Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 23 ވަނަ ބައި

Xiroo Thihthi Level 210 Stories
September 20, 2017 6 Mins Read
16 Comments

” އަހަރެން ދަރިފުޅު އެކަނިކޮށްލާފަ ޒިޔާދުއަށް ތިހެން ނުދެވޭނެ. ދަންޔާ ދާންޖެހޭނީ އަހަރެންގެ ދަރިފުޅު ގޮވައިގެން ” ޒިޔާދު ބޭރަށް ނިކުތުމަށް ނެގިފިޔަވަޅު ގޭތެރޭގައި އަޅާލިއެވެ. ރަމީޒުގެ އެޖުމްލަ އަޑުއިވި ސާނިޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން ރަމީޒު ގާތަށް ޖެހިލިއެވެ. ” ބައްޕާ އަހަރެން….. ” ސާނިޔާ ރަމީޒުގެ މޭގަ ލައްވެގަތެވެ. ” އާނ ދަރިފުޅާ. ބައްޕައަށް ހުރިހާ ކަމެއްވެސް އޮޅުންފިލައިފި. ބައްޕަ އެހެންވާހަކަ ދައްކާ އަމަލު އެގޮތަށް ބެހެއްޓީ ސަބަބެއް ނެތިއެއް ނޫން ” ރަމީޒު ބުންޏެވެ. ޒިޔާދު އެތަން ބަލަންހުރީ ފާޑަކަށް ރޮވިފައެވެ. އުފަލުންނެވެ. ރަމީޒުގެ ވާހަކަ އެހެން ހުރުމުން ޒިޔާދު ހީކުރީ މިފަހަރު ވެސް ހުސްއަތާ ދާންޖެހޭނެ ކަމަށެވެ. ރަމީޒުގެ ގަޔާ ސާނިޔާ ދުރުކޮށްލުމަށްފަހު ސާނިޔާގެ އަތުގާ ހިފައިގެން ގޮސްޒިޔާދުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ސާނިޔާގެ އަތް ޒިޔާދުގެ އަތުގެތެރެއަށްލިއެވެ. ” ދަރިފުޅުމެންގެ ގުޅުމަށް ބައްޕަ ހަމަ ރުހި ގަބޫލް. ބައްޕަގެ އެދުމަކީ ވީހާވެސް އަވަހަކަށް ދަރިފުޅުމެން ކައިވެނި ކުރުން. ބޭނުންނަމަ މާލޭގަ ވެސް ނޫނީ ޒިޔާދުގެ ރަށަށް ގޮސްވެސް ކައިވެނި ކުރަންވީ ” ރަމީޒުގެ ފޮނި ފަށުވި ބަސްތައް އަޑުއިވުމުން ސާނިޔާއަށް ޒިޔާދާ ގާތަށް ޖެހިލެވުނެވެ. އެވަގުތު ޒިޔާދު އުފާވެރި ކަމުގެ ބެލުމަކުން ސާނިޔާއަށް ބަލާލިއެވެ.

ހަތްދުވަސް ހަމަވިދުވަހަކީ ޒިޔާދު އާއި ސާނިޔާގެ ކައިވެނި މާލޭގަ ކުރެވުނު ދުވަހެވެ. އެދުވަހުގެ ރޭގައި ސާނިޔާގެ ގޭގައި ކުޑަޕާޓީ އެއްވެސް ބޭންވިއެވެ. ދައުވަތު ދެވިގެން އެޕާޓިއަށް ދިޔައީ ހަނާ މެންގޭ މީހުންނެވެ. ޒިޔާދުގެ މާގިނަ ރައްޓެހިން މާލޭގައެއް ނުތިބެއެވެ. ދެން އުޅުނީ ސާނިޔާގެ ރައްޓެހިންނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެއަށްވުރެއް ބޮޑަށް އަނީސާގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ޒިޔާދުގެ އެއުފާވެރި ދުވަހުގާ ދުވަސްވީ ރަހުމަތްތެރިޔާ އެތަނުން ފެންނަށް ނެތުމުން ޒިޔާދު އިންތިހާއަށް ދެރަވިއެވެ. އަދި އެކަން ޒިޔާދުގެ މޫނުމަތިން ވެސް  ހާމަވާން ހުއްޓެވެ. ސާނިޔާ ބަލާލާ ކޮންމެ ފަހަރަކު ޒިޔާދު ސާނިޔާއަށް ދޭ ލުއި ހިނިތުންވުމުން ޒިޔާދުގެ އެހިތާމައިގެ އަސަރު ދިޔައީ ސާނިޔާއަށް ސިއްރުވަމުންނެވެ. މި އުފާވެރި ވަގުތުކޮޅު ދެގަޑިއިރެއްހާ އިރަށް  ދެމިގެން ދިޔައެވެ.

