދެލޯ މަރާލާ ތަގުޅިކޮށްލާފައި ލޯބިވާ މަންމަގެ ގައިގާ އޮޅުލައިގަތެވެ. ދޮރުމަތީ ހުރި އައިޝަމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެވަރުގެ ދޮގެއް މީހަކު ހަދަން ނުވާނޭ ކިޔާ އެދެމެދަށް ވަންނަން އުޅެނިކޮށް އެކަން ހުއްޓުވީ އިނާއެވެ.

ޝާމިރާ އެހެން ހުރެ ރޮމުން ރޮމުން ކިޔަމުންދިޔައީ އައިނާ ގެނައުމަށެވެ. އައިނާ ގެންގުޅެން ވަރަށް ބޭނުންވާކަމެވެ. އައިޒަން އެއްޗެއް ނުބުނެ ޝާމިރާގެ ބޮލުގައި ފިރުމަމުން ދިޔައިރު އެދެލޮލަށް ކަރުނަޖަމާވިއެވެ. ޝާމިރާ ހަދަހަދައިގެން އެކަހަލަ ވާހަކައެއް ނުދައްކާނެކަން އައިޒަންއަށް ޔަޤީނެވެ. ނަމަވެސް ނައިނާ އެހާ ގޯސްވެދާނެކަމަށް އެ ހިތް ގަބޫލެއްނުކުރިއެވެ. އައިޝަމް އައި ރުޅީގައި ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. “ހުސް ދޮގު ހުސް ދޮގު…” އެހެން ކިޔާފައި އައިޝަމް ސިޑިން ފައިބައިގެން ދިޔައީ ފޯނުން ނައިނާއަށް ގުޅަމުންނެވެ.

…………………

“އަހަރެން ހިއެއްނުކުރަން ޝާމިރާ ތިހާ ލަދުކުޑަވެދާނެކަމަކަށް.. ގައިމު އެވެސް އެކަނިމާއެކަނި ދެދަރިން ބެލި އެކަނިވެރިމައެއް… އެހެން އަންހެނަކަށް އެހާލު ޖައްސަން ހެޔޮނުވާނެއެއްނު…” ރޮއެރޮއެފައި ކަންވީގޮތް ނައިނާ ކިޔައިދިނުމުން މާރިޔާ އެހެން ބުނީ ހިތްހަމަނުޖެހިފައެވެ. މަޔަކަށްވެ ހުރެ އެހެން މަޔަކަށް އެހާލު ޖައްސަން އޭނާ ހިތުގައި ކުލުނެއްވެސް ނެތީބާއެވެ. ނައިނާ ބުނީ ވީހާވެސް އަވަހަށް މި މާލޭން އޭނާގެ ރަށަށް ދާންބޭނުމޭއެވެ. ޝާމިރާ އޭނާ އަތުން އައިނާ އަތުލާފާނެތީ ނައިނާ ހުރީ ވަރަށް ބިރުންނެވެ. މާރިޔާ ނައިނާ ހަމަޖައްސަން އެކި ވާހަކަތަށް ދައްކަނިކޮށް ނައިނާގެ ފޯނު ރިންގްވިއެވެ. ގުޅަނީ ނަމްބަރަކުން ކަމުން ހިސާބަކަށް ޖެހިލުންވެ އިނދެގައި ނައިނާ ފޯނު ނެގީ މާރިޔާ ނަގާށޭ ބުނުމުންނެވެ. “ހަލޯ ނައިނާ!!” އިވިގެން ދިޔައީ އައިޝަމްގެ އަޑެވެ. އޭނާ ފާޑަކަށް ހާސްވެފައި ހުރުމުން ނައިނާގެ ހިތްބިރުގަތެވެ.

