Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (17)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 2, 2017 5 Mins Read
52 Comments

“ފިލައިގެން ދިޔަނަމަ އޭނަ ގެންދާނެ ދޯ ހުރިހާ އަންނައުނުތަކާ އެއްޗެހި.. އެ ހުރިހާ އެއްޗެހި ބަހައްޓާފަ އޭނަ ދާނެތަ؟” ފަރީދު ބުނެލިއެވެ. އެއަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. ޔުމްނާ ގެއްލުނު ފަހުން ފަރީދުގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭ ހަތަރުދަމު ނުނިދާ އޭނާ އުޅުނީ ޔުމްނާ ހޯދުމުގެ މަސައްކަތުގައެވެ. މާލޭގެ އެކި ދިމަދިމާ އަތްފުނާއެޅިއިރުވެސް ޔުމްނާގެ ޚަބަރެއް ނުވީތީ އެހިތް މާޔޫސްވެފައި ވިއެވެ.

** ** **

އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ޖުވައިރިޔާ ސިހިފައި ކޮޅަށް ޖެހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އެވަގުތު އޭނާއަށް ގުޅަމުން ދިޔައީ ހޮސްޕިޓަލުންނެވެ. ކަންނެތް ގޮތަކަށް އޭނާ ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ނަމަވެސް އެކޮޅުން ދެއްކި ވާހަކައިގެ ސަބަބުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ކީކޭ؟ ރަޝީދު ހޭ އެރީއޭ؟” ލިބުނު ސިހުމާއެކު ޖުވައިރިޔާއަށް ބާރަކަށް ބުނެލެވުނެވެ. ފޯނު ބާއްވަމުން އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

“ހުރިހާ ކަމެއް އެއްފަހަރާތަ މި ދިމާވަނީ؟” ބޮލުގެ އިސްތަށިގަނޑުގައި ބާރަކަށް ހިފައިގަންނަމުން ޖުވައިރިޔާ ހަޅޭއްލަވައިގަތެވެ.

“ބައްޕަ…” އަރޫޝާގެ އަޑަށް ޖުވައިރިޔާ އެދިމާ ބަލާލީ ހާސްކަމާއެކުގައެވެ. އޭރު ދޮރުމަތީގައި ހުރި އަރޫޝާގެ ހަރަކާތްތަކަށް ވަނީ ހުއްޓުން އަރާފައެވެ. ހޯސްލާފައި އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ ދުއްވައިގަތެވެ.

“އަރޫޝާ! އަރޫޝާ! ކޮންތާކަށް؟” ޖުވައިރިޔާވެސް އަރޫޝާގެ ފަހަތުން ބާރުބާރަށް ހިނގާފައި ނިކުމެގެން އައެވެ.

“ހޮސްޕިޓަލަށް..” އަރޫޝާ އެހެން ބުނުމަށްފަހު ގެއިން ނިކުމެގެން ހިނގައްޖެއެވެ. ޖުވައިރިޔާ އެވަގުތު އަރޫޝާގެ ފަހަތުން ދާން ވެސް ބޭނުންވިއެވެ. ނަމަވެސް އޭނާ ހުރީ ނިދާހޭލި ގޮތަށް ފެންވެސް ނުވަރައެވެ. އަވަސް އަވަހަށް އޭނާ ކޮޓަރިއަށް ދިޔައީ ހޮސްޕިޓަލަށް ދާން ތައްޔާރުވުމަށެވެ.

ރަޝީދު ބައްވާފައިވާ ޕްރައިވެޓު ރޫމަށް އަރޫޝާ ވަދެގެން އައީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އޭރު އެ ކޮޓަރިތެރޭގައި ޑޮކްޓަރަކާއި ދެނަރުހުން ހަރަކާތްތެރިވާތަން ފެނުމުން އޭނާގެ ހިތަށް ފާޑުފާޑުގެ އެއްޗެހި އަރަމުން ދިޔައެވެ. އަނެއްކާ ބައްޕަގެ ހާލު ރަނގަޅު ހެއްޔެވެ؟ ތަންކޮޅަކަށް ދިޔަތަނާ އެ ލޮލުގައި އަޅައިގަތީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އޮތް ރަޝީދުއެވެ. އޭނާ ފެނުމާއެކު ރަޝީދު ހިނިތުންވެލިއެވެ. އަރޫޝާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޮލުން ކަރުތައް ފައިބަމުންދާ ހާލު އޭނާ ގޮސް ރަޝީދުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެއް އަހަރު ދުވަހަށް ފަހު ބައްޕަގެ ހިނިތުންވުން ފެނުމުން އެހިތުގައިވާ ޖަޒުބާތުތައް އުތުރި އަރައިގަތެވެ. ރަޝީދުއަށްވެސް ވީ ހަމަ އެވަރެވެ. އުފަން ދަރިފުޅު ފެނުމުން އެހިތުގައިވާ ލޯބި ފުރިގެން ބަންޑުންވިއެވެ.

