އީލާމް ކޮއްޅަށް ތެދުވެ އޭނާގެ އަނގަމަތީގައިވާ ފޮތިގަނޑު ނައްޓާލާ ކުއްލިއަކަށް މޫދަށް ފުންމާލީ އޭނާއަށް ސަލާމަތްވެވޭނޭ ކަމުގެ އުއްމީދުގައެވެ. ޝާމް ފަސްދީގެން ހުރުމުން އީލާމް ފުންމާލުމައެކު ޑިންގީއަށް އައި ލޮޅުމާއެކު އޭނާއަށް ދެކޮޅު ބަލާލެވުނީ އީލާމް ފެނޭތޯއެވެ. އީލާމްގެ ހުށިޔާރު ކަމާއެކު ފެންގަނޑަށް ފުންމާލުމަށްފަހު ފީނާލީ އެ މީހުން ހުރި ސަރަހައްދާ ދުރަށް ދެވޭތޯއެވެ. އިރުއިރުކޮޅުން ބޯ ހިއްލާލުމަށްފަހު ފުންނޭވާއެއްލާ އީލާމް ދެވަރަކަށް މިނެޓް ފީނުމަށްފަހު ފަސްއެނބުރި ބަލާލީ ބޯޓުން ދިއްލާފަ ހުރި ލައިޓް ތަކާއި ދުރަށް އާދެވުނުތޯ ޔަގީން ކުރާށެވެ. ޑީންގީ ތަންކޮޅެއް ދުރުން ދުއްވަމުން ދިޔައިރު ބޯޓު ކުރިއަށް ދުއްވާލީ އީލާމް ހުރި ދިމާލާ ދުރަށެވެ. އީލާމްވެސް މިސްރާބެއް ނެތި ފަތަމުން ދިޔައީ އެ ސަރަހައްދުން ދުރަށް ދިޔުމަށެވެ. ފަތަމުން ދިޔައިރު އޭނާގެ އަތުގައިވާ ވޯޓަރ ޕްރޫފް ގަޑިއަށް އިރުއިރުކޮޅުން ބަލާލެވެއެވެ. އެ ގަޑިއަކީ އީލާމްއަށް އޭނާގެ ބައްޕަ އުފަންދުވަހުގެ ހަދިޔަލަކަށް ދިން ގަޑިއެކެވެ. ޝާމް ޑިންގީގައި ދެކޮޅު ހޯދަމުން ފޯނު ކަންފަތުގައި ޖަހައިގެން އިންއިރު އަނެއްކޮޅުން އޭނާއާއި އެވާހަކަ ދައްކަނީ މި މަސަތްކަތް އޭނާ އާއި ހަވާލު ކުރި މީހާއެވެ. އެންމެފަހުން ފޯނު ބާއްވަމުން އޭނާ ބުނީ މިހާރު ތިވީ މާރަނގަޅަށް ކަމަށާއި މުސްތަފާއަށް ދެން ފެންނާނީ އީލާމް ގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ. އަދި ޝާމް އަށް ލިބެންޖެހޭ އުޖޫރަ އޭނާ މާލެ އައިހާ އަވަހަކަށް ހަމަޖައްސަދޭނޭ ކަމުގައެވެ. ޝާމް ފޯނު ބޭއްވުމަށްފަހު ޑިންގީ ދުވަން އިން މީހާއަށް ރަށަށް ދިއުމަށް މިސްރާބު ދެއްކުމަށްފަހު އިސްޖަހާލީ އޭނާ އަށް މީހަކަށް އެވަރު އަނިޔާއެއް ދޭން ކެރުނީމައެވެ. އީލާމް ދެކެ އޭނާ ކިތަންމެ ލޯބިވިޔަސް އޭނާއަށް މިކަމުގައި ކުރިއަށް ދާނެ އިތުރު މަގެއް ނުފެނުނީމައެވެ. އީލާމް ފަތަމުން ދިޔައިރު އޭނާގެ ހަށިގަނޑަށް ވަރުބަލިކަން އިހުސާސް ވަމުން ދިޔައެވެ، ރޭގަނޑުގެ އަނދިރިކަމުން އޭނާއަށް ދެވޭ ނުދެވޭ ދިމާލެއް ނޭންގެވެ.
