Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (14)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 23, 2017 6 Mins Read
24 Comments

“މިހާރު އަރޫ އަހަރެން މަތިން ހަނދާންނެތުނީ ދޯ؟” ކުރިމަތީގައި ހުރި އަޝްފާން ލާނެތް ގޮތަކަށް އެހެން އަހާލިއެވެ. އަރޫޝާއަށް އަނގަމަތީގައި އަތްއަޅާލެވުނީ އެއީ ކާކުކަން އެނގުމުންނެވެ.

“އަޝްފާން ބޭބެ؟” އަޝްފާންގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން އަރޫޝާ ބުނެލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ.

“ހާދަ ޗޭންޖް ވެއްޖޭ އެކަމަކު.. ކޮންއިރަކުތަ އެންމެފަހުން އަހަރެމެން ދިމާވީ؟ ހުމްމް.. އެއީ ގާތްގަނޑަކަށް އަރޫގެ އުމުރުން 10 އަހަރުގަ.. އޯ އެމް ޖީ! ޕިއުބާރޓީ ހިޓް ޔޫ ލައިކް އަ ޓްރެއިން!!” އަރޫޝާ ވިސްނަވިސްނާފައި ވާހަކަދައްކަމުން ދިޔަގޮތުން ނުހޭން އުޅުނަސް އަޝްފާންއަށް ހެވުނެވެ.

“އަދިވެސް އަރޫގެ ތި ބޭބީކަން ކެނޑޭކަށް ނުވޭދޯ؟” އަޝްފާން ދިމާކުރާ ރާގެއްގައި އަހާލިއެވެ. އެއާއެކު އަރޫޝާ އަޝްފާންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. އަޝްފާން އަކީ އަރޫޝާގެ ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކުޑައިރު އަރޫޝާމެން ޗުއްޓީ ހޭދަކޮށްލަން އިނގުރައިދޫއަށް ދިޔައިރު އެ ދެކުދިންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައި ވިއެވެ.

“ކީއްކުރަން މާލެ އަރައިގެން ތި އުޅެނީ؟ ތީ ދުވަހަކު މާލެ ނާރަން ހުވާކޮށްގެން ހުރި މީހެއްނު؟” އަރޫޝާ ދެއަތް އުރާލަމުން ބުނެލީ ދިމާކުރާ ރާގެއްގައެވެ.

“މީ… ކޯހަކަށް އެޕްލައިކުރަން ވެގެން އަސްލު.. ދެން ވަރަށް ބޮޑު މިޝަންއެއްވެސް އެބައޮތް..” އަޝްފާން ބުމަ އަރުވާލަމުން ބުނެލިއެވެ. އެވަގުތު ސިޑިން ފާބައިގެން އައި ޖުވައިރިޔާ ފެނުމުން އަޝްފާން ހިމޭންވިއެވެ. ޖުވައިރިޔާ އަކީ އަޝްފާންގެ ބޮޑުދައިތައެވެ.

“އަރޫޝާ ދޭބަލަ އަޝްފާންއަށް ދޮންބެ ކޮޓަރިއާ ޖެހިގެން ހުރި ރޫމް ދައްކަން.. މަންމަ މިއައީ އެތަން ކުޑަކޮށް ސާފުކޮށްލާފަ..” ޖުވައިރިޔާ އެހެން ބުނުމުން އަރޫޝާ އަޝްފާންގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އަރަން ފެށިއެވެ. އޭރުވެސް އޭނާގެ އަނގަ ނުހުއްޓެއެވެ. އޭނާ އަޝްފާންގެ ބޮލަށް ސުވާލުތައް އަމުނަމުން ދިޔަ ގޮތުން އަޝްފާން ހުރީ ހިނިއައިސްފައެވެ.

“ކޮބާ އާރިކްބޭބެ؟” ކޮޓަރިއާ އަރާ ހަމަވުމުން އަޝްފާން އަހާލިއެވެ.

