Skip to content
އެސްފިޔަ

ލޯބިން ހިނިތުންވެލާށޭ 9

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މަލަކާއަށް ހޭލެވުނެވެ. ފެންވަރާލައިގެން އައިސް ނަމާދަށް އެރީ އާއަޒުމަކާއި ގެންނެވެ. ނަމާދުކޮށް ނިމިގެން އެތައް އިރަކު މުސައްލަ މަތީ ﷲ ހަޟުރަތުގައި ދުއާ ދެންނެވުމުގައި ވަގުތު ހޭދަކުރިއެވެ. މަންމައަށް ހެޔޮ ވިސްނުން ދެއްވައި ޝައިމްއާއި ދެމީހުންގެ މުސްތަގުބަލު އުޖާލާކުރައްވާތޯއެވެ.

މުސައްލަ ފަތް ޖަހާލުމަށް ފަހު މަލަކާ ބޭރަށް ނުކުތީ ކޮންމެ ދުވަހެއްގެ އާދައިގެން މަތިން ބަދިގެ ފަރާތް ކުނި ކަހާލުމަށެވެ. މަންމަ މިގަޑީ އުޅޭނީ މާމަމެން ގޭގައި ކަމުން މަންމަ އާއި ކުރިމަތިލާން ނުޖެހޭނެއެވެ.

އިލޮށިފަތި އަތަށް ހެޔޮވަރު ކުރަމުން ނިކުތް މަލަކާގެ ފިޔަވަޅުތަކަށް ހުއްޓުން އަރައިގެން ދިޔައީ އިވުނު ޖުމްލައިންނެވެ.

“އަހަރެން މަލަކާ ދެކެ ލޯތްބެއް ނުވޭ” އެ އަޑުގެ ވެރިޔަކީ ކާކުކަން އެނގި ހިތް ދެފަޅިވެގެން ނުދިޔައީ ކިރިއާއެވެ.

“މީ މަލަކާ އެއްމެ ފުރަތަމަ ކުރި ޖެއްސުމުގެ ބަދަލު އަހަރެން ދޭން ބޭނުންވި ގޮތް”

 

މަލަކާއަށް ހުރެވުނު ތަނެއް ނޭނގުނެވެ. ކަނުލައި އަޑު އަހަމުން ދިޔަ ކޮންމެ ބަހެއް ހީވީ އެހިތަށް ހަރަމުން ދިޔަ ތީރުތަކެއް ހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އިވެމުން އެދަނީ އެއްމެ ލޯބިވާ ފަރާތުގެ ދުލުން ލޯބިނުވާ ވާހަކައެވެ. އެއީ ކުރި ސަމާސާއެއް ކަމަށް ބުނާ އަޑެވެ. މަލަކާގެ ހިތަކީ ބިއްލޫރިން ހަދާފައިވާ އެއްޗެއް ނަމަ އެތަޅައިގެން ދިޔަ އަޑު ޝައިމްއަށް އިވުނީހެވެ.

“ދޮންބެ ކޮން ދުވަހަކު ތިހާ ދަށު ދަރަޖައަކަށް ވެއްޓުނީ، ލޯތްބަކީ ކުރާ ސަމާސާއެއް ނޫނޭ… އެގޭތަ ތިކަން އެގިއްޖެނަމަ މަލަކާއަށް ވާނެ ވަރު. އަހަރެން މިދެލޮލުން ދުށީމޭ މަލަކާ ދޮންބެގެ ވާހަކަ ދައްކާއިރު އުފާވެފަ ހުންނަވަރު. މަންމަ އެއްފަރާތުގައި ހުއްޓާ ދޮންބެ އިހްތިޔާރު ކުރުން ހެއްކަކަށް ނުފުދޭތަ” އަޝްވާއަށް ރުޅި އައިސްގެން އަތް މުއްކަވާލެވުނެވެ.

“ކޮއްކޮ ވިސްނާލިއަސް އެގޭނެ އެއްނު ދޮންބެ މަލަކާ ކަހަލަ ކުއްޖެއް ދެކެ ލޯބިނުވާނެކަން. މާ ތުއިވެލާފަ އުޅުނަސް އެއްވެސް ރީއްޗެއް ނޫން. އަމިއްލައަށް މާ އެގިގެން ކަމަށް އުޅެނީ.. ” ޝައިމް ކުޑަކޮށް ހެމުން ދިޔައެވެ.

“އަޝްވާ އިހަށް އެތެރެއަށް ދާންވީނު” ޝައިމް ފަހަތުން މަލަކާ ކުރިއަށް ޖެހިލީ ޝައިމްގެ ޖުމްލަ މެދު ކަނޑާލަމުންނެވެ. ޝައިމްއާއި އަޝްވާ އަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. އަޝްވާ ބިރުގަތީ މަލަކާގެ ބެލުމުން ދެންމެ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނުކަން ދޭހަވުމުންނެވެ. ރުޅިވެރި ނަޒަރަކުން ޝައިމްއަށް  ބަލާލުމަށްފަހު އަޝްވާ އެދެމީހުން އެކަނިވެލުމަށް ފުރުސަތު ދެމުން ދިޔައެވެ.

“ވަރަށް މަޖާ އިނގޭ.. އެކަމަކު ދެން ދުވަހަކުވެސް ތިކަހަލަ ސަމާސާ ނުކުރާތި.. ދެންމެ ކިރިޔާ އަހަރެންގެ ހިތް ނުހުއްޓުނީ… ކުޑަ ވަގުތު ކޮޅަކަށް އަހަރެންނަށް ހީވީ ތެދުހެންވެސް.. ޝައިމްއަކީ އެކަހަލަ މީހަކަށް ނުވާނެކަން ވިސްނުމުން ކުޑަކޮށްވެސް ހަމަ ނޭވާއެއް ލެވުނީ” މަލަކާ މޭމަތީ އަތް ބާއްވާލައިގެން ކުޑަކޮށް ހީލަމުން ބުނެލިއެވެ. ނަމަވެސް އެއަޑުގައި އަދިވެސް ހާސްކަން ހުއްޓެވެ.

“ކާކު ބުނީ ދެންމެ އަހަރެން ކުރީ ސަމާސާއެކޭ… އަދި ކިހިނެތް މަލަކާއަށް އަހަރެންގެ ގޮތް އެގޭނީ، ދެމީހުން ދިމާވިތާ މިއުޅެނީ އެއްމަސް ނުވެގެން. އެހާ އަވަހަށް އިތުބާރު ކުރަން ފެށީތަ” ޝައިމް ލާނެތް ހިނިތުންވުމަކާއި އެކީ ބުނެލިއެވެ. އެޔާއެކު މަލަކާއަށް ލޯކުޑަކުރެވުނީ ސުވާލުތައް މާކުތައް އިތުރަށް އުފެދުންނެވެ.

“ދެން…. ޝައިމް އާދޭސްކުރަން ތިކަން ހުއްޓާލާ.. ޝައިމްއަށް ނޭނގެނީތަ ރެއިން ފެށިގެން އަހަރެން ހާސްވެފަ ހުންނާނެވަރު. އަދިވެސް ތިބަލަނީ އަހަރެން އިތުރަށް ތަޅުވާލެވޭތޯ..” މަލަކާ ޝައިމްގެ މޭމަތީ އަތް ޖަހާލަމުން ކުޑަކޮށް ފަހަތަށް ކޮއްޕާލިއެވެ.

“މީ ސަމާސާ އެއްނޫނޭ ބުނަންވީ ކިތައް ފަހަރުތަ.. ސަމާސާއަކީ މަލަކާ އެއްމެ ފުރަތަމަ ދުވަހު ކުރި ޖެއްސުމުގެ ބަދަލު އަހަންނަށް ދެވުން. އަދި ތިހިތް ވަގަށް ނަމަވެސް ނަގާނަމޭ ބުނެ އެކަން ކުރުން. ” މަލަކާގެ ކޮލުގައި ބާރަށް އެހެން ނަމަވެސް ތަދުނުވާނެ ވަރަށް ހިފަމުން ޝައިމް ބުނެލިއެވެ.

