Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
by: shiya
ހިތާމަލޯބި

ނަމަވެސް-7

Shiya Level 110 Stories100 Login
October 20, 2017 One Min Read
9 Comments

”އެއީ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ނޭނގޭ. ކިހިނެއްވީތަ؟ ޖުމާގެ ވާހަކަ ތިއެހީ؟” ނަޖުވާގެ ހިތް އަވަސްވާ ގޮތްވިއެވެ.

”ޖުމާ ކިޔާ އަހަރެންގެ ރަޓެއްސެއް މިރަށުގައި އުޅޭ. އަހަރެން މިބުނާނާ ޖުމާ އުޅެނީ މީހަކާވެސް އިނދެގެން އޭނަ ކުރިން އުޅުނީ މާލޭގައި. މީހަކާ އިނދެގެން އޭނަ ރަށަށް ބަދަލުވީ.

ޖުމާގެ މާޒީގެ ވާހަކަތަކެއް އަހަންނަކަށް ކިޔައެއް ނުދޭ… އަހައްނަށް އެނގެނީ ޖުމާ ކައިވެނި ކުރިފަހުން އޭނަގެ ދިރިއުޅުމުގައި ދިމާވަމުން ދިޔަ ކަންތައްތައް….” ޝާނާ ކިޔައިދިނެވެ. ނަޖުވާ ފުންނޭވާއެއްލިއެވެ.

”ވެދާނެ އެއީ ޝިޔާޒް ކުރިން ރައްޓެހިވި ޖުމާ ކަމައްވެސް…. ޝާނާ! ޖުމާގެ މާޒީއާ ބެހޭގޮތުން ޖުމާއާ ސުވާލު ކޮއްލަބަލަ!” ނަޖުވާ ބުންޏެވެެ.

އާނ! އަހަރެން ޖުމާއާ ވާހަކަށް ދައްކައިގެން އޭނަގެ މާޒީގެ ކަންތައްތައް ހޯދޭތޯ މަސައްކައި ކުރާނަން. ނަޖޫ! ދެން އަހަރެން މިވަގުތު ފޯނު ބާއްވަނީ. އެހެން ދުވަހަކުން އަދި ގުޅާނަން”

”ވަރަށް އުފާވެއްޖެ ޝާނާ ގުޅީމަ..މަންމައަށް ވަރަށް ގިނައިން ސަލާން ބުނޭދޭތި!’

‘ ނަޖުވާ އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ.

ފޯނު ބާއްވާފައި ޝާނާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަން ނަޖުވާ އިރުކޮޅެއް ވަންދެން ހުއްޓެވެ.

ހަވީރުގެވަގުތެވެ. ލިމްޔާއާއެކު ޖުމާނާ އިނީ އަތިރިމަތީގައި އިށީނދެގެންނެވެ. ޖުމާނާ، ލިމްޔާއަށް ކިޔައިދެމުން ދިޔައީ ޝާނާ އެކު ލަމްހާގެ ގެއަށް ދިޔަ ދުވަހުގެ ވާހަކަތަކެވެ. ޖުމާނާ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ލިމްޔާގެ މޫނަށް ވެރިވަމުން ދިޔައީ ހައިރާންކަމެވެ.” ލަމްހާ ހާދަ ގޯހޭދޯ!… އަހަރެން ހިއެއް ނުކުރަން ލަމްހާއަކީ އެކަހަލަ ކުއްޖެއް ކަމަކަށް.. ޖުމާގެ ފިރިމީހާ ނޫން އެހެން މީހެއް ލަމްހާއަށް ނުފެނުނީތަ؟ އެފާޑަށް އުޅޭ އަންހެނުން ދެކެ އަހަރެން ވަރަށް ފޫހިވޭ ” ލިމްޔާ އިނީ ލަމްހާ ދެކެ ވަރަށް ރުޅި އައިސްފައިއެވެ.. ޖުމާނާއަށް ރޮވެންފެށި އެވެ.

ޖުމާނާ ރޯތަން ބަލަން އިންނަން ލިމްޔާއަށް ވަރަށް އުނދަގޫވިއެވެ. ލިމްޔާ ކޮޅަށް ތެދުވިއެވެ. އަދި ޖުމާނާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ” ނުރޮއި ހުއްޓާލާ! އަހަރެން  ވަރަށް ދެރަވޭ ޖުމާ ރޯތީ….. އިރާދު ކުރެއްވިއްޔާ ޖުމާއަށް ދެރަގޮތެއް ނުވާނެ…” ލިމްޔާ ބުނެލިއެވެ. ޖުމާނާގެ ދެލޮލުން ކަރުނަ ފޮހެލުމަށްފަހު، ލިމްޔާ އާއި އެކު ހިނގައިގަތެވެ.

