Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ.

Shaz Level 110 Stories
September 28, 2017 3 Mins Read
7 Comments

(ތިންވަނަ ބައި)

ހިނދެއްހިނދަކަށް ކައިރިވަމުން ދެޖިސްމު އެކައްޗަކަށްވެއްޖެއެވެ. އަހަރެން ދުރަށް ޖެހެން ބޭނުންވި ނަމަވެސް އެކަން ކުރާނެ ވަރެއް ނެތެވެ. އެއަށްވުރެ މިފްޒާލް މާ ހުށިޔާރެވެ.

އަހަންނަށް ހޭލެވުނީ ހުޅުވާފައިވާ ކުޑަދޮރުން މޫނު މައްޗައް އިރުގެ އަލި އެޅުމުންނެވެ. ގަދަކަމުން ލޯ ހުޅުވާލީމެވެ. އެއާއެކު ފުންމައިގެން ތެދުވެވުނެވެ. ހަށިގަނޑުގައި ނިވައެއްނެތި މިފްޒާލްއާ އެއް އެނދެއްގައި އޮތުމުން ދެން އިތުރަށް ވިސްނަންޖެހޭ ކަމެއްނެތްކަން އަހަންނަށް އެނގިއްޖެއެވެ.

އަވަސްއަވަހަށް ފާހަނާއަށް ވަދެ ފެން ވެރީމެވެ. ކުރެވުނު ފާފައާމެދު ހާންތިވާވަރަށް ރުއީމެވެ.

“ބަލްގީޝް” ފާހަނާގެ ދޮރުގައި މިފްޒާލް ޖަހާލިއެވެ. ހިތައް އެރިކަހަލަ މީހަކަށް މިފްޒާލް ނުވިއަސް އަހަންނަށް މިފްޒާލް ދެކެ ރުޅިއެއް ނާދެވުނެވެ. މިފްޒާލްއާ ގާތައް އަހަންނަށް ދެވެނީ ނޭނގޭ ބާރަކުންނެވެ.

އަހަރެން ފާހަނާ ދޮރު ހުޅުވާލި އިރު މިފްޒާލް ހުރީ ކުޑަ ދޮރުކައިރީގައެވެ. ދޮރު ހުޅުވާލި އަޑަށް މިފްޒާލް އަހަންނާ ވީ ފަރާތައް އެނބުރުނެވެ.

“ބަލްގީޝް ރުޅިއައިސްފަތަ؟” ހިނގައިދިޔަ ކަންތަކުގެ ވާހަކަ އަހަރެން ދައްކާކައް ބޭނުމެއް ނޫނެވެ. އެހެންކަމުން އެއްޗެކޭ ނުބުނެ އަހަރެން ފާހަނާއިން ނުކުމެގެން ގޮސް އެނދުމަތީ އިށީނީމެވެ.

“ލުކް. ހިނގައިދިޔަ ކަންތަކާ މެދު އަހަރެން ދެރަވަން މާފު ނުލިބުނަސް މާފަށްވެސް އެދެން. އެއީ އަހަރެންވެސް ގަސްތުގައިކުރިކަމެއް ނޫން.” މިފްޒާލްގެ ވާހަކަތަކުން އެކަމާމެދު އޭނާ ދެރަވާކަން އަހަންނަށް އިހުސާސްނުވިއަށް އޭނާގެ މޫނުން އޭނާ ހުރީ ދެރަވެފަކަން އެނގެއެވެ.

“މިފްޒާލް. އަޅުގަނޑަށް މިފްޒާލްއަށް މާފްވެސް ކޮށްދެވިދާނެ. މިކަން ސިއްރުވެސް ކޮށްދެވިދާނެ. އެކަމަކު ގެއްލުނު އަޅުގަނޑުގެ އަބުރާ އިއްޒަތައް ކިހިނެތްތޯ ހަދާނީ؟ އަޅުގަނޑަށް ނުކެރޭނެ ދެން އަޅުގަނޑުގެ މަންމައާ ކުރިމަތި ލާކަށްވެސް. އެކަމުގެ ނަތީޖާ ފެންނާނެ ގޮތެއްވެސް އަޅުގަނޑަކަށް ނޭނގޭ. ގޯސްކޮށް ފެނުނަސް ލަދު ގަންނާނީވެސް އަޅުގަނޑު ދެއްތޯ؟” އަހަރެންނަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ރޮވުނީއެވެ.