“އަހަރެން ގަބޫލެއް ނުކުރާނަން. ޝައިމް ތިއުޅެނީ އަހަރެން ޝައިމް ދެކެ ކިހާ ވަރަކަށް ލޯބިވޭތޯ ބަލާކަށްނު. އަހަރެން އަދިވެސް މިބުނަނީ އަހަރެން ލޯބިވަނީ ޝައިމް ދެކެ އޭ. އަދި އަހަރެން ޝައިމްއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން މިބުނަނީ ޝައިމްވެސް އަހަރެން ދެކެ ވަރަށް ލޯބިވާނޭ” މަލަކާގެ އަޑުގައި އެހެންޏާ ނުހުންނަ ސީރިއަސް ކަމެއް ހުއްޓެވެ. އެއްގޮތް ކަމުނުދާނަމަ އަނެއް ގޮތުންވެސް ޝައިމްގެ ވާހަކަ ދޮގުކުރަން މަލަކާ ބޭނުންވެއެވެ.

“ނޫނޭ ރަންކޮޅާ!!! ކިތައް ފަހަރު ބުނަންވީ މީ ސަމާސާއެއް ނޫނޭ.. ދެން ތިހިޔާލީ ދުނިޔެއިން ބޭރުވެބަލަ. އަހަރެން ނޫޅެމޭ މަލަކާ ވަރުގެ މީހެއް ނުލިބިގެން، މާ ފޮނި ތިވަނީ. އިލޮށިފަތި ބާއްވާފަ އަވަހަށް ދޭ ކައިވެންޏަށް ތައްޔާރުވާން. އަހަންނަށްވެސް ދައުވަތު ދެއްޗޭ” ޝައިމް ފުޅާ ހިނިތުންވުމަކާއި އެކީ ބުނެލީ މަލަކާ ރުޅި އަރުވާލުމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ޝައިމް ދިޔައިރުވެސް މަލަކާއަށް ހުރެވުނީ ބުނާނެ ބަހެއް ދުލަށް ނައިސް ވާންވީ ކޮން ކަހަލަ އިހްސާސެއް ކަން ނޭނގިފައެވެ. އެހުރި ގޮތަށް މަލަކާ މަޑު ހިގުމެއްގައި ގޮސް އިށީނީ އުދޯލީގައެވެ.

ޝައިމް ދިޔުމަށްފަހު އިރުކޮޅެއް ފަހުން މަލަކާ ހުރިތޯ ސިއްރުން ބަލާލިއެވެ. މަލަކާ އުދޯލީގައި އިނީ ޖެހި ބުދެއް ހެންނެވެ. ލޮލުން ވެރުނު ދެތިން ކަރުނަ ތިކި ފިޔަވައި އެއްވެސް އިތުރު ހަރަކާތެއް ނެތެވެ. ނަޒަރު އެއް ދިމާލަކަށް ހުއްޓިފައި ވާ އިރު މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ.

އެތައް އިރަކު އެހެން އިނުމަށްފަހު މަލަކާ އުދޯލިން ތެދުވެ އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހިގަމުން ދިޔައިރު އެދެފައިގައި އެއްވެސް ބާރެއް ނެތްކަހަލައެވެ. ގައިގެ ހުރިހާ ކަހަތައެއް ބޭނުން ކުރަމުން ދަނީ ހިތާއި ސިކުޑިންނެވެ. ހިތުގެ ތެޅުން އަދިވެސް ހަމައަކަށް ނޭޅޭއިރު ސިކުޑިން ދެންމެ ހިގައިދިޔަ ކަންތައް ހަޖަމްކުރަމުން ދިޔައެވެ. މަލަކާ މައިގޭގެ ދޮރުން ވަދެގެން ދިޔައިރު އެތާ ފިލައި ހުރި ޝައިމް ނުފެނެއެވެ.


 

ސަމީހާ ގެޔަށް އައިއިރު ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި މަލަކާ އަޝްވާއަށް އެހީވާން ނެތުމުން އަތް ގާތްކޮށް ދިނެވެ. ރޭގަ ހިގާ ދިޔަ ހަމަނުޖެހުމަށްފަހު މަލަކާ އަދިވެސް އޮންނާނީ ނިދާފައި ކަމަށް ބަލާފައެވެ. އަޝްވާވެސް މަލަކާއާއި ބެހޭ ގޮތުން ސުވާލުނުކޮށް ހުރީ ބުނާނީ ފަހެ ކީއްކަން ނޭނގޭތީއެވެ.

ސައި ތައްޔާރު ކޮށް ނިމުނު އިރު މަލަކާ ފިޔަވައި އެއްމެން ކާ ގެޔަށް އައެވެ. އަޝްވިންވެސް އީޝް ސަމީހާއާއި ހަވާލުކުރުމަށްފަހު މޭޒު ދޮށުގައި ހުރި ހުސްގޮނޑިއެއްގައި އިށީނެވެ.

“މަލަކާ ސައިބޯން ނާންނަ ދުވަހަކީތަ. ރޭގަ ކާންވެސް ނާދެއެއްނު” އަޝްވިން އަށް މަލަކާ ފެންނަން ނެތުމުން އަހާލިއެވެ. އެޔާއެކު އަޝްވާ އަށް ދެބުމަ ގޮށްޖަހާލަމުން ބަލާލެވުނީ ކުރިމަތީ އިން ޝައިމްއަށެވެ.

“އިއްޔެ ދައްތައާއި ދެމީހުންގެ މެދުގައި ކުޑަ ހަމަނުޖެހުމެއް ހިގީމަ ކާން ނައިސް އެއުޅެނީ.. ޝައިމްއާއި އަޝްވާ ދޭބަލަ އެމަންޖެއަށް ގޮވާލަން. ތިކުދިން ވަރަށް ގާތްކޮށެއްނު އުޅެނީ” ސަމީހާ ހުރީ އީޝްއަށް ކާންދޭން ކަމުން އެދުނެވެ. އަޝްވާ އެހެން ބުނުމާއި އެކު ތެދުވި ނަމަވެސް ޝައިމް ސައިބުއިމާއިގެން ކުރިއަށް ދިޔައީ އެއަޑު ނީވޭ ކަމަށް ހަދައިލައިގެންނެވެ.

“ދޮންބެ ވެސް އަންނަން ވީނު” ދޮރުން ނުކުންނަމުން އަޝްވާ ފަހަތް ބަލާލިއިރު ޝައިމް އަންނަން ހިޔާލު ނުކުރާތީ ބުނެލިއެވެ. ސަމީހާ ބަލަހައްޓައިގެން ހުރުމުން ގަދަކަމުން ހިނިތުންވެލަމުން ޝައިމް އިން ގޮނޑިން ތެދުވީ އަޝްވާ ގޮތް ދޫނުކުރާނެކަން އެނގޭތީއެވެ.

ދެމީހުން ގޮސް މަލަކާގެ ދޮރު ކުރި މައްޗަށް ހުއްޓުނެވެ. އަޝްވާ ބޭނުންވީ ސީދާ ޝައިމް އެކަނި ގޮސް މަލަކާ ކައިރިން ސައިބޯން އަންނަން އެދޭށެވެ. ނަމަވެސް ޝައިމް އެއްވެސް ގޮތަކުން މަލަކާ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ލޮލުގެ އިޝާރާތުން އަޝްވާ ވަނުމަށް އެދުނެވެ. އަޝްވާ ޗުސްތަޅާލުމަށްފަހު އެތެރެއަށް ވަނެވެ. ޝައިމް ބޭރުގައި މަޑު ކުރީއެވެ.