ރޭގަނޑުގެ ނިދުމުގެ ވަގުތެވެ. ޒިޔާދު އެނދުގެ ހެޑްބޯޑްގައި ބާލީސް ލައްކޮށްލައިގެން ވިސްނުމަކަށް ގެއްލިފާއިނެވެ. ސާނިޔާ ފާހާނާއިން ނިކުމެގެން އައިސް ޒިޔާދުގެ ގާތުގައި އިށީދެ ޒިޔާދުގެ މޭގާ ބޯޖައްސާލިއެވެ. އެވަގުތު ޒިޔާދު ސިހުނެވެ. ” ކިހިނެއްވީ ” ޒިޔާދު ސިހިގެން ދިޔަކަށް ސާނިޔާއަށް އެނގުމުން ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ ” ޒިޔާދު ބޯދަށަށް ލައްވާފަ ހުރި ދެއަތް ބޯދަށުން ދުރަށް ޖައްސާލަމުން ބުނެލިއެވެ. ” ކަމެއްނުވަންޏާ ޒިޔާ ސިހިގެންދާންވީ ކީއްވެތަ؟ ” އަނެއްކާވެސް ސާނިޔާ ސުވާލުކޮށްލިއެވެ. ” ބުނެފިންދޯ ކަމެއްނުވެއޭ ” ސާނިޔާ ޒިޔާދާ ކައިރިކޮށްލަމުން ޒިޔާދު ބުނެލިއެވެ. ” އެކަމަކު ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފާއިންހެން ” ސާނިޔާ ބުންޏެވެ. ” ފިކުރުވެސް ބޮދުވާނެދޯ ” ޒިޔާދުބުނެލިއެވެ. ” ފިކުރު ބޮޑުވާވަރުގެ ކޮންކަމެއް ދިމާވެގެން ތިއުޅެނީ ” ސާނިޔާ ޒިޔާދުގެ އެނުތަނަވަސް ކަމާއި، ކަންބޮޑުވުން އެނގެންބޭނުންވާތީ ސުވާލުކުރަމުން ދިޔައެވެ. ” އަހަރެންނަށް މިވިސްނެނީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިޔާ މެދު. ހުރިހާ ކަމެއްގަ އަހަރެންނަށް އެހީތެރިވަމުން  ހިތްވަރު ދެމުން އަހަރެންގެ ހުރިހާ ކަމަކީ އަމިއްލަ ކަންތައްތައް ކަމަށް ދެކިގެން އުޅުން މީހާ އަހަރެންގެ ކައިވެނީގެ ކުޑަކުޑަ ހަފްލާއިން ވެސް ފެނިނުލާ. މިދުވަސް އަންނާނެ ކަމާމެދު އަހަރެން ކުޑަކޮށްވެސް ވިސްނާނުލަން.  ހަނާ އުޅެމުންދާ ހިތާމަވެރި ދިރިއުޅުންފެނި އަހަރެން ވަރަށް ދެރަވޭ. އަނބިމީހާ ދޫކޮށްލާފަ ހިލޭމީހަކު ގޮވައިގެން އެއުޅެނީ ” ޒިޔާދުގެ އަޑުގާ އިންތިހާއަށް ހިތާމައިގެ އަސަރު ހުރިކަން ސާނިޔާއަށް ފާހަގަވިއެވެ. ” ދެން އެކަމާ އެހާވަރަށް ނުވިސްނާ. ނިސާދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަށް އަހަރެމެން ހަނާއަށް އެހީވުން ހުއްޓައެއް ނުލާނަން. މިހެން ބުންޏަސް އެނގޭ ފިރިމީހާގެ ފަރާތުން ލިބޭ ހިތްހަމަ ޖެހުން އެހެން މީހަކަށް ހޯދަ ނުދެވޭނެކަން. އިރާދުކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” ސާނިޔާ ޒިޔާދުއަށް ހިތްވަރު ދިނެވެ.  ” ދެން ހިނގާ ނިދަން ” ސާނިޔާ އެނދުމަތީގައި އަޅާފައި އޮތް ބޯރަޖާގަނޑުގެ ދަށަށް ފައިވައްދާ ހަމަޖެހިލަމުން ބުނެލިއެވެ. ” އެހެން ކިހިނެއްތަ ނިދާނީ. މިރޭމީ އަހަރެންގެ ހަޔާތުގާ އެންމެ އުފާވިރޭ. އަނެއްކޮޅުން އަހަރުމެންގެ ކައިވެނީގެ ވެސް ފުރަތަމަރޭ. އެހެންވީމާ….. ” ޒިޔާދު މިހެންބުނެ ސާނިޔާގެ ގައިގާ ބައްދާ އޭނާގެ ގައިމައްޗަށް ސާނިޔާ އެރުވިއެވެ. ސާނިޔާ ޒިޔާދުގެ ގައިމަތީގައި ރަނގަޅަށް ހަމަޖެހިލާ ޒިޔާދުގެ ނިއްކުރިޔަށް ބޮސްދިނެވެ. އެއަށްފަހު ޒިޔާދުގެ ދެއަތުން ސާނިޔާގެ މޫނުގެ ދެފަރާތުގައި ހިފާލުމަށްފަހު ޒިޔާދުގެ ތުންފަތް ސާނިޔާގެ ތުންފަތުގާ ޖައްސާލިއެވެ. ލޯތްބާއި، އަރާމާއި، ލައްޒަތުގެ ވަގުތުތަކަކަށް މުޅި ރޭގަނޑު ބަދަލުވެގެން ދިޔައެވެ. ފުރިހަމަ މިނިވަންކަމާއެކުއެވެ.