“ނޭނގެ ބޭރުގަވީ.. ދެން ދޭބަލަ އަވަހަށް ފްރެޝްވެލައިގެން އަންނަން.. އަރޫ އަޝްފާންބޭބެ ގޮވައިގެން ކާން ދާން ބޭނުން.. ނިމިގެން އައިސް އަރޫގެ ކޮޓަރީގަ ޓަކި ޖަހާ އިނގޭ…” އަޝްފާންގެ ބުރަކަށީގައި އަޅައި ކޮޓަރިތެރެއަށް ކޮއްޕާލަމުން އަރޫޝާ ބުނެލިއެވެ. އަޝްފާން ހިނިއައިސްހުރެ ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

އަރޫޝާ ދުވަމުން ގޮސް ކޮޓަރިއަށް ވަދެ، އަލަމާރީގެ ވަތްގަނޑުތައް ހާވަން ފެށިއެވެ. ކޮންމެވެސް ތަނަކު އޭނާއާއި އަޝްފާންއާ އެކީގައި ނަގާފައިވާ ފޮޓޯއެއް ވެއްޖެއެވެ. އެ ފޮޓޯގައި އަޝްފާން ހުންނާނީ ވަރަށް މަޖާ ގޮތަކަށް ދަތްޕިލަ ދައްކައިގެންނެވެ. ފޮޓޯ ހޯދަމުން ދިޔައިރުވެސް އަރޫޝާއަށް ދޭތެރެ ދޭތެރެއިން ހެވެއެވެ. އެ ފޮޓޯ ފެނުމުން އަޝްފާންގެ މޫނުމައްޗަށް އަރާނެ ކުލަވަރު އެހިތަށް ލަފާކޮށްލެވެނީއެވެ. އަލަމާރީގެ އެންމެ ތިރީ ވަތްގަނޑު ހުޅުވާލި ވަގުތު ފެނުނު އެއްޗެއްގެ ސަބަބުން އަރޫޝާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އެ މޫނުމަތީގައިވާ ހިނިތުންވުން ފިލާދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ވަތްގަނޑުގައި އޮތް ކުޑަ ފޮޓޯގަނޑު ނެގިއިރު އެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ.

2 މަހަށްދާ ތުއްތު ކުއްޖާގެ އެ ފޮޓޯގަނޑަށް ގެއްލިފައި އޭނާއަށް ހުރެވުނެވެ. އެ ތުއްތު މޫނުގައި އޭނާ ޝަހާދަތް އިނގިލިން މަޑުމަޑުން ފިރުމާލިއެވެ. ކަރުނަތައް އޭގެ މަޤާމް ދޫކޮށްފައި ފައިބައިގަތީ އެވަގުތެވެ. ދެންމެ ހީހީފައި އުޅުނު ކުއްޖާގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ރިހުމާއި ހިތްދަތިކަމެވެ.

“ލޯބި ލޯބި އަޒްކާ..” ކަރުނަތައް ފައިބަމުންދާ ހާލު ގަދަކަމުން ހިނިތުންވެލި ހިނދު އޭނާގެ ދުލުން އެ ލަފްޒުތައް ބޭރުވެގެން ދިޔައެވެ.

“އެއީ އަޒްކާތަ؟” އަޝްފާންގެ އަޑަށް ސިހުނުވަރުން އަރޫޝާގެ އަތުން ފޮޓޯގަނޑުވެސް ދޫވިއެވެ. އަވަސްއަވަހަށް ކަރުނަތައް ފުހެލަމުން އޭނާ ފުރަގަހުގައި ހުއްޓެގެން ހުރި އަޝްފާންއާ ދިމާއަށް އެނބުރުނެވެ.

“ކީއްކުރަންތަ މީހުންގެ ހުއްދަ ނެތި ކޮޓަރިތަކަށް ވަންނަނީ؟ ކިރިޔާއޭ ހާޓް އެޓޭކެއް ނުޖެހުނީ..!” އަރޫޝާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ނަމަވެސް އެ މޫނުމަތީގައިވާ ކުލަވަރުން އޭނާ ދެރަވެފައިވާ މިންވަރު އަޝްފާންއަށް އެނގުނެވެ.

“އަރޫ… އިރާދަކުރެއްވިއްޔާ އަޒްކޮއަށް ސުވަރުގޭގެ މަތިވެރި ނިއުމަތްތައް ދެއްވާނެ..” އަޝްފާން އަރޫޝާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. އަރޫޝާ އަޝްފާންގެ މޫނަށް ބަލާލިއެވެ. އަޝްފާންއަށް ހުރިހާ ކަމެއް އެނގޭނަމަ އެހެން ނުބުނީހެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ.

