Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (21)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 10, 2017 8 Mins Read
30 Comments

………………………

ދުވަސްތަށް ފާއިތުވެގެން ދިޔައީ އެފަދަގޮތަކަށެވެ. އޭގެފަހުން އެމީހުންނަށް ނައިނާ ނުވަތަ އައިނާ ނުފެނުނުކަމުގައި ވިޔަސް ކޮންމެ ދުވަހެއްގެ އަރާ އިރާއި އެކު އުއްމީދުކޮށްލެވެނީ އެމީހުން މިއަދު ފެންނާނެތޯއެވެ. އަނެއްކާވެސް އައިޒަންއާއި ލަހުފާއާއި ޖިނާހް ވާހަކަދައްކަންފެށިއެވެ. އެދެމީހުން މެދުގައި އިތުރަށް ނައިނާއާއި އައިނާގެ ވާހަކަ ނުދައްކާ އެކުވެރިކަމާއި އެކު ދުވަސްތަށް ވޭތުކުރަމުންދިޔައެވެ. އެއްދުވަހެއްގެ ހަވީރުވަގުތެވެ. މުޅި މާލެ ކުޑަކުރަމުން ހިނގަމުން ދިޔަ ޝާމިރާއާއި އިނާއަށް އެމީހުން ބޭނުންވާ އެއްޗެހި ހުންނަ ފިހާރައަކާއި ދިމާވާ ގޮތެއްނުވިއެވެ. އެންމެފަހުން ދެމީހުން ބޭބީ އެއްޗެހި ވިއްކަން ހުރި ފިހާރައަކަށް ވަދެ އެތަން ކުޑަ ކުރަން ފެށިއެވެ. އިނާގެ ލޮލުގައި ވަރަށް ރީތި ހެދުންތަކެއް އަޅައިގަނެގެން އެ އެއްޗެހި ޝާމިރާއަށް ދައްކާފައި ލޯބިދޯއޭ ބުނެލިއެވެ.

“މަންމީ އީއްކޮއަށް މިހެދުން ވަރަށް ރީތި..!” ތިރިއަށް ފުޅާކޮށް އިން ހެދުމެއް ދައްކާފައި އައިނާ އެހެން ބުނުމުން ނައިނާ ހޭންފެށިއެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް އެހެން ވައްތަރަކަށް އިން ހެދުމެއް ފެނި އެދިމާލަށް ދުއްވައިގަތެވެ. އައިނާ އުޅޭ ގޮތުން ނައިނާއަށް ހެވުނެވެ. އަދި ދުރުގައި ހުރި ގޮނޑިބައްރިތަކެއް ދައްކާފައި އެތާ އިށީންނާށޭ ބުނުމުން ދެބަހެއްނުވެ އެދިމާލަށް ދިޔައީ ބަސްގަބޫލުކުރަމުންނެވެ. އޭރުވެސް އޭނަ ދިޔައީ އެކި ހެދުންތަކުގައި އަތް ހާކަމުންނެވެ. ނައިނާ އެކި ވައްތަރުގެ ހެދުންތަށް ބަލަމުން ދަނިކޮށް ގޮސް ލައިގަތީ ކުރިމަތި ނުބަލާ ހިނގަމުން އައި އިނާގެ ގައިގައެވެ. މާފަށް އެދިދެމީހުންވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ނައިނާ އޭނާއާއި އެއްއިސްކޮޅެއްގައި ހުރި އިނާއަށް ބަލަހައްޓައިގެން ހުރީ އެ މޫނުން އެއީ ކާކުކަން ދެނެގަނެވުނީމައެވެ. އިނާ އާއި ވާހަކަދައްކާލާނެ ފުރުސަތު ލިބިފައި ނެތަސް މީގެ އަހަރުތަކެއް ކުރިން އެތަކެއް ފަހަރު އިނާގެ ފޮޓޯ ވަނީ އޭނާއަށް ފެނިފައެވެ.

ބަނޑުބޮޑުވުމާއި ގުޅިގެން ކޮންމެވެސް ވަރަކަށް މޫނު ފަލަވެފައި ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވިއެއްކަމަކު ނައިނާއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އައިޒަން އާއި ގުޅުން ހުރި ކޮންމެ މީހަކު މިއަދާއި ޖެހެންދެންވެސް އޭނަ ހަނދާނުގައި ހުންނާނެއެވެ. އިނާ ނައިނާއަށް ބަލަހައްޓައިގެން ހުރެފައި އަނގަ ފުޅާކޮށްލިއެވެ. ކާކުކަން ދެނެގަންނަން އިރުކޮޅެއްނެގިޔަސް އޭނާއަށް ކުރިމަތީ އެހުރީ ކާކުކަން އެނގިއްޖެއެވެ. “ނަ… ނައިނާ…” އިނާ ސިހިފައި އެހެން ބުނުމުން ނައިނާ އިސްޖަހާލިއެވެ. އިނާ އަށް އިނގިދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. އިނާ ނައިނާގެ އަތުގައި ހިފަހައްޓާފައި ތީ ނައިނާ ތޯ ސުވާލުކުރިއެވެ. “ތީ ހަމަ އައިޝަމްގެ ދޮންބެދައްތަ ދޯ؟ ބުނެބަ ތީ ހަމަ އައިޝަމްގެ ދޮންބެދައްތަ ދޯ؟؟” އިނާ ނައިނާގެ އަތުގައި ހިފައިފާ ތަޅުވާލަމުން އެ ސުވާލުކުރިއިރު އޭނާގެ އަޑަށް އައި ބަދަލު ނައިނާއަށް ފާހަގަވިއެވެ.

ނައިނާ ބޯޖަހާލާފައި އިނާގެ މޫނަށް ބަލާލުމުން އިނާ އުފަލުން ނައިނާގެ ގައިގާ ބައްދާލިއެވެ. އިނާގެ ބަނޑުފެނިފައި ޝާމްގެ ތޯ އެހުމުން އިނާ ބޯޖަހާލިއެވެ. އެދެލޮލުގައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. އިނާ ހުރީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ދުވަހަކުވެސް ނައިނާއާއި ވާހަކަ ދައްކާފައި ނުވިއެއްކަމަކު ނައިނާގެ ފޮޓޯތަކާއި ނައިނާ އުޅޭ ނޫޅޭގޮތް އައިޝަމް އަބަދުވެސް ކިޔައިދީހަދައެވެ. “ޝާމް އަދިވެސް ދައްކާނެ ދޮންބެދައްތަ ވާހަކަ…. ކޮބ… ކޮބާ އައިނާ؟؟؟” އިނާ އެސުވާލުކޮށްލުމުން އެކޮޅުގައޭ ބުނެ އެދިމާލަށް އިޝާރާތްކޮށްލިއެވެ.

