Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 14

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 9, 2017 8 Mins Read
46 Comments

“ޝައިމް” މަލަކާ ޝައިމްއަށް ގޮވާލިއެވެ.

“މަލަކާ، އަހަރެން ވަރަށް ލޯބިވޭ.. މަލަކާ އަހަންނާއި ދުރަށް ނުދައްޗޭ.. އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނައްޗޭ” މަލަކާއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ޝައިމް މަލަކާގެ ތުންފަތް މަތީ ޝަހާދަތް އިގިލި ޖައްސާލަމުން ބުނެލިއެވެ. ބޭގަރާރުވަމުން ދާ ހިތުގެ އާދޭސްތައް އިއްވަމުންނެވެ.

ދެމީހުންގެ ނަޒަރު ސީދާކުރަމުންނެވެ. އަނެކާއަށް ހިތުގެ ޝަކުވާތައް އިއްވަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ އިސްޖަހައިލިއެވެ. އަދި ޝައިމްގެ މޭގައި މަޑުމަޑުން ބޯއަޅާލިއެވެ. ލޮލުން އޮހިގަތް ކަރުނަތައް ފޮރުވަމުންނެވެ. ޝައިމް މަލަކާ އޭނާއާއި އިތުރަށް ކައިރިކޮށްލިއެވެ.

ޝައިމް މަލަކާގެ ބޮލުގައި ފިރުމަމުން ދިޔައީ އޯގާތެރިކަމާއި އެކީގައެވެ. މަލަކާ ހުރީ އެއޯގާތެރި ފިރުމުންތަކަށް ނުހަނު ބޭނުންވެފައި ކަމުން މުޅި އުމުރުވެސް އެމޭތެރޭ ފޮރުވިގެން އޮންނަން ހިތް އެދި ގޮވަމުން ދިޔައެވެ. ދުނިޔޭގެ ކެހިވެރިކަމުގެ އަނިޔާއިން ސަލާމަތްވުމަށެވެ.

“ރޮނީތަ” މަލަކާ ކުޑަކޮށް ދުރުކޮށްލަމުން ޝައިމް އަހައިލީ މަލަކާގެ ކަރުނައިގެ އަސަރު އިހްސާސްވުމުންނެވެ. ނޫނެކޭ ބުނުމުގެ ގޮތުން މަލަކާ ދެކޮޅަށް ބޯހޫރުވާލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ.

“ދެން ނުރޮއްޗޭ.. އަހަރެން ބޭނުމީ މަލާ އަބަދުވެސް އުފާވެރިކޮށް ހުރުން” ޝައިމް ބުނެލިއެވެ. މަލަކާ އާއެކޭ ބުނެ އަނެއްކާވެސް ޝައިމްގެ މޭގައި ބޯއަޅާލިއެވެ. އޭރު އެހިތު ތެރޭގައި މަޑު އާހެއް އުފެދެމުން ދިޔައެވެ.

“ޝައިމްއަށް އެނގޭ ދޯ އަހަރެން ހަމައެކަނި ލޯބިވަނީ ޝައިމްދެކެކަން” މަލަކާ މަޑުމަޑުން އަހާލިއެވެ.

“އާން މަލާ…” ޝައިމް މަލަކާގެ ނިތްކުރީގައި ލޯބިން ބޮސްދިނެވެ. ” އަހަރެންނަށް ހިޔެއް ނުވޭ އެއްވެސް ކުއްޖެއް އަހަރެންދެކެ ތިވަރަށް ލޯބިވީހެން.. އިރާދަކުރެއްވިއްޔާ މަލަކާ އިންތިޒާރު ކުރި ދުވަސް މިއައީ.. އަހަރެން މިހިރީ މަލަކާ އާއި އެކީ އުޅެން ތައްޔާރަށް” ޝައިމް ބުނެލީ އުއްމީދީ ގޮތަކަށެވެ.

“ސަރާގެ ފޮޓޯ ބަދަލު ނުކުރައްޗޭ” ދެމެދަށް އައި ކުޑަ ހަމަހިމޭން ކަމަކަށްފަހު މަލަކާ ބުނެލިއެވެ.

“ނޫނޭ.. އެއީ މާޒީ… މިހާރު އަހަރެން ބޭނުމީ މަލަކާ އާއި އެކީ އުފާވެރި ދިރިއުޅުމެއް ފަށަން.. ތީ މިހާރު އަހަރެންގެ އުއްމީދަކީ.. އަހަރެންގެ ހަޔާތަކީވެސް ތިއީ” ޝައިމް މަލަކާ ދުރުކޮށްލަމުން ބުނެލިއެވެ.

“މަލަކާ ހާސްނުވޭ މަންމައާއި ދޭތެރޭ. އަހަރެން މަލަކާ މަންމައާއި ބައްޕައަށް ޔަގީންކޮށްދޭނަން އަހަރެން މަލަކާއަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް..އިނގޭ!” މަލަކާގެ މޫނުމަތިން އުފާވެރިކަން ނުފެންނާތީ ޝައިމް ބުނެލިއެވެ.

“ނޫން.. ޝައިމް ކޮންމެހެން  މަންމައާއި ވާހަކަ ދައްކާނެ ކަމެއް ނެތް. އަހަރެން ވާހަކަ ދައްކާނީ” ގަދަކަމުން ލުއި ހިނިތުންވުމެއް ވެރިކުރުވަމުން މަލަކާ ބުނެލިއެވެ.

“އެކީއްވެ.. އަހަރެންވެސް ބޭނުން މަލަކާ އަހަރެންގެ ހަޔާތަށް ގެންނަން ބޭނުންވާ ވާހަކަ ބުނަން.. އަހަރެން ނެތިން މިފަހަރު ފަސްޖެހޭކަށް” ޝައިމް ބުނެލިއެވެ. މަލަކާ އޭނާއަށް ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވާ ހާލުގައެވެ.

“ބައެއް ހަގީގަތް އެނގުމަށްވުރެ ނޭނގުން ރަގަޅުވާނީ… ކޮންމެ ގޮތަކަށް ކަންތައް ހިގާދިޔައަސް އަހަރެންގެ ހިތުގައި ޝައިމްއަށް ދެވިފައިވާ މަގާމަށް ބަދަލެއް ނާންނާނެ” ޝައިމްގެ މޫނުގައި ފިރުމާލަމުން މަލަކާ ބުނެލިއެވެ.