އަރޫޝާ އަޝްފާން ގޮވައިގެން ސިޑިން ފައިބަމުން ދިޔަ ވަގުތު އާރިކް ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

“އޫޕްސް.. އަރޫއަށް މި އާދެވުނީ ވޮލެޓު ބާއްވާފަ..” އަރޫޝާ އެހެން ބުނުމަށްފަހު އަނެއްކާ ވެސް ސިޑިން މައްޗަށް އެރިއެވެ. ދަނޑިވަޅު ބަލާފައި އަޝްފާން އައިސް އާރިކްއާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ ކުރަން އެއުޅޭ ކަމުގައި އާރިކްގެ އެހީ ބޭނުންވާތީއެވެ.

“އާރިކް ބޭބޭ.. ކޮބާ ކިހިނެއް؟” އަޝްފާން އައިސް އާރިކްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އާރިކްގެ ނަޒަރު އޭރު ހުއްޓިފައިވީ ފޯނުގެ ސްކްރީނަށެވެ.

“އަނހާ.. އަޝްފާންތަ؟ ކީއްކުރަން މިކޮޅަށް އައިސްގެން ތިއުޅެނީ؟” އާރިކް އަޝްފާންއަށް ބަލާލަމުން ބުނެލިއެވެ.

“އަސްލު ވަރަށް ބޮޑު ކަމަކު އައިސްގެން މިއުޅެނީ.. އާރިކްބޭބޭ.. ހެލްޕް މީ..” އަޝްފާން އެހެން ބުނުމުން އާރިކް ކިހިނެއްވީހޭ އަހާލިއެވެ.

“މީ.. އަހަރެން ވަރަށް ލޯބިވާ ކުއްޖެއް ހޯދައިދޭން ހެލްޕް ވާންވީ އަހަންނަށް.. އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ މާލޭގެ މުއްސަންޖަކާ ގަދަކަމުން ދެވީ.. އަހަރެން ބޭނުން އޭނަ އެކަމުން ސަލާމަތްކުރަން..” އަޝްފާން  ސާބިތުކަމާއެކު ބުނެލިއެވެ.

“އެހެންތަ؟ މާދަމާ ރޭ ވާނެ ތިކަމާ އުޅެން.. އެހެންވީމަ ރެޑީވައްޗޭ..” އާރިކް އެހެން ބުނުމަށްފަހު ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެވަގުތު އަޝްފާންގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އާރިކް އޭނާއަށް މިކަމުގައި އެހީވަންޏާ އޭނާ ހާސްވާކަށް ނުޖެހޭނެއެވެ.

ކޮޓަރިއަށް ވަނުމަށްފަހު އާރިކް ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ. ޔުމްނާ ހޯދުމުގެ މަސައްކަތް މިހާރު ފަރީދު އެބަ ކުރިއަށް ގެންދެއެވެ. މީހުންގެ ސަމާލުކަން ލިބިދާނެ ކަމަށްޓަކާ ފަރީދު އެ ވާހަކަ ފުލުހަކަށް ނާންގައެވެ. ޔުމްނާ އެދިޔައީ ކޮންތަނަކަށްބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ ފަރީދުގެ ކިބައިން ސަލާމަތްވުމަށްޓަކާ ޔުމްނާ ފިލައިގެން ދިޔައީ ހެއްޔެވެ؟ އާރިކްއަށް ދެއަތަށް ބޯ ހޫރާލެވުނެވެ. ނޫނެކެވެ. ޔުމްނާ އެހެންނެއް ނުހަދާނެއެވެ.

އާރިކްގެ އެނދުގެ ސައިޑް ކަބަޑު މަތީގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމް އެ ލޮލުގައި އަޅައިގަތުމާއެކު އޭނާ އެ ފްރޭމް ނެގިއެވެ. އަދި އޭގައިވާ ފޮޓޯއަށް ލޯތްބާއެކު ބަލާލިއެވެ.

“އަޒްކާ ބޭބީ.. ދޮންބެ ކިހިނެއް ހަދާނީ؟ ފުރަތަމަ ދޮންބެ އަތުން ބީވެގެން ދިޔައީ ބޭބީ.. ދެން މިހާރު…؟” އާރިކްގެ ޖުމްލަ އެ ހިސާބުން މެދުކެނޑުނެވެ. އެ ދެލޮލުން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ.