އިނާ އައިޝަމް ކައިރި މިވާހަކަ ބުނަން ބޭނުމޭ ކިޔާ ފޯނު ނެގުމުން ވަގުތުން ނައިނާ ނޫނެކޭ ބުންޏެވެ. އައިޝަމް އަށް އިނގިއްޖެއްޔާ އައިޒަންއަށް އިނގޭނެއެވެ. އޭރުން އައިޒަން އޭނާ ހޯދަން އަންނާނެއެވެ. ނައިނާ ދެން އައިޒަންގެ ދިރިއުޅުމަށް ވަންނަން ބޭނުންވަނީ ޝާމިރާގެ ރުހުމާއި އެކުގައި ކަމުން އެކަން ނުލިބޭހާ ހިނދަކު އައިޒަން ގެ ކުރިމައްޗަށް އަރަން އޭނާ ފަސްޖެހެވެއެވެ. “ޝާމް އައިޒަން ކައިރި ބުނެފާނެ.. އޭރުން އައިޒަން އަންނާނެ ހޯދަން…” ނައިނާ ހާސްވެފައި އެހެން ބުނުމުން އިނާ އޭނާގެ ހަރަކާތްތަށް މަޑުޖައްސާލިއެވެ. އައިޒަން އިތުރަކަށް ނައިނާ ހޯދަން ބޭނުމެއްނުވާނޭ ބުނާނެ ހިތްވަރެއް ނުލިބުމުން ހީލާފައި އަނެއްކާވެސް އައިނާ ކޮބައިތޯ ކިޔާފައި ހިނގައިގަތެވެ. “މަންމަ ކޮބާތަ؟ މަންމަ ފައި ރަނގަޅު ވެއްޖެތަ؟” ނައިނާ އިނާ ގޮވައިގެންހިނގައިގަތީ އައިނާ ބައިންދާފައި އިން ދިމާލަށެވެ. އެސުވާލުން އިނާ ހައިރާންވެފައި އިނގުނީ ކިހިނެއްތޯ ސުވާލުކުރިއެވެ.

ނައިނާ އޭނާއާއި ޝާމިރާ ދިމާވިގޮތް ކިޔައިދިނެވެ. އިނާ ހީލާފައި މިހާރު ރަނގަޅުވެއްޖެޔޭ ބުންޏެވެ. އަދި ޝާމިރާވެސް މިފިހާރައިގައި އެބައުޅެއޭ ބުންނެވެ. ނައިނާ ހުރީ އައިޒަންގެ ވާހަކަ އޮޅުންފިލުވަން ބޭނުންވެފައެވެ. އައިޒަން ހަމަ އަސްލުވެސް ލަމްހާ އާއި ކައިވެނި ކުރަން ގަބޫލުވީތޯ އަހަން ބޭނުންވެފައެވެ. އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެއްކަމަކު އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ނައިނާ ހިނގަ ހިނގާ ހުރި ފިޔަވަޅުތަށް ހުއްޓުނީ އައިނާ ކައިރި އިށީނދެ އިން ޝާމިރާ ފެނިފައެވެ. ވަގުތުން އޭނާ ހެދުންތަކާއި ދިމާލަށް ވަނުމުން އިނާވެސް ދެލޯ ބޮޑުކޮށްލާފައި އެދިމާލަށް ވަނެވެ. ޝާމިރާ އައިނާ އާއި ވާހަކަދައްކަމުން ދިޔައިރު އޭނާ އިނީ ހެވިފައެވެ.

ނައިނާ ހާސްވެފައި ހުރިތަން ފެނި އިނާ ކިހިނެއްވީތޯ ސުވާލުކުރިއެވެ. “މަންމަ އީއްކޮ ކައިރި ނަން އަހަފިއްޔާ އޭނަ ބުނާނީ ފުރިހަމަ ނަން… އޭރުން މަންމައަށް އިނގޭނެ…” ނައިނާ އެހެން ބުނުމުން އިނާވެސް ހާސްވިއެވެ. އަދި ދެން ހަދާނީ ކިހިނެއްތޯ ސުވާލުކުރިއެވެ. ނައިނާ އިތުރަށް ލަސްކުރާކަށް ބޭނުމެއްނޫނެވެ. އެހެންކަމުން އިނާ ކައިރި ދަނީއޭ ބުނެ ހިނގައިގަތީ އައިޝަމް ކައިރި ދިމާވި ވާހަކަ ނުބުނައްޗޭ ބުނެފައެވެ. ނައިނާ ގޮސް އެހިސާބަށް އަރާފައި ޝާމިރާއަށް ހިނިތުންވުމެއްދިނެވެ. އިތުރު ވާހަކައެއް ނުދައްކާ އައިނާ ގޮވައިގެން އޭނާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި އިނާ ވަރަށް ދެރަވިއެވެ. ނައިނާ އާއި ދިމާވިއިރު ނަމްބަރާއި އެއްޗެހި އޮޅުންފިލުވާލެވުނު ނަމައޭ ހިތާ ޝާމިރާއާއި ދިމާލަށް ހިނގައިގަތީ އިތުރަށް ދެން ކަމެއްކުރާނެ ހިތްނެތީމައެވެ. އިނާ ދިޔުމުން ޝާމިރާ އައިނާގެ ވާހަކަ އަނެއްކާވެސް ދައްކާލިއެވެ. އަދި އެއީ އެދުވަހު ވެއްޓިގެން ސަލާމަތްކުރި ކުއްޖާއޭ ބުނެ ހީލީ އައިނާ ދެއްކި މަޖާ ވާހަކަތަށް ހަނދާންވީމައެވެ.

