Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 12ވަނަ ބައި

Salaa Level 210 Stories100 Comments
February 7, 2014 8 Mins Read
18 Comments

” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! ” އެ ޖުމުލަ ހަނދާންވުމާއި އެކު

ބާރު ބާރަށް ރާޔާ ތެޅިގަތެވެ. އަދި ކައިރީގައި އޮތް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަނބުގައި ލައްވިއެވެ. އަދި ފުރަގަސް ދިނެވެ.

” އަހަންނަށް އިނގޭ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން……. އަހަންނަށް އެނގޭ އަހަރެންދެކެ ފަޔާ ލޯބިވާކަން…. އަހަންނަށް އެނގޭ އެންމެ ފަހުން ތިހިތުގަ ތިވާ ލޯބި ފާޅު ކުރެވޭނެކަން………..” ރާޔާ ލަސްލަހުން ބުނަމުން ދިޔައެވެ.

ފަޔާޒް ހުރީ އިސްޖަހައިގެންނެވެ.

” އާނ.. އަހަރެން …… އަހަރެން ލޯބިވޭ.. ވަރަށް ލޯބިވޭ.. އެކަމަކު މިހާރު އެކުދިން ދެކެ ލޯބި މިވަނީ… ރާޔާއަށް ޓަކައެއްނޫން.. ” ފަޔާޒް މަޑުމަޑުން ހިނގައިގަތެވެ.

” ފަޔާ! އަހަންނާމެދު ތިހެން ނުވިސްނާ.. ޕްލީޒް.. އަހަރެންމީ އެހެން މީހެއްގެ އަމާނާތެއް އެހެންމީހެއްގެ ހައްޤެއް.. ” ރާޔާ ފަޔާޒް ހުއްޓުވިއެވެ. ފަޔާޒް ރާޔާއަކަށް ނުބަލައެވެ.

” އެނގޭ..  އެކަމަކު… އެއީ ލިބުމެއްނުވާ ލޯތްބެއްނު…….”

” ނޫން.. އަހަންނާމެދު ކުޑަވެސް ރަހުމެއް ވާނަމަ ތިހެން ނުބުނޭ.. އަހަރެން މުޅި އުމުރަށްވެސް އިންތިޒާރުކުރާނަން… އެއީ އެންމެ ފަހުން މާން އެދުނު އެދުން…..” ރާޔާ އެހެން ބުނުމާއި އެކު ފަޔާޒް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ރާޔާ ދެރަވިއެވެ. އެކުދިންނަށް ވާނެގޮތެއް ނޭނގޭތީއެވެ. ފަޔާޒް ދެން ނާންނާނެކަން އެނގޭތީއެވެ.

***********************

” ދަރިފުޅުމެން ދެން މަންމަ ނޫނީ އައިންތުދައްތަ އާއި އެކު އިނގޭ ސްކޫލަށް ދާންވާނީ… ފަޔާބެއަށް މިދުވަސްކޮޅު ނާދެވޭނެޔޯ ބުނީ.. ” ލޯތްބާއި އެކު ރާޔާ ވާހަކަ ދައްކަމުން ދިޔައެވެ. އައިންތުވެސް ކައިރީގައި އިނެވެ.

” ނޫން މަންމާ ނުއް ނުއް ނޫން…..” ބޮޑާހާކާ އުސޫލުން މީޝަމް ބުނަމުން ދިޔައެވެ.

” ދަރިފުޅާ!” ރާޔާ ހަޅޭއްލަވައިގަތެވެ. މީޝަމް މައިތިރިވިއެވެ.

” ދަރިފުޅުމެން ތިވަރު ކޮއްފަ ތިހުރީ މަންމަ އެކަނިމާ އެކަންޏޭ… މަންމަ އޭ ހުރިހާ ބުރައެއް އުފުލީ.. ކީއްވެތަ މަންމަ ބުނާ ބަސްނާހަނީ؟ ” ދުވަހަކުވެސް ބުނަން ބޭނުން ނުވާ ވާހަކައެއް ރާޔާއަށް ބުނެވުނެވެ. މާނިޝްގެ އަމަލު ތައް ހުރި ނެތް ގޮތުގެ ވާހަކަ ދަރިން ގާތުގައި ދެއްކުމަކީ ރާޔާ ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިޔަދު އޭނާގެ ހިތައް ކެތް ނުވީއެވެ. މީޝަމް އައިސް ރާޔާގެ ގައިގައި ބައްދާލިއެވެ.

” ރިޔާ… އަހަންނަކަށް އެކަމެއް ނުވި.. ރާޔާ ބޭނުމެއް ނުވޭ އެހެން މީހަކާ އިންނާކަށް؟ ” ފަޔާޒް ވާހަކަ ދެއްކީ ރިޔާޒް އާއިއެވެ. ފޯނުންނެވެ.

” ދެން… ނޯ ޗޮއިސްދޯ.. ކީއްކުރާނީ؟ ދެން ފަޔާ ނުވެސް އަންނާނަން ދޯ އަހަރުމެންގެއަށް؟ “

” ހޫމް.. ދެން ނުދެވޭނެ އެއްނު… މަންމަ ގޮވައިގެން ރަށަށްވެސް ދާންވެފަ މިހުރީ.. ފަހަރެއްގައި ރަށުން ރަނގަޅު ކުއްޖަކު ލިބުނިއްޔާ މެރީވެސް ކުރަން ޖެހިދާނެ..” ފަޔާޒް މާޔޫސްކަމާއި އެކު ބުނެލިއެވެ.

*************************

ރިޔާޒް މާލެ އަންނާނެ ކަމަށް ބުނެފައި އޮތް ދުވަސްކަމުން މީރު ކާއެއްޗެއް ތައްޔާރުކުރުމުގައި އަވަދިނެތި އައިންތު އުޅުނެވެ. ރާޔާ ތިން ކުދިން ކުޅެން ކުޅޭ އެއްޗެހި އޮއްސާލާފައި ސިޓިންގ ރޫމުގައި އިނެވެ.

