Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(26)

Dhippi Level 4100 Comments10 Stories
October 5, 2017 6 Mins Read
33 Comments

ހެނދުނު ދިހައެއް ޖެހިއިރު ވެސް ސައުދުގެ ދެމަފިރިން ހޭނުލައެވެ. އެހެންނަމަވެސް ވިނާން ރޭއްސުރެވެސް ވަނީ ނިދި އޭނަޔާ މާދުރަށް ގޮސްފައެވެ. ނިންޖަކީ އޭނަޔަށްޓަކައި ހަރާން އެއްޗެއް ފަދައެވެ. ވަޒުނާ ބޮލުގަ ރިއްސާތީ ބަލިކަމަށް ބުނެ މިއަދު ޗުއްޓީ ނެގިއެވެ. ހަގީގަތުގައި ވެސް ރޭގަ ހިނގި ކަންތަކާ ހުރެ ހަމަ ނިދި ލިބުނެއް ކަމަކު ވަޒުނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ކޮޓަރީގަ އޮތުމަށް ފަހު ސައިތަށްޓެއް ބޯލާނަމޭ ހިތާ ވަޒުނާ ނިކުތީ ބޭރަށެވެ. އޭރު ޖަޔާ ހުރީ ސިޓިންރޫމް ސާފު ކުރާށެވެ. “ކޮއްކޮ މިއަދު އޮފީހަށް ނުދަނީތަ؟ ކުޑަބެ އިންނަނީ ސައިބޯން ކޮއްކޮ ވެސް ދޭބަލަ ސައިބޯން” ވަޒުނާ ފެނުމާއެކު ޖަޔާ ބުނެލިއެވެ. “ޖަޔާ އެހެން ބުނުމުން ބަދިގެއަށް އަންނަން ބުނެފަ ވަޒުނާ ދިޔައީ ބަދިގެއަށެވެ. އޭރު ވިނާން ހުރީ ހުސް ކަޅު ސައިތަށްޓެއް ބޯންށެވެ. އެމަންޒަރު ފެނި ވަޒުނާ ވަރަށް ހިތުގައި ޖެހުނެވެ. އަދި ފުރަތަމަ ފަހަރަށް މަންމަޔަށްޓަކައި ހިތުގާ ނަފުރަތުގެ ބާނީ އެއް އުފެދުނެވެ. “ކީއްކުރަން އަންނަން ބުނީ ކޮއްކޮ؟ އެއްޗެއް ބޭނުން ވަނީތަ؟” މަޑުން މަޑުން ޖަޔާ އަހައިލިއެވެ. “އެއްޗެއް ބޭނުން ވަނީއެއް ނޫން… މިހިރީ ހުރިހާ އެއްޗެއް ހަމަޔަކަށްނޫން، ޖަޔާ މިތާ އިށީދެބަލަ… ވަޒޫ ވާހަކައެއް އަހަންވެގެން!” އިށީންނަމުން ވަޒުނާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ޖަޔާ އިށީނެވެ. ރޭގަ ގޭތެރޭގައި ހިނގި އެއްވެސް ކަމެއް ޖަޔާއަކަށް ނޭނގޭނެއެވެ.

