Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 11

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 5, 2017 11 Mins Read
63 Comments

ދޮރާއި ދިމާލަށް ބަލާލުމަށްފަހު މަލަކާ އަޝްވާއާއި އެކީ ދާން ހިނގައިގަތީ އަޝްވާ ހުރީ ދޫދޭ ގޮތަކަށް ނޫންހެން ހީވާތީއެވެ. މަލަކާ އަޝްވާގެ ފަހަތުން ދިޔައިރު ހިތުގައި އެކި ސުވާލުތައް އުފެދި ފުނިޖެހެމުން ދިޔައެވެ. ބައްޕަ އެހެން ބުނަންވީ ކީއްވެ ބާއެވެ؟ ބައްޕައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އަދި ކުށެއް ކުރެވިފައިވާނަމަ ބައްޕަ އެބުނާހެން އޭނާއަށް އޭގެ އަދަބު ލިބެންވީ ކީއްވެ ހެއްޔެވެ؟

މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމައަށް އާދެވިއްޖެއެވެ. އޭރު އަޝްވާގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. މަލަކާއަށް ބަލާލުމަށްފަހު ޝަހާދަތް އިނގިލި ތުންފަތް މަތީ ޖެއްސީ ވާހަކަ ނުދައްކައި ހުރުމަށް އެދުމަށެވެ. މަލަކާ އަތުން ވީ ކީއްހޭ އަތުގެ އިޝާރާތުން އެހުމުން އަޝްވާ މަޑުކުރުމަށް ވައިއަޑުން ބުނެލިއެވެ. ޝައިމް ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައި އަޝްވާ ގިނައިރަކު ހުންނާކަށް ނުޖެހުނެވެ. ޝައިމްގެ އަޑު ޖެހުމާއިއެކު މަލަކާގެ އަތަށް މަޑުން ފިތާލަމުން ލޮލުގެ އިޝާރާތުން ޝައިމްގެ ވާހަކަ އަޑުއެހުމަށް އެދުނެވެ.

“އަހަރެން ޖެހިލުމެއް ނުވާނެ ލޯބިވާ މީހަކަށްޓަކައި ޖާނާއި ފުރާނައިން ގުރުބާންވާން. އެހެންވީމަ ކާއިންވެސް މިކަމާ ބެހޭ ގޮތުން ދެން އިތުރަށް ވާހަކަ ނުދެއްކިއްޔާ އެންމެ ރަގަޅުވާނީ. އައި ލަވް ހާ ސޯ މަޗް. އަހަރެންގެ ހިތުގައި މިވާ ލޯބި އެހެން އެއްވެސް މީހަކަށް ދެވެން ނެތް” ޝައިމްގެ އަޑު ކެނޑުމާއި އެކު އަޝްވާ މަލަކާއަށް ބަލާލިއެވެ. ނަމަވެސް އަޝްވާއަށް ފެނުނީ ހީކުރި މަންޒަރެއް ނޫނެވެ، ހިނިތުންވުމުގެ ބަދަލުގައި މަލަކާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. މަލަކާގެ ހިތުގައި ޝައިމްއަށްޓަކައި އުފެދެމުން ދިޔަ ޝަކުވާތައް ވީ އިތުރެވެ. މަލަކާ ޝައިމްގެ ލޯތްބަށް އާދޭސްކުރަމުން ދާއިރު ޝައިމްގެ ހިތް އެހެން މީހަކަށް ހަދިޔާ ކުރީ ހެއްޔެވެ؟

އަޝްވާ މަލަކާގެ އަތުގައި ކޮށްޓާލުމަށްފަހު ކިހިނެތްވީހޭ މަޑުމަޑުން އަހާލިއެވެ.  މަލަކާ ގަދަކަމުން ހިނިތުންވެލައި ބޯ ދެކޮޅަށް ހޫރުވާލިއެވެ. އޭރު މަލަކާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތިކިތައް އަނދިރީގެ ތެރެއިން ވިދަމުންދިއައެވެ.

އުދޯލީގައި އޮތް ޝައިމް ދޮރާއި ދިމާލަށް ބަލައިލި ވަގުތު މީހެއްގެ ހިލަމެއް ކެހިފައިވާ ކުޑަދޮރުގެ ފޮތިގަނޑުގެ ދޭތެރެއިން ވިއެވެ. އެހެންކަމުން ފަހުން ގުޅާނަމޭ ބުނެ ފޯނު ކަނޑައިލިއެވެ.

“މަލަކާ” އެއީ ކާކުތޯ ބެލުމަށް ޝައިމް ދޮރު ކައިރިއަށް އައެވެ. އަޝްވާއާއި މަލަކާ ދެމީހުން އެއްފަހަރާ ފެނުނަސް ދުލުން ބޭރުވީ އެއްމެ ނަމެކެވެ. ” މިގަޑީ މިތާ ކީއްކުރަނީ” ހިތް ބާރަށް ތެޅެމުންދާ ހާލު ޝައިމް އަހައިލިއެވެ.

“އަޝްވާ ވަރަށް އަވަހަށް އައިސްބަލާށޭ ބުނީމަ މިއައީ … ކިހިނެތް ވީތަ އަޝްވާ” އަޝްވާ އަށް ސުވާލުގެ ނަޒަރުން ބަލާލަމުން މަލަކާ އަހައިލިއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެތެރެއަށް ހިންދައިލަމުންނެވެ. “އަޝްވާ މިތާ ކީއްކުރަނީ.. ނުދަންތަ އީޝް ނިންދަވައިދޭން” ޝައިމްވެސް މަލަކާއާއި ބައިވެރިވެލަމުން އިތުރުކޮށްލިއެވެ.

އިޝާ ނަމާދުން ފައިބައިގެން ކޮންމެ ރެއަކުހެން އަޝްވާ އީޝް ނިންދެވުމުގައި އުޅެއެވެ. ޝައިމް ޖެހިލުންވީ އެކަމަށް އައި ބަދަލެއްގެ ސަބަބުންނެއް ނޫނެވެ. އޭނާ މަލަކާ ދެކެ ލޯބިވާކަމަށް އިއުތިރާފުވީ އިރު އަޑުއިވޭ ހިސާބުގައި އަޝްވާގެ އިތުރުން މަލަކާވެސް ހުރުމުންނެވެ.

“އަޝްވާ އާދެބަލަ އީޝް ނިންދަވައިދޭން. އިއްޔެގެ ޕޭޝަންޓު އަނެއްކާވެސް ހޭނެތިގެން އެބައުޅޭ” އަޝްވާގެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓާ ފަހަތުން އަޝްވިންގެ އަޑު އިވުނެވެ.

“އަޝްވާ މަޑުކޮށްލާ.. އަހަރެން ގޮސްދާނަން” މަލަކާ އިސްނަގައި ދިޔައީ ޝައިމްއަށް ބަލާލުމެއް ނެތިއެވެ. ޝައިމް އޭނާގެ ހިތަށް ތަދުކުރުވުމުގައި ކުރިއަށް ދަނީއެވެ. އަނިޔާ ލިބެމުންދާ ހިތަށް އެއްވެސް ރަހުމެއް ނެތީ ހެއްޔެވެ؟

“ދެން ބުނެބަލަ.. ކޮން އަޑެއް އިވިގެން ތިއުޅެނީ” މަލަކާ ދިޔުމުން ޝައިމް އަވަސް އަވަހަށް އަހައިލިއެވެ.

“ދޮންބެ މާ ނޫން ކަމަށް ހަދައިލައިގެން އުޅުނަސް މިހާރު ހަގީގަތް ހާމަވެއްޖެ. އަދިވެސް މަލަކާ ދެކެ ލޯބިވަމެއްނު… ނުބުނެވޭނެ މީ ދޮގެކޭ” އުދޯލީގައި އިށީންނަމުން ހަމަޖެހިލައިފައި އަޝްވާ ބުނެލިއެވެ.

“މަލަކާއަށްވެސް އަޑު އިވުނުތަ” ހާސްވެފައި ހުރެ ޝައިމް އަހައިލިއެވެ.

“ސީދާ މަލަކާގެ ނަން ނުބުންޏަސް މަލަކާއަށް އެނގޭނެ ދޮންބެ އަދިވެސް ލޯބިވާކަން.. ނަން ނުބުނެ ފަހުން ވާހަކަ ދެއްކީމަ އޮޅުންއަރާފަ ކަންނޭނގެ ހުރީ. ދޮންބެ ހާސްނުވޭ. އަހަރެން މަލަކާ ކައިރީ ބުނެފާނަން އެކުއްޖަކީ އޭނަކަން”ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ނަސީބެއްތާއޭ ހިތަށް އަރުވަމުންނެވެ.