” މަންމާ! އަޅުގަނޑު ސްކޫލަށް ދާންޖެހެނީ ކޮން އިރަކުން؟ ” މާޝާ އެހިއެވެ.

” އެއް ހަފްތާ ފަހުން… މިހާރު ދޫނިވެސް ބޮޑުކުއްޖެކޭ ތީ.. ” ރާޔާ ހީލަމުން އެހެން ބުނި އިރު ބަންގި ގޮވަނީއެވެ.

” ބަންގި ބަންގި.. މާޝާ ކޮއްކޯ ހިނގާ ދޮންބެ މެންނާއި އެކު ނަމާދުކުރަން.. ” މިޝްއަލް މާޝާ އާއި ދިމާއަށް ބުނެލިއެވެ. މާޝާ އަވަސް އަވަހަށް ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. މީޝަމްވެސް ދިޔައެވެ. ރާޔާ އިނީ ހައިރާންވެފައެވެ. އުފަލުންގޮސް ދެރަވެފައެވެ. އޭނާއަށް މައްޗަށް ބަލާލެވުނެވެ. އޭނާގެ ދުޢާ އިޖާބަކުރައްވާ ޞާލިޙް ދަރިންތަކެއް ދެއްވީތީއެވެ.

*********************

” ދޮންތާ.. މޭޒުމަތީގައި ދެން މަދީ  ކޯއްޗެއްތަ؟ ” ކާމޭޒުގައި ކާ އެއްޗެހި އަތުރައިގެން ބަލަމުން ބަލަމުން އައިންތު  ސުވާލުކުރިއެވެ. ރާޔާ ހިނިތުންވެލިއެވެ.

” މަދީ؟ އަހަރެންނެއްނު………….” ރިޔާޒް އައިސް އައިންތު ކާގެއަށް ވަނެވެ. އައިންތު ލަދުގަތެވެ. ރާޔާ ހީލިއެވެ.

” ކޮއްކޮ އަންނަން ވާއިރަށް އަނބިމީހާ ކައްކާފަ ހުރިހާ ސާމާނު މިހުރީ.. ދެން އަވަހަށް ކާން އުޅޭ.. ” ރާޔާ ގޮނޑިއެއް ދުރުކޮއްދެމުން ބުނެލިއެވެ.

” ކޮބާ މިގޭގަ އުޅޭ ގުރޫޕް؟ ” ސިޓިންގ ރޫމަށް ނަޒަރު ހިންގާލަމުން ރިޔާޒް ބުނެލިއެވެ.

” ކޮޓަރީގަ  ވެއްޖެ… ” ރާޔާ ޖަވާބުދިނެވެ.

” ދޮންތަ ރަނގަޅުތަ”  ރިޔާޒް އެހިއެވެ. ރާޔާ ބޯޖަހާލިއެވެ.

*******************

”ކޮއްކޯ.. ދޮންތަ ބޭނުން މާން ހުރިތަނަކަށް ޕޯސްޓް ކުރެވޭނެގޮތެއް ހޯދަން………..” ރާޔާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. ރިޔާޒް ވިސްނާލިއެވެ.

” ހޫމް… އަހަރެން މާދަމާ އޮފީހަށް ނުކުންނަން ފަށާނަން…….. އޭރުން ދީ.. ތިކަން ކޮއްލަދޭނަން…” ރާޔާ އުފާވިއެވެ. ވަރަށް އުފާވިއެވެ. ރާޔާ އެތަނުން ނުކުމެގެން ކޮޓަރި އާއި ދިމާއަށް ހިނގައިގަތްވަގުތު ކުއްލިއަކަށް އޭނާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ބޮލުގައި އެއް އަތުން ހިފެހެއްޓި ވަގުތު އައިންތު އައިސް ރާޔާގެ ގައިގައި ހިފެހެއްޓިއެވެ. އަދި މަޑުމަޑުން ގޮނޑީގައި ބޭންދިއެވެ.

” ކިހިނެތްވީ؟ ” ރިޔާޒް ހާސްވެފައި އެހިއެވެ.

” ” ނޭނގެ،، ރޭގަ ވެސް މި އެނބުރުންގަނޑު އެރި.. ” ރާޔާ އެނދުގައި އޮށޯވެލަމުން ބުންޏެވެ،

” އައިންތު ދޭ ތައްޔާރުވެލަން..ޑޮކްޓަރަށް ދާން.. އަހަރެން މަޑުކުރާނަން ކޮއްކޮމެން ގާތު.. ” އައިންތު ބޯޖަހާލިއެވެ