“މަލަކާ” އެތެރެއަށް ވަންނަމުން އަޝްވާ ގޮވާލިއެވެ. ވަދެގެން އައިއިރު މަލަކާ ފެންނަން ނެތުމުން ރަގަޅަށް ބަލާލިއިރު ވަޔާއި އެކު ވިހުރެމުން ދިޔަ ކުޑަ ދޮރުގެ ފޮތިގަނޑުގެ ދޭތެރެއިން މަލަކާ ފެނުނެވެ. ކުޑަދޮރު ކައިރީގައި އިށީދެވޭ ގޮތަށް ހަދާފައި ހުންނަ ތިރި ފާރު މަތީގައި މަލަކާ އިނެވެ. ދެކަކުލުގައި ބޯ އަޅާލައިގެން ބޭރަށް ގެއްލިފައެވެ. އަޝްވާ މަޑު ހިގުމެއްގައި ގޮސް މަލަކާ ކައިރީގައި އިށީދެ މަލަކާގެ އަތުގައި ހިފައިލިއެވެ.

“މަލަކާ… އަންނަން ވީނު ސައިބޯން. އެއްމެން އެބަ ތިބި މަލަކާގެ އިންތިޒާރުގަ” އަތުގައި ހިފުމުން މަލަކާގެ ސަމާލުކަން ނުލިބުމުން އަޝްވާ ބުނެލިއެވެ.

“ސައިނުބޯނަން” ކުރު ގޮތަކަށް މަލަކާ ބުނެލީ އަޝްވާއަށް ބެލުމެއް ނެތިއެވެ.

“އަހަރެންވެސް މިހިރީ ދޮންބެ ކަންތައް ކުރި ގޮތުން ވަރަށް ހިތްހަމަނުޖެހިފަ. އަހަންނަކަށް ނޭނގެ ދޮންބެ ބަދަލު ހިފަން އުޅުނީ މަލަކާ ކޮން ކަމެއް ކޮށްގެން ކަމެއް، އެކަމަކު ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް އޮންނަން ވާނެ. މީހެއްގެ އިހްސާސްތަކުގައި ކުޅުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާނެ” އަޝްވާ މަސައްކަތް ކުރަމުން ދިޔައީ މަލަކާއަށް ވިސްނައިދެވޭތޯއެވެ.

“މިހެން ބުނާއިރުވެސް އެނގޭ މަލަކާއަށް އުނދަގޫ ވާނެކަން ތިހިޔާލުތަކާއި ދުރުވާން، އެކަމަކު ދޮންބެ ކުރި ކުށެއްގެ އަބަދު އަމިއްލައަށް ކީއްކުރަން ނަގަންވީ. ދޮންބެ އެގޮތަށް ކަންތައް ކުރީ ދޮންބެގެ ގޯސްކަމުން، އޭގެ މާނައެއް ނޫން މަލަކާ ނުކައި ނުބޮއި އިންނާށޭ. އިން ޝާ ﷲ މަލަކާއަށް ދޮންބެއަށް ވުރެ ރަގަޅު މީހެއް ލިބޭނެ” އަޝްވާ އިތުރުކޮށްލިއެވެ. އެޔާއެކު މަލަކާ އަޝްވާއަށް ބަލާލައި ކުޑަކޮށް ހީލިއެވެ.

“އަހަންނަށް ވުރެ ބޮޑަށް އަޝްވާ ޝައިމް ދެކެ ރުޅި އައިސްފަ ހުރިހެން ހީވޭ” މަލަކާ ހިނިތުންވުމެއްގެ ފަހަތުގައި ތަދުތައް ފޮރުވަމުން ބުނެލިއެވެ.

“ދޮންބެއެއް ކަމަކު ގޯސްކަމެއް ކުރިއްޔާ ރުޅި އަންނަންވާނެ އެއްނު. އެހެން ނޫނަސް މަލަކާއާއި ދެމީހުން ވަރަށް ގާތް ރައްޓެހިންނަށް ވެއްޖެއެއްނު” މަލަކާ ހިނިތުންވެފައި ހުރިތަން ފެނި އަޝްވާއަށްވެސް ހިނިތުންވެވުނެވެ.

“ތިވެސް ތެދެއް…… އަޝްވާ ދޭ ސައިބޯން. އަހަރެން އިރުކޮޅަކުން ދާނަން” މަލަކާ ޝައިމްއާއި މަންމަ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނޫނެވެ. މަންމަ އަށް ފެނިއްޖެއްޔާ ދައްކާނީ ނިއަމްގެ ވާހަކައެވެ. ޝައިމް ކުރިމައްޗަށް އެރިއްޔާ އިހްސާސްތައް ކޮންޓުރޯލް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

މަލަކާ ސައިބޯން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ޝައިމް ދޮރު ކުރިމަތީ ދެކޮޅަށް ހިގާލަ ހިގާލަ ހުއްޓެވެ.

“ކޮބާ މަލަކާ” އަޝްވާ އެކަނި ދޮރުން ނިކުތް ތަން ފެނި ޝައިމް ސުވާލުކޮށްލިއެވެ. ނަމަވެސް އެޔަށް ޖަވާބެއް ނުދީ އަޝްވާ ދިޔައީއެވެ.

“ކޮބާތަ މަލަކާ.. އަދިވެސް ނިދާފަތަ… މިއަދުވެސް ބޮލުގަ ރިއްސާތީތަ އެއުޅެނީ” ޝައިމް ބާރު ހިގުމެއްގައި ގޮސް އަޝްވާ ހުއްޓުވައި އެހިއެވެ.

“ދޮންބެ ކީއްކުރަން މަލަކާ ކޮބައިތޯ ބަލަންވީ. ދޮންބެއެއްނު އެއްވެސް ރަހުމެއް ނެތި އެހާލު މަލަކާއަށް ޖެއްސީ” އަޝްވާ ދުވަހަކުވެސް ނާންނަ ވަރަށް ޝައިމްގެ ދެކެ ރުޅި އައިސްފިއެވެ. ލޯބިވާ މީހެއް ބީވުމުން ލިބޭ ދެރަ ދުވަހަކުވެސް އިހްސާސް ނުކުރެވުނަސް އަޝްވާ އަށް މަލަކާ އަށް ލިބިފައިވާ ހިތްދަތިކަން އެބަ ފެނެއެވެ. އަދި އެކަމުގެ ފަހަތުގައި ހުރީ އަމިއްލަ ބޭބެއެއް ކަމުން ލަދުގަންނަ ގޮތްވެސް ވިއެވެ.

ބަދިގެއާއި ދިމާލަށް ދިޔުމުގެ ބަދަލުގައި ޝައިމް މިސްރާބު ޖެހީ ބޭރަށެވެ. އޭރު އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައީ އިންތިހާއަށެވެ. މަލަކާގެ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލީ ގަސްދުގައެވެ. އެކަމަކު އޭނޫން ގޮތެއް ޝައިމްއަށް އެބަ އޮތް ހެއްޔެވެ؟ ދަރިއަކާއި މަޔެއްގެ ދޭތެރެއަށް ވަނުމަކީ ދުވަހަކުވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ. މައެއްގެ ލޯތްބާއި ކުލުނަކީ އޭނާ އަތުން ބީވެފައިވާ އެއްޗެކެވެ. އެލޯތްބާއި ނުލައި އުޅެން އޭނާއަށް ދަސްވެފައި ވީ ނަމަވެސް މަލަކާ އަށް އެހާލު ޖައްސާކަށް ބޭނުމެއް ނޫނެވެ. މަލަކާ މަންމަ ދެކެ ލޯބިވާ ވަރު ޑައިރީ އެކަނި ކިޔާލުމުންވެސް ޝައިމްއަށް އިހްސާސް ކުރެވުނެވެ. އެތައް ފަހަރަކު އޭނާގެ މަންމަ މަތިން ހަނދާން އާވެއެވެ. މަލަކާ ޑައިރީގައި ސިފަކޮށްފައިވާ ގޮތަށް ބަލިވީމަ ބޭސްކޮށްދީ، ދެރަވީމަ ހުރިހާ ކަމެއް ރަގަޅުވާނެއޭ ބުނާނެ ފަރާތެއް ބޭނުމެވެ. އެނަސީބު ލިބޭނެ ނަމައެވެ. އެކަމަކު ތަގުދީރުގައި އެކަން ލިޔެވިފައި ނެތުމުން މަންމަ އޭނާއާއި ވަކިވީ އެއްމެ ދެ އަހަރުގައެވެ. މަންމަގެ ސޫރަ ނޭނގުނަސް މަންމަގެ އަސަރު މޭ ތެރޭގައި އަބަދަށްމެ ހުންނާނެއެވެ.