“ޖަޔާ އެއްވެސް ކަމަކާ ބިރު ގަންނާނެ ކަމެއް ނެތް! މިތާކު ނެތެއްނުން އިތުރު މީހަކުވެސް އެހެންވީމަ ޖަޔާ ބުނެބަލަ އެދުވަހު އަލްޔާ ގޮވައިގެން ދިޔަ މީހުންގެ ތެރެއިން އެކަކުވެސް މޫނު ޖަޔާ ދެކުނިންތަ؟” ޖަޔާ ބިރު ނުގަތުމަށް ބުނެ ވަޒުނާ އަހައިލިއެވެ. އެވަގުތު ޖަޔާ ބަލާލީ ވިނާންގެ މޫނަށެވެ. ޖަޔާ ބެލުމުން ކުރިއަށް ގެންދަން ބުނާ ފަދަ ގޮތަކަށް ވިނާން ބޯޖަހައިލިއެވެ. އެއްމެން ވެސް ތިބީ މޫނުގަ މާސްކު އަޅައިގެން ޖަޔާ ވަރަށް ބަލަނީ މޫނު ފެންނަނީތޯ އެކަމަކު ނުފެންނަނީ، އެކަމަކު ޖަޔާ ކޮޑަކޮށް ހަނދާން ހުންނަނީ! މަޑު ކުރަނީ ޖަޔާ ވިސްނަނީ މެޑަމް އެތަނުން އެކަކު ނޭމް ބުނަނީ…!” ޖަޔާ ކޮށި ހަނދާނެއް ކުރަމުން މަޑު ކުރުމަށް ބުނެލިއެވެ. ޖަޔާ އެހަނދާން ކުރަނީ އެދުވަހު އަފީފާ އެތަނުން އެކަކާ މުހާތަބު ކުރި އިރު އެމީހާޔަށް މުހާތަބު ކުރި ނަން ހަނދާން ވޭތޯއެވެ. “އިދު… އިދުރީސް! އާ… އާ… އާ… އިދުރީސް! ކޮއްކޮ ޖަޔާ ބަރާބަރު ހަނދާން ވަނީ އިދުރީސް!” މަޑު މަޑުން ނަން ކިޔަމުން ގޮސް ކުއްލިއަކަށް ހަނދާން ވުމުން ޖަޔާ ހުރި ތަނުން ފުއްމާފަ ތެދުވަމުން ބުނެލިއެވެ. ޖަޔާ އެމީހާގެ ނަން ހަނދާން ވީތީ ވަޒުނާ ހުރީ އިންތިހާޔަށް އުފާވެފައެވެ. “ޖަޔާއަށް ޔަގީންތަ އެ ނަންކަން..؟” ހައިރާންވެފަ ޔަގީން ނުވާތީ ވިނާން އަހައިލިއެވެ. “ކޮއްކޯ ޖަޔާއަށް ހަމަ ޔަގީން! ކޮއްކޮ އަދި ކޮއްކޮ ކައިރީގަ ނުުބުނާ ވާހަކަ ހުންނަނީ އެކަމަކު ޖަޔާ ބިރު ގަންނަނީ އެވާހަކަ ބުނަން..!” ޖަޔާ ބިރުން ތަންތަން ހޯދަމުން ބުނެލިއެވެ. އޭރު ވިނާންއާ ވަޒުނާޔާ ދެކުދިން ތިބީ ހައިރާންވެފަ އެކަކު އަނެކަކު މޫނަށް ބަލައިގެން ވާނުވާ ނޭނގިފައެވެ.

“ކޮއްކޮމެން ޕްރުމިސް ކުރޭ އޭރު ޖަޔާ ބުނާނީ..” ޖަޔާ ބިރުން ހުރެ ބުނެލިއެވެ. ހީވަނީ ޖަޔާގެ އަތުގައި ބޭނުންވާ ކަހަލަ އެވިޑެންސެއް ހުރި ހެންނެވެ. “ޖަޔާ ބަރާބަރު ޓްރަސްޓް ކުރަނީ އިނގޭ… ޖަޔާވެސް ބޭނުން ވަނީ ނުން އަލްޔާ ގެންނަން! އެހެންވީމަ ޖަޔާ އެއްވެސް ބިރު ގަންނަން ބޭނުން ނެތީ… ކޮއްކޮމެން އެއްވެސް މީހެއް ކައިރީގަ ނުބުނަނީ” ވިނާން ޔަގީން ކަމާއެކު ބުނެލިއެވެ. ވިނާން އެހާ ޔަގީން ކަމާއެކު ބުނުމުން ޖަޔާ އޭނަގެ ޖީބުން ފޯނުނަގާ ވިނާން އަތަށް ދިއްކޮއްލިއެވެ. ޖަޔާ ފޯނު ދިއްކުރުމުން ވިނާން ހައިރާން ނަޒަރަކުން ޖަޔާގެ މޫނަށް އެއްފަހަރު ވަޒުނާގެ މޫނަށް އެއްފަހަރު ބަލައިލިއެވެ. “ކޮއްކޯ ތިފޯނުގެ ގެލަރީގަ ހުންނަނީ ހުރިހާ މަންޒަރު ރެކޯޑް ކޮއްފަ! ކޮއްކޮ ބަލާބަލަ…” ވިނާން ހައިރާން ވެގެން ބަލަން ފެށުމުން ޖަޔާ ބުނެލިއެވެ. ޖަޔާ އެހެން ބުނުމާއެކު ބޭކާރު ވަގުތު ނުނަގާ ފޯނުގެ ގެލެރީ ހުޅުވައިގެން ވިނާން ފެށީ އެ ވީޑިއޯ ހޯދާށެވެ. ވަޒުނާ ވެސް ގޮނޑި ކައިރި ކޮއްގެން ބެލީ އެބުނާ ވީޑިއޯއެއް ފެނޭތޯއެވެ. އިސާހިތަކު ވަރަށް ފަސޭހެއިން ވިނާންއަށް އެބުނާ ވީޑިއޯއެއް ފެނުނެވެ. ވީޑިއޯގަ ފެންނަމުން ދިޔައީ އެމީހުން އަލްޔާގެ އަނގަމަތީ ޓޭޕު އަޅައިފަ ހުރި މަންޒަރާ، އެމީހުނާ އަފީފާޔާ ދެމެދުގައި ދެކުވުނު ވާހަކަޔާ، އަފީފާ އަލްޔާއާ ދިމާލަށް ކީ އެއްޗެއްސާ، އެމީހުން އަލްޔާ ރޮއެ އާދޭސް ކޮއްކޮށް އޮއްވާ ގެންދިޔަ މަންޒަރެވެ. އެވީޑިއޯ ބަލާ ނިމުނު އިރު ވަޒުނާޔާ ވިނާންއާ ތިބީ ހުއްޓުން އަރާ ލޮލުން ކަރުނަ އައިސްފައެވެ. “ކޮއްކޯ ކުރީ ދުވަސް ވެސް ޖަޔާ އުުޅުނީ ވީޑިއޯ ދައްކަން އެކަމަކު ކޮއްކޮ އެވަގުތު މާބޮޑަށް ދެރަ ވެދާނެތީ ނުދެއްކީ! ޖަޔާއަށް އިނގޭ ކޮއްކޮ އަލްޔާ ދެކެ ލޯބި ވާވަރު…” ލޮލުން ކަރުނަ ފުހެމުން ޖަޔާ ބުނެލިއެވެ.