“ބަލްގީޝް ކޮންކަމަކާތޯ ތިހާސްވަނީ؟.އަޅުގަނޑުގެ ސަބަބުން ދިމާވި ކަމެއް ދެއްތޯ އަޅުގަނޑު ސަލާމަތްވެސް ކޮށްދޭނަން. ގޯސްކޮށް ކަމެއް ދިޔަކަ ނުދޭނަން. ހިނގައި ދިޔައީ ބޮޑުކަމެއް. އަޅުގަނޑަށް ދެނެއް އެޔެއް އަނބުރައެއް ހޯދައެއް ނުދެވޭނެ. އެކަމަކު ދިރިއުޅުމެއް ހޯދަދެވިދާނެ” މިފްޒާލްގެ ބަސްތައް ސާދާވެފައި ސީދަލެވެ.

“މިފްޒާލް ތި ދެންނެވީ އަޅުގަނޑާ ކައިވެނި ކުރާނެ މީހެއް ވާނެއޭތޯ؟؟” ހިތައް އަރާފައިބަމުންދާ އެއްޗެއް އަހަންނަކަށްވެސް ބުނެދޭކަށް ނޭނގެއެވެ.

“ބަލްގީޝް އޯކޭ ވިއްޔާ އަޅުގަނޑު އިންނާނަށް ބަލްގީޝްއާ” މިފްޒާލް ބުނިއެއްޗެއް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް އިނދެވުނީއެވެ.

“ގަބޫލު ނުކުރެވިފަދޯ. އޯކޭ. މާލެދެވުނުހާ އަވަހަކަށް އަހަރެން ކައިވެނީގެ ކަންކަމާއުޅޭނަން. މިހާރު ދާ ގަޑި ޖެހެނީ.ރެޑީ ވާންވީނު؟. އާން އަދި އެއްކަންތައް އަހަންނާ ދެން މާތް ކޮށް ވާހަކަ ނުދައްކާތި. ތީ މަގޭ ވާން އުޅޭ އަނބިމީހާ؟” ލޯބި ގޮތަކަށް އަހަރެންގެ ކޮލުގައި ހިފާލުމަށްފަހު މިފްޒާލްވަނީ ފާހަނާއަށެވެ. ގާވެފައި އަހަންނަށް އިނދެވުނީއެވެ.

ދުވަހުގެ މަސައްކަތައް ނުކުތްއިރު މިފްޒާލް ހުރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. ވާންވީ އުފާ ކަމެއް ނޫނީ ދެރަ ކަމެއް ނޭނގޭ ހާލު އަހަރެން ހުރީ އުލްވާންއާ ވާހަކަ ދައްކާލަންވެސް ބޭނުންވެފައެވެ.

މިފްޒާލްގެ އަންހެނުންނަށްވުމަށް އަހަރެންވެސް ވަރަށް ބޭނުމެވެ. ބޭނުންނުވާނީވެސް ކާކު ހެއްޔެވެ؟. އެކަމަކު ކަންތަން މިދަނީ ރަނގަޅަށް ކަމަށް އަހަރެންގެ ޒަމީރު ގަބޫލެއް ނުކުރެއެވެ.