“މަންމައާއި ދެމެދު ކަމެއް ހިނގިތަ؟؟” އައިޝަމްގެ ސުވާލުން ނައިނާ ހައިރާންވެފައި ނޫނެކޭ ބުންޏެވެ. އޭނާގެ ސަބަބުން އައިޝަމް އަނެއްކާ ޝާމިރާއަށް އެއްޗެހި ކިޔަން ބޭނުންނުވާތީއެވެ. ޝާމިރާ ރުޅިގަނޑު އިތުރަށް މައްޗަށް ގޮސް އައިނާ އަތުލަން އައިސްދާނެތީއެވެ. “އުނހު ބުނޭ..!! އެނގެޔޭ ކަމެއް ވެއްޖެކަން ކޮންމެހެން މަންމަ ކޮޅަށް ވާހަކަ ދައްކާނެކަމެއްނެތް.. މަންމަ ގެޔަށް އައިސް ކީ އެއްޗެހި ނައިނާއަށް ނޭނގެއެއްނު އެހެންވެ އެކަން ބަލަން މި އެހީ ތެދަށް ބުނޭ..” އައިޝަމް ހިތްހަމަނުޖެހިފައި އެހެން ބުނުމުން ނައިނާ ކިހިނެއްވީހޭ ސުވާލުކުރިއެވެ. ނަމަވެސް އައިޝަމް އެދުނީ ފުރަތަމަ ކަންތަށް ވީގޮތް އޮޅުންފިލުވާށެވެ. ނައިނާ ވި ހުރިހާ ކަމެއް ކިޔައިދިނެވެ. އަދި ޝާމިރާ އަނިޔާވެރިވިގޮތާއި އައިނާ ގެންދާނީ ސީދާ އައިޒަން ލައްވުވާއޭ ބުނެދިނެވެ.

“އައިޒަންއަށް އައިނާ އަހަރެންނާއި ދުރުކުރުމުގެ ބާރު އެބައޮތް… ޝާމް ޕްލީސް އައިނާ އަހަރެންނާއި ދުރުކުރިޔަ ނުދީ…” ނައިނާ އެންމެ ފަހު ޖުމްލަ ބުނެލީ ރޮމުންރޮމުންނެވެ. އޭނާ ބިރުގަންނަނީ އައިޒަން އަށް އެހައްޤު ލިބިގެންވީތީއެވެ. ޝާމިރާ ގެ އަނިޔާވެރިކަން ފެނި އޭނާ އަކީ ކޮންމެފަދަ ކަމެއްވެސް ކުރެވޭނެ މީހެއްކަން ނައިނާއަށްމިއަދު އިނގިއްޖެއެވެ. ނައިނާ ދެން ސުވާލުކުރީ ޝާމިރާ ކީ އެއްޗެއްސާމެދުއެވެ. އައިޝަމް ބުނި ހަމައެކަނި އެއްޗަކީ އައިޒަން ގެ ބޮލަށް މަންމަ ވަނީއޭއެވެ. އެއަށްފަހު ފޯނު ކަނޑާލީ ފަހުން ގުޅާނެކަމަށް ބުނެފައެވެ. އައިޝަމް އައި ރުޅީގައި ދެތިންފަހަރު އެނދުގައި ޖަހާލި މަންޒަރު އިނާއަށް ފެނި މަންމަ އެހަދަނީ ހުސްދޮގުކަން އެނގިގެންދިޔައެވެ.

“މަންމަ ނައިނާގެ ދިރިއުޅުން އިތުރަށް ހަލާކުނުކޮށްލެވިގެން އެ އުޅެނީ.. އެހެންވެ ދޮންބެ ބޮލަށް އެވަންނަނީ.. އެކަމް އެކަންވިޔަ އަހަރެން ނުދޭނަން.. އައިޒަން އަހަރެން މިގެއިން ނެރެލިޔަސް ހެޔޮ އަހަރެން ނައިނާއަށާއި އައިނާއަށް ފުރިހަމަ ހިމާޔަތްކަން ދޭނަން…” އައިޝަމް ހިތާހިތުން ގަދަ އަޒުމެއް ކަނޑައެޅިއެވެ. އެހެނީ ނައިނާ އަކީ ހަމައެކަނި އޭނާގެ ފަހަރިއެއްނޫނެވެ. ގާތް އެކުވެރިއެއް ގޮތަށް ދެކުނު ދައްތައެކެވެ. އައިނާ ދެކެ ލޯބިވީ އަމިއްލަ ދަރިއެއްދެކެ ލޯބިވާފަދައިންނެވެ. އެދެމީހުންނަށް އެހާލު ޖައްސާމީހަކުވާނީ އައިޝަމްގެ އަތުން އަނިޔާއެއް ހޯދާމީހަކަށެވެ. އޭނާގެ މަންމަޔަކަސް ހެވެވެ.

