Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބައްތިރީސްވަނަ ބައި)

ދެ ލޯ ބޮޑުކޮށްލައިގެން މިޝްޔާއަށް ބަލަން ހުރެވުނީ، ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. މޫނުމައްޗަށް އަނދިރިވެ، މީހާ ވެއްޓެން އުޅޭހެން ހީވުމުން، ގާތުގައި ހުރި ޝިއުރީގެ އަތުގައި ހިފަހައްޓާލެވުނެވެ. މިޝްޔާއަށް ވީގޮތް ފެނި، ޝިއުރީއަށްވެސް އޭނާގެ ނަޒަރު ސީދާވެފައިހުރި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު، އޭނާއަށްވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދެ ލޯ އުނގުޅާލީ، ކުރިމަތިން ފެންނަމުންދާ މަންޒަރަކީ، ޙަޤީގަތެއްތޯ ޔަޤީންކޮށްލުމަށެވެ.

__________________________________________________________________________________

 

ކޮނޑުގައި ދަބަހެއް އަޅުވާލައިގެން، ވާޓަރު ކައިރީގައި އެ ހުރީ ޒިކާންކަމަށް، ޝިއުރީގެ ހިތްވެސް ބުނަމުންދިޔައެވެ. އެހެނަސް، ޒިކާން ގެއްލުނުފަހުން، އަދި މިވީހާތަނަށް، އޭނާ ފެނުނުކަމުގެ ޚަބަރެއް އިވިފައެއް ނުވެއެވެ. އެހެންކަމުން، އޭނާގެ ސިކުނޑި، ދެ ފަހަރު ދެ ކޮޅަށް ބުރަވާން ފެށިއެވެ. ބަލަބަލާ، ތިއްބާ އެ މީހަކު، އެ ކުދިންނާއި ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ހެދި ނުހެދިއެއް ނޭނގި ފެނުނީ، ދުވެފައިދިޔަ މިޝްޔާ، އެ މީހާގެ ގައިގައި އޮޅުލައިގަތްތަނެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ޝިއުރީވެސް އެ މީހުންގެ ގާތަށް ދިޔައެވެ.

 

މިޝްޔާ އެ މީހާގެ ގައިގައި ބައްދާލުމުން، އެ މީހާގެ މޫނުމަތިން ޝިއުރީއަށް ފެނުނީ ހައިރާންކަމެވެ. މިޝްޔާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލައި، ދެ އަތް ތިރިކޮށްލައިގެން، އޭނާ ހުރީ ވާ ނުވާ ނޭނގޭ މީހެއް ފަދައިންނެވެ. އެހެނަސް، މިއިން ކަމެއް ރޭކާލާ ވަރަށްވުރެ، މިޝްޔާ ހުރީ މާ ބޮޑަށްވެސް އުފާވެފައެވެ. އިރުކޮޅަކު އެމީހާގެ ގައިގައި ބައްދާލައިގެން ހުރުމަށްފަހު، މިޝްޔާ ދުރަށް ޖެހިލިއެވެ. އޭނާގެ ދެ ލޯ ކަރުނައިން ފުރިފައިވާއިރު، ތުންފަތަށް ވެރިވެފައިވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ.

 

“ޒީކް…. މަގޭ ޒީކް…. ޒީކް އައީ ދޯ…. އަހަރެން ވަރަށް އުފާވެއްޖެ….. ވަރަށް ވަރަށް އުފާވެއްޖެ….. އަޅެ ޒީކް……” އެ މީހާގެ އަތު މުލައްދަނޑީގައި ހިފަހައްޓާލައިގެންހުރެ، އަނެއް އަތުން ލޯ ފުހެލަމުން މިޝްޔާ ހިނިތުންވެލިއެވެ. މިޝްޔާ ދެއްކި ވާހަކަތަކުގެ ސަބަބުން، އެ މީހާއަށް މިޝްޔާއާއި ދިމާއަށް ބަލާލެވުނީ، ސުވާލުގެ ނަޒަރަކުންނެވެ.

 

“މާފުކުރޭ…. އަހަންނަށް ހީވަނީ ތި ކުއްޖާއަށް އޮޅިގެންހެން ތި އުޅެނީ….؟؟؟ އަހަންނަށް ކިޔަނީ ރާހިލް…. ޒީކްއެއް ނޫން….” މިޝްޔާގެ ބޮޑު ދެ ލޮލަށް ބަލާލަމުން ރާހިލް ލަސްލަހުން ބުނެލިއެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި މިޝްޔާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައިރު، ދެ ފަރާތަށް ބޯ ހޫރާލެވުނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. ރާހިލް އެހެން ބުނުމުން، ޝިއުރީވެސް ހުރީ، ޤަބޫލުކުރަން ދަތިވެފައެވެ. ވާނީވެސް އެހެންތާއެވެ. ޒިކާނާއި، ރާހިލް، އެހާވެސް ވައްތަރެވެ. ދެ މީހުންގެ އެ ހުންނަނީ ގާތްގަނޑަކަށް ހަމަ އެއް އިސްކޮޅެވެ. ހަމުގެ ކުލަވެސް އެއްގޮތެވެ. މޫނުތޯއެވެ. ލޮލާއި ނޭފަތާއި ތުންފަތުގައިވެސް ތަފާތުކަމެއް ނެތެވެ. މޫނުގެ ބައްޓަންވެސް އެއްގޮތެވެ. ހަމައެކަނި ހުރި، ތަފާތަކީ ޒިކާނަށްވުރެ ރާހިލްގެ ހަށިގަނޑު ވަރުގަދަވެފައި ފުޅާކަމެވެ. އެ ނޫންނަމަ އެއީ ހަމަ ހުރިގޮތަށް ހުރި ޒިކާންގެ ކޮޕީއެކެވެ. ދުނިޔޭގައި އެއްވައްތަރުޖަހާ، ހަތް މީހުން ތިބެއޭ ބުނާ އަޑު ޝިއުރީވެސް ވަނީ އަހާފައެވެ. އެހެނަސް، އަދި މިހާ ވައްތަރު ދެ މީހުން، މުޅި އުމުރުގައިވެސް އޭނާއަށް މި ފެނުނީ އަދި އަލަށްށެވެ. ޒިކާނާއި، ރާހިލްގެ ސިފަ އެއްގޮތްވުމުގެ އިތުރުން، ޝިއުރީއަށް އެންމެ ހައިރާންކަން ގެނުވީ، ރާހިލްގެ އަޑުންނެވެ. އެ އަޑު އިވުމުން ހީވަނީ ހަމަ ޒިކާން، ވާހަކަ ދައްކަނީހެންނެވެ.

 

“ނުވާނެ ތިހެނެއް…. ޒީކް ސަމާސަ ކުރަނީ ދޯ….. އަހަރެން ޤަބޫލެއް ނުކުރާނަން…. ތީ ހަމަ ޒީކް… ޒީކްގެ އަޑު… ޒީކްގެ މޫނު.. ޒީކްގެ ހަށިގަނޑު…. ޒީކްގެ…..” ވާހަކަ ދައްކަމުންދިޔަ މިޝްޔާއަށް ހުއްޓާލެވުނީ، އޭނާގެ ހިތަށް އަސަރުކުރިވަރުންނެވެ. އުއްމީދު ގެއްލިފައި ހުއްޓައި، އުއްމީދުގެ ހުޅުކޮޅު ރޯވެ، ނިވެން އުޅޭހެން ހީވާންފެށުމުން، ހިތަށް ކެތްނުވީއެވެ.

 

“އަހަންނަކަށް ނޭނގެ ދެން ޔަޤީންކޮށްދޭނެ ގޮތެއް…. އަހަރެން މިރަށަށް މި އައީ އަދި އަލަށް…… ވެދާނެ އަހަންނާ ތިބުނާ ޒީކްއަކާ ވައްތަރީކަމަށް… އެކަމަކު އަހަންނަކީ ޒީކްއެއް ނޫން…. ޤަބޫލުކުރޭ…..” ރާހިލް މި ފަހަރުވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ. ކުރިމަތީގައި ހުރެ ރޮމުން ދިޔަ މިޝްޔާއަށް އޭނާގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ. މިޝްޔާ، ދެ ފަރާތަށް ބޯ ހޫރާލީ އަނގައިން ނުބުނެވުމުންނެވެ. އޭރުވެސް އޭނާގެ ދެ ލޮލުން ކަރުނަ ހުސްނުވެއެވެ.

 

“އަހަރެން މީ އެ ބުނާ ޒީކްއެއް ނޫން….. މި ކުއްޖާއަށް ވިސްނައިދީ….” މިޝްޔާ ޤަބޫލުނުކުރާނެކަން އެނގުމުން، އޭނާގެ ގާތުގައި ހުރި ޝިއުރީއަށް ބަލާލަމުން ރާހިލް ބުނެލިއެވެ.