“އިރާދަކުރެއްވީތީ ޕޭޝެންޓްގެ ހާލު ވަރަށް ރަނގަޅު.. ކުރިން ބޮލަށް ލިބުނު ގެއްލުމުގެ ތެރޭގައި ހަނދާންނެތިފައިވާ ބައިވެސް މިހާރު އެނބުރި އައިސްފި..” ޑޮކްޓަރު އެހެން ބުނުމުން އަރޫޝާ ރަޝީދުއާ ދުރުވެލަމުން ރަޝީދުގެ މޫނަށް ބަލާލިއެވެ.

“އެއީ ތެދެއްތަ ބައްޕާ؟ ބައްޕަ ހަނދާންވޭތަ އަޒްކާ…” އަރޫޝާއަށް ބުނެވުނީ އެހިސާބަށެވެ. ވަގުތުން އޭނާއަށް ގިސްލެވެން ފެށުނެވެ. އަޒްކާގެ ހަނދާން އާވުމުން އެހިތަށް މާބޮޑަށް އަސަރުކުރީއެވެ.

“އާނ ދަރިފުޅާ.. އެ ނުލަފާ އަންހެނާ އަޒްކާއަށް ހެދި ގޮތް ބައްޕަގެ ހަނދާނަށް މިހާރު އައިސްފި.. ހުއްޓާލާ.. ނުރޮއި ދަރިފުޅާ..” ރަޝީދު އަރޫޝާގެ ކަރުނަތައް ފުހެލަމުން ބުނެލީ ލޯތްބާއެކުގައެވެ. އެއަޑުގައި ރިހުމާއި ހިތްދަތިކަން އެކުލެވިގެން ވިއެވެ.

“ދަރިފުޅާ.. އެ އަންހެނާ ބައްޕައަށް މިހެން ހެދީ ބައްޕަ ކޮން ކުށެއް ކޮށްގެންތަ؟ ބައްޕައަށް މިހާލު ޖެއްސީ އެ އަންހެނާއޭ..” ރަޝީދު އެހެން ބުނުމުން އަރޫޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ކީކޭ ބައްޕަ ތި ބުނީ؟” އަރޫޝާ ޔަޤީންނުވާ ފަދަ ގޮތަކަށް އަހާލިއެވެ.

“ބައްޕަ އެކްސިޑެންޓު ކޮށްލަން ރޭވީ ޖުވައިރިޔާ.. އޭނަ ބޭނުންވީ ބައްޕަ މި ދުނިޔެއިން ނައްތާލަން..” ރަޝީދު އެހެން ބުނުމުން އަރޫޝާ ދެފަރާތަށް ބޯ ހޫރާލީ އެވާހަކަ ޤަބޫލުނުކުރެވިގެން އުޅޭ ފަދަ ގޮތަކަށެވެ. ހޯސްލާފައި އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“މަންމަ ހާދަ ގޯހޭ.. ބައްޕާ.. އެކްސިޑެންޓުވީ ދުވަހު ހިނގި ހުރިހާ ކަމެއް އަހަންނަށް ކިޔާދީ ބައްޕާ…” އަރޫޝާ އެހެން ބުނުމުން ރަޝީދު އޭނާގެ ވާހަކަ ފެށިއެވެ.