 

“މަންމަގެ ލަގޮނޑިއަށް ކެތެއްނުވާނެ އެންމެ މިނެޓަކުވެސް އެ ނައިނާގެ ގާތުގައި އަހަރެމެންގެ އައިނާ ބަހައްޓާކަށް.. އައިޒަން އެއީ އައިޒަންގެ ދަރިފުޅު.. އޭނާ ގެނޭ މިގެޔަށް ގެނޭ..” ޝާމިރާ ދެންވެސް ވާހަކަދެއްކީ ރޮއެރޮއެފައެވެ. އައިޒަން އަދިވެސް އެއްޗެއް ނުބުނެވި އެހުރިގޮތަށް ހުރެވުނީ ވަކިގޮތެއް ނުނިންމިގެންނެވެ. ހިތް ބުނަމުންދިޔައީ ނައިނާ އެކަހަލަ ކަމެއް ނުކުރާނެކަމުގައެވެ. ނަމަވެސް މަންމަ އޭނާއަށް ދޮގެއް ހަދާފާނެކަމަށް ޒަމީރުވެސް އަދި ސިކުނޑިވެސް އެއްބަހެއްނުވިއެވެ. “މަންމަ ކީއްކުރަން ނައިނާ ފަހަތުން ދިޔައީ؟؟” އައިޒަން އޭނާގެ ހިތުގައި އޮތް ސުވާލު ޝާމިރާއަށް އިއްވާލުމުން ޝާމިރާ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލާފައި އައިޒަންގެ ގައިގާ ދެއަތުން ހިފާލިއެވެ. “ދެން ކިހިނެއްތަ ހަދަންވީ؟؟ އަހަރެންގެ ދަރި ތިހެން އެކަނިވެރި ދިރިއުޅުމެއްގައި ހިތާމަ ކުރާތަން ބަލަންތަ ހުންނަންވީ؟ އައިޒަން ތިހެން އުޅޭތަން ބަލަން އަހަރެންނަށް ކެތެއްނުވާނެ އެހެންވެ ދިޔައީ… ދަރިފުޅަށްޓަކައި، ދަރިފުޅުގެ ދިރިއުޅުން އުޖާލާކުރުމަށްޓަކައި ނައިނާ ފައިބުޑަށް ވެއްޓުނީ…” ޝާމިރާ އައިޒަން ތަޅުވާލަމުން އެހެން ބުންޏެވެ.

އެއާއި އެކު ޝާމިރާ އެދައްކާ ވާހަކަ އައިޒަންއަށް ޤަބޫލުކުރެވުނެވެ. އަދި މަންމަގެ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލާފައި ނުރުއިމަށްއެދުނެވެ. “މަންމަ ނުޖެހޭނެ އެހާ ވިޔާނުދާ އަންހެނެއް ކައިރިއަށް ތިހެން ދާކަށް… އޭނާ އާއި އަހަރެންނާ އެއްވެސް ގުޅުމެއް ނޯންނާނެ..” އައިޒަން ބުންޏެވެ. ޝާމިރާދެންވެސް ބުނީ އައިނާ ގެނައުމަށެވެ. އައިނާ ފެނިފައި އެހިތަށް ވަރަށް އުނދަގޫވާކަމަށާއި އައިނާ އަބަދުވެސް ކައިރި ބަހައްޓަން ބޭނުންވާކަމެވެ. އައިޒަން އެއަށް ޖަވާބެއް ނުދީ އެދުނީ ދިޔުމަށެވެ. ޝާމިރާވެސް ބޯޖަހާލާފައި ހިނގައިގަތްއިރު އެ ތުންފަތްމަތީ ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ފައިބަ ފައިބާ ހުރި ކަރުނަތަށް މޫނުން ފޮހެލިއިރުވެސް އެ ހިނިތުންވުން ފިލައިގެން ނުދެއެވެ. “އަހަރެން ދިރިހުރިހާ ހިނދަކު ނައިނާއަށް އަހަރެންގެ އައިޒަންއާއި ގާތްވިޔަކަ ނުދޭނަން… ނައިނާ ބަރުބާދުކޮށްލާނަން… އެކަންކުރާނީވެސް އަހަރެންގެ އައިޒަން..” ސިޑިން ފައިބަމުން ޝާމިރާ އެހެން ބުނިއިރު އޭނާގެ ސިކުނޑި އަނެއްކާވެސް މަސައްކަތްކުރަމުން ދިޔައީ އެކި ރޭވުންތަށް ރާވާށެވެ.

