Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 43 (ތެޔާޅީސްވަނަ ބައި)

“މިޝް، ހާސްނުވޭ…. ކޮންމެވެސް ގޮތެއް ވޭތޯ ބަލާނީ…..” މިޝްޔާ ހަމައަކަށް އެޅުވުމަށް އެހެން ބުނެލިނަމަވެސް، މިޝަލްވެސް ހުރީ ވަރަށް ހާސްވެފައެވެ. މިޝްޔާ ބުނާހެން އެ ފޮޓޯއެއް ނޫނީ ވީޑިއޯއެއް އާއްމުވެއްޖެއްޔާ މިޝްޔާއަށް ވާނެ ގޮތަކާއިމެދު، އޭނާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް، އެ މީހަކު ހޯދަން އެބަޖެހެއެވެ. އެހެނަސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެމީހަކީ ކާކުތޯއެވެ.؟ އެ މީހަކު ހޯދާނީ ކިހިނަކުންތޯއެވެ؟؟ އެ މީހެއްގެ ބޭނުމަކީ ކޮބައިތޯއެވެ..؟؟ މިޝްޔާ ހަމައަކަށް އެޅުވުނީވެސް ދެ މީހުން ވަރަށް ވާހަކަ ދައްކައިގެންނެވެ.

__________________________________

 

ޖެހިގެން އައި ދުވަހު އޮފީހުގައިވެސް ޝިއުރީގެ އުޅުން ތަފާތުކަން މިޝަލަށް ފާހަގަކުރެވުނެވެ. ޝިއުރީއާއި ދިމާއަށް އޭނާއަށް ބަލައިލެވޭ ގިނަވަގުތުތަކުގައި، އޭނާއަށް ބަލަން އިންނަކަމެވެ. އަދި އޭނާ ބަލައިލުމާއިއެކު، މަސައްކަތައިގެން މަސްއޫލުވެގަންނަ ގޮތެވެ. ޝިއުރީ ޙަރަކާތްތައް ހުރިގޮތުން، މިޝަލްގެ ހިނިތުންވުން ފުންވެގެންދާއިރު، އޭނާގެ ހިތުގައި ކުރިލާ ހެދެމުންދިޔަ އުއްމީދު ދިޔައީ އާރޯވެ ތާޒާވަމުންނެވެ.

އާދައިގެ މަތިން މިއަދުވެސް ދޭއްޖެހުމާއިއެކު ޝިއުރީ އޮފީހުން ނުކުންނަން ހިނގައިގަތުމުން، މިޝަލްވެސް ޙަރަކާތްތައް އަވަސްކޮށްލަމުން، ޝިއުރީގެ ފަހަތުން ނުކުންނަން ދިޔައީ އޭނާއާއި ވާހަކަ ދައްކާލާ ހިތްވެގެންނެވެ. ޝިއުރީގެ ޢަމަލުތައް ހުރި ގޮތުން މިއަދު އޭނާއާއި ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭނެހެން ހީވާލެއް ބޮޑުކަމުންވެސްމެއެވެ.

“އޫޕްސް….” އޮފީހުން ނުކުތް ޝިއުރީއަށް ފައިއެޅުނުގޮތަކުން، އޭނާ އަރައިގެން ހުރި ފައިވާނުގެ ވަދު ކަނޑައިގެން ގޮސް މީހާ އަރިއަޅާލިއެވެ. ނުވެއްޓި ސަލާމަތްވީ، ފަހަތުން އައި މިޝަލް ހުށިޔާރު ކަމާއިއެކު ހިފަހައްޓައިލުމުންނެވެ. މިޝަލްގެ އެހީގައި ކޮޅަށް ހުރިއިރު، ޝިއުރީގެ ތުންފަތަށް ވެރިވެފައިވާ ލަދުވެތި ހިނިތުންވުން ފެނި މިޝަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.

“ފައިވާނުގެ ވަދު ކެނޑުނީ…… ދެން ކިހިނެއް ހަދާނީ…؟؟؟؟” ވަދުކެނޑިފައި އޮތް ފައިވާން ކިބައަށް ބަލައިލަމުން ޝިއުރީއަށް ބުނެވުނެވެ.

“އަހަރެން ދަންތަ ސައިކަލްގައި ގެއަށް ލައިދޭން…..” ހިތުގައި ކުޑަ އުއްމީދެއް އާވެފައިވާތީ، މިޝަލް އަހައިލިއެވެ. ނަސީބަކުން މާ ގިނައިރުތަކެއް ނުކޮށް ޝިއުރީ އެކަމަށް އެއްބަސްވިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އެތާ ހުރެފައި މިޝަލަށް ފުންމާނުލެވުނީވެސް ހަމަ ކިރިޔާއެވެ.

ޝިއުރީ އެރުމާއިއެކު، މިޝަލް ސައިކަލް ސްޓާޓްކޮށްލިއެވެ. މިޝަލް މިސްރާބުޖެހީ ޝިއުރީމެންގެއަށް ދިއުމަށްނަމަވެސް، އެ މީހުންގެ މަންޒިލް، މިޝަލްމެންގެއަށް ބަދަލުވީ، މިއަދު މިޝްޔާ ސްކޫލަށް ނުދާ ވާހަކަ އޭނާ ބުނުމުންނެވެ.

އިއްޔެގެ ހާދިސާއަށްފަހު، މިޝްޔާ ގެއިން ނުނިކުންނަން އުޅޭ ވާހަކަ ޝިއުރީއަށް، މިޝަލް ކިޔައިދިނެވެ. އަދި ޝިއުރީގެ ގާތުން އެދުނީ މިޝްޔާއާއި ވާހަކަ ދައްކައިގެން އޭނާ ބޭރަށް ނުކުއްދުވޭތޯ ބެލުމަށެވެ. ޝިއުރީވެސް އ ެގެއަށް ދިއުމަށް އެއްބަސްވީ އެހެންވެއެވެ.

މިޝަލްމެން ގެއަށް ދިޔައިރު މިޝްޔާމެން ތިބީ ބޮޑުކޮޓަރީގައެވެ. މިޝްޔާއާއި ރާހިލްގެ އިތުރުން މާހިރުވެސް އެތާނގައި ތިއްބެވެ.

“ޝިއު ވަރަށް ރަނގަޅު ގަޑިއެއްގަ ތި އައީ…. އަވަހަށް އާދޭ…..  އަހަރެމެން ބުނާ އެއްޗެއް މިޝް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރި….. ޝިއު ބުނީމަ ފަހަރެއްގައި ޤަބޫލުކޮށްފާނެ…..” މިޝަލާއިއެކު އެތެރެއަށް ވަދެގެން އައި ޝިއުރީ ފެނުމުން، ހިނިތުންވެލަމުން މާހިރު ބުނެލިއެވެ. ޝިއުރީއަށް ތަން ދެމުން އޭނާ ގޮސް އިށީނީ ރާހިލްގެ ގާތުގައެވެ. މިޝަލްވެސް ވަކިން އިން ސޯފާގައި އިށީނެވެ.

“އެހެންވެއޭ އަހަރެން މި އައީވެސް…..” މިޝްޔާގެ ގާތުގައި އިށީންނަމުން ޝިއުރީ ބުނެލިއެވެ. ތަނަކަށް ދާންޖެހިފައި އޮތްވާހަކަ ބުނަމުން، އެ ތަނުން ތެދުވެގެން މާހިރު ދިޔައެވެ. މިޝްޔާއާއި ވާހަކަ ދައްކައިގެން އޭނާ ޙައްލަކަށް އެޅުވޭތޯ ޝިއުރީގެ މަސައްކަތް ފެށިއެވެ.

“މިޝް ދެން އެހާ ހާސްނުވެބަލަ…. އެ މީހަކަށް ފޮޓޯ ނެގުންކަމެއް ނޫނީ ވީޑީއޯ ކުރެވުނުކަމެއް ކިހިނެއް އެނގެނީ….؟؟؟؟ ފޯނު ދިއްކުރިތަނުން މިޝްއަށް ފެނުނީ ކަމަށްވެސް ވެދާނެއްނު…. ދެން ތި މީހަކު ފޮޓޯ ނެގިއްޔޯ…. އެހެންވެއްޖިއްޔާ ތިޔަ ފޮޓޯއެއް ސޯޝަލް ނެޓްވޯކްގައި ދައުރުނުވެއެއް ނުހުންނާނެތާ… އެކަމަކު، އެކަހަލަ ކަމެއްވެސް ނުވެއެއްނު… އެހެންނޫނީ އޭގެ ފޮޓޯތަކެއް އެބަހުއްޓޭ ކިޔާ، މިޝްއަށް ބިރުދައްކަން މީހަކު ގުޅިތަ….؟؟؟ ނުގުޅައެއްނު….. އެހެންވީމަ އަހަރެންގެ ހިތް ބުނަނީ އެ މީހަކަށް، އެމީހެއްގެ މަސައްކަތް ކާމިޔާބު ނުވަނީއޭ….” ޝިއުރީގެ ވިސްނުމަށް އައި ވާހަކަތައް އޭނާ ހިއްސާކޮށްލިއެވެ. ޝިއުރީ ދެއްކި ވާހަކަތަކުން މިޝްޔާއަށްވެސް އެކަމާ ވިސްނާލަން  މަޖުބޫރުވިއެވެ. އަދިއަދަށް ދާންވެސް އެކަހަލަ ބިރުވެރިކަމަކާ ކުރިމަތިވެފައި ނުވާތީ، ޝިއުރީ ބުނިފަދައިން މިޝްޔާއަށްވެސް ވިސްނުނީ އެ މީހަކަށް ފޮޓޯ ނުނެގެނީ ކަމުގައެވެ.