ޝިޔާޒް އޮފީހުން އައިއިރު ނަޖުވާ އުޅެނީ ރޯދަ ވިއްލަން ކާ އެއްޗެއް ތައްޔާރު ކުރާށެވެ. ރޯދަވިއްލައިގެން ކާން ޝިޔާޒް އެންމެ ރަނގަޅީ ފެންފޮޅިއާއި އަލުވި ރިހައެވެ. ޝިޔާޒް އައީ ފިހެން ވެގެން މަހެއްވެސް ގަނެގެންނެވެ. ޝިޔާޒް ފެނުމުން މަލްޝާ ދުވެފައި ގޮސް ޝިޔާޒްގެ ގައިގައި ބައްދާއިގަތެވެ.

” ދަރިފުޅު އިހަށް ދުރުގައިހުރޭ! ބައްޕަ އަތުގައި މިހުރީ މަސް… ދަރިފުޅުގެ ހެދުން ހަޑިވެދާނެ… ” ޝިޔާޒް އެހެން ބުނުމުން  މަލްޝާ ޝިޔާޒް އާއި  ދުރަށް  ޖެހިލިއެވެ.މަސް ގެންގޮސް ސިންކަށް ލާފައި ޝިޔާޒް އަތް ދޮންނަން ފެށިއެވެ. ނަޖޖުވާ ހުރީ ރިހަ ކައްކަން އަލުވި ކޮށާށެވެ. ޝިިޔާޒް ނަޖުވާގެ މޫނަށް ބަލައިލައިލަމުން ހިނިތުން ވެލިއެވެ. ހަމައެއާއި އެކު ނަޖުވާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ނަޖުވާގެ މޫޑް ރަނގަޅު ނޫންކަން އެވަގުތު ޝިޔާޒް އަށް ދެނެގަނެވުނެވެ.

” ނަޖޫ! ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..” ޝިޔާޒް އެހިއެވެ.

” ކޮންކަމަކާ އަހަރެން ހިތްހަމަ ނުޖެހެންވީ؟.. ” ޝިޔާަޒްގެ މޫނަށް ނުބަލައި ހުރެ ނަޖުވާ ވާހަކަ ދެއްކިއެވެ.

” އަހަންނަކަށް ހިއެއްނުވޭ ނަޖޫގެ މޫޑް މިއަދު އެހާ ރަނގަޅުހެންނެއް.. ފަނި ގިރަން ކޯއްޗެއް ގެންނަންވީ؟ ”އިއްޔެ އަހަރެންގެ ބައްޕަ ގެނެސް ދިން ކަރައެއް އެބައޮތް އޭގެއިން މިއަދު ފަނި ގިރާނީ..”

” އަހަރެން ދެން މިދަނީ ފެންވަރާލަން ” އެހެން ބުނެފައި ޝިޔާޒް ފެންވަރަން ދާން ހިނގައިގަތެވެ. ޝިޔާޒް ދާތަން ބަލަން ހުރެފައި ނަޖުވާ އަނެއްކާވެސް މަސައްކަތް ފެށިއެވެ. ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫނެވެ. އިވޭ ކޮންމެ ވާހަކައަކީ ވެސް ހަގީގަތަކަށް ނުވެދާނެވެ. ނަޖުވާ ހިތާހިތުން ކިޔައި ލެވެނުވެ.

ރޭގަނޑުގެ ވަގުތެވެ. އެކަނިމާ އެކަނި ކޮޓަރީގެ އެދުގައި އޮށޯވެގެން އޮވެ ޖުމާނާ ވިސްނަމުން ދިއައީ ލަމްހާ އާއި އިމްރާނާއި ދޭތެރޭގައެވެ. އިމްރާނާއި ލަމްހާއި ދެމެދު ހަގީގަތުގައިވެސް ގުޅުމެއް އޮތްތޯ ބަލަން ޖުމާ ބޭނުންވިއެވެ. އިމްރާނާއި އެކަމާ ބެހޭގޮތުން ސުވާލު ކުރަންވެސް ޖުމާ ބޭނުންވެއެވެ. ނަމަވެސް އިމްރާ ވީ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. ޖުމާނާ އިންތިޒާރު ކުރަމުން ދިޔައީ އިމްރާން ގެއަށް އަންނާނެ ވަގުތަކަށެވެ.