އާރިކްގެ ފޯނު ރިންގުވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނު ނެގީ ސްކްރީންގައިވާ ނަންބަރަށްވެސް ބަލާލުމެއް ނެތިއެވެ.

“ރެޕަންޒެލް ގެ ހަބަރެއް ނުވޭ؟” ފޯނު ނެގި ގޮތަށް އާރިކް އަހާލިއެވެ. އޭނާ ހީކުރީ ޔުމްނާގެ ހަބަރެއް ވެގެން އެ ގުޅީ މުނީރު ކަމަށެވެ.

“ހައްހައްހާ… ކަލޭގެ އަޑުންވެސް އެބަ އެނގޭ ކަލޭ އެ އަންހެންކުއްޖާއާ މެދު ކަންބޮޑުވެފަ ހުރިވަރު..” އެކޮޅުން ވާހަކަދެއްކީ ބަރު އަޑެއްގެ ވެރިއެކެވެ. އާރިކްއަށް އެއަޑު ފާހަގަކުރަން އެނގުމާއެކު އޭނާގެ ދަތްކުނޑި ވިކިގެން ދިޔައެވެ.

“ކޮބާ އޭނާ؟” އަޑަށް ބާރުލާފައި އާރިކް އަހާލިއެވެ.

“ޑޯންޓް ވޮރީ.. އޭނަ ހުރީ ސަލާމަތުން.. އަހަރެމެން އޭނަ ބަލާނީ ވަރަށް ލޯތްބާ ރައްކޭތެރިކަމާއެކުގަ..” އެމީހާ ބުނެލިއެވެ.

“އަހަރެން ކިހިނެއް ހަދަންވީ؟ ބުނި ވަރަކަށް ފައިސާ ދީފާނަން..” އާރިކް ބުނެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޔުމްނާ ސަލާމަތްކުރަން އޭނާ ބޭނުންވިއެވެ.

“ފައިސާއިން މިކަން ހައްލެއް ނުވާނެ.. ހައްހައް.. ކަލޭ މިކޮޅަށް އާދޭ މިރޭ..” އެމީހާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އާރިކް ފޯނު ތިރިކޮށްލަމުން ދެއަތް މުއްކަވާލިއެވެ. ހުރި ބާރެއްލާފައި އޭނާ ފޯނު ހޫރާލިއެވެ. އެވަގުތު ފާރުގައި ޖެހިފައި ފޯނުގެ ސްކްރީނުން ބައެއް ތަޅައިގެންވެސް ދިޔައެވެ.

ދަބަހަށް ބޭނުންވާ އެއްޗެހި އެޅުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އާރިކް ސިޑިން ފައިބައިގެން އައެވެ. ތިރީގައި ހުރި ޖުވައިރިޔާއަށް އާރިކްގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް ފެނުމުން އަނެއްކާ ވެސް އާރިކް ރާއްޖެއިން ބޭރަށް ފުރަނީކަން އެނގުނެވެ.

“ކޮންތާކަށްތަ އާރިކް؟” ރުންކުރު ގޮތަކަށް ޖުވައިރިޔާ އެހެން އަހާލިއެވެ. ނަމަވެސް އޭނާ ދައްކާ ވާހަކައަށް ސަމާލުކަމެއްނުދީ އާރިކް ގެއިން ނިކުމެގެން ދިޔައެވެ. އެ މޫނުމަތިން އެތައް ޝުޢޫރެއް ފާޅުވަމުން ދިޔައެވެ. ނަފުރަތާއި ރުޅިވެރިކަމެވެ. ހިތާމައާއި ރިހުމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ.

** ** **

ޔުމްނާ ބަލިގޮތަކަށް ދެލޯ ހުޅުވާލިހިނދު އޭނާއަށް މަރުހަބާކީ އަނދިރިކަމެވެ. އެލުވާފައި ހުރި އޮރެންޖު ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން އޭނާއަށް އެއްޗެއް ވަކިކުރާކަށް ނޭނގުނެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަން އެ ހިތަށް ވަދެފައިވިއެވެ. އޭނާގެ ދެއަތް ފުރަގަހަށް ވާގޮތަށް ބަނދެފައި ވާކަން އެނގުނީ ހަރަކާތްކޮށްލަން އުޅުމުންނެވެ. ދެފައިގައި ޗޭނުގަނޑެއް ފާޑުގެ އެއްޗެއް ޖަހާފައި ވިއެވެ. ކަރުތެރެ ހިކިފައި ވުމުގެ ސަބަބުން އޭނާއަށް ހިންދިރުވާލާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. އިޚްތިޔާރަކާ ނުލާ އޭނާއަށް ރޮވެން ފެށުނީ ބިރުގަތް ވަރުންނެވެ.

