ސޮރީ
(ފަސް ވަނަބައި)
“ކާކުގެ ދަރިއެއް؟” މަންމަގެ ސުވާލާއެކު އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“މަ މިއަހަނީ ބަލްގީޝްގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” އަހަރެން އެއްޗެއް ނުބުނުމުން މަންމަ ބާރަށް ބުންޏެވެ.
އެއްޗެކޭ ނުބުނެ ހުއްޓަސް އުލްވާންވެސް ހުރީ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ކަން އެނގެއެވެ. ހުރިހާ ހަގީގަތެއް އެނގުނަސް އުލްވާން އަނގަ ނުހުޅުވާނެކަން އެނގެއެވެ. މަންމަގެ ރުޅީގެ ކުރިމަތީގައި އަހަންނަކަށް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ އަހަރެންގެ ބަނޑަށް ބަލާލުމެވެ. ހަދާނެ ގޮތް ހުސްވިއެވެ.
“މީނދަ ބަލްގީޝް ކައިރި މަ މިއަހަނީ ތީކާކުގެ ދަރިއެއްހޭ؟” މަންމަ ހަޅޭއްލަވައިގަތެވެ.
“މިފްޒާލްގެ” އެންމެފަހުން އަހަރެން ބުނީމެވެ. އެއާއެކު މަންމަ މައިތިރިވިއެވެ. އަހަރެން އެހާއަވަހަށް މިފްޒާލްއާ އިންނަން އުޅުނު ސަބަބު މަންމަ ދެނެގަނެފިއެވެ.
“ބަލްގީޝް މާދަން ފުރާ ލަންކާއަށް…ގޮސް ތިކަމުން ސަލާމަތްވެގެން އާދޭ؟” މަންމަ ބުނިއެއްޗަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
“ނޫން.. ނުވާނެ ތިކަމެއް. އަހަރެން ވިހާނަން. މި ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުދެވޭނެ” އަހަރެން ބަނޑުގައި ފިރުމާލީމެވެ.
“ތި އުޅެނީ މަ ދިރި ހުރީމަ ބަލްގީޝްއަށް އުނދަގޫވެގެންދޯ؟ މަ ނޫޅެން ފަލީހަތްވާނެ ގޮތެއް ނެތިގެންނެއް” މަންމަހުރީ ވަރަށް ރުޅިއައިސްފައެވެ.
“މަންމާ. އަހަންނަކަށް ނުކެރޭނެ ތިކަން ކުރާކަށް. މިކުއްޖާގެ ކުށަކީކޮބާ؟” އަހަރެންގެ ގައިގަ އެވަރު ކަމެއް ކުރާނެ ހިތްވަރެއް ނެތެވެ.
ހޮސްޕިޓަލުން ގެއަށް އަންނަންދެންވެސް އުލްވާން އަހަރެންގެ ގާތުގައި ހުއްޓެވެ. އެހެންނަމަވެސް އެހާވާހަކައެއް ނުދައްކައެވެ. ކުއްލިއަކަށް އަހަރެންގެ ދިރިއުޅުމަށް މިއައީ ކޮންފަދަ ތޫފާނެއް ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އަހަންނަށް މައްސަލައެއް ނެތެވެ. އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅު ދުނިޔެއަށް އަންނާނެއެވެ. އެދަރިފުޅަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން އަހަރެން ދޭނަމެވެ.
އަހަރެންނަށް ހަދާނެގޮތް ހުސްވިއެވެ. ކޮންމެގޮތެއް ވިޔަސް އަހަރެންގެ ނިންމީ ރާއްޖެއިން ފުރައިގެން ދާށެވެ. ދާނެ ތަނެއް ވަކި އޮތީކީވެސް ނޫނެވެ. ބޭނުންވަނީ ދަންނަ އެންމެނާވެސް ދުރަށްދާށެވެ. މިކަމުގައި އަހަރެން އުލްވާންގެ ހިޔާލެއް ހޯދަން ބޭނުންނުވީ އޭނަ އަހަރެން ހުއްޓުވާނެތީއެވެ.
