Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (20)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 9, 2017 6 Mins Read
24 Comments

ކޮޓަރިތެރެއަށް ވަދެފައި ޔުމްނާއަށް ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެނދުގައި އިށީންދެ، އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އޭނާ ހަނދާންވީ އާބިދާގެ މަތިންނެވެ. މި ދުވަހު އާބިދާ އޭނާގެ ގާތުގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

ޔުމްނާ މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ ހަށިގަނޑު ތެރޭގައި މިހާރު ކުޑަކުޑަ ފުރާނައެއް އެބަވެއެވެ. އޭނާ ވެސް މީހަކާ އިންނަން ބޭނުންވިއެވެ. ދަރިން ހޯދަން ބޭނުންވިއެވެ. ނަމަވެސް މިގޮތަކަށް ނޫނެވެ. އަޝްފާން މަތިން ހަނދާންވުމުން އޭނާއަށް އިތުރަށް ރޮވޭ ގޮތް ވިއެވެ. އަޝްފާންއާއެކު އުފާވެރި ދިރުއުޅުމެއް އުޅުމަށްޓަކާ އޭނާއަށް އުންމީދު ކުރެވުމަކީ މޮޔަކަމެއް ކަމުގައި އެވަގުތު އޭނާއަށް ވިސްނިގެން ދިޔައެވެ. އޭނާ އަކީ އަޝްފާންގެ ލޯބި ލިބުން ހައްޤު މީހެއް ނޫނޭ އެވަގުތު އެހިތަށް އެރިއެވެ. އެނދުމައްޗަށް ވެއްޓިގަންނަމުން އޭނާ ބާލީހުގައި މަޑުމަޑުން ބައްދާލިއެވެ.

ކޮންމެ ކޮންމެ މީހަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. މުއްސަނދި ތަނަވަސް މީހުންނަކީ އުފާވެރިކަން ހައްޤު މީހުންނެވެ. ފަޤީރު ނިކަމެތިންނަކީ ހުރިހާ އުފަލަކުން މަހުރޫމް ވެފައިވާ ބައެކެވެ. ދުނިޔޭގައި ކަން ހިނގާ ގޮތަކީ މިއީއެވެ. އަދި ހަމަ އެހެންމެ، ބައެއް މީހުންނަށް ލިބޭ އުފަލަކީ އަނެކާގެ ހަޔާތަށް އަންނަ ތޫފާނަކަށް ވެސް ވެދާނެއެވެ. ޔުމްނާ ބަލިވެ އިނުމާ ގުޅިގެން ފަރީދުއަށް ބަޔާންކުރަން ދަތި އުފަލެއް ލިބުނުއިރު އެކަމުގެ ސަބަބުން ޔުމްނާގެ ހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ.

** **

ހެނދުނުގެ ވަގުތު އާލިމާ ބަދިގޭގައި އުޅުނުއިރު އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލާލައެވެ. އެހެންނޫނީ ޔުމްނާ އަކީ ހެނދުނު ހޭލައިގެން އޭނާއަށް ވުރެވެސް ކުރިން ބަދިގެއަށް އަންނަ މީހެކެވެ. އިއްޔެއާއި މިޔަދު ވެސް ޔުމްނާގެ ޚަބަރެއް ނުވުމުން އަނެއްކާ ޔުމްނާ ބަލީބާވައޭ އާލިމާގެ ހިތަށް އެރިއެވެ. ސައި ތައްޔާރުކުރުމަށްފަހު ޔުމްނާގެ ޚަބަރެއް ބަލާލަން ދާނީއޭ ހިތާ އާލިމާ ހަރަކާތްތައް އަވަސްކޮށްލިއެވެ.

ބަދިގޭގެ ދޮރާއި ފުރަގަސްދީގެން ފުށްމޮޑެން ހުރި އާލިމާ ސިހިގެން ދިޔައީ ފަހަތުން ބާރު އަދި ތޫލި އަޑުފަށްގަނޑެއް އިވުމުންނެވެ. ބިރުގަތްވަރުން އޭނާ ހިފަހައްޓައިގެން ހުރި ތަށި ތަޅުންގަނޑުގެ މައްޗަށް ވެއްޓި، މުޅިތަނަށް ފުށްތައް ބުރައިގެން ހިނގައްޖެއެވެ. އާލިމާ ފަހަތް ބަލާލިހިނދު، ބިނދިބިނދިފައި ހެމުން ގެންދިޔަ ޒުވާން ފިރިހެން ކުއްޖާ ފެނުމުން އޭނާއަށް މޭގައި އަތް އަޅާލެވުނެވެ.