………………………

ޓެރެހުގައި ފުން ވިސްނުމަކަށް ގެނބިފައި ހުރި އިނާ ސިހުނީ އައިޝަމް އޭނާއަށް ގޮވާލުމުންނެވެ. ނުކަނީހޭ ކިޔާ ފަހަތުން އިނާގެ ގައިގާ ބައްދާލާފައި ކޮނޑުގައި ބޯއަޅާލިއެވެ. “ކާހިތެއް ނެތް…” އިނާ އެހެން ބުނުމުން އައިޝަމް އިނާގެ ހަށިގަނޑު އަނބުރާލާފައި އެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. “ދޮންބެ އަތުވެއްޖެތަ؟” އިނާ އެހެން ބުނުމުން އައިޝަމް ބޯޖަހާލިއެވެ. “މިހާރު ދިހައެއްޖަހާ ބޮޑުވެއްޖެޔޭ އެންމެން ކައިވެސް ނިމިއްޖެ… ކޮންކަމަކާތަ ތި ވިސްނަނީ؟” އައިޝަމް އެހެން އެހީ ވަރަށް ލޯބިންނެވެ. އިނާ ސިއްހަތަށް ފަރުވާތެރިވާން ވާނޭ ބުނެ ކާން ގެންދަން އުޅުމުން އިނާ ހުއްޓުނެވެ. އެވަގުތު ޓެރެސް ދޮރުމައްޗަށް އެރި އައިޒަން ފެނި ސިކުނޑިގައި ރޭވުމެއް ރާވާލިއެވެ. “ޝާމް ވާހަކައެއް ބުނަން..؟” އިނާ އައިޒަން ނުފެންނަ ކަމަށްހަދާލާފައި އައިޝަމް ކައިރި އެހެން ބުނުމުން އައިޝަމް ހުމްމް އަޅުވާލިއެވެ. އެދެމީހުން ފެނުމުން އައިޒަން އެނބުރި ދާން ހިނގައިގަތެވެ.

“މިއަދު ދޮންބެދައްތައާއި އީއްކޮ ފެނުނު…” އިނާ ތަންކޮޅެއް ބާރަށް އެހެން ބުނުމައި އެކު އައިޒަން އަޅަ އަޅާ ހުރި ފިޔަވަޅުތަށް ގަނޑުވިއެވެ. އައިޝަމްވެސް ދެލޯ ބޮޑުކޮށްލައިގެން ބަލަންހުރީ ހަމަތެދެއްތޯ ޔަޤީންކުރާށެވެ. އިނާގެ ވާހަކަތަށް އަޑުއަހަން އައިޒަން އެތާ މަޑުކޮށްލުމުން ފަތަހައިގެ ހިނިތުންވުމެއް އެ ތުންފަތުގައި ކުޅެލިއެވެ. އައިޝަމް ހާސްވެފައި އަސްލުހޭ ކޮންތާކުންހޭ އެހިއެވެ. އިނާ ވެދިޔަ ހުރިހާކަމެއް ކިޔައިދިނެވެ. ޝާމިރާ ވެއްޓުނު ދުވަހު ސަލާމަތްކުރީވެސް ނައިނާއޭ ބުނެލިއެވެ. އަދި ނައިނާއަށް ޝާމިރާ އިނގެޔޭވެސް ބުނެލިއެވެ. “އެކަމް ދޮންބެދައްތަ ބުނީ ޝާމް ކައިރި ނުބުނައްޗޯ! ޝާމް ކައިރި ބުނާތަނުން ދޮންބެ ކައިރި ބުނެފާނެޔޯ… ދޮންބެދައްތަ ހީކުރަނީ ދޮންބެ އެމީހުން ހޯދާނެކަމަށް.. ތެދުބުނާނެހާ ހިތްވަރެއް ނުލިބިގެން އަހަރެން ހީލިން…” ސީދާ އައިޒަންއަށް ބަލަންހުރެ އިނާ އެހެން ބުންޏެވެ. އެކަން ނޭނގޭ ހާލު އައިޒަން އިސްޖަހާލިއެވެ. އަދި ލޯ މަރާތަގުޅިކޮށްލީ އެހިތަށް އެވަގުތު އަރަމުން ދިޔަ އެއްޗެހިންނެވެ. ބޯހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

އައިޝަމް ފަރުވާތެރިކަމާއި އެކު އަޑުއަހަން ހުރިއިރު އައިނާ އުޅޭނެ ގޮތް ސިފަކުރެވުނެވެ. އައިނާ ވަރަށް ބޮޑުވެއްޖެހޭ ހުރީ ކިހިނެއްހޭ އެހިއިރު އޭނާ އުފަލުން ފޮޅުނެވެ. ނައިނާ މާލޭގައި އުޅޭކަން އިނގުމުން އޭނާއަށް ކޮންމެވެސްވަރެއްގެ އުއްމީދެއްލިބުނެވެ. ނައިނާ ގަދަވެ ސަލާމަތުން ހުރިއިރު އައިނާވެސް ހުރީތީ އޭނާ އުފަލުން މާތް ﷲ އަށް ޝުކުރުދަންނަވަމުންދިޔައެވެ. އިނާ އައިނާ ސިފަކޮށްދެމުންދިޔައެވެ. ކޮނޑާއި ހަމައަށް އަރާ ފަން ވަރުގަދަ އިސްތަށިގަނޑަކާއި ލޯބި ލޯބި ކޮލެކޭބުނުމުން އައިޝަމް އަށް ހެވުނެވެ. ހީވަނީ ކުރިމަތިންވެސް އޭނާއަށް އައިނާ ފެންނަނީހެންނެވެ. އައިޝަމް އުފަލުން ފޮޅުނުއިރު އައިޒަން ދިޔައީ ހިތާމަކުރަމުންނެވެ.

“ދޮންބެ ދައްތަ އާއި ވާހަކަ ނުދެއްކުނީ މަންމަ އާއި އީއްކޮ ވާހަކަދައްކަން އިންތަން ފެނުނީމަ… ދޮންބެދައްތަ ބުނީ އީއްކޮ ކައިރި ނަން އަހައިފިއްޔާ އީއްކޮ ބުނާނެޔޯ ފުރިހަމަނަން.. އައިނާ މުހައްމަދު އައިޒަން.. އެހެންވެ އެކަން ހުއްޓުވަން ދިޔައީ ދެން އެމީހުން ފިހާރައިން ނިކުމެގެން ދިޔައީ… ވާހަކަވެސް ދެއްކީ ވަރަށް ރީއްޗަށް އިވުނު މަންމައާއި ވާހަކަދައްކަނިކޮށް… ހުންނަނީ ހަމަ ދޮންބެދައްތަހުންނަހެން…” އިނާ ހުއްޓުމެއްނެތި އައިނާ އާއި ނައިނާގެ ވާހަކަތަށް ދައްކަމުން އެމީހުން ސިފަކޮށްދެމުންދިޔައީ އައިޒަން އަށް ވާނެވަރު އިނގޭތީއެވެ. އައިޝަމް އަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި އުފާތަކެއް ނަމަވެސް އައިޒަން ދިޔައީ ހިތާހިތުން އެކަމާއި ހިތާމަކުރަމުންނެވެ. އެހެންމީހަކަށް ނުދެއްކިޔަސް އެ ހިތް އަދިވެސް ތެޅެނީ އެ ނައިނާއަށްޓަކައިކަން އޭނާއަށްއިނގެއެވެ.