އާދުވަހަކަށް އިރުއަރައިގެން އައި އިރު އަހަރެން ހުރީ އެއަރ ޕޯޓްގައެވެ. ފުރަން ގޮހެވެ. އެންމެ އަވަހަށް އިންޑިޔާއަށްދާ ފްލައިޓަކުން ދާން ހަމަޖެއްސުނީ ވަރަށް އުނދަގުލުންނެވެ. އަހަރެން ނުހޯދުމަށް އެދި ގޭގައި ކުޑަ ނޯޓެއް ބޭއްވީމެވެ. އުލްވާންއަށް މެސެޖެއް ފޮނުވާލަން ހިތައްއަރާފަވެސް އެކަން ނުކޮށް މަޑުކުރީ ފްލައިޓަށް އެރެންދެނެވެ. އެހެންނޫނީ އަހަރެން ފުރިޔަކަ ނުދޭނެއެވެ.
ފްލައިޓަށް އެރުމަށްފަހު ފުން ނޭވާއެއްލީ އިރާދަކުރެއްވިއްޔާ އަލިމަގެއް ދައްކަވާނެކަމުގެ އުއްމީދުގައެވެ. ފްލައިޓް ނައްޓާލުމަށް ތައްޔާރު ވުމާއެކު އަހަރެން ދަނީ ކަމުގައި ބުނެ އުލްވާންއަށް މެސެޖެއް ކޮށްލީމެވެ. އެއަށްފަހު ފޯނު ނިއްވާލީމެވެ.
ދާނެތަނެއްނެތި އަހަރެން ޓްރިވެންޑްރަމްގެ މަގުތަކުގައި ހިނގަންފެށީމެވެ.
“ބަލްގީޝް” ސިއްސައިގެންގޮސް އަހަންނަށް ހުއްޓެވުނީ އަހަރެން ދަންނަ މީހެއްނޫނީ އަހަރެންގެ ނަމުން ގޮވައިނުލާނެކަން އެނގުމުންނެވެ. އެއީ ކޮންމެމީހަކަސް އަހަރެން ބޭނުންވީ އަޅާނުލައިދާށެވެ. ފަސްއެނބުރި ބެލުމެއްނެތި އަހަރެން ބާރުބާރަށް ހިނގައިގަތީމެވެ.
“ބަލްގީޝް މަޑުކޮށްބަލަ.” އެމީހަކު އަހަރެން ފަހަތުން އަންނަކަމުގެ އިހުސާސްއަހަންނަށް ކުރެވުނެވެ. އަހަރެން އިހުނަށްވުރެ ހިނގުން ބާރުކޮށްލީމެވެ. އެހެންނަމަވެސް އެމީހަކު އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އެމީހަކަށް އަހަރެން ބަލައިލީދެނެވެ.
“ކައިލް” ހައިރާންކަމާއެކު އަހަންނަށް ބުނެވުނެވެ.
“އާން. އަހަރެން އެކަނިމާއެކަނި ފޮށިތައް ހިފައިގެން ކޮންތާކަށް ތިދަނީ…ހިނގާ އަހަރެން ގެންގޮސްދީފާނަން. އެއޮތީ މަގޭ ކާރު” ކުރިމަތީ އޮތް ބީ އެމް ޑަބްލިއު ކާރެއް ދައްކާލުމަށްފަހު ކައިލް ބުންޏެވެ. އެއަށް ފަހު އަހަރެން ގެނައި ދެފޮށީގައި ހިފައިގެ ހިނގައިގަތެވެ. އެއްޗެކޭ ބުނުމުގެ އެއްވެސް ފުރުސަތެއް އަހަންނަށް ނުދީ ކައިލް ގޮސް އަހަރެންގެ ފޮށިތައް އޭނާގެ ކާރަށް ލިއެވެ. އެއަށްފަހު އަހަރެން އަރަން ކާރުގެ ދޮރު ހުޅުވައިދިނެވެ. އަހަރެންނަށް ބޭ އިހްތިޔާރުގައި ކާރަށް އެރުނެވެ.
“ކޮންތާކަށް ދާންވީ؟” ކާރަށް އަރާ ކާރު ސްޓާޓް ކޮށްލަމުން ކައިލް އެހިއެވެ.
“ނޭނގެ. މިތާކައިރި ހޮޓަލަކަށް ގެންގޮސްދީ” އަހަރެން ބުނީމެވެ.