ކުއްލިއަކަށް އެތަނުގެ ދޮރުފަތް ކެހުނު އަޑަށް ޔުމްނާ ސިހިގެން ދިޔައެވެ. އެއާއެކު އެ ކޮޓަރިތެރެއަށް ބޭރުން އަލިކަމެއް އެޅިގެން ދިޔައެވެ. އެތެރެއަށް އައި ބިޔަ ދެފިރިހެނުން ފެނުމުން އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. އެމީހުން އޭނާއަށް ކުރަން އެއުޅެނީ ކީއް ހެއްޔެވެ؟

“ފެ..ފެންފޮދެއް ލިބިދާނެތަ؟” ކަރުހިއްކައި ގަނެފައިވާލެއް ބޮޑުކަމުން ޔުމްނާ ކުރަކި އަޑަކުން އަހާލިއެވެ. ނަމަވެސް އެމީހުން އެއަޑު އިވުނު ކަމަކަށްވެސް ނުހެދިއެވެ. ޔުމްނާގެ އަތުގައި ހިފައިގެން ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް އެމީހުން ގެންދަން ފެށިއެވެ.

އެމީހުން ޔުމްނާ ވެއްދީ އެތަނުގައި ހުރި އެހެން ކޮޓަރިއަކަށެވެ. ތަޅުންގަނޑު މައްޗަށް އެމީހުން ޔުމްނާ ކޮށްޕާލުމާއެކީ އޭނާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައިވާ ބޮޑު ގޮނޑީގައި އިން ބިޔަ ފިރިހެންމީހާއެވެ. އެމީހާ އެއްމިޔަކުން ހީލައިގެން އިންއިރު އިރުއިރުކޮޅާ އަތުގައިވާ ވައިން ގްލާސްއިން އެތިފޮދެއް ބޯލައެވެ. ޔުމްނާގެ ހައިރާންކަން އިތުރުވީ އެމީހާ ގާތުގައި ކޮޅަށް ހުރި އާރިކް ފެނުމުންނެވެ. އެހިތުގައި އެތަށް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ.

ޔުމްނާ ތަޅުންގަނޑު މައްޗަށް ވެއްޓުނު މަންޒަރު ފެނުމުން އާރިކްގެ ލޭ ކެކިގެން ދިޔައެވެ. ޔުމްނާ އެ ހާލުގައި ވާތަން ބަލަން އެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

“ހަމަ މިހާރު އޭނަ ދޫކޮށްލާ..” އާރިކް ބޮޑު ގޮނޑީގައި އިން ސާލިމް ގާތު ބުނެލިއެވެ. ސާލިމް ޔުމްނާއަށް އެ އަނިޔާ ކުރަނީ ކޮން ބޭނުމަކު ކީކޭ ހިތައިގެން ހެއްޔެވެ؟ އޭނާ ސާލިމްގެ އަމުރަށް ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު މަރަން ޖެހުނީވެސް ސާލިމްއާ ހެދިއެވެ.

“އަހަންނަށް މި އަންހެންކުއްޖާ ދުނިޔެއިން ނައްތާލުން ނޫން ގޮތެއް ނެތް.. ސަބަބަކީ މި އަންހެންކުއްޖާ ފެނުނު ފަހުން ކަލޭގެ ހަރު ހިތް ކަފަކޮޅެއްހާ މަޑުވެއްޖެ.. އެހެންވެއްޖެނަމަ އަހަރެމެންނަށް ކިހާ ގެއްލުމެއް ވާނެ؟” ސާލިމް ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. އާރިކްއަށް ރުޅިއައިސްގެން ދެއަތް މުއްކަވާލެވުނެވެ. ސާލިމްގެ މޫނުމަތި ނޮޅާލާނަމޭ އެހިތަށް އަރަމުން ދިޔައެވެ.

“އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ވެއްޖިއްޔާ މަށެއް ކަލޭމެން ބުނާ އެއްވެސް ގޮތެއް ނަހަދާނަން.. ހަނދާންކުރާތި!” އިންޒާރުގެ ރާގަކަށް އާރިކް ބުނެލިއެވެ.