…………………..

“ނައިނާ ނައިނާ ނައިނާ!! އަހަރެންނަކަށް ނޭނގެ ތިހާ ބޮޑު ބަދަލެއް ނައިނާއަށް އެއައީ ކީއްވެކަމެއް… އެކަމް ނައިނާގެ ކިބައިން ކޮންމެވެސް ނުބައި ސިފައެއް ފެނިގެންނޫނީ އަހަރެންގެ މަންމަ ނައިނާ ކައިރިން އީއްކޮގެންނަން ރޮއެރޮއެފައި އާދޭސް ނުކުރާނެ….” އަމިއްލަ އަމިއްލައިން އައިޒަން އެހެން ބުނެފައި ރެއިލިންގައި ގޮށްމުށުންޖަހާލިއެވެ. އޭނާއަށް ގަބޫލުކުރަން އަދިވެސް ދަތިވަނީއެވެ. ނަމަވެސް މަންމަ ދައްކާ ކޮންމެ ވާހަކައެއްވާނީ ތެދުކަން އަމިއްލަ ހިތަށް ވިސްނައިދެމުންދިޔައެވެ. ކިތަންމެ ގިނަދުވަހަކު މީހަކާއި އެކު އުޅުނަސް އެމީހެއް ދަސްނުވާނޭ ބުނާފަދައިން އައިޒަންއަށް އައިޒަންގެ ނައިނާ ދަހެއްނުވެއެވެ. އެހެންނަމަ އޭނާއަށްޓަކައި ޤުރުބާންވާންހުރި މަންމައަށް އެގޮތަށް ނެހެދީހެވެ. ފޯނު ޖީބުން ނެގިގޮތަށް ޓަޗް ކުރަމުން ދިޔައީވެސް އެ ފޯނު ހަލާކުކޮށްލާނެހާ ބާރަށެވެ. އޭނާ ޖިނާހް އަށް ގުޅާފައި އޭނާ އެއްޗެއް ބުނުމުގެ ކުރިން ނައިނާގެ ނަމްބަރު ދިނުމަށް އެދުނެވެ.

ހައިރާންވެފައި ހުރި ޖިނާހް ކީއްކުރަންހޭ އެހިއެވެ. “އަހަރެންގެ އެއްޗެއް ނައިނާގެ އަތުގައި އޮތީމަ އެ ގެންނަން.. އިތުރު ތަފްސީލެއް ބޭނުން؟؟” ރުންކުރުގޮތަކަށް އައިޒަން އެހެން ބުނުމުން ޖިނާހްއަށް އިތުރު އެއްޗެއް އަހަން ނުކެރުނެވެ. މަޑުކުރާށޭ ކިޔާފައި ފޯނު ކަނޑާލިގޮތަށް އޭނާ ގުޅީ ނައިނާއަށެވެ. ހިތާހިތުން ނައިނާ އަތުގައި ކޯޗެއްއޮތީބާއޭ ސުވާލުކުރަމުންދިޔައެވެ. “ހަލޯ؟” ރޭގަނޑުގެ ނިދިން މަހުރޫމްވެފައި އޮތް ނައިނާ ފޯނު ނަގާ ހަލޯ ބުނެލިއެވެ. ކައިރި އައިނާ ރީތިގޮތަކަށް ނިދާފާ އޮތެވެ. “އައިޒަން ބުނީ ނައިނާގެ ނަމްބަރު ދޭށޯ… ކޮންމެވެސް އެއްޗެއްނައިނާ އަތުގައި އޮތީމަ އެ ގެންނަން.. ކިހިނެއް ހަދަންވީ؟” ޖިނާހް ކޮށްލި ސުވާލުން ނައިނާ އެނދުންވެސް ތެދުވެވުނީ ކުއްލިއަކަށެވެ. ކޯޗެއްހޭ އެހިއިރުވެސް ހިސާބަކަށް އޭނާއަށް އައިޒަން އެދައްކަނީ ކޯޗެއްގެ ވާހަކަކަން އިނގުނެވެ.