“އިޓްސް އޯކޭ ޖަޔާ… އަހަރެން ވަރަށް އުފާ ވެއްޖެ ޖަޔާ މިހާ ބޮޑު ކަމެއް ކޮއްދިނީތީ!” ހިތްވަރާއެކު ވިނާން ބުނެލިއެވެ. އަދި އެވީޑިއޯ ވިނާންގެ ފޯނަށް ޒަޕިއާ އިން ސެންޑް ކުރިއެވެ. “ޖަޔާ ހަނދާންކޮށް އެއްވެސް މީހެއް ކައިރީގަ ނުބުނާތި، އަހަރެން އެވީޑިއޯ ޑިލިޓު ކޮއްފިން” ޖަޔާގެ އަތަށް ފޯނު ދިއް ކުރަމުން ވިނާން ބުނެލިއެވެ. ވިނާން ފޯނު ނަގައިގެން ކޮންމެވެސް ނަންބަރަކަށް ގުޅަން ފެށިއެވެ. “ހަލޯ… މާކް އާދެބަލަ ޝެލްބިންއަށް މަ މިދަނީ އެތަނަށް!” މާކިން ފޯނު ނެގުމާއެކު ވިނާން ބުނެލިއެވެ. މާކިން އާއޭ ބުނެފަ ފޯނު ބޭއްވިއެވެ. “ކުޑަބެ ކޮންތާކަށް ދާން ތިއުޅެނީ ކީއްކުރަން މާކްއަށް ތިގުޅީ؟” ހައިރާން ވެގެން ވަޒުނާ އަހައިލިއެވެ. “މިއުޅެނީ މި ވީޑިއޯ ބަލައިގެން އެބަޔަކު ހޯދޭތޯ!” ވިނާން ބުނެލިއެވެ. “ކުޑަބެ މޮޔަވީތަ؟! ތިހެން ހެދީމަ މަންމަ ދާން ޖެހޭނީ ޖަލަކަށް ނޫންތަ؟! މަންމަ ކިތަންމެ ގޯހަސް މަންމަޔަށް އެވަރުގެ އަނިޔާ ދޭން ވާނެތަ؟!..” ރޮމުން ވަޒުނާ އަހައިލިއެވެ. “ވަޒޫ ހާސް ނުވޭ…! ކުޑަބެ ތިވަރުގެ ކަމެއް ނުކުރާނަން މަންމަ ކިތަންމެ ގޯހަކަސް ކުޑަބެއަށް އިނގޭ އެއީ މަންމަކަން..” އެހެން ކިޔާފަ ވިނާން ނިކުމެގެން ހިނގައްޖެއެވެ. ވަޒުނާ ހުރީ ދެން ވާނީ ކިހިނެއް ކަމާމެދު ވިސްނާލަން ވެސް ނޭގިފައެވެ. “ކޮއްކޯ އެހާ ބިރު ނުގަނޭ ވިނާން ކޮންމެ ކަމެއް ކުރިއަސް ކުރާނީ ވިސްނާފަ ޖަޔާޔާއަށް އިނގޭ ވިނާން ބަރާބަރު ރަނގަޅު ކުއްޖެއް…” ވަޒުނާގެ ބުރަކަށީގަ ފިރުމާލަމުން ޖަޔާ ބުނެލިއެވެ.