” މިހަފުތާ ނިއްމާލުމަށްފަހު އަހަރެމެން މިއުޅެނީ ރަށަށް ދާންވެގެން ” ޒިޔާދު ބުނެލިއެވެ. ” މަންމަ އާއި ޒިޔާ އެކަނިތަ ދަނީ ” ހަނާ ސުވާލުކޮށްލިއެވެ. ” ނޫނޭ ސާނިޔާވެސް ދާނެ. ސާނިޔާ ބޭނުންވަނީ ރަށަށް ދާން ” ޒިޔާދު ބުންޏެވެ. ” ނިސާދު ގޭގަ ނޫޅެނީތަ؟ ” ޒިޔާދު ހަނާ އާއި ސުވާލުކޮށްލިއެވެ. ” އޮފީހަށް ގޮސްވީ. އަދި މެންދުރު ކާކަށް ނާދޭ. ފަހަރެއްގަ ގެއަށް ކާން ނައިސްފާނެ ” ހަނާ ޒިޔާދަށް ޖޫސްތައްޓެއް ގެނެސްދެމުން ބުންޏެވެ. ދެމީހުން ވާހަކަދައްކަން ތިއްބާ ނިސާދު އައިސް ގެއަށް ވަނެވެ. އެވަގުތު ހަނާ އާއި ޒިޔާދުއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ނިސާދު ދެމީހުންނަށް ބަލާލުމަށްފަހު ބާރަށް ހިނގާފަ ގޮސްވަނީ ކޮޓަރިއަށެވެ. ” ކާންވެގެން ކަންނޭގެ އެއައީ ” ޒިޔާދު ބުނެލިއެވެ. ” ވެދާނެ. އަޅާނުލާ. ކާންހަދަން ބުނެފިޔާ ކާން ހަދާނަން ” ހަނާ ބުނެލިއެވެ. ހަމަޖެހިލާފައެވެ. އެންމެންގެ ނަސޭހަތާއެކުގަ ހަނާ މަސައްކަތް ކުރަމުން ދިޔައީ ދެރަނުވެ ހަމަޖެހިގެން އުޅެވޭތޯއެވެ. ޔާޝްއަށްޓަކައެވެ. ނަމަވެސް އެކަނިވުމުން ހަނާއަށް އަމިއްލަ ދިރިއުޅުން ހަލާކުވަމުންދާތީ އެކަމާ ދެރަވެގެން ރޮވެއެވެ.