“މިޝާލް ތަ؟” އާލިމާ ޔަޤީންނުވާފަދަ ގޮތަކަށް އަހާލިއެވެ.

“ސުބޫ! އާލިމާއްތަ އަށް މިހާރު އަހަރެން އޮޅުނީ؟ ބަލާބަލަ ރަނގަޅަށް. މީ ކާކުތަ؟” އެކި ފަރާތް ފަރާތަށް އެނބުރެމުން މިޝާލް ލާނެތް ގޮތަކަށް ވާހަކަދެއްކިއެވެ. އާލިމާ ހެމުން ހެމުން ދެފަރާތައް ބޯ ހޫރާލިއެވެ. އަދިވެސް މިޝާލް ގައިގަ އެ ހުންނަ ލާނެތްކަމެއް ނުފިލައޭ އޭނާގެ ހިތަށް އެރިއެވެ.

“ކޮން އިރަކު ތި އައީ؟ މަންމަމެންނަށް އެނގޭތަ އައިކަން؟” އާލިމާ ހަރަން ބަނދެލަމުން އަހާލިއެވެ. އެވަގުތު މިޝާލް ދެފަރާތަށް ބޯ ހޫރާލިއެވެ.

“އެންމެނަށް ސަޕްރައިޒްއެއް ދޭން ވެގެން އަސްލު މިއައީ.” މިޝާލް އޭނާގެ ކޮނޑުގައި އަޅުވާލާފައިވާ ބޮޑު ދަބަސް ބަދިގެ ތެރޭގައި ހުރި ގޮނޑިއެއް މައްޗަށް އެއްލަމުން ބުނެލިއެވެ. އަދި އެތާ ހުރި އެހެން ގޮނޑިއެއްގައި އިށީންދެ، ދެފައި މޭޒު މައްޗަށް އެއްލިއެވެ. އެތެރެއިން ކަޅުކުލައިގެ ޓީޝާޓެއް ލާފައި ވީއިރު އޭގެ މަތިން ފެހި ކުލައިގެ ލެދަރ ޖެކެޓެއް ލާފައި ވިއެވެ. ހީލުމުން މިޝާލް ބޮޑަށް ވައްތަރީ ނަސްރީންއާއެވެ. އޭނާއަށް ލިބިފައި ވަނީ ނަސްރީންގެ ދޮން ކަމާއި ރީތިކަމެވެ. ތުނބުޅި މަތިމަސް ރީތި ވަރަކަށް ދިގުކޮށްފައި ވީއިރު އޭނާގެ އެއް ކަންފަތުގައި ކުޑަ ބޮޅެއް އެލުވާފައި އޮތެވެ.

“ސިފައަށް ބަދަލު އަޔަސް އަދިވެސް ހަރުދަނާ ކަމުގެ ކަންފުޅެއް ވެސް ނެތް ދޯ!” މިޝާލްއަށް ބަލާލުމަށްފަހު ހެމުން ހެމުން އާލިމާ ބުނެލިއެވެ. އަދި ތިރިވެ ތަޅުންގަނޑު މަތި ސާފުކުރަން ފެށިއެވެ. މިޝާލް އަކީ ފަރީދު އާއި ނަސްރީންގެ ހަގު ދަރިފުޅެވެ. އޭނާ މީގެ އަހަރެއް ކުރިން މެލޭޝިއާއަށް ދިޔައީ އިންޖިނިއަރިންގް ގެ ރޮނގުން ކިޔަވާށެވެ. އެންމެ ތުއްތު އިރުއްސުރެވެސް އޭނާ އަބަދު އުޅޭނީ އާލިމާގެ ފަހަތުންނެވެ. ކުޑައިރު މިޝާލްގެ ހުރިހާ ކަމެއް ކޮށްދީ މައެއްގެ ރޯލު އަދާކޮށްފައި ވަނީ އާލިމާއޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. ވުމާއެކު އާލިމާގެ ހިތުގައި ވެސް މިޝާލްއަށްޓަކާ ވަރުގަދަ ކުލުނެއް އުފެދިފައި ވެއެވެ.

