Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(24)

Dhippi Level 4100 Comments10 Stories
October 2, 2017 6 Mins Read
26 Comments

ޖަޔާ ނިކުމެގެން ދިޔަ ތަން ބަލައިގެން ވިނާންއަށް ހުރެވުނީ ފެންކަޅި ވެފައެވެ. އޭރު ވިނާންގެ ސިކުނޑީގައި ވަނީ ވަރު ގަދަ ހައިޖާން ގަނޑެއް އެބުރި އެބުރިއެވެ. އެވަގުތު ދެން ކުރަންވީ ކޮން ކަމެއްކަމެއް އެ ސިކުނޑިއަކަށް ނަގައި ނުގަނެވުނެވެ. “މަންމަގެ ހުންނަ ރަހުމެއް ނެތް ވަރު ވިސްނާ، އެއްވެސް ކުށެއް ނެތް ކުއްޖަކަށް އެހަދާލި ގޮތް! އަހަރެން ހިތަށް އަރާ އެއީ ހަމަ އަހަރެންގެ މަންމާބާއޭ؟ ކޮންފަދަ ނުލަފާ މަންމައެއްތަ! ޖަޔާ ދޮގެއް ނަހަދާނެކަން ހަމަ ޔަގީން، އޭނަޔަށް ފެނުނީމަ އޭނަ އެހެން ބުނާނީ، ދެން ކިހިނެއްބާ ހަދާނީ؟” ވިނާން ބޮލުގައި ހިފަަހައްޓައިގެން ހުރެ ހިތާހިތާ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް މާކިން މަތިން ހަދާން ވީވެސް ވިސްނާ ވިސްނާ ގޮވި ފަހުންނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ފުރަތަމަ ވެސް ފޯނުނަގައިގެން ގުޅާލީ މާކިންއަށެވެ. “މާކު ވަރަށް ބިޒީތަ؟” މާކިން ފޯނު ނެގުމާއަކު ވިނާން އަހައިލިއެވެ. “ނޫން… ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ! އަނެއްކާ އަލްގެ ހަބަރެއް ވީތަ؟” ވިނާންގެ އަޑުން ވެސް ހާސްވެފައި ހުރިކަން އެނގުމުން މާކިން އަހައިލިއެވެ. “އާނ… ވެއްޖެ! މާކް… އަހަރެން މިހިރީ ގަބޫލް ވެސް ނުކުރެވިފަ! އެކަމަކު ހަގީގަތަކީ ބަދަލް ވާނެ އެއްޗެއް ނޫން، މާކްއަށް އިނގޭތަ؟ އަލް ވީތަނެއް އިނގޭނީ އަހަރެންގެ މަންމަޔަށް!” ވިނާން އެއްނޭވައިން ބުނެލިއެވެ. “އޭ!! ކީކޭ؟! މަންމަޔަށޭ! ކީކޭތަ ވިނާން ތިކިޔަނީ؟” ހައިރާން ވެގެން މާކިން އަހައިލިއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. “އާއެކޭ މާކް! އަހަރުން ގޭގަ އުޅޭ ޖަޔާގެ ލޯކުރިމަތީގަ ހުރިހާ ކަމެއް ވެނިމުނީ! އަލްޔާ ވިއްކާލައިފަ ހަށި ވިއްކާ ތަނަކަށް! އެހުރިހާ ކަމެއްވެސް ކުރީ އަހަރެންދެކެ ލޯބިވާ އަހަރެންގެ މަންމަ!!” ވިނާން އިނީ ކިތަންމެ ހިތްވަަރެއް ކޮއްގެން ހުއްޓަސް ރޮވިފައެވެ. “ނުވާނެ ތިހެއްނެއް… ތިވާނީ އޭނަ ދޮގު ހެދީކަމަށް!” މާކިންއަށް ގަބޫލް ނުކުރެވިގެން ބުނެލިއެވެ. “ނޫނެކޭ..! ކީއްވެތަ މާކް ގަބޫލް ނުކުރަނީ؟ ޖަޔާ ނަަހަދާނެ ދޮގެއް މަށަށް ހަމަ ޔަގީން…! އެހެން ނޫނަސް މަށަށް ދޯ މަގޭ މަންމަގެ ގޮތް އިނގޭނީ…” މާކިންއަށް ޔަގީން ކޮއްދެމުން ވިނާން ބުނެލިއެވެ. ރައްޓެހިން ކުރިމަތީގަ މަންމަ ރަނގަޅު ވާހަކަ ދެއްކިއަސް މިފަހުރު ވިނާންއަށް ޖެހުނީ އޭނަގެ ރައްޓެހިން ކުރިމަތީގަ މަންމަގެ ގޯސް ކަމުގެ ވާހަކަ ދައްކާށެވެ. އެކަމާ ވިނާން ހުރީ ވަރަށް ދެރަވެފައެވެ. އެހެން ނަމަވެސް އޭނަގެ ނޫރު ފަދަ ލޯބިވާ އަލްޔާއަށްޓަކައި އެނޫން ގޮތެއް ނެތެވެ. މީގެ ކުރިން ވިނާން އަބަދުވެސް ރައްޓެހިން ކައިރީގަ ބުނަނީ އޭނަގެ މަންމަ އަކީ ނަންބަރ ވަން ކަމުގައެވެ. އެކަހަލަ މަންމައެއް އެހެން ބަޔަކަށް ނުލިބޭނެ ކަމުގައެވެ. އެހެން ނަމަވެސް މިއަދު މިއޮތީ އެކަން ބަދަލު ކުރަން މަޖުބޫރު ވެފައެވެ. ފަހަރެއްގައި ވިނާންއަށް އެބުނެވުނީ ރަނގަޅަށް ކަމަށް ވެސް ވެދާނެއެވެ. އޭނަގެ މަންމަ އަކީ ރަހުމެއް، ހަމްދަރުދީއެއް ނެތް ދެވަނައެއް ނުވާ މަންމައެކެވެ. “ދެންވެސް ޓައިމް ވޭސްޓް ނުކޮށް ސުހޭލް ކައިރިޔަށް ދާން ހިނގާ” ވިނާން އެއްޗެއް ނުބުނެހުރުމުން މާކިން ބުނެލިއެވެ. ސުހޭލް އަކީ މާކިންގެ ރައްޓެހި ސީއަޑީ ޕޮލިހެކެވެ. މާކިން ސުހޭލް ކައިރިޔަށް ދާން ބުނީ އޭނަޔަށް އެތަނެއް އެނގިދާނެ ކަމަށް ލަފާ ކޮއްފައެވެ. ކުރިން ވެސް ސުހޭލް އޮތީ ކުޑަ ހަބަރެއް ލިބުނަސް އޭނަޔާ ހިއްސާ ކުރަން އަންގާފައެވެ. އެހެންކަމުން މާކިން ބޭނުންވީ އެ ހަށި ވިއްކާ ތަނެއް އޭނަޔަށް އިނގޭތޯ ބަލާ ކުރިއަށް ދާން ވީ ގޮތެއް ޕްލޭން ކުރާށެވެ. “އޯކޭ… މަ މިނައްޓާލީ!!” ދަނީ ކަމަށް ބުނެ ވިނާން ފޯނު ބޭއްވިއެވެ.