ޝިއުރީ ވަރަށް ވާހަކަ ދެއްކުމުން މިޝްޔާ ހަމައަކަށް އެޅުނެވެ. މާދަމާ ޑިއުޓީއަށް ދާން އޭނާ އެއްބަސްވުމުން، ޝިއުރީގެ އިތުރުން، މިޝަލާއި ރާހިލަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

 

“އަހަންނަށް ހާދަ ހީވޭ ކަމަނާގެ ޚިޔާލު ބަދަލުވާހެން….. އިއްޔެވެސް ދެ މީހުން ފެނުނީ ފާޚާނާ ތެރެއިން….. މިއަދު ދެ މީހުން އެކީ އޮފީސް ނިންމާލާފަ….. ތީ ކޮންކަމެއް….؟؟؟ އަހަންނަށްވެސް އަންގާލައިގެން އުޅެބަލަ ދޯ….. އޭރުންތާ ފަހަރި ކިޔަންވެސް އެނގޭނީ…..” މިޝަލާއި ރާހިލް އަމިއްލަ ވާހަކައެއް ދައްކަމުން އެ ތަނުން ދިއުމުން، ޝިއުރީގެ ކޮނޑުގައި ޖެހިގަންނަމުން މިޝްޔާ އަހައިލީ ކުޑަކޮށް މަޖާވެފައި އިނދެއެވެ. ޝިއުރީގެ ވާހަކަތަކުން އޭނާގެ މޫޑުވަނީ މިހާރު ރަނގަޅުވެފައެވެ. މިޝްޔާގެ ވާހަކަތަކަށް ޖަވާބެއް ދިނުމެއްނެތި، ޝިއުރީ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

“އައްދޭ އަހަންނަށް މިހާރު ޝައްކެއް ނޫން…. ޔަޤީންވެސް ވެއްޖެ…. އެހެން ނޫނީ ދޮންބެގެ ނަން ބުންޏަސް ރުޅިއައިސްގެން ހީވާނެ އަހަރެން ކާލަފާނެހެން….. އެކަމަކު މިއަދު އެހެން ބުނީމަވެސް ލޯބީގައި ދީވާނާވެފައިވާ މީހެއްފަދައިން ހިނިތުންވުމަކުން ތި ފުއްދާލީ …” ހައިރާންވެފައި އިނދެ މިޝްޔާ މިހެން ބުނުމުން، ޝިއުރީ އަނެއްކާވެސް ހިނިތުންވެލިއެވެ.

“ދެން މިޝްވެސް ދޯ…. އަދި ތި ހީކުރާކަހަލަ ކަމެއް ނުވެއޭ….. އެކަމަކު، ކުރިއަށް އޮތްތާ ނުވާނެ ކަމެއްވެސް ނޭނގެ….. ހިހިހި” ލަދުގެންފައި އިނދެ ޝިއުރީ ބުނެލިއެވެ. މިޝްޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ، މިޝަލްގެ ދިރިއުޅުމަށް އުފާވެރިކަން އަންނަން އުޅޭކަމުގެ ފެހި ސިގްނަލް ދޭން ފެށުމުންނެވެ.

********************

 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ހިތްތަކަށް އުފާވެރިކަން ގެނެސްދީފައިވެއެވެ. ދުރުދުރުން އެކި ބައިބަޔަށް ކުދި ވެރިން ކުޅިވަރުތައް ކުޅުމުގައި އުޅޭތީ ފެނެއެވެ. ހަވީރު ފިންޏަށް ސައިކަލް ބުރު ޖަހަން ނުކުމެ އުޅޭ މީހުންނެއްވެސް މަދެއް ނޫނެވެ. ރަށްގިރުމުން ސަލާމަތްކުރުމަށް ޖަހާފައިވާ ހިލަތޮށިގަނޑުމަތީ އިށީނދެލައިގެން ޔަލްވީއާއި، އަޔާނީ ތިބީ އެކުވެރިންގެ އިންތިޒާރުގައެވެ. އެންމެން އެއްކޮށް ހިނގާލަންދާން ރާވާފައިވާތީއެވެ.

“ދެން ޔާލް….. އަދި ހާސްވާކަށް ނުވެއެއްނު….. ” ގާތުގައި އިން ޔަލްވީގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން އަޔާނީ ބުނެލިއެވެ. ޔަލްވީގެ މޫނުމަތީގައިވަނީ ތަފާތު ކުލަވަރުތަކެކެވެ.

“ނޭނގެ ދެން…. އަހަންނަށް ހަމަ އެކަމާ ވިސްނެނީ…. ހިތަށް އަރަނީ ޝަހްނާ ކީއްވެބާއޭ އެހާ ރީތިކޮށް އަހަންނާ ވާހަކަ ދެއްކީ… އެވެސް އަދި އަހަރެން ދެކެ އެހާ ރުޅިއަންނައިރު…..” ދިޔަވަރު ހިކުމުގެ ސަބަބުން ދުރުދުރުން ފެންނާން އޮތް މޫދުވިނަތަކަށް ބަލަން އިނދެ ޔަލްވީ ބުނެލިއެވެ.

“ވެދާނެއެއްނު ޝައުން ރުޅިއައިސްދާނެތީ ރުޅިވެރިކަން ދައްކަން ނުކެރުނީކަމަށް…..” ޔަލްވީގެ ވާހަކަތައް އަޑުއަހަން އިނދެފައި، އަޔާނީ، އޭނާއަށް ހީވާގޮތެއް ބުނެލިއެވެ. ވިސްނަން އިނދެފައި ޔަލްވީވެސް ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ޔާލް ކިހާ ނަސީބު ރަނގަޅު….. ދެ ފަރާތު އާއިލާވެސް ނުލާހިކު ޤަބޫލު ދޯ……” އިޔާޒާއިއެކު، ދުރުން ހިނގާފައި އަންނަ ޝައުން ފެނުމުން އަޔާނީއަށް ބުނެވުނެވެ. އަޔާނީއަށް ހިތްވަރުދިނުމުގެ ގޮތުން އޭނާގެ އަތްމަތީ ޔަލްވީގެ އަތްބާއްވާލިނަމަވެސް، އަޔާނީއަށް ހިތްވަރުދިނުމުގެ ގޮތުން ބުނާނެ ބަހެއް ޔަލްވީގެ ދުލާއި ހަމައަކަށް ނައެވެ.

“އައްދޭ…. ދެ ކުދިން ހާދަ މޫޑީވެފައި…. އަނެއްކާ ކޮން ވާހައެއް ތި ދައްކަނީ…..” އެ މީހުންގެ ގާތަށް އައިސް މަޑުކޮށްލި ޝައުން ބުނެލިއެވެ. އަޔާނީ ހީލަމުން ކަމެއް ނުވެއޭ ބުނުމުން، ޔަލްވީވެސް އިތުރަށް އެ ވާހަކަ ދައްކާކަށް ނޫޅުނެވެ. އިތުރަށް އަޔާނީގެ މޫޑު ޚަރާބުކުރަން ބޭނުން ނުވާތީއެވެ.

“ކޮބާ އިޔާ….. ދެންމެ ހުއްޓެއްނު ޝައުންގާތު……” ޝައުނާއިއެކު އިޔާޒް ނައުމުން އަޔާނީއަށް އަހައިލެވުނެވެ. ޔަލްވީއަށްވެސް އެކި ދިމާއަށް ބަލައިލެވުނީ އިޔާޒް ފެނޭތޯއެވެ. އެއާއިއެކު، އޭނާއަށް ހޭންފެށުނީ ތަންކޮޅެއް ދުރުގައި ގުޑި އަރުވަން ތިބި ކުދިންތަކެއްގެ ގާތުގައި އަނގަކޮޅު މައްޗަށް ނަގައިގެން ހުރި އިޔާޒް ފެނުމުންނެވެ. ޔަލްވީ ހޭން ފެށުމުން އަޔާނީއަށާއި ޝައުނަށްވެސް އެ ދިމާއަށް ބަލައިލެވުނެވެ. އެ މީހުންގެ ގާތަށްވެސް ހިނިއައީ އިޔާޒް ހުރިގޮތް ފެނުމުންނެވެ. ދެ އުކުޅުގައި އަތް ވިއްދާލައިގެން އެ މަންޒަރު ބަލަން ހުރި ގޮތުން ހީވީ، ނިކަން ގުޑި އަރުވަން ބޭނުންވެފައި ހުރިހެންނެވެ. ހެވިފައި ތިބެ ތިން މީހުން އެކުގައި އިޔާޒްގެ ގާތަށް ދާން ހިނގައިގަތެވެ. އޭރު ޝިއުރީމެންވެސް އެ ދިމާއަށް އަންނަތަން ފެނެއެވެ. ދެބައި މީހުންނަށް، އިޔާޒާއި ހަމައަށް ދެވުނީ އެކުއެކީގައިކަހަލަ ގޮތަކަށެވެ.

“އިޔާ…. ގުޑި އަރުވާހިތުންތަ ތިތާ އަނގަކޮޅު މައްޗަށް ނަގައިގެން ތި ހުންނަނީ….؟؟؟؟” މިޝްޔާ މިހެން އަހައިލުމުން އިޔާޒް ބޯ ޖަހައިލިއެވެ. އެންމެން އެކީ ހޭން ފެށުމުން އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ. ބޯ ކަހާލަމުން އޭނާ ހިނގައިގަތީ، ރަކިވީވަރުންނެވެ. ކުޑަކޮށް ދުވެލާފައި ދިޔަ ރާހިލް އިޔާޒްގެ ކޮނޑަށް އަތް ވައްޓާލިއެވެ. ޝައުނާއި މިޝަލްވެސް އެ މީހުނާއި އެއްހަމަކޮށްލިއެވެ. އަންހެންވެރިން ތިބީ އެ މީހުންގެ ފަހަތުގައެވެ.