ތަގުދީރު ޝައިމްއާއި އޭނާގެ މަންމަ ދެތަން ކުރުވި ނަމަވެސް އެހާލަތު މަލަކާއަށް ހަޔާތަށް ގެންނާކަށް ޝައިމް ބޭނުމެއް ނޫނެވެ. މަންމަގެ ނުރުހުމުގައި މަލަކާ އޭނާއާއި ކައިވެނި ކުރި ނަމަވެސް މަލަކާ އެކަމާ ހިތާމަކުރާނެ ކަން ޔަގީނެވެ. މަލަކާ އޭނާ މަތިން ހަނދާން ނެތި ފޫހި ވިޔަސް މަންމަ މަންމައަށްޓަކައި ހިތުގައި އެއްމެ ކޫރުމެއް ވެސް ނޭޅޭނެކަން ޔަގީނެވެ. ލޯބިވާ އެހެން މީހެއް ހޯދިދާނެއެވެ. އެހެންނަމަވެސް މައިވަންތަކަމުގެ ލޯތްބެއް އެހެން މީހެއް ފަރާތުން ނުލިބޭނެއެވެ.


 

އެއްމެން ސައިބޮއި ނިމުނު އިރުވެސް މަލަކާ ސައިބޯން ނައުމުން ސަމީހާ މަލަކާ ހޯދަން ދިޔައެވެ. ދޮރު ހުރި ތަޅުނުލައި ކަމުން ފަސޭހައިން އެތެރެއަށް ވަދެވުނެވެ. އޭރު މަލަކާ އެދުމަތީގައި ފޯނާ ކުޅެލަ ކުޅެލަ އިނެވެ.

“މަންމެ ދެކެ ރުޅި އައިސްގެން ދޯ ސައިބޯންވެސް ނައިސް ތިއިނީ” ސަމީހާ ގޮސް މަލަކާ ކައިރީ އިށީނެވެ.

“ނޫނޭ.. ކޮންމެހެން އެހެންވެގެން ނޫން. ސައިބޯ ހިތްނުވެފަ” މަލަކާ ފޯނު ލޮކްކޮށްލުމަށްފަހު ސަމީހާއަށް ސަމާލުކަން ދިނެވެ.

“މަންމަ މިއައީ މާފަށް އެދެން. މަންމަ ހީކޮށްގެން ހުރި ގޮތަށް ކަންތައް ނުވުމުން ވިސްނާނުލެވި މާ އަވަހަށް ހަޅޭއްލަވައި ގަނެވުނީ. މަންމައަށް ވުރެ ބޮޑަށް ތިކުދިންނަށް އެނގޭނީ ތިކުދިން ދޭތެރޭ ޖެހޭ މައްސަލަތައް ހައްލުކުރަން…” ސަމީހާ ވާހަކައިގެ ދޭތެރެއިން މަލަކާ ސަމީހާ ގައިގައި ބައްދައިގަތެވެ.

“ދަރިފުޅު އަދިވެސް އެކަމާތަ ތިރޮނީ” މަލަކާގެ ލޮލުން ވެރުނު ކަރުނަ ތިކި ފެނިފައި ސަމީހާ އަހާލިއެވެ. ނަމަވެސް އެޔަށް ޖަވާބު ދިނުމެއް ނެތި މަލަކާ އިހުނަށް ވުރެ ބާރަށް ސަމީހާގެ އުގު ތެރޭގައި މޫނު ފޮރުވާލިއެވެ. މަންމަގެ އަޅާލުމަށް ފެންބޮވައިގެންފައި ހުރުމުން ޝަކުވާ ކުރާކަށް ބޭނުމެއް ނޫނެވެ. އެޔަށްވުރެ ބޮޑަށް އެހިތަށް ލިބިފައިވާ ޒަހަމްތައް މާ ފުނެވެ.

“މަންމާ އަހަރެންމީ ބޮޑު މޮޔައެއް ކަންނޭނގެ..” ރުއިން މެދު ކަނޑާލުމަށްފަހު މަލަކާ ސަމީހާއަށް ބަލާލަމުން ބުނެލިއެވެ.

“ނޫން.. ނިއަމް އެގޮތަށް ކަންތައް ކުރީ ދަރިފުޅުގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫން.. ނިއަމް ޖެހޭނެ މާފަށް އެދެން… ” ސަމީހާ މަޑުމައިތިރި ކަމާއި އެކީ ބުނެލިއެވެ. ދަރިފުޅާއި ދޭތެރޭ ހިތްހަމަނުޖެހުނަސް ނުކައި ނުބޮއި ހުރުމަކީ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ކެތްތެރިކަން އިހްތިޔާރު ކުރިއެވެ.

“ބައްޕަ ރިސޯޓުން އައިމަ ހަތަރު މީހުން އެއްތާކު ތިބެގެން ކައިވެނީގެ ވާހަކަ ދައްކާނީ. އޭގެ ކުރިން ދެކުދިން ބަލާ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރެވޭތޯ… ދަރިފުޅު އަބަދުވެސް ބުނަމެއްނު ނިއަމްއަކީ ވަރަށް ރަގަޅު މީހެކޭ. ދެކުދިން އެއްކޮށް ކިހާ ދުވަހަކު އުޅެފިން، މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންތަކާ ރުޅި އައިސްގެން ތިބޭކަށް ނުވާނެ. މާފަށް އެދި މާފުކުރަން ދަސްކުރަންވާނެ އިނގޭ” މަލަކާ ގެ ލޮލުން ވެރުނު ކަރުނަތައް ފުހެލަމުން ސަމީހާ ބުނަމުން ދިޔައެވެ. ސަމީހާ އަދިވެސް ހުރީ މަލަކާ އާއި ނިއަމްގެ ކައިވެނީގެ ހިޔާލު ދޫކުރާ ގޮތަކަށް ނޫނެވެ. އެއްމެ ފަހަރަކުވެސް މަލަކާއަށް ލޯބިވެވިގެން އުޅެނީ ކާކު ދެކެތޯ އަހާނުލައެވެ.