މާކިންއާ ވާހަކަ ދެއްކުމަށް ފަހު ފާހާނަޔަށް ވަނދެ މޫނު ދޮވެލައިގެން ކުޑަކޮށް ފުރެޝް ވެލައިގެން ވިނާން ބޭރަށް ނިކުތީ ސުހޭލް އާ ބައްދަލު ކުރުމަށް ދިއުމަށެވެ. އޭރު ސައުދުއާ ވަޒުނާޔާ ދެމީހުން ތިބީ އޮލަ ވާހަކައެއްގައި ސިޓިން ރޫމުގައެވެ. އެމީހުނަށް ހިނިތުން ވުމެއް ދީފަ ވިނާން ދިޔައީ ބޭރަށް ނުކުންނާށެވެ. އެހެން ނަމަވެސް ސައުދު އޭނަޔަށް ގޮވައިފަ އިށީންނަން ބުނުމުން ކިތަންމެ ލަސް ވިއެއް ކަމަކު ވިނާން މަޑު މަޑުން އައިސް ސޯފާގައި އިށީނދެއްޖެއެވެ. “ދަރިފުޅާ ކޮންތާކަށް ތިދަނީ؟ މިހާރަކަށް އައިސް ދަރިފުޅު ކަނީކީ ނޫން މީހާ އެއްކޮށް ހިކި އަނަރޫފަ ވެއްޖެ! ތިވެގެން އުޅޭ އެއްޗެއް ބައްޕައާ ވެސް ހިއްސާ ކުރަން ވެއްޖެއެއް ނޫން” ވިނާން އައިސް އިށީނުމުން ސައުދު ބުނެލިއެވެ. “ބައްޕާ އަޅުގަނޑު ބަނޑުހައިވި ނަމަ ކާނެއެއްނުން… އަޅުގަނޑު އެއްގޮތަކަށް ވެސް ކާހިތެއް ނުވޭ” އިސްޖަހައިގެން ހުރެ ވިނާން ބުނެލިއެވެ. ވިނާން އެހެން ބުނިލި އިރުވެސް އޭނަގެ ހިތުގެ ހާލަތު އިނގޭހާ ވެއެވެ. “ބައްޕަޔަށް ވެސް އިނގެޔޭ ބަނޑުހައިވީމަކަން ކެވޭނީ އެކަމަކު ދެ ދުވަސް ވާއިރު ވެސް ހަމަ ބަނޑުހައި ނުވެ ހުރެދާނެތަ؟!” ވިނާންގެ ބުރަކަށީގައި ފިރުމަމުން ސައުދު ބުނެލިއެވެ. “ވަޒޫ އެބަ ދައްކާ ފާޑެއްގެ ވާހަކައެއް… އޭ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތަ؟” ސައުދު އަތުގައި އޮތް ނޫސް މޭޒު މަތީ ބާއްވަމުން އަހައިލިއެވެ. އެވަގުތު ވަޒުނާ އެއްލޯ މަރާލަމުން ސައުދު އެބުނީ ކީކޭކަން ވިނާންއަށް ދޭހަ ވެއްޖެއެވެ. “ބައްޕާ ވަޒޫ ވާހަކައެއް ދެއްކިއްޔާ އެވާނީ ރަނގަޅު ވާހަކަޔަކަށް…” އިސްޖަަހައިގެން ހުރެ ވިނާން ބުނެލިއެވެ. “އެހެންތަ؟ އެހެންވީމަ ބައްޕަޔަށް މި ހީވި ހީވުމަކީ ރަނގަޅު ހީވުމެއްތާ ދޯ؟!” ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ… އެކަމަކު އެނަސީބު ވެސް އަހަރެންގެ އަތުން ބީވެއްޖެ އަލްޔާ އަކީ ކިހާ ބަދުނަސީބު ކުއްޖެއް…” ފެންކަޅިވެފައި ވިނާން ބުނެލިއެވެ. އޭރު ވިނާންގެ މޫނު މަތިން އޭނަ ކުރަމުން ދާ ހިތާމަ ފެންނަން ހުރި ކަހަލައެވެ. އެހާވެސް އޭނަގެ މޫނު ހުރީ މިލާ މޯޅިވެފައެވެ. “ދަރިފުޅާ ހިތްވަރު ކުރަން ވާނެ! ތިއީ ފިރިހެން ކުއްޖެއްނޫން؟ ފާފު ކިޔާފަ ތިހާ ފިނޑިވެގެން ނުވާނެ… ދަރިފުޅު ބަލާބަލަ މިސާލަކަށް މި ބައްޕަ ބޮލުގައި ހުރި ކަޅު އިސްތަށި ހުދުވެފައި މިހިރީ ހާދަ ހިތްވަރެއް ކުރުމަށް ފަހުއޭ! އެހެންވީމަ ދަރިފުޅުވެސް ވާނެ ބައްޕަހާ ހިތްވަރު ގަދަ ކުއްޖަކަށްވާން!، މަސައްކަތް ކުރޭ އަދި އަލްޔާ އަންނާނެ ދަރިފުޅުގެ ހަޔާތަށް!” ސައުދު އެތައް ހިތްވަރެއް ދެމުން ބުނެލިއެވެ. އޭރު ވިނާންއަށް އިނެވުނީ ރަނގަޅަށް ވެސް ރޮވިފައެވެ. އެ ވަގުތު ސައުދު ހުރީ ވިނާންގެ ގައިގަ ބައްދާލާ ގެންނެވެ. ސައުދުއަށް މާ ރަނގަޅަށް ވެސް އޭނަގެ ދަރިފުޅުގެ ހިތުގަ އަޅާ ވޭން އެނގުނެވެ. އެވަގުތު ވިނާން ލަސް ވެގެން މާކިން ގުޅަނީއެވެ. “ބައްޕާ އަޅުގަނޑު ގޮސްލީއޭ… މިހާރު ވެސް މިދަނީ އަލްޔާގެ ކަމެއްގަ! އަޅުގަނޑަށް އޭނަގެ ހަބަރެއް ވެއްޖެ އެކަމަކު އަޅުގަނޑު ފަހުން ކިޔާދޭނަން މިވަގުތު ވަރަށް ލަސް ވެގެން މިދަނީ…” ލޮލުން ކަރުނަ ފުހެލުމަށް ފަހު އާހިތްވަރަކާއެކު އެހެން ބުނުމަށް ފަހު ވިނާން ނިކުމެގެން ހިނގައްޖެއެވެ. ވިނާން ދިއުމުން ސައުދު ހަށިފުރާ ނޭވާއެއް ލިއެވެ. އޭނަގެ ދަރިފުޅަށް ދެވުނު ހިތްވަރުގެ ސަބަބުން އެހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބުނު ކަމުގެ ޔަގީން ކަމާއެކުއެވެ. ކޮންކަހަލަ ލޯބިވެތި ބައްޕައެއް ހެއްޔެވެ. ހަމަ ޔަގީނުން ވެސް ކޮންމެ ފިރިހެން ދަރިއެއް ވެސް އެފަދަ ބައްޕައެއް ބޭނުން ވާނެއެވެ.