“ދެން ހިނގާ ނިދަން ދާން.. މިހެން ތިއްބާ މީހަކަށް ފެނިދާނެ” ޝައިމްއަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީ މަލަކާ ދާން ހިގައިގަތެވެ.

“މަލަކާ” ޝައިމް މަލަކާއަށް ގޮވާލީ އެބުނި އެއްޗެއް މާނަ ނޭނގޭތީއެވެ.

“ގުޑް ނައިޓު ޝައިމް” މަލަކާ ފަހަތް ބަލާލުމަށްފަހު ބުނެލިއެވެ. ޝައިމްގެ ހިތުގައި އިތުރު ސުވާލު މާކުތަކެއް އުފައްދަމުންނެވެ. މަލަކާ އެދައްކަނީ ކޮން ހަގީގަތެއްގެ ވާހަކަ ބާވައެވެ؟

މިފަދަ އެތައް ސުވާލުތަކެއްގައި އޮވެ ޝައިމްއަށް ނިދުނީ އެތައް އިރެއްވީ ފަހުންނެވެ. އެސްފިޔަތައް ބަރުވެ ޖެހުމާއި އެކު ހުވަފެނުންވެސް ފެންނަމުން ދިޔައީ އެސޫރައެވެ. އެހެންކަމުން އަރާމު ނިންޖަކުން ނިދާލުމަށް މާދަތި ކަމަކަށް ނުވިއެވެ.


 

ކޮންމެ ސިކުންތެއްވެސް ފާއިތުވެގެން ދަނީ މާޒީގެ ތިލަފަތް ބަރުކުރަމުންނެވެ. އެއްވެސް މީހެއްގެ މާޒީއަކީ އުފާވެރި ކަންކަމުން ފުރިފައިވާ ހަނދާންތަކެއް ނޫނެވެ. “އެހެން ކަންތައް ކުރެވުނު ނަމައޭ” ނޫނީ “ނުކުުރެވުނު ނަމައޭ” ކޮންމެ މީހެއްގެ ހިތަށްވެސް އަރާނެކަން ޔަގީނެވެ.

ޖޯލީގައި އިން ފާއިޒުވެސް ވިސްނަމުން ދިޔައީ އެފަދަ ކަމަކާއި މެދުގައެވެ. އެތައް އަހަރެއް ކުރިން ފެށުނު ސަމީހާއާއި އޭނާގެ ދިރިއުޅުމާއި ދޭތެރޭއެވެ. ފާއިޒަށް އެއްމެ ފުރަތަމަ ސަމީހާ ފެނުނީ ބޯޓު ދަތުރުކޮށް އުޅުނު އިރު ފުވައްމުލަކަށް ދިޔަ ދަތުރެއްގައެވެ. ފުރަތަމަ ފެނިލުމުން ސަމީހާ ކަމުދިޔަ ނަމަވެސް ފާއިޒުގެ ލަދުވެތިކަމާއިއެކު އެތައް ދަތުރެއް ސަމީހާއާއި ވާހަކަ ނުދެއްކި ވޭތުވެގެން ދިޔައެވެ. އެއްމެފަހުން އެހިތްވަރު ލިބުނީ އެކުގައި އުޅުނު އަސްރާރުގެ އެހީތެރިކަމާއި އެކީގައެވެ. އެޔަށްފަހު ދެމީހުންގެ ގުޅުން ދުވަހަކަށްފަހު ދުވަހެއް ބަދަހިވަމުން ދިޔައެވެ.

ސަމީހާއަކީ މައިންބަފައިން މަރުވެފައިވާ މީހެއްކަމުން އުޅެމުން ދިޔައީ ބޮޑުބޭބެގެ ގޭގައެވެ. ބޮޑުބޭބެގެ އަޅާލުން ކުޑަވުމާއި ސަމީހާއަށް މާބޮޑު އަޅާލުމެއް ނުދެއެވެ. އުމުރުފުރާއިގެ އެހެން ކުދިން ފަދައިން ކިޔަވަން ފުރުސަތު ނުލިބި ސަމީހާ އުޅެން ޖެހުނީ އެގޭ ކުދިންގެ ހާދިމެއްގެ ގޮތުގައެވެ. ސަމީހާ އުޅެމުން ދިޔަ ހާލު ފެނި ފާއިޒުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެހެންކަމުން ސަމީހާ އުމުރުން އަށާރަ އަހަރު ފުރުމާއި އެކު ކައިވެނީގެ ގުޅުމަކަށް ފާއިޒު އެދުނެވެ. ކައިވެނީގެ ސިއްކަޖެހުމާއި ފާއިޒު ސަމީހާ ގޮވައިގެން އޭނާގެ ރަށަށް ބަދަލުވިއެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އެކުގައި ވާނެ ކަމަށް ވައުދުވަމުންނެވެ.

މިވައުދާއި އެކު ދެމީހުންގެ ކައިވެންޏަށް އެއްއަހަރު ފުރުނީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އޮމާންކޮށެވެ. ނަމަވެސް ދެން ކުރިމަތިލާންޖެހުނީ އަޑިގަނޑުތަކަކާއި އެވެ. ސަމީހާއަކީ ދަރިން ނުލިބޭނެ މީހެއްކަން އެނގުމާއި އެކު އޭނާއަށް ހީވާ ހަށިގަނޑުން އެއްބައި އުނިވީހެންނެވެ. ފާއިޒުއަކީ ރަށުން ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހަކަށް ވެފައި ސަމީހާގެ އެކަނިވެރިކަން ފިލުވައިދޭނެ ދަރިއަކަށް އޭނާ ހުރީ ވަރަށް ބޮޑަށް އެދިއެދިއެވެ. އަނެއްކޮޅުން ފާއިޒުއަށް އެޚަބަރު ވެގެން ދިޔައީ ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަކަށެވެ.