“މިހާރު އެގިއްޖެ މާވަރަކުން މަލަކާ ގެންނަން ތިއުޅެނީ ކީއްވެކަން. އެކަމަކު މިއިން އެއްވެސް ވާހަކައެއް މަލަކާއަށް އެގިގެން ނުވާނެ. އަހަރެންނަށް މަލަކާ ލިބި ދޫކޮށްލީ މިސަކަރާތް ޖަހާކަށްނޫން. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ލޯބީގެ ސަބަބުން މަލަކާއަށް ދެރައެއް ލިބޭކަށް. މިއީ ވަރަށް ވިސްނާފަ ނިންނި ނިންމުމެއް.. އެހެންވީމަ އަޝްވާވެސް މިހުރިހާ ކަމެއް ނުވާކަމަކަށް ހަދާލާ.. އޯކޭތަ؟” އަޝްވާ ކައިރީ އުދޯލީގައި އިށީދެ ޝައިމް އެދުނީ އާދޭހުގެ ރާގަކަށެވެ.

“ނޫން!!!… ހަގީގަތް އެނގި ކިހިނެތް ތިހެން ކަންތައް ކުރާނީ.. ދޮންބެއާއި މަލަކާ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ. ދޮންބެ ބިރުން ތިއުޅެނީ ދައްތަގެ ނުރުހުން ލިބިދާނެތީތަ؟ އެއީ މަލަކާގެ މަންމައޭ! އެދެމީހުން އެކުގައި މުޅި އުމުރު ހޭދަކޮށްފައިވާތީ ދައްތައަށް ހީވެދާނެ މަލަކާއަށް އުފާވެރިކަން ހޯދައިދެވޭނީ ހަމައެކަނި ނިއަމްއަށް ކަމަށް. އެއީ ކޮންމެ މަޔަކުވެސް ބޭނުންވާނީ އެމީހެއްގެ ދަރިއަށް އެއްމެ ހެޔޮގޮތްވީމަ. އެކަމަކު ދޮންބެ އިސްނަގައި ނިކަން ކެރިގެން ނިއަމްއަށް ނުދެވޭ އުފާ މަލަކާއަށް ދޭން އުޅެބަލަ. އޭރުން އިން ޝާ ﷲ ދައްތައަށް ވިސްނި ހިޔާލު ބަދަލުވެދާނެ. މިހާރު ހުރަހެއް ކުރިމަތިވާ އިރަށް ދޮންބެ ތިއުޅެނީ ބިރުން ފިލަން. އެކަމުން ދެރަ ލިބޭނީ ދޮންބެއަށް އެކަންޏެއް ނޫން. އެއްމެން ކުރިމަތީ ކަމެއް ނުވާކަމަށް ހަދައިލައިގެން އުޅުނަސް އެހިތުގައިވާ ހައިޖާންގަނޑު ވަކި ކުޑައެއްނޫން. ” ޝައިމްގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެން އިދެ އަޝްވާ ޝައިމްއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“އަހަރެންނަށްވެސް އިނގޭ މަލަކާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން. އަދި މަލަކާގެ އެއްވެސް ކުށެއް ނެތި މަލަކާގެ ހިތް ހަލާކުކޮށްލެވޭކަން” އަޝްވާ ދެއްކި ވާހަކަތަކާއި މެދު އިރުކޮޅަކު ވިސްނަން އިދެފައި ޝައިމް ބުނެލިއެވެ.

” އެކަމަކު މިނޫން އެހެން ގޮތެއް އެބައޮތްތަ!!؟ މަލަކާއަށް ލޯބިދީ އިންނާނެ ރަގަޅު ބައިވެރިއެއް ލިބިދާނެ. އެކަމަކު ކިހިނެތް މަންމައެއްގެ ލޯބި އެހެން ފަރާތަކުން ހޯދާނީ. އެލޯތްބަކީ އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް އިސްކުރަން ޖެހޭ އެއްޗެއް. އަޝްވާ ތިބުނި ގޮތަށް ދައްތައަށް ވިސްނި ހިޔާލު ބަދަލުކޮށްފާނެ. ދައްތައަށް ނުވިސްނިއްޖެއްޔާ ކީއްކުރާނީ……..މިއަދު މަލަކާ އަހަރެން ދެކެ ހިތްހަމަނުޖެހި ދެރަވިޔަސް ވަގުތާއި އެކީ އެހުރިހާ ކަމެއް ފިލައި ހިގައިދާނެ” އަޝްވާގެ އިތުރުން އަމިއްލަ ނަފުސަށް މިއީ އެއްމެ ރަގަޅު ގޮތް ކަމަށް ވިސްނައިދެމުން ޝައިމް ބުނެލިއެވެ.

“ދޮންބޭ! އަހަރެން ވަރަށް އުފާވޭ ދޮންބެ އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރާތީ.  އެކަމަކު އަހަރެން ހިތަށް އަރާ ކޮންދުވަހަކުން ބާއޭ ދޮންބެ އަމިއްލަ އިހްސާސްތަކުގެ ހައްގުގައި ތެދުވާނީ.. ދުނިޔޭގަ އުޅޭއިރު ދިމާވާ ކަންތަކުގައި ތިމާއަކީ ބަދުނަސީބު މީހެކޭ ބުނެ ލޭބަލްކުރުމަކީ އެއްމެ ފިޑިމީހުން ކުރާކަންތައް. ކޮންމެ މީހަކަށްވެސް ލޯތްބާއި އަޅާލުން ހައްގު. އަހަރެންނަށް ހުރެވުދާނެ މިކަން ސިއްރުކޮށްގެން. އެކަމަކު ޝަރުތެއްގެ މަތިން. ބުނޭ ދޮންބެ އެލޯބި ހޯދަން މަސައްކަތްކުރާނަމޭ” އަޝްވާ ކެތްތެރިކަމާއި އެކީ ވާހަކަ ދައްކަމުން ދިޔައެވެ.

 

“އައި ލަވް ޔޫ ސޯ މަޗް.. އިރާދަކުރެއްވިއްޔާ ދޮންބެ ހުރިހާ ހުވަފެންތައް ސީދާވާނެ. އަޅުގަނޑު ދުއާކޮށްދޭނަން” އަޝްވާގެ ޝަރުތައް ޝައިމް ބޯ ޖަހާލުމުން ހެވިލައިފައި އަޝްވާ ބުނެލިއެވެ.

ޝައިމް ކައިރީ ވާހަކަ ދައްކަން އިދެފައި އަޝްވާ ކޮޓަރިއަށް ގޮސް މަސައްކަތް ފަށައިގަތީ ޝައިމްއާއި މަލަކާ ގުޅުވޭނެ އިތުރު ގޮތެއް ހޯދުމަށެވެ. ޝައިމް ކައިރީ މިހެން ދައްކާލާ ވާހަކައަކުން ހިޔާލު ބަދަލުނުވާނެކަން ހީވާތީއެވެ. އެޔަށްވުރެ ބޮޑަށް މަސައްކަތް ކުރަން އެބަޖެހެއެވެ. އެހެންކަމުން ފޯނުގައި ސޭވްކޮށްފައި އިން ކާއިންގެ ނަންބަރަށް ގުޅާލިއެވެ. ކާއިން އަކީ އަޝްވާ ވަރަށް ރުޅި އަންނަ މީހަކަށް ވިޔަސް ދޮންބެއަށްޓަކައި އެހުރިހާ ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށްލުމަށް ފަސްޖެހޭތަނެއް ނުފެނެއެވެ.


 

 

އިރުގެ ރަންދޯދިތަކުން އާދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ހުދު ކަފަކޮޅުތަކެއްހެން ވިލާތައް ދަތުރުކުރަމުން ދިޔައީ ގުދުރަތީ ރީތި ތަސްވީރެއް ކުރަހަމުންނެވެ.