ރޭގަނޑުގެ ކެއްމަށް އިންސާފުކުރަން އަފީފާ ހުރީ އެކަނިމާ އެކަންޏެވެ. ސައުދުވެސް ވަޒުނާ ވެސް ކާން ބޭނުން ނުވާކަމަށް ބުނެ ކާކަށް ނާދެއެވެ. ސައުދު ވެސް މިރޭ ހަމަ އެއްވެސް ގޮތަކަށް ކާހިތެއް ނުވިއެވެ. އޭނަގެ ދަރިފުޅަށްޓަކައި އޭނަގެ ހިތުގައި އޮތް ޖަޒުބާތު ކެކި އުތެރެނީ ކަންނޭގެއެވެ. ސައުދު ވެސް މިރޭ މާ މޯޅިވެފަ ހުންނާތީ އަފީފާ ހުރީ އެކަމާ ހައިރާން ވެފައެވެ. އަކަކުވެސް ކާން ނައެއް ކަމަކު ބަނޑުފުރާ އަޅައިގެން އަފީފާ ނިކުތީ ސިޓިން ރޫމަށެވެ. އުޝާ އަންނަން ބުނި ގަޑި ޖެހޭތީއެވެ. އުޝާ އަކީ މިހާރު އަފީފާގެ ހުރިހާ ގޮތް ފުރާދޭ މީހާ ކަހަލައެވެ. އަފީފާ ކައިގެން ބޭރަށް ނިކުތް އިރު ސައުދުއާ ވަޒުނާ ތިބީ ސޯފާގައެވެ. “ދެބަފައިން މިރޭ ނުވެސް ކާ ރޭއްތަ؟” ސޯފާގައި އިށީންނަމުން އަފީފާ އަަހައިލިއެވެ. “އަަހަރުން ނުކެޔަސް އަފީފާއަށް ކެވިއްޖެއެއް ނޫން! އެ ނިމުނީތާ!” ވަރަށް ފޫހިވާ ގޮތަކަށް ސައުދު ބުނެލިއެވެ. އެވަގުތު އުޝާ އައިސް އެގެއަށް ވަންނަނީއެވެ. “އައްސަލާމް އަަލައިކުމް!” ދޮރު މައްޗަށް ހުއްޓި ހުރެ އުޝާ ސަލާމް ގޮވައިލިއެވެ. “އެ އަޑަށް ސައުދުގެ ދެބަފައިން ސިއްސައިގެން ގޮސް އެދިމާލަށް ކަޅި ހުއްޓުނެވެ. ހެވިދިލިފައި ހުރި އުޝާ ހީވާނީ ބައްތިރީސް ދަތް ސޭލް އަޅުވާފަ ހުރި ހެންނެވެ. “އަހަ..! އުޝާ އާދޭ، ދައްތަ ހީކުރީ މިރޭ ނުވެސް އަންނާނެކަމަށް!…” ހެވިދިލިފައި ހުރެ އަފީފީ ބުނެލިއެވެ.