“ކީއްކުރަން ކުލި ދައްކައިގެން ހޮޓަލެއްގައި ހުންނަންވީ ހިނގާ އަހަރުމެން ގެއަށް. ބަލްގީޝް ކުރަން އައިކަމެއް ނިމެންދެން ހުރެވޭނެ. މަށާ މަގޭ މަންމައާ ދެ ނޯކަރުން އުޅޭނީ. އަހަރެން އޮފީހަށް ދިޔައީމަ މަންމަ އެކަނި ހުންނާނީ.. އެގެ ވަރަށް ބޮޑުވާނެ. ބަލްގީޝްއަށް އުނދަގުލެއް ކުރާނެ މީހެއް ނުހުންނާނެ.” ކައިލް އިނީއަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން ކައިލްއަށް އިތުބާރު ކުރަންވީހެއްޔެވެ. ކައިލްއަކީ ކޮންކަހަލަ މީހެއްކަމެއްވެސް ނޭނގެއެވެ. އެއްފަހަރު ބޮނޑިއެއް ލިބިއްޖެއެވެ. އަނެއްކާވެސް ހަމަ ބޮނޑިއެއް ލިބިދާނެއެވެ.
“ކިހިނެތްވީ.. ބިރުގަތީދޯ؟ ބަލްގީޝް ނުރުހުމުގަ އަހަރެން ނުގެންދާނަން އިނގޭ. އިންޑިޔާ މީ.. އެކަނި އަންހެން ކުއްޖަކު ހޮޓަލެއްގައި ހުރުމަކީ ރައްކާތެރި ކަމެއްނޫން. އަދި ތިހާ ރީތި ކުއްޖެއް..” ކައިލް އެބުނީވެސް ދޮގެއްނޫނެވެ.
“އޯކޭ ހިނގާ.. އެކަމަކު ޝަރުތެއްގެ މަތިން. ” އެންމެފަހުން އަހަރެން ބުނީމެވެ.
“ހަހަހަ. އަހަރެން ނުވަންނާނަން ބަލްގީޝްގެ ކޮޓަރިއަކަށް. ” ކައިލް ކާރު ދުއްވާލިއެވެ.
” ނޫނޭ. އެކަހަލައެއް ނޫން. ކައިލް ނުވާނެއެއްވެސް މީހެއް ކައިރި އަހަރެން އިންޑިޔާގައި ހުރި ވާހަކަ ބުނެގެން. އަހަރެން މިތާ ހުރިކަން އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫން” އެންމެފަހުން އަހަރެން ބުނީމެވެ.
“އެއީ..ފިލައިގެންތަ އައިސް ތިއުޅެނީ.. ” ކައިލް އެހެން ބުނީ މަޖަލަކަށެވެ.
“އާން” އަހަރެންގެ ޖަވާބާއެކު ކައިލް ހުއްޓުންއެރި އެވެ. ކާރުވެސް ހުއްޓުވާލިއެވެ.
“ކީކޭ.. ކާކާފިލަން” ކައިލް ހައިރާންވެފައި ސުވާލު ކުރިއެވެ.
“އެއީ ވަރަށް ދިގުވާހަކައެއް. ފަހުން ކިޔައިދޭނަށް.ގައިމުވެސް ފުލުހުންނާ ފިލާކަށް ނޫން” ހުރިހާ ވާހަކައެއް ދައްކަން އެވަގުތު އަހަންނަށް އުނދަގޫވިއެވެ.
“އެހެރީ އަހަރުމެންގެގެ” ދުރުން ފެންނަށް ހުރި ހަވޭލީއެއް ދައްކާލުމަށްފަހު ކައިލް ބުންޏެވެ.
އެއީ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. ކައިލްގެ ކާރުގެ ބަރުގޮނު އަޅާލުމާއެކު އެބިޔަ ގޭޓު ހުޅުވާލިއެވެ. ސުބުހާނަﷲ! މިފަދަ ރީތި ގެޔެއް އަދި ހުވަފެނަކުންވެސް ނުދެކެމެވެ. ގޭޓުން ކާރު ވަދެގެން ހަވޭލީއާ ހަމައަށް ދެވެން އޮތް މަގުގެ ދެފަރާތުގައި ރީތި ބަގީޗާއެއް ހަދާފައި އޮތެވެ. ބަލާބެލުމަށް ހަމަސިފަވަނީ ހިންދީ ޑްރާމާތަކުގައި ދައްކާ ރީތި ބޮޑެތި ހަވޭލީއެވެ. ހަމަ އެފަދައެވެ.