“އޯ ހޯ… ކަލޭގެ އަތުގައެއް ނޫނެއްނު ތި ގޮތަށް ބްލެކްމެއިލްކުރުމުގެ ބާރު އޮތީކީ.. އަހަރެންގެ އަތުގައެއްނު؟ ވިސްނިއްޖެ ދޯ މި ބުނި އެއްޗެއް؟” ލާނެއް ހިނިތުންވުމަކާއެކު ސާލިމް އެހެން ބުނުމުން އާރިކްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ސާލިމްގެ އަމުރުތަކަށް ތަބާވުމަށް އޭނާއަށް މަޖުބޫރުވީ ކީއްވެކަމެއް އެހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ.

“އަހަރެން ކަލެއަށް ދޭނީ ދެ އޮޕްޝަން… ރެޕަންޒެލްތަ ނޫނީ ސިންދްރެއްލާތަ؟ ހަހަހަ…” އެ މީހާ އެ ބުނި އެއްޗެއްގެ ސަބަބުން އާރިކްގެ ހިތް ނުތަނަވަސް ވާންފެށީ ވަކިވަރަކަށް ނޫނެވެ. ހަދާނެ ގޮތް ނޭނގިގެން އުޅޭ  މީހެއް ފަދައިން އޭނާ ތިރީގައި އިން ޔުމްނާއަށް ބަލާލިއެވެ. ރެޕަންޒެލް ވެސް އަދި ސިންދްރެއްލާ ވެސް އޭނާއަށް މުހިންމެވެ. ނަމަވެސް ސިންދްރެއްލާ އަކީ އެކުއްޖަކަށްޓަކާ ފަސް އަހަރު ދުވަސްވަންދެން އޭނާ މަސައްކަތްކުރި ކުއްޖާއެވެ. ފަސް އަހަރު ދުވަސްވަންދެން އޭނާ ކުރި މަސައްކަތް ފެނަށް ދުއްވާލާކަށް އެހިތެއް ނޭދެއެވެ.

އާރިކް އިތުރު ވިސްނުމަކަށް ނުގޮސް، އެވަގުތު ހިތަށްއެރި ގޮތަށް ކަންތައް ކުރިއެވެ. އަވަސް ހަރަކާތަކާއެކު ޔުމްނާގެ ގާތުގައި ހުރި ދެމީހުން އޭނާ ބިމަށް ތިރިކޮށްލިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ސާލިމްއަށްވެސް އެވަގުތު ލިބިގެންދިޔައީ ކުޑަވަރެއްގެ ޝޮކެކެވެ. ޔުމްނާގެ ގައިގައިވާ ވާތައް މޮހާލުމަށްފަހު އޭނާ ޔުމްނާގެ އަތުގައި ހިފައިގެން ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. އޭރު ސާލިމް ބާރުބާރަށް ހަޅޭއްލަވާ އަޑު އޭނާއަށް އިވެމުން ދިޔައެވެ.

ގަނޑުވަރެއްފަދަ އެ ބޮޑު ގޭގެ ގޭޓު ކައިރިން ތިން މީހުން ދިމާކުރުމާއެކު އާރިކް އޭނާގެ ފަހަތަށް ޔުމްނާ ލުމަށްފަހު އެ ތިންމީހުންނާ ކުރިމަތިލިއެވެ. ފަސޭހަކަމާއެކު އެ ތިން މީހުން ބަލިކޮށްލުމަށްފަހު އޭނާ ގޭޓު ހުޅުވާލަން ހިފާލިއެވެ. ނަމަވެސް ގޭޓު ތަޅުލާފައި ވުމުން އޭނާއަށް މާޔޫސްކަމެއް ލިބިގެން ދިޔައެވެ. ފަހަތުގައި ހުރި ޔުމްނާއަށް ބަލާލި ވަގުތު އެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދުވެފައި އައި ފަންސަހާކަށް މީހުންނެވެ. އެ ހުރިހާ އެންމެންނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެކަން އާރިކްއަށް އެނގެއެވެ. ކޮންމެވެސް ގޮތެއް ނުވިސްނައިފިނަމަ މިފަހަރު އެ ދެމީހުންގެ ދުވަސް ދާނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ގޮއްޔެ (ބާބު 2) ބާރަވަނަ ބައި

Next

ލޯބީގެ ޙިމާޔަތުގައި (ތިންވަނަ ބައި)

Next
September 23, 2017

ލޯބީގެ ޙިމާޔަތުގައި (ތިންވަނަ ބައި)

Previews
September 23, 2017

ގޮއްޔެ (ބާބު 2) ބާރަވަނަ ބައި

24 Comments!

  1. Liaa says:
    September 23, 2017 at 4:07 pm

    Salaam hurihaa kudhin! 🙂
    Mi part ves kamudhaane kamah ummeedhu kuran.
    Loves <3

    Will Yumna and Aric escape?