“ހެހެ… އެހެންތަ ދައްތާ؟! އަޅުގަނޑު އަންނަން ބުނިއްޔާ އަންނާނެއެއްނުން” ތުއިކަމާ އެކު އުޝާ ބުނެލިއެވެ. އޭރު ސައުދުއާ ވަޒުނާޔާ ދެމީހުން ހީވަނީ ފޫހިވެގެން ގޮސް މަރު ވެދާނެ ހެންނެވެ. އެވަގުތު އަފީފާ ޖަޔާއަށް ގޮވާ އުޝާއަށް ޖޫސް ގެނުވިއެވެ. “ވަޒޫ ކިހިނެއްތަ؟” އުޝާ އަހައިލިއެވެ. “ރަނގަޅު… އުޝާ ކިހާނެއްތަ؟” ފޫހި ގޮތަކަށް ވަޒުނާ ބުނެލިއެވެ. އެވަގުތު ވިނާން ސުހޭލް އާ ދިމާ ކުރުމަށް ފަހު އައިސް ގެޔަށް ވަންނަނީއެވެ. އެންމެން އެއްފަހަރާ ފެނުމުން ވިނާން ދިޔައީ ފާޑަކަށް ސިއްސައިގެންނެވެ. ވާނީ ވެސް އެހެންތާއެވެ. އުޝާ އެހާ ނުވަގުތެއްގައި އައުމުން އޭނަ ހީކުރީ އަނެއްކާ ވެސް ގޯހެއް އުޅެނީއެވެ. ފޫހިގޮތަކަށް ބެލުމަށް ފަހު ވިނާން ހިނގައިގަތީ އޭނަގެ ކޮޓަރިއާ ދިމާލަށެވެ. އެވަގުތު އަފީފާ އަނގަ ފުޅާ ކޮއްފަ ވިނާންއަށް ގޮވިއެވެ. އަފީފާ ގޮވުމުން ވިނާން ދިޔައީ އަލިފާން ވެގެންނެވެ. އެހެން ނަމަވެސް މައިމީހާޔަށް ވީތީ ކެތްތެރިވުމަށް ފަހު އައިސް އެތާ އިޝީނެވެ. “ކޮންތާކުން ދަރިފުޅު ތިޔައީ؟ ދަރިފުޅު މިހާރު ހާދަ އަނަރޫފަ ވެއްޖެޔޭ!” ވިނާންގެ ބަލިކަށި ވެފަ ހުރި ހަށިގަނޑު ފެނުމުން އަފީފާ ބުނެލިއެވެ. އމިއްލަ ދަރިއަށް ވީތީ އަފީފާ ވެސް ހުރީ ދަރިފުޅުގެ ނިކަމެތި ހަށިގަނޑު ފެނިފާ އަސަރު ކޮއްފައެވެ. ހަގީގަތުގައި އަފީފާ އަލްޔާ ފޮނުވާލީކީ ވިނާންއަށް އުފާ ހޯދަ ދޭންށެވެ. އެއްވެސް ހާލަތެއްގައި ވިނާންއަށް އަނިޔާވެރި ވާކަށް ނޫނެވެ. އެކަމަކު އޭނަ ހީކުރި ގޮތާ ހިލާފަށް އަފީފާގެ ދެއަތުން އެހެރީ އޭނަގެ ދަރިފުޅުގެ ދިރިއުޅުން ނަރަކަޔަކަށް ހަދާފައެވެ.