އާދުވަހަކަށް އިރުއެރި އިރު އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ތަފާތު ކަމެކެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރަން މޭޒު ދޮށުގައި ތިބި އިރު ތަނަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ.
ފާއިޒުއާއި ސަމީހާ އާއި ދޭތެރޭ ރޭގައި ހިގާދިޔަ ހަމަނުޖެހުމަށްފަހު ދުރުކަމެއް ވާކަން ފާހަގަކުރެވެއެވެ. އެހެންޏާ ކޮންމެވެސް ކަމެއް އިންތިޒާމްކުރުމުގައި އުޅޭ ފާއިޒު އިނީ ބަސްމަދުވެފައެވެ. ތައްޓަށް އެޅި މަސްކުނިކޮޅު ކާ ހިތް ނުވެފައި މަލަކާ އިނީ އެހެން ހިޔާލެއްގައެވެ، ރެއިން ފެށިގެން ފާއިޒުއާއި އެކަނިވާނެ ވަގުތެއް ހޯދަން އުޅެއުޅެ އެކަން ވާގޮތް އަދި ނުވެއެވެ. އެހެންކަމުން ހިތުގައި އުފެދިފައިވާ ސުވާލުތަކާއި މެދު އިތުރަށް ވިސްނުން ނޫންކަމެއް ނުކުރެވެއެވެ. ޝައިމް އިނީ ކުރިމަތީ އިން މަލަކާއަށް ބަލާލަން ޖެހިލުންވެފައެވެ. މަލަކާ އަކީ އޭނާގެ ހައްގަކަށް ނުވިނަމަވެސް މަލަކާ އަލުން ލިބުމުގެ ނަސީބު ގެއްލޭކަށް މާ ގިނަ ދުވަހެއް ނެތެވެ. އޭގެކުރިން ޖެހެމުންދާ ވަޔާއި އެއްކޮޅަށް ބެހުމަށް ދޫކޮށްފައިވާ ހިތް ހަމަޔަކަށް އަޅުވަން އެބަޖެހެއެވެ. އެހެންނޫނީ އެހިތަށް ލިބެމުންދާ ވޭނަށް ކެތްނުކުރެވޭނެކަން ޔަގީނެވެ.
އެއްމެނާއި ހިލާފަށް އަޝްވާއާއި އަޝްވިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމެވެ. ދެމީހުން ސިއްރުން ވާހަކަ ބަދަލުކުރަމުން ދިޔައެވެ. އަޝްވާ އަތުކުރީ އޮތް ގަޑިއަށް އިރުކޮޅުކޮޅާ ބަލާލައެވެ. ލައިގެން އިން ހެނދުމުން ތަނަކަށް ދާން ލަސްވެފައި އިން ދޭހަވެއެވެ.
ކެއުމުގެ މޭޒުދޮށުގައި މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ކޮންމެ މީހަކުވެސް އިނީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައި ކަމުން އެހެންމީހެއްގެ ކަމަކާ ސުވާލުކޮށްލާކަށް ނޫޅެއެވެ. ދޭތެރެއަކުން ސަމީހާ އުގުގައި އިން އީޝް ރޯލާއަޑު ފިޔަވައި އިތުރު މީހެއްގެ އަޑެއް މަދު ފަހަރަކު ނޫނީ ނީވެއެވެ. ސައިބޮއި ނިމުމުން އަޝްވާއާއި މަލަކާ ތަށިތައް ނެގުމުގައި އުޅުނެވެ.
ބަދިގެއިން ނިމިގެން ދެމީހުން ދެމީހުން މައި ގެޔަށް ދިޔައިރު ފިރިހެނުން ޓީވީ އިން ދައްކަމުން ދާ ޕުރޮގުރާމެއް ބަލަން ސޯފާގައި ތިއްބެވެ.

 

“ބޭބެ! ހިނގާ ދާން” އަޝްވާ އަޝްވިންއާއި މުހާތަބުކޮށް ބުނެލިއެވެ.

“ކޮންތާކަށް ދާން ތިއުޅެނީ. އަހަރެންވެސް ގޮވައިގެން ދާންވީނު” ދާތެނެއް ނޭނގި ޝައިމް ބުނެލީ މަލަކާ އައިސް ފާއިޒު ކައިރީގައި އިށީނުމުންނެވެ.

“ދޮންބެ ދިޔައިމަ މަލަކާ ފޫހިވާނެއޭ.. ދޯ މަލަކާ” މަލަކާ އަށް ދޯއެއް ދެމުން އަޝްވާ ބުނެލީ ޝައިމް ގެންދަން ބޭނުންނުވާތީއެވެ.

“އެހެންނޫނަސް ދޮންބެއަށް ދޭން ވަރަށް ބޮޑު ސަޕްރައިސެއް ބަލައޭ މިދަނީ.. މާގިނަ އިރެއްނުވެ އަންނާން” އަޝްވިންއާއި އެކީ ދޮރުން ނިކުތްނަމުން އަޝްވާ ބުނެލިއެވެ. މަލަކާ ރަކިވެފައި ޝައިމްއާއި ދިމާލަށް ބަލައިލި ވަގުތު ޝައިމްގެ ނަޒަރު އޭނާއަށް ހުރުމުން އިސްޖަހައިލެވުނެވެ. މިހާރަކަށް އައިސް ޝައިމްގެ އަމަލުތައް ހުންނަނީ ވީހާވެސް ބޮޑަކަށް މަލަކާއާއި ދުރުގައި އުޅެވޭ ގޮތަށެވެ. ދެމީހުންގެ ދޭތެރޭ ފޮރުވިފައިވާ އިހްސާސްތަކުން ފާރެއް ލެވެމުން ދަނީ ނުހަނު އަވަހަށެވެ. ޝައިމްގެ މިޒާޖުގެ ސަބަބުން މަލަކާ ހުންނަނީ އޮޅުންގަނޑެއްގެ ތެރޭގައެވެ. ޝައިމް އޭނާ ދެކެ ލޯބިނުވާކަން ހާމަކުރިއަސް އެބެލުމުގައި ތަފާތު ކަމެއް ވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ޝައިމްގެ އަމަލުތަކުން އޭނާ މަލަކާ ދެކެ ވަނީ ފޫހިކަމެއް ނޫނީ އަންނަނީ ރުޅިއެއް ކަމެއް ނޭނގެއެވެ. މިހުރިހާ ކަމަކުން ވަކި ގޮތެއް ނިންމަން އުނދަގޫވެފައި މަލަކާ ހުންނަން ޖެހެއެވެ.

އެނގޭހާވެސް އެއްޗަކީ އެހިތުގައި އުފެދިފައިވާ ޒަހަމްތައް ރަގަޅުނުވާ ކަމެވެ. ޝައިމް ފެންނަ ކޮންމެ ފަހަރަކު އެހިތުގައި ވޭނީ ކަރުނައިން ދިލަނަގައެވެ. ޝައިމް ދެކެ ލޯބިވާކަން ބުނެލަން ލަދުގަނެއެވެ. ކޮށްފާނެ މަލާމާތަކަށެވެ. ޝައިމް ބުނެލި އެއްމެ ބަހަކުން މަލަކާ ހިތް ހަލާކުކޮށްލައިފިއެވެ. ދާންވީ މަންޒިލެއް ނޭނގި ހިތް ބެހެމުން ދަނީއެވެ.

“ދަރިފުޅުގެ ކައިވެންޏާއި ބެހޭ ގޮތުން ބައްޕަ ރޭގަ މަންމައާއި ވާހަކަ ދެއްކިން.. މަންމަ ބުނި ދަރިފުޅު ނިއަމްއާއި އިންނަން ދެކޮޅު ހެދިވާހަކަ. އަދި ބުނި ދަރިފުޅު އުޅެނީ އެހެން ކުއްޖެއް ދެކެ ލޯބިވެވިގެންނޭ.. އެއީ ތެދެއްތަ” އަޝްވާމެން ދިޔުމަށްފަހު އިރުކޮޅެއް ފަހުން ފާއިޒު އަހައިލިއެވެ. އެޔަށް ޖަވާބެއް ދިނުމުގެ ގޮތުން މަލަކާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

“އެހެންތަ.. ކޮން ނަމެއް ކިޔާ މީހެއް.. މިރަށު މީހެއްތަ… ކޮން ދުވަހަކުން ބައްޕަމެންނާއި ބައްދަލުކުރަން ގެންނާނީ” ފާއިޒު ސުވާލުތައް އަތުރާލިއެވެ.

“މިރަށު ކުއްޖެއް ނޫން. މާލެއިން ދިމާވީ” ކުރިމަތީ އިން ޝައިމްގެ ނަން ހާމަނުކޮށް މަލަކާ ބުނެލިއެވެ.

“މަންމަ ނިއަމްއާއި އިންނަން ދަރިފުޅު ކައިރީ އެދުނަސް ބައްޕަގެ ވަލީ ލިބޭނީ ދަރިފުޅުގެ ހިތްރުހޭ މީހަކަށް. ބައްޕަގެ އޮތީ އެއްމެ ޝަރުތެއް. އެއީ އަހްލާގު ރަގަޅު ދަރިފުޅަށް އަޅާލާ މީހަކަށް ވުން. ދެން ބުނެބަލަ އެއީ ކޮން ނަމެއް ކިޔާ މީހެއްތަ” ފާއިޒު އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެއިން މަލަކާއަށް މަދު ސިކުންތުކޮޅަކަށް ހިނިތުންވުން ގެނެސްދިނަސް ހިތް ރޮއްވާލީ ހިތް ރުހޭ މީހާ ލިބެން ނެތުމުންނެވެ.

“ބައްޕަ ދެން ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަންނޭނގެ. އަޅުގަނޑު ކިތައްމެ ލޯބިވިޔަސް އެމީހެއް ލޯބި ނުވަންޏާ ކިހިނެތް ކައިވެންޏަކާއި ހަމައަށް ދާނީ” ޝައިމްއާއި ދިމާލަށް ބަލާލަމުން މަލަކާ ބުނެލިއެވެ. ޝައިމް އިނީ އަތުގައި އިން ފޯނާއި ކުޅެން ނަމަވެސް އޭނާ ދިޔައީ އެހުރިހާ ވާހަކައެއް އަޑުއަހަމުންނެވެ.