 

“އަހަރެން ކިހިނެއް ވިސްނައިދޭނީ…. އަހަންނަށްވެސް ޝައްކު، ތީ ޒީކް ކަމަށް…. ޒީކްއާއި އެއްވެސް ތަފާތެއް ނެތް….” ޝިއުރީއަށްވެސް ބުރަވެވުނީ އޭނާގެ ހިތާއި އެއްކޮޅަށެވެ. ހިތުގެ ކަނަކުން ބުނަމުން ދިޔައީ އެއީ ޒީކް ކަމަށެވެ. ޝިއުރީގެ ޖަވާބު އިވިފައި، ރާހިލްގެ މޫނުމަތިން ފެނިގެން ދިޔައީ ނުތަނަވަސްކަމެވެ.

 

“ރާހިލް……” ފަހަތުން، ރާހިލްގެ ނަމުން މީހަކު ގޮވާލިއަޑު އިވުމުން، ރާހިލްގެ އިތުރުން ޝިއުރީމެންވެސް ބަލާލިއެވެ. އޭރު، ޕޮލިސް ޔުނިފޯމް ލައިގެން ހުރި ޒިއާދު އެ ދިމާއަށް އަންނަތަން ފެނެއެވެ.

 

“ތަންކޮޅެއް ލަސްވެއްޖެ ދޯ…. އަންނަން އުޅެނިކޮށް ކުޑަ ކަމެއް ދިމާވީ…..” އެ މީހުންގެ ގާތަށް އައިސް މަޑުކޮށްލި ޒިއާދު ބުނެލިއެވެ. މިޝްޔާމެންނަށް ބަލާލެވުނީ ރާހިލްގެ މޫނަށެވެ. ޒިއާދަށް ހިނިތުންވެލަމުން ރާހިލް ބޯ ޖަހާލިއެވެ.

 

“ރާހިލް ބުނީމެއްނު މީ މި ރަށަށް އަންނަ ފުރަތަމަ ފަހަރޭ….. އަނެއްކާ، އެކުވެރިއެއް ނުހުންނާނެއޭ ބުނި ހަނދާނެއްވެސް ވޭ…. ދެން މީ ކޮންކަމެއް….” މިޝްޔާމެންނަށް އިޝާރާތްކޮށްލަމުން، މަޖާވެފައި ހުރެ ޒިއާދު ބުނެލިއެވެ.  ޒިއާދު އެހެން ބުނުމުން ރާހިލަށް ބަލާލެވުނީ މިޝްޔާމެންނަށެވެ. އޭރު މިޝްޔާވެސް ހުރީ ރާހިލަށް ބަލަހައްޓައިގެންނެވެ. ރުއިން ހުއްޓާލާފައި ވީނަމަވެސް، އެ ދެ ލޮލުން، ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

 

“އަހަރެން މިރަށަށް މި އައީ އަދި އަލަށް…. ކުރިންވެސް ބުނިހެން، މި ރަށުގައި އަހަރެންގެ އެކުވެރިއެއް ނުހުންނާނެ….. މި ކުދިން ދަންނަ މީހަކާ، އަހަރެން ވައްތަރުވީމަ، އެ މީހާ ކަމަށް ހީކޮށް އަހަންނާއި ވާހަކަދެއްކުނީ ދޯ….. ދުނިޔޭގައި އެއްވައްތަރު މީހުން އުޅެންޏާ އެކަހަލަ ކަންތައްވެސް ވާނެ….. މާތްﷲ އިރާދަކުރެއްވިއްޔާ، ތި ކުދިން ނައިސްގެން ތި އުޅޭ މީހަކު އަދި އަންނާނެ…. …..” މިޝްޔާމެންނަށް ހިނިތުންވެލަމުން، ރާހިލް ވާހަކަ ދެއްކީ ހިތްހެޔޮކަމާއި އެކީގައެވެ. ދުލުން ބަހެއް ނުބުނެވުނުތާ، ބޯ ޖަހާލަންވެސް ނޭނގިފައި ދެ ކުދިންނަށް ތިވެބުނީ ރާހިލަށް ބަލަހައްޓައިގެންނެވެ. ރާހިލްގެ ދުލުން ނުކުތް ކޮންމެ ލަފްޒަކާއިއެކު، މިޝްޔާގެ ހިތަށް ކުރަމުންދިޔަ އަސަރު ދިޔައީ ފުންވެގެންނެވެ. ޝިއުރީވެސް ހުރީ ހައިރާންވެ، އަންތަރީސްވެފައެވެ.

 

“ޒިއާދު….. ހިނގާ ދާން…..” މިޝްޔާމެން އަނގައިން ނުބުނުމުން، ޒިއާދަށް ބަލާލަމުން ރާހިލް ބުނެލިއެވެ. ޒިއާދު ބޯ ޖަހާލުމަށްފަހު، ރާހިލް ދިއްކޮށްލި ދަބަސް ހިފައިގެން ހިނގައިގަތުމުން، އޭނާގެ ފަހަތުން ރާހިލްވެސް ދިޔައެވެ. އެ މީހުން ދާތަން ބަލަން ދެ ކުދިންނަށް ތިބެވުނީ، ހިނގާދިޔަ ކަންތައް ޤަބޫލުކުރަން ދަތިވެފައެވެ. ވަކި ހިސާބަކަށް ގޮސްފައި ރާހިލް ފަސް އެނބުރި ބަލާލުމުން މިޝްޔާއަށް ކެތްކުރެވުނީ އެހިސާބަށެވެ. ދެފަޔަށް ލެވުންހާ ބާރެއް ލާފައި އޭނާ އުޅުނީ ރާހިލްމެންނާއި ދިމާއަށް ދުއްވައިގަންނާށެވެ. އެހެނަސް، ކުރިއަށް ދެވޭގޮތް ނުވީ، ޝިއުރީ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

 

“ޝިއު…. ޕްލީޒް… އަހަރެން ދިޔަ ދީ… އެއީ ޒީކް އޭ… އޭނަ އެއުޅެނީ އަހަރެން ތަޅުވަންވެގެން… ޝިއު ޕްލީޒް…. އަހަރެން އަތުން ދޫކޮށްލާ…..” ރޮވިފައި ހުރެ މިޝްޔާ، ޝިއުރީގެ ގާތުގައި އާދޭސްކުރަން ފެށިއެވެ.

 

“އަހަންނަށްވެސް ޝައްކުވޭ އެއީ ޒީކް ކަމަށް…. އެކަމަކު، މީ އަދި ރަނގަޅު ވަގުތެއް ނޫން…. އަހަރެމެންނަށް ފަހުންވެސް ޔަޤީން ކުރެވިދާނެ އެއީ ޒީކްތޯ ނޫނީ ރާހިލްތޯ….؟؟؟ އިހަށް ހިނގާ ލަކްޝްމީ ގޮވައިގެން ގެއަށް ދާން….. އެ ހުރީ ކަންނޭނގެ ލަކްޝްމީއަކީ…. އޭނައަށްވެސް ލަސްވާނެއެއްނު……” ދުރުގައި ހުރި ބިދޭސީ އަންހެނަކު ދައްކާލަމުން ޝިއުރީ ވާހަކަ ދެއްކީ މިޝްޔާއަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އެ ވާހަކަތައް ޤަބޫލުކޮށް މިޝްޔާ، ޝިއުރީއާއިއެކު، ލަކްޝްމީ ހުރި ދިމާއަށް ދަމުން، އަދި އެއްފަހަރު ރާހިލަށް ބަލާލިއެވެ. އެ ވަގުތު އަނެއް މަގަށް ލަނބާލަން ދިޔަ ރާހިލަށްވެސް މިޝްޔާއާއި ދިމާއަށް ބަލާލެވުމުން، މިޝްޔާގެ ހިތުގައި އުފެދިފައިވާ ޝައްކު އިތުރަށް ވަރުގަދަވިއެވެ.

********************

 

“ގެއަށް އާދެވިއްޖެ ދޯ….” މިޝްޔާމެންގެ ގޭގައި އިރުކޮޅަކު، މަޑުކޮށްލުމަށްފަހު، ގެއަށް އައި ޝިއުރީއަށް ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ، ސަޖާޔާގެ ނަފްރަތާއިއެވެ. އިސްޖަހާލެވުނީ، ސަޖާޔާގެ ރުޅިއައިސްފައިވާ މޫނަށް ބަލަން ޖެހިލުންވުމުންނެވެ.