“ނައިނާ!!” މަޑުމަޑުން ދެލޯ ހުޅުވާލާފައި އަނެއްކާވެސް މަރާލަމުން ނައިނާއަށް މަޑުމަޑުން ގޮވާލެވުނެވެ. އެދުވަހު ޖިނާހް އެހެން ބުނީންސުރެ ނައިނާ ހޯދަން ހިތް ކިތަންމެ އެދުނަސް އޭނާއަށް މިހާރު އެ ހިތަށް ބާރުފޯރުވަން ދަނެއެވެ. “ނޫން.. މަންމަ ބުނީ ތެދެއް.. ލޯބިވާނަމަ ނައިނާ އެ ހުރިހާ ކަމަކާއި އަހަރެން ކުރިމަތި ލީއިރު ދެގޮތެއްނުވެ ހުރީސް.. އަހަރެން ދުލެއްނުކުރިސް.. އެއީ ރާއްޖެތެރޭ މީހުން އުޅޭގޮތް.. ލޯބިވާކަމަށް ހެދިފައި ދާނީ މުޅި ދިރިއުޅުން ހަލާކުކޮށްލާފައި…” އަމިއްލަ ހިތަށް ވިސްނައިދެމުން އައިޒަން ޓެރެހުން ފޭބިއެވެ. ނަމަވެސް ދާދި ދެންމެއަކު އިނާ ދެއްކި ވާހަކަތަށް ކަންފަތުގައި ހަރުލައިފިއެވެ. ދަރިފުޅު ދެކިލަން ބޭނުންވިއެވެ.

………….

އޭގެ ދެދުވަސްފަހެވެ. އޮފީސް ނިންމާފައި ހަލުވިހުނގުމެއްގައި އައިޝަމް ހިނގާފައި ދިޔައިރު ކަންފަތުގައި ފޯނު ޖަހާލައިގެން ހުރީ އިނާ ދައްކާ ވާހަކައެއް އަޑުއަހާށެވެ. “އާނ އިނގިއްޖެ އެ ފިހާރަ އިންނަތަން.. ގޮސް ގަނެދޭނަން އިނގޭ…!” ފޯނު ބޭއްވުމުގެ ކުރިން އައިޝަމް އެހެން ބުނެފައި ކަނޑާލިއެވެ. ފަހަތުން އައިޒަންވެސް އޭރު އައެވެ. ދެމީހުން އެކު އެކީހެން ސައިކަލަށް އެރިއިރުވެސް އެކަކު އަނެކަކާއި ދިމާ ބަލައިނުލައެވެ. އައިޝަމް ސައިކަލު ސްޓާރޓްނުވެގެން އެތަކެއް ފަހަރު އޭގައި ޖަހައިފިއެވެ. ނަމަވެސް އެ އެއްގޮތަކަށް ނުހިނގިއެވެ. އައި ރުޅީގައި ގޮއްމުށުން ޖެހުނީ ލަސްވެފައި ހުރުމުގެ ސަބަބުންނެވެ. އައިޒަން އަށް އެ މަންޒަރު ފެނި ސައިކަލުގެ ބަރުގޮނު އަޅުވާލިއެވެ. ފާޑަކަށް ސިހިފައި އައިޝަމް އެދިމާ ބަލައިލުމުން އައިޒަން ލޮލުގެ އިޝާރާތުން އެރުމަށް ބުންޏެވެ. ނަމަވެސް ގޮތް ދޫކުރަން ބޭނުންނުވާތީ އަނެއްކާވެސް ސައިކަލުގައި ޖަހަ ޖަހާފައި ސްޓާރޓްނުވެގެން އައި ރުޅީގައި ހިނގާފައި ދާން ނިންމިއެވެ.

“އަރާށޭ ބުނެފީމެއްނު! އިނާއަށް ލަސްވާނެ.. އެ ފިހާރައަށް ލައިދީފާނަމޭ.. އެހީވެދިނުމަކީ ދޮންބެގެ ޒިންމާއެއް…” އައިޒަން ރުންކުރުގޮތަކަށް އެހެން ބުނުމުން އައިޝަމް މޫނަށް ގޮތެއް ހަދާލިއެވެ. “ޔާޔާ! ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޒިންމާތަކެއްވެސް އޮވޭ ދޯ؟” އައިޝަމް ދޫދޭކަށެއް ބޭނުމެއްނުވެއެވެ. އެއްޗެއް ބުނަން ލިބޭ ފުރުސަތުގެ ބޭނުންހިފާ އޭނާ އަބަދުވެސް އައިޒަން ކުށްވެރިކޮށްލައެވެ. އައިޒަން ހުންގާނުގައި ބާރަކަށް ހިފާލާފައި ތަންކޮޅެއް ބާރަށް އަރާށޭ ބުނުމުން އައިޝަމް އެއްޗެއްނުބުނެ އެރިއެވެ.

ހަވީރު ފިންޏަށް ބުރުޖަހަން ނައިނާ އާއި އައިނާ ނިކުތްއިރު މަގުމަތީގައި މީހުން ހެލިފެލިވެ އުޅެއެވެ. ގިނައީ ކުޑަކުދިން އަތުގައިހިފައިގެން ނުވަތަ އުރާލައިގެން ހިނގާފައި ދާމީހުންނެވެ. ޖެހޭ މަޑު ވައިރޯޅިއާއި އެއްވެ  ވެހިކަލްތަކުގެ އަޑު މުޅިތާ ހިފާލާފައިވީއިރު އެކަމުން ކޮންމެވެސް ވަރަކަށް ނައިނާއަށް އުނދަގޫވިއެވެ. ރަށްމަތިން ހަނދާންވެ ޒުހާމަތިންވެސް ހަނދާންވިއެވެ. މިހާރު ޒުހާ އުޅޭނީ ކައިވެނިކޮށްގެންބާއޭ އޭނާ ހިތަށްއަރައެވެ.