“މަންމަ ވާހަކަ ދެއްކި ގޮތުން ބައްޕައަށް ހީވީ ދެކުދިން ލޯބިވެގެން ގުޅުމެއް ފަށައިފިކަމަށް. އެމީހެއް އަނެއްކާ މަލަކާ ދޫކޮށްލީތަ.. އެހާ އަވަހަށް މައްސަލައެއް ޖެހުނީތަ”  އެބުނާ މީހަކީ ކުރިމަތީ އިން ޝައިމްކަން ނޭނގި ފާއިޒު އަހައިލިއެވެ.

“ލައްބަ. ބައްޕަ އެކަމާ ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުވެސް މިއުޅެނީ އެމީހާ މަތިން ހަނދާން ނައްތާލެވޭތޯ. ބޭވަފާތެރެނާއި ކެހިވެރިން ގިނަ ދުނިޔެއެއްގައި އެހެންވެސް ވާނެ. މައްސަލައަކީ އެކަހަލަ މީހުންނަށް އެހެންމީހުންގެ އިހްސާސްތަކަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވާތީ” ނުސީދާކޮށް ނަމަވެސް މަލަކާ ޝައިމްއާއި ދޭތެރޭ އެހިތުގައި އެފެދުމުން ޝަކުވާތައް ބޭރުކޮށްލިއެވެ. ޝައިމްއަށް އިސްއުފައި މަލަކާއަށް ބަލާލުން ނޫންކަމެއް ނުކުރެވުނެވެ. އޭނާ އިނީ އެޔަށް ރައްދެއް ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެފަދަ ހާލަތެއްގައި ވިޔަސް މަލަކާ އެދެއްކި ވާހަކަތައް ދޮގުކުރުމުގެ ހިތްވަރު  ޝައިމް ގަޔަކު ނެތެވެ. ބޭނުންވަނީ މަލަކާ އެބުނިހެން އޭނާ މަތިން ހަނދާން ނައްތާލުމަށެވެ. އެހެންނޫނީ ހަޔާތުގެ އައު ބާބެއް ލިޔަން މަލަކާއަށް އުދަގޫވާނެއެވެ.

“ބައެއް ފަހަރު އެހެންވެސް ވާނެ. އިން ޝާ ﷲ އަދި ރަގަޅު ގޮތެއް މިންވަރުކުރައްވާނެ” މަލަކާގެ ބޮލުގައި ފިރުމާލަމުން ފާއިޒު ބުނެލިއެވެ.

“ޝައިމް ކޮންދުވަހަކުން މީހަކާ އިންނަނީ” މައުޟޫ ޝައިމްއަށް އަބުރާލަމުން ފާއިޒު އަހައިލިއެވެ. އެޔާއެކު މަލަކާއާއި ޝައިމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

“އަދި ނޭނގެ” ކުރު ގޮތަކަށް ޝައިމް ޖަވާބު ދިނެވެ.

“އެކީއްވެޔޯ ގަޔާވާ ކުއްޖަކުވެސް ނެތީތަ” ފާއިޒު އެޔާއި ވިއްދައިގެން އަހާލިއެވެ.

“ގަޔާވާ ކުއްޖަކު އެބަހުރި. އެކަމަކު ހިޔެއް ނުވޭ އެކުއްޖާ ހާސިލްވާނެހެން” މަލަކާއަށް ބަލާލަމުން ޝައިމް ބުނެލިއެވެ.

އޭރު މަލަކާގެ މޫނުމަތިން ނުރުހުން ފާޅުވަމުން ދިޔައެވެ. ޝައިމް އޭނާގެ ލޯބި ހޯދަން އުޅުނީ އެހެން ކުއްޖަކަށް އެހިތް ހަދިޔާކުރުމަށް ފަހުގައި ހެއްޔެވެ؟ ރޭގައި ޝައިމް އެދެއްކީ އަނެއްކާ ކުއްޖާގެ ވާހަކަބާވައެވެ. ދެން މަލަކާގެ ހިތަށް އެރީ ޝައިމް އެއްމެ ފަހުން ބުނި ޖުމްލައެވެ.


 

ހެނދުނުގެ ހަބަރު ބެލުމަށްފަހު ޝައިމް ބޭރަށް ނުކުތީ ރަށުން އެކުވެރިވި ރައްޓެހިންތަކަކާއި އެކީ މިރޭ މަސްބާނަން ދާން ރާވައިފައި އޮތުމުން އެކަމުގެ ތައްޔާރީތައް ވަމުން ދާ ގެޔާއި ދިމާލަށް ދިޔުމަށެވެ. ސައިކަލަށް އަރައި ހުންގާނުގައި ހިފައި ކުރިމައްޗަށް ބަލާލި ވަގުތު މީހާ ސިހިގެން ދިޔައީ އެދިމާލަށް އަންނަމުން ދާ މީހާ ފެނުމުންނެވެ. ދެލޯ ބޮޑުކޮށް ދެތިން ފަހަރު އެސްފިޔަ ޖަހައިލީ ގަބޫލުކުރަން ދަތިވެފައިވާ ވަރުންނެވެ. އެމިހާ ޝައިމްއާއި ހިސާބަށް އަރައި ހަމަވި އިރުވެސް ޝައިމް އިނީ އާޝޯހުވެފައެވެ.

“އަހަރެން ފެނިފަ ތިހާ އުފާވާނެ ކަމަށް ހީކުރިނަމަ ކިޔެވުން މެދުކަނޑާލާފަ ނަމަވެސް އައީހެއްނު” ކާއިން އައިސް ޝައިމްކޮނޑުގައި ޖަހާލަމުން ބުނެލީ ހެވިފައި ހުރެއެވެ.

“ކޮން އިރަކު މިކޮޅަށް އައީ ” ޝައިމް ފާޑަކަށް ހެވިފައި ހުރެ އަހައިލިއެވެ.

“ރޭގަ ރާއްޖެއައީ.. އެއާޕޯޓުގަ ހުރެގެންނޭ ގުޅީ. އަހަރެން އުޅުނީ ޝައިމް މާލެ އައީމަ ސަޕްރައިސެއް ދޭން. އެކަމަކު ޗެރީ ގުޅާފަ އާދޭސްކުރިވަރުން މިއައީ ދޯ ޗެރީ” ޖެހިގެން ހުރި އަޝްވާގެ ކޮލުގައި ބާރަށް ހިފަހައްޓަމުން ކާއިން މަޖާވެލައިފައި ބުންޏެވެ.

“އަދިވެސް ތިހެންތަ ކިޔަނީ. ބަލަމިހާރު އަޝްވާ ހިކެއްޖޭ..  އަޝްވާގެ ވާހަކަ ބާއްވާފަ ބުނެބަލަ ކީއްކުރަންތަ މިރަށް އައިސްގެން ތިއުޅެނީ..އަޝްވާ ކޮންކަމަކު އާދޭސްކުރީމަ ތިއައީ.. ގައިމު ޓެސްޓު ފެށޭނެއޭ ބުނި ދެމަސް ފަހުން” ކާއިން އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލާލުމަށްފަހު ޝައިމް އަހާލިއެވެ.

”  ތިވާހަކަ ދެއްކިދާނޭ ފަހުން ވެސް. ކޮބާތަ އެމަންޖެ. އެބައުޅޭ ދޯ ގޭގަ” ކުރިމަތީ ހުރި ގެޔާއި ދިމާލަށް ކަޅިއެއް އެއްލައިލަމުން ކާއިން ބުނެލިއެވެ.

ކާއިންއާއި ޝައިމްއަކީ ސްކޫލު ދައުރުން ފެށިގެން ގާތް ދެ ރަހްމަތްތެރިންނެވެ. މަތީ ސާނަވީ އިމްތިހާން ނިންމުމަށްފަހު ކާއިން އާއި އޭނާގެ އާއިލާ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ ކާއިންގެ މަތީ ތައުލީމަށެވެ. އަދި ކާއިންގެ ބައްޕަގެ ބަލި ހާލަތު ހުރިގޮތުން އެކަމަށް ދާއިމީ ފަރުވާ ހޯދަން ޖެހޭތީއެވެ. އޭގެ ފަހުން ތިން އަހަރު ފާއިތުވެގެން ދާއިރު ކާއިން ދިވެހިރާއްޖެއަށް އައިސްފައެއް ނުވެއެވެ. ޝައިމްއަށްވެސް އުޅެވޭ ބުރަކަމުން ޒިޔާރަތްކޮށްނުލެވެނީއެވެ. ދުނިޔޭގެ ދެކޮޅުގައި ދިރިއުޅުނު ކަމުގައި ވިޔަސް ދެމީހުންގެ ރަހްމަތްތެރިކަމަށް އޭގެން ހީނަރު ކަމެއް ނާދެއެވެ.

ގޭގެ ފަހަތް ހިޔާކޮށްފައި އޮންނާތީ މަލަކާ އުޅުނީ އީޝް ގޮވައިގެން އެތާގައެވެ. އަލަށް ހިނގަން ދަސްވުމުން އެކަމުގެ ފޯރީގައި އުޅޭލެއް ވަރަށް ހަލަނިއެވެ.

