Skip to content
އެސްފިޔަ

ތި ލޯތްބަށްޓަކައި (19)

“ނާ ދޭ ފެންވަރާލަން.. ދައްތަ އަރާމްކޮށްލާ… އީއްކޮއަށް މިއެދުނގައި އޮވެވޭނެއެއްނު…” ކުޑަ އެނދެއްގައި ނިދިފައި އޮތް އައިނާ ބާއްވަމުން ޒުހާ ބޮޑު އެނދަށް އިޝާރާތްކޮށްފައި މާރިޔާއަށް ބަލައިލިއެވެ. ޒުހާ އެދެމީހުންވެސް އެގެޔަށް ގެނައީ ފުލުހުންގެ ބެލުމުގެ ދަށުގައި ދެ ހަށިގަނޑުވެސް ވީތީއެވެ. ހެނދުނުގެ އިރާއި އެކު މުޅި ރާއްޖެއަށް އެ ހަބަރު ފެތުރޭނެތީ އެމީހުން އެތަނުން ގެންނަން މަޖުބޫރުވީއެވެ. ނައިނާ ފެންވަރަން ވަނުމުން މާރިޔާ އެނދުގައު އިށީނެވެ. ކުޑަ އެނދުގައި އޮތް ދަރިފުޅު ފެންނަކޮންމެ ފަހަރަކު ނައިނާއާއި ސުވާލުކޮށްލަން ހިތަށްއަރައެވެ. ނަމަވެސް ނައިނާ ނިކުތީމައޭ ހިތާ އޭނަ އެނދުގައި އިށީނދެ އިނީ އޭރު ހިނގި ހާދިސާ ހިތަށް ގެނެސް އަނެއްކާވެސް ރޮއެގަންނަމުންނެވެ. ލަމްހާއަށް އެ ހަބަރު ލިބުމާއި އެކު އޭނާވެސް އެ ހިތާމައިގައި ބައިވެރިވިއެވެ. ދަންނަ އެތަށް ބަޔަކު މާރިޔާއަށް ގުޅަން ފެށިއިރު އަދި މިއުޅެނީ އަލިނުވިލިއެވެ. މާރިޔާ ފޯނު ނިއްވާލީ އެހެންވެއެވެ.

…………………………

“އޭނާ ފޯނެއްނުނަގާ…” އައިޒަން ދެރަވެލާފައި އެހެން ބުންޏެވެ. އައިޝަމް އޭރުގެ ވާހަކަ ހަނދާނަށް ގެނެއްސާ ނައިނާއަށް ވީ ކިއްތޯ ސުވާލުކުރިއެވެ. “ކޮންމެވެސް ކަމެއްވެއްޖެ.. އޭނާ ބައްޕައޭ ބުނި އަޑު އިވުނު.. ދެން އިތުރު އަޑެއް ނީވެ، ދެން ކުއްލިއަކަށް އިވުނީ ނައިނާ މަންމަ ކޮންމެވެސް އެއްޗެއް ބުނިއަޑު… ހީވަނީ އެގެޔަށް މީހަކު ވަނީހެން.. ދެން އެވަގުތު މަންމަ ފެނުނީމަ ފޯނު ކަނޑާލީ… އަދި ނުގުޅިގެން މިއުޅެނީ.. ނައިނާ އެވަރަށް ގުޅާނީ ވަރަށް ބޮޑުކަމެއްވީމަ…” އައިޒަން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު އައިޝަމް ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އަދި ސާބަސްދޭފަދަ ގޮތަކަށް އައިޒަންގެ ކޮނޑުގައި ޖަހާލިއެވެ. “ކޮން ފިރިއެއްތަ މިކަހަލަ ހާލެއްގައި އަނބިމީހާއާއި ދަރިފުޅު މަތިން ހަނދާން ނައްތާލާނީ؟ އަބަދު މަންމަ މަންމަ މަންމަ… ތިވަރު ވާނެކަން އިނގޭއިރު ނައިނާ ގެނައީ ކީއްކުރަން ތި ދިރިއުޅުމަށް.. އާނ އަހަރެންގެ ކުށެއް.. އަހަރެން ހީކުރީ ނައިނާގެ ސަބަބުން ދޮންބެ ބަދަލުވީކަމަށް… އެކަމް ނޫން ތީ ހަމަ ޝާމިރާގެ ދަރިއެއްވިއްޔަ…” އެވަގުތު އައިޒަންއަށް ވާނެވަރެއް ނުވިސްނާ އައިޝަމް އޭނާގެ ހިތަށް އައިހާއެއްޗެއް ބުނެ އަޑުގަދަކޮށްލިއެވެ.

“އައިޝަމްއަކަށް ނޭނގޭތަ މަންމަ އޮތްގޮތް. މަންމަ އެވަގުތު ފެނުނީމައޭ ބިރުން ކަނޑާލެވުނީ….. އަހަރެން ސިކުނޑިގައި އެވަގުތު ހުސް މަންމައޭ އޮތީ… އަހަރެން ކުރިމަތީއޭ މަންމަ ޖެހުނީ ކާރުގައި…” އައިޒަން އަމިއްލަ ނަފްސު ދިފާއުކުރަން ބޭނުންވެގެން އެހެން ބުނެލިއެވެ. ވާނީވެސްއެހެންތާއެވެ؟ އެފަދަ މަންޒަރެއް ބަލަން ކެތްވާނީ ކޮންދަރިއަކަށްހެއްޔެވެ؟ “އަހަރެން ނުބުނަމޭ މަންމަ އެހެންއޮއްވާ ނައިނާ ކައިރިއަށް ދާކަށް.. ކުޑަމިނުން ގުޅާފައި އެކިޔާ އެއްޗެއް އަޑުއެހިނަމަ…. މިވަގުތު މީ ދެމީހުންނާއިމެދު ވިސްނަންޖެހޭ އިރެކޭ.. އެކަމް އަހަރެން ކުރިން ބުނިހެން ނައިނާ އެންމެ އައިޒަންއަށް ބޭނުންވާދުވަހު ނަގާނީ މަންމައެއްނު.. މިއަދު އެކަން ތި ތެދުވެސް ކޮށްދިނީ..” އައިޝަމް އެތަނުން ތެދުވެގެން ހިނގައިގަތެވެ. އައިޒަން ހުރީ ބޯގޮވާވަރުވެފައެވެ. އައިޝަމް އެހެން ކިޔާތީ އައިޒަން ވަރަށް ދެރަވެއެވެ. ބޯގޮވައެވެ.

………….