“ބައްޕަ އެ ދުވަހު ދިޔައީ މަންމަގެ އެދުމަށް މަންމަ ގޮވައިގެން ބާޒާރަށް.. ދެން އެއް ފަހަރު މަގު ހުރަސްކުރި ވަގުތު ބޮޑު ލޮރީއެއް ބާރު ސްޕީޑުގަ އައީ.. ދެން ޖުވައިރިޔާ އަހަރެން ކޮއްޕާލީ.. އެހެންވެ ބައްޕަ ގައިގަ އެ ލޮރީއިން ޖެހުނީ.. އޭގެ ފަހުން ދެން ވީގޮތެއް ނޭނގުނު.. ދެން ލޯ ހުޅުވާލި ވަގުތު ކައިރީގައި ހުރީ ޖުވައިރިޔާ އާ އިތުރު މީހަކު.. ކިޔާ އަޑު އިވޭ އަދިވެސް މަރެއް ނުވެއޭ..” ރަޝީދު އަސަރާއެކު އޭނާގެ ވާހަކަ ކިޔާދިނުމުން ޖުވައިރިޔާއަށްޓަކާ އަރޫޝާގެ ހިތް އެއްކޮށް ކިލަނބު ވެގެން ދިޔައެވެ.

“އަހަރެން މަންމައަށް ހައްޤު އަދަބު ލިބޭގޮތް ހަދާނަން ބައްޕާ..” އަރޫޝާ ދެލޯ ފުހެލަމުން އެހެން ބުނެލީ ޔަޤީން ކަމާ އެކުގައެވެ.

އެ ކޮޓަރީގެ ބޭރުގައި ހުއްޓި ހުރި ޖުވައިރިޔާ ހާސް ވެފައިވާ މިންވަރު އެ މޫނަށް ބަލާލިޔަސް ހާމަވެއެވެ. ޝަހާދަތް އިނގިލީގައި ދައިގަނެގެން ހުރެ އޭނާ އެތަނުން ދުރަށް ދިޔައީ ރަޝީދުއަށް ހުރިހާ އެއްޗެއް އެނގޭކަން ހާމަވުމުންނެވެ. އޭނާ އަޅުވާލާފައިވާ ހޭންޑްބޭގް އިން ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.

“އަޝްފާން… މިޔަދުތަ ރަށަށް ދަނީ؟” އަޝްފާން ފޯނު ނެގުމާއެކު ޖުވައިރިޔާ އަހާލިއެވެ.

“އާނ.. ޓިކެޓު ނަގަން އައިސް މިހުރީ..” އަޝްފާން ބުނި އަޑު އިވިގެން ދިޔައެވެ.

“އަޝްފާން.. ކަމެއް ކޮށްދީބަލަ އިނގޭ.. ޖުވޭއްތައަށްވެސް ޓިކެޓެއް ނަގައި ދީބަލަ.. ފަހުން ލާރި ދޭނަން..” ޖުވައިރިޔާ  ހާސްވެފައި ބުނެލިއެވެ. މިހާރު އޭނާއަށް އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ރަށަށް އަނބުރާ ދިއުން ކަމުގައި އެހިތް ބުނަމުން ދިޔައެވެ. އޭނާ ދިރިހުއްޓާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާކަށް ބޭނުމެއް ނުވިއެވެ.

“އެކަމަކު ޖުވޭއްތަ ކީއްކުރަން؟” އަޝްފާން ހައިރާންވެފައި އަހާލިއެވެ. ޖުވައިރިޔާ އަކީ އަޝްފާންގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހެއް ނަމަވެސް ރަޝީދުއާ އިންފަހުން ޖުވައިރިޔާ އަނބުރާ ރަށަކަށް ނުދެއެވެ. އަބަދުވެސް ޖުވައިރިޔާ ދައްކާނީ ރަށަށް ދާން ފޫހިވާ ވާހަކައެވެ.

“މާ ގިނަ ސުވާލުތައް ނުކޮށް މި ބުނި ކަންތައް ކޮށްދީބަލަ..! އަދި ހަނދާންކޮށް އަރޫޝާ ގާތުވެސް، އާރިކް ގާތުވެސް އަހަރެން ރަށަށްދާ ވާހަކަ ނުބުނާތި..” އަޝްފާން ސުވާލުކުރަން ފެށުމުން ޖުވައިރިޔާއަށް ލިބެމުން ދިޔަ ނުތަވަސް ކަމެއްގެ ސަބަބުން އޭނާއަށް އެހެން ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. އަޝްފާން އެންމެ ރަނގަޅޭ ބުނުމުން ޖުވައިރިޔާ ފޯނު ބޭއްވިއެވެ. އަދި ކާރަށް އަރައި ގެއާ ދިމާއަށް މިސްރާބުޖެހީ އަންނައުނުތައް ފޮއްޓަށް އަޅައި ތައްޔާރުކުރާށެވެ.