ސޯފާގައި ވާހަކަ ދައްކަން ތިބުމަށް ފަހު އުޝާ ގެއަށް ލާދީފަ އަންނަން ބުނުމުން ވިނާން ދަތްވިކައިގެން ހުރެ ތެދުވެގެން އުޝާ ގެއަށް ލާދޭން ހިނގައްޖެއެވެ. ވިނާން ދިއުމުން އަފީފާގެ ތުންފަތް މައްޗަށް އެރީ ކާމީޔާބުގެ ހިނިތުން ވުމެކެވެ. ކޮންފަދަ ނުލަފާ އަމައެއް ހެއްޔެވެ. ވިނާން ދިޔުމުން ވަޒުނާ ކުނި މޫނު ހަަދައިގެން ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ސައުދު ހުރީ ހުރި ގޮތަށް އިށީނދެގެންނެވެ. “އަފީފާ އަހަރެން ވާހަކައެއް އަހަންތަ؟” ހިތްހަމަނުޖެހި ހުރެ ސައުދު އަހައިލިއެވެ. “ހޫމް އަހާބަލަ… ސައުދު ވާހަކައެއް ބުނަން ވީމަ ކޮންމެހެން އަހަން ޖެހޭތަ؟” އަފީފާ ހިނިތުން ވުމަކާއެކު އަހާލިއެވެ. “ވިނާންއަށްއެ އަންނަ ބަދަލު އެއްވެސް ވަރަކަށް އަފީފާއަށް ފާހަގަ ވޭތަ؟ މިހެން މިބުނީ އަލްޔާ ދިއުމާ ގުޅިގެން އެސޮރު އެހުންނަނީ މަރުވެފަ ހުންނަ މައްޔިތެއް ހެން! ކަނީކީ ނޫން މިހާރު އޮފީހަށްވެސް ދަނީކީ ނޫން މިގޭ އެއްވެސް ކަމެއް އަފީފީއަށް އިނގޭތަ؟” ސައުދު ފާޑަކަށް އަައިލިއެވެ. “ނޫން… މަށަށް ވެސް އިނގޭ ތިކަން މަށަށްވެސް ލޮލު ފެންނާނެތާ؟ އެކަމަކު އަހަރެން ކީއް ކުރާނީ؟ އެހެންނޫނަސް އެސޮރު ވެސް އެހެރީ ބޮޑުވެފަ… ހެވާ ނުބާ އިނގޭނެ، އަލްޔާ ދިޔައޭ ކިޔާފަ އެސޮރަށް އެވަރު ވާން ޖެހޭނެ ކަމަކަށް މަ ނުދަނެހުރިން… އަލްޔާ މިގޭގަ އުޅެން ބޭނުން ނުވާތީތާ އެދިޔައީ!” އެއްވެސް އަސަރެއް ނެތް ގޮތަކަށް އަފީފާ ބުނެލިއެވެ.