“ތީ ކާކު؟” ނައިނާ މާރިޔާ އާއި ސުވާލުކޮށްލިއެވެ. އޭނާ ހުރީ މާރިޔާއަކީ ކާކުކަމާއި އޭނާގެ ސަލާމަތަށްޓަކައި މާރިޔާ ނިކުތީ ކީއްވެކަން އިނގެންބޭނުންވެފައެވެ. މަންމަ އާއި ފާލިހުގެ ތަހުޤީޤު އަދިވެސް ކުރިއަށް ދާއިރު ފުލުހުން ނަސީބަކުން ނައިނާމެންނާއި އިތުރު ސުވާލެއްނުކުރީ ކަންވީގޮތް އެމީހުންނަށް ރަނގަޅަށް އޮޅުންފިލުވާފައި އޮތުމުންނެވެ. “އަހަރެންނަކީ ފާލިހުގެ ފުރަތަމަ އަނބިމީހާ….” މާރިޔާ ނައިނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ނައިނާ ދެބުމަ ގޮށްޖަހާލިއެވެ. މާރިޔާ ނައިނާއަށް އޭނާގެ ދިރިއުޅުން ކިޔައިދިނެވެ. މާރިޔާ އާއި ވަރަށް ލޯބިން ކައިވެނި ކުރިއެއްކަމަކު އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލިގޮތެވެ. އަދި އުނގޫފާރަށް އައިސް ނައިނާ މަންމައާއި ކައިވެނިކޮށް ނައިނާ ލިބުނުކަންވެސް އޭނާއަށް އިނގޭކަމަށް ބުންޏެވެ. އޭރު މާރިޔާގެވެސް ދަރިއެއްހުންނަކަމާއި އޭނާއަށް ކިޔަނީ ލަމްހާ ކަމުގައި ބުންނެވެ. ނައިނާ އަށް ހަދާގޮތާއި ޒާހިދާއަށް ކުރާ އަނިޔާ މާރިޔާއަށް އިނގޭކަމާއި ޒާހިދާ އާއި ވަރިވުމުން މާރިޔާ ކައިރިއަށް އައިސްވެސް އުޅުނީ އެހެންކަމަށް ބުންޏެވެ. ނަމަވެސް ލަމްހާ ދެކެ ފާލިހު ވަރަށް ލޯބިވާވަހަކަ ބުންޏެވެ.

މާރިޔާ ކުރިންވެސް ފާލިހުގެ ކަންތަށް އެނގި ނައިނާއަށް މެސެޖަކުން އެކަން އަންގަމުންދިޔަޔަސް އެކަން ކާމިޔާބު ނުވީ ނައިނާ އޭނާ ބްލޮކްކޮށްލީމާކަމަށް ބުންޏެވެ. އަދި އޭގެފަހުން މީގެ ދެތިން ދުވަސްކުރިއާއި ޖެހެންދެން އެމީހުން އުޅުނީ މެލޭޝިޔާގާކަމަށް ބުނެދިނެވެ. އައިފަހުން ނައިނާއަށް ގުޅައިގެން ހުރިހާ ވާހަކައެއް ބުނަނިކޮށް ފާލިހުއަށް އެކަން އެނގި އެކަންވެސް ނާކާމިޔާބު ކޮށްލީ ފޯނު ހަލާކުކޮށްލާފައެވެ. މާރިޔާގެ ހުރިހާ މަޅިއެއް ނާކާމިޔާބުވީތީ އެންމެ ފަހުން ފާލިހު ފަހަތުން އޭނާވެސް މިރަށަށް އައީކަމަށް ބުންޏެވެ. މަގުމަތިން ހުދާއާއި ދިމާވެ ވިގޮތް ކުޑަކޮށް ބުނެދީފައި ދެމީހުންވެސް މިގެޔަށް އާއިރު އޮތީ ވާނެކަމެއްވެފައޭ ބުނެ މާރިޔާ މާފަށްއެދުނެވެ.

އެ ހުރިހާއެއްޗެއް އަޑުއަހަން އިން ނައިނާދެލޯ ކަރުނައިން ފުރުނެވެ. ފާލިހު ނިމިގެން އެދިޔައީ އޭނާގެ ހައްޤު އަދަބު ނުލިބިވިޔަސް ހެއްދެވި ފަރާތަށް ވަކީލުކޮށްލައިގެން ހުރީ އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެކަމަށް ބުނެ ހިތަށް ވިސްނައިދީފައެވެ. ރޮމުން ދިޔަ މާރިޔާގެ ގައިގާ ނައިނާ ބައްދާލައިގެން އިނެވެ. މާރިޔާ މާފަށް އެދެމުންދިޔައެވެ. ނައިނާ ދުރަށްޖެހިލުމަށްފަހު މާފަށް ނޭދޭށޭ ބުނެ މާރިޔާ ހަމަޔަކަށް އަޅުވާލިއެވެ.

“އެއީ ކާކު ކުއްޖެއް؟ ނައިނާ މީހަކާއި އިނދެގެންތަ އުޅެނީ؟؟” މާރިޔާ އައިނާއަށް އިޝާރާތްކޮށްފައި އެހެން ބުނުމުން ނައިނާ ބޯޖަހާލިއެވެ. ފާލިހު އާއި އައިޒަން އަކީ ކުންފުނީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންކަން ނައިނާއަށް އިނގޭތީ އައިޒަންގެ ނަން ބުނަން ޖެހިލުންވިއެވެ. މާރިޔާ އަށް އެކަމެއް ނޭނގޭ ބުނެލިއެވެ. އަދި ފާލިހުއަށްވެސް އެކަން ނޭނގޭ ބުނިތަނާ ދޮރު ހުޅުވުނު އަޑުއިވުނެވެ. ޒުހާ އައީ ނައިނާގެ ފޯނު ހިފައިގެންނެވެ. “އައިޒަން އެބަ ގުޅާ!! ސައިލެންޓަށް ލާފައި އޮތީމަ ނޭނގުނީ. ދެންމެ ފެނުނީ ކަބަޑުމަތީ އޮއްވާ.!” ޒުހާ ގެ ޖުމްލައިން މާރިޔާ ނައިނާއަށް ބަލައިލިއެވެ. ޒުހާ ނުރުހިފައި ފޯނު ދީފާ ކޮޓަރިން ނިކުތީ މާރިޔާއަކީ އަދި ކާކުކަން ނޭނގޭ ހާލުގައެވެ. އޭރު އިރުގެ އަލި ޖައްވުތެރެއަށް އެޅި ފިނިކަން ހޫނުކަމަށް ބަދަލުވަމުންދިޔައެވެ. އައިޒަން އާއި ވާހަކަދައްކާ ހިތުން އޭނާ އަވަސްއަވަހަށް ފޯނު ނެގީ މާރިޔާ އިންކަންވެސް ހަނދާންނެތިފައިހުރެއެވެ.