“ކޮބާތަ ބައްޕާފުޅާ އޭނާގެ ދޮން އަނބި؟ އައި މީން މަގޭ ދޮންމަންމަ؟ އަސްލު ދޮންމަންމަ ދެކިލާ ހިތުންނޭ މިއައީ.. ކައިވެނީގެ ފޮޓޯތަކުގައި ވެސް ދޮންމަންމަ ހާދަހާއޭ ހޮޓީ..” މިޝާލް ހަމަ އެ ލާނެތް ރާގުގައި ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ އެއީ އެކަމަކު މިޝާލްގެ ދޮންމަންމަ އިނގޭ.. މިޝާލްއަށްވުރެ އެއް އަހަރު ކުޑަޔަސް މިޝާލް ޖެހޭނެ ޔުމްނާއަށް އިހުތިރާމް ކުރަން.. އެއީ ހަގީގަތުގައި ވަރަށް ރަނގަޅު ކުއްޖެއް.. އިނގޭ! ” އާލިމާ ސީރިއަސްކަމާއެކު ބުނެލިއެވެ. މިޝާލް އެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. މޭޒުމަތީގައި ބަހައްޓާފައިވާ އެލްމަންޑް ތަށިން އެތިކޮޅެއް ނަގައިގެން އޭނާ ކާން ފެށިއެވެ.

“އައުޗް!” ކުއްލިއަކަށް މިޝާލްއަށް އެހެން ބުނެލެވުނީ އާލިމާ އައިސް އޭނާގެ ކަންފަތުގައި ހިފައިގަތުމުންނެވެ.

“އިނގޭ!” އާލިމާ ތަންކޮޅެއް ބާރަށް އެހެން ބުނެލިއެވެ.

“އޯކޭ އޯކޭ.! އަހަރެން އިހު.. ކީކޭތަ ކިޔަނީ؟ އިހްތިރާމް ކުރާނަމޭ!” މިޝާލް އެހެން ބުނުމުން އާލިމާ މިޝާލްގެ ކަންފަތުން ދޫކޮށްލިއެވެ. އޭރު މިޝާލް އަނގައަށް ވައްތަރެއް ޖައްސައިގެން ހުރެ ކަންފަތުގައި ފިރުމަނީއެވެ. އާލިމާއަށް މިޝާލްގެ އެ މައުސޫމްކަން ފެނި އަނެއްކާވެސް ހެވުނެވެ. ގައިގައި ހަރުދަނާ ކަމުގެ ކަންފުޅެއް ނެތް ނަމަވެސް އޭނާ މިޝާލް ދެކެ ލޯބިވަނީ އުފަން ދަރިއެއް ފަދައިންނެވެ.

“އާލިމައްތަ ދާންވީ ދޯ މިޝާލްގެ ރޫމް ސާފުކޮށްލަން؟” އާލިމާ އެހެން އަހާލުމުން މިޝާލް ބޯ ޖަހާލިއެވެ. އަދި އެ ގޭގެ ބޮޑު ސިޓިންގްރޫމުގައިވާ ސޯފާގައި އިށީންދެގެން އިނީ އެގޭ މީހުން ކޮޓަރިތަކުން ނިކުންނަން ދެނެވެ. ނަމަވެސް އޭނާ އައީ ދަންވަރުގެ ފްލައިޓުން ކަމުން އޭރު ހުރީ ކުޑަކޮށް ނިދިވެސް އައިސްފައެވެ. އާ ފުރެން ފެށުމުން އޭނާ ސޯފާގައި ލެނގިލުމަށްފަހު ދެލޯ މަރާލިއެވެ.

އިރުކޮޅެއް ފަހުން ސިޑިން ފާބައިގެން އައި މިޝްކާއަށް ސޯފާގައި އިން މިޝާލް ފެނުމުން ދެ ކޮލުގައި އަތް އަޅާލެވުނެވެ. އޭނާ ދުވެފައި ގޮސް މިޝާލްގެ ގައިގައި ހިފައި ތަޅުވައިގަތެވެ. ނިދި ޖެހިފައި އިން މިޝާލް ދިޔައީ ސިހިގެންނެވެ. ދެލޯ ހުޅުވާލި ހިނދު މިޝްކާ ފެނުމުން އޭނާ ފާޑަކަށް ހަޅޭއްލަވައިގަތެވެ.