ސަމީހާ ދަރިން ބޭނުން ވިޔަސް ފާއިޒުއަކީ ދަރިން ހޯދުމުގެ ޝައުގުވެރިކަމެއް ހުރި މީހެއް ނޫނެވެ. އެއީ ސަމީހާއާއި ދިމާވުމުގެ ކުރިންވެސް އޭނާ ނިންމައިގެން ހުރި ގޮތްކަމުން އެހިޔާލު ބަދަލުކުރާކަށް ބޭނުމެއް ނޫނެވެ. މިހާރު ސަމީހާއަށް ދަރިން ނުލިބޭކަން އެނގުމުން ދެން އިތުރަށް އެ ވާހަކަ ބުނަން ނުޖެހޭނެކަމަށް ފާއިޒު ހީކޮށްގެން ހުއްޓެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ އުއްމީދުކޮށްގެން ހުރި ގޮތާއި މުޅިން ހިލާފަށެވެ. އެއްމަހުގެ ދަތުރެއް ކޮށްފައި ރަށަށް އައިއިރު އޭނާއަށް މަރުހަބާ ކިޔަން ޖެހުނީ ސަމީހާއަށް އެކަންޏެއް ނޫނެވެ. ސަމީހޭގެ ބަނޑުގައި ވިންދުޖަހަމުންދާ އޭނާގެ ތުއްތު ފުރާނައަށްވެސްމެއެވެ. ފާއިޒުގެ ކަންބޮޑުވުންތައް ދިޔައީ އިންތިހާއަށެވެ. ގޭގެތެރޭގެ ހަމަނުޖެހުންތައް ގިނަވިގެން ދިޔައެވެ. ސަމީހާއަށް ދެވޭ އަޅާލުން ކުޑަވެ ކޮންމެ ގޮތެއް ވަރިހަމަވާން ފެއްޓިއެވެ. މިހުރިހާ ކަމަކަށް ސަމީހާއަށް ކެތްނުވުން މައްސަލަތައް ޖެހެން މެދުވެރި ސަބަބު ފާއިޒުއާއި ވާހަކަ ދައްކައިގެން ހޯދަން އުޅުނެވެ. ދެމީހުން މިހެން އުޅެން ފަށައިފިނަމަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީއެވެ.

“އަހަރެން ނޫނީ ތިދަރި އިހްތިޔާރުކުރޭ” އެޖުމްލަ އަދިވެސް ފާއިޒުގެ ހަނދާނުގައި އެބަހުއްޓެވެ. އެއީ ސަމީހާއަށް އިހްތިޔާރުކުރަން ދަތިވި ނިންމި ނިމުމެކެވެ. ލޯބިވާ ފިރިމީހާއަށްޓަކައި ބަނޑުގައި އޮތް މައުސޫމް ފުރާނަ އޭނަ މަރާލާނީ ކިހިނެތް ހެއްޔެވެ؟ މީ އެތައް ދުވަހެއްގެ އުއްމީދެވެ. އެތައް ދުއާތަކެއްގެ ފޮނި ނަތީޖާއެވެ. ހަމްދުރު ކުރުމުގެ ބަދަލުގައި އަނިޔާވެރިވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ބަނޑުގައި އޮތް ދަރިފުޅުގެ ހައްގުގައި ސަމީހާ ތެދުވިއެވެ. އަންނައުތައް ފޮއްޓަކަށް އަޅައިގެން ގެއިން ނިކުތީ ދާނެ ވަކި ތަނެއް ނޭނގޭ ހާލުގައެވެ. މީހުން ގިނަ ދުނިޔޭގެ ތެރޭގައި އަޅާލުމަކަށް ސަލާން ޖަހަމުންނެވެ. އަބުރާ އަނިޔާ ލިބުނު ރަށަށް ދާން ދޯންޏަށް އަރަން ފޮށިތަންމަތި އަރުވަން ހުއްޓައި ނަސީބު އަތުގައި ހިފިއެވެ.

ނިއަމްގެ މަންމަ، މޫނިސާއަކީ ހިތް ހެޔޮ ކަމުގެ ނަމޫނާއެކެވެ. ސަމީހާގެ އަތުގައި ހިފައިގެން ގޮސް އެގޭގެ މެހުމާނަކަށް ހެދިއެވެ. ބޯހިޔާކޮށްލާނެ  ކޮޓަރިއެއްދީ ތިންއިރަށް ބަނޑުފުރާނެ ކާ އެއްޗެހި ދިނެވެ. ސަމީހާއަށް މެހުމާނަކަށް ވުރެ ބޮޑަށް މޫނިސާ ކަންތައްކޮށްދެމުން ދިޔައީ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ހެންނެވެ.

ދުވަސްތައް ފާއިތުވެ ސަމީހާގެ ބަނޑަށް ނުވަމަސް ފުރި މަލަކާ ދުނިޔެއަށް އުފަންވެއްޖެއެވެ. މަލަކާ އުފަންވުމާއިއެކު ސަމީހާއަށް އޭނާގެ ހުރިހާ ހިތާމަތައް މަތިން ހަނދާންނެތުނު ކަހަލައެވެ. ނަމަވެސް ދޭތެރެއަކުން ފާއިޒުގެ ހަނދާންއާވެއެވެ. ދެމީހުންގެ ކައިވެނީގެ ނިމުމުގެ ސިއްކަ ޖެހިފައި ވިޔަސް ސަމީހާ ފާއިޒު ދެކެ އިންތިހާއަށް ލޯބިވެއެވެ.

ސަމީހާ ދިޔުމުން ފާއިޒުގެ ހަޔާތަށް ފަޅުކަން އައެވެ. އެކަން ފޫބެއްދުމަށްޓަކައި ރަށުން ބޭރުގައި ގިނަވަގުތު ހޭދަކުރުން އާދައަކަށް ހަދާފިއެވެ. ރަށުގައި އުޅޭއިރު މީހުންގެ ތުންތުންމަތިން ސަމީހާއާއި މަލަކާގެ ނަން އިވުނު ކަމުގައި ވިޔަސް ފާއިޒު ބަލަނީ އެއިން ކަމަކަށް އަޅާނުލެވޭތޯއެވެ. މިގޮތުގައި ފާއިޒުއަށް ކެތްކުރެވުނީ ތިން އަހަރަށެވެ. ސަމީހާއާއި މެދު ކުރެވޭ ފިކުރުތައް ގިނަވެއްޖެއެވެ. އުފަން ދަރިއެއް ހުންނަކަން އެނގި ހިތަށް އުދަގޫކުރުވަން ފަށައިފިއެވެ.