 

“އަހަރެން، މިއަދު ހެދިކާ ކޮޅެއް ހަދައިދޭށޭ ބުނީމަ ދޯ ގެއަށް ނުވެދެ ތި އުޅެނީ…. ކަންނެތްވިޔަސް ތީ ދެން ބޮޑުވަރު…. އަހަރެން ކަމަކު ބުނެފިއްޔާ، ޖެއްސުން ކޮށްނުލާ މީނާއަށް ހަމަ ނޭވާވެސް ނުލެވޭހެން ހީވަނީ….” ސަޖާޔާ އާދައިގެ މަތިން ފަތިވަރު އަމުނާލިއެވެ. އިސްޖަހާލި ގޮތަށް ޝިއުރީ ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ.

 

“މަންމާ ތީ ދެން ކޮންކަމެއް….؟؟؟؟ ޝިއު ހަމަ ގެއަށް ނައިސްގެންދޯ މަންމަ ތި ހުންނަނީ… ޝިއުއާއި ދިމާއަށް ތިހާވަރަށް އެއްޗެހި ނުކިޔާބަލަ…. އޭނަވެސް ދެރަވާނެއެއްނު އަބަދު ތިހެން އެއްޗެހި ކިޔަންޏާ…..” ސަޖާޔާގެ އިތުރުން ޝިއުރީއަށްވެސް ސިހުން ގެނުވީ މުޅި ޢުމުރުގައިވެސް ފުރަތަމަ ފަހަރަށް، އޭނާގެ ދިފާޢުގައި ޝައިމަން ވާހަކަ ދެއްކުމުންނެވެ. ދެ ލޯ ބޮޑުކޮށްލަމުން ޝައިމަނަށް ބަލާލެވުނީވެސް އެހެންވެއެވެ.

 

“ދަރިފުޅު ކޮންއިރަކު މަންމައާއި ދެ ކޮޅަށް ވާހަކަ ދައްކަން ދަސްކުރީ…. އެހެންނޫނަސް، އޭނަ ގާތު ކަމަކު ބުންޏަސް ކުރެވޭ ކަމަކަށް ނަހަދާނެ…. އެވަރުންވެސް އަހަރެން ވީ އެއްޗެކޭ ނުބުނެ މަޑުން ހުންނަންތަ…؟؟؟ ޝައިމަން އެ ގޮތަށް ވާހަކަ ދެއްކުމުން ސަޖާޔާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

 

“އަހަރެން މަންމައާއި ދެކޮޅަށް ވާހަކަ ދައްކަނީއެއް ނޫނޭ… އަހަރެން މި ބަލަނީ މަންމައަށް ވިސްނައިދެވޭތޯ…. މަންމާ…. ޝިއުވެސް އެއީ އަހަރެމެންހެން ހަމަ މަންމަގެ ދަރިއެއްނު…. ދެން ކީއްވެތަ އަހަރެމެންނާ އޭނައާ ތަފާތު ކުރަންވީ….؟؟؟ މަންމަ ތި ގޮތަށް ކަންތައް ކުރަންޏާ، އޭނަވެސް ދެރަވާނެއެއްނު…. ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއް…..  މަންމަ ޝިއުއާއި ދޭތެރޭ އެ ގޮތަށް ކަންތައް ކުރާތީ، އަހަރެން ވަރަށް ދެރަވޭ….. އެކަމަކު، މަންމަ ވީމަ، އަހަރެން މަންމައަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން އެއްޗެކޭ ބުނަން ނުކެރެނީ…. އެކަމަކު، އެއީ އަދި ރަނގަޅުގޮތެއް ނޫންކަން އަހަރެންނަށް ވިސްނިއްޖެ…. މަންމައެއްކަމަކު ގޯސްކޮށް ކަމެއް ކުރަންޏާ، ރަނގަޅުކުރުމަށް ބުނުމުގެ ޙައްޤު ދަރިންނަށް ލިބިގެންވޭ…. އެހެންވެ އަހަރެން އެހެން މި ބުނަނީ…. މަންމަ އަބަދު ގޭތެރޭގެ މަސައްކަތްތައްވެސް ތި ކުރުވަނީ ޝިއު ލައްވާ…. ދުވަހަކުވެސް ޝަނާ ގާތު ބުނިންތަ ކަމެއް ކުރަން…. ޝިއު އެއީ އަދި ކިޔަވާ ކުއްޖާ…. އެހެންވީމަ، ލުއި ދޭންޖެހޭނީ އޭނާއަކަށްނު…. އެކަމަކު މަންމަ ޝަނާ ގާތު މަސައްކަތެއް ކުރަން ނުބުނާތާނގައި، ރިފޫ ގާތުވެސް ކަމެއްކުރާކަށް ނުބުނެ…. ހުރިހާ ކަމެއް ތި ކުރުވަނީ ޝިއު ލައްވާ….. އެހެން ހަދާކަށް ނުވާނެއެއްނު، މަންމާ…..” ޝައިމަން މި ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އެކަކުވެސް އަނގައަކުން ނުބުނެއެވެ. އެހެނަސް، ސަޖާޔާގެ ނަފްރަތުން ފުރިގެންވީ ނަޒަރު، ޝިއުރީއަށް ސީދާވެފައިވުމުން އޭނާގެ ދެ ލޯ ފެންކަޅިވިއެވެ. އިސްޖަހާލިވަގުތު، ސިހިފައި ޝިއުރީއަށް އިސް އުފުލާލެވުނީ، ޝައިމަން އޭނާގެ ބޮލުގައި ލޯބިން ފިރުމާލުމުންނެވެ. ދެ ކުދިންގެ ހަތަރުކަޅި ބައްދަލްވިހިނދު ޝިއުރީގެ ދެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތީ، ޝައިމަންގެ ފަރާތުން ލިބިގެން ދިޔަ ޙިމާޔަތުގެ ސަބަބުން ކަރުނަތައް ހިފެހެއްޓުމަށް ނުކުޅެދުމުންނެވެ. އެފަދަ ޙިމާޔަތަކަށް، އޭނާ ބޭނުންވެފައިވާތާ، ކިހާ ދުވަހެއް ވެއްޖެހެއްޔެވެ.؟ އެހެނަސް، އުމުރުން ނަވާރަ އަހަރުވީއިރު، އެފަދަ ޙިމާޔަތެއް ފުރަތަމަ ފަހަރަށް ލިބުމުން އިޙްސާސްތައް ހިފަހައްޓަން އުނދަގޫވީއެވެ. ޝިއުރީގެ ދެ ލޮލުން އައިސްފައިވާ ކަރުނަތައް ޝައިމަން، ލޯތްބާއިއެކު ފުހެލައިދިނެވެ. އަދި އޭނާ ގެނެސް މޭގައި ޖައްސާލަމުން ރުއިން ހުއްޓާލުމަށް އެދުނެވެ.

 

“މަންމާ…. ފެށެން މި އުޅޭ ބޮޑު އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ޝިއު ބޭނުންވާނެ ވަރަށް ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރަން… އެހެންވީމަ، މިއަދުން ފެށިގެން އިމްތިޙާނުތައް ނިމެންދެން ޝިއު ލައްވާ ގޭގެ އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެ… ރިފޫ…. ޝިއުއަށް އެއްވެސް މަސައްކަތެއް ނުޖައްސާތި…!!! ރިފޫ ޖެހޭނެ ގޭގެ މަސައްކަތްތައް ކުރަން…..” ޝައިމަން މިހެން ބުނުމުން ރިފްގާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޝިއުރީވެސް ޝައިމަންއާއި ދުރަށް ޖެހިލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. އެހެނަސް، އޭނާއަށް އިސް އުފުލާ، އެއްވެސް މީހަކާއި ހަތަރުކަޅި ހަމަކޮށްލާކަށް ނުކެރުނެވެ.

 

“ޝަނާ ވެސް ޖެހޭނެ ރިފޫއަށް އެހީވާނ….” ކޮޓަރީގެ ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރި ޝަނާޔާއަށް ބަލާލަމުން ޝައިމަން ބުނެލިއެވެ. ފާޑަކަށް ހުރެފައި ބޯ ޖަހާލަމުން އޭނާ ވަނީ ކޮޓަރިއަށްށެވެ. ހިތްހަމަ ނުޖެހިފައި ހުރި ސަޖާޔާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން އެތަނުން ނުކުމެގެން ދިޔައެވެ.

 

“މަންމައާއި ދޭތެރޭ އެހާ ބޮޑަށް ނުވިސްނާ… މާތްﷲ އިރާދަކުރެއްވިއްޔާ މަންމައަށް އަދި ވިސްނޭނެ…. ފަހު އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބޭތޯ، ވަރަށް މަސައްކަތްކުރަންވާނެ އެނގޭ…. ބޭކާރު ކަންތައްތައް މަތިން ހަނދާން ނައްތާލާ….. ވަގުތު ޖެހޭއިރަށް ނަމާދުކޮށް، ބަރާބަރަށް ޤުރްއާން ކިޔަވާ، އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބޭތޯ މަސައްކަތްކުރޭ…. ކަމަކު ބޭނުންވެއްޖެއްޔާ ދޮންބެގާތު ބުނާތި…. ދެން ދޭ ނަމާދުކޮށްގެން ފިލާވަޅު ކިޔަން…..” ޝިއުރީގެ ބޮލުގައި ފިރުމާލަމުން ޝައިމަން ބުނެލިއެވެ. ބޯ ޖަހާލަމުން ޝިއުރީ ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.