“މަންމާތް! ހަންޑިއެއްތަ ތީ؟” މިޝާލް މޭގައި އަތް އަޅާލަމުން ބުނެލިއެވެ. އެއާއެކު މިޝްކާ ހަރަން ބަނދެލިއެވެ. މިޝާލް އިނީ ހަޤީޤަތުގައިވެސް މިޝްކާއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ހައިރާންވެފައެވެ. ކުރިން ކަކުލާ ހަމައަށް ނާރާ ވަރުގެ ކުރު ހެދުންކޮޅުކޮޅު ލާ ކުއްޖާ މިހާރު އެހުރީ ޖިލްބާބް ލައި ބުރުގާ އަޅާފައި ވިއްޔާއެވެ.

“އަހަރެންތަ ހަންޑިއެއް ވައްތަރު ޖަހަނީ؟ ބަލާބަލަ ކަންފަތުގަ ބޮޅުވެސް އެލުވާފަ ތި ހުރީ! ކީއްކުރަން އެކަކު ގާތު ބުނެވެސްނުލާ ތިއައީ؟” މިޝްކާ ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ. ނަމަވެސް މިޝާލްގެ ނަޒަރު އޭރު ހުއްޓިފައިވީ މިޝްކާގެ ފަހަތުގައި ހުރި މުނީރުއަށެވެ. ފުލުސް ޔުނީފޯމުގައި މުނީރު ހުރިއިރު އޭނާ އެހުރީ ވަޒީފާއަށް ދާން ތައްޔާރުވެގެންކަން ހާމަވެއެވެ.

“މުނީރުބޭބޭ!” މިޝްކާގެ ވާހަކައަށް ގަސްތުގައި އަޅާލުމެއް ނެތި މިޝާލް ދުވަމުން ގޮސް މުނީރުގެ ހަށިގަނޑުގައި ފާޑަކަށް އޮޅުލައިގަތެވެ. އަދި މުނީރުގެ ކޮނޑަށް އަތް ވައްޓާލައިގެން ކާގެއާ ދިމާއަށް ހިނގައިގަތީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށެވެ. މިޝްކާވެސް ތުން އަނބުރަމުން އެމީހުންގެ ފަހަތުން ދިޔައެވެ.

ހެނދުނުގެ ސަޔަށް އިންސާފުކުރަން މިޝާލްގެ އާއިލާގެ އެންމެން ތިބިއިރު ފަރީދު އާއި ނަސްރީންގެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ދުވަސްތަކަކަށްފަހު އެމީހުންގެ ދަރިފުޅު ފެނުމުން އެ ދެހިތަށް ވެސް ލިބިފައި ވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ނަމަވެސް އެ ހުރިހާ ވަގުތަކުވެސް މިޝާލްގެ ކަޅި ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. އޭނާ އިނީ ހަމަލޮލުން އޭނާގެ ދޮންމަންމަގެ ސޫރަ ދެކިލާ ހިތުން ކެތްމަދުވެފައެވެ.

“އާލިމާ.. ދޭބަލަ ޔުމްނާ ކޮބައިތޯ ބަލާލަން..” ފަރީދު އެހެން ބުނުމުން މިޝާލްއަށް ފާޑަކަށް ހިނިތުންވެލެވުނެވެ. އާލިމާ އަދަބުވެރިކަމާއެކު ބޯ ޖަހާލަމުން ޔުމްނާ ބަލާ ދިޔައެވެ. އަދި ގޮސް ޔުމްނާއަށް މިޝާލް އައި ވާހަކަ ވެސް ކިޔާދިނެވެ. ބޮލުގައި ރިއްސާތީ އޮތް ޔުމްނާއަށް ފަރީދު އަންނާށޭ ބުނުމުން އިންކާރުކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ގައިގައި ނެތް ހިއްވަރެއް ލައި އެނދުން ތެދުވިއެވެ.