“މިރެއަކީ ހުކުރު ވިލޭރޭ… މިރޭ އެއިދުރީސް ނިދާނީ މިތާގަ އޭނަގެ ތަންމަތި ފަޅު ފިލުވަން މިތަނުން ކޮންމެވެސް އެކަކު ދާން ޖެހޭނެ އޭނަގެ ކޮޓަރިއަށް..!” ޒިއާދާ ބުނެލިއެވެ. އޭރު އެތާ ތިބި ހުރިހާ ކުދިން ތިބީ އާދައިގެ މަތިން ބޮޑު ސައްލާ ކުރާށެވެ. “މަށަށް ހީވަނީ އަލްޔާހެން އޭނަގެ ޓާގެޓަކަށް އޮންނާނީ! އެންމެ ފަހުން އައީ އަލްޔާ އެއްނުން…” އެތަނުން ކުއްޖަކު ބުނެލިއެވެ. “އާނ… ތީ ރަނގަޅު ވާހަކައެއް ކޮންމެ ގޮތެއް ވިޔަސް މިރޭ އަލްޔާ އޭނަޔަށް ލިބިގެން ނުވާނެ އަހަރުން އެބަ ޖެހޭ މިތަނުން ސަލާމަތް ވާން ބޭނުމިއްޔާ ގުރުބާން ތަކެއް ވެސް ވާން ” ވަރަށް ވިސްނާލުމަށް ފަހު ޒިއާދާ ބުނެލިއެވެ. ޒިއާދާ އެހެން ބުނުމުން އެންމެން އެކަމަށް އިތުރު ސަމާލު ކަމެއް ދިނެވެ.

“ހަދަންވީ ގޮތަކީ އަލް ބަލިވާންވީ، މިރޭގަ ގައިގެ އެކިތަން ތަން ނޮޅާލަންވީ… ލޭވެސް ދުއްވަންވީ! ބުނާނީ އަލްޔާ ކައްސާލާފަ ވެއްޓުނީއޭ، ކޮންމެ ގޮތެއް ވިޔަސް އެކި ތަން ތަން ކަނޑައިގެން ގޮސް އޮތީމަ އޭނަ މިރެއަކު އަލްޔާއެއް ނުގެންދާނެ… މަ މިރޭ ދާނީ އެ ހިމާރު ކައިރިއަށް! މުހައްމަދުބެ އެބަހުރި ނިދާ ބޭސް ދީފަ މަގޭ އަތަށް މިއީ މަ އެކަނި ރާވާ ގޮތެއްނޫން، މުހައްމަދުބެ ތިމީހުންނަށް ވެސް މިކަހަލަ ހިޔާލުތައް ދިނެއްނުން..؟ އެކަމަކު އަހަރުމެން ގަޅި ކަމުން ކާމިޔާބު ނުވީ! ނަމަވެސް މިފަހަރު ޖެހޭނެ މިކަން ކާމިޔާބު ކުރަން! މަށަށް ޔަގީންކަން އެބައޮތް އަލްޔާއަށް ނިކުމެވިއްޖެއްޔާ އަަހަރުންނަށް މިތަނުން އުމުރަށް ސަލާމަތް ވާނެކަން! ކީކޭ ތިމީހުން ބުނަނީ؟” ޒިއާދާ ޔަގީން ކަމާއެކު ކަން ކުރަން ވީގޮތާ ވާނެ ގޮތް ކިޔާދިނެވެ. ހަގީގަތުގައި ޒިއާދާ އެހާ ތަފުސީލްކޮށް ކިޔާ ދިނީ އެހެން ކުދިން ހިތް ސަކަރާތްވެ ފަނި ވެދާނެތީއެވެ. އެކުދިން ވެސް އެމުސީބާތުން ސަލާމަތް ވާން ބޭނުން ވާނެތާއެވެ. އެހެންވީމަ ޒިއާދާ ބެލީ މަަސްލަހަތު އެންމެ ރަނގަޅު ގޮތަކަށް ކުރިއަށް ގެންދާށެވެ. “އެގޮލާ އޮންނާނީ ރާބޮއެގެން ކެނޑިފަ! އޭރުން މަކުރާނެ ކަމަކީ އޭނަގެ ރާ ތައްޓަށް ނިދާ ބޭސް ގުޅަ އަޅާފަ އޭނަ ނިންދަވާލާނީ އޭރުން ނިކުންނަން ފަސޭހަ ވާނެ… އެއްމެން ނިކުންނަން ހަދާފިއްޔާ މިޝަން ފަނިވީ..! ކޮންމެ ގޮތެއް ވިޔަސް މިރޭގަ މިތާ އެއްވެސް ސެކިއުރިޓީއެއް ނޯންނާނެ އެހެން ވީމަ އެއްވެސް މީހަކު އަމިއްލަ އެދުން ބޮޑު ނުކުރާތި މިކަމުގަ… އެހީވާނީ މުހައްމަދުބެ އޭނައަށް ވެސް ވިސްނަން ޖެހޭނެ… އިނގޭދޯ އެއްމެންނަށް ވެސް މަ މިކިޔާ އެއްޗެއް..؟” ހުރިހާ ވާހަކައެއް ތަފުސީލްކޮށް ޒިއާދާ ކިޔާދިނެވެ. އެތާތިބި ހުރިހާ ކުދިން އެކަމަށް އެއްބަސް ވިއެވެ.