” ހަނާ ވަރަށް ބަނޑުހައިވެއްޖެ. ހިނގާބަލަ ކާން ހަދައިދޭން ” ނިސާދު ކޮޓާރިން ނިކުމެގެން އައިސް ހަނާ ގާތުގައި ބުންޏެވެ. ނިސާދު މިހެން ބުމުން ހަނާއެއްވެސް އެއްޗެއް ނުބުނެ ތެދުވެގެން ދިޔައެވެ. ” ޒިޔާ ކޮންއިރަކުތަ މާލެ އައިސް ތިއުޅެނީ ” ހަނާ ދިޔުމުން ނިސާދު ސޯފާގައި އިށީންނަމުން ޒިޔާދުކުރެން އަހާލިއެވެ. ” ދުވަސްކޮޅެއް ވެއްޖެ މާލޭގަ އުޅޭތާ ” ޒިޔާދު ބުންޏެވެ. ” ޒިޔާގެ ކައިވެނީގެ ޕާޓީއަށް ނުދެވުނީމަ އަހަރެން މިހުރީ ޒިޔާގެ ކިބައިން މާފަށް ވެސް އެދެންވެސް ނުކެރިފަ. އެދުވަހު އަހަރެންނަށް ނުދެވުނީ އޮފީސްކަމެއްގަ މާލޭން ބޭރަށް ދާންޖެހުނީމަ ” ނިސާދު ކަންވީގޮތް ކިޔާދިނެވެ. ” އެކަމާ ދެން އަޅާނުލާ. ހުރިހާ ކަމެއްވެސް މިހާރުވަނީ ނިމިފަ ” ޒިޔާދުއަށް ނިސާދުގެ ހަގީގަތް އެނގިހުރެ ބުންޏެވެ. ” ކާން ހަދާފަ ހުންނާނެ ” ހަނާ އައިސް ބުންޏެވެ. ” ހިނގާ ކާންދާން ” ނިސާދު ސޯފާއިން ތެދުވަމުން ޒިޔާދުއަށް މުހާތަބްކޮށް ބުންޏެވެ. ” ނޫނޭ. އަހަރެން ހަމަ ދެންމެ ހަނާ ދިން ޖޫސްތައްޓެއް މިބޮއީ. އެހެންވީމާ ބަނޑުގަ ނެތް ކާނެ ޖާގައެއް ” ޒިޔާދު ބަނޑުގައި އަތްއުނގުޅަމުން ބުންޏެވެ. ” ދެން އަހަރެން ގޮސްލާނަން ” ޒިޔާދު ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” އަންހެނުން ގޮވައިގެން އަންނާތި ” ޒިޔާދު ހިގައިގަތުމުން ނިސާދު ބުނެލިއެވެ. ޒިޔާދު ބޮލުގެ އިސާރާތުން އާއެކޭ ބުނެލުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.

ނިސާދު އޮފީސް ނިމިގެން ހަސްމާ އާއި އެކު ހަސްމާގެ ގެއަށް ދިޔައެވެ. ” އަދިވެސް ހަނާގެ ގާތުގައި ނާހަންތަ؟ ” ނިސާދާއެކުގައި ގޭތެރެއަށް ވަދެގެން ދަމުން ހަސްމާ އަހާލިއެވެ. ” އަދި ނޭހިގެން މިއުޅެނީ. ވިކެންޑްގަ ހަނާމެން ވިލިގިއްޔަށް ގޮސްފަ އައިފަހުން ހަނާ ހުންނަނީ ވަރަށް ފާޑަކަށް. ދައްތަވެސް ވަރަށް ވާހަކަ ނުދައްކާ ” ދެމީހުން ވާހަކަ ދައްކަމުން ގޮސްވަނީ ހަސްމާގެ ކޮޓަރިއަށެވެ. އެގެއަކީ ކުއްޔަށް ކޮޓަރި ދީފަހުންނަ ގެއެއްކަމުން ނިސާދު ބޭނުން އިރަކު ވަދެނިކުމެ ހެދެއެވެ. ހަސްމާގެ ބައްޕަ ކުޑަކުއްޖަކާ ބެހުނު ކަމުގެ ކުށުގާ ޖަލަށް ލުމުން އެގޭގެ ވެރިއަކަށް ހުރީ މިހާރު ހަސްމާއެވެ.