“ވަރުބަލިވީ ދޯ.. ހިނގާ އަވަހަށް އެތެރެއަށް.. މިހާރު ބައްޕަމެން އައިސްދާނެހެން ހީވަނީ” ކޮޅުކޮޅަށް ދުވެ ވަރުބަލިވުމުން އީޝް އައިސް މަލަކާ ކައިރީ އިށީނުމުން މަލަކާ ބުނެލިއެވެ. އަދި އީޝްގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކުރަމުން މައި ގެޔާއި ދިމާލަށް ދިޔައެވެ.

“ވާވް .. މީތަ މަލަކާ އަކީ.. ޝައިމް ސިފަކޮށްދިން ވަރަށް ވުރެވެސް ރީތި” މަލަކާ އައިތަން ފެނި ކާއިން އަޑުއަހުރުކޮށް ބުނެލިއެވެ.

“އޭ !! ތިވަރު ނުކުރިޔަސް އައިކަން އެނގެއޭ” ޝައިމް ބުނެލީ ލަދުގަތްވަރުންނެވެ. މިހާރު ކާއިން އައި ބޭނުން އެތައުރީފުން އެގިއްޖެއެވެ.

“މަލަކާ ކިހިނެތް… އަހަންނަށް ކިޔަނީ ކާއިން.. ޝައިމްގެ ބެސްޓް ފުރެންޑް” މަލަކާއާއި ސަލާމްކޮށްލަން އަތް ދިއްކޮށްލަމުން ކާއިން ބުނެލިއެވެ.

“ރަނގަޅު” މަލަކާ ކުރުގޮތަކަށް ޖަވާބު ދިނެވެ. ކާއިން އަންނަކަން އަޝްވާގެ ފަރާތުން އޭނާއަށް ވަނީ އެގިފައެވެ.

“ކާއިން އައީތަ.. މަލަކާ އަވަހަށް ދޭ އެކުދިން ގޮވައިގެން ކާންދޭން ދާން. މަންމަ ހުންނާނެ ސަޓަނިކޮޅެއް ހަދާފަވެސް” ސަމީހާ ދޮރުން ނިކުތް ވަގުތު ސޯފާގައި އިތުރު މީހެއް އިނުމުން ބުނެލިއެވެ.

“މަންމަމެން ކެއުމުގައި ބައިވެރިނުވަންތޯ” މަލަކާ އަހައިލިއެވެ.

“މާމަ އެގެޔަށް މެންދުރު ކެއުމަށް ދައުވަތު ދިނުމުން މިދަނީ އެގެޔަށް.. އެއްމެ ދުވަހެއް ދުރުގަ ހުއްޓަސް އަންނަ ދުވަހު ބޮޑިބަތް ކާން ދޭނެކަން އެގެއްޔު”

ފާއިޒު އާއި ސަމީހާ ކާއިންއަށް މަރުހަބާ ކިޔުމަށްފަހު ދިޔައެވެ.

“މަލަކާ ކޯއްޗެއްތަ ޝައިމްއަށް ކާން ތިދެނީ. ވަރަށް ފަލަވެއްޖެހެން ހީވަނީ.. ” ގޮނޑީގައި އިށީދެ ހަމަޖެހިލުމުން ކާއިން ބުނެލިއެވެ.

” ޝައިމް ކަނީ މިގެއިން އެހެން މީހުންވެސް ކާއެއްޗެހި. ވަކި ހާއްސަ އެއްޗެއް ނުދެން.. އެހެން ކުއްޖެއް ދޭއެއްޗެއް ކަނީ ކަމަށްވާނީ” ކުކުޅު ރިހަ އަޅަމުން މަލަކާ ނުރުހުންވެފައި ހުރެ ބުނެލިއެވެ.

“މަލަކާ ތިހާ މީރުކޮށް ކައްކަދޭއިރު ހީވޭތަ ޝައިމް އެހެން މީހެއް ކައިރިއަށް ދާނެހެން. ދޯ ޝައިމް… ބުނެބަލަ އާއެކޭ” ޖެހިގެން އިން ޝައިމްއަށް ބަލާލަމުން ކާއިން ބުނެލީ ޝައިމްވެސް އެވާހަކައިގައި ބައިވެރިކުރުމަށެވެ.

“އެހެން މީހެއް ކައިރިއަށް ދާކަމުން ކަންނޭނގެ މިހާ ފަލަ މިވަނީ.. ހަމައެކަނި މިގެއިން ކާނަމަ ބޭބެމެންނަށްވެސް އޭގެ އަސަރުކުރީހެއްނު” ޝައިމް ހިފާލީ މަލަކާގެ ކޮޅަށެވެ. ފޮރުވިފައިވާ މާނައަކުން މަލަކާއާއި ދެކޮޅުވަމުންނެވެ. މަލަކާ ދެބުމަ ގޮށް ޖަހާލަމުން ޝައިމްއާއި ދިމާލަށް ބަލާލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި މަޑުޖެހިލީ އެތާނގައި އިތުރު މީހުން ތިބުމުންނެވެ.

“އައްދިއްޔޯއި” ކައިނިމިގެން ތަށިތައް ދޮންނަން މަލަކާ ދިޔަވަގުތު ޝައިމްގެ ހަމަލާއެއް ކާއިންއަށް އައެވެ.  އަތުގައި ބާރަށް ވިކައިގަތީ ކާއިންއަށް އޭނާއާއި މަލަކާއާއި ބެހޭގޮތުން ވާހަކަނުދައްކައި ނުހުރެވޭތީއެވެ. ކާއިން ގޮވައިގަތް އަޑަށް މަލަކާ ފަހަތް ބަލާލި ވަގުތު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެފައި ޝައިމް ހުއްޓެވެ.

“މިޝައިމް ވަރަށް ސަކަރާތް ބޮޑު ދޯ.. އެއްފަހަރުވެސް ސަމާސާކުރުން ހުއްޓައެއް ނުލާނެ”  މަލަކާ ބަލާލުމުން ކާއިން ބުނެލިއެވެ.

އާއެކެވެ. ޝައިމް އޭނާއަށް ޖެއްސުންކޮށް ސަމާސާކޮށްހެދިއެވެ. އެއްއިރެއްގައި އެއިން ހިނިތުންވުން ގެނެސްދިނަސް މިހާރު އެހަނދާންތައް އާވުމުން މާޔޫސްވުން ނޫންކަމެއް ނުކުރެވެއެވެ. އެހަނދާންތައް އާވުމުން ހިތް ކަރުނައިން ތެމިފޯކޮށްލައެވެ. އޯގާތެރިކަމަށް އެދުނު ވަގުތު ފިރުމާލާފައި ދިޔައީއެވެ. ނެތް އުފާތަކެއްގެ ތެރެއަށް މަލަކާ ދޫކޮށްލުމަށްފަހުގައެވެ. މަލަކާ މިހުރިހާ އިހްސާސެއް އިއްވަން ބޭނުންވިޔަސް އެއަޑު އަހަން ޝައިމް ހުންނާނެ ހެއްޔެވެ؟

ގަދަކަމުން ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު މަލަކާ ތަށިތައް ދޮވެ ނިއްމާލުމަށްފަހު ދިޔައެވެ.

“އަދިވެސް ނުބުނަމެއްނު ކީއްވެކަން ތިއައީ” މަލަކާ ދިޔުމުން ޝައިމް އޭނާ ކުރިންވެސް ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

ތި ސުވާލުކުރާ އިރުވެސް ޖަވާބު އެނގޭނެ. އަހަރެން މިރަށަކުން ނުދާނަން ތިދެމީހުން އެއްގަލަކަށް ނާރުވާ. އަޝްވާ ކިޔައިދިން ގޮތުން މަށަށް އެގިއްޖެ މީ އާދައިގެ ކަމެއް ނޫންކަން” ސީރިއަސްވެލަމުން ކާއިން ބުނެލިއެވެ.

“އަޝްވާ ކައިރީ އެކަން ދޫކޮށްލާށޭ ބުނީމަވެސް ނުހުރެވުނީ ދޯ” ނިތްކުރީގައި އަތް ވިއްދާލަމުން ޝައިމް ބުނެލިއެވެ.


 

ޖެހުގެން އައި ދުވަސްތަކުގައި އަޝްވާއާއި ކާއިން މަސައްކަތްކުރީ މަލަކާއާއި ޝައިމްގެ ގުޅުން ރަގަޅު ކުރެވޭތޯއެވެ. ދެމީހުން އެއްތަން ކުރެވެނީ ވަރަށް މަދު ފަހަރެއްގައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ކޮންމެވެސް ޒުވާބެއް ކޮށްނުލާ ފަހަރެއް ނުދާނެއެވެ.