“އެކަކު ވެސް ހީ ނުކުރާތި އަހުރުން ސަލާމަތް ނުވާނެޔޭ އިރާދަ ކުރެއްވިއްޔާ އެއްމެން ސަލާމަތް ވާނެ… މަ ވަރަށް ވިސްނާފަ އަލްޔާ ބޭރު ކުރަން މިއުޅެނީ އެއީ އަހަރުންގެ ނެތް ނިކުތަސް އެެެހެން މީހުން ސަލާމަތް ކުރާނެ ގޮތެއްވެސް އެކަމަކު އަލްޔާގެ މަދުން ނަމަވެސް ރައްޓެހިން އެބަތިބި މާލޭގަ! އަހަރުންނަކީ ރަށުން ގެނާ ގޮތަށް މިތަނަށް އައި ބައެއް އެހެން ވީމަ އަލްޔާއައް މިކަން ވާނީ! ވަރަށް ސަމާލުވެ އެއްމެން އަޑުއަހާތި…” ޒިއާދާ އިތުރަށް ތަފުސީލް ކޮށް ކިޔާ ދެމުން ދިޔައެވެ. ހުރިހާ ކުދިން ވެސް ތިބީ ޒިއާދާ ދެއްކި ވާހަކަ ކަނުލާ އަޑުއަހައިގެން އުފާވެފައެވެ. އެއްކޮށް އުޅެއުޅެ އެތާތިބި ހުރިހާ ކުދިން ވެސް ވަނީ އެކަކު އަނެކަކުދެކެ އެއްބަނޑު ކުލުނު ޖެހިފައެވެ. “ސޯ… ހިނގާ އަލްޔާއަށް ހަދާ އެއްޗެއް ހަދާ ނިންމަމާ… ވަގުތު ކުޑަތަން އެބަވޭ މިހާރު އެހެރަ ހަތެއް ޖެހީ އެ ހިމާރު ފެއްސޭނެ އަށެއް ޖަހާއިރު އޭގެ ކުރިން އަލްޔާގެ ތަންތަން ފަޅާ ލޭދުއްވަން ހިނގާ…! އެއްމެން ހަނދާން ކުރާތި އެ ހިމާރު ބީތާ ކުރާނަން މަ! ތިމީހުން އަލްޔާ ނެރެން އުޅޭތީ…” އެހެން ކިޔާފަ ޒިއާދާ ތެދުވެގެން ގޮސް އަލްޔާގެ ބޯ ފާރުގައި ޖަހާ ފެޅިއެވެ. އަދި އަތުގަވެސް ވަކި އަޅާ އެގޮތް މިގޮތަށް ހަދާ އަލްޔާގެ ހަށިގަނޑު ލޭކޯރެއް ހެން ހަދާލިއެވެ. އަލްޔާއަށް ކިތަންމެ ވޭނެއް އެޅިއަސް އެއްމެންނަށްޓަކައި ކެތްކޮށްލައިގެން ހުރީއެވެ.