އިރުއޮށްސުނުފަހުން ނިސާދު އައިސް ގެއަށް ވަނެވެ. ” ބޭބޭ… ކޮންއިރަކު މާލެ އައީ ” ނިސާދު އައިސް ހާލިދާ ސަލާމްކޮށްލަމުން ސުވާލުކޮސްލިއެވެ. ” ރާއްޖެ އައިތާ ވަރަށް ގިނައިރު ވެއްޖެ. އެކަމަކު ގެއަށް މިއާދެވުނީ ހަމަ ދެންމެއަކު. ކޮބާ ކިހިނެއް ކަންތައްތައް ” ހާލިދު ނިސާދުއަށް ޖަވާބު ދިނުމަށްފަހު ސުވާލުކޮށްލިއެވެ. ” އިރާދުކުރެއްވީތީ ވަރަށް ރަނގަޅު ” ނިސާދު ބުންޏެވެ. އޭރު ހަނާ ޔާޝް ފެންވަރުވާލައިގެން އައިސް ނިންދެވުމުގެ ކުރިން ރީތިކުރަން އުޅުނެވެ. ހަނާ ޔާޝް ރީތި ކޮށްކޮށް ހުއްޓާ ހަނާގެ އަތުން ވީއްލިގެން ނިސާދުގެ އަޑަށް ޔާޝް ކޮޓަރިން ބޭރަށް ނިކުމެގެން ދިޔައެވެ. ޔާޝް އައިގޮތަށް އައިސް ނިސާދުގެ އުގަށް އެރިއެވެ. އަދި ޔާޝްގެ ކުޑަކުޑަ ދެއަތުން ނިސާދުގެ ކޮޅުގާ ހިފާލުމަށްފަހު ދޮނެއްދިނެވެ. ” ދެން ހިނގާދާން ދަރިފުޅާ ނިދަން ” ޔާޝް އައިސް ނިސާދުގެ އުގަށް އެރުމުން ހަނާ ބުނެލިއެވެ. ” މަންމަ އެގޮވަނީ ނިދަން ދާންވެގެން. އަވަހަށްދޭ ” ނިސާދު ލޯބިން މިހެން ބުނުމުން ޔާޝް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

” ތިހެން ހަދާކަށް ނުވާނެ. މަންމަގެ ބަސްއަހަންވާނެ. އަވަހަށްދޭ މަންމަ އާއެކު ކޮޓަރިއަށް. ބައްޕަ އިރުކޮޅަކުން މިދަނީ ” ހަނާ ޔާޝްގެންދަން ފެށުމުން ގަދަ ދެއްކުމުން ނިސާދު ބުންޏެވެ. ހަނާ ޔާޝް ގޮވައިގެން ކޮޓަރިއަށް ދިޔުމުން ނިސާދު އިރުކޮޅަކު ހާލިދު އާއި ރަމްލާއާއެކު ވާހަކަ  ދައްކަން އިނުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އޭރު ނިސާދު ނައިސް ލަސްވެގެން ޔާޝް ހަނާގެ ގާތުގާ ސަކުވާ ކުރަމުން ދިޔައެވެ. އެސަކުވާތަކަށް ނިމުނެއް އައީ ޔާޝް އަށް ނިސާދު ފެނުމުންނެވެ. ނިސާދު ފެނުމުން ޔާޝް ހަނާގެ ގާތުގާ އޮށޯވެގެން އޮތުމަށްފަހު ކޮޅަށްތެދުވެ ނިސާދު އާއި ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. އެވަގުތު ނިސާދު އައިސް ޔާޝް އުރާލިއެވެ. ” އަދިވެސް ދަރިފުޅު ނުނިދަންތަ؟ ” ޔާޝް އުރާލައިގެން ހުރެ ނިސާދު ޔާޝް އާއި ސުވާލުކޮށްލިއެވެ. ” ޑެޑީ އައިމަ ނިދަންވެގެން ” ޔާޝް ޖަވާބު ދިނެވެ. ” މިހާރު ޑެޑީ މިހުރީ އެއްނު. ހިނގާދެން ނިދަން ” ނިސާދު ޔާޝް ގޮވައިގެން އެނދުގައި އޮށޯވެލިއެވެ. އަދި ހަނާ އާއި ވީ ފަރާތުގައި ޔާސް ބާއްވާލުމުން ޔާސް ނިސާދުގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދޫނުކުރާށޭ ބުނާކަހަލަ ގޮތަކަށެވެ. ނިދިގެން ދިޔައިރު ވެސް ޔާސް ނިސާދުގެ ގައިން ދޫކޮށްނުލައެވެ. ހަނާ ބަލަން އޮތެވެ. ހިތްހަމަ ޖެހިފައެވެ.