ކުއްލިއަކަށް ގޭގެ ސިޓިންގ ރޫމް އާއި ދިމާއިން ކޮންމެވެސް  ބައެއްގެ  ހުނުމުގެ އަޑު ޖުމާނަ އަށް އިވެން ފެށިއެވެ.އެތަނުން އެކަކުގެ އަޑަކީ އިމްރާންގެ އަޑުކަން ޖުމަނާއަށް އެނގުނެވެ. ޖުމާނާ އެނދުން ތެދުވެ އިށީނެވެ. އޭރުވެސް ހުނުމުގެ އަޑު އިވެމުންދިޔައެވެ.

” އެއިވެނީ ކޮން އަންހެނެއްގެ ހުނުމެއްބާ؟..” ޖުމާނާގެ ހިތަށް އެރިއެވެ.

ޖުމާނާ ތެދުވެގެން ގޮސް ކޮޓރީގެ ދޮރު މަޑު މަޑުން ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ޖުމާނާގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. ސޯފާގައި އިމްރާނާއި ޖެހިގެން ކަހަލަ ގޮތަކަށް އިނދެގެން އިމްރާން ގެ ކޮނޑުގައި ބޯ އަޅައިލައިގެން އިނީ ދެވަނަ އެހެންމީހެއްނޫނެވެ. އެމީހަކީ ލަމްހާއެވެ. އެމީހުންނާއި ތަންކޮޅެއްދުރުގައި އިށީދެ އިނގެން އިމްރާންގެ އެކުވެރިޔާ ނާހިދު އިށީނދެގެން އިނެވެ. ތިން މީހުން ކޮންމެވެސް މަޖާވަހަކައެއް ދައްކާފައި ހެނީއެވެ.

ޖުމާނާ ކޮޓަރީގެ ދޮރު މަޑު މަޑުން ލައްޕައިލިއެވެ. އަދި ދޮރުގައި ބުރަކަށި ޖައްސައިލިއެވެ. އެވަގުތު ޖުމާނާގެ ދެލޯ ކަރުނުން ތެންމައިލިއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ޖުމަނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ގިސްލަ ގިސްލާފައި ޖުމާނާ ރޮނީއެވެ. ކުއްލިއަކަށް ޖުމާނާ އޮތް ކޮޓަރީގެ ދޮރު ހުޅުވުނުތަން ޖުމާނާ އަށް ފެނުނެެވެ. އިމްރާން ލަމްހާ ގޮވައިގެން ކޮޓަރިއަށް ވަންނަނީ އެވެ. ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ނަމަވެސް ކާކު ، އަދި ކޮންބައެއްކަން ފާހަގަ ކުރެވޭ ވަރުގެ އަލިކަމެކެވެ. އިމްރާން ލަމްހާގެ އަތުގައި ހިފައި ގެންގޮސް އެނދުގައި އިށީނެވެ. ކޮޓަރީގައި އިތުރު މީހަކު ވާހެން އެދެމީހުންނަށް އިހުސާސްވެސް ނުވާކަހަލައެވެ. ނަމަވެސް ފެންނަމުން ދިޔަ މަންޒަރުތަކުން ޖުމާނާގެ ހިތަށް ކެއްނުވިއެވެ. އެމަންޒަރުތަށް ނުބެލުމަށް ޖުމާނާ އަވަހަށް މޫނުމަތީގައި ބާލީސް އެޅިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދު ހެނދުނާ ޖުމާނާ ލިމްޔާގެ ގެއަށް ދިޔައެވެ. ދެމީހުން ވާހަކަ ދައްކަން ތިބީ ލިމްޔާ ގޭގެ ސިޓިންގ ރޫމްގައެވެ. ރޭގައި ދިމާވި ކަންތައްތައް ޖުމާނާ ލިމްޔާ އަށް ކިޔައިދިނެވެ.

” ޖުމާ ތިބުނީ ހަމަތެދެއްތަ؟.. އަހަންނަށް ގަބޫލުވެސް ނުކުރެވޭ!” ޖުމާނާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ލިމްޔާ ހައިރާންވެފައި ބުންޏެވެ. ޖުމާނާ ކިޔައިދިން ވަހކަތަކުން ލިމްޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭރުވެސް ޖުމާނާގެ ލޮލުން ކަރުނަތަށް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ.

” އަހަރެން ކީއްކުރަން ލިމްޔައަށް ދޮގުހަދަންވީ؟.. އަހަރެންވެސް ހިއެއްނުކުރަން އިމްރާން އަހަރެންގެ ކުރިމަތީގައި އެގޮތަށް އުޅެން ކެރިދާނެ ކަމަކަށް..” ރޮމުން ޖުމާނާ ވާހަކަ ދެއްކިއެވެ.