********************

މާންއެވެ. މި ސިޓީ ލިބުމުން މާން އުފަލުން ރޯނެކަން އެނގެއެވެ.  އެކަމަކު އަހަރެން މިހުރީ މަރުވެފައެވެ. އަހަރެންގެ ދިރުން  ނެތްފަދައެވެ. އަހަރެންނަށް އިންތިޒާރު ކުރެވިދާނެއެވެ. އެކަމަކު އަހަރެމެންގެ ދަރިންނަށް މި ލިބެ ނިކަމެތިކަމަކީ ހިތައް ކެތްވާވަރުގެ ކަމެއް ނޫނެވެ. މި ހުރިހާ ކަމެއްވެސް މި ފެންނަނީ އަހަންނަށެވެ. މި މަންޒަރުތައް ދެކި އެކުދިންގެ ޝަކުވާތައް އަޑު އަހާ އަހާ އަހަރެންގެ ގައިގައި ހަކަތައެއް ނެތެވެ. ހިތްވަރެއް ނެތެވެ. އެކަމަކުވެސް މާންއަށް ކުރާ އިންތިޒާރަކަށް އަދި މާންދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދައްކާނީ ވަކި ކޮންވާހަކައެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ކުރަން ހުރީ ޝަކުވާއެވެ. ހުސް ޝަކުވާއެވެ. މިހިތުގެ އެދުމެވެ. ދަރިންގެ ހިތުގެ ކެކުޅުމެވެ. މިހާ ދުރުގަ ހުރެގެން އެ ޝަކުވާތައް ކޮއްފިނަމަ އަހަރެން ފަދައިން މާންގެ ހިތްވެސް މަރުވެދާނެއެވެ. އޭރުން އަހަރެމެންނަށް ލިބެން މިއުޅޭ ދަރިފުޅަށް އަޅާލުން ދޭނީ ކޮންބައެއް ހެއްޔެވެ؟ މާންއެވެ. އެރޭ ޖަލުން ފިލައިގެން އައީ މިހަދިޔާ ދޭން ހެއްޔެވެ؟ އަނެއްކާވެސް އަމާނާތަކާ ޙަވާލު ވެވުނީއެވެ. އިންތިޒާރުގައި ވަމުން ކެތްކުރާނަމެވެ. އިންޝާ ﷲ … އަބަދުވެސް އަބަދުވެސް ލޯބިވާ ރެއިން.

ސިޓީ ފަތްޖަހާލަމުން ލޮލުން ފައިބައިފާ ކަރުނަތައް ފޮހެލިއެވެ. ރާޔާ އެ ސިޓީއަށް ބަލަން އިނެވެ. ދެން ބަނޑުގައި ފިރުމާލިއެވެ.

******************

” ރިޔާ… ހިނގާ އަހަރެމެންވެސް ބޭބީ އެއް ހޯދަން… އަހަރެންވެސް ވަރަށް ބޭނުން  ބޭބީއެއް. ” ރިޔާޒްގެ މޭމަތީ އޮވެ އައިންތު ބުނެލިއެވެ. ރިޔާޒް ބޯމަތީގައި ބާއްވާފައިވާ އަތްނަގާ އައިންތުގެ އަތްމަތީގައި ބާއްވާލިއެވެ.

” އަހަރެންވެސް ބޭނުން ނުވަނީ ކީ ނޫނޭ…. އެކަމަކު އަނެއްކާވެސް ދޮންތަ އެއިނީ ބަލިވެ.. ދެން ކިހިނެތް ދޮންތައަށް ވާނީ؟ ” ރިޔާޒް މަޑުމަޑުން ރިޔާޒް ވާހަކަ ދެއްކިއެވެ. އައިންތު ރިޔާޒްގެ އަތްދަށުން އަތް ދަމައިގަންނަމުން ތެދުވިއެވެ، އަދި ރިޔާޒްއަށް ފުރަގަސްދީގެން އިނެވެ.

” ދޮންތައަށް ވާނެގޮތެއް ނޭނގޭތީ ނޫނީ ދޮންތައަށް ދެރައެއް ލިބިދާނެތީ ވިސްނާފަދައިން އަހަންނާމެދުވެސް ވިސްނާލަބަލަ.. ކައިވެންޏަށް މިވީ ފަސްއަހަރު ދުވަހުގެ ތެރޭގަ އެންމެ ފަހަރަކުވެސް ކުއްޖަކު ބޭނުންވެގެން އެވާހަކަ ރިޔާއެއް ނުދައްކާ.. އެއީވެސް ދޮންތައަށް ޓަކާތަ؟ ދޮންތަގެ ދަރިން ބޮޑުވެގެން މީހުންނާ އިނީމަތަ އަހަރެން ކުއްޖަކު ހޯދަންވީ؟ ރިޔާ ވިސްނާލަބަލަ! މާދަމާވެސް ރިޔާ މީހަކާ އިންނަތަނުން ދަރިއަކު ލިބިދާނެ.. އެކަމު ފައިބައިގެން މިދަނީ އަހަރެންގެ އުމުރޭ.. އަހަންނަށޭ އުނދަގުވާނީ.. ” އައިންތު ދެލޯ ފުހެލިއެވެ. ރިޔާޒް ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ.

” ރިޔާ ވިސްނަނީ އަމިއްލަ އާއިލާއަށް.. ރިޔާވިސްނަނީ އަމިއްލަ އެދުމަށް.. މަށާ މެދަކުނޫން..”

” ހުއްޓާލާ ދެން.. އަހަރެންގެ ދޮންތަ އާއި ދިމާއަށް އެއްވެސް އެއްޗެއް ބުންޏަސް……………..” ރިޔާޒް ވެސް ތެދުވިއެވެ.

” އަހަރެން އައިންތު އާއި އިނުމުގެ ކުރިން ކިޔައެއް ނުދެންތަ ދޮންތަ އެއީ އަހަންނަށް ކިހާވަރެއްގެ މީހެއްކަމެއް؟ މަންމަ ނެތް ދުނިޔޭގަ މާލޭގަ ގުދާންކޮށްގެން ދޮންތަ ނުކިޔަވާ ވެސް އަހަންނަށް ރަނގަޅަށް ކިޔަވައިދިން.. އެހެން ނޫން ނަމަ އަހަރެމެން މިޔަދު އަނގަޔާ އަތާ ދިމާކުރާނީ ކިހިނެތް؟ ” އައިންތުއަށް ރޮވުނެވެ. ރިޔާޒް އެއްވެސް ވަރަކަށް އައިންތުދެކެ ލޯބި ނުވާކަމަށާ އައިންތުއާއި ދޭތެރޭގަ ނުވިސްނާކަމުގައި އޭނާ ހިތައް އަރަމުން ދެއެވެ. އިރުކޮޅަކު ހަމަހިމޭން ވަގުތު ކޮޅަކަށްފަހު ރިޔާޒް އައިންތުއަށް ބަލާލިއެވެ.