ސައިކަލުގައި އައިޒަން އާއި އައިޝަމް އިން އިރު ބަހަކުން ބަހެއްވެސް ބުނެނުލައެވެ. އައިޝަމްގެ ދެލޯ ކުއްލިއަކަށް ހުއްޓުނީ ގޯޅިއެއް އަޅާލަން އުޅުނު ނައިނާއެވެ. ސައިކަލު ދުއްވާފައި ދިޔަގޮތުން ރަނގަޅަށް ނުފެނުނަސް ނުވަތަ ޔަޤީންނުވިޔަސް އޭނާ އައިޒަން ކައިރި ސައިކަލު ހުއްޓުމަށްއެދުނެވެ. ނައިނާ މިތާ އުޅޭކަން އިނގޭއިރު އެފަދަ ކިތަންމެ ކުޑަ ޝައްކެއްވިޔަސް އެކަން ޔަޤީންނުކޮށް ދޫކޮށްލާކަށް އައިޝަމް ނޭދެއެވެ. އައިޒަން ކުއްލިއަކަށް ސައިކަލު ހުއްޓުމުން އައިޝަމް އެއިން ފޭބިއެވެ. އައިޒަން ކިހިނެއްވީތޯ ސުވާލުކުރުމުންވެސް ދާށޭ ކިޔާފައި އައިޝަމް ދުއްވައިގަތެވެ. “އައިޝަމް.. އޭ!! ކިހިނެއްތަ ވީ؟؟؟” އައިޒަން ގޮވާލުމުންވެސް އައިޝަމް ފަސްއެނބުރިލުމެއްނެތި އެ ދިޔަގޮތަށް ގޮއްސިއެވެ. ހިތާހިތުން އެއްޗެހިތަކެއް ކިޔާލުމަށްފަހު އައިޒަން ސައިކަލު ދުއްވާލިއެވެ.

………………

ފަހަތުން ފެންނަމުން ދިޔަ ނައިނާގެ ހަށިގަނޑަށް ބަލާލިޔަސް އެއީ އޭނާގެ ދޮންބެދައްތަކަން އައިޝަމްއަށް އިނގުނެވެ. ނައިނާގެ އަތުގައި ހިފަހައްޓައިގެން ހުރި އައިނާ ބޮޑުވެފައިހުރި ވަރު އޭނާއަށްވެސް އިހްސާސްވިއެވެ. ނައިނާކުރިން ފޮނުވާ ވީޑިއޯތަށް އަދިވެސް އިއްޔެ ފޮނުވި އެއްޗެހިތަކެއް ފަދައިން އެދެލޯ ކުރިމައްޗަށް ފެނެއެވެ. އައިނާ އެންމެ ފަހުން އޭނާއަށް ފެނުނީ އެނދުގައި ހިފަހައްޓައިގެން ހިނގަން މަސައްކަތްކުރާ ތަނެވެ. މިއަދު އޭނާގެ ކުރިމަތީ ރީތިގޮތަކަށް ހިނގާލާފައި އެދަނީ އައިނާއޭ އޭނާއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ. ފަޔަށް ހުރި ބާރެއް ލާފައި ހިނގަމުން ދިޔަ އައިޝަމްގެ އަނގައިން ދޮންބެދައްތާއޭ ކިޔާ ގޮވާލެވުނީ އެތަށް އިރަކު އެހެން ގޮވާލަން މަސައްކަތްކުރަނިކޮށެވެ.

ނައިނާގެ ފިޔަވަޅުތަށް ގަނޑުވިކަހަލައެވެ. ފަސްނޭންބުރެން ހުއްޓެއްކަމަކު އެނބުރެވުނީ ދެހިޔާލެއްގައި ހުރެއެވެ. ކުރިމަތީ އުފާވެރިކަމުގެ ހިނިތުންވުމަކާއި އެހުރީ އަމިއްލަ ކޮއްކޮއެއް ފަދައިން ލޯބިވި އައިޝަމްއެވެ. ނައިނާގެ ދެލޯ ވަގުތުން ކަރުނުން ފުރުމުން އިސްޖަހާލީ ކުށްވެރިއެއްހެންނެވެ. އައިޝަމް އައިނާދެކެ އެހާ ލޯބިވާއިރުވެސް އައިޝަމް އާއި އައިނާ ދުރުކޮށްލެވުނީތީ އެކަމާއި މާފަށް އެދެން އަނގަ ހަރަކާތްކޮށްލިނަމަވެސް އަޑެއްނުނިކުތެވެ. އައިޝަމް އުފަލުން އަމިއްލަ ބޮލުގައި އިސްތަށިގަނޑުގައި ހިފާލާފައި ނައިނާގެ ގައިގާކުޑަކޮށް ބައްދާލިއެވެ. ކުޑަކުޑަ އައިނާ ހުރީ ވާނުވާގައެވެ. “ތީ މީހުން އުޅޭގޮތްތަ؟ ހަބަރެއްވެސްނުވޭ.. ދޮންބެދައްތަ… މީ.. މީތަ އަހަރެންގެ އީއްކޮ؟” އައިޝަމް އައިނާއަށް އިޝާރާތްކުރަމުން އެހެން އެހިއިރު އެ އަޑު ކިރިޔާ ނިކުންނަކަމެވެ. އައިޝަމް އިށީނދެލާފައި އެއަތުތެރެއަށް ވަނުމަށް އައިނާއަށް އިޝާރާތްކުރިއަސް އައިނާ ހުރިގޮތަށް ހުރެފައި ނައިނާއަށް ބަލައިލީ އެއީ ކާކުތޯ އަހާފަދަ ގޮތަކަށެވެ.