އެދުވަހުގެ މީޓިންތަކާއި ކުލާސްތައް ނިމި ހޮޓަލަށް އާދެވުނު އިރު ހަވީރު ފަސްގަޑިބައިވެސް ވެއްޖެއެވެ. ކޮޓަރިއަށްވަދެވުމާ އެކު މިފްޒާލް އެންމެ  ފުރަތަމަވެސް އަހަރެންގެ ގައިގަ ބައްދައިގަތެވެ. މިފްޒާލް ހީވަނީ އަހަރެން ގެއްލިދާނެތީ އުޅޭހެންނެވެ. މިފްޒާލްގެ ގައިގޯޅި ހަރަކާތްތަކުން އަހަންނަށް އުނދަގޫވިއަސް އެކަން ހުއްޓުވާކަށް އަހަރެން ބޭނުމެއްނުވެއެވެ. އެއަށްވުރެ އަހަންނަށް މިފްޒާލް ކަމުދެއެވެ.

ދެހަފްތާގެ ދަތުރު ނިމެން އެއް ދުވަހަށް ވީއިރު އަހަންނާ މިފްޒާލްގެ ގުޅުމަށްވަނީ ބަހާރު މޫސުންއައިސްފައެވެ. މިފްޒާލް ބުނާގޮތުން ރާއްޖެއަށް ގޮސް އެންމެ ފުރަތަމަވެސް އުޅޭނީ ކައިވެނީގެ ކަންކަން ހަމަޖައްސާށެވެ. ކަންތައްވަމުން ދިޔަގޮތް އަހަރެން އުލްވާން އަށް ކިޔައިދެމެވެ. އަހަންނާ މިފްޒާލްގެ ގުޅުން ފެށުނުގޮތާ މެދު އުލްވާން ހިތްހަމަނުޖެހުނު ނަމަވެސް މިފްޒާލް އަހަންނާ އިންނާނެ ކަމަށް ބުނުމުން އުލްވާން ހުރީ ހިތްހަމަ ޖެހިފައެވެ.

އަހަރެން ހުރީ ރާއްޖެ ނުދެވިގެން ލަސްވެފައެވެ. މިފްޒާލްގެ އަތްބަކަށް ވުމަށް ވުރެ އުފާވާނެ ކަމެއް މިދުނިޔެ މަތިން އަހަންނަށް ވާނެހެއްޔެވެ؟ މިފްޒާލްއާ އިންނަން އުޅޭ ވާހަކަ އަހަރެންގެ މަންމަގާތު ވެސް ބުނީމެވެ. ކުއްލިއަކަށް ކައިވެންޏަކަށް ދާން ނިންމި ސަބަބު ހޯދަން މަންމަ ވަރަށް އުޅުނެވެ. އަހަންނަށް އެސަބަބު ބުނެދެވޭނެ ހެއްޔެވެ؟

އެއަރ ޕޯޓަށް ދާން އަހަރެން ތައްޔާރުވީ މިފްޒާލްއާއެކުއެވެ. ރޫމް ހުސްކުރުމަށްފަހު ހޮޓެލްއިން ނުކުތްއިރު ވެސް މިފްޒާލް ހުރީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އަހަރެން އެންމެ އުފާވާ ކަމަކީއެއީއެވެ. ބޭރުގައި އުޅޭ އިރުވެސް މިފްޒާލް އަބަދުވެސް ހުންނާނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ.

ބޯޓަށް އަރައިގެން އަހަންނަށް ހާއްސަ ޝީޓުގައި އަހަރެން އިށީނީމެވެ. މިފްޒާލް އިނީ އަހަންނާ ޖެހިގެން ހުރި ޝީޓްގައެވެ. އަހަރެންގެ އުފާވެރިކަން އިންތިހާއެވެ. މިފްޒާލް އެއީ އަހަރެންގެ މީހަކަށް ވެދާނެކަމަށް އަހަރެން އުއްމީދުވެސް ނުކުރަމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓަށް ބޯޓު ޖެއްސިއިރުވެސް އަހަރެން އިނީ މިފްޒާލްގެ ކޮނޑުގައި ބޯއަޅައިގެންނެވެ. ބޯޓްޖައްސައި މީހުންތައް ފައިބަންފެށިއެވެ. ޝީޓުން ތެދުވުމަށްފަހު އަހަރެން މަޑުކުރީ މިފްޒާލްއާއެކު ދިޔުމަށެވެ.