“ނޭނގެ… ކޯޗެއްތަ އަނެއްކާ؟” ޖިނާހް ސުވަލުކުރިއެވެ. ނައިނާ މޭގައި އަތް އަޅާލާފައި ހުރިތަނަށް ތިރިވިއިރު އެދެލޯ ކަރުނުން ފުރިއްޖެއެވެ. އައިޒަން ހަމައަސްލުވެސް އުޅެނީ ނައިނާ އަތުން އައިނާ އަތުލަންހެއްޔެވެ؟ އޭނާ މި ހުރިހާ ދުވަހު އައިޒަން އާއިނުލާ އައިނާ ބެލިއިރު ޝަކުވާއެއްވެސް ކޮށްނުލައެވެ. އަދި އައިނާ ކައިރި އައިޒަންގެ ގޯސްވާހަކައެއް ނުދައްކާތާ އަބަދުވެސް ބުނަނީ އައިޒަން އައިނާ ދެކެން ބޭނުންވާނެކަމާއި އެއްދުވަހުން ފެންނާނެކަމުގައެވެ. އަދި އައިޒަންވެސް އައިނާ މަތިން ހަނދާންވާނެކަމުގައެވެ. އޭގެ ބަދަލު އައިޒަން އެ އަދާކޮށްދެނީ ކިހިނެއްބާއެވެ؟ ނައިނާ އެއްޗެއް ނުބުނުމުން ޖިނާހް އަނެއްކާވެސް ސުވާލުތަކުރާރުކުރީ ކަންތަށް ދަނީ ރަނގަޅަށްނޫންކަން އެނގިއެވެ. “އައިނާ!” ނައިނާ މަޑުމަޑުން އެހެން ބުނުމުން ޖިނާހް ކީކޭ ހެއްޔޭ އެހިއެވެ. ނައިނާ ކުރުގޮތަކަށް ވެދިޔަ ކަންތަށް ކިޔައިދިނެވެ. އަދި އައިޝަމްދެއްކި ވާހަކަވެސް ކިޔައިދިނެވެ. ޖިނާހް ދެކޮޅަށް ބޯހަރަކާތްކޮށްލީ އެކުވެރިޔާ އުޅޭގޮތުން ހައިރާންވެފައި ހުރެއެވެ.

“ޔަޤީން ޝާމިރާ އެ ބޮލާއި ކުޅެލީ.. ރޭގަނޑަކީ ދުވާލޭ ޝާމިރާ ބުންޏަސް އައިޒަން ހުންނާނެ އެކަން ގަބޫލުކޮށްގެން… ނައިނާ އެކަމާ ދެން ނުވިސްނާ.. ވީހާވެސް އަވަހަށް މިތަނުން ދެވޭތޯ ބަލާ.. އަހަރެންނާއި ލަހުފާ މިތިބީ ނައިނާއާއި އެކު އިނގޭ…” ޖިނާހް ރުޅިވެރިކަމާއި އެކު ފެށި ވާހަކަ ނިންމާލީ ރާގު ބަދަލުކޮށްލާފައެވެ. “އަހަރެން ފަތިހު ފުރަން… ޕްލީސް އައިޒަން ކައިރި އަހަރެން ދާވަހަ ނުބުނާތި.. ބުނޭ ފޯނު ނިއްވާލަފައޭ ނޫނީ ކޮންމެވެސް އެހެން އެއްޗެއް ކިޔާ.. އެކަމް ޕްލީސް އަހަރެންނާއި އީއްކޮއާއި ދުރުނުކުރޭ…. އެއީ އަހަރެންގެ ހުރި ހަމައެކަނި އުއްމީދަކީ.. މަންމަ ފުރަތަމަ އައިޒަން ދުރުކުރީ އަހަރެން އެގޮތުގައި ދެމި މިހުރީ އެ ނިންމުން ގަބޫލުކޮށްގެން އެކަމް އީއްކޮ އަތުލައިފިއްޔާ އަހަރެން މަރުވެދާނެ…” ނައިނާ އަޑު ކުރެހިގެންދިޔައެވެ. ތެދެކެވެ. އައިނާ އަކީ އޭނާގެ ފުރާނައެވެ. ދިރިހުރުމުގެ މަގުސަދެވެ. ޝާމިރާ ނައިނާ އަތުން އޭނާގެ އުފާވެރި ދިރިއުޅުން ފޭރިގަތެއްކަމަކު އޭނާ އެގޮތުގައި ކުރިއަށް ދިޔައީ އައިނާއަށްޓަކައެވެ. މިއަދު އައިނާ އަތުލައިފިނަމަ އޭނާ ދުނިޔެއިންވެސް މޮޔަވެދާނެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 16

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (21)

Next
October 13, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (21)

Previews
October 12, 2017

ލޯބިން ހިނިތުންވެލާށޭ 16

36 Comments!

  1. Ivrisha says:
    October 12, 2017 at 9:25 pm

    Wow.?