“އެއީ އީއްކޮގެ ޝާމްބެ…” ނައިނާ އެހެން ބުނުމުން އައިނާ ދެލޯ ބޮޑުކޮށްލާފައި ކުރިމަތީ ހުރި އައިޝަމްއަށް ބަލާލިއެވެ. އަދި ނައިނާގެ އަތުން ދޫވެ ފުމެމުން ކަހަލަ ގޮތަކަށް ގޮސް އައިޝަމްގެ އަތުތެރެއަށް ވަދެ ކޮނޑުގައި ބޯއަޅާޅިއެވެ. “އީއްކޮ.. އީއްކޮއަށް އިނގޭތަ ތިއްތި؟ ތިއްތި ވަރަށް މިސްވިޔޭ..!” ކޮޅަށް ތެދުވެލަމުން އައިޝަމް އެހެން ބުނިއިރު އެ ބާރުގަދަ އަތުތެރޭ އައިނާ ހެވިދިއްލިފައި އިނެވެ. ނައިނާ ހީލާފައި ލޮލުން ވެއްޓެން ދިޔަ ކަރުނަތިކި ފޮހެލިއެވެ. “ޝާމް ރުޅިއަންނަމެއްނު ތިއްތި ކިޔާތީ އެހެންވެ މުޅިންވެސް ޝާމްބެ ކިޔައިދެނީ.. އޭނާއަށް ފޮޓޯ އެކަނި ނުފެންނަކަން… އެކަމް ވަރަށް ގިނައިން ދައްކަން ޝާމް އާއި ޖިނާ އާއި ލައްކޮ ވާހަކަ…” ހެމުންހެމުން ނައިނާ އެހެން ބުނެފައި ވަރަށް ރަނގަޅަށް އައިޝަމްއަށް ބަލައިލިއެވެ.

ފުރަތަމަ ފަހަރަށް ދެމިހުން ބައްދަލުވިނަމަވެސް ފޮޓޯއަކުން ކުރިން އެ ފެންނަ އައިޝަމް އާއި މިހާރު ކުރިމަތީ ހުރި އައިޝަމްއާއި އެތަށް ހާސްތަފާތެއްވެއެވެ. އައިނާ އުރާލާފައި ހުރިއިރު އަތުގެ މަސްގަނޑު ލައިގެން ހުރި ގަމިހުގެ އަތުގައި ހިފާލާފައި ހުރިއިރު ޖިމްއަށް ދާކަން ވަރަށް ރަނގަޅަށް އިނގެއެވެ. ފަންސޫރުތިކިތަކެއް ފަދައިން ތުނބުޅި ޑިޒައިނަކަށް ހަދާފާ ވާއިރު އޭނާގެ ފިރިހެންވަންތަކަން ފާޅުވެއެވެ. “އީއްކޮ އޯކޭ އޭ ތިއްތި ކިޔަސް މީ ހަމައެކަނި އީއްކޮގެ ތިއްތި.. ދޮންބެދައްތަ ކޮންތާކުތަ ތިއުޅެނީ؟ ބުނެބަލަ… ހާދަ މިސްވިޔޭ…” އައިޝަމް ދެރަވެލާފައި އެހެން ބުންޏެވެ. ނައިނާ އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވުމުން ހިނިތުންވުމަކުން ފުއްދާލާ އައިޝަމް މަތިންވެސް ހަނދާންވިއޭ ބުންޏެވެ.

ނައިނާ އިނާއާއި ބައްދަލުވި ވާހަކަބުނެފައި މަރުހަބާއޭ ބުންޏެވެ. “ދޮންބެ ކައިރި ނުބުނައްޗޭ… ދޮންބެ ހޯދަން ބޭނުންވެދާނެ… މަންމަ ނުރުހުމުގައި ދޮންބެ ދެން އަންނާކަށް ބޭނުމެއްނޫން.. ބޭނުންވަނީ މަންމަ އޯކޭ ވީމަ ދޮންބެ އަންނަން.. އޭރުން ހެޔޮހިތުން އަނބުރާ ދޮންބެ ކައިރިއަށް ދާނަން…” ނައިނާ އެހެން ބުނިއިރު އެ ދިން ހިނިތުންވުމަކީ ކިހާ ފޭކް ހިނިތުންވުމެއްކަން އައިޝަމްއަށް އިނގެއެވެ. ނައިނާގެ ހިތުގައިވާ ވޭނާއި ދޮންބެދެކެވާ ލޯބި ރީއްޗަށް އެ ދެލޮލުން ފެންނަންހުއްޓެވެ. އައިޝަމް އިސްޖަހާލިއެވެ. އޭނާގެ ސަބަބުން ނައިނާގެ އުފާވެރި ދިރިއުޅުން ހަލާކުވީއޭ ހިތަށްއެރިއެވެ. ދޮންބެއަށް އެ ހިޔާލު ނުދެވުނު ނަމަ މިއަދު ދެމީހުންވެސް އުޅުނީހީ އުފަލުގައޭ ހިތަށްއެރިއެވެ. އައިޝަމް ހިތްވަރުކޮށްފައި އަނގަ ހުޅުވާލީ ތެދުތެދަށް ހުރިހާ އެއްޗެއް ބުނަން ބޭނުންވާތީއެވެ. ނައިނާ އަށް އެއްވެސް އެއްޗެއް ފޮރުވުމުގެ ބޭނުމެއްނެތޭ އޭނާގެ ޒަމީރު ބުނަމުންދިޔައެވެ.

“ދޮންބެދައްތާ!! ދޮންބެ އަޅައެއްނުލާނެ… ދޮންބެއަކަށް ނުބެހެވޭނެ މިހާރު ދޮންބެދައްތަ އާއި އީއްކޮ އުޅުނަސް.. މިހާރު އެއީ އެހެން މީހެއް.. މަންމަ ހައްދާފައި ހުރި މީހެއް… އެއީ ދޮންބެދައްތަ ދެކެ ލޯބިވި އައިޒަންއެއް ނޫން…” އައިޝަމް ހުއްޓަހުއްޓާފައި އެހެން ބުނިއިރު ނައިނާ ހުރީ ކަޅިޖަހައިލުމެއްނެތި  އައިޝަމްއަށް ބަލަހައްޓައިގެންނެވެ. އެ ބުނި އެއްޗަކުން ނަގަންވީ މާނައެއް އޭނާއަކަށް ނޭނގުނެވެ. ނައިނާ ނޫނެކޭ ބުނެފައި އައިޒަން އަޅާލާނޭ ބުންޏެވެ. އޭރު އެދެލޮލަށް ކަރުނަޖަމާވީ ކޮންމެވެސްވަރަކަށް އެއީ ހަޤީޤަތެއްކަން ހީވީމައެވެ. އެހެނީ އައިޒަން ލަމްހާގެ ކައިވެންޏަށް އާބަސްވެސް ދިނެވެ. އޭނާ ހީކުރީ އައިޒަން އާ ދިރިއުޅުމެއް ފެށީކަމަށެވެ.