ނައިނާ ފޯނު ނެގުމާއި އެކު އައިޒަން ހަލޯ އޭ ކިޔާ އަޑުއިވުނެވެ. “ކިހިނެއްވީ ނައިނާ؟ ބުނެބަލަ މަންމަ ކިހިނެއްވީތަ؟؟؟” އައިޒަން ސުވާލުކުރަން ފެށުމުން ނައިނާ މޭގައި އަތް އަޅާލާފައި ތިރިވެލިއެވެ. އެ ދެލޯ ކަރުނުން ފުރުނީ ޒާހިދާ އޮތްގޮތް އަނެއްކާވެސް ސިފަވުމުންނެވެ. “ޒަން…..” އައިޒަން އަށް ގޮވާލާފައި ނައިނާ ރޯންފެށިއެވެ. އައިޒަން އެތަށް މަސައްކަތެއްކޮށްގެން ނައިނާ ހަމައަކަށް އަޅުވާ ވީ ގޮތް އެހިއެވެ. މާރިޔާ އެމަންޒަރު ބަލަން އިނެވެ.

“އައިޒަންއަކަށް ނީވޭތަ ހިނގި ކަންތަކެއް؟ މި ވޭތުވެދިޔަ ކޮންމެ މިނެޓެއް މިހިތަށް ކުރިވަރު އިނގޭތަ؟ އަހަރެން ޝަކުވާ ކުރާކަށް ބޭނުމެއްނޫން… އައިޒަން އުޅޭގޮތަކަށް އުޅެންވީ… އެކަމް ގޭގައި ބޮޑުކަމެއް ހިނގިކަން އައިޒަންއަށް އިނގޭނެ… އަހަރެން މަންމަ މަރުވެއްޖެޔޭ ބުނި އަޑު އައިޒަންއަށް އިވޭނެ.. އެކަމްވެސް…. ކީއްވެ؟؟ ކީއްވެ؟؟؟؟؟؟؟” ފުރަތަމަ ފަހަރަށް ނައިނާގެ އަނގައިން ޝަކުވާތަށް ބޭރުވިއެވެ. އައިޒަންއަށް އެ އަޑުއަހަން ހަޤީޤަތުގައި ވީ އުނދަގުލަކަށެވެ. ދުވަހަކުވެސް ނައިނާ އެކަހަލަ ގޮތަކަށް ސުވާލުނުކުރާއިރު އެގޮތަށް ޝަކުވާވެސް ކޮށްފައިނުވާތީއެވެ. މާރިޔާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައީ އެއީ އޭނަ ހީކުރާ އައިޒަންއަށްނުވުމަށެވެ.

“ނޭނާ! ސޮރީ އަހަރެންނަށް މާފުކުރޭ…. މަންމައަށް ހުރިހާ އެއްޗެއް އެނގުނީ… ނައިނާ އާއި އޭރު ވާހަކަދައްކަން ހުއްޓާ މަންމައަށް އިވިގެން ރުޅިއައިއްސަ ގެއިން ނިކުންނަން ދަނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓްވީ… އައި ސީ ޔޫގައި އޮތީ….” އައިޒަން ކުރުގޮތަކަށް ވީ ކަންތަށް ކިޔައިދިންއިރު އެންމެ ފަހަރަކުވެސް ލަމްހާއާއި ކައިވެނި ކުރެވެން ނިމުނު ވާހަކައެއް ނުބުނެއެވެ. ގައިމުވެސް އެ ވާހަކަ ބުނިނަމަ ދެން ކުރިމަތި ވާން އުޅޭ މުސީބާތްގަނޑުން ސަލާމަތްވީހެވެ. ނަމަވެސް ތަޤުދީރުގައި އެކަން ހިނގަންނެތްނަމަ ނުހިނގާނެއެވެ.

ނައިނާ ހިމޭންވިއެވެ. އައިޒަންއަށް ވާނެވަރު ވިސްނާލެވުނަސް އޭނާ ޒުހާ ދިން ނަސޭހަތްތަކާއި މެދުވެސް ވިސްނާލިއެވެ. “އަހަރެން ކުރާނީ އެންމެ ދެ ސުވާލު.. އެއަށް ޖެހޭނެ ތެދުތެދަށް ޖަވާބުދޭން…” ނައިނާ ގެ އަޑާއި އެކު އައިޒަން ކުޑަކޮށް ސީރިއަސްވިއެވެ. އަދި ކޮން ސުވާލެއްތޯ އެހިއެވެ. “އެކަމް އެންމެ ފުރަތަމަ ކިހިނެއްވީތޯ ބުނެބަ.. ނައިނާގެ މަންމަ……………….” “އައިޒަންއަށް އަހަރެން ގުޅައިގެން ހުރިއިރު، އެ ހުރިހާ ކަމެއް ހިނގީ… އެ އަޑު އެހިންތަ؟ އަހަރެން ބައްޕައޭ ބުނި އަޑު އިވުނުތަ؟ ގޭގައި ބޮޑުކަމެއް ހިނގިކަން އެވަގުތު އިނގުނުތަ؟” އައިޒަން ވާހަކަ ދައްކަން ފުރުސަތު ނުދީ ނައިނާއޭނާގެ ފުރަތަމަ ސުވާލުކޮށްލިއެވެ. އޭރު އޭނާގެ އަޑުގައިވަނީ ނުރުހުމެވެ. އައިޒަން ވަގުތުން ހިމޭންވިއެވެ. އެވަގުތު އަމިއްލަ ނަފްސް ވަރަށް ބޮޑަށް ކުށްވެރިކޮށްލެވުނެވެ.