  2. Ryn says:
    October 12, 2017 at 9:26 pm

    Salaaam loves!! ?
    How are y’all?
    Hope its going well and what do u think about the story?
    Let me know ?
    Good night.
    Next part tomorrow night in sha Allah. ? 😉

    1. mal says:
      October 12, 2017 at 9:50 pm

      Ryn heyonuvaane ainaa nainaa aai vaki nukuraahcheyyy.Plxxxxxxxx nainaa haadha dheravaaney ainaa athulaifihyaaaa.

    2. mal says:
      October 12, 2017 at 10:21 pm

      Who is commenting here with my name…?

    3. mal says:
      October 12, 2017 at 10:26 pm

      Sorry egey… ehn bunj ehcheh noon.. ?

    4. thoo says:
      October 13, 2017 at 9:55 am

      ..fukk ryynnn fuuuuuu

  3. Ivrisha says:
    October 12, 2017 at 9:34 pm

    Me first dhw. ?Varah reethi mi bai.

  4. Lilly :)) says:
    October 12, 2017 at 9:36 pm

    aaaaah…. kihinw thi hedhyy flowerrrr??? alhey alhey rovijjeyyy
    aixan kihinw vegentha thiulheni? -.-
    aixan mammaa thihen nahadhabaaa
    alhey alhey dhn aneh bai maadhamaa rey dhw?
    i cant wait flowerrr
    avahah up kohdhechey
    story is fab as always
    vrh loves and miss 😀

  5. annoying reader says:
    October 12, 2017 at 9:45 pm

    urgh mivaahaka kiyaa hiy ves kendijje. varah foohi vey. oh aizan u and shamira goto hell. i am about to blast reading this episode. shamira kaley thi hitheh oh meeheh tha? and aizan u dnt deserve to b ainas dad. thi firihenun geves enme bodu findin ulhey vatharu. argh i am so mad. shamira i hate u. aizan hate you. mihuri haa dhuvahu maaama dhari eh nufenunu mihaaru fennan. chi shame on you shamira and aizan

    1. Girll says:
      October 12, 2017 at 10:18 pm

      Same. That aizan gandu ah naina libihjeya dhen adhi maaa fooohi

  6. Sinaa says:
    October 12, 2017 at 9:48 pm

    Wowww salhi

  7. Hawwi says:
    October 12, 2017 at 9:51 pm

    alhe aina nudhecchey aizan ah

  8. sana says:
    October 12, 2017 at 9:52 pm

    Wow!we can’t wait more plx fast
    ??????????????????????

  9. Azu says:
    October 12, 2017 at 9:58 pm

    Shaamiraaaaaaaaaaa?????

  10. Just want to say says:
    October 12, 2017 at 10:06 pm

    Keevvefa hunna shaamiraa ehtha.. ????

  11. Almaa says:
    October 12, 2017 at 10:07 pm

    V v nice mi part vs thanks Ryn

  12. Reet says:
    October 12, 2017 at 10:09 pm

    Haadha kurukoh vvv reethi konme Dhuvahaku up kuraathi v mivaahaka ah hassa samaalu kameh dhavey thanks

  13. Laii says:
    October 12, 2017 at 10:10 pm

    Keevvefa hunna shaamiraa ehtha.. aizan ves ebahuttey eyna jahaa berakah nashan?..
    Vrh rythi mi partvess.. next part avahah up koddhecchey??

  14. samahaa says:
    October 12, 2017 at 10:13 pm

    Oh my god very bad shaamiraa???? plx save they two plx RYN and story is very nice very very nice

  15. Axka says:
    October 12, 2017 at 10:16 pm

    Saamiraa is very very very very bad if I can kill her I will kill her SAAMIRAA ?????????????