ބޭރުގަ އުޅެފަ ސައުދު ގެއަށް އައި އިރު އޮއްސި ހަތެއް ޖަހާ ބޮޑު ވިފަހުންނެވެ. ގޭތެރޭގަ އެއްވެސް ދިރުމެއް ނެތުމުގެ ސަބަބުން ސައުދު ގެއަށް ވަންނަ ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ގޭގަ އުޖާލާކަން ގެންނަން ހުރި މީހަކީ ގޭގަ ހުންނަ އަންހެން މީހާ ވިއްޔާއެވެ. އެހެންނަމަވެސް ސައުދުމެން ގޭގަ އެހުރީ ގޭތެރެ ފަޅު ސަހަރާ އަކަށް ހަދަން އުޅޭ މީހެއް ވިއްޔާއެވެ. ދެން ވާނީވެސް އެހެންތާއެވެ. އެކި ކަހަލަ ފިކުރުގައި ސޯފާގައި އޮއްވާ އަފީފާ ތިރިއަށް ފައިބަނީއެވެ. އަފީފާ ފެނުމުން ސައުދުގެ ފޫހިކަން ދިޔައީ ހައްތަހާ އިތުރު ވަމުންނެވެ. މަޑުމަޑުން ތިރިއަށް އައިސް ސޯފާގައި އިށީން އިރު ވެސް ސައުދު އިނީ ނުވެސް ދަންނަ މީހަކު ފެނުމުން ހުންނަ ކަހަލަ ގޮތަކަށް ދެބުމަ ގޮއް ޖަހައިގެންނެވެ. “ސައުދު އަހަރެންނަށް މާފެއް ނުކުރާނަންތަ…؟” އަފީފާ ދެރަވެފަ އަހައިލިއެވެ. ހަގީގަތުގަ ވެސް އަފީފާ ހުރީ ސައުދު ރުޅި އައީތީ އިންތިހާޔަށް ދެރަވެފައެވެ. ރޭގަ ކިތަންމެ ފުއްޕާފަ ވާހަކަ ދެއްކިޔަސް ސައުދުގެ ދުރުކަން ފެނި އަފީފާގެ ހިތްވަނީ ކުދިކުދި ވާން ކައިރި ވެފައެވެ. “އަފީފާ ކުރީކީ މީހަކަށް މާފު ކުރެވޭ ވަރުގެ ކަމެއްނުން… އެޔަށް ވުރެ މާ ދަށުދަރައިޖައިގެ ވަލު ޖަނަވާރަކު ވެސް ނުކުރާނެ ކަހަލަ ފިނޑި ކަމެއް، އެހެން ވީމަ ތިކަހަލަ މީހަކަށް މާފެއް ހައްގެއް ނޫން..!” ސައުދު ރުޅި ވެރި ކަމާއެކު ބުނެލިއެވެ. “ތިހެން ނުބުނޭ ސައުދު… އަހަރެން އެހުރިހާ ކަމެއްވެސް ކުރީ ވިނާންއަށް މޮޅު ހޯދަ ދޭންވެގެން!” އަފީފާ ދެރަވެފަ ބުނެލިއެވެ. “މަންމާ ތިކަހަލަ މޮޅު އަބަދުވެސް ހޯދަދެއްޗޭ… އޭރުން ތި މަންމަގެ ދަރިން ތިބެން ޖެހޭނީ ފަސްގަޑު ދަށުގަ..!” ބޭރުގައި އުޅެފަ އައިސް ހުއްޓި ވިނާން ބުނެލިއެވެ. އެއަޑަށް ސައުދު ވެސް އަފީފާ ވެސް ދިޔައީ ސިއްސައިގެންނެވެ. އިތުރަށް މަޑު ކޮއްވެސް ނުލާ ވިނާން ގޮސް ޔޫއެސްބީ ވާގަޑެއް ނަގައިގެން އައިސް އޭނަގެ ފޯނަށް ޖެހުމަށް ޓީވާއަށް ގުޅާލައިފަ ޖަޔާގެ ފޯނުން ނެގި ވީޑިއޯ ޕުލޭ ކޮއްލިއެވެ. އެމަންޒަރު ފެނި އަފީފާ ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. އެވަގުތު އެ ވީޑިއޯ ކުރި މީހަކާ ދޭތެރޭ އަފީފާ ދިޔައީ ވިސްނަމުންނެވެ. “މަންމާ ތިއީ ހަމަ އަހަރެންގެ މަންމަތަ؟ ނޫނީ ދޮން މަންމަތަ؟ މަންމައަށް އިނގޭތަ؟ މިރާރުވެސް ތި މަންމަ ޖަލަށް ފޮނުވާލުމަކީ އެއްވެސް ކަމެއްނޫން! އެކަމަކު ތި މަންމަ އަހަރުން ދެކެ ލޯބި ނުވިޔަސް އެެހެން މީހުނާ ދޭތެރޭ އިންސާނިއްޔަތު ކަމެއް ނެތަސް އަހަރުން ހުރޭ އެހެން މީހުންނާ ރަހުމު ކުރަން އަދި ލޯބި ވެސް ވަން…” ވިނާން ފެންކަޅިވެފަ ބުނެލިއެވެ. އަފީފާ ހުރީ ފިރިމީހާޔާ ދަރިން ކުރިމަތީގަ އެހާ ބޮޑަށް ބޭޒާރު ވީތީ ލަދުން އިސްޖަހައިގެންނެވެ. “އަފީފާ ކަލޭ ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަ ނެތީތަ؟!، ދަރިފުޅާ ތި ނުލަފާ އަންހެނާއަށް ހައްގު އަދަބަކީ ޖަލަށް ލުން! ތިކަހަލަ އަމަޔަކު ލޯމަތީ ފެންނަން ހުރުމަށް ވުރެ މާ ރަނގަޅު ވާނެ ނެތަސް..!” ސައުދުއަށް އެވީޑިއޯ ފެނުމުން ކެތްނުވެގެން ބުނެލިއެވެ. އޭރު ސައުދު ހުރީ ރަނގަޅަށް ވެސް ލޭ މއްޗަށް ގޮސްފައެވެ. “ބައްފާ..! އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަލްޔާ ގެންނާނަން…” ޔަގީން ކަމާއެކު ވިނާން ބުނެލިއެވެ. ސައުދުއަށް އަނެއްކާވެސް އަތް އިސް ކުރެވިދާނެތީ މަޑު ނުކޮށް އެތަނުން ހިނގައްޖެއެވެ. އަފީފާ ހޭ އިރު ހީވަނީ މޮޔައެއް ހެންނެވެ. އޭނަ އެހާ މޮޅަށް ރާވައިގެން ކުރި ކަންތައް އެއުތީ ލޯމަތީ ވީޑިއޯއެއްގެ ސިފާގައި ފެންނަން ވިއްޔާއެވެ. އެހެންވީމަ ވާނީ އެހެންތާއެވެ. އަފީީފާގެ ވިސް ނުން ހުރީ އަނެއްކާވެސް އެކަމުން މިންޖުވާނެ ގޮތަކާ މެދުވިސްނާ ފިޔަވަޅެއް އެޅުމަށެވެ. ދެން ހިންގާނީ ކޮންފަދަ ޖަރީމާއެއް ކަން ވެސް ނޭނގެއެވެ. އަފީފާ ވިސްނަ ވިސްނާ ހުއްޓާ ވިނާން ވެސް ނިކުމެގެން ހިނގައްޖެއެވެ. އަފީފާއަށް އެވަގުތު އިހުސާސްވީ އޭނަ ވަށައިގެންވާ ނަފުރަތާ އެކަނި ވެރި ކަމެވެ. ކުށެއް ކޮއްފި ނަމަ އެކުށުގެ އަދަބު ނުލިބި ހުރުމަކީ ނާދިރު ކަމެކެވެ. އަފީފާއަށް ދެން ވާނީ ކިހިނެއްބާ؟ މޮޔަވާނީބާ؟ ނޫނީ މަރުވާނީބާ؟ ނޫނީ އަމިއްލައަށް ކުރި ކުށަށް އިއުތިރާފު ވާނީބާ؟ ނޫނީ އަނެއްކާވެސް ކުށްމައްޗަށް ކުށްފުރުވަން ކުށް ކުރާނީބާ؟.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ދުރުގައިވިޔަސް… (35ވަނަ ބައި)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 40 (ސާޅީސްވަނަ ބައި)