“ވަރިނުކުރާކަން އެކަނި… މިހާރު ދޮންބެއާއި އީއްކޮއާއި ދޮންބެދައްތައާއި އެއްވެސް ގުޅުމެއްނޯވޭ…” އައިޝަމް ނައިނާކައިރި އެހެން ބުންޏެވެ. އައިޝަމް އުރާލައިގެން ހުރި އައިނާއަށް ވާނުވާ ނޭނގުނަސް މަޑުންއިނީ ބޮޑެތި މީހުން ދައްކާ ވާހަކައަކަށް އެއްޗެއް ބުނުން އެއީ ގޯސްކަމެއްކަން އިނގޭތީއެވެ. ނައިނާ ދޮންބެ އިތުރު ކައިވެންޏެއް ކުރީތޯ އެހުމުން އައިޝަމް ނޫނެކޭ ބުންޏެވެ. “އަޑުއެހިން… ދޮންބެ ކައިވެންޏެއް ކުރަން އެއްބަސްވިއޭ…” ނައިނާ އޭނާ އުޅެނީ މާރިޔާ ކައިރިކަން އަންގަން ބޭނުންނުވާތީ ދުރުދުރުން އެހެން އެހީ އައިޝަމްގެ ފަރާތުން އޭނާ ބޭނުންވާ ކަހަލަ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އައިޒަން ނައިނާއަށް އޮޅުވައިނުލާނޭ ހިތާހިތުން ކިޔަމުންނެވެ. އެކަމުގެ ހަޤީޤަތް އޭނާ އޮޅުންފިލުވަން ބޭނުންވާތާ ހާދަދުވަހެއްވެއްޖެއެވެ. އެހެނީ އޭނާއަށްވެސް އައިޒަން އޭނާދެކެ ވާލޯބި އިހްސާސްވެއެވެ. އައިޝަމް އެ ވާހަކަ ކިޔައިދިނެވެ. މަންމަ ގަދަ ހަދާ ބިރުދައްކުވައިގެންކަން ބުންޏެވެ. ދޮންބެއަށް ދެމީހުން ނެގުމުގެ ފުރުސަތު އޮއްވާ މަންމަ ނެގީ ކޮން މޮޔައެއްވެގެންކަމެއް ނޭނގޭ ބުނެ އިސްޖަހާލިއެވެ. ނައިނާގެ ހިތުގައި ރިއްސާލިއެވެ. އައިޒަން އާއި މެދު އެދުވަހު ދެކުނު ގޮތަކީ ގޯސްގޮތެއްކަން އެނގުނުއިރު މިއޮތީ އެހެން ހަޤީޤަތެއްވެސް އިނގިފައެވެ. މަންމަ ނެގިއިރު ނައިނާއާއި އައިނާ ބާކީކޮށްލިކަމެވެ. އެންމެ ފަހަރަކުވެސް އައިޒަން އެވާހަކަ އޭނާއާއި ހިއްސާނުކުރިކަމެވެ. ކޮންމެ ނިންމުމެއް ނިންމިޔަސް އެކަން ނައިނާއަށް އެންގިނަމަ މިއަދު މިހެން އުޅޭކަށެއް ނުޖެހޭނޭ އޭނާ ހިތަށްއެރިއެވެ.

ނައިނާ ރޯންފެށުމުން އައިޝަމް އޭނާގެ ގަޔާ ކައިރިކޮށްލާފައި ހުއްޓާލަންއެދުނެވެ. އައިނާއަށް އިތުރަށް މަޑުން ނީންދެވުމުން ނައިނާގެ ގައިގާ އޮޅުލައިގަތީ ވީ ދެރައިންނެވެ. އެމީހުން ކިޔާއެއްޗެއް އެ ޅަ ސިކުނޑިއަށް ނުވަނެއްކަމަކު އެވީ މަންމަ ވަރަށް ދެރަވާ ކަމެއްކަން އިނގުނެވެ. “ދޮންބެ މިހާރު އުޅެނީ މަންމަ ބޭނުންގޮތަށް.. މަންމަ އެ ބޮލަށް ވަދެ ދޮންބެ ބަދަލުކޮށްލައިފި…. ދޮންބެ ވަރަށް ލޯބިވި ދޮންބެދައްތަ ދެކެ އެކަމް ދޮންބެ މަންމައަށް ވިސްނައިދިނުމުގެ ބަދަލުގައި މަންމައާއި އެއްބައިވީ…” އައިޝަމް ދެރަވެލާފައި ބުންޏެވެ. މިއަދު ނައިނާ ކިތަންމެ ރުޔަސް ހަޤީޤަތް އަންގަންޖެހޭނެއެވެ. ނައިނާ ފިލައިގެން ދިޔަޔަސް އޭނާ އައިޒަންއަށް އިންތިޒާރު ކުރާކަން އައިޝަމްއަށް މިއަދު އިނގިއްޖެއެވެ. އެ އިންތިޒާރުން ނައިނާ މިނިވަންކުރަން އޭނާ ބޭނުންވީ އައިޒަންއަށް އެއްވެސް އިތުބާރެއް އޭނާ ނުކުރާތީއެވެ.

ނައިނާ ކުޑަކޮށް ހަމަޖެހިލާފައި އައިޝަމް އާއި ދުރުވެލިއެވެ. އަދި ލޮލުން ފޭބި ކަރުނަތަށް ފޮހެލުމަށްފަހު އޭނާގެ ގައިގާ އޮޅުލައިގަނެގެން ހުރި އައިނާ ތިރިއަށް ބޭލުވިއެވެ. އައިނާގެ ކުޑަކުޑަ މޫނު މިލާ މޯޅިވެފައިވާތަން ފެނި އައިޝަމްވަރަށް ދެރަވިއެވެ. އެ ލޯބި ލޯބި އައިނާއަށް ބައްޕައެއްގެ ލޯތްބާއި ހިމާޔަތްކަން ހާދަބޭނުންވާނޭ އޭނާ ހިތަށްއެރިއެވެ. “ދޮންބެދައް……” އައިޝަމް އެއްޗެއް ބުނަން ވާއިރަށް ނައިނާ ގަދަކަމުން ހީލާފައި އެކަން ހުއްޓުވިއެވެ. “ނައިނާ…” ކުރެހިފައިވާ އަޑަކުން ނައިނާ އެހެން ބުނިއިރުވެސް އޭނާ ހުރީ ހީލައިގެންނެވެ. އައިޝަމް ފުން ނޭވައެއް ދޫކޮށްލާފައި ބޯޖަހާލީ ނައިނާގެ ބަސް ގަބޫލުކުރާކަހަލަ ގޮތަކަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 15