” ސޮރީ.. ވަރަށް ބޮޑަށް ސޮރީ.. އެކަމަކު އަހަރެން މިޔަދު ވަރަށް ދެރަވެއްޖެ… ހިތައް އަރަނީ އައިންތު އަހަރެން ދޫކޮށްފަ ދާނީ މިޔަދުބާއޭ ނޫނީ މާދަމާ ބާއޭ؟ މިހާރު އައިންތުއަށް ކުރެވުނު އިތުބާރުވެސް އަހަރެންގެ ނެތް… ” ރިޔާޒް މަޑުމަޑުން އެނދުގައި އިށީނެވެ. އައިންތު އަދިވެސް ހުރީއެވެ.

” އަހަރެން ރިޔާ ދެކެ ވަރަށް ލޯބިވޭ.. އެކަމަކު އަހަރެންގެ ވެސް އުއްމީދުތަކަކާ ހުވަފެންތަކެއް ހުންނާނެ ކަން ރިޔާއަށްވެސް އެނގެންވާނެ.. ރިޔާއަށް ލިބޭ މުސާރައިންވެސް ގިނަ ޚަރަދުތައް ކުރަނީ ދޮންތަގެ ދަރިންނަށެއްނު.. އަހަރެން އެކަމާވެސް އެއްވެސް ޝަކުވާއެއް ނުކުރަމެއްނު.. ކުރިއަށް އޮތްތާވެސް އަހަރެން ނުކުރާނަން ޝަކުވާއެއް.. އެކަމަކު އަހަރެން ކުއްޖަކު ބޭނުން… ” އައިންތު ޝަކުވާގެ ރާގުގައި ބުނެލިއެވެ. ރިޔާޒް އިސްޖަހާލިއެވެ.

*************************************

ދުވަސްތައް ބާރުމިނުގައި ދަތުރުކުރަމުންދެއެވެ. ވޭނާއި ހިތްދަތިކަމުގައި އެކަނިވެރި ޙާލު ، ރާޔާގެ ދުވަސްތައް ފަހަތަށްގޮސް ގެއްލެމުންދެއެވެ. މާން އާއި ނުލާ، މާބަނޑު ދުވަސްތައް ހޭދަކުރުން އޭނާއަށް ވަނީ ބޮޑު ހިތާމައަކަށެވެ. ޑޮކްޓަރަށް ދައްކަން ދާއިރު މުޅިންވެސް ފެންނަނީ ދެމަފިރިން އެކުގައި ތިބޭ ތަނެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ރާޔާގެ ލޯތެންމާލައެވެ.

 ދެހަފްތާ ފަހުން ރާޔާ ވިހައިފިއެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ.  މާނިޝް މަތިން ހަނދާންވުމުން އޭނާގެ ހިތައް ތަދުވިއެވެ. ވިހައިގެން ދަރިފުޅު ނެރޭ އިރަށް ފުރަތަމަވެސް އޭނާ ބޭނުންވަނީ މާނިޝްއަށް ފެނުމެވެ. އެހެނަސް އެއީ ނުވާނޭ ކަމެކެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމަށްވުރެން ބޮޑަށް ފެންނަނީ ދެރަވެފައިވާ ކަމުގެ އަސަރެވެ. ގެއަށް ދޫކޮއްލީ އޭގެ ދެ ދުވަސް ފަހުންނެވެ.

******************************

” ކޮއްކޮ އެ ސިޓީ އެތަނަށް ލިބޭކަން ޔަޤީންތަ؟ ކީއްވެތަ އެއްވެސް ސިޓީ އަކަށް ޖަވާބެއް ނުލިބެނީ؟ ” ރިޔާޒް އައިސް ކޮޓަރިއަށް ވަނުމާއި އެކު މާޔޫސްވެފައި އިނދެ  ރާޔާ ބުނެލިއެވެ.

” ހޫމް… ލިބޭކަން ޔަޤީން.. ދޮންތަބޭގެ ސޮއި އިންނަ ސްލިޕްކޮޅެއް ލިބެއެއްނު…. އެހެން ނޫނަސް އަހަރެން ޕޮލިސްޓޭޝަނަށް ގޮސްބުނިން މާނިޝްއަށް މި ޚަބަރު އަންގާލަދޭށޭ…..” ރިޔާޒް ރާޔާގެ ދަރިފުޅު ނަގާ ބޮސްދިނެވެ.

” ދޮންތަ ކޮބާ ނަން ފާސްކުރަން ދާންވާއިރަށް ނަމެއްވެސް ހޯދަން ވާނެ އެއްނު…”

ރިޔާޒް ހީލިއެވެ. ރާޔާ ބޯދަށުގައި އޮތް ބާލީސް ހެޑްބޯޑުގައި ލައްކޮއްލުމަށްފަހު ލައްވެލިއެވެ،

” އާއިޝަތު މިނީޝާ މާނިޝް…”

އެ ނަން އަޑު އިވުމާއި އެކު ރިޔާޒް ދެރަވިއެވެ. މާނިޝްދެކެ ދޮންތަ ވާ ލޯބި ހިތަށް ވަޒަން ކޮއްލެވުނެވެ. ރިޔާޒް ބޯ ޖަހާލަމުން ރީއްޗޭ ބުނެލީ މަޑުމަޑުންނެވެ،

މާން މިއަދު ހުރިނަމަ ކިހާ އުފާވީސް ހެއްޔެވެ؟ އަހަރެން ބޭނުމީ އަހަރެމެންގެ މި ލޯބި ލޯބި އާއިލާ މާން އާއި އެކު ބިނާކުރުމަށެވެ. އެކަމަކު މާން އާއި ނުލާ އަހަރެންނަށް އުޅެން އުނދަގޫވީ ނަމަވެސް ކެތްކުރަން އެބަޖެހެއެވެ. ދަރިންނަށްޓަކައެވެ. އަހަރެންގެ ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ތިޔަ ހަނދާނުގައެވެ. މި ކުޑަކުޑަ ދަރީންނަށް ބައްޕައަކީ ތިއީކަން ބުނެދިނުމުގައެވެ. އެކުދިންގެ ހިތުގައި ބައްޕަ އާއި މެދު ލޯބި އުފެއްދުމުގައެވެ. ރާޔާ ހިތާ ހިތާ ކިޔަމުންދިޔައެވެ.