  2. Hafeez says:
    September 23, 2017 at 4:09 pm

    Yey me First dhow. Kiyaalaafa Comment kohlaanan

  3. sana says:
    September 23, 2017 at 4:17 pm

    Plz save they two

  4. peace eye says:
    September 23, 2017 at 4:17 pm

    Just wow MI first

    1. nice says:
      September 23, 2017 at 4:26 pm

      Yumna and aric save plz plz liaa

  5. lol says:
    September 23, 2017 at 4:19 pm

    Nice save they two

  6. sama says:
    September 23, 2017 at 4:21 pm

    When next part?

  7. reader says:
    September 23, 2017 at 4:23 pm

    OMG. KIHINEH VAANEBAA?

  8. Hafeez says:
    September 23, 2017 at 4:24 pm

    Mi part vess varah reethi. Ekamaku varah kuru hen heevanee. Next part avahah up kohdhechchey.

  9. reader says:
    September 23, 2017 at 4:25 pm

    Misaalakah Saalim ge jeebun thalhudhandi vettijjeyyaa salhi vaane. Ekahala gotheh kanneymge vaany ves

  10. mary says:
    September 23, 2017 at 4:30 pm

    v reethi. ekm thankolheh kuru kan neyge

  11. Maahy says:
    September 23, 2017 at 4:36 pm

    Varah salhi mi part vx…
    Ummm…andhirifaraai mi vaahaka nuliye huttaaleetha mihaaru evaahaka yah varah inthixaar kurevey

  12. Kia says:
    September 23, 2017 at 4:52 pm

    13 vana part kobaatha.kon date ehgatha iny.plxxx tell

  13. Reader says:
    September 23, 2017 at 5:12 pm

    Kaaku sindrella akee

  14. Xxxx says:
    September 23, 2017 at 6:02 pm

    Interesting ??

  15. Nas says:
    September 23, 2017 at 6:23 pm

    Who is sindrella?? Plx plx aarik and yumnaa save2
    And whn nxt part pls avahah up kobba nd mi part ves vrh reeti ???❤❤❤?????????
    Asfaan ah vure bodah
    for me aarik and yumnaa gulhey bt sindrella eiy GF kaney ge dhw or axkaa
    aky sindrella by the way what is secreat of azkaa?? Kiyy ve tha aarik ehaa kohy
    Mey be azkaa iny kidnap koh fa kaneyge saleem dhw

  16. azeen says:
    September 23, 2017 at 6:28 pm

    wow v salhi whn next part

  17. Shudha says:
    September 23, 2017 at 7:32 pm

    for me the best opinion is ashfaan and yumna, dhn cinderella aa aarik… azka is definitely aroo’s baby sis.. azka ge hageegai haama vandhen mihunnani… liaa story is awesome.. i give you a big thumbs up… <3

  18. Zaa says:
    September 23, 2017 at 9:03 pm

    Varah reethi v kiyya hithun kiyya levey

  19. Adha? says:
    September 23, 2017 at 9:17 pm

    Omg? dhenvaanee kihinehbaa?… Cinderella akee azka kanneynge dw.. rapunzel nd aarik maa gulhey..
    Varah reethi mi part ves
    Waitingss ❤❤❤❤

  20. UMM says:
    September 24, 2017 at 7:39 pm

    ވ ރީތި. ދެން އަނެއްބައި އަޕްލޯޑް ކުރަނީ ކޮންދުވަހަ؟

  21. Aisha says:
    September 25, 2017 at 2:14 pm

    V v reethi ??

  22. azeen says:
    September 25, 2017 at 3:34 pm

    WHEN NEXT PART

  23. Viraa says:
    October 1, 2017 at 12:23 pm

    Nice

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (15)←


All Right Reserved!