“އަސްލު މި ކުދިން މިހެން އުޅެން ފެށީމަ ޅަދުވަސްވަރު ހަނދާންވަނީ…. އޭރު ހާދަހާ ކުޅިވަރެއް ކުޅެލަމޭ ދޯ…. ކުޑައިރު ފެހިގަނޑު ހިކިފައި އޮތިއްޔާ ކޮންމެ ކޮންމެ ދުވަހަކު އެ ތަނަނަށް އަރަން ދުވާނެ…. ހަހަހާ….. ވަރަށް މަޖާ އޭރުގެ ދުވަސްތައް….. ބޮޑު ވީމަ، ހުރިހާ ކަމެއްވެސް މިހާރު މި ވަނީ ބަދަލުވެފައި…..” ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލައިލަމުން އިޔާޒް ބުނެލިއެވެ.

“ހަމަ ގައިމުވެސް ބަދަލު ނުވާ އެއްކަމެއް އެބައޮތް…..؟؟؟؟” މިޝަލް މިހެން ބުނުމުން އެންމެނަށްވެސް އެއީ ކޮންކަމެއްހޭ އަހައިލެވުނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މިޝަލް ހިނިތުންވެލީއެވެ.

“އަހަރެމެންގެ މި އެކުވެރިކަން……” ވިސްނަން ހުރެފައި އަޔާނީ މިހެން ބުނުމުން މިޝަލް ބޯ ޖަހައިލިއެވެ. ދެން ތިބި އެންމެންވެސް އެ ކަމަށް އެއްބަސްވިއެވެ. ޔަލްވީއާއި ރާހިލަށް އެ ކުދިންނާއި ދިމާވީ ބޮޑުވީފަހުން ކަމުގައިވިޔަސް، މުޅި އުމުރުގައިވެސް އެފަދަ ގާތް އެކުވެރީންތަކެއް މީގެ ކުރީން، އެ ދެ ކުދީންނަށް ލިބިފައެއް ނުވެއެވެ.

********************

 

އެކުވެރިންނާއިއެކު ހިނގާލަންގޮސްފައި އަޔާނީއާއި އިޔާޒް ގެއަށް އައި ހައެއް ޖަހާކަށްހާއިރުއެވެ. ހީ ސަމާސަ ކުރަމުން ގެއަށް ވަންނަން އައި ދެ ކުދިން މައިތިރިވީ، ބޮޑު ކޮޓަރީގައި ތިބި ޔޫސުފްމެން ފެނުމުންނެވެ. އެ މީހުންނަށް ފުރަގަސްވާގޮތަށް ހުރި ސޯފާގައިވެސް މީހަކު އިނެވެ. ނަމަވެސް އެއީ ކާކު ކަމެއް ނޭނގެއެވެ. ފުރަގަހުން ފެންނަން ހުރި ކަޅުކަން ގަދަ ބޯ އިސްތަށިގަނޑުން އެއީ ފިރިހެނެއްކަން އެނގެއެވެ.

އަޔާނީމެން ފެނުމުން، އެ ދިމާއަށް ދިއުމަށް، ޔޫސުފް އަތުން ހަނާއަޅައިލިއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލަމުން އަޔާނީމެން ހިނގައިގަތީ ވާން މި އުޅެނީ ކީއްކަން ނޭނގި ތިބެއެވެ.

އަޔާނީމެން ގޮސް މަޑުކޮށްލީ ޔޫސުފް އިށީނދެގެން އިން ސޯފާގެ ކައިރިއަށެވެ. ހިތްއަވަސްވެފައި ތިބެ ދެ ކުދިންނަށްވެސް ބަލައިލެވުނީ ސޯފާގައި އިނީ ކާކުތޯއެވެ. ހައިރާންވެފައި ތިބެ ދެ މީހުންނަށް އަނެއްކާވެސް ނަޒަރު ބަދަލުކޮށްލެވުނީ، ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ޒުވާނަކު އެތާ އިނުމުންނެވެ. އަޔާނީއަށް އެ ޒުވާނާއާއި ދިމާއަށް ބަލަން ހުރެވުނީ، އޭނާގެ ފުރިހަމަކަން ފެނިފައެވެ. ހެދިހުރި އިސްކޮޅާއި ކަސްރަތީ ހަށިގަނޑެކެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ. މާ ދޮން ނޫނަސް ކަޅެއްވެސް ނޫނެވެ. ފިރިހެންވަންތަ ޒުވާނެކެވެ. އަދި މިހާ ރީތި ޒުވާނަކު މި ރާއްޖެއިން އަޔާނީއަށް ފެނިފައެއް ނުވެއެވެ. ހިނދުކޮޅަކަށްނަމަވެސް، އެ ޒުވާނާގެ ރީތިކަމަށް ހުއްޓުން އަރާފައިހުރި އަޔާނީ ސިހިގެން ދިޔައީ، ޔޫސުފް ވާހަކަ ދައްކަން ފެށުމުންނެވެ.

“ދަރިފުޅުމެންނޭ…. މީ ލުމާން، މާލޭގައި ހުންނަ ބައްޕަގެ އެކުވެރިއެއްގެ ދަރިއެއް….. ލުމާން މީ އަޔާނީ، އަހަރެންގެ ދަރިފުޅު…. ދެން މި ހުރީ އިޔާޒް، އަޔާނީގެ ދެބެންގެ ދެ ދަރި ކުއްޖެއް….” ޔޫސުފް ލުމާނަށް އަޔާނީމެން ތަޢާރަފްކޮށްދިނުމުން، އެ މީހުންނަށް ބަލައިލަމުން ލުމާން ހީލިއެވެ. މި ވަނީ ކީއްކަން ނޭނގޭތީ ދެ ކުދިންނަށްވެސް ބަދަލުގައި ހިނިތުންވެލެވުނީ، ގަދަކަމުންނެވެ. އަޔާނީމެން ކޮޅަށް ތިބުމުން، އެތާނގައި އިށީނުމަށް ޔޫސުފް އެދުނެވެ. އަޔާނީ ގޮސް އިށީނީ އަމްހާއާއި ހުސްނާއާއި ދޭތެރޭގައެވެ. އިޔާޒް އިށީނީ ލުމާންގެ ގާތުގައެވެ.

“ދަރިފުޅާ އިޔާޒް….. ބޮޑުބައްޕަ މި އުޅެނީ ވިޔަފާރި ކަމަކު، މާދަމާ މާލެއަށް ގޮސްލަންވެގެން…. ކުޑަ ދުވަސްކޮޅެއް ވާނެ އެ ކޮޅުގައި….. ބޮޑުބައްޕަ އަންނަންދެން މި ކޮޅުގެ ކަންތައް ވަރަށް ރަނގަޅަށް ބަލައިދެންވާނެ….. ހުރިހާ ކަމެއް ދަރިފުޅާ ހަވާލުކޮށްފައި މި ދަނީ، ދަރިފުޅަށް ވަރަށް އިތުބާރު ކުރެވޭތީ…..” ޔޫސުފްގެ ވާހަކަތަކަށް، ދުލުން ބަހެއް ނުބުނިކަމުގައިވިޔަސް، އިޔާޒް ބޯ ޖަހައިލިއެވެ.

“އަޔާނީ ދަރިފުޅާ…. ދަރިފުޅުގެ ކައިވެނި މިހާރު އޮތީ ހަމަޖެހި ނިމިފައި…. މި ދަތުރު ނިންމާލާފައި އައިސް ދެން އޮންނާނީ ކައިވެނީގެ ކަންތައް….. ލުމާން މީ ދަރިފުޅުގެ ކައިވެ……” ޔޫސުފަށް މި ހިސާބަށް ބުނެވުނުތަނާ، އަޔާނީ ކޮޅަށް ތެދުވުމުން، އޭނާގެ ޖުމްލަ މެދުކަނޑައިލެވުނެވެ. ފާޚާނާއަށް ދާނެ ޖެހިއްޖެކަމުގައި ބުނެ އެންމެ ހިނދުކޮޅަކުވެސް އެތާނގައި މަޑުނުކޮށް އަޔާނީ ހިނގައިގަތީ، އެ ވާހަކަތައް އަޑުއަހަން ބޭނުން ނުވުމުންނެވެ. ޔޫސުފް ފެށި ވާހަކައަކުން ހިތްހަމަ ނުޖެހިފައި ހުރެ އިޔާޒްވެސް، އެ ތަނުން ދާން ހިނގައިގަތީ، ނުރުހުމުގެ ނަޒަރަކުން ލުމާނަށް ބަލައިލާފައެވެ.

 

އަޔާނީއަށް ކޮޓަރިއާއި ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ، އަމިއްލަ ޙާލާއިމެދު އޭނާ ކަރުނައަޅައި ރުޔެވެ. އިރުކޮޅަކު އެ ގޮތުގައި ރޯން އޮވެފައި، ފަސް އެނބުރި ބަލައިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. ކޮޓަރިއަށް ވަން އިޔާޒް ފެނުމުން، އޭނާ ދެ ލޯ ފުހެލިއެވެ. އެނދުމަތީ އޮތް އައިނު ލޮލުގައި އަޅާލަމުން، އަޔާނީ ބެލްކަންޏަށް ނުކުތުމުން އޭނާގެ ފަހަތުން އިޔާޒްވެސް ދިޔައެވެ.

އިޔާޒް، ބެލްކަންޏަށް ނުކުތްއިރު އަޔާނީ ހުރީ ރެއިލިންގ ގައި އަތްއަޅުވާލައިގެން ބޭރު ބަލާށެވެ. އޭރު އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. އެ މަންޒަރުން އޭނާއަށް ސިފަކުރެވުނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ. ބައްޕަގެ އެންމެ ނިންމުމެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށްވެސް އަނދިރިކަން ވެރިވީއެވެ. އަޔާނީގެ ދެ ލޮލުން ކަރުނަ ނައިކަމުގައިވިޔަސް، އަދިވެސް ތެތްކަން އެކުލެވިފައިވެއެވެ. ރުއިމުގެ ސަބަބުން އިރުއިރުކޮޅުން ގިސްލެވެއެވެ. ނޭފަތުން ފެން އަންނަން ފެށުމުން، ނޭފަތް އެތެރެއަށް ދަމާލާ ކޮންމެ ފަހަރަކު އަތް އުނގުޅާލެވުމުގެ ސަބަބުން ނޭފަތްދޮށް ހުރީ ރަތްވެފައެވެ. ތުންފަތްވެސް ވަނީ ހިކިފައެވެ.