ސަމީހާގެ މައާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތި ފާއިޒު އޭނާ އަތުން ބީވެގެން ދިޔަ ދެލޯބި ހޯދަން ސަމީހާ ކައިރީ އެދުނެވެ. ތިން އަހަރަކީ ސަމީހާ ކަހަލަ އެކަނިވެރި މަޔަކަށް ބުރަގިނަ ދުވަސްތަކެއް ނަމަވެސް ސަމީހާ ފާއިޒަށް މާފުކުރީ އެލޯތްބަށް އަދިވެސް ގަދަރުކުރާތީއެވެ. ސަމީހާވެސް ފާއިޒުގެ ލޯތްބަށް ދަހިވެތިވެފައިވާލެއް ބޮޑުކަމުންނެވެ.

އެއީ ފާއިޒުއާއި ސަމީހާގެ މާޒީގެ އަޑިގަނޑެވެ. ދެން އައީ އެހިތާމަތައް ހަނދާނުން ފޮހެލެވޭ ވަރަށްވުރެ އުފާވެރި ދުވަސްތަކެވެ. ތިން އަހަރުގެ މަލަކާއަށް މައިންބަފައިންގެ ލޯބި ފުރިހަމައަށް ލިބެން ފެށިއެވެ. މިހާރު ޒުވާން އުމުރުގެ ދުވަސްތައް ގުނަމުންދާ މަލަކާއަކީ އެދެލޮލުގެ ނޫރެވެ. ލޯތްބާއި ހިމާޔަތް މަލަކާއަށް މަދުނުވާވަރަށް ދެއެވެ.

“ބައްޕާ ކޮން ފިކުރެއްގަ” ނިތްކުރީގައި އަތް ބާއްވާލައިގެން ފުން ހިޔާލެއްގައި އޮތް ފާއިޒު ފެނި މަލަކާ އަހާލިއެވެ.

“ދަރިފުޅާއި ދޭތެރޭ މިވިސްނަނީ… ބައްޕަ ހިތަށް މިއަރަނީ ދެން ދަރިފުޅުވެސް ބައްޕަމެންނާއި ވަކިވާ ދުވަސް ކައިރިވަނީއޭ” މަލަކާ އައިސް ޖެހިގެން އިން ޖޯލީގައި އިށީނުމުން ފާއިޒު ބުނެލިއެވެ.

“ތިބުނީ އަޅުގަނޑު މީހަކާ އިންނަ ވާހަކަ ދެއްތޯ.. ކޮންމެ މީހަކާއި އިނަސް އަޅުގަނޑު ދުވަހަކުވެސް ބައްޕައާއި މަންމައަކާއި ދުރަށް ނުދާނަން. މިގޭގަ ނޫޅުނަސް ބައްޕަމެން ދެކެ އަޅުގަނޑުވާ ލޯތްބަކަށް ބަދަލެއް ނާންނާނެ” މަލަކާ ހިނިތުންވެފައި މައިންބަފައިން ދެކެވާ ލޯބި ހާމަކޮށްލިއެވެ.

“ބައްޕަމެންވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވޭ.. ” ފާއިޒު ބުނެލިއެވެ.

“އަޅުގަނޑު ސުވާލެއް ކޮށްލަންތޯ” މަލަކާ ނުކެރިފައި އިދެ އަހާލިއެވެ.

“ކޮން ސުވާލެއް” ސުވާލުގެ ނަޒަރަކުން ބަލާލަމުން ފާއިޒު އަހާލިއެވެ.

“މާމަ އަޅުގަނޑު ކައިރީ ކިޔައިދިން ބައްޕަ އާއި މަންމަ ދުރުވީ އަޅުގަނޑުގެ ސަބަބުންނޭ.. އެއީ ތެދެއްތޯ.. ބައްޕަ ދަރިން ހޯދަން ބޭނުން ނުވޭތޯ” މަލަކާ އަހައިލީ ފާއިޒަށް ބަލާލަމުންނެވެ.

“އާން.. ބައްޕަ އެއްއިރެއްގައިވެސް ދަރިން ހޯދަން ބޭނުމެއް ނޫން. ބައްޕަގެ ގޮތް ދޫނުކުރުމުގެ މިޒާޖުގެ ސަބަބުން ބައްޕަ ޖެހުނީ މަންމަ ދޫކޮށްލަން.. އެކަމަކު ފަހުން ބައްޕައަށް ވިސްނިއްޖެ ދަރިންނަކީ ކިހާ މަތިވެރި ނިއުމަތެއްކަން. މިއަދު ތި ދަރިފުޅާއި ދަރިފުޅުގެ މަންމައަކީ ބައްޕަގެ ހުރިހާވެސް އުފަލަކީ.. ބައްޕަ މިއަދު ޝުކުރު ދަންނަވަން ބައްޕައަށް ތިކަހަލަ ރަގަޅު ދަރިއެއް ދެއްވީތީ.. ” ފާއިޒު އޭނާގެ ކުށަށް  އިއުތިރާފުވިއެވެ. ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަމުންނެވެ.

“ބައްޕަ އީޝް ނަގައިގެން ވެސް އުޅެނީ ނުލާހިކު މަޖާކޮށެއްނު.. ކީއްވެތޯ އޭރު ދަރިން ހޯދަން ބޭނުން ނުވީ” މަލަކާ އަހާލިއެވެ.

“ބައްޕަ އޭރު އުޅެނީ އަބަދު ކަނޑުމަތީގަ.. ގެޔަށް އާދެވެނީ ވަރަށް މަދު ދުވަސްތަކެއްގަ. ބައްޕައަށް ހީވީ ދަރިން ލިބުނީމަ އިތުރު އުދަގޫތަކަކާއި ދިމާވާނޭ. އެހެންނޫނަސް ރަށަށް އައިއްސިއްޔާ އަބަދު އިވޭނީ ދައްތަގެ ކުދިން ރޯއަޑު.. ދެން މިކަހަލަ އެތައް ސަބަބަކާއި ހެދި އޭރު ވިސްނުން ހުރި ގޮތް އެއީ…. ދެން އިން ޝާ ﷲ އިވޭނީ ކާފަ ކުދިންތައް ރޯއަޑުކަންނޭނގެ ދޯ” މަލަކާގެ ބޮލުގައި ފިރުމާލަމުން ފާއިޒު ހެމުން ބުނެލިއެވެ. މަލަކާ އެޔަށް ވަކި ޖަވާބެއް ދިނުމެއް ނެތި ހިނިތުންވެލިއެވެ.