 

“މިހާރު އެބަޖަހާ ޒިންމާދާރު ބޭބެއެއް ވައްތަރު…..” އެތަނުން އެންމެން ދިއުމުން، ޝައިމަންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ރިފްގާ ބުނެލިއެވެ. ޝައިމަންވެސް ލުއިގޮތަކަށް ހީލަމުން އިތުރަށް ރިފްގާ އޭނާއާއި ގާތްކޮށްލިއެވެ. ރިފްގާ މެދުވެރި ކުރުވައިގެންނަމަވެސް، އޭނާގެ ލޯ ހުޅުވައިދިނީތީ، ޝައިމަން، ހިތާހިތުން މާތްﷲ ގެ ޙަޟްރަތަށް ޝުކުރުވެރިވިއެވެ.

********************

 

“މިޝް…. މެންދުރުގެ އެންމެ އަވިގަދަ ގަޑީގައި މިތަނަށް އަންނާށޭ ތި ބުނީ، އަނެއްކާ ބޮޑު ކަމެއްވީތަ…؟؟؟؟؟ ދެލޯފުޅާ ހާދަހާ ހޫނުގަދައޭ….” ރަށުގެ ދެކުނުފަރާތުގައި ހުންނަ ބޮޑު ނިކަގަސްދޮށުގައި މަޑުކޮށްލި އިޔާޒް، އޭނާގެ ގަމީސް، ގަޔާއި ދުރުކޮށްލުމަށްފަހު، ތަޅުވާލީ ގައިގައި ތަތްލަވާފައި އޮތުމުންނެވެ.  އޭނާ ހީވަނީ ގަޔަށް ފެންއަޅައިގެން އައިސް ހުރިހެންނެވެ. ގަމީހުގެ ބޮޑުބައެއް ވަނީ ހޫނު ގަދަކަމުން ތެމި ފޯވެފައެވެ.

 

“އަހަރެން ވަރަށް ބޮޑުކަމަކު ކިޔަން….” އިޔާޒްގެ ޙަރަކާތްތަކަށް ބަލަން ހުރެފައި މިޝްޔާ ބުނެލިއެވެ.

 

“އަނެއްކާ ކޮން ކޮންކަހަލަ ކަމަކު ކިޔަން ތި އުޅެނީ…. ހެހެހެ….. މިޝް ވިއްޔަ…. އަހަންނަށް ކުރެވޭވަރުގެ ކަމެއް ވިއްޔާ ހަމަގައިމުވެސް ކޮށްދޭނަން…. މެންދުރުގެ އެންމެ ހޫނުގަދަ ގަޑީގައި މި ތަނަށް އަންނާށޭ ބުނާނީ ޔަޤީނުންވެސް ވަރަށް ބޮޑު ކަމަކު ކިޔަންހެން ހީވަނީ…..” މިޝްޔާގެ މޫނުމަތީގެ ކުލަވަރުތަކުން ދައްކަން އެ އުޅެނީ ބޮޑު ވާހަކައެއްހެން ހީވުމުން، އިޔާޒްގެ ހިތުގައި، މިޝްޔާ ދައްކަން އުޅޭ ވާހަކައެއް އަޑު އަހާލުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ. މިޝްޔާ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކޮށް، މިއަދު ބަނދަރުމަތީ ހިނގި ހާދިސާ އިޔާޒަށް ކިޔައިދިނެވެ.

 

“އަސްލުވެސްތަ….؟؟؟ ހަމަ އެހާ ވައްތަރުތަ….؟؟؟ އެހެންވިއްޔާ ތިވާނީ ހަމަ ޒީކަށް…. އަހަރެންވަރު ނުވިޔަސް ނިކަން ލާނެއް ސޮރެއް އެއީ….. ތިވާނީ އޭނަ ސަމާސަ ކުރަނީ ކަމަށް…..” މިޝްޔާ އެ ވާހަކަތައް ކިޔައިދިނުމުން، މަޖާވެލާފައި އިޔާޒް ބުނެލިއެވެ.

 

“އަހަންނަށްވެސް އެނގޭ ޒީކްއަކީ ސަމާސަ ބޮޑު މީހެއްކަން…. އެކަމަކު، މިއަދު އޭނަ ހުރީ ވަރަށް ސީރިއަސްކޮށް… އަހަރެމެންނަށް ބަލަން ހުރި ގޮތުން ބައެއް ފަހަރު ހީވެ، އޭނައަށް އަހަރެމެން ނޭނގޭހެންވެސް… ދެން ނޭނގެ….. އެކަމަކު އަހަރެންގެ ހިތް ބުނަނީ އެއީ ހަމަ ޒީކް އޭ….. އަޅެ، އޭނައަށް ފާރަލައިގެން ނަމަވެސް އޭނާގެ ޙަޤީގަތް ހޯދައިދީބަލަ…. އަހަންނަކަށް ނުވިސްނުނު، މި ކަމުގައި އެހީއަށް އެދޭނީ ކާކުގެ ފަރާތުންކަމެއްވެސް…. ދޮންބެވެސް އުޅެނީ ވަރަށް ބުރަކޮށް…. ދޮންބެއަށް އުނދަގޫ ކުރާހިތެއް ނެތް…. އެހެން ނޫނަސް، އެންމެ ފަސޭހައިން މިކަން ވާނީވެސް އިޔާއަށްހެން ހީވާތީ، އިޔާގެ ގާތަށް މިއައީ…..” އަތުގެ އިނގިލިތަކާ ކުޅެލަމުން، މިޝްޔާ ބުނެލިއެވެ. އޭނާގެ ޙަރަކާތްތަކުންވެސް ހިތް އަވަސްވެފައި ހުރިވަރު ހާމަކޮށްދެއެވެ.

 

“ވަރަށް ބަރާބަރު…. މިޝްއަށްވެސް އެނގެއޭ ދޯ އަހަރެން މޮޅުކަން…. ހާސްނުވޭ…. އަހަރެން އޭނާގެ ޙަޤީގަތް ހޯދުމުގެ މަސައްކަތް ހަމަ މިއަދު ފަށާނަން…” ގަމީހުގެ ގިރުއާން ކޮޅަށްޖަހާލަމުން، ފޮނިވެލާފައި އިޔާޒް ބުނެލިއެވެ. އިޔާޒް މި ކުރިކަމަކުން، ކިތަންމެ ހާސްވެފައި ހުރިނަމަވެސް މިޝްޔާގެ ގާތަށް ހިނިއައެވެ.

 

“އެކަމަކު، އެންމެ ފުރަތަމަ ޖެހޭނީ ތިބުނާ ރާހިލެއް ހޯދާކަންނު…..” ކުޑަކޮށް ބޯ ކަހާލަމުން އިޔާޒް، މިހެން ބުނެލީ ކުއްލިއަކަށް އެކަން ހަނދާންވުމުންނެވެ.

 

“ހަމަ ތިހެން ނުބުނެގެން ކަންނޭނގެ…. އޭނަ އެބައާދެ އިޔާގެ ފަހަތުން…..” ކުޑަ ގޯޅިއަކުން އެ މަގަށް ލަނބާލި ރާހިލާއި، ޒިއާދު ފެނުމުން މިޝްޔާ މަޑުމަޑުން ބުނެލިއެވެ. އިޔާޒް ފަހަތަށް އެނބުރި ބަލާލީ ރާހިލް ދެކެލުމަށެވެ. ރާހިލް ފެނުމާއިއެކު، އޭނާއަށްވެސް ދެ ލޯ ބޮޑުކޮށްގެން ބަލަން ހުރެވުނީ ޒިކާނާއި ވައްތަރުކަމުންނެވެ.

 

“މިޝް ތި އުޅެނީ ކޮންކަމަކާ ޝައްކުވެގެން… އަހަންނަށް ހަމަ ޔަޤީން އެއީ ޒީކްކަން…..” އިރުކޮޅަކު ހައިރާންވެ، އަނގަހުޅުވިފައި ހުރިނަމަވެސް ވަރަށް ހަމަޖެހިލަމުން، މަޖާވެލާފައި އިޔާޒް ބުނެލިއެވެ.

 

“އިޔާ ޕްލީޒް…. މީ ސަމާސާ ކުރާ ކަހަލަ ވަގުތެއް ނޫން…..  ބަލާބަލަ… އޭނަ އެ ހުރީވެސް ޕޮލިސް ޔުނިފޯމްގަ…” އެވަގުތުވެސް އިޔާޒް މަޖާވެލުމުން މިޝްޔާއަށް ކަމަކު ނުދިޔައެވެ.