ފަރުވާތެރިކަމާއިއެކު، އަޔާނީއަށް ބަލައިލި އިޔާޒްގެ ހިތުގައި ރިއްސާލީ، ލޯބިވާ ދައްތަ ހިތާމަ ކުރާތަން ފެނުމުންނެވެ. އަޔާނީގެ އުފާތައް ހޯދައިދޭން އިޔާޒް، ކިތަންމެ ބޭނުންވީކަމުގައިވިޔަސް، ބައްޕައެއްފަދައިން ލޯބިވާ ބޮޑުބައްޕަގެ ބަލިޙާލަތަށްޓަކައި، އޭނާއާއި ދެކޮޅަށް ނުކުންނާނެ ހިތްވަރެއް އިޔާޒްގެ ނެތެވެ.

“އަހަރެން ކިހިނެއް ނުވެސް ދަންނަ މީހަކާ ކައިވެނިކޮށްގެން އުޅޭނީ…. ބައްޕައަށް ކީއްވެތަ ނުވިސްނެނީ…..؟؟؟؟” އަޔާނީއަށް ގެއްލިފައި ހުރި އިޔާޒަށް ސިހުން ގެނުވީ، އަޔާނީ ވާހަކަ ދެއްކުމުންނެވެ. އޭރު އަޔާނީ ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.  ދެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވެއެވެ. ލަސްލަހުން ދެ ތިން ފިޔަވަޅު އަޅައިލުމަށްފަހު، އިޔާޒްވެސް ގޮސް އަޔާނީގެ ގާތުގައި މަޑުކޮށްލިއެވެ.

“ކީކޭ ބުނާނީ ދޯ….. ކިތަންމެ ހިތްހަމަ ނުޖެހުނުކަމުގައިވިޔަސް، ބޮޑުބައްޕަ ވީމަ ނުކެރޭނެ އެއްޗެކޭ ބުނާކަށް…. އަހަރެންވެސް ވަރަށް ދެރަވޭ ސިސީއާއިމެދު ބޮޑުބައްޕަ ކަންތައް ކުރާގޮތުން….. އެކަމަކު ސިސީ ހާސްނުވޭ….. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ސިސީއަށް ސިސީގެ ލޯބި ކާމިޔާބުކޮށްދެވޭތޯ އަހަރެން މަސައްކަތް ކުރާނަން…. އަހަރެމެންނަށް ކުރެވޭނީ މަސައްކަތް…. ކާމިޔާބު ދެއްވާނީ ގަދަ ކީރިތިވަންތަ މާތްﷲ ….” އަޔާނީގެ ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފުހެލައިދެމުން އިޔާޒް ބުނެލިއެވެ. އެކަމަށް އެއްބަސްވުމުގެ ގޮތުން އަޔާނީވެސް ބޯ ޖަހައިލިއެވެ.

“އަހަރެން ހިތަށް އަރަނީ ބޮޑުބައްޕަ ކޮންތާކުން ނެރެގެން ގެނައި މީހެއްބާއޭ އެއީ…. ގައިމު އަހަންނެއް މީގެ ކުރިއަކުން އޭނައެއް ނުދެކެން…..” އިޔާޒް، ލުމާންގެ ވާހަކަ ފެށުމުން، އޭނާގެ ވާހަކަ ނުދައްކާށޭ ބުނެ ފަރުވާ ކުޑަގޮތަކަށް އަޔާނީ އަނެއްކާވެސް ބޭރު ބަލަން ފެށީ، ލުމާންގެ ނަންވެސް އަޑުއަހަން ބޭނުން ނުވުމުންނެވެ. ކިތަންމެ ރީތި ސިފައެއް ލިބިފައިވީކަމުގައިވިޔަސް އޭނާގެ ހިތުގައި ލުމާނަށްޓަކައި ނަފްރަތު އުފެދިފައި ވެއެވެ. އޭނާ ދެކޭ ގޮތުގައި ލުމާނަކީ އޭނާގެ އުފާތަކަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.

“ސިސީ…. ތިހާ އަވަހަށް މޫޑީ ނުވެބަލަ…. އަހަރެން ދެންތަ ސަޅި އައިޑިއާއެއް…..” އަޔާނީގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލަމުން އިޔާޒް ބުނެލިއެވެ. އަޔާނީގެ ފަރާތުން ޖަވާބެއް ނުލިބެނީސް އޭނާގެ ޚިޔާލު ހިއްސާކުރަން ފެށިއެވެ.

“ބޮޑުބައްޕަ މާދަމާ ހެނދުނު މާލެއަށް ދާން ފުރާނެއެއްނު ދޯ….. އޭރުން ހިނގާ އެ ލުމާންގަނޑަށް ގޮތްދައްކާލަމާ…. މި ގޭގައި އުޅެން އުނދަގޫވާވަރު ކޮށްލާފައި ބޮޑުބައްޕަ އަންނަންވާއިރަށް މި ރަށުން ފައްސާލާނީ…. އޭރުން ދެން ފަހަރެއްގަ ސިސީ ބޭނުންވާ ގޮތަށް ބޮޑުބައްޕަ ކަންތައް ކޮށްދީފާނެއެއްނު…..” އިޔާޒްގެ ޚިޔާލް އަޔާނީއަށް ވަރަށް ކަމުދިޔައެވެ. އެހެން ނޫނަސް، ދެން އެ ނޫން އިތުރުގޮތެއް އޮތްހެނެއް އޭނާއަކަށް ހިއެއް ނުވެއެވެ. އެ ވާހަކަތަކުން އޭނާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ. އަޔާނީ ހިނިތުންވެލުމުން އިޔާޒް އުފާވިއެވެ.

“އޫމް މިހާރު އެބަ ރަނގަޅުވޭ….. ދެން އަވަހަށްދޭ ނަމާދުކޮށްގެން ޤުރްއާން ކިޔަވައިލަން…. އޭރުން ހިތަށް ހަމަޖެހުން ލިބޭނެ…. އަހަރެންވެސް މި ދަނީ ނަމާދުކޮށްގެން ޤުރްއާން ކިޔަވާލަން ދާން…..” އަޔާނީގެ ދެ ކޮލުގައި ހިފާލަމުން އިޔާޒް މިހެން ބުނުމުން، ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަޔާނީ ކޮޓަރިއަށް ވަނެވެ. އަޔާނީ ހަމައަކަށް އެޅުމުން ލިބުނު ހިތްހަމަ ޖެހުމުގައި، އިޔާޒް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާވެސް މިސްރާބުޖެހީ މިސްކިތަށް ދިއުމަށްޓަކައެވެ.

********************

 

“މަންމާ….” ބޭރުން ގެއަށް ވަދެގެން އައި ޔަލްވީއަށް އޭނާގެ މަންމައަށް ގޮވައިލެވުނީ، އެހެން ރޭރެއާއި ޚިލާފަށް ގޭތެރެ އަނދިރިކޮށްލާފައި އޮތުމުންނެވެ. އަތުގައި އޮތް ފޯނުން ގަޑިވެސް ބަލައިލެވުނީ ލަހުން ގެއަށް އާދެވުނީކަމަށް ހީކޮށްށެވެ. ނަމަވެސް، އޭރު އަދި ނުވައެއް ޖެހީއެވެ. ހައިރާންވެފައި ހުރެ އެތެރެއަށް ހިނގައިގަތް ޔަލްވީއަށް ހުއްޓެވުނީ ކުއްލިއަކަށް މުޅި ތަން އެކީ އަލިވެގެން ދިއުމުންނެވެ. އެއާއިއެކު، ކުރިމަތިން ފެނުނު މަންޒަރަކުން ދެ ލޯ ބޮޑުކޮށްލެވުނުއިރު، އަނގަމަތީ އަތް އަޅައިލެވުނީ ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. އިސާހިތަކު ދެ ލޯ ފެންކަޅިވެގެން ދިޔައީ އުފާވީވަރުންނެވެ. ކުރިމަތީ ހުރި ފާރުގައި ބޮޑު އަކުރުން “ވިލް ޔޫ މެރީ މީ، ޔާލް…..” ޖަހާފައި އިންތަން ފެނުމުން ހީވީ އޭނާ ދެކެމުން އައި ހުވަފެން ޙަޤީގަތަކަށް ވީ ހެންނެވެ. އަނގަމަތީ އަތްއަޅާލައިގެން ހުރެ ވަށާ އެނބުރެލި ވަގުތު، ދޮރުކަނީގައި ލެނގިލައިގެން ހުރި ޝައުން ފެނުމުން ޔަލްވީގެ ޙަރަކާތްތައް ހުއްޓުނެވެ. މޭމަތީ ދެ އަތް ހުރަސްކޮށްލައިގެން ހެވިފައިހުރި ޝައުނާއި ދިމާއަށް އޭނާއަށް ދެވުނުގޮތްވެސް ނެނގުނެވެ. އެ ދިޔަގޮތަށް ގޮސް ޝައުންގެ ކުރިމަތީ މަޑުކޮށްލުމަށްފަހު، ބޯ ޖަހާލަމުން، “ޔެސް” އޭ ބުނެލިއިރު، ޔަލްވީގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ދޮރުކަނީގައި ލެނގިލައިގެން ހުރި ޝައުންގެ ހިނިތުންވުން ފުންވެގެން ދިޔައިރު، އޭނާއަށްވެސް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ.

“މަރުހަބާ ދަރިފުޅާ….” ޔަލްވީ ފަސްއެނބުރި ބަލައިލީ ނޫރައިންއާއި، ފަހުމީގެ ދެމަފިރިން އެއް އަޑުން މިހެން ބުނުމުންނެވެ. އޭރު އެމީހުންވެސް އައިސް އެތާ މަޑުކޮށްލަނީއެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ.