“އޭނަޔަށް ވަރެއް ވާން ނުޖެހުނަސް އެހެރީ ވަރުވެފައެއް ނުން! ހަމަ ގައިމު ވެސް އެސޮރު އެއުޅޭ ހާލު ދެކޭކަށް މަގޭ ހިތަކަށް ކެތެއް ނުވޭ..!” ފެން ކަޅިވެފައި ސައުދު ބުނެލިއެވެ. “ސާބަސް ސައުދުއަށް! އަލްޔާ އަކީ އެޭނަގެ އަންހެނުންތަ؟ ނޫނީ އަނބިމީހާތަ؟” އަފީފާ ރުޅި އައިސް ބުނެލިއެވެ. “އަލްޔާ އޭ ބުނީމަ އަފީފާ ތިއަންނަ ރުޅިއެއްދޯ؟ އަހަރުން ތިވަރަކަށް މީހުން ދެކެ ރުޅިއެއް ނާދޭ، މަށަށް ހަމަ ޔަގީން އަފީފާއަށް އިނގޭނެ އެމަންޖެއަށް ވީގޮތް! އަފީފާގެ އަތަށް ނުވެ އެމަންޖެ ގޮސްދާނެއެކޭ މަގޭ ހިތެއް ނުބުނޭ!1” ސައުދުގެ ހިތުގައި އޮތް އެތި އެންމެ ފަހުން ބޭރު ކޮއްލިއެވެ. އެވަގުތު އަފީފާއަށް ވީގޮތް ސައުދުއަށް ވަރަށް ރީއްޗަށްވެސް ފެނުނެވެ. “ކަމެއް ވާއިރަށް ކީއްވެތަ މަގޭ ބޮލުގަ ތިއަޅުވަނީ؟ މަ ކީއްކުރަން އޭނަ ފޮނުވާލަން ވީކީީ؟ އޭނަ ހުރީމަ މަށަށް ކޯއްޗެއްތަ މަދުވަނީ؟” އަފީފާ ރުޅި އައިސް ބުނެލިއެވެ. “ތިއެއް ނޭނގެ މަށަކަށް! އަފީފާއަށް ތިއެއްވެސް އިނގޭނީ މަށަށް އިނގޭހާ ވެސް ކަމަކީ އަފީފާ އެމަންޖެއަށް ޒާތީ ގޮތެއް ހުންނަކަން” އެހެން ކިޔާފަ ސައުދު ތެދު ވެގެން ހިނގައްޖެއެވެ. އޭނަގަ ފަހަތުން އަފީފާ ވެސް ހިނގައްޖެއެވެ.