  16. Alisha says:
    October 12, 2017 at 10:20 pm

    Saamiraa is very bad women aizan also ???????????????????

  17. melisa says:
    October 12, 2017 at 10:20 pm

    Alah tha aina fenungy shairage dhoshy dhari ah…adhi bunefi nu thimanage ehchekey… thinamage kujjeh hurikan eguny ves adikiryatha… nikan gendheba… mamee nubai meeheh kan angaalaanan…

  18. ??? says:
    October 12, 2017 at 10:21 pm

    Ryn alhey thihenn nuhadhaa ?aina aai naina vaki nukurahchey e 3kudhinn ehkohbala abadhu naina ah hithaama thi dhenii dhenn ufaa koh dheebala naina aizan ge dhiriulhunn???vvvvv rythi mibaiii vess

  19. alll says:
    October 12, 2017 at 10:21 pm

    Alhey e saamiraaves evaruge accidenteh Vefa haada avahaka ey e rangalhu vi…..pls naina dhera nukurashey

  20. Shaa says:
    October 12, 2017 at 10:56 pm

    Plz nainaya aina vaki nukurahchey v v v salhi mibaives

  21. Amin says:
    October 13, 2017 at 12:07 am

    Omg run.. Naina ehn nahadhaa plzz.. Story hama habeys

  22. Aishu says:
    October 13, 2017 at 12:13 am

    Ryn u made me cry… thats nt goood… story v obi… happy varah daily koh kiaalan libeythy

  23. Eshal says:
    October 13, 2017 at 1:10 am

    Story v v v reethi, but I think Aizan ah Shamira ge reyvun engen vehjehen, thankolheh boring Shamira ge reyvun gina vaanama, meehama khiyaaleh ingey Ryn

  24. Naz Naz says:
    October 13, 2017 at 8:11 am

    Ryn ge kureege vaahaka thakaa v thafaathu. Vvvv reethi mivaahaka,,, ibaaraaih kurunves rangalhu…. this is awsome. Waiting 4 next part

  25. Ryn says:
    October 13, 2017 at 8:56 am

    Thank you all. And aizan ehn ulheny because aizan mum eyna ah naina ge goaskamaa ehchehi kiyaidhyfa huryma. Kury part eh ga ihnaane liyefa dhw aizan hykuraagothuga she doesn’t love him ey. And knme myhakah vx e haalathah dhiyaama gabool kureveyny ekanthah cx naina left him so his mum eyge faidhaa negy. So aizan is not ehaa kuhveri ?. And I wonder what u guys gonna do after few more parts. ?? I just wanna let you guys know that knme gothakah story dhiyas nimigendhaany ryhchashey. ?❤
    Thnkyuuu ?

    1. Maurifa says:
      October 13, 2017 at 2:11 pm

      Hama ekani feshuma nimun rythi viyakas nvaane. Medhuthere ves muhimmu dhw. Mihaaru mivaahaka hadi. Eii thihen shaamira ge character thi kuraa kahala myhun noolheyne. Eyna ah visnen mihaaru ves maa lasvejjje

  26. ???? says:
    October 13, 2017 at 9:21 am

    Insaaf story e nimunythr ryn …. i am waiting

  27. xoxo?? says:
    October 13, 2017 at 9:56 am

    run pls nainaa ehen nuhadhaaa mivaaahaka kiyaaa iru hama rangalhah rovey aizan ves eyaky dhen haaadha fake meehekey dhen aizan ah saamiraa goaskan anganbala please ryn dhoooony

  28. ayersha says:
    October 13, 2017 at 10:50 am

    Alheyyyyyy go to hell shamira!!! And aizan hes a coward ??????? Aisham ah visneyiru aizan ah kyvve nuvisneny???
    Ryn Naina and Aina ah dheragotheh nahadhahchey jst kill that shaamiraa ingey Luv u Ryn

  29. Abdulla says:
    October 13, 2017 at 2:36 pm

    Samira ah hey aruvaalabala… ehn ulhey meehun halaakuve dhaan jeheyny iburathakah vegen… saamira fageeru haalathah vahtaalan feney…

  30. asi says:
    October 13, 2017 at 9:39 pm

    Kobaatha mireyge part

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (24)←


All Right Reserved!