 

“އޯކޭ…. އަހަރެން މިވަގުތު ސަމާސައެއް ނުކުރާނަން…. އަސްލުވެސް ދޯ…. އެއީ ޒީކްނަމަ ކީއްވެ ޕޮލިސް ޔުނިފޯމްގަ ހުންނަންވީ…؟؟؟؟ އެކަމަކު ހާދަހާ ވައްތަރޭ ދޯ…. ހިނގުމުގައިވެސް އެއްވެސް ތަފާތެއް ނެތް….. އެކަމަކު، އެންމެ ފަހުން ޒީކް ރަށަށް އައިއްސަ ދިޔައިރު ހުރިވަރަށްވުރެ، ހަށިގަނޑު ވަރުގަދަ ދޯ…. ހީވަނީ ހަމަ ކުރީގެ ޒީކްހެން… އެކަމަކު ޕޮލިސް ޔުނިފޯމްގަ ހުރެފައި، މިޝްމެން ފެނުނީމަ ދަންނަކަމަށްވެސް ނުހެދީމަ ދޯ….. އަހަންނަކަށްވެސް ނޭނގެ މިހާރު ގޮތެއް ނިންމާކަށް… ބައެއްފަހަރު ހީވެ ޒީކްއެއް ނޫނޭވެސް…. ހުރެބަލަ ޔަޤީންކޮށްލީމަ އެނގޭނީ….” ސަމާސާ ގޮތްގަނޑު އެއްފަރާތްކޮށްލަމުން، އިޔާޒް މިހެން ބުނެލީ،  އެ ދިމާއަށް ހިނގާފައި އައި ރާހިލްމެންނަށް ބަލާލަމުންނެވެ. ރާހިލް އެ މަގަށް އެޅީއްސުރެ، މިޝްޔާގެ ނަޒަރު، ރާހިލް ނޫން އެހެން ދިމާއަކަށް ނުދެއެވެ. އިރުއިރުކޮޅާ ރާހިލް، މިޝްޔާއަށް ބަލާލާކަންވެސް އޭނާއަށް ފާހަގަ ކުރެވުނީ އެހެންވެއެވެ.

********************

 

“ރާހިލް ހާދަ ކާމިޔާބޭ ދޯ….” މިޝްޔާމެން ފަސްދީ ދިއުމުން ޒިއާދު ބުނެލިއެވެ.

“އެއީ ކީއްވެ… އަހަރެން ކާމިޔާބޭ ތި ބުނީ….؟؟؟؟” ޒިއާދު އެހެން ބުނުމުން ރާހިލްގެ ގާތަށް ހިނިއައެވެ.

“އަދި ތި އުޅެނީ މިރަށަށް ފޭބިތާ ސައްވީސް ގަޑިއިރު ހަމަ ނުވެ….. އެހާ އަވަހަށް އަންހެން ކުދިންގެ ނަޒަރުތައް ސީދާވާން ފަށައިފި… ގައިމު އަހަރެންވެސް މިރަށަށް އައިފަހުން މިހާރު އެއްމަސްވެއްޖެ…. އެކަމަކު، އެކަހަލަ ތޫނު ނަޒަރުން އަހަންނަށް ބަލާލާނެ ކުއްޖަކު ނުވޭ…. އެއީ، ބަނދަރުމަތީގަވެސް ރާހިލްގެ ގާތުގައި ތިބި ދެ ކުދިންގެ ތެރެއިން ކުއްޖެއް ދޯ….. އަނެއްކާ ތި ދެމީހުން ކުރިންވެސް ކަމެއްތަ….؟؟؟؟” ފަސް އެނބުރި މިޝްޔާއަށް ބަލާލަމުން، ޒިއާދު މިހެން ބުނުމުން ރާހިލް ލުއިގޮތަކަށް ހީލިއެވެ. އެހެނަސް އޭނާ ޒިއާދުގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.

********************

 

ޔަލްވީއަށް ފާރަލަމުންދާ، ގޮތް ނޭނގޭ ޒުވާނާގެ ސަބަބުން ޝައުންގެ ހިތަށް ނުތަނަވަސްކަން ވެރިވެފައިވެއެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު، ދެން ލިބޭ ހުސް ވަގުތުތައް އޭނާ ހޭދަކުރަނީ ޔަލްވީމެންގޭ ދޮށުގައެވެ. ޔަލްވީއަށް ނުރައްކާތެރިކަމެއް ކުރިމަތިވެދާނެތީ، އެހެން މީހަކަށް ޝައްކު ނުވާނެހެން، ފާރަވެރިވެގެން ހުންނަނީއެވެ.

 

އާދައިގެ މަތިން މިއަދުވެސް ހަވީރުގެ ހިތްފަސޭހަ ވަގުތު، ޔަލްވީގެ އެކުވެރިންނާއިއެކު، އޭނާ ހިނގާލަން ދާން ނުކުތުމުން ޝައުން އެމީހުނަށް ފާރަލަމުން ފަހަތަށް ދިޔައެވެ. އެ ކުދިން ހިނގަމުން ދިޔައީ، ރަށް ބޮޑުކުރުމަށް ހިއްކާފައިވާ ޞަރަޙައްދަށެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު އެ ސަރަޙައްދުން، އެ ކުދިން ފިޔަވައި އިތުރު ބަޔަކު ފެންނާކަށް ނެތެވެ. ހަތަރު ކުދިން އެކުގައި ހިނގާފައި ދިޔަނަމަވެސް ޔަލްވީ ހުއްޓުނީ، އެތާ ހުރި ގަހެއްގައި އަޅާފައި އިން ދަނބުކުލައިގެ ކުޑަކުޑަ މަލެއް ފެނުމުންނެވެ. އޮލަ ވާހަކައިގައި ތިބި އޭނާގެ އެކުވެރިންނަށް އޭނާ މަޑުކުރިކަމެއް ނޭގެއެވެ. އެހެންކަމުން އެ ކުދިން އެ ތިބިގޮތަށް ކުރިއަށް ދިޔައެވެ. ޔަލްވީ ގުދުވެލަމުން އެ ގަހުގައި އަޅާފައި އިން މާ ބިނދެލިއެވެ. އިއްތިފާގުން ޔަލްވީއަށް މަޑުކޮށްލެވުނީ، އެހިސާބުގައި ހަދަން ފަށާފައިހުރި ހައުސިންގ ޔުނިޓްތައް ހުރި ދިމާލުގައެވެ.

 

ކުއްލިއަކަށް އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައީ، މީހަކު އޭނާގެ އަނގަމަތީ އަތް އެޅުމުންނެވެ. ވިސްނާލާނެ ފުރުޞަތެއް ނުލިބި އުޅެނިކޮށް، އެ މީހަކު ގަދަކަމުން އޭނާ ގެންގޮސް ވެއްދީ ހަދަން ފަށާފައި ހުރި ހައުސިންގ ޔުނިޓްތަކަށެވެ. ޔަލްވީއަށް ފާރަލާން ދުރުގައި ފިލާ އޮތް ޝައުނަށް މި މަންޒަރު ފެނުމުން ދުއްވައިގަނެވުނުގޮތްވެސް ނޭނގުނެވެ.

 

ހައުސިންގ ޔުނިޓްތަކުގެ ތެރެއަށް ވަދެވުމުން، އެ މީހާ، ޔަލްވީ ބިންމައްޗަށް ކޮއްޕާލިއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމުން، ޔަލްވީގެ ހިތް ބާރު ބާރަށް ތެޅެންފެށީ، އޭނާގެ ނުރައްކާތެރި ބެލުންތަކުގެ ސަބަބުންނެވެ. ސަލާމަތަށް އެދި ހަޅޭލަވައިގަތް ވަގުތު، އެ މީހާ ނުލަފާ ވައްތަރަކަށް ހީލަމުން، ބަނޑުހައިވެފައިވާ ސިންގާއެއްހެން ޔަލްވީގެ ގައިމައްޗަށް ޖެހިގަތެވެ.

 

ޝިއުރީމެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޔަލްވީގެ ހަޅޭކުގެ އަޑުންނެވެ. ޔަލްވީ އެތާނގައި ނެތްކަން އެނގުނީވެސް ފަސްއެނބުރި ބަލާލެވުމުންނެވެ. ތިން ކުދިން އެކުގައިކަހަލަ ގޮތަކަށް ހައުސިންގ ޔުނިޓްތަކާއި ދިމާއަށް ދުއްވައިގަތީ، އަޑު އައީ އެދިމާއިން ކަމަށް ވާތީއެވެ.