ނައިނާ ސުވާލު ތަކުރާރުކޮށްލިއެވެ. “އިވުނު.. އިނގޭ ބޮޑު ކަމެއްވެއްޖެކަން. އެކަމް ނައިނާގެ މަންމަ އެއްޗެއް ބުނި ވަގުތު އަހަރެން ފޯނު ކަނޑާލީ އަހަރެންގެ މަންމައަށް އެކަން އެނގި މަންމަ ފަހަތުން ދާންވެގެން…” އައިޒަން ޖަވާބުދިނެވެ. ނައިނާ މޭގައި އަތް އަޅާލިއެވެ. އައިޒަން އަށް އެނގިހުރެ އޭނާ ދުރުކޮށްލިވަރު އަންދާޒާކޮށްލެވުނެވެ. ނައިނާ ހަމަޔަކަށް އެޅިފައި އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. “އައިޒަން މަންމައަށް އެހުރިހާ ކަމެއްވީއިރު.. އެކްސިޑެންޓްވުމާ ހަމައިން މިވަގުތާއި ހަމައަށް.. އަހަރެންނާއި އައިނާއާއި މަންމަ މަތިން ހަނދާންވިތަ؟ ގޭގައި ކަމެއްވިކަން ހަނދާނަށް އައިތަ؟” ނައިނާގެ ސުވާލުން އައިޒަންގެ ހިތަށް އުނދަގޫވިއެވެ.

“އާ ދެންމެއަކު ހަނދާންވީ.. އެހެންވެ މިގުޅަނީ.. މަންމައަށް އެވަގުތު އެހެންވީމަ އެހުރިހާ ކަމެއްގައި އުޅެންޖެހުނީ…….” “އުޅެންޖެހުނީމަ ދުރުގައި ބަހައްޓާފައި އައި އަންހެނުންނާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާތެރި ވެއްޖެކަން ހަނދާން ނެތުނީ… އަހަރެން ނޭދެން އައިޒަން މަންމަ ދޫކޮށްލާފައި އަހަރެން ކައިރި އުޅޭކަށެއް.. އަހަރެން ބޭނުންވީ އެންމެ ކަމެއް އައިޒަން ފަރާތުން.. އެއީ އަހަރެން ދުރުނުކޮށްލުން… އަހަރެންނަށްވެސް އެވަރަށް ލޯތްބާއި ވަގުތާއި އަޅާލުން ދިނުން…. ނުދެޔެކޭ އެއް ނުބުނަން… އަހަރެންނަށް އިނގޭ ލޯބިވާވަރުވެސް ކެއަރ ކުރާވަރުވެސް.. އެކަމް އެހާވަރަށް ލޯބިވާތީތަ އަހަރެމެންނަށް ބޮޑުކަމެއް ޖެހިއްޖެކަން އެނގިހުރެ ހަނދާން ނައްތާލެވުނީ؟” ނައިނާގެ އަޑުބެދުނެވެ. އޭނާ ތަށިމުށީމަތީ އަތް ވިއްދާލައިގެން ރޮމުން ދިޔަ މަންޒަރު ބަލަން އިން މާރިޔާއަށްވެސް ރޮވުނެވެ. ނައިނާގެ އަޑުގައިވާ ރިހުމުން މާރިޔާއަށްވެސް އަސަރުކޮށްފިއެވެ. ވާނުވާ ނޭނގުނަސް އޭނާ އަށް ކޮންމެވެސް ވަރަކަށް ވީ ގޮތް އޮޅުންފިލައިފިއެވެ. ދައްކަނީ އަދި ކޮން އައިޒަންއެއްގެ ވާހަކަކަމެއް އޭނާއަކަށް ނޭނގެއެވެ.

އައިޒަން އަމިއްލަ ނަފްސު ކުށްވެރިއަކަށް ނުހަދަން ނައިނާ ކައިރި ކަންތަށް ވީގޮތް ކިޔައިދެން އުޅުނެވެ. އޭނާއަށް މަންމައާއި މެދު ވިސްނަން މަޖުބޫރުވީއޭ އޭނާ ބުންޏެވެ. ނައިނާ އިރުކޮޅަކު މަޑުން އިނދެފައި ޖަވާބުދިނީ ނޭފަތް ދަމާލާފައެވެ. “ހަޤީޤަތަކީ އައިޒަން މަންމައަށްޓަކައި އަހަރެމެންވެސް ދޫކޮށްލާނެކަން.. އައިޒަން އެމީހާ އައިސް އަހަރެންގެ މަންމަ މަރާލީ… އަހަރެން ކުރިމަތީ އަހަރެން މަންމަ މަރުވެދިޔައީ…. އެންމެންނަށްވެސް މަންމަ މުހިންމުވާނެ.. އެކަމް އައިޒަންއަށް އިތުރަށް އަހަރެން މަޖުބޫރުކުރާވަކަށް ނޭދެން.. މާދަމާ ކަމެއް ނޭނގެ އަހަރެން ދޫކޮށްލާނީކީ މަންމަ ބުނީމަ… އަހަރެން ބޭނުމެއްނޫން އެއްވެސް އެއްޗެއް އަޑުއަހާކަށް.. އަހަރެން ނެތިން މަންމައަކާއި ދަރިއެއްގެ ދޭތެރެއަށް ވަންނާކަށް.. މިއަދު މަރުވެގެން އެދިޔައީ އަހަރެން މަންމަ ދެން………” ނައިނާ އަށް އިތުރަށް ފުރިހަމަކުރަން އުނދަގޫވުމުން ފޯނު ކަނޑާލިއެވެ. އަދި ފޯނު ނިއްވާލާފައި މޫނުމަތީ އަތް އަޅައިގެން އިނދެ ރޮމުންދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. އައިޒަން ގެ ކައިވެންޏަށް އާބަސް ދެވުނީތީއެވެ. އައިޒަންއަށް އެހާ އިތުބާރުކުރެވުނީތީއެވެ.