އަޝްފާން އާއެކު ޖުވައިރިޔާ މާލެއިން ފުރައިގެން ދިޔައީ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތުގައެވެ. ލޯންޗު މާލޭގެ ފަޅުން ނިކުތުމާއެކު ޖުވައިރިޔާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ލޯންޗު އިނގުރައިދޫގެ ބަނދަރާ ގާތް ކުރުމާއެކު ޖުވައިރިޔާއަށް އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ސޫރަ ފެނިގެން ދިޔައެވެ. ސީމާ އޭނާގެ ފިރިމީހާ، ހާރޫން އާއެކު ޖެޓީ ދޮށަށް އައިސް ތިބީ އަޝްފާން އެމީހުންނަށް ގުޅާފައި ޖުވައިރިޔާ އަންނަ ވާހަކަ ބުނުމުންނެވެ. އެހާ ދުވަސްކޮށްފައި ޖުވައިރިޔާގެ ސޫރަ ހަމަލޮލަށް ފެނުމުން ސީމާ ގޮސް ޖުވައިރިޔާގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލިއެވެ. ބަރޮލަށް ފޮށިތައް ލައިގެން ހަތަރު މީހުން ގޭދޮށަށް ދިޔައިރު ޖުވައިރިޔާ މަގުތަކުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ.

“ހާދަ ތަފާތޭ ދޯ މިހާރު މިރަށް ވެސް..” ޖުވައިރިޔާ މަޑުމަޑުން ބުނެލިއެވެ. ހަޤީޤަތުގައިވެސް ރަށަށް އައިސްފައިވާ ބަދަލުގެ ސަބަބުން އޭނާއަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. ޒަމާނީ ފެންވަރަށް ނުހަދާ ގެއެއް މިހާރު އެރަށުގައި މަދެވެ.

“ކުރީ ފަހަރުވެސް އަރޫޝާ އާ އާރިކް މިރަށަށް އަންނަން ކިޔާވަރުން ރަޝީދުވިއްޔަ ގޮވައިގެން އައީ.. އެފަހަރުވެސް ހަމަ ދައްތަ ނައީނު؟” ސީމާ ބުނެލިއެވެ. ޖުވައިރިޔާ ރަށަށް އައުމުން އޭނާ ހުރީ ވަރަށްވެސް އުފާވެފައެވެ.

“މިހާރު އެ ދެކުދިން ވެސް ވަރަށް ބޮޑު ވެދާނެތާ ދޯ؟ އަރޫޝާ ވާނީ އަހަރެމެންގެ އަޝްފާންއާ އެއްވަރު ދޯ؟” ހާރޫން އަހާލިއެވެ. އެމީހުންގެ ވާހަކައަށް ޖުވައިރިޔާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“ކޮބާ ދަރިފުޅާ ކޯހަކަށް އެޕްލައި ކުރެވުނުތަ؟” ހާރޫން އެ ސުވާލުކޮށްލުމުން އަޝްފާން ދިޔައީ ކުޑަކޮށް ސިހިގެންނެވެ. އޭނާ މާލެ ދިޔައީ ހާރޫންމެން ގާތު ކޯހަކަށް އެޕްލައިކުރާށޭ ކިޔާފައެވެ.

“ނޫން ބައްޕާ.. އޭލެވެލް ނަތީޖާ ލިބުނީމަ ގިނަ ކޯސްތަކަށް އެޕްލައި ކުރެވޭނީ..” އަޝްފާން ވާހަކައެއް ހަދާލިއެވެ. އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޔުމްނާއާ މެދުގައެވެ. ފަރީދުގެ ގެއިން ފިލައިގެން ޔުމްނާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ދެން އޭނާ ޔުމްނާ ހޯދާނީވެސް ކިހިނަކުން ހެއްޔެވެ؟

** ** **

އާރިކްއަށް ޔުމްނާ އާއި އަޒްކާ ގޮވައިގެން މާލެއަށް އާދެވޭވަރުވީ އޭގެ ހަފްތާއެއް ފަހުންނެވެ. ޔުމްނާ އާއި އަޒްކާގެ ޕާސްޕޯޓު އަތުގައި ނެތުމުން އެކަންތައް ހަމަޖައްސަން ވަގުތު ނެގީއެވެ. އެކަމުގައި ސާލިމްގެ އެހީއެއް ލިބުމާއެކު އާރިކްއަށް އެކަންތައް ކުރަން ފަސޭހަވެގެން ދިޔައެވެ.