 

ހައުސިންގ ޔުނިޓްތަކަށް ވަން ޝައުނަށް ފެނުނު މަންޒަރުން، ރުޅިގަދަވެގެން ގޮސް ދެ އަތް މުށްކަވާލެވުނެވެ. ޔަލްވީގެ ގައިމަތީ އެ އޮތީ އޭނާއަށް ފާރަލާ ޒުވާނާއެވެ. ޝައުން، އެ ދިޔަ ބާރުމިނުގައި ގޮސް ޔަލްވީގެ ގައިމަތީ އޮތް މީހާގެ އަތުގައި ހިފައި، ނަގައި ކޮށްޕާލިއެވެ. އޭނާގެ ގާތަށް އައިސްފައިވާ ރުޅިން، އަތުން ފައިން ގޯހެއް ހަދަން ފަސްޖެހޭނެހެންވެސް ހިޔެއް ނުވެއެވެ. އޭނާ  ހުރީ އެހާވެސް ރުޅިގަދަވެފައެވެ.

 

ޝައުން ކޮށްޕާލުމުން އެމީހާގޮސް ޖެހުނީ އެތާ އެއްކޮށްފައިހުރި އޮލަ ގާތަކެއް މައްޗަށެވެ. ޖެހުނުކަމެއް ނޭނގެ ތެދުވެ، ދުއްވައިގަތީ، އެ ތަނުން ސަލާމަތްވުމަށްޓަކައެވެ. އެހެނަސް، އެ މީހާގެ ނަޞީބު ދެރަކަމުން ގޮސް ހުއްޓެވުނީ އެ ތަނަށް ވަންނަން އައި ޝިއުރީމެންގެ ކުރިމައްޗަށެވެ. އެތެރެއަށް ނަޒަރު ހިންގާލުމާއިއެކީ، ތިންކުދިންނަށް ދެ ލޯ ބޮޑުކޮށްލެވުނީ، ފާރު ކައިރީގައި ދެ އަތް މެޔާލާއި ބޮނޑިކޮށްލައިގެން ރޮވިފައި އިން ޔަލްވީ ފެނުމުންނެވެ. އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ވީގޮތް ރޭކާލުމުން ރުޅިއައިސްފައި ތިބެ، އެ މީހާއަށް ނުދެވޭނެހެން ދޮރުމަތި ބައްދާލިއެވެ. މި މަންޒަރު ފެނުމުން ޝައުނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެ ދިޔަގޮތަށް ގޮސް ހިފީ އެ މީހާގެ ޓީޝާޓުގެ ކަރުވަޅުގައެވެ. އެއަށްފަހު، އެ މީހާގެ މޫނުމަތީ ޖެހި ބާރުގަދަ އެތިފަހަރުން، ތަދުވީވަރުން އެމީހާ ވެއްޓުނީ ބިންމައްޗަށެވެ. މި މަންޒަރު ބަލަން ތިބެފައި ޝިއުރީމެން ދިޔައީ ޔަލްވީގެ ގާތަށެވެ.

 

“ހުރި ނުބައިކަން…. އަހަންނަށް އެނގެއޭ ކަލޭ ޔާލްއަށް ފާރަލާތާ ދުވަސްގަނޑެއް ވެއްޖެކަން…. ޝައިމަންމެންގެ ކައިވެނީގެ ޙަފްލާ އޮތް ރޭ، އެ ފަޅުގެއަށް އޭނަ ވެއްދީވެސް ހަމަ ކަލެއެއްނު….. ކަލޭގެ ބުރަކަށީގައި މިހިރަ ލަކުނު އެ ކަމަށް ހެކިވޭ….” އެ މީހާގެ ޓީޝާޓް ގަދަކަމުން މައްޗަށް ކަހާލައިގެންހުރެ، އޭނާގެ ބުރަކަށީގައި ހުރި ލަކުނަށް އިޝާރާތްކުރަމުން، ޝައުން ބުނެލިއެވެ.

 

“ކަލެއަށް ވާނެކަމެއް ތި ވީ….. ދެން ޔާލްގެ ގައިގައި އިނގިލިކުރިވެސް ޖައްސާ ނުލެވޭނެ…. އަހަރެން މި ގުޅަނީ ޕޮލިހުންނަށް…” ޖީބުން ފޯނު ނަގައި ފިއްތަކަށް އޮބަމުން ރުޅިއައިސްފައި ހުރި ޝައުން އިއްވާލިއެވެ.

 

“ޕޮލިހަށް ގުޅާފިއްޔާ އަހަންނާ އެކީ ޝައުންގެ ދައްތައާއި ލޯބިވެރިޔާވެސް ފޮނުވަން ޖެހޭނެ…. ހެޔޮނުވާނެ…. ޕޮލިހަށް ނުގުޅާ…..” ޝައުންގެ އަތުގައި ހިފަހައްޓާލަމުން، އެ މީހާ، ބުނެލި އެއްޗަކުން ޝައުންގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ. އޭނާގެ އަތުގައި އޮތް ފޯނުވެސް ބިން މައްޗަށް ވެއްޓުނެވެ. ޝިއުރީމެންނަށްވެސް އެ މީހާ އެހެން ބުނި އަޑު އިވުމުން، އެ ކުދިންނަށްވެސް އެ މީހާއާއި ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

 

“ކީކޭ ތިބުނީ…..؟؟؟؟” އެމީހާގެ ޓީޝާޓުގެ ކަރުވަޅާއި ދިމާލުން އަތަށް ބޮނޑިކޮށްލުމަށްފަހު، ޝައުން އަހާލީ ވަރަށްވެސް ބާރަށެވެ.

 

“ޝައުނަށް އަހަރެންގެ އަޑު އިވުނީ ހަމަ ރަނގަޅަށް…. އަހަރެން މި ހުރިހާ ކަމެއް މި ކުރަނީ އެ މީހުންގެ ބުނުމަށް…. އެރޭވެސް…. މިއަދުވެސް…. ޤަބޫލުނުކުރަންޏާ މި އޮތީ ހެކި…..” އެ މީހާވެސް އެންމެ ތަންފުކެއްވެސް އަޑު މަޑެއް ނޫނެވެ. ޖީންސްގެ ޖީބުން ފޯނު ނަގައި، އޭގައި ރައްކާ ކޮށްފައި އޮތް ރިކޯޑިންގއެއް އިއްވާލުމުން، ޝައުނަށް އެ މީހާގެ ޓީޝާޓުން ދޫކޮށްލެވުނެވެ. އަދި ހައިރާންވެފައިހުރެ، ޔަލްވީއަށް ބަލާލެވުނެވެ. އެ ރިކޯޑިންގ އަޑު އިވުމުން، ރޮމުން ދިޔަ ޔަލްވީގެ ޙަރަކާތްތަކަށްވެސް ހުއްޓުން އެރިއެވެ. ޝިއުރީމެންވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އީޝާމެން ޔަލްވީދެކެ އެހާ ރުޅިއައިނަމަވެސް، އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް، އެ ކުދިން ހިއެއް ނުކުރެއެވެ.

 

“އަހަރެން ޕޮލިހަށް ގެންގޮއްސިއްޔާ، ހަމަ ޔަޤީނުންވެސް މި ރިކޯޑިންގ ޕޮލިހުންގެ އަތް ދަށުވާނެ….. އޭރުން ދެން ވާނެގޮތް އެނގެއެއްނު…..” ޝައުނަށް ބަލަން ހުރެ އެ މީހާ ބުނެލިއެވެ.

 

“ރިކޯޑިންގައިވެސް އަޑު އިވުނުހެން އަހަރެން ބޭނުންވީ ފައިސާ…. ޔަލްވީއެއް ނޫން…. އަންހެން ކުއްޖެއްގެ އިއްފަތްތެރިކަންވީމަ، އެކަން ނުކޮށްދޭންވެސް އަހަރެން ވަރަށް އުޅުނިން… އެކަމަކު، އެ މީހުން އެހާ ބޮޑު އަގެއް ދޭނަމޭ ބުނީމަ، އަހަރެންގެ މަޖުބޫރީ ޙާލަތަށްޓަކައި އަހަރެން އެއްބަސްވީ…. އަހަންނަށް މާފުކުރޭ….” ޔަލްވީގެ ކުރިމަތީ ހުއްޓިލަމުން، އެ މީހާ މާފަށް އެދުނީ އިސްޖަހާލައިގެން ހުރެއެވެ.

 

“ފައިސާއަށްޓަކައި އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާކަށްވެސް ކަލޭ ފަހެއް ނުޖެހޭ ދޯ… ޗީ… ކަލޭގެ ދައްތައަކަށް ނޫނީ ކޮއްކޮއަކަށް އެފަދަ ކަމެއް ދިމާވެއްޖިއްޔާ ކަލޭ ދެރައެއް ނުވާނެތަ…..؟؟؟؟ ޝައުންގެ ދައްތައާއި، ލޯބިވެރިޔާ ދިފާޢުކުރަން ޝައުން ޕޮލިހަށް ނުގުޅިޔަސް އަހަރެން ގުޅާނަން….” މިހެން ބުނެފައި ޝިއުރީ ފޯން ނެގީ ޕޮލިހަށް ގުޅުމަށެވެ. ނަމަވެސް އެކަން ހުއްޓުވީ ޔަލްވީއެވެ.