ރަނގަޅަށް ޔާސް ނިދުމުން ޔާސްގެ ތައްމައްޗަށް ގެންދިޔުމަށް ނިސާދު ހަނާގެ ގާތުގާ ބުނެލުމުން ހަނާ ޔާސް ގެންގޮސް ތަންމަތީގައި ބާއްވާލިއެވެ. ” އަހަރެން އެބައޮތް ހަނާގެ ގާތުގައި ވާހަކައެއް ބުނަންވެފަ ” ޔާޝް ބޭއްވުމުން ނިސާދު މިހެން ބުނުމުން ހަނާ އައިސް ނިސާދުގެ ގާތުގައި އެނދުގައި އިށީދެލިއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ” އަހަރެން މިއުޅެނީ ދެއަތްބައް މީހަކާ އިންނަންވެގެން… ” ނިސާދުގެ މި އަނިޔާވެރި ޖުމްލައިގެ ސަބަބުން ހަނާ ރުޅިވެރިކަމާއެކު، އެހެނަސް ފުންހިތާމަޔާއެކު ނިސާދުއަށް ބަލާލިއެވެ. ” އަހަރެން ބޭނުންވަނީ ހަނާގެ ރުހުން ” ހަނާ ބަލާލުމުން ނިސާދު ބުންޏެވެ.

” ހަނާ…. ” ދެމީހުން ވާހަކަ ދައްކަން ތިއްބާ ރަމްލާ ހަނާއަށް ގޮވާލި އަޑު އިވުނެވެ. ” އަހަރެން މިބުނި ކަންތަކާ ވިސްނާފަ ޖަވާބެއް  އަހަރެންނަށް ދޭތި!! ” ރަމްލާ ގޮވާލުމުން ހަނާ ތެދުވެގެން ހިގައިގަތުމުން  ނިސާދު ބުންޏެވެ.

މިދުވަސް އަންނާނެ ކަމާމެދު ދެންމާ ގިނަދުވަހެއް ނެތްކަން ހަނާއަށް އެނގެއެވެ. ކަމުގެ ހަގީގަތް އެނގިހުރެ ހަނާ ޔާޝް އަށްޓަކާ މަޑުކުރީއެވެ. ނަމަވެސް މިހާރު ކެއްތެރިކަން ކޮޅުންލައިފިއެވެ. ގޮތްހުސްވެ ދެކަކޫ މައްޗަށް ތިރިވާން މަޖުބޫރު ވެއްޖެއެެވެ. ދިރިއުޅުން ފުޑުފުޑުވުމުގެ ފެހިސިގުނަލް ހޮނު ގުގުރީގެ އަޑުފަދައިން އިވެންފެށިއެވެ. ނިސާދު ކައިގެން ބޭރަށް ދިޔައެވެ. ގެއަށް ނިދަންވެސް ނާދެއެވެ. މުޅިރޭ ހަނާ ހޭދަކުރީ ރުއިމާ ގިސްލުމުގައެވެ. ވޭނާ ހިތްދަތިކަމުގައެވެ.