Next
October 6, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 40 (ސާޅީސްވަނަ ބައި)

Previews
October 5, 2017

ދުރުގައިވިޔަސް… (35ވަނަ ބައި)

33 Comments!

  1. Anonymous says:
    October 5, 2017 at 10:49 pm

    Welll
    I like it…

    1. Adam says:
      October 5, 2017 at 10:57 pm

      Thanks anonymous

    2. ? says:
      October 5, 2017 at 11:01 pm

      Welcome adam

    3. ? says:
      October 5, 2017 at 11:01 pm

      Heloo adam

    4. Adam says:
      October 5, 2017 at 11:05 pm

      Yap anonymous

  2. Aimsithu says:
    October 5, 2017 at 10:51 pm

    Super

    1. Adam says:
      October 5, 2017 at 11:07 pm

      Thanks aimisthu

  3. ? says:
    October 5, 2017 at 11:02 pm

    Haadha rythi kujjekey thy

    1. Adam says:
      October 5, 2017 at 11:08 pm

      ?????

  4. Adam says:
    October 5, 2017 at 11:02 pm

    Reyga up kuran bunefa nukurevuneethee sorry busy kamun Hama nuvey ummeedha kuran mi part ves kamu dhane kamah thanks alhugandu get mi vaahakayah thidhehvaa ehbaaru lumah ???

  5. ? says:
    October 5, 2017 at 11:03 pm

    AADAM

    1. Adam says:
      October 5, 2017 at 11:10 pm

      Yap

  6. ? says:
    October 5, 2017 at 11:04 pm

    Reply nukuraanantha

    1. ? says:
      October 5, 2017 at 11:05 pm

      I like youuuuuu

    2. Adam says:
      October 5, 2017 at 11:11 pm

      Reply mikuranee nun

  7. ? says:
    October 5, 2017 at 11:07 pm

    Kaaku buny ma mi anonymous ey
    Bala ma mee?

    1. Adam says:
      October 5, 2017 at 11:15 pm

      AAA ebunaahen dhw ehenves vaane baeh faharu

  8. ? says:
    October 5, 2017 at 11:08 pm

    Dhen dhwwwwwwwwwwww

  9. ipher says:
    October 5, 2017 at 11:13 pm

    V v reethi mi partvx…ekam haadha kurey….plx next part dhigukoh genesdhecchey..and make it fast…plx plx

    1. Adam says:
      October 5, 2017 at 11:21 pm

      Thanks ipher insha Allah next part dhigu kohlaanan

  10. Reet says:
    October 5, 2017 at 11:14 pm

    Vvvvv Salhi super ummeedh kuran duvahun dhuvahah up kuraane kamah

    1. Adam says:
      October 5, 2017 at 11:23 pm

      Thanks reet insha Allah next part dhigu kohlaanan

  11. Zeeee says:
    October 5, 2017 at 11:18 pm

    V salhi.ekam thankolheh kuru mipart.avahah up kurahchey

    1. Adam says:
      October 5, 2017 at 11:25 pm

      Thanks zee insha Allah next part dhigu kohlaanan

  12. leeza says:
    October 5, 2017 at 11:32 pm

    salhi?

    1. Adam says:
      October 5, 2017 at 11:38 pm

      Thanks leeza

  13. GIRLYY says:
    October 6, 2017 at 1:36 am

    V v v reethi Dhen kon airaku vaahaka up kuranie

  14. Addu manje says:
    October 6, 2017 at 5:55 am

    Varah reethi mi bai ves.. ekm kiyamun dhiya iru varah alhaigaii thankolheh ebain..”Adhi e video vinaan ge phonah zapya in SEND kurieve.” Send ge badhaluga dhivehi lafzeh ethanugai beynun kurun kanneyege ragalhu gothakee..

  15. Hawwa says:
    October 6, 2017 at 9:42 am

    Heevany afeefa anehkaaves kushakah araigannaany hen hehe story v nice ingey?

  16. Girll says:
    October 6, 2017 at 10:00 am

    Dhaan vi dhw afeefaa gaiga thalhaalan ??

  17. Anee says:
    October 6, 2017 at 11:29 am

    V teethi than kolhe kuree

  18. Mady says:
    October 6, 2017 at 1:41 pm

    Adam habays v nice

  19. yumm says:
    October 6, 2017 at 2:47 pm

    v salhi..
    when next part??

Comments are closed.

Next Episodeޢެދެމޭ އުފާ….(27)←


All Right Reserved!