ފަތިހުގެ އަލިކަން ދުނިޔެމައްޗަށް ވެރިވަމުން ދިޔައިރު އީލާމް ފެންމަތީ އޮތީ ދާނޭ މިސްރާބެއް ނޭނގޭތީއެވެ. ވަށައިގެން ވަނީ ކަނޑެވެ. ރަށެއްގެ މަލަމަތި ފެންނަން ނެތް އިރު ފަތިހުގެ ފިނިކަމުން އީލާމް ގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. ކަނޑުގެ އޮއިގަދަވެފައިވުމުން އޭނާ އޮޔާ ގެންދަމުން ދިޔައެވެ. މުއްސަނދި ދިރިއުޅުމެއްގައި އުޅެމުން ދިޔަ އީލާމް އޭނާގެ ބައްޕަގެ ފަރާތުން ހިތުގައި ޖެހޭނޭ އެއްވެސް ކަމެއް މިވީހާ ތަނަކަށް މެދުވެރިވެފައެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާ މިއޮތީ މާސިންގާ ކަނޑެއްގައި ދެވޭ ނުދެވޭ ދިމާލެއް ނޭނގޭ ހާލުގައެވެ. އީލާމް ހެއްދެވިފަރާތަށް ދުއާ ކުރަމުން ދިޔައީ އޭނާއަށް އަމާން ފަސްގަނޑެއްގެ ހިމާޔާތް ދެއްވާތޯއެވެ. ހުދުކުލައިގެ އެއްޗެއް އިލާމް ކައިރިން އަންނަމުން ދިޔައިރު އީލާމްވެސް ބަލަމުން ދިޔައީ އެއީ ކޯއްޗެއްތޯއެވެ. އެއަންނަ ދިމާލަށް އީލާމް ފަތަމުން ގޮސް އެއާ ކައިރިވުމަށް ފަހު އަތް އަޅުވާލީ އޭގެ އެހީގައި އީލާމަށް ފެނުގައި އޮންނަން ފަސޭހަވާނެތީއެވެ. ސާރފް ބޯޑެއްގެ އެއްބައިކަމުން އީލާމް އޭގެމަތީގައި ރަނގަޅަށް ހަމަޖެހިލައި ގަނޑިން ވީއިރު ބަލާލިއެވެ. ގަޑިން މެންދުރުން އަނބުރާ 01 ޖެހީއެވެ. ނަމަވެސް އޭނާ އޮތް ހިސާބުން އެއްވެސް ކަހަލަ އުޅަނދެއްގެ ހިލަމެއް ނެތެވެ.
ރާފިޔާ އޭނާގެ ދަރިފުޅު އަމާރާގެ އެދުމުގެ މަތިން އީލާމް ނިންމީ ކޮން ނިންމުމެއްތޯ ބަލަން އެ ކޮޓަރިއަށްވަނީ އީލާމް ގޭގައިއުޅޭކަމަށް ހީކޮށެވެ. ރާފިޔާ ކޮޓަރިއަށްވަދެ ތަރުތީބެއް ނެތި އޮތް ކޮޓަރިއަށް ބަލާލިއެވެ.އަދި ފާހަނައާއި ކައިރިވެލުމަށްފަހު ގޮވާލިއެވެ. “ދަރިފުޅާ އީލާމް އެބައުޅެންތަ” އީލާމްގެ ހަބަރެއް ނުވުމުން ރާފިޔާ ފާހާނާ ދޮރު ހުޅުވާލީ އޭނާ އުޅޭތޯ ޔަގީން ކުރާށެވެ. ފާހާނައިގައި ނެތުމުން އީލާމް ސައި ނުބޮއި ދިޔައީ ކޮންތަނަކަށްތޯ ބަލަން ރާފިޔާ އީލާމްގެ ފޯނަށް ގުޅާލިއެވެ. އީލާމްގެ ފޯނު ކޮޓަރި ތެރެއިން ރިންގުވާ އަޑު އިވުމުން ރާފިޔާ އަނެއްކާވެސް ކޮޓަރިއަށް ވަނީ ފޯނު އޮތީ ކޮންދިމާލެއްގެ ތޯ ބަލާލާށެވެ. ކޮޓަރީގެ އަލަމާރި އާއި ކައިރިވުމުން ފޯނު ބިންމަތީ އޮއްވާ ފެނުމުން ރާފިޔާގެ ބޮލުގައި ރިއްސާލިއެވެ. ހުޅުވިފައިވާ އަލާމާރި ދޮރު ލައްޕާލުމަށް އަތް ދިއްކޮށްލިއިރު އަލާމާރި ހުހަށް ހުރުމުން ފޮށި ކޮބައިތޯ އެނދުދަށް ބަލާލުމަށްފަހު ، ފޮށި ނެތުމުން ރާފިޔާ ތެޅިތެޅި އޮތް ހިތަކައިގެން ހުސެންއަށް ގޮވަމުން ބޭރަށް ނިކުތެވެ. ހުސެން ގޭގެ ޖޯލީގައި އޮތް އިރު ރާފިޔާ އައިސް ” ހުސެން، އީލާމް އެއް ނެތް ކޮޓަރީގައި ، އޭނާގެ ފޮއްޓެއްވެސް ނެތް “އެމަންޖެ ދެކުނިންތަ ؟ ރާފިޔާ އެހެން ބުނިއިރު އަޑުގައި ތުރުތުރެއް ވީއިރު ހުސެންއަށްވެސް ޖޯލިން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަނެވުނީ ، ރާފިޔާ ގެ ނުތަނަވަސްކަން ފެނުމުންނެވެ. ހުސެން ކޮޓަރިއަށްވަދެ ބަލާލީ، އާދަޔާ ހިލާފު ކަމެއް ހިނގައިފި ކަމަށް ޝައްކު ކުރެވޭތީއެވެ. ރަނގަޅަށް ކޮޓަރި ތެރެއަށް ވަނުމަށްފަހު ހުޅުވިފައިވާ ކުޑަ ދޮރަށް ބަލާލީ ވެގެން އުޅޭ ގޮތް ލަފާ ކޮށްލާފަދައިންނެވެ. ރާފިޔާގެ ލޮލުން ރަނގަޅަށްވެސް ކަރުނަ ހިލުނެވެ، އޭނާގެ ބަނޑުން ވިހެއި ދަރިއަކަށް ވީނުވީ މި ނޭނގުނީ އޭނާގެ ސަބަބުންކަން އަމިއްލައަށް ހިތަށް އެރިއެވެ. ހުސެން ރަށުތެރެއަށް ނިކުމެ އީލާމްގެ ހަބަރެއްވޭތޯ ބަލަން ފެށިއެވެ. ރާފިޔާވެސް އަތިރިމައްޗަށް ނިކުމެ ދެ ކޮޅު ބަލާލީ އޭނާގެ ހިލަމެއްވޭތޯއެވެ. ހުސެން ރަށް ކުޑަކޮށް ބެލިއިރުވެސް އީލާމް ގެ ހަބަރެއް ނުވިއެވެ. ރަށުން ފުރި ބޯޓު ތަކާއި ލޯންޗްތަކުންވެސް އީލާމް ދިޔަކަމަކަށް ނުބުނެއެވެ. ހުސެން ހާސްކަންމަތީ ގެއާ ދިމާލަށް މިސްރާބު ޖެހީ ، ރަށު އޮފީހަށް އެންގުމާއި މެދު ރާފިޔާގެ ހިޔާލަކީ ކޮބާތޯ ބެލުމަށެވެ. ރާފިޔާ ބޭނުންވީ މުސްތަފާއަށް ގުޅައިގެން އީލާމް އަށް ވީނުވީ ބެލުމަށެވެ. ” ހަލޯ މުސްތަފާ މި އުޅެނީ އީލާމް ދިޔަ ނުދިޔަތަނެއް ނޭނގިގެން ، އެމަންޖެ ހަބަރެއް ވިތަ؟ ފޮއްޓެއްވެސް ނެތް!، މުސްތަފާއަށް ރާފިޔާގެ ވާހަކަ އިވުމުން ” މަށަކަށް ނުގުޅާ އަންނަވާހަކަ ބުނާކަށް، ރޭގަ ބުނި އަދި ހަފްތާއެއް މަޑު ކުރާވާހަކަ، ބަލަ ރާފިޔާ ނުބަލަންތަ އޭނާއަށް ވާނުވާއެއް، މުސްތަފާ އަޑަށް ބާރުލާފައި ބުންޏެވެ. މުސްތަފާ ރުޅިއައިސްގެން ހަޅޭ ލެވުމުން ރާފިޔާއަށް ބުނާނެ އެއްޗެއް ނޭނގިފައ އިނދެވުނީއެވެ، މުސްތަފާ ފޯނު ބޭވުމުގެ ކުރިން ޕޮލިސްއަށް އެންގުމަށާއި އޭނާ އެ ރަށަށް ވީހާ އަވަހަކަށް ދެވޭތޯ ބާލާނެ ވާހަކަ ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ރާފިޔާގެ އެދުމުގެ މަތިން އީލާމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯރޓް ރަށު އޮފީހަށާއި ރ. އަތޮޅު ޕޮލިސް ސްޓޭޝަންއަށް އެންގިއެވެ. އެ ރަށު އެންމެންވެސް އަވަސްވެގަތީ އީލާމް ހޯދުމަށެވެ. ޝާމް ހަވީރު ލޯންޗްއިން މާލެ ދިޔައީ ދެން އުމުރަށްވެސް އެ ފަސްގަނޑަށް ނާންނަން ނިޔަތް ގަނެގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Salhi…ekamu maa kuree…dhn faharakun dhigukohlahchay
Me frst dhw?
Yes Lam you are first 🙂 …
Mi vx vaahaka upload kurany tha 2 line ah
When is the next part? Varah reethi
Thanks Firu .. 🙂 still writing , Nimunuhaa avahakah upload kohlaanan
Ufandhuvahuge hadhiyalakah – mi goiy goas. Rangalhu gothakee ufandhuvahuge hadhiyaa akah
Thanks Ibra , Rangalhu kohlaanan 🙂
Mi vaahaka varah reethi .. when next part .. thafaathu story line eh … ?avahah upload kohlahchey
Emanje dhekunintha – migoiy nubai. Rangalhu gothakee. Emanje dhushintha? Mee
Masha allah v v v cute stry eh ? whn nxt prt avahah upkolladhybala n eelaam ah dheragothevviya nudhechchey plx ? ????❤❤❤????????
Mirey Upload kohlaanan … Thanks khajja 🙂