ހެނދުނު ރަމްލާ ބަނދިގެއަށް އައި އިރު ހަނާ ބަނދިގޭގައުޅެއެވެ.  ހަނާގެ ހަރަކާތް ހުރިގޮތުން ރަމްލާ ދުގައި މަޑުކޮށްލިއެވެ. ބައެއްފަހަރު އަތުގެ ނުފުށުން ލޯފުހެލައެެވެ. ” ހަނާ ކިހިނެއްވީ ” ހަނާ ތަށި ދޮންނަން ހުއްޓާ ރަމްލާ އައިސް ހަނާ ކުރެން އަހާލިއެވެ. ރަމްލާގެ ސުވާލާއެކު ހަނާ އިސްދަށަށް ޖަހާލުމުން ރަމްލާ ހަނާގެ ދަތްދޮޅީހިފާ އުފުލާލިއެވެ. ހަނާގެ މޫނަށް ރަމްލާ ރަނގަޅަށް ބަލާލުމުން ކަމެއް ވެއްޖެކަން ހަނާގެ ދެލޮލުން ހެކިދެމުން ދިޔައެވެ. ” ކިހިނެއްވީތަ ހަނާ. ކިހިނެއްވެގެންތަ ދެލޯ ރަތްވެ ދުޅަވެފަ ތިހުރީ ” ރަމްލާ ސުވާލުކޮށްލިއެވެ. ރަމްލާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ވޭނީކަރުނަ ހަނާގެ ލޮލުގެ ތެރެއަށް ޖަމާވެގެން ދިޔައެވެ. އަދި އެކަރުނަތައް ގިނަވެގެން ހަނާގެ ލޮލުގެ އެސްފިޔަ ތަކުގެތެރެއިން ފޫދިގެން ފައިބައިގަތެވެ. ” ވެގެން އުޅޭގޮތެއް ބުނެބަލަ ” ހަނާ އެއްވެސް އެއްޗެއް ނުބުނުމުން ރަމްލާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ރޭގަ ނިސާދު އަހަރެންގެ ގާތުގައި ހިތާވެގެން އުޅޭ ކުއްޖާޔާ އިންނަން ބޭނުންވާ ވާހަކަ ބުނެފި ” ހަނާ ރޮމުން ވާހަކަ ދެއްކިއެވެ. ހަނާއަށް ކޮށްފަހުރި އަސަރު ފެނި ރަމްލާވެސް ދެރަވިއެވެ. އަދި ހަނާގެ އަތުގާ އޮތް ތަށި އަތުލާފަ ޒިންކްގައި ބަހައްޓާފަ ހަނާ ގެންގޮސް ކާމޭޒު ކައިރީ ހުރި ގޮޑިތަކުން ގޮޑިއެއްގައި ބޭންދިއެވެ. ” މިހާރު އެހެންވެސް އެހީތަ؟ ކޮންފާޑަކަށް އުޅޭ ފިރިހެނެއްތަ އެއީ ” ރަމްލާ ރުޅިއައިސްގެން ބުންޏެވެ. އެވަގުތު ސާނިޔާއަށް ހުރެވުނީ އެގޭގައެވެ. އެހެން ކަމުން ދެމީހުން ދެއްކި ވާހަކަ ވަރަށް ސާފުކޮށް ސާނިޔާއަށް އަޑު އިވުނެވެ. ” ތިދުވަސް އަންނާނެއޭ އަހަރެން މާކުރިން ހަނާގެ ގާތުގަވާނީ ބުނެފަ. ދަރިފުޅުގެ ހައްގުގައޭ ކިޔާފަ އަމިއްލަ މީހާ ހަލާކުގެ ތެރެއަށް އެއްލާނުލުމަށް އެދުވަހުވެސް ބުނިން ” ސާނިޔާ ވާހަކަ ދައްކަމުން އެމީހުންގެ ގާތަށް އައެވެ.

ކަންތައް މާބޮޑަށް ގޯސްވުމުން ރަމްލާ ހާލިދު ހުރިހާ ކަމެއް ހިއްސާކުރިއެވެ. ރަމްލާގެ ވާހަކަ އަޑު އެހުމަށްފަހު އަޑުހަރުކޮށް އެއްޗެއް ނުބުންޏަސް ހާލިދު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