“އުޝާ ގެއަށް ލައިފަ ވިނާން އައި އިރު އެއްވެސް މީހަކު ފެންނަން ނެތުމުން ދިޔައީ ޖަޔާ ހުރިތޯ ބަލަން ބަދިގެއަށެވެ. މިއަދު ޖަޔާއާ ވާހަކަ ދެއްކުނު ގޮތުން މާފަށް އެދެންށެވެ. ވިނާން އަކީ އެއް އިރެއްގައި ވެސް ޖަޔާއާ އެހާ ހުތުރުކޮށް ވާހަކަ ދެއްކި މީހެއް ނޫނެވެ. ނަމަވެސް މިއަދު ވާހަކަ ދެއްކުނީކީ ރަނގަޅަކަށް ނޫނެވެ. ބޯގޯވާފަ ހުރީމަ ވީގޮތަަކަށް ވެސް ވެދާނެއެވެ. “ޖަޔާ! ޖަޔާ!” އެތެރެއަށް ވަންނަމުން ވިނާސް ގޮވައިލިއެވެ. “ކީކޭ ކޮއްކޯ؟” އެތަރޭގަ ކާން ހުރެފަ ނިކުމެ ޖަޔާ ބުނެލިއެވެ. “ޖަޔާ! ކޮއްކޮއަށް މާފު ކުރަށްޗޭ… މިއަދު ވަރަށް ހާސްވެފައި ހުރީމަ އެގޮތަށް ވާހަކަ ދެކެވުނީ ވަރަށް ދެރަވެފައި މިހިރީ އެކަމާ…” ދެރަވެފައި ވިނާން ބުނެލިއެވެ. ” ޖަޔާއަށް ހުރިހާ އެއްޗެއް ވެސް އިނގެނީ ކޮއްކޮ ބަރާބަރު ދެރަ ހުންނަނީ ޖަޔާ އެކަމާ ނުވިސްނަނީ… ޖަޔާއަށް ބަރާބަރު ކޮއްކޮގެ ފީލިންގުސް އިނގެނީ…” ހިނިތުން ވުމާއެކު ޖަޔާ ބުނެލިއެވެ. ތޭންކޮސް ބުނެފަ ވިނާން ނިކުމެގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ސުހޭލްއާ ބައްދަލު ކުރުމުން ވެސް މާ ބޮޑު ކުރި އެރުމެެއް ނުލިބުމާއެކު އެކަމާ ދެރަވެފައި ހުރެއެވެ. ސުހޭލް ބުނި ގޮތުން ވިއްޔާ އެކަހަލަ ތަންތަން މާލޭގަ ވަރަށް ގިނައެވެ. ސީދާ ތަނައް ނޭގެންޏާ އެކަން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެފަދަ ފާހިޝް އަމަލު އެހިންގާ މީހުން އެ ހިންގަނީ ވަރުގަދަ ނެޓުވޯކެއް އޮވެގެންނެވެ. އެކަމާ ވިނާން ހުރީ ގޮތްހުސް ވެފައެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތިޔަ ދިން އުފާ 21

Next

ސޮރީ

Next
October 3, 2017

ސޮރީ

Previews
October 2, 2017

ތިޔަ ދިން އުފާ 21

26 Comments!

  1. Aki says:
    October 2, 2017 at 11:48 pm

    haadha rangalhey

    1. Adam says:
      October 2, 2017 at 11:50 pm

      Hehehe thanks aki

  2. Amm says:
    October 3, 2017 at 12:07 am

    Vaahaka v reethi…
    Imlaa kuh v gina rangalhu kuraane kamah uhmeedhu kuran…
    Waiting 4 next part❤️

    1. Adam says:
      October 3, 2017 at 12:15 am

      Yap kuh huredhaane varah Ava’s aruvaalaafa balaaves nulevi publish kirevunee next part okk vaane thanks amm