މާރިޔާ އައިސް ނައިނާގެ ގައިގާ ހިފަހައްޓާލާފައި ވީގޮތް އެހިއެވެ. ނައިނާ އެވަގުތު ބޭނުންވި އޯގާތެރިކަން މާރިޔާގެ ފަރާތުން ލިބުމުން ރޮއެގަނެފައި މާރިޔާގެ ގައިގާ އޮޅުލައިގަތެވެ. އަދި ޝަކުވާތަށް ބަންޑުންކޮށްލީ ކަރުނަތަކާއި އެކުގައެވެ. މާރިޔާ ކޮން އައިޒަންއެއްގެ ވާހަކަތޯ އެހުމުން ނައިނާ ރީއްޗަށް ޖަވާބުދިނެވެ. “ފާލިހުގެ ޕާރޓްނަރ ޝާމިރާގެ ދަރި އައިޒަން…” ނައިނާ ހުއްޓަ ހުއްޓާފައި އެހެން ބުނުމުން މާރިޔާ ދިޔައީ ސިއްސައިގެންނެވެ. ނައިނާ އެހެން އިނދެ ވީ ގޮތް ކިޔައިދެމުންދިޔައެވެ. އެދެމީހުން ގުޅުނުގޮތެވެ. އަދި ނިމިގެން އެދިޔަ ގޮތްވެސްމެއެވެ. މާރިޔާއަށް ޝާމިރާ އެކްސިޑެންޓްވެއްޖެޔޭ ބުނުމުން އިތުރަށް ހައިރާންވިއެވެ. ނަމަވެސް ވާނުވާ އޮޅުންނުފިލިއެވެ. އައިޒަން ލަމްހާއާއި ކައިވެންޏަށް އާބަސްބުންޏެވެ. އޭގެ އިތުރަށް މީގެ އެތަށް ދުވަސްތަކެއް ކުރިން އައިޒަންއަށް ލަމްހާ ކަމުދެޔޭވެސް ބުނީ ހުދު ޝާމިރާއެވެ. އަނެއްކާ އައިޒަން ކޮންމެވެސް ގޯހެއް ހަދަނީބާއެވެ؟ ނުނީ މީ ޝާމިރާގެ ނުބައި ރޭވުމެއްބާއެވެ. ކަންތަށް އެވީ އެންމެ ރަނގަޅަށެވެ. އެކައިވެނި ކުރެވިއްޖެނަމަ ވާނީ ވަރަށް ބޮޑު ގޯހަކަށެވެ. އެހެނީ ލަމްހާއާއި ނައިނާ އަކީ އެއްބަފާ ދެކުދިންނެވެ. ކޮންމެއަކަސް ވެރި ރައްބުގެ ރޭވުންތަށް ދެކިބަލާށެވެ. އެކަލާނގެ ކޮންމެ ކަމެއްކުރުމުގެ ފަހަތުފައި ހިކުމަތެއްވާނެއެވެ. މިއަދު ޒާހިދާއާއި ފާލިހު ނިޔާވެގެންދިޔައިރު އެދިޔައީ ފާފައަކަށް އަރައިގަނެގެން ކުރެވެން އުޅުނު ކައިވެނިވެސް ރޫޅިގެންނެވެ. އަލްހަމްދުލިއްﷲ އޭ މާރިޔާއަށް ބުނެވުނު އަދަދެެއްވެސް ނޭނގުނެވެ.

“ނައިނާ.. ދައްތަ މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ…!” މާރިޔާ ނައިނާ ދުރަށް ލާފައި ނައިނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “އައިޒަން މީގެ ދެރޭ ކުރިން ލަމްހާ އާއި އިންނަން އާއެކޭ ބުނެފި…. އަހަރެމެން އެކަކަށްވެސް ނޭނގެ އައިޒަންގެ އިތުރު އަތްބެއް ހުންނަކަން އެކަން އަހަރެމެންނަށްވަނީ ސިއްރުކޮށްފައި… އެކަމް އައިޒަން ކައިވެންޏަށް އާބަސްދިން… މީގެ އަހަރެއްވަރު ކުރިން ޝާމިރާ އަމިއްލަ އަނގައިން ބުނި އައިޒަން އަށް ލަމްހާ ކަމުދެޔޭ…. އެކަމް ލަމްހާ އެއްވެސް ވަރަކަށް އިންނާކަށް ބޭނުމެއްނުވޭ ލަމްހާ ލޯބިވާ ކުއްޖެއްހުރޭ… ފާލިހުގެ ނުބައިކަމުން އޭނާ ކައިވެންޏަށް އިންކާރުކުރަން ޖެހިލުންވީ…” މާރިޔާ ދެއްކި ވާހަކައަކުން ނައިނާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އަސްލުވެސް އައިޒަން އެކަހަލަ ކަމެއްކޮށްފާނެބާއެވެ؟ ނުކުރާނަމަ މާރިޔާ އެހެނެއްނުބުނާނެއެވެ. އެދެލޮލުން އެކަމުގެ ހެކި އެބަ ދައްކައެވެ. ނަމަވެސް އައިޒަން އެހާ ނުބައި ވެދާނެހެއްޔެވެ؟ ނައިނާ ގެ ހިތަށް ކުޅަދާނައެއްނުވިއެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. އައިޒަން އެހާ ގޯސްވެދާނެބާއޭ ނައިނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އައިޒަން އެދިނީ ކޮންފަދަ ބޮޑު ލަނޑެއްހެއްޔެވެ؟

އެވަގުތު ނައިނާ ބުނި އެއްޗަކުން މާރިޔާ ހައިރާންވެފައި ނައިނާގެ ގައިގާ ހިފާ ތަޅުވާލިއެވެ. ނައިނާދެންވެސް އެބަސް ތަކުރާރުކޮށްލުމުން މާރިޔާ ނައިނާގެ ގައިގާ ބައްދާލާފައި ބޯޖަހާލިއެވެ.

…………………………………………………..

ހަފްތާއެއް ފަސް….

“ޑޮކްޓަރ މަންމަ ދެން ކޮންއިރަކު ދޫކޮށްލަނީ؟؟” އައިޒަން ސުވާލުކޮށްލީ ކުރިމަތީ ހުރި ޑޮކްޓަރާއެވެ. މަންމައާއި މިހާރު ވާހަކަދައްކާ ހެދޭނޭ ބުނުމުން އައިޒަންގެ ހިތަށްހަމަޖެހުން ލިބުނެވެ. ނަމަވެސް އެ ހިތުގައި އަޅާ ވޭން އޭނާ ދިޔައީ އަމިއްލަ ނަފްސަށްވެސް ފޮރުވަމުންނެވެ. އައިޒަން އެތެރެއަށް ވަތް އިރު ޝާމިރާ ހިތިގޮތަކަށް އައިޒަންއާއި ދިމާ ބަލަން އޮތެވެ. އެ ބެލުމުން އައިޒަން އަށް އުނދަގޫވެފައި އިސްޖަހާލެވުނީ މަންމަ އެ ހާލަށް ދާންޖެހުނީ އޭނާގެ ސަބަބުންކަމަށްވީތީއެވެ. “ދެންމެ ނެގި ޓެސްޓް ތަކުގެ ނަތީޖާ ލިބުނީމަ އިނގޭނީ ދޫކޮށްލާނެ ދުވަހެއް..” އައިޒަން ހީލާފައި ޖަވާބުދިނެވެ. އަދި ގޮނޑި އެނދާއި ކައިރިކޮށްލާފައި އިށީނެވެ. “ކައި..ކައިވެނި…؟” އެންމެ ފުރަތަމަވެސް ޝާމިރާ ކޮށްލީ އެސުވާލެވެ. އައިޒަން އިސްޖަހާލިއެވެ. “ފާލިހު މަރުވެއްޖެ… ލަމްހާއަދި މާރިޔާއަށްތަވެސް ކައިވެނި ނުކުރާނަމޭ ގުޅާފައި ބުނި…. އަދި އެމީހުން މެލޭޝިޔާއަށް ބަދަލުވަނީއޭބުނި…” އައިޒަން އެހެން ބުނުމުން ޝާމިރާ ދިޔައީ ސިއްސައިގެންނެވެ. ފާލިހު މަރުވީހޭ އަނެއްކާވެސް އަހާލެވުނެވެ. އައިޒަން ބޯޖަހާލިއެވެ. އޭނާއަށް ކަންތަށް ރޭކާލީ ވަރަށް ފަހުންނެވެ. ނައިނާގެ ގޭތެރޭ ފާލިހުއާއި ޒާހިދާގެ ފުރާނަނެތް މަސްގަނޑު އޮތް އިރު ހަބަރުން ނައިނާ ދިން ބަޔާން އެމީހުން ތަކުރާރުކޮށް ކިޔަމުންދިޔައެވެ.