އާރިކް އޭނާގެ ގެއަށް ވެދެގެން އައި ވަގުތު ގޭތެރޭގައި އިން ރަޝީދު ފެނުމުން އޭނާއަށް ލިބިގެން ދިޔައީ ޝޮކެކެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ ބަލާލީ ރަޝީދުއާ ޖެހިގެން އިން އަރޫޝާއަށެވެ. އަރޫޝާ ވަގުތުން އާރިކްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ދޮންބެގެ ފޯން ނިއްވާލާފަ އޮތީމަ ނުބުނެވުނީ.. މަންމަވެސް ފިލައިގެން ކޮންމެވެސް ތަނަކަށް ގޮސްފި އަރޫމެން ހޮސްޕިޓަލުން އަންނަން ވާއިރަށް..” އަރޫޝާ ބުނެލިއެވެ. އާރިކް މަޑުމަޑުން ހިނގާފައި ގޮސް ރަޝީދު ގައިގައި ކުޑަކޮށް ބައްދާލިއެވެ. ރަޝީދު ހެޔޮހާލުގައި ވާތަން ފެނުމުން އޭނާގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ.

“ގެއަށް އަންނައިރަށް އަހަންނަށް މި ލިބުނީ ސަޕްރައިޒްއެއް ދޯ؟ އަހަރެން ވެސް މިއައީ ސަޕްރައިޒްއެއް ހިފައިގެން އިނގޭ..” ރަޝީދުއާ ދުރުވެލަމުން އާރިކް ބުނެލިއެވެ. އަދި ގެއިން ބޭރުގައި މަޑުކޮށްގެން ހުރި އަޒްކާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން އައެވެ. ޖެހިލުންވެ ހުރެ، ޔުމްނާވެސް އާރިކްގެ ފަހަތުން އައެވެ.

އަޒްކާގެ ސޫރަ ފެނުމާއެކު ރަޝީދު އާއި އަރޫޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ތީ.. ތީ…؟” ރަޝީދު އަޒްކާގެ މޫނަށް ބަލަމުން އެހެން އަހާލީ ޔަޤީންނުވާފަދަ ގޮތަކަށެވެ.

“ބައްޕާ.. މީ އަޒްކޮއޭ..” އާރިކް އެހެން ބުނުމާއެކު އަރޫޝާއާއި ރަޝީދު އައިސް އަޒްކާގެ ކުޑަ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު އަރޫޝާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު ރަޝީދުގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“ދަރިފުޅާ.. މަގޭ ދަރިފުޅު..” ރަޝީދު ލޯތްބާއެކު އަޒްކާގެ މޫނުގެ އެކި ތަންތަނަށް ބޮސްދެމުން ދިޔައިރު އެހިތުގައި އަޒްކާއަށްޓަކާ ވާ ލޯބި އެނގި ހާމަވެއެވެ.

ދުރުގައި ހަރަން ބަނދެލައިގެން މަންޒަރު ބަލަން ހުރި އާރިކްގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. ރަޝީދު އާއި އަރޫޝާ އުޅުނު ގޮތް ފެނި، ޔުމްނާގެ ދެލޯ ވެސް ފެންކަޅިވެފައި ވިއެވެ.

“ދަރިފުޅާ.. އެއީ ކޮން ކުއްޖެއް؟” ކަންތައްތައް ހަމައަކަށް އެޅުމާއެކު ރަޝީދު ޔުމްނާއަށް އިޝާރާތް ކޮށްލަމުން އަހާލިއެވެ. އެއާއެކު އަރޫޝާ ވެސް އެދިމާ ބަލާލިއެވެ.

“ޔުމްނާ މެޑަމް؟ ދޮންބެއާއެކު ކީއްވެ؟” ހައިރާންވެފައި އަރޫޝާ އަހާލިއެވެ. ޔުމްނާ ލަދުން އިސްޖަހާލިއެވެ.