“ބައްލު ދޭ. އަހަރެން ދާނަން ދަބަސް ތައްހިފައިގެން” ދަބަސްތައް ނަގަމުން މިފްޒާލް އެހެން ބުނުމުން އަހަރެންގޮސް ބޯޓުން ފޭބީމެވެ. އަހަންނާ މިފްޒާލްއަށް މަރުހަބާ ކިޔަން ގައިމުވެސް އުލްވާން އަންނާނެއެވެ.

އަހަރުމެން ދިޔުމަށް ހަމަޖެހިފައިވަނީ އެއްކޮށްކަމަށްވަތީ އަހަރެން މަޑުކުރީ މިފްޒާލްއާއެކު ދިޔުމަށްށެވެ. ސެކިއުރިޓީޗެކް ނިންމުމަށްފަހު ބޭރަށް ނުކުންނަން  އަހަރެން ހިނގައިގަތްތަނާ ތަންކޮޅެއް ކުރިން މިފްޒާލް ފެނުނެވެ. ބާރުބާރަށް މިފްޒާލްގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. އެހެންނަމަވެސް އަހަރެންނަށްވުރެ ކުރިން މިފްޒާލް ނުކުމެއްޖެއެވެ. އަހަންނަށް ނުކުމެވުނު އިރު މިފްޒާލް ހުރީ ފޯނެއްގައި ތަންކޮޅެއް ދުރުގައެވެ.  މާދުރު ނޫން ހިސާބެއްގައި އުލްވާންވެސް ހުއްޓެވެ. އޭރު އުލްވާންއަށް އަހަރެން ނުފެންނާތީ އަހަރެން އަވަސް އަވަހަށް ދިޔައީ މިފްޒާލް ކައިރިއަށެވެ. އަހަރެން ގޮސް މަޑުކޮށްލީ މިފްޒާލް ފޯނުން ނިމެންދެންނެވެ. މިފްޒާލްގެ ފަހަތުގައެވެ.

“ބައްޕީ” ކުޑަކުޑަ އަންހެން ކުއްޖެއްއައިސް މިފްޒާލްގެ ދެފައިގައި ބައްދައިގަނެފައި މިފްޒާލްއަށް ގޮވާލިއެވެ. އެއާއެކު ފޯނު ކަނޑާލުމަށްފަހު މިފްޒާލް އެކުއްޖާ އުރާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ޔާރުމިވަނީ ލޯތްބޭ ޙަޤީގީ (ފަންސަތިރީސްވަނަ ބައި)

Next

ބޭނުންވަނީ އުމުރަން 02

Next
September 28, 2017

ބޭނުންވަނީ އުމުރަން 02

Previews
September 28, 2017

ޔާރުމިވަނީ ލޯތްބޭ ޙަޤީގީ (ފަންސަތިރީސްވަނަ ބައި)

7 Comments!

  1. sana says:
    September 28, 2017 at 7:30 pm

    Nice

  2. Shin says:
    September 28, 2017 at 8:23 pm

    Nice… Kihinei A v… Mifzaaal haadha goahey dhw… ????

  3. Zaa says:
    September 28, 2017 at 8:33 pm

    Alhey dhn kihineh vaane baa

  4. marsh says:
    September 28, 2017 at 8:34 pm

    when next part

  5. Aishath Naaziya says:
    September 28, 2017 at 8:53 pm

    Ukhtha Ukhthie manje ge vaahaka thr anehkaa mii

  6. Manna says:
    September 29, 2017 at 8:01 am

    Alhey…. So sad. How can he do that. Basnaaha kujjeh.how ever he’s good if ekujja ah dhiri ulhumeh dheefIYYAAAAA????☺️☺️????????:) nice story eh

  7. Nahu says:
    September 30, 2017 at 2:45 pm

    When nxt part ???

Comments are closed.

Next Episodeސޮރީ.←


All Right Reserved!