  3. khajja says:
    October 3, 2017 at 12:37 am

    Wow masha allah ?? stry obiness to the max ? alhey al mihaaru thiulheythanuge gardakah hunna myhaa kairy bunegen viyas vinaan ah kommes kahala ishaa raatheh velaabala alyaa? emyhaa ah aadheys koggen phone in viyas ekan kureveytho balaabala n saudhu afeefaa aa suvaal kuran hedhyma rulhi aissa olhigen viyas afeefaa ge angain bunevibala eyna al myhakah vikkaalaafymey plx adam thanks 4 the luvly stry v v interesting stry eh komme prt evves kiyaa nimey iru hithan araa afeefaa kurimathyga huri nama nolhaa kaalaanamey ehaaves foohive rulhi aadhevey eyna anhenakavve hure ekuri viyaanudhaa dhashudharajaige kamakun?? whn nxt prt avas kolla dhechehy can’t wait dear gud nyt ly??❤❤?????

    1. Adam says:
      October 3, 2017 at 12:48 am

      Thanks khajja Al akee varah naseebu gadha kujjekey eyna commin soon ey salhi batkun bat vaane afeefa Haas kandaalaafa ya she assu ves I hate afeefaa gandu dheke

  4. datha says:
    October 3, 2017 at 12:50 am

    Vv inthizaaru kofa hama nidhan ulhenikoe kiyaa kevuni vvvvvvvv reethi

    1. Adam says:
      October 3, 2017 at 11:21 am

      Ohh…ehentah? Thanks ekamaku dhahtha ai nidhuniyya rangalhu..!?

  5. Boy says:
    October 3, 2017 at 1:04 am

    Adam thee teenage kujjeh tha… ? ? Please reply kuracchey! Ok me ah age nubunyas. Ekam thy teen age kujjeh tho balalan beynun ehnve

    1. Adam says:
      October 3, 2017 at 3:00 am

      Nop boy Mee muskulhi eh

  6. AFNAN says:
    October 3, 2017 at 6:25 am

    Woww vv reethi masha allah waiting for the next part

    1. Adam says:
      October 3, 2017 at 11:24 am

      Thanks Afnaan…

  7. Mona says:
    October 3, 2017 at 9:14 am

    Hey adam
    Story is awesome…
    Kon iraku next part kiyaalan libeynii….

    1. Adam says:
      October 3, 2017 at 11:26 am

      Thanks Mona… vaah avaha kuraanan

  8. ipher says:
    October 3, 2017 at 9:37 am

    Just woww…v v v furihama…when next part…avahah up kohdhecchey…plx plx…

    1. Adam says:
      October 3, 2017 at 11:27 am

      Yess yess….v avahah kuranan

  9. annoying reader says:
    October 3, 2017 at 12:41 pm

    mi afeefa ge ladhu hayaah kudakann dhw, varah foohi vey. adam avahah al salaamah kuran fonuvaba puleez, varah reethi waiting for the next part <3

    1. Adam says:
      October 3, 2017 at 6:23 pm

      Dhw eynage ladhu hayaah kuda Kan dhen fenaanee

  10. Boy says:
    October 3, 2017 at 12:53 pm

    Foni igey
    Hama yes or no ey bunevunyys dhw ehen ehyma. Enme kuda baby akah ves thee muskulhi eh nuun kan igeyne.

    1. Adam says:
      October 3, 2017 at 6:22 pm

      Hehe baby eh nun age ulhenee 30 matheega ehenveema kiyanee muskulhi anhenekey nun tha

    2. Anonymous says:
      October 3, 2017 at 7:08 pm

      Are you a girl seriously????!??!

    3. Adam says:
      October 3, 2017 at 7:24 pm

      Yap anheneh mee

  11. Boy says:
    October 3, 2017 at 12:55 pm

    Rythi koh suvaal kuryma ves dhw…….too much igey!!!!!

    1. Adam says:
      October 3, 2017 at 7:30 pm

      Yap anheneh mee

  12. Mady says:
    October 3, 2017 at 12:57 pm

    V habay afeefa ah ragalhu ladeh dhayti hehe

    1. Adam says:
      October 3, 2017 at 7:49 pm

      Dhw afeefa yah libeyne landu

Comments are closed.

Next Episodeޢެދެމޭ އުފާ….(25)←


All Right Reserved!