ކާގެއަށް ވަދެގެން އައި ޔުމްނާ ފެނުމުން މިޝާލްއަށް އެހެން ދިމާއެއް ބަލާލާކަށްވެސް ނޭނގުނެވެ. ޔުމްނާގެ ބޮލުން ފެށިގެން ފަޔަށް އޭނާގެ ދެލޯ ހަރަކާތްކުރަމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެއީ ކޮންފަދަ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޔުމްނާ ލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ކުރުތާ ހެދުން އެ ދޮން، އޮމާން ހަންގަނޑާ ނުހަނު ގުޅެއެވެ. އެ ބޮޑު ދެލޯ މިޝާލްއާ ދިމާއަށް އަމާޒުވި ވަގުތު މިޝާލްއަށް ހިންދިރުވާލެވުނެވެ. އެ ދެލޮލުގައި އެވަނީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ؟

ޔުމްނާ ގޮސް އިށީނީ މިޝާލްއާ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑީގައެވެ. އޭނާ އިސްއުފުލާ ބަލާލަމުން މިޝާލްއަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުން ވެސް މިޝާލްއަށް ރީތިވިއެވެ. އެ މަޑު ފިޔާތޮށި ތުންފަތަށް ބަލަހައްޓައިގެން އޭނާއަށް ހިނދުކޮޅެއް ވަންދެން ހުރެވުނެވެ.

“މިޝާލް.. މިއީ މިޝާލްގެ ދޮންމަންމަ އިނގޭ.. ޔުމްނާ.. މީ މިޝާލް.. މަގޭ ހަގު ދަރިފުޅު..” ޔުމްނާއަށް ބަލާލަމުން ފަރީދު ބުނެލިއެވެ.

“މިޝާލް ކިހިނެއް؟ ކިޔެވުން އެއްކޮށް ނިމުނީތަ މިހާރު؟” ޔުމްނާ ހިނިތުންވާން މަސައްކަތް ކުރަމުން މިޝާލް ގާތު އަހާލިއެވެ. އޭރުވެސް މިޝާލްގެ ނަޒަރު ޔުމްނާގެ މޫނުން ވަކި ނުވެއެވެ.

“އާނ.. ނޫން.. ނުނިމޭ އަދި.. އަހަރެންގެ ހާލު އޯކޭ.. އަހަރެންގެ ދޮންމަންމަގެ ހާލު ކިހިނެއްތަ؟” މިޝާލް އޭނާގެ ޚިޔާލީ ދުނިޔެއިން ބޭރުވަމުން އަހާލިއެވެ.

“ދޮންމަމް ކިޔާބަލަ.. މަ ވެސް ކިޔަނީ އެހެންނޭ..” މިޝްކާ މިޝާލްގެ ގައިގައި ކޮށްޓާލަމުން ބުނެލިއެވެ.

“އޭނ.. އެހެންތަ؟ ދޮންމަމް އެހެންވިއްޔާ މަ ވެސް ކިޔާނީ..” މިޝާލް މަޖާވެލާފައި ބުނެލިއެވެ. އެވަގުތު ނަސްރީން ޔުމްނާއަށް ކަޅި އަޅާލީ ފާޑަކަށެވެ. މިޝްކާއާއި މިޝާލް މާވަރަކުން ޔުމްނާއާ ހެދި އުޅޭތީ އޭނާއަށް އެކަން ހަޖަމް ނުވީއެވެ.

“ބުނީމެއްނު ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުމޭ އެންމެން ހަމަވީމަ.. މިހާރު އެންމެން މިއޮއް ހަމަވީ.. ދެން ދައްކަންވީނު އެ ވާހަކަ؟” ނަސްރީން އޭނާގެ ކައިރީގައި އިން ފަރީދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއެކު ފަރީދު އޭނާގެ ދަތްޕިލާ ސޭލު އަޅުވާލަމުން ހިނިތުންވެލިއެވެ. ފަރީދު ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށްޓަކާ އެންމެންގެ ސަމާލުކަންވެސް އެދިމާއަށް ހުއްޓުނެވެ.

“ދުވަސްކޮޅަކުން އަހަރެންގެ އެންމެ ހަގު ދަރިއަކީ މިޝާލްއެއްނޫން..” ފަރީދު އުފާވެފައި ބުނެލިއެވެ. އެއާއެކު ނަސްރީން އޭނާގެ ނިތަށް ރޫތަކެއް ޖަމާކޮށްލިއެވެ.