“ތީ ވަރަށް ދިގު ވާހަކައެއް.. ފަހުން ކިޔައިދޭނަން.. މިހާރު މިދަނީ ޔުމްނާ ގެއަށް ލައިދޭން..” އާރިކް އެހެން ބުނުމަށްފަހު ޔުމްނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

އާރިކް، އޭނާގެ ސައިކަލުގެ ފަހަތަށް ޔުމްނާ އަރުވައިގެން ދުއްވާލި ވަގުތު އެ ހިތުގައި އެތަށް ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޔުމްނާއާއެކު އޭނާއަށް ހޭދަކުރެވުނު އެއްހަފްތާ އަކީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ޔުމްނާގެ ސޫރަ ފެނުމުން އެހިތަށް ހަމަޖެހުން ލިބިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޔުމްނާއާ ދޭތެރޭ ކުރެވެމުން ދިޔައީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާމެދު ނުކުރެވޭފަދަ އިހުސާސްތަކެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އީލާމް-08

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)

Next
October 2, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)

Previews
October 2, 2017

އީލާމް-08

52 Comments!

  1. Lai says:
    October 2, 2017 at 3:15 pm

    Woww vv reethi when is next part waiting

    1. Lai says:
      October 2, 2017 at 3:16 pm

      Me first dhw

  2. Lam says:
    October 2, 2017 at 3:17 pm

    Reethi…ekamj haadha lahey up vaaleh

  3. Shin says:
    October 2, 2017 at 3:20 pm

    Woooooooowwww… V rythi… Ekm haadha kurey…. Kn irakun next part up kohdhevey varu vaaanii…

  4. Viraa says:
    October 2, 2017 at 3:36 pm

    Wooooow sooo nice… when next part

  5. arik n yumna says:
    October 2, 2017 at 3:38 pm

    Vrh Rythi.. but its too short I think
    Avahah up kohdhehche… .
    N this story is awesome
    Arik n yumna 🙂

  6. Black beauty says:
    October 2, 2017 at 3:41 pm

    Haadha kurey mibai ekamves varah reethi

  7. Hafeez says:
    October 2, 2017 at 3:52 pm

    Varah Reethi Mi Baives ekam thankolheh kuruhen heevey adhives. Waiting for friday.

  8. Shico says:
    October 2, 2017 at 4:01 pm

    Vaahaka varah varah rythi
    Ekam up vaaleh laavefa up vaa iru ves maa kury

  9. Any says:
    October 2, 2017 at 4:03 pm

    V furihama ? ? waiting for next part

  10. azeen says:
    October 2, 2017 at 4:11 pm

    ALHEY V SALHI MI PART VEX

  11. sana says:
    October 2, 2017 at 4:28 pm

    Wow!nice waiting for next part ?????????????????????????????

  12. Gg says:
    October 2, 2017 at 4:40 pm

    Ashfan and yumna ??

  13. Xxxx says:
    October 2, 2017 at 5:40 pm

    Wooooowww…v.v v.nice dear.. waiting 4 next part???

  14. Gamaaru says:
    October 2, 2017 at 6:05 pm

    Paasport athuga neth iru kihinetha diyee.boahalaaku miliyaa vaahala yakun .adi miadu mikiyaalee reetithw balan.

    1. hello says:
      October 2, 2017 at 8:40 pm

      kureebaithah kiyaalinama ingeyne keevvekan passport nethy

    2. Someone says:
      October 3, 2017 at 1:04 am

      Ragalhah boahalaaku vefa dhw thihury ?

  15. peace eye says:
    October 2, 2017 at 6:13 pm

    Waiting for next part… ??varah nice

  16. Nadheema says:
    October 2, 2017 at 6:23 pm

    Who is the lovely girl in the word?
    My lovely Lia my lovely Lia…???
    V nice stry

  17. mal-mal says:
    October 2, 2017 at 6:35 pm

    Alhey Haadha kureyy ekamaku vaahaka hama habeys!!!????? Liaa, next part dhigukoh genesdhehcheyy!! waiting eagerly for an update!!! ????

  18. Reet says:
    October 2, 2017 at 6:59 pm

    Dhivahi bass beynun kuraathy v v furihama ekamaku up kuraaleh lahy kuruvess me rangalhu kuraane kamah heekuran v.reethi

  19. ސިޔާލި ޒާންލި says:
    October 2, 2017 at 7:52 pm

    Wow wow

  20. Adha? says:
    October 2, 2017 at 8:09 pm

    Varah reethi mi part ves
    Waiting for Friday ❤❤❤❤

  21. Yum says:
    October 2, 2017 at 9:09 pm

    V reethi mi part ves waiting…….❤❤❤❤❤❤???

  22. Ki says:
    October 3, 2017 at 11:02 am

    V reethi mi part ves thankolheh kury.

  23. Afoooo says:
    October 3, 2017 at 11:43 am

    Rythi vegen comment kurevunyma nimuny vahaka nukiyas kurin dhuvahu baiga sidin rasheedh kohpaalyma vehti coma ah dhiya iy ethan aroosha fenunu.ekm mi baiga ehen vahaka eh..