ކާއިން އާއި އަޝްވާ ޝައިމްގެ މިޒާޖުގެ ރަގަޅު ވާހަކަ މާގިނައިން ދައްކާކަން މަލަކާއަށް ފާހަގަވެއެވެ. ނަމަވެސް އެއިން މަލަކާގެ ހިތް ޝައިމްއަށް ސާފުވާނެ ހެއްޔެވެ؟ ޝައިމްއަށް އޭނާ ވަނީ ހަގީގީ ލޯބިކަން އަންގައިދިނުމުންވެސް އަޅާނުލީއެވެ. އެހިތުގައި ވަނީ ޒަހަރު ލެވިފައެވެ، ފޮނި ލޯބީގެ ޒަހަރަކުންނެވެ.


 

 

ރަށުގައި އޮތް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މިރޭ އޮންނާތީ މެޗް ބަލަން ދިޔުމަށް އެއްމެން ތައްޔާރުވިއެވެ.

“ހިނގާ ދާން.. އެއޮތް ގަޑިޖެހެނީ މިހާރު” ހިނިތުންވެފައި ކޮޓަރީގެ ދޮރުން ނިކުތް އަޝްވާގެ ހިނިތުންވުން ފަޑުވެގެން ދިޔައީ ސިޓިންރޫމުގައި މަލަކާއާއި ވާހަކަ ދައްކަން ހުރި ނިއަމް ފެނުމުންނެވެ. މިރޭގެ ހާއްސަ ރޭވުން ނިއަމް އައުމުން ފުރިހަމަނުވެދާނެތީއެވެ.

ދަނޑާއި ދިމާލަށް މިސްރާބު ހުރި އިރު އެއްމެ ފަހަތުގައި ތިބީ މަލަކާއާއި ނިއަމްއެވެ.ދެމީހުންގެ ދޭތެރޭގައި ފުދޭވަރަކަށް ދުރުމިން ހުއްޓަސް ހެވިފައި ތިބެ ވާހަކަ ދައްކަމުން ދިޔައެވެ. މިކަމުން އެއްމެ ބޮޑަށް އުދަގޫވަމުން ދިޔައީ ޝައިމްއަށެވެ. ނުބަލަން ހުއްޓަސް ދޭތެރެއަކުން ފަސްއެބުރި ބަލާލައެވެ. މަލަކާ ހިނިތުންވެފައި ހުރުމުން އުފާވިޔަސް ހިތް ދަނީ ވީރާނަވަމުންނެވެ.އެހިނިތުންވުމެގެ އަސްލަކަށް އޭނާ ނުވާތީއެވެ.

“މަލަކާ ހާދަ ފަހަތުން އާދެބަލަ ކުރިއަށް ވާހަކައެއް ދައްކާލަން” ކާއިންއަށް މިމަންޒަރު ފެނި  އަތުން ހަނާއަޅަމުން ބުނެލިއެވެ. އެބައަންނަމޭ ނިއަމް ކައިރީގައި ބުނެ މަލަކާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާއިންއާއި އަރައި ހަމަކުރިއެވެ.

“ކޮން ވާހަކައެއް” މަލަކާ އަހައިލިއެވެ.

“އެއީ ބޯއީ ފުރެންޑުތަ” ކާއިން ޖެހިލުންވުމެއް ނެތި އަހާލިއެވެ. މަލަކާ އެޔަށް ވަކި ޖަވާބެއް ނުދީ ހިނިތުންވެލިއެވެ. ޝައިމް ހުރުމުން ސީދާ ޖަވާބެއް ދޭން ބޭނުންނުވާތީއެވެ. ދޮގު  ހަދައި އާއެކޭ ނުބުނި ކަމުގައި ވިޔަސް ޝައިމް ކުރިމަތީ ދެރަ މީހަކަށް ނުވުމަށެވެ.

މަލަކާ ދިނީ ޝައިމް ހީކުރި ޖަވާބެއް ނޫނެވެ. މަލަކާ ނިއަމްއާއި އެކު އުޅޭތަން ޝައިމްގެ ދެލޮލުން ފެނެއެވެ.

އެކި ވާހަކަތަކުގައި ތިއްބައި ދަނޑާއި ހަމައަށް އާދެވިއްޖެއެވެ. މީހުން ގިނަކަމުން ގިނަ ބެންޗުތައް ހުރީ ފުރިފައެވެ. އިންނާނެ ތަނެއް ހޯދަން ދެފަރާތައް ބަލަބަލާ ހުއްޓައި އަޝްވާ އެއްކަނެއްގައި ހުރި ބެންޗެއް ދައްކާލުމުން އެދިމާލަށް ދިޔައެވެ.

އިށީނުމަށް އަޝްވާ އާއި ކާއިން އަދި އަޝްވިން އެތުރިލީ މަލަކާއާއި ޝައިމް ޖެހިޖެހިގެން އިށީދެވޭ ގޮތަށެވެ. ފަސްމީހުންގެ އެބެންޗުގައި އިށީނުމަށް ޖާގަ ނުލިބުނީ އެންމެ ފަހަތުގައި ހުރި ނިއަމްއަށެވެ.

“އަހަރެން ގޮސްދާނަން އެކޮޅަށް. މަލަކާ އިށީދެލާ އެއްމެނާއި އެކީ” މަލަކާ ތެދުވާން އުޅުމުން ނިއަމް ބުނެލީ ދުރުގައި ހުރި ހުސްޖާގައަކަށް އިޝާރާތްކޮށްލަމުންނެވެ.  އެޔާއެކު މަލަކާ އާއި ޝައިމް ފިޔަވައި ދެންތިބި މީހުންގެ މޫނުމަތީ ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

މެޗް ފެށުމާއި އެކު ސަޕޯޓަރުންގެ އަޑު އެއްއަޑަކަށް ހުއްޓެވެ. ޝައިމްވެސް ދޭތެރެއަކުން ގޮވާލާއަޑު އިވިގެން ދެއެވެ. އަދި އެބެންޗުގައި މަލަކާ ފިޔަވައި ތިބި އެއްމެނާއި ހީސަމާސާކުރަމުން ދިޔައެވެ. އަޝްވާމެން މަލަކާ ވާހަކައިގައި ބައިވެރިކުރުވި ނަމަވެސް ޝައިމްގެ ދުލަކުން އެއްމެ ފަހަރަކުވެސް މަލަކާގެ ނަންވެސް ނީވެއެވެ. ޝައިމް ކަންތައް ކުރަމުން ދިޔައީ މަލަކާއަކީ އެތާނގައި ނެތް މީހެއް ފަދައިންނެވެ.

ޝައިމް އެހެން ކަންތައްކުރަމުން ދިޔައީ އޭނާގެ ހިތަށް ލުޔެއް ލިބޭތޯ ނަމަވެސް މަލަކާގެ ހިތުގައި އުފެދެމުން ދިޔަ ހައިޖާންގަނޑު ދިޔައީ ބޮޑުވަމުންނެވެ. ކައިރީގައި މިއިނީ އެހިތުގެ މިލްކުވެރިޔާއެވެ. ކައިރީގައި ނަމަވެސް އެހާމެ ދުރުގައެވެ. ދެން އެހެރީ ނިއަމްއެވެ. ދެމީހުންގެ މެދުގައި އެކުވެރިކަމަށްވުރެ އިތުރު ގުޅުމެއް ނުވާއިރު ނިއަމް މިއަދުވެސް ކަންތައް އެކުރަމުން ދަނީ މަލަކާގެ އިހްސާސްތަކަށް ބަލާލުމެއް ނެތިއެވެ. މެޗްގެ އެއްހާފު ނިމި ހުސްވަގުތު ގުނަމުން ދާއިރު މަލަކާ ހުރިތަނެއް ބަލާލަނީ އެއްނޫނެވެ. މަލަކާ ނިއަމްއާއި ގުޅެން ބޭނުންނުވަނީ މިކަހަލަ ފަރުވާކުޑަ  ކަންތަކުންކަން އަންގައިދިނުމުންވެސް ބަދަލެއް ގެންނަން ނޫޅެނީ ހެއްޔެވެ؟ މަންމަގެ އެދުމުގެ މަތިން މަލަކާ ނިއަމްއާއި ކައިވެނި ކުރާނެހެން ހީވާތީ ހެއްޔެވެ؟

“މަލަކާ ކޮންތާކަށް” މަލަކާ އިންތަނުން ތެދެވުމުން އަޝްވާ އަހައިލިއެވެ.

“އެބަ އަންނަން ނިއަމް ކައިރިއަށް ގޮސްލާފަ” ފަޑު ހިނިތުންވުމަކާއި އެކީ މަލަކާ ބުނެލިއެވެ.

“ރަގަޅު އިނގޭ.. އަހަރަމެން އެވަރަށް ދެމީހުން އެއްތާކު ބޭންދީމަވެސް ތީ ހަދާލި ގޮތަކީ” މަލަކާ ދިޔުމުން ޝައިމްގެ ބުރަކަށި މަތީ ޖަހާލަމުން ކާއިން ބުނެލިއެވެ.