“ޝިއު…. މި ކަންތައް ބޮޑު ނުކުރޭ… ރަށުގައި އަޑު ފެތުރޭނީ މާ ގޯސްކޮށް…. ވީ ކަމެއް ވީ… އަހަރެންގެ މަންމައާއި ހަމައަށް އަޑު ގޮސްފިއްޔާ ނޭނގެ މަންމައަށް ވާނެ ގޮތެއްވެސް…. އަހަރެން ބޭނުމެއް ނޫން އިތުރަށް އަހަންނާއި ހެދި މަންމަ ދެރަވެގެން އުޅޭކަށް….” ޝިއުރީގެ މޫނަށް ބަލާލަމުން، ޔަލްވީ، މިހެން ބުނުމުން ޝިއުރީއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ހިތްހަމަ ނުޖެހިގެންނެވެ.

 

“ޔަލްވީ… ޕްލީޒް އަހަންނަށް މާފުކޮށްދީ…. އަހަރެން ދެން އެކަހަލަ ވިޔާނުދާކަމެއް ނުކުރާނަން…” އެ މީހާ އަނެއްކާވެސް ދެރަވެލާފައި މަޢާފަށް އެދުމުން ޔަލްވީ އެ މީހާއަށް މާފުކުރިއެވެ. އަދި އިތުރު އެހެން އަންހެން ކުއްޖަކަށް އެފަދަ ކަމެއް ނުކުރުމަށް އެ މީހާ ލައްވާ ހުވާ ކުރިވިއެވެ. ޔަލްވީގެ މާފު ލިބުމުން، ޝުކުރު އަދާކުރުމަށްފަހު، އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް އެ މީހާ ދިޔައީއެވެ. ޔަލްވީވެސް ޝިއުރީމެންނާއިއެކު، އެ ތަނުން ނުކުންނަން ދިޔައެވެ. އޭރުވެސް ޝައުން އެތާ އެތެރޭގައި ހުއްޓުން އަރާފައި ހުރީއެވެ.

 

“ޔާލް……” ޔަލްވީގެ އިތުރުން ޝިއުރީމެންވެސް ހުއްޓުނީ ޝައުންގެ އަޑުންނެވެ. ޝިއުރީމެން ފަހަތް ބަލާލިނަމަވެސް، ޔަލްވީ، އެ ހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީއެވެ. ޔަލްވީ ބަލާ ނުލުމުން، ޝައުންގޮސް މަޑުކޮށްލީ ޔަލްވީގެ ކުރިމަތީގައެވެ.

 

“ޔާލް…. އަހަންނާ ގުޅުންހުރި ބައެއްގެ ސަބަބުން ޔާލްއަށް ތި ހާލު ޖެހުނީމަ، އަހަރެން ވަރަށް ދެރަވެއްޖެ…. އެ މީހުންގެ ކިބައިން އަހަރެން މާފަށް އެދެން….” ޔަލްވީގެ ދެ އަތްތިލާގައި، ހިފާލަމުން ޝައުން ބުނެލިއެވެ. ޔަލްވީ، ޝައުންގެ އަތުތެރޭގައިވާ އޭނާގެ އަތް ދަމައިގަތެވެ. ޔަލްވީ ދެން ކޮށްލި ކަމަކުން އެތާ ތިބި އެންމެނަށް ސިހުން ލިބިގެންދިޔައިރު، އެ ކުދިން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސްހުއްޓިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (82)

  1. Eemyaa

    Assalaam Alaikum 🙂
    hurihaa kudhinnah ves mi bai kamudhaane kamah heekuran 🙂
    rangalhu kuran jehey than than faahaga kohlaidhinumakee eem ge v bodu edhumeh ..
    Have a nice day TGC Love u all 🙂

  2. mal

    Me 1st tha.. adhi nuvx kiyan… kiyaafa comment kohlaanan?☺

    1. Eemyaa
      mal

      Yes mal ah first libuny ☺

  3. mal

    Me 1st tha eem

  4. mal

    V rythi eem… ? loved it.. shaun anehkaa kyh baa e kury… next part knirakun eem

    1. Eemyaa
      mal

      Thanks mal ☺ lets see ?
      Next part on Sunday ☺☺

  5. mal

    Nice… knirakjn nexg part eem… shahn e kuri kameh balaa hiy eba vey???

    1. Eemyaa
      mal

      Dear, Shaun eh nun kameh kury.. Yaal e kuri kameh kury ..
      Hehe e kameh balaalan jeheyny next bayah inthizaar kohlan ???

    2. mal
      mal

      Ebunaahn yaal ey dhw e kameh kury… hug eh kaneyge.. hihi

    3. Eemyaa
      mal

      Hehe lets see ???

  6. mal

    Comment eh nudhahkaa? why??

  7. Ram

    E jehy dww shaun moonuga.. dhn ishaa aa shaun rulhi vaany.. yayyy… btw e hama zikaan dww or raahil.. hehe.. lets see.. bodah hyvany memory gaayabu veehen ? waiting waiting..

    1. Eemyaa
      Ram

      Hehe lets see ?
      ?

  8. mal

    Comment koh koh varubali vejje.. ekamu ehme comment eh mal akah nuhahka fonhvu kamakah?

    1. Eemyaa
      mal

      Aww mal
      A e eyru approve nuvaathee kannee nudhakkany dw..
      Nw eba huri mal ge comments fennan ☺

  9. Snowy

    Nyc …….yalvy shaun ge koluga jehybaaa ☺waiting for nxt part☺

    1. Eemyaa
      Snowy

      Thanks dear ☺☺
      Next part on Sunday ?

  10. Sha in

    Dhn v hindi drama thakaa ehgoiyh…v foohi…

    1. Eemyaa
      Sha in

      Sha, Kn gothakun mi story hindhi drama aka vahtharu v?? Bunelaidhiniyya v rangalhu
      Nd eem bunelan beynun mi story aky evves ehcheh balaigen liyefa in vaahaka eh nun.. mi hama hageegee haadhisaa thakehge mahchah binaakoh liyefa in hiyaalee vaahaka eh.. ☺☺

  11. Reen

    No nujahaane e ah vure yaal maa loabivey shun dheke

    1. Eemyaa
      Reen

      Hehe lets see dw ?
      Hama gaimuves yaal v loabi vey shaun dheke dw Reen ☺

  12. song joong ki..KOREAN

    ahdhiyyyoo, e jehy shaun ge koamathyga.. varah habeys ingey mi partvx.. eesha dhen bodu varu ingeythee.. eeem nikan rangalhu landeh dhebala e eeshaa ah. waiting..nxt part avs kohdhehchey.. ly

    1. Eemyaa
      song joong ki..KOREAN

      Thanks Song ☺
      Hehe thikama visnaalaanan ?
      Yeah i’ll try ly too dear ???

  13. Coco

    E eesha dheke v foohi vey hhhuuuh ei hama zeek dhw

    1. Eemyaa
      Coco

      Hehe lets see dw Coco ??

  14. mal

    Hama habeys story eh mee ???

    1. Eemyaa
      mal

      Thanks mal ☺☺☺

  15. click a shot ?

    Alhey mifaharuves first hoadhan ulheulhe nuhoadhun..so sad..but I think I got second..mi part ves hama obiness to max..

    1. Eemyaa
      click a shot ?

      Awwww ? dnt be sad dear..
      Thanks a lot click dear ☺☺☺

    2. click a shot ?
      click a shot ?

      Oops sorry I thought that I got second…actually comment lahunupvaathy neynguny…??

    3. Eemyaa
      click a shot ?

      Thts nt a problem dear
      Dnt b sorry ☺

    4. click a shot ?
      click a shot ?

      kon irakun next part up vaany..maybe i could make a try??

    5. Eemyaa
      click a shot ?

      Around 4 haairu ☺

    6. Eemyaa
      click a shot ?

      Sorry click n all ?
      4 ga vaahaka up kureveyne henneh eem akah hiyeh nuve

      Adhives offyhun nunikumevigen mi ulheny

      Eem ah v enme avahakah vaahaka up kohla dheynan In Sha Allah

    7. click a shot ?
      click a shot ?

      Up kohlumuge kurin angaalachey ??

    8. Eemyaa
      click a shot ?

      Sorry dear ?
      Up kohli fahun comment mi fenuny ??

    9. click a shot ?
      click a shot ?

      It’s okay eem dear…❤️?