“މަންމަގެ ދަރިފުޅުވެސް މިހާރު ބޮޑުވީއޭ ދޯ…..” ޔަލްވީގެ ބޮލުގައި ފިރުމާލަމުން މހެން ބުނެލިއިރު، މިފަހަރު ނޫރައިންގެ މޫނުމަތީގައިވީ ތަފާތު އަސަރުތަކެކެވެ. ޔަލްވީއަށްވެސް އެކަން ފާހަގަ ކުރެވުމުން ނޫރައިންގެ ގައިގައި ބާރަށް ބައްދާލިއެވެ.

“މިރޭގެ މި އުފަލާ ގުޅިގެން ޚާއްސަ ކެއުމެއްވެސް އެބައޮތް…. ހިނގާ އަވަހަށް ކާންދަމާ… ކާފައަކަށް ދެން ނުހުރެވޭނެ…..” މާހައުލުގެ އުފާވެރިކަން ގެއްލެން ބޭނުން ނުވާތީ، ފަހުމީ އަވަސްއަވަހަށް ބުނެލިއެވެ. ފަހުމީގެ ބަހަށް ޝައުންވެސް ތާއީދު ކުރުމުން ޔަލްވީ، ނޫރައިންއާ ދުރަށް ޖެހިލިއެވެ. ނޫރައިންވެސް ހިނިތުންވެލަމުން، ލޯބިވާ ދަރިފުޅުގެ މޫނުގައި ފިރުމާލުމަށްފަހު، ޔަލްވީއާއި، ޝައުންގެ އަތުގައި ހިފައިގެން ކާގެއާއި ދިމާއަށް މިސްރާބު ޖެހުމުން، އެމީހުންގެ ފަހަތުން ހަލީމާގެ ދެމަފިރިންވެސް ދިޔައެވެ.

********************

 

މިޝްޔާއާއި ރާހިލްގެ އިތުރުން، މިޝަލާއި ޝިއުރީ ތިބީ މިޝްޔާމެންގޭ ބަގީޗާގައެވެ. އެ މީހުންތިބީ މިޝްޔާމެން ކައިވެނި ކުރަން ބޭނުންވާ ވާހަކަ މާހިރާއި ހަމައަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާ ކުރާށެވެ. އެފަދަ ވާހަކައެއް މާހިރުގެ ގާތުގައި ދައްކަން ޖެހުމުން މިޝްޔާ އިނީ ޖެހިލުންވެފައެވެ. އެވަގުތު، އޭނާގެ މަންމަގެ މަތިން ހަނދާންވީ، އެއްވެސް ޖެހިލުމެއްނެތި މަންމަގެ ގާތުގައި އެފަދަ ވާހަކައެއް ބުނަން ކެރޭނެތީއެވެ. އަދި، އެވާހަކަ ބައްޕައާއި ހަމައަށް ގެންގޮސްދިނުމަށް އެހީވެދޭނެތީވެސްމެއެވެ. އެހެނަސް، މިއަދު އޭނާއަށް މަންމަގެ ބޭނުން އެންމެ ބޭނުންވި ދުވަހު، އޭނާގެ މަންމައެއް ނެތެވެ. މަންމަ މަތިން ކިތަންމެ ހަނދާންވީނަމަވެސް، އެކަން ދެންތިބި މީހުންނަށް އަންގާކަށް މިޝްޔާ ބޭނުމެއް ނުވެއެވެ. މާހައުލުގެ އުފާވެރިކަން ގެއްލެން ބޭނުން ނުވާތީއެވެ. އެންމެ ފަހުން އޭނާ އެހީއަށް އެދުނީ މިޝަލްގެ ގާތުންނެވެ.

“މިޝްއެއްނު ކައިވެނި ކުރަނީ…. ދޮންބެއެއް ނޫނެއްނު…. އެހެންވީމަ، މިޝް ބުނަން ޖެހޭނީ….. ” މިޝްޔާގެ އެދުމަށް އިންކާރު ކުރަމުން މިޝަލް މިހެން ބުނެލިއިރު، އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ލާނެއް ހިނިތުންވުމެކެވެ. މިޝަލްގެ ނިންމުމަށް ތާއީދުކޮށް ޝިއުރީ ހޭންފެށުމުން މިޝްޔާ ތުންކޮޅު ދަމާލަމުން ދެ މީހުންނަށް ލޯ އަޅައިލިއެވެ.

“އަހަރެން ދެންތަ މޮޅު ޚިޔާލެއް…..؟؟؟؟ ބޭބެ ގާތުން މިޝްއާއި ކައިވެނި ކުރުމުގެ ހުއްދައަށް ރާހިލް އެދެންވީނު….. އަދި ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަވެސް ބުނާނީ… އޭރުން އެ އޮތީ ބޭބެއާއި ހަމައަށް އެ ވާހަކަ ގެންދެވިފައި…..” ޝިއުރީ ދިން ޚިޔާލް މިޝްޔާއަށާއި، މިޝަލަށްވެސް ކަމުދިޔައެވެ.

“އައްދެ އަހަންނަކަށް ނުކެރޭނެ ބޭބެ ގާތު އަހާކަށް…. އަހަންނަށް ހީވަނީ ޝިއު އެވާހަކަ ދެއްކިއްޔާހެން އެންމެ ރަނގަޅުވާނީ…. ބޭބެގެ ދެކޭގޮތުގައި އަހަރެމެން އެންމެން ތެރެއިންވެސް، އެންމެ ވިސްނޭ މީހަކީ ޝިއު….. އެހެންވީމަ، އެންމެ ބުއްދިވެރިވާނީ ޝިއު އެވާހަކަ ބުނެދިނިއްޔާ…… އޭރުން އެންމެ ފަސޭހައިން ބޭބެގެ “އާނ”ބަސް ލިބޭނީ……” އެކަމުން ރެކެގަންނަމުން ރާހިލް އަވަހަށް ޝިއުރީގެ ބޮލަށް ޖަހައިލިއެވެ.

“އަޖައިބެއް…. އަހަރެންތަ ކައިވެނި ކުރަން މި އުޅެނީ….؟؟؟ ކައިވެނީގެ ވާހަކަ ދައްކަންވާނީ ކައިވެނި ކުރަން އުޅޭ ދެ މީހުން…. އެހެންމީހުންނެއް ނޫނޭ….. ތިވަރުން ދެން ބުނަން ނުކެރެންޏާ، އަހަންނަށް ފެންނަނީ ދެ މީހުން ކައިވެނި ނުކޮށް ތިބެން…….” ޝިއުރީ މަޖާވެފައި މިހެން ބުނުމުން މިޝްޔާއާއި ރާހިލް އެއްފަހަރާކަހަލަ ގޮތަކަށް ނޫނެކޭ ބުނެލިއެވެ. މަޖާވެފައި ތިބެ ޝިއުރީއާއި މިޝަލް އަތް ޖަހާލީ، މިޝްޔާމެންގެ މޫނުމަތީގެ ކުލަވަރު ފެނުމުންނެވެ.

“ދަރިފުޅުމެން މިތާ ދޯ ތި ތިބީ….. ބައްޕަ ހީކުރީ ގޭގައި ނޫޅެނީކަމަށް……” ހަތަރު މީހުން އެއްފަހަރާ، މައިތިރިވީ، މާހިރު އަންނަން ފެށުމުންނެވެ. މާހިރު އައިސް އެ މީހުންގެ ގާތުގައި ހުރި ހުސްގޮނޑިއެއްގައި އިށީނެވެ.

“ޝިއުއާއި ރާހިލްވެސް އެބަތިބި ދޯ…… ވަރަށް ރަނގަޅު ވަގުތެއްގައި މި އާދެވުނީ…. ބައްޕަ މި އައީ ވާހަކައެއް ދައްކާލަންވެގެން…..” ގޮނޑީގައި ހަމަޖެހިލަމުން މާހިރު ބުނެލިއެވެ. ހަތަރު މީހުން ސިއްރުން އެކަކު އަނެކަކަށް ބަލައިލަމުން، ލޮލުން އިޝާރާތް ކުރަން ފެށީ، ކުރިން މަޝްވަރާ ކުރެވުނު ވާހަކަ މާހިރުގެ ގާތުގައި ދެއްކުމަށެވެ.

“ބައްޕައަށް ހީވަނީ މިހާރު ދެން ދަރިފުޅުމެންވެސް ކައިވެނި ކުރަން ވެއްޖެހެން…..” މާހިރު ދައްކަން ފެށި ވާހަކައަކުން މިޝަލާއި ޝިއުރީގެ ގާތަށް ލާނެއް ހިންޏެއް އައީ މިޝްޔާއާއި، ރާހިލް ގެ މޫނަށް އެރި ކުލަވަރު ފެނުމުންނެވެ. މި ހުރިހާ އިރެއްވީއިރު، މާހިރުގެ ގާތުގައި އެ ވާހަކަ ދައްކާނެ ގޮތަކާއިމެދު މަޝްވަރާކޮށްކޮށް ތިއްބާ، މާހިރު އައިސް ސީދާ އެ މައުޟޫއަށް ވާހަކަ ދައްކަން ފެށުމުން، ވާނީވެސް އެހެންތާއެވެ. ޝިއުރީމެން ހޭތަން ފެނުމުން، މިޝްޔާ އެ ދެ މީހުންނަށް ލޯ އަޅައިލިއެވެ.

“މިޝަލް ދަރިފުޅު މިކަމާ ދޭތެރޭ ކީކޭ ބުނަނީ…..؟؟؟؟” މިޝަލަށް ބަލައިލަމުން މާހިރު ސުވާލުކޮށްލިއެވެ. ހިނިގަނޑު މަތަކޮށްލަމުން، މިޝަލް، ސީރިއަސް ގޮތްގަނޑު މޫނުމައްޗަށް ވެރިކޮށްލިއެވެ.