Next

ބޭނުންވަނީ އުމުރަށް 07

Next
October 10, 2017

ބޭނުންވަނީ އުމުރަށް 07

Previews
October 10, 2017

ލޯބިން ހިނިތުންވެލާށޭ 15

30 Comments!

  1. Aki says:
    October 10, 2017 at 10:00 pm

    mirey first libunee dho mi

    1. Aki says:
      October 10, 2017 at 10:17 pm

      v reethi mi part ves

  2. Ryn says:
    October 10, 2017 at 10:07 pm

    Salaam!
    Hows it going guys? And hope you guys are liking it!
    I really appreciate the support i get from everyone reading this. You guys not only encourage me to write more stories but also to improve and be better day by day. Today i just wanna tell you guys that, the improvements with the words with sentences with “sifakurun” and all its cx of you guys. And I really am sorry for not replying the comments, but ryn comment thah midhuvaskolhu kiyeny vaahaka up kh aneh dhuvas ve vrh gina iru vaafahun and dhn hithah arany reply kuryma faharehga nubalafaaney kudhin. But miadhah fahu gonna reply ingey 😉 ?
    I really am lucky to have you guys by my side. Thankyou for that. And i really really really feel good to see you guys liking it. This is my second year here in esfiya and I see my stories getting more and more improved and nice. All cx of you guys. Thankyou so much. Love you all. Good night 🙂

    1. Bllllllllll says:
      October 11, 2017 at 5:25 pm

      fake comments… 😀

  3. star says:
    October 10, 2017 at 10:15 pm

    Me first tha

  4. Smiley says:
    October 10, 2017 at 10:21 pm

    Wow varah reethi

  5. Lam says:
    October 10, 2017 at 10:22 pm

    Vvvv reethi ….waiting ingey…avahah up kohdehchay plx…cant wait…vvv kiyaalaa hithun indhaa e nimunee?

  6. Anonymous says:
    October 10, 2017 at 10:25 pm

    Nice…hw many parts left

  7. ipher says:
    October 10, 2017 at 10:26 pm

    V v v v reethi mi partvx….v inthizaaru kuri fahun mi part up mi v…miadhu neyge check kurevunu adha dhevvx…bt finally up vejje…thank u Ryn.

  8. Mine says:
    October 10, 2017 at 10:29 pm

    The best thy hama.
    Keep writing and uploading daily

  9. Xee says:
    October 10, 2017 at 10:40 pm

    Mi part ves vvvvv nice❤❤ plx avahah up kobba kihaahitun good nyt? TGC love you Ryn❤️ waiting….

  10. Xxxx says:
    October 10, 2017 at 10:44 pm

    V.v.reethi mi part ves.. waiting ??

  11. shaee says:
    October 10, 2017 at 10:52 pm

    Haadha kureyy.
    Next part thankolheh dhigu kohllahcheyy..
    Nice❤

  12. Ryn says:
    October 10, 2017 at 10:59 pm

    Thankyou all. Dhn in part dhigikhlaanan ingey and adhi vx baithah hury kuriyah adhivx liyamun midhany so neynge how many parts kameh. Hope its going good and its interesting kamah. ?❤

  13. Sinaa says:
    October 10, 2017 at 11:22 pm

    Woww nice keep it up ryn my dear…

  14. Hafeez says:
    October 10, 2017 at 11:23 pm

    V Nice. Actually one of the best in esfiya i would like to say. Kuriyah adhivess gina bai thakeh hurikamah vejjeyaa adhivess hama varah gina kanthah thakeh hingaane thaa.

  15. fazoo says:
    October 10, 2017 at 11:41 pm

    Vvv reethi v ibraittheri thivaahaka

  16. ehkala says:
    October 11, 2017 at 9:43 am

    Vari nukureveytha… aharenge aibaka dhariaku huri hama hunaany kairyga eh bunyma e vaany anbeh nuhunna kamah bunumeh nu..that means vari kurevifa ey nu othy… i guess… ragalhu goi bunedhybala egey kujjeh

  17. xaan says:
    October 11, 2017 at 11:03 am

    Masha Allah v reethi miadhu thankolheh avahah up kohdhevidhaanetha v kiyaahithun mi inny

  18. ??? says:
    October 11, 2017 at 11:24 am

    Vvvvv dhvass fahunn mikiyunii vaahaka vvvvvvv rythi alhe dhenn e 2kudhinn gulhuvabala dhera nukoh????

  19. Ryn says:
    October 11, 2017 at 11:40 am

    Thnkyouu aall.. Will upload it tonight in sha Allah around
    8/9 ??❤

  20. rose says:
    October 11, 2017 at 11:55 am

    thku .v v v v reethi keep it up

  21. sana says:
    October 11, 2017 at 12:41 pm

    Very very nice ?????

  22. ayersha says:
    October 11, 2017 at 2:37 pm

    Masha Allah Ryn ur stories re the best and this is my first comment . Ryn liunymehnnu story eh inthizaarugai ekahala nameh kiyaa story yaain and yaaina ge y dnt u countinue that story?

    1. Huma says:
      October 11, 2017 at 7:11 pm

      NOOOOO….. ANYTHING BUT THAT…. CAUSE THAT STORY IS TOO UGLY TO CONTINUE…. RYN IS FINALLY IMPROVING… THE CONCEPT AND WRITING SKILLS… PLEASE RYN DON’T CONTINUE INTHIZAARUGAI HURIN… THAT STORY IS FINISHED… ONCE AND FOR ALL!!!!

    2. Huma says:
      October 11, 2017 at 7:13 pm

      I love this story ryn but please don’t continue ok… u r one of my fav writers now and keep that up ok?

    3. Huma says:
      October 11, 2017 at 7:15 pm

      I meant mi story reechey aneh story kada ey

  23. Bahee says:
    October 11, 2017 at 9:11 pm

    Koan irakun vaahaka geannanee

  24. Firu says:
    October 11, 2017 at 9:16 pm

    Waiting……

  25. asi says:
    October 11, 2017 at 9:18 pm

    Kobaa mireyge part

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (22)←


All Right Reserved!