“ކީއްކުރަން އުފާވެރިކޮށް އުޅޭ ދެމީހުންގެ ދެމެދަށް ވަންނަންވީ” ޝައިމް ނުރުހުންވެފައި ބުނެލިއެވެ.

“އާން އެއްކޮށް އެއުޅެނީ.. އެކަމަކު ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެ އުފާވެރިކަމެއް ނެތްކަން. ޝައިމް ހީކުރިއަސް މަލަކާ ދޫކޮށްލުމަކީ ކުރެވުނު މާމޮޅުކަމެއް ނޫން. މަލަކާ ދާން ނުދާން އިދެފަ އެދިޔައީ.. ޝައިމް ރީއްޗަށް ވާހަކަ ދައްކާލާތޯ ބަލަހައްޓައިގެން އިންތަން ދުށީމޭ” ކާއިން ބުނެލިއެވެ.

“އަހަރެންނާއި ވާހަކަ ދައްކަން ބޭނުންނަމަ މިތާނގަ މަޑުކުރީހެއްނު” ދުރުގައި އިން މަލަކާއަށް ބަލާލަމުން ޝައިމް ބުނެލިއެވެ.

“އުޅެން ބޭނުންނަމައޭ! އެވަރަކަށް މީހަކަށް ބުނެވޭނީ ތިމަންނަ އުޅެން ބޭނުމޭ.. މަލަކާ ކައިރިވާން މަސައްކަތް ކުރިއަސް ޝައިމް ތިދަނީ ދުރަށް. ނޫނީ ޒުވާބުގަނޑެއް ހިންގާލާ ދުރަށް ކޮއްޕާތިލަނީ.. މަލަކާ އަކީ މެޝިނެއް ނޫނޭ! ޝައިމް ސެޓިން ބަދަލުކޮށްލާއިރަށް ބޭނުންހާ ކޮޅަކަށް ދާން. އޭނަވެސް އޮންނަނީ ހިތެކޭ.. ޝައިމްގެ ހިތުގައި ލޯތްބާއި އުފާ އަދި ހިތާމަ ވާގޮތަށް އެހިތަށްވެސް އެއަސަރުތައް ކުރާނެކަން ނޭނގެނީތަ. މަލަކާ ނިއަމްއާއި އެކީ އެއުޅެނީ އަދިވެސް ރަހުމަތްތެރިކަން އޮތީމަ. ނޫނީ ވެދާނެ ޝައިމް ދެރަކުރަން ނޫނީ އަމިއްލައަށް ދެރަ ނުވާން ނިއަމްއާއި އެކީ އުފާވެރިކޮށް އުޅެނީ ކަމަށް” ކާއިން ސީރިއަސްވެލަމުން ބުނެލީ އެހާ ވަރަށް ނަސޭހަތް ދޭއިރުވެސް ޝައިމްގެ ވިސްނުން ބަދަލުކުރަން ނޫޅޭތީއެވެ.

“ދެންވެސް މަޑުނުކޮށް ގޮސް ބުނެބަލަ ލޯބިވަމޭ” ނެގިމަޑުވެފައި އިން ޝައިމް ކައިރީ ކާއިން އެދުނެވެ.

ޝައިމް ބަލައިލީ މަލަކާއަށެވެ. ނިއަމް ކައިރީގައި އިންނަން  ދިޔަ މަލަކާ އެކަނިކޮށްލާފައި ނިއަމް އެހެރީ ދުރުގައެވެ. އެއްމެން ފޯރި ނަގަމުންދާއިރު މަލަކާގެ މޫނުމަތިން އެއްވެސް ރޫހެއް ނުފެނެއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އެއިނީ ފުން ހިޔާލެއްގެ ތެރޭގައެވެ.

އެތައް މިނެޓުތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޝައިމް އޭނާގެ ހިތުގެ ބަސް މިފަހަރު އިސްކުރިއެވެ. ނުދާން ސިކުޑީން ގޮވަމުން ދާއިރު އިންތަނުން ތެދުވެ އެދަނީ މަލަކާއާއި ދިމާލަށެވެ. ފަސް އެބުރި ބެލުމެއް އަދި ޖެހިލުން ވުމެއް ނެތިއެވެ.

“މަލަކާ” ޝައިމް ގޮވާލިއެވެ. މަލަކާގެ ހިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ނަން އިވުމުންނެވެ.

“ޝައިމް.. ކިހިނެތްވީ” ޝައިމް އެކަނި ހުރުމުން މަލަކާ އަހައިލީ ކަމެއް ވީކަމަށް ހީކުރަމުންނެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ޝައިމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

“ކޮން ވާހަކައެއް” މަލަކާ އިންތަނުން ތެދުވެ ޝައިމް ކައިރިއަށް ޖެހިލީ މެޗްގެ ފަހު ސިކުންތުކޮޅުތައް ގުނަމުންދާތީ ކިޔާ އެއްޗެއް ނީވެދާނެތީ އިތުރަށް ސަމާލުކަން ދިނުމަށެވެ.

” އަހަރެން މަލަކާ ދެކެ ވަރަށް ލޯބިވޭ”ޝައިމް ދެލޯ މަރާލަމުން ހިތްވަރުކޮށްލައިފައި ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތި ލޯތްބަށްޓަކައި (16)

Next

ދުރުގައިވިޔަސް… (35ވަނަ ބައި)

Next
October 5, 2017

ދުރުގައިވިޔަސް… (35ވަނަ ބައި)

Previews
October 5, 2017

ތި ލޯތްބަށްޓަކައި (16)

63 Comments!

  1. reader says:
    October 5, 2017 at 9:32 pm

    Yay. Me first. Kiyaalaaf comment kollaann

    1. song joong ki..KOREAN says:
      October 5, 2017 at 9:33 pm

      hehe we both commented at the same time 🙂 😀

    2. maroon says:
      October 5, 2017 at 9:36 pm

      Yes.. waiting for your comment ?

    3. reader says:
      October 5, 2017 at 10:15 pm

      Yeah

  2. song joong ki..KOREAN says:
    October 5, 2017 at 9:32 pm

    yeyyy me first tha? 😉

    1. maroon says:
      October 5, 2017 at 9:37 pm

      32 ga dhw dhekudhinves. Story kamudhanya bunelahchey. Inthizaarah v bodah shukuru

    2. song joong ki..KOREAN says:
      October 5, 2017 at 9:53 pm

      wowwww. this part is fabulous , dhigu inthixaarakah fahu mikahal loabi part eh genesdhinyma vvv happy. n mi part ge feelings thah genehsa huri goih varah habeys. 🙂 shaim buny dhw emme fahun loabivaa vaahaka. kihinehbaa vaany dhn. whn nxt part ?? waiting ….. ly maroon 🙂

    3. maroon says:
      October 5, 2017 at 11:46 pm

      Thanku sjki ?
      Loves ?

  3. reader says:
    October 5, 2017 at 9:42 pm

    Oh my godddd. Enme salhi hisaabun thi ninmaaly. Kon dhuvahakun next part?

    1. maroon says:
      October 5, 2017 at 11:45 pm

      In sha Allah saturday ? thanku reader ?

  4. maroon says:
    October 5, 2017 at 9:45 pm

    Hey hurihaa kudhin. Salam. Heekuran vahaka kamudhaane kamah. If so or not let me know. ? Inthizaru kurythy v bodah shukuru.
    -kaain aky dhen anna vahakaige main character eh
    Loves.. tc ???

    1. song joong ki..KOREAN says:
      October 5, 2017 at 9:55 pm

      ohh. mi story nimmaafa dhw nxt story? kaain, varah reethi name eh…. 😀

  5. Malaka says:
    October 5, 2017 at 9:54 pm

    Why why. Keehve thi hisaabun nimmaathily.i want to say “i love you too shaim” ?
    Btw story amazing ?

    1. Niam says:
      October 5, 2017 at 10:17 pm

      Niam bunaanan Mamma kairyga ????

    2. maroon says:
      October 5, 2017 at 11:46 pm

      Thanku malaka ? lets see if you could say that ??

    3. maroon says:
      October 6, 2017 at 11:06 am

      Niam ! Eherynu malaka dad ves..
      Thanku story kiyaalaathy ??

  6. mal says:
    October 5, 2017 at 10:01 pm

    Alhugau kithah vana??
    V v v loabi story.. dhn malaka bunaane noknekey shaim ah.. hehe.. guess eh kureveythw balaaly.. maroo… adhabeh ge gothun maadhan vx up kuran vaane?.. hehe.. majaa ekey..?

    1. mal says:
      October 5, 2017 at 10:03 pm

      Egey*

    2. maroon says:
      October 5, 2017 at 11:47 pm

      Thanku mal ?
      It is always good see ur comment. Adhabeh dhw.. hehe
      ??

    3. mal says:
      October 6, 2017 at 7:14 am

      Hehe.. maroo.. ihnaane msg eh kohfa mal… wanna be frnds..?