******************************************************************

7 އަހަރު ކުރީގެ ހަނދާންތަކުގެ ތެރެއިން ރާޔާއަށް ބޭރު ވެވުނީ ހަގު ދަރިފުޅު މިނީޝާ ރޮއިލުމުންނެވެ. އޭރު އުނގުމަތީގައި ބޯ އަޅާލިގޮތަށް މިޝްއަލް އާއި މީޝަމްވެސް ތިބީ ގަދައަށް ނިދާފައެވެ. ރާޔާ މަޑުމަޑުން އެދެކުދިންގެ ބޯ އެއްފަރާތްކޮއްލަމުން ތެދުވެގެން ގޮސް މީއްކޮ ކައިރީ އޮށޯތެވެ. އަދި ނާނާ ކިޔަންފެށިއެވެ.

މާނިޝް ދިޔަފަހުން ތިން އަހަރުވަނީއެވެ. ރާޔާ ފޮނުވާ އެއްވެސް ސިޓީ އެއްގެ ޖަވާބެއް އަދިވެސް ވަނީ ނުލިބިފައެވެ. ރާޔާ އެކަމާ ދެރަވެއެވެ. އެންމެ ކުޑަމިނުން މިނީޝާ ލިބުނު ކަން އެންގުމުން އެކަމަށްވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. އޭގެ ފަހުންވެސް މިހާރު ދެއަހަރުވީއެވެ. ފިރިއެއްގެ ލޯބި  ރާޔާ އަށް ނުލިބި ދަރިންނަށް ބައްޕައެއްގެ ލޯބި ނުލިބި ބޮޑެތި ވަމުންދާތީ އެކަމާ ރާޔާ ކުރާ ހިތާމަ ބުނެދޭންވެސް ދައްޗެވެ. ރާޔާ އަދިވެސް އެހުރީ އިންތިޒާރުގައެވެ. ނިމުން އަންނާނީ ކިހިނަކުން ބާވައެވެ.

****************************

ރިޔާޒް ގެއަށް އައި އިރު އައިންތު އުޅެނީ ފޮއްޓަށް އެއްޗެހި އަޅާށެވެ. ރިޔާޒްގެ މޫނުމައްޗަށް އަނދިރިކަން ވެރިވިއެވެ.

” ކޮންތާކަށް ދާން ތިއުޅެނީ؟ ” އައިންތުގެ އަތުގައި ހިފަމުން ރިޔާޒް ބުނެލިއެވެ. އައިންތު ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަމުން ރިޔާޒްއަށް ބަލާލިއެވެ. އަދި ރިޔާޒްގެ އަތުތެރޭގައިވާ އައިންތުގެ އަތް ދަމައިގަންނަމުން ފުރަގަސްދިނެވެ.

” ރަށަށް… “

” އެއީ؟ ކީއްވެ” ހާސްވެފައި ރިޔާޒް އެހިއެވެ. އަދި އައިންތުގެ ކުރިމައްޗަށް އަރާ އައިންތުގެ ދެކޮނޑުގައި ހިފިއެވެ.

” އަހަރެންނަކަށް ދެން ކެތެއް ނުވާނެ… ކިތައް އަހަރުތަ މިހެން ހުންނަންވީ؟ އަށާރަ އަހަރުގަ އަހަރެން ރިޔާ އާއި ކައިވެނި ކުރީ ހުވަފެންތަކެއްގަ… އުއްމީދުތަކެއްގަ.. ދަރިން ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނިޔަތުގަ.. އެކަމަކު… އަހަރެންނަށް އޭގެ އެއްވެސް ކަމެއް ފުރިހަމައެއް ނުކޮށްދިނީމެއްނު.. އަހަރެން ކިތައް ދުވަހު ބުނާނީ އަހަރެން ކުއްޖަކު ބޭނުމޭ ބޭނުމޭ… ރިޔާޒް! އަހަރެންނަށް މިހާރު އިތުރަށް މިކަން ބަރުދާސްތެއް ނުކުރެވޭނެ.. އަހަރެން ދާން ބޭނުން…” އައިންތު އިސްޖެހިއެވެ.

” އަހަރެންގެ ދިރިއުޅުމުންވެސް ދުރަށް ދާންތަ ބޭނުމީ…. ” ރިޔާޒް ލޯމަރާލަމުން ބުނެލިއެވެ . އައިންތު އިރުކޮޅަކު މަޑުމަޑުން ހުރުމަށްފަހު ބޯޖަހާލިއެވެ. ރިޔާޒް އައިންތުގެ ގައިން ދޫކޮއްލިއެވެ.

” އަހަރެން ހީކުރީ އަހަރެން ވިސްނާގޮތަށް އައިންތުވެސް ވިސްނާނެ ކަމަށް.. އަހަރެން އައިންތު ދެކެ ވަރަށް ލޯބިވޭ… އެކަމަކު އައިންތުއަށް އަހަރެންނާއެކު މިވީ ހަތްއަހަރު ދުވަހުގެ ތެރޭގަ އަހަރެންމީ ކާކު ކަން ނޭނގުނު.. މިޔަދު އަހަރެންގެ އުއްމީދުތައްވެސް ގެއްލިއްޖެ…. ދޭ… އަވަހަށް ދޭ….. އަހަރެން އައިންތު ހުއްޓުވާކަށް ނެތިން… ” ރިޔާޒް އައިންތުއަށް ފުރަގަސްދެމުން އޭނާގެ ލޮލުން އަންނަ ކަރުނަތައް ފޮހެލިއެވެ. ރިޔާޒް އެހެން ބުނާނެ ކަމަކަށް އައިންތު ހިއެއް ނުކުރެއެވެ. އައިންތު ހީކުރީ އައިންތު މަޑުކުރުމަށް އެދި ރިޔާޒް އާދޭސް ކުރާނެ ކަމަށެވެ.