“ތި ބުނީ؟” ނުވިސްނޭފަދަ ގޮތަކަށް ނަސްރީން އަހާލިއެވެ.

“މި ބުނީ ޔުމްނާ ބަނޑުބޮޑޭ!” ފަރީދު އެހެން ބުނުމާއެކު ނަސްރީންއަށްވެސް ލިބިގެން ދިޔައީ ޝޮކެކެވެ. ދަތްކުނޑި ވިކާލަމުން އޭނާ ޔުމްނާއަށް ބަލާލިއެވެ. މިޝްކާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފާޅުވެގެން ދިޔައިރު މުނީރުގެ މޫނުމަތީގައި ކުޑަ ނުތަނަވަސްކަމެއް ވިއެވެ. ކާގޭގައި އެމީހުންގެ ޚިދުމަތުގައި ހުރި އާލިމާ ވެސް ޔުމްނާއަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. މިޝާލް ދެލޯ ބޮޑުކޮށްލަމުން އިސްޖަހާލައިގެން އިން ޔުމްނާއަށް ބަލާލިއެވެ. ބައްޕަ އެ ބުނި ވާހަކައަކުން އޭނާގެ މޫޑު މުޅިން ޚަރާބުވެ، ކާހިތްވެސް ކެނޑިގެން ހިނގައްޖެއެވެ.

“މަރުހަބާ އިނގޭ ދޮންމަމް.. ކުޑަ ކުޑަ ލޯބި ލޯބި ކޮއްކޮއެއް ލިބެނީ ދޯ.. އައިމް ސޯ އެކްސައިޓެޑް..” ޔުމްނާއަށް ބަލާލަމުން މިޝްކާ އެހެން ބުނެލިއެވެ. އެވަގުތު މިޝާލް ގޮނޑި ދުރުކޮށްލި އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ކާން އެޅި އެއްޗެހި ހުސްވެސް ނުކޮށް އޭނާ ބާރުބާރަށް ކާގެއިން ނިކުމެގެން ދިޔައީ ފަރީދު ގޮވަގޮވާ ހުއްޓައެވެ.

“އަޅާ ނުލާ ބައްޕާ.. އެ ވާނީ ރޭގަ ނުނިދާ އުޅުނީމަ މާބޮޑަށް ވަރުބަލިވީ ކަމަށް..” މިޝްކާ އެހެން ބުނެލުމާއެކު ފަރީދު މަޑުމަޑުން ބޯ ޖަހާލިއެވެ.

** **

ހަވީރުގެ ހިތްފަސޭހަ ވަގުތު ނަމަވެސް މާލޭގެ މަގުމަތި ފެންނަނީ އެހާ ހިތްގައިމު ގޮތަކަށް ނޫނެވެ. ބަރުގޮނު އަޅާ އަޑާއި ދުއްވާ އެއްޗެހީގެ އިންޖީނުތަކުގެ އަޑު މާހައުލުގައި ހިފާލާފައި ވިއެވެ. އާރިކްމެން ގޭގެ ދޮރުމަތީގައި ސައިކަލު ޕާކުކޮށްލައިގެން އިން މުނީރު ވަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން އިންއިރު އެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރު ދެނެގަންނަން އުނދަގުލެވެ.

“ކިހިނެއްވީ އަނެއްކާ؟ ގުޅިގޮތަށް ބުނީ ގެއިން ނިކުންނާށޭ ވިއްޔާ..” ގޭތެރެއިން ނިކުތް އާރިކް ސަމާސާ ރާގަކަށް ބުނެލިއެވެ.

“އަރާބަލަ..” މުނީރު ރުންކުރު ގޮތަކަށް އެހެން ބުނުމުން އާރިކް އިތުރު ވާހަކަ ނުދައްކާ ސައިކަލަށް އެރިއެވެ. އެއާއެކު މުނީރު ސައިކަލު ދުއްވާލިއެވެ. އޭނާގެ މިސްރާބު ހުރީ ކެފޭއަކާ ދިމާއަށެވެ.