” އެކަމަކު އެ އުޅުނީތަދޯ! އަހަރެންގެ ހިތަށް އަރާ ލަމްހާގެވެސް އެ އޮންނަނީ ހިތެއްބާއޭ؟ އޭނަގެ  ހިތައް ހަމަ އެއްވެސް އެއްޗެއް ނަރަނީތަ؟” ޖުމާނާ ރޯތީ ލިމްޔާ އިނި ވަރަށް ދެރަވެފައެވެ.

”އެއްވެސް އެއްޗެއް ހިތަށް ނާރާތީއެއްނު އިމްރާން އެގޮތަށް އެއުޅެނީ… އިމްރާނަށް ހަމަ ރަނގަޅަށްވެސް އިނގޭނެ އެކަމުގެ ސަބަބުން އަހަރެންގެ ހިތައް ކުރާނެ އަސަރު… އަހަރެންގެ ހިތަށްއަރާ މިއީ ކޮންކަހަލަ ދުނިޔެއެއްބާއޭ؟ ހީވެސް ނުކުރާކަހަލަ އެތަށް މަންޒަރުތަކެއް ލޮލަށް ފެނި ގެއްލިދާނެ” ޖުމާނާ ވަރަށް އަސަރާއި އެކު ދައްކަމުން ދިޔަވާހަކަތައް ލިމްޔާ ވަރަށް ފަރުވަތެރި ކަމާއި އެކު އަޑުއަހަން އިނެވެ.

ޖުމާނާ ހޯދަމުން އައިސް ޝާނާ ގެއަށް ވަނެވެ. އޭރުވެސް ޖުމާނާ ރޮނީއެވެ. ޝާނާ ހައިރާންވެފައި ހުރެ ގޮސް އެމީހުން ކައިރީގައި އިށީނެވެ.

” ލިމްޔާ ޖުމާ ކީއްވެތަ އެ ރޮނީ؟” ޝާނާ ލިމްޔާ ކުރެން އެހިއެވެ. ލިމްޔާ ދެރަވައި އިނދެ ވެގެން އުޅޭ ގޮަތް ޝާނާ އަށް ކިޔައިދޭން ފެށިއެވެ.

ޝިޔާޒާއި ، މާހިން އަދި ޒެއިނާ އޮފީހުން ނިކުތީ އެކުއެކީގައެވެ. ފަހަކަށް އައިސް ޒެއިނާ އަކީ ޝިޔާޒް މާ ގާތްކޮށް ދެކޭ ރައްޓެއްސެކެވެ. ޝިޔާޒް އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ވަހަކަތަށް ޒެއިނާ އާއި ހިއްސާކުރެއެވެ.  އެހެންކަމުން މިހާރު ޒެއިނާވެސް ދެކެނީ ޝިޔާޒްއާއި މެދު ވަރަށް ގާތް ކޮންނެވެ.

” ގެއަށްތަ ދާނީ؟.. ހިނގާދޯ ކޮފީއަކަށް ދަމާ!..” މާހިން ބުންޏެވެ.

” އާނ! ކޮފީއަކަށް ގޮސްލާފައި ގެއަށް ދާނީ” ޝިޔާޒް ބުނެލިއެވެ.

” ޒެއިނާ ދާނަންތަ؟”

” ޝިޔަޒް އަހަރެން ގެންދަންޏާމުން ދާގޮތަށް އަދ މިހުރީ..” ޒެއިނާ ހިނިތުން ވެލިއެވެ.

” އަހަރެން ޒެއިނާ ނުގެންގޮސް ދެން ކާކު ގެންދާނީ…؟”  ޝިޔާޒް ހިނިތުންވެލަމުން އެހެން ބުނުމުން މާހިން އަށްވެސް ހިނިތުންވެވުނެވެ. ” ތިކަމެއް ނޭނގެ ޝިޔާޒް ޖުމާ އަކާއި ހެދި މޮޔަވެގެން އުޅޭއިރު…. ދޯ ޒެއިނާ!” މާހިން ޝިޔާޒާއި ދިމާކުރާ ރާގަކަށް އެހެން ބުނެފައި ޒެއިނާ އަށް ބަލައިލިއެވެ. މާހިންގެ އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން ޒެއިނާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ތަފާތު އެކި އެކި ވާހަކަތައް ދައްކަމުން ތިން މީހުން އެކުގައި ހިނގައިގަތެވެ.