މެންދުރުވެގެން އައި އިރު ހަނާގެ ލޮލުން ކަރުން ހިކުންނަމަވެސް ސިކުޑީގައި އެނބުރެމުން ދިޔައީ ނިސާދު ދެއްކި ވާހަކަތަކެވެ. ހަނާ ނިސާދުދެކެ އިންތިހާއަށް ލޯބި ވެއެވެ. އެންމެ ފުރަތަމަ ދުވަހެކޭ މިއަދެކޭ ހަނާއަށް ވަކި ބަދަލެއްނާދެއެވެ. ނިސާދު ވަނީ ހަނާ ދޫކޮށްލާފަ ދުވަހަކުވެސް ނުދާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެވާހަކަތައް ނިސާދުވަނީ ހަނދާން ނައްތާލާފައެވެ. ނިސާދު ދެވަނަ ކައިވެންޏެއް ކުރަން ހަނާގެ ހުއްދައަކަށް އެދުންއިރު ކުޑަކޮށްވެސް ވިސްނާނުލައެވެ. ހުރި ހަމައެކަނި ދަރިފުޅު ބައްފަގެ ލޯބިން މަހުރޫމް ވަނީކަން ނިސާދުއަށް ނޭންގޭ ހެއްޔެވެ. ފޮނި ހުވަފެންތަކެއް ދެކެމުން އައި ދިރިއުޅުން އަމިއްލައަތުން ހަލާކު ކުރަން ފައިވިއްދާފަހުރި ނިސާދުގެ ރަނގަޅު މަގު ވަނީ ހަސްމާގެ މުށުތެރޭގައެވެ. މިހާރު ނިސާދު އެނބުރެނީ ހަސްމާ އެނބުރި ދިމާލަކަށެވެ. އެ ކޮންމެ ދިމާލެއްކަމަށް ވިޔަސް ފަރުވާލެއްނެތެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އަބަދުގެ އަބަދަށް (ބާރަވަނަ ބައި)

Next

ލޯބީގެ ޙިމާޔަތުގައި (ފުރަތަމަ ބައި)

Next
September 20, 2017

ލޯބީގެ ޙިމާޔަތުގައި (ފުރަތަމަ ބައި)

Previews
September 19, 2017

އަބަދުގެ އަބަދަށް (ބާރަވަނަ ބައި)

16 Comments!

  1. khajja says:
    September 20, 2017 at 8:13 am

    Ohhh masha allah v rythi ?? mi prt kyvve las v olhigen dhw 22 vana prt iyye up kurevuny ☺ehenvesvaane alhaanulaa nishaadhu? aharen miee hanaa nama neynge vaane gothevves hanaa vaa keiy gadhathaa? Stry v awsome whn nxt prt avaskolladhechchey baajjaveri dhuvahakan edhen ly???❤????

    1. khajja says:
      September 20, 2017 at 8:17 am

      Yeyyy l’m 1st dhw?? alhamdhulillah nxt prt 23 vana prt avskolladhybala plx

    2. Xiroo Thihthi says:
      September 20, 2017 at 9:28 am

      aslu 21 vana part iyye up kurin… bt technical kameh dhimaa vegen fennan nethy…

  2. Axeenalily says:
    September 20, 2017 at 8:44 am

    mi eoisode up thi kurry 2 faharah dhow..

  3. Eanaa says:
    September 20, 2017 at 9:18 am

    huh… boa go vytha vaahaka liye liye….

    1. Xiroo Thihthi says:
      September 20, 2017 at 9:29 am

      adhi evareh nuvey…..

  4. Alvyn says:
    September 20, 2017 at 11:24 am

    Hadhikoh myhunah talk kuryma dera vaane.. Plxx ehvex kuhjaku ehen comment nukuraathi. V reethi story thihthi.. Eki myhun story liyaany different koh.. All the best.

    1. Xiroo thihthi says:
      September 20, 2017 at 6:19 pm

      hurihaa vaahaka eh konmehen ehgothakah hunnaakah ves nujeheyne dhw ALVYN….
      Thanx ALVYN

  5. shahaa says:
    September 20, 2017 at 11:30 am

    Hanaa men knme vaahaka eh dhehkiyas saaniyaa hunnany adu ahan dho. V fake. Kuda kudhin vaahaka liyaa goiy dho mee

  6. xee says:
    September 20, 2017 at 11:33 am

    Nice

    1. Xiroo thihthi says:
      September 20, 2017 at 6:49 pm

      Thanx XEE

  7. Aki says:
    September 20, 2017 at 11:46 am

    next part avahah up kohla dheebaa pls pls

  8. Mine says:
    September 20, 2017 at 1:59 pm

    Its a nice story..well done writer..
    Waiting for da next part..

    1. Xiroo thihthi says:
      September 20, 2017 at 11:25 pm

      thanx MINE

  9. Hafeez says:
    September 20, 2017 at 2:58 pm

    Nice. Waiting for Next part.

    1. Xiroo thihthi says:
      September 20, 2017 at 11:27 pm

      Thanx HAFEEZ

Comments are closed.

Next Episodeއަގެއްނެތްލޯބި 24 ވަނަ ބައި←


All Right Reserved!