“ވަރަށް ރަނގަޅު ވާހަކައެއް ބައްޕަ ތި ބުނީ….. މިހާރުވެސް މިޝްގާތު، އަހަރެން މި ކިޔަނީ ދެން ލަސްނުކޮށް އަވަހަށް ކައިވެނި ކުރަން އުޅޭށޭ……” މިޝަލްގެ ވާހަކައިން މިޝްޔާގެ ބައްޕަގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައިރު، އެ މޫނުމަތީގައި ހައިރާންކަމެއްވެސް ވިއެވެ. ދެން ތިބި މީހުން ތިބީ މާހިރު، ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

“މިޝްމެންގެ ކައިވެނިވެސް ކުރަންވީ…. އެކަމަކު، ބައްޕަ މި ދައްކަނީ ދަރިފުޅުމެން ދެ ކުދިންގެ ކައިވެނީގެ ވާހަކަ….. ބައްޕަ ބޭނުންވަނީ، ދެ ކައިވެނި އެއްކޮށް ކުރަން…..” މާހިރުގެ ދުލުން ނުކުތް ޖުމްލައާއިއެކު، ހަތަރު މީހުންނަށް ހައިރާންވެފައި ތިބެ އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“ދޮންބެ ކައިވެނި ކުރަން ބައްޕަ ކުއްޖަކު ހޯދީތަ…..؟؟؟؟” މިޝްޔާ ހައިރާންވެފައި އިނދެ މިހެން އަހައިލުމުން މާހިރު ހީލިއެވެ.

“ދަރިފުޅުމެން ހީކުރީ، ދަރިފުޅުމެން ނުބުނިއްޔާ ބައްޕައަށް ނޭނގޭނެ ކަމަށްތަ…..؟؟؟؟ ބައްޕައަށް އެނގޭ ހުރިހާ ކަމެއްވެސް….. ދޮންބެ ޝިއުއާއި ރައްޓެހިވެގެން އުޅޭކަން ބައްޕައަށް އެނގޭ…. ބައްޕަގެ ދަނބިދަރިއަށްށާއި ޅީދަރިއަކަށް އެންމެ ބޭނުންވާކަހަލަ ދެކުދިން ދަރިފުޅުމެން ތި ހޯދީ…. ބައްޕަ ވަރަށް ފަޚުރުވެރިވޭ ދަރިފުޅުމެންގެ ހޮވުން މިހާ ފުރިހަމަވީތީ…..” ދެ ފަރާތިގައި ތިބި ރާހިލާއި ޝިއުރިގެ ބޮލުގައި ފިރުމާލަމުން، ހިނިތުންވެ އިނދެ މާހިރު ބުނެލިއެވެ. ޝިއުރީއާއި މިޝަލް، ހައިރާންވެފައި އެކަކު އަނެކަކަށް ބަލަން ތިބިއިރު، މިޝްޔާއާއި ރާހިލްވެސް ތިބީ ހައިރާންވެފައެވެ.

“ބައްޕައަށް ތި ހީވީ އަދި ރަނގަޅަކަށް ނޫން…. އަހަރެން ޝިއުއަކާއި ރައްޓެއްސެއް ނުވަން…..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު، މިޝަލް ބުނެލިއެވެ. މާހިރުގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ޝިއުރީއާއި ދިމާއަށް ބަލައިލީ، އެއީ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ. ޝިއުރީ ބޯ ޖަހާލުމުން، އެ މޫނުމައްޗަށް ވެރިވި މާޔޫސްކަން، އެ ހަތަރު މީހުންނަށްވެސް ފެނިގެން ދިޔައެވެ.

“ދަރިފުޅުމެން އަބަދު މާ އެއްކޮށް އުޅޭތީ ބައްޕައަށް އެހެން ހީކުރެވުނީ…. ދަރިފުޅުވެސް ދެން އަވަހަށް އިންނާނެ ކުއްޖަކު ހޯދައިގެން މިޝްމެންނާއިއެކު ކައިވެނި ކުރަންވީނު……” މާޔޫސްވީނަމަވެސް، އެކަން ނުދައްކަން މަސައްކަތް ކުރަމުން މާހިރު ބުނެލިއެވެ. މިޝަލްމެންނަށް އެކަން ފާހަގަވެސް ކުރެވުނެވެ.

“އަހަންނަށް ފެންނަނީ އިހަށް މިޝްމެންގެ ކައިވެނި ކުރުވަން…. އަހަންނަށް ރަނގަޅު ކުއްޖަކު ލިބުނީމަ، ފަހުންވެސް ކައިވެނި ކުރެވިދާނެއެއްނު ދޯ….” މިޝަލް، ފަހު ޖުމްލަ ބުނެލީ، ޝިއުރީއަށް ބަލައިލަމުންނެވެ. އެވަގުތުކޮޅުވެސް، ޝިއުރީ އޭނާގެ ލޯބި ޤަބޫލުކޮށް، ކައިވެނިކުރަން އެއްބަސްވާނެނަމައޭ ހިތަށްއެރިއެވެ. މިޝަލްގެ ނިންމުމަށް މާހިރު ދެކޮޅެއް ނުހަދައެވެ. މިޝްޔާމެންގެ ގާތުގައި ކައިވެނި ކުރަން ބޭނުންވާ ތާރީޚެއް ކަނޑައެޅުމަށް ބުނެފައި، އޭނާ އެ ތަނުން ދާން ހިނގައިގަތެވެ.

 

“ހެހެހެ…. އެންމެ ފަހުން، ބައްޕަވެސް ޅީދަރިއަކަށް ހަނދަން ބޭނުންވީ ހަމަ ޝިއު….” މާހިރު ދިއުމުން ހިނިގަނޑެއް ޖަހާލަމުން، މިޝްޔާ، ޝިއުރީއާއި ދިމާކޮށްލިއެވެ.

“ހައް…. ދެންވެސް އަހަންނާ ދިމާކުރަންވީކީ ނޫނޭ….. ކައިވެނީގެ ވާހަކަ ނުދެއްކިގެން އުޅެނިކޮށް، ބޭބެ އައިސް އެ މަގު ކޮށައި އަލިކޮށްދީފައި އެ ދިޔައީ…. ދެންވެސް އަވަހަށް ކައިވެނި ކުރަން ބޭނުންވާ ތާރީޚެއް ކަނޑައެޅޭތޯ ބަލާބަލަ…..” މިޝްޔާގެ ގައިގައި މަޑުމަޑުން ވިކައިގަންނަމުން ޝިއުރީ މިހެން ބުނުމުން މިޝްޔާ އަނެއްކާވެސް މަޖާވެފައި ހޭންފެށިއެވެ.

 

ފަހުން އަންނާނެކަމަށް ބުނެފައި ޝިއުރީ އެތަނުން ތެދުވެގެން ހިނގައިގަތެވެ. މިޝްޔާމެންނަށް އެކަނި ވާހަކަ ދައްކާލުމަށް ވަގުތުކޮޅެއް ދިނުމުގެ ބަހަނާގައި މިޝަލްވެސް އެ ތަނުން ތެދުވެގެން ޝިއުރީގެ ފަހަތުން ހިނގައިގަތެވެ.

ގެއިން ނުކުންނަށް ދިޔަ ޝިއުރީ ހުއްޓުނީ މިޝަލް ގޮވައިލުމުންނެވެ. މިޝަލް އައިސް މަޑުކޮށްލުމާއިއެކު ޝިއުރީ ހިނިތުންވެލިއެވެ.

“އަހަރެން އެހެން ކުއްޖަކު ހޯދައިގެން ކައިވެނިކުރަންވީތަ…..؟؟؟؟” ޝިއުރީއަށް ބަލަން ހުރެ މިޝަލް އަހައިލިއެވެ.

“މިޝަލް ބޭނުމިއްޔާ ހަމަ ހޯދަންވީ…. ނޫނީ އަހަރެން ހޯދައިދޭންވީތަ…..؟؟؟” ސަމާސާ ގޮތަކަށް ހިނިތުންވެލައިގެން ހުރެ، ޝިއުރީ ޖަވާބު ދިނެވެ.

“އަހަރެން، ތި ނޫން ކުއްޖަކު ބޭނުމެއް ނެތޭ  ބުނެފިއްޔާ…..؟؟؟؟” މިޝަލްވެސް ކޮށްލީ ސުވާލެކެވެ. އެ ސުވާލަށް ޖަވާބު ނުދިންނަމަވެސް، ޝިއުރީގެ ތުންފަތަށް ވެރިވި ހިނިތުންވުން މިޝަލަށް ފެނުނެވެ.

“ބުނެބަލަ……” މިޝަލް އަނެއްކާވެސް އަހައިލީ، ޝިއުރީ ޖަވާބެއް ނުދިނުމުންނެވެ.

“އަހަންނަށް ޝިއު ލިބިދާނެތަ…..؟؟؟؟” ދެންވެސް، ޝިއުރީ ވާހަކަ ނުދެއްކުމުން މިޝަލް އަހައިލިއެވެ. އެހިނދު، ޝިއުރީގެ މޫނުން ފިނިފެންޖަންބުކުލަ ފައުޅުވީ، މާ ބޮޑަށް ލަދުގަތުމުންނެވެ. ޝިއުރީގެ ކިބައިން ފެންނަމުންދިޔަ މަންޒަރުތަކުން މިޝަލްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވިއެވެ.

“އަހަރެން ދަނީ….” އިތުރަށް މިޝަލްގެ ކުރިމަތީ ހުންނަން ކެތް ނުވުމުން ޝިއުރީ ހިނގައިގަތެވެ.

“އަހަރެންގެ ސުވާލަށް ޖަވާބުދީފަ ދެވޭނީ…..” ޝިއުރީގެ ކުރިމައްޗަށް އަރަމުން މިޝަލް ބުނެލިއެވެ.