މަލަކާވެސް ދެން އެވާހަކަ ގެންނާކަށް ބޭނުމެއް ނޫނެވެ. ޝައިމް އޭނާއަށް ދެއްކީ އަވާމެންދުރެއް ކަހަލަ ލޯތްބެކެވެ. އެލޯބީގައި އެއްދުވަސް ވެސް ހޭދަނުކުރެވެނީސް ހުވަފެނުން ހޭލެވިއްޖެއެވެ. ލޯތްބަކީ މަޖުބޫރުން ހޯދޭ އެއްޗެއް ކަމަށް މަލަކާ ގަބޫލު ނުކުރެއެވެ. އެހެންނަމަވެސް މިއަދު ޝައިމްގެ ލޯބި މަޖުބޫރުން ނަމަވެސް ހޯދަން ބޭނުމެވެ. އެކަން ކުރާނީ ކިހިނެތްކަން ނޭނގުނަސް ޝައިމްގެ ލޯބި ހާސިލްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

މަލަކާއި އާއި ސަމީހާ އެއްކޮށް ކޮޓަރިން ނުކުތް އިރު ޝައިމްއާއި އަޝްވިން ސިޓިންރޫމުގައި ތިއްބެވެ. މަލަކާ ޝައިމް ފެންނަ ކަމަށް ހަދައި ނުލައި ދިޔައީ ބަދިގެއަށެވެ. ބަދިގެޔަށް ވަދެ މަލަކާ ސައިބޯން ހުރީ ކޯއްޗެއް ތޯ ބަލާލިއެވެ. ބޭކެޑް ބީންސާއި މަސްހުނި ރޮއްޓާއި އެކީ ކާން ހުއްޓެވެ. އެއީ މިވަގުތަށް މާގަޔާވާ އެއްޗަކަށް ނުވުމުން މަލަކާ ކޭކެއް އެޅޭތޯ ސާމާނުތައް އެއްކުރަން ފެށިއެވެ. ސަމީހާ ހުންނަނީ ފިހާރައަށް ދާ ދުވަހެއް ނަމަ މުޅި ހަފުތާއަށް ވާވަރަށް އެއްޗެހު ގެނެސްފައެވެ. އަދި މަލަކާއަކީ ފޮނި ކާއެއްޗެހި ކާ ކުއްޖަކަށް ވުމުން ކޭކު ފުށް ޕެކެޓާއި އަދިވެސް އެހެން ސާމާނުތައް ގަނެފައެވެ. އެހެން ނަމަވެސް މިއަދު އެއިން އެކައްޗެއް ވެސް ނެތެވެ. ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު މަލަކާ ފިހާރައަށް ދާން ތައްޔާރު ވިއެވެ.

“ދަރިފުޅާ ކޮންތާކަށް” ސިޓިންރޫމުގައި ޝައިމް މެންނާއި އެކީ ދިހައެއްގެ ހަބަރު ބަލަން އިން ސަމީހާ އަހާލިއެވެ.

“އަޅުގަނޑު އެބަ އަންނަން ކޭކް ޕެކެޓެއް ގަނެލައިގެން. ” މަލަކާ ބުނެލިއެވެ.

“މަންމަ މިއަދު ހެދުނު ދިޔައިރު ކަންމަތީ  ފިހާރަ މަރާމާތަކަށް ބަންދުކޮށްފަ ހުރީ.. ދެން އެއްމެ ގާތުގަވެސް ފިހާރައެއް ހުންނާނީ ސްކޫލު ކައިރީ.. ޝައިމް ދާންވީނު މަލަކާ ގޮވައިގެން ސައިކަލުގަ އެހިސާބަށް. ވަރަށް އަވި ދީފަ މިއަދު އޮތީ” މަލަކާއާއި ޝައިމްއަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުނެވެ.

ސްކޫލު ހުންނަނީ ގެޔާއި ދުރުގައި ކަމުން ސަމީހާ ބުނެލިއެވެ. ސަމީހާއަށް މަލަކާގެ ލޯބިވެރިޔަކީ ޝައިމްކަން ނޭނގޭ ހާލުގައެވެ.

“މަންމާ އަޅުގަނޑު އެކަނި ދެވިދާނެއޭ. އެހެން ނޫނަސް ޝައިމްއަކަށް ނޭނގޭނެ ސްކޫލު ހުންނަ ތަނެއް” މަލަކާ ޝައިމްއާއި އެއްކޮށް ދާން ދެކޮޅު ހެދިއެވެ.

“މަލަކާ ތިހިރީނު ޝައިމްއަށް ދާންވީ މަގު ކިޔައިދޭން. ޝައިމް އަވަހަށް ދޭ އެމަންޖެ ގޮވައިގެން. އިއްޔެ މެންދުރު ކެއި ގޮތަށް އެހެރީ” ސަމީހާ އޭނާގެ ބަހަނާއަށް ނުހެއްލުމުން މަލަކާ ޝައިމްއަށް ލޯ އަޅާލަމުން އޯކޭ އޭ ބުނެ ދިޔައެވެ. ޝައިމްވެސް ދާން ނުދާން އިދެފައިވެސް ތެދުވީ އެނޫން ގޮތެއް ނެތުމުންނެވެ.

“މަންމަ އެހެން ބުންޏަސް އަހަރެން އެކަނި ގޮސް ދާނަން” މަލަކާ ޝައިމްއަށް މަޑު ކުރުމެއް ނެތި ހިގައިގަތެވެ.

“އަރާ” ބޮލުގެ އިޝާރާތުން ފަހަތް ދައްކާލަމުން ޝައިމް ބުނެލީ މަލަކާއާއި ސައިކަލު އަރާ ހަމަކުރަމުންނެވެ. މަލަކާ ދެބުމަ ގޮށް ޖަހާލުމަށްފަހު ކުރިއަށް ދާން ހިގައިގަތެވެ.

“އަހަރެން ނޫޅެމޭ މަލަކާއަށް އަނިޔާއެއް ދޭން ތިހާ ބިރުން ތިއުޅެނީ” ޝައިމް މަލަކާގެ އަތުގައި ފަހަތުން ހިފަމުން ބުނެލިއެވެ.

“ޝައިމް .. މީ މަގުމައްޗޭ.. ދޫކޮށްބަލަ” މަލަކާ ޝައިމްގެ އަތުން ވީއްލެން އުޅުނެވެ. ނަމަވެސް ޝައިމް ހުރީ ގޮތް ދޫކުރާ ހިޔާލެއްގަ އެއް ނޫނެވެ.

“އަހަރެން އެއްމެން ތެރޭ އާދޭސްކުރަމުން މަލަކާ ފަހަތުން ދިޔުމަށްވުރެ މާ ރަގަޅުވާނެ ސައިކަލަށް އެރިއްޔާ” ޝައިމް ސީރިއަސް ރާގަކަށް ބުނުމުން މަލަކާއަށް އެކަމާ ވިސްނާލަން މަޖުބޫރުވިއެވެ.

“އަވަސް ކުރޭ” ދެބުމަ ގޮށް ޖަހާލަމުން މަލަކާ ގޮސް ސައިކަލުގެ ފަހަތަށް އެރިއެވެ. ޝައިމްގެ މޫނުމަތީ ކާމިޔާބީގެ ހިނިތުންވުމެއް ކުޅެލިއެވެ.

ސައިކަލުގައި ދިޔައިރުވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މަލަކާ އިނީ ޝައިމް ސައިކަލު ދުއްވާލެއް މަޑުވެފައެވެ. ޝައިމް ދިޔައީ ސިއްރުން ސައިކަލުގެ ލޯގަނޑުން މަލަކާގެ މޫނަށް ބަލަމުންނެވެ. މަލަކާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ހިތުގައި ރިއްސާލިއެވެ.

“ޝައިމް…” މަލަކާއަށް ބާރަށް ގޮވައިގަނެވުނީ އަރިއަޅާލައިފައި ވެއްޓެން ދިޔުމުންނެވެ. ޝައިމްގެ ގަމީހުގައި ހިފަހައްޓަން އުޅުމުން އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. މަގުމަތީގައި އޮތް ގާބުރިއެއްގައި ޖެހި ޝައިމް އަތުން ސައިކަލު ކޮންޓުރޯލު ނުވެ ސައިކަލުވެސް ދެމީހުންނާއި އެކު ވެއްޓުނީއެވެ. ސަމާލުކަން ދީގެން އިނީ މަލަކާއަށް ކަމުން ގާބުރި ނުފެނުނީއެވެ.

“ތާކަށް ތަދުވިތަ” ޝައިމް އަވަހަށް ތެދުވެ ވެއްޓިފައި އޮތް މަލަކާ ނަގަން އަތް ދިއްކޮށްލިއެވެ. ފެންނަ ފެނުމަށް މަލަކާއަށް ގެއްލުމެއް ލިބިފައި ނެތަސް އަދިވެސް ހިތް ބިރުގެންފައިވާ ހާލުގައެވެ.