“މީ އަހަރެންގެ ބައްޕަ މަގޭ މަންމައަށް ގަނެދިން ހަވޭލީ. ދޭތެރެއަކުން ބައްޕަ އަންނާނެ އިންޑިޔާއަށް. ބައެއްފަހަރު އަހަރެންގެ ދޮންބެއާ އޭނާގެ ފެމެލީވެސް އަންނާނެ. އެކަމަކު ވަރަށް މަދުން.” ކައިލް ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައިރު އެހަވޭލީގެ ރީތިކަމަށް އަހަރެން އިނީ ގޮސް ހުސްވެފައެވެ.
ގޭ ކުރިމައްޗައް ކާރު މަޑުކޮށްލުމާއެކު ކައިލް ކާރުން ފޭބިއެވެ. އަހަރެން އިނީ ފައިބާންވީ ބާއޭ ނޫނީ އިންނާންވީ ބާއޭ ހިތާހިތުން ސުވާލުކޮށްލަކޮށްލައެވެ.
“ފައިބަންވީނު…” ކައިލް އައިސް ކާރުގެ ދޮރު ހުޅުވައިދިނެވެ.
“ކައިލް.. އަހަންނަކަށް ނުކެރޭނެ.” އަހަރެން ފަސްޖެހުނެވެ.
ކައިލް އަހަރެންގެ އަތުގައި ހިފާ ކާރުން ބޭލުވިއެވެ. ގޭގެ ބޮޑު ދޮރާށި ހުޅުވާލާފައި ކައިލް އަހަރެން ގޮވައިގެން އެތެރެއަށް ވަންނަން ދިޔައެވެ. ބޮޑު ގޭތެރެ ހީވަނީ ބޮޑު ގަނޑުވަރެއް ހެންނެވެ. ހީވަނީ ހިންދީ ޑުރާމާއެއްގެ ސެޓަށްވަދެވުނު ހެންނެވެ.
“ދަރިފުޅާ” ބޮޑު ހޯލެއްވަރުގެ ސިޓިންގރޫމުގެ އެއް އަރިމަތީ ހަދާފައި ހުރި ސިޑިން ދެބައި އުމުރުގެ އަންހެނެއްފައިބަމުން ގޮވާލިއެވެ. ހެދުން އެޅުމުގައި ޝާހީ ގޮތްގަނޑު ހުއްޓެވެ. މުއްސަނދިކަމާއި ޝާއްބަކަން ހިނގުމުގައިވެސް ހުއްޓެވެ. ލައިގެން ހުރި އަގުބޮޑު ޕާކިސްތާނު ހެދުމެކެވެ.
“މަންމާ.. މީ ބަލް. ބަލްގީޝް. އަޅުގަނޑުގެ ރައްޓިއްސެއް. ކުޑަ ދުވަސްކޮޅަށް މިގޭގައި ހުންނަން އެއައީ…އޯކޭ ތަ؟” ކައިލް ވާހަކަ ދެއްކީ އިޙްތިރާމާއި ލޯތްބާއެކުއެވެ.
“އައްދެ. ކުޑަ ދުވަސްކޮޅެއްތަ؟ މަންމަ މިކިޔަނީ އަބަދު މަންމަ ކައިރި ހުންނަން ކުއްޖެއް ގެނެސްދޭށެ. މިވެސްކިހާ ރީތި ކުއްޖެއް” ކައިލްގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
އެންމެފުރަތަމަވެސް ކައިލްގެ މަންމަގެ ފަރާތުން އަހަންނަށް އިހުސާސް ކުރެވުނީ ލޯތްބާއި އަޅާލުމެވެ.
“ބަލް.. ހިނގާ ދައްތައާއެކު. ކަންނާ ގެނެސްދީ ދަބަސްތައް. ގެސްޓް ރޫމަކަށް ނޫން. އަހަރެންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް” ކައިލްގެ މަންމަ އަހަރެންގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ. ކައިލްވެސް ފަހަތުން ހިނގައިގަތެވެ.