“އަހަންނަށް ވިސްނާލަން ވަގުތުކޮޅެއްދީ……” މިޝަލްގެ މޫނަށް ބަލައިލަމުން ލަދުރަކިގޮތަކަށް ޝިއުރީ ބުނެލިއެވެ. މިޝަލް ބޯ ޖަހާލަމުން ޝިއުރީ ދާން ތަން ދެއްކިއެވެ. ގެއަށް ދިއުމަށްޓަކައި ޝިއުރީ ހިނގައިގަތެވެ. ހިނިތުންވެފައި އެ މަންޒަރު ބަލަން،  ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން މިޝަލް ހުއްޓެވެ. ގެއާއި ހަމައަށް ދެވުމުން ޝިއުރީ ފަސްއެނބުރި ބަލައިލިއެވެ. އޭރުވެސް މިޝަލް ހުރީ އެ ދިމާއަށް ބަލާށެވެ. ޝިއުރީ ބަލައިލުމުން އަތުން ހަނާ އަޅާލުމަށްފަހު، ގެއަށް ވަންނަން ހިނގައިގަތީ، ފޯން ކޯލެއް އައުމުންނެވެ.

********************

 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މިޝްޔާމެން ރަށުގެ ދެކުނުފަރާތުގައި ހުރި ޖޯލިތަކުގައި އިށީނދެލައިގެން ތިބީ އެއީ އެއްދުވަސްކޮޅެއްގައި އެކުދިން ވަރަށް ގިނައިން ގޮސް އުޅުނު ތަނަކަށް ވީތީއެވެ. ހަތަރުކުދިންކުރެ، އެކަކުވެސް އަނގައަކުން ނުބުނެއެވެ. ހީވާގޮތުން ހަތަރު ކުދިންވެސް ތިބީ އަމިއްލަ ޚިޔާލަކަށް ގެއްލިފައެވެ.

“އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފައި….” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ޔަލްވީއެވެ.

“އަހަރެންވެސް….” ދެން ތިބި ތިން ކުދިންނަށް އެއް އަޑުން ބުނެލެވުނެވެ.

“އަޅޭ… މިއަދު މީ އާދައިގެ ދުވަހެއް ނޫން ދޯ…. ހަތަރު މީހުންވެސް ވާހަކައެއް ބުނަން ބޭނުންވެފައި މި ތިބީ….. އެންމެ ފުރަތަމަ ޔާލް ބުނޭ…..” މިޝްޔާ މަޖާވެފައި މިހެން ބުނުމުން، ތިން ކުދިންވެސް ހިނިތުންވެލިއެވެ.

“އަހަރެން މި އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން….” ލަދުރަކި ގޮތަކަށް ހީލަމުން ޔަލްވީ ބުނެލިއެވެ.

“އަސްލުވެސްތަ….؟؟؟؟ އަހަރެންވެސް މި އުޅެނީ، ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ ބުނަން….” އުފާވީވަރުން ޔަލްވީގެ އަތުގައި ހިފައިލަމުން މިޝްޔާ ބުނެލިއެވެ.

“އަހަރެންގެ ކައިވެނިވެސް ހަމަޖެހިއްޖެ…..” ހިތިގޮތަކަށް ހީލައިގެން އިނދެ އަޔާނީ މިހެން ބުނުމުން މިޝްޔާމެން ތިބީ ހައިރާންވެފައެވެ.

“ޔާނީ މަންމަމެން އެންމެ ފަހުން ޤަބޫލުވީތަ….؟؟؟؟” އަޔާނީގެ އަތުގައި ހިފާލަމުން މިޝްޔާއަށް އަހައިލެވުނީ ޤަބޫލުނުކުރެވިފައި އިނދެއެވެ. ޝިއުރީވެސް އިނީ އަޔާނީއަށް ބަލަހައްޓައިގެން އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

“އަފޫއަކާއެއްނޫން…. ނުވެސް ދަންނަ ބީރައްޓެއްސަކާ….. ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް….” މިހެން ބުނެލިއިރު، އަޔާނީގެ ދެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން އިސްޖަހައިލެވުނެވެ.

“ދެން ޔާނީ ހަމަ ޤަބޫލުވީތަ….؟؟؟؟” ދެރަވެފައި އިނދެ ޔަލްވީއަށް އަހައިލެވުނެވެ.

“ޤަބޫލުނުވެ އަހަރެން ކީއްކުރާނީ….؟؟؟ އަފޫއާއި ގުޅޭކަށް ބައްޕަ ދުވަހަކުވެސް ޤަބޫލެއް ނުވާނެ…. ބައްޕައަށްޓަކައި އަހަރެން އަހަރެންގެ ލޯބި ޤުރުބާން ކުރީ…..” އަޔާނީ އަނެއްކާވެސް ހިތިގޮތަކަށް ހީލިއެވެ. އެއަށްފަހު، ދެލޮލަށް ޖަމާވި ކަރުނަތައް ފުހެލިއެވެ. އަޔާނީއަށް ޙަމްދަރުދީވާޙާލު، މިޝްޔާމެން ދެރަވެފައި ބަލަން ތިބީއެވެ.

“ޝިއު ކޮންވާހަކައެއްތަ ބުނަން އުޅުނީ….؟؟؟؟” ހިނިތުންވާން މަސައްކަތް ކުރަމުން އަޔާނީ އަހައިލީ، ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލަމުންނެވެ. ޔަލްވީއާއި މިޝްޔާވެސް ޝިއުރީއަށް ބަލައިލީ، އޭނާ ބުނަން އުޅޭ ވާހަކައެއް އަޑު އަހަން ބޭނުންވެފައި އިނދެއެވެ.

“އަހަރެންވެސް މި އުޅެނީ ކައިވެނި ކުރަން…..” ވަކިވަކިން ތިން ކުދިންނަށް ބަލައިލަމުން ޝިއުރި ބުނެލިއެވެ. ޤަބޫލުކުރަން ދަތިވެފައި ޔަލްވީމެންނަށް ބަލަން ތިބެވުނީއެވެ.

“މި ވީހާ ދުވަހު ދޮންބެ ތަޅުވާލައިފަ، އެންމެ ފަހުން ކައިވެނިކުރަން ދޯ ތި އެއްބަސްވީ….. އަހަރެން ވަރަށް އުފާވެއްޖެ….” ޝިއުރީގެ ގައިގައި ކުޑަކޮށް ބައްދާލަމުން މިޝްޔާ ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (82)

  1. Nappudding

    Awlhey eeem thankooo adhi nukiyan

    1. Nappudding
      Nappudding

      Wow???? masha allah story varah loabi… ????

    2. Eemyaa
      Nappudding

      Wc dear ☺
      Thanks Nappu ?

  2. Eemyaa

    Assalaam Alaikum ☺
    Mi part thankolheh las veethee nihaayathah maafah edhen ?
    Heekuran mi bai ves kamudhaane kamah ?
    Mibaiga v gina kuh hurun ekasheegenvey faahaga kohlevey kuhthah bunedhinun edhen ?
    Baajaveri re akah edhemun vakivelan
    TGC Lov U all ❤❤❤

    1. natha
      Eemyaa

      Story varah salhi.
      Mi comment ga next part annaane kamah lafaa kohlevey dhuvas Konme part ehga ves bunedhenyaa adhi varah rangalhu ?

    2. Eemyaa
      Eemyaa

      Thanks natha ?
      Ehn nubunany yageen nuvaathyy

  3. click a shot ?

    Kiyaalaafa comment eh kohlaanan ee..am I second..?

    1. $JK..KOREAN
      click a shot ?

      ohh I’m third

    2. click a shot ?
      click a shot ?

      Yup..mi faharu $JK ah third dhw libuny..?

    3. Eemyaa
      click a shot ?

      Yes second click ☺ first aa gaai kohfi dw ?

    4. click a shot ?
      click a shot ?

      Yeah..?First libey thw masakai kuranvy..mivaahaka in first nulibi nimijiyaa nuves nidheyne rangalha..hehe..??

    5. Eemyaa
      click a shot ?

      Haha click ??

  4. $JK..KOREAN

    me second. haadha inthixaareh kurevijjjeyyy.. adhi nuvx kiyan..kiyaalaafa comment eh kohlaanan. 🙂

    1. $JK..KOREAN
      $JK..KOREAN

      alheyy hiyy thalhuvaalaafa thi nimmaaly. mi part vvvv reethi. wowwww shaun n yaal plus raahil n mish ge wedding dhw dhn onnaany.. amazing.. eem sjk mennah dhauvathu dhehchey wedding party ah 😉 😉 haha.. anyways, this is the best story..for me! eem alhe maadhan ehpart kurukohviyas up kohdhevidhaanetha? if u can…… varah kiyaa hiyy veema aslu mi bunely.. 😀 waitingsss… ly more 🙂 🙂

    2. Eemyaa
      $JK..KOREAN

      Thanks $JK ?
      Lets see kn baehtho marry kuraany ?
      Haha dhauvathu dheefin ??
      Wow Thanks dear ❤
      I’ll try ingey
      LY ☺

  5. Adha?

    Eem varah kiyaahithun indha thi up kohdhiny.. thankyou?.. adha eyruves bunymehnu yaany ge dad yaany innaane meeheh hoadhafa hury kanneynge ey.. mussandhi meehakaa marry kuruvanvegen dw ehen e hedhee.. mish ge dad varah cool dw.. yaany dad ves ehen vaanama…..nd mi lumaan gandah jeheyne rangalhu bondi eh dheyn dw??
    Hurihaa kudhinves marry?? kuran dw mi ulheny.. shiu kaakaaba annekka marry kurany… mishal noon ehen meehakah nahadhahchey ingey?
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Hehe ehntha? ?
      Thanks Adha ?
      Yes Mish ge dad v cool ☺ nd story ga hee nukuraa gotheh ves vedhaane ?
      Hahaa ?
      Yes hurihaa kudhinves v avahah marry kuraane bt adhi innaany 2 wedding ?
      Thanks dear ❤

  6. Yaana

    Varah reethi.. Next part avahah up kohdheche..