“ބަލައިގެން ނުދުއްވޭތަ. އަހަރެންގެ ހިތަށް ކުރި އަނިޔާ ނުފުދިގެން އެހެން ގޮތަކުންވެސް އަނިޔާ ދެވޭތޯ ދޯ ތިއުޅެނީ” ޝައިމް ދިއްކުރި އަތަށް ބެލުމެއް ނެތި މަލަކާ ތެދުވެ ގައިން ހިރަސް ފޮޅަން ފެށިއެވެ.

“ސޮރީ ދެންމެ އަހަރެން ގަސްދުގައެއް ނޫން” ޝައިމް ޖަވާބު ދިނީ ކުޑަކުއްޖެއް ހެން ވަރަށް މަޑުމަޑުންނެވެ. މަލަކާއަށް އެހީކުރި ގޮތާއި ހިލާފަށް ޝައިމް މަލަކާއަށް ދެރައެއް ދޭކަށް ނޫޅެއެވެ. އަދި އެއީ ޝައިމް ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.

ދެމީހުން ވެއްޓުނު ތަނާއި ދާން އުޅުނު ފިހާރައާއި މާދުރު ނޫންކަމުން މަލަކާ އެދިމާލަށް ދިޔައެވެ. ޝައިމް ޝުކުރުވެރިވީ މަލަކާއަށް ގެއްލުމެއް ނުލިބުނީތީއެވެ.

މަލަކާ ކޭކް ޕެކެޓް ނަގައިގެން ކައުންޓަރާއި ހަމައަށް އައިއިރު ޝައިމް އެތާގައި ހުއްޓެވެ.

” ލޭ އަންނަނީ” ކައުންޓަރު ގައި އިން ބިދޭސީ ސޭޓް ޝައިމްގެ ނިތްކުރިއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ޝައިމް އެއީ ތެދެއްތޯ ބެލުމަށް ނިތްކުރީގައި އަތް ޖައްސާލައި ބަލާލިއިރު ލޭގެ އަސަރު ހުއްޓެވެ. ޝައިމްގެ ނިތްކުރި ފެނުމާއި އެކީ މަލަކާގެ ހަރަކާތްތައް އަވަސްވެގަތެވެ. ފުރިޖުން ފެން ފުޅިއެއް ނަގައި ފިހާރާއި އެއްފަރާތުގައި އޮތް ބެންޑޭޖް ރޯލު ނެގިއެވެ.

“އިށީދޭ” މަލަކާ ކޮށްލީ އަމުރެކެވެ. ޝައިމް ލޯ ކުޑަކުރަމުން މަލަކާއަށް ބަލައިލިއެވެ. އަދި ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.

“ދެން ޝައިމް ބައިވަރު ލޭ އެބަ އާދެއޭ” މަލަކާގެ ހާސްކަން އިތުރުވެގެން ދިޔައީ ޝައިމް ހީކުރި ވަރަށް ވުރެ ބޮޑަށެވެ. ސޭޓްވެސް ހުރީ މަލަކާއަށް ވެފައި ހުރި ވަރު ފެނި ހައިރާންވެފައެވެ. ޝައިމްގެ ނިތްކުރި މަށައިގެން ގޮސްފައި ހުރީ އިންޗިއަކަށް ވުރެ ކުޑަކޮށް ކަމަށް ވެފައި މަލަކާ އެތާގައި އަޅަން އެނެގީ ބޮޑު ބެންޑޭޖް ރޯލެކެވެ.

ޝައިމް މަލަކާއަށް ބަލާލަމުން ކޭކް ޕެކެޓުގެ ރުފިޔާ ސޭޓަށް ދިއްކޮށްލިއެވެ. މަލަކާ ހަގީގަތުގައި ވެސް އޭނާ ދެކެ ލޯބިވާކަން ހާމަ ކުރަމުން ދާއިރު ހުންނަން މިޖެހެނީ ދުރުގައި މަންޒަރު ބަލާށެވެ. މިހެން އުޅެން އެހިތަށް ކެތްވެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟

“އަހަރެންވެސް ވަރަށް ކޭކް ކާ ހިތްވެއްޖެ.. އާދޭ އަވަހަށް ގެޔަށް ދާން” ހުއްޓުން އަރާފައި އޭނާއަށް ބަލަހައްޓައިގެން ހުރި މަލަކާއާއި މުހާތަބު ކުރަމުން ޝައިމް ބުނެލިއެވެ.

ގެޔާއި ހިސާބަށް ދިޔައިރު ދެމީހުންގެ މެދުގައި އިތުރު ނުތަނަވަސްކަމެއް އުފެދިއްޖެ ކަހަލައެވެ. މަލަކާ އަށް ވިސްނެމުން ދިޔައީ ޝައިމްއަށް އޭނާގެ އަޅާލުން ކިތައްމެ ދޭން ބޭނުން ވިޔަސް އެކަން ކުރެވެން ހާލަތު ތަންނުދޭކަމެވެ. ޝައިމް އޭނާގެ ހިތް ނަގައި ކުދިކުދި ކޮށްލިޔަސް ޝައިމްއަށް އަދިވެސް ވެވޭ ލޯބީގެ ފުންކަމެވެ. އޯގާތެރިކަން ދޭން ބޭނުންވާ މިންވަރެވެ.

ގެޔަށް އާދެވުމާއި އެކު މަލަކާ ބަދިގެޔަށް ގޮސް ކޭކް ފުށްގަނޑު ތައްޔާރުކޮށް އަވަނަށް ފިހެން ލިޔެވެ. އަދި އެޔަށްފަހު ޗޮކުލެޓް އައިސިންގް ތައްޔާރު ކުރަން ފެށިއެވެ. އައިސިންގް އެއްކުރަމުން ދިޔައިރު މަލަކާއަށް އަމިއްލަ ހިޔާލީ ދުނިޔެއަކަށް ދެވުނެވެ. އޭނާއަށް ކުރިމަތިވެފައި މަޖުބޫރީ ހާލަތުން ބޭރުވެވޭނެ ގޮތަކާއި މެދުގައެވެ. މަންމަގެ ބަސް އަހައިގެން ނިއަމްއާއި ކައިވެނި ކޮށްފިއްޔާ މުޅި އުމުރަށް ހުރިހާ އުފާތައް ކަފުން ކުރަންޖެހޭނެއެވެ.  ޝައިމް އަށް ހިތް ދެވިފައިވާ ހާލު ނިއަމްއަށް އެހިތުން ޖާގައެއް ދޭނީ ކިހިނަކުން ހެއްޔެވެ؟ އަނެއް ކޮޅުން ޝައިމް ލިބޭކަށް ނެތެވެ. ޝައިމް ނެތް ހަޔާތެއް މަލަކާއަށް ބިނާނުކުރެވޭނެއެވެ.

“ކޮން ހިޔާލެއްގަ … ކޭކް މިއޮތް އަދަނީއޭ” ފަހަތުން އިވުނު ޝައިމްގެ އަޑާއި އެކު މަލަކާއަށް އެދިމާލަށް ބަލާލެވުނެވެ.އަވަނުގެ ޓައިމަރ ހަލާކުވެފައި ހުރުމުން ކޭކް ފިހެ ނިމުނު އިރުވެސް ނުނިވެ ހުރީއެވެ. ޝައިމް ގޮސް އަވަހަށް ސްވިޗު އޮފް ކޮށްލިއެވެ.