” ދަރިން ނުލިބޭ މީހުންވެސް އެބަތިބި.. ދަރިޔަކާ ނުލާ ދިރިއުޅުން ބިނާކުރަމުންދާ ކެތްތެރި މީހުންވެސް އުޅޭ… އެކަމަކު އައިންތުއަށް އަހަރެންނާއި އެކު ދިރިއުޅުން ކުރިއަށް ގެންދަން ހިތްވަރެއް ނުކުރެވުނު.. ” އަނެއްކާވެސް ރިޔާޒް ބުނެލިއެވެ. އައިންތު އެނދުގައި އިށީނުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

” އައިންތު ތިއުޅެނީ އަހަރެން ދޫކޮއްލާފަ ގޮސް އެހެން މީހަކާ އިންނަންތަ؟ ” ރިޔާޒް ވަރަށް އުނދަގުލުން ބުނެލިއެވެ. އައިންތުއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ހާސްވިއެވެ. އެނދުން ތެދުވެ ރިޔާޒް އާއި ދިމާއަށް އައިންތު ހިނގައިގަތެވެ.

” އަހަރެން އަދިވެސް ކެތްކުރަންވީތަ؟ އަހަރެން ރިޔާގެ ދިރިއުޅުމުން ދުރަށް ދާއިރުވެސް ކުއްޖަކު ހޯދަން އެއްބަހެއް ނުވާނަންތަ؟ ” އައިންތު ރިޔާޒްގެ ބުރަކަށީގައި ބައްދާލަމުން ބުނެލިއެވެ. ރިޔާޒް އައިންތު އާއި ދުރަށް ޖެހިލިއެވެ.

” އާނ… އަހަރެންނަށް އަދި އެއް އެ ވަގުތެއް ނުޖެހޭ.. އަހަންނަށް ކުދިން ލިބުނީމަ ދޮންތަގެ ކުދިންނާ ދޮންތައަށް އަޅާނުލެވިދާނެ.. އެދުވަހަކުން އަހަރެންގެ އަމިއްލަ ނަފްސްވެސް އަހަރެންނަށް މަޢާފެއް ނުކުރާނެ.. އަހަރެންނަށް އަހަރެންގެ ލޯބި ޤުރުބާން ކުރަންޖެހޭނީ.. ” ރިޔާޒްގެ ޖުމުލައިން އައިންތުއަށް އިތުރަށް ރޮވުނެވެ. އޭނާ ފޮށި ހިފައިގެން ހިނގައިގަތެވެ. ރިޔާޒް ބަލާލިއެވެ.

އައިންތު ކޮޓަރި ދޮރު ހުޅުވާލި އިރު ރާޔާ ހުރީ ކޮޓަރި ދޮރުމަތީގައެވެ. އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތަކުން ރާޔާއަށް ހުރިހާ އެއްޗެއް އެނގުނުކަން އައިންތުއަށް އެނގުނެވެ.

” ކޮއްކޯ…” ސުވާލުގެ ނަޒަރަކުން ރާޔާ ގޮވާލުމުން ރިޔާޒް ބަލާލިއެވެ.

” މީތަ ކޮއްކޮ ކުއްޖަކު ބޭނުން ނުވާ ސަބަބަކީ.. ދޮންތައަށްޓަކާތަ؟ ” ރާޔާ މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. ރިޔާޒް އިސްޖެހިއެވެ.

” އައިންތު އާއި މެދު ތިވެވެނީ ކިހާބޮޑު ބޭއިންސާފެއްތަ؟ އެންމެ ފަހަރަކުވެސް ދޮންތަކައިރީ ތިކަންތައް މަޝްވަރާކޮއްލިނަމަ… ” ރާޔާ ބަލާލީ އައިންތު އާއި ދިމާއަށެވެ.

” އައިންތު.. ދޮންތަ އާއި ހެދި ތިހާބޮޑު ހިތާމައެއް އައިންތުއަށް ލިބުމުން މަޢާފަށް އެދެން.. އެކަމަކު ދޮންތައަކަށް ރިޔާޒްއަށް މަޢާފް ކުރެވޭނެ ހެނެއް ހިއެއް ނުވޭ.. ދޮންތަ މިއަދު ކޮއްކޮގެ ސަބަބުން ފުރަތަމަ ފަހަރަށް ލަދުގަނެއްޖެ.. ކޮއްކޮގެ ދިރިއުޅުން ބަނަކޮށް ދޮންތަގެ ދިރިއުޅުން ވަކި އުޖާލާއެއް ނުވާނެ އެއްނު.. ވަކިވަމުން އެދަނީ ކޮއްކޮގެ ލޯބި.. ދިރިއުޅުން..  އެކަމަކުވެސް ކީއްވެ އައިންތު ނުހުއްޓުވަން ތިހުރީ؟ ދޮންތައަށްޓަކާތަ؟” ރާޔާ ރިޔާޒްގެ އަތުގައި ހިފިއެވެ.

” އާދޭސް ކުރަން ކޮއްކޯ… އއައިންތު ހުއްޓުވާ.. މަންމައަކަށް ވުމުގެ ފުރުސަތު އައިންތުއަށް ހޯދަދީ… އައިންތު ކިހާވަރަކަށް ކެތްކޮއްފި.. އައިންތު މިގެއިން ދަންޏާ ދޮންތަވެސް ދާނަން… ” އައިންތު ސިހުނެވެ. ރިޔާޒް ބަލާލީ އައިންތުއަށެވެ.