    1. Eemyaa
      Yaana

      Thanks Yaana ?
      I’ll try ☺

  7. click a shot ?

    wow…wonderful eem..☺️.varah varah reethi mi part ves..enme kiyaahihvy yaany ge byaa shiu menge bai mi ep in..?alhey yaany bappa kihineh ehedhy..i hate him..yaany ah amilla decision negumuge haggu onnanvaaneehnun…pure yaany how would she live with a stranger..but I think lumaan ves yaany dheke loabeh nuvey kaneyge..he may love someone else and majubooru vegen marry kury…and he can help yaany and afu ❤️hiyaaleh ?.shiu eulheny mishal aa innan ulhey vaahaka bunan kaneyge…yaal and shaun..?..☺️How are you eem?i am fine..you too take good care…love you..❤️❤️When is your birthday eem.,??

    1. $JK..KOREAN
      click a shot ?

      aaaannn evx thedhekeyyy.. eeem ge birthday aky kobaatha?? 😉 😀

    2. Eemyaa
      click a shot ?

      Thanks click ? hehe
      Click nice idea ? nd lets see wat will happen ?
      Nt bad ☺ LY ❤
      Haha 20th May

    3. $JK..KOREAN
      click a shot ?

      ohhh eeeem. eem n $jk ge innany same month ga dhw.. my birthday is also in MAY 🙂 😉 😀

    4. Eemyaa
      click a shot ?

      Really $JK ?
      May kon dhuvahehtha ??
      Nd click ge birthdate aky kobaatha??

    5. click a shot ?
      click a shot ?

      $JK ge birthday ei may 5 dhw..click ge birthday aki November 11..eem ge birthday gosi dhw…wish ves dhen nukureveynenun..??

    6. click a shot ?
      click a shot ?

      Next year ge may 20 ah inthizaaru…hehe?

    7. $JK..KOREAN
      click a shot ?

      yeah mine is may 5. click handhaan ebahuridhw. 🙂 yeah dhn othy click ah wish kurumenunu dhww. 😉 😉 haha

    8. click a shot ?
      click a shot ?

      Yeah.. hadhaan hunnaa neehnun..your a friend to me??

    9. $JK..KOREAN
      click a shot ?

      haha dhw.. 😉 😀

  8. Aish

    Reethi ekam maa haasaru gina

    1. Eemyaa
      Aish

      Thanks Aish ?

  9. Shixoo

    May be shiu is going to give a suprise to mishal.

    1. Eemyaa
      Shixoo

      Lets see shixoo ???

  10. Sinaa

    Wow its nice

    1. Eemyaa
      Sinaa

      Thanks Sinaa ?

  11. Zeeee

    Vvvvvvvvvvv reethi.thanx ummmmwa?????????

    1. Eemyaa
      Zeeee

      Thanks Zeee ?
      Hehe wc ❤

  12. Izu

    Alhey haadha reehchey mi vaahaka. Varah appreciate kuran eem thi kuraa massakaiy. Adhi nukiyan mi kahala reethi vaahaka esfiya akun. Varah reethi vaahaka kuri ah dhaa goiy. Emotions aa sifa kurun ves varah furihama. Keep it up ❤❤❤

    1. Eemyaa
      Izu

      Thanks Izu ?
      Awwn ❤❤
      Thanks a lot dear ☺

  13. Xidhan

    Vaahaka hama habeyss… xidhan ge kokko yah ves kiyani lumaan…hehe??
    Next part ah inthixaaru kuran☺

    1. Eemyaa
      Xidhan

      Thanks Xidhan ? aslutha a e eem ah v reethi name eh ☺
      Thanks a lot dear ❤

  14. khajja

    Wow amazing masha allah ??? hyvany image vaahen ohhh stry v v v habeys emme fahuvaguthu v hyvey yaany ge dad afoo aa gabooluvaanehen anyway stry v v cute whn nxt prt can’t wait avaskolladhechchey nxt prt ingey gud nyt ly ??❤❤?????????????

    1. Eemyaa
      khajja

      Thanks khajja ?
      Hehe asluvestha dear ?
      Thee ves vedhaane gotheh dhn balamaa hingaa dw vaa gotheh ??
      Thanks a lot ❤ LY

  15. bubbles

    Not bad.. hinithunvun fun v ma hunnane gotheh kommeves kujjaku bunedhybw.. abadhu ehn hunnany v udhagooo gotheh hurey kian..

    1. Eemyaa
      bubbles

      Thanks bubble ?

      Ehn bunany hinithunve hure adu nulaa kuriah vure ves bodah heelumah

  16. Zuam

    Varah reethi…. ❤❤❤❤

    1. Eemyaa
      Zuam

      Thanks Zuam ?

  17. mal

    Shiu ebuny aslu mishal aa marry kuraa vahaka eh noon kahneyge… eyna ehn myhakaa marry kuran hn hyvany e ulheny

    1. Eemyaa
      mal

      Dhn vaa gotheh balama dw ???

  18. Xna

    V rythi stry.

    1. Eemyaa
      Xna

      Thanks Xna ?

  19. annoying reader

    anehkka mish ge photo negi lumaan kanneynge dhw. yaani bappage hunna katu visnun. if it weren’t for him all bestfrnds will b getting married together. v reethi mi part ves,finaly shiu said yes,i feel sad for yaani

    1. Eemyaa
      annoying reader

      Hehe dhn vaagotheh balaalamaa dw ??
      Thanks dear ?

  20. Nish

    Wow wow mi part adhi maa salhi..?yaany ah vaagoi dhw mihaaru enmeh dhera e ?adhi rangalhuvaane..☺keep going eem ly?

    1. Eemyaa
      Nish

      Thanks Nish ?
      Yeah dw ?
      Thanks a lott dear ?
      Ly ❤

  21. ?

    Dhn e kudhinnah ehaaa sad life eh nudhyyy happy life eh dhybalaa.,,. Abadhuvx sad life eh e innanyyy dhw

    1. Eemyaa
      ?

      Nun abadhu sad life eh nun
      Baeh faharu happy ves vey majaa ves vey
      ☺

  22. ZARAA?

    Mi part vvvvvvv reethi masha allah…☺☺next part avahah update kohdhehjey….varah nice story ehmy…keep it up☺☺☺❤❤

    1. Eemyaa
      ZARAA?

      Thanks ZARAA ?
      I’ll try to upload it asap ☺
      Thanks a lot dearr ❤

  23. ???

    Alhey yaani ah thihenn nuhadha afoo aai gulhuvabala 4 kudhinn party ehkoh baahvaathi?shiu mishal ge vaahaka bunaathi ????vvvv rythi mi baii vess

    1. Eemyaa
      ???

      Dhn vaa gotheh balailamaa dw ??
      Thanks dear ?

  24. Nashuu

    masha allah….mi part varah reethi..vaahaka kiya kiyaa indhaa nminu iru ves neygey..hama heevanee story thereyga ulheveyhenn….and sooo happy for yaal and mish….and shiu ves avahah mishal ah yes bunaane nama…and sad yaanee ah hama dhera goiyyy tha vaanee…..eem TBH this is one of the most amazing stories i ever read…lov eu eem keep it up…and nxt part kon irakun tha??? hope avahah up kohdheyne kamah..

    1. Eemyaa
      Nashuu

      Thanks Nashuu ?
      Awwn ❤
      Thanks a lott dear ☺
      LY
      Vee enme avahah up kohladheynan In Sha Allah ?

  25. Roo

    Alheyy this part is so interesting ❤❤ next part avahah up koh dhehchey ingey ?? Love you eem ???

    1. Eemyaa
      Roo

      Thanks Roo ?
      Yes I’ll try to uplad it asap ?
      LY ❤

  26. King

    Mish ge pics negy shahuna hen hyvany. . Yalvee aa shaun dhuru kuruvan.. waiting for the next part ? ? ?

    1. Eemyaa
      King

      Hehe lets see ??
      ?

  27. Cher

    hei eemy varah salhi ekam thankolheh haasaru dhigu hn hiivey.. u dhera vaa gothakah nun mibuny hama faahaga v ma bunely…and kon dhuhukun next part up vaany..btw love ur story??

    1. Eemyaa
      Cher

      Thanks Cher ?
      Dear, haasaru dhigey thi buny kon gothakun kan bubedheeba.. mi buny mi part ge kon bayakun hey ehn heevee, eyrun dhn faharakun rangalhu kohlan engeyny dw ☺
      Thanks thedhah bunedhinythy, eyrunthaa kuriah oiythaa rangalhu kuran engeynyves dw ??

      Next part maadhan up kohla dheynan In Sha Allah ?
      Thank a lot ❤

  28. k

    wow emm..story v reethi, v kiyaahithun indha nimuny,,,waiting for next part.. keep it up.. you are the best

    1. Eemyaa
      k

      Thanks dear k ?
      Awwn ❤ thanks a lott

  29. Shaileen

    Nice story…..☺

    1. Eemyaa
      Shaileen

      Thanks Shaileen ?

  30. Shaii

    Vrh reethi mi part vx…. keep up….?

    1. Eemyaa
      Shaii

      Thanks Shaii ?

  31. Someone

    Eeem age buneba??? ???????

    1. $JK..KOREAN
      Someone

      24

    2. Eemyaa
      Someone

      Eem ah 24 v.
      $JK varah handhaan gadha ey dw ?

    3. $JK..KOREAN
      Someone

      Eeem Veema hadhaan hury aslu.. ? Haha my fav writer ??

    4. Eemyaa
      Someone

      Awwn ? u r so sweet ❤

    5. $JK..KOREAN
      Someone

      haha.. salt or spicy veema mulhin sakaraaiyy vaanennu dhw 😉 😉

  32. ♡♡♡♡♡

    Nice . When u upload next part………

Comments are closed.