  7. Reet says:
    October 5, 2017 at 10:20 pm

    Mi vaahaka ah hadha inthizaar eh kohfeyma Haadha lahun up thikury please please dhen ahan nuhadha duvahun dhuvahah up kohdhee bala please please please

    1. maroon says:
      October 6, 2017 at 11:03 am

      Thanku reet. Maroon ah kuda massala akaai dhimaavyma lasvy. Sorry for that. In sha Allah dhn hama kurin genesdhin gothah vaahaka genesdheveyne ?

  8. Reet says:
    October 5, 2017 at 10:22 pm

    V reethi

    1. maroon says:
      October 6, 2017 at 11:04 am

      Thanku reet ??

  9. annoying reader says:
    October 5, 2017 at 10:25 pm

    kaain mi ashva ge bf kanneynge kuriyah oh thaanga 😀 varah reethi mi part ves, niyam haadha boring ey, plz malaka and shaim gulhuvan feney, waiting for the next part love it

    1. maroon says:
      October 5, 2017 at 11:50 pm

      Thanku annoying reader. ?
      Kaain vedhaane thi meehakahves. But ehen dhe girl kudhinves ulheyne adhi. Lets see dhw ??

  10. khajja says:
    October 5, 2017 at 10:56 pm

    Haha ?masha allah v v rythi stry?? v inthizaaru kurevijje mi stry ah whn nxt prt avahah up kolladhybala v kiyaahithun kiyakiyaa indha e nimuny gud nyt ly ????❤❤?????????

    1. maroon says:
      October 6, 2017 at 10:59 am

      Thanku khajja. Keiytheri kamaeku inthizaaru kureethy shukuru… have a good day loves ??

  11. Aisha says:
    October 5, 2017 at 10:57 pm

    Vrh reethi mi part vexxx❤❤
    Kn dhuvas thakaku tha mi vaahaka up kohdheny?

    1. maroon says:
      October 7, 2017 at 8:34 pm

      Thanku aisha ?? u can read it now

  12. Xna says:
    October 5, 2017 at 11:00 pm

    ?inthizaaru Koh Koh..?.

    Keeve loa meree? I think..evaahaka bune nimey iru malaka ah adu neeveyne supporters ge adaa hure.or else malakaa gossdhane dheranuvaan vegen.. . Avahah genesdhehchey?

    1. maroon says:
      October 6, 2017 at 11:01 am

      Thanku Xna ?
      Loa mery kyhve kan next partga balalahchey ?
      Thy hus vun ekashygen vaa goiythah. Lets see kon gotheh thw ?

  13. Zuam says:
    October 5, 2017 at 11:37 pm

    Masha Allah. .. varah reethi mi part. …maroon plx next part update kohdheh cheh varah ahvaha. .. waiting. …❤❤❤

    1. maroon says:
      October 6, 2017 at 11:02 am

      Thanku Zuam ?
      Sure in sha Allah ?

  14. Addu manje says:
    October 6, 2017 at 12:27 am

    Varah reethi mi part ves 🙂
    mi story up veytho varah ginain balan.. kon dhuvahaku nxt part genesdheynee?

    1. maroon says:
      October 6, 2017 at 10:51 am

      Thanku addu manje ?
      Tmrw in sha Allah ?

  15. nux says:
    October 6, 2017 at 3:59 am

    wow wow???kiyaabarthuhai v habayse story well done dr ??????v asarugadha hisaabakun dhookohlaafa thi dhiya e?????can’t waite next part avass kohlahchey maroo loabi????

    1. maroon says:
      October 6, 2017 at 10:52 am

      Thanku nux ?
      Dhn anna bayegga ehisaabun feshigen kiyaalahchey ?

  16. Xxxx says:
    October 6, 2017 at 6:23 am

    V.v.nice????

    1. maroon says:
      October 6, 2017 at 10:52 am

      Thanku xxxx ??

  17. Zaain says:
    October 6, 2017 at 7:09 am

    Hehehehe hama tagudyraa gulhifa oiyy oigada daturey….. Excellent ingey Marooo…. l loved this story…. Keekey dn bunaany… ney bunaane ehchey… hama superb… tihen vaan jeheyne… ehme fahun keynuvegen ediye… din hiyvarege bodukamun…. sifakurunvs v reeti…. dn e demeehunge gulhun harudanaa kohlaa Marooo…. after that story was amazing…. fmly ge kudi mahsalatakey hurinamavs e demeehunge strong relation innanya everything wil b fine…. Marooo u can… kyp it up my dear…

    1. maroon says:
      October 6, 2017 at 10:54 am

      Thanku zaain. V support dhey kujjeh thy. V bodah shukuru ekamah. Lets see if true love finds its way..???

  18. Shudha says:
    October 6, 2017 at 9:05 am

    my gaaaaad…. this is soooooooo awesome…. shudha heekuran malakaa aa shaim alun gulheyne kamah… and niam is zero… malaka ge dad eherynu malaka ge side ga… dhen othy edhemyhun gulhuvun… story is fantastic.. ly maroon <3

    1. maroon says:
      October 6, 2017 at 10:56 am

      Hehehe… niam ah zero ?
      Lets see dhw emyhun gulheyne thw…loves. ??
      Thanku dear shudha

  19. click a shot ? says:
    October 6, 2017 at 9:35 am

    finally…maroon is back..? mi part ves hama superb.☺️..enme fahun shaim loabivaa vaahaka bunidhw..?.dhen malakaa keekai baa bunaani.konirakun next part up vaany..waiting dear maroon..tc and love you❤️?

    1. maroon says:
      October 6, 2017 at 10:57 am

      Thanku click.. ?
      Malaka hama bunefaane dhw komme ehchekeyves. What do you think??
      Tmrw in sha Allah loves tc ?

    2. click a shot ? says:
      October 6, 2017 at 11:28 am

      I think eyna bunaany mi kuraa samaasaa eh hey nooni eyna hadhan kiyaaehchey..maybe this may happen☺️..next part ga dhw egeyni…ehen hurelaafa bunima undhagoovedhaane kaneyge gaboolu kuran..dhw maroon ?

    3. maroon says:
      October 6, 2017 at 7:02 pm

      Yh gabool kuran udhagoo vaane. Malaka bunaa ehcheh balama tmrw ?

  20. Adha? says:
    October 6, 2017 at 12:33 pm

    Finally u r back dw? neyvaa laanves neyngifa mi innany.. hehe..?? ninmaaly ves thi hiy huttey varu kohlaafa… varah reethi mi part ves..
    Next part avahah up kohdhehchey…
    Waitingss ❤❤❤❤

    1. maroon says:
      October 6, 2017 at 7:01 pm

      Thanku adha ?
      Neyvaalahchey hadhaankoh ?
      Sure read it tmrw ?

  21. maya says:
    October 6, 2017 at 12:51 pm

    Alheyyyy.kon irakun next part upwaany.malaka gaboolu kohfiya rangalhu

    1. maroon says:
      October 6, 2017 at 7:03 pm

      Thanku maya ?
      Tmrw…. see u then ?
      I ll tell her to blv ?

  22. Shudha says:
    October 6, 2017 at 7:21 pm

    Hey maroon.. Asva aa Ashvin ge story ah fahu liya story ehga boy akah hadhaaba mndf kujjeh.. eyrah varah salhi vaane… it’s my dream dhen mi site he ekahala characters madhuvyma… try for it Inge.. love you ?

    1. maroon says:
      October 6, 2017 at 7:43 pm

      I wud love that. But i have abstly no idea mndf kujjehge life. I mean like duties and training stuff. I will ask someone for help. Maybe next storyga mndf character eh aisdhaane ??

    2. Shudha says:
      October 6, 2017 at 11:07 pm

      Awwwnn.. thank u maroon.. hope u ll try.
      .. love you so much ?

    3. maroon says:
      October 7, 2017 at 8:32 pm

      Hey i found someone to help. Yay. Next story ah wait kurahchey ???

  23. mal says:
    October 6, 2017 at 8:14 pm

    Maadhama ge kihaairaku up vaany maroo?

  24. saadhu says:
    October 6, 2017 at 8:21 pm

    alhey maroon haadha dhuvahe kolaafa ?avaha up kodheeba.v kiyaahithu mihuree.v sali mi part ves.?

    1. maroon says:
      October 7, 2017 at 8:39 pm

      Thanku saadhu ??
      Nl

  25. maya says:
    October 7, 2017 at 9:02 am

    Maroon miadhu koniraku upwaany
    Kehmadhuwefa hureweythy iru iru kolha check kureweny….….❤?????

  26. Shudha says:
    October 7, 2017 at 9:54 am

    marooooonnn.. thankolheh avas gadieh ga up kohdheveytho balaathi… waiting <3

  27. $JK..KOREAN says:
    October 7, 2017 at 2:51 pm

    Marooo.. Avahah up kohlahcheyyy.. ? waiting ss.. ly?

  28. maroon says:
    October 7, 2017 at 5:25 pm

    Around 7 ga story kiyaalan libeyne ?

Comments are closed.

Next Episodeލޯބިން ހިިނިތުންވެލާށޭ 12←


All Right Reserved!