 

ރޭގައި ނުނިދާ އޮތުމުގެ ޝައިމްއަށް ހޭލެވުނީ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. ކަންނެތް ކަމާއެކު ތެދުވެ މޯޅިއަކަށް ދެމިލި ވަގުތު ހަނދާނަށް އައީ ރޭގައި ވީ ކަންތަކެވެ. މަލަކާ ދެކެ ލޯބިވާކަން ހާމަކޮށްލެވުމުން ސިކުޑިއަށް ވަނީ ލުޔެއް ލިބިފައެވެ.

މެރޫން ކުލައިގެ އަތްދިގު ޓީޝާޓު ލަމުން ކޮޓަރިން ނިކުތް ޝައިމްގެ ތުންފަތް މަތީގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. ހިތް އަވަސްވެފައިވަނީ ވީހާވެސް އަވަހަކަށް އެހިތުގެ މަލިކާ ދެކިލުމަށެވެ.

“ސެންޓު އުފައްދާ ކާރުހާނައަކުންތަ ތިއައީ” ބަދިގެ ފަރާތަށް އައި ޝައިމް ފެނުމާއިއެކު ކާއިން ސަމާސާކޮށްލަމުން ބުނެލިއެވެ.

“ދެމީހުން ރޭގަ ދަންވަރު ޑޭޓަކަށް ދިޔައީ ދޯ” އަޝްވާ ކާއިން އާއި ބައިވެރިވެލަމުން ބުނެލިއެވެ.

“ތިދެމީހުން އެކަނިތަ. ކޮބާ ބޭބެއާއި މަލަކާ” މަލަކާ އާއި އަޝްވިން ފެންނަ ހިސާބުގައި ނެތުމުން ޝައިމް އަހާލިއެވެ.

“ބޭބެ ދިޔައީ އީޝް ގޮވައިގެން ފިހާރައަކަށް.. މަލަކާ ފަތިސް ނަމާދުން ފައިބައިގެން ދައްތައާއި އެކު މާމަ ގެޔަށް ދިޔައީ.. ކުޑައިރުކޮޅެއް ކުރިން އައި ކޮންމެވެސް އެއްޗެއް ބަލާ… މިހާރު ގޮސްދާނެހެން ހީވަނީ” އަޝްވާ ބުނެލިއެވެ.

“އެހެންތަ.. އަންނާނެ އިރެއް ނޭނގޭ ދޯ” ފާއިޒު އިއްޔެ ގެނެސްދިން ކުރުނބާ ބޯން ތިބި ކާއިންއާއި އަޝްވާ ކައިރީ ޝައިމް އިށީނެވެ. މަލަކާ އަންނާނެ އިރެއް ނޭނގޭތީ ކުޑަކޮށް ހިތްނުތަނަވަސްވެފައެވެ.

“އާން ނޭނގެ.. ދެން ކިޔާދީބަލަ ރޭގަވީ ކަންތައް. މަށަށް ޔަގީން ކޮންމެވެސް ކަމެއް ވެއްޖެކަން. މަލަކާއަށް ފޮނި ދައްކަން ދޯ ތިވަރަށް ސެންޓު ޖަހައިގެން ތިއައީ” ޝައިމްއަށް ކުރުނބާއެއް ދިއްކޮށްލަމުން ކާއިން އަހާލިއެވެ.

“ތިމީހުންނަށް ޖެހޭތަ އަހަރަމެން ދެމީހުންގެ ގުޅުމުގެ ހުރިހާ ވާހަކައެއް ކިޔައިދޭން” ކުރުނބާއިން ރަހަ ބަލާލުމަށްފަހު ޝައިމް ކާއިން އާއި ދިމާލަށް ލޯއަޅާލަމުން ބުނެލިއެވެ.

“ކާއިން ހެން މަހަކު ބިޓެއް ނަގަން އަހަރެން ކާމިޔާބެއް ނޫން.. ލޯބިވާ މީހެއް ލިބުނީމަ ޖެހޭނެއްނު ފޮނި ދައްކަންވެސް.. ” ޝައިމް ބުނެލިއެވެ.

“މަހަކު ބިޓެއް ނެގުމަކީ ކާމިޔާބު ވުމެއް ނޫން.. އެއީ އެއްމެ ކަޓު މީހުން އުޅޭ ގޮތް.. މުއްސަނދިވީމަ ބިޓުންވެސް ގަނެލަނީ” އަޝްވާ ކާއިންއަށް މަލާމާތްކޮށްލިއެވެ.

” އަޝްވާ ޖެލަސްވީ ދޯ… އަހަރެން ލާރި ދީގެންނެއް ނޫނޭ އެމީހުން މަށަށް މަށަށް ކިޔަނީ…” ކާއިން ފަހުރުވެރިކަމާއި އެކީ ބުނެލިއެވެ.

“ކޮންކަމަކާ ޖެލަސްވާންވީ.. ތިދެން މާ ރީތި މީހެކޯ” ކާއިން އާއި ދިމާލަށް ވައްތަރު ޖައްސާލަމުން އަޝްވާ ބުނެލިއެވެ.

“ދެރަ ނުވޭ މަގޭ ޗެރީ ގަނޑާ… ބިޓެއް ލިބިދާނެ ކަސްރަތުކޮށްލާ މީހާ ބެޓަރިއަކަށްވުރެ ހިކިވީމަ.. ދެން އެވަރުންވެސް ނުވެއްޖެއްޔާ އަހަރެންގެ  ހަތަރުވަނަ އަންބަކަށް ހަދައިދީފާނަން” ކާއިން އަޝްވާއާއި ދިމާކޮށްލަމުން ބުނެލިއެވެ. އަޝްވާ އައީ އަމަކަށު ރުޅިއެއްނޫނެވެ. ރުޅި އައިސްގެން އަތުގައި އޮތް ކުރުނބާ ތަށި ކާއިންގެ ބޮލަށް އަޅާލިއެވެ.

“އިންނާނެ މީހަކު ދުވަހަކު ނުވިޔަސް ކާއިން އާއި ނީންނާނަން..” އަޝްވާ ހިތްހަމަނުޖެހިފައި އެހެން ބުނެ އެތަނުން ދާން އުޅުނެވެ. ލޮލަށް ޖަމާވަމުންދާ ކަރުނަތައް އެއްވެސް މީހަކަށް ދައްކަން ބޭނުންނުވާތީއެވެ.

“އޭ.. ދެން ތިހެން ކިޔުން ހުއްޓާލަން ވެއްޖެއެއްނު.. އަޝްވާ ވަރަށް މަސައްކަތް ކުރެއޭ ހިކެން. މަންމަ ފަރާތުން ވާރުތަވެފައިވާ ކަމެއްވީމަ އެހާ ފަސޭހައެއް ނުވާނެ” އަޝްވާ ދިޔުމުން ޝައިމް  ބުނެލިއެވެ.