ފާލިހު އަކީ ނައިނާގެ ބައްޕަކަން އޭނާއަށް ވިސްނައިލެވުނީ އެ ހަބަރު އަޑުއަހާފައެވެ. އެހެނީ ނައިނާގެ ދުލުން ނިކުތް ހަމައެކަނި ބަހަކީވެސް ބައްޕައެވެ. ތުންތުންމަތިން އިވޭ ވާހަކައަކީ އިތުރު އަންހެނެއްވެސް އެތާ ހުރިކަމެވެ. އައިޒަން ފާލިހުގެ ވާހަކަ މަންމަ ކައިރި ބުނި ނަމަވެސް ފެނުނީ އޭނާ ލޯބިވާ އަނބިމީހާގެ ގެއިންކަމާއި އޭނާގެ ނައިނާ އަކީ ފާލިހުގެދަރިއެއްކަން ސިއްރުކުރިއެވެ.

“ދެން އައިޒަން ދަނީތަ މަންމަ ދޫކޮށްލާފައި އެ ކުއްޖާ ކައިރިއަށް؟” ޝާމިރާ ދެރަވެލާފައި އަހާލިއެވެ. ކައިވެނިވެސް ނުކުރެވުނީއެވެ. އެވަރުނުވެގެން ފާލިހުގެ ކުންފުންޏާއި ގުޅި ލިބެން އޮތް ފުރުސަތުވެސް ދިޔައީއެވެ. ދެން އައިޒަން އެހެން ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ “ނޫން.. އެކަމް އަހަރެން އެބަޖެހޭ ނައިނާ ކައިރިއަށް ދާން.. މަންމާ! ހަފްތާއެއްވީ، ނައިނާ ހަބަރެއްނުވެ…. ދަރިފުޅު ގެ ހަބަރެއްނުވެ… ނައިނާގެ އެކުވެރިން ފޯނަށް ޖަވާބެއްނުދޭ… އަހަރެން ބަލަން ބޭނުން ވީގޮތް.. މިފަހަރު އެނބުރި އަންނާނީ ސީދާ މަންމަކައިރިއަށް.. ކޮންމެވެސް އެއް ގޮތެއްހޯދައިގެން.. ޕްރޮމިސް މަންމާ!..” އައިޒަން  އިސްޖަހާލައިގެން އިނދެ އެހެން ބުނިނަމަވެސް އެދެލޮލަށް ޖަމާވި ކަރުނަތަށް ޝާމިރާއަށް ފެނުނެވެ. “ތިގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވަންޏާ މަންމަ ކައިރިއަށް ނާންނާތި…” ޝާމިރާ އޭނާ ބޭނުންވާގޮތް ބުނެލުމުން އައިޒަން ކުއްލިއަކަށް އެ އަތުގައި ހިފައިފާ އެހެން ނުބުނުމަށް އެދުނެވެ.

“މަންމަ އަހަރެންނަށް މާ މުހިންމު.. އަބަދުވެސް.. އަހަރެންނަށް އިތުބާރުކުރޭ މަންމާ…” އައިޒަން ޝާމިރާގެ އަތަށް ފިތާލަމުން ބުނެލިއެވެ. ޝާމިރާ ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ.

……………………..

ލޯންޗުން ކުޑަ ދަބަހެއް އަޅުވާލައިގެން ފޭބި އައިޒަން އެނބުރި ލޯންޗް ޑްރައިވަރަށް ބަލައިލިއެވެ. “މިއަދުން މިއަދަށް ފުރާގޮތަށް.. އީމާންމެންނަށް ގުޅާލައިގެން މިގަޑީގައި އެމީހުން ކައިރިއަށް ދެވިދާނެ..” އައިޒަން އެހެން ބުނެފައި ޝުކުރުގެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި މިޝްރާބު ހުރީ ސީދާ ނައިނާމެންގެ ގެއަށެވެ. ގޮސް ގޭ ބޮޑުދޮރުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. ފަހަތުން ގޮސް ފަހަތް ބަލައިލިއިރުވެސް ހުރީ ތަޅުލާފައެވެ. ނައިނާ ވީ ކޮންތާކުބާއޭ ހިތާ ޒުހާ އަށް އައިޒަން ގުޅާލިއެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން ފޯނު ރިންގްވެފައި ކެނޑިއްޖެއެވެ. އައިޒަން ދެން ދިމާކުރީ ޒުހާމެންގެ ގެޔަށް ދާށެވެ. ނައިނާގެ ހަބަރެއް ބަލާފައި   ނޫނީ މި ފަސްގަނޑުން ބޭރުނުވާން އައިޒަން އަޒުމް ކަނޑައެޅިއެވެ.

ސަލާމް ގޮވާލުމާއި އެކު ސަލާމް ބަލައިގަތީ ޒުހާގެ މަންމައެވެ. އޭނާ ހައިރާންވެފައި އައިޒަންއަށް ބަލަންހުރިއިރު މޫނުމަތިން ފެންނަނީ ނުތަވަސްކަމެވެ. “އައި..އައިޒަން…” ޒުހާގެ މަންމަ އެހެންބުނުމުން އައިޒަން ބޯޖަހާލިއެވެ. އަދި ޒުހާ އުޅޭތޯއެހިއެވެ. ހައިރާންވެފައި ހުރި ޒުހާގެ މަންމަ އާއެކޭ ބުނީ ބޮލުންނެވެ. ޒުހާގެ މަންމަ ހިނގައިގަތުމުން އައިޒަން އެގޭ ޖޯލިފަތީގައި އިށީނެވެ.