ނަޖުވާ އޮތީ ޝިޔާޒްގެ ފޮޓޯ އަލްބަމް ހިފައިގެންނެވެ. އަލްބަމުގެ ގަނޑުތަށް އުކަމުން ދިޔަވަރަކަށް ނަޖުވާގެ މޫނަށް ވެރިވަމުން ދިޔައީ  އުފާވެރި ކަމެވެ. ކޮންމެ ފޮޓޯއަކީވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަ ކޮށްދޭ ފޮޓޯއެކެވެ. ގިނަ ފޮޓޯތަށް ނަގައިފައިވަނީ ދެމީހުން ކައިވެނީގެ ހަފްލާގައެވެ. ފޮޓޯތައް ބަލަމުން ގޮސް ނަޖުވާގެ ސަމާލުކަން ހުއްޓުނީ  ކައިވެނި ކުރި ރޭގެ ނަޖުވާ ލައިގެން ހުރި ހެދުމުގައި ލަދުން ހިނިތުންވެލައިގެން އިސްޖަހައިގެން އިން ފޮޓޯއަށެވެ. ނަޖުވާ އެފޮޓޯ ނަގައި ރީތިކޮށް ބަލައިލިއެވެ.

އެއީ ނަޖުވާގެ ހަޔާތުގައި މިހާތަނަށް އެންމެ އުފާވެރި އަދި އެންމެ އުފާވެރި ވަގުތުތަކުގެ ތެރެއިން އެއް ވަގުތު ކޮޅު  ނަގާފައިވަ ފޮޓޯއެކެވެ. ނަޖުވާ އެ ފޮޓޯ މޭމަތީގައި ބާއްވާލައިގެން އެނދުގައި އޮށޯވެލިއެވެ. އަދި ހިނިތުންވަމުން ދެލޯ މަރައިލިއެވެ. ނަޖުވާގެ ހަނދާނަށް އަންނަންފެށީ އެރޭގެ ފޮނި ހަނދަންތަކެވެ.

ކައިވެނީގެ  ހެދުމުގައި ދެމީހުންވެސް ތިބީ ހިނިތުން ވެލައިގެންނެވެ. ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުންނާއި ދެމީހުންވެސް ސަލާން ކުރަމުން ދިޔައީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.

ޕާޓީގެ ހުރިހާ ކަމަކުން ނިމިގެން ދެމީހުން ގެއަށް އާދެވުނު އިރު ވަރަށް ދަންވެއްޖެއެވެ. ދެމީހުން ވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން ނަޖުވަ އެނދުގައި ހުރަހަށް އޮށޯވެލިއެވެ. ޝިޔާޒް ނަޖުވާގެ މޫނާއި ދިމާއަށް ގުދުވެލަމުން ނަޖުވާ އޭނާގެ ގަޔާއި ކައިރި ކޮށްލިއެވެ.

*** ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ބިކަވި ހަޔާތް (2)

Next

ޢެދެމޭ އުފާ….(33)

Next
October 20, 2017

ޢެދެމޭ އުފާ….(33)

Previews
October 19, 2017

ބިކަވި ހަޔާތް (2)

9 Comments!

  1. Anna says:
    October 20, 2017 at 1:15 am

    Aww i am da first … v nice

  2. Anna says:
    October 20, 2017 at 2:15 am

    When next part.. story v nice?

  3. Reader says:
    October 20, 2017 at 2:23 am

    Imran haadha goahey… alhe juma ah ehen hadhakah nuvaane ehnu… limya mi moyavegen ulhey meehehtha…
    Shiyaz aai juma dhimaavaanetha adhi….. cant wait kon dhuvasthakuga mi vaahaka up vaani plx tell… waiting ….

    1. Shiya says:
      October 20, 2017 at 2:32 am

      Thanks reader
      Komme burasfathi, hukuru, aadheetha, angaara
      Mi hatharu dhuvahuge rey mivaahaka iraadha kurehviyya upload kohdheynan.

  4. Shiya says:
    October 20, 2017 at 2:33 am

    Thank you anna

  5. sharoona says:
    October 20, 2017 at 3:56 am

    v nice keep it up

  6. ILHA says:
    October 20, 2017 at 3:57 am

    varah reethi waiting

  7. SJK says:
    October 20, 2017 at 4:35 am

    varah reethi.. looking forward to read nxt part 🙂

  8. ryn says:
    October 20, 2017 at 1:32 pm

    v nice .. keep going

Comments are closed.

Next Episodeނަމަވެސް – (8)←


All Right Reserved!