ކެފޭ ތެރެއަށް ވަދެ ދެމީހުން ހަމަޖެހިލައިގެން އިށީނެވެ. މިޔަދު މުނީރު އުޅޭ ގޮތުން އާރިކް ހުރީ ކަންބޮޑުވެފައެވެ. އެހެންނޫނީ މުނީރު އަކީ އަބަދު ސަމަސާ ކޮށްލަ ކޮށްލަ ހުންނަ މީހެއް ވިއްޔާއެވެ. މިޔަދު މުނީރުގެ މޫނުމަތިން ފެންނަމުން ދިޔައީ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ސީރިއަސްކަމެކެވެ.

“ކިހިނެއްވީތަ ކަލެއަށް؟ އަނެއްކާ މިޝްކާއާ ދެމީހުން މައްސަލަ ޖެހުނީ؟” އާރިކް ބުމަ އަރުވާލަމުން އަހާލިއެވެ. ނަމަވެސް މުނީރު ފުންނޭވައެއް ދޫކޮށްލުމަށްފަހު ސީދާ އާރިކްގެ މޫނަށް ބަލާލިއެވެ.

“އާރިކް ބުނެބަލަ މަ ގާތު ތެދަށް..” މުނީރު ސީރިއަސްކަމާއެކު ބުނެލިއެވެ.

“ކޯއްޗެއްތަ؟” އާރިކް ގޮނޑީގައި ހަމަޖެހިލަމުން އަހާލިއެވެ.

“އާރިކް ލޯބިވޭތަ ޔުމްނާ ދެކެ؟” މުނީރު އަހާލިއެވެ.

“ކަލޭ އަބަދު ތި ސުވާލު ތި އަހަނީ ކީއްވެތަ މޭން؟” އާރިކް ހިނިގަނޑެއް ޖަހާލަމުން ވާހަކަދެއްކިއެވެ.

“އައި އެމް ސީރިއަސް އާރިކް.. ވޭތަ ލޯބި އޭނަ ދެކެ؟” މުނީރުގެ އަޑުގައި މިފަހަރު އެކުލެވިގެންވަނީ ހަރުކަށިކަމެވެ.

“އޭ ދެން ތިހާ ރުޅިނައިސްބަލަ.. މަ ދިނިން ދޯ ތި ސުވާލުގެ ޖަވާބު.. ކަލޭގެ މައިދައިތަ ގެ މަޤާމުގައި ހުރި މީހެއް ދެކެ މަ ލޯބިވާނީ ކިހިނެއްތަ؟” އާރިކް ބުނެލިއެވެ.

“މިހާރުވެސް މާ ލަސްވެއްޖޭ އާރިކް!” މުނީރު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ކޯއްޗެއްތަ ލަސްވީ؟” އާރިކް ދެލޯ ހަނިކޮށްލަމުން އަހާލިއެވެ.

“ޔުމްނާ ބަނޑުބޮޑޭ އާރިކް!” މޭޒުގައި ދެއަތް ވިއްދާލަމުން މުނީރު ބުނެލިއެވެ. އާރިކް ކުޑަ ހިނދުކޮޅެއް ވަންދެން މުނީރުއަށް ބަލަހައްޓައިގެން އިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)

Next

ތި ލޯތްބަށްޓަކައި (20)

Next
October 9, 2017

ތި ލޯތްބަށްޓަކައި (20)

Previews
October 9, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)

24 Comments!

  1. mal says:
    October 9, 2017 at 9:51 pm

    Ahdhe.. mivaahaka in vx miadhu first…?

    1. Liaa says:
      October 9, 2017 at 9:54 pm

      Yayy! Ur first 🙂 hehe

  2. Liaa says:
    October 9, 2017 at 9:52 pm

    Hey guys! Hope u will like this part too 🙂
    Next part on FRIDAY.
    Loves <3
    Will Aaric fight for his love?

  3. Mariyam Ubaid says:
    October 9, 2017 at 9:57 pm

    Salhi

  4. mal says:
    October 9, 2017 at 10:01 pm

    Yes.. eyna fight kuraane.. ae hiy varugadha myheh.. hehe v nice

  5. kamana says:
    October 9, 2017 at 10:04 pm

    V v v rythi

  6. Afy says:
    October 9, 2017 at 10:04 pm

    Alhey aarik ??
    Congratulations fareed
    Btw fareedge hangu dhariah magey salaan.