“އަހަރެން ނައިނަމަ މުޅިތަން އަދާ ހުލިވީހެއްނު. މަލަކާ ކޮން ފިކުރެއްގަތަ” ޝައިމް ހުރީ ހާސްވެފައެވެ. ޝައިމްއަށް ޖަވާބު ދިނުމެއް ނެތި މަލަކާ ފުރަގަސްދިނެވެ. އޭރު ދެއްމެ ކުރި ހިޔާލުތަކުން ކަރުނައިން ލޯ ފުރިގެން ބަންޑުންވަނީއެވެ.

“މަލަކާ.. ކީއްވެތަ ޖަވާބު ނުދެނީ. އަހަރެން މިކިޔާ އެއްޗެއް އަޑު ނީވެނީތަ” މަލަކާގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލަމުން ޝައިމް އަހާލިއެވެ. މަލަކާ ވާހަކަ ނުދެއްކުމުން އުދަގޫވީއެވެ.

“އައި ލަވް ޔޫ ޝައިމް. ވަރަށް ބޮޑަށް. ބުނެބަލަ ޝައިމްވެސް އަހަރެން ދެކެ ލޯބިވެއޭ.. އަހަރެންނަށް ކެތެއް ނުވާނެ ޝައިމްއާއި ދުރުގަ އުޅެން” މަލަކާ ޝައިމް ގައިގައި ބައްދާލަމުން ގިސްލެވޭ އަޑަކުން ބުންޏެވެ. އޭރު ލޮލުން ވެރެމުން ދިޔަ ކަރުނަތަކުން ޝައިމްގެ ގަމީސް ތެތްމަމުން ދިޔައެވެ.

“މަލަކާ.. ބަލާބަލަ.. އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން މަލަކާ ދެކެ ލޯބިވެއޭ ކިޔާފަ ދޮގު ހެދުނީމަ. އަހަރެން ހިޔެއް ނުކުރަން މަލަކާއަށް ތިވަރު ވެދާނެ ކަމަށް… ދެންވެސް އަވަހަށް ތިހިޔާލު ދޫކޮށްލާ އިނގޭ.. މަލަކާއަށް އެއްމެ ރަގަޅުވާނީ މަލަކާ ދެކެ ލޯބިވާ މީހަކާއި އެކީ އުޅެގެން.. އަހަރެންނަށް އެލޯބި މަލަކާއަށް ދެވެން ނެތް” ޝައިމް މަލަކާގެ އިސްއުފުލައި ދެމުން ބުނެލިއެވެ.

“ނޫން… ގަބޫލެއް ނުކުރާނަން” މަލަކާ ޝައިމްގެ ދެލޮލަށް ފުންކޮށް ބަލާލަމުން ބުނެލިއެވެ. އެހޯދުމުން ޝައިމްގެ ލޮލުގައި ފޮރުވިފައިވާ ލޯބި ހޯދަން ބޭނުންވި ކަހަލައެވެ.

“މޮޔަ ކުއްޖެއް ދޯ މީ…. ކިތައް ފަހަރު ބުނީމަ ގަބޫލުކުރާނީ… އަން އައިސިންގ ކޮޅެއް ކާލާ.. އޭރުން ވިސްނިދާނެ ކަންނޭނގެ” މަލަކާގެ އެބެލުމުން ޝައިމްއަށް އުދަގޫވުމުން ކައިރީގައި ހުރި އައިސިންގ ތައްޓަށް އަތް ކޮއްޕާލުމަށްފަހު މަލަކާގެ މޫނުގައި ހާކާލިއެވެ.

“ޝައިމްއަށް ކަންނޭނގެ ނުވިސްނިގެން ތިއުޅެނީ.. އަން ކާލާ” މަލަކާ ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްކޮށް ޝައިމްއަށް ބަދަލުގައި ހަމަލާއެއް ދިނެވެ. ޝައިމްއަށް މަލަކާ ހުއްޓުވެން ފުރުސަތު ލިބުނަސް މަލަކާ އޭނާ ދެކެ ރުޅި އައުން ހައްގުކަމަށް ބަލައި އެފުރުސަތު ދީގެން ހުއްޓެވެ.

“ރުޅި އައިމަ ވަރަށް ލޯބި” ޝައިމް މަލަކާގެ ނޭފަތުގައި ހިފާލަމުން ބުނެލީ މަޖާވެލާފައެވެ. އެޔާއެކު މަލަކާ ވެސް ބަދަލުގައި އަނެއްކާވެސް އައިސިންގެ ހަމަލާއެއް ޝައިމްއަށް ދިނެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ފަސޭހައިން ކާމިޔާބު ލިބޭތީ މަލަކާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މަލަކާ ހިނިތުންވެފައި ހުރި ތަން ފެނި ޝައިމްއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހިނިތުންވުން ދެކިލުމަށް ޝައިމް ހުރީ ގުރުބާން ވާން ތައްޔާރަށް ކަން މަލަކާއަށް އެނގޭނެ ނަމައެވެ.

“މަލަކާ” ދެމީހުންގެ ރުޅިވެރިކަން ސަކަރާތުން އެކަކު އަނެކަކަށް ބާލަމުން ދިޔައިރު މީހަކު ގޮވާލި އަޑަށް ދެމީހުންނަށް އެއްފަހަރާ އެދިމާލަށް އެބުރެވުނެވެ. އެވަގުތު އަތުގައި ކުޑަ ފާރުސަލަކާއި އެކު ނިއަމް ބަދިގޭގެ ދޮރު ކުރިމަތީ ހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (62)

  1. Xee

    Yey me first dhw kiyaa laafa comment kuraanan

    1. maroon
      Xee

      Hehe yes first ?

  2. reader

    Me 2nd

  3. reader

    DHEN. Maroon v goas ????. Ehen nahadhaba dhen Malakaa ah. Please please

    1. maroon
      reader

      Yes reader 2nd ?
      Alhey maroon goas tha??
      Thanku reader ?

  4. annoying reader

    plz malaka and shaim dhuru nukuracheyy.. love it waiting for the next part

    1. maroon
      annoying reader

      Thanku annoying reader ? lets see if true love find its way back ?

  5. Xee

    Woooo woooo vvvv nice
    ??? mivaahaka in first libey tho kuri masakay kaamiyaabu vee nd maroon plx malakaa nd shiyam gulhuvaba malakaa mom ah hageegay kiyaa dhi nee ma OK vaane for mom dharifulhu ge ufaa enme muhinmu vaanee e so plx plx plx. waiting for nxt part…..

    1. maroon
      Xee

      Hey xee congrats ?
      Malaka kihinei mom ah hageegaiy kiyaidheyny. Shaim ebunany loabi nuve ey. Dhn keekey kiyafa truth kiyaidheyny mom ah ? thanku xee ?

  6. maroon

    Hello readers. V masakkathun up kurevijje. Migraine aa hedhi up nukureveyne kamah heekury. Ekamakuves vejje dhw ? . There might be mistakes if so plz do tell so i can improve. And dnt forgot to comment what you think will happen next. ? loves ? tc

  7. Mariyam Ubaid

    Varah reeethi

    1. maroon
      Mariyam Ubaid

      Thanku mariyam ubaid ?

  8. Zuam

    Varah reethi. … masha Allah. …????????❤❤❤❤

    1. maroon
      Zuam

      Thanku zuam ??

  9. Zaain

    Alhe Marooo…. kihiney ti hedy…. Niyam ehfaharu ehaa bodu keysey eynayah dybahahtaafa… aneykaa eynayah hagygy loabi ei koahcheykan bunedin meehaa Malakaage aiymatin beevegen diyaama story hadi…. Kohms sifaehga hagygaiy haama kurey…. loaiybaky adi diriulhumakyvs kulhey kulhi varey nuneynu…. Anyways Niyam ah Malakaa libihjeyya story reehchey nuvaane Marooo… ei mihaaru skript gohssa in hisaabun….

    1. reader
      Zaain

      Hope eheneh nuvaane.Emyhun marry eh nukuraane?