  24. Hajja says:
    October 3, 2017 at 11:51 am

    Kuree baiga sidin kohpaaly mihaaru accident. Confused. Bt story v nice.

    1. Liaa says:
      October 4, 2017 at 8:20 am

      sidin koppaalee 5 years kurin.. sidin vettuneema bolah gellun libi handhaan nethunee.. But accident vee 1 year kurin. accident vegen coma ah dhiyaee… kuree part eh ga innaane bunedhyfa 1 year vejjey comaga onna thaa.. 🙂

    2. ??? says:
      October 4, 2017 at 9:03 am

      Mimeehun vaahaka kiyanee kiyaakamah vaan dhw liaa… vaanuvaa eh neyge ey…. liaa this story is awesome. .. avas kohdhehche

  25. Shariko says:
    October 5, 2017 at 6:46 pm

    Kn iraku next part

  26. Nathu says:
    October 6, 2017 at 11:23 am

    Liaa konirakuntha next part up kohdhenii..mihaar hurevenii eh noon kiyaa hithun…plx plx avas up kohdeeba ….v v v reethi vahaka ❤

  27. Shifa says:
    October 6, 2017 at 10:29 pm

    Koba next part.. mivarah dhen inthizaaru kurevey?

  28. Hafeez says:
    October 6, 2017 at 11:04 pm

    Avas up Kohdheebala liaa.

  29. sana says:
    October 6, 2017 at 11:09 pm

    We’re is story liaa. Plx if you can’t up plx don’t write story. I am sorry liaa ?????

  30. sama says:
    October 6, 2017 at 11:13 pm

    We’re is story liaa??yes SANA is telling right????

  31. seenko says:
    October 6, 2017 at 11:17 pm

    We’re is story liaa?? Plx fast plx plx liaaaaa? we are wait for story

  32. Shif says:
    October 7, 2017 at 2:28 am

    Where’s the next part ? Don’t you think you’re making the readers wait too long just for an episode????.. ??

  33. Black beauty says:
    October 7, 2017 at 8:04 am

    Bunefa inna dhuvahahves upeh nuvey nuvanyaa nukureema veenun

    1. Hafeez says:
      October 7, 2017 at 8:44 am

      Yes you are Right?

  34. ss says:
    October 7, 2017 at 11:34 am

    You can’t up plx don’t write story????????????????????????????

  35. HIL says:
    October 7, 2017 at 11:38 am

    VARAH LASS , KONIRAKUN THA NEX PART UPLOAD KURAANEE EEE , LIAAAAAAAAA

  36. ??? says:
    October 7, 2017 at 11:39 am

    Liaa why you’re not up story WHY LIAA TELL ME???????❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓

  37. sad says:
    October 7, 2017 at 11:43 am

    When are you going to UPLOAD?????????????????????????????

  38. ❓❓❓❓❓ says:
    October 7, 2017 at 11:45 am

    Liaaaaaa

  39. ⁉⁉⁉⁉⁉⁉⁉ says:
    October 7, 2017 at 1:54 pm

    If you can’t upload story plx don’t write so we don’t have wait. That’s batter liaa?

  40. kamana says:
    October 7, 2017 at 2:16 pm

    Alhey story kiyaahithun kehmadhuvefa.. liaa konirakun tha upload kurany

  41. Afy says:
    October 7, 2017 at 6:07 pm

    Liaa e student ennu
    Vedhaane year ending exam ah ready vany kamah ves. Ekams ves darlin bunelaa nama. Haadha wait eh kureveyey eba. Hehhe

  42. Shifa says:
    October 7, 2017 at 7:27 pm

    Still waiting for the next part okay…❤❤❤….

  43. Haw Shia shaba shiar says:
    October 7, 2017 at 9:56 pm

    Masha allah story hama habeys, can’t wait, vegen ulhey gotheh ahgaaleema dw egeynee

  44. ,,,,, says:
    October 8, 2017 at 7:40 am

    Story liyan nukerenya nuliyebala dw v foohivey ??

  45. Liaa says:
    October 8, 2017 at 5:29 pm

    I am sorry.. I had fever.. Ehenve up nukurevunii 🙁

  46. shannu says:
    October 9, 2017 at 12:38 pm

    varah salhi
    waiting for the next part
    wow!

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (18)←


All Right Reserved!