“އެއޯކޭވާނެ. ޗެރީ އަށް އެނގޭނެ އަހަރެން މަޖަލަކަށް ކިޔާ އެއްޗެއް ކަން އެއީ… މަލަކާ ފޯނު ނުނަގަނީތަ” ދެވަނަ ފަހަރަށް ޝައިމް އަތުގައި އޮތް ފޯނުގެ ސްކުރީނުން މަލަކާއަށް ގުޅާތަން ފެނި ކާއިން އަހާލިއެވެ.

“އާން.. ނުނަގާ ފޯނެއް.. ރޭގަ ވަރަށް ފާޑެއް އެއްޗެއް ބުނި.. އަހަރެންނަކަށް ނޭނގުނެ އޭގެ މާނައެއް..” ޝައިމް ފޯނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“ކީކޭތަ ބުނީ.. ރުޅި އައިސްގެންތަ ބުނީ” ކާއިން އަހާލިއެވެ.

“ނޫން.. ރުޅި އައިސްގެންނެއް ނޫން. އަހަރެން ހީކުރި ވަރަށް ވުރެ މަލަކާ އުފާވި ތަނެއް ނުފެނުނެ. ދެން ފަހުން އަހަރެން ދައްތައާއި ވާހަކަ ދައްކަން ބޭނުމޭ ބުނީމަ ބުނީ ބައެއް ކަންތަކުގެ ހަގީގަތް އެނގުމަށް ވުރެ ނޭނގުން މާރަގަޅުވާނޭ.. ކޮބާތަ އޭގެ މާނައަކީ” ޝައިމް ކާއިން ކުރެން އަހާލިއެވެ.

“އޭގެ މާނަ އެގޭނީ ހަމަ މަލަކާއަށް.. އަންހެނުން ކިޔާނެ ފާޑުފާޑު އެއްޗެހި އަޅާނުލިއްޔާ ރަގަޅުވާނީ” ކާއިން އެހެން ބުންޏަސް ޝައިމްއަށް ވިސްނެނީ އެކަމާ ދޭތެރޭއެވެ. ދެމީހުން އެކުގައި އުޅެން ބޭނުން ނަމަ އެއްވެސް ކަމެއް ސިއްރުކުރެވިފައި އޮވެގެން ނުވާނޭ ހިތް ބުނަމުން ދިޔައެވެ.


 

މާމަމެން ގޭގައި އުޅުމަށްފަހު މަލަކާއަށް ގެޔަށް އާދެވުނީ ހަވީރުވާން ކައިރިވެފައި ވަނިކޮށެވެ. މަލަކާ ގޭގެ ދޮރޯއްޓާއި ހަމައަށް އާދެނުތަނާ ފަހަތުން ނިއަމް އޭނާއަށް ގޮވާލަމުން ފަހަތް ބަލާލިއެވެ.

ނިއަމްއާއި އެކީ އެދިމާލަށް އަންނަމުން އެދަނީ ދެވަނަ އެހެން މީހެއް ނޫނެވެ. މައިޝާގެ ނަން މަލަކާއަށް ކިޔާލެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“އަހަރެން ފެނުމުން ވަރަށް ހައިރާންވެފަ ދޯ ތިހިރީ..” މައިޝާ އައިސް މަލަކާއާއި އަރާ ހަމަކުރަމުން ބުނެލިއެވެ. މަލަކާ އެޔަށް ޖަވާބު ދިނުމެއް ނެތި ޖެހިގެން ހުރި ނިއަމްއަށް ބަލާލިއެވެ.

“މާލޭގަ ހުރެފަ އަހަރެން ރަށަށް މިއައީ މަލަކާ އަހަންނަށް ފޮގިވު ކުރާތޯ.. އަހަރެން ނިއަމްގެ ލޯތްބަށް ޑެސްޕަރޭޓް ވެފަ ހުރިވަރުން މަލަކާއޭ ކިޔައިގެން ރޫމާސް ފެތުރީ.. ދެން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ޔަގީންކޮށްދޭން” މަލަކާގެ އަތުގައި ހިފައި މައިޝާ ބުނެލިއެވެ. އަދިވެސް މައިޝާގެ ވާހަކަދެއްކުމުގެ މިޒާޖަށް ބަދަލެއް ނާދެއޭ ދޯ މަލަކާއަށް ހިތާހިތާ ކިޔާލެވުނެވެ.

“މަލަކާ.. އައި އޭމް ސޯ ސޮރީ.. އަހަރެން ތިދެމީހުންނަށްޓަކައި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށް މިހިރީ.. ޕުލީސް އަދި އެއް ޗާސް ދޭންވީނު” މައިޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“އާން އޯކޭ.. މާފުކޮށްފިން” ގަދަކަމުން ހިނިތުންވެލަމުން މަލަކާ ބުނެލިއެވެ. މައިޝާ އެ އެދެނީ ކަންދެއްކުމުގެ މާފެއް ކަން ނޭނގޭ ހާލުގައެވެ.

މަލަކާގެ މާފު ލިބުމުން މައިޝާގެ ތުންފަތްމަތީ ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.


 

އެދެމީހުންނާއި ވާހަކަ ދައްކަން ހުރެފައި މަލަކާ ގެޔަށް ވަންއިރު ޝައިމް އޭނާގެ އިންތިޒާރުގައި ވަގުތުތައް ގުނަގުނާލަ އިނެވެ.

ސޯފާގައި ޝައިމް އިނީ ގެޔަށް ވަންދޮރަށް ފުރަގަސްދީގެންނެވެ. ޝައިމް ފެނުމާއި އެކު މަލަކާ އޭނާގެ ފިޔަވަޅުތަކަށް މަޑު ކަމެއް ގެނައެވެ. ޝައިމްއަށް އަޑުނީވޭނެހެން ލަސްފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު މަލަކާގެ އަތުގައި އޮތް ފޯނު ރިންގުވުމާއި އެކީ މީހާ ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ފޯނު ރިންގު އޮފްކޮށްލަމުން ޝައިމްއަށް ފެނުމުގެ ކުރިން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ޝައިމް އައިސް ދޮރުގައި ހިފުމުންނެވެ.