އިރުކޮޅެއްނުވެ ޒުހާ އެތަނަށް އައިސް ހުއްޓިއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުރުހުމެވެ. ހީވަނީ ހުރިހާ ކަމަކަށްވެސް އައިޒަން ކުށްވެރިކުރާހެންނެވެ. “ކީއްކުރަން ތިއައީ؟ ހިއެއްނުކުރަން މަންމަ ބާއްވާފައި އައިސްދާނެއެކޭ…” ޒުހާ މަލާމާތުގެ ރާގަކަށް އެހެން ބުނެފައި އައިޒަން ގެ ކުރިމަތީ އިން ކުޑަ އުނދޯލީގައި އިށީނެވެ. “ޒުހާ ޕްލީސް…. ނައިނާ ކޮބާތަ؟؟ ކީއްވެތަ އޭނާއަށް ނުގުޅެނީ؟ ކީއްވެތަ ތިއިން މީހަކު ފޯނު ނުނަގަނީ؟ ގެވެސް ހުރީ ތަޅުލާފައި.. ޕްލީސް ބުނެބަ..” އައިޒަންގެ އަޑުގައިވާ އާދޭސް ޒުހާގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލިއެވެ. އަދި އިސްޖަހާލީ ނައިނާ އައިޒަން ގޯސްނުކުރާތީއެވެ. ނައިނާ އައިޒަންދެކެ އެވަނީ މަތިވެރި ލޯތްބެކެވެ. “އަހަރެންނަށް ހަޤީޤަތުގައި ތިއަށް ދޭނެ ޖަވާބެއް ނޭނގެ.. އަހަރެންނަށް ނައިނާ އެންމެ ފަހުން ފެނުނީ މަންމަގެ ޖަނާޒާއިން… އޭގެ ފަހުން ނައިނާ ވީތަނެއް އަހަރެން ކީއްކުރަން މިރަށު އެކަކަށްވެސް ނޭނގެ… ފޯނު އޮންނަނީ ނިއްވާލާފައި…” ޒުހާ ތެދުތެދަށް ޖަވާބުދިނެވެ. އައިޒަން ދެބުމަ ގޮށްޖަހާލިއެވެ. އެކަން އޭނާ ގަބޫލުކުރަން ބޭނުންނުވަނީ ޒުހާ އަށް ނައިނާ އެއްވެސް އެއްޗެއް ސިއްރުނުކުރާކަން އެނގޭތީއެވެ.

“ދޮގުނުހަދަބަލަ….. ޒުހާއަށް ނޭނގި ކާކަށް އިނގޭނީ؟” އައިޒަން އެހިއެވެ. ޒުހާ ފުން ނޭވައެއްލިއެވެ. އަދި އޭނާއަށް ނޭނގޭކަމަށްހުވާކުރިއެވެ. ޒުހާ އެ ނުދަންނަ އަންހެންމީހާގެ ވާހަކަވެސް އައިޒަންއާއި ހިއްސާކުރިއެވެ. އޭނާއަކީ ކާކުކަން ނޭނގެޔޭވެސް ބުންޏެވެ. ނަމަވެސް އެމީހާ ނައިނަމަ ފާލިހު ކައިރިން ނައިނާ ސަލާމަތެއްނުވީހޭ ބުނެލިއެވެ. “އިނގޭ ކަމަކީ އެހުރިހާ ކަމެއްވެސް ވީ އައިޒަންއާއި ހެދިކަން… އަހަރެން ދެރަވި ހާސްވި ނައިނާ ނުފެނުނީމަ އެކަމް ހިތަށް ހަމަޖެހުން ލިބޭ ނެތީމާ.. އެއީ މިތާ އޭނާގެ ކޯޗެއްއޮތީ؟ ފަސްލެވިފައިވާ މަންމަގެ ހަށިގަނޑުތަ؟ ނޫނީ އެ ނުލަފާ ބައްޕަ ކުރި ކަންތަކުގެ ހަނދާންތަށްތަ؟.. އައިޒަން އަންނާނެކަން އެނގޭތީކަންނޭނގެ އެދިޔައީވެސް.. ހަމަ އައިޒަންއަށް ޓަކައި.. އަހަރެން ކައިރި އެންމެފަހުން ނައިނާ ދެއްކި ވާހަކައަކީ، އައިޒަން ކޮންމެ ކަމެއްވެސް ކުރާނީ މަންމައަށްޓަކައޭ އެހެންވީމަ ތިމަންނަށްވެސް އެގޮތަށޭ ކަންތަށް ކުރާނީ…” ޒުހާ އޭނާއަށް އިނގޭ އެއްޗެއް އައިޒަން އާއި ހިއްސާކުރިއެވެ.

އައިޒަން ފާލިހުގެ ވާހަކައެހިއެވެ. ޒުހާ ބޯޖަހާލީ އައިޒަން، ފާލިހުއަކީ ނައިނާގެ ބައްޕަތޯ ސުވާލުކުރުމުންނެވެ. “ކުރިން ކީއްވެ ނުބުނީ؟” އައިޒަން އެހިއެވެ. “ނައިނާ ބުނީ ނުބުނާށޭ، އޭނާގެ ސަބަބުން ކުންފުންޏަށް އެއްވެސް ގެއްލުމެއް ވާކަށް ނޭދެމޭ..” ޒުހާ ބުންޏެވެ. އައިޒަން ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިއްސައިގަތުމުންނެވެ. އައިޒަން ހުރިހާ ކަމެއްގައި ނައިނާ ކުށްވެރިކުރެވުނީ ފާލިހުގެ ވާހަކަ ނުބުނީތީއެވެ. މަންމަ ބުނިފަދައިން މިއަދު ނައިނާ ފިލައިގެން އެދިޔައި އައިޒަންގެ ދިރިއުޅުން ބަރުބާދުކޮށްލާފައެވެ. ނައިނާ އޭނާގެ ނިންމުން ނިންމައިފިއެވެ. އައިޒަޒންވެސް އޭނާގެ ނިންމުން ނިންމައިފިއެވެ. އޭނާ ހުސްއަތާ އެނބުރި މާލެއާއިރު ނައިނާއާއި މެދު ދެކޭ ގޮތް ބަދަލުވިއެވެ. ޝާމިރާ ދެއްކި ކޮންމެ ވާހަކައެއް ގަބޫލުކުރެވެންފެށުނެވެ. ޝާމިރާ އޭނާގެ ބޮލާ ކުޅެފައިވަނީ ވަރަށްވެސް ރަނގަޅަށެވެ. ނަމަވެސް ޝާމިރާގެ ނުބައި ހިޔާލުންނާއި ވިސްނުންތަކުން ބަރުބާދުވެގެން އެދިޔައީ ކިތަށް ދިރިއުޅުންހެއްޔެވެ؟ ދަރިއަކާއި ބައްޕައެއް ވަކިވީއިރު ދެލޯބިވެރިންވެސް މިޖެހުނީ ވަކިވާށެވެ.