ރާޔާ މަޑުމަޑުން ހިނގާފައި ބޭރަށް ނިކުންނަމުން އައިންތުއަށް ބަލާލިއެވެ. އަދި ހީލިއެވެ.

ރިޔާޒް މަޑުމަޑުން އައިންތުގެ ކައިރިއަށް ދިޔައެވެ. އަދި އައިންތުގެ ދަތް ދޮޅީގައި ހިފާ ބުނެލިއެވެ.

” އައި އެމް ސޮރީ…”

 އައިންތު ރިޔާޒްގައިގައި ބައްދާލަމުން އައި ލަވް ޔޫ އޭ ބުނެލިއެވެ.

*************************************************

ހިތާމަވެރިކަމާއި އެކަނިވެރިކަމުގައި މާނިޝްގެ ކޮންމެ ދުވަހެއްވެސް ފާއިތުވަމުން ދެއެވެ. އަނދިރިކަމަށް ކިރިޔާވެސް އަލިކަމެއް ގެނުވަނީ އެ ސިޓީތަކުންނެވެ. އެ ލޯބި ލޯބި ބަސްތަކުންނެވެ. ދިރިއުޅުން ފަނާކޮއްލީ އަމިއްލައަށެވެ. ދިރިއުޅުމުގައި ހުޅުޖެހީ އަމިއްލަ އަތުންނެވެ. ދިރިއުޅުމުގެ ނަވުން ފޭބުމަށްފަހު އެ ނައު ދާނެ ގޮތަކަށް ދާން ދޫކޮއްލީވެސް އަމިއްލައަށެވެ. މާނިޝްގެ ލޮލުން ކަރުނަ ހިލުނެވެ. އެއްވެސް ބައިވެރިއެއް ނެތި އެކަނިމާ އެކަނި ކުޑަ ގޮޅީގައި ދުވަސްތައް ގުނަމުންދާން ޖެހުނީވެސް އަމިއްލައަށް އުޅެވުނު ގޮތުންނެވެ.

” މިއޮތީ އަނެއްކާވެސް ލިބިފަ.. މިއަށްތަ ތި އިންތިޒާރު ކުރަނީ؟ ” ސެކިޔުރިޓީ ބަލަހައްޓާ މޫސަބެ އައިސް ބުނެލިއެވެ. މާނިޝްއަށް ހިނިތުންވެވުނެވެ.

” މޫސަބެ.. ދެން ތި ދޭންވީނު…”

” އަސްލު މިތަނުން ދުވަހަކުވެސް ކުރިން ހިނގާކަމެއް ނޫންމީ.. ކިތައް އަހަރު މޫސަބެ މިޖަލުގެ ސެކިޔުރިޓީއަކަށް މިހުންނަނީ.. އެކަމަކު އެކޮއިގެ އަނބިމީހާއަށްވުރެން ލޯބިވާ މީހަކު ހުރިހެނެއް ހިއެއް ނުވޭ.. މިބުނީ ސިޓީ ބިޓީ ފޮނުވައިގެން… ” މޫސަބެ އެ ސިޓީ އުރަ ދިއްކޮއްލިއެވެ.

” އޭތް މީގަ ސޮއިކޮއްލާ.. މިއޮތީ ގަލަން.. އަވަސްކުރޭ.. އަހަރެން ޖެހޭ ދެ މިނެޓް ތެރޭގަ މިތަނުން ނުކުންނަން..  އެހެން ނޫނީ ވަޒީފާއިން ވަކިކޮއްލާނެ..” މޫސަބެ އަވަސް އަވަހަށް މާނިޝް ސްލިޕްކޮޅުގަ ސޮއިކުރުމުން އެ ދަމައިގަނެގެން ނުކުތެވެ.

މާނިޝް ސިޓީ އުރަ ބަލާލިއެވެ. ކޮންމެ ފަހަރަކުވެސް މާނިޝްއަށް ލިބޭ އިރު ސިޓީ އޮންނަނީ ކަނޑާފަ ޗެކް ކޮއްފައި އަލުން ބަންދުކޮއްފައެވެ. އެކަން އެގޮތަށް ކުރާނެކަންވެސް އެނގެއެވެ. ޗެކް ކުރުމަށްފަހުގައި ނޫނީ އެއްވެސް އެއްޗެއް އެތަނަށް އެތެރެއެއް ނުކުރެވޭނެއެވެ.

މާނިޝް އަވަސް އަވަހަށް ކަނޑާލިއެވެ. ފުރަތަމަވެސް ފެނުނީ ފޮޓޯއެވެ. ހުރިހާ ކުދިންވެސް ބޮޑުކަމުން އޭނާއަށް ރޮވުނެވެ. އުފަލުންނާއި ދެރަވެގެންނެވެ. ދެއަހަރުގެ މިނީޝާ ފެނުމާއި އެކު ލޯބިން އުރާލާ ހިތްވިއެވެ.. މިނީޝާގެ ފޮޓޯއެއް އެންމެ ފުރަތަމަ އޭނާއަށް ފެނުނީ ވިހޭ ދުވަހު ނަގާފައި އޮތް ފޮޓޯއެކެވެ. އެ ފޮޓޯއަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް މާނިޝްއަކަށް ނޭނގުނެވެ. މާނިޝް އަވަސް އަވަހަށް ސިޓީ ކިޔާލިއެވެ. ރާޔާގެ ލޯބިވެތި ބަސްތަކެވެ. އޭނާ ލޯބިވާ ވަރެވެ. ދަރިން ކުރާ މަޖާ ކަންތައްތަކުގެ ވާހަކަ އާއި މާންއަށް އެދޭ ވާހަކައެވެ. މާން ބޭނުންވާވަރެވެ، ރާޔާއަކީ އަދިވެސް މާންގެ ރާޔާކަމުގައި އެތައް ފަހަރަކު ބުނެފައިވެއެވެ،