  16. khajja

    Wow masha allah v v v awsome stry?? whn nxt prt can’t wait avakolladhybala, yal thijehy shaunge moonumathyga dhw ekam eyna kyththa kuraany?aee eyna ah engigenves kurikamennoonennu gaimuves eynayah engun nama ves thikan viyakanudhinyhennu dhw mihaaruves yaal ge hashifaaraveri eggothah eynaehunnany emmenavves sirrun ekamuves thihiry kanthah kurigoiy ?? shaun bunefi dhw thimanna faaralaathaa masdhuvas vejje ey so sad?? stry hama vv habeys yaal n shaun gulhuvaathi n zikaan ge kanthakuga hama hyvany memory loss vefa hen insha allah ekanves rangalhu gothegga hamajeheyne kamah mibalany ly???❤❤❤❤???????? ?

    1. Eemyaa
      khajja

      Thanks khajja ☺☺
      Next part on Sunday In Sha Allah ?
      Hehe lets see dw ??
      Hee nukuraa gothakah ves kanthah koffaane ey dw khajja ??
      Hehe ekan ves vegen dhaa gotheh balaalamaa dww ??
      Thanka a lott dear khajja
      Ly too ???

  17. Shiya

    Alhey knme duvahak mivaahaka genes deveykah nehtha dear v inthixaaru kurevey vaahakaeh mee v nice keep it up n baakee kirhah part ebaoytha ehaa avahah nunimmathi ingey

    1. Eemyaa
      Shiya

      Yeah, shiyaa knme dhuvahaku genesdhen v undhaguvaane eem ah.. heekuran understand vaane kamah ☺
      Thanks a loty shiyaa ☺☺☺
      Adhi neyge kithah parts kameh bt story adhi hama kuriah othy ??? v ufaavey ehaa kiyaa hithun mi story kiyaalaathy ☺☺
      Dhn v ufaavaane rangalhu kuran jehey baithah ves bunelai dhiniyyaa ?

  18. Boabi

    Are you from laamu?
    Story is awsome

    1. Eemyaa
      Boabi

      No Boabi
      Hehe Thanks dear ☺☺☺

  19. mai

    woooow!!!! cant wait read the next episod… eem u r the best… love ya :*

    1. Eemyaa
      mai

      Thanks a lottt mai ☺☺☺
      Aww ??? ly too dear

  20. Aikko

    yaal please shaun kanfaiy mathy nujahaathi. puleeeeeeeezu. I think she will hug him. eem puleeez yaal shaun ah hug dheygothah hadhaa.. ehn noony anekka dhemeehun dhuru vaany 🙁 🙁 🙁

    1. Eemyaa
      Aikko

      Hehe vaa gotheh balaalamaa dw dear ??

  21. Aisha

    Wow…its really very nice

    1. Eemyaa
      Aisha

      Thanks Aisha ☺☺☺

  22. Yaan

    Yaal e bahdhaalee kanneyge dhw Shaun gaiga.. Dhen amilla ah dhemihunnah buneveynee I love u.. Yeyyyyyy.. If it happens like that I’ll be like yayyy.. Hehe.. ?BTW story hama supperb as always.. And love u eem..?❤❤

    1. Eemyaa
      Yaan

      Hehe yaal e kuri kameh balaalan inthizaar kohlamaa dw ?
      Thanks dear Yaan ☺☺☺
      Ly too dear ???

  23. Sidhu

    Ohhhhh obiness 2tha maxx

    1. Eemyaa
      Sidhu

      Thanks Sidhu ☺☺☺

  24. reader

    Ei kaakutha?
    Anekkaa Yalvee Shaun ge koamathyga jehyky noonbaa?

    1. Eemyaa
      reader

      Lets see dw reader ???

  25. Lammi ?

    Masha Allah ❤
    So interesting…
    Emme excite waa hisaabunn Eem thi nimmaaly ?
    Dhen waane gothakaa dheytherey mihaaru ves visney eba.
    Kehmadhu vefa mi hunnany next part nukunnaane dhuwahakah…
    Please thannkolheh awass koh next part up kollahche ?
    Goodnight Eem ❤
    Take care ?

    1. Eemyaa
      Lammi ?

      Thanks Lammi ☺☺☺
      Aww yeah hehe
      Next part on Sunday In Sha Allah ?
      Yeah, i’ll try ?
      Good nyt dear ?
      U too ???

  26. Malaa

    Wrh reethi story .. i love it ? ❤️

    1. Eemyaa
      Malaa

      Thanks Malaa ☺☺☺

  27. ???

    Vv dhuvass fahunn comm eh koh lann vagutheh mi v…….vvvvvvv rythi mi baiii vess

    1. Eemyaa
      ???

      Yeah dhuvas kolheh fahun anekkaaves dear ge comment eh mi fenuny ?
      Thank You ☺☺☺

  28. Appy

    V furihama mi bai vx

    1. Eemyaa
      Appy

      Thanks Appy ☺☺

  29. Adha?

    Yaal shaun ge face ga slap kury or hug kolly.. rangalhy hug kolliyya dw.. avahah emeehunge ?love story feshuniyya..
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Hehe ekudhinge medhuga vany keetho balaalamaa dw ??
      Thanks Adha ☺☺☺

  30. Saakko

    Eem dhen ehaa varah mish nuthalhuvaba.. avahah zeek mish kairiah annaane goih hadhaabala.. hehe.. story v nice.. yal dhai elhy kanneyge shaun gaiga.. yal v dhai alhaa hiyyvaa kujjennu..hehe

    1. Eemyaa
      Saakko

      Hehe
      Thanks Saakko ☺☺☺
      Haha yaal a e v dhai alhaa kujjekey dw ??

  31. Lorraine

    Eemya my dear! Freaking love this story ?❤❤❤?? and I really appreciate your hard work. You upload it really soon. Love it and love you. Keep up the good work. Vr interesting loabi story eh mee?❤❤?

    1. Eemyaa
      Lorraine

      Thanks Lorraine ☺☺
      V ufaavejje eem kuraa masakkathuge agu vazan kureethee ???
      Thanks a lottt dear ???
      Ly too ?

    2. Eemyaa
      Lorraine

      Thanks Lorraine ☺☺
      V ufaavejje eem kuraa masakkathuge agu vazan kureethee ???
      Thanks a lottt dear ???
      Ly too ?ī

  32. Jin

    Hee kuri gothah dhw mivee.. Eesha adeega huregen kuri kamme kan..Yaal annehkaa shaun ge moonumathy ga jehytha? Raahil vedhaane hama zikaan ah ves.. Memory lost vefa ves huredhaane. ?Ehnoony raahil vedhaane zikaange twin brother ah. Story kuriahdhaa goy v habeys..??? Waiting..?

    1. Eemyaa
      Jin

      Hehe Jin ah dhimaa vejje dw ☺
      Yaal kuri kameh balaalan jeheynee ?
      Hehe thi suvaal thakuge javaab v avahah libeyne kuda inthizaareh kohlan jeheyny ???
      Thanks Jin ???

  33. Xidhan

    Anikaa yaal e ulheni shaun ge gaiga jahan kanne??
    Yaal haadha firihen kudhinah aniyaa kureye??
    Mi part vexx varah salhi…
    Keep it up eem vaahaka hama habeys ☺☺?

    1. Eemyaa
      Xidhan

      Hehe yaal kuraa kameh ves dhn v avahah engidhaane dw.. hehe ???
      Thanks a lot Xidhan ???
      Xidhan mihaaru story kihineh vany
      Eem handhaanvey story unexpected koh gendhan xidhaan buni handhaan
      Ehenve mi ahaaly ☺

    2. Xidhan
      Xidhan

      Eem me story hama best… esfiya site ga in one of the greatest story… mihaaru kuriyah vaan oii goii ehaa bodakah predict ehves nukureve… eem hama best ?????

    3. Eemyaa
      Xidhan

      Hehe thanks dear ☺
      Kuriah huri part thah ves kamudhaane kamah ummeedhu kuran ???

  34. Lammi ?

    Konirakunn next part??
    Eem please Thankolheh dhigu koh genesdhehche next part ?

    1. Eemyaa
      Lammi ?

      Nw up kohlaafa nd hope kuran e baige dhigu min kamudhaane kamah ☺☺

  35. jeny

    Alhey… kohirakun tha next part up kohdheynee.. haadha inthixaar kuruvaey.. pis pis

    1. Eemyaa
      jeny

      Sorry dear ?
      Inthizaar kuruvanykee nun bt kameh dhimaa v ma eem ah up nukurevuny nd m really skrry for the delay..
      Nd nw up kohlaafa innaany ☺☺☺

  36. mal

    eem..when next part..

    1. Eemyaa
      mal

      Dear nw up kohlaifin ☺
      Sorry for the delay

Comments are closed.