“ކީއްވެ މިއަދު ފިލައިގެން ތިއުޅެނީ” މަލަކާގެ ފަހަތުން ކޮޓަރިއަށް ވަން ޝައިމް އަހާލިއެވެ.

“ފިލައިގެން ނޫޅެން.. ހިނގާ ބޭރަށް ދަމާ ވާހަކަ ދައްކަން.. މިތާ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ” މަލަކާ ދާން އުޅުމުން ޝައިމް ފަހަތުން މަލަކާގެ އަތުގައި ހިފައިލިއެވެ. ޝައިމްގެ އަތުން ވީއްލެން މަސައްކަތް ކުރަމުން ގޮސް މަލަކާ ޖެހުނީ ކައިރީގައި ހުރި ފާރުގައެވެ. ޝައިމް މަލަކާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކަށް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަދި ފާރުގައި އެއަތް ޖައްސައި މަލަކާ އޭނާގެ އަތު ތެރޭގައި ގައިދުކޮށްލިއެވެ.

“ކޮބާ މީހަކަށް ފެނުމުން މައްސަލައަކީ.. ” މަލަކާއާއި ނަޒަރު ސީދާކޮށްލަމުން ޝައިމް ވާހަކަ ދެއްކިއެވެ.

“މަލަކާ އަހަންނަށް ފިލައިގެން ނޫޅޭނަމަ މިހެން ވާކަށް ނުޖެހުނީސް.. އެއްމެ ކުޑަ މިނުން ފޯނުވެސް ނުނަގާ” ޝައިމް ޝަކުވާ ކޮށްލިއެވެ.

“މަންމަ ބަލިވެގެން މާމަމެން ގޭގަ އުޅެފަ މިއައީ.. އެގޭ ކޮއްކޮމެން އަތަށް ފޯނު ދީފަ އޮތީ” މަލަކާ ބަހަނާއެއް ދައްކާލިއެވެ.

“މަންމައަށް ކިހިނެތް ވީ” ޝައިމް އަހާލިއެވެ.

“ފަތިހު ފާހަނައަށް ވަން ގަޑީގަ ފާހަނަ ތެރެއަށް ވެއްޓުނީ… އެހެންވެ ދިވެހިބޭސް އަޅަން މާމަމެންގެޔަށް ދިޔައީ.. މިހާރު ރަގަޅުވަމުން  ދަނީ” މަލަކާ ބުނެލިއެވެ.

“މަލަކާ އަހަންނަށް މާފުކޮށްފިންތަ” ޝައިމް އަހާލިއެވެ. މަލަކާ އޭނާއަށް ރޭގައި ސީދާ ޖަވާބެއް ނުދޭތީއެވެ. މަލަކާ ފުން ނޭވާއެއްލުމަށްފަހު ބޯޖަހާލިއެވެ.

“އެހެންވެއްޖެއްޔާ އަހަރެންނާއި އަލުން ގުޅެން އެއްބަސްވާންވީނު” ޝައިމް ސީރިއަސްރާގަކަށް އަހާލިއެވެ.

މަލަކާ ބަލައިލީ ޝައިމްގެ މޫނަށެވެ. އެދެލޮލުން ފެންނަމުންދާ ޖަޒުބާތަށެވެ. ދިވާނާ ވެފައިވާ ތޫނު ނަޒަރުތަކުން މަލަކާގެ ހިތް އަވަސްކުރުވަމުން ދިޔައެވެ.

ޝައިމް މަލަކާގެ މޫނު ނޫންތަނަކަށް ނުބަލައެވެ. މަލަކާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ހިތް ތެޅެމުން ދިޔައެވެ. ފުރާނައިން އެދޭ ލޯބި ހޯދަން ބޭނުންވެފައެވެ. މަލަކާ އޭނާގެ ހައްގަކަށް ހަދަން ދަހިވެތިވެފައެވެ.

އެކަކު އަނެކެއްގެ ދެލޮލަށް ގެއްލިފައި ތިބި މަލަކާއާއި ޝައިމް ސިހިގެންދިޔައީ މީހަކު ދޮރުގައި ޓަކިދިން އަޑުއިވިފައެވެ. ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާލަށް ބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އިންސާފު

Next

ޢެދެމޭ އުފާ….(29)

Next
October 9, 2017

ޢެދެމޭ އުފާ….(29)

Previews
October 9, 2017

އިންސާފު

46 Comments!

  1. mal says:
    October 9, 2017 at 6:00 pm

    Yayy… nukiyas egey rythi vaane kan… ekan mi kiyany?.. thanx maroo.. thihaa fast v ma..?

    1. maroon says:
      October 9, 2017 at 6:11 pm

      Hehe mal.. thanku for all the support ? loves ❤

    2. mal says:
      October 9, 2017 at 6:13 pm

      Hehe…

  2. Kia says:
    October 9, 2017 at 6:05 pm

    Me second..wait mi kiyanee??

    1. maroon says:
      October 9, 2017 at 6:37 pm

      Thanku kia. How is the story

  3. maroon says:
    October 9, 2017 at 6:05 pm

    14 vana bai. Dhen nei maa gina baeh . Hope you would like the story.
    Heekuran baeh suvaaluthakuge javaabu libijje kamah. Maisha aky kaakukan neygey kudhin furathama bai kiyaalyma egeyne ei kaakukan.
    Loves ?

  4. Maiii says:
    October 9, 2017 at 6:14 pm

    Aww.. vrh reethi.. maroon u r so swyt…??

    1. maroon says:
      October 9, 2017 at 6:37 pm

      Thanku maiii ? ?

  5. annoying reader says:
    October 9, 2017 at 6:15 pm

    hiyeh nuvey malaka yes bunaane heneh. alhey mihaaru huriha story akun enme loabiva dhemeehun dhuru kuruvani ? anehkka fenuny aneh nubai kulhi gandeh kulhen ekaku hmph

    1. maroon says:
      October 9, 2017 at 9:43 pm

      Thanku annoying reader. In sha Allah adhi ragalhuvaane kmah mibalany ?