    2. maroon
      Zaain

      Thanku zaain ?
      Yes i blv every word. Lets see if true love finds its way back to malaka and shaim… v baivaru hurasthah eba huri dhw mihaaru. Lets see if love beats them all ❤??

  10. reader

    Dhen goas vaany thivarah. Shaim n Malakaa dhuru kury viyya??????. Hope they find their way back somehow. Eherynu Ashwaa ves. Eynage help hoadhaigen kanthah kureveyne. Heevany, Shaim eyna ge frmd akah gulhaigen evaahaka kiyaadhenikoh Ashwaa or Malakaa ah adu iveyny hen. Dhen hama guess kolly ingey. Dhen roon ah ingeyny. You be the best

    1. maroon
      reader

      Thanku reader again ?
      Ashwa ves ehery dhw edhemyhunnatakaa…hehe maroon goas vegen dhw story baeh faharu beynunvaa gothah gendheveyny .. you all have great ideas. Love them all ??

  11. song joong ki..KOREAN

    shaim aslu loabi vey dhw, but majubooru veema keehkuraany dhw.. alhey niam aa marry kuriya nudheythi kommx. well, habeys ingey mi part.. hows u maroon????

    1. maroon
      song joong ki..KOREAN

      Thanku SJKi love ?
      Yh majboor vyma kyhkuraany ?
      Maroon ragalhu vamun dhany in sha Allah ??

  12. Addu manje

    Alhe Maroon kihineh thi hedhee..???
    But mi baives varah reethi.. Thanks a lot for uploading the story although u are sick.. Wish u a speedy recovery.. 🙂

    1. maroon
      Addu manje

      Thanku addu manje ??
      Maroon hama story liyanymi ?

  13. Kia

    Whn next.

    1. maroon
      Kia

      Thanku kia. In sha Allah day after tmrw so tuesday ??

  14. click a shot ?

    alhey shaim kihineh thi hedhy…?Malakaa will be heartbroken ? .i wish malakaa’ s mom understand…nium faharehga fahuthankolhuga dhemeehun sakaraaiy jahaathan fenunyma,maybe he’ll think that malakaa is happy ? with shaim and hand over malakaa to shaim..hehe..hiyaaleh…mi part ves hama amazing ? waitting..??

    1. maroon
      click a shot ?

      Thanku click ?
      Niam noony malaka mom ah visneyne nama dhw ?
      Hope niam understands malaka’s feelings
      Nice hiyaaleh ??

    2. click a shot ?
      click a shot ?

      Yeah..thanks..?❤️

  15. aisha

    V reethi keep it up u do well

    1. maroon
      aisha

      Thanku aisha ?

  16. Xxxx

    V.nice dear???????????? waiting

    1. maroon
      Xxxx

      Thanku xxxx ??

  17. mal

    Maroo… kyhve tha thi rohvany.. mal mi malaka nama mihaaru niyam ge boluga huri hurihaa isthahteh vakin ufuraafa bunaanan mashaa dhuru vaashey…???.. dhn plx shaim n malaka gulhuvaba… malaka ah angaba knmss gothakun shim loabi vaakan…n i think mifahru malaka niyam ah yes bunaane hn .. shaim dhera kohleveythw.. dhn neyge dhw..?? v curious.. dhn vaa goi balan.. bestbof luvk maroo baiby..??

    1. mal
      mal

      Best of luck** ?

    2. mal
      mal

      best of luck**

    3. maroon
      mal

      Oh mal you are so angry at niam ?
      Malaka ah anganvy dhw shaim adhives loabivaakan kommeves gothakun. ?
      Lets see malaka niam ah yes bunaathw,but eyrah shaim heart ithurah broke vaane . Thanku mal ❤??

  18. Twinkle

    Nice part. Ekm ehn nahadhaa shaim asha malaka ah. Waiting fr nxt part. Avahah up kolladheythi igey

    1. maroon
      Twinkle

      Thanku twinkle ?
      In sha Allah ?

  19. Boabi

    So i guessed correctly ?
    Felt like this part was shorter compared to other parts.
    Shafakallah maroon ?

    1. maroon
      Boabi

      Thanku boabi.hehe guess dhimaavy dhw ?
      Nooney mi part hama ehen part thah varu vaany ?
      ?

  20. Jumma

    Maroon haadha reehchey maroon ge stories??… awesome …. niammmm??? malakaa aa shaim dhuru kuruvan noolhe malakaa ge dhiriulhumun dhurah dhey. … ehen noony i will kill yuh ingey?? vrh foohi vey niam dheke…. Dhen shaim. .. plx don’t lie? eyrun fahun maa dhera vaane…. anyways story hama vrh salhi. .. keep it up maroon n whn nxt prt? ???

    1. maroon
      Jumma

      Thanku jumma ? v happy vejje maroonge stories kiyaa kujjakaa dhimaavyma ?
      Niam mars ah fonuvaalan ulhunu kommes kujje 8th partga. ?
      Shaim is lying for a reason. Hope it goes away ? next part tuesday ??

  21. sam♥

    wow roon v lobii stry ….. ekm haadha.varakah hurt thikuranyy ….

    1. maroon
      sam♥

      Thanku sam… sorry ?
      Loves ???

  22. mal

    mal ah v hyvey malaka ge mom ah knmes gothakun e dhemyhun loabivaa kan egign gabool vaanehn.. cox close frnd eh ge dhari akah v ma ekujja heart break kohlan beynun nuvefa plus dharifulhuge ufalah vx vaathy

    1. maroon
      mal

      Oh mal you really are into the story.. higaabala dhw edhemyhun gulhuvan kommeves gothakun ??

  23. Aish

    Varah reethi stryeh

    1. maroon
      Aish

      Thanku aish ??

  24. Xna

    Kobaatha malaka’s dad? Maroon,: ?let him see her ?and her feelings 2wards shaim.. but their fights make me laugh ??
    Waiting for next part as always..?.
    Wish u a quick recovery and may Allah give u success in ur life???.

    1. maroon
      Xna

      Thanku xna.. ??
      Malakage dad next part ga annaane . Lets see if he sees daughter’s feeling. ??

  25. Adha?

    Varah reethi mi part.. but varah hurt vejje mi vee gothun?… eh ge ehga ekeega ulhey iruves ehaa dhuru dw…varah dherave indhe mi kiuny mi part but malaak nd shaim ge fights thah keema hama heveny…
    Waitingss ❤❤❤❤

    1. maroon
      Adha?

      Thanku adha. Always happy to see ur comment ❤
      Shaim and malaka ah v hurt vaane dhw ehen ulhen ?
      ???

  26. xaan

    Masha Alhah v reethi maroon plx shaim aa malakaa dhuru nukurahchey edhemeehun v gulhey

    1. maroon
      xaan

      Thanku xaan ?
      Higaa balama ??

  27. Shudha

    laaaaaeeee… shudha expect kuri gothakah nun evyky.. v dhera vejje… :,-c please komme gotheh hadhaafa ves shaim aa malakaa gulhuvachey… dhn mi niam hama kandu fahthan v… v foohivey… story hama best maroon … keep it up… lysm <3

    1. Song joong ki... KOREAN
      Shudha

      Hahaha jupitar ah fonuvaalama??? ???

    2. maroon
      Shudha

      Hey shudha niam dheke haadha rulhieh!!?
      Shaim and malaka ah happy ending eh hoadhaidheyn vy dhw… ly too ?❤?
      Sjki shaim is buiding a rocketship for that ?

    3. Song joong ki... KOREAN
      Shudha

      Hahaha ehendhw Maroon ???

  28. xee

    awww.. salhi varah.. plx next part avas kobba

  29. maroon ❤

    Malaka dad Shaim aa vaahaka dhakkaany kanne

    1. fan
      maroon ❤

      mives maroon ehtha?? 😉

  30. V

    Love this part . Shiyam aa malakaa aa gulhuwahchey . Waiting for the next part .??

Comments are closed.