މިޔަދުވެސް މާންއަށް ސިޓީ ކިޔާފައި ރޮވުނެވެ. އެފަދަ މާލް އަތްބަކަށް އެފަދަ އަނިޔާވެރި ނިންމުމެއް ނިންމުނީތީ އޭނާ މިހާރު ދެރަވެއެވެ. ލަދުގަނެއެވެ. އެހެނަސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ނިކަމެތި ކޮއްލެވުނީ ދަރިންތަކެކެވެ. އެކަނިވެރިކޮށް ލޯބިން މަހުރޫމު ކޮއްލެވުނީ ނިޔަނެތި އަތްބެކެވެ. މާނިޝްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ،

” ރެއިން… އަހަރެން ބޭނުން ސިޓީއެއް ފޮނުވަން.. އެކަމަކު ކިހިނެތް؟ ކިހިނެތް އެކަން ކުރާނީ؟ ” މާނިޝް ސިޓީ ފަތްޖަހާލުމަށްފަހު އެއްކަނެއްގައި ހުރި ކޮތަޅެއްގެ ތެރެއަށް ލިއެވެ. އަދި ފޮޓޯގަނޑު ކޭސިންގަނޑަށް ޖަހާފައި އަބަދުވެސް ފެންނާނެހެން ހަރުކޮއްލިއެވެ.

” ރެއިންގެ ފޮޓޯއެއް ފޮނުވި ނަމަ އަހަރެން ހާދަ އުފާވީހޭ.. ވަރަށް ދެކިލާހިތްވޭ… ހިތައް އަރަނީ މިތަނުން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ؟” ދެރަވެފައި މާނިޝް ބުނަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ކަރުނައިގެ ބަދަލު

Next

ހިތް މިއެދޭ ސޫރައޭ ތީ މަގޭ ( 2ވަނަ ބައި )

Next
February 7, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ ( 2ވަނަ ބައި )

Previews
February 6, 2014

ކަރުނައިގެ ބަދަލު

18 Comments!

  1. lonely angel says:
    February 7, 2014 at 8:16 am

    v nice

    1. Salaa says:
      February 7, 2014 at 7:29 pm

      hi thanks Lovely angel

  2. simbe says:
    February 7, 2014 at 8:50 am

    First me dho.salaa vaahaka v furihama.wit f nxt part

    1. Salaa says:
      February 7, 2014 at 7:30 pm

      no no… first lovely angel.. try next partga inge… thanku simebe keep waiting inge

  3. na says:
    February 7, 2014 at 8:59 am

    vibaives v v v v v v v v v nice next part ah v inthizaru ebakuran….keep it up salaa…

    1. Salaa says:
      February 7, 2014 at 7:32 pm

      thanx na…. keep waiting.. n dnt feel sad inge 🙂

  4. hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh says:
    February 7, 2014 at 9:19 am

    intizaar kuramey vaahakaah

    1. Salaa says:
      February 7, 2014 at 7:33 pm

      hmm inthizaaru kurun edhemey hhhhhhhhhhhhhhhhhhhhhhhhhhhhhh hehehe

  5. simbe says:
    February 7, 2014 at 10:01 am

    is this all..nimu nee tha?

    1. Salaa says:
      February 7, 2014 at 7:34 pm

      nun adhi nunimey.. nimunyma NIMUNEE jahaanan.. hehehe nimman veetha anekkaa simbe

  6. mishty says:
    February 7, 2014 at 3:02 pm

    asluves rovijje. dhen eha sad nukoh e 2 kudhinnah hapy life eh dhyba. 1 dhuvahun mihisaabah mi kee. vvvv reethi mi vaahaka. comment nukuriyas salage huriha stories ves kiyan igey. ur the best. kyp it up. may god bless u.tgc

    1. Salaa says:
      February 7, 2014 at 7:36 pm

      thank u thank u thank u soooo much mishty… hurihaa vahaka eh ves kiyaaleethy v happy vejje inge.. haadha kulhadhaana ey dw edhdhuvahun thi kiyaa nimmaalee… me ah edhdhuvahun kithamme vaahaka ehves liyevidhaane.. ekam vaahaka kiyan v foohivey.. gina faharah amilla ah liyefa hunna part publish kurumuge kurin vess kiyaa nulan. ehenve v mistakes ves hunnaane.. ..
      ekudhinnah vaane goiy balan ithurah kiyaalaa inge

    2. Salaa says:
      February 7, 2014 at 7:41 pm

      thanks mishty… haadha kulhadhaanaey dw edhdhuvahun thi kiyaalaa nimmaalee.. nd keep waiting inge… may god bless u .. thank u

  7. aeminath says:
    February 7, 2014 at 5:08 pm

    salaa thee makunudhoo kujjehtha? Do you know hazumaa?

    1. Salaa says:
      February 7, 2014 at 7:42 pm

      yes i knw her… wot happn aeminath?

  8. greeny says:
    February 7, 2014 at 8:47 pm

    salaa ge MARUHABAA kobaa tha haadha lahey update vaaleh

  9. someone says:
    August 30, 2014 at 11:56 am

    salhikama..:D

  10. Yoona says:
    October 28, 2016 at 2:20 pm

    Aslu mi vaahaka v rythi kiyamundhaa varakah baeh faharu rovey ves me. Inthizaaru nimun fonivaane baa ey hithah arany..

Comments are closed.

Next Episodeއިންތިޒާރު ކުރުން އެދެމޭ ލޯބިވާ ( ފަހު ބައި )←


All Right Reserved!