  6. mal says:
    October 9, 2017 at 6:16 pm

    V v v rythi… bt thankolheh kuru hn hyvany.. kiyaa hiy v ma kaneyge…. ? kn hagygathehge vahaka baa e kiyany malaka… malaka aky misterious grl eh kaneyge? v v loabi ekam story.. keep it up..?❤

    1. maroon says:
      October 9, 2017 at 9:44 pm

      Thanku mal..? ❤

  7. click a shot ? says:
    October 9, 2017 at 6:20 pm

    malakaa ebuny keekaibaa…anehkaa kaakah efenuny..?maisha ehadhany hus makaru kaneyge..malakaa ah ladeh nudheefiya vedhaane…maroon thihaa avasavahah up kohdheythy varah ufaavey..☺️ eiy vaahaka kiyaahihvaa eh sababu…your one of the best writer that i love most?❤️..mi part ga anehen ehaa mistakes eh faahaga eh nuve…?

    1. maroon says:
      October 9, 2017 at 6:25 pm

      Thanku click ?
      Maisha makaru hadhanvy keeve yw. Maafahves edhunynu ?
      Thanku lots for the support??

    2. click a shot ? says:
      October 9, 2017 at 6:48 pm

      faharehga niam hoadhan actakah maafah edhifaanehnun..maybe?

    3. maroon says:
      October 9, 2017 at 9:45 pm

      Thts bad??

    4. mal says:
      October 9, 2017 at 9:42 pm

      Aan eyga othey ehn… makaru veri kamey kaneyge☺

    5. click a shot ? says:
      October 10, 2017 at 2:00 pm

      Maroon liyefa ebainenun “maishaa e edhuny kandhekumuge maafeh kan neygey haalugaeve.”ethankolhu kiyaafa I thought like that..?

  8. $JK..KOREAN says:
    October 9, 2017 at 6:30 pm

    alheyyy varah loabi mi partvx… maroo u’re the best.. vv happy ehaa fast koh up kohlyma… always appreciate ur work.. loves… waiting…. TC 🙂

    1. maroon says:
      October 9, 2017 at 9:44 pm

      Thanku sjki?

  9. Nash says:
    October 9, 2017 at 6:43 pm

    Reethi . Maisha niam dheke loabivanya eyge maana aky eyna ulheyny niam aai malaka dhuru kureveythoa dhoa

    1. maroon says:
      October 9, 2017 at 9:45 pm

      Hehe vedhaane thnku nash ?

  10. Shudha says:
    October 9, 2017 at 6:54 pm

    V loabi… malaa say yes to shaim… he loves u more than anything in the world❤… And Maisha… malakaa noolhey Niam nulibigen… she found true love… so better watch out inge?… Mihaaru v loabi mi vaahaka… hope malaa ge mom agree vaane kamah… ur the best and keep it up maroon.. love you????

    1. maroon says:
      October 9, 2017 at 9:46 pm

      V ragalhu vaahakaeh shudha?
      Loves thanku?

  11. Zuam says:
    October 9, 2017 at 7:50 pm

    Maroon… masha Allah. …. varah reethi. ….. ❤❤❤❤❤❤

    1. maroon says:
      October 9, 2017 at 9:46 pm

      Thanku zuam?

  12. someone says:
    October 9, 2017 at 8:31 pm

    Nice

    1. maroon says:
      October 9, 2017 at 9:46 pm

      Thanku someone?

  13. niha says:
    October 9, 2017 at 8:51 pm

    Vvvv lobi mi baivas

    1. maroon says:
      October 9, 2017 at 9:47 pm

      Thanku niha ?

  14. Xxxx says:
    October 9, 2017 at 9:14 pm

    V.v.nice dear.. waiting ???

    1. maroon says:
      October 9, 2017 at 9:47 pm

      Thanku xxxx?

  15. Zaain says:
    October 9, 2017 at 9:44 pm

    Nice…. lets c dho wht happen…… we ol r waitng for di nxt part… Marooo… kyp it up dear…

  16. Zaain says:
    October 10, 2017 at 8:54 am

    No rply…. y Marooo… Rulhyta Zaa aa???

    1. maroon says:
      October 10, 2017 at 2:45 pm

      Noo. Keevve rulhi annanvy. Thakolheh busy vyma reply nukurevuny..thanku zaa ??
      Loves ?

  17. Adha? says:
    October 10, 2017 at 2:00 pm

    Varah loabi part eh…. keeve malakaa shaim aa dhuru dhurun ulheny??.. nd mi maisha gandu maafah edhen mi aee keekuransho.. nium bunegen kanneynge dw..
    Btw wish u a very? happy birthday? maroon?⚘?.. have fun nd joy! May Allah bless you with health, wealth, nd success..?
    Loves.. ❤❤❤❤

    1. maroon says:
      October 10, 2017 at 2:47 pm

      Oh adha hadhan eba huri dhw ?
      Thanku lots and lots with love ❤
      Higaa dhw thieh balama dhn anna partun???

    2. Adha? says:
      October 10, 2017 at 3:03 pm

      Hehe? handhaan hunnaane ehnu… im a big fan of urs ey?.. u r one of the bestest writer for me?

    3. $JK..KOREAN says:
      October 10, 2017 at 3:55 pm

      maroon happy birthday… handhaan huri. but adhu kiriyaa free mi vy..

    4. $JK..KOREAN says:
      October 10, 2017 at 3:57 pm

      *adhi
      please wear your beautiful smile today..

    5. Shudha says:
      October 10, 2017 at 4:04 pm

      happy birthday… 😀 MAROON <3

    6. Shudha says:
      October 10, 2017 at 4:08 pm

      shudha ah adhi kiriyaa mi iguny… maroon u r a very good writer and a friend 😀 love u and once again happy birthday <3

    7. maroon says:
      October 10, 2017 at 9:39 pm

      Hehe ❤❤❤
      Thanku adha, sjki and shudha. Even though i dnt know u guys in real life you are my dear good friends ❤much love

    8. $JK..KOREAN says:
      October 10, 2017 at 9:58 pm

      yeah 🙂 🙂 much n much n much love from us too. 😀 may we all meet someday 🙂 🙂

  18. Xna says:
    October 10, 2017 at 5:25 pm

    On ur b day lots of people r thinking about u,.I just wanted to let u know I’m one of them,?.may today b filled with laughter and lots of love..?
    I think Malaka is having a hard time… Knmes meeheh Force kurey hen heevey ..may b lep rangalhu kuran dhia dhuvahu niam ge kameh ??? …
    V kiaahithun mihiree next part..avas ingey??

    1. maroon says:
      October 10, 2017 at 9:41 pm

      Xna ❤
      Thanku for u for all the support. There might be untold truths adhi dhw. Higaabalama ❤❤❤

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 15←


All Right Reserved!