…………………….

5 އަހަރު ފަސް

…………………………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. sana

    Wow!nice ????????

  2. Ryn

    Salaam ?
    What do u guys think about this part? Aizan e hedhy rangalhahtha ?.
    and ya I’ve a short story which is 5200 words but aslu that was for radio thingy akah but thinking to upload it should I ehkoh upload or two part ah hadhaafa up kuranvy? Its not like story with much sifakurun but I guess its a nice one to upload. Waiting to know what you think about it. ?❤
    Thankyou ?❤

  3. Laii

    Woww.. kn irakun next part?

  4. Shin

    Alhey kihinei thihedhy.. Hama aslu vx rovijje…. When next part…

  5. Mina

    No aizan hedhi ragalhah kah noon ???

  6. Reen

    vaahaka v teethi waiting for next part

  7. Fafoo

    Wow…..
    Alhey shamira beynun gothah tha dhen vaanee?? Waiting for the next part…

  8. Alisha

    When next part?? Very nice
    ????????

  9. Reet

    Alhe dhen kihineh vaany 2meehun dhimaa va tha Vvvvv reethi

  10. Sallu

    Please upload that. And mi story he dhen in baives

  11. i think i'm right

    kihineiyy mi v ?
    alhe varah dhera vejje ..
    shaamiraa kaley thy haadha amilla edhun bodu me hekey dhw..aizan plx ehcheh get veba ..abadhu mom mom mom mom mom mom mom mom

  12. Safa

    Woww when next part

  13. ballu

    omg omg omg … vrh reethi
    wen nxt prt?

  14. ballu

    shaamira kaley gadha ingey myhun ge life halaaku kuran ..huvaa mibunu haMA BOLAH Fain araafa dhookohllaany …
    i hate u ihate u
    i hate u bitch …

  15. ballu

    shaamira kaley gadha ingey myhun ge life halaaku kuran ..bitch
    thidhn bodu varu dhw ..amilla dharige life halaaku kohlaafa ehn myhunna behn eba dhuveyeh nu … huh vrh foohivey …alhe dhn kihineiyy vaani ..myna ulhey gothun ladhu gannnan mi jeheny aharemn viyya..

  16. Xxxx

    Story v.nice dear??????

  17. ballu

    anyways story was awesome

  18. Brainless

    Dhnnnnnnnnn nooooon ryn?????
    Thi hedhee kihineh..so sad??????
    Btw vaahaka varah salhi ingey..keep it up❤

  19. shaamira

    shaamira kaley gadha ingey myhun ge life halaaku kuran ..bitch
    thidhn bodu varu dhw ..amilla dharige life halaaku kohlaafa ehn myhunna behn eba dhuveyeh nu … huh vrh foohivey …alhe dhn kihineiyy vaani ..myna ulhey gothun ladhu gannnan mi jeheny aharemn viyya..

  20. Some one

    Wooahhhh… So intrstinn.. Can’t wait… Hama kiyaahiyvaniii❤❤❤

  21. click a shot ?

    wow..omg omg five years fahun kihineh baa vaany..curious to know..alhey aizan mulhin change vefa kaneyge hunaani eyna mamma bunaa bas ahaigen..haadha dhera gotheh vaaneey if aizan hates naina..?

  22. girl

    but whyyyyyyyyyyyyyyyyyy

  23. khajja

    Alhey kyththikury????? noon aizan n nainaa vaikennuvaane saamiraa ah nainaa aky faalihuge kujjekkan engunyma nainaa hoadhan ulheyne, masha allah stry v v amazing whn nxt prt avaskolla dhybala can’t wait plx gud nyt ly???❤❤?????????

  24. Shaa

    V reethi alhe avahah next prt upkohla dhehchey

  25. Xee

    Wow vvvvvvvvv habehys ?
    ❤❤????????
    Den mom viyas bodu varu
    kids baby akaa wife ekanikolan heyonuvaane mihaaru nainaa ulhey nee Malaysia ?? ga kannwyge dhw with lam nd Maaria
    I just hate shamiraa nd
    aizan ???how could he do like this mihaaru ulhey nee musandhi kujakaa marry kogen kan neyge vv foolhi vey shamira deke nd mihaaru ainaa ah 5 year dhw vaanee I’m so excited to see what will happen nxt plx plx avahah up kobba ??waiting……. Ly ??TGC
    good nyt ??

    1. Xee
      Xee

      No no he can’t marry cause he don’t divorce nainaa I’m happy ? for that

    2. leh
      Xee

      xee haadhA moya ey dho. aizan eii anheneh nooney ekakaa indhefa vari kuryma indhevey kah. firhenunnanh huhdha vaane 4 anbin ves ehfaharaa gengulhen ehn vma hama aizan meehakaa indhe dhaane ennun 5 yrs fahun… btw shaamira ge visnumah hama saabas… aizan fakeeru ves halaaku kohfi… hope to see naina and aizan together vrh avahah…..

    3. $JK..KOREAN
      Xee

      ehfaharaa dhe mahramun nakaa neendheveyne..

  26. me

    Comments are more interesting I guess.. I just hate aizan soooo much.. Pis pis pis.. Upload soooon. Can’t wait to see aina ?

    1. mal
      me

      Aslu vx.. comments maa majaa

    2. $JK..KOREAN
      me

      hahah dhw.. rangalhu vaahakaeh thibuny. 😀

  27. A

    One episode ah hadhaafa e kuru vahaka genesdheeba ingey. Nd mi part ves varah reethi ?? keep it up

  28. Sinaa

    Alhey e 5 yrs avahah genebala ….. i am waiting avahah up kohlladhy

  29. xaan

    Masha Allah v reethi mi partves

  30. Naina

    Naina akee faalihuge dhariehkan saamiraa a engeyne gothe hadhaaba eyrun saamira thelhi folheyne naina aizange life a gennan???

Comments are closed.