ކައިލްމެންގޭގައި އަހަރެން އުޅެންފެށިއިރު އަހަންނަށް އެހާހިތްހަމަ ނުޖެހުނަސް ހަފްތާއެއް ވީއިރު އަހަންނަށް ހަމަޖެހެވިއްޖެއެވެ. ކައިލްއާ ކައިލްގެ މަންމަގެ ފަރާތުން ލޯތްބާ އަޅާލުން އިންތިހާއަށް ލިބެއެވެ. ކައިލްގެ އުޅުމުންނާ ބުނެލާ ބަސްތަކުން ކައިލް އަހަންނާ ގަޔާވާކަން އެނގެއެވެ.
ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސްވަމުންދެއެވެ. ކައިލްއާއި ކައިލްގެ މަންމައަށް މިކަން އެނގޭ ދުވަހަކުން އަހަންނާ މެދު ދެކޭނީ ކިހިނެތްބާވައެވެ؟ އުލްވާން އަށް ގުޅާލަން ކިތަންމެފަހަރަކު ވެސް ހިތައް އަރައެވެ. އެހެންނަމަވެސް އަހަރެންގެ ސަބަބުން އުލްވާންގެ ދިރިއުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ.
އާދުވަހަކަށް އިރުއަރައިގެން އައި އިރު މިއަދު އަހަންނަށް ހޮޑުލެވެންފެށިއެވެ. ދެވަނަ ފަހަރު ހޮޑުލައިގެން ނުކުތް އިރު ކައިލް ހުރީ އަހަރެންގެ ކޮޓަރީގައެވެ.
“ބަލް.. ބަލީތަ؟” ކަންބޮޑުވެފައި ކައިލް އެހިއެވެ.
” ކައިލް… އަހަރެން އެބައޮތް ވާހަކައެއްދައްކަން” ކޮންމެގޮތެއްވިޔަސް ކައިލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން ނިންމީމެވެ. ކައިލް އަހަރެންގެ ބެޑްގައި އިށީނީ ވާހަކައަޑުއަހަން ތައްޔާރުވެގެންނެވެ.
“ކައިލް.. އަހަރެން ބަނޑުބޮޑު..” އަހަންނަށް ބުނެވުނީ އެހެންނެވެ. މަޑު ޖެހެވުނީ ކޮޓަރި ދޮރުމަތީގައި ހުރި ކައިލްގެ މަންމަ ފެނުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.


Woooowww… V rythi… Dhn kihineibaa vaaaniii dhw… Adhi kail ge mom ah vx adu ivuny A…. Waiting 4 next part….
Yeah dhw.. hehe thank you ?
reethi ❤?
Thank you ❤️❤️
mi part ves varah reethi ekamu maa kury!!! dhen oi part thankolheh avahah up kohdheebala. masha heevany kail aa mifzaal aky siblings hen. vaa gotheh egidhaanetha!!?????
Hehe. Thank you ??
Next part when……?? Haadha kureyy….. bt v salhi.. plx next part avas kohdhyyba plx…
In Sha Allah ve emme avahakah kohdheynan thank you for your support ?
Please thankolheh avahah up kohdhee bala.
Reet v emme avahakah kohdheynan ❤️❤️
Wow masha allah v rythi v furihama ?? bal kail ah hurihaa eh cheh kiyaidhy ekam kai n mifzaal aee dhebeyn hen v hyvey but kstry v v awsome v v furihama whn nxt prt avaskolla dhybala plx ly??❤❤??????????
Thank you ❤️❤️
Dhen kail.mom.heekuraany kail ge dhari eh kamah and will force him to.marry her. Later mifzaal ves annaane. Mifzaal ei kail ge dhonbe. Hehe.. Hama khiyaalee fola kakkany mi..
🙂
Kail and bal varah match vey..? kail mom anehkaa rulhi naisiyaa vedhaan…varah salhi mi part ves..☺️when next part…waitting..❤️?
in sha allah v emme avahakah… thank u <3
Next part avaha up kohdhrlehchey.? varah kiyaahithunn mihury dhn vaane gotheh☺☺
hehe ok thank you <3
Thankolheh dhigukoh gesdheeba please varah varah reethi mi vaahaka
mee varah reethi vaahakae eh, komme dhuvahau kiyaalan libeyne nama,
Heheh thank you ❤️❤️
V dhigu kh nxt part up khdhehcheyy plxxxx.. vaahakaI ge ehnme reethi hisaabun ninman jehenyy. V dhera veyy.. wooow nice story ????????❤❤
Eyrunnehnu kiyaa hiy vaanee dhw btw thank u ???
when next part up vaane?