    1. Thuhthi says:
      October 10, 2017 at 12:14 am

      Ooooopss…
      Lol ???

  7. Fary says:
    October 9, 2017 at 10:06 pm

    Plz save yum. Nice waiting

  8. Pumpkin says:
    October 9, 2017 at 10:20 pm

    Haadhaa kureyy…. Btw story vara habeys

  9. Some one says:
    October 9, 2017 at 10:22 pm

    Alhe fariidh dhn yumnaa ah ehn hadhaifi!! V fuuhi vey… Aaric mishaal ashfaan .. Emmen yumnaa aa.. Alhe kaakh tha libeynii.. I thnk aaric wil fyt 4 his lv… Bt i dono dhn vaane goiy.. Babii eh libunas eyna balaanii es kihineh!! Emme 18 yrs ge kujjeh

  10. Naa says:
    October 9, 2017 at 10:28 pm

    Farydhu yumnaa ah heyo edhigen kaiveni kury yumnaa ehaa young iraku farydhuge dhari akah yumnaa balive innan jehey gothakah kanthah koggen nuvaane dho asslu yumnaa ge vissnun balaa nulaa… v foohi gotheh thi v.. story nice.. but ehen v ma v foohi dhen.. this is the first time i comment on this story..

  11. Xee says:
    October 9, 2017 at 10:39 pm

    Y y y yum aa fareedu akaa nuves gulhey den plx save yum I thought fareedu yumnaa save kuranyy kamah bt see wht happen I don’t know what will happen nxt plx aarik n yum ingey gulhuvaanee plx divorce them eyrun ma ma salhi vaane den y y baby eh adhi maa avahah viyaa fareedu yum preg e kolyy vvvv foohi vey bt story hama habehys ❤
    n good nyt ly TGC

  12. Aireen❤ says:
    October 9, 2017 at 10:40 pm

    Yeah arik will fight for his love ?

  13. Hafeez says:
    October 9, 2017 at 10:59 pm

    V Nice. Waiting for friday.

  14. Kiyuntheriya says:
    October 9, 2017 at 11:49 pm

    Dhen ashfaan ah vaanee kihineh?yumna loabi vanee ashfaan dheke ennu

  15. khajja says:
    October 9, 2017 at 11:59 pm

    Masha allah stry v v habeys ?? ekamaku fareedhu yumnaa ahvheyoedhigen fareedhu yumnaa aa marry kury ekamaku yumnaa ehaa lhaumuruga balivethibeyndhy hama eynayah heyoedhigenbaa???? eynage khiyaalevves hoadhaalinama ennu loabivaamyhaku hureytho aa belinama ennu dhw engunyhyves anyway stry v v superb whn nxt prt avaskolladhechchey plx gud nyt ly???❤?????

  16. Haw Shia shaba shiar says:
    October 10, 2017 at 12:45 am

    Masha Allah mi part ves hama habeys, arik vl fight for his love, heenuvey yumna fareedh ge dharieh vihaane heneh,heevanee ehen kameh bdhimaavegen baby badah maruvun kahala kameh vaane hen, ???

  17. xeesha says:
    October 10, 2017 at 7:12 am

    Kobaatha liaa ge andhiri faraaii vaahaka.. Evaahaka ah vygotheh angaaladhybala plss

  18. sana says:
    October 10, 2017 at 8:56 am

    Wow?????

  19. Adha? says:
    October 10, 2017 at 3:22 pm

    Mishaal ves like vee yum dheke dw??.. dhen yum libeynee kaakah.. fareedhu aa yum aa massala eh jehigen namaves divorce vaanama dw… nd yeah i think aarik will fight for his love❤❤❤❤
    Waitingss for Friday ?

  20. Aisha says:
    October 10, 2017 at 9:56 pm

    V salhi ekm yumna peg veema v ?

  21. Naa says:
    October 11, 2017 at 1:16 pm

    Liaa v fake….haadha kurey genesdhey parts…..adhi ehaa las lahun up kohdhenii…kyve tha ehen hadhanee..ekanthah improve kohdeeeba…??

  22. minnu says:
    October 11, 2017 at 1:38 pm

    Liaa alhe yum fareedh gaathun dhurukohbaa eyrun salhi vaanee alhe yum aarik aa gulhuvabaa plzn